Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތި ސޫރަ ނޫން 26

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
January 7, 2026 7 Mins Read
43 Comments

* އޭނަ އުޅޭ ގެއެއް ހޯދައިގެން ޔައުލާން އޭނަ ހޯދަން އައިސްފިނަމަ ދެން މިޝަލް ހަދާނީ ކިހިނެތް ހެއްޔެވެ.؟ ހަމަ އެހެން ހިތަށް އަރާއިރަށް މީހަކު އެޕާރޓްމެންޓްގެ ދޮރުގައި ބާރަކަށް ތަޅައިގަނެފިއެވެ. ސިހިފައި މިޝަލްއަށް ފުންމައިގެން ތެދުވެވުނު ގޮތްވެސް ނޭނގުނެވެ. އެންމެ އަވަހަށް އަތު ޖެހުނު ޓީޝާރޓް ބޮލުން ކޮއްޕާލައިގެން މިޝަލް ދޮރާއި ދިމާލަށް ދިޔައީ މަޑު ފިޔަވަޅުތަކެއްގައެވެ. އެހެން ހުއްޓާ އެމީހަކު ދެވަނަ ފަހަރަށްވެސް ދޮރުގައި ތަޅައިގަނެފިއެވެ. އެއަޑަށް މިޝަލް ދިޔައީ ސިއްސައިގެންނެވެ. ކުޑަކޮށް ފުންމައިވެސް ގަނެވުނެވެ. ތަޅައިގަންނަންވެގެން މީހަކު އަތް މުއްކަވާލާނެހެން ވައަތް މުއްކަވާލާފައި މިޝަލް ފުންނޭވާއެއްލާފައި ދޮރު ހުޅުވާލިއެވެ. *

“ގުޑް މޯރނިންގް ސަންޝައިން..” މިޝަލް ދޮރު ހުޅުވާލާއިރަށް އެޕާރޓްމެންޓް ތެރެއަށް ދެމިގަތީ ޖީޝަމްއެވެ. “ޖީ ތަ..” ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން މިޝަލް މުއްކަވާލި އަތް ހުޅުވާލިއެވެ. “މިހާއިރު ވަންދެންވެސް ނިދީތަ..؟” ޖީޝަމް ގޮސް ވެއްޓިގަތީ މިޝަލްގެ އެނދަށެވެ. “އާނ ދެންމެ ހޭލެވުނީ.. ފެންވެރިތާ އިރުކޮޅެއް ނުވަނީސް ޖީއަށް ތި އާދެވުނީ..” އަޑުގައިވީ ހާސްކަމާއި ނުތަނަވަސް ކަން ފޮރުވޭތޯ މިޝަލް މަސައްކަތް ކުރިއެވެ.

ޖީޝަމް އަކީ މިޝަލްއެކޭ އެއްފަދައިން އެ އެޕާރޓްމެންޓްގައި ދިރިއުޅެމުން އަންނަ ކުއްޖެކެވެ. ޖީޝަމްގެ އެކުވެރި މިޒާޖުގެ ސަބަބުން މިޝަލް އާއި ޖީޝަމް އެކުވެރިންނަށް ވެގެންދިޔައީ މީގެ ދުވަސްކޮޅެއް ކުރިންނެވެ.

“ޒިދޫ ނާންނަ ދުވަހެއްތަ..؟” މިޝަލް ތުވާލި ކޮނޑުގައި އަޅުވަމުން އަހާލިއެވެ. އެހެންޏާ ޖީޝަމް އާއި ޒިދުޔާ އުޅެނީ ތެރަހުން ތަތްކޮށްފައިވާ ދެމީހުންހެން ކަމުގައިވާތީއެވެ.

“އިނގެއެއްނު ޒިދޫގެ ގޮތް.. އަންގާރަ ދުވަހު ކޮލެޖް ފެށޭތީ އޭނަ އެ ރެޑީވަނީ.. މިއަދު މީ އަދި އާދީއްތަ ދުވަސް..” ޖީޝަމް ޕިސްޕިސް ކިޔާލިއެވެ. އެހާ ކުރިން ނޯޓްފޮތާއި ފައިލްތަކާއި ގަލަމާއި އެހެނިހެން ތަކެތި ހަމަކޮށް ނަފްސާނީގޮތުން ވެސް ތައްޔާރުވާން ބޭނުންވާ ވާހަކަ ޒިދުޔާ ބުނިކަން ވެސް އޭނާ އިތުރުކޮށްލިއެވެ.

“އެކަމަކު ރަނގަޅީ ވެސް އަވަހަށް ތައްޔާރުވިއްޔާއެއްނު.. ޒިދޫއަށްވެސް ފަސޭހަތާ. ކިޔެވުން ފެށެން ވާއިރަށް ތައްޔާރުވިއްޔާ ފަސޭހަވާނީ.” މިޝަލް އައިސް އެނދުގައި ޖައްސާލިއެވެ. ޖީޝަމް ހަމައެކަނި ބޯޖަހާލީއެވެ.

“ލައިބްރަރީއަށް ނުދާ ދުވަހެއްތަ..؟” މާހައުލު ހަމަހިމޭންވުމުން މިޝަލް އެއްސެވެ.

“ނޫން މިއަދު އޮތީ އީވްނިންގ ޑިއުޓީ. މިހާރު ހުރި ކުއްޖާ ދިޔައީމަ އަހަރެން ދާގޮތަށް އޮތީ.. މިޝަލް އޯ..؟ ބިޓު ދެކެން ނުދާ ދުވަހަކީތަ..؟” ޖީޝަމް ބުނެލީ ދިމާކުރާ ފަދަ ރާގަކަށެވެ. މިޝަލް ތުންފަތުގައި ދަތް އަޅާ ކުޑަކޮށް ހީނލިއެވެ. ޖީޝަމްއަށް އެނގެނީ މިޝަލް ޝަފްވާން ދެކެން ދާކަން އެކަންޏެވެ. އެނޫން އެއްވެސް ވާހަކައެއް މިޝަލް ޖީޝަމްއަށް ކިޔައިދީފައެއް ނުވާނެއެވެ.

“މާދަން ފުރަން މިއުޅެނީ..” ޖީޝަމްގެ ސުވާލު އޮއްބާލަމުން މިޝަލް ބުނެލިއެވެ.

“ކޮންތާކަށް..؟” އެނދުމަތީގައި ދެފައި ވަށްކޮށްލަމުން ޖީޝަމް އަހާލިއެވެ. އެހާ ކުއްލިގޮތަކަށް ފުރާ ވާހަކަ ބުނުމުން ޖީޝަމް އިނީ ހައިރާންވެފައެވެ.

“ޖެހިގެން މިއޮތް ރަށަށް.. ހޮސްޕިޓަލްގެ ފަރާތުން ސަޕްލައިސް އެކޮޅަށް ފޮނުވާތީ.. ހެލްޕެއްގެގޮތުން.” މިޝަލް ބުނެލިއެވެ.

“މިޝަލްވެސް ތަންކޮޅެއް އީޒީ ޖޮބެއް ހޯދިނަމަ.. މިސާލަކަށް މަ އުޅޭތަން.. ލައިބްރަރީގެ ފަރާތުން ނުޖެހޭނެ ދަތުރުކުރާކަށް..” ޖީޝަމް އެހެން ބުނެލުމުން މިޝަލް ގާތަށް ހިނިއައެވެ. “ދެން ދަނީ.. ފުރުމުގެ ކުރިން އަންނައްޗޭ.. މިބުނީ މިރޭ އަންނައްޗޭ.. މަށާ ޒިދޫ ފަރާތުން ކެއުމެއް..” ޖީޝަމް ބުނެލިއެވެ. މިޝަލް ބޯޖަހާލީއެވެ.

ޖީޝަމް ނުކުމެ ދަންދެން މިޝަލް ހިނިތުންވެގެން އިނެވެ. ހަމަ ޖީޝަމް ދޮރު ލައްޕާލާއިރަށް މިޝަލްގެ ތުންފަތްމަތިން ހިނިތުންވުން ފޮހެވުނެވެ. ޔައުލާނަށް އޭނަގެ ހަގީގަތް އެނގުނީކަން އެނގުމުން މިޝަލް ނުތަނަވަސްވެފައިވަނީ އެހެނެއް ބަލާފައެއް ނޫނެވެ. ހޮސްޕިޓަލްގެ ފަރާތުން އެދިން ފުރުސަތު ގަބޫލުކޮށް ފުރުމަކީ މިވަގުތަށް އެންމެ ރަނގަޅު ގޮތްކަން މިޝަލްގެ ޟަމީރުވެސް ގަބޫލު ކުރިއެވެ. ކަން ހިނގާފައިވާގޮތުން މިހާރު ޔައުލާން އޭނަ ހޯދަން އުޅެފާނެތީ އިހަށް ރަށުން ފޭބުމަކީ ދެން އޮތްގޮތް ކަމަށް މިޝަލް ނިންމިއެވެ.

ސައިޑް ކަބަޑު ދަމާލާފައި މިޝަލް އޭގެން ކުޑަ ނޯޓްފޮތެއް ނެގިއެވެ. އޭގެ ފުރަތަމައަށް އޮތް ގަނޑުގައި ކަޅުކުލައިގެ ގަލަމަކުން ލިޔެފައިވަނީ ރީއަލް އާއި ނަވާލްގެ ނަމެވެ. އަދި މިޝްލާ އާއި ޒައިހާންގެ ނަމެވެ. އަދި ވަކިން ޚާއްސަކޮށް ނޫކުލައިގެ ގަލަމަކުން މިއަލްގެ ނަން ޖަހާލާފައި ބްރެކެޓެއްގެ ތެރޭގައި ‘ކޮއްކޮ’ އޭ ލިޔެލާފައިވެއެވެ. ޖެހިގެން އޮތް ގަނޑަށް މިޝަލް ބަލާލިއެވެ. އެ ގަނޑުގައި މިޝަލް ކުރަހާފައިވަނީ ގެއެކެވެ. މާ ބޮޑު ނޫނަސް ފުދޭވަރަކަށް ރީތި ގެއެކެވެ. ކުރެހުމަކީ މިޝަލްގެ ހުނަރެއް ކަން މިޝަލްއަށް އެނގުނީ ވަކިން ދިރިއުޅެން ފެށިފަހުންނެވެ. އެ ކުރެހުމުގެ ތިރީގައި ރީތި އަކުރު ތަކަކުން މިލްރީޝްވޭލީއޭ ޖަހާލާފައިވެއެވެ. އެއީ އެކޮޅު ރަށުން ސޯޝަލް މީޑިޔާ މެދުވެރިކޮށް އެކުވެރިވީ ކުއްޖެއް އަތުން ހޯދި ފޮޓޯއެއް ބަލައިގެން މިޝަލް ކުރެހި ތަސްވީރެކެވެ.

“އެކޮޅު ރަށް.. މާނައަކީ ބައްޕަ އާއި ކޮއްކޮ އާއި ބޭބެއާއި އެއް ފަސްގަނޑަކަށް އެރެނީއޭ..” މިޝަލް އެހެން ބުނެލިއިރު އަޑުގައި ޖޯޝު އެކުލެވިގެންވިއެވެ. ސަޕްލައިސް ފޮނުވުމުގެ ބަހަނާގައި އެކޮޅަށް ގޮސްފައި މިޝަލްއަށް އެމީހުން ހޯދަން މަސައްކަތް ކުރެވިދާނެއެވެ.

ދެން މިޝަލްގެ ހަނދާނުގައި ކުއްލިއަކަށް ކޮށްޓައިގަތީ ތަންކޮޅެއް ކުރިން ޔައުލާން އޭނައަށް ކިޔައިދިން ވާހަކަތަކެވެ.

“ޔުއެލްއާއި ބޭބެމެންނާއި އެކުވެރިވާނެ..” ވައްކަންކުރި މައްސަލައިގައި ޔައުލާން ސެޓިސްފައިޑް ފިހާރަ ހައްލުކުރަން ދިޔައިރު ހުރި ގެއިން ޔައުލާން އާއި ރީއަލް އާއި މިއަލް އާއި އެކުވެރިވީ ވާހަކަ ބުނެދިން މަތިން ހަނދާންވިއެވެ. ރީއަލް އަކީ ސެޓިސްފައިޑް ފިހާރައިގައި މަސައްކަތް ކުރާ މުވައްޒަފެއްކަން އެނގުމުން މިޝަލްގެ އުންމީދު އާލާވިއެވެ. އަނެއްކާވެސް ޔައުލާން ސިކުނޑިއަށް އެރުމުން ނުތަނަވަސްވާގޮތްވިއެވެ. އެ ޚިޔާލުތަކުން ސަލާމަތްވެވޭތޯ އޭނާ ދަބަހެއް ނަގާ ބެލީ ފުރަންވާއިރަށް ޕެކް ކުރެވޭތޯއެވެ.

ޑިއުޓީގައި އިން އިރުވެސް މިއަލްގެ ޚިޔާލުގައި ވަނީ ޝަފްވާނެވެ. ރޭގެ ޝޯގެ ހަނދާންތަކެވެ. ޝަފްވާން އޭނައަށް ބަލަން އިން ގޮތެވެ. އެ ތޫނު ނަޒަރުން އޭނަގެ ހިއްސުތަކަށް ބާރު ފޯރުވާގޮތެވެ. ޝަފްވާނާއި ގާތުގައި ހުރެވުމުން އެހިތަށް އަބަދުވެސް ލިބިގެންދާ ބަޔާންކުރަން ދަތި އުފާވެރިކަމެވެ. އެ ޚިޔާލުތަކުގައި އިންއިރު މިއަލްއަށް އިނދެވުނީ ހީލައިގެންނެވެ.

“އެކްސްކިއުޒް..” މިއަލްއަށް އެ ޚިޔާލުތަކުން ބޭރުވެވުނީ ދިވެހި ވާހަކަފޮތެއް ހިފައިގެން އައި އަންހެން ކުއްޖާގެ އަޑަށެވެ. މިއަލް އަވަހަށް އެ ފޮތް ކޮމްޕިއުޓަރަށް އެންޓަރ ކޮށްލާފައި އެ ކުއްޖާއަށް ފޮތް ދިނީ ހިނިތުންވުމެއް ރައްދުކުރަމުންނެވެ. އެކުއްޖާވެސް ހީނލާފައި ފޮތް ހިފައިގެން ދުވެލާފައި ނުކުތެވެ. މިއަލް ދެން ފެށީ އާ ފޮތްތަކުގައި ނަންބަރުކޮޅުތައް ހިއްޕާށެވެ.

“އެލް..” ދަންނަ އަޑެއް އިވުމުން މިއަލް އިސް އުފުލާ ބަލާލައިފިއެވެ.

“ތަނޫ.. މިތާނގައި ކީއްކޮށްލަނީ..” ރީނދޫކުލައިގެ ދިގު ހެދުމެއް ލައިގެން ހުރި ތަނާ ފެނި މިއަލް އެއްސެވެ. “ހަމަ ފޫހިވެގެން އައީ. އަހޫ ޗީޒީގައި.. އިންނު ކުޑަކޮށް ބަލިކޮށް އުޅެނީ. ގިނަ އެކުވެރިން ރަށުން ބޭރުގައި.. ދެން ދަމުން ހިތަށް އެރީ މިތަނަށް ވަދެލާނީއޭ. އެލް ކޮލެޖް ފެށެނީ ކޮންއިރަކުން..؟” ތަނާ އައިސް ކައުންޓަރު މަތީގައި އަތް ވިދެލަމުން އެއްސެވެ.

“އަންގާރަ ދުވަހުން. ޝަފްވާން ކޮބައިތަ..؟” ކުރު ޖަވާބެއް ދީފައި މިއަލްއަށް އެހެން އެހުނީ ކޮން ހިތްވަރެއް ލިބިގެން ކަމެއް ނޭނގުނެވެ. ތަނާ މިއަލްގެ މޫނަށް ބަލާލީ ލާނެތް ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކޮށްލަމުންނެވެ. ޝައްކެއްވެސް ނެތެވެ. ހަމަ ސީދާ އަހުނަފްގެ އަންހެން ވައްތަރެވެ.

“ޝަފްވާން ވާނީ އޭނަގެ ހާލީގައިހެން ހީވަނީ. ކީއްވެގެންބާ އެލް ކުއްލިއަކަށް ޝަފްވާންގެ ވާހަކަ އަހަން ޖެހުނީ..” މިއަލްގެ މޫނުމައްޗަށް ވެރިވި ރަތްކަން ފެނިފައި ތަނާ ހީގަތެވެ.

“ކަމެއް ނުވެޔޭ.. ހަމަ ބަލާލީ..” އިސްއޮބާލަމުން މިއަލް ބުނެލިއެވެ. އެހެން އެހީ ބޭއިޚްތިޔާރުގައި ކަމުގައި ވުމުން އޭނާ ހަގީގަތުގައި ވެސް ލަދުގަނެއްޖެއެވެ.

“އޯކޭ ދެން.. ތިވާހަކަ މަ ގަބޫލުކުރިކަމަށް ބަލަމާ ދޯ. އެބައަންނަން ވާހަކަފޮތެއް ނަގައިގެން.. އިނގިރޭސި ކިޔާކިޔާ މަށަށް ޕްރޮޕަރ ދިވެހި ނޭނގޭތީ އަހުނަފް ދިމާކުރާވަރުން ދިވެހި ދަސްކުރަން ވެއްޖެ.. ރޭގަވެސް މަށަށް ފުރޯ އަކީ ކޯޗެއްކަން ނޭނގިގެން އެވަރަށް މަލާމާތްކުރި. އެލް ބުނެބަލަ ރީތި ވާހަކަފޮތެއް..” ފޮތްހަރުގަނޑުތަކާއި ދިމާލަށް ދަމުން ތަނާ އެދުނެވެ. އޭނާއަށް ކަމުދާ ރީތި ދިވެހި ވާހަކަފޮތެއްގެ ނަން ބުނެލުމަށްފަހު އެ ފޮތް ހުންނަ ތަން ވެސް މިއަލް ތަނާއަށް ކިޔައިދިނެވެ.

ހެޑްފޯނު ކަންފަތުގައި އަޅައިގެން އިންދާ ވެސް ބޭރުން އެއްޗެއް ތަޅައިގެންދިޔަ އަޑު ޝަފްވާނަށް އިވުނެވެ. ވަގުތުން އަދަރާދަގޮނޑިން ތެދުވެގެން ގޮސް ބަލާލިއިރު ޝައްޔާން ތެޅިފައިވާ ތަށީގެ ބިއްލޫރިތައް ހޮވަމުން ދަނީއެވެ. އަތުން ދެތިން ތަނަކުން ލޭހިލިފައިވާއިރު އޭނާގެ ފަރުވާލެއް ނެތް ފަދައެވެ. ޝަފްވާން ނިތްކުރިމަތީ އަތް އެޅިއެވެ. އަދި ފުންނޭވާއެއް ދޫކޮށްލީ ޝައްޔާނާއި ކުރިމަތިލުމުގެ ކުރިން އެކަމަށް ނަފްސު ތައްޔާރު ކޮށްލުމުގެ ގޮތުންނެވެ.

“ދޭ އެތެރެއަށް. ދޮންބެ މި ނަގަނީ.” ޝަފްވާން ކުޑަކަކޫ ޖަހާލާފައި ޝައްޔާނުގެ އަތް ބިއްލޫރިތަކާއި ދުރަށް ޖައްސާލަން އުޅުނެވެ. ނަމަވެސް އެކަން ކާމިޔާބު ނުވީ އެއާއި އެއްވަރަކަށް ޝައްޔާން އޭނަގެ އަތް ފޮޅުވާލުމުންނެވެ. ނުރުހިފައި ޝަފްވާން ބަލާލިއިރު ޝައްޔާންގެ ލޮލުގައި ވެސް ވިދަމުން ދިޔައީ ރުޅިވެރިކަމެވެ.

“އެހީއަކަށް ބޭނުންވި ދުވަހު ތި އަތް ކޮބާ.؟” ޝަފްވާން ދުރަށް ކޮއްޕާލަމުން ޝައްޔާން ބޮޑު ބިއްލޫރި ކޮޅެއްގައި ހިއްޕެވެ. އެއާއެކީ އަތުގެ ހުދުހަން ކަފައިގެން ގޮސް ލޭތައް އޮހިގަތެވެ. އެމަންޒަރު ބަލަން ހުންނަން ޝަފްވާނަށް ދަތިވިއެވެ. ބާރަށް ޝައްޔާނުގެ އަތުގައި ޖެހުނީ ވެސް އެހެންވެއެވެ. އަތުގައި އޮތް ބިއްލޫރިކޮޅު ވިއްސައިގެން ދިޔުމުން ޝައްޔާން ބެލީ އެހެން ބިއްލޫރިކޮޅެއް ނެގޭތޯއެވެ. އޭގެ ކުރިން ޝައްޔާނުގެ ދެކޮނޑުގައި އަޅާ ޝަފްވާން ފަހަތަށް ކޮއްޕާލައިފިއެވެ. އުޑަފައިން އިށީނދެގެން އިނުމުން ފަސޭހަކަމާއެކީ ބެލެންސް ކަޓައިގެން ޝައްޔާން ބިމަށް ޖެހުނެވެ. އެވަރުން ވެސް އޭނާ ބެލީ ބިއްލޫރިކޮޅެއްގައި ހިފޭތޯއެވެ.

“ކިހިނެތް ވެގެންތަ ތި އުޅެނީ ޝައްޔާން.؟؟” ޝަފްވާން އަހާލީ ނުހަނު ބާރަށެވެ.

“ވަނީ ކީއްތޯ ފެނުނީހެއްނު..! މިހާރު ކޮންމެހެން މާ އަޅާލާކަމަށް ހެދިގެން އުޅޭނެކަމެއް ނެތް..!” ޝައްޔާން ވެސް ނުހަނު ބާރަށް އެހެން ބުނެ ހިނގައިގަތީ ކޮޓަރި އާއި ދިމާއަށެވެ. ދެ ކޮޓަރީގެ އެ އެޕާޓްމެންޓްގައި އުޅެނީ އޭނައާއި ޝައްޔާނު އެކަންޏެވެ. ޝަފްވާނަށް ބޮލުގެ އިސްތަށިގަނޑުގައި ހިފާ ބާރުކޮށްލެވުނެވެ. އަދި އަދަށް ދާންދެން ވެސް ޝައްޔާނު އޭނައަށް އެހާ ނަފްރަތު މިކުރަނީ ކީއްވެގެން ކަމެއް އުޅެއުޅެ ވެސް ޝަފްވާނަށް އެނގޭގޮތެއް ނުވިއެވެ.

ހަވީރުގެ ފިނި ވައިރޯޅިތައް ޖެހެމުން ދިޔައެވެ. ލޯންޗުން ފޭބިގޮތަށް މިޝަލް އާއެކީ ލޯންޗުން އައި އެންމެން މިސްރާބު ޖެހީ ‘ޖުނޯނިއާ އިން’ އާއި ދިމާއަށެވެ. ރޭގައި ޒިދުޔާ އާއި ޖީޝަމްވެގެން ކާންދިންވަރުން އޭނާގެ ބަނޑު އަދިވެސް ފުރިފައިވާހެން ހީވިއެވެ. ގެސްޓް ހައުސަށް ގޮސް މިޝަލް ފުރަތަމަވެސް ފެންވަރާލީއެވެ. މީހާ ތާޒާވުމުން ގަޔަށް ދޫ ހުދު ގަމީހަކާއި ކަޅު އޮފީސް ޕޭންޓްސްއެއް ލިއެވެ. އަދި މަތިން ހުދު މާސްކެއް އަޅާ ކަރުގައި ފާސް އަޅާލައިފިއެވެ. އިސްތަށިގަނޑު އޮމާންކޮށްލަމުން ދަބަސް ހިފައިގެން މިޝަލް ނިކުތީ ގަޑި ކިޔާފައި ވަނީ ތިނެއް ޖަހާއިރަށް ކަމުގައިވާތީއެވެ.

އެރަށް ގެނައި ސަޕްލައިތަކުން ހުރިހާ ތަކެއްޗެއް ހަމަތޯ ބަލާ މިޝަލްއަށް ލިސްޓް ހަދާ ފޮނުވަން ޖެހުނެވެ. އަތުގައި އޭގެ ހާޑްކޮޕީތަކެއް އޮތްއިރު ރީޗެކްކޮށް ކޮށް އޭނާ ހުރީ ދެލޯ ގޮވާވަރުވެފައެވެ. ވަޒީފާއެއް އަދާކުރުމަކީ ކިހާ ޒިންމާއެއް އުފުލަންޖެހޭކަމެއްކަން އޭނާއަށް އިހުސާސްވިއެވެ. މިހާ ދުވަހު އިނގިއްޔެއް ހިއްލާލަން ވެސް ނުޖެހި އޭނާއަށް ބޭނުންވިހާ އެއްޗެއް ލިބުނެވެ. އެ ދިރިއުޅުމާއި ދުރަށް ޖެހުނީ ވެސް އަމިއްލަ އިޚްތިޔާރުގައެވެ. މިޝަލްއަށް ވިސްނާލެވުނެވެ. މިއީ ހަގީގަތުގައި ވެސް އޭނާއަށް އެންމެ ރަނގަޅު ގޮތް ހެއްޔެވެ.؟ އޭނާގެ އެންމެ އެދުމެއް ހާސިލުކުރުމުގެ ނިޔަތުގައި މި ނެގުނީ ރަނގަޅު ފިޔަވަޅެއް ހެއްޔެވެ.؟

އަނބުރާ ގެސްޓް ހައުސަށް ދާން ހުރިހާ މުވައްޒަފުން ވެސް ދިޔައީ ދެތިން ވޭނެއް ހިފައިގެންނެވެ. “މާދަން ނޫން އަނެއް ދުވަހު އެނބުރި ރަށަށް ދާން ފުރާގޮތަށް ވަނީ ހަމަޖެހިފަ. ހީކުރިވަރަށްވުރެ އަވަހަށް މަސައްކަތްތައް ނިމިއްޖެ. އޭ ތިވާހަކައެއް ނޫނޭ.. އަސްލު ހިތަކަށް ނާރާތަ އާދައިގެ ސާފްކުރާ މީހެއް މި ޓީމްގައި ހިމަނަން ޖެހުނު ސަބަބެއް.؟” ޖެހިގެން އިން އަންހެން މުވައްޒަފު އަނެއް މުވައްޒަފު ކައިރީ ސިއްރުސިއްރުންކަމަށް ބުނި ޖުމްލަ މިޝަލްއަށް ރީއްޗަށް ވެސް އިވުނެވެ.

“އުސާމާއަކަށް ނޭނގޭތަ.؟ ގަނެލާފައޭ އޭނަ އެހުރީ. ނޭނގެ ވޮލެންޓިއާކުރީ ނޫންކަމެއް ވެސް. މިކަހަލަ މަސައްކަތް ކުރަން ފޮނުވަންޖެހޭނީ ކަމާއި ގުޅޭ މީހުން. އިސްވެރިން ވެސް މާ ފަރުވާކުޑައީ. އެކަމަކު އޭނަގެ ފަރާތުން ޝައްކުކުރެވޭ ކަހަލަ ކަމެއް ނުފެނޭ. އެކްސްޕީރިއެންސް ދަށްކަން އެހި ސުވާލުތަކުން އެނގުނު. ދެން އެކްސްޕީރިއެންސް ނުވެސް ހުންނާނެތާ. އެހާ ޔަންގް ކުއްޖެއް މިދާއިރާ އާއި ގުޅޭގޮތުން ކިޔަވާފަ ހުރިކަމެއް ވެސް ނޭނގެ. ގެއްލުމެއް ނެތްތާ ދެން އަހަރެމެންނަށް ލުޔެއްނު މަސައްކަތުގެ ބޮޑު ބައި ނިންމީ ވެސް އޭނާ.” އަނެއް މުވައްޒަފު ޚިޔާރުކުރީ އަޅާނުލުމަށެވެ. މިޝަލް ލޯ އަޅާލިއެވެ. ނަމަވެސް އެއްޗެކޭ ނުބުނީ މައްސަލަޖެހެން ބޭނުން ނުވާތީއެވެ.

ޖުނޯނިއާ އިންއަށް ހުރިހާ މުވައްޒަފުން ވަދެގެން ދިޔައިރު އެންމެ ފަހަތުގައި ހުރީ މިޝަލްއެވެ. ފޯނަށް ބަލަމުން ގޮސް މިޝަލް ގޮސް މީހެއްގެ ގައިގައި ޖެހުނެވެ. ފަހަތަށް އެއްލިގެން ދިޔުމާއެކީ މިޝަލް އިސް އުފުލާލީ ރުންކުރުވެފައެވެ. ވަގުތުން އޭނާގެ ދެލޯ ބޮޑުވެ ނޭވާ އަވަސްވެގެންދިޔައެވެ. އަޅައިގެން ހުރި މާސްކް ރީތިކޮށްލުމުގެ ގޮތުން އަތް ޖައްސާލި ނަމަވެސް މިޝަލްއަށް ހަރަކާތް ކުރެވުނީ މޫނު ފޮރުވަން އުޅުނުފަދަ ޒާތަކަށެވެ.

“އަޅުގަނޑު ގަސްތަކު ނޫން. މައާފްކުރޭ..” އަޅުވައިގެން ހުރި އަތްދަބަސް ރީތިކޮށްލަމުން މިޝްލާ އަވަސްވެގަތީ ގެސްޓް ހައުސްއިން ނިކުމެގެން ދިޔުމަށެވެ. ބާރު ފިޔަވަޅުތަކެއްގައި ގޮސް މިޝަލްއަށް ފާރެއްގައި ލެނގިލެވުނީ ކިރިޔާއެވެ. ފައިން ވާގިދާހެން ހީވުމާއެކީ މިޝަލް އެތާ ހުރި ގޮނޑިއެއްގައި އިށީނދެލިއެވެ. އަދި ދެއަތުން މޫނުގައި ހިފަހައްޓާ ނޭވާ ހަމައަކަށް އެޅުވޭތޯ ބެލިއިރު އޭނާގެ ހިތް ތެޅެމުން ދިޔައީ އެހެނެއް ބަލާފައެއް ނޫނެވެ. ދެލޮލަށް ކަރުނަތައް ބޮނޑިވެގަތްތަނާ މިޝަލް ތުންފަތް ފަޅައިގެން ދާނެހާ ބާރަށް ތުންފަތުގައި ދަތް އަޅާލިއެވެ.

“މަންމަ މި ރަށުގައި.. އެކަމަކު ކީއްވެގެންބާ..؟” އެކަކަށް ފިލުމަށް ޓަކައި މިޝަލްއަށް ނޭނގިވެސް މި އާދެވުނީ އަނެކަކުގެ ކުރިމައްޗަށެވެ. އެންމެ ފުރަތަމަ ޔައުލާނެވެ. ދެން މިޝްލާއެވެ. މިޝަލްގެ ސިކުނޑި ސުމަކަށް ދާވަރުވިއެވެ. އެހެން އިނދެފައި އޭނާ ކުއްލިއަކަށް ފުންމައިގެން ތެދުވިއެވެ.

މިޝްލާއަކަށް ނޭނގޭނެއެވެ. ކުޑަމިނުން މަރިޔަމް މިޝަލް ޒާހިރަކީ އުޅޭ ފަރާތެއްކަން ވެސް މިޝްލާ ނުދަންނާނެކަން އޭނާއަށް ޔަގީނެވެ. ހިތަށް ލިބުނު ކުޑަ ތަސައްލީއާއެކީ މިޝަލް ހިނގައިގަތީ ގެސްޓް ހައުސްއިން ނިކުންނާށެވެ. މިޝްލާ މިރަށަށް އަންނަން ޖެހުނު ސަބަބެއް ބަލަން އޭނާ ކޮންމެހެން ވެސް ބޭނުމެވެ. މިޝްލާ ގެއްލިދާނެތީ މިޝަލް ފިޔަވަޅުތައް އަވަސް ކޮށްލިއެވެ. އިރުއޮއްސެންދާތީ އުޑުމަތި ކިތަންމެހާ ވެސް ނަލައެވެ. ނަސީބު ރަނގަޅެވެ. އޭނާއަށް ނިކުމެވުނުއިރު މިޝްލާ ގޯޅިއަކުން ލަނބާލަނީއެވެ. ބޯގަންވިލާ ގަސްތަކެއް ހުރި ގެ ކައިރިން ލާފައި މިޝަލް ދިޔައީ ފިލަފިލައިގެންނެވެ. އެހެން އުޅެއުޅެ އޭނާ އެކަމަށް ހޭނިއްޖެއެވެ. އެހެން މީހަކަށް ޝައްކެއް ނުވާފަދައިން އުޅުމަށް ފުދޭ ވަރަކަށް ކުޅަދާނަ ވެއްޖެއެވެ.

މިޝްލާ ގޮސް ހުއްޓުނީ މިލްރީޝްވޭލީގެ ކުރިމަތީގައެވެ. މިޝަލް ހުރީ މަގެއް ދުރުގައި ނަމަވެސް އެ ގެ ފާހަގަކުރަން އޭނާއަށް އެނގުނެވެ. ސިކުނޑި ތޮއްޖައްސަމުންދިޔަ ސުވާލުތައް ވީ އިތުރެވެ. މަންމައަކީ ކޮންމެހެން ރަށުން ބޭރަށް ދާންޖެހިގެން ނޫނީ ދަތުރުކުރާ މީހެއް ނޫންކަން އޭނާއަށް އެނގެއެވެ. މަންމަ އެހެން ރަށަކަށް ދާނަމަ އަބަދުވެސް އޭނާ ގާތު ބުނެއެވެ. ނުވަތަ ދަނީ އޭނާ އާއި ޒައިހާން އާއެކީގައެވެ. އަނެއްކާ މިޝްލާ އައީ އޭނާ ވަކިވުމަށްފަހު ހެއްޔެވެ.؟ މިޝްލާ ބޭނުންނަމަ އޭނާ އާއި ރީއަލްގެ އިތުރުން މިއަލް އާއި ވެސް ބައްދަލު ކޮށްދެވުނީހެވެ. ކަސްޓަޑީ މަސައްކަތް ކުރާގޮތް ޚުދު އޭނާވެސް ދަނެއެވެ. މަންމަ އާއި ބައްޕަގެ ވަރީގެ ފަހަތުގައި ވަނީ ކޮން ސިއްރުތަކެއް ހެއްޔެވެ.؟

އެ ފިކުރުތަކުގައި ހުއްޓާ މިލްރީޝްވޭލީއިން ދެމީހަކު ނިކުމެއްޖެއެވެ. މިޝަލް އަވަހަށް އެތާ ގެއެއްގެ ބޭރުގައި އިން ޖޯއްޔަކަށް ވެއްޓިގަނެ ފޯނާއި ކުޅޭކަމަށް ހެދުނެވެ. އެހެނަސް އޭނާގެ ސިއްރު ނަޒަރު ވީ އެދެމީހުންނަށެވެ. އިސްކޮޅުން ދިގު ބިޔަ ހަށިގަނޑެއް ހުރި އެ ފިރިހެންކުއްޖާގެ ކޮނޑާއި ހަމައަށް އަރާ އަންހެން ކުއްޖާ ނުހަނު ރީއްޗެވެ. ދެން ފެނުނީ އެ ފިރިހެންކުއްޖާ މިޝްލާގެ ގައިގައި ބައްދާލިތަނެވެ. އެ މަންޒަރު ދެކެން ގާތުގައި ހުރި އަންހެންކުއްޖާގެ ހިނިތުންވުން ވެސް ހެކިދެނީ އުފާވެފައިވާ މިންވަރެވެ. އިރުކޮޅެއް ނުވަނީސް އެ ފިރިހެންކުއްޖާ ޖީބުން ފޯނު ނަގާ އަންހެން ކުއްޖާގެ އަތަށް ދިނެވެ. މިޝްލާ އާއި އެ ފިރިހެންކުއްޖާ ހުއްޓިލުމުން އަންހެން ކުއްޖާ ފޮޓޯ ނަގައިދިނެވެ. ވާވަރަށް ފޮޓޯ ނެގުމުން ފިރިހެންކުއްޖާ އަންހެންކުއްޖާގެ އަތުގައި ހިފާ ގަޔާ ކައިރިއަށް ދަމާލަމުން ތިންމީހުން އެކީ ސެލްފީއެއް ނަގައިފިއެވެ.

އެ މަންޒަރުދެކެން ހުރި މިޝަލްއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. އެންމެ ފުރަތަމަ ނަޒަރުން ވެސް އެއީ ރީއަލްއޭ ހިތް ބުނެލީ ކީއްވެ ކަމެއް ނޭނގުނެވެ. ޖެހިގެން އެހުރި އަންހެންކުއްޖާ އަކީ މިއަލް ނޫންކަން އޭނާއަށް ދޭހަވީ ޔައުލާން އެދެމީހުންގެ ވައްތަރުކަން ފާހަގަކޮށްފައިވާތީއެވެ. އެއީ ކާކުކަން ނޭނގުނަސް އެއާއިލާއާއި ވަރުގަދަ ގުޅުމެއް އޮތް ފަރާތެއްކަން ނަގައިގަންނަން އުނދަގުލެއް ނުވިއެވެ. ވީއިރު އޭނާގެ ބައްޕަ އާއި މިއަލް ކޮބައިބާއެވެ. އެ ތިންމީހުން އެތެރެއަށް ވަދެގެން ދިޔައިރު ވެސް މިޝަލްއަށް ރޭކާނުއްޔެވެ. އެންމެފަހުން ހޭވެރިކަމެއްވީ އަނދިރިވެގެން ގޮސް ކައިރީ ހުރި ހުދު ލައިޓް ދިއްލުނުތަނާއެވެ. ދެޖީބަށް އަތް ޖަހާލަމުން މިޝަލް އަނބުރާ ގެސްޓް ހައުސްއާއި ދިމާލަށް ހިނގައިގަތެވެ. މިއޮއް އަނދިރީގައި އޭނާއަށް ދާންވީ ދިމާ އެނގިއްޖެއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ.

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

ނޭނގި ޔާރު ވަކިވީ 4 ވަނަ ބައި

Next

ލޯބީގެ ހިތިކަން…4

Next
January 7, 2026

ލޯބީގެ ހިތިކަން…4

Previews
January 7, 2026

ނޭނގި ޔާރު ވަކިވީ 4 ވަނަ ބައި

43 Comments!

  1. yooon yooon says:
    January 7, 2026 at 2:26 pm

    Hii, saw your comments on the previous ‘kiyuntheringe samaalu kamah’ Thank you so much Bloodhood, Anonymous, Aimin, White Rose, Lau, Sun, Repunzil, Unknowngurll, Anonymous and aliengorl. So sorry for the time period it took me to bring you guys TSN again. Love you guys sm and thanks a lot for waiting!!💕

  2. kiki says:
    January 7, 2026 at 2:28 pm

    Yay me 1st 💗
    Vvv rythi mi part vx keep it up yoon
    Mileen/Mishal e rashuga dho reeal menna dhimaavaane baa.?
    Mial falling in love so adorb shafvaan aa dhekudhin gulhuvahchee yoon
    ilysm💗💗💗waiting for the next part

    1. yooon yooon says:
      January 7, 2026 at 7:46 pm

      Yay kiki you first! Haha lets see dhw dhen vaane goih
      Thankyouu so much kiki 💕 Ilym dear!!

  3. Anonymous says:
    January 7, 2026 at 2:29 pm

    Ziduya and Jeesham frnds?

    1. yooon yooon says:
      January 7, 2026 at 7:47 pm

      Turns out, they are!

  4. idhaan says:
    January 7, 2026 at 2:32 pm

    Vrh sali mi bai…yoon haadhamolhey storyliyan…
    WHO IS SHAYYAN????? haadhabodu shockeh
    shafwaanuge kohko tha?? you never fail to make me want to read more parts
    loabivey yoony seeya

    1. yooon yooon says:
      January 7, 2026 at 7:48 pm

      Thankyou so much idhaan!! so happy to hear that
      Lets see dhww hahah, Lyt dear see you!💕

  5. Jennie says:
    January 7, 2026 at 2:35 pm

    Mi part ves varah reethi

    1. yooon yooon says:
      January 7, 2026 at 7:49 pm

      Thankyou so much Jennie 💕 Tgc!!

  6. mary says:
    January 7, 2026 at 2:38 pm

    v.reethi

    1. yooon yooon says:
      January 7, 2026 at 7:49 pm

      Thankyou sm mary 💕

  7. aimee says:
    January 7, 2026 at 2:47 pm

    Speachless❤️❤️
    long awaited episode diddnt disappoint
    how many words is this episode?
    ly a lot yoon🫶🏻🫶🏻🫶🏻🫶🏻

    1. yooon yooon says:
      January 7, 2026 at 7:51 pm

      Ahh Im so glad to hear that!!🥹 This part is around 1700 words.
      ly a lot too aimee thank you so much! 💕

  8. mauvy says:
    January 7, 2026 at 2:57 pm

    I checked cuzin phone akun i migady instagram beynun nukuraathy.. ur instagram is so neat&beautiful well organised💛balaalan faseyha aesthetic
    also insta note ga aee kon Domnic eh vhk thr…?

    1. yooon yooon says:
      January 7, 2026 at 7:53 pm

      Aww thankyou sm mauvy💕🥹 that means a lot to me!
      Haha Dominic dhww, let’s just say its my way of dropping little pieces of info on the upcoming stories!!😆

  9. White rose White rose says:
    January 7, 2026 at 3:02 pm

    OMG OMG OMG
    I thought it was a dream, YAY, one of my fav author is back.
    Wow, mi bai hama habeys 😍😍
    Dhen oiy bai ge inthizaaru ga mi iny.
    Unmeedhu kuran vaahaka ehkoh nimendhen kiyaalan libeyne kamah
    Lysm yooon 🫶🏻🫶🏻🫶🏻🫶🏻

    1. yooon yooon says:
      January 7, 2026 at 7:56 pm

      HII THERE!!🥹 Thankyou so much White rose I feel super welcomed! 💕
      Insha allah nimendhen kiyaalan libeyne this time! Lym dear💕

  10. rui says:
    January 7, 2026 at 3:24 pm

    I missed miel mn 😿😿
    goodjob yoonsis
    cant wit for the next part

    1. yooon yooon says:
      January 7, 2026 at 7:57 pm

      Aww, Thankyou sm rui 💕 Tgc dear!!

  11. siu says:
    January 7, 2026 at 4:27 pm

    kobaa ahunaf? ei alhugandu ge favourite charecter. Thana so funny 🤣

    1. yooon yooon says:
      January 7, 2026 at 7:58 pm

      Ahunaf ves adhi annaane hehe 🥹 So glad to hear that, ahaha they make such a funny couple don’t they?
      Thankyou sm Siu 💕

  12. your fan 😀 says:
    January 7, 2026 at 5:32 pm

    Yoooonnnn you’re backkkk… I actually opened esfiys to read one of your story ravikan vhk. 😅. Its my fav btw. And mi vhk kurin kiyafa mihaaru handhan neii. Ehenve alun kiyan mi ulheny. Dhen ravikan vhk kiyany mi vhk kiyafa. Ily ily vrh ufaa vejje mi vhk nikumefa in than fenifa vs. (yes alhungakah nufeney yoon jan 1 ga nerifa in “kiyuntheringe samalu kamah” ehenve ehaa surprised veeee)) alhey vrh ufaa vejjey.
    Btw vhk kiyan dhany. Kiyaafa comment eh kohlanan 😊…

    1. yooon yooon says:
      January 7, 2026 at 8:01 pm

      Yeesss i amm hii! Thankyou so muchh your fan!💕 Ohh omg so happy to hear Fiyafaiy is still getting sm love 🥹💕ilym dear. Thats totally okay i’m so happy to have heard from you!

    2. your fan says:
      January 7, 2026 at 8:04 pm

      Yes i really loved that story yoon ah ingey tha yoon break negi fahun vs yoon ge vhk thah alhugandu kiyamey. Foohi nuvey kiya kiyaa vs .Mihaaru vs mi vhk kiyany 😅

    3. hubba says:
      January 7, 2026 at 9:35 pm

      Ekujja is my fav.. read it ab 2 times last year only.. love u yoon

    4. yooon yooon says:
      January 8, 2026 at 12:58 am

      aww thank you your fan 💕 I’m so delighted to hear that! Have a fun time reading dear tgc!

    5. yooon yooon says:
      January 8, 2026 at 12:59 am

      Glad to know you like Ekujja sm 💕🥹 Lyt Hubba thanks a lot!!

  13. gurrrl says:
    January 7, 2026 at 5:40 pm

    This is hama ehme best vrh ufaavehje miadh kiyaalan libuneethi I was waiting for this day🥲🙂btw mi part ves vrh vrh reethii when is next part I cant wait for next vrh curious hama
    Keep it up
    Love you yoon🤍🖤
    Tc🤍

    1. yooon yooon says:
      January 7, 2026 at 8:03 pm

      Aww thankyou sm gurrrl so happy to hear that 🥹💕 Next part insha allah 9th Jan vaa Friday ga!
      Lym dear u too tgc!! 💕

  14. Eyesher says:
    January 7, 2026 at 7:02 pm

    Hama varah furihama… Loved it… Can’t wait for the next episode.. when will we be able to read the next episode..?? Konme dhuvahaku episode eh kiyaalan libeyne tha…??

    1. yooon yooon says:
      January 7, 2026 at 8:06 pm

      Thankyouu sm Eyesher 💕💕 Insha allah 27th vana part this Friday ga, 9th Jan. Haha yoon abadhuves dhedhuvahun eh dhuvahu upload kollany😊 so glad to hear that tho!

  15. Anonymous says:
    January 7, 2026 at 7:44 pm

    grt story yoon<3 waiting 4 the next

    1. yooon yooon says:
      January 7, 2026 at 8:07 pm

      Thankyou so much dear!!💕 Tgc

  16. Anonymous says:
    January 7, 2026 at 7:52 pm

    Vrh vrh reethi Masha Allah
    Konme dhuvahaku part eh kiyaalan beynun 🥹

    1. yooon yooon says:
      January 7, 2026 at 8:08 pm

      Thankyouu sm dear💕 Aww haha so happy to hear that🥹

  17. z says:
    January 7, 2026 at 9:36 pm

    favourite story yoon ge hruihaa vaahaka thakun
    vvvvvvvvvv ufaeevehjje

    1. yooon yooon says:
      January 8, 2026 at 12:59 am

      Thats wonderful news!🥹💕 thankyou sm z tgc!!

  18. nauhan says:
    January 8, 2026 at 3:00 am

    v.salhi queen

    1. yooon yooon says:
      January 9, 2026 at 12:52 am

      thankyou so much nauhan💕tgc!!

  19. your fan says:
    January 8, 2026 at 6:47 am

    Yoon vrh Reethi mi part Masha Allah. Neynge bunane ehcheh vs. vhk ehkoh kiyalan beynun vany. Ehaaaa vs reethi ey. Waiting for the next part…. Mihaaru mi hunnany shafwan and mial thw noony shafwan and mishal thw gulheny vs neyngifa. To be honest i love shafwan and mial bodah cuz they both like eachother and yaulan loves mishal so mishal and yaulan alhugandah gulheny 😭.
    Anyways Mihaaru vs inthizaarah vaguthu gunan fashaifin 😅
    Ly my fav author <3

    1. yooon yooon says:
      January 9, 2026 at 12:55 am

      Thanks a lottt your fan💕🥹 that means a lot! Haha lets see what happens to the twins, shafwaan and yaulaan in the endd!
      aww so happy to hear thatt, Lym dear 💕😭

  20. ahru says:
    January 8, 2026 at 7:39 pm

    maasha allah varaj rythi mi part ves… meehakah mishal bust kollaba

    1. yooon yooon says:
      January 9, 2026 at 12:56 am

      Thank you sm ahru! 💕 Haha asluves bust kollanvy ey dhw 😭 tgc dear!

Comments are closed.

Next Episodeތި ސޫރަ ނޫން 27←


All Right Reserved!