ތި ސޫރަ ނޫން 37
* “ޝައްޔާން..؟ ޝައްޔާން ވަހީދު..؟” އަމިއްލަ ނަފްސަށް ބުނަން އުޅުމުގެ ތެރޭގައި މިއަލްއަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އެހާވަރުން އޭނާ ޔަގީންކުރަން ބޭނުންވީ ކީއްވެގެންކަމެއް ނޭނގުނެވެ. *
އެ ފިރިހެންކުއްޖާގެ ފިޔަވަޅުތައް ހުއްޓުނެވެ. އަދި އިސްއުފުލާލާ ބަލާލީ ހަށިގަނޑު ތަންކޮޅެއް ސީދާ ކޮށްލަމުންނެވެ. ހޭވިފައިވާ އިސްތަށިގަނޑުގެ ތެރެއިން މިއަލްއަށް ފެނުނީ ކަޅު ފުން ދެލޯ އެކަންޏެވެ. ތުންފަތްމަތީ ކަޅުތިލައެއް ހުރިއިރު މޫނުމަތިން ޝަފްވާނާއި ކުޑަކޮށް ވައްތަރުވިއެވެ.
ޝައްޔާން ބަލާލީ ފަރުވާކުޑަގޮތަކަށެވެ. އެއާއެކު އޭނާގެ ދެލޮލުން ކުޑަ ވިދުމެއް ފެނިލިހެން ހީވިއެވެ. ޚުދު ޝައްޔާނަށް ވެސް އެ ސޫރަ ފާހަގަވިއެވެ. އެއާއެކު ގާތްވެފައިވާ ދެބުމަ ލަސްލަހުން ދުރުވެގެން ދިޔައެވެ.
“ކިހިނެތްވީ..؟” ޝައްޔާން އަހާލައިފިއެވެ. އޭނާގެ އަޑު މަޑުކަމުން ބުނި އެއްޗެއް މިއަލްއަށް އަޑު އިވުނީ ކިރިޔާއެވެ.
“އާރ ޔޫ އޯކޭ..؟؟” މިއަލްއަށް އަހާލެވުނީ އިޚްތިޔާރުން ބޭރުގައެވެ. ޝައްޔާނާއި މެދު ހިތުގައި ކަންބޮޑުވުމެއް އުފެދިގެން އައީ އެނގުމެއް ނެތިއެވެ.
“އާނ..” ކުރު ޖަވާބެކެވެ. މިއަލް ޝައްޔާން ގާތު އޭނާއާއެކު އައުމަށް އެދުނެވެ. ސުވާލު އުފެދިފައި ހުރެ ނަމަވެސް ޝައްޔާން އޭނާ ބުނިގޮތަށް ކަންތައް ކުރިއެވެ. ފަހަތުން ދެޖީބަށް އަތް ކޮއްޕާލައިގެން އެއްލޭ ފާޑަކަށް ހިނގަމުން އައިއިރު ދެންމެދެންމޭން ވެއްޓިދާނެހެން ހީވެއެވެ.
މިއަލް އޭނާ ގޮވައިގެން ދިޔައީ އެންމެ ކައިރީ ހުރި ކެފޭއަށެވެ. ވަންނަމުން މިއަލް އޭނާގެ ސުޕަވައިޒަރަށް އެވާހަކަ އަންގާ ހާޝިޔާއަށް ވެސް އެންގިއެވެ. ދެފަރާތުން ވެސް އޭނާއަށް ހުއްދަ ލިބުމާއެކު މިއަލްއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ޑިއުޓީއާމެދު ވިސްނާވެސްނުލާ ޝައްޔާން ގޮވައިގެން އާދެވުނީތީއެވެ. އޭނާ ޝައްޔާނަށް ބަލާލިއެވެ. އަދި އޭނާ ބޭނުން އެއްޗެއް އޯޑަރު ކުރުމަށް އެދުނެވެ. ދެލޯ ހަނިކޮށްލައިގެން ހުރެ ނަމަވެސް ލިބުނު ފުރުސަތުގެ ބޭނުން ޝައްޔާން ހިފާލީ ރަނގަޅަށެވެ. ބޮޑު ކޭންގަނޑަކަށް އޭނާ އޯޑަރު ދިނެވެ.
“އަތަށް ކިހިނެތްވީ އަސްލު..؟” އޯޑަރު ކުރުމަށްފަހު މިއަލް އަހާލިއެވެ.
“ކީއްކުރަން މިލީން އެ ބަލަން ޖެހުނީ..؟ ކުރިންވެސް ނުކުރާ ސުވާލެއްނު ތީ..” އެ ހިސާބަށް ބުނެފައި ޝައްޔާން ކުއްލިއަކަށް ހުއްޓުން އެރިއެވެ. މިލީން ވަކިވެދިޔަމަތި އައިސް އޭނާގެ ސިކުނޑީގައި ކޮށްޓައިގަތީ ދެނެވެ. ބިރެއް ފެނުނު ފަދައިން އޭނާ ގޮނޑީގައި އިހުނަށްވުރެ ބޮޑަށް ލެނގިލައިފިއެވެ.
“ތީ ކާކު..؟؟؟” ޝައްޔާން ރުންކުރުގޮތަކަށް އެއްސެވެ. ކިރިޔާވެސް ދެންމެ ފެނިލި ގާތްކަން ނެތި ދިޔައެވެ. މިއަލް ކުޑަކޮށް ހީނލިއެވެ. އަދި އޭނާއަކީ މިލީންގެ އެއްމާބަނޑު ކޮއްކޮކަން ޝައްޔާނަށް ބުނެދިނެވެ. އޭނާ ދެލޯ ވަށްކޮށްލީ އެއީ ނުދަންނަ ވާހަކައެއް ކަމަށް ބުނަމުންނެވެ. އެއާއެކު އޭނާ އަކީ ޝަފްވާން ދަންނަ ފަރާތެއްކަން ވެސް މިއަލް ބުނެދިނެވެ. ޝައްޔާނަށް ކުޑަކޮށްވެސް ހަމަޖެހިލެވުނީ ދެނެވެ. އޭނާ އަނެއްކާ އިސްޖަހާލިއެވެ.
“ގްލާސް އާޓް..” ޝައްޔާން ބުނެލިއެވެ. މިއަލް އިނީ އަޑުއަހަންކަން އެނގިގެން ދެންވެސް ޝައްޔާން ބަލާލީ ހައިރާންކަމާއެކުގައެވެ. މިއަލް ހީނލާފައި ކުރިއަށް ގެންދިޔުމަށް އެދުނެވެ.
“އެއީ ހޮބީއެއް. އެހާ މޮޅު ނޫންވީމަ ބައެއްފަހަރު އަތަށް ވަދޭ..” ޝައްޔާން ބުނެލީ ފަރުވާކުޑަ ރާގަކަށެވެ. އެއީ ދޮގެއް ނޫނެވެ. އެހެނަސް އޭނާ ގިނަ ތަންތަން ކަނޑާލީ އަމިއްލައަށެވެ. އެކަން މިއަލް އާއި އޭނާ ހިއްސާކުރަން ޖެހޭކަމަށް ޝައްޔާނު ގަބޫލެއް ނުކުރެއެވެ. އެހެނަސް މިއަލްއަށް ޝައްޔާނު އެހަދަނީ މުޅިން ތެދުނޫންކަން ދެނެގަނެވުނެވެ. ޒަޚަމްތައް އޭނާއަށް ފެނިފައިވާތީއެވެ.
“އެންމެރަނގަޅު.. ކުރިންވެސް ބުނި ފަދައިން ބަލައިގެން އުޅެއްޗޭ.. ޝައްޔާން ކީންތަ ‘ހޯޕް ރިޓެން އޮން ގްލާސް’ (ޚިޔާލީ ނަމެއް) ކިޔާ ވާހަކައެއް..؟” މިއަލް ގަސްތުކުރީ ދުރުދުރުން ޝައްޔާނާއި ވާހަކަ ދެއްކުމަށެވެ. ޝައްޔާން ބޯ ހޫރާލައިފިއެވެ. އޭނާއަކީ ފޮތްކިޔާ މީހެއް ނޫންކަމަށް ބުނަމުންނެވެ.
“އޭގައި އުޅޭ ބަތަލާއަކީ ޅައިރު ވަރަށް އުނދަގޫ ކަންކަމާއި ކުރިމަތިލީ ކުއްޖެއް.. އުޅެބޮޑުވީ ހިތާމައިގެ ތެރޭ.. ކުރެވޭ ޝަކުވާތައް އަޑުއަހާނެ ފަރާތެއް ނެތި.. އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ މީހެއް ނެތި.. އޭނާ އާމްދަނީ ހޯދީ ބަރިސްޓާއެއްގެ މަގާމު ފުރަމުން.. އަމިއްލަ މައިންބަފައިންނާއި އެއްބަފާ ކުދިންނާއި ހުރި ‘އެކުވެރިން’ގެ ފަރާތުން ވެސް ލިބުނީ ހުސް ހިތްދަތިކަން. އެންޑް ފައިނަލީ ޝީ ޑިސައިޑެޑް.. ދެޓް ޝީ ކެނޮޓް ލިވް އެނަދަރ ޑޭ އިން އެގޮނީ އެނީމޯ.. ދެޓް ޝީ ވޯޒް ގޮއިންގް ޓު އެންޑް ހަރ ލައިފް.. އެހެން ހިތަށް އަރުވާ އެރޭ ލިބުނު ޕޭ ޗެކް އެނދުމަތީ ބާއްވާފައި އޭނާ ނޯޓެއް ލިޔުނު. ދެން އޭނާ ފިހާރައިން ސޯޑާ ފުޅިއެއް ގަނެގެން ދާނީ އެ އަވަށުގައި ހުންނަ ވަރަށް ރީތި ބްރިޖަކަށް.. ރާޅުޖަހާ މަންޒަރު ބަލަމުން އޭނާއަށް ރޮވުނު. ޝަކުވާ ކުރެވުނު.. އޭނާގެ ހިތުގައި އެއޮއްހާ ދުވަސް ވަންދެން ހައްޔަރުކޮށްގެން ގެންގުޅުނު އުދާސްތައް އޭނާ ބޭރުކުރި.. އޭނާގެ ކެކުޅުން ބަސްތަކެއްގެ ސިފައިގައި ދިޔައީ ހަމައެކަނި ފަޒާއަށް އަރައިގެންނެއް ނޫން. ތަންކޮޅެއް ދުރުގައި ބްރިޖް ގާތު ހުރި ފަރާތަކަށް ވެސް އަޑު އިވުނު.. ސޯޑާ ފުޅި ހުސްކޮށް ތަޅާލާފައި ބިއްލޫރިކޮޅަކުން އޭނާ އުޅުނީ އަމިއްލަ އަތުގައި އަޅަން.. އެމީހާ ގޮސް އޭނާ ހުއްޓުވީ.. އޭނާ އަޑު އަހާނެކަމަށް ބުނަމުން. އަދި އެކުރެވެނީ ވަރަށް މޮޔަ ކަމެއް ކަމާއި ހަޔާތުގައި އަޑިގަނޑުތަކާއި އުސްގަނޑުގަނޑު އަންނާނެ ވާހަކަ ބުނި.. އަދި ދެރަވާ ކަންކަމަކީ ހަޔާތުގެ ބައެއް ކަމާއި އެއީ ނައިސް ނުދާނެ ކަމެއްކަން ކިޔައިދިން. އެކަމުން އަރައިގަންނަން އެމީހާ އޭނާއަށް އެހީތެރިވާނެކަމަށް ބުނި..”
“އެ އަންހެންކުއްޖާގެ އަތުގައި ބިއްލޫރި އެޅިފައިވާ ތަނުން އެ ބިއްލޫރި ބްރިޖަށް ލޭތިކިތައް ޖަހަން ފެށި.. ލެއިން ކަޅިވެފައިވީ އެ އަންހެންކުއްޖާގެ އަތުގައި ހިފަމުން އޭނާ އެކުއްޖާއަށް ހިތްވަރު ލައިދިން.. ހީ ވޮޒް ޖަސްޓް އޭން އޯޑިނެރީ މޭން ވިތް އަ ބިގް ހާޓް.. ދެން ދަ ސްޓޯރީ އިޒް އަބައުޓް ފައިޓިންގ ޔޯ ޑީމަންސް، އެކްސެޕްޓެންސް އެންޑް ހީލިންގް.. ވިތް އަ ބިޓް އޮފް ރޮމޭންސް..” މިއަލް ކުޑަކޮށް ހީނލީ ފަހު ޖުމްލަ ކިޔާލަމުންނެވެ.
މިއަލް ކިޔާދިންއިރު ޝައްޔާން އިނީ ކަނުލާ އަޑުއަހާށެވެ. އެވަރުން ވެސް އޭނާގެ ހާލަތު މިއަލްއަށް އެނގިއްޖެކަން ޝައްޔާނަށް އެނގުނެވެ. އޭނާ އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ.
“ހީވޭ މި ވާހަކަތައް ދޮންބެގެ ފަރާތުން އިވިފައި ހުންނާނެކަމަށް.. ނެތިއްޔާ އަޑުއަހާ..” ޝައްޔާން ކުއްލިއަކަށް ފެށިއެވެ. އޭނާއަށް މިއަލްއަކީ އިތުބާރު ކުރެވިދާނެ ފަރާތެއްގެ ގޮތުގައި ނިންމުނީ ކިހިނެތްކަމެއް ވެސް ނޭނގުނެވެ. މިއަލް ކިޔައިދިން ވާހަކައިން ބުނެދޭން އުޅުނީ ކީކޭކަން ޝައްޔާނަށް ފަހުމުވިއެވެ. އެ އަންހެންކުއްޖާގެ މަގާމުގައި ހުރީ އޭނާކަމާއި އެ ފިރިހެންމީހާ ފަދައިން އަޑުއަހާނެ ކަންފަތެއް ދޭން މިއަލް ހުރީ ތައްޔާރަށް ކަމެވެ. މިއަލް ސަމާލުވެލިއެވެ.
“މަންމަ އާއި ބައްޕަ ޑިވޯސްވި ފަހުން ދޮންބެ ދިޔައީ ބައްޕައާއެކު އަދި އަހަރެން ހުރީ މަންމަ ގާތު. އައި ވޯޒް ސޯ ޔަންގް.. ގެއަކަށް ޓަކައި މަންމަމެން ތަޅާފޮޅީ.. ލޯންގް ސްޓޯރީ ޝޯޓް، މަންމަ ބައްޕައަށް ސިހުރު ހެދީ ބައްޕަ މަންމައަށް އެ ގެ ދޭނެގޮތެއް ވޭތޯ.. ޝީ ހޭޑް ނޯ އައިޑިއާ ވަޓް ޝީ ވޯޒް ޑުއިންގ.. ޝީ ވޯޒް ބްލައިންޑެޑް ބައި ގްރީޑް..”
“އެކަމަކު އެކަން ގޯސްވެގެން މަންމައަށް އެކަން ޖެހުނީ.. އެގޭގައި އުޅުނީ އަހަންނާ މަންމަ އެކަނި.. ދެން ވިސްނާލާ އަހަރެން އުޅުނު ހާލު.. ރޭގަނޑު ގަޑީ މަންމަ ވޭނުގައި ހަޅޭއްލަވާއަޑު އިވޭ.. ގޭތެރެ އޮންނާނީ އެހާ ނުތާހިރުކޮށް. ގޭގެ އެތަން މިތަނުން އެއްޗެހި ފެނޭ.. ހިޔަނި، ކަޅު އަނދިރިގަނޑެއްގެ ތެރެއިން މީހުން، ކުޑަކުދިން.. އެމީހުން އަހަންނަށް އުނދަގުލެއް ނުކުރޭ އެކަމަކު ކިހާ ބިރެއް ގަންނާނެ.. މީހުން ރޯ އަޑާއި މީހުންނަށް އަނިޔާ ކުރާ އަޑާއި ބިރުވެރި އެކިއަޑުއަޑު އަހަންނަށް އިވޭ.. ހޭނިފައި ހުރީ ފަހަކަށް އައިސް.. މަންމަ ގޭގެ އެއްވެސް ކަމެއް ނުކުރާނެ. އަމިއްލައަކަށް އުޅެން ދަސްކުރަން ޖެހުނީ ވެސް..”
“ދެން އަނެއްކާ ކާފަ މަރުވީމަ ބޮޑުބެ އާއި މަންމަ ކާފަގެ ގެ ލިބޭތޯ އަނެއްކާ އެވަރަށް ހަނގުރާމަކުރި.. އެ ދުވަސްކޮޅު މަންމަ އުޅުނީ ވެސް ސިކުނޑި ހަމަނުޖެހޭ މީހަކު އުޅޭނެ ފަދައިން.. ބައެއްފަހަރު ނޯމަލް ވާނެ އަނެއް ބައިފަހަރު އެއީ ކާކުކަން ނޭނގޭ ހިސާބަށް މިޒާޖު ބަދަލުވޭ.. އަވައްޓެރިންނަށް އެކަންޏެއް ނޫން އެކަން ފާހަގަވީ. މުޅި ރަށަށް ވެސް. ދެން ހުންނާނީ ވަރަށް އެކަހެރިކޮށްފަ އަހަރެމެން. މަންމަ އަބަދު ވެސް ހުންނާނެ ކޮންމެވެސް ވަރަކަށް ފައިސާ ލާފަ ވޮލެޓަކަށް. އޭގެން ޚަރަދުކުރަން އަންގާފައި އޮންނަނީ. އެއިން ފައިސާ ދުވަހަކު ވެސް މަދެއް ނުވޭ. ކިހިނެތްކަމެއް ކީއްވެ ކަމެއް ނޭނގެ. ހޯދަން ބޭނުމެއް ވެސް ނޫން..”
“އެއް ދުވަހު ސްކޫލް ނިންމާފައި އައިސް ކައްކާފައި ފިލާވަޅު ހަދަން ދިޔައިރު ވެސް މަންމަ ކާކަށް ނުނިކުމޭ.. އަބަދުވެސް އެގަޑީ މަންމަ އަންނާނެ ކާން. ބަލިވީކަމަށް ހީކޮށް ޓަކި ޖެހީމަވެސް މަންމަ ނުބުނެ އެއްޗެއް. ދެން ހަވީރު އަތިރިމައްޗަށް ގޮސްފައި އައިއިރު ވެސް ކައިފައެއް ނެތް. އެންމެފަހުން ޑަބަލް ތަޅުދަނޑިން ދޮރު ހުޅުވިއިރު ފެނުނީ މަންމަ ދަންޖެހިފަ އޮތްތަން.. މަންމަ ކައިރީ ފާޑެއްގެ އެއްޗެއް ހުރި. ގައިމުވެސް އިންސާނެއް ނޫން.. ދެޓްސް އޯލް އައި ރިމެމްބަރ.. ދެން ހޭލެވުނުއިރު އޮތީ ހޮސްޕިޓަލެއްގައި. އެކަކުވެސް އަހަރެން ދައްކާ ވާހަކައެއް ގަބޫލެއް ނުކުރި.. މޮޔަ ނާޝިދާގެ މޮޔަ ޝައްޔާން ވިއްޔަ އަހަރެން މީ..”
“މަންމަގެ ކަށުކަމާކެމީގެ ކަންތަކަށްފަހު ބޮޑުބެ އަހަރެން ފޮނުވާލީ ބައްޕަ ގާތަށް އެ ރަށަށް. ދިޔަފަހުން އެނގުނީ ބައްޕަ ވެސް ވީ ނިޔާވެފައިކަން.. ދެން ސިފް ދައްތަ އާއި ދޮންބެއާއެކު އުޅުނީ. ދޮންބެ ދެކެ ރުޅި އާދެވޭ އަދިވެސް ވަރަށް ބޮޑަށް. ބައްޕަ ދެކެވެސް.. އެދެމީހުން ދިޔައިރު އަހަރެން ވެސް ގެންދިޔަނަމަ އެ ހުރިހާ ބިރުވެރިކަމެއް ދިމައެއް ނުވީހެއްނު.. ދޮންބެ ވެސް މިހާރު މާ ރަނގަޅުވާންވެގެން އުޅުނަސް އެ އެހީތެރިކަން ބޭނުންވި ދުވަހު ދޮންބެއެއް ނެތް.. ކުރިން ވެސް މިހާރުވެސް އަހަންނާއި ދޮންބެގެ މެދުގައި އޮތް ގުޅުން ރަނގަޅެއް ނޫން.. ރަނގަޅު ކުރަން ބޭނުމެއް ވެސް ނޫން.. އައި ހޭޓް ހިމް.. އައި ހޭޓް ހިމް ސޯ މަޗް…” ވާހަކަ ނިންމާލިއިރު ޝައްޔާނުގެ އަޑުގައި ރުޅިވެރިކަން އެކުލެވުނެވެ. އެއާއެކު އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ.
އެހެނަސް މިއަލްއަށް ފާހަގަވީ ޝަކުވާއެވެ. އޭނާގެ ވާހަކަތައް އަޑުއަހަން މީހަކު ބޭނުންވެފައި އޭނާ ހުރި ވަރެވެ. އަބަދުވެސް އޭނާއަށް މަދަދުވެރިވާނެ ފަރާތަކަށް އޭނާ އެދޭ މިންވަރެވެ. މިއަލް ހިނިތުންވެލިއެވެ. އަދި މިއަދާއި ހަމައަށް ވެސް ޝައްޔާން އެ ކުރަމުން ދިޔަ ހިތްވަރަށް ތައުރީފު ކުރިއެވެ. ޝައްޔާން އާގަމަވެފައި އިނީއެވެ. ބުނާނެ އެއްޗެއް ނޭނގިފައި ކަހަލަ ގޮތަކަށެވެ. ޝައްޔާން އޭނާއަށް އެވާހަކަތައް ކިޔައިދިނީތީ މިއަލް ޝުކުރު އަދާކުރިއެވެ. އަދި މިވަގުތު ޝައްޔާނަށް އިހުސާސްވަނީ ކޮން އިހުސާސެއްތޯ އެއްސެވެ.
ޝައްޔާން ވިސްނާލިއެވެ. “ނޭނގެ ކިޔާދޭކަށް. ފާޑެއްގެ ރިލީފްއެއް ހެން ހީވަނީ.” ޝައްޔާނަށް ވެސް އޭނާގެ ސިކުނޑިއަށް ލުއިވެފައިވާކަން އިހުސާސްކުރެވުނެވެ. އެހެނަސް އޭނާގެ އިހުސާސްތައް މަސްހުނިވެފައިވާތީ އެވަގުތު އޭނާއަށް ކުރެވެމުންދިޔަ އިހުސާސްތައް ސީދަލަށް ބުނެދޭން އޭނާއަށް ދަތިވިއެވެ.
“ތި ވާހަކަތައް ދޮންބެއަށް ނުކިޔައިދިނީ ކީއްވެ.؟” މިއަލް އަހާލިއެވެ.
“ދޮންބެއަށް މިހާރު އެނގިގެން ކޮން ފައިދާއެއް ކުރާނީ.. އަނބުރާ އެ ދުވަސްތައް ބަދަލެއް ނުކުރެވޭނެ ދޯ..؟ އަދި ދޮންބެގެ މިޒާޖު ހުންނަ ގޮތް އިނގެއެއްނު.. އެހެންވެ އަނެއް ކޮޅުން ރިގްރެޓް ކުރާނެ ކަމެއް ދޯ އެ ދެވެނީ..” ދެކޮނޑު އަރުވާލަމުން ޝައްޔާން އެހެން ބުނެލުމުން މިއަލް ހީނލިއެވެ. ހިތްދަތި މާޒީއެއް ތަހަންމަލުކޮށް އަޅާނުލާ މީހެއް ކަމުގެ ތޮށިގަނޑެއްގެ ނިވަލުގައި ފިލާއޮތް ޝައްޔާނަކީ ހަގީގަތުގައި އެހެން މީހުންނަށް އަޅާލާ ހިތްހެޔޮ ކުއްޖެކެވެ.
“ބަލާލަންވީނު ދޮންބެ އާއި ތި ވާހަކަތައް ހިއްސާކޮށްލެވޭތޯ.. ފައިސާފޮއްޗެއްގައި ވެސް ދެ ފުށް އޮންނަހެން މި ވާހަކައިގައި ޝައްޔާންގެ ސައިޑެއް އޮންނައިރު ޝަފްވާންގެ ސައިޑެއް ވެސް އޮންނާނެ.. ދެމީހުން ވާހަކަ ދައްކައިގެން ދެމެދުގައި އޮތް ގުޅުން ރަނގަޅު ކުރުންހެން ހީވަނީ މިކަމުގެ ހައްލަކީ.. ސިބްލިންގްސްގެ މެދުގައި އޮންނަ ގުޅުމަކީ ވެސް ވަރަށް ޚާއްސަ ގުޅުމެއް.. އާއިލާ ފަރާތްތަކާއި އޮންނަ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަން ޝައްޔާނަށް އިނގޭތަ..؟” މިއަލް އެހީ އަސަރާއެކުގައެވެ. މިލީން މަތިން ހަނދާންވީއެވެ.
“އިފް އައި ކުޑް ސީ މައި ސިސްޓަރ، އީވެން ވަންސް.. އައި ވިލް ޓޭކް ދެޓް ޗާންސް ވިތް ޒީރޯ ހެޒިޓޭޝަން…” މިއަލްގެ އަޑު ކުރެހިގެންދިޔައެވެ.
ޝައްޔާން އޭނާގެ މޫނަށް ބަލާލިއިރު މޫނުމައްޗަށް ތަފާތު ކުލަތައް އަރާ ފައިބަމުންދިޔައެވެ. އެދެލޯ ފުސްވެފައިވީހެން މިއަލްއަށް ހީވި ނަމަވެސް އޭނާގެ ދެލޮލަށް ވެސް ކަރުނަ ގިނަވެފައިވާތީ ޔަގީންކަމާ އެކު ބުނެދޭކަށް ނޭނގުނެވެ. ޖަޒުބާތުގެ ތެރޭ ދެމީހުން ފީނަމުން ދަނިކޮށް ވެއިޓަރު އައިސް ކާއެއްޗެހި ގެނެސްދިނެވެ.
ކައިގެން ދެމީހުން ނިކުތީ ތަފާތު ވާހަކަތަކެއް ދައްކާފައެވެ. އެކުވެރިކަން ފެށިގެން ދިޔައީ ހީވެސް ނުކޮށް ހުއްޓައެވެ. ޝައްޔާނު ވެސް ބައިވެރިވެ ވާހަކަދެއްކިކަން ވެގެން ދިޔައީ މިއަލްއަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމަކަށެވެ. ބިލަށް ފައިސާ ދައްކާފައި މިއަލް ހުއްޓުނީ ޝައްޔާނު ގޮވާލުމުންނެވެ.
“ތެންކިއު އަހަރެންގެ ވާހަކަ އަޑުއެހީތީ..” ނުކެރިފައި ކަހަލަގޮތަކަށްހުރެ ޝައްޔާނު ޝުކުރު އަދާކޮށްލި ގޮތުން މިއަލް ގާތަށް ހިނިއައެވެ. އަދި ޝައްޔާން އިތުރު ވާހަކައެއް ހިއްސާކޮށްލަން ބޭނުންނަމަ ނޫނީ އިތުރުކަމެއް ބޭނުންވެއްޖެނަމަ އޭނާއަށް މެސެޖެއް ކޮށްލުމަށް އެދި ފޯނު ނަންބަރު ދިނެވެ. ޝަފްވާންގެ ކޮއްކޮކަމަށްވާތީ އެކަންޏެއް ނޫނެވެ. ޝައްޔާނަށް ޓަކައެވެ.
“މިހުރީއެއްނު..” އަންހެނަކު އައިސް ޝައްޔާނުގެ ކަންފަތުގައި ހިއްޕެވެ. ތަދުވެގެން ޝައްޔާން ތެޅިގަތެވެ. މިއަލް ހާސްކަމާއެކު އެ އަންހެން މީހާ ދުރުކޮށްލިއެވެ.
“މިއީ ސިފްރާ ދައްތައޭ..” ގާތުގައި ބުރުގާ އަޅައިގެން ހުރި ދައްތަ ދައްކާލާފައި ޝައްޔާން ތައާރަފް ކޮށްދިނެވެ. އަދި އޭނާ ރަށަށް އައީ މިއަދުކަމަށް ބުނެލިއެވެ. އެއީ ޝަފްވާން ވެސް ކިޔާދިން ދައްތަކަން އެނގުމާއެކު މިއަލްއަށް އަވަހަށް މައާފަށް އެދެވުނެވެ. މިއަލްއަށް ބަލާލަމުން ސިފްރާ ހީނލައިފިއެވެ.
“މި ހުރިހާ ވާހަކައެއް ދެއްކުނުއިރު އަދި ނަން ވެސް އަހައެއް ނުލެވޭ..” ޝައްޔާނަށް އެކަން ފާހަގަވީ ސިފްރާއަށް މިއަލް ތައާރަފްކޮށްދޭން އުޅުމުގެ ތެރޭގައެވެ.
“ހައްވާ މިއަލް..” ހިނިއައިސްފައި މިއަލް ބުނެލިއެވެ.
“ތިއީތަ މިއަލް އަކީ..؟” ސިފްރާ ދެލޯބޮޑުކޮށްލާފައި މިއަލްގެ އަތުގައި ހިއްޕެވެ.
“ފަހަކަށް އައިސް ގުޅާއިރު ޝަފްވާން ވަރަށް ދައްކާނެ މިއަލްއެއްގެ ވާހަކަ.. ހާދަ ބޮޑު އިއްތިފާގެކޭ ދޯ.. ޝައްޔާނާއި ދޮންބެ މިހާރު ފްރެންޑްވީތަ ދޮންބެގެ ގާލްފްރެންޑާއެކު ތި ހުރީ..؟” ސިފްރާ އެހެން ބުނެލުމުން މިއަލް ލަދުގަތެވެ. އަދި އޭނާ އާއި ޝަފްވާން އުޅެނީ ރައްޓެހިވެގެން ނޫންކަމަށް ބުނުމުން ސިފްރާ ޗޮކެއް ކަނޑާލާފައި ބުނީ މާބޮޑު ތަފާތެއް ނެތްކަމަށެވެ. ޝައްޔާން ގާތަށް ހިނިއައި މަންޒަރު ފެނި ސިފްރާ ބަސްހުއްޓުނެވެ. އަދި ގަބޫލުނުކުރެވިފައި ހުރިގޮތަކަށް ޝައްޔާނަށް ބަލަން ހުރުމަށްފަހު އޭނާ ގެނެސް މޭގައި ޖައްސާލިއެވެ. ފާޑަކަށް ރަކިވެފައި ޝައްޔާން ދުރަށް ޖެހިލަން އުޅުނެވެ. ނަމަވެސް ސިފްރާ ޝައްޔާނުގެ ގައިގައި ބައްދާލީ ނުހަނު ބާރަށެވެ. ޝައްޔާނުގެ މޫނުމަތިން އުފާވެރިކަން ދެކެން ބޭނުންވެފައި އޭނާ ހުންނަތާ ކޮން ދުވަހެއް ހެއްޔެވެ.؟
“ލުކް އެޓް ޔޫ ސްމައިލިންގ ސޯ ބިގް..” ޝައްޔާނުގެ އިސްތަށިގަނޑު ހާވާލަމުން ސިފްރާ ބުނެލިއެވެ. އަދި މިއަލްއަށް ހަނާ އަޅާލާފައި ޝައްޔާން ގޮވައިގެން އޭނާ ހިނގައިގަތީ އަދި ދިމާވެލަންވާނެކަމަށް ބުނަމުންނެވެ. މިހާރުވެސް ސިފްރާއަށް މިއަލް ކަމުގޮސްފިއެވެ.
************
މެންދުރު ކެއުމަށްފަހު ޔައުލާން އަރާމުކޮށްލަން އޮތީ ކޮޓަރީގައެވެ. ރީއަލް ފިހާރަތައް ބަލާލާށޭ ކިޔާފައި އެވަގުތުވީ ބޭރުގައެވެ. ބަނޑުފުރިފައިހުރެވެސްމެއެވެ. އަލީސާ ނުހަނު ގިނައިން ކައްކާ ރީއަލްއަށް ކާންދިނުމުން އޭނާ އިނީ ހިރިވެސް ނުލެވިފައެވެ. ޔައުލާން އެކުގައި ދާން ބުނުމުން ރީއަލް އެކަން މަނާކުރީއެވެ. ގޭތެރެއަށް ވެރިވެފައިވީ ފަޅުކަމަށް ކުޑަވެސް ހެޔޮބަދަލެއް އައިސް އަލީސާގެ މޫޑު ރަނގަޅުވެފައި ހުރުމުން ޔައުލާން ވެސް އޮތީ ހިތްހަމަޖެހިފައެވެ.
ކުއްލިއަކަށް ގޭގެ ބެލް އަޅަންފެށިއެވެ. އޮތްތަނުން ހިއްލާލަން ޔައުލާން ކަންނެތްވިއެވެ. އޭނާ އޮތީ އެހާވެސް އަރާމުގައެވެ. މިވަގުތު ގެއަށް އަންނާނީވެސް ވަކި ކާކުހެއްޔެވެ. އޭނާ ރީއަލް ފޮނުވީ ތަޅުދަނޑި ދީފައެވެ. އަނެއްކާ މިމްރާހު ހެއްޔެވެ.؟
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
29 Comments!
Comments are closed.





Masha allah v reethi
Shayyan Shafwaan haadha sad life ekey 😔
Avahah 38 update kollaidhechhey yooon
Ly ❤️
Thankyouu sm Lamha💕 Lym dear and yess!
Nice keep it up writer
Thankyou sm dear!💕
Kaakubaa geyah aee
Lysm yoon💛 tc
Lets see dhw! Thankyou sm Yash, Lym dear💕 You too tgc!
I LOVE THIS STORY SO MUCH XX 😍😍 THANKYOU YOON MIJAA REETHI VHK EY GENESDHEYTHEE
aww im so happy to hear that!
Thankyou sm Alishko🥹💕
Mi part ves varah furihama
siu bunaany mishal ey ge ah aii
Btw ur instagram is so pretty
waiting for the next part
Thankyouu sm siu💕 lets see dhw whether ur guess is correct!
I’m so glad you like it!
yoon ge hiyaalee vaahaka thah ves varah reethi alhugandah. hope written on glass vaahaka ves genesdheynveenun? 😅
37 ves v reethi igey
Hahah I’ve never thought about that😭💕 so happy to hear you like it tho!
Thankyou sm woojin!💕
alhey can’t even imagine shayyan life 😢
but like yea as mial said there are 2 sides to a story
I love the story btw🎀
lysm gurlyy
keep it up
Yeah frr! Thankyou sm Hamnerrr!💕🥹Lym dear
Plz maadhan 38 vana bai nugenesdheveynethr yoon?
Eii thedhehh mi part vrh kuru ves kurennu ahahha
Maadhan 39 kiyaalan beynun vaa kudhin aih mahchah 🙋🏻
38 dhw 😭🫶🏻
Olhigen 39 ey bunevuny
Yr
Plz plz plz 🥺🙏
Omg!! 😭💕 I’m delighted to see so many of you guys eager to read the next part
Thankyou sm everyone! And sorry I didn’t see these earlier! Dw insha allah 30th ga part 37th genesdheynan💕
Yoon who is you’re favourite music artist…?ehaa music aa mi stry connect vaathy ahaali..varah nice mi baa ❤️ Love u pretty girl
I dont think i have a specific favourite😭 It’s a whole mix of different artists in my playlists. But I’ve been listening to a lot of CAS and Artic Monkeys lately!
Thankyou sm Juman lym 💕
Mileen dheybala yaualaan aa innan 🙄…alhugandu beynun miyal aa shafwaan together yooonuuuu
Dhwww 😭 Haha lets see lets see
Thankyou sm dear!💕
Mi part ves varah reethi. Geyga bell jehee kaaku baa? Curiously waiting for next part???
Thankyouu sm Miss jennie💕🥹 Lets see dhww!
When next part? I love this story sm❤️