Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތި ސޫރަ ނޫން 39

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
February 1, 2026 10 Mins Read
36 Comments

* ޓަކި ޖަހާލިއަޑަށް ކަށްޓެއް ޖެހިހެން މިޝަލް ތެދުވެ ދޮރު ހުޅުވާލަދިނެވެ. ބޭރުގައި ހުރި މިއަލް ވެސް އަތްދަބަހާއި ކުޅެން ހުރިގޮތުން އޭނާވެސް މިޝަލްއެކޭ އެއްފަދައިން ހުރީ ނުހަނު ނުތަނަވަސްވެފައިކަން މިޝަލް ނަގައިގަތެވެ. އިށީންނަންވީ ތަން ދައްކާފައި މިޝަލް އައީ ދެތަށި ކޮފީ ހިފައިގެންނެވެ. އާވި އަރައަރާހުރި ތަށިން މިއަލް ކޯވަރެއް ބޯލީ ހިތުގެ ތެޅުމަށް ލުޔެއް ލިބޭތޯއެވެ.*

“އިނގޭ ކުރަން ބޭނުންވެފައި ބައިވަރު ސުވާލު ހުންނާނެކަން.. މިއަލް ތައްޔާރުތަ..؟ އައި ވިލް ރިފަރ ޓު މައިސެލްފް އޭޒް ދޮންތި އިފް ޔޫ ޑޯންޓް މައިންޑް.. އާފްޓަރ އޯލް، އައި އޭމް އޯލްޑަރ.. ވީ ކެން ސްޕެންޑް ޓައިމް ޓުގެދަރ އާފްޓަރވާރޑްސް.. އެންމެ ރަނގަޅުތަ..؟” މިޝަލް އަހާލީ ދުރު ބަލަން އިނދެއެވެ. މިހާ ހިތްހެޔޮކޮށް ކުލުނުވެރިކޮށް ވާހަކަދައްކަން ހަގީގަތުގައި އޭނާއަށް އުނދަގުލެވެ. އެހެނަސް މިއަލްއަށް ވުމުން މިޝަލް މަސައްކަތް ކުރިއެވެ.

ސީދާ މިޝަލްގެ މޫނަށް ބަލަން އިން މިއަލް ބޯ ޖަހާލީ އާނބަސް ދިނުމަށެވެ. އޭނާއަށް ހަމަ ބެލެނީއެވެ. އޭނާގެ ސޫރަ އެހާ ގާތުން ފެނުނަސް އެއީ އޭނާ ނޫންކަން އެނގޭތީއެވެ. އެކަމާ ގުޅޭގޮތުން ތަފާތު ފާޑެއްގެ އިހުސާސެއް ކުރެވުނަސް މިއަލް އުފާވިއެވެ.

“ދޮންތި..” މިއަލްއަށް ހިތާހިތުން ކިޔާލެވުނެވެ. މި ދޮންތި ބޭނުންވެގެން އޭނާ އުޅޭތާ ކޮން ދުވަހެއް ހެއްޔެވެ.؟ ފެނުނު އެންމެ ފެނިލުމަކުން ދޮންތިއަށް ޓަކައި އޭނާ ހިމޭންކަމާއެކު އޮއްސިހާ ކަރުނައަކާއި ހިތުގައި އެޅިހާ ވޭނެއްގެ މަތިން ހަނދާން ނެތިއްޖެއެވެ. ދޮންތި އަދި މަރުނުވާކަން އެނގުމުން އެހިތަށް ލިބިފައިވަނީ ބަޔާންކުރަަން ދަތި ހަމަޖެހުމެކެވެ. ޝައުގުވެރިކަން އުފެދި އޭނާ މިޝަލް ކިޔާދޭން އުޅޭ ވާހަކަތައް އަޑުއެހުމަށް ތައްޔާރުވިއެވެ.

“މިއަލް ބައްޕަ އާއި ދޮންބެއާއެކު އުޅުނު ފަދައިން ދޮންތި އުޅުނީ މަންމަ އާއި ދޮންތިގެ ބައްޕައާއެކު.. ޒައިހާން.. ހީ އިޒް ނޯ މޯ..” އެ ހިސާބަށް ބުނެވުނުތަނާ މިޝަލްގެ ހިތް ރޯލިއެވެ. އަވަސްއަވަހަށް އެސްފިޔަ ޖަހާލެވުނީ ލޮލަށް ގިނަވާންފެށި ކަަރުނަތައް ބަންޑުން ޖަހާލަފާނެތީއެވެ.

“އަދި ދެ ރަށެއްގައި ދޯ އުޅުނީވެސް.. ޔުއެލްގެ ފަރާތުން އެނގިފަ ކަންނޭނގެ މިއަލްއަށް އޮންނާނީ.. ޔުއެލް ތި ރަށަށް ދިޔަތާ މާގިނަ ދުވަހެއް ނުވަނީސް ދޮންތި ވެސް ދިޔައީމޭ ތި ރަށަށް.. ޔުއެލް އުޅުނު އަހަރެމެން މީޓްކުރުވަން ވެސް.. އެކަމަކު އަހަރެމެން ހަމަ ބައްދަލު ނުވީދޯ.. އިޓް ވުޑްވް ބީން ރިއަލީ ނައިސް ޓު ހޭވް ނޯން ޔޫ ބިފޯރ.. ދޮންތިއަކަށް ނޭނގޭ އެކަން ސިއްރަކަށް ވެފައި އޮންނަން ޖެހުނީ ކީއްވެކަމެއް. އަހަރެމެން މީ ސިބްލިންގްސް ވިއްޔާ.. އެއީ ޑިވޯސް އާއި ގުޅުން ހުރި ކަމެއް ކަމަށް ލަފާކުރެވެނީ.. އެވާހަކަ ބާއްވަމާ ދޯ އިހަކަށް..”

އެހިސާބަށް ބުނެފައި މިޝަލް މިއަލްގެ ދެއަތުގައި ހިފާ އޭނާ އާއި ކުރިމަތިލިއެވެ. އަދި އޭނާގެ ދެލޮލަށް ބަލާލިއެވެ. މިއަލް ބޯ ޖަހާލީ ކުރިއަށް ގެންދިޔުމަށް އިޝާރާތް ކޮށްލަމުންނެވެ. އޭނާ ހުރީ އަޑުއަހަންކަން މިޝަލްއަށް ފަހުމު ކޮށްދެމުންނެވެ.

“ލަވް އިޒް ސްޓްރޭންޖް.. ދޮންތި ވަރަށް ލޯބިވާ ކުއްޖެއް އެބަހުރި.. މި ދިރިއުޅުން ޚިޔާރުކުރީ ވެސް އޭނާއަށް ޓަކައި.. އައި ޓުކް އޭން އަންއިމޭޖިނަބްލް ރިސްކް ފޯ ދެޓް ވަން ރިވޯޑް.. އައި ޓުކް މެޝަރސް ނޯ ނޯރމަލް ޕާރސަން ވުޑް ހޭވް ޓޭކެން.. އެކަމް ދޮންތިއަށް ރަނގަޅަށް ވިސްނާނުލާ ކުރެވުނު ހުރިހާ ކަމެއް ކުރެވުނީ..” މިޝަލް އަލިފާނުގެ ހާދިސާ ހިނގާދިޔަގޮތް އަލިފުން ޔާއަށް މިއަލްއަށް ކިޔައިދިނެވެ. އަދި މިހާރު އޭނާއަށް ކިޔަނީ މިޝަލްކަމާއި އޭނާ އެންމެންނަށް ފިލައިގެން ދިރިއުޅެމުންދާ ގޮތުގެ ވާހަކަ ވެސް ބުނެދިނެވެ. އެ ހުރިހާ ވާހަކައެއް އަޑުއަހަން މިއަލް އިނީ އާޝޯހު ވެފައެވެ. ލޯތްބަށް ޓަކައި މީހަކު މިހާ ދުރަށް ގޮސްދާނެކަމަށް މިއަލް ހިޔެއް ނުކުރެއެވެ. މިފަދަ ކަމެއް އޭނާ ލޯބީގެ ވާހަކަ ފޮތަކުން ވެސް ކިއިފައެއް ނެތެވެ.

“މިއަލްއަށް އިނގޭތަ އެއީ ކާކުކަން..؟؟” މިޝަލް އަހާލިއެވެ. މިއަލް ބޯ ހޫރާލިތަން ފެނި މިޝަލް ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އަދި ހިފައިގެން ހުރި މިއަލްގެ އަތަށް ބާރުކޮށްލެވުނެވެ.

“އެއީ ޝަފްވާން…”

މިޝަލްގެ ދުލުން އެ ނަން ބޭރުވުމާއެކު މިއަލްއަށް މިޝަލްގެ އަތުތެރެއިން އޭނާގެ އަތް ދަމައިގަނެވުނީ ބޭއިޚްތިޔާރުގައެވެ. ހީވީ އޭނާ އަތަށް ނަގުލަންދާށްޓެއް ކަށިޖެހިހެންނެވެ. ބިރެއް ފެނުނު ފަދައިން މިޝަލް އާއި ދުރަށް ޖެހިލެވުނުއިރު މިއަލްގެ ދެލޯ ވަނީ ބޮޑުވެފައެވެ. ގަބޫލުކުރަން ދަތިވެފައި އިނަސް ސިކުނޑީގައި އެ ވާހަކަތައް ގުޅިގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އޭނާއަށް މިކަން އެނގެއެވެ. މިޝަލްގެ އަޑު އޭނާގެ ކަންފަތްބުޑުގައި ރިޕީޓެއް ފަދައިން ޝަފްވާންގެ ނަން ކިޔަމުން ދިޔަހެން ހީވާތީ ދެލޯ މަރާލާފައި މިއަލް ބޯހޫރާލައިފިއެވެ.

“މިއަލް..؟ އޭތް..” މިއަލް އިންގޮތުން ހާސްވެގެން މިޝަލް އޭނާގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ. މިއަލްއަށް ހަމަބިމަށް ފޭބުނީ ދެނެވެ. އޭނާ މިޝަލްގެ އަތް ދުރުކޮށްލަން އަތް ހިއްލާލާފައި ވެސް އެފަދަ ހިތްވަރެއް ނުލިބުނެވެ.

“މިއަލްއަށް ހީވެދާނެ ދޮންތިއަށް ނޭނގެނީއޭ.. ބަޓް އައި ނޯ.. ޝަފްވާން އާއި މިއަލްގެ ދެމެދުގައިވީ ގުޅުމަކީ ކޮބާކަން އިނގޭ..” މިޝަލް އެހިސާބަށް ބުނުމާއެކު މިއަލް އޭނާ ހުއްޓުވިއެވެ.

“ތި ހީކުރާ ކަހަލަ ގުޅުމެއް ނެތް އަހަންނާ ޝަފްވާނާއި ދެމެދުގައެއް..” އިސްޖަހާލަމުން މިއަލް ހާމަ ކުރީ ހަގީގަތެވެ. އޭނާ އާއި ޝަފްވާންގެ މެދުގައި އޮތީ އެކުވެރިކަމުގެ ގުޅުމަށްވުރެ ގާތް ގުޅުމެއްކަމަށް އިހުސާސް ކުރެވުނަސް އެގުޅުމަށް އިތުރު ނަމެއް ދެވިފައި ނުވާތީއެވެ. އެއާއެކު މީހަކު އޭނާގެ ހިތުގައި ވިކާލިހެން ހީވިއެވެ.

އެ ހަބަރާއެކު މިޝަލްގެ މޫޑު ބަދަލުވިއެވެ. އޭނާ ވިސްނަން އިނދެފައި މިއަލް އާއި ކުރިމަތިލިއެވެ.

“މިއަލް އައި ލަވް ޔޫ އަ ލޮޓް.. ކޮއްކޮއެއް ހުންނަކަން އެނގުނު ދުވަހުންސުރެ ފެށިގެން އަބަދުވެސް ޚިޔާލުކުރެވެނީ ކޮއްކޮއާއި ބެހޭގޮތުން.. ކުޑައިރުވެސް ކޮއްކޮ ހުރިނަމަ މުޅި ހަޔާތް ތަފާތުވާނެވަރާމެދު ވިސްނޭ.. މިއަލްއަކީ މިއަދު ދޮންތިއަށް ވަރަށް މުހިންމު ފަރާތެއް.. އެންްމެ މުހިންމު މީހުންގެ ލިސްޓްގެ އެންމެ މަތީގައިވާނީ މިއަލްގެ ނަން..” މިއަލްގެ ދެކޮނޑުގައި ހިފާ ގާތްކޮށްލަމުން މިޝަލް ބުނެލިއެވެ. އެއަތުގެ ތެރެއަށް މިއަލް ވިރިގެން ދިޔައީ ނުހަނު ފަސޭހައިންނެވެ. ލޯތްބަށްޓަކައި ފެންބޮވައިގަނެފައިހުރި ކުއްޖަކަށް ވާނީވެސް އެހެންނެވެ. މިއަލްގެ އިސްތަށިގަނޑުގައި މިޝަލް ފިރުމާލީ މަޑުމަޑުންނެވެ. އަދި މިއަލް އިހުނަށްވުރެ ވެސް ގަޔާއި ކައިރިކޮށްލިއެވެ.

“ސޯ ޕްލީޒް.. ޑޫ މީ ދިސް ފޭވަރ.. އައި ބެގް ޔޫ.. ދުވަހަކު ވެސް ނުކިޔާނަން އިތުރު ކަމަކު.. ދޮންތިގެ މުޅި ދިރިއުޅުން މީ.. މިކަން ނުވެއްޖެނަމަ ކިހިނެތްތަ ދޮންތި އުޅޭނީ..؟ ދޮންތިގެ ސަބަބުން ގެއްލިދިޔަ ފުރާނަތަކުގެ އަގު އަދާކުރާނީ ކިހިނެއް..؟ މަންމައަށް މޫނު ދައްކާނީ ކިހިނެއް..؟ އައި ކާންޓް ޑޫ ދެޓް މިއަލް.. ނޮޓް އެނީމޯ.. ޕްލީޒް ލެޓް މީ ސްޓޭ ދިސް ވޭ..” އަޑު ކެނޑެމުން ގޮސް މިޝަލްއަށް އެންމެފަހުން ރޮވިއްޖެއެވެ. އޭނާ އާދޭސްކުރިއެވެ.

“ލެޓް މީ ހޭވް ހިމް……”

މިއަލްއަށް ހިންދިރުވާލަން އުނދަގޫވިއެވެ. ކަރުތެރޭ ގާގަނޑެއް ތާށިވެފައިވާ ފަދަ އިހުސާސެކެވެ. ކުރަންވީ ކީއްކަން ނޭނގި މިއަލްއަށް ހުރެވުނީ ދެ ގޮތުގެ މެދުގައި ތާށިވެފައެވެ. އެއްކޮޅުން ޝަފްވާނެވެ. އަނެއްކޮޅުން މިޝަލްއެވެ. ދެމީހުން ތެރެއިން އޭނާ އެކަކު ހޮވާނީ ކިހިނެއް ހެއްޔެވެ.؟ މިއީ އެންމެ ލޯބިވަނީ ކާކުދެކެތޯ ބަލަން އޭނާއަށް ކުރެވޭ އިމްތިހާނެއް ހެއްޔެވެ.؟

“ތިއީ ދޮންތިގެ އެންމެ ފަހު އުންމީދަކީ.. އައި ޕްރޮމިސް..! ޝަފްވާން އެކަނި ދޮންތި ބޭނުމީ.. އެންޑް ދިސް ޓައިމް އައި ވިލް ޑޫ އިޓް ރައިޓް.. ކުރިން ކުރި އެއްވެސް ކަމެއް ނުކުރާނަން.. އައި ވިލް ބީ ބެޓަރ ދިސް ޓައިމް.. ޝަފްވާނާއި ދޮންތިގެ ބޮޑު ހިސްޓްރީއެއް އޮވޭ.. އެއިން ދޫކޮށްލާނީ ކިހިނެއްތަ..؟ އެ ހަނދާންތަކުން ދުރެއް ނުވެވޭނެ.. ހީ އިޒް ދަ އޮންލީ މޭން އައި ލަވްޑް ޓު ދިސް އެކްސްޓެންޓް.. ޑޯންޓް ޔޫ ގެޓް އިޓް..؟ އަންޑަރސްޓޭންޑްވޭތޯ ބަލާބަ މިއަލް..” މިޝަލްގެ ހިތާމަވެރި އާދޭސްތައް ދިޔައީ ކުރިއަށެވެ. މިއަލްގެ ފައިބުޑަށް ވެއްޓިގަންނަން ވެސް އޭނާ ތައްޔާރެވެ.

“އެލް ޕްލީޒް..”

މިއަލް ދެލޯ މަރާލިއެވެ. ބޮލުން ވިންދު ޖަހަމުން ދިޔަހެން ހީވިއެވެ. ބޯ ހީވަނީ ފަޅައިގެން ހިނގައިދާނެ ހެންނެވެ. ތަދުވަމުންދިޔަ ދިމާ ފާހަގަނުކުރެވޭވަރަށް މުޅި ބޮލުގައި ދިޔައީ ރިއްސަމުންނެވެ. އެއާއެކު އޭނާގެ ކަންފަތްބުޑުގައި ގުގުމައިގަތީ ޝަފްވާނުގެ އަޑެވެ.

“މިލީއަކީ ސްވީޓް ކުއްޖެއް އަސްލު އެކަމް އެކަން އެނގޭނީ ވަރަށް މަދު ބަޔަކަށް.. ވަރަށް ސްޓަބަރން ވާނެ.. އެކަމަކު މިލީއަކީ މީހަކު ހެދިހާ ގޮތެއް ހަދަންދެން ހުންނަ ކަހަލަ ކުއްޖެއް ނޫން.. މިލީ އަމިއްލަ އޮޕީނިއަން ވޮއިސްކުރާނެ.. ދެޓްސް އަ ރިއަލީ ގުޑް ތިންގް އަސްލު. ކަންއެހެން އޮތަސް ގިނަ މީހުން މިލީދެކެ ލޯބިވަނީ ޝަޚުސިއްޔަތު ވަރުގަދަ ކަމުން.. ޝީ ވޯޒް ޕަވަރފުލް އެންޑް އަ ލީޑަރ.. ޓެލެންޓެޑް އެންޑް ބިއުޓިފުލް.. އެންޑް އައިމް ޕްރައުޑް އޮފް ހަރ އެވްރީ ޑޭ ފޯ ދެޓް..”

“މިހާރު ހިތަށްއަރާ އެހެން ގޮތަކަށް އެކަން ކުރެވުނުނަމައޭ.. ކޮންމެވެސްގޮތަކުން މިލީއަށް ވިސްނައިދީގެން ހަޔާތުގެ ބައެއްގެ ގޮތުގައި ބެހެއްޓުނުނަމައޭ..”

“ޝީ އިޒް ސަމްވަން އައި ރިއަލީ ލަވްޑް..”

“އައި ނޯ ވަޓްއެވަރ ދެޓް ހެޕެންޑް ވޯޒް މައި ފޯލްޓް.. އައި ޝުޑް ނޮޓް ހޭވް ޑަން ދެޓް ޓު ހަރ ބިކޯޒް އޮފް ހައު ސްޓުޕިޑް އައި އޭމް..”

އެޖުމްލަތައް ހަނދާންވުމާއެކު މިއަލްއަށް އިސްޖަހާލެވުނެވެ. ޝަފްވާނަށް ނޭނގުނަސް އޭނާއަށް އަދިވެސް މިލީންދެކެ އެ ވަނީ ލޯތްބެވެ. ހަމައެފަދައިން ޝަފްވާންދެކެ މިޝަލްވާހާ ލޯބި ވާނޭ ދެވަނަ ފަރާތެއް މި އުޑުހިޔާދަށުގައި ވާނެކަމެއް ނޭނގެއެވެ. ހަމަގައިމުވެސް މިޝަލް އެކުރި އަދި އެކުރާ ފަދަ ހިތްވަރެއް އޭނާއަކަށް ނުކުރެވޭނެއެވެ. ޝަފްވާނުގެ ލޯތްބަށް ޓަކައި އޭނާއަށް އެހާ ދުރަކަށް ނުދެވޭނެއެވެ. އޭނާއަކީ މީހެއްދެކެ ދުވަހަކުވެސް އެފަދައިން ލޯބިވީ މީހެއް ނޫނެވެ. ޝަފްވާންދެކެ އެހާ ފުރިހަމައަށް އޭނާ ލޯބިވާނީ ކިހިނެއް ހެއްޔެވެ.؟ މިޝަލް މިވާ ފަދަ ވަރުގަދަ ލޯތްބެއް އޭނާ ވާނީ ކިހިނެއް ހެއްޔެވެ.؟ އެލޯތްބާއި އޭނާގެ ހިތުގައި ޝަފްވާނާއި މެދު އުފެދިފައިވާ މި އިހުސާސްތަކާއި އަޅައެއް ނުކިޔޭނެއެވެ. ވީއިރު ޝަފްވާންގެ ބައިވެރިއަކަށް ވާން މިޝަލްއަށްވުރެ ރަނގަޅު ކުއްޖެއް ނެތެވެ. އެއާއެކު މިއީ އޭނާގެ ދައްތައެވެ. އެވަރު ކަމެއް ކޮށްނުދީ ދޫކޮށްލެވޭކަށް ނެތެވެ. ދޮންތި އޭނާދެކެ ރުޅިއައިސް ދޫކޮށްލާފައި ދާން އޭނާ އަމުދުން ނޭދެއެވެ. މިއީ އެންމެންނަށް ވެސް އެންމެ ފައިދާހުރި ގޮތެވެ. އޭނާ އެ ނިންމާ ނިންމުމުން ސަލާމަތް ކުރެވިގެން ދާނީ ދެފަރާތެއްގެ އުފާވެރިކަމެވެ.

ނޭފަތް ދަމާލާފައި މިއަލް މިޝަލްގެ މޫނަށް ބަލާލިއެވެ.

“ތިކަން ކޮށްދޭނަން.. އައި ވިލް ހެލްޕް ޔޫ..” މިއަލްގެ އަޑު އައީ ނުހަނު މަޑުންނެވެ. އިތުރު އާދޭސްތަކެއް ކުރަން އަނގަ ހުޅުވާލި މިޝަލް މިއަލްއަށް ބަލާލީ ގަބޫލު ނުކުރެވިފައި އިނދެއެވެ.

“ހަމައަސްލުވެސްތަ..؟” ޔަގީންނުވެފައި އިންކަހަލަގޮތަކަށް މިޝަލްއަށް އެހުނެވެ. ގަދަކަމުން ހީލާފައި މިއަލް ބޯޖަހާލިއެވެ. ދެލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލަމުން މިޝަލް މިއަލްގެ ގައިގައި އޮޅުލައިގަތީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ. އެހާ ފަސޭހައިން މިއަލް އެއްބަސްވާނެކަމަށް އޭނާ ހިޔެއް ނުކުރެއެވެ.

“ޔޫ އަރ ދި ބެސްޓް.. ދޮންތިއަށް އޭރުވެސް އެނގުނޭ އެލް ވާނީ ވިސްނޭ ކުއްޖަކަށް ކަން..” މިޝަލްގެ ހިތަށް ވަނީ ލުޔެއް ލިބި ހަމަޖެހުމެއް ލިބިފައެވެ.

އެއާޚިލާފަށް މިއަލްގެ ހިތް ދިޔައީ ބަރުވެ ހަމަނުޖެހުމުން ބަރާވަމުންނެވެ. އޭނާ އެ ޝަކުވާތަކަށް ބީރު ކަންފަތެއް ދޭން ގަސްތުކުރިއެވެ. އޭނާއަށް މިޝަލް މާ މުހިންމެވެ. މީ އޭނަޔާ އެއްލެޔެއް ހިނގާ އޭނާގެ ދައްތައެވެ. އޭނާއަށް ޝަފްވާނާއި ދުރުވެވިދާނެއެވެ. ދުރުވެވިދާނެއެވެ…

“ދޮންތިއާ އެއްކޮށް ފިލްމެއް ބަލާނަންތަ..؟ އެލް ބަލާހިތްވަނީ ކޮންކަހަލަ އެއްޗެއްސެއް..؟ އޯކޭދޯ އެލް ކިޔަސް..؟” ފޯރިއަރާފައި މިޝަލް ލެޕްޓޮޕް ހުޅުވާލިއިރު އެއީ ދެންމެ ހިތްހަލާކުވެގެން އާދޭސްކުރަން އިން ކުއްޖާއޭ މީހަކު ނުބުނާނެއެވެ.

މިއަލް އޭނާގެ ހިތާމަތައް ހިންދާލިއެވެ. އެއީ މާބޮޑުކަމެއް ނޫންކަމަށް އަމިއްލަނަފްސަށް ވިސްނައިދެމުންނެވެ. ހަގީގަތަކީ އަމިއްލަ ނަފްސަށް ވެސް އޮޅުވާލެވޭކަމެވެ. ޖަވާބު ބަދަލުކުރަން ހިތްއެދުނަސް މިއަލް ދިނީ ބީރު ކަންފަތެކެވެ.

ރޭގަނޑުގެ ކެއުމުގެ ޚިޔާލު ދިނީ މިއަލްއެވެ. އޭނާ މިޝަލް އާއި ގާތް ގުޅުމެއް އުފައްދަން ބޭނުމެވެ. އޭނާ އޯޑަރ ކުރާނެކަމަށް ބުނުމުން މިޝަލް މަނާކުރިއެވެ.

“އެލްއަށް ދޮންތި ކާން ހަދާދޭނަން.. ކުޅިއެއްޗެހި ކެވޭތަ..؟ ރަމެން ހަދާދީފާނަން.. ދޮންތިގެ ރަމެން ވަރަށް މީރުވާނެ.. ޔުއެލްއަށް ވެސް ވަރަށްށްށް މީރުވެގެން ބުނި ކުރިން ދުވަހު..” މިޝަލް ބުނެލިއެވެ.

“ޔުއެލްއަށް އިނގޭތަ ދޮންތިގެ ވާހަކަ..؟؟” މިއަލްއަށް އެހުނެވެ. ހައިރާންވެގެންނެވެ. އެހުރިހާ ވާހަކައެއް ކިޔައިދިންއިރު ޔައުލާންގެ ވާހަކަ މިޝަލް ގެނެސްފައި ނުވާތީއެވެ. މިޝަލް ވަކިވެދިޔުމުން ޔައުލާން ކުރި ހިތާމަ އޭނާއަށް ފެނިފައި ވާތީއާއެކުގައެވެ.

“އާނ.. މަގޭ ސިއްރު އެންމެފުރަތަމަވެސް ބަސްޓްވީ ހަމަ އެއްކަލަ ޔުއެލްލާނަށް.. ވަރަށް މަޖާ ވާހަކައެކޭ އެއީ ވެސް..” އެވާހަކަތައް ވެސް މިޝަލް ހިއްސާކުރިއެވެ. ހިނިއައިސް އިނދެއެވެ. ވާހަކަ ކިޔާދެމުން ދިޔަވަރަކަށް މިޝަލްއަށް ވިސްނާލެވުނެވެ. ޔައުލާނަށް ހަގީގަތުގައި ވެސް އޭނާ ހާދަ ބޮޑަކަށް އެނގެއެވެ. އަމިއްލަ ނަފްސަށް ވެސް ނޭނގޭވަރަށެވެ. އެއާއެކު މިޝަލްއަށް ހީނލެވުނެވެ.

އެ ވާހަކަ އަޑުއަހަމުން ދިޔައިރު މިއަލްގެ ހިތް ދިޔައީ ދެގުނައަށް ހަލާކުވަމުންނެވެ. ޔައުލާންގެ ހިތުގައި މިޝަލްއަށް ދެވިފައިވަނީ ކޮން ދަރަޖައެއްކަން އެނގޭތީއެވެ. އެހުރިހާ ކަމަކަށް ފަހު ވެސް ޔައުލާން ޚިޔާރުކުރީ މިޝަލްގެ ހަޔާތުގައި ކޮންމެފަދަ ގޮތަކުން ވެސް ހުރުމެވެ. އެއީ އަބަދުގެއަބަދަށް މިޝަލްގެ އެންމެ ގާތް އެކުވެރިޔާގެ މަގާމުގައި ކަމަށް ވިޔަސް ހެޔޮކަމަށެވެ. ލޯބިވިޔަސް ޔައުލާން އިޚްތިޔާރުކުރީ އޭނާގެ އުފާތަކުގެ މައްޗަށް މިޝަލްގެ އުފާވެރިކަމެވެ. ޔައުލާނަށް ޓަކައި މިއަލްގެ ހިތް ރޯލިއެވެ. އޭނާއަށް ވެސް މި އިޚްތިޔާރު ކުރެވުނީ އެ ގޮތެވެ. އަމިއްލަ އިހުސާސްތަކަށްވުރެ ބޮޑަށް އިސްކުރެވުނީ މިޝަލްގެ އިހުސާސްތަކެވެ. ޔައުލާނަށް ވަންޏާ އޭނާއަށް ވެސް ވާނެއެވެ. އެ ނިންމުމަކީ ރަނގަޅުގޮތްކަމަށް ސިކުނޑިއަށް ބާރުދިނީ އެހެންނެވެ. ޔައުލާން ވެސް ގުރުބާން ކުރީ ލޯތްބެވެ. އޭނާއަށް ޚިޔާލުތަކުން ނިކުމެވުނީ އޭނާ އާއި ޔައުލާންގެ ރަހުމަތްތެރިކަން ފެށިގެންދިޔަގޮތް ކިޔައިދޭން މިޝަލް އެދުމުންނެވެ.

“ދޮންތި ގާތު ޔުއެލް ބުނެފަ ކަންނޭނގެ އޮންނާނީ.. ޔުއެލް އައިސް ހުރީ މިލްރީޝްވޭލީގަ.. އެލްމެންގެ ގޭގަ.. ދެން އެއް ދުވަހު ހަވީރު ޔުއެލް އަހަންނަށް އެހީވެދިނީ.. ރަށުގައި އުޅޭ ގްރޫޕްގަނޑެއްގެ ފަރާތުން ޕްރޮޓެކްޓް ކޮށްދިނީ.. ދެން އެއް ގެއެއްގައި އުޅޭތީ ނެޗުރަލީ މަޑުމަޑުން ދެން އެކުވެރިވެވުނީ.. ބައްޕަ ވެސް ބުންޏޭ ޔުއެލްއާ ފްރެންޑް ވައްޗޭ.. ޔުއެލް ކިޔާދިނޭ އެންމެފުރަތަމަ އެލް ފެނިގެން ދޮންތި ކަމަށް ހީވި ވާހަކަ..” މިއަލް ބުނެލިއެވެ.

“ގްރޫޕްގަނޑު..؟” ކަމެއް ހަނދާންކުރާ ފަދައަކުން މިޝަލް ސީލިންގަށް ބަލާލިއެވެ. އެއާއެކު އޭނާ ދެބުމަ ގޮށްޖަހާލިއެވެ.

“އާނ އެއްކަލަ ޖެއްސުންބޮޑު ގްރޫޕްގަނޑު ދޯ..؟” އެ ރަށުގައި ހުއްޓާ ޔައުލާން އެ ވާހަކަ ކިޔާދިން މަތިން މިޝަލް ހަނދާންވިއެވެ. އޭރު ޝަފްވާނާއި ވަކިވުމުގެ ހިތާމައިގައި ހުރެވުމުގެ ސަބަބުން މިހާރު އެއިން ވެސް އޭނާ ހަނދާންވީ ކުޑަ މިންވަރެކެވެ.

“އެމީހުން އެލްއަށް އަދިވެސް އުނދަގޫ ކުރޭތަ..؟ ދީބަލަ ތިމީހެއްގެ ނަމާއި ނަންބަރު.. ކުޅިދައްކާލާނަން މިފަހަރު.. އެމީހުން ހީކުރަނީ ކީކޭ ކަމަށްތަ..؟ ދޮންތި އެއްޗެކޭ ބުނެފިއްޔާ އޮންނާނެ ހިންޏަކަށްވުރެ ކުޑަވެފަ.. ޔަގީން..” ހަށަން ބަނދެލަމުން މިޝަލް ރުޅިއަންނަގޮތް ދައްކާލިއެވެ. މިއަލް ގާތަށް ކުޑަކޮށް ހިނިއައެވެ.

“އެމީހުންގެ އުނދަގުލެއް ދެން ނުފޯރާނެކަމަށް މި ބަލަނީ.. އެ ގްރޫޕުގެ މީހަކު ގުޅާފަ އެހީ އެލްއާއި އިންނަން.. ދެން ޝަފްވާން……” ބުނެވެން އުޅުނީ ކީކޭކަން މިއަލްއަށް ރޭކާލީ ދެނެވެ. އަވަހަށް އޭނާ މިޝަލްގެ މޫނަށް ބަލާލިއެވެ. މިޝަލް ބަލަހައްޓައިގެން ހުރެފައި ހީނގަނެފިއެވެ.

“އޭނާއަށް އެލްގެ އުމުރު ނޭނގެނީތަ..؟ އަދި މެރީކުރާވަރެއް ނުވޭ ކަންނޭނގެ.. އެލްގެ ޗޮއިސް ދޯ.. އެކަމަކު ދެޓްސް ސޯ ފަނީ.. މީހަކު ފޯނު މެދުވެރިކޮށް ޕްރޮޕޯޒް ކުރޭތަ..؟ ސޯ ނޮޓް ރޮމޭންޓިކް.. ވަޓް އަ ލޫޒަރ..” އުނދުނާއި ގާތަށް ލެފިލާފައި މިޝަލް ފެން ހޫނުކުރަން ޖެއްސިއެވެ. ޝަފްވާންގެ ނަން އޭނާއަށް އަޑުނީވޭ ކަމަށް ހެދުނީ ގަސްތުގައެވެ.

މިއަލް ވެސް ޒާތަކަށް ހީނލީ މިޝަލް އާއި އެއްބަސްވަމުންނެވެ. ދުނިޔެއިން މީހުން ހުސްވިޔަސް ރިޒްވާނުގެ ގައިގައި އޭނާ ދިހަފޫޓުގެ ދަނޑިބުރިއަކުން ވެސް އަތް ޖައްސައެއް ނުލާނެއެވެ.

“ބައްޕަ.. ބައްޕަ އާއި ބެހޭގޮތުން ކިޔާދީބަލަ.. ދޮންބެ ވެސް..” ސޯސްޕެކެޓް ކަނޑާލަމުން މިޝަލް އެދުނެވެ.

“ބައްޕަ ވެސް ދޮންބެ ވެސް ވަރަށް އެއްވައްތަރުވާނެ މިޒާޖުގެ ގޮތުން.. މަޑުމައިތިރިވެފަ ވަރަށް އަޅާލާނެ.. ބޮޑު ކަމެއް ވެގެން ނޫނީ ރުޅި އިސްނުކުރާނެ ވަރަށް.. އެކަމަކު ވަރަށް ލެކްޗަރ ދޭނެ.. ދޮންބެ އިޒް އިން އަ ރިލޭޝަންޝިޕް ވިތް މައި ބެސްޓްފްރެންޑް.. ކިއަނާ.. އާނާ ވަރަށް އުފާވާނެ ދޮންތި އާއި މީޓްވެެއްޖެއްޔާ.. ދޮންތިގެ ވާހަކަ އެނގިގެން އެ ދުވަސްކޮޅު ކުޑަކޮށް ޑައުންވެފަ ހުރީ.. ބޮޑު ހަގީގަތެއްނު.. އެހެންވެ އެކަކުވެސް މާގިނައިން އެ ވާހަކައެއް ނުދައްކާ. ދެން ކިޔަވަންވެގެން މިކޮޅަށް އައީ ދޮންތި އާއި މަންމައާ ބައްދަލުވާނެ ކަމަށް.. މިކަން ސިއްރުވެފައި އޮންނަން ޖެހުނު ސަބަބު އެނގެން ބޭނުންވީ މަންމަގެ ދުލުން..” މިއަލް ކިޔާދިނެވެ. އަދި މިޝްލާ ރަށުގައި ނެތް ވާހަކަ ޔައުލާންގެ ފަރާތުން އެނގުނު ވާހަކަ ވެސް ބުންޏެވެ.

“ޓެލް މީ އަބައުޓް މަމް..” މިއަލް އެދުނެވެ.

“ދުނިޔޭގައި ހުރި އެންމެ ބެސްޓް މަންމައޭ ބުނެވިދާނެ.. އެހާވެސް ރަނގަޅުވާނެ.. ބޮޑުވީ ބޭނުން ހުރިހާ އެއްޗެއް ލިބިގެން.. ޝަކުވާކުރާނެ ޖާގައެއް ނުދޭ.. ހުރިހާ ކަމެއް އަބަދުވެސް ހަމައަށް ކޮށްދޭނެ.. ޝީ އިޒް ދި މޯސްޓް ކައިންޑް ހާރޓެޑް ސޯލް.. އެންޑް ބިއުޓިފުލް.. ބައްޕަ ބުނޭ ދޮންތި ވައްތަރީ ހަމަ މަންމަ ކުޑައިރާއޭ.. ވީ ލުކް ޖަސްޓް ލައިކް ހަރ.. މަންމައަކީ މުރާލި ވިސްނުންތޫނު މަންމައެއް.. މިހެން ސިފަކޮށްދެމުން ގޮސް ބަސްހުސްވަންދެން ވެސް ކިއިދާނެ.. އޯލް އައި ކޭން ސޭ އިޒް ޝީ އިޒް އިރިޕްލޭސަބްލް.. ވަން އިން އަ މިލިއަން..” މިޝަލް ކިޔާދިނެވެ.

“މަންމަ އާއި މިއުޒިކާ ބެހޭގޮތުން އެއްވެސް ވާހަކައެއް އެނގޭތަ..؟” ނުކެރިފައި މިއަލް އަހާލިއެވެ. ކެކެމުން ދިޔަ ރަމެންއަށް ބަލަން ހުރެފައި މިޝަލް އެނބުރުނެވެ.

“އާނ.. ކިހިނެއް އެލްއަށް އެނގުނީ..؟ މަންމަ ކުޑައިރު ލަވަކިޔާ އުޅުނޯ.. ގިޓާ ވެސް ކުޅެން އިނގޭ ވާހަކަ ބުނި.. އެކަމަކު ހުއްޓާލީ.. ޝީ ޖަސްޓް ގްރިއު އައުޓް އޮފް އިޓް އޭ ބުނީ.. ދޮންތި ހަނދާން ހުންނަން ފެށީއްސުރެ މަންމަ އެހެން އުޅެލާފަ ރާގެއް އަޅުވާލަފާނެ ނޫނީ ލަވައެއް ކިޔާލަފާނެ.. އެކަމަކު ގިޓާގެ ވާހަކަ އެނގުނީ ކިޔާދިނީމަ..” މިޝަލް ބުނެލިއެވެ.

“މަންމަ ދިޔައީ މަންމަގެ ގިޓާ އެލްއަށް ދީފަ.. ދެޓްސް އޯލް އައި ހޭވް. މަންމަގެ ހަނދާނެއް ކޮންމެވެސް ގޮތަކުން ވީތީ އުފާވޭ..” މިއަލް ހިއްސާކޮށްލިއެވެ. އެހެންހެއްޔޭ ބުނެ މިޝަލް އިތުރު ސުވާލު ކުރިއެވެ. އަދި ކާން އަޅައިގެން އައެވެ.

ކައި ނިމިގެން މިއަލް ޝުކުރު އަދާކުރިއެވެ. ބަލަން ފެށި އެކްޝަން ފިލްމްގެ ތެރެއިން ވެސް ދެމީހުން ތަފާތު ވާހަކަތައް ދައްކަމުން މުޅި ހަޔާތް އެއްކޮށްހެން ހިއްސާކޮށް ނިންމާލެވުނުހެން ހީވިއެވެ. އެކަކު އަނެކަކާއި ބެހޭގޮތުން ފޮތެއް ލިޔެވޭވަރަށް މައުލޫމާތު ނޭނގުނަސް މިއީ އަދި ފެށުމެވެ.

“އެލް..” މިއަލް ނިކުންނަނިކޮށް މިޝަލް އޭނާ ހުއްޓުވިއެވެ.

“ދޮންތިގެ ވާހަކަ އިނގޭނެ މިންމިއަށް ވެސް.. މިމްރާހު އެއީ ކުރީގެ ރައްޓެއްސެއް.. ދެން އިނގޭނީ ޔުއެލްއަށް އެކަނި.. އައި ވުޑް ލައިކް ޓު ކީޕް ދިސް އަ ސީކްރެޓް.. އިތުރު މީހެއް ކައިރީ ނުބުނައްޗޭ..” މިޝަލް ދެން ގުދުވެލީ މިއަލްގެ ކަންފަތްދޮށަށެވެ.

“މިރޭ ޝަފްވާނާއި ބެހޭގޮތުން ދެކެވުނު ވާހަކަތައް އޮންނާނީ ހަމައެކަނި އަހަރެމެންގެ މެދުގައި. ދޮންތި އާއި އެލްގެ ސިއްރެއްގެ ގޮތުގައި.. ނޮޓް އީވެން މިންމި އޯރ ޔުއެލް ޝުޑް ފައިންޑް އައުޓް އަބައުޓް ދިސް.. އޯކޭ..؟” މިޝަލް މިއަލް ލައްވާ ވައުދު ކުރުވިއެވެ. މިއަލް ބޯ ޖަހާލީއެވެ. މިޝަލްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ ދެނެވެ.

“ދޮންތިގެ އެބައޮތް ޕްލޭނެއް.. އެކަން ވާން އޮތީ އެލްއާއެކު.. އެލް އެހީވާނަމޭ ބުނީމެއްނު.؟” މިޝަލް ހަނދާން ކޮށްދިނެވެ. މިއަލް އަނެއްކާވެސް ބޯ ޖަހާލިއެވެ. މިޝަލް ދަތްތައް ފެންނަވަރަށް ހީނލިއެވެ.

“ދެޓްސް މައި ގަރލް..! ސޭމް ޓައިމް ޓުމޯރޯ ނައިޓް..” މިއަލްއަށް ހަނާ އަޅާލާފައި މިޝަލް ދޮރު ލެއްޕިއެވެ.

*************

ކަންފަތަށް ހެޑްފޯނު ޖަހައިގެން ލަވައިގެ ފައިނަލް މިކްސް ޓެސްޓުކުރަން ޝަފްވާން އިނެވެ. ދޮރު ހުޅުވާލާފައި ޝައްޔާން އެތެރެއަށް ވަނީ ނުކެރިހުރެއެވެ. ޝައްޔާން ފެނުމާއެކު ޝަފްވާން ކަންފަތުން ހެޑްފޯނު ވަކިކޮށްލިއެވެ. އަދި ބަލާލީ ކިހިނެތްވީތޯ އަހަމުންނެވެ. ޝައްޔާނުގެ މޫނުމަތިން ކުރިން ފެންނަ ރުޅިވެރިކަމުގެ އަސަރުތައް ފެންނަން ނެތުމުން ޝަފްވާން ކުޑަކޮށް ހައިރާންވިއެވެ.

“އިށީންނަން އާދެބަލަ.. ކަމެއް ވީތަ..؟” ގޮނޑިއެއް ދަމާލަމުން ޝަފްވާން އެދުނެވެ. ޝައްޔާން އައިސް އިށީނދެ ބަލާލީ ދުރެވެ. ވާހަކަ ފަށާނެ ގޮތެއް ނޭނގިގެންނެވެ. ޝަފްވާން ހާސްވާގޮތްވިއެވެ. ޝައްޔާނަށް ދެރަގޮތެއް ދިމާވީކަމުގެ ޝައްކުތައް ހިތަށް އަރާ ފައިބަން ފެށުމުންނެވެ.

“ކިޔާދިނީމައެއްނު ދޮންބެއަށް އެހީވާން އިނގޭނީ.. މީހަކު ކަމެއް ކުރީތަ..؟ އޯރ ޑިޑް ޔޫ ޑޫ ސަމްތިން..؟” ޝައްޔާނުގެ ފައިގައި ޖަހާލަމުން ޝަފްވާން އެއްފަހަރާ އަހާލައިފިއެވެ. ޝައްޔާން ބޯ ކަހާލިއެވެ.

“އައި މެޓް ޔޯ ގާރލްފްރެންޑް..” ކިޔާނެ އެއްޗެއް ނޭނގިގެން ޝައްޔާނަށް ފެށުނީ އެހެންނެވެ.

“މިއާ..؟؟” ޝަފްވާން އެއްސެވެ. ރަނގަޅު ކޮށްލަދޭން އުޅެފައި ވެސް ހިނިތުންވެފައި ޝަފްވާން އެކަމުން ދުރުވިއެވެ.

ޝައްޔާން ބޯ ޖަހާލިއެވެ. ކުރިއަށް ގެންދަން ޝަފްވާން އެދުމާއެކު ޝައްޔާނަށް ހިތްވަރު ލިބުނެވެ. ދޮންބެއާމެދު ހިތުގައި އޮތް ޝަކުވާތައް ފޮހެވިގެން ދާން ފެށީ ދެނެވެ. އެހާ ޅަ އުމުރެއްގައި ޝައްޔާން ބަލަމުން ޝަފްވާން ވެސް އުޅޭނީ ފަސޭހައިންނެއް ނޫނެވެ. އަމިއްލަ ހާލަތާމެދު ޝަކުވާކުރަމުން އޭނާ ދުވަހަކުވެސް ޝަފްވާންގެ އިހުސާސްތަކާމެދު ވިސްނާލެވިފައެއް ނެތެވެ. އޭނާ ޝަފްވާނަށް އަލިފުން ޔާއަށް ކިޔައިދިނެވެ. އޭނާގެ ހަޔާތުގެ ވާހަކަ އާއި ހިތުގައި ފޮރުވައިގެން އުޅުނުހާ ޝަކުވާތަކެވެ.

“ދޮންބެ ރިގްރެޓް ކުރުވާކަށް ނޫން މިހެން މި ބުނަނީ. މިއަލް އެހެން ބުނީމަ ހީވި ދޮންބެގެވެސް ވާހަކަ އަޑުއެހުން މުހިންމޭ..” ޝައްޔާން ބުނެލިއެވެ.

ޝަފްވާންގެ ހިތަށް އަސަރު ކުރިއެވެ. ޝައްޔާން ވެސް އުޅުނީ ވަކި ފަސޭހަ ހާލަތެއް ކަމުގައި ނުވާތީއެވެ. އޭނާގެ ބައްޕަ އާއި ސިފްރާ ދައްތަ ހުރިއިރު އަޅާލާނެ ޔާރެއް އިޔާރެއް ނެތުނީ ޝައްޔާންގެއެވެ. ޝަފްވާން އޭނާގެ ވާހަކަތައް ހިއްސާކުރުމުން ޝައްޔާނަށް ބަލައިގަންނަން ފަސޭހަވިއެވެ. ހިތްސާފުވެގެން ދިޔައީ ދާދި އަވަހަށެވެ. ދެމީހުން ވެގެން ވާހަކަ ދައްކަން މިއަލް ނަސޭހަތްދިނީ ކީއްވެގެންކަން ވިސްނިގެންދިޔައެވެ.

“ކުރީގެ ކަންތައްތައް ބާއްވަމާ ދެން..” ސީދަލަށް ބުނަން ނުކެރިގެން ޝައްޔާން ބުނެލީ އާ ފެށުމަކުން ފަށަންކަން ޝަފްވާނަށް ދޭހަވިއެވެ. ދެމީހުންގެ މެދުގައި އުފެދިފައިވާ ބީރައްޓެހިކަން ބަދަލުވާން ވަގުތު ނަގާނެކަން ޚުދު އޭނާ ވެސް ދަނެއެވެ. ބޯ ޖަހާލަމުން ޝަފްވާން ޝައްޔާނުގެ ކޮނޑުގައި ޖަހާލިއެވެ.

އެ އަޑުއަހަން ދޮރުގައި ބޯ ޖައްސާލައިގެން ސިފްރާ ހުރީ ފެންކަޅިވެފައެވެ. އެހިތް ދިޔައީ އުފަލުން ފުރި ބަންޑުން ވަމުންނެވެ. ހިތާހިތުން އޭނާ މިއަލްއަށް ޝުކުރުވެރިވިއެވެ. ކަރުނަތައް ދިރުވާލާފައި އޭނާ ފެށީ ކައްކައިގެން ގެނައި މަސްބަތްތަށިތައް ނަގާ ކާންހެދުމުގެ މަސައްކަތެވެ. ޝަފްވާނާއި ޝައްޔާނަށް ކާން ގޮވިއެވެ. ދުވަސްތަކެއް ފަހުން ތިންމީހުން އެއްސުފުރާ މަތިން ބައްދަލުވިއެވެ.

“އަދިކިރިޔާއެއްނު ރަނގަޅަށް މި ފެނުނީ.. އަބަދު ކަންފަތަށް އުނގުރި ޖަހައިގެން އިންނަނީދޯ އަދިވެސް.؟” ޝަފްވާނާ މުޚާތަބުކޮށް ސިފްރާ ބުނެލިއެވެ. ހިނިއައިސްފައި ޝަފްވާން ބުނެލީ މަސައްކަތް ކުރަނީ ކަމަށެވެ.

“ދައްތަ އައި ދުވަހު ގެއަށް އައިއިރު ޝަފްވާނެއް ނެތީމެއްނު..؟ މީނދަ ކުއްޖާ އުޅެނީ ބިއްލޫރިން ކޮންމެވެސް ކުރެހުންގަނޑެއް ހަދަނިކޮށް އަތް ކަނޑާލައިގެން.. ދައްތަ އާއެއްކޮށް ހޮސްޕިޓަލަށް ދާން އަންނާށޭ ބުނީމަ މީނަ ނައި.. ފާޚާނާއަކަށް ގޮސްފަ އައިސް ބަލާލިއިރު ފެންނާކަށް ވެސް ނެތް.. ހާސްވެގެން ހޮސްޕިޓަލަށް ދިޔައިރު އެތާކު ވެސް ނެތް.. ފޯނަށް ގުޅިއިރު އޮތީ ނިވާލާފަ. ދެން އެހިސާބުގަނޑުގައި ހިނގަނިކޮށް ފެނުނީ ވަރަށް ހެވިދިލިފަ ހުރިތަން..” ސިފްރާ އޭނާ ބޭޒާރު ކޮށްލުމާއެކު ޝައްޔާނަށް ބޯ ކަހާލެވުނެވެ.

ޝަފްވާން ޝައްޔާނަށް ބަލާލީ ހިނިއައިސްހުރެއެވެ. އަދި ޝައްޔާނަށް މިއަލް ކަމުދޭތޯ އެއްސެވެ. ކުޑަކޮށް ހީނލާފައި ޝައްޔާން ބޯ ޖަހާލުމުން ޝަފްވާނަށް ނުހުރެވިގެން ހެވުނެވެ. ޝައްޔާން ވީ ހައްތަހާވެސް ރަތްކެވެ. އާ ކަމަކަށް ވުމުން އޭނާއަށް ހަދަންވީ ގޮތް ނޭނގެނީއެވެ. ސިފްރާ އޭނާއަށް ވެސް މިއަލް ވަރަށް ކަމުދާކަމަށް ބުންޏެވެ. ހިތަށް ލިބުނު ފިނިކަމާއެކު ޝަފްވާން ނުހަނު އުފާވިއެވެ. އޭނާގެ ހޮވުން ގޯހެއް ނުވާނެއެވެ. މިފަހަރަކު ނުވާނެއެވެ. އެއީ އޭނާގެ ލޯތްބެވެ. މިއަލް ގާތު އޭނާގެ އިހުސާސްތައް އަދި ބަންޑުން ޖަހާލާނެއެވެ. ލޯބިވާވަރު ހާމަކުރާނެއެވެ. އުމުރަށް މިއަލްގެ މީހަކަށްވާން ޝަފްވާން ބޭނުންވާވަރު އެނގޭނީ އެންމެ ފަރާތަކަށެވެ.

ކެއުން ކުރިއަށް ދިޔައީ އެންމެންގެ މެދުގައި ތަފާތު އެކި ވާހަކަ ދެކެވެމުންނެވެ. އަހުނަފް ގުޅަން ފެށުމާއެކު ޝަފްވާން ފޯނު ނެގިއެވެ.

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

ތިޔަ ނަން މި ހިތުގާ 1

Next

އާއެކޭ ލޯބިވޭ… ތިރީސް އެއްވަނަބައި ( އެރޯޅިން އަލް-މުތަޚައްޔިލްގެ ނާމާން ފެށުން)

Next
February 1, 2026

އާއެކޭ ލޯބިވޭ… ތިރީސް އެއްވަނަބައި ( އެރޯޅިން އަލް-މުތަޚައްޔިލްގެ ނާމާން ފެށުން)

Previews
February 1, 2026

ތިޔަ ނަން މި ހިތުގާ 1

36 Comments!

  1. Anonymous says:
    February 1, 2026 at 2:23 pm

    alhe noon ehen nahadhaa yoon 🙁

    1. yooon yooon says:
      February 1, 2026 at 6:35 pm

      😕oops, Thankyouu sm!💕

  2. zuka💗 says:
    February 1, 2026 at 2:24 pm

    This part is also grt 💗
    mishal brainwash kollydhw so sad
    mial ves love ah fight kuraane nama..
    waiting for the next part
    Lysm yoon💗💗

    1. yooon yooon says:
      February 1, 2026 at 6:35 pm

      Thankyou sm zuka💕 Yeah so sadd, Lym dear💕

  3. mary says:
    February 1, 2026 at 2:25 pm

    v reethi

    1. yooon yooon says:
      February 1, 2026 at 6:36 pm

      Thankyouu sm mary💕

  4. udhuma says:
    February 1, 2026 at 2:26 pm

    Shayan and shafwan 🫶🏻 ekamaku mial bai kiyaafa heart broken…next baithah varh sad vaane hn heevany…kon dhuhakun 40 vana bai..?

    1. yooon yooon says:
      February 1, 2026 at 6:37 pm

      alhey haha😭💕
      Thankyou sm udhuma💕
      40th vana part insha allah 3rd February, Tuesday ga

  5. shafwaanlover says:
    February 1, 2026 at 2:34 pm

    Noo yooonnn dont do that💔..mia ah visneyne dhw she wont do it

    1. yooon yooon says:
      February 1, 2026 at 6:38 pm

      osjsjksj soorryy 😕 Lets see dhww
      Thankyou sm Shafwaanlover💕

  6. Miss jennie says:
    February 1, 2026 at 2:34 pm

    Mi part ves varah reethi. Mishal alhey yaulaan aa gulhiba pls pls. Mial ah shafwaan dheeba pls pls pls. They are made for each other. Curiously waiting for next part???

    1. yooon yooon says:
      February 1, 2026 at 6:39 pm

      Thankyouu sm Miss jennie!💕 Yess fr dhw she should!

  7. juman says:
    February 1, 2026 at 2:35 pm

    Mishal dho pispispis eyna gossa laibala moyaan balahataa marukazah. Mial and shafwaan team 4eva Love you so much pretty girl🫶🏻 Next bai ge inthizarugai

    1. yooon yooon says:
      February 1, 2026 at 6:40 pm

      Hahahah😭 Yess fr dhw!
      Thankyou sm juman, Lym dear💕

  8. idhaan says:
    February 1, 2026 at 2:36 pm

    v salhi queen

    1. yooon yooon says:
      February 1, 2026 at 6:40 pm

      Thankyouu sm idhaan💕

  9. Anonymous says:
    February 1, 2026 at 2:37 pm

    do you accept maxzyoona account ah..? request gaboolu nukuraathi

    1. yooon yooon says:
      February 1, 2026 at 6:43 pm

      Nope, sorry 😭 that’s my main account

      You can follow @novellasyoon tho! all readers are welcome there

  10. eekuflower says:
    February 1, 2026 at 2:38 pm

    Wowza v furihma.. 🩷
    You are my #1 author
    Cant wait for the next
    ily so much sisuu!🩷

    1. yooon yooon says:
      February 1, 2026 at 6:43 pm

      Thankyou sm eekuflower💕🥹 So happy to hear that!
      Lym dearr💕

  11. Hamnerrr🎀 says:
    February 1, 2026 at 3:09 pm

    Alhey Yoon whyyy😭 shafwaan and mial are so cute together
    pls make them stay together😭🙏🏻
    dhn mishal vs realize vaan vehje kanne yaulaan’s love for her
    v reethi
    lysm gurll💕
    when next?

    1. yooon yooon says:
      February 1, 2026 at 6:45 pm

      Lets see dhww 😭😭 Fr mishal ah vejje ingen mihaaru
      Thankyouu sm Hamnerrr 💕🥹 Lym dear!
      Next part insha allah Tuesday, 3rd February ga!

  12. your fan says:
    February 1, 2026 at 3:21 pm

    Alhey yoooooonnnn.. whyyy shafwaaan and mial so cuteeee. Why why why whyyyy. Mishal vec dhw. Plz plz plz mial and shafwaan in story end kurahchey. And also mishal and Yuel. Yuel loves her a. And mishal also has feelings for him tho kuda koh realise nu viyas. Plz plz plz mial and shafwaan dhuru nukurahchey..
    Hithah araa story ehkoh kiyalan libeyne nama a.
    Lyysmmmm <3

    1. yooon yooon says:
      February 1, 2026 at 6:46 pm

      jsjsjsks😭😭 Lets see dhw dear!
      Aww haha 🥹💕 Thankyou sm your fan
      Lymmm!!💕

  13. Anonymous says:
    February 1, 2026 at 3:45 pm

    Yoon huvaa madeh nukureveyne dheneh plx avahah geneslai dhehchey dhen oy bai..😔
    mial aa shafwaan dhuru nukurahchey alhey varah dheravey eba.. Mial ah enme fahun hagygy loibbeh libifai eothy.. Vaahakaige there ah vadhefa gossa mial koduga hifaa thalhuvaa gannanvee eyrun bolu rihun filaagos hama visnun libiidhaane kanne..

    1. yooon yooon says:
      February 1, 2026 at 6:47 pm

      Yess insha allah 3rd Feb vaa Tuesday ga 40th Part genesdheynan!
      Letss seee 😭😭 HAHAHAH
      Thankyouu sm dear💕

  14. rui says:
    February 1, 2026 at 3:47 pm

    Mileen haadha foossey dhen 😠💢💢
    Please keep mial and shafwaan ekyga
    they are my favourite – after yoon
    My favourite story mi site in kiyaalevey now
    Love youuu❤️❤️

    1. yooon yooon says:
      February 1, 2026 at 6:48 pm

      ahahah😭 Lets see Lets see!
      aww haha💕🥹 So glad to know that
      Thankyouu sm rui, Love u moreee💕

  15. Anonymous says:
    February 1, 2026 at 4:48 pm

    Mileen dheke vrh foohi vehje

    1. yooon yooon says:
      February 1, 2026 at 6:48 pm

      alhey haha 😭 Thankyou sm!💕

  16. White rose White rose says:
    February 1, 2026 at 5:24 pm

    Wht mileen did feels like emotional blackmail 😭😭😭
    Anyways, mi bai ves vrh vrh salhi
    Impatiently waiting for the next
    Lysm yooon 🫶🏻🫶🏻🫶🏻

    1. yooon yooon says:
      February 1, 2026 at 6:52 pm

      Literally that dhw, you’re so right!
      Thankyouu sm White rose💕🥹 Lym dear!

  17. siu says:
    February 1, 2026 at 6:33 pm

    Mileen vx bunaane echeh neygifa meeni.. ingey mileen Loabi vaa kan ekamaku siu ah heevany her feelings for yaulaan is changing ey love ah.. shafvaan mathin move on kuraan vejje 😟 eyrun mileen ah libeynee mileen dheke 100% loabi vaa meeheh adhi mileen vx kudairu sure loabi vaa meeheh. mial aa shafwaan is hama perfect..
    next bai ge inthizaaruga.. ahunafaa dhimaavaane kamuge vx inthizaaruga😂
    Taeke care yoon

    1. yooon yooon says:
      February 1, 2026 at 6:50 pm

      Yeahh siu thi buny vrh rangalhu vhk eh😭
      Thankyouu sm siu💕🥹
      Haha our ahu vx annaane adhi!
      You too tgc dear!

  18. Anonymous says:
    February 1, 2026 at 6:33 pm

    next kon dhuvahakun??

    1. yooon yooon says:
      February 1, 2026 at 6:50 pm

      Next insha allah 3rd February vaa Tuesday ga!
      Thankyou sm!💕

Comments are closed.

Next Episodeތި ސޫރަ ނޫން 40←


All Right Reserved!