Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތި ސޫރަ ނޫން 27

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
January 9, 2026 8 Mins Read
37 Comments

* އެ ތިންމީހުން އެތެރެއަށް ވަދެގެން ދިޔައިރު ވެސް މިޝަލްއަށް ރޭކާނުއްޔެވެ. އެންމެފަހުން ހޭވެރިކަމެއްވީ އަނދިރިވެގެން ގޮސް ކައިރީ ހުރި ހުދު ލައިޓް ދިއްލުނުތަނާއެވެ. ދެޖީބަށް އަތް ޖަހާލަމުން މިޝަލް އަނބުރާ ގެސްޓް ހައުސްއާއި ދިމާލަށް ހިނގައިގަތެވެ. މިއޮއް އަނދިރީގައި އޭނާއަށް ދާންވީ ދިމާ އެނގިއްޖެއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ. *

ހަފްތާއެއް ފަހެވެ. އަވިގަދަ އަންގާރަ ދުވަހެކެވެ. ކްލާސްތައް ނިމިގެން މިއަލް ނިކުތީ ހިތްހަމަޖެހިފައި ހުރެއެވެ. ކިޔެވުން ރަސްމީކޮށް ފަށާ ފުރަތަމަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް އެނިމިދިޔައީ އަމާންކަމާއެކީގައެވެ. ލިބުނު ދެގޮތުގެ ތެރެއިން ކިޔަވަން ޚިޔާރު ކުރެވުމުން މިހާރު އޭނާ އުފާވެއެވެ. މަޑު ހިނގުމެއްގައި ކުރިއަށް ދިޔައިރު މިއަލް އާއި ޖެހިގެން ހުރި ޒިދުޔާ އަނގަ ހުއްޓާނުލައެވެ. އެކުވެރިއެއް ނެތި އެކަނިވެފައި މިއަލް އިންނަން ނުޖެހުމުގެ ހުރިހާ ޝުކުރެއް ހައްގީ ޒިދުޔާއަށެވެ. އޭނާ އެކަނި ދިހަ އެކުވެރިންނަށް ފުދޭވަރުވެއެވެ. މޮށޭ ގުރައެއްފަދައެވެ. ކްލާހުގައި ފޫހިވެފައި އިންނަން ޒިދުޔާ އޭނާއަށް ވަގުތެއް ނުދެއެވެ. އެހެންނަމަވެސް އެހާވަރަށް ވާހަކަ ދައްކާއިރު އަނގަ އާއި އެއްވަރަކަށް ކިޔަވަން ވެސް މޮޅެވެ. ކިޔަވައިދޭއިރު އަނގަ ތަޅުވަމުން އޭނާގެ ސިކުނޑިއަށް ކިޔަވާދޭ އެއްޗެހި ވަންނަ ގޮތް ވެސް ނޭނގެއެވެ. މިއަލްއަށް އުނދަގޫވީ ބައިބައި ކިޔައިދިނީ ވެސް އޭނާއެވެ.

“ބަލާ އާދޭތޯ ތަ ތި ހުރީ.؟” ގޭޓް ކައިރިއަށް ގޮސް މިއަލް މަޑުކޮށްލުމުން ޒިދުޔާ އެއްސެވެ. އެހެންޏާ ކްލާސް ނިމޭތާ ލަހެއްފަހެއް ނުކޮށް ގެއަށްދާ ޒިދުޔާ މިއަދު މަޑުކުރީ ކީއްވެގެންކަމެއް ނޭނގެއެވެ. އޭނާގެ ސުވާލަށް މިއަލް ބޯ ހޫރާލީ ދަބަހުން ފެންފުޅި ނަގާ ދައްކާލަމުންނެވެ. އަހުނަފް ޗީޒީއަށް ދާ ދުވަސް ދުވަހު އޭނާ އެނބުރި ގެއަށް ދާން ޖެހޭނީ އެކަނިކަމަށް ބުނެ އަހުނަފް ވަނީ މާފަށް އެދިފައެވެ. ފެންފޮދެއް ބޯލި ނަމަވެސް އަވީގެ ދިލަ ހޫނުން ހީވަނީ މީހާ އަންދާލަފާނެހެންނެވެ.

“މަގޭ ނުހުރެ ބަލާ އަންނާނެ މީހެއް ވެސް.. އެހެންޏާ އެކީ ގެއަށް ދާ ކުދިންތައް މަރުވީ އަލިފާނުގައި. ނުހާ އާއި ޒަހާ. މަށާއި ޖީގެ އެކުވެރިންކޮޅެއް.” ޒިދުޔާ އެހާ ފަސޭހައިން އެހެން ބުނެލުމުން މިއަލް ކޮށިއެރިއެވެ. ޒިދުޔާގެ މޫނުމަތިން އަސަރެއް ފެންނަން ނެތުމުންނެވެ. ޒިދުޔާ ކުޑަކޮށް ހީނލީއެވެ. މާމަގެ މަރަށްފަހު އޭނާ ހިތްހަމަޖައްސައިދިނުމަށް އެއްވެސް މީހަކު ބުނި ބަހަކުން އަސަރެއް ނުކުރިތާ ހިތުގައި އަޅަމުން ދިޔަ ވޭނަށް ލުޔެއް ނުވުމުން ޒިދުޔާއަށް ހިތްވަރެއް ދިނުމުގެ ގޮތުން ބުނާނީ ކީކޭކަން މިއަލްއަކަށް ނޭނގުނެވެ. ނަމަވެސް އޭނާ ޒިދުޔާގެ ކޮނޑުގައި މަޑުމަޑުން އަތްޖައްސާލިއެވެ.

“އޭތް ޒިދޫ..” އެދެމެދުގައިވީ ހަމަހިމޭންކަން ނައްތާލީ ގާތުގައި ހުއްޓުނު ޒުވާނާގެ އަޑެވެ. ކަޅު ގަމީހަކާއި މަޑު ނޫ ޖިންސެއްގައި ހުރި އެޒުވާނާ ޒިދުޔާގެ ކޮނޑުގައި ޖަހާލިގޮތުން އެއީ ގާތް ދެމީހުން ހެން މިއަލްއަށް ހީވިއެވެ. ޒިދުޔާ ވެސް ހީގަނެފައި އޭނަގެ ކޮނޑުގައި ޖެއްސެވެ. މަޑަކުން ނޫނެވެ. އޭނަޔާ ވެސް ޒިދުޔާ ވާހަކަ އަޅުވާލީ ނުހަނު ފަސޭހައިންނެވެ. މިހުރިހާ ދުވަހަކު ކޮލެޖަށް ނައިސް އުޅުނީ ކޮންތާކުކަމަށް ޒިދުޔާ އެހި އެހުމަށް ދިން ޖަވާބުން އޭނާ ރާއްޖެއިން ބޭރަށް ދިޔަގޮތަށް އައީ މިއަދުކަން ދޭހަވިއެވެ.

“މިއަލް މިއީ އައިޒަކް އިނގޭ. ނުހާ އާއި ޒަހާ ފަދައިން އަލިފާނުގެ ހާދިސާގައި އަހަރެމެންނާއި ވަކިވި ހައިޝަމްގެ ކަޒިންއެއް. އިޒް މީ މިއަލް. މަގޭ ރައްޓެއްސެއް.” ލަސްނުކޮށް ޒިދުޔާ އެދެމީހުން ތައާރަފް ކޮށްދިނެވެ. މިއަލް ކުޑަކޮށް ހީނލިއެވެ. އައިޒަކް ވެސް ހިނިތުންވެފައި އިރުކޮޅެއް ވަންދެން މިއަލްއަށް ބަލަހައްޓައިގެން ހުއްޓެވެ. އައިޒަކްގެ އިސްތަށިގަނޑު އާދައިގެ ވަރަށްވުރެ ދިގެވެ. ކޮލަށް އެޅޭ އަޑިކޮޅާ އެކީ ފެންނަ ހިނިތުންވުން ނުހަނު ހިތްގައިމެވެ. ކުޑަކޮށް ތުނބުޅި ހުރިއިރު އަތުގައި ޕެކިންކޮޅެއް ކަހަލަ އެއްޗެއް އޮތެވެ. އައިޒަކް ބަލާވަރުން ކުޑަކޮށް އުނދަގޫވެގެން މިއަލް ދުރު ބަލާލައިފިއެވެ.

“ރަނގަޅު ގަޑިއަކަށް ތިއައީ. ގެއަށްތަ ތިދަނީ.؟ މަށާއި މިއަލް ލައިދެވިދާނެތަ. މިއަލް ލައިދީފައި އަހަރެމެން ދެމީހުންނަށް ދެވިދާނެއެއްނު ހަމަ. ކައިރިކައިރީގައި ވިއްޔަ އުޅެނީ. ޕްލީޒް.؟” އައިޒަކްގެ ކޮނޑަށް އަތް ވައްޓާލަމުން ޒިދުޔާ އާދޭސްކޮށްލިއެވެ. އޭނާ އެއްބަސްކުރުވުމަށެވެ. އަދިވެސް އެއްފަހަރު މިއަލްގެ މޫނަށް ބަލާލާފައި އައިޒަކް އެއްބަސްވިއެވެ. އަދި އެއްފަރާތެއްގައި ޕާކްކޮށްފައި ހުރި ކާރު ނެރެ އޭނާ ކުޑަދޮރުން ބޭރަށް އަތް ހޫރާލިއެވެ. ޒިދުޔާ މިއަލްގެ އަތުގައި ހިފައިގެން ފުންމަމުން ކަހަލަ ގޮތަކަށް އައިސް ކާރަށް އެރިއެވެ. މިއަލް ޖަވާބެއް ދެން ދެން ވެސް އޭނަ މަޑެއް ނުކުރިއެވެ. އައިޒަކް ގާތަށް ކުރީ ސީޓަށް ޒިދުޔާ އެރުމުން މިއަލް އެރީ ފަހަތަށެވެ. ދުއްވާލިއިރަށް ޒިދުޔާގެ ނިމުމެއް ނެތް ވާހަކަ ގަނޑު ފެށުނެވެ. ސީޓްގައި ލެނގިލަމުން މިއަލް ސަމާލުކަން ހުސްކޮށްލީ ފޯނަށެވެ. ޒިދުޔާގެ ވާހަކަ ތަކަށް އާނ ހޫން ކިޔަމުން ދިޔަ އައިޒަކް ދޭތެރެއަކުން އޭނާގެ ވާހަކަތަކުގައި ބައިވެރިވެލައެވެ. އިރުއިރުކޮޅާ އައިޒަކްގެ ދެލޯ ރިއަރވިއު ލޯގަނޑުކޮޅުން ހުއްޓެނީ މިއަލްއަށެވެ. އެ ތޫނު މަޑު މުށި ކުލައިގެ ދެލޮލުން އެމޫނުގެ ކޮންމެ އިންޗިއެއް ދިރާސާ ކުރަމުން ދިޔަފަދައެވެ.

އަޅައިގެން ހުރި ރަތް ޓައީ ރަނގަޅު ކުރަމުން ޔައުލާނަށް ކޮފީޝޮޕަށް ވަދެވުނުއިރު އަށްގަޑި ބައި ވަނީއެވެ. އެންމެފުރަތަމަވެސް ޑޯނަޓާއި ޗޮކްލެޓް ކޭކު އަދި ކޮފީފަދަ ވަސްތައް އޭނާގެ ނޯށްބުޑުގައި އެނބުރިގަތެވެ. ވާރމް އޮރެންޖް ލައިޓްތަކުން ދިއްލާލާފައިވާ އެތަނުގެ ތެރެއަށް ނަޒަރު ހިންގާލި ޔައުލާނަށް އޭނާ ބައްދަލު ކުރަން އައި ފަރާތް ފެނުނީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. އެންމެ ދުރުގައި ގަސް ޕޮޓްތަކެއް ކައިރީ ދެމީހުންނަށް އިށީނދެވޭ މޭޒުގެ ގޮނޑިއެއްގައި އިން ޒުވާނާއަށް ވެސް ޔައުލާން ފެނިގެން އަތް ހިއްލާލާ ހަނާ އަޅާލައިފިއެވެ. ފުޅާ ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން ޔައުލާން ގޮސް އިށީނެވެ.

“ލަސްވެއްޖެދޯ. ކުރިން ދުވަހު އެއްވަނަ ބްރާންޗްގެ ސޭލްސްގައި ޖެހުނު މައްސަލައެއް ބަލަން ޖެހިގެން ނާދެވުނީ.. އަދި އޯޑަރެއް ވެސް ނުކުރަންތަ.؟ ކަލޭގެ ކަރޓެސީ ގޮތްގަނޑު އަދިވެސް ނުކެނޑޭ ދޯ މިމްރާހު.؟” މެނޫ ނަގާ ބަލާލަމުން ޔައުލާން އެއްސެވެ. ލިސްޓްކޮށްފައިވާ ތަފާތު އެކި ބުއިންތަކުގެ ނަންތައް މަތިން ތިރިއަށް އޭނާ ކިޔާލީ ނުހަނު އަވަހަށެވެ.

މިމްރާހު ހީގަތެވެ. “ޑިއުޓީ ނިންމިގޮތަށް އައިސް މިހުރީ އެހާ މުހިންމު ކަމެއް ޖެހިގެންނޭ ބުނީމައި. މިފޫ އާއި ތިމީހުންގެ ގްރެޑް ޕާރޓީ ފަހުން އަދި ކިރިޔާ ކަލޭ ލޮލަށް ތި ފެނިލީ. އެހެންވީމަ ނާންނަނީސް ފަށައިގަންނާކަށް ނުވާނެއްނު.؟” މިމްރާހު ވެސް މެނޫ ބަލާލިއެވެ. އަދި ވެނީލާ ސިނަމަން ލާޓޭއަކަށް އޯޑަރު ދިނެވެ. ވަރުބަލިވެ ހޫނުވެފައި ހުރުމުން ޔައުލާން އިޚްތިޔާރުކުރީ މިލްކްޝޭކްއެކެވެ.

ޑްރިންކްތައް އައުމުން މިމްރާހު ބަލާލީ ޔައުލާންގެ މޫނަށެވެ. ފާއިތުވި ވަގުތުކޮޅު ދެމީހުން ވެސް ވާހަކަ ދެއްކީ ދުރުދުރުންނެވެ. ހުސްވެސް ހާލުއަހުވާލު އޮޅުންފިލުވާ، މިހާރު ކުރާ މަސައްކަތާއި ދިރިއުޅުމާއި ބެހޭ ވާހަކަތަކެވެ. މާވަރަކުން ޔައުލާނަށް ބޭރުނުކޮށްލެވިގެން އެއުޅޭ ވާހަކައަކީ ކޮބައިކަން ހޯދުމަށް މިމްރާހުގެ ހިތުގައި ޝައުގުވެރިކަން އުތުރިއަރައިގަތެވެ. އެއުޅެނީ ބޮޑު ކަމެއް ޖެހިގެން އެވާހަކަ ނުބުނެވިގެންކަން އޭނާގެ ބަސް ބުނާގޮތާއި ހަރަކާތްތަކުން މިމްރާހު ނަގައިގަތީ ނުލާހިކު އަވަހަށެވެ. ކޮފީތަށިން އެތިފޮދެއް ބޯލުމަށްފަހު އޭނާ ޔައުލާނާއި ކުރިމަތިލިއެވެ

“ކޮބާތަ ތި ޖެހިގެން އުޅޭ މުހިންމު ކަމަކީ.؟” މިމްރާހު ސީދާކޮށް އެއްސެވެ. ޔައުލާން ބޯ ކަހާލާފައި ދުރު ބަލާލިއެވެ. އަނެއްކާ ޓައީ ރަނގަޅު ކޮށްލާފައި ރަނގަޅަށް ގޮނޑީގައި އިށީނދެ ހަށި ސީދާ ކޮށްލައިފިއެވެ. އެގޮތަށް ވެސް މިނެޓެއް ފާއިތުވެއްޖެއެވެ. ޔައުލާންގެ ގައިގައި ބޮނޑިއެއް އަޅާފާނަމޭ ވެސް މިމްރާހުގެ ހިތަށް އެރިއެވެ. މިހާރު އެ ވާހަކައެއް އަޑުއަހާހިތުން އިށީނދެގެން ރީއްޗަށް އިނދެވޭ ވަރެއް ވެސް ނޫނެވެ. މީހަކު އެހާ ޝައުގުވެރިކުރުވާކަށް ވެސް ނުވާނެތާއެވެ.

“މި އަސްލު ވަރަށް ބޮޑު ކަމަކު ކިޔަން ވެގެންނޭ..” ޔައުލާން އަދިވެސް އުޅުނީ ދުރުދުރުން ވާހަކަ ދެއްކޭތޯއެވެ. މިމްރާހު ވަގުތުން އަތް އުފުލާލާފައި ހުއްޓާލާށޭ ބުންޏެވެ.

“އުޅޭ ގޮތުން ވެސް އެބަ އިނގޭ ތި އުޅެނީ ދުނިޔެހާ ބޮޑު ކަމަކު ކިޔަންކަން. ސްޓޮޕް ބީޓިންގ އެރައުންޑް ދަ ބުޝް ޔުއެލް.. ކޮށްދެވޭ ވަރުގެ ކަމެއް ވިއްޔާ މަ ކޮށްދޭނެކަން އިނގެއެއްނު.” މިމްރާހު ބުނެލިއެވެ. އަދި އަތުގެ އިޝާރާތުން ކުރިއަށް ދިޔުމަށް އެދުނެވެ.

“އިންވެސްޓިގޭޓް ސަމްތިންގ ފޯ މީ.. މަރުވެފައިވާ މީހެއްގެ.” ޔައުލާން އެންމެފަހުން ބުނެލިއެވެ. މިމްރާހުގެ މޫނުމައްޗަށް ހައިރާންކަން ވެރިވިއެވެ. ނަމަވެސް އޭނާ އެއްޗެކޭ ނުބުނީ ޔައުލާން އެބުނާ ވާހަކައެއް ނިމެންދެނެވެ.

“އިނގޭ ވަރަށް އެހެންކަހަލަ ކަމަކު ކަން މި ކިޔެނީ.. އެކަމަކު ފުލުހުންނާއި އެންމެ ގާތީ ވެސް ކަލޭ. ލިޓްރަލީ މިންމިގެ ވަޒީފާ އެއީ. އެމީހުންގެ ސިސްޓެމްތަކަށް އެކްސެސް ވެވޭނީ ވެސް ތި މިމްރާހުއަށް. ވަރަށް ޑެސްޕަރޭޓް ވެގެން މި އެދުނީ އެހެން ގޮތެއް ނެތިގެން ހަމަ. ހުވާކޮށްފައި މި ބުނަނީ އަހަންނަށް ހީވަނީ އޭނަ އަދި މަރެއް ނުވޭހެން. ކުރިން ދުވަހު ފެނުނު..” ކަނުލާ އަޑު އަހަމުން ދިޔަ މިމްރާހުއަށް ކީކޭހޭ އަހާލެވުނީ ތަންކޮޅެއް ބާރަށެވެ. އެއާއެކީ ޖެހިގެން އިން މޭޒުގައި އިން ދެ ސްކޫލްކުދިން އެމީހުންނާއި ދިމާއަށް ކަޅިއެއް އެއްލައިފިއެވެ. އެކުދިންނަށް ފާޑަކަށް ހިނިތުންވެލާފައި މިމްރާހު ޔައުލާންގެ މޫނަށް ބަލާލިއިރު އެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވެއްޖެއެވެ.

“ތި ކިޔަނީ ދިރިހުރި މީހަކު މަރުވެފައިވާ މީހެއް ކަމަށް ރިކޯޑް ކުރެވިފައިވާ ވާހަކަތަ..؟ އެހެންނެއް ނުވާނެ. އިމްޕޮސިބްލް. އެހާ ފަރުވާ ކުޑައެއް ނުވާނެ..” މިމްރާހު ވަގުތުން ކުރީ އިންކާރެވެ.

“އަހަންނަކަށް ވެސް ނޭނގެޔޭ. އިތުރު މީހެއް ގާތު އަހަންނަށް ބުނެވޭކަށް ވެސް ނެތް. މަންމަ ނޫނީ މިއްތަމެން މީހެއް ކައިރީވެސް. އަންޓިލް އައިމް ސަރޓެއިން، އައިމް ނޮޓް ސެއިންގް އަ ވޯރޑް. މިންމި ވެސް މިކަންތައް އިތުރު މީހަކަށް ނާންގާ އަހަރެމެންގެ ދެމެދުގައި މިކަން ބާއްވައިދީފާނަންތަ.؟ އިންވެސްޓިގޭޝަން ވެސް.؟” ޔައުލާން އެދުނެވެ. މިމްރާހު ދަތްދޮޅީގައި އަތްވިދެލިއެވެ.

“ތި ދައްކަނީ ކާކުގެ ވާހަކައެއްތަ.؟” ކުރަންޖެހޭ އެންމެ މުހިންމު ސުވާލު ކުރަން މިމްރާހު ހަނދާންވީ ދެނެވެ. އެ ސުވާލަށް ޖަވާބުދޭން ނަފްސު ތައްޔާރު ކުރިނަމަވެސް ހިތަށް ތޫނު ތަދެއް ވީހެން ޔައުލާނަށް ހީވިއެވެ.

“ލީން.. މިލީން.” ޔައުލާން އެހެން ބުނުމުން މިމްރާހަށް އަނެއްކާ ވެސް ބާރަކަށް ކީކޭހޭ އަހާލެވުނެވެ. ޖެހިގެން އިން މޭޒުގައި އިން ދެ ދަރިވަރުން ތެދުވެގެން ދިޔައީ މިމްރާހާއި ދިމާއަށް ބަލާލާފައި ކުދި ކިޔަމުންނެވެ. ލިބުނު ކުއްލި ޝޮކުގައި މިމްރާހަށް ވެސް އިނދެވުނީއެވެ. އޭނާގެ ކޮއްކޮ މިފްރާހުގެ އެކުވެރިކަމުގައި ގްރޫޕް ސްޓަޑީޒްއަށް އެ ގްރޫޕު އެ ގެއަށް އަންނަން ފެށިފަހުން އެ އެންމެން ވެސް މިމްރާހު ދަނެއެވެ. އުމުރުގެ ގޮތުން ބޮޑުތަނެއް އޭނާ ދޮށީވިޔަސް މިޒާޖުގެ ގޮތުން އޭނާ އެކުދިންނާއި ގުޅިގެން ދިޔައީ ނުހަނު ފަސޭހައިންނެވެ. އެކުގައި ތާސްބަޔާއި ރާޒުވާގެ އިތުރުން އުނޯ އަދި މޮނޮޕޮލީ ފަދަ ގޭމް ނައިޓްތަކާއި ކެރިއޯކީ/ކަރޯކޭ އަށް ދިޔުން ފަދަ މަޖާ ރޭތަކުގައި އެ އެކުވެރިންނާއި އެކީ އޭނާ ވެސް ވަނީ އަދަދު ނުކުރެވޭހާ ގިނަ ފަހަރު ބައިވެރިވެފައެވެ. މިލީންއަކީ ޔައުލާންގެ އެންމެ ގާތް އެކުވެރިޔާކަން މިމްރާހަށް އެނގެއެވެ. މިލީން ދުނިޔެއާއި ވަކިވެ ދިޔަކަން އޭނާއަށް އެނގުނީ މިފްރާހުގެ ފަރާތުންނެވެ. އޭގެފަހުން ޗެޓްތައް ވެސް މަރުވެފައިވާ ފަދައެވެ. އެހާ ދުވަސްކޮށްފައި ޔައުލާން ޚަބަރުވީ މިލީންގެ ވާހަކައެއް ދައްކަންކަން މިމްރާހަށް ކިރިޔާވެސް ހީކުރެވިފައެއް ނެތެވެ.

“ލީން.. އަލިފާނުގައި..” ރީތިގޮތަކަށް ޖުމްލަ އަތުރާލަން މިމްރާހަށް ދަތިވީ ޔައުލާނަށް ކުރާނެ އަސަރު އެނގޭތީއެވެ. މިލީން ހުޅުތަކުގެ ތެރޭ މަރުވެދިޔަކަމާއި ހަށިގަނޑު ނެރުނުއިރު ނަސީބު ދިމާކުރިގޮތުން މިފްރާހަށް އެތަނުގައި ހުރެވުމުން ލައިވް މަންޒަރުގައި ވީނުވީ އޭނާއަށް އެނގެއެވެ. ހުވަފެންތަކުން ވެސް މަރުވެދިޔަ ފަރާތްތަކާއި އެ ހާދިސާ އަދިވެސް ފެންނަކަމަށް މިފްރާހު އޭނާ ގާތު ވަނީ ބުނެފައެވެ. މިލީން ވަކިވެ ގޮސްފައި ވާކަން އޭނާއަށް ވަނީ އެކި ފަރާތްތަކުން ޔަގީންވެފައެވެ. ޚަބަރުތަކުން ވެސް އެކަން ވަނީ އެނގިފައެވެ. ވީމާ ޔައުލާން މި ދައްކާ ވާހަކަ ގަބޫލުކުރަން މިމްރާހަށް ދަތިވިއެވެ.

“އިޓްސް ފައިން.” މިމްރާހު އަޅައިގަންނަގޮތްވުމުން ޔައުލާން ހީނލިއެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ވާ ހިތާމަ އާއި ކެކުޅުން ފުރިހަމައަށް އިހުސާސް ނުކުރެވުނަސް މިމްރާހަށް ވެސް އަންދާޒާ ކުރެވުނެވެ.

“އިތުރަށް ކިޔައިދީބަލަ. ތިވަރަށް ބުނެގެން އަދި އެއްކަމެއް ވެސް ގެޓެއް ނުވެ.” މިމްރާހު އެދުނެވެ. ދެއަތް ދެއަތާއި މޮޑެލާފައި ޔައުލާން ކަރުކެހެލީ ވާހަކަ ފަށާނީ ކިހިނަކުންކަން ނޭނގިގެންނެވެ. އޭނާ ފުރަތަމަ ކިޔައިދިނީ މިއަލްގެ ވާހަކައެވެ. އެރަށުގައި ހުއްޓާ ދިމާވިގޮތާއި އޭނާއަކީ މިލީންގެ އެއްމާބަނޑު ކޮއްކޮކަން ފަޅާއަރައިގެން ދިޔަގޮތާއި ހުރިހާ ކަމެއްގެ ވާހަކައެވެ.

“އެލްގެ ވާހަކަ އިހަށް ބާއްވަމާ. ފަޔަރގައި އަހަރެން ވެސް ހުރިން. އަހަރެންނަށް ވެސް އަނިޔާވި. އެ ހުރިހާ ކަމެއް ފަޅާއެރީ އެދުވަހު ޕާޓީ ތެރެއިން.. އަހަންނަށް ވެސް އަދި ލީންއަށް ވެސް.. ދެން ލީން އެކަމާހުރެ އައިމް ގެސިންގ ވަގުތުކޮޅެއް ބޭނުންވެގެން ފާޚާނާއަށް ވަތްތާ އިރުކޮޅެއް ވެސް ނުވާނެ އަލިފާންގަނޑު ފެތުރިގަތްއިރު. އައި ޕާސްޑް އައުޓް. ހޮސްޕިޓަލްގައި އޮއްވާ އެންމެ ފުރަތަމަ ވެސް ލިބުނީ އެ ޚަބަރު. އަނދާހުލިވެފައިވާ މަސްގަނޑު މަށަކަށް ނުފެނޭ.. އަހަންނަށް ހޭވެރިކަމެއް ވީއިރު ލީން ފަހުފަހަރަށް ދުށުމުގެ ނަސީބެއް ވެސް ނުލިބުނު. އެކަމަކު ބޮޑީ އައިޑެންޓިފައި ކޮށްފަތާ މަރުގެ ޚަބަރު ވެސް ދޭނީ. އެހެންވެ އަހަންނަށް ވެސް އޮޅިގެން މި އުޅެނީ. މިންމި ޔޫ ނޯ.؟ އަހަންނަށް ލީން ފެނިއްޖެ އެކަމަކު… ފަޔަރ ގެ ފަހުން..” ޔައުލާން ބުނެލިއެވެ.

“ފެނިގެން ތި އުޅެނީ އޭނަގެ ޓްވިން ނޫންކަން ޔަގީންތަ.؟” މިމްރާހު އެއްސެވެ.

“އާނ އެލްއެއް ނޫން. އެލް ނަމަ އިނގޭނެ އަހަންނަށް އަދި އެލްއަށް ވެސް. ވީ އާރ ގުޑް ފްރެންޑްސް. މިކިޔާ އަންހެން ކުއްޖާ ތަފާތު. އޭނަ އަކީ ލީންގެ ތަތްގަނޑެއް. އިސްކޮޅާ އޭނާގެ ބޭރުފުށުގެ ސިފަތަކުން އެކަންޏެއް ނޫން.. ހަރ ޓެމްޕަރ، ހަރ އެޓިޓިއުޑް އެންޑް ނޮޓް ޓު މެންޝަން ހަރ ސެންޓް ޓޫ. އެހުރިހާ ކަމެއް އެއްގޮތް. އައިޑެންޓިކަލް. ލީން އަރައިގަންނަގޮތަށް ރުޅިއަރައިގަތުމާއި ކުސްތެޅުމާ އެކަހަލަ ކަންކަން. އޭނަ ކައިރީ ހުރެވުނުއިރު ހީވަނީ ހަމަ ލީން ގާތު ހުރެވުނުހެން. އަދި ބުނަންތަ ލީންގެ ހުންނަހެން އެ ކުއްޖާގެ ބުމައިގެ ދަށުގައި ކަޅުތިލައެއް ވެސް އިނދޭ.” ޔައުލާން އެހެން ބުނުމުން މިމްރާހު ބުމަ އަރުވާލިއެވެ.

“އެހެން ވެސް އިނގޭތަ.؟ ވަރަށް ލައިޓް ކަލަރޑް ބުމައެއްތަ.؟” މިމްރާހު ސުވާލު އުފެއްދުމުން ޔައުލާނަށް އަނގަޔަށް ގޮތެއް ހަދާލެވުނީ އޭނަ އެކަން ހޯދިގޮތުގެ މަތިން ހަނދާންވެފައެވެ. ކުށްވެރިވެފައިވާ މީހެއް ފަދައިން އަނގަ ހަދައިގެން ޔައުލާން އެ ވާހަކަ ވެސް މިމްރާހާއި ހިއްސާކުރީ އެކުއްޖާ ހޯދަންޏާ ހުރި ހުރިހާ މައުލޫމާތެއް މިމްރާހަށް އެނގުން މުހިންމުވީމައެވެ. މިމްރާހު ގާތަށް އައީ ހިންޏެވެ. ހަމައެއާއެކީ އޭނާ ހަށަން ބަނދެލައިފިއެވެ.

“ޔުއެލް ކުރި ކަމެއް ތި ކުރީ ކީއްވެގެންކަން އިނގޭ އެކަމަކު އެހެން ހަދަންވާނެތަ.؟ އިއްތިފާގަކަށް ހަމަ ވެދާނެދޯ.؟ ތި ހީވާހީވުމަކީ ހަގީގަތެއް ނޫންވެއްޖެނަމަ ކީއްކުރާނީ ދެން.؟” މިމްރާހު ބުނެލީ ޔައުލާންގެ އަމަލާއި މެދު ހިތްހަމަނުޖެހުނުކަން އަންގައިދޭންވެގެންނެވެ.

“އޭޒް އައި ސެޑް ބިފޯރ، އައިމް ޑެސްޕްރޭޓް.” ޔައުލާން ބޮލުގައި އަތް ވިއްދާލީ ގޮތް ހުސްވެފައިވާ މީހެއް ފަދައިންނެވެ. އެއީ ކާކުކަން ހޯދަން އޭނާގެ ހިތް ތެޅިފޮޅޭވަރު އެނގޭނީ އެންމެ ފަރާތަކަށެވެ. މިހާރު މިމްރާހަށް ވެސް އެކަން އެނގޭނެކަން ގައިމެވެ.

“ސްކޫލްގައި އުޅުނުއިރު އަންހެންކުއްޖަކާއި ވައިވެސް ނޭޅޭ ޔައުލާން ޒާމިން ހަލީމް އެންމެ ފަހުން އަންހެންކުއްޖެއްގެ ކަމަކު މަގޭގާތު ކިޔައިފި.” މިމްރާހު ވެސް ފުންނޭވާއެއް ދޫކޮށްލީ ކަމުގެ ބޮޑުމިން އިހުސާސްވުމުންނެވެ.

“މިބުނީއެއްނު. އެދުވަހު ވެސް ލިބުނު ޝޮކުގައި ބިމުގައި ތަތްލަވާފަ މަށަށް ހުރެވުނީ. އޭނަ އަޅައިގެން ހުރި މާސްކް ދަމައިގަންނަން ވެސް ހިތަކަށް ނޭރި. މޫނު ފެނުންނަމަ އެއީ ލީންކަން އެއްފަހަރުން އަހަންނަށް އެނގުނީސް. ބަޓް ޔޫ ކާންޓް ބްލޭމް މީ ފޯރ ދެޓް. މަގޭ އެންމެ ގާތް އެކުވެރިޔާ އެއީ. އެކަމަކު ފެންނަ ފެނުމަށް މޫނުގެ ބައްޓަމާއި ލޮލުގެ ބައްޓަން ވެސް އެއްގޮތް. އެވެސް ކަށަވަރު. މަށަށް ޔަގީން އެއީ ލީންކަން. އައި ޖަސްޓް ނީޑް ޕްރޫފް. ބޮޑު ހެއްކެއް ބޭނުމީ.” ޔައުލާން ބޭނުންވާގޮތް ހާމަކުރިއެވެ. އަދި ކުއްލިއަކަށް ކަމެއް ހަނދާންވީ ފަދައިން ޔައުލާން ތެޅިގަތެވެ.

“އޭ އަދި އެއް ވާހަކަ. މި ކިޔައިދިނީއެއްނު އޭނަގެ ފޯނު ހިފައިގެންނޭ މަ ދުއްވައިގަތީ.؟ އެގަޑީ އެ ކުއްޖާ މަށަށް ގޮވީ ވެސް ޔޫއެލްލާންއޭ ކިޔާފަ. މިންމިއަށް ވެސް އެނގެއެއްނު ލީން ރުޅިއައީމަ މީސްމީހުންގެ ނަމަށް އެގޮތަށް ބަދަލު ގެނެސްގެން ދަމާލާފަ ގޮވާލާ ގޮތް..؟ އެގޮތަށް ހަމަ.. ލީން ނޫން މީހަކު އެރާގަށް ކީއްކުރަން އެނަމުން ވެސް މަށަކަށް ނުގޮވާނެ.. މިއީ ހުސްވެސް އެވިޑެންސް މިންމި. ޕްލީޒް ހެލްޕް މީ. ތި ނޫން މީހަކަށް މިކަމުގައި އެހީވެވޭކަށް ނެތް.” އާދޭހުގެ ރާގަކަށް ޔައުލާން އެދުނެވެ. މިމްރާހު ނިތްކުރީގައި އަތް ހިންގާލައިފިއެވެ.

“ތިކުއްޖާ ހޯދައިދިނުން އެކަނިދޯ ބޭނުންވަނީ. އަނެއްކާ ޔަގީންތަ ލީންއަކީ ކްރިމިނަލްއެއް ނޫންކަން.؟” ކުށްކުރާ ފަރާތްތައް އެމީހުންގެ އަސްލު އޮޅުވާލައިގެން އުޅޭއުޅުމަށް ރިއާޔަތްކޮށް މިމްރާހު އެއްސެވެ. ޔައުލާން ލޯ އަޅާލިއެވެ.

“ލީން އެއީ އެކަހަލަ ކުއްޖެއް ނޫން އިނގޭ މިންމީ.. ވޮޗް ޔޯ މައުތް.” އިނގިލި ދިއްކޮށްލަމުން ޔައުލާން އިންޒާރު ދިނެވެ. ކޮނޑާ ހަމައަށް ދެއަތް އުފުލާލަމުން މިމްރާހު އަމާން ދިނީ ކުޑަކޮށް ހިނި އައިސްހުރެއެވެ.

“ކިޔައިދީ ދެން އިތުރަށް އެކުއްޖާ އާއި ބެހޭ މައުލޫމާތެއް. އޭނަ އުޅޭ އެޑްރެސް ނޫނީ ގާތް ފަރާތެއް ކަހަލަ އެއްޗެއް އިނގޭތަ.؟” މިމްރާހު އެހެން ބުނުމުން ޔައުލާން މޫނުމަތީ އަތް އަޅާލީ އެމީހުން ބައްދަލުވީ އެންމެ ދެފަހަރު ކަމުގައި ބުނަމުންނެވެ. އެފަހަރުތަކުގައި ބައްދަލުވީ ވެސް އިއްތިފާގަކުން ކަން އޭނާ ބުންޏެވެ.

“މަރިޔަމް މިލީން ހޯދޭތޯތަ ބަލަންވީ.؟ އެކަމަކު މިލީން ރެޖިސްޓަރ ކޮށްފައި މިހާރު ވާނީ ދުނިޔެ ދޫކޮށްފައިވާ ފަރާތެއްގެ ގޮތުގައި.. ތި ކުއްޖެއްގެ ނަން ވެސް ކުޑަމިނުން ނޭނގެދޯ… ވަރެއްގެ ޓާސްކެއް ހަވާލު ތިކުރީ.” މިމްރާހު ހިންދެމިލިއެވެ.

“މަ ވެސް ވީވަރެއް ތިކަމުގައި ކޮށްދޭނަން. ޔައުލާން ވީމައި އިނގޭ. ކަލޭ ދޮގެއް ނުހަދާނެކަން މަށަށް ވެސް ޔަގީންވޭ. މިލީންގެ ކަމެއްގައި ޚާއްސަކޮށް. ދެން ތިކުއްޖަކާއި ބެހޭ އެއްޗެއް ހޯދޭތޯ ބަލާ. އައިލް ޑޫ ދަ ޑާރޓީ ވޯކް. އެދޮގެއް. މަގޭ ބޮޑުންނަށް ވެސް ކޮންމެވެސް ވަރަކަށް މިކަން އަންގަން ޖެހޭނެ. އެކަމަކު ހަގީގަތް ފޮރުވައިދީފައި ބާއްވައިދޭނަން. ޓު ސަމް އެކްސްޓެންޓް.. އެކަމަކު މިއީ ސީރިއަސް ކަމަކަށްވެ އަތްނުފޯރާފަށަށް ކަންކަން ގޮއްސިއްޔާ މަ ފިޔަވަޅު އަޅަން ޖެހޭނީ އެއްކޮށް ގާނޫނުގެ ގެ ތެރެއިންކަން ހަނދާން ކުރާތި. އޭރުން ނޫސްތަކަށް އެރުމާއި މިކަން މައްސަލައެއްގެ ގޮތުގައި ފެތުރުން އެއީ ވެދާނެ ކަމެއް.” މަސައްކަތް ފެށުމުގެ ކުރިން އަންގަން އޮތް ވާހަކައެއް މިމްރާހު އިއްވިއެވެ.

ޔައުލާން އެއްބަސްވީ ދެވަނަ ވިސްނުމަކާ ނުލައެވެ. މިވީގޮތުން އޭނާއަށް ލުއިފަސޭހަތަކެއް ވެގެން ދިޔައީއެވެ. މިލީން ފެނުނު ދެ ސަރަހައްދު މިމްރާހުއާއި ހިއްސާކޮށް އިތުރު ކަމެއް ހަނދާންވެ ނުވަތަ އެނގިއްޖެނަމަ މިމްރާހުއަށް އަންގާނެކަމަށް ބުނެ ޔައުލާން ބިލަށް ފައިސާ ދެއްކިއެވެ. ދެމީހުން ކޮފީ ޝޮޕުން ނުކުތީ އެކީގައެވެ. ސައިކަލަށް އަރާ ދުއްވާލަމުން މިމްރާހު ދިޔައީ އޭނާގެ ކޮޅުން ވެސް ކަމެއް އެނގިއްޖެނަމަ ވަގުތުން ގުޅާނެކަމަށް ބުނެފައެވެ.

ޒިދުޔާ އިނީ ލެޕްޓޮޕް ހިފައިގެންނެވެ. އެންމެފަހުގެ އެސައިންމެންޓް ނިންމަނީއެވެ. އެ ފޮނުވަން ޖެހެނީ އެގާރަ ޖެހުމުގެ ކުރިން ކަމަށް ވާއިރު އޭރު ގަޑިން ދިހަގަޑި ސާޅީސް ވަނީއެވެ. މަސައްކަތްތައް ނިންމުން ލަސްކުރުމަކީ ޒިދުޔާގެ އާދައެކެވެ. ސަބަބެއް ނެތެވެ.

“އެއީ މިލީންއެއް ނޫންތަ.؟” ފޯނަށް އައި މެސެޖް ކިޔާލަމުން ޒިދުޔާ ބުމަ އަރުވާލިއެވެ. އައިޒަކްގެ މެސެޖެކެވެ. ކުޑަދުވަހުން ފެށިގެން އެ އެންމެން ތައުލީމު ހާސިލުކުރީ އެއް ސްކޫލަކު ކަމުގައިވާތީ ޖީޝަމް އާއި ޒިދުޔާއަށް ވެސް އެއީ ކާކުކަން އެނގެއެވެ. އަދި އައިޒަކްގެ ހިތުގައި އެ ޒަމާނުގައި މިލީންއަށް ދެވިފައިވާ ދަރަޖަ ވެސް އޭނާއަށް އެނގެއެވެ.

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

ހިތް ކަލާއަށް އެދޭތީ 6

Next

އަބަދުވޭ ހިތުގާ މަގޭ 2 (13)

Next
January 10, 2026

އަބަދުވޭ ހިތުގާ މަގޭ 2 (13)

Previews
January 9, 2026

ހިތް ކަލާއަށް އެދޭތީ 6

37 Comments!

  1. Zuka says:
    January 9, 2026 at 2:38 pm

    ME FIRST TODAY 😁
    V.reethi keep it up
    Loge you yoonsisss💗💗

    1. yooon yooon says:
      January 9, 2026 at 10:06 pm

      Yess you first today!! Thankyouu sm Zuka Lym dear 💕

  2. Eyesher says:
    January 9, 2026 at 2:51 pm

    Omg this is becoming way too interesting mihaaru… I wish Sunday ge kurin next episode kiyaalan libeyne Nama eyy… Avahah Lyn and her fam ves meet vaane kanneynge dhww…
    Can’t wait for the next episode…
    Lyyyy…

    1. yooon yooon says:
      January 9, 2026 at 10:08 pm

      So glad to hear thatt!! 🥹 aww, Letss see hahah Thankyou smm Eyesher! 💕Lym dear

  3. mary says:
    January 9, 2026 at 2:52 pm

    V furihama

    1. yooon yooon says:
      January 9, 2026 at 10:09 pm

      Thankyouu sm mary!!💕 Tgc dear

  4. Rauuu says:
    January 9, 2026 at 3:00 pm

    Masha allah! Mi part ves vrh reethi 🥰 Curiously waiting for next one!

  5. ayan99 says:
    January 9, 2026 at 5:01 pm

    Yoon ehaa reethi vefa eh varaka talented 😽varah varah habeys hama mi bai
    Mimraahu cop vahtaali ey…kon irakun next part???
    coment nukuran varah ekamu bunalaa hihvi miadhu

    1. yooon yooon says:
      January 9, 2026 at 10:16 pm

      Thankyou sm ayan99💕 Yeess mimraah is here! Insha allah next part Sunday, 11th Jan ga. Haha thats okay so happy to hear from you dear, Tgc!!

  6. naa says:
    January 9, 2026 at 5:03 pm

    Hiii yooon ❤️❤️ Long time no see luv
    Aizak fall vaane mial ah mileen netheema dho.?
    Ziduya heevani alhugandu friend eh hen hama 😂😂😂

    1. yooon yooon says:
      January 9, 2026 at 10:19 pm

      Hii naa!! long time no seee dear 💕 Lets see dhww, Ohh is that so🥹 Thankyou smm!!

  7. siu says:
    January 9, 2026 at 5:17 pm

    Ahunaf mathin vrh misss alhugandu. Loveya yoon. waiting

    1. yooon yooon says:
      January 9, 2026 at 10:21 pm

      Avahah ahunaf gennanvy dhw!!🥹 Thankyou sm siu Lym dearr 💕

  8. idhaan says:
    January 9, 2026 at 5:24 pm

    yoon es nuvaane hehnu ehaa curious kuruvaakah aharemen…salhi varah mibai
    Minmi yaa yoooehllaanu ge next moveaky kobaibaa????
    Loabivey bodubodukoh yoony lets meet dhen oi bain

    1. yooon yooon says:
      January 9, 2026 at 10:22 pm

      HAHAH😭 Thankyou sm idhaan💕 lets see dhw mimmi and yuellaan kuraany kon kameh kann! Lym dear, yess lets lets!

  9. vivy🤍🐻‍❄️ says:
    January 9, 2026 at 5:44 pm

    Love it🤍 waiting for the next part. Best story ever ly yoonyyluv🤍🤍

    1. yooon yooon says:
      January 9, 2026 at 10:24 pm

      Thankyouu sm vivy!! Ly moree dear so happy to hear that!💕

  10. iffyyyy says:
    January 9, 2026 at 6:04 pm

    Perfection is the only word to describe you&your stories
    Lysm yoooon❤️🫀 Biggest fan ever… #teamyoon
    waitng for the next part

    1. yooon yooon says:
      January 9, 2026 at 10:25 pm

      so sweet of you to say🥹💕 Thankyouu so much iffyyyy!! Lym dear💕

  11. Anonymous says:
    January 9, 2026 at 6:41 pm

    mi stry innany hama captivate kollaafa kiya nimey iru ves neygey haadha molhey yoon allahumma barik

    1. yooon yooon says:
      January 9, 2026 at 10:26 pm

      I’m so delighted that its to your liking🥹 Thankyou so much dear tgc!!!💕

  12. Miss jennie says:
    January 9, 2026 at 8:01 pm

    Mi part ves varah reethi. Mileen bust vaane dhuvahakah inthizaaru kurevenee
    Curiously waiting for next part?

    1. yooon yooon says:
      January 9, 2026 at 10:27 pm

      Thankyouu sm Miss jennie!!💕 Haha yess! Tgc dear

  13. Anonymous says:
    January 9, 2026 at 10:05 pm

    great ep ❤️❤️❤️❤️

    1. yooon yooon says:
      January 9, 2026 at 10:28 pm

      Thankyouu sm dear 💕 Tgc!!

  14. 🍕 says:
    January 9, 2026 at 10:14 pm

    YOON DO U REMEMBER ME ????? MANN HAADHA DHUVAHEH KOFFA EY MI DHIMAAVY VARAH VARAH MISSED.. I COMMENTED A LOT FIYA FAIH STORY GA. SERIOUSLY HEEKURY DHEN YOO AA DHIMAA NUVAANEKAMAH CLOUD NINE GA MEENY MY FAV GIRL IS BACK!!!!! BAAVARU COMPLAINS EBA IN IGEY

    Mial aa shafvaan gulhuvahchey pleaze🙏🏾🙏🏾 Mishal ellaalaa(yauwlaan aaadhimaalah)
    Mi vhk hurihaa kudhin mathin varah miss. Ahunaf dheken maeves beynun vany enme bodah..

    1. yooon yooon says:
      January 9, 2026 at 10:35 pm

      YESS OMG I DO!! 🥹 You’re the one who made a bet when Fiyafaiy was on-going and asked me to give you pizza if you ended up being correct dhw? Alyaaf if I’m correct. So happy to see you again, missed you too!! 💕 thankyouu smm!! 💕
      Lets see lets see! HAHA mishal hama ehllanvefa dhw ehury!
      AHUNAFF everyones looking for you! (absolutely love how fond of him you guys are)

  15. mihuu says:
    January 9, 2026 at 10:19 pm

    Yoon ge stories abadhu ves rythi but mi vhk alhugaduah enme kamudhany… Unmeedhu kuran sunday ga next kiyan libeyne kamah… Ly fav

    1. yooon yooon says:
      January 9, 2026 at 10:37 pm

      Aww haha I’m so happy to hear that 💕 Yess insha allah, Lym mihuu and thankyou sm!!💕

  16. Anonymous says:
    January 9, 2026 at 10:23 pm

    Loev how u match us readers energy slay

    1. yooon yooon says:
      January 9, 2026 at 10:37 pm

      HAHAH thankyou smm💕 Tgc dear!

  17. Anonymous says:
    January 9, 2026 at 10:35 pm

    reethi baeh.. Yoon dhn break eh nagaanantha..? u said vhk thah liye nimumeeemaey neren fashaany dose that mean u will disappear again..? Give more new story hints and Q&A instaa story ga Plxx

    1. yooon yooon says:
      January 9, 2026 at 10:44 pm

      Thankyou sm dear!!💕
      yoon adhi nuvisnan break eh nagaakah. TSN ninmaafa dhen oih story liye nimendhen nufennaaane yeah😭 I’m actively writing it tho and I’ll meet you guys again with that story insha allah! Haha I’ll consider that, Aslu spoiler eh dhevidhaanethy hints and stuff eha ginain nulany. I have really smart readers who’ll probably figure it out within a second🥹

  18. mintleaf says:
    January 9, 2026 at 11:10 pm

    Hey fav author💘Lysm
    This parti s also vv amazing

    1. yooon yooon says:
      January 10, 2026 at 8:03 pm

      Hii mintleaf!! Thankyouu sm dear lym! 💕

  19. Lamha💋 says:
    January 10, 2026 at 4:12 am

    I wud also love more hints on upcoming stories..pls be active upload nukuriyas😚😚
    Love this part waiting for the next

    1. yooon yooon says:
      January 10, 2026 at 8:04 pm

      Thanks a lot for sharing Lamha💕 Yess i’ll try, Tgc dear!!

Comments are closed.

Next Episodeތި ސޫރަ ނޫން 28←


All Right Reserved!