ތި ސޫރަ ނޫން 33
* “ކޮންމެ ދުވަހަކުވެސް ތި އަންނަނީ ހިނގާފައެއްނު..” ނަވާލު ފެންތަށި ދިއްކޮށްލީ ބަލާވެސް ނުލައެވެ. މާ ނުވާކަމަށް ހެދިގެން އުޅުނަސް މިޝްލާ ކުޑަމިނުން ކާރެއްގައި އަންނަނަމައޭ ނަވާލުގެ ހިތަށް އަރައެވެ. މިޝްލާ ޝުކުރުއަދާކުރަމުން އޭގައި ހިއްޕެވެ. ދަބަހުން ފޮތްނަގާ ހުޅުވާލީ ނިންމި ހިސާބުން ކުރިއަށް ދިޔުމަށެވެ. ނަވާލު ވެސް އައިސް އިށީނެވެ. އޭރު ގޮސްފައިވާ ހިސާބު އިހުސާސްކުރެވި މިޝްލާ ފިނިވާގޮތްވިއެވެ. އޭނާ ނަވާލަށް ކަޅިއެއްލީ ނަވާލަށް ވެސް އެކަން އިހުސާސްވޭތޯ ބަލާލުމަށެވެ. ކިޔުނު ހިސާބަށް އެންމެ ދޮގެއް ވެސް ސަފީނާ ލިޔެފައި ނެތެވެ. ދެމީހުންގެ ހިތުގައި ވެސް ނޭނގޭ ނުތަނަވަސްކަމެއްވިއެވެ. އެންމެ ފަހުން ކީ ސަފްހާއަށް ގޮސް މިޝްލާ ފުންނޭވާއެއް ދޫކޮށްލިއެވެ. *
“އޭނާ ދަރިން ގޮވައިގެން ބޭރަށް ދުވެހަދަނީ މަށާއި މަގޭ މާމަ ދަރިން ދުރުކުރުވަންކަން ގައިމެވެ. ދަރިން އަހަރެން ދެކެ ލޯބިވާތީ އޭނާއަށް ހަޖަމު ނުވަނީ ކަންނޭނގެއެވެ. އޭނާ ގަންނަ ގަނޑެއް ބަލަން މަ ޖެޓީދޮށަށް މިއަދު ދިޔައިރު ފެނުނު މަންޒަރެއް އެނގޭ ހެއްޔެވެ.؟ ފަރީޝާ އާއި މިޝްލާގެ އަނދިރިފަރާތް އެނގޭނީ މަށަށް އެކަނިކަމުން އެހެން މީހުންނަށް އެކަން ގަބޫލެއް ނުކުރެވޭނޭކަން ގައިމެވެ. ރީތި މޫނުމައްޗެއްގެ ދަށުގައި ފިލައިގެން އުޅޭ ސަފަރުކަތްދައެކެވެ. ބޮޑު ސުންޕާއެކެވެ. އޭނާޔާ ދިމާއަށް ފިރިހެނަކު ބަލާން ހުރިތަން މަ ދެކުނީމެވެ. މަގުސަދު މި އެނގުނީއެވެ. ރަށުގެ ތަރައްގީއަށް ބަޔަކު އައިސްގެން އުޅޭ އަޑު މަ ވެސް އެހީމެވެ. އެ ތަނުން މުއްސަންޖަކަށް މީނާ ކަޅިއަޅަނީކަން ގައިމެވެ. އަތުއަޅުވާލަން އުޅެނީކަން ގައިމެވެ. ހަމަ މަގޭ ނަވާލަށް އެވަރުގެ ބޮޑު މުސާރައެއް ނުލިބޭތީއެވެ. މީނާ ހީކުރަނީ އަދިވެސް ނަވާލުގެ ދިރިއުޅުން ހަލާކު ނުކޮށްލެވެނީ ކަމަށް ހެއްޔެވެ.؟”
“އަޑު އަހާށެވެ. މަށަށް މިއަދު މި ޔަގީންވީއެވެ. ގޭގައި އޭނާ ނެތީހީ ގެއަށް ފިރިހެނަކު އައިސްފިއެވެ. ހުންނަ ނުބައިކަން ބަލާބަލަށެވެ. އެއީ ހަމަ އެ ފިރިހެނާއެވެ. އޭނާގެ ނަމެއް މަށަކަށް ނޭނގެއެވެ. އޭނާ އައިސްފާ އެހީ ވެސް މިޝްލާގެ ވާހަކައެވެ. އޭނާ ހޯދަން މިގެއަށް ވެސް އައީއެވެ. މި ނުލަފާ އަންހެނާގެ މަޅީގައި އެ ކުށެއް ނެތް ޒުވާނާ ޖެހުނީއެވެ. ކުރާނީ ކީއްހެއްޔެވެ.؟ ** އަންހެނުންގެ ގޮތް ވިއްޔާއެވެ.”
އެހިސާބަށް ކިޔާފައި މިޝްލާއަށް ބޯހޫރާލެވުނެވެ. ސަފީނާގެ ރޭވުމާ އެއްގޮތަށް ނަވާލުގެ ހަޔާތް ނުދިޔުމުން އޭނާދެކެ އައިސްފައި މިވަނީ ހާދަހާ ގަދަ ރުޅިއެކެވެ. ގޭތެރޭގެ މަސައްކަތްތަކާއި ސަފީނާއަށް ފަސޭހަކޮށްދޭން އޭނާގެ ރުހުން ލިބޭތޯ މިޝްލާ ނުކުރަނީ ކޮންކަމެއް ހެއްޔެވެ.؟ ނަވާލް އިންގޮތުން އެކަނިވެސް އެވާހަކަތައް އަހަން އޭނާއަށް ވެސް ފަސޭހަނޫންކަން އެނގެއެވެ.
“ނައީމު ބަލިވެއްޖެއެވެ. ދުވަހަކަށްވުރެ ދުވަހަކުން އޭނާގެ ހާލަތު ދަނީ ދަށަށެވެ. މި އަންހެނާ މިގެއަށް އައިފަހުން ރަނގަޅަށް ވާ އެއްކަމެއް ވެސް ނެތެވެ. ނަވާލު ވެސް މީނާ ދެކެ ވާ ލޯތްބަކުން ވަރިކުރާކަށް ނޫޅުނެވެ.”
އެ ޖުމްލަ އަހާފައި ނަވާލަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ހަމައެއާއެކު އޮޅުންވެސް އަރައިފިއެވެ. މަންމަގެ ކަންތައް މިހާވަރަށް ގޮސްފައިވާކަން އައްޔަށް ނުކުތްއިރު ދެން ކުރިއަށް އޮތީ ކޮން ކަންކަމެއްކަން އަންދާޒާކޮށްލަން ވެސް ދައްޗެވެ. އޭނާގެ ހިތުގައި ދިޔައީ އަވަސް މިނެއްގައި ބިރުވެރިކަމެއް އުފެދެމުންނެވެ. އަޑުއަހަން ބޭނުންނުވާ އެތަންމެ ޖުމްލައެއް އިވުނު ނަމަވެސް ބާކީ އޮތް ބައިން އެނގެން ބޭނުންނުވާ ކަމެއް އެނގިގެންދާނެހެން ހީވަނީއެވެ.
“އެ ފިރިހެންމީހާ އެހުރީ ހަމަ ރަނގަޅަށް ވެސް މިޝްލާގެ އަވައިގައި ޖެހިފައެވެ. ގޭދޮށުން ވެސް ފެންނަން ފެށީއެވެ. މީނާ ގޮވައިގެން އޭނަ ދާތާކަށް ދާނެނަމައޭ ހިތަށް އަރައެވެ. މަގޭ ނަވާލަށް ހެޔޮ އަރުތަވެރި ދިރިއުޅުމެއް ލިބެން އޮތީ މިޝްލާ އެ ހަޔާތުން ދިޔުމުންނެވެ. މަގޭ މާމަދަރިންކޮޅަށް ވެސް އެ އަންހެނާގެ ނުބައިކަން ނުޖެހޭނެ ކަމަށް މަ ކޮންމެ ދުވަހަކު ދުއާ ކުރަމެވެ.”
“ނައީމު އެންމެފަހުން މަށާ އެއްބަސްވެއްޖެއެވެ. އެ ފިރިހެން މީހާ މިޝްލާ އާއި ހެދި އުޅޭވައްތަރު ނައީމަށް ފެނުނީއެވެ. މިޝްލާ ވެސް އޭނާއަށް ތިއްތި ނުދެއްކޭނަމަ އޭނާ ވެސް މިވަރަކުން ނޫޅޭނެކަން ގައިމެވެ. އެދެމެދުގައި ގުޅުމެއް އޮންނަކަން މަށަށް ޔަގީނެވެ. ވަރުނެތްކޮޅަށް މިއަދު މަ އުފާވެއްޖެއެވެ. ނައީމަށް ވެސް އެންމެފަހުން މި މިޝްލާ އާއި އޭނާގެ އާއިލާގެ ނުބައިކަން ހާމަވެއްޖެއެވެ.”
“މަގޭ ނަވާލާއި މިޝްލާ ދުރުކުރެވެން އޮތީ އެންމެ ގޮތަކުންނެވެ. ނައީމު ހިތްހަމަނުޖެހުނަސް މަ މިކަން ކުރާނަމެވެ. ވިހަގަދަ ހަރުފައެއްފަދަ އެ އަންހެނާ ބިކަކޮށްލާ މިގެއިން ނެރެ އެއްލާލާނަމެވެ.”
އެހިސާބުން ހިތި ހިނިތުންވުމެއް މިޝްލާގެ ތުންފަތްމަތީ ދުވެލިއެވެ. މިއޮތީ އެ ތަންވަޅު އައިސް ޖެހިފައެވެ. އޭނާއަށް ކުރިން މިހެން ހީވެފައި އޮތް ނަމަވެސް އޭރު ސަފީނާއަށް އޭނާ ކުރާ ގަދަރު މާ ބޮޑެވެ. އެވަރަށް މައިދައިތައަށް ޝައްކުކުރަން ބޭނުންނުވެގެން އޭނާ އޭރު އެކަން ދޫކޮށްލީއެވެ.
“ނަވާލު ކުރިމަތީ މިޝްލާގެ ނުބައިކަން ހާމަކުރަން އަހަރެން މީހަކު ހޯދައިފީމެވެ. ލާރިއަށް ގޮސް ހުސްވެފައިވާ އެ ނުލަފާ ފިރިހެނާ އެއްބަސްވީ ދެވަނަ ވިސްނުމެއް ނެތިއެވެ. މިޝްލާއަށް ވާނީ ވަކި ކީއްހެއްޔެވެ.؟ މިއީ ދުވާލެއްގެ މައްޗަށް އޭނާ ތެޅޭ ގޮތެއް ނޫންހެއްޔެވެ.؟ އެހެން ފިރިހެނުންގެ ދާން އޭނާ ފަޅުފިލުވައިދޭކަން މަށަށް ޔަގީނެވެ. ފިރިހެނުންނަށް ދެއްކެންވެގެން އެހާ ވަރަށް ދުވެއެވެ. ނަން ވާނީ ދަރިން ގޮވައިގެން ހިނގަން ދާ ކަމަށެވެ. މަގޭ ނަވާލަށް މި ލިބުނީ އޭނާ ހީކުރާ ފަދައިން ޖަވާހިރެއް ނޫނެވެ. ބޮޑު ***އެކެވެ.”
ނަވާލު އެއްޗެކޭ ބުނަން އުޅުމުން މިޝްލާ އޭނާ ހުއްޓުވިއެވެ.
“އެއޮތީ ފިރިހެނުންގެ ފަހަތުން ވާވަރަށް މި މަންޖެއަށް ދުވެވިފައެވެ. އެހެން މީހަކާއެކު އަރާ އޮއްވާ ނަވާލަށް ރަނގަޅަށް ވެސް ފަޅާއަރައިފިއެވެ. މަގޭ ހެޔޮކަމުން އޭނާ ގާތު މިޝްލާއަށް ގޮތެއް ނަހަދަން ބުނީމެވެ. މަގޭ ބޭނުމަކީ އެ އަންހެނާ ބޭޒާރުކޮށްލުން އެކަންޏެވެ. ނައީމު ނަވާލަށް ލައިދިން ނަސޭހަތްތަކުން އޭނާއަށް އަސަރުކޮށްފިކަން ގައިމެވެ. މިޝްލާ ފަހަތުން ދުވާ ފިރިހެނާގެ ވާހަކަ ވެސް މިހާރު އޭނަޔަށް އެނގޭނެއެވެ. މިޝްލާ އުޅޭ ހަޑިމުޑުދާރު ވައްތަރު މިއަދު މިވަނީ ނަވާލުގެ ދެލޯ ކުރިމައްޗަށް ފެންނާށެވެ. މަގޭ ދަރިފުޅާއެވެ. އޭނާ ދޫކޮށްލާށެވެ.”
“ވަރީގެ ކަންތައް ނިމިގެން ގޮސްފިއެވެ. މަގޭ އެއް ދަރި ގެންދިޔުމުން މަ ހާދަހާ ދެރަވިއެވެ. މިޝްލާގެ ކަންތަކެވެ. އެކުއްޖާ ބޮޑުވެގެން ވާނީ އެކަހަލަ ސުންޕާ ދަރިއަކަށްކަން މަށަށް ޔަގީނެވެ. ނަވާލު އެކަން ވިޔަނުދިންނަމައެވެ. ނަމަވެސް މަ މިހުރީ ވަރަށް ހިތްހަމަޖެހި އުފާވެފައެވެ. މިޝްލާގެ އުނދަގުލުން ސަލާމަތްވުމުން މިގޭތެރެއަށް އާރޯކަމެއް ލިބިފައިވާހެން ހީވެއެވެ. މަގޭ މާމަދަރިން މަ ބަލާނީ އޭނާއަށް ވެސް ނުބެލޭނެހާ ރަނގަޅަށެވެ. އެކުދިން އެފަދަ ނުބައި މަންމައެއް ބޭނުމެއް ނުވާނެއެވެ. ދުވަހަކުވެސް ނުވާނެއެވެ.”
“ނައީމުގެ މަރަށް މިހާރު ތިން މަސްވީއެވެ. އެއްކަލަ ސޮރު ހައްޔަރު ކޮށްފިއެވެ. ލާރީގެ އެއްބައި ނުވެސް ދެއްކެއެވެ. މަށަށް ރަނގަޅު ނޫންހެއްޔެވެ.؟ މަށަށް ގިނަތާއެވެ. އެ ފައިސާތައް ފޮތުގެ ފަހަތުގައި އޮންނާނެއެވެ. މަގޭ މިއަލް ހުންނަނީ ވަރަށް ނެގިމަޑުވެފައެވެ. އެ މިޔުޒިކު ކުޅެން ގެންގުޅޭ އެތިން އަތް ވީއްލާނުލާ އުޅުން ނޫންކަމެއް ނުކުރެއެވެ. ދުވަސްވީމާ ހަމައަކަށް އެޅިދާނެއެވެ. މަގޭ މިއަލްއެވެ. ރީއަލްއެވެ. އެ އަންހެނާ މަތިން ހަނދާން ނައްތާލާށެވެ. ދަރިފުޅުމެންގެ މާމަ އެއަށްވުރެ ބޮޑަށް ދަރިފުޅުމެންދެކެ ލޯބިވަމެވެ.”
“މިލީނު ނުފެނިގެން އެދެކުދިން އުޅެއެވެ. މިލީނު މަތީން ދެން މަވެސް ހަނދާނެއް ނުކުރާނަމެވެ. މިޝްލާ ފަދަ ނުބައި މީހަކަށް ވާނޭ ދަރިއެއް މަތިން ހަނދާން ކުރުމުގެ ބޭނުމަކީ ކޮބާހެއްޔެވެ.؟ ޚާއްސަކޮށް ރީއަލެވެ. އެކުދިން އެކި ކަންކަމުގައި މަޝްއޫލުކޮށް މިޝްލާގެ ވާހަކަ ދެއްކުން މުޅިން މަނާކުރީމެވެ. އަހައިފިނަމަ ބޮޑު އަދަބު ދެމެވެ. ދުވަސްވާވަރަކަށް އެކުދިން އެހުން ހުއްޓާލައިފިއެވެ. އެހެނަސް މިއަލް ދޭތެރެއިން މިޝްލާގެ ވާހަކަ އަހައެވެ. ނަމަވެސް މިލީނުގެ ވާހަކައެއް ނާހައެވެ. ދޭ އަދަބު ބޮޑު ކުރީމެވެ. އޭގެފަހުން އެކުއްޖާ ވެސް ހުއްޓާލީއެވެ. މަށަށް އަނެއް ހިތްހަމަޖެހުމެވެ. އެމީހުން ހަނދާނުން މުޅިން ދުއްވާލާނަމެވެ.”
“މަގޭ ނަވާލު ހިތްދަތިކަންމަތީ ދުވަސްތައް ހޭދަކުރަނީއެވެ. އޭނާ އެ އުޅެނީ މުޅި ހަޔާތް ބޭކާރުކޮށްލަން ހެއްޔެވެ.؟ އެ އަންހެނާ މަތިން ހަނދާންކޮށް ކަރުނަ އަޅާ މަންޒަރު މަށަށް ފެނެއެވެ. ބޭވަފާތެރިއަކަށް އެންމެ ކަރުނަ ތިއްކެއް ވައްޓާލުމަކީ މަ ދެކޭގޮތުގައި ބޭކާރު ކަމެކެވެ. ޒާހިދާގެ މަންޖެވެސް މީހަކާ އިނދެފިއެވެ. މަޑުކޮށްކޮށް އެމަންޖެވެސް ވަރުބަލިވީއެވެ. މިހާރު އަހަރުތަކެއްވީތާއެވެ. އެއަށްވުރެ ވެސް ރަނގަޅު ހެޔޮލަފާ އަތްނބެއް މަގޭ ނަވާލަށް ހޯދައިދޭނަމެވެ. އަދި އޭނާ އެމީހަކާ އިންނަން ވެސް އެއްބަސް ކުރުވާނަމެވެ. ރަނެއްފަދަ ދޮންމަންމައެއް މަގޭ ދަރިންކޮޅަށް ހޯދައިދޭނަމެވެ. އެ މިޝްލާ އާއި ބަލާފައި ކޮންމެ މީހެއް ވެސް ހާސްބައި ރަނގަޅެވެ. އެ ސޫރަ ފޮހެލާނަމެވެ. ނަވާލުގެ ހިތުން އެކަންޏެއް ނޫނެވެ. އަހަރެންގެ އާއިލާގެ ދިރިއުޅުމުންނެވެ. އުމުރުދުވަހަށް އެ ސޫރަ ފޮހެލާނަމެވެ.”
“އަހަރެންގެ މާމަ ދަރިންނަކީ މަލެއްފަދަ ދެކުދިންނެވެ. އެހާމެ މޮޅެވެ. އެހާމެ ރީއްޗެވެ. އެއްވަނައެވެ. މަގޭ ދަރިން މާ ރަނގަޅެވެ. މިޝްލާގެ ހަބަރެއްތޯ އަޑެއް ވެސް ނާރާކަމީ މަ އުފާކުރާ އެންމެ ބޮޑު ކަމެވެ. އޭނާ ދިޔަތާކަށް ގޮސް އުޅެ މަރުވިޔަސް މަށަށް ހެވެވެ. މަށާ މަގޭ ދަރިންނާ ދުރުގައި އުޅެނިކޮށް މަށަށް ނިމުނީއެވެ. ދެކުދިންވެސް ހީވަނީ މިހާރު މިޝްލާ މަތިން މުޅިން ހަނދާންނެތިފައި ހުރިހެންނެވެ. ކިހާ ރަނގަޅު ހެއްޔެވެ.؟ މިއަލް ވެސް އޭނާގެ ދައްތަމަތިން ހަނދާން ހުންނަހެން ހިޔެއް ނުވެއެވެ. ރީއަލް ވެސްމެއެވެ. ނަވާލު ވެސް ކޮންމެހެން ކިޔާދޭކަށް ނޫޅެއެވެ. އެއީ ބޮޑު ސިއްރެކެވެ.”
“މިހާރު ވެސް އެ ސުންޕާ އަންހެނާއާއި މަގޭ މިއަލް ވައްތަރުވާން ފަށައިފިއެވެ. ކިހާ ދެރަ ކަމެއް ހެއްޔެވެ.؟ ދިރިއުޅުމުން ދުރަށް ފޮނުވާލުމުން ވެސް އެ ވަކިތަކުން މަގޭ އާއިލާ މިންޖެއް ނުކުރެވުނެވެ. މިއަލް މިޝްލާ ކުޅޭ ބައެއް ލަވަތައް އެ އެތިން ކުޅެއެވެ. ނަވާލު އެ އަޑުއަހާތަން މަ ދެކެމެވެ. ކޮންމެ ފަހަރަކު އެ މޫނުމަތީގެ ކުލައޮއްސިގެންދެއެވެ. މިޝްލާ ދިޔަފަހުން މިހާރު ދިރިއުޅުމެއް ފަށާހާ ދުވަސް ވެއްޖެއެވެ. ނަމަވެސް އެ ހަނދާންތަކުގައި އޭނާ ޣަރަގުވެ ހަލާކުވެ ދަނީއެވެ. އެ އަންހެނާ މަގޭ ނަވާލަށް ހަދާފައި ދިޔަ ގޮތެއް ވެސް ނޭނގެއެވެ. އޭނާ މަތިން ހަނދާންނައްތާނުލެވިގެން އެއުޅެނީ އެހެންވެއެވެ. ފަރީޝާ މަތިން ނައީމަށް ހަނދާން ނައްތާނުލެވުނު ފަދައިންނެވެ. މިއީ ހަމަ އެކެކެވެ. ނޫނެކެވެ. އެއީ ފަރީޝާގެ ނުބައިކަމެވެ. އޭނާދެކެ އުމުރުދުވަހަށް މަ ނަފްރަތު ކުރާނަމެވެ.”
މިޝްލާ ކުޑަކޮށް ހައިރާންވެ ނަވާލަށް ބަލާލިއެވެ. އޭނާއަށް ހީކުރެވިފައި އޮތީ ނަވާލް އޭނާ މަތިން ހަނދާން ނައްތާލާފައި ދިރިއުޅުމައިގެން ކުރިއަށް ދިޔައީ ކަމަށެވެ. ކައިވެންޏެއް ނުކުރި ނަމަވެސް އޭނާ އެ ހިތުން ނެރެ އެއްލާލީ ކަމަށެވެ. ނަވާލު މިހާވަރަށް އޭނާގެ ޚިޔާލުކޮށްފާނެކަމަށް ހުވަފެނުން ވެސް ނުދެކެއެވެ. އަޑުބެދެން ފެށުމުން މިޝްލާ ކަރުކެހިލާފައި ކުރިއަށް ދިޔައެވެ.
“މިއަލްއަކީ އެ އަންހެނާއާއި ޚިލާފަށް މަގޭ ބަސްއަހާ ދަރިއެކެވެ. އޭނާދެކެ މަ ހާދަހާ ލޯބިވެއެވެ. މަށަށް އެހީވެދީ އަމިއްލައަށް ފެނިގެން ކަންކަން ކުރަން އެފެށީ އެހާ ޅަ އުމުރެއްގައެވެ. މިހާ މުރާލި ހީވާގި ދަރިއަކު މަ އަދި ނުދެކެމެވެ. އެހެން ގޭގޭގެ ދަރިން މިހާ ރަނގަޅެއް ނޫނެވެ. މަގޭ ނަވާލަށް ލިބުނު ޖަވާހިރަކީ މިއީއެވެ. އެންމެންނަށް އިހުތިރާމުކޮށް ރީއްޗަށް ވާހަކަދައްކާ ކުއްޖެކެވެ. މަގޭ ރީއަލް ވެސް އެފަދައެވެ. ކިޔެވުމުން ރަންވަނަތައް ގެނެސް އެންމެން ފަޚުރުވެރިކުރުވައެވެ. ގޯސް ގޮތަކަށް މިހާރުގެ ކުދިން އުޅޭފަދައިން ރަށުގައި ވިއްސޭކަށް ނޫޅެއެވެ. ފުރިހަމަ ދެކުދިންނެވެ. މިޝްލާ ބޮޑުކުރާ ދަރި އެހެނެއް ނުވާނެއެވެ. ކާމިޔާބުވެރިއަކީ ކާކު ހެއްޔެވެ.؟”
“އަސްތާއެވެ. މަގޭ ރީއަލަށް ގޮތެއް ވެއްޖެއެވެ. އޭނާ ބަލިކަމުން އެނދުން ހިއްލާލެވޭވަރެއް ވެސް ނޫނެވެ. މިއީ ރަށުތެރެއަށް ފެތުރިގެން އުޅޭ ހުންގަނޑެވެ. ނޫނީ މިޝްލާގެ ސުންޕާކަން މިގެއިން އަދިވެސް ނުދާކަމުގެ ހެއްކެކެވެ. ނަވާލަށް ވަޒީފާ އިން އާދެވޭ ގޮތެއް ނުވެއެވެ. އޭނާ ވެސް ބޮޑު މުސާރަ ލިބޭ ވަޒީފާއަކަށް ބަދަލުވުމުން މަ ގަބޫލު ކުރަނީ އޭނާ ދިރިއުޅުމައިގެން ކުރިއަށް ދާންފެށީ ކަމަށެވެ. އޭނާ އަވަހަށް ރަނގަޅު އަންހެނަކާއި ގުޅި އެކުއްޖާ މިގެއަށް ގެންނާނެނަމައެވެ. ހިތާމައިގައި ދުވަސްތައް ވެއަތު ނުކުރާނަމައެވެ. ދަނީއެވެ. މަގޭ މާމަދަރިންނާއެކު ދުރު ރަށަކަށް ކުރެވޭ އެންމެ ފުރަތަމަ ދަތުރެވެ.”
އެއީ ސަފީނާ ދުނިޔެދޫކުރުމުގެ ކުރިން ލިޔެފައިވާ އެންމެ ފަހު ސަފްހާއެވެ. މިޝްލާ ނުލިޔެ އޮތް ގަނޑުތައް ބަލާލީ އިތުރަށް އެއްޗެއް ލިޔެފައި އޮވެދާނެކަމަށެވެ. ނަމަވެސް ދެތިން ފޯނު ނަންބަރެއް ނޫން އެއްޗެއް ނެތެވެ. އެންމެ ފަހު ގަނޑާއި ހަމައަށް ދެވުމުން އެއިން ފައިސާތަކެއް އޮހިގަތެވެ. އެ ގަނޑުގައި ދިހަހާސް ދައްކަން ލިޔެފައިވާއިރު މަހަކުން މަހަކުން ދެމުން ދިޔަވަރު ކަނޑާފައި އޮތެވެ. ކުރީގައި ބޭނުންކުރި ނޫޓުތަކުގެ ފަސްސަތޭކަ ރުފިޔާގެ ހަތަރު ނޫޓާއި ސަތޭކަ ރުފިޔާގެ ދެ ނޫޓު އޮތެވެ.
އެ ފައިސާތަކުގައި އަތް ހިންގާލާފައި ނަވާލަށް ބޮލުގެ އިސްތަށިގަނޑުގައި ބާރަށް ހިފެހެއްޓުނެވެ. އެ ފޮތުގައި ލިޔެފައިވީ ހުސް ތެދެވެ. މިޝްލާ އެންމެ ފަހަރަކު ވެސް އޭނާއަށް ބޭވަފާތެރިއެއް ނުވެއެވެ. ތަރައްގީއަށް އައި ޓީމުގައި ސެޓިސްފައިޑް ފިހާރަ ހުޅުވަން ޒައިހާން އައިސް އޭނާއަށް މިޝްލާ ފެނި ލޯބިވެވުމަކީ މިޝްލާގެ ކުށެއް ނޫނެވެ. އޭނާގެ މަންމަ މިދަރަޖައަށް ގޮސްފާނެކަމަށް ނަވާލަށް ގަބޫލެއް ނުކުރެވުނެވެ.
މަންމައަކީ އަންހެނަކަށް ވާއިރު އެހެން އަންހެނަކު އެފަދަ ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލަން ކެރުނީ ކިހިނެއްހެއްޔެވެ.؟ އެރޭ ހަގީގަތުގައި ވެސް މިޝްލާއަށް ކަމެއް ވީ ނަމަ އޭނާއަށް އަމިއްލަ ނަފްސަށް މާފެއް ނުކުރެވުނީހެވެ. އޭނާގެ އުފާތައް ލޫޓުވާލާ އޭނާގެ ދިރިއުޅުން ހަލާކުކޮށްލީކަމަށް ދެކި، އޭނާގެ ހަޔާތުގައިވީ ތެދު އުފާވެރިކަން އޭނަޔާއި މަންމަ ވަކިކޮށްލީ ކީއްވެހެއްޔެވެ.؟ މިޝްލާ އެއީ އޭނާގެ ލޯތްބެވެ. އޭނާގެ ދަރިންގެ މަންމައެވެ. ފާޅުނުކުރިޔަސް މިއަލް އާއި ރީއަލް އުޅެބޮޑުވީ ކިހާ ހާލަކު ހެއްޔެވެ.؟ ކިޔަވަމުން ވަޒީފާއެއް ޅައުމުރުގައި ރީއަލް އަދާކުރަންފެށީ އާއިލާއަށްޓަކައެވެ. މަންމައެއްގެ ލޯތްބާއި ތަރުބިއްޔަތަކީ ކިހާ މުހިންމު އެއްޗެއްކަން އޭނަގެ މަންމައަށް ނުވިސްނުނީ ކީއްވެހެއްޔެވެ.؟ ދަރިޔަކު މަންމައަކަށް ބޭނުންވާނެ މިންވަރު ނޭނގުނީ ކީއްވެ ހެއްޔެވެ.؟
މިލީންއަށް އޭނާގެ ފަރާތުން ނޫންވިޔަސް ބައްޕައެއްގެ ލޯބި ލިބުނީތީ މިއަދު އޭނާ ހަމްދުކުރެއެވެ. ޒައިހާނާއި މެދު އުފެދިފައިވީ ރުޅިވެރިކަމާއި ހަސަދަވެރިކަން ވެސް ވަޔަށް ބުރައިގެންދިޔަހެން ހީވިއެވެ. އޭނާ ނެތްތަނުގައި އޭނާގެ ލޯބިވާ މިޝްލާ އާއި މިލީންއަށް ޓަކައި ވީތީ ނަވާލުގެ ހިތް ޝުކުރުން ފުރުނެވެ. އެހުރިހާ އަހަރުތަކެއް ތެރޭ މިޝްލާއަށް އަޅާލާ އަމިއްލަ ދަރިއެއް ފަދައިން މިލީން ބޮޑު ކުރީތީއެވެ. އެދެމައިންނަށް އޭނާއަށް ނުދެވުނު ލޯބި ދިނީތީއެވެ.
ނަވާލް އިނީ ބަސްހުއްޓިފައެވެ. އިނގިއްޔެއްގެ މިންވަރު ވެސް ހަރަކާތް ކޮށްލަން ނޭނގިފައެެވެ. އޭނާގެ ކުށް އިހުސާސްވެއްޖެއެވެ. އޭނާއަށް ރަނގަޅަށް ވިސްނުނު ނަމައެވެ. މިކަންތައް ކުރިން އިހުސާސްވި ނަމައެވެ. ނަމަވެސް ވަގުތު މާބޮޑަށް ވެސް ފާއިތުވެއްޖެއެވެ. ދެން މިޝްލާ އާއި އޭނާ ކުރިމަތިލާނީ ކިހިނެތް ހެއްޔެވެ. މާފަށް އެދޭވަރަށް ވުރެވެސް މިއަދު ނަވާލް ލަދުގަނެއްޖެއެވެ. މާފަށް އެދޭނީވެސް ކޮން ދުލަކުން ހެއްޔެވެ.؟ މިގެއިން މިޝްލާއަށް ހިތާމަވެރިކަން ނޫންކަމެއް ނުދެވުނެވެ. އޭނާއަށް ގަބޫލު ނުކުރެވުނު ނަމައެވެ.
އޭނާއާއެކު ހޭދަވީ އަހަރުތަކުގެ ތެރޭގައި މިޝްލާ ކުރިމަތިލީ ދަތިތަކަކީ އެހެންކަމަކާއި އަޅާކިޔޭވަރުގެ ކަމެއް ނޫނެވެ. ދަރިންނަށް އަޅާލާ ހެޔޮ ތަރުބިއްޔަތެއް ދިނެވެ. އަދި ނަވާލުގެ ކަންކަމާއި ގޭތެރޭގެ ކަންކަން ކުރުމުގެ އިތުރުން ސަފީނާ ރުއްސުމަށް ޓަކައި ގަދައަޅާ މިޝްލާ މަސައްކަތްކުރީ ޝަކުވާއަކާ ނުލައެވެ. ކަންތައް ގޯސްވަމުން ދިޔަވަރަކަށް އޭނާ އާއި ސަފީނާގެ މެދުގައިވީ ގުޅުމަށް ހީނަރުކަމެއް އައިސްދާނެތީ އޭނާ ގާތު ނުވެސް ކިޔައެވެ. އެންމެ ފަހަރަކުވެސް މަސްލަހަތަށް ނުވިސްނާ މިޝްލާ އަމިއްލަ ނަފްސާ ދޭތެރޭ ވިސްނާލިނަމައެވެ. ކައިވެނީގެ ކުރިން މިޝްލާގެ ހަޔާތް ބާއްޖަވެރި ކޮށްދޭން އޭނާއަށް ކުރެވުނުހާ ކަމެއް ކޮށްދޭނެކަމުގެ ވައުދަށް މިވީ ކިހިނެތް ހެއްޔެވެ. ނަވާލުގެ ލޮލަށް ކަރުނަ ގިނަވިއެވެ.
މިއީ ނަވާލަށް ހިތްދަތި ވަގުތުކޮޅެއްކަން ދެނެހުރެ މިޝްލާ ނަވާލްގެ އަތްމަތީ އަތް ބާއްވާލިއެވެ. ހިތްވަރުދޭ ފަދަ ގޮތަކަށެވެ. މާޒީގައި ވަޅުލެވިފައިވާ ސިއްރުތައް ހާމަވެ އޭނާގެ ހިތަށް ވެސް ތަދު ކޮށްލައިފިއެވެ. އަމިއްލަ ކުށެއް ނެތްކަން ސާބިތު ކޮށްނުދެވުނު ދުވަސްތައް ނިމިދިޔައީއެވެ. އޭނާގެ މައުސޫމުކަން ހާމަވީއެވެ. ނަމަވެސް އެކަމުން އެންމެ ބޮޑު އަސަރެއް ކުރާނީ ނަވާލަށެވެ. އޭނާއަށް އަބަދުވެސް ކޮންމެވެސް ހިސާބަކަށް އެނގުނު ނަމަވެސް ނަވާލް މިވީހާ ދުވަހަކު ހުރީ އަނދިރިކަމުގެ ތެރޭގައެވެ.
ކަރުނަވީ ދެލޮލުން މިޝްލާގެ މޫނަށް ބަލަހައްޓައިގެން އިން ނަވާލްގެ ހިތް ވަނީ ކުދިކުދިވެފައެވެ. ސަފީނާ ދޭތެރެޖައްސަމުން ދިޔައީ ނުހަނު ފުރިހަމައަށެވެ. ކުދިކުދި ނުބައި ކަންކަމުން ފެށިގެން އަމިއްލައަށް ހަދަހަދައިގެން މަޑުމަޑުން ނަވާލްގެ ހިތުގައި ރުޅިވެރިކަމާއި ހިތްހަމަނުޖެހުން އުފެއްދީ ސަފީނާގެ އެންމެ ފަހުގެ ރޭވުމުގެ ކާމިޔާބީއަށެވެ. މިޝްލާ އާއި ނަވާލުގެ ކައިވެންޏަށް މާ ގިނަ ދުވަހެއް ނުވަނީސް ނަވާޒާއި ހައިފާ ޖެހިގެން ހުރި ރަށަށް ބަދަލުވެއްޖެއެވެ. އެގޭގައި ސަފީނާއާއެކު ހައިފާ ދިރިއުޅުނީ ކޮންކަހަލަ ދިރިއުޅުމެއްބާއޭ ނަވާލްގެ ހިތަށް އެރިއެވެ. އޭނާއަށް ވެސް މިފަދަ ދެރަ ހާލެއް ތަހަންމަލު ކުރަން ޖެހުނުބާއެވެ. އެހެންނަމަވެސް ނަވާޒުގެ އެ ނިންމުމަށް ނަވާލަށް މިއަދު ހިތާހިތުން ތާއީދު ކުރެވެއެވެ. އޭނާގެ ކައިވެނި ބާއްޖަވެރިކޮށް ދެމެހެއްޓުމުގެ މޭސްތިރިއަކީ އެއީ ކަމަށް ވާތީއެވެ.
އެހެންވެއްޖެނަމަ ނަވާޒަށް ވެސް އެކަންތައް ކޮންމެވެސް ގޮތަކުން ފަޅާއެރީތާއެވެ. މިޝްލާ އާއި މެދު ސަފީނާ ކަންތައްތައް ކުރާ ގޮތްވެސްމެއެވެ. ހައިފާ ގޮވައިގެން ނަވާޒު ދިރިއުޅުން އެރަށަށް ބަދަލުކުރަން އުޅުމުން ސަފީނާ އޭނާއަށް ވަރަށް އެއްޗެހި ކީމަތި ނަވާލް ހަނދާން އެބަހުއްޓެވެ. ނަވާލު ވެސް އޭރު މަންމައާއި އެއްކޮޅަށް ވާހަކަ ދެއްކީ ނަވާޒު އެފަދަ ކަމެއް ކުރަން ޖެހުނު ސަބަބެއް ނުވިސްނިގެންނެވެ. ނަމަވެސް މިހާރު އެކަމުގެ ފަހަތުގައިވީ ސިއްރު ހާމަވެއްޖެއެވެ. އެދެމައިންނާއި ނަވާޒާއި މައްސަލަ ޖެހުނީ އެހެންވެއެވެ. މިޝްލާދެކެ އަމިއްލަ ކޮއްކޮއެއް ފަދައިން ނަވާޒު ލޯބިވާކަމަކީ އެކަކަށް ވެސް ސިއްރު ވެފައި އޮތް ކަމެއް ނޫނެވެ. ދެމީހުންގެ ދަރިންދެކެ ވެސް ނަވާޒާއި ހައިފާ އެހާ ލޯބިވެއެވެ. ނަމަވެސް އެ ގުޅުން ނާޒުކު ފައްތަރެއްގައި އޮތުމުން މަދުމަދުން ހަދިޔާ ފޮނުވިޔަސް ބަދަހި ގުޅުމެއް ނެތުމަކީ ހައިރާންވާ ވަރުގެ ކަމެއް ނޫނެވެ.
“އަހަރެން….” އަޑު ކެނޑިކެނޑިގެން އަންނަވަރުން ނަވާލަށް ވާހަކައެއް ވެސް ނުދެއްކުނެވެ. ދެ ތުންފަތް ތުރުތުރު ލަމުން ދިޔައިރު އޭނާއަށް ދެވަނަ ފަހަރަށް މިޝްލާގެ މޫނަށް ބަލާލަން ވެސް ނުކުޅެދުނެވެ. މިޝްލާ ލުއިކޮށް ހީނލިއެވެ.
“އަހަރެން ނަވާލަށް މައާފްކޮށްފިން.. ކުރީކޮޅު ނަވާލް ނިންމި ނިންމުމާ ދޭތެރޭ ހިތާމަކުރިޔަސް މިހާރު ހިތުގައި އެއްވެސް ބުރަކަމެއް ނެތް..”
މިޝްލާގެ މި ޖުމްލައިން ނަވާލުގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް އޮހިގަތެވެ. ކެތްނުވީއެވެ. މަންމައަށް މިޝްލާގެ ރަނގަޅުކަން ނުފެނުނީ ކީއްވެހެއްޔެވެ.؟ މާނައެއްނެތް ޒަމާންވީ ރުޅިވެރިކަމުގެ އަލިފާންގަނޑު ނިއްވާނުލެވުނީ ކީއްވެ ހެއްޔެވެ.؟ އޭނާގެ މިޝްލާ ބަލައިނުގަނެވުނީ ކީއްވެ ހެއްޔެވެ.؟ އެދުވަހެއް އައިނަމަ އޭނާގެ ދިރިއުޅުން ހާދަހާ އުފާވެރި ވީހެވެ. އޭނާ އާއި މިޝްލާގެ އެކަންޏެއް ނޫނެވެ. ދެމީހުންގެ ތިންކުދިންގެ ހަޔާތް ވެސް ހާދަހާ ބާއްޖަވެރިވީހެވެ.
****************
ރީނދޫ މާތަކެއް ހުރި ފައިތިލައާއި ހަމައަށް އަރާވަރުގެ ހެދުމެއް ލައިގެން މިއަލް ތައްޔާރުވިއެވެ. އަތެއްގެ ބަދަލުގައި ހިމަ ވާފަށެއް ހުރި އެ ހެދުން މަތިން ކްރީމްކުލައިގެ ސްވެޓަރ ޖެކެޓްކޮޅެއްލާފައި މިއަލް ކޮނޑުގައި އަޅުވާލީ އެކުލައިގެ ޓޯޓް ބޭގެކެވެ. އިސްތަށިގަނޑުގައި ދޫ ހުޅިއެއް ޖަހާލުމަށްފަހު މަޑު ރީނދޫކުލައިގެ މަލެއް ހުރި ދައްޗަކުން އިސްތަށިކޮޅުތައް ހައްޔަރުކޮށްލިއެވެ. ތުންފަތުގައި އޭނާ މަޑު ފިޔާތޮށިކުލައިގެ ގްލޮސްއެއް ހާކާލިއެވެ. ރަންކުލައިގެ ގަހަނާ އެޅުމަށްފަހު ގަޔަށް ސެންޓު ބުރުވާލައިގެން ރީނދޫ ފައިވާނެއް މިއަލް ނެގިއެވެ. ޝަފްވާން ބަލާ އަންނަ ވަގުތު ގާތްވަނީއެވެ.
އޭނާ ބޭރަށް ނިކުތްއިރު އިޒާއަށް ކާންދޭން ހައިފާ އިނެވެ. އިޒާ ވާއުއޭ ކިޔާ އަތްތިލަބަޑި ޖަހަންފެށިއެވެ. މިއަލް ފެންނައިރަށް ހައިފާ ހީނލައިފިއެވެ. އަދި އޭނާ ވެސް ތައުރީފުގެ ދެތިން ބަހެއް ވެސް ބުނެލިއެވެ.
“އެލްގެ މިނިވަންކަމަށް ދައްތަމެން ހުރަހެއް ނާޅާނަން.. އުންމީދުކުރަން އެލްއަކީ ވިސްނޭ ރަނގަޅު ކުއްޖެއް ކަމަށް..” ނުގޮތަކަށް ހައިފާ ބުނެލިއެވެ. މިއަލް އަވަސްއަވަހަށް ބޯ ޖަހާލިއެވެ.
“އެލްއަށް ޝަފްވާން ކަމުދޭތަ..؟” ލާނެތްގޮތަކަށް ހީނލަމުން ހައިފާ އެއްސެވެ. މިއަލްއަށް ހަމައެކަނި ރަކިވެފައި ހީނލެވުނީއެވެ. މިއީ އޭނާ ދައްކާ އުޅޭކަހަލަ ވާހަކައަކަށް ނުވާތީ ބުނާނެ އެއްޗެއް ނޭނގުނީއެވެ. ލޯތްބާއި ބެހޭގޮތުން އޭނާއަށް އެނގިފައިވަނީ ފޮތްތަކުންނާއި ފިލްމުތަކުންނެވެ. އަދި ކިއަނާގެ ބޮޑު އަނގައިގެ ޒަރިއްޔާއިންނެވެ.
“ޝަފްވާނަކީ ރަނގަޅު ކުއްޖެއް.. އެހާ ހިތްހެޔޮވާނެ.. އަހޫއަށް އެކަހަލަ ރަހުމަތްތެރިއެއް ލިބުމުން ވަރަށް އުފާވޭ.. ގޭގެ އެންމެންނާއި އެހާ ގުޅޭ.. އިންނުދެކެ ވެސް ލޯބިވާނެ އަމިއްލަ ކޮއްކޮއެއް ފަދައިން.. އިނގޭތަ އިންނުއަށް މާބޮޑަށް ނުވިސްނޭއިރު އޭނާއަށް ހީވެފައި އޮތީ ޝަފްވާނަކީ ދައްތަގެ ދަރިއެއްކަމަށް.. އިންނު ކިޔާހެން ދައްތައަށް ޝަފްވާން މަންމަ ނުކިޔާތީ އެ މައްސަލަ ޖެއްސި ހިސާބުން އެކަން އެނގުނީވެސް.. ވަރަށް މަޖާ ދުވަހެއް..” ދުރު ހަނދާނެއް ހައިފާ ކިޔައިދިނެވެ.
“އެކުއްޖާފުޅު އުޅެބޮޑުވީ ކިތަންމެ ހާލުގައި ކަމަށްވިޔަސް އޭނާއަކީ ހިތްވަރުގަދަ ކުއްޖެއް.. ހިތަށް އަރާ ޝަފްވާނަކީ އަސްލު ވެސް ދައްތަގެ ދަރިއަކަށް ވީ ނަމައޭ..” ހައިފާ އެހެން ބުނެލީ ހިތާމަވެރި ގޮތަކަށް ހީނލަމުންނެވެ. މިއަލް ބޯ ޖަހާލީ ހައިފާގެ ވާހަކަކޮޅާއި އެއްބަސްވަމުންނެވެ. އަދި ވިސްނާލިއެވެ. ޝަފްވާންގެ މާޒީއަށް އިޝާރާތްކޮށް ހައިފާ މި ބުނެލި ވާހަކައިން އިހުނަށްވުރެ ވެސް ޝައުގުވެރިވެއްޖެއެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
33 Comments!
Comments are closed.





safeena haadha nubaey…😢 ehn hadan heyo vaanetha..
mishla kushei nei kan enguneemaa vv ufaa vejje..
dhn oi bai kon dhuahakun.?
Thankyou sm dear!💕 Insha allah 22nd Jan ga
Yoon darling
How does visit badge works? Like if you visit 1k times you get it?
Yess dear!
Login vefa esfiya site ah visit kuryma points libey i think. And you get a limited amount of points per day. I’m also not that sure cause it’s new to me as well😓
Yoon dialogue genesdheefa oilleh varah fahkaa… eba ingey thafaathukan ehen meehun talk kura gothaa.. old meeheh hn heevanee hama..
adhi psychological warfar v es varah salhi.. kameh koggen adhabu dhennaa vrh nukuraane ekahala kanthah.. brain shut out kuraane.. kuda koodhun veema haassa ko.. e koodhun beynun vaanee mamma enme bodah e umuruga.. ehn vegen mamma mathin hadhaan hury mileen mathin hadhaan nehee. eaa gulhigen handhaan nethigen dhiya goi varah habeys.. presentation eh vana..
aww im so happy to hear that 🥹💕 thats so sweet of you thankyou sm dear! Also im so glad you understood it so thoroughly!
wow yoon speechless 🫢🫢
i cant believe safeena would do that
so shocked right now cant think straight
this part was so goood💗
Lysm 💗💗
Hahah Thankyouu sm zuka!! 💕 Lym dear
alhuganduvx shafvan ge maazy ingen beynun
when next yoon?
Lets seeee! Next insha allah on 22nd Jan
Thankyouu sm eems!! 💕
alhey so sad safeena fabricated everything nd put them up against each other. navaal should have done better tbh.. ekamaku amilla mamma dhw nd mishla ehn firehenakaa ekkoh oi than hama lolah fenunyma that was proof itself. Plx get them back together they are made for each other. Love you yoonyluvv 🤍 cant waot for the next part
Yeahh she did.
Haha fr lets see dhw!! Thankyouu sm vivy Lym dear💕
mial ah ingeyne tha safeena vaahaka?
Hingaa dhw balamaa !! Thankyou dearr💕
varah varah salhi mi part ves
Thankyouu sm mihuu 💕 tgc!!
qaboolu nukurevey pispis
v.v.v. reethi mi part
Good job❤️
Haha thankyouu sm sofy!💕
Girl 😮 what the hell i did not expect that
haadha nulafaa ey safeena dharinnaky kulhey kulhey echisseh nooney..insaanakah vyma kuran jehey ihuthiraamu kobaatha..? Iam so pissed at her..😠😠
nice epsiode when next toon?
GIRL hahaha 💕🥹 Yeahh dhw that was too brutal. Next part 22nd Jan ga!
Thankyou smm qweeeeen!
Sincerely, toon😋
Omg safeena haadha nubaey dhw
Anyway,mi part ves v reethi ingay
Lysm girll
Yeah dhww! Thankyouu sm Raajiha Lym dearr!💕
Hello beautiful gorgeous pretty yoons
assuga varah shock igey safyna is too much
navaal & mishlaa marry kohba anekka
Love u see you next episode
Hii zain! Yeah she is too much fr! Lets see haha
Lym dear Thankyou smm! 💕
Hiiiiiiyooon biggest fan here. I did not know u started writing again so happy to see you and ur stories again my favvvv🫂🤗Reread the whole story in one sitting hehehehehee love you Omg i cant believe ur back.. WELCOME BACK RAH I MISSED YOU SO MUCH
HIII 🥹 Aww heyy there I’m so happy to hear that! So glad you found out haha!
Lym and Thankyou sm! 💕🥹 sm love haha missed you toooo!
Mi part ves varah reethi. Safeena heyonuvaane thihaa nubaivaan! Navaal aa mishla alun gulheynebaa? Shafwaan kudairu ulhunee kihinay baa? Mial and shafwaan so cute! Curiously waiting for next part??
Thankyouu sm Miss jennie💕🥹 Yesss dhw lets seee! So glad you liked it!
V salhi queen
Heevanee rattehi vegen hen ulheney hen Thi dhemeehun
Idhaan and Yoon hehe
Queen noon ehen nameh nukiyaa viyyaa dhen
I wish bro 🫠
Thankyouu sm idhaan💕 tgc!
LOL
Then why don’t you ask her???
Thinen kithamme varakah queen bueen ey kiyakas nuvaaneyay bro 🤟😂