އެކުއްޖާ 2 – 43 ( ފަހު ބައި )
* “ބުނަން.. ނީޝަލްގެ އަހަރެމެންނާއި ވަކިވެ ފްރާންސަށް ދިޔަސް އިޒްކާން ނީޝަލް ދެކެ ލޯބިވާވަރަށް މަށަށް ހިޔެއްނުވޭ އެކަކަށް ވެސް ލޯބިވެވޭނެ ހެންނެއް… ރެއާއި ދުވާލު އިޒްކާންގެ ހިތުގައި ރަނިކަން ކުރަނީ ނީޝަލް އެކަނި.. ނީޝަލް ނެތުމުގެ ހިތާމައިގައި އެސޮރަށް ވާވަރެއްވެފައި އެހުންނަނީ.. ހިކިގެންގޮސް އަނަރޫފަވެފައި.. ހީ ޓޭކްސް ސިނގިރޭޓްސް.. އެންޑް އީވެން ޑްރިންކްސް އަލްކޮހޯލް.. ފެނޭތަ ނީޝް ދިޔުމުން އިޒްކާން ދެރަވެގެން އުޅޭވަރު..؟ އަލާންބޭބެގެ ފަރާތުން އަހަންނަށް އެ ރޫހާންގެ ވާހަކަ އެނގިފައި ވަނީ މިހާރު.. އަޅެ ނީޝަލް ބުނެބަލަ.. ކާކުދެކެ ނީޝް ލޯބިވާނީ..؟ އެ ރޫހާން ދެކެތަ..؟ ނޫނީ އިޒްކާން ދެކެތަ..؟” އައިހަމް ކޮއްލީ ވަރަށް މުހިންމު ސުވާލެކެވެ. “ތި ހަދަނީ ދޮގެއްނޫންތަ..؟ ކިހިނެތް އިޒްކާން އަހަރެންދެކެ އެވަރަށް ލޯބިވާނީ..؟ އިޓްސް ބީން ވަން އިޔަރ.. އަހަރެންގެ މަތިން ހަނދާންނެތޭހާ ދުވަސްވެއްޖެ.. ހީ ޝުޑް ހޭވް މޫވްޑް އޮން މިހާ ދުވަސް ވީއިރު.. ވީ ޑިޑް ނޮޓް އީވެން ކޮމިއުނިކޭޓް..” ނީޝަލްއަށް ބުނެވުނެވެ. “އަޅެ ދެން… އަނގަ ނުތަޅާ އަވަހަށް މައްޗަށް އަރަން ދޭ..! އިޒްކާން ޓެރެސްމަތިން ނުވެއްޓޭކަމެއްވެސް ނޭނގޭ..” ހޫރީން އަވަހަށް ނީޝަލްގެ ކޮނޑުގައި އަޅާ ކުޑަކޮށް ކޮއްޕާލިއެވެ. “އައި ޗޫޒް.. އިޒްކާން..” އަރައިގެން ހީލް ބާލާ އެއްލާލާފައި ނީޝަލް ދެފަޔަށް ބާރުލާފައި ދުއްވައިގަތެވެ. *
އައިރީން އާއި ހޫރީންވެސް ނީޝަލްގެ ފަހަތުން ދުއްވައިގަތެވެ. ޒޭނާ އުރައިގެން ހުރެ އަނގަ ފުރާ ޕާރޓީ ޕިއްޒާ އަޅައިގަން އާހިލަށްވެސް ޖެހުނީ ދުއްވައިގަންނާށެވެ. ”ހޭ ގަރލް.. ވެއިޓް ފޯރ އަސް..” ކޯރޓްނީމެންވެސް ދުއްވައިގަތެވެ. އަވްލީންމެން ދާން އުޅުނެވެ. ނަމަވެސް އެކަން ހުއްޓުވީ އަލާންއެވެ. ދެން ޓެރެސްމަތީގައި ހިނގަންޏާ ހިނގާނީ ނީޝަލްގެ ހަޔާތުގައި ވަރަށް މުހިންމު ވަގުތު ކޮޅެކޭ އަލާންއަށް ހީވުމުންނެވެ. ޒީޝް ގަދަހަދާލާފައި ދުއްވައިގަތް އެންމެންގެ ފަހަތުން ހަލުވި ފިޔަވަޅުތަކެއްގައި ދިޔައީ ދެން ވާނެގޮތް ބެލުމުގެ ޝައުގުވެރިކަން ހުދު އޭނާގެ ހިތުގައި އުފެދިފައި ވާތީއެވެ.
ލިފްޓެއް ހުންނަކަންވެސް ނީޝަލްގެ ހަނދާނުން ކައްސާލިކަން އެނގެނީ ނީޝަލް ސިޑިބަރިއާއި ދިމާލަށް ދުއްވައިގަތުމުންނެވެ. އެންމެ މައްޗަށް އަރާފައި ޓެރެސްއަށް ވަންނަ ދޮރު ހުޅުވާލިއިރު އިޒްކާން ހުރީ އޭނާ އަރައިގެން ހުރި ރަތް ސްނީކަރސްއާއި ވާހަކަ ދައްކާށެވެ. “އަހަރެން ބުނެފީމެއްނު ކިތަންމެ ދުވަހެއް ވިޔަސް އަހަރެން ނީޝަލްދެކެ ލޯބިވާނަމޭ..؟ ދޮގެއްނޫނޭ މިއީ…” އެއް ކިބަ ތަޅުވާލަމުން އިޒްކާން ބުނެލިއެވެ. އިޒްކާންގެ އުޅުން ހުރިގޮތުން ހީވަނީ ގާތް އެކުވެރިއަކާއި ވާހަކަ ދައްކާހެންނެވެ. މަންޒަރު ބަލާ މީހަކަށް ހީވާނީ އިޒްކާން އެއީ ބޯ ހަމަ ނުޖެހޭ މީހެއް ހެންނެވެ.
ހައިރާންވެގެން ގޮސް ނީޝަލްއަށް ބޯއަރި ކޮއްލެވުނެވެ. “މިއީ..؟؟” އާހިލްއަށް ނުހުރެވިގެން ފޯނުނަގާ ވީޑިޔޯ ޖެއްސުނެވެ. އެ ވީޑިޔޯ އިޒްކާންއަށް މަލާމަތް ކުރަން ބޭނުން ކުރުމުގެ ބޭނުމުގައެވެ. “ތިރީގައި ތަޅައިގެން ގޮސްފައި އެހުރި ފުޅި ފެނޭތަ..؟ އެއީ އިޒްކާން ބޮއިފައި.. އޭނަ އަތުގައިވެސް އެއޮތީ ވައިން ފުޅިއެއް.. ނީޝް ނެތްފަހުން އިޒްކާން ކާނީ ހުސް އާފަލު.. ދެން ބައެއް ފަހަރު ސްނެކްސް ކައި ހަދާނެ.. ބަނަސް އެންޑް ޕާން ޓައިޕް ޕްރޮޑަކްޓްސްވެސް ކައި އުޅޭނެ.. ބޯނީ ފެނާއި އައިސް ކޮފީ.. އިސްތަށިގަނޑުވެސް ނުކޮށާ އުޅޭތާ ކިތަންމެ ދުވަހެއް.. ކަންފަތްވެސް ތޮރުފައިފި.. ނީޝަލް ނެތުމުން އިޒްކާންގެ ހާލަކީ މިއީ..” މައްޗަށް އެރި ފައިލަމް ބޯހޫރާލަމުން ބުނެލިއެވެ. “ޑޭންގް އިޓް.. އޯ މައި ގޯޑް..” ނީޝަލްގެ ލޮލުން ކަރުނައައީ އިޒްކާންއަށް ޖެހިފައިވާ ހާލު ފެނުމުންނެވެ. ދުލު ކުރިއަށް ބުނާނެ ހެޔޮ ބަހެއް ނައެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރެވުނީ އެހެނެއް ބަލާފައެއްނޫނެވެ.
ކަނާތު ކިބަ ތަޅުވަތަޅުވާ އެއާއި ވާހަކަ ދައްކާފައި އަނެއް ކިބަ ތަޅުވަތަޅުވާފަވެސް އިޒްކާން ކީއެއްޗެހި އެހާ ސާފެއް ނުވިއެވެ. “ނީޝަލްދެކެ ވާލޯބި ހާމަ ކުރާށޭ..؟ ނީޝަލް ދެކެ ވާ ލޯބި ހާމަކުރަން އަހަރެން މިތަނުން ތިރިއަށްވެސް ފުންމާލާފާނަން..!!!” އެހެން ކިޔާފައި ޓެރެސްގައި ހުރި ރެއިލިން ތަކާއި ދިމާލަށް އެނބުރުނުގޮތަށް އިޒްކާން ރެއިލިންގެ މައްޗަށް އެރިއެވެ. “އިޒްކާން ނޫން..!!” ނީޝަލް ހަޅޭއްލަވައިގަނެފައި ދުއްވައިގަތެވެ. އިޒްކާން ބޭރަށް ފިޔަވަޅެއް އަޅާލިއެވެ. އިޒްކާން ތިރިއަށް ވެއްޓެން ދިޔައެވެ. އެއްބައި މެރިފައިވާ އެދެލޮލުން ފެންނަނީ ހިތްހަމަޖެހުމެވެ. ނީޝަލް އެއްލިއަތުން އިޒްކާންގެ ގިރުވާނުގައި ހިފިއެވެ. ވެއްޓިދާނެތީ ނީޝަލް ހުރީ ބާރަށް ރެއިލިންގައި ދެފައި ތަތްކޮއްލައިގެންނެވެ. “ވަރެއްގެ މީހެއް.. ތާކު ހުރި ފައްކާ މޮޔައެއް..” ޕިސްޕިސް ކިޔަމުން މީހަކު އައިސް އިޒްކާންގެ މުލައްދަނޑީގައި ހިއްޕެވެ. ދަންނަ އަޑެއްހެން ހީވެގެން ނީޝަލް އޭނާގެ ކަނާތްފަޅީގައި ހުރި މީހާގެ މޫނަށް ބަލާލިއެވެ. ރަތް ހޫޑީއަކާއި ކަޅު ޖިންސެއް ލައިގެން އައިނެއް އަޅައިގެން އެހުރީ ރޫހާން ނޫން ދެވަނަ މީހެއް ނޫނެވެ. އިޒްކާން އަނބުރާ ޓެރެހަށް އަރުވަން ހިފާލި ވަގުތު ރޫހާންގެ ކަޅިވެސް ނީޝަލްގެ ކަޅިއާއި ދިމާވި ހަތަރުކަޅި ހަމަވިއެވެ. ރޫހާންގެ ދެލޮލުން ފެނުނީ ބަޔާންކުރަން ދަތި ކުލަވަރެކެވެ. އެ ދެމީހުންގެ ހިތްވަރުން އިޒްކާން ޓެރެސްމައްޗަށް އެރުވުނީ ސަލާމަތުންނެވެ. އޭރު ނަސީބަކުން އިޒްކާން ވެސް އަނބުރާ ހަމައަށް އެޅިއްޖެއެވެ. “އާހް..” އިޒްކާން ބޮލުގައި އަތް އަޅާލިއެވެ.
“އެހެންވާނީ.. މާސިންގާ ދެފުޅި ހުސްކުރެވޭތޯ އުޅެން ޖެހިއްޖެއެއްނު..؟ ދިގު މައްސަރެއްވާނެ ކަލޭގެ ބޮލުގެ ރިހުން ފިލައިގެން ދާން..” ހިޔާން އިޒްކާންގެ ބުރަކަށީގައި ތަޅަމުން ބުނެލިއެވެ. ބޮލުގައި އަތްއަޅައިގެން ހުރެފައި އިޒްކާން މަޑުމަޑުން ލޯ ހުޅުވާލިއެވެ. “އިޒްކާން.. ޔޫ އޯކޭ…؟” ނީޝަލް މަޑުމަޑުން އަހާލިއެވެ. އެ މޫނުގައި ދެއަތުން ހިފާ ބާރު ކޮށްލަމުންނެވެ. “ހެޔޮނުވާނެ.. ޔުއަރ ނޮޓް ރީލް… ދިސް އިޒް ޖަސްޓް އަ ޑްރީމް… އަހަރެން މިހުވަފެނުން ހޭލައްވާލަދީ..” އިޒްކާންއަށް ބުނެވުނެވެ. ހިޔާން ހުރިވަރެއް ދީފައި އިޒްކާންގެ ކޮލުގައި އެތިފަހަރެއް އެޅިއެވެ. “ހޭލެވިއްޖެ..؟؟” ހިޔާން އެހެން އަހާލީ ހެމުންނެވެ. އެވަގުތުވެސް ހިޔާން ހުރީ ސަމާސާ މޫޑެއްގައެވެ. ދެންމެ އިޒްކާން ފުންމާލަން އުޅުމުން ކަންބޮޑުވުން ވެރިވި ހިތްތަކުން އެކަން ނެރެލުމުގެ ބޭނުމުގައެވެ.
ވީތަދުން އިޒްކާންއަށް ފުންމައިގަނެވުނެވެ. “އިޒްކާން…” ނީޝަލް ގޮވާލިއެވެ. “އާރ ޔޫ..؟؟ ނީޝް… ހަމައަސްލުވެސް އަނބުރާ އައީތަ..؟” އިޒްކާންއަށް އެހުނެވެ. “އާދެ..” ނީޝަލް ވަރަށް އަދަބުވެރިކޮށް ބުނެލިއެވެ. ހިނިއައިސްފައި ހުރެއެވެ. “އޯހް ޔާ.. އައި ވޯންޓެޑް ޓު ޓެލް ޔޫ ސަމްތިންގ ވަން އިޔަރ އެގޯ ބިފޯރ ލީވިންގ މޯލްޑިވްސް..” ނީޝަލް އިޒްކާންގެ ދެލޮލަށް ބަލާލިއެވެ. ނީޝަލްއަށް ރައްކާތެރި އިހުސާސެއް ކުރެވުނެވެ. އެދެލޮލަށް އޭނާ ބަލާލަން ބޭނުންވެފައި ހުންނަތާ ކޮން ދުވަހެއް ހެއްޔެވެ.؟
”ނޫން ނޫން.. މަ ފުރަތަމަ.. ހުވަފެނެއް ނޫންކަން ޔަގީންވެއްޖެ.. ނީޝް އަހަރެން މިއަހާ ސުވާލަށް ޖަވާބުދޭތި..” އިޒްކާން ތިރި ވެލިއެވެ. “އޫ..” އެންމެން އެއްފަހަރާ އަޑުއަހަން ތައްޔާރުވެލިއެވެ. ކެމެރާ ޖައްސައިގެން އިން އާހިލް ވެސް ކެމެރާ ސެޓްކޮއްލިއެވެ. “ނީޝަލް.. އައި ލަވް ޔޫ.. އައި ރިއަލީ ރިއަލީ ލަވް ޔޫ.. މައި ލަވް ފޯރ ޔޫ ވެންޓް ސޯ ބިޔޯންޑް ލަވް.. ވަރަށް ލޯބިވޭ.. އެކަމަކު އަހަންނަށް އިނގޭ ނީޝްގެ ހިތުގައި ވަނީ އެކައްޗެކޭ ނޫންކަން..” ފުންނޭވާ ތަކެއް ބޭރުކޮއްފައި އިޒްކާން އެންމެ ފަހުން އެޖުމްލަތައްވެސް ބޭރުކޮއްލިއެވެ. ނީޝަލް އިޒްކާންގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލިގޮތަށް އެ މޫނުގައި ދެއަތުން ހިފާ ނިތުގައި ބޮސްދިނެވެ. ”އިޒްކާން ކޮންއިރަކުތަ ތިހާ ވިސްނުން ކޮށިވީ..؟ އައި ލަވް ޔޫ ޓޫ.. އެވެސް ވަރަށް ވަރަށް ބޮޑަށް.. ދުވަހެއް ކޮޅުންވެސް ތިނޫން މީހެއް ދެކެ ލޯތްބެއް ނުވެވޭނެ.. އިޒްކާންގެ ކުށެއް ނެތްކަން އެނގުނު ވަގުތުން ފެށިގެން ވަގުތުން މައާފް ދެވުނު.. ފްރާންސްގައި ހުރިއިރުވެސް އިޒްކާން ދެކެން ބޭނުންވެފައި ވަނީ ނުލާހިކު ބޮޑަށް.. ޔޫ ހޭވް ނޯ އައިޑިއާ ހައު މަޗް އައި މިސްޑް ޔޫ.. އައި ލަވް ޔޫ ސޯ މަޗް..” ދެލޮލުން ކަރުނަ ފައިބާ ހާލުގައި ނީޝަލް ބުނެލިއެވެ. އެދެމީހުންގެ ވަގުތުކޮޅަށް ހަމަހިމޭންވެފައިވީ މާހައުލުގެ ފަޅުކަން ނައްތާލީ ތުއްތު ޒޭނާގެ ލޯބި ހުނުމުގެ އަޑުންނެވެ. ހޭވެރިކަން ވެރިވެ އެންމެން އެއްފަހަރާ އަތްތިލަބަޑި ޖަހައިގަތެވެ. “ޑޭމް ދިސް އިޒް ސޯ ހެޕީ..” އައިހަމްގެ މޭމަތީގައި ބޯ ޖައްސާލައިގެން ހޫރީން ބުނެލިއެވެ. އެ ދެލޯ ވަނީ ފެންކަޅިވެފައެވެ. “އައި ނޯ ރައިޓް.. ވަރަށް ވަރަށް އުފާވެއްޖެ..” ހޫރީންގެ އުނަގަނޑުގައި އަތް އަޅުވާލާފައި އައިހަމް އަނެއް އަތުން އުރައިގެން ހުރި ޒޭނާ ގަޔާ ކައިރިކޮށްލިއެވެ. އޭރު އައިރީން އާއި އާހިލް ވީ އުފަލަކުން އަތްތިލަބަޑި ޖަހާފައި ތެޅެމުން ފުމެމުން ގެންދިޔައިރު ހީވަނީ ޓެރެސްވެސް ފުނޑާލަފާނެހެންނެވެ. އެހާވެސް ފޯރިގަދަ ކޮށްލައިފިއެވެ.
ނީޝަލް އާއި އިޒްކާން އަތުގުޅުވާލައިގެން ތިރިއަށް ފޭބިއެވެ. އެތައް ޒަމާނެއް ފަހުން އިޒްކާންގެ އެ ފިރިހެންވަންތަ މޫނުގައި ރީތި ހިނިތުންވުމެއް ކުޅެލައިފިއެވެ. މިލާމޯޅިވެފައިވާ މޫނަށް އާރޯކަން ލިބިއްޖެއެވެ. އިޒްކާންއަށް ލިބުނީ އޭނާގެ ހިނިތުންވުމާއި އުފާވެރިކަން އެކަންޏެއް ނޫނެވެ. ފުރަތަމަ ފެނުނު ދުވަހުވެސް އޭނާއަށް ލޯބިވެވުނު އަންހެންކުއްޖާ ވެސްމެއެވެ. ނީޝަލްވެސް ހުރީ އުފަލުން ގޮސް ފޮޅިފައެވެ. ދުނިޔޭގައި އޭނައަށްވުރެ ނަސީބުގަދަ އަންހެން ކުއްޖެއް އުޅޭނެބާއޭވެސް އެވަގުތު ހިތަށް އެރިއެވެ. ގާތުގައި އެހުރީ މުޅި އުމުރުވެސް އެކީގައި ހޭދަކޮށްލަން ބޭނުންވާ ބައިވެރިޔާއެވެ. ދެމީހުންގެ ތުންފަތްމަތީގައި ވަނީ އެންމެ ރީތި ހިނިތުންވުމެވެ. ބަލާލާ ކޮންމެ މީހަކަށްވެސް އެއީ އެންމެ ގުޅޭ ދެމީހުންކަން ނޭނގި ނުދާނެއެވެ. އެހާވެސް އިޒްކާން އާއި ނީޝަލް ގުޅެއެވެ.
އަތްތިލަބަޑި ޖަހަމުން ފެންކަޅިވެފައި ހުރެ ނީޝަލްގެ އުފަލުގައި ބައިވެރިވަމުން ޒީޝްވެސް ތިރިއަށް ފޭބިއެވެ. “ޒީޝް…” މާ ދުރުން މީހަކު އޭނާގެ ނަމުން ގޮވާލިހެން ހީވެގެން ހެވިފައި ހުރެ ޒީޝް ފަހަތް ބަލާލިއެވެ. އެ ހިނިތުންވުން ޒީޝްގެ މޫނުން ފިލާ ގޮސް ހައިރާންކަމުގެ ކުލަވަރު ޒީޝްގެ މޫނަށް އަރާ ފައިބަން ފެށިއެވެ. “މާން..؟؟” ރަތްކުލައިގެ ގަމީހަކާއި ކަޅު ޖިންސެއް ލައިގެން ހުރި މާޔަން ފެނިފައި ޒީޝް ހުރީ ދަތްދޮޅި ބިންމަތީގައި ޖެހޭވަރުވެފައެވެ. މާޔަންއަށް ދައުވަތު ދިނުމުން ނާދެވޭނެ ވާހަކަ ގައިމުވެސް ބުންޏެވެ. އަނެއްކާ މާޔަން ނެތްކަމުގެ ފަޅުކަން އިހުސާސްވެ މާޔަންގެ މަތިން ހަނދާންވާވަރުން ޒީޝްގެ ސިކުނޑި ޚިޔާލީ މާޔަންއެއް ދައްކަނީ ހެއްޔެވެ.؟ “ޒީޝް..” މާޔަން ފިރިހެންވަންތަ ހިނގުމެއްގައި އައިސް ޒީޝް ކުރިމަތީގައި ހުއްޓުނެވެ. “އެހެން މީހުންހާ އަހަންނަށް ފިލްމީ ނުވެވިދާނެ، އެކަމަކު..” މާޔަން ޖީބުން ނެގި ކުޑަ ފޮށި ފެނިފައި ޒީޝްއަށް އަނގަމަތީގައި އަތް އެޅުނެވެ. “ވިލް ޔޫ…….” މާޔަން ވަރަށް ފިލްމީ ފާޑަކަށް އެއްކަކޫ މައްޗަށް ތިރިވެފައި އަނގޮޓި ނެގިއެވެ. ނަމަވެސް ނަސީބު ހިފީ މާޔަން އާއި ދެކޮޅަށެވެ. އަނގޮޓި މާޔަންގެ އަތުން ދޫވެގެން ފުރޮޅެމުން ގޮސް ހުއްޓުނީ އިޒްކާންގެ ފައިބުޑުގައެވެ. އިޒްކާން ގުދުވެ އަނގޮޓި ނެގިއެވެ. އިޒްކާން ބޯ ހިއްލާލިއިރު ހުރެވުނީ އެއްކަކޫ މައްޗަށެވެ. އަދި އެވެސް އަނގޮޓި ހިފައިގެން ނީޝަލްގެ ކުރިމަތީގައެވެ. މަންޒަރު ބަލާ މީހަކަށް ހީވާނީ އިޒްކާން ނީޝަލްއަށް ޕްރޮޕޯސް ކުރާހެންނެވެ.
“ޔޯ.. ދިސް އިޒް މައި ޓާރން..” މާޔަން ހިނިއައިސްފައި ނީޝަލްގެ މޫނަށް ގެއްލިފައި އިން އިޒްކާންއަށް ގޮވާލައިފިއެވެ. ސިހިފައި އިޒްކާން އަވަހަށް މާޔަންއަށް އަނގޮޓި ދިނެވެ. އޭރު ލަދުން ނީޝަލްގެ މޫނު ވަނީ ރަތްވެފައެވެ. ތުންފަތުގައި ދަތް އަޅާލައިގެން ނީޝަލް ވަގުވަގަށް އިޒްކާންގެ މޫނަށް ބަލަމުން ދިޔަ ގޮތް ފެނިފައި އިޒްކާންއަށް ހެވުނެވެ. އެވަރުންވެސް އެދެމެދުގައިވީ ލޯބި ފެނެއެވެ. “ޒީ.. ވިލް ޔޫ މެރީ މީ..؟” މާޔަން އެއްސެވެ. “ސޭ ޔެސް..! އެނޫނީ އެކުއްޖާ ވަރަށް ލަދުގަންނާނެ..” އެންމެން ސީރިއަސްވެފައިވާތީ އާހިލަށް އެގޮތް ކަމުނުގޮސްގެން އެއްޗެކޭ ބުނެލިއެވެ. ޒީޝް ބަލާލީ ކައިޔަންގެ ލޮލަށެވެ. ލަހުފާ އާއި ޒާހިދު ދުނިޔޭގައި ހުރިއިރުވެސް ޒީޝް ބަލަމުން ގެންދިޔައީ ކައިޔަން ކަމަށް ވާތީއެވެ. ދޮންބެގެ ރުހުމަކީ ޒީޝް ކޮންމެހެންވެސް ބޭނުންވާނެ އެއްޗެކެވެ. އެވަރުން ކައިޔަންގެ ލޮލަށް ބަލާލެވުނީ އެހެންވެއެވެ. ނުލާހިކު ބޮޑަށް ހީނލައިގެންހުރެ ކައިޔަން ބޯ ޖަހާލިއެވެ. މާހައުލުގައި އެންމެންގެ ހުނުމުގެ އަޑު ގުގުމައިގަތުމާއި އެކީގައި ޒީޝް ނިކަން ބާރަށް އާނއެކޭ ބުނެލިއެވެ. މާޔަންގެ ހިނިތުންވުން ފުޅާވެގެން ދިޔުމާއި އެކީގައި ރަކިވެގެން ޒީޝް މާޔަންގެ މޭމަތީގައި މޫނު ފޮރުވިއެވެ. އެންމެން ދިމާކޮށް ހޯބޯލައްވަން ފެށުމުން ޒީޝް ބޭނުންވީ ބިން ފަޅާފައި އަޑިއަށް ދާށެވެ. ނަމަވެސް ހިތުގެ އަޑިން އުފާވެގެން ގޮސް ވަރެއް ނެތެވެ. ހިތް ފުރި ބަންޑުންވަނީއެވެ.
ލިބުނު އުފާވެރިކަން ދެގުނަ މައްޗަށް ޖެހިލުމުން ނީޝަލް ހުރީ އުފަލުން ގޮސް ހަދާނެ ގޮތެއްވެސް ނޭނގިފައެވެ. ދޭތެރެ ދޭތެރެއިން އިޒްކާންގެ އަތަށް ބާރުކޮށްލެވެނީވެސް ބޭއިޚްތިޔާރުގައެވެ. އިޒްކާންއަށް އެކަންވީ ކުޅިވަރަކަށެވެ. ނީޝަލް އިޒްކާންގެ އަތަށް ފިތާލާ ކޮންމެ ފަހަރަކަށް އިޒްކާން ވެސް ނީޝަލްގެ އަތަށް ފިތާލައެވެ.
އެދުވަސް ފާހަގަވެގެން ދިޔައީ ނީޝަލްއަށް ނުހަނު އުފާވެރި ދުވަހެއްގެ ގޮތުގައެވެ. އަދި އެންމެ ކަމުދިޔަ އުފަންދުވަހުގެ ގޮތުގައެވެ.
އަށް އަހަރު ފަސް
“ވަރަށްރީތި ހުވަފެނެއް ފެނުނުތަ..؟” ފެންވަރައިގެން ނުކުންނަމުން އިޒްކާން އަހާލިއެވެ. “އާނ.. އިޒްކާން ކިޔާ އެއްޗެއް މޫދުން އަރައިގެން އަންނަތަން ފެނުނީ.. ވަރަށް ތޫނު ދަތްތަކެއް ހުރި އެއްޗެއް.. ވަރަށް ބިރުވެރި.. ވަރަށް ނާމާން ސިފައެއް ޖަހަނީވެސް.. ބިރުން ކިރިޔާ ތަންމައްޗަށް ހީސްނުލެވުނީ..” ފުނާއަޅަން އިނދެފައި ނީޝަލް ބުނެލިއެވެ. ކުޑަކުއްޖެއްގެން ހިނިގަނޑެއް ޖަހާލަމުންނެވެ. “އޯވްހް.. މަށަށް ހީވިއޭ ތަންމަތިން ވަރަށް ނުބައިވަހެއް ދުވިއޭ.. އެހެންވީމައި ނީޝް އެނދަށް ހީސް ލީ ދޯ..؟ ޑާރކް މިސްޓްރީ ސޯލްވްޑް..! އިޒްކާންވެސް ވަކި ނީޝަލްއަކަށް ދުލެއް ނުކުރިއެވެ. އެންމެފަހުން ނުހުރެވިގެން ހޭން ޖެހުނީ ނީޝަލްއަށެވެ. އިޒްކާންވެސް ހީނލާފައި ނީޝަލް ގެނެސް މެޔާލާ ބޮނޑިކޮށްލިއެވެ. ”މަ ނީޝް އާއި ދިމާލަށް ލޯބިން ބޭބީއޭ ކިޔާ ގޮވިޔަސް ހީނުކުރައްޗޭ ތީ އަސްލުވެސް ބޭބީއެއް ކަމަށް..” ނީޝަލްގެ ކޯތާފަތުގައި ބޮސްދީފައި އިޒްކާން ބުނެލިއެވެ. އިޒްކާންގެ އިސްތަށިގަނޑުތެރެއަށް އަތް މަހާލާފައި ނީޝަލް ބޯ ޖަހާލިއެވެ.
“ދޮންބެގަނޑާ..!!” މިހާރު އެ ގަޑިން އެކެއް ޖަހަނީއޭ..” އައިރީން ބޭރުގައި ހުރެ ހަޅޭއްލަވާ އަޑަށް އިޒްކާން ނީޝަލް އާއި ދިމާލަށް ބަލާފައި ހޭންފެށިއެވެ. “ހިނގާ ދާން.. ބޭބީސްވެސް ހޭލަފާނެ މިހާރު..” އިޒްކާން ނީޝަލްގެ އަތުގައި ހިފައިގެން ބޭރަށް ނުކުތެވެ.
އިޒްކާން އާއި ނީޝަލްގެ ކައިވެންޏަށް ހަތް އަހަރުވީއެވެ. ކައިވެންޏަށް ދެއަހަރުވީއިރު ނީޝަލްއަށް ލިބުނީ ފިރިހެން ކުއްޖެކެވެ. ނަޒާލްއަށް ބޮޑަށް ލިބިފައިވަނީ އިޒްކާންގެ ސިފަތަކެވެ. ނޫޑްލްސްގަނޑެއް ހެން ހުރި ބުޅި އިސްތަށިގަނޑާއި ބޮޑު ދެލޮލެވެ. އަދި އިޒްކާންގެ ރީތި ހިނިތުންވުމާއި ކޮލަށް އެޅޭ އަޑިކޮޅެވެ. ނަމަވެސް ނަޒާލްގެ މިޒާޖު ހުރީ ނީޝަލް އާއި އެއްގޮތަށެވެ. ނިކަން މަޑުމައިތިރިކޮށް ލަދުރަކިކޮށެވެ. ދެވަނައަށްވެސް ނީޝަލްއަށް ލިބުނީ ފިރިހެން ކުއްޖެކެވެ. ހަތަރު އަހަރުގެ ޒައިކް އަކީ އެހެން މީހުންނާއި ގުޅިގެން އުޅޭ ލާނެތް ކުއްޖެކެވެ. ނީޝަލްގެ ހުންނަފަދަ އެސްތެޓިކް ފެހިކުލައެއްގެ ކަޅި އާއި ރަތް ތުންފަތެއް ޒައިކްގެ ހުރެއެވެ. ޒައިކްގެ ހަލަނިކަމުން އެ ރާޅުބާނި އިސްތަށިގަނޑު އަބަދުވެސް އޮންނަނީ ހޭވިފައެވެ. ނަޒާލް އާއި ޒައިކްގެ ހަމުގެ ކުލަ އައްޔެވެ. ނަޒާލް އާއި ޒައިކް އުޑާއި ބިމާހާ ތަފާތުވިޔަސް ދެބެންވެސް އެކަކު އަނެކަކު ދެކެ ލޯބިވަނީ އިންތިހާއަށެވެ. ދީނަށް ފަރުވާތެރިވެ ދެކުދިންވެސް ބޮޑުވަމުން އަންނަނީ ނުހަނު ހަރުދަނާ ކުދިބައެއްގެ ގޮތުގައެވެ.
ނީޝަލް އާއި އިޒްކާން ކޮޓަރިން ބޭރަށް ނުކުމެގެން އަންނައިރަށް ނަޒާލް އާއި ޒައިކް ދެމީހުންނާއި ދިމާލައަށް އައީ ދުވެފައެވެ. ނަޒާލް އިޒްކާންގެ ފައިގައި އޮޅުލައިގަތްއިރު ޒައިކް ފުންމައިގެން އެރީ ނީޝަލްގެ އުރަށެވެ. އެ މަންޒަރު އާހިލް އޭނާގެ ކެމެރާގައި ރައްކާކޮށްލީ ހިނިއައިސް ހުރެއެވެ.
އޭރު ހޫރީން އާއި އައިހަމް ސޯފާގައި އިށީނދެލައިގެން އިނެވެ. އައިހަމް އާއި ހޫރީންގެ ކައިވެނި ކުރެވިގެން ދިޔައީވެސް ނީޝަލްމެންނާއި އެކީގައެވެ. އެކައިވެންޏަށްވެސް ހަތް އަހަރު ފުރިގެން ދިޔައިރު ހޫރީންއަށް ވަނީ ދެކުދިން ލިބިފައެވެ. މިޝާ، ނީމްއަށް ވުރެ ބޮޑީ އެންމެ ދެ އަހަރެވެ. މިޝާ އާއި ނީމް އަކީ ހޫރީންގެ ތަތްގަނޑެކޭވެސް ބުނެވިދާނެއެވެ. އެހާވެސް އެދެމީހުން ވައްތަރެވެ. ނަމަވެސް ފަރުވާތެރިކަމާއި އެކީގައި ދެ ކުދިންނާއި ދިމާލަށް ބަލާލައިފިނަމަ އައިހަމްގެ ސޫރަވެސް އެދެކުދިންގެ މޫނުން ފެނެއެވެ. އޭރު ހޫރީން ތިންވަނަ ދަރިއަކަށް ބަނޑުބޮޑެވެ. ހަތަރު މަހަށް އަޅާފައިވާ ބަނޑުގައި ނީމް ދޭތެރެ ދޭތެރެއަކުން ޖަހާލައެވެ. ކޮއްކޮއަށް އައްދޮވޭތޯ ބަލާލަނީއޭ ކިޔަމުންނެވެ. މިޝާ އާއި ނީމް އަކީ މަޑުމައިތިރިކޮށް ހުންނަ ދެކުދިން ނަމަވެސް ދޭތެރެ ދޭތެރެއިން އަރާ ފޯރިއަކުން ލާނެތްވެގެން ދަނީ ކިހިނެތްކަމެއްވެސް ނޭނގެއެވެ.
އައިރީން އާއި އާހިލް ކައިވެނި ކުރިތާ އަހަރެއް ވާން ކައިރިވަނީއެވެ. އެހާ އަވަހަށް ކައިވެނި ނުކޮށް އައިރީން އާއި އާހިލް ބޭނުންވީ ހުވަފެންތައް ހަގީގަތަކަށް ހަދާށެވެ. އާހިލް ވީ ޕްރޮފެޝަނަލް ފޮޓޯގްރާފަރަކަށެވެ. އައިރީން ވީ ޓީޗަރަކަށެވެ. ދެމީހުންގެ ހުވަފެން ހަގީގަތަކަށް ވީހާ އަވަހަކަށް އާހިލް އައިރީން އާއި ކައިވެނި ކުރިއެވެ.
ދޮރުގައި މީހަކު ޓަކިޖަހާއަޑަށް އައިރީން ގޮސް ދޮރު ހުޅުވާލިއެވެ. އެތެރެއަށް ވަނީ ހިޔާން އާއި މީކާއެވެ. ހިޔާން އާއި މީކާއަށް ލިބުނީ އަންހެން ކުއްޖެކެވެ. ހަ އަހަރުވެފައިވާ ކައިނާއަށް ހިޔާންގެ ފަން އިސްތަށިގަނޑު ލިބިފައިވެއެވެ. މީކާގެ އެސްފިޔަ ގިނަ ދެލޯގެސް ކައިނާއަށް ލިބިފައިވެއެވެ. ކައިނާ ފެންނަނީ އުމުރަށްވުރެ ދޮށީކޮށެވެ. މީކާގެ ދިގު އިސްކޮޅު ކައިނާއަށް ލިބިފައިވާ ކަމުގެ ހެއްކެވެ.
އިރުކޮޅެއް ނުވަނީސް ގެއަށް އިޝްހާ އާއި ނައިލްވެސް އައިސް ވަނެވެ. އިޝްހާ އާއި ނައިލްގެ ކައިވެނި ކުރެވިގެން ދިޔައީވެސް އާހިލް އާއި އައިރީން އާއި އެކީގައެވެ. ނައިލް އާއި އިޝްހާ ވެސް އުޅެމުން ގެންދަނީ އުފާވެރި ދިރިއުޅުމެކެވެ. ޒީޝް މާޔަން އާއި އެކީގައި އުޅެމުން ގެންދިޔައީ މެލޭޝިޔާގައެވެ. ވަޒީފާގެ ގޮތުން މާޔަންއަށް އާއިލާ ގޮވައިގެން އެކޮޅަށް ބަދަލުވާން މަޖުބޫރުވީއެވެ. ޒީޝްއަށް ލިބުނީ އެއްމާބަނޑު ތިންބެއިންނެވެ. ޒުހާ، މާހާ އަދި ނިހާއެވެ.
ފައިލަމްގެ ފުރަތަމަ ކައިވެނި ކުރިއަކަށް ނުދިޔައެވެ. އެކަމާއި ވީ ދެރައިން ފައިލަމް ދިޔައީ ރާއްޖެއިން ބޭރަށެވެ. މިފަހަރު ލޯތްބަށްވުރެ ފައިލަމަށް މުހިންމުވީ އޭނާގެ ހުވަފެންތަކެވެ. އެހެންކަމުން އޭނާ މިހާރު ވީ ޕައިލެޓް ކޯސް ހަދަން ގޮހެވެ. ފައިލަމް އަނބުރާ ރާއްޖެ އަންނައިރުން އެންމެންނަށް އޭނާ ރައްޓެހިވެގެން އުޅޭ އަންހެން ކުއްޖާ ދައްކާނެކަމަށް ބުންޏެވެ. ގުޅައިގެން އުޅޭ ކޮންމެ ފަހަރަކު އެ އަންހެންކުއްޖާގެ ރަނގަޅު ވާހަކަ ފައިލަމް ދައްކާ ހަދައެވެ.
ނެޒެލީ އާއި އެމީލްވެސް އެމީހުން ހިތްއެދޭ ބައިވެރިންނާއި އެކީގައި ކައިވެނީގެ ގޮށް ޖަހާލައިގެން އުޅެމުން ގެންދަނީ ފްރާންސްގައެވެ. އެންމެ އަވަހަށް ލިބޭ ޗުއްޓީއަކަށް ރާއްޖެ އަންނާނެ ވާހަކަ ނެޒެލީ ވަނީ ނީޝަލްގެ ގާތު ބުނެފައެވެ.
ބޭރުން ކާރެއް ބަރުގޮނު އަޅުވާލިއަޑަށް ނަޒާލް ދުވެފައި ބެލްކަންޏަށް ނުކުތެވެ. “މަންމީ..! ކާފަ އައިސްފި..” ނަޒާލް ބުނެލިއެވެ. “މެޓާ..!” ޒައިކްގެ ދުލުން ނުކުތީ އެ ބަހެވެ. ދެން ހީވީ މީހަކު ޒައިކްގެ އަތުގައި ހިފާ ލަތްކެއް ޖެހިގެންނެވެ. އިންތަނުން ފުންމައިގެން ތެދުވެ ޒައިކް ދޮރާއި ދިމާލަށް ދުއްވައިގަތީ ކައިޔަން އާއި އަވްލީން އަންނަންޏާ އަންނާނީ މެޓަޔާއި ސްނެކްސް ހިފައިގެންކަން އެނގޭތީއެވެ. “ކާފާ..!” ކައިޔަން އައިސް ވަންނައިރަށް ޒައިކް ކައިޔަންގެ ގައިގައި އޮޅުލައިގަތެވެ. ނިކަން ލޯބި ރާގަކަށް ކާފާއޭ ކިޔާ ގޮވާލަމުންނެވެ. “ހޫން އެއްކަލަ ކުއްޖާ މެޓާ ބޭނުންވީދޯ..؟ އިއްޔެރޭ ނިދިއިރު ދަތް އުނގުޅިންތަ..؟؟” ކައިޔަން އަޅައިގެން ހުރި ނަންބަރު އައިނު ރަނގަޅު ކޮށްލާފައި އެއްސެވެ. “އަމްމް….” ޒައިކް އިނގިލި އަނގަޔަށް ލިއެވެ. “ނޫނގުޅަންދޯ..؟ މާމަ ބުނީމެއްނު ނިދާ ގަޑީގައި ދަތް ނޫނގުޅައިފިއްޔާ ދަތްފަނި ކާނެޔޭ..؟” އަވްލީން އައިސް ބުނެލިއެވެ. “ސޮރީ މާމާ.. މިރޭ ފޯ ޝުއާރ ދަތް އުނގުޅާނަން..” ނީޝަލްގެ ފަރާތުން ޒައިކަށް އިވުނު އިނގިރޭސި ބަސް އޭނާ ބޭނުން ކޮށްލިއެވެ. ހިނިއައިސް ހުރެ އަވްލީން ޒައިކްގެ އަތަށް ޗޮކްލެޓެއް ލައިދިނެވެ.
“ކޮބާ ދަރިފުޅުމެން އަދިވެސް ދާން ނުވަނީ..؟ މިހާރު އެއްގަޑި ބައިވާން އެއުޅެނީ..” ކައިޔަން ގަޑި ބަލާލިއެވެ. “އަހަރެމެން ދިޔައީމައި ބައްޕަމެން މަޖާކުރާނެކަން އެނގޭތީ ނުގޮސް މިހުންނަނީ..” ނީޝަލް ބުނެލިއެވެ. “ދަރިފުޅުމެން ދާއިރަށް ހައިނާ، ލިޔާން، އިކުވާން އަދި ރަނާ އަންނާނެ މިގެއަށް.. އަލާން، ޒިވީން، ޒާއިން އަދި އައިންވެސް އަންނާނެ.. އައިން ބުނީ ތިކުދިން ދާއިރުން ޒުކާން އާއި ޒޭނާވެސް ގޮވައިގެން ދައްޗޯ..” ކައިޔަން ބުނެލިއެވެ. “އޯކޭ.. ދާ މަގުމަތީގައި ޒުއްކޮ އާއި ޒޭނާ ވެސް ގޮވައިގެން ދާނީ.. ބައްޕަމެންވެސް މަޖާކޮށްލާ އިނގޭ.. މާ ލަހެއް ނުވެ އަންނާނަން..” ނީޝަލް ބުނެލިއެވެ.
ކައިޔަން އެދުނު ފަދައިން ކޭ.އޭ.އެން.އެން ކޮންޕެނީ އާއި ހަވާލުވީ އިޒްކާންއެވެ. ކައިޔަން އާއި ބަލާފައި އިޒްކާން ވަކި ދެރައެއް ނޫނެވެ. ކޮންޕެނީ އަދިވެސް ކުރިއަށް ދަނީ ކާމިޔާބު ކަމާއި އެކީގައެވެ. ނީޝަލް ވީ ބޭކާރއަކަށެވެ. ފޮނިއެއްޗެހި ތައްޔާރު ކުރަން ހުރި ޝައުގެއްގެ ބޮޑު ކަމުންނެވެ. އިތުރުން ކިރިޔާ ވެސް ލިބޭ ހުސް ވަގުތެއްގައި ނީޝަލް ކުރާ ކަމަކީ ލިޔުމެވެ. ވާހަކަ ލިޔުމަކީ ނީޝަލް ކުރާހިތްވާ ކަމަކަށް ވާތީއެވެ. ހޫރީން އަދިވެސް ކުޅަދާނަ ފުލުހެއްގެ ގޮތުގައި ކުރިއަށް ދާއިރު އައިހަމް ވީ ކާރޑިއޮލޮޖިސްޓަކަށެވެ. ހިޔާން ހަމުގެ ހާއްސަ ޑޮކްޓަރަކަށް ވީއިރު ނައިލް އަކީ ހައިސްކޫލަށް ކިޔަވައިދޭ ޓީޗަރެކެވެ. އިޝްހާ އަކީ ޕޭޝަންޓުންނާއި ގުޅޭ ހިތްހެޔޮ ނަރުހެކެވެ. ކުރިންވެސް ބުނި ފަދައިން އައިރީން ވީ ކުޑަކުދިންނަށް ކިޔަވައިދޭ ޓީޗަރަކަށެވެ. އަދި އާހިލް ވީ ޕްރޮފެޝަނަލް ފޮޓޯގްރާފަރަކަށެވެ. މީކާއަކީ ގާރޑެނާއެކެވެ. ހިޔާންމެންގެ ބޮޑު ގެ ވެސް ވަނީ މާމެލާމެއްޔާއި އެކި ޒާތްޒާތުގެ ގަސްތަކުން ފުރިފައެވެ. ޒީޝް ހެއަރޑްރެސަރ އަކަށް ވީއިރު މާޔަންވެސް ވީ ހަމުގެ ހާއްސަ ޑޮކްޓަރަކަށެވެ. އެންމެންގެވެސް ވަނީ ތަފާތު ހުވަފެންތަކެކެވެ. މާތް ﷲގެ އިރާދަފުޅުން މިއަދު އެވަނީ އެ ހުވަފެންތައް ހަގީގަތަކަށް ވެފައެވެ.
މިއަދު އެންމެން އެކީގައި އެއުޅެނީ އަތިރިމައްޗަށް ޕިކްނިކް ދާށެވެ. ނީޝަލްމެންގެ ގޭގައި އެންމެން ހަމަވެގެން އެތިބީވެސް އެހެންވެގެންނެވެ. މަދުވަނީ ފައިލަމް އާއި ޒީޝް އާއި މާޔަން އެކަންޏެވެ. އެ ތިން މީހުންގެ ފަޅުކަން އިހުސާސްވިޔަސް އެންމެންވެސް ބެލީ މަޖާކުރެވޭތޯއެވެ. ވަކިން ޚާއްސަކޮށް ކެމެރާ ކަރުގައި އަޅުވައިގެން އާހިލް ހުރީ ޒީޝް އާއި މާޔަންގެ އިތުރުން ފައިލަމްއަށް ޕިކްނިކްގައި ނަގާހާ ފޮޓޯއެއް ފޮނުވާ އެމީހުން ކަޑަކުރުވަން އަތުކުރި އޮޅާލައިގެންނެވެ.
ޕިކްނިކް ދާންވެގެން ނީޝަލް ޒައިކް އެއްޗެހި ބަދަލު ކުރުވަން ވެގެން އުޅުނު ތަނާހެން ޒައިކް ދުރަށް ދުއްވައިގަތެވެ. ނަޒާލް ނީޝަލްގެ ފަހަތުން ދުއްވައިގަތެވެ. ކޮއްކޮ އަތުވޭތޯއެވެ. މިޝާ އާއި ނީމް ސޯފާމަތީގައި ފުންމަން ފެށިއެވެ. ބާކީ ތިބި ހުރިހާ ކުދިންތައް ހަޅޭއްލަވާ އަޑުގަދަކޮށް ސަކަރާތް ޖަހަންފެށިއެވެ. އެ މަންޒަރު ބަލަން ގޮނޑިއެއްގައި އިށީނދެލައިގެން އިން ކައިޔަން އާއި އަވްލީންގެ ތުންފަތް މަތީގައި ކުޅެލާފައިވަނީ އެންމެ ރީތި ހިނިތުންވުމެވެ. “ކައި.. ވީ ލިވްޑް އޭން އެމޭޒިންގ ލައިފް.. ގުނާގުނާ އަދަދު ނުކުރެވޭހާ ފިއްތުންތަކާއި ކުރިމަތި ލައިގެން ދިޔައީމައި އޭގެ ނަތީޖާ ކިހާ ފޮނިދޯ..؟” ކައިޔަންގެ އަތުގައި ހިފާލަމުން އަވްލީން ބުނެލިއެވެ. “އާނ އަވް.. މިއަދު އަހަރެން ވަރަށް އުފާވެއްޖެ.. އަހަރެންނަށް އަވްއަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދެވުނީތީ.. އަދި އަހަރެމެން ދެމީހުންގެ ދަރިންނަށް ވެސް ރަނގަޅު ދިރިއުޅުމެއް ހޯދައިދެވުނީތީ..” އަވްލީންގެ އަތުގައި ހިފާ ބާރުކޮށްލަމުން ކައިޔަން ބުނެލިއެވެ.
އަތިރިމައްޗަށް ދެވުމާއި އެކީގައި ކުދިވެރިންތަކަށް ހީވީ އީދެއް އައިހެންނެވެ. ހަޅޭއްލަވަމުން ފުންމަމުން އެންމެން އެކީ ދުއްވައިގަތްއިރު ހީވަނީ މޫދު އެއީ ދުވަހަކުވެސް ނުފެންނަ އެއްޗެއް ހެންނެވެ. އެމީހުންގެ ފަހަތުން ދުއްވައިގަތީ އާހިލާއި އައިރީންއެވެ. އައިހަމްގެ އެހީގައި ހޫރީން ގޮސް ޕިކްނިކް ދާ މީހުންނަށް ހާއްސަކޮށް ހަދާފައިވާ ހިޔާ ކުރި ބައިގައި އިން ޖޯއްޔެއްގައި ޖައްސާލިއެވެ. ނީޝަލް ގެނައި ދަބަހުން ލެޕްޓޮޕް ނެގުމުން އިޒްކާން މޫނު ހަދާލިއެވެ. “ނީޝް މިފަދަ ދުވަހެއްގައިވެސް ތިކަން ކުރަނީ..؟ ރުޅި..” އިޒްކާން މޫނު ހަދާލިއެވެ. “ދެން އަޅެ.. މިއަދު އިޒީ އަމިއްލައަށް ކަންނޭނގެއެއްނު ބުނީ ބޭބީއޭ ކިޔަސް ތީ އަސްލު ބޭބީއެއް ނޫނޭ.. މިހާރު ތިވަނީ ކިހިނެތް..؟” އިޒްކާން އެހެން ބުނެލި ރާގަށް ނީޝަލް ވެސް އެއްސެވެ. “ދެން އަޅެ..” އިޒްކާން ދެރަވާގޮތް ދައްކާލިއެވެ. “މި ވާހަކައިގެ އެންޑިންގ އޭ މިއީ.. ފަހު ބައި.. އެބައި އެކަނި ލިޔެލާފައި ސަކަރާތް ޖަހަން ދާނަމޭ..” ނީޝަލް އިޒްކާންގެ ދެކޮލަށް ފިތާލާފައި ބުންޏެވެ.
“އެންމެ ފުރަތަމަވެސް ކިޔަން ދޭން ޖެހޭނީ މަށަށް..!” އިޒްކާން ކޮށްލީ އަމުރެކެވެ. “އޭ އޭ ތަކުރުފާނާ ތި ކިޔޭ އެއްޗެއް އެބަ އިނގޭތަ..؟ އެ ލިޔާ ވާހަކަ އެންމެ ފުރަތަމަ މަށަށް ކިޔަން ދޭން ނީޝަލް ވަނީ ޕްރޮމިސް ކޮށްފައި..” ހޫރީން ހަޅޭއްލަވައިގަތެވެ. “އޭތް ހޫރުކަމަނާ އެއީ މަގޭ އަންހެނުންނޭ..” އިޒްކާން ދެލޯ އަޅާލައިފިއެވެ. “އަދި އެއީ މަގޭ އެންމެ ގާތް އެކުވެރިޔާއޭ.. ނީޝް.. އިޒްކާންއަށް ނުދޭތި އިނގޭ.. މަށަށް އިނގޭ ދޭނީ.. މަ ވަރަށް ރަނގަޅެއްނު ދޯ..؟” ހޫރީން ހަތަރު މަހުގެ ބަނޑާއި އެކީގައި އެދިމާލަށް އައިސް ނީޝަލްގެ ގައިގައި ބައްދާލައިފިއެވެ. “އޭ ނޫން ދެން.. ކުރިން ފަހަރުވެސް ހޫރީންއަށް ދިނީ ކިޔަން..” އިޒްކާން ޝަކުވާ ބަންނަން ފެށިއެވެ. “ކީކޭ ކިޔޭތޯ ތިއުޅެނީ..؟ އެންމެ ފަހަށް ނީޝަލް ލިޔެފައި އޮތް ވާހަކަ އެންމެ ފުރަތަމަ ކީ ހަމަ ތި ފޮނި ތަ-ކު-ރު-ފާ-ނު..” އަކުރުތައް ވަކިވަކިން ކިޔާލާފައި ހޫރީން ބުނެލިއެވެ. “އާނ ދޯ..” އެ ހަނދާންވެގެން އިޒްކާން ބޯ ކަހާލައިފިއެވެ. “އާނ ދެން މިފަހަރު ހޫރުކަމަނާއަށޯ.. މީނަ ދެރަވެގެން ރޯން ފަށައިފިއްޔާ އައިހަމް ނޮޅާލާނީ މަގޭ މޫނުވިއްޔާ ދޯ..؟؟” ބަލި ގަބޫލު ނުކުރަންވެގެން ކޮންމެވެސް އެއްޗެކޭ ކިޔާފައި އިޒްކާން ނަޒާލްއަށާއި ޒައިކަށް ގޮވަމުން މޫދާއި ދިމާލަށް ދުއްވައިގަތެވެ. ހޫރީން އޭނާ ދެރަކޮށްލަން މާމޮޅު އެއްޗެއް ކިޔާފާނެކަމުގެ ބިރަށެވެ.
ހޫރީން ހިނިގަނޑެއް ޖަހާލާފައި އަދިވެސް އެއްފަހަރު ނީޝަލް ލައްވާ ވައުދުކުރުވިއެވެ. އަދި އައިހަމް އާއި އެކީގައި ކުދިވެރިންނާއި ދިމާލަށް މިސްރާބު ޖެއްސެވެ. ނީޝަލް ފެންނަމުން ދިޔަ ރީތި މަންޒަރަށް ބަލާލީ ހިތްހަމަޖެހިގެން ހުރެއެވެ.
“އާ ދުވަހެއް.. އާ ފެށުމެއް.. ދިރިއުޅުމުގައި އާކަންތަކެއްވެސް ވާނެ.. އެހެން ވާއިރަށް އޮޅުންތައްވެސް އަރާނެ.. ހަޔާތަކީ މީހާ ރާވާލި ގޮތަށް ކުރިއަށްދާނެ އެއްޗެއްނޫން.. ރޭވިގޮތަށް ދާހެން ހީވެސްވާނެ.. އެކަމަކު އަނެއްކާ އަންނާނީ އެހެން އޮޅުންބޮޅުން ގަނޑެއް.. އެއީ މީހާގެ ހަޔާތް ޝައުގުވެރިވެގެންދާ ތަންކޮޅަކީ.. ވެއްޓިގެން ދާނީ އަޑިގަނޑަކަށް.. މާނައަކީ ދެރަވެ އިސްދަށަށް ޖަހާލާށެކޭ އެއްނޫން.. މާނައަކީ އިސް އުފުލާ ހުރިހާ ނުބައި ކަންތައްތަކާއި ހަނގުރާމަކުރާށޭ… އެންޑް އޯލްސޯ ނެވަރ އެވަރ ލޫޒް ހޯޕް… ހޭވް ފެއިތް.. ކޮންމެ ދުވަހަކުވެސް ރުޅިއައުމާއި މާފުކުރުންތައް ދާނެ.. އެތަކެއް އުފާވެރިކަމަކާއި އެތައް ހިތާމަވެރިކަމެއް އައިސް ދާނެ.. އެތައް ހިނިތުންވުންތަކަކާއި އެތައް ކަރުނައަކާއި ކުރިމަތިލާން ޖެހޭނެ.. ހަޔާތުގައި ދިމާވާ ކޮންމެ ކަމަކީވެސް ފިލާވަޅެއް.. އޭގެން ލިބިގަންނަން ޖެހޭނީ އިބުރަތް.. ޓުމޯރޯ އިޒް އޯލްވޭސް އަ ބްރޭންޑް ނިއު ޑޭ.. ބްރޭންޑް ނިއު ސްޓާރޓް..” ނީޝަލް ލިޔުނެވެ.
އަދި މަޑުމަޑުން ހިނގާލާފައި ގޮސް ވެއްޔާއި ތަތްތެޅިގެންއިން އިޒްކާންގެ ކޮނޑުގައި ބޯ ޖައްސާލިއެވެ. އިޒްކާން ވައްތަރީވެސް ވެލި މާއްޔަކާއެވެ. އިޒްކާންވެސް ހިނިތުންވެފައި ނީޝަލްގެ ބޮލުގައި ބޮސްދިނެވެ. އެދެމެދުގައިވީ ލޯބި ހާމައަށް ވަނީ ފެންނާށެވެ. އެތައް މަރުހަލާއަކަށް ފަހު އިޒްކާން އާއި ނީޝަލްގެ ލޯބި ވަނީ ކާމިޔާބުވެފައެވެ. ކޮންމެ މީހަކުވެސް ނީޝަލް އާއި އިޒްކާންގެ ލޯބިން އިބްރަތް ހޯދާނެއެވެ. އެދެމެދުގައިވާ ލޯބި ފަދަ ލޯތްބެއް ލިބުމަށް އެދޭނެއެވެ.
ކުއްލިއެއްޖަހާ އިޒްކާން ކޮޅަށް ތެދުވެ ނީޝަލްގެ ގަޔަށް ބޮޑު ވެލިގުޅައެއް ޖެއްސެވެ. ލޮލަށް ވެލިތައް ދިޔުމާއިއެކީގައި އައި ރުޅިން ނީޝަލް ތެދުވެ ވެލި މުށްވަރެއް ނަގާ ވައިސޫރިއެއްހާ ބާރަށް ދުއްވައިގަތް އިޒްކާންގެ ފަހަތުން ދުއްވައިގަތެވެ. އޭރު ނީޝަލްގެ މޫނުމަތިން ފެންނަމުން ގެންދިޔަ ކުލަވަރަކީ ވަރަށް އުފާވެފައި ހުރި މީހެއްގެ މޫނުން ފެނިގެން ދާނެ ކުލަވަރެކެވެ. ވެލި މުށްވަރެއް ނަގާ އިޒްކާންގެ ނަމުން ބާރަކަށް ގޮވާލާފައި ހިނިތުންވެ ހުރެ ނީޝަލް ދުއްވައިގަތީ ހަޔާތުގައި ދެން އަންނަން އޮތް ހުރިހާ ކަންތައްތަކާއި ކުރިމަތިލާން ފުރިހަމައަށް ތައްޔާރު ވެގެންނެވެ.
= ނިމުނީ =
– ވާހަކަ ފެށުނީއްސުރެ ނިމެންދެން ޔޫންއަށް ސަޕޯޓް ދެއްވަމުން ގެންދިޔަ ހުރިހާ ރީޑަރސްއަށްވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ ޔޫންގެ ފަރާތުން.. މި ތެންކިއު އަކީ ވަރަށް އާދައިގެ ތެންކިއުއެއް އެކަމްވެސް ޔޫންގެ ހިތުގެ އެންމެ ފުންމިނުން ރީޑަރސް ޔޫންއަށް ދެއްވި ލޯތްބާއި ސަޕޯޓަށް ޔޫން ވަރަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން.. ރީޑަރސް އާއި ނުލާ ޔޫންއަށް މި ހިސާބަކަަށް ނާދެވުނީސް.. ވަރަށް ބޮޑަށް ޝުކުރިއްޔާ އަދިވެސް އެއްފަހަރު.. ކުރިމަގުގައިވެސް ޔޫންއަށް މެދުނުކެނޑި ތިދެއްވަމުން ގެންދަވާ ސަޕޯޓް ދެއްވަމުން ގެންދަވާނެ ކަމަށް އުންމީދު ކުރަން.. އަދި ޔޫންއަށް ލިޔެވޭ ކުށްތައް ފާހަގަ ކޮށްދެމުން ގެންދަވާނެކަމަށްވެސް އުންމީދު ކުރަން.. ތެންކިއު އޯލް ވެރީ މަޗް.. ވިލް މިސް ޔޫ އޯލް.. ލަވް ޔޫ އޯލް ވަރަށް ބޮޑަށް..
އިންޝާ ﷲ ޔޫންގެ ހަތަރުވަނަ ވާހަކަ ކަމަށްވާ ‘ތި ސޫރަ ނޫން’ އިން އަނެއްކާވެސް ތިޔަ އެންމެހާ ކިޔުންތެރިންނާއި ބައްދަލުވާނެ ކަމަށް އުންމީދު ކުރަން..
20 Comments!
Comments are closed.





Nice ending eh ??? so cute .. dhn oih stryn bahdaluvaane kamah me ves ummydu kuran ?? lv u ?? will miss u ❤️❤️ tc care ?? may Allah give u a bright future ??
Aww vrh bodah thankiu Rooya Xek dear ? Labba yoon vx unmeedhu kuran dhimaavaane kamah nxt stry inn.. Love u more ?? Will miss u too dearlss.. May allah bless you too… Stay safe and tvgc larv ?✨
Vrh reethi mi vaahaka. Yooon ah vx vrh bodah shukuriyyaa mi vaahaka ehkoh medhu kedumehnethi alhugandumennaa hamayah genesdhinyma. You are one of my favorite and the best author. Ilysm♥️. Ummeedhu kuran dhen yooon thi liyamun dhaan vaahaka vx mihaa furihama vaane kamah.
Stay safe ♥️
Vrh bodah thankiu maiherr.r ?✨ Aww your welcome dear.. Vrh ufaavejje ? Ly more and more ? Insha allah yoon masahkaiyh kuraanan nxt stry vx kiyuntherinanah kamudhaane fadhain genesdheveythw.. And will try my best mi stry ga hedhunu mistakes thah repeat nukureveythw vx.. Once again thanks a lot.. You stay safe and tgc too ??
Hello yooon❤️❤️❤️
First of all thank uuu soo much for giving us to read such a amazing stry❤️❤️. Out of words Hama .❤️❤️ Masha Allah ekujjaa s 1 hen ekujjaa s 2 vxx Hama vrh Sali it’s so nice ❤️❤️❤️
I may not be a regular cmntor❤️❤️❤️
But I do read this one of my fav stry mee ❤️❤️
Looking forward for the new stry Yoon ge . ❤️❤️Waiting ingeyy Darls ❤️❤️
Hope to see it soon❤️❤️
Love uuuu❤️❤️
Stay safe❤️❤️ and tvgc ❤️❤️
Hei my lovely ril ?✨ Aww ur wlc dear I am so glad you enjoyed reading it.. Thankiu vrh vrh bodah ril dear ? Insha allah trailer vrh avahah nereynan.. Love yoou more dear ? You stay safe and tgc too ingey
yayyyyy.. neehsal ah izkaan libuny oww.. btw yoon v sorry ingeyy.. comment nukurevunas story baraabarah kiyaafa like dhinin ingeyy.. AND THIS STORY WAS HAMA BEST.. WAITING FOR NEXT STORYYY.. AM SO CURIOUS..HEHE.. LYSM BE SAFE N SORRY ONCE AGAIN
Labba Izkaan & Nysh ended up together ? Hehe issoke swry nubunaane ey.. Aww thankiu so much larv it means so much to me ? So happy u enjoyed.. Hehe insha allah its soon ingeii.. Ly more n more ? Hehe np no swry.. You stay safe and tgc too
Owh nd thankiu so so much StoryyQuyyn ?✨?
Oh nice❤️ keep it up yooon???
Vrh bodah thankiu MaayaMayyu ?? Labba will try my best.. Lots of love.. Stay safe & tgc ✨
Maasha Allah?,Mihaathanah kee ehme reethi vaahaka. Mi ah vureves reethi ithuru vaahaka thakeh kiyaalan libeyne kamah uhmeedhu kurann?
Varah bodah thankiu Mohammed Raeef ?✨ Vrh ufaavejje… Labba insha allah yoon try kuraanan kurimaguga vx kiyuntherinnah shauguverikamaai ekyga kiyaaleveyne fadha vhk thakeh genesdheveythw
Omg.nimunee dhw..vr vr reethi story eh..I love it.. waiting for your new story yoon ☺️☺️☺️
Vrh bodah thank you hawwa lamya ?✨ Labba Ekujja S2 nimunee.. Glad you enjoyed.. Keep waitinn ✨
Beautiful story.
waiting for your next story…
Thankiu so much H gurl ?? Insha allah its soon.. So glad you enjoyed this ✨
Thanks for giving to read a really nice story…. I will wait for your next story ☺️… Love you so much.. will miss you too
You r welcome and a bigger thankiu to you Hawwa Rifa ? Insha allah vrh avahah Trailer nereynan… And August ge kurin 1st part neredheveythw yoon try kollaanan.. Love you more nd more dear ? Will miss u more.. Stay safe and tgc ✨
Wow Yoon!!! ??
This story is one of my favourites.✔️✔️???
You are my favourite author. ????
You inspired me to write stories. ??
Thank you yoon????
ILY. ❤️❤️❤️❤️
TC. ☺️