Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތި ސޫރަ ނޫން ޓްރެއިލަރ

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
July 8, 2021 2 Mins Read
2 Comments

އުމުރުން އެންމެ ތޭރަ އަހަރުގައި ކުރިމަތިވި ހަނދާނުން ފުހެލަން ދަތި ހާދިސާތަކަކާއި ހެދި މިއަލްގެ ދިރިއެޅުމަށް ވަނީ ހިޔަނި އެޅިފައެވެ. އެކަމާއި ހެދި އުމުރުން އަށާރަ އަހަރު ވީއިރު ވެސް މިއަލްއަށް ދަނީ ނަފްސާނީ ގޮތުން ކޮންމެވެސް ވަރަކަށް އަސަރު ކުރަމުންނެވެ. އެހެންވެސް މީހުންނެކޭ އެއްފަދައިން ރަނގަޅު އާދައިގެ ދިރިއުޅުމެއް އުޅެވޭތޯ މިއަލް މަސައްކަތް ކުރެއެވެ. ހުރިހަމައެކަނި ބޭބެ ރީއަލް އާއި ލޯބިވާ ބައްޕަ ނަވާލް އާއި ދެގޮތެއްނުވެ އަބަދު ވެސް އެކުގައިވީ އެންމެ ގާތް އެކުވެރިޔާ ކިއަނާ އެކީގައި ކުރީގައި އުފަލުގައި އުޅުނު ފަދައިން އުޅެވޭތޯ މިއަލް ބަލައެވެ. އެފުށްމިފުށަށް ޖެހިފައިވާ އޭނާގެ ހަޔާތް އަލުން ބަލުން އާރާސްތު ކުރެވޭތޯ މިއަލް އަތުކުރި އޮޅާލައެވެ. ގާތްމީހުންގެ އުފަލަށާއި އޭނާގެ އަމިއްލަ އުފަލަށްޓަކައި ވިސްނާފައެވެ.

ހަމަހިމޭންވެ ފަޅުވެފައިވާ މިއަލްގެ ހަޔާތަށް އައި ޝަފްވާން ވެގެން ދަނީ މިއަލްގެ ހަޔާތް އަލި ކޮށްދިން ދަންމަރަކަށެވެ. އެތައް ދުވަހެއް ވަންދެން މިލާފައިވާ މިއަލްގެ މޫނުމައްޗަށް އުޖާލާކަމެއް ގެނުވުމުގައި ކާމިޔާބު ކުރި އެކަކަށް ޝަފްވާން ވެދެއެވެ. އަދި އެ ރީތި ހިނިތުންވުން އަނބުރާ މިއަލްގެ ތުންފަތްމައްޗަށް ގެނެސްދިން މީހާގެ ލަޤަބު ޝަފްވާންއަށް ލިބިގެންދެއެވެ.

ޝަފްވާންއަކީ ނަވާރަ އަހަރުގެ ހުނަރުވެރި ލަވަކިޔުންތެރިއެކެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާ އަހުނަފް އާއި އެކީގައި އުޅެނިކޮށް ހީވެސް ނުކުރާ ފަދަ ގޮތަކަށް ދިމާވެގެންދާ މިއަލް ވެގެން ދަނީ ޝަފްވާންގެ ހިތުގައި ބިންވަޅު ނެގުނު ސޫރައަކަށެވެ.

ދިމާވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް، އުންމީދު ވެސް ނުކުރާފަދަ ފަދައަކުން މިއަލްގެ ހިތުން ނުލާހިކު ގާތް އެކުވެރިއެއްގެ މަގާމު ދެވުނު ޔައުލާން އަކީވެސް މިއަލްއަށް ޚާއްސަ ފަރާތަކަށް ވެގެން ދެއެވެ. ޔައުލާންގެ ސަބަބުން އަށާރަ އަހަރު ވަންދެން މިއަލްއަށް ސިއްރު ކުރެވިފައިވާ ހަގީގަތްތައް ފަޅާއެރުން ވެގެން ދަނީ އަލުން ދިރިއުޅުމުގެ ހުންގާނުގެ ކޮންޓްރޯލް ނަގަން މަސައްކަތް ކުރި މިއަލްގެ އުންމީދުތައް ފުނޑުފުނޑު ކޮށްލާފައެވެ.

ޝަފްވާންގެ ލޯބީގައި ދީވާނާވެފައިވާ މިލީންއަށް އޭނާއާއި އެއް ލެޔެއް ހިނގާ އޭނާގެ ކޮއްކޮގެ ހިތުގެ އެންމެ ފުންމިނުގައިވާ ސޫރައަކީ ވެސް ޝަފްވާންގެ ސޫރަކަން ކުރިން އެނގުނުނަމައެވެ. ކޮންމެ ފަދަ ގޮތެއް ހަދާފައި ވެސް ޝަފްވާންގެ ކައިރީގައިވުމަށް އެދޭ މިލީން ހުރީ ޝަފްވާންގެ ގާތުގައި އަބަދުގެ އަބަދަށް ވުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން އަތުކުރި އޮޅާލައިގެންނެވެ. ޝަފްވާންއާއި އެކުގައި ވުމަށް މިލީން އެތައް ހުރަހެއް ކަޑައްތު ކުރެއެވެ. ކިތަންމެ އުނދަގޫ ނުރައްކާތެރި އޮޅިއެއް ނަމަވެސް މިލީން ހުރީ އެ އޮޅިގަނޑެއްވެސް ހުރަސްކޮށް ޝަފްވާންގެ ބައިވެރިޔާއަށް ވުމަށް ތައްޔާރަށެވެ.

ކޮންމެ ދުވަހަކު އެތައް ބަޔެއްގެ ދިރިއުޅުމުގައި ހުޅުޖެހިގެންދާއިރު އަނެއް ބަޔެއްގެ ދިރިއުޅުން އުޖާލާކޮށްދެމުން ގެންދެއެވެ. ހަމަ އެ ބީދައިން މިއަލްގެ ހަޔާތަށްވެސް ބަރުދާސްތު ނުކުރެވޭހާ ގިނަ އަޑިގުޑަންތަކާއި ހިތްއުފާކުރުވަނިވި އުސްގަނޑުގަނޑު އާދެއެވެ.

މިއަލްއަށް އޭނާގެ ލޯބި ކާމިޔާބުވާނެ ބާވައެވެ.؟ މިލީން ކުރިމަތި ކުރަމުންދާ ގޮންޖެހުންތަކުން މިއަލް އާއި ޝަފްވާންއަށް ކުޑަވެސް އަސަރެއް ނުކޮށް ގޮސްފާނެ ހެއްޔެވެ.؟ ސިއްރުވެފައިވާ ހަގީގަތްތައް އެނގި ހާމަވެގެން ދިޔުމުން މިއަލް އާއި މިލީންގެ ދިރިއުޅުމަށް އަންނާނީ ކޮން ކަހަލަ ބަދަލުތަކެއް ބާވައެވެ.؟ ތަގްދީރުގެ ރަތް ރޮނގުން ގުޅި ލާމެހިގެން ދިޔަ ޔައުލާން، މިލީން، މިއަލް އަދި ޝަފްވާންއަށް ކުރިއަށް އޮތީ ކޮން ފަދަ ކަންތައްތަކެއް ހެއްޔެވެ.؟

ކިޔުންތެރިންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ހޯދާލަން ”ތި ސޫރަ ނޫން” މި ވާހަކައިގައި ކުރިއަށް ހުރި ބައިތައް ކިޔާލާނެ ކަމަށް ޔޫން އުންމީދު ކުރަމެވެ.

 

އައްސަލާމުއަލައިކުމް ޔޫންގެ ހުރިހާ ކިޔުންތެރިންނަށް..

މީ ޔޫން މި ސައިޓަށް ލިޔާ ހަތަރުވަނަ ވާހަކައެވެ. ”ތި ސޫރަ ނޫން” މި ވާހަކަ އަކީ ޔޫންގެ އަމިއްލަ ޚިޔާލަށް ބިނާ ކޮށްގެން ލިޔާ ވާހަކައެކެވެ. ކިޔުންތެރިންނަށް މި ވާހަކަވެސް ކަމުދާނެކަމަށް ޔޫން އުންމީދު ކުރަމެވެ.

“އެ ކުއްޖާ ސީޒަން 1” އަދި “ފިޔަފަތް” ވާހަކައިގެ އިތުރުން “އެ ކުއްޖާ ސީޒަން 2” ގައި ޔޫންއަށް ސަޕޯޓް ދިން ހުރިހާ ކިޔުންތެރިންނަށް އަނެއްކާވެސް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާލަމެވެ. އަދި އެ ތިން ވާހަކައިގައި ވެސް ޔޫންއަށް ހެދިފައިވާ ކުށްތައް ފާހަގަ ކޮށްދީ އަދި އެކުށްތައް ރަނގަޅު ކުރަން ހިތްވަރު ދިން ފަދައިން މި ވާހަކައިގައި ވެސް ކިޔުންތެރިން ޔޫންއަށް ލިޔެވިފައިވާ ކުށްތައް ފާހަގަ ކޮށްދޭނެކަމަށް އުންމީދު ކުރަމެވެ. ކިޔުންތެރިން ފާހަގަ ކޮށްދޭ ކުށްތައް ޔޫން ވަރަށް އުފަލާއި އެކީގައި ބަލައިގަނެ ކުރިމަގުގައި އެ ކުށްތައް ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރާނަމެވެ. ކިޔުންތެރިން ކުރިން ވެސް ޔޫންއަށް ދިން ސަޕޯޓް މި ވާހަކައިގައިވެސް ދޭނެ ކަމަށްވެސް އުންމީދު ކުރަމެވެ.

 

– ވަރަށް ބޮޑަށް ޝުކުރިއްޔާ –

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

ހިތުގެ ޝަކުވާ… 18 & 17

Next

ޔޫސުފްގެފާނު ވާހަކަ: ޤުރްއާނުގައިވާ އެންމެ ރީތި ވާހަކަ 01

Next
July 9, 2021

ޔޫސުފްގެފާނު ވާހަކަ: ޤުރްއާނުގައިވާ އެންމެ ރީތި ވާހަކަ 01

Previews
July 8, 2021

ހިތުގެ ޝަކުވާ… 18 & 17

2 Comments!

  1. Ra Na says:
    July 8, 2021 at 11:48 pm

    Heevany vrh reethi vaane hen ♥️
    When next?

  2. Rooya Xek says:
    July 9, 2021 at 8:22 am

    Wowww ?? nice trailer ?? masha Allah ❤️❤️ waiting for the story curiously ?? u don’t worry , i’ll always be there for u yooony sis ?? hope story is soon ??

Comments are closed.



All Right Reserved!