Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތި ސޫރަ ނޫން 29

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
January 13, 2026 5 Mins Read
50 Comments

* ގަނޑަށް ވެސް ވަނީ ފާޑެއްގެ މުށިކުލައެއް އަރާފައެވެ. އެންމެ ފުރަތަމަ ސޮފްހާގެ އެންމެ މަތީގައި ވަނީ ތާރީޚެކެވެ. މިޝްލާ އެ ތާރީޚާއި މެދު ވިސްނާލިއެވެ. އެއީ ރީއަލްގެ އުފަންވި ތާރީޚާއި ގާތް ތާރީޚެކެވެ. ލިޔެފައިވަނީ ތުނޑުފަލަ ދެލިގަދަ ގަލަމަކުންހެން ހީވެއެވެ. “މިއަދަކީ އަހަރެންގެ ޒަމާންވީ ރަހުމަތްތެރިކަމަކަށް ނިމުމެއް އައި ދުވަހެވެ. ވާނީވެސް އެހެންނެވެ. ބަޔަކަށް ކުލަނެތް ހުވަފެންތަކެއް ދައްކާފައި ފުނޑުފުނޑުވީ އެމީހުން ކުރިމަގަށް ކުރި އުންމީދުތައް އެކަންޏެއް ނޫނެވެ. އެ މީހުންގެ ހުރި ހަމައެކަނި ދަރިފުޅުގެ ހިތް ވެސް ހަލާކު ކޮށްލެވުނީއެވެ.” *

އެންމެ ފުރަތަމަ ޕެރެގްރާފް ކިޔާފައި މިޝްލާއަށް އެއްބުމަ ހިއްލާލެވުނީ ވާނުވާ ނޭނގިގެންނެވެ. މިއީ ގައިމުވެސް ޒައިހާންގެ ލިޔުމެއް ނޫނެވެ. އޭނާގެ ސްޓައިލެއް ވެސް ނޫނެވެ. ދެން މިއީ ކާކުގެ ފޮތެއް ހެއްޔެވެ.؟ ނަވާލް ކަރުކެހެލިއެވެ. މިޝްލާ ވިސްނަމުންދިޔައީ ކޯޗެއްކަން އޭނާއަށް ވެސް ފަހުމުވީއެވެ. ނަވާލް އެދުނީ ކުރިއަށް ގެންދިޔުމަށެވެ. މިގޮތަށް މަޑުޖައްސަމުން ވިސްނަމުން ދަންޏާ ޖެހިގެން އަންނަ ދުވަހަށް އިރުއެރިޔަސް މިކަމެއް ނުނިމޭނެކަން ގައިމެވެ.

“ޒާހިދާ އާއި މޫސާގެ ދެމަފިރިން އަހަންނަށް ނަފްރަތު ކުރެއެވެ. އެ ދެމީހުން ރަށުތެރޭ މި ވާހަކަ ފަތުރާލައިފިއްޔާ ވާނެ ގޮތް ވެސް އަހަންނަކަށް ނޭނގެއެވެ. ގެއިން ބޭރަށް މޫނު ދައްކާލަން ވެސް އަހަރެންނަކަށް ނުކެރޭނެއެވެ. ނައީމު ވެސް މިކަން އަޅުވަނީ އަހަރެންގެ ބޮލުގައެވެ. ނަމަވެސް އަހަންނަށް ކުރެވޭން އޮތީ ކޮން ކަމެއް ހެއްޔެވެ.؟ އެއް ފަހަރު ވެސް ނަވާލު އަހަރެންގެ ބަހާއި ދެކޮޅު ވެދާނެ ކަމަށް އަހަރެންނަށް ހީކުރެވިފައެއް ނެތެވެ. އަދި ޚާއްސަކޮށް މި ފަދަ ކަމެއްގައި އެސޮރު އަހަންނަށް އިތުބާރު ކުރާނޭ ކަމަށް ހީކުރެވުނެވެ. އަދި އަހަރެންގެ މި އެދުން ފުއްދައިދޭނޭ ކަމަށް ވެސް އުންމީދު ކުރެވުނެވެ. ނަމަވެސް ގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހިފައި އިންނާން މިއަދު ޖެހިފައި މިވަނީ މަށަށެވެ.”

“މަންމަ..” ނަވާލްގެ ދުލުން ބޭރުވިއެވެ. އެއީ ސަފީނާގެ ފޮތެއްކަން އޭނާއަށް ޔަގީންވީ އެ ހިސާބުންނެވެ. އަދި އެ ދައްކަނީ ކޮން ވާހަކައެއް ކަން ވެސް އޭނާއަށް އެނގުނެވެ. މިޝްލާއަށް ވެސް ބޯ ޖަހާލެވުނީ ސަފީނާގެ ވާހަކަދެއްކުމުގެ ގޮތްގަނޑާއި ލިޔުމުގައި ހުރި އެއްގޮތް ކަމުންނެވެ.

އެއާއި ޖެހިގެން ދެން އޮތީ ތަންކޮޅެއް ދުރު ތާރީޚެކެވެ. ޑައިރީއެއް ފަދައިން ސަފީނާ މިފޮތުގައި ކޮންމެ ދުވަހަކު ވާ ކަންކަން ހިއްސާ ނުކުރި ނަމަވެސް އޭނާގެ ހިތުގެ އުދާސްތައް ދެލީގެ ސިފައިގައި މި ވަނީ ބަޔާންކޮށްފައެވެ.

“އެ ފަރީޝާ ގޯތި ދަރިޔާއި ނަވާލު ގުޅުން ބާއްވާނެ ކަމަށް އަހަންނަށް ހީ ވެސް ނުވެއެވެ. ފަރީޝާ އަކީ އަހަންނަށް ދުވަހަކު ކަމުދިޔަ އަންހެނެއް ނޫނެވެ. ރަށު އެންމެން ކުރިމަތީ ދެއްކެން މާ ރަނގަޅު ކަމަށް ހެދިގެން އުޅޭ އަންހެނެކެވެ. ޅަ ދުވަހު އަހަރެންގެ ކައިވެންޏަށް އެތައް ދުއްތުރާލެއް ކުރި ފަރީޝާއަށް އަހަރެންގެ ހިތް ދުވަހަކު ވެސް ހެވެއް ނުވާނެއެވެ. އޭނާގެ މިޝްލާއަށް ވުރެ ޒާހިދާގެ މަންޖެ މަގޭ ނަވާލަށް މާ ރަނގަޅު ވާނެކަން ގައިމެވެ.”

މިޝްލާގެ ފަރާތުން ގަބޫލުނުކުރެވިފައި އިންކަމުގެ ހުނުމެއް ބޭރުވިއެވެ. ފެށުނީއްސުރެ ސަފީނާއަށް އޭނާ ކަމުނުދާކަން އެއީ ފޮރުވިފައިވީ ހަގީގަތެއް ނޫނެވެ. “ތިކަން ހިނގައިދިޔައީ އެހެނެއް ނޫން..” މިޝްލާ ބުނެދިނީ އޭނާގެ މަންމަ ކިޔައިދީފައިވީ ގޮތެވެ.

ނަވާލް ބޯޖަހައިލީ އޭނާއަށް އެކަން އެނގޭކަމަށް ބުނަމުންނެވެ. ނައީމް ވަނީ އޭނާއަށް މި ވާހަކަތައް ކިޔައިދީފައެވެ. އެއީ ސަފީނާ އޭނާގެ އެކުވެރިއެއްގެ ދަރިޔާއި ނަވާލުގެ ކައިވެނި ހަމަޖައްސަން އުޅުނު ދުވަހު އޭނާ އިންނަން ބޭނުންވާ ކުއްޖަކީ މިޝްލާކަން ހާމަކުރުމުން، ސަފީނާ ރުޅިގަދަވެގެން އޭނާ އާއި ވާހަކަދެއްކުމަށް ނައީމް ގާތު އެދުނުއިރު ނައީމް އޭނާއަށް އެ ވާހަކަތައް ކިޔައިދީފައިވާތީއެވެ. އެންމެ ފުރަތަމަ ފަރީޝާދެކެ ލޯބިވެވުނީ އޭނަޔަށް ކަމާއި ފަރީޝާގެ ކައިވެންޏަށް ފަހު އޭނާއަށް ސަފީނާ ފެނި ކަމުދިޔަކަމެވެ. އަދި އެކަން ލޯތްބަށް ބަދަލުވެ އެދެމެދުގައި ކައިވެނީގެ ގޮށްޖެހުނު ފަހުން ވެސް މާނައެއް ނެތްގޮތުގައި ސަފީނާ ފަރީޝާދެކެ ރުޅި އަންނަކަމެވެ. ދެކޮޅަށް ވެސް ދަރިން ލިބި އުމުރުން ދުވަސްވާ އަތަށް އަޅަމުން ދިޔަ ނަމަވެސް އެ ހަމަނުޖެހުންގަނޑު ކުރިއަށް ދާކަމެވެ. އެއީ އަދި އެއްކޮޅުންނެވެ.

“ކުރާނީ ކީއް ހެއްޔެވެ.؟ އޭނާ އެއިނީ ބަލިވެއެވެ. ފަރީޝާ ހުރީ ލޮލުން ބޮލުން މަގޭ ނަވާލާއި މިޝްލާގެ ކައިވެންޏަށް ގަބޫލު ވެގެންނެވެ. ކައިވެނީގެ ވާހަކަ ދެއްކުމުގެ ކުރިން އަމިއްލަ ދަރި ރަނގަޅަށް ތަރުބިއްޔަތު ކުރިނަމަ މިހެންނެއް ނުވީސްކަން ޔަގީނެވެ. މަގޭ ނަވާލުގެ ބޮލުގައި އެފަދަ ކަމެއް އޭނާ އެޅުވީ ހަމަ ގަސްތުގައިކަން ގައިމެވެ. ނަވާލު ރަށުގައި ނެތްކަން ނަސީބެވެ.”

ނަވާލް ބޯ ކަހާލައިފިއެވެ. މިޝްލާގެ މަންމަ އޭނާ ބަލިވެއިންކަން އެނގިގެން އައި ރުޅިއާއެކު ރުއިހާ ރުއިމެއްގެ ވާހަކަ އެނގޭނީ އޭނާއަކަށް ނޫންހެއްޔެވެ.؟ އެ ދަރިފުޅު މިދުނިޔެއަށް އުފަން ނުކުރަން މިޝްލާއަށް ދިންހާ ނަސޭހަތާއި އޭނާ ނެތީސް ދެކޮޅުގެ އާއިލާއިން ބަލިވެއިން މިޝްލާއަށް ޖެއްސިހާ ތަކުލީފު ހިތަށް އެރުމާއެކު ހިތަށް ވާންވީފަދަ އަސަރެއް ނަވާލަށް ކުރެވުނެވެ. އޭރުވެސް މިހާރުވެސް އޭނަޔާއި ނުލާ އެކަނިމާއެކަނި މިޝްލާ އުފުލި ވޭނާއި ގަންނާނެ ބިރު ހިތަށް އަރުވާލިޔަސް ނަވާލުގެ ގައިން ހީބިހި ނަގައެވެ.

“މީނާ މިހުރީ މަގޭ ނަވާލަށް ސިހުރެއް ޖައްސާފައިބާއެވެ. އެވަރުން ވެސް ނަވާލަށް ފަޅާއަރައިފިއެވެ. އޭނާ ރަށަށް އެނބުރި އައިސްފިއެވެ.”

“ދުވަހަކީ މަގޭ ނަވާލުގެ ކައިވެނީގެ ދުވަހެވެ. ނައީމު އެ ކައިވެންޏާއި ގަބޫލު ވަނީ އެ ފަރީޝާ އާއި ހުރެ ހެދިކަން މަށަށް ގައިމެވެ. މަންމައެއް މައިދައިތައެއް ވާންވާ ވަރަށް އަހަރެން އުފަލެއް ނުވެއެވެ. މާމައަކަށް ވާން އުޅޭތީ ވެސް އަހަރެން އުފަލެއް ނުވެއެވެ. ނުވެސް ވެވޭނެއެވެ. އެހާ ވަރުން އެ ކައިވެނި ހުއްޓުވޭތޯ މަ ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ.”

އެ ޕެރެގްރާފް ލިޔެލާފައިވީ ގޮތުން ހީވަނީ އައިސްފައިވީ ރުޅި ފޮތަށް ބާލާފައިވީ ހެންނެވެ. ގަނޑަށް ރޫ އަރާ އަކުރުތަކުން ދެލި ފޭދި ހަޑިވެފައިވާތީއެވެ. މިޝްލާ ހިތާމަވެރިގޮތަކަށް ހިނިތުންވެލިއެވެ. ކައިވެނީގެ ތެރޭގައިވެސް ސަފީނާ އޭނާއަށް ކުރިހާ ޖެއްސުމެއް އެނގޭނީ އޭނާއަށެވެ.

ދެން އައިސްފައިވީ ހުސް މިޝްލާއޭ ކިޔައިގެން ސަފީނާ ދައްކާފައިވާ އެކި ވާހަކަތަކެވެ. މިޝްލާ އާއި ދޭތެރޭ ފާޅުކޮށްފައިވާ ހިތްހަމަނުޖެހުމާއި ރުޅިވެރިކަމުގެ ދިލަ ފޮތުގެ ތެރެއިން ލާފައި އޭނާއަށް އިހުސާސް ވަމުން ދިޔަހެން ނަވާލަށް ހީވިއެވެ. އެ ވާހަކަތައް ކިޔައިދެމުން ދިޔަ މިޝްލާގެ މޫނަށް ނަވާލަށް ބަލާލެވުނެވެ. އެ މޫނުމަތިން ހިތްދަތިވެފައިވާ ކަމުގެ އަސަރުތައް ފެންނަމުންދިޔަ ނަމަވެސް ނަވާލަށް ބޮޑަށް ފެނުނީ ކެރުންތެރިކަމެވެ. ހުއްޓާލަން އެދެން ބޭނުންވި ނަމަވެސް ނަވާލް މަޑުން އިނީ މިޝްލާ ނުހުއްޓާނެކަން އެނގޭތީއެވެ. ހަމައެއާއެކު އެ މޫނު މަތިން ހައިރާންކަން ފެންނަމުން ދިޔައެވެ. މިޝްލާއަށް ޖެއްސި ހާލު އެ ލިޔުމުގައި ވަރަށް ރީއްޗަށް ސާފުކޮށް ކިޔައިދީފައި އެބައޮތެވެ. ސަފީނާ މިޝްލާދެކެ ހިތްހަމަނުޖެހޭތީ އެތައް ފަހަރެއްގެ މަތިން އެ ދެމެދުގައިވީ ގުޅުން ރަނގަޅު ކުރެވޭތޯ ނަވާލް އެތައް މަސައްކަތެއް ކުރިއެވެ. ކުރީކޮޅު ސަފީނާ ކުރާ ކަންކަމުގެ ވާހަކަ މިޝްލާ ކިޔައިދިނުމުން މަންމަ އާއި ވާހަކަ ދައްކައިގެން އެކަންތައް ހައްލަކަށް ގެނެވޭތޯ ވެސް އޭނާ ބެއްޔެވެ. ފަހުންފަހުން އައިސް މިޝްލާ ވެސް އެފަދަ ވާހަކައެއް ދައްކާފައި ނުވާތީ އޭނާއަށް ހީވެފައިވީ އެކަންތައް ނިމުމަކަށް އައީ ކަމަށެވެ. ނަމަވެސް ކަން ހިނގާފައިި މިވަނީ އެޔަށްވުރެ މާ ގޯސް ކޮށެވެ.

“ފަރީޝާގެ ދަރިއެއް ހެވެއް ނުވާނެއެވެ. އަހަރެންގެ ހިތުގައި ޖައްސާފައި އަހަރެންގެ ހަގު ދަރިފުޅު ވެސް އަހަންނާއި ދެކޮޅުވެރި ކުރުވީއެވެ. މިއަދު އަލަތަށް ރުޅިގަދަވެފައި ނަވާލު އަހަންނާއި ޖަދަލު ކުރީ އެ އަންހެނާގެ ހައްގުގައެވެ. ނަވާޒުގެ އަންހެނުން ވެސް މިއަށްވުރެ ރަނގަޅެވެ. މިކޮޅުގައި ދިރި އުޅުނުއިރު އޭނާ ވެސް އަހަރެން ބުނާގޮތެއްހެދީ ޝަކުވާއެއް ނުކޮށެވެ. ހުރެބަލާށެވެ. މިޝްލާއަށް ކުޅި ދައްކާލާނަމެވެ.”

ނަވާލްގެ އަނގަ ހުޅުވުނެވެ. އޭނާގެ މަންމަ މިހާ ގޯހެއް ނޫނެވެ. އޭނާއަށް ނުހަނު ހެވެވެ. ރީއަލް އާއި މިއަލް ވެސް ބޮޑުކުރީ ނުހަނު ލޯބިން މަންމައެއް ނެތްކަމުގެ އިހުސާސްކޮށްނުދީ ވޭތޯ ގިނަގުނަ މަސައްކަތްތަކެއް ކޮށްގެންނެވެ. ނަވާލް ދެބުމަ ގޮށްޖަހާލިއެވެ.

“މިއީ ޒައިހާން އަހަރެމެންނަށް އޮޅުވާލާ އޮޅުވާލުމެއްތަ..؟” ނަވާލް އެހެން އެހުމުން މިޝްލާއަށް ބަލާލެވުނީ ނުރުހިފައެވެ. ނަވާލް އެހެން ހިތަށް އަރުވަފާނެއޭ ވެސް މިޝްލާ ހިއެއް ނުކުރެއެވެ. މިއީ ހުސް ހަގީގަތްކަން އެނގޭނީ ޚުދު އޭނާއަށެވެ. ސަފީނާ ކުރިމަތިކުރުވި އުނދަގޫތަކަށް ކެތްކޮށްލައިގެން އުޅުނީ ހަމަ އޭނާއެވެ.

“ނޫން.. މިއީ ހަގީގަތް. އޭރުވެސް ނަވާލް ގަބޫލު ނުކުރި ފަދައިން އަދިވެސް ގަބޫލު ނުކުރަނީތަ..؟ މިހާރު ކިތައް އަހަރު ފާއިތުވެގެން އެދިޔައީ.. އަދިވެސް ނުވިސްނޭތަ..؟” މިޝްލާގެ އަޑު ކުރެހިގެން ދިޔައެވެ. ބުމަ ގޮށްޖަހާލައިގެން އިން ނަވާލްގެ މޫނަށް މަޑުމައިތިރިކަން ވެރިވެގެންދިޔައެވެ. މިޝްލާގެ ކޮންމެ ހަރަކާތަކުން އޭނާގެ ހިތް ވިރިގެން ދެއެވެ.

އެއާއެކު ތިން އަހަރުދުވަހުގެ ވާހަކަތައް ނިމިގެން ދިޔައީ ފަންސާހަކަށް ސަފްހާއިންނެވެ. އަޑުއިވުނު ހުރިހާ ވާހަކައެއް ގަބޫލުކުރަން ދަތިވި ނަމަވެސް ނަވާލަށް ޖެހުނީ ގަބޫލު ކުރާށެވެ. އޭނާއަށް އެނގިހުރެ ވީ ކަންކަން ވެސް އޭގައި ވާތީއެވެ. އެ އަހަރުތަކުގެ ތެރޭގައި މިޝްލާ ވަރިކުރަން ސަފީނާ އޭނާއަށް ބާރުއެޅި މިންވަރު ވެސް ހަނދާނަށް އަންނަން ފެށިއެވެ. ސީދާކޮށް ދިމާއަށް އެހެން ބުނެފައިވަނީ ވަރަށް މަދުން ނަމަވެސް އެ ގުޅުމުގައި ކުނި ޖައްސަން ސަފީނާ ކޮށްފައިވާ މަސައްކަތް ނަވާލަށް އިހުސާސް މިވީ އަދި ކިރިޔާއެވެ. ސަފީނާ ވެސް އެކަން ކޮށްފައިވަނީ ނުހަނު ރޭވުންތެރިކަމާއެކު މީހަކަށް ވަރަށް ބޮޑަށް ވިސްނައިގެން ނޫނީ ނޭނގޭނެ ގޮތަކަށެވެ. މިޝްލާގެ މޫނަށް އޭނާ ބަލާލީ ކުށްވެރިވެފައިވީ ނަޒަރަކުންނެވެ. އެހެން ނަމަވެސް މިޝްލާ އާއި އޭނާ ވަކިވާން ދިމާވި ސަބަބު ހަނދާނަށް އައިސް ރުޅިވެރިކަމުގެ އިހުސާސްތައް ހިނދު ކޮޅަކަށް އޭނާގެ ހިތުތެރޭ ގަދަވެގަތެވެ.

“މިރެއަށް ދެން ބަހައްޓާ..” ނަވާލް އެހެން ބުނުމުން މިޝްލާ ފޮތް ލައްޕާލިއެވެ. އަދިވެސް ޒައިހާން އެދެމީހުން އެ ފޮތް ކިޔަން ބޭނުންވީ ކީއްވެކަން ނޭނގުނު ނަމަވެސް ކުރިއަށް އޮތްބައިން އެކަން ވެސް އެނގިގެންދާނެއޭ ދެމީހުންގެ ހިތްވެސް ބުނަމުން ދިޔައެވެ.

“ރަށަށް އައިސް ކޮންތާކު ތި ހުންނަނީ..؟” އަތް ދަބަސް އަޅުވާލައިގެން ހިނގައިގަތް މިޝްލާގެ ފިޔަވަޅުތައް މަޑު ޖެހުނީ ނަވާލް އެހެން އެހުމުންނެވެ.

“ގެސްޓް ހައުސެއްގައި.. ޖުނޯނިއާ އިން..” މާބޮޑު އަސަރަކާއި ނުލާ މިޝްލާ ޖަވާބުދާރީވިއެވެ. ނަވާލްގެ މަގުސަދަކީ ކޮބައިކަން އެނގެން ބޭނުންވި ނަމަވެސް މިޝްލާ ވާހަކަ ގިނަކުރާ ހިތެއް ނުވިއެވެ.

“މިޝްލާ ބޭނުމިއްޔާ މިގޭގައި ހުރެވިދާނެ..” ދެއަތްދެއަތާއި މޮޑެލަމުން ނަވާލް ބުންޏެވެ. އެއަޑުގައިވީ ޖެހިލުންވުން މިޝްލާއަށް ސިއްރެއް ނުވިއެވެ. ހީވީ ބުނަން ނުބުނަން ހުރެފައި ބުނިހެންނެވެ. އެކަމުން މިޝްލާއަށް ނަގަންވީ މާނައެއް ނޭނގުނެވެ. ނަވާލު އެހެން ބުނީ ހަމަ ހެޔޮއެދިގެންތޯ ނޫނީ ގަދަކަމުންތޯ ބުނެދޭން ދަތިވިއެވެ.

“ނޫން.. ޝުކުރިއްޔާ. ރަށު މީހުން ފާޑުފާޑުގެ ވާހަކަ ދައްކަން ފަށާކަށް އަހަރެން ނޭދެން..” މިޝްލާ ބުނެލިއެވެ.

“ރަށު މީހުން ވަކި ދައްކާނީ ކޮން ވާހަކައެއްތަ..؟ ތިއީ ރީއަލްގެ މަންމައެއް ނޫންތަ..؟” ނަވާލަށް އެހެން ބުނެވުނީ އާދައިގެ ވަރަކަށްވުރެ އަވަހަށެވެ.

“ނަވާލެއް ނޫންތަ ރީއަލް އާއި މިއަލްގެ މަންމައެއް ނުހުންނާނެއޭ ބުނެ އަހަރެން ނެރެ އެއްލާލީ..؟” އެ ފޮތުގެ ސަބަބުން އުތުރިއަރަމުން ދިޔަ ޖަޒުބާތުތައް ނުހިފެހެއްޓިގެން މިޝްލާއަށް ބުނެވުނެވެ. ގަސްތަކު ނޫނެވެ. ބޭރުވީއެވެ.

ނަވާލަށް ހީވީ އޭނާގެ މޫނުމަތީ މީހަކު އެތިފަހަރެއް ޖެހިހެންނެވެ. އިސްޖަހާލެވުނީ ވެސް އެހެންވެއެވެ. އާނއެކެވެ. އޭނާ އެހެން ބުންޏެވެ. ނަމަވެސް އޭނާ އެހެން ބުނީ ކަމަކުންކަމަކާ ނުލައެއް ނޫނެވެ. “އެ ދުވަސް މާޒީވެ ގޮސްފި.. ހިތަށް އަރާ ކުރިން މިކަން ކުރެވުނުނަމައޭ.. އެކަމަކު މަންމައެއްގެ ލޯބިން އެދެކުދިން މަހުރޫމު ކޮށްލެވުމަކީ ރުޅީގެ ސަބަބުން އަހަންނަށް ހެދުނު ގޯހެއް. މިޝްލާ އާއި މިލީން އަހަރެމެންނާއި ވަކި ކުރެވުމަކީ ވެސް. އެކަމަށް އަހަރެން އިއުތިރާފްވަން.. އަހަރެމެން ދެމެދުގައިވީ ކަންތައް ބާއްވާފައި މިހާރު ދަރިންގެ ކަންކަމުގައި އަހަރެމެންނަށް ގުޅިގެން ނޫޅެވޭނެތަ..؟ ވިސްނުނީމަ އަދިވެސް ރުޅި އިސްކޮށްގެން އަހަރެމެން ހުންނަންވީތަ..؟” ނަވާލް އެއްސެވެ. އެހެން އަހަން އޭނާއަށް ހިތްވަރު ލިބުނީ ކިހިނެތްކަމެއް ވެސް ނޭނގުނެވެ.

“އަހަރެން ނަވާލް ގާތު ކިހާ އާދޭހެއް ކުރިން އެދުވަހު ތި ހުރިހާ ކަމަކަށް އެދި..؟ އެންމެފަހަރަކު ވެސް ނަވާލް އޭރު ވިސްނާލިނަމަ..” މިޝްލާގެ ދެލޮލަށް ކަރުނަ ގިނަވިއެވެ. އެކަމުގައި އޭނާގެ ކުށް ވެސް އޮތެވެ. ބޭނުންނަމަ ނަވާލް އެއްބަސްކުރުވަން އޭނާއަށް އިތުރަށް މަސައްކަތް ކުރެވުނީހެވެ. ނަމަވެސް ނަފްރަތުގެ ޝިކާރައަކަށްވެ އޭނާ ވެސް އެކަމަށް ދިނީ ކަނު ލޮލެކެވެ. މިލީންގެ މަރު ވެގެން ދިޔައީ ދެމީހުންގެ ވެސް ލޯ ހުޅުވައިދިން ކަމަކަށެވެ.

“އެކަމަކު ތިކަމަށް އަހަރެން ވެސް އެއްބަސްވަން.. އެކަމް މިގޭގައި ހުންނާކަށް ބޭނުމެއް ނޫން. ނަވާލަށް މީހުންގެ ބަސް ރައްދުވާން ބޭނުމެއް ނޫން..” މިޝްލާ ހާމަކުރީ ހަގީގަތެވެ. އޭނާއޭ ކިޔައިގެން ކޮންމެ އެއްޗެކޭ ކިޔަސް ނަވާލޭ ކިޔައިގެން އަޑުއަރަން އޭނާ ނޭދެއެވެ.

ނަވާލް ކުޑަކޮށް ހިނިތުންވެލިއެވެ. “އެންމެ ރަނގަޅު.. ތި ނިންމުން ބަދަލުވެއްޖެނަމަ މިލްރީޝް ވޭލީ އަބަދުވެސް މިޝްލާއަށް މަރުހަބާ ކިޔާނެ..” ނަވާލް ބުނެލިއެވެ. މިޝްލާ ކުޑަކޮށް ހީނލާފައި ބޭރަށް ނިކުތެވެ. މިޝްލާ ލައިދޭންދާން ހިތް ގޮވިޔަސް އެކަމަށް މިޝްލާ ދެކޮޅުހަދާނެކަން މިއީ ރޭގަނޑު ފަދައިން ނަވާލަށް އެނގެއެވެ. މިޝްލާ ނިކުމެގެން ދަންދެން ދޮރާއި ދިމާއަށް ބަލަން ނަވާލަށް އިނދެވުނެވެ.

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

ލޮތްބެއް މަ ނޭދެން ޔާރު ނޫން – 13

Next

އެދިގެން ކަލާ ލިބޭތޯ 35

Next
January 13, 2026

އެދިގެން ކަލާ ލިބޭތޯ 35

Previews
January 13, 2026

ލޮތްބެއް މަ ނޭދެން ޔާރު ނޫން – 13

50 Comments!

  1. kiki says:
    January 13, 2026 at 3:52 pm

    OMG WHAT A TWIST MY IS MIND BLOWN
    Mial ehaa loabivaa maama huriha kamegge fahathuga??🫢
    Yoon hama molhiyyey buneveynee.. Hama ehgothaka ves neyngun
    FOIH AVAHAH KIYAA NINMAABA MISHLA AND NNAVAAL PLX
    Me first.. LYSM YOON💗💗
    Haadha curious eyyyyy
    whn next?

    1. yooon yooon says:
      January 14, 2026 at 12:11 am

      Thankyouu sm Kiki 💕🥹 So happy you enjoyed this part! yeah who would’ve thought dhw, Yess you first today yay! Next part 14th Jan, Wednesday ga! 😊
      Lym dear! tgc💕

  2. mary says:
    January 13, 2026 at 3:57 pm

    bunaane ehcheh neyngifa meeny. mi bai ves v.reethi

    1. yooon yooon says:
      January 14, 2026 at 12:12 am

      aw thankyou sm mary tgc!!💕

  3. Anonymous says:
    January 13, 2026 at 4:15 pm

    Tablet baavvaafa 10 minute fahun kiyaa nimaalevuny. yoon iam in shock. Safeena… gabooleh nukurevey.😭😭dhen kihineh tha vaany.. varah varah salhi mi partves..
    Ly yoon. Next part wen?

    1. yooon yooon says:
      January 14, 2026 at 12:13 am

      Hahahah😭 Dhen kihinehbaa vaanyy lets see dhw!! Thankyou smm dear Lym 💕 Next part 14th Jan, wednesday ga

  4. Miss jennie says:
    January 13, 2026 at 4:19 pm

    Mi part ves varah reethi. Curiously waiting for next part???

    1. yooon yooon says:
      January 14, 2026 at 12:13 am

      Thankyouu sm Miss jennie tgc dear!💕

  5. idhaan says:
    January 13, 2026 at 4:20 pm

    hih guduvaalumuge eh vana thee 😍😍
    V.v. habeys queen

    1. yooon yooon says:
      January 14, 2026 at 12:13 am

      Haha Thankyou sm idhaan 💕 tgc!!

  6. yookko33 says:
    January 13, 2026 at 4:21 pm

    Yoon you are so talented tbh😂😂hama heevi alhuganduge maama vaahaka dhahkaafa oi hen
    Counting seconds to the next ly sis

    1. yooon yooon says:
      January 14, 2026 at 12:14 am

      Thankyouu sm, hahah i triedd 😂💕 Lym yookko33 tgc!

  7. Anonymous says:
    January 13, 2026 at 4:29 pm

    Wow this part is also so good
    Curiously waiting for the next
    Ly yoon..Tgc of yourself❤️

    1. yooon yooon says:
      January 14, 2026 at 12:15 am

      Thankyouu sm dear lym 💕 you too tgc!!

  8. rashu soru says:
    January 13, 2026 at 4:32 pm

    i hate maash..such a bad rude writer
    what do u think abot her yoon

    1. 💜Rai 💜 says:
      January 13, 2026 at 5:47 pm

      So u know maash?!?
      Furathama kamamah WHY do u hate her?!?

    2. yooon yooon says:
      January 14, 2026 at 12:35 am

      Hi rashu soru

      Firstly, I don’t think it’s very nice to say that. I don’t know author maash personally but I definitely do think that she doesn’t deserve this😕 I’ll be very honest with you. In my view, spreading hate really unnecessary. It’s okay to have preferences in what you like to read. But story/author dheke like nuvaathy hating like this is very upsetting. I’m sure as any author would, maash is also trying her very best to deliver good stories to her readers. Belittling her like this is truly unacceptable. Since you asked for my opinion, I think maash is a strong, talented and a capable girl!😊💕

      I’m really sorry if I came off as rude while saying this as i never intended to do that. And I apologize if i offended anyone in any way.💕

      And rashu soru, I sincerely wish you’ll not do this again😕 Instead, I would really appreciate it if you’d help us make this site a more peaceful place where all readers and writers respect each other and continue in harmony😊💕 It’ll make me and a lot of other people very happy. I hope you have a good day and a bright future dear💕

  9. joool says:
    January 13, 2026 at 4:38 pm

    Varah reethi mi bai ves💌💌

    1. yooon yooon says:
      January 14, 2026 at 12:37 am

      Thankyou smm joool tgc dear!!💕

  10. 😶‍🌫️Raajiha 😶‍🌫️ says:
    January 13, 2026 at 5:02 pm

    Mi bai ves v v v reethi MA!!!
    How and where do u get these idears from @yoon?!?
    Give me some ideas too 😉
    Anyway,vaahaka v v reethi ingay
    When is next????
    Pls tomorrow genesdheeba
    I can’t wait for next part
    Lysm Yoon !!!! 💜💜💜

    1. yooon yooon says:
      January 14, 2026 at 12:38 am

      Thankyouu sm Raajiha! aww haha thats so sweet of you💕🥹
      Yess next insha alla tmr, 14th is dhen today dhw since its 00:00 already haha
      Lym dear tgc!! 💕

  11. siu says:
    January 13, 2026 at 5:16 pm

    bunaane ehcheh neyngifa meeny
    Mial grandma mishla dheke haadha rulhi eh aissa
    V beynun ingen dhen fothuga huri ehchehi..
    will we know.?
    Dhen oih bai ge inthizaaruga
    Loveya yoon❤️

    1. yooon yooon says:
      January 14, 2026 at 12:40 am

      aww haha thankyou sm siu! 🥹💕 Letss see dhw fothuga othy koachehthw in the upcoming parts!!
      Lym dear tgc! 💕

  12. mariyam fazla says:
    January 13, 2026 at 5:18 pm

    Navaal plz believe her…😢
    Navaal likes mishlla adhives i want them to end up together
    Maadhan alhe up eh nukohdheveyne thr yoonsis?

    1. yooon yooon says:
      January 14, 2026 at 12:41 am

      Yess dhw navaal pls do believe mishla! Lets see haha
      Thankyou sm mariyam fazla💕 Yess miadhu 30th upload kolladheynan insha allah
      Tgc dear!

  13. 🩷Malaaha🩷 says:
    January 13, 2026 at 5:22 pm

    I just luv your stories..the way you bring different charecters are so unique n perf. safeena ge vaahaka dhahkaa goi varah furihamayah genesfa thihiry… i can sense how mad she was… flash back aka nugoss mihen genesdheefa othumaky v.nufenna kameh… Yoon ge intelligence and creativity mulhin ehn levelegga💘💘ehenve ehaa gina readers ah engage vefa thibeveny yoon ge vhk thah ehaa reethi veema… mi bai ves 100 eh.. next eipiode soon please

    1. yooon yooon says:
      January 14, 2026 at 12:43 am

      Awwn thankyouu so much malaaha!🥹💕 I’m so happy to hear that. stoppp you’re too kind thank you!🥹💕 yess next today, tgc dear!!

  14. kiuntherieh says:
    January 13, 2026 at 5:23 pm

    mi part kuruhen heevey 😔 when next yooooonnn pls avaskolla dheeba

    1. yooon yooon says:
      January 14, 2026 at 12:44 am

      Yess this part is a little short and it was the same scene dhw navaal and mishla ge. Thats why i decided next today genesdheyn, hope you’ll wait💕 thankyou sm and tgc kiuntherieh!!

  15. Anonymous says:
    January 13, 2026 at 6:11 pm

    Haaadha kureyyyy

    1. yooon yooon says:
      January 14, 2026 at 12:46 am

      yoon upload kollaanan part 30th today in compensation insha allah 💕 Thankyou dear tgc!

  16. Yash💛 says:
    January 13, 2026 at 10:04 pm

    Varah varah ruthi mi Bai ves heeves nukoh huri kameh eh vyy… 😲 Caught off guard.
    Dhen mial haadha dhera vaaney parent figure ah huri meeha kan enguneema mamma yaa bappa yaa dhuru vy 😔
    When next? Kiyaahithun huri varun mi Bai maa bodah ves kuruvefa
    Ly fav ⭐💛

    1. yooon yooon says:
      January 14, 2026 at 12:46 am

      Thankyou sm Yash💕 Next part today 14th Jan ga. Haha aww 🥹💕 Lym dear tgc!

  17. limyafathimath66 says:
    January 13, 2026 at 10:09 pm

    unmeedhukurany navaalah visneyne kamah
    As always this part is also marvelous
    Big fan of yours 😙 ly yooon

    1. yooon yooon says:
      January 14, 2026 at 12:47 am

      Yess thats everyones hope!
      Thankyouu sm limyafathimath66 lym, Tgc!! 🥹💕

  18. juman says:
    January 13, 2026 at 10:12 pm

    Yoon i think I saw u at hospital today
    Nukerun govaalaaka.. 😅
    Masha allah yoon varahvarah reethi ❤️
    anga negifa balahahtaigen hurevuny i think u saw me too cyk mathi huhtaa.
    You are beautiful 10/10 🫶🏻
    Story ves varah nice keep it coming
    First time commenting kinda nervous…..
    Yoon aharumen readers haalu balamun amilla health ah ves balain ulhehche

    1. zain says:
      January 13, 2026 at 11:54 pm

      haadha luckey ey kae..
      Ey yoon single tha?

    2. Anonymous says:
      January 13, 2026 at 11:55 pm

      Had to hold my breath…v v nice ❤️

    3. yooon yooon says:
      January 14, 2026 at 12:51 am

      Omg, i was there today😭 Hii bunelinama haha!
      aw haha thankyou sm thats really sweet of you to say💕 yoon akah nufeney sorry.😭
      I’m so glad you like the story!😊
      Yess insha allah, you guys also tgc!!

    4. yooon yooon says:
      January 14, 2026 at 12:52 am

      thankyou zain💕 but thats private information, hope you understand 😊

    5. yooon yooon says:
      January 14, 2026 at 12:52 am

      thankyou sm anonymous tgc dear!💕

  19. Anonymous says:
    January 13, 2026 at 11:55 pm

    Yooon singlethurr

    1. Zuru says:
      January 13, 2026 at 11:56 pm

      thidhen private ehchis dho yoon kairy insta in ahaalabala thihaa beynumiyya 😂🫶🏻

    2. yooon yooon says:
      January 14, 2026 at 12:53 am

      Thankyou dear! thats private information😊 hope you understand! have a nice day!!

    3. Anonymous says:
      January 14, 2026 at 2:31 am

      Thedeh.. private echihi ahaanee mithaaku noon..
      Anekkaa kae eyna ah hiy keytha 😉😅😂

    4. 🥸Aalin🥸 says:
      January 14, 2026 at 2:45 am

      U eyna ah hiy keetha?!!@zain and @ Anonymous 🤭🤭🤭🤭🤭

  20. 😏Arush says:
    January 14, 2026 at 2:48 am

    Mashah vx varah eba heevay ehen 🫣🫣🫣

  21. K says:
    January 14, 2026 at 3:43 am

    Hih nukiyaa varutha have u seen her 😍

    1. 😏Arush says:
      January 14, 2026 at 1:22 pm

      Noon ma nudheken..
      Ma mee Mal’e meeheh noon viyya dhen neyngayne ennu ..nehtha pic eh ? 😏

      Ey Yoon u ulheney burugaa alhaigen tha?!?

  22. 🥀mishh🥀 says:
    January 14, 2026 at 1:40 pm

    Alhey guys mee reethi anhen kudhinge vaahaka liyan onna thaneh noon 🤭😅😂

    Hiy kiyannaa vakin vaahaka dhakkaanee
    Alhey e kujjaa ladhu gannaane ennu?!?

    One last thing PIC BAYNUMUYYAA BUNAANEE MITHAAKU NOON VAKIN BUNAANEE 🙏🙏🙏

    I am a girl n I used to write stories mi site ga…but I stopped bc of some boys..they kept asking me if I was single or not just because of a PROFILE🤣🤣🤣 so I have experience 😂😂😂😂😂

    Alhey Yoon ladhu gannaane tha ekahala vaahaka dhakkannaa?? 🫣🫣 Hama yageenun ves I ganey 🤭🤭🤭 idk why 😅😅😅😅😅

    Anyway,ur vaahaka thah is sooo reethi..
    ly Yoon!!

Comments are closed.

Next Episodeތި ސޫރަ ނޫން 30←


All Right Reserved!