Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތި ސޫރަ ނޫން 38

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
January 30, 2026 10 Mins Read
32 Comments

* ކުއްލިއަކަށް ގޭގެ ބެލް އަޅަންފެށިއެވެ. އޮތްތަނުން ހިއްލާލަން ޔައުލާން ކަންނެތްވިއެވެ. އޭނާ އޮތީ އެހާވެސް އަރާމުގައެވެ. މިވަގުތު ގެއަށް އަންނާނީވެސް ވަކި ކާކުހެއްޔެވެ. އޭނާ ރީއަލް ފޮނުވީ ތަޅުދަނޑި ދީފައެވެ. އަނެއްކާ މިމްރާހު ހެއްޔެވެ.؟ *

އެހެން ވިސްނަން އޮއްވާ ދެން އިވުނީ ފިންގަރ ޕްރިންޓް ޖަހައިގެން ދޮރު ހުޅުވި އަޑެވެ. އެ އަޑަށް ޔައުލާން ވަގުތުން ކޮޅަށް ޖެހުނެވެ. އަދި ވަގުތުން ދޮރުހުޅުވާ ބޯދިއްކޮށް ބަލާލިއެވެ. އެތަނުގައި އަތްދަބަހެއް އަޅުވައިގެން ހުރި މިޝަލް ފެނި ޔައުލާނަށް ލޯ އުނގުޅާލަން ޖެހުނެވެ. އެ ފެންނަނީ ހަގީގަތެއް ކަމާމެދު ޝައްކުވާތީއެވެ.

“ލީން..؟؟” ޔައުލާން ގޮވާލިއެވެ. މިޝަލް ފާޑަކަށް އޭނާއަށް ބަލަހައްޓައިގެން ހުރުމުން ޔައުލާނަށް އަމިއްލަ މީހާއަށް ބަލާލެވުނެވެ. ހަމައެކަނި ބޮކްސަރުކޮޅެއް ލައިގެން އޭނާ އޮތީ ނިދަން ގަސްތު ކޮށްގެން ކަމުން އެކަން ހަނދާނުން ކައްސާލީއެވެ. ގަޔަށް ތޫނު އެއްޗެއް ހެރުނު ފަދައިން ވައިސޫރިއެއްހެން ޔައުލާން ގޮސް އައީ ސްވެޓްޕޭންޓްސްއެއް ލައިގެންނެވެ. އޭގެ ނާޑުވާ ގޮށްޖަހަމުން އޭނާއަށް ހުރެވުނީ އިސްޖަހައިގެން ޒާތަކަށް ރަކިވެފައެވެ.

“ހާދަ ލަދެއް ތި ގަންނަނީ ޔޫއެލްލާން..! ވީ ލިޓްރަލީ ޔޫސްޑް ޓު ޝަވަރ ޓުގެދަރ ވެން ވީ ވަރ ލިޓްލް..” މިޝަލް ހިނިގަނޑެއް ޖަހާލަމުން ގޮސް ސޯފާއަށް ވެއްޓިގަތެވެ. ޔައުލާން ބޯ ކަހަމުން އޭނާގެ ކޮޓަރިއަށް ދާން އެދުނެވެ. މިޝަލް ދެކޮޅު ހެދުމުން ޔައުލާނަށް ޖެހުނީ އޭނާ އުފުއްލާލައިގެން ދާށެވެ. ކޮޓަރި ފިނިކަން އޭނާއަށް އިހުސާސްކުރެވުނީ ދެނެވެ. ދެންމެ ވީގޮތަކުން އޭނާ ފިނިވެފައި ހުރުމުން ހީވިގޮތެއް ކަންނޭނގެއެވެ. ޔައުލާން އެނދަށް އަރާ މެއާހަމައަށް ކުއިލްޓް އަޅާލިއެވެ. މިޝަލް ވެސް ޖެހިގެން އޮށޯތެވެ. ދެމެދުގައި ބޮޑު ބާލީހެއް ލެވޭވަރުގެ ހުސް ޖާގަ އޮތެވެ.

“މިއަލް އެންޑް ޝަފްވާން އާރ ޓުގެދަރ..” ބުނަން އައި ހޫނު ޚަބަރު މިޝަލް ހިއްސާކޮށްލިއެވެ. ދެމީހުން ވެސް އޮތީ ސީލިންގއަށް ބަލަހައްޓައިގެންނެވެ.

ސުވާލުކުރަން އުޅެފައި ޔައުލާނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. މިކޮޅަށް އައިސް އެންމެފުރަތަމަ އޭނާ އާއި މިއަލް ބައްދަލުވީ ދުވަހު ޝަފްވާން ފެނުނު މަތި ހަނދާނުގައި އެބަހުއްޓެވެ. މިއަލް އާއި ޝަފްވާނާއި ދެމެދު އެކަހަލަ ގުޅުމެއް އޮތްކަމަށް އޭނާއަށް ފާހަގަވެފައެއް ނެތެވެ. މިއަލް އަމިއްލައަށް އިސްނަގައިގެން ނުބުނާތީ އޭނާވެސް މިއަލް ގާތު އެކަހަލަ ވާހަކައެއް ނާހައެވެ. އެގޮތަށް ދެއްކިފައިވާނީ މިލީންގެ ވާހަކަ އެކަންޏެވެ. ޔައުލާނަށް ދުލުގައި ދައިގަނެވުނެވެ. މިވީ ކިހިނެތް ހެއްޔެވެ.؟

“އަހަންނަށް ހީވަނީ ޝަފްވާން މިއަލްދެކެ ވަރަށް ލައިކްވޭހެން. އަދި……” މިޝަލް ވާހަކަދައްކަދައްކާ ހުއްޓާ ތަޅުދަނޑިން މީހަކު ބޭރު ދޮރު ހުޅުވި އަޑުއިވުނެވެ. މިޝަލް ހާސްވެފައި ޔައުލާންގެ މޫނަށް ބަލާލިއެވެ. އޭނާ މިއައީ ވެސް އަލީސާ ސްކޫލަށް ދާ ވަގުތާއި ޒާމިން އޮފީހުގައި އުޅޭ ވަގުތު ބަލާ ޔަގީން ކޮށްފައެވެ.

ޔައުލާން ދިޔައީ އެއްލިގެންނެވެ. މިޝަލް ފެނި އެ ކުޑަވަގުތުކޮޅުގެތެރޭ އެގޭގައި މިހާރު ރީއަލް ވެސް އުޅޭކަން އޭނާގެ ހަނދާނުން ކައްސާލީއެވެ. ނުވިތާކަށް ވަތްގޮތަށް ކޮޓަރި ވެސް ތަޅުލާކަށް ހަނދާނެއް ނެތެވެ. އެހެން ހިތަށް އެރުމާއެކު ތަޅުލަން ދާން ނުތެދުވެވެނީސް ރީއަލް ދޮރު ހުޅުވާލައިފިއެވެ. ލިބުނު ފަޅި ސިކުންތުކޮޅުތެރޭ މިޝަލް ގެނެސް ގަޔާލާ ބޮނޑިކޮށްލާފައި ޔައުލާން ކުއިލްޓް މައްޗަށް ދަމާލީ މިޝަލް ނިވާކުރުމަށެވެ.

ޔައުލާންގެ ތަނަވަސް މޭމަތީގައި ޖެހި ފިތިފައި ކަހަލަ ގޮތަކަށް އޮވެގެން މިޝަލްއަށް ކުރެވުނީ މުޅިން އާ އިހުސާސެކެވެ. ޑިއޯޑެރެންޓާއި ޔައުލާންގެ ވަހާއި މަސްހުނިވެގެން އައިސް މިޝަލްގެ ނޯށްދޮށުގައި އެނބުރިގަތުމާއެކު މިޝަލްއަށް ފުންކޮށް ނޭވާއެއް ލެވުނެވެ. އޭނާގެ ހިތުގެ ތެޅުން އަވަސްވިހެން ހީވުމާއެކު މިޝަލް ދެލޯ މަރާލައިފިއެވެ.

ރީއަލް އައިސް އަތްފުރާހުރި ކޮތަޅުތައް ބިންމަތީ ބަހައްޓާފައި ހިންދެމިލިއެވެ. އޭރު ބިރެއް ފެނިގެން ނޭވާ ހިފަހައްޓާލައިގެން ޔައުލާން ބަލަން އޮތް ގޮތުން ރީއަލް ބުމައަރުވާލާފައި ރަނގަޅަށް ބަލާލިއެވެ. ޔައުލާން ކުއިލްޓް މައްޗަށް ދަމާލިދަމާލީނުން ދެމީހުންގެ ފައި އޮތީ ހާމައަށް ފެންނާށެވެ. ޔައުލާންގެ ފަޔާއި އޮޅިފައި ކަހަލަގޮތަކަށް އޮތް ތަންކޮޅެއް ދޮން ހިމަ ދެފައި ފެނި ރީއަލްގެ ދެލޯ މުދުނަށް އެރިއެވެ. ހިމޭންކަން ދެމިގެންދިޔަ ތިން ސިކުންތަކީ ރީއަލްގެ ސިކުނޑިއަށް މިވާނުވާ އެނގެން ނެގި ވަގުތުކޮޅެވެ. އެއާއެކު ފާޑަކަށް ހަޅޭއްލަވައިގަނެފައި އޭނާ ބާރަށް ނުކުމެ ދޮރު ޖެއްސެވެ.

ޔައުލާނަށް ނިތްމަތީގައި އަތް ބާއްވާލެވުނެވެ. ދޮރު ލެއްޕުނު އަޑަށް މިޝަލް ވެސް ރަޖާ އަޑިން ބޯ ދިއްކޮށް ބަލާލިއެވެ. އޭނާ ގާތަށް އައީ ހިންޏެވެ. އައީ ކާކުކަން ނޭނގުނަސް އެމީހަކު އަމަލުކުރި ގޮތުންނެވެ. ނުހަނު މަޖާވެފައި ހެވެމުން ގޮސް މިޝަލްއަށް ބޯ އަޅާލެވުނީ ޔައުލާންގެ މޭމަތީގައެވެ. އެއާއެކު ޔައުލާންގެ ހިތުގެ ތެޅުމަށް ބަދަލެއް އައިކަން އިހުސާސްވެ މިޝަލް އަވަހަށް ބޯ އުފުލާލިއެވެ. އޭނާގެ ދަތްދޮޅި ޔައުލާންގެ މޭމަތީ ޖެހިފައިވާތީ އޭނާގެ ހޫނު ނޭވާތައް ދިޔައީ ޔައުލާންގެ މޭމައްޗާއި ކަރަށް އެޅެމުންނެވެ. އޭރު ޔައުލާން އޮތީ ހުއްޓުން އަރާފައި ކަހަލަގޮތަކަށް މިޝަލްގެ މޫނަށް ބަލާށެވެ. ދެމީހުންގެ ކަޅި ބައްދަލުވިއެވެ. ޔައުލާންގެ މޫނުމަތިން ފެންނަމުންދިޔަ އަސަރުތައް ތަރުޖަމާކުރަން މިޝަލްއަކަށް ނޭނގުނެވެ. އެހެނަސް އެ އޮއެވަރުގައި ޖެހި އޭނާއަށް ވެސް އޮވެވުނީ އެ މޫނަށް ބަލާށެވެ.

“އައި ޝުޑް ލީވް..” ޔައުލާންގެ ދެލޮލަށް ބަލަން އޮވެ މާ ގިނައިރު ވާންފެށުމާއެކު މިޝަލް އަވަހަށް އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން ތެދުވިއެވެ. ޔައުލާން ވެސް ބޯ ޖަހަމުން ބާލީހުގައި ލެނގިލީ އޭނާ މެސެޖްކުރާނެ ކަމަށް ބުނަމުންނެވެ. ޔައުލާނަށް އޭރު ދިޔައީ ފުންކޮށް ނޭވާލެވެމުންނެވެ. މިޝަލް އެނބުރުމާއެކު ޔައުލާނަށް އިސްތަށިގަނޑަށް ވާންވާރަށް ހިފެހެއްޓުނެވެ. އެ ވަގުތުކޮޅު މުޅި އުމުރަށް ދެމިގެންދާން ހިތްއެދޭވަރުން އަލުން މިޝަލް ގެނެސް އަތުތެރޭ ބޮނޑިކޮށްލަން ބޭނުންވިއެވެ. ޔައުލާންގެ އަތް ހަރަކާތްކުރި ނަމަވެސް އޭނާ އަމިއްލަ ނަފްސު ހުއްޓުވީ ގަދަކަމުންނެވެ.

ލައިގެން ހުރި ހެދުމާއި މާސްކު ރަނގަޅު ކޮށްލަމުން މިޝަލް ނިކުމެ ބަލާލިއެވެ. ރީއަލް އިނުމުން މިޝަލް އެދިމާއަށް ވީހާވެސް ބޮޑަށް ފުރަގަސް ދެވޭނެހެން ގޮސް ގެއިން ނިކުތެވެ. މިޝަލް ދަންދެން ބަލަން ހުރެ ޔައުލާން ސިޓިންގރޫމަށް ނިކުތީ ބޯ ކަހަމުންނެވެ. އޭނާ ރީއަލަށް ކިޔާދޭނީ ވެސް ކިހިނެތް ހެއްޔެވެ.؟

ރީއަލް ދަތްދޮޅީގައި އަތް ވިދެލިއެވެ. މިޝަލްއަށް ގެއިން ނިކުމެގެން ދެ ފިޔަވަޅުވެސް އެޅޭހާ ވަގުތު ނުވަނީސް ރީއަލް އެއްސެވެ. “އެއީ ކާކު..؟”

ޔައުލާން ބޯ އަރިކޮށްލާފައި އަނގަޔަށް ގޮތެއް ހަދާލިއެވެ. ރީއަލް ޒާތަކަށް ހިނިއައިސްފައި ލޮލުގެ ހިމަކޮޅުން އޭނާއަށް ބަލަން އިންވައްތަރުން އޭނާ ދިމާކުރަނީކަން އެނގުމާއެކު ޔައުލާން ކުޝަނެއް އެއްލިއެވެ.

“މަރިޔަމް މިޝަލް ދޯ އެއީ..؟”

ޔައުލާން ހައިރާންވިއެވެ. ރީއަލްއަކީ ތޫނުފިލި މީހަކަށް ވިޔަސް މިހާ އަވަހަށް އެނގިދާނެކަމަށް ލަފާކުރެވިފައި ނުވާތީއެވެ. އަދި އޭނާ އެހުރީ ރީއަލަށް ކިޔާދޭން ބޮލުތެރޭ ވާހަކަގަނޑެއް ކައްކާށެވެ.

“ކިހިނެތް އެނގުނީ..؟” ޔައުލާން އެއްސެވެ. ރީއަލް ހިނިއައިސްފައި އެދުވަހު ޔައުލާން ހޮސްޕިޓަލުގައި އުޅުނު ގޮތުން އޭނާއަށް އެނގުނީކަމަށް ބުންޏެވެ. އަންހެންކުދިންނަށް ސަލާން ވެގެން އުޅޭ ޔައުލާން އަންހެންކުއްޖަކާ ހެދި އެވަރަކުން އުޅޭނީ ވަރަށް ޚާއްސަ ކުއްޖަކަށްވީމައި ކަމަށް ވެސް އިތުރުކޮށްލިއެވެ. ޔައުލާން އެހެން ހެއްޔޭ ބުނެ ސޯފާއަށް ވެއްޓިގަތެވެ.

އެއާއެކު އޭނާއަށް ވިސްނާލެވުނީ ހަމަ ހަގީގަތުގައި ވެސް އޭނާއަށް އުޅެވެނީ އެހެންތޯ ކަމާމެދު އަމިއްލަމީހާ އާއި ސުވާލު ކުރަމުންނެވެ. އޭނާގެ ވެސް އަންހެން އެކުވެރިން ހުރެއެވެ. ތުންއަނބުރާލާފައި ޔައުލާން ހަށިގަނޑު ސީދާކޮށްލިއެވެ. އެހެން ކުއްޖަކާމެދު އެފަދަ އިހުސާސްތަކެއް އުފެދޭތޯ ކުރިން އޭނާ ބެއްޔެވެ. އެކި ކުދިންނާ ވާހަކަ ދައްކާ ގުޅުން ބަދަހި ކުރެވޭތޯ ވެސް ބެއްޔެވެ. އެހެނަސް އެފަދަ އިހުސާސްތަކެއް އެހެން މީހަކަށް ނުއުފެދެނީއެވެ. އޭނާއަށް މިލީން ނޫން އެހެން ކުއްޖެއް ހަމަ ކަމުނުދަނީއެވެ.

“ސޯ.. މަ އިނގޭ ފުރަތަމަ..” ދެފައި ދަމާލައިގެން އޮވެ ޔައުލާން ބުންޏެވެ. ބޮޑު ސްޕޮންޖްގަނޑެއް ފަދަ ބީންބޭގް ތެރެއަށް ފެތިފައި އޮވެ ރީއަލް ބޯ ޖަހާލިއެވެ.

“ވަޓް ޑޫ ޔޫ ތިންކް އޮފް އަ ޕާރޓްނަޝިޕް..؟” ޔައުލާން ފެށީ ސީދާ ވާހަކައިގެ މަގްސަދުންނެވެ. ރީއަލް ކުޑަކޮށް ބޯ ހިއްލާ ބަލާލިއެވެ. އަދި އޭނާއަށް އެބުނީ ކީކޭކަން ރަނގަޅަށް ފަހުމުނުވިކަމަށް ބުންޏެވެ.

“މިބުނީ މި ވިޔަފާރީގެ ވާހަކަ.. އަހަންނާއެކު ރީއަލް ޕާޓްނަރޝިޕެއް ފޯމްކުރަންވީ ނޫންހެއްޔޭ..” ޔައުލާން އިތުރަށް ބުނެލިއެވެ. އެއާއެކު ރީއަލް ފުންމައިގެން ތެދުވިއެވެ.

“ކީއްވެ ކުއްލިއަކަށް..؟؟؟” ރީއަލް އެއްސެވެ. އޭރު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ހައިރާން ކަމެވެ. އެންމެ ފަހަރަކު ވެސް ޔައުލާން އެހެން ބުނެފާނެކަމަށް އޭނާ ހިޔެއް ނުކުރެއެވެ.

“އަހަންނަށް ހީވަނީ ރީއަލްއާއެކު މި ވިޔަފާރިއަށް ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެހެން. ޔޫ ހޭވް ވަޓް އިޓް ޓޭކްސް.. ތި ރަށަށް ދިޔައިރު ބުނީމެއްނު ހާލަތު ހުރިގޮތުން ކޭޝިއަރެއްގެ ވަޒީފާ އަދާކުރަން ޖެހުނަސް ރެޕިއުޓެޑް ކޮންޕެނީއެއްގައި މަތީ މަގާމެއްގައި މަސައްކަތް ކުރަން އަބަދުވެސް ބޭނުންވާ ވާހަކަ..؟” ޔައުލާން ހަނދާން ކޮށްލައިދިނެވެ. ޔައުލާން ނުބުންޏަސް ރީއަލްއަށް ކުޑައިރުގެ ހުވަފެން މަތިން ހަނދާން ނެތޭނެހެއްޔެވެ. ރީއަލް އިސްޖަހާލިއެވެ.

“އަހަރެން މީ މާ މަތިން ފާސްތަކެއް ނަގައިގެން ހުރި މީހެއް ނޫން. ސްކޫލުން މަތީ ނަތީޖާތަކެއް ހާސިލު ކުރެވުނަސް މިހާ ބޮޑު ޒިންމާއެއް އަދާ ކުރާނީ ކިހިނެތް..؟ އައިމް ޖަސްޓް އޭން އޯޑިނެރީ ގާއި ޔުއެލް.. ޑޯންޓް އޯވަރ އެސްޓިމޭޓް މީ އެންޑް މައި އެބިލިޓީޒް..” މާޔޫސް އަޑަކުން ރީއަލް ބުނެލިއެވެ. އަމިއްލަ ނަފްސާމެދު ޔަގީންކަމެއް ނެތިއެވެ.

“ޓްރަސްޓް މީ.. ޒާހުބެ އަހަންނަށް މިކަން ހަވާލުކުރިއިރު އަހަންނަށް ވެސް މާބޮޑު ކަމެއް ނޭނގޭ.. އެއްޗެއް ބުނެދޭން ހުރީ އަހަރެންގެ ބައްޕަ އެކަނި. މިހާރު ވެސް ކިޔަވަމުން މި ހުރިހާކަމެއް މި ކުރަނީ.. ނުބުނާނަން މިއީ ފަސޭހަ ކަމެކޭ.. އެކަމަކު ހިތްވަރެއް ހުރިއްޔާ ވާނެ ކަމެއް މިއީ.. ރީއަލް ތިއީ ވިސްނުންތޫނު މީހެއް.. ޔޫ ހޭވް ސްކިލްސް ބިޔޯންޑް ޔޯ ކަރެންޓް އެމްޕްލޯއިމެންޓް.. ރީއަލްއާއެކު ހޭދަކުރެވުނު މަދު ދުވަސްކޮޅުތެރޭ އަހަންނަށް އެކަނި ވެސް އެކަން އެނގުނު. އެންމެ ފައިދާ ބޮޑު ގޮތަށް ކަންކަން ރޭވުމާއި ކަންކަން އެންމެ އެފެކްޓިވް އަދި ޕްރޮޑަކްޓިވް ގޮތަށް މެނޭޖްކުރުން ކަހަލަ ބޮޑެތި މަސްއޫލިއްޔަތު އަދާކުރާ މީހެއް ތިއީ.. މިސްޓޭކެއް ހެދިއްޖެނަމަ އެކަން އަމިއްލައަށް ބަލައިގަނެ ރަނގަޅު ކުރޭތޯ ބަލާ މީހުންނަށް ހިތްވަރުދީ އެންމެ ރަނގަޅަށް ވޯކްޕްލޭސް ބަލަހައްޓާ އަދި އިތުރު އެތައް ކަމެއް.. މިއީ އަދި ކުޑަ މިންވަރެއް.. މިކަމަށް އެއްކަލަ އަރުޖުން ވެސް ހެކިވާނެ.. އަހަންނަށް އެނގޭ ރީއަލްއަށް މިކަން ވާނެކަން..” ޔައުލާން ބުނެލިއެވެ. އަދި ހަށިގަނޑު ސީދާކޮށް ރީއަލަށް ބަލާލިއެވެ.

“އާނއެކޭ ބުނަން މަޖުބޫރެއް ނުކުރާނަން. މިއީ ހަމަ އޮފަރއެއް.. ކޮންމެ ޖަވާބެއް ދިނަސް އަހަރެމެންގެ މެދުގައިވާ އެކުވެރިކަމަށް ބަދަލެއް ނާންނާނެ…” ޔައުލާން އިތުރުކޮށްލީ ރީއަލްއަށް ހަމަޖެހުމެއް ދިނުމަށެވެ.

އިރުކޮޅަކު މަޑުން އިނދެފައި ރީއަލް ބުނެލީ އޭނާ ވިސްނާލާނެކަމަށެވެ. އަދި ނަވާލާއި މިޝްލާ އާއި ވާހަކަ ދައްކާލަން ބޭނުންކަމަށް ވެސް ބުންޏެވެ. އަދި ގޮތް ނިންމާއިރު ކިއަނާގެ ބަސް ވެސް އޭނާއަށް ވަރަށް މުހިންމުކަމަށް ބުނެލިއެވެ. ޔައުލާން އެގޮތާއި ގަބޫލުވިއެވެ. އަދި ރީއަލް އާއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

“ސްޕީކިންގ އޮފް ކިއާން….” އެހިސާބަށް ބުނެ ރީއަލް ބޯ ކަހަންފެށިއެވެ. ރީއަލްގެ އަޑެއް ނީވޭތީ ޔައުލާން ބޯހިއްލާ ބަލާލިއިރު ރީއަލް ފާޑަކަށް އިނުމުން އޭނާ ހައިރާންވިއެވެ. އަދި ތެދުވެ ގާތަށް ޖެހިލާ ކޮނޑުގައި ޖަހާލީ ކިހިނެތްވީތޯ އަހަމުންނެވެ.

“ކިއާންއަށް ޕްރޮޕޯޒް ކުރަން.. މިބުނީ އަނޭ އެންގޭޖްވާން ނިންމައިފިން..” ރީއަލްގެ އަޑުގައި ކުޑަ ލަދުރަކިކަމެއްވިއެވެ. ޔައުލާން އަނެއްކާވެސް ރީއަލްގެ ގައިގައި ޖެއްސެވެ. މިފަހަރު ނިކަން ބާރަށެވެ. އަދި ތެދެއްހޭ އަހާލީ ނުހަނު އުފާވެފައެވެ.

“އެހެންވެ އަސްލު މިދަތުރު އެޅީވެސް.. ކިއާންއަށް އިންސްޓަގްރާމުން މިރަށުގައި ހުރި ޖުވެލެރީ ފިހާރައެއްގެ ޕޭޖް ފެނި އެމީހުންގެ އަނގޮޓި ޑިޒައިންތައް ރީތިވެގެން އުޅެންފެށީ.. ވަރަށް ލަގްޒެރިއަސް އެކަމަކު އެފޯޑަބްލް ޕްރައިޒެސް ހުރީ.. އަގަށް އަތަކާއި ފައެއް އެރިޔަސް ކިއާންއަށް އެންމެ ރަނގަޅު އަނގޮޓި ހޯދައިދޭން ބޭނުން..” ރީއަލް ބުނެލިއެވެ. އަދި އެ ފިހާރައިގެ މީހުންނާ އޭނަ ވާހަކަ ދެއްކި ވާހަކަ ވެސް ހިއްސާކުރިއެވެ.

“އާނާ ރެޑީތަ މިކަމަށް..؟”

“ވަރަށް ނުގޮތަކަށް އެންގޭޖްމެންޓްގެ ވާހަކަ ކިއާން ދެތިން ފަހަރަކު ދައްކާފައި އޮތީ.. ބޮޑަށް ދެއްކީ މެރިއެޖްގެ ވާހަކަ.. ފިއުޗަރގެ ވާހަކަ. މި ވިސްނަނީ މާލީގޮތުން ތަންކޮޅެއް ރަނގަޅުވީމަ މެރީކުރަން.. ކިއާން ބޭނުންވާހާ އެއްޗެއް ދެވޭވަރުގެ ގާބިލު މީހަކަށް ވާން އަހަރެން ބޭނުން.. މުސްތަގުބަލަށް މިހާރަށްވުރެ ބޮޑު އިންކަމްއެއް ވެސް ބޭނުން.. ރަނގަޅަށް ފައިނޭންޝަލީ ސްޓޭބަލް ނުވެ މެރީ ކުރުމަކީ މަގޭ ނަޒަރުގަ އެހާ ރަނގަޅު ކަމެއް ނޫން.. ކިއާން ވެސް އެބަ ވިސްނާ ގެޕް އިޔަރ ނިންމާލާފަ ކިޔަވަން.. އަހަންނަށް ތަންކޮޅެއް ރަނގަޅު ވަޒީފާއެއް ލިބުނީމަ މެރީކުރަން މިހުރީ.. ކިއާން ކިޔަވަމުން މެރީކުރަން ބޭނުންވުމާ ނުވުން އެއީ ކިއާން ނިންމަން އޮތް ކަމެއް.. ކިއާން އާ މެރީކުރަން ކިތަންމެ ބޭނުންވިޔަސް އަހަރެން މިހުރީ ކިއާން ބޭނުންވާ ގޮތަކާ ރުހިގެން.. އައި ވިލް ރެސްޕެކްޓް ހަރ ޑެޒިޝަންސް.. އެޔެއް ނޫނޭ.. މިވަގުތު މެރީ ނުކުރެވެންޏާ މިކަން ކުރަން ކިއާން ވެސް ވަރަށް ބޭނުންވޭހެން ހީވަނީ.. ބޮޑު ސަޕްރައިޒެއް ދޭން ބޭނުމީ.. ދެން ނޭނގެ އަސްލު.. ވަރަށް ބިރުގަނޭ އެބަ..” ހަގީގަތުގައިވެސް އޭނާ އިނީ ފިނިވެފައެވެ. ޔައުލާން ހޭންފެށިއެވެ. ރީއަލަށް މިވަނީ ވަރުގަދަ ލޯތްބެއް ވެވިފައެވެ.

“އިތުރަށް އެނގެން ބޭނުންވާކަމެއް އޮތިއްޔާ ޔަގީން ކުރެވޭނީ އެންމެ މީހެއް ފަރާތުން..” ޔައުލާން ބުނެލިއެވެ. ރީއަލް ބުމައަރުވާލީ ކިހިނެއްތޯ އަހަމުންނެވެ.

“އެލްގެ ފަރާތުންނެއްނު. އެލްއަށް އާނާ އެނގޭހާބޮޑަށް ކަލޭއަކަށް ވެސް އާނާ ނޭނގޭނެ ކަންނޭނގެ.. އެދެމީހުންގެ ފްރެންޑްޝިޕުން މަ ގައިން ހީބިހި ނަގާ ބައެއް ފަހަރު. ހަނދާންވޭތަ އަހަރެމެން އެއް ދުވަހަކު ގެއަށް އަންނަނިކޮށް އާނާ ބުންޏެއްނު މިހާރު އެލް އިންނާނީ ކޮޓަރީގައި ގިޓާއިން އެއްކަލަ ލަވަ ކުޅޭށޭ.. އަހަރެމެން ގޮސް ވަތްއިރު ހަމަސީދާ އެހެން. ކަލެއަކަށް ވެސް އެކަމެއް ނޭނގޭ.. މަ ހުރި ހަމަ ގަބޫލު ނުކުރެވިފަ..” ޔައުލާން ހެމުން ބުނެލިއެވެ. ރީއަލް ވެސް އެއްބަސްވީ ހިނިއައިސްފައި ހުރެއެވެ. މިރޭ މިއަލް އާއި ދިމާކުރަން ނިންމާފައި ދެމީހުން ފެށީ ގޭމެއް ކުޅޭށެވެ.

***********

ބްރޭކް ވަގުތުކަމުން މިއަލް ހިނގައިގަތީ ކެންޓީނާ ދިމާއަށެވެ. ކާއެއްޗެހި އަޅައިގެން މޭޒެއް ދޮށުގައި އިށީނުމާއެކު އައި ނައިތަނެއް ނޭނގި އައިޒަކް އައިސް ކުރިމަތީ އިން ގޮނޑީގައި ޖައްސާލައިފިއެވެ. ތަށި ދުރަށް ޖައްސާލަމުން މިއަލް ނޭވާއެއް ދޫކޮށްލީ ހިތްހަމަނުޖެހިފައެވެ. ހަށަން ބަނދެލައިގެން އޭނާއަށް ބަލަން އިން އައިޒަކް އިނީ ހީނލައިގެންނެވެ. އޭނާ އެއީ އިންމީހަކަށް ހަދާވެސް ނުލާ މިއަލް ކާންފެށީ ފޯނަށް ސަމާލުކަން ހުސްކޮށްލަމުންނެވެ.

“މިދިމާ ނުބަލަން ހުވާކޮށްގެންތަ ތީނީ..؟” އައިޒަކް މިއަލްގެ މޫނުމަތީ އަތް ހޫރާލިއެވެ. މިއަލް އެވަރުން ވެސް އައިޒަކަށް އޭނާ ބޭނުންވި ސަމާލުކަމެއް ނުދިނެވެ. އައިޒަކް ހިތްހަމަނުޖެހިގެން މޭޒުމަތީ ޓަކި ޖަހާލައިފިއެވެ. އެވަރުން ވެސް މިއަލް ބަލާނުލުމުން އައިޒަކް ދަމައިގަތީ ކާ އެއްޗެހި އަޅާފައިވާ ޕްލާސްޓިކް ތައްޓެވެ.

މިއަލް ބަލާލީ ދެނެވެ. އޭނާގެ ތަށި ގާތްކޮށްލައިގެން އިން އައިޒަކްގެ މޫނުމަތިން ފެންނަނީ ކާމިޔާބީގެ ކުލަވަރެވެ.

“ތިއޮއް ހަމަ ބަލާލެވުނީއެއްނު.. ވޮޒް ދެޓް ސޯ ހާޑް..؟ އައި ޖަސްޓް ވޯންޓް ޓު ގެޓް ޓު ނޯ ޔޫ ބެޓަރ.. އަހަރެމެންނަށް އެކުވެރިންނަކަށް ނުވެވޭނެތަ..؟ ޒިދޫ ވެސް ކިހާ އުފާވާނެ..؟” އައިޒަކް އެއްސެވެ.

“އާނ.. ޒިދޫ އުފާވާނެ.. އެކަމަކު އަހަރެން ބޭނުމެއްނޫން އެކުވެރިވާކަށް..” މިއަލް ބުނެލީ ފޫހިވެފައި އިންގޮތަކަށެވެ. އައިޒަކް ކުރިން ދުވަހު ކުޅުނު ތަމްސީލަށްފަހު އޭނާ އައިޒަކާ ވައިއެޅޭކަށް ވެސް ބޭނުމެއް ނޫނެވެ. ރިޒްވާނެކޭ މީނައެކޭ މާބޮޑު ތަފާތެއް ނެތެވެ. އޭނާއަކީ މިފަދަ މީހުން ދަމާފަދަ ދަގަތްފާނެއް ނޫންބާއޭ މިއަލް ހިތަށްއެރިއެވެ.

“އެއީ ކީއްވެ..؟” އައިޒަކް ހުރީ ފަސޭހައިން ބަލި ގަބޫލުކުރާ ގޮތަކަށެއް ނޫނެވެ.

“އެހީތީ ސީދަލަށް ބުނާނަން.. އައި ސިމްޕްލީ ޑޫ ނޮޓް ލައިކް ޔޫ.. އެންޑް އައި ޑޯންޓް ވޯންޓް ޓު ޓްރައި ޓު ލައިކް ޔޫ އީދަރ.. އެކަމަކު އެކުވެރިކަން އޮފަރ ކުރީތީ ތެންކިއު..” މިއަލް ބުނެލިއެވެ. އަދި ތެދުވިއެވެ. އައިޒަކް ވެސް މިއަލް އާއި އެއްވަރަކަށް ތެދުވިއެވެ.

“ސަބަބު ބުނެބަލަ..” އައިޒަކް އަހާލިއިރު ކުރިން ހުރި ހިނިތުންވުމެއް ނެތެވެ.

“އައި ރިއަލީ ޑިސްލައިކްޑް ވަޓްއެވަރ ޔޫ ޕުލްޑް ދި އަދަރ ޑޭ..” މިއަލް ބެލީ ދެވޭތޯއެވެ. އޭނާ ހިނގައިގަތްތަނާ އައިޒަކް ވެސް ހިނގައިގަތެވެ.

“އެހެންވިއްޔާ މާފަށް އެދުމުގެ ފުރުސަތު ވެސް ދީ..” އައިޒަކް މިއަލްގެ ކުރިމައްޗަށް އެރިއެވެ. ކެންޓީންތެރޭ ތިބި މީހުންގެ ނަޒަރުތައް އެދެމީހުންނަށް ހުއްޓެން ފެށުމުން މިއަލް އިތުރަށް ހިތްހަމަ ނުޖެހުނެވެ.

“އައިޒަކްއަށް މާފް ކޮށްފިން.. ވޯކް އެކުއެއިންޓެންސެސްގެ ގޮތުގައި އުޅެން އަހަރެންގެ މައްސަލައެއް ނެތް.. ޕްލީޒް ޑޯންޓް ފޮލޯ މީ..” މިއަލް އައިޒަކާ ނަޒަރު ސީދާކޮށްލަމުން އެދުނެވެ.

އައިޒަކް ހައިރާންވިއެވެ. މިއަދު މިއަލްގެ ފަރާތުން އޭނާއަށް ފެންނަނީ ހިތްވަރުގަދަކަމާއި ޖެހިލުންކުޑަ ކަމެވެ. މިއަލް އޭނާ ހުރަސްކޮށްފައި ނިކުންނަންދެން ވެސް ބަލަހައްޓައިގެން ހުރެވުނީއެވެ.

ހޮސްޕިޓަލްގެ ސްޓާފް ފާޚާނާއަށް މިއަލް ވަދެލީ މޫނު ދޮވެލުމަށެވެ. ފާއިތުވީ ދެ ދުވަހު އޭނަޔާ ޝަފްވާނަށް ދިމާވާކަށް ފުރުސަތެއް ނުލިބެއެވެ. ސިފްރާ އާއި ޝައްޔާނުގެ ވާހަކަ އޭނާ ޝަފްވާނަށް ކިޔާދޭން ބޭނުމީ ދިމާވެފައެެވެ. އެއާއެކީ އައިޒަކްގެ ވާހަކަ ވެސް ކިޔާދޭން މިއަލް ހުރީ ނިންމައިގެންނެވެ.

ފާޚާނާކޮށްލުމަށް ޓަކައި މިއަލް ސްޓޯލެއްގެ ދޮރު ހުޅުވާލިއެވެ. ފާޚާނާ ތަށިމަތީ އެއްފައި މައްޗަށް އަނެއްފައި އަރުވާލައިގެން އަނގަޔަށް ވޭޕެއް ޖަހައިގެން އިން އަންހެން ކުއްޖާ ފެނި މިއަލް ދިޔައީ ސިއްސައިގެންނެވެ. ވަގުތުން ދެލޯމަރާ ތަގުޅިކޮށްލާފައި ތޫލިއަޑަކުން ސޮރީއޭ ބުނެ މިއަލް ދޮރު ޖެއްސެވެ. ނަމަވެސް އެތެރޭގައި އިން ކުއްޖާ ދޮރު ދޭތެރެއަށް ފައި ލާ އެކަން ހުއްޓުވިއެވެ. އޭނާ ނިމުނީކަމަށް ބުނަނިކޮށް ޖުމްލަ ބުރިވިއެވެ. މިއަލް ލައްޕާލިލެއް ބާރުކަމުން އެކުއްޖާގެ ފައި ފިތުނީއެވެ. އެއާއެކު އޭނާގެ އަނގައިން ވޭނީ އާހެއް ބޭރުވިއެވެ.

މިއަލް އެއްލޯ ހުޅުވާ ބަލާލީ އެކުއްޖާއަށް ހާނިއްކައެއް ވީކަމަށް ހީކޮށެވެ. އެވަގުތު އޭނާގެ ނަޒަރު ހުއްޓުނީ ކުރިމަތީ އިން މިޝަލްގެ މޫނަށެވެ. ވަގުތުން މިއަލްއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ބޯއަރިކޮށްލެވުމާއެކީ މިއަލްއަށް ބުނާނެ އެއްޗެއް ނޭނގިފައި ހުރެވުނެވެ. އެއާއެކު ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ.

“މިއަލް..” މިޝަލް ކޮށިއެރިއެވެ. އަނގަޔާއި ވޭޕް ދުރުކޮށްލެވުނީ ވެސް އެހެންވެއެވެ. ހުދު ގަމީހުގެ ބެގީ ރަނގަޅު ކޮށްލަމުން އޭނާ ތެދުވިއެވެ. ހޮސްޕިޓަލްތެރެ ސާފުކުރަން އުޅެފައި ވަރުބަލިވެގެން އޭނާ އުޅުނީ ބޭރަށް ދާށެވެ. އެހެނަސް މިމްރާހުގެ ގަވާއިދާއި އެއްގޮތަށް އަމަލުކުރަން ޖެހިފައިވާތީ އެކަނި ވެލަން އޭނާ ޚިޔާރުކުރީ ފެންލައިޓާއި އެންމެ ކައިރިއަށް މިހުރި ސްޓޯލެވެ. ބޯ ހަމަޖައްސާލަން މި ނެގި ކުރު ބްރޭކުން މި ފަދަ ނަތީޖާއެއް ނިކުމެދާނެކަމަށް މިޝަލް ހިޔެއް ނުކުރެއެވެ. ބަސްހުއްޓިފައި އޭނާއަށް ވެސް ބަލަން އިނދެވުނީއެވެ. މިއަލް މިތަނުގައި ހުންނަން ޖެހުނު ސަބަބާމެދު ވިސްނާލެވުމާއެކު މިޝަލްގެ ދެލޯ ދަތުރުކުރީ މިއަލް ލައިގެން ހުރި ޔުނީފޯމަށެވެ.

ފަހަތަށް ފިޔަވަޅު އެޅެމުން ގޮސް މިއަލް ސިންކުގައި ޖެހުނެވެ. އޭނާގެ ދެލޯވަނީ ބޮޑުވެފައެވެ. ނޭވާ ތާށިވެ ފާޑަކަށް އާގަންނަންފެށިއެވެ. އޭނާގެ ކޮޕީއެއްފަދަ މި ނުދަންނަ އަންހެން ކުއްޖާ އޭނާގެ ނަމުން ގޮވާލުމުން މިއަލްއަށް ހީވީ އޭނާގެ މެޔަށް ފިނިފެންއެއްޗެއް ޖެހިހެންނެވެ.

“ތިއީ…” މިއަލްއަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. މިވަނީ ކިހިނެތް ހެއްޔެވެ.؟ އެކުއްޖާ ފެނި ކުރެވިގެން މިދިޔަ އިހުސާސާއެކު އޭނާގެ ހިތް ގެނބިގެންދިޔަހެން މިއަލްއަށް ހީވިއެވެ. އެއީ ކާކުކަން އޭނާއަށް އެނގިގެންދިޔައީ ސިކުންތެއްގެ ތެރޭގައެވެ. ނަމަވެސް ކަންވެފައި އޮތްގޮތުން އެ ހަގީގަތަށް އިންކާރުކުރަން މިއަލްއަށް މަޖުބޫރުވިއެވެ. މިލީން މިތާ ހުރުމަކީ މުސްތަހީލު ކަމެކެވެ. މޫނުމައްޗަށް އަނދިރިވާހެން ހީވުމާއެކު މިއަލްއަށް ސިންކުގައި ބާރަށް ހިފަހައްޓާލެވުނެވެ.

މިޝަލް ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ބޯ ޖަހާލިއެވެ. އެ ހަރަކާތުން މިއަލްއަށް ލިބިގެންދިޔަ ސިހުން ދެގުނަވިއެވެ. އަދި ވަށައިގެން ހޯދާލެވުނީ ފެންނަ ހިސާބެއްގައި މީހަކު ހުރިތޯ ބެލުމަށެވެ.

“އެކަމަކު.. ތިއީ.. މިއީ.. ކިހިނެތްވާނެކަމެއް..؟ ތިއީ ގޯސްޓެއްތަ..؟؟؟” މިއަލްއަށް ވާހަކަ ދެއްކުނީ އުނދަގުލުންނެވެ. މިޝަލް ކުޑަކޮށް ހީނލިއެވެ.

“ނޫން.. ގޯސްޓެއް ނޫން.. އަތްލަބަލަ ބޭނުމިއްޔާ..” މިއަލް އާއި ދިމާއަށް އަތްދިއްކޮށްލަމުން މިޝަލް ބުނެލިއެވެ. މިއަލް ޝަހާދަތް އިނގިލި މިޝަލްގެ އަތްތިލައިގައި ޖައްސާލިއެވެ. ހަމަ ރަނގަޅަށް ވެސް އަތްޖެހުމުން މިއަލްގެ ހިތަށް އަރާ ފައިބަމުންދިޔަ ސުވާލުތައް ވީ އިތުރެވެ.

“ދެން މިއޮއް އެނގުނީދޯ.. ފޮރުވުމުގެ ބޭނުމެއް ނެތްތާ..” މިޝަލް އަމިއްލަ ނަފްސަށް ހިތިގޮތަކަށް ހީނލިއެވެ. މިއަލްއަށް ނުފެނި މިއަލްއާ ބެހޭ މައުލޫމާތު ހޯދަން ވިސްނާފައި އޮއްވާ ކަން މިވީ އޭނާ ހީކުރި ގޮތާ ޚިލާފަށެވެ. މަޑުން ބުނެލި ޖުމްލައެއް ނަމަވެސް މިއަލްއަށް އިވުނެވެ.

“ޑިއުޓީގައި ދޯ ތި ހުރީ.. ކޮންއިރަކު ނިމެނީ..؟” މިޝަލް އެއްސެވެ. މިއަލް ގަޑިއަށް ބަލާލަމުން ޝިފްޓް ނިމެނީކަމަށް ބުނެލީ ލަސްލަހުންނެވެ. އޭނާއަށް ހީވަމުން ދިޔައީ މި އުޅެވެނީ ހުވަފެނެއްގެ ތެރޭގައި ހެންނެވެ. ބާކީ ނިންމަންޖެހޭ ޕޭޕަރވޯކްތައް ނިންމާ ރިޕޯޓް ކުރުމުން އޭނާއަށް ދެވޭނެކަމަށް ވެސް ބުނެލިއެވެ. މިޝަލް ގަޑި ބަލާލިއިރު ހަތަރެއް ޖަހަނީއެވެ.

“މިއޮތީ އެޑްރެސް.. ނިންމާފަ އާދޭ..” ޖީބުން ނެގި ގަނޑުކޮޅެއްގައި އޭނާ ދިރިއުޅޭ އެޕާޓްމެންޓް ލިޔެދީފައި މިޝަލް ހިނގައިގަތީ ނިކުންނާށެވެ. ދަމުން އޭނާގެ މާސްކު މަތިކޮށްލިއެވެ. މިއަލްގާތު ނިކަން މަޑުމައިތިރިކަމާ އެކު ބުންޏަސް އޭނާގެ ސިކުނޑީގައިވަނީ ބޮޑު ހައިޖާނުގަނޑެއް އުފެދިފައެވެ. އޭނާ މިއަލްގާތު ދައްކަން އޮތް ވާހަކަތައް ތަރުތީބުކޮށް ވިސްނާލަން ވަގުތުކޮޅެއް ބޭނުމެވެ.

“މަޑުކޮށްބަލަ..” މިއަލް ކުއްލިއެއް ޖަހާފައި މިޝަލްގެ ގަމީހުގައި ހިފެހެއްޓިއެވެ. އޭނާގެ އަތް ހަރަކާތްކުރީ އިޚްތިޔާރަކާ ނުލައެވެ. މިޝަލް ފަހަތް ބަލާލިއެވެ. ކިހިނެތްވީތޯ އަހަމުންނެވެ.

“ތިއީ ހަމަ….” އެ ނަން ކިޔާނެ ހިތްވަރު ވެސް މިއަލްއަކަށް ނުލިބުނެވެ. ލިބިފައިވާ ޝޮކުންނެވެ. އެ ސުވާލުގެ ޖަވާބަށް އާނއެކޭއޭ ލިބުނަސް މިއަލްއަށް އެ ހަގީގަތް ހަޖަމް ކުރެވޭނެހެން ހިޔެއްނުވެއެވެ. އޭނާގެ ސިކުނޑި ވަނީ މިވަގުތަށް މަސައްކަތް ކުރުން ހުއްޓާލާފައި ކަންނޭނގެއެވެ.

މިޝަލް އަނެއްކާވެސް ބޯ ޖަހާލީއެވެ. އެދެމީހުންގެ ސިފައިގެ އެއްގޮތްކަން ހެއްކަކަށް ނުފުދޭތޯ އަހާލީ ކުޑަކޮށް ހެވިފައެވެ. އަދި އޭނާ މިއަލްގެ މޫނުމަތި މަޑުމަޑުން އަތް ޖައްސާލާފައި ނިކުމެގެން ހިނގައިގަތެވެ. އޭނާ އަންގަންޖެހޭ ފަރާތަށް އަންގާލިގޮތަށް ދިޔައީ ސީދާ ގެއަށެވެ. މިއަލްއަށް މިޝަލް ކޯތާފަތުގައި އަތްޖައްސާލި ތަނުގައި އަތް ޖައްސާލެވުނެވެ.

ގެއަށް ގޮސް މިޝަލް ކުނިކަހާ ގޭތެރެ އެއްވަރުކޮށްލިއެވެ. ފެންވަރާލައިގެން ގަޔަށް ދޫ ހުދު ސްވެޓަރަކާއި ޖިންސެއް ލިއެވެ. އަތުގެ ނިޔަފަތިތަކާއި ކުޅެމުން މިޝަލް ދެކޮޅުދެކޮޅަށް ހިނގަންފެށީ ނުތަނަވަސްވެގެންނެވެ. މިއީ އޭނާ އާއި އެންމެ ގާތް ފަރާތަކަށްވާ އޭނާގެ ކޮއްކޮއެވެ. އެހެނަސް އޭނާ ދޮންތައަކަށް ވާނީ ކިހިނެތް ހެއްޔެވެ.؟ ދައްތައަކަށް ވާން އޭނާ ތައްޔާރު ހެއްޔެވެ.؟ އުމުރު ދުވަހު އެއްބަނޑު އެއްބަފާ އެންމެ ކުއްޖެއް ވެސް ނެތި މައިންބަފައިންނަށް ލިބިފައި ހުރި ހަމައެކަނި ދަރިފުޅެއްގެ ގޮތުގައި އުޅެމުން އައިސް އޭނާއަށް މިކަން ވެދާނެ ހެއްޔެވެ.؟

އެ ޚިޔާލުތައް ދުރަށް ޖައްސާލާފައި މިޝަލް ފުންކޮށް ވިސްނާލިއެވެ.

ފެންވަރާލައިގެން މިއަލް ހުދު ބެއިޖް ކުލައެއްގެ އަތްދިގު ގަމީސް ހެދުންކޮޅަކާއެކު ތިރިން ފަޔަށް ދޫ ޖިންސެއް ލިއެވެ. އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލާފައި ލުއި މޭކަޕެއް ކޮށްލައިގެން އޭނާ ނިކުތީ ގަޔަށް ސެންޓު ބުރުވާލަމުންނެވެ. ބޮލުގައި އުފެދިފައިވާ ހައިޖާނުގަނޑުން މިއަލް ހުރީ ބޮލުގައި ވެސް ރިއްސާފައެވެ. އެކަމަކު އޭނާ ދާން ބޭނުމެވެ. މިރޭ ނުގޮސްފިއްޔާ މިފަދަ ފުރުސަތެއް އަލުން ނުލިބިދާނެހެން ހީވަނީއެވެ. ދައްތަ ފެނުމަށްފަހު ދޫކޮށްލަން ހިތް ދެކޮޅުހަދަނީއެވެ. ގަޑިއަށް ބަލާލިއިރު ފަސްގަޑި ބައިވަނީއެވެ. އިޒާއާއެކު ހުރި އަހުނަފަށް މިއަލް ގޮވާލަމުން އޭނާ ލައިދޭންދާން އެދުނެވެ. ތަޅުދަނޑި އަނބުރަމުން އަހުނަފް ނިކުތީ އިޒާ އުރާލައިގެންނެވެ. ބުރެއް ޖަހާލަންދާން ކަމަށެވެ.

“މީ ރަނގަޅު ތަން ތަ..؟” އެޕާޓްމެންޓްބަރިއަށް ބަލާލަމުން އަހުނަފް އެއްސެވެ. މިއީ އޭނާ ލޯބިކުރާ އެޕާޓްމެންޓްތަކެއް ނޫނެވެ.

“މީ ތިއްތިގެ އެކްސް ވެސް ދިރިއުޅޭ ތަން.. ތަނޫ ހުރިނަމަ މިހާރު މޫނު ހަދައިގެން އިންނާނީ.. ޝީ އިޒް ނޯ ތްރެޓް ޓު ހާރ އެކަމަކު ޒިދުޔާދެކެ ތަނާ ވަރަށް ރުޅި އަންނާނެ..” އަހުނަފް އެހެން ބުނެލުމުން މިއަލް ކުޑަކޮށް ހައިރާންވިއެވެ. އެހެނަސް ސުވާލުކުރާހާ ވަގުތެއް ނެތެވެ. އެޕާޓްމެންޓްގައި ޖަހާފައިވާ ނަމަށް އަދިވެސް އެއްފަހަރު ބަލާލަމުން މިއަލް ޔަގީންކަން ދިނެވެ.

އަހުނަފް މިއަލްގެ މޫނަށް ބަލާލީ ފާޑަކަށެވެ. މިއަލްގެ މިޒާޖަށް ވެރިވެފައިވަނީ ނޭނގޭ ހިމޭންކަމެކެވެ. އޭނާ މިކޮޅަށް ބަދަލުވިއިރު ވެސް ހުރިފަދަ ހިމޭންކަމެކެވެ. ފަހަކަށް އައިސް ފަނޑުވަމުންދާ އާދައެއްގެ މަލަމަތި އަލުންބަލުން ފެންނަން ފެށުމުން އަހުނަފަށް ވިސްނާލަން ޖެހުނެވެ. އިރުކޮޅަކު ބަލަން ހުރެފައި އަހުނަފް އަހާލީ އެތަނަށް އައި ސަބަބެވެ.

“މި.. އެސައިންމެންޓެއް ނިންމަންވެގެން..” މިއަލް އަވަސްއަވަހަށް ބުނެލިގޮތުން އަހުނަފްގެ ޝައްކުތައް ވީ އިތުރެވެ. އެހެނަސް އޭނާ އިތުރަށް ސުވާލުކުރާކަށް ނޫޅުނެވެ. މިއަލް ފޭބުމާއެކު އަހުނަފް ދުއްވާލިއެވެ.

ޓަކި ޖަހާލިއަޑަށް ކަށްޓެއް ޖެހިހެން މިޝަލް ތެދުވެ ދޮރު ހުޅުވާލަދިނެވެ. ބޭރުގައި ހުރި މިއަލް ވެސް އަތްދަބަހާއި ކުޅެން ހުރިގޮތުން އޭނާވެސް މިޝަލްއެކޭ އެއްފަދައިން ހުރީ ނުހަނު ނުތަނަވަސްވެފައިކަން މިޝަލް ނަގައިގަތެވެ. އިށީންނަންވީ ތަން ދައްކާފައި މިޝަލް އައީ ދެތަށި ކޮފީ ހިފައިގެންނެވެ. އާވި އަރައަރާހުރި ތަށިން މިއަލް ކޯވަރެއް ބޯލީ ހިތުގެ ތެޅުމަށް ލުޔެއް ލިބޭތޯއެވެ.

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

ރީމާލް… ހަތްވަނަބައި (ބުނެދޭން ދަތިވި އެ ވޭނީ ހުވަފެން)

Next

ހިތް އެދޭ މަންޒިލަކީ… 25

Next
January 30, 2026

ހިތް އެދޭ މަންޒިލަކީ… 25

Previews
January 29, 2026

ރީމާލް… ހަތްވަނަބައި (ބުނެދޭން ދަތިވި އެ ވޭނީ ހުވަފެން)

32 Comments!

  1. mary says:
    January 30, 2026 at 2:45 pm

    v reethi

    1. yooon yooon says:
      January 31, 2026 at 10:09 am

      Thankyouu sm mary!💕

  2. zuka💗 says:
    January 30, 2026 at 2:51 pm

    OMG OMG OH MY GOSH EMME FAHUN MEETVEE TWINS!!! 😱
    mi part varah varah reethi yoon i was not expecting at all
    Lysm CURIOUSLY WAITING FOR THE NEXT PART💗💗
    Me 2nd today

    1. yooon yooon says:
      January 31, 2026 at 10:09 am

      YESS finally!! Thankyou sm zuka, Lym💕
      yess you’re 2nd today!

  3. sumee says:
    January 30, 2026 at 2:55 pm

    wrh happy reeyal cheat nukureema..❤️ kiana and him getting engaged… mishal mial dhimaavee dhn vaany kihineybaey hithah arany…enme kiyaa hihvee thankolhun veeya thi nimmaaly yoon vx…Love u so much yoon❤️🫶🏻 waiting for the next

    1. yooon yooon says:
      January 31, 2026 at 10:11 am

      Ofc dhn ree’al is better than that😓
      Lets see dhw dhn vaany kihineh kan!
      Thankyou sm sumee💕 Lym dear

  4. Anonymous says:
    January 30, 2026 at 2:56 pm

    Woww speachless 😍 can’t wait for the next ep varah shauguveri aslukoves

    1. yooon yooon says:
      January 31, 2026 at 10:11 am

      Thankyouu sm dear💕 so happy to hear that!

  5. Anonymous says:
    January 30, 2026 at 2:56 pm

    Salhi salhi

    1. yooon yooon says:
      January 31, 2026 at 10:11 am

      Thankyouu sm! 💕🥹

  6. Hamnerrr🎀 says:
    January 30, 2026 at 3:11 pm

    Mishal and mial finally meet v!!🙀
    alhey mial anekka shafwaan dhoonukohlaathi 😭
    lyms queen!
    when next?
    pls tomorrow😭🙏🏻

    1. yooon yooon says:
      January 31, 2026 at 10:12 am

      Yess finallyyy, lets see dhw!
      Lym and thankyou sm Hamnerrr 💕
      Haha next insha allah 1st Feb vaa sunday ga🥹

  7. Anonymous says:
    January 30, 2026 at 3:53 pm

    dhigu inthizaaraka fahu meetvu dho
    aneh baa kiyaahithun keh madhu
    avahah laa dhechey next baa yoon
    Love u 💋💋

    1. yooon yooon says:
      January 31, 2026 at 10:13 am

      Yess dhigu inthizaarakah fahu meetvy!
      Insha allah Feb 1st ga 39th upload kollaanan🥹
      Lym and Thankyou sm! 💕

  8. shizu❄️ says:
    January 30, 2026 at 4:21 pm

    thanks mi prt dhiguveema❤️ v.v.v reethi

    1. yooon yooon says:
      January 31, 2026 at 10:14 am

      anytime!🥹
      Thankyou sm shizu💕

  9. Anonymous says:
    January 30, 2026 at 7:37 pm

    maadhan next episode please please

    1. yooon yooon says:
      January 31, 2026 at 10:15 am

      awhjsjs 🥹😭 I’m so happy to know u guys wanna read it as soon as possible
      however as per my schedule, insha allah 39th upload kollaanan 1st Feb ga.
      hope you guys understand💕
      Thankyou sm!

  10. Miss jennie says:
    January 30, 2026 at 7:48 pm

    Mi part ves varah reethi. Cant wait to know what will happen next. Curiously waiting for next part???

    1. yooon yooon says:
      January 31, 2026 at 10:16 am

      Thankyouu sm Miss jennie🥹💕 Letss see!

  11. nauhan says:
    January 31, 2026 at 12:36 am

    Yoons haadha bodu sihumekey thi dhiny baahaka kuriah dhiagothun hee nukuran mial mn dhimaa vedhaane kamah. This part hama habeys ingey dhn oi baige inthizaruga meeni
    Keep it coming pretty girl🫶🏻 Loabivey bodu kkoh inge

    1. yooon yooon says:
      January 31, 2026 at 10:16 am

      haha 😭 Thankyou sm nauhan💕Lym dear!

  12. sofy🌹 says:
    January 31, 2026 at 12:45 am

    alhugandu meeny bunaane echeh ves neygifa🤯mindblown yoon. Next bai ve inthixaaruga meeny keh nethifa

    varah ufaave bunaa dhuvahu up kollaidheythee. bxykoh ulhemun yoon thikuraa hihvarah saabasdhen ❤️

    1. yooon yooon says:
      January 31, 2026 at 10:17 am

      Thankyou sm sofy🥹💕 I feel really appreciated!

  13. sofy🌹 says:
    January 31, 2026 at 12:46 am

    yoon ge instaguram page ge nan bunelaidheeba

    1. yooon yooon says:
      January 31, 2026 at 10:17 am

      its @novellasyoon

  14. vivy🤍🐻‍❄️ says:
    January 31, 2026 at 12:47 am

    Yoonyluv i miss u so much🤍
    this part is amazing as always!
    always looking forward to new episodes
    lots of love🤍🤍

    1. yooon yooon says:
      January 31, 2026 at 10:18 am

      miss u too vivy💕Thankyou smm dear Lots of love back!💕

  15. aimee says:
    January 31, 2026 at 8:25 am

    so unexpected.. when next yoon?
    Ly so much 🩷🩷

    1. yooon yooon says:
      January 31, 2026 at 10:18 am

      Next part insha allah 1st Feb, Sunday ga
      Thankyou sm aimee💕 Lym dear!

  16. Idhaan says:
    January 31, 2026 at 8:26 am

    v furihama queen

    1. yooon yooon says:
      January 31, 2026 at 10:20 am

      Thankyou sm idhaan💕

Comments are closed.

Next Episodeތި ސޫރަ ނޫން 39←


All Right Reserved!