ތި ސޫރަ ނޫން 31
* އެކުގައި ވަގުތުކޮޅެއް ހޭދަކޮށްފައި އަހުނަފާއި ތަނާ ދިޔުމުން މިއަލް އުއްޑުން އޮށޯވެލިއެވެ. އޭނާގެ ހަނދާނަށް ދެން އައީ ޝަފްވާން ވޮލެޓަކުން ވައްކަން ކުރި ހަނދާނެވެ. އެދެމެދުގައި ހިނގާ ކުދިކުދި ވަގުތުކޮޅުތަކުގެ ތެރޭ އޭނާގެ ސިކުނޑި ރަނގަޅަށް މަސައްކަތް ކުރާހެން މިއަލްއަށް ހިޔެއް ނުވެއެވެ. އެ ވާހަކަ އަހަން އުޅެފައި ވެސް އެކަން ހަނދާނުން ކައްސާލައިގެން ދަނީ އޭނާ ސިހުރެއްގައި ޖެހިފައި ވާ ފަދައިންނެވެ. އެ ރީތި ލޮލާއި ހީނލުމަށް ބަލަން އޭނާއަށް އަބަދުހެން ހުރެވެނީ ގެއްލިފައި ކަހަލަ ގޮތަކަށެވެ. ޝަފްވާން އެފަދަ ކަމެއް ކުރަން ޖެހުނީ ކީއްވެގެންކަމާމެދު މިއަލްއަށް ވިސްނެން ފެށިއެވެ. އެ ޚިޔާލުތަކުގެ ތެރޭގައި އޮއްވާ މިއަލް ސިހުނީ ފޯނު ރިންގުވާން ފެށި އަޑަށެވެ. *
“އަޅުގަނޑުގެ ދަރިފުޅު ކިހިނެތްތޯ..؟ ވަރަށް ސީރިއަސްތޯ..؟؟” އެކޮޅުން ހާސްވެގޮސް އަނެއް އަތަށް އަޅާފައިވާ ނަވާލުގެ އަޑު ޖެހުމާއެކު މިއަލްގެ ތުންފަތްމަތިން ހިނިތުންވުން ފޮހެވުނެވެ. މިއަލް ހަލޯ ގޮވާލި އަޑަށް އެކޮޅުން އެއްޗެކޭ ގޮވާލި އަޑު އިވުނެވެ. ޗުއްޓީ އިތުރުކުރެވޭތޯ ނަވާލަށް އޮޅިގެން ގުޅިފައި މިވަނީ މިއަލްގެ ނަންބަރަށެވެ.
“ކީކޭ ބައްޕާ..؟ ދޮންބެއަށް ކަމެއް ވީތަ..؟” އަވަސްއަވަހަށް މިއަލް އެއްސެވެ. ދެން އިވުނީ އޮޅުންއަރާފައިވާ ގޮތަކަށް ނަވާލް “އޭނ” އޭ ބުނެލި އަޑެވެ.
“ދަރިފުޅު.. އެކަމަކު ދެންމެ އަރުޖުން ގުޅާފަ ބުނީ ދަރިފުޅު އެކްސިޑެންޓެއް ވެގެން އުޅޭ ވާހަކަ..” ހައިރާންކަމާއެކު ނަވާލް ބުނެލިއެވެ. އޭރު ރީއަލް ވެސް ވާހަކަ ދައްކާ އަޑު އިވެއެވެ. ހިނދުކޮޅެއްތެރޭ ތަންކޮޅެއް ސާފުކޮށް އިވެން ފެށުމުން އޭނާ އައިސް ނަވާލް ގާތު ހުއްޓުނީކަން އެނގުނެވެ.
“ނޫން.. އެލް މީނީ ނަވާޒުބެމެން ގޭގަ ހަމަ.. އެކަނި ނުވެސް ދާނެއެއްނު ރަށަކަށް.. މާދަން ކޮލެޖް ވެސް އެބަ އޮތް..” މިއަލް ވެސް އިނީ އެހާ ހައިރާންވެފައެވެ. ފަހުން ގުޅާނަން ކަމަށް ބުނެ ނަވާލް ފޯނު ކަނޑާލިއެވެ. ތުންފަތުގައި ހަފާލާފައި މިއަލް އެނދުގައި ހަށިގަނޑު ދަމާލީ އެވީ ކިހިނެއްކަން ނޭނގިގެންނެވެ.
**********
މިޝަލްއަށް މަޑުމަޑުން ލޯ ހުޅުވާލެވުނެވެ. ފުރަތަމަ ވެސް ލޮލަށް އެޅިގެންދިޔައީ ހުދު ބޮތްކެއްގެ އައްޔެވެ. އުނދަގޫގޮތަކަށް މިޝަލް ތެދުވެ އިށީނެވެ. ވަށައިގެން ނަޒަރު ހިންގާލެވުނުއިރު މި އޮވެވުނީ ޖުނޯނިއާ އިންގައި އޭނާ އުޅޭ ކޮޓަރީގައެވެ. ހައިރާންވެފައި މިޝަލްއަށް ގަޑި ބަލާލެވުނެވެ. ހެނދުނުވެގެން ދިހައެއް ޖަހަނީއެވެ. ދެން ތެޅިގަނެފައި އޭނާއަށް ބަލާލެވުނީ އެނދުމަތީ އޮތް ފޯނަށެވެ. ހޮސްޕިޓަލް ގްރޫޕް ތޮއްޖެހިފައިވަނީ އޭނާ ނައިސްގެން ކޮށްފައިވާ މެސެޖްތަކުންނެވެ. ބޮޑުމީހާ އެތައް ފަހަރަކު އޭނާއަށް ގުޅާފައިވެއެވެ. އެންމެ ފަހު މެސެޖްތައް ކިޔާލުމުން އެންމެން އޭނަ ނުލާ ފުރީކަން އެނގުމާއެކު މިޝަލްއަށް ބޯކަހާލެވުނެވެ. މިވީ ކިހިނެތް ހެއްޔެވެ.؟ ގާތްގަނޑަކަށް އެއް ދުވަސް އެއްކޮށް އޭނާއަށް ނިދުނީ ހެއްޔެވެ.؟
އަމިއްލައަށް އެނބުރި ރަށަށް ދާނެކަމަށް ބޮޑުމީހާއަށް އެންގުމަށްފަހު އާފުރެމުން އިސްތަށިގަނޑު ރީތި ކުރަމުން މިޝަލް ގޮސް ފާޚާނާއަށް ވަދެ ތާޒާވެލިއެވެ. އަދި ގަޔަށް ދޫ ކްރީމްކުލައިގެ ހެދުމަކާއި ޖިންސެއް ލައިގެން މިޝަލް އެނދުގައި އިށީނދެލީ ޓިކެޓް ނެގުމަށެވެ. ދުވަހުގެ ބާކީ އޮތް ބައިގައި ވާވަރަށް އަރާމު ކޮށްލާފައި އެނބުރި ދާން ގަސްތުކޮށްގެންނެވެ.
އެނދުމަތީ ބަންޑުން އޮތް މިޝަލް ދެބުމަ ކައިރިކޮށްލަމުން ފަހަތް ބަލާލީ ދޮރު ހުޅުވުނު އަޑަށެވެ. ހައިރާންވެފައި މޭޒަށް ބަލާލެވުނުތަނާ ފާހަގަވީ ރޫމް ތަޅުދަނޑި ނެތްކަމެވެ. ދެލޯ ހަނިކޮށްގެން ބަލަން އޮއްވާ ކޮތަޅެއް ހިފައިގެން އެތެރެއަށް ވަތް ޔައުލާން ފެނި މިޝަލްއަށް ފުންމައިގެން ތެދުވެވުނީ ގަޔަށް ކަށްޓެއް ޖެހި ފަދައިންނެވެ. އަތް ތުރުތުރުލާން ފެށިގޮތަށް މުޅި މީހާ ހާސްކޮށްލިއެވެ. ފިލަން ވަންނާނެ ތަނެއް ނޭނގިގެން މިޝަލް އެނދުމަތީ އޮތް ރަޖާގަނޑު ނަގާ އޭގެ ދަށުން ހިމާޔަތް ހޯދިއެވެ.
މަންޒަރު ބަލަން ހުރި ޔައުލާން ބޯހޫރާލިއެވެ. އަދި ގެނައި ކޮތަޅު މޭޒުމަތީ ބެހެއްޓުމަށްފަހު އެނދުގައި އިށީނެވެ. ކުޑަ ބޯޅައަކަށް ވެލައިގެން އޮތް މިޝަލްގެ ގައިގައި ޔައުލާން ބާލީހަކުން ތަދުނުވާނެވަރަށް ބޮނޑިއެއް އެޅިއެވެ.
“މިހިރީ ނޫޑްލްސް ސޫޕް ގެނެސްފަ.. ޔޯ ފޭވަރިޓް. ތެދުވޭ އަވަހަށް ހުސްކޮށްލަން.. ވަރަށް ކުޅިކޮށް ހެދީ ވެސް ބައިވަރު ވެޖްޓަބްލްސް އަޅައިގެން..” ޔައުލާން ގޮވާލިއެވެ. މިޝަލްއަށް ދެލޯ މަރާ ތަގުޅިކޮށްލެވުނުއިރު އެދެލޯ ފުރިއްޖެއެވެ. އޭނާ ހީކުރިގޮތާއި ޚިލާފަށް ޔައުލާން އޭނަޔާއި ދިމާއަށް ހަޅޭއްލަވައިގަންނާކަށް ނޫޅުނެވެ. އެއްޗެކޭ ބުނާކަށް ނޫޅުނެވެ. ކުޑަމިނުން ސުވާލެއް ވެސް ނުކުރިއެވެ. ކުރީގެ ޔައުލާނެކޭ އެއްފަދައެވެ. ހަމަ އެ ހިތްހެޔޮ ރާގެވެ. އެ ސަމާސާ ހަރަކާތްތަކެވެ. ޔައުލާންގެ ވާހަކަ ހުރިގޮތުން އޭނާ ރަނގަޅަށް ވެސް ފަޅާއެރީކަން ހާމަވިއެވެ. ނަމަވެސް މިޝަލް އޮތްގޮތަށް އޮތީއެވެ. ތެދުވަން ނުކެރިފައެވެ. ދެންވާނީ ކިހިނެތްކަން ނޭނގޭތީ މުޅި ކުއްޖާ ވަނީ ނޭނގޭ ބިރެއްގެ ތެރޭގައެވެ. މިހާރު މިޝްލާ އާއި އަލީސާއަށް މިކަން އިނގޭކަމެއް ވެސް ނޭނގެއެވެ.
ޔައުލާން މަޑުމަޑުން މިޝަލްގެ މޫނުމަތިން ރަޖާގަނޑު ނެގިއެވެ. އަދި މިޝަލްގެ ދެކޮނޑުގައި ހިފާ އެނދުމަތީ ރީއްޗަށް ބޭންދިއެވެ. އެހުރިހާ އިރަކުވެސް މިޝަލް އިނީ އިސްޖަހައިގެންނެވެ. ޔައުލާން މިޝަލްގެ އަތަށް ސަމްސާ ލައިދިނެވެ. އަދި ސޫޕްތަށިން މަތި ނެގުމަށް ފަހު ގާތްކޮށްލިއެވެ.
“އަވަހަށް ކާލާ. އޭރުން ރަނގަޅުވާނީ.. ދެންމެ އެކްސިޑެންޓްގައި ލީންއަށް ސީރިއަސް އަނިޔާއެއް ނުވިކަން ނަސީބެއްނު.. ގޮތެއް ވީ ވެސް އަފްރާހުއަށް.. އޭނަގެ ފައި އެނބުރިގެން ކުޑަކޮށް ދުޅަވެފަ ހުރީ.. އޭނަ ވަކި މައްސަލައެއް ނުޖެއްސި ސައިކު ރިޕެއާ އާއި މަ ހަވާލުވީމަ.. އަދި އެއީ މަގޭ ފްރެންޑަކަށް ވީކަން ވެސް ނަސީބެއްނު..” ޔައުލާން ކުދި ކިޔަންފެށިއެވެ. ހެޔޮހާލުގައި މިޝަލް ހުރިތަން ފެނުމުން އޭނާގެ ހިތަށް ޝަކުވާގެ ބަދަލުގައި ވެރިވެފައިވީ ކޮޅުނެތްކޮޅަށް އުފާވެރިކަމެވެ. ކޮންމެ ފަދަ ހާލެއްގައި ވެސް މިޝަލް ދުނިޔޭގައި ހުރިނަމަ އޭނާއަށް މައްސަލައެއް ނެތެވެ.
މިޝަލްގެ ދެ ތުންފަތް ފޫއަޅުވާލާފައި ރުއިމުގެ އަޑު ބޭރުވިއެވެ. ޔައުލާން އޭނާގެ ކޮނޑުގައި ފިރުމާލިއެވެ. މިޝަލް ރޯ ވަރަކަށް ރޯން ފުރުސަތު ދީގެންނެވެ. ޔައުލާންގެ ހަށިގަނޑުގައި ދެއަތް ވަށާލިގޮތަށް މިޝަލް ރޯންފެށިއެވެ. ހޫނު ކަރުނަތަކުން ގަމީސް ތެމިފޯވަމުން ދިޔަ ނަމަވެސް ޔައުލާންގެ އެންމެ ޝަކުވާއެއް ވެސް ނެތެވެ. މިޝަލް އޭނާގެ ގާތުގައި ވަނީނަމަ އޭނާގެ އަތުގައި އޮތްހާ ގަމީހެއް ވެސް އެ ކަރުނަތަކުން ތެމިފޯވިޔަސް އޭނާއަށް ހެވެވެ. މިޝަލްގެ ގައިގައި ޔައުލާން ވެސް ބައްދާލާ އިހުނަށްވުރެ ވެސް ގަޔާއި ކައިރިކޮށްލިއެވެ. އިންޗިއެއް ދުރުގައި ވެސް މިޝަލް ހުންނާކަށް އޭނާ ނޭދެއެވެ.
މިޝަލްގެ ރުއިމުގެ އަޑު ހިނދިގެން ދިޔައީ އޭގެ ފަނަރަވަރަކަށް މިނެޓް ފަހުންނެވެ. އޭނާ ޔައުލާންގެ މޭގައި ލައްވެލައިގެން އިންއިރު އަދިވެސް ގިސްލެވެމުން ދިޔައެވެ. ޔައުލާންގެ އަތްތިލަތެރޭ ފޮރުވިފައިވާ އޭނާގެ އަތްތިލައިގައި ޔައުލާން ދިޔައީ ހުއްޓުމެއް ނެތި ބޮޑުވާއިނގިލިން ފިރުމަމުންނެވެ. އޭނާއަށް ކުޑަވެސް ހިތްހަމަޖެހުމެއް ގެނެސްދެވޭތޯ ޔައުލާން ކުރަމުން ދިޔަ މަސައްކަތް ފެނި މިޝަލްއަށް އިތުރަށް ރޮވޭގޮތްވިއެވެ. ޔައުލާންގެ މޭތެރެއަށް މިޝަލް އިތުރަށް ބޮނޑިވެގަތީ މޫނު ފޮރުވާލަމުންނެވެ.
މިޝަލްގެ ބުރަކަށީގައި ފިރުމަމުން ޔައުލާނަށް ބޭއިޚްތިޔާރުގައި މިޝަލްގެ ބޮލުގައި ތުންފަތް ޖައްސާލެވުނެވެ.
ދެލޯމަރާލައިގެން އިން މިޝަލްގެ ދެލޯ ހުޅުވުނީ ކުއްލިއަކަށެވެ. ހީވީ ފައިން ފެށިގެން ބޮލާއި ހަމައަށް ފިނި ރާޅެއް ދަތުރުކޮށްލިހެންނެވެ. ޔައުލާންގެ މި ހަރަކާތުން މިޝަލްގެ ހިތަށް ގޮތެއްވިއެވެ. ކުރިން ނުކުރެވޭފަދަ އިހުސާސެކެވެ. އެހެންޏާ ވެސް ރުޅިއައިސް ދެރަވާއިރު ޔައުލާން ގާތު މިހެން މިޝަލް އިނދެއެވެ. ވާނީވެސް އެހެންތާއެވެ. ޔައުލާނަކީ އޭނާގެ ސަޕޯޓް ސިސްޓަމެވެ. ނަމަވެސް ޔައުލާންގެ ފަރާތުން މިފަދަ ހަރަކާތެއް އޭނާއަށް މި ފެނުނީ އަލަށެވެ. ސިހުނުކަން ފޮރުވާލާފައި މިޝަލް ހަރަކާތެއް ވެސް ނުކޮށް އިނީ ހަމައަކަށް އެޅެންދެނެވެ.
އިރުކޮޅެއް ވަންދެން އެހެން އިނދެފައި މިޝަލް ރީއްޗަށް އިށީނެވެ. އިނދެވުނުގޮތުން ވާޅުވެ ބުރަކަށްޓަށް ތަދުވި ނަމަވެސް ޔައުލާން އެއްފަހަރު ވެސް އަތަކަށް ގުޑިއެއް ނުލައެވެ. އޭނާ ހަށިގަނޑު ދަމާލީ މިޝަލް ދުރުވުމުންނެވެ. އޭރު ސޫޕްތަށިން ވަނީ ކޮންމެވެސް ވަރަކަށް ހޫނުކަން ކެނޑިފައެވެ. އެހެންނަމަވެސް މިޝަލް ކާންފެށީ ބަނޑުހައިވެފައި އިން ވަރުންނެވެ. އޭނާއަށް މި ސޫޕް މީރުކަން އެނގުނީއްސުރެ އަލީސާ ގާތު އާދޭސްކޮށްގެން ކުރިން ވެސް ޔައުލާން އޭނާއަށް މި ހަދައިދެއެވެ. ކުޑަކޮށް ލޮނުރަހަ ގަދަ ނަމަވެސް މިޝަލްއަށް ޝުކުރުވެރިވެވުނެވެ. ހަދަން ނޭނގޭއިރު ވެސް ޔައުލާން އަމިއްލައަށް ސޫޕް ހަދައިގެން ގެނެސްދިނުމުންނެވެ. އެވަރުން ވެސް އޭނައަށް ކެވުނީ އެއްބައެވެ.
މިޝަލް ތަށި ދުރުކޮށްލުމުން ޔައުލާން އޭނާއަށް ބަލާލީ ނިމުނީތޯ އަހަމުންނެވެ. މިޝަލް ބޯ ޖަހާލުމުން ޔައުލާން އޭނާ އަތުން ސަމްސާ އަތުލާފައި ކާންފެށިއެވެ. މިމްރާހަށް އަންގާލާފައި ލޯންޗެއް ކުއްޔަށް ހިފައިގެން އާދެވުނުހާ އަވަހަކަށް އެރަށަށް އައުމުން ޔައުލާން ވެސް ހުރީ ވަރުބަލިވެފައެވެ. އަރުޖުނަށް ގުޅާ ދާންވީ ތަން ޔަގީންކޮށް ދެވުނުއިރު ތުންފިއްތައިގެން ރޮވޭ ނުރޮވޭ ހާލުގައި އެނދުމަތިކޮށްފައިވީ މިޝަލް ގާތު އޭނާ އިނެވެ. އޭނާގާތު ވާނުވާ އެހުމުން ބުނީ އަނެއްހެން ގެއްލުމެއް ނުވާ ކަމަށާއި ދުރަށް ވިއްސައިގެން ގޮސް ބޯ ޖެހުނުލެއް ބާރުކަމުން ހެޔަށް ގޮތްވީ ކަމަށެވެ. އަދި ދެތިން ތަނެއް މަށައިގެން ދިޔުން ފިޔަވާ އިތުރުކަމެއް ނުވާކަމަށެވެ. އަރުޖުން އެހެން ބުނި ނަމަވެސް ވަކިން ނަރުހުންނާ ބައްދަލުކޮށް ހާލު އޮޅުންފިލުވާ ބޭސްނަގާ ހަދާ މުޅި ދުވަސް އެއްކޮށް ޔައުލާން މިޝަލްގެ ޚިދުމަތުގައި ހޭދަކުރީ ކެއުމެއް ބުއިމެއް ވަރުބަލި ކަމެއް ނެތިއެވެ.
ސޫޕްތަށިން ކަމުން ދިޔަ ޔައުލާނަށް ބަލަހައްޓައިގެން މިޝަލް އިނީ އޭނާ ކާންފެށީ މިޝަލް ވެސް ކާން އިން ސަމްސަލުން ކަމަށް ވާތީއެވެ. ޚިޔާލެއް ފިކުރެއް ނެތި އިން ޔައުލާނަށް މިޝަލް ރަނގަޅަށް ބަލާލިއެވެ. އޭނާއަށް ޔައުލާން ފެނުނު އެންމެ ފަހު ފަހަރާ އަޅާބަލާއިރު ގިނަ ބަދަލުތަކެއް އައިސްފައި އެބަހުއްޓެވެ. ކުރިއަށްވުރެ ހަށިގަނޑު ވަރުގަދަވެ ޔައުލާން ރީތިވެއްޖެއެވެ. އިށީނދެެގެން އިންއިރު ވެސް އޭނާ އިސްކޮޅުން ދިގުކަން އެނގެއެވެ. ބާމަތިންވެސް މާ ފުޅާވެއްޖެހެން ހީވެއެވެ. އަތުގެ މަސްތައް ވަރުގަދަކަމުން ލައިގެން ހުރި ގަމީސް ވަނީ އަތަށް ހިފާފައެވެ. އަތްކުރި އޮޅާލާފައިވާތީ ނާރުތައް ފުފިއަރާފައިވާ އަތް ހުރީ ހާމައަށް ފެންނާށެވެ. މޫނުމަތީގެ ސިފަތައް ވެސް ކުރިއަށްވުރެ ތޫނުވެ ޒުވާން ވެއްޖެއެވެ. އިސްތަށިގަނޑު ހުރީ އަބަދުވެސް ބަހައްޓާފައި ހުންނަ ވަރަށެވެ. ކުރިން ވެސް ޔައުލާންގެ އެސްފިޔަތައް އެހާ ދިގު ހެއްޔެވެ.؟ އޭނާ ކަމުން ދިޔައިރު ދިރުވާލާ ކޮންމެ ފަހަރަކު ކަރަށް އަންނަމުން ދިޔަ ބަދަލުތަކަށް ބަލަން މިޝަލް އިނެވެ. އިޚްތިޔާރުން ބޭރުގައި ޔައުލާން ދިރާސާކުރަން ފެށިގޮތަށް ހުއްޓައެއް ނުލެވުނެވެ.
ސޫޕްގައިވީ ގަދަ ލޮނުރަހަ ޔައުލާނަށް ވެސް އިހުސާސްކުރެވުނީ ކަންނޭނގެއެވެ. “ލޮނުގަދައިރު އެއްޗެކޭ ބުނެވެސް ނުލާ ތި އިންނަނީ. ކިހިނެއްތަ މީގެ އެއްބައި ތި ހުސްކުރީ..؟” އަނގަޔަށް ވައްތަރެއް ޖައްސާލާފައި ޔައުލާން އެއްސެވެ. އަދި ހޭންފެށިއެވެ. ގޮތަކަށް އެ މޫނަށް ބަލަހައްޓައިގެން މިޝަލްއަށް އިނދެވުނެވެ. ދެ ތުންފަތް އެތެރެއަށް މަޅާލައިގެން އެ ހިނިތުންވުމަށް ގެއްލިފައެވެ.
ސޫޕްތަށި ހުސްކޮށްލާފައި ޔައުލާން އަނގަހުޅުވާލީ އެއްޗެކޭ ބުނުމަށެވެ. ނަމަވެސް މިޝަލް އެސްފިޔަ ވެސް ޖަހާނުލާ އޭނަޔާ ދިމާއަށް ބަލަން އިންގޮތުން ޔައުލާން ބުނަން އުޅުނީ ކީކޭކަން ވެސް ހަނދާން ނެތުނެވެ. ހަތަރުކަޅި ބައްދަލުވެ ދެމެދަށް ވެރިވީ ހަމަހިމޭންކަމެކެވެ. ޔައުލާން ފާޑަކަށް ލަދުގަތެވެ. އަވަހަށް ދުރަށް ބަލާލެވުނީ ވެސް އެހެންވެއެވެ. ކަރުކެހިލާފައި ޔައުލާން ޓައީ ދޫކޮށްލިއެވެ.
“ކޮންއިރަކުން ފުރަނީ..؟” ޔައުލާން އެއްސެވެ. ޔައުލާން ވާހަކަ ދެއްކުމުން މިޝަލްއަށް ވެސް ހަމަ ބިމަށް އާދެވުނެވެ.
“މާދަން ހެނދުނު.. އިއްޔެ އަސްލު ފުރުން އޮތީ.. އެކަމަކު މާ ގަދަޔަށް ނިދުނީ ކަންނޭނގެ..” މިޝަލް އެހެން ބުނެލުމާއެކު ޔައުލާނަށް މިޝަލްގެ މޫނަށް ބަލާލެވުނެވެ. އިއްޔެ ވީ އެއްވެސް ކަމެއް މިކުއްޖާ ހަނދާން ނުވަނީ ހެއްޔެވެ.؟
**********
އަރުޖުނާއި ޔައުލާން ހޮސްޕިޓަލުން ނިކުންނަން ދިޔައީ އެކުގައެވެ. ޔައުލާން އަރުޖުނަށް ޝުކުރު އަދާކޮށް އޭނާއަށް އިތުރަށް ދެ ހާސް ރުފިޔާ ވެސް ދިނެވެ. އުފާވެފައި ހުރިވަރުންނެވެ. އަރުޖުނަށް ނޭނގުނަސް އޭނާއަށް އެ ކޮށްދެވުނީ ހާދަހާ ބޮޑު ކަމެކެވެ. ވަންނަ ދޮރާ އަރާހަމަވީއިރު ތެޅެމުން ފޮޅެމުން ހޮސްޕިޓަލާއި ދިމާއަށް ދުވެފައި އައި ނަވާލާއި ރީއަލްގެ އިތުރުން ކިއަނާ ޔައުލާންގެ ލޮލުގައި އަޅައިގަތެވެ. ނިކަން ބޮޑަށް ހީނލާފައި އަތް ހޫރުވައިގަންނަން އުޅެނިކޮށް ޔައުލާން ގަނޑުވިއެވެ. މިލީންގެ ވާހަކަ އޭނާ ނޫން އެކަކަށް ވެސް ނޭނގޭނެއެވެ. މިލީންގެ ވާހަކަތައް އަޑުނާހާ އެކަން އެއްވެސް މީހަކަށް އަންގަން ޔައުލާން ބޭނުމެއް ނުވިއެވެ. މިލީން އެވަރުގެ ކަމެއް ކުރާނީ ކޮންމެވެސް ކަމެއް ވެގެންކަން ނޭނގޭހާ ޔައުލާން މޮޔައެއް ނޫނެވެ. ޔައުލާން ދެން ބަލާލީ އަރުޖުނަށެވެ. އޭނާ ވެސް ރީއަލަށް ގޮވަން ފަރިވެލަނީއެވެ.
“އަރުޖުން އެމީހުންނަށް ގުޅީތަ..؟” ޝައްކެއްމަތީ ހުރެ ޔައުލާން އެއްސެވެ. އަރުޖުން އާނއެކޭ ބުނެ ބޯޖަހާލީ މިއަލްގެ އާއިލާއަށް އަންގަން ޖެހޭނެކަމަށް ބުނަމުންނެވެ. ޔައުލާން ދަތްދޮޅީގައި ދެއިނގިލި ކާއްތާލިއެވެ. ވީމާ އަރުޖުނަށް ވެސް ހީވެފައި މިއޮތީ އެއީ މިއަލްކަމަށްތާއެވެ. އޭނާއަށް އަރުޖުންގެ ޚިޔާލުތައް އެނގޭނީ ކިހިނަކުން ހެއްޔެވެ.؟ މިހުރިހާއިރު އަރުޖުން މިލީންއަށް ނިސްބަތްކޮށް ވާހަކަދެއްކީ ކޮއްކޮއޭ ކިޔައިގެން ވިއްޔާއެވެ.
“ޔުއެލް..” ޔައުލާން ފެނި ރީއަލްގެ މޫނުން ފާޅުވެގެން ދިޔައީ ހައިރާންކަމެވެ. އައިސް މަޑުކޮށްލި ނަވާލް ވެސް ޔައުލާންގެ މުލައްދަނޑީގައި ހިފާފައި އެހީ މިއަލް ވީތަނެއް އިނގޭތޯއެވެ. އަދި މިއަލްގެ ޚަބަރެއްވިތޯއެވެ. ކިއަނާ ވެސް ބޯ ޖަހާލާފައި ޔައުލާންގެ މޫނަށް ބަލާލީ ޖަވާބެއްގެ އިންތިޒާރުގައެވެ. ޔައުލާން ނުތަނަވަސްވެފައި ހުރި ގޮތަށް ހީނލައިފިއެވެ.
“މީ.. ނަވާލްބޭ އެކްސިޑެންޓް ވީ އެލްއެއް ނޫނޭ..” އިސްތަށިގަނޑުގައި އަތްހާކާލަމުން ޔައުލާން ބުނެލިއެވެ. އަރުޖުނާއި ތިން މީހުން ވެސް ހައިރާންވެފައި ހުރި ފާޑަކަށް އެކަކު އަނެކަކުގެ މޫނަށް ބަލާލައިފިއެވެ.
“އެކަމަކު ބޮސް……” އަރުޖުން ފަށައިގަންނަން އުޅުމުން ޔައުލާން އޭނާގެ އަތުގައި ވިކާލާފައި ހިމޭނުން ހުރުމަށް ލޮލުގެ އިޝާރާތުން އެންގިއެވެ. ބޯއަރިކޮށްލާފައި އަނގަ ލައްޕާލި އަރުޖުން ހުރީ ޔައުލާން ދެން ބުނާ އެއްޗެއް ބަލާށެވެ.
“އެއީ އެލްއާ ވަރަށް ވައްތަރު ކުއްޖެއް.. އަރުޖުނަށް ވެސް އޮޅުނީ ދޯ އަރުޖުން.. މިހާރު އަރުޖުން ވެސް އުމުރުން ދުވަސް ވަނީއޭ..” އެހެން ކިޔާ ޔައުލާން ގަދަޔަށް ހޭންފަށާފައި އަރުޖުންގެ ކޮނޑަށް އަތް ވައްޓާލައިފިއެވެ. ކުއްލިއަކަށް ބޮސް އުޅެން މިފެށި ގޮތުން އަރުޖުން ވެސް އަޖައިބުވިއެވެ. އޭނާ އަނެއްކާ ވެސް އެއްޗެއް ބުނަން އުޅެފައި އެކަމުން މަނާވެގަތެވެ. އޭނާއަށް ދިން ރުފިޔާކޮޅު އަތުލަފާނެތީ ކަންނޭނގެއެވެ.
“ތިއީ ހަމަ ތެދެއްތަ..؟ އެއީ އެލް ނޫންކަން ޔަގީންތަ..؟” ނަވާލް އެއްސެވެ. އޭނާގެ އިތުރުން ކިއަނާ ވެސް ހަމައަކަށް އެޅުނީ ދެނެވެ.
“އާނ.. އެއީ މަރިޔަމް މިޝަލް ޒާހިރު ކިޔާ ކުއްޖެއް.. މިއޮތީއެއްނު..” ޔައުލާން އަވަސްއަވަހަށް ބޭސް ސިޓީ ދައްކާލިއެވެ. ނަވާލަށް ހަމަޖެހުމުގެ ނޭވައެއް ލެވުނީ ދެނެވެ. ރީއަލް އެތިވަރު ގޮވައިގަތީ އަރުޖުނަށެވެ. ރަނގަޅަށް ބަލާވެސްނުލާ އެވަރުގެ ބޮޑު ސިހުމެއް ދިނީތީއެވެ. ޔައުލާން އަވަހަށް އަރުޖުން ފޮނުވާލިއެވެ. ކުށް ކުރެވޭނީ އިންސާނުންނަށް ކަމާއި އަރުޖުނަށް މާފުކޮށްދިނުމަށް އެދެމުންނެވެ.
“ޔުއެލް މިކޮޅުގައި ކީއްކުރަނީ..؟” ފިލަފިލައިގެން ހިނގައިގަންނަން ތައްޔާރުވެލި ޔައުލާނަށް ޖެހުނީ ހުއްޓޭށެވެ. އެއް ކަމަކަށް ފަހު އަނެއް ކަމެކެވެ.
“މި އަނޭ.. ފިހާރައިގެ ނަން ބޯޑު ހަލާކުވެގެން..” ލިބުނު ދެ ސިކުންތުތެރޭ ޔައުލާން ހަދާލި ވާހަކަ ނުހަނު މޮޅެވެ. އަނެއްހެން ދޮގެއް ނޫންތާއެވެ. ނަމަވެސް އެކަމަށް ހައްލެއް ގެންނަން އޭނާ މިތަނަށް އަންނާކަށް ނުޖެހޭނެއެވެ. ހަލާކު ވެފައި ހުރިގޮތް ބަލާފައި މަރާމާތަށް ބަޔަކާއި ހަވާލުކުރަން އޭނާ ވަނީ ނިންމާފައެވެ.
ނަވާލާއި ކިއަނާ އެހެން ހެއްޔޭ އެހިއިރު އޭނަޔާއި ދިމާއަށް ހަނިވެފައިވާ ރީއަލްގެ ދެލޯ ޔައުލާނަށް ސިއްރެއް ނުވިއެވެ. ހަށަން ބަނދެލައިގެން ރީއަލް ބަލަހައްޓައިގެން ހުރީ ޝައްކުގެ ނަޒަރަކުންނެވެ. ހިންދިރުވާލާފައި އަވަހަށް އެތަނުން ސަލާމަތްވެގެން ޔައުލާން ހިނގައިގަތީ ބޭސް ނަގަން ދިޔުމުގެ ބަހަނާގައެވެ. ވަގުތެއް ވިއްޔާ އެގެއަށް އަންނަން އެދެމުން ނަވާލް ވެސް ސައިކަލަށް އެރިއެވެ. ރީއަލްގެ ހިތުގައި އެތަންމެ ސުވާލެއް ވާނެކަން އެނގެއެވެ. ނަމަވެސް އެޔަށް ދޭނޭ ޖަވާބެއް އޭނާ އަތަކު އަދިއެއް ނެތެވެ. ޔައުލާން ނިންމީ މިލްރީޝްވޭލީއަށް ނުދިޔުމަށެވެ.
********
އެކްސިޑެންޓްގެ ވާހަކަ ޔައުލާން ކުޑަގޮތަކަށް މިޝަލްއަށް ކިޔައިދިނެވެ. ބޮލުގައި އަތް އުނގުޅާލި މިޝަލްއަށް ބޯ ދުޅަވެފައި އިންކަމާއި ތަދުވާކަން އިހުސާސްވިއެވެ. ހުރިހާކަމެއް ހަނދާނަށް އައިސް ސިކުނޑި ރަނގަޅަށް މަސައްކަތް ކުރަން ފެށީ ދެނެވެ.
“އަހަންނާ ލައިގެން ޓިކެޓް ނަގައްޗޭ ލީން..” ފެންފުޅިން ކޯވަރެއް ބޯލަމުން ޔައުލާން އެދުނެވެ. އެ ނަން އިވުމުން މިޝަލް ބޯހޫރާލައިފިއެވެ. އެ ނަމުން އޭނާއަށް ނުގޮވުމަށް އެދެމުންނެވެ. އަދި ޔައުލާން ދިއްކޮށްލި މޮގުމޮގު ޖޫސްފުޅީގައި ހިއްޕެވެ.
“ޔުއެލް ނާހާނަންތަ..؟” މިޝަލް އެއްސެވެ.
“ކީކޭތަ އަހަންވީ..؟ ކޮން ސުވާލެއް އަހަރެން ކުރަން ލީން ބޭނުމީ..؟” ޔައުލާން އަހާލީ މަޑުމައިތިރި ރާގަކަށެވެ. އޭނާ ރުޅި އިސްކުރަން ހަދައިގެން މިޝަލްގެ ހިތަށް ތަދުކޮށްލާކަށް ބޭނުމެއް ނޫނެވެ.
“އައި ޑޯންޓް ނޯ، އެނީތިންގ..؟ އަހަރެން މިކަން ކުރީ ކީއްވެކަމާއި އެންމެންނަށް އޮޅުވާލީ ކީއްވެގެންކަން..؟” މިޝަލްއަށް އެހުނެވެ. ޔައުލާން އޭނަޔާއި ސުވާލެއް ނުކުރާތީ ކުށްވެރިކަމުގެ އިހުސާސް ކުރެވެމުން ދިޔައީ މާ ބޮޑަށެވެ.
“ބޭނުމެއް ނޫން ލީންއަށް ފޯސް ކުރާކަށް.. ލީން ބޭނުން އިރަކުން ކިޔައިދީ..” އެނގެން ބޭނުންވި ނަމަވެސް ޔައުލާން ބުނެލީ ހިތާދެކޮޅަށެވެ.
“އަހަރެން ތައްޔާރޭ..” މިޝަލްގެ އަޑު ކުރެހުނެވެ. އެ ހުރިހާ ބަރުދަނެއް އޭނާ އުފުލާތާ ވީ ދުވަހެއް ވެސް ނޭނގެއެވެ. އަބަދުހެން އަމިއްލަ އިހުސާސްތަކާ ދެކޮޅަށް ހަނގުރާމަކުރަމުން ދިޔަވަރަކަށް އޭނާގެ ހާސްކަމާއި އެކަނިވެރިކަން ވީ އިތުރެވެ. ހުސްވެސް އަމިއްލަ މޮޔަކަމުން ވީހާ ކަންކަމެވެ. ޔައުލާނަށް ފަޅާއެރުމާއެކު އޭނާއަށް މިކުރެވުނު ކަމާއި މެދު ހިތުގައި އުފެދުނު ދެބަސްވުން މާ ބޮޑުވެއްޖެއެވެ.
ޔައުލާން މިޝަލްގެ ދެއަތުގައި ހިފާލީ އޭނާ ތުރުތުރުލާތަން ފެނުމުންނެވެ. ރަނގަޅަށް ލަސްލަހުން ނޭވާލާފައި ހަމަޖެހިލުމަށް ޔައުލާން އެދުނެވެ. އަދި ހުރިހާ ވާހަކައެއް އެއްފަހަރާ ކިޔައިނުދިނަސް ހެޔޮކަމަށާއި މިޝަލް ދައްކާ ހުރިހާ ވާހަކައެއް ކޮންމެ ވަގުތަކުވެސް އަޑުއަހަން ތައްޔާރަށް ހުރިކަން ޔައުލާން ބުނީ ނުހަނު ލޯބިންނެވެ. އެކަމުން މިޝަލްގެ ހިތަށް ނޭނގޭ ހަމަޖެހުމެއް ލިބިގެންދިޔައެވެ. އަދި އޭނާގެ ވާހަކަތައް ކިޔައިދޭންފެށީ ނުހަނު އަސަރާއެކުގައެވެ. އެހުރިހާ ވަގުތަކުވެސް ޔައުލާން އިނީ އޭނާގެ އަތުގައި ލުއި ގޮތަކަށް ހިފައިގެންނެވެ.
“ޔޫ ޑިޑް ދިސް… އޯލް…. ފޮރ އަ މޭން..؟؟؟” ޔައުލާންގެ އަޑުގައިވީ ހައިރާންކަމުގެ އަސަރު ތަކެވެ. ހަމައެއާއެކު އޭނާ ނިތްމަތީ އަތްއަޅާލާފައި ހޭންފެށީ ގަބޫލުނުކުރެވިފައި އިނދެއެވެ. ނޭނގި މިޝަލްގެ އަތުން ދޫކޮށްލެވުމާއެކު މިޝަލް އަލުން އެ އަތާއި އަތް ގުޅާލިއެވެ.
“އިޓްސް ނޮޓް ފަނީ ޔުއެލް.. ޝަފްވާން ބޭނުން އަހަރެން.. އައި ލަވް ހިމް..” މިޝަލް އިސްތަށިގަނޑުގައި އަތްފުނާ އަޅާލަމުން ބުނެލީ މާޔޫސްވެހުރެއެވެ. ހުރިހާ ކަމަކަށްފަހު ވެސް އޭނާ އެދެނީ ޝަފްވާނަށެވެ.
“ލީން އަހަރެން ގާތު ބުނެލިނަމަ އެހީވީހޭ.. އައި ވުޑް ހޭވް ޑަން އެނީތިންގ ޖަސްޓް ސޯ ޔޫ ކުޑް ބީ ހެޕީ.. ޝަފްވާން ފައިބުޑަށް ވެއްޓިގަނެގެން އާދޭސް ވެސް ކޮށްދިނީމުސް.. އެކަމަކު ވިސްނާލަބަލަ.. މިކަމުން ނިކުތް ނަތީޖާ.. ދަ ކޮންސިކުއެންސެސް އޮފް އަ ސެލްފިޝް ޑެޒިޝަން.. ޒާހުބެ.. އެނގޭތަ ޒާހުބެ ވަކިވެދިޔަކަން.؟ ޑޫ ޔޫ ނޯ ހައު މެނީ ޕީޕަލް ވާރ އެފެކްޓެޑް ބައި ޔޯ ޗޮއިސް..؟؟ ރަނގަޅަށް ނުވެސް ދަންނަ މީހުން ވެސް އެވަރަށް ހިތާމަކުރި.. މައި މޮމް އެންޑް ޑޭޑް.. އަދި.. އަހަރެން..” އިތުރަށް ވާހަކަދައްކަން ޔައުލާން ނުކުޅެދުނެވެ. މުޅި މީހާ ވަނީ ޝޮކެއްގެ ތެރޭގައެވެ. ޝަފްވާނަށޭ ކިޔާފައި މިޝަލް މިހާ ދުރަށް ގޮސްފާނެކަމަށް އޭނާ ހުވަފެނުގައި ވެސް ނުދެކެއެވެ.
“އައި ނޯ ޔުއެލް.. އަހަންނަށް އިނގޭ ކިހާވަރެއްގެ ކަމެއްކަން މި ކުރެވުނީ.. އެކަމަކު ކުރިން ބުނިހެން ހުރިހާ ކަމެއް ދިޔައީ ޕްލޭނާއި އެއްގޮތަކަށް ނޫން.. އެދުވަހު ބައްޕައާއި ދޮންބެއާއި ކޮއްކޮގެ ވާހަކަ ނޭނގުނުނަމަ ރަނގަޅުވީސް.. މިކަމާއި ގުޅުން ނެތް މީހުން ސަލާމާތްވީސް.. އިޓްސް އޯލް މައި ފޯލްޓް.. އަދިވެސް އެކަން ރަނގަޅު ކުރެވެން އޮތްނަމަ އެކަން ރަނގަޅު ކުރާނަން..” ކުރެހިފައިވާ އަޑަކުން މިޝަލް ބުނެލިއެވެ.
“ލީން އަހަންނާ ދޭތެރޭ ދެކެނީ ކިހިނެތްތަ..؟ އެންމެ ގާތް އެކުވެރިޔާގެ އެހީ ވެސް ނުހޯދޭވަރުގެ ކަމެއްތަ މިއީ.. ލޯބިވިޔަސް އޭނަގެ ފަހަތުން ދުވުން ނޫން މަގެއް ލީންއަށް ނުފެނުނީތަ..؟ ކިހާ ޔަގީންކަމެއް އޮތީ އޭނާއަށް ކަމުނުދަނީ ލީންގެ ކޮން ސިފައެއް ކަމެއް.. ވެދަރ އިޓްސް ޔޯ ލުކްސް އޯރ ޔޯ ޕާރސަނަލިޓީ..؟ ހީވޭތަ އޭނަ މަރިޔަމް މިޝަލް ޒާހިރުދެކެ ވަކި ލޯބިވާނެހެން..؟ އޭނާއަށް ޓަކައޭ ކިޔާފަ މުޅި ނަފްސު ބަދަލު ކުރާވަރަށް އޭނާދެކެ ލީން ލޯބިވޭތަ..؟ އިނަފް ޓު ފޮގެޓް ހޫ ޔޫ އާރ..؟؟” ޔައުލާން އެއްފަހަރާ އެއްސެވެ. އޭރު އޭނަގެ ލޮލުން ކަރުނަ ވިދަމުން ދިޔައެވެ.
މިޝަލްއަށް އަނެއްކާ ވެސް ރޮވުނެވެ. ޔައުލާންގެ ވާހަކަތަކުން އޭނާއަށް އަސަރުތަކެއް ކޮށްފިއެވެ. އޭނާ މިކަން ކުރީ ނުހަނު ގަދަ އަޒުމަކާއެކު ނަމަވެސް އެއަޒުމަށް ގުޑުމެއް އަރައިފިހެން ހީވިއެވެ. “އައި ކާންޓް ގޯ ބެކް ޔުއެލް.. ކިހިނެތްތަ މަންމަ އާއި ކުރިމަތިލާނީ.. ބައްޕަ މަރުވެދިޔައީ އަހަރެންގެ ސަބަބުންނޭ.. އެވްރިވަން އިޒް ގޮއިންގް ޓު ހޭޓް މީ.. އެއަށްވުރެ އަހަންނަށް މާ ރަނގަޅު މިސިޒް ޝަފްވާނަށް ވެގެން އޭނަޔާއެކު މުޅި އުމުރު ދުވަހު އުޅެން ވެސް..” މިޝަލް ބުނެލިއެވެ.
“ޑޫ ޔޫ ރިއަލައިޒް ހައު ޑެލޫޝަނަލް ޔޫ އާރ ބީންގ ރައިޓް ނައު..؟؟ ޝަފްވާންގެ ވާހަކަ އިހަށް ބާއްވާފައި މިއްތަގެ ހާލާމެދު ވިސްނާލަބަލަ.. އެއީ ލީންގެ މަންމަ.. އެ މަންމަ އެވަރަށް ހިތާމަކުރަން ލީން ބޭނުމީތަ.؟ ފޮރުވަން އުޅުނަސް މިއްތަ ވެސް ދެރަވާވަރު އަހަންނަށް އެނގޭ.. ޝީ ލޮސްޓް އެވްރީވަން.. ހަގީގަތް އެނގުނީމަ ކުރީކޮޅު ރުޅިއަޔަސް ހީވޭތަ މިއްތައަށް އަބަދު ލީންއާ ދުރުގަ ހުރެވޭނެހެން..؟ މިއްތަ ކައިރިއަށް އަނބުރާ ދޭ ލީން.. ތީ މިހާރު މިއްތަގެ ހުރި ހާވެސް މީހަކީ.. ގޯ ބެކް ޓު ޔޯ އޯލްޑް ލައިފް.. އެންޑް މޫވް އޮން..” ޔައުލާން ދެމުން ދިޔައީ ނަސޭހަތެވެ.
“ނޫން.. ތިކަމެއް ނުވާނެ އަހަންނަކަށް.. ޕްލީޒް ޔުއެލް މަގޭ ޕަރސްޕެކްޓިވްއިން މިކަމަށް ބަލާބަލަ..” މިޝަލްއަށް ބުނެވުނެވެ. ޔައުލާނަށް އޭނާ ވިސްނައިދޭނީ ކިހިނެތްހެއްޔެވެ.؟ ޔައުލާން އެކަމާ ދެކޮޅަށް ވާހަކަ ދައްކަމުން ދިޔައިރު މިޝަލް އޭނާގެ ކޮޅަށް ވާހަކަ ދެއްކުމުގައި ވަގުތުކޮޅެއް ހޭދަވިއެވެ.
“އޯކޭ ފައިން.. އެންމެ ރަނގަޅު.. ލީން ބޭނުން ނޫނިއްޔާ އަހަރެން އެކައްޗެކޭ ވެސް ނުބުނާނަން.. އެއް ޝަރުތެއްގެ މަތިން. މުޅި ދުނިޔެއަށް ފިލައިގެން އުޅުނަސް އަހަންނަށް ފިލައިގެން ނޫޅޭ.. އަހަންނަކަށް ލީންއާ ނުލާ ނޫޅެވޭނެ..” ހަތިޔާރު ބަހައްޓަމުން އަސަރާއެކު މިޝަލްގެ މޫނަށް ބަލާލަމުން ޔައުލާން ބުނެލީ އާދޭހުގެ ރާގަކަށެވެ. ޝަފްވާންދެކެ މިޝަލް ލޯބިވާވަރު ކުރިންވެސް އޭނާއަށް އެނގެއެވެ. ޔައުލާންގެ ހިތަށް ތަދުވިއެވެ. އޭނާ މިޝަލްދެކެ އެހާ ލޯބިވާއިރު އެ ވާހަކަތައް ވީ އަހަން އުނދަގޫ ވާހަކަތަކަކަށެވެ. ނަމަވެސް އޭނާ އިސްކުރީ މިޝަލްގެ އުފާތަކެވެ.
މިޝަލް އިސްޖަހާލިއެވެ. “ޔުއެލްއަށް އެބަ އެނގެއެއްނު އެހެންވީމަ.. ގާތް މީހަކާއި ނުލާ އުޅެންވީމަ ކުރާ އަސަރު.”
“ސްޓޮޕް..” ޔައުލާން ވަގުތުން މިޝަލް ހުއްޓުވިއެވެ. އަދި ބޯހޫރާލިއެވެ.
“ތިއީ އުފަންވީދުވަހުއްސުރެ ފެށިގެން މައި ޕާޓްނަރ.. މައި ބެސްޓްފްރެންޑް.. މައިންބަފައިންނަށްފަހު އަހަންނާ އެންމެ ގާތް ކުއްޖާ.. އަހަރެމެން ދެމީހުން ބޮޑުވީ އުނަގަނޑާ ހިސާބުން ގުޅިފައިވީ ދެ މީހުން ފަދައިން.. ވީ ޓޯލްޑް އީޗް އަދަރ އެވްރީތިންގ.. ކޮންމެ އުފާވެރި ޚަބަރަކާއި ހިތާމަވެރި ޚަބަރެއް އެންމެފުރަތަމަވެސް ބުނެވިފައި އޮންނާނީ އެކަކުއަނެކަކު ކައިރީ.. އެންމެ ލަދުގަންނަ ކަންކަމާ ބިރުގަންނަ ކަންކަމަށް ދާންދެން ޖެހިލުމަކާއިނުލާ ހިއްސާ ކުރެވޭވަރަށް ޓްރަސްޓު ކުރެވޭ ހަމައެކަނި ފަރާތަކީ ތީ. އައި ހޭވް ސީން ޔޫ އެޓް ޔޯ ލޮވެސްޓް އެންޑް ޔޫ ހޭވް ސީން މީ އެޓް މައިން.. ތީ ހިތުގެ އުދާސްތައް ޖެހިލުމަކާނުލާ އަބަދުވެސް ހިއްސާކުރެވޭ މީހަކީ.. ވީ ކެޕްޓް އީޗް އަދަރސް ޑީޕެސްޓް ސީކްރެޓްސް.. ސްކޫލް ދުވަސްވަރުން ފެށިގެން ވެސް ހުރިހާ ފިލާވަޅެއް ހަދަނީ އެކީ.. ގޯސްކަމަކަށް ވިޔަސް ޓެސްޓެއްގައި ޖަވާބު ނޭނގިއްޖެއްޔާ އެކަކު އަނެކަކު ކިބައިން ޔަގީނާއެކު އެހީ ހޯދޭ.. ތަންތަނަށް ދާއިރު ދެވެންޏާ ދަނީ އެކުގައި.. މީހެއް ދެކެ ރުޅިއައިސްފިއްޔާ އަބަދުވެސް އެމީހަކަށް ޖެއްސުން ކުރަނީ ވެސް ދެމީހުން އެކީ.. ކުޑަ ދުވަހުން ފެށިގެން ގުނާގުނާ އަދަދު ނުކުރެވޭހާ ރައްޓެހިންނާ ފްރެންޑް ގްރޫޕުތައް ހުރިއިރު އެއިން ކޮންމެ ގްރޫޕެއްގައި އަހަރެމެން ދެމީހުން ހިމެނޭ.. މައްސަލަގަނޑެއް ހިލިގެން ގްރޫޕް ވަކިވާއިރު ވެސް އެކުގައި ހުންނަނީ ހަމަ އަހަރެމެން.. އެހެން މީހުން އަހަރެމެންގެ ދޭތެރެޖައްސަން އުޅުނަސް އެކަން ކާމިޔާބު ވޭތަ..؟ ނުވޭ.. އަވަރ ރިލޭޝަންޝިޕް ވޯޒް ވޭ ސްޓްރޯންގަރ ދޭން ދެޓް.. ދެމީހުން މެދުގަ ކޫސަނި މައްސަލައެއް ޖެހިގެން ރުޅިހަދާލިޔަސް ގިނަވެގެން އެންމެ ތިން ދުވަސް ވަންދެން ވެސް ދުރުގަ ނުހުރެވޭހާ އަހަރެމެން ގާތް.. ދެމީހުންގެ ހަޔާތުގެ ކޮންމެ ބާބެއް ވެސް އެންމެ ގާތުން ފެނިފައިވާނީ ހަމަ ދެމީހުންނަށް.. އެކުގައި ދިރިއުޅޭތީ އެންމެ ގިނައިން ވަގުތު ހޭދަކުރެވިފައިވާނީ ވެސް ލީންއާއެކު.. އެހެންވެ އަހަރެމެންގެ ގުޅުމާއި ލީން އާއި ޝަފްވާންގެ ގުޅުމާއި އަޅައެއް ނުކިޔޭނެ.. ސޯ ޕްލީޒް ޑޯންޓް ކޮމްޕެއާ.. އެދުވަހު ޝަފްވާނަށް ގެއްލިދިޔައީ ޝަފްވާންގެ އެކްސް-ގާރލްފްރެންޑް އެކަނި.. އެކަމަކު އަހަންނަށް ގެއްލި ދިޔައީ އަހަރެންގެ ހަޔާތުގައި ހުރި އެންމެ މުހިންމު ކުއްޖާ.. އައި ލޮސްޓް މައި އަދަރ ހާފް ލީން..” ޔައުލާންގެ އަޑު އައީ ކުރެހިގެންނެވެ.
ކުލައޮއްސިފައިވާ ޔައުލާންގެ މޫނަށް ބަލާލާފައި މިޝަލް ތުންފިއްތާލިއެވެ. އަދި ދެއަތް ދަމާލިއެވެ. އެ އަތުތެރެއަށް ޔައުލާން ދިޔައީ ދަމާބާރުގެ އުސޫލުންނެވެ. މިޝަލްގެ ހަށިގަނޑު އަތުގެ ތެރޭ ހައްޔަރު ކޮށްލާފައި އެ ކޮނޑުމަތީގައި ޔައުލާން ބޯ އަޅާލިއެވެ. މިޝަލް މަޑުމަޑުން ސޮރީއޭ ބުނުމުން ޔައުލާންގެ ދުލުން އިޓްސް އޯކޭ ބޭރުވެގެން އައީ އެއް ސިކުންތެއްގެ ތެރޭގައެވެ. ތެދުވި ވަގުތު ޔައުލާންގެ އަތް އޭނާގެ ހަށިގަނޑުގައި ބީހިލިގޮތުން މިޝަލްގެ ލޯލިތައް ކޮޅަށް ޖެހުނެވެ. ހީވީ ކަރަންޓުގެ އޮއިވަރެއް ހަށިގަނޑުތެރޭ ދަތުރުކޮށްލިހެންނެވެ. ލިބުނު ހައިރާންކަމާއެކު އަވަސް ނޭވާތަކެއްލާފައި މިޝަލް އެއީ ނުވާ ކަމަކަށް ހެދިއެވެ.
“ހައު އަބައުޓް ދިސް..؟ އައި ވިލް ޓްރައި ވަން މޯ ޓައިމް.. އެންމެ ފަހު ފަހަރު.. ޝަފްވާންގެ ލޯބި އަހަންނަށް ލިބޭތޯ..” އެހުރިހާ ވާހަކައަކަށްފަހު ވެސް މިޝަލްގެ ޚިޔާލު ބަދަލު ނުވާކަން އަންގައިދިނީ އެ ޖުމްލައެވެ. ޔައުލާން ކަރުއެލުވާލީ ބަލިގަބޫލު ކުރަމުންނެވެ. މިޝަލް ކަމެއް ކުރަން ކަމަރު ބަނދެލައިފިނަމަ އޭނާ ހުއްޓުވުމަކީ އުނދަގޫ ކަމެކެވެ.
“ޔުއެލް މަންމަމެންނަށް މިކަން ސިއްރުކޮށްފަ ބާއްވައިދީ.. މަގޭ އަސްލު… ބައްޕަމެންނަށް ވެސް.. ޔުއެލްގެ މަންމަމެންނާއި ރަހުމަތްތެރިންނަށް ވެސް..” މިޝަލް ޔައުލާން ލައްވާ ވައުދު ކުރުވިއެވެ. ޔައުލާން ހިތާދެކޮޅަށް އެއްބަސްވީ އަދިވެސް އެއްފަހަރު ކުރެވެނީ މޮޔަކަމެއްކަން މިޝަލްއަށް ބުނެދެވޭތޯ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އޭނާ މާ ބޯހަރެވެ. ޔައުލާން ދިންހާ ނަސޭހަތަކުން މިޝަލްއަށް އަސަރެއް ކުރިހެން ހިޔެއް ނުވެއެވެ.
މެންދުރު ކައިގެން މިއަލް ވާހަކަ ކިޔަން އިންދާ ނުދަންނަ ނަންބަރަކުން ގުޅަންފެށިއެވެ. މިއަލް ކުޑަކޮށް ނުކެރި އިނދެ ފޯނު ނެގިއެވެ. މުހިންމު ކޯލަކަށް ވެދާނެތީއެވެ. އެކޮޅުން ފިރިހެނެއްގެ އަޑު އިވުނުހެން ހީވިއެވެ. އެހެނަސް ކީ އެއްޗެއް ސާފެއް ނުވިއެވެ.
“ހަލޯ..؟” މިއަލް ގޮވާލިއެވެ. މިއަލްގެ އަޑު އިވުމާއެކު އެކޮޅުން ބަރު ހިނިގަނޑެއް ޖަހާލިއަޑު އިވިގެންދިޔައެވެ. މިއަލްގެ ގައިން ހީބިހި ނަގައިގަތެވެ. އެއާއެކު ނުބައި ބިރެއް އައިސް މީހާ ވަށާލައިފިއެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
38 Comments!
Comments are closed.





Oh no,who is that person??
lets see dhw! Thankyou sm dear! 💕
AIZAK ITS AIZAK DHO ?? Mileen dheke loabivaathi mial fennyma eyna mial ah fall vaany AM I RIGHT
Hingaa dhw balama eii Aizak thw and whether you’re right! Thankyou sm dear💕
me 3rd dhw today
vvv reethi mi part vxx 💖
Yaulaan ge bai kudk emotionavi bcux i knw how much it hurts to be inlove with ur bestie
vrh vrh reethi his dialogue gensdheefa in goi
Mial ah gulhy anehka kaaku??
Waiting for the nxt par
Lysm yooon💖💖
Yess you third today! Thankyouu sm kiki 💕 Awh i hope you’re doing okay!🫂
Lets see dhw mial ah gulhy kaakuthw, Lym dear💕
Nice part…next kn dhuvahakunthr…?
Thankyou sm mauvy! 💕 Next part insha allah 18th Jan vaa Sunday ga
Mishal dhoonyaa thi othy vefa.. Yaulaan bunaa goy hadhaa avaha
So cute 😍😍😍😍
Yaulaan is a big greenflag 😍💚 mishal shafaan dheke vaa loebbah vure bodah yaulaan lobi vey mishal dheke
next when yoon? love u
I’m glad you enjoyed🥰 Haha yess dhw yaulaan loves biggg! Thankyou sm udhuma!
Next insha allah Sunday, 18th Jan ga, Lym dear💕
Mi part vess varah reethi
Kaakubaa mial ah egulhi
And i think somebody is falling for yaulaan🤭
Varah excited next part ah
Thankyouu sm ENGENE! 💕 Lets see dhww gulhy kaakuthw. Haha yeah fall vany kanneynge dhw😆 So happy to hear that dear!
I NEED YAULAAN 🙏🏻🙏🏻 he is perfect.
mi part vx varah reethi yoons when next ??
but yaulaan bunany mishal noon ehn kujjeh beynumeh noonoa😕
Haha thankyou sm eems!!💕 Next Sunday 18th Jan ga insha allah
alhugandu beynun ahu and thana ge love story ingen yoon. dhekudhin dhimaavogothaa rahtehivi kihinekkan..
As always mi part varah hihgaimu..
Mial phone kadaalaa plx 😢
Loveyou yoon
Aww reallyy?🥹 I never thought sm about it. Bcs ahunaf ge character introduce kuri iru plan kurevifa othy thana ahunaf ge girlfriend gothuga genesdheyn. So maa bodakah their story aa medhu visnaalevifa eh neh as mial, mileen, shafwaan and yaulaan are the main focus. Also I never thought ahunaf and thana would get this much love!💕🥹 it really warms my heart. Thankyouu sm siu dear lym 💕
Rizey mn dhw mial ah egulhy
Lets see dhww 🥹💕 Thankyou sm dear!
arujun mi visney golaeh MVR 2000/- avaha bank ah laa 😂
v.reethi 31 ves👏🏽👏🏽 yoon hama molhiyyeh
magey guess aky zidhuyaa aa ekkoh ulhey iz phone kury
Salaam yoon❤️😉be safe.. loabivey
Haha yess! Thankyouu sm kail💕 Lets see dhw Iz thw gulhy! Salam to you too n be safe asw💕 Lym dear!
Mee kithah episode ge story eh??
Adhi ehaa yageeneh noon. Probably 50 or below?
Thankyou sm mishh💕
yaulan ge baan varah asarukuri. dhen vaane goi ingen keh madhuvefa meeny. kon irakun dhen onna part gensdhenu?
aww i’m glad to hear that💕 Thankyouu sm sofy! Insha allah next part on Sunday 18th Jan.
insta story 10/10 😂😂😂❤️ seedha sabrina ge lava alhuganduge head ahvx aii egadii
HAHAH rightt? i had the exact same thoughts! 🥹
Thankyouu sm dear💕
Hii luvv..! This part is amazing hama varah furihama ey buneveynee
Hiii naa 💕 Thankyouu sm dearr that means a lott!
Yooonyy 👋 assu varah ufaavejje handhaan hureema. Ehen part tahkekey eggothah mi part ves salhii.. Yaulaan aa gulhen dhey mishal heyo nuvaane shafvaan gfakeeru dhookolla. ehaa varah balaafa esoru ladhes gannuvaaly. e 2meehun varah loabi assu couple akah vaan.. mishal ah ragalhu visnun dhevvaandheyy🙏🏾
black diary kobaatha safeenage.?
Alyaaaaf! 👋🏻 haha ofc e bodu bet mathin handhaaneh nunetheyne ehnu.
Thankyouu sm dear💕 Hahaha yess Lets see lets see! (aameen)
Safeena ge diary ves annaane aadhi! keep waiting💕🥹
Mi part ves varah reethi. Curiously waiting for next part??
Thankyouu sm Miss jennie💕🥹 So happy to hear that!
V.reethi mi bai
Thankyouu sm mary!!💕 Tgc!
Mi part ves v reethi MA!!!
I knew tht yaulaan mishal hoadhaanekan
Mishal yaulaan aa gulheba not shafwaaan…I also want someone like yaulaan 😍
Btw when is next
Thankyouu sm Raajiha!💕 Yeah dhww mishal pls yaulaan aa gulheba shafwaan bahahtaafa! haha awnn🥹
Next insha allah 18th Jan, Sunday ga
salji
Thankyouu dear tgc!💕