Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތި ސޫރަ ނޫން 34

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
January 22, 2026 12 Mins Read
19 Comments

* “އެކުއްޖާފުޅު އުޅެބޮޑުވީ ކިތަންމެ ހާލުގައި ކަމަށްވިޔަސް އޭނާއަކީ ހިތްވަރުގަދަ ކުއްޖެއް.. ހިތަށް އަރާ ޝަފްވާނަކީ އަސްލު ވެސް ދައްތަގެ ދަރިއަކަށް ވީ ނަމައޭ..” ހައިފާ އެހެން ބުނެލީ ހިތާމަވެރި ގޮތަކަށް ހީނލަމުންނެވެ. މިއަލް ބޯ ޖަހާލީ ހައިފާގެ ވާހަކަކޮޅާއި އެއްބަސްވަމުންނެވެ. އަދި ވިސްނާލިއެވެ. ޝަފްވާންގެ މާޒީއަށް އިޝާރާތްކޮށް ހައިފާ މި ބުނެލި ވާހަކައިން އިހުނަށްވުރެ ވެސް ޝައުގުވެރިވެއްޖެއެވެ. *

 

34 ޕާޓް 1

 

ދެމީހުންގެ ވާހަކައަށް ނިމުމެއް އައީ ކުރިން ވެސް ހުޅުވާފައި ހުރި ދޮރުގައި ޓަކި ޖަހާލާފައި ޝަފްވާން ކަރުކެހެލުމުންނެވެ. މިއަލް ބަލާލުމާއެކީ އޭނާ ހިނިތުންވުމެއް ދިނެވެ. ހުދު ޓީޝާޓެއް މަތިން ރީނދޫ ޖެކެޓަކާއި ނޫ ޖިންސެއް ލައިގެން ހުރި ޝަފްވާން ފެންނަނީ ނުހަނު ހުވަފެނީކޮށެވެ. ދޮރުކަނީގައި ލެނގިލައިގެން އެއް އަތް ޖީބަށް ޖަހާލައިގެން ހުރިއިރު ގަޑިއެއް އަޅާފައި އޮތެވެ. އިސްތަށިތައް ވައިރޯޅިއާއެކު ނިތްމައްޗަށް ވެއްޓެމުންދިޔައިރު ވަޔާއެކު މިއަލްގެ ނޭފަތްބުޑުގައި އެނބުރިގަތީ މީރު ވަސްދުވާ ފިރިހެން ސެންޓު ވަހެކެވެ.

“ދައްތައަށް ރަނގަޅީ މަޣްރިބްގެ ކުރިން އައިއްޔާ އިނގޭ.. އެކަމަކު ލަސްވަންޏާ އަންގާލާތި..” ހައިފާ ބުނެލިއެވެ. ޝަފްވާން އާއެނކޭ ބުނެ ހައިފާގެ ހާލުއަހުވާލު އޮޅުންފިލުވިއެވެ. އަދި ނަވާޒާއި ބެހޭގޮތުން ވެސް އެއްސެވެ.

“ނަވާޒުބެއަށް އެއްވެސް ކަހަލަ… ހާދިސާއަކާ ކުރިމަތިވިތަ..؟ މިބުނީ ހުރިހާ ކަމެއް ވެސް ރަނގަޅުތަ..؟” ބޮލުގައި އަތް ހާކާލަމުން ޝަފްވާން އަހާލިއެވެ.

“އުހޫން ގޮތެއް ނުވެ ނަވާޒުބެ ހަމަ ބަރާބަރު.. އިރުކޮޅަކުން އަންނާނެ ގެއަށް..” ހައިފާ ބުންޏެވެ. އަދި ނަތީޖާ ފާޅުކުރާ ދުވަސް ގާތްވަނީ ކަމަށް ބުނެ ނަވާޒަށް ހިންދެމިލަން ފުރުސަތެއް ލިބިގެންދާނެކަން ވެސް ހިއްސާކުރިއެވެ. މިއަލް ގާތަށް ހިނިއައެވެ. ޝަފްވާން ނުގޮތަކަށް އެ އެހީ ވަދު ކެނޑިފައިވާ ފައިވާނުގެ ވާހަކަކަން އެނގެނީ އޭނާއަށް އެކަނިކަމުންނެވެ.

“ޝެލް ވީ..؟” މިއަލް އައުމުން ޝަފްވާން އޭނާ ނުކުންނަން ތަން ދެއްކިއެވެ. އަހުނަފް އަތުން ކާރު އަތުލައިގެން ޝަފްވާން ދުއްވާލީ ކެފޭއަކަށެވެ. އެތަނުން ދެމީހުން ހަވީރުގެ ސަޔަށް އިންސާފުކުރިއެވެ. ދެމީހުން ވެސް ދެ ޑޯނަޓާއި ހޮޓްޑޯގެއް ކެއެވެ. މިއަލް މިލްކްޝޭކެއް ބުއިއިރު ޝަފްވާން ޚިޔާރުކުރީ ކޮފީއެކެވެ. ދުވަސް ނިމުނީކީ ނޫނެވެ. ދުއްވަމުން ދެމީހުންނަށް އެންމެ ކަމުދާ އާޓިސްޓުންގެ ލަވަތައް ޖަހައިގެން މަޖާކުރިއެވެ.

“ހިޒް ސޯންގްސް އަރ ދި ބެސްޓް..” މިއަލްއަށް އެންމެ ކަމުދާ ލަވަ ކިޔުންތެރިޔާގެ ލަވައެއް ޖަހަމުން ބުނެލިއެވެ. އެއީ ޚުދު އޭނާއަށް ވެސް ރީތި ލަވަތަކެއް ކީ ފަރާތަކަށް ވާތީ ޝަފްވާން ވެސް އެއްބަސްވިއެވެ. ދެން އަންނަ ޝޯއެއްގައި އެ ލަވަ ކިޔަންވީދޯއޭ ބުނަމުންނެވެ. މިއަލް އަވަސްއަވަހަށް އެއްބަސްވިއެވެ. ޝަފްވާންގެ ރީތި އަޑުން އެ ލަވަ ކިޔާލާނެގޮތް މިއަލްއަށް ޚިޔާލުކުރެވުނެވެ. އެއާއެކު އެ ތުންފަތް ފޭވީ ހިނިތުންވުމަކުންނެވެ. އެ މަންޒަރުފެނި ޝަފްވާނަށް އަވަހަށް ޝޯ ބާއްވަންވީއޭ ހިތަށް އެރިއެވެ.

“ދިވެހި ލަވައެއް އަޑެއް ނާހަންތަ..؟ ވަރަށް މަދުން ދޯ އަޑު އަހަނީ..؟” އެ ލަވަ ނިމުމުން ޝަފްވާން އެހެން ލަވައެއް ޖެއްސެވެ. މިއަލް ބޯ ހޫރާލީ އޭނާއަށް އެ ލަވަ އާއި އެ ލަވަ ކީ ކާކުކަން އެނގޭ ކަމަށް ބުނަމުންނެވެ.

“ޔަގީންތަ ތީ ތެދެއްކަން..؟؟؟” އެއްއަތުން ކާރުގެ ހުންގާނުގައި ހިފައިގެން ޝަފްވާން އިނީ ކުޑަދޮރުގައި އުޅަނބޮށި ޖައްސާލައިގެންނެވެ. ހިނިއައިސްފައި މިއަލްގެ މޫނަށް ޝަފްވާން ބަލާލީ ގޮންޖަހާލާފަދަ ގޮތަކަށެވެ.

“އަޅެ ކީއްވެގެންތަ އެވަރު ކަމަކު ދޮގު ހަދަންވީ..؟” ޝަފްވާންގެ ފަލަމަސްގަނޑުގައި ތަދުނުވާނެވަރަށް ޖަހަމުން މިއަލް އިނގިލި ބިންދަންފެށިއެވެ. އަދި އެ ލަވަކިޔުންތެރިޔާގެ ހަތް ލަވައިގެ ނަން ކިއެވެ. އޭގެތެރެއިން ތިން ލަވަ އޭނާއަށް ގިޓާއިން ކުޅެން އެނގޭކަމަށް ވެސް ބުންޏެވެ. އެވަރުން ވެސް ޝަފްވާން ދުލެއް ނުދިނެވެ. އަދި އެހަދަނީ ހުސް ދޮގު ކަމަށް ދައުވާކުރިއެވެ.

“ތި ހަދަނީ ތެދެއްކަން އެނގޭނީ އެންމެ ގޮތަކުން..” ޝަފްވާން އެހިސާބަށް ބުނެވޭއިރަށް މިއަލް ދެލޯ އަނބުރާލާފައި އެއްބަސްވިއެވެ.

“ނުވެސް އެނގެނީސް އެއްބަސްވާނީ ސިކުނޑީގެ ބަދަލުގައި ގަލެއް އޮންނަ މީހުން.. ކިޔަން އުޅުނީ ކިހާވަރެއްގެ ކަމެއް ކަން ވެސް ނޭނގެއެއްނު..؟” ޝަފްވާން ބުންޏެވެ. ރައްދުގައި މިއަލްއަށް އެނގޭ ކަމަށް ބުނެލިއެވެ.

“ގިޓާ އިން އެ ލަވަ ކުޅެދީފާނަމޭ.. އޯކޭއެއްނު..؟ އޭރުން ގަބޫލު ކުރެވޭނެއެއްނު..؟” މިއަލް އެހެން ބުނި ސިކުންތުގެ ތެރޭ ޝަފްވާން ދެ ފަރާތަށް ބޯހޫރާލައިފިއެވެ. އަދި ރަނގަޅު ނޫންކަމަށް ބުންޏެވެ. މިއަލް ދެކޮޅުހެދިއެވެ. ނުބައިވާންވީ ސަބަބެއް ނެތެވެ.

“އެންޑް ސިންގް ޓޫ.. އެލްއަށް މައްސަލައަކަށް ނުވަންޏާ ބޭނުން މިއާގެ އަޑުން އެލަވަތައް ކިޔާ އަޑު އަހާލަން..” ޝަފްވާން ބުނެލިއެވެ. މިއަލްގެ ހިތަށް ވެރިވީ މަޑު ހޫނުކަމެކެވެ. ހުރި ދިމާއަށް ލަވަކިޔަން ޖެހޭނެއޭ ނުބުނެ ޝަފްވާން އިސްކަން ދިނީ މިއަލް ބޭނުންވޭތޯ ނުވަތަ ނޫންތޯއެވެ. މިއަލް ބޯ ޖަހާލިއެވެ. އެއްފަހަރު ކަމުގައި ބުނަމުންނެވެ.

އެއާއެކު ޝަފްވާންގެ ކުސްތެޅުންތައް ފެށުނެވެ. އެއްފަހަރަށް ވަނީ ކީއްވެގެންތޯކަމާއި އޭނާ އެއީ ލިޓްލް މާރމެއިޑް ކާޓޫނުގައި އުޅޭ އުރުސުލާ ނޫންކަމަށް ބުންޏެވެ. މިއަލް ހެއްވާލެވުނީ އިޚްތިޔާރުން ބޭރުގައެވެ.

“އުރުސުލާހެން އަޑު ނަގާފާނެތީ ނުގަނޭ ބިރެއް.. ނެގިޔަސް ވެސް ޝަފްވާން އަނބުރާ ދޭނަމެއްނު.. ގިޓާ ވެސް ދިން ގޮތަށް..” މިއަލް ބުނެލިއެވެ. އެއަޑުގައިވީ ސާބިތުކަމުން ޝަފްވާންގެ ހިތަށް ހަމަޖެހުމެއް ގެނެސްދިނެވެ. މިއަލް ނުގޮތަކަށް އެ ހާމަކުރީ އޭނާއަށް އިތުބާރުކުރާކަމެވެ. އުދުހިގަންނަން ބޭނުންވާހާ އުފާވިޔަސް އެ ޝުއޫރުތައް އޮއްބާލަމުން ޝަފްވާން މިއަލްއަށް ބިރުދައްކަން ފެށިއެވެ. އޭނާގެ ހެޔޮފުޅުކަމުން އެއްފަހަރެއް ކަމަށް ގިޓާ ރައްދުކުރިޔަސް މިއަލްގެ އަޑު އަނބުރާ ނުދޭނެކަމަށް ބުނަމުންނެވެ. މިއަލްވެސް ބައިވެރިވެ ޝަފްވާންދެކެ ބިރުގަންނާނީ ހަމައެކަނި މޮޔައިން ކަމަށް ބުންޏެވެ. ދެމީހުންގެ ކޯޅުންގަނޑު ދިޔައީ ހުއްޓުމެއް ނެތި ކުރިއަށެވެ.

ޝަފްވާން ދެން މިސްރާބުޖެހީ ވާހަކަ ފޮތް ވިއްކާ ފިހާރައަކަށެވެ. މިއަލްގެ ދެލޯ ވިދައިގަތެވެ. މިއަލްގެ މޫނަށް ވެރިވި އުފާވެރިކަމުގެ އަސަރުތައް ދެކެން ހިތްހަމަޖެހިފައި ޝަފްވާން ހުއްޓެވެ.

“ބޭނުން ފޮތެއް… އެކްޗުއަލީ ބޭނުންވާ ހުރިހާ ފޮތެއް ނަގާ. އިޓްސް އޮން މީ..” ޝަފްވާން އެހެން ބުނެލުމުން މިއަލް ވަގުތުން އިންކާރުކުރިއެވެ.

“އެހެނެއް ނުހެދޭނެއްނު ދެން..” މިއަލް އެހެން ބުނެލުމުން ޝަފްވާން ބޯހޫރާލިއެވެ.

“މިއާ ސްޓޯރީޒް ކިޔާހިތްވާވަރު އެނގެޔޭ.. ޓޭކް އެނީތިން…” ޝަފްވާން އެދުމުން ނުކެރިފައި މިއަލް ބަލާލީ ފޮތް ހަރުގަނޑުގައި އެންމެ މަތީގައި ހުރި ފޮތަށެވެ. އޭނާ އެ ފޮތެއް ބޭނުންވެގެން އުޅޭތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް ކޮލެޖަށާއި ކުރިމަގަށް ފައިސާ ރައްކާކުރުމަކީ ބުއްދިވެރި ގޮތްކަމަށް ދެކިގެން މިއަލް އެފަދަ ތަކެއްޗެއް ނުގަނެއެވެ. މިއަލްއަށް ނޭނގުނީ ގެއްލުމެއް ނުވާވަރަށް ވިސްނުންތެރިކަމާއެކު އަމިއްލަ ނަފްސާއި ހިތްހަމަޖެހުމަށް ޚަރަދު ކުރުމަކީ ގޯހެއް ނޫންކަމެވެ.

މިއަލް ކޮރާލާފައި އެ ފޮތް ނުނެގިގެން ކުޑަކޮށް ފުންމާލުމުން އަތް ޖެހުނެވެ. މިއަލް އުޅޭ ހާލު ފެނި ފިހާރައިގައި މަސައްކަތްކުރާ ބިދޭސީ މީހާ ގޮނޑިއެއް ބަލާދިޔައެވެ. މިއަލްގެ ހަރަކާތްތަކަށް ބަލަންހުރެ ޝަފްވާން އޭނާގެ ފަހަތުން އަތް ދަމާލާފައި ފޮތް ނަގައިދިނެވެ. މިއަލް ފަހަތަށް އެނބުރުމުން ޝަފްވާން މިއަލްގެ އަތަށް އެ ފޮތް ލައިދިނެވެ. ލަސްލަހުންނެވެ. ދެމީހުންގެ ނަޒަރު ބައްދަލުވެފައިވީއިރު ޝަފްވާން ލާނެތް ގޮތަކަށް ހީނލައިފިއެވެ. ދެން ޝަފްވާންގެ ކަޅި ދަތުރުކުރީ މިއަލްގެ ލޮލުން ފެށިގެން އެ ރަތް ތުންފަތަށެވެ.

“ކޮން ފޮތެއް ނަގައިދޭންވީ ކޮއްކޯ..؟”

ޝަފްވާން ފޮޅުވާލާފައި ތިރީގައި ބެހެއްޓި ގޮނޑިއަށް އަރާފައި ބިދޭސީ މީހާ އެއްސެވެ. ޝަފްވާން ގޮސް މަތަވީ ފޮތްހަރުގަނޑެއްގައި ޖެހިފައެވެ. އެދެމެދުގައި ހިނގާދިޔަ ވަގުތުކޮޅަށް ނިމުމެއް ގެނައުމުން ޝަފްވާން އެމީހާއަށް ބަލާލީ ކޮލަށް ވައިއަރުވާލަމުންނެވެ. އޭރު މިއަލް ހިނިއައިސްފައި ހުއްޓެވެ. އެމީހާއަށް ދެލޯ އަޅާލި ނަމަވެސް އެ ސީރީޒް އެއްކޮށް ދޭން ޝަފްވާން އެދުނީ ރީއްޗަށެވެ. ނުވަ ފޮތުގެ މައްޗަށް އެކުލެވޭ އެ ދިގު ސީރީޒް އެއްކޮށް ގަންނަން ޝަފްވާން ބުނުމުން މިއަލް އަނގަނެގުނެވެ. ވަކިން ގަންނައިރު ވެސް ކޮންމެ ފޮތެއް އެހާ އަގުބޮޑުއިރު ސީރީޒް އެއްކޮށް ގަނެލަން އޭނާއަށް ރުހެވޭނީ ކިހިނެއް ހެއްޔެވެ.؟ ޝަފްވާން ވާކަމަކަށް ވެސް ހަދާނުލާ ކައުންޓަރަށް ގޮސް ކާޑުން ފައިސާ ކެނޑިއެވެ. ފިހާރައިން ނުހަނު ރީއްޗަށް ފޮތްތައް ޕެކްކޮށްލާފައި ދިނެވެ.

“ޔޫ ޑިޑިންޓް ހޭވް ޓު ޑޫ ދެޓް…” ފިހާރައިން ނިކުމެފައި މިއަލް ބުނެލިއެވެ. ހިތް އުފަލުން ފުރި ބަންޑުންވަމުން ދާ ހާލުގައެވެ.

“އެނގެޔޭ މިއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫންކަން.. ބަޓް އައި ވޯންޓެޑް ޓު ޑޫ އިޓް.. އަމިއްލައަށް ބޭނުންވެގެން.” މިއަލްގެ އަތަށް ފޮތްތައް ލައިދެމުން ޝަފްވާން ބުނެލިއެވެ. އޭނާ ހަގީގަތުގައި ވެސް ފޮތްތައް ގަނެދިނީ ގަނެދޭ ހިތުންނެވެ. މިއަލްގެ އުފާވެރިކަމަކީ އޭނާގެ އުފަލެވެ.

ދެމީހުން ކާރުގައި އިރުއޮއްސޭ މަންޒަރު ބަލަން އަތިރިމައްޗަށް ދިޔައެވެ. ހިޔާދޭ ކުޑައެއްގެ ދަށުގައި ދެމީހުން ވެސް އިށީނެވެ. އެތަނުން ދެމީހުން ފެނުމުން މީހުންގެ މޫނުމަތިން ފެންނަމުން ދިޔައީ ހައިރާންކަމެވެ. މިލީން ދަންނަ ގިނަ ބަޔަކު ޗުކުޗުކުލައްވަމުން ދިޔައެވެ. ނަމަވެސް ދެމީހުންގެ ސަމާލުކަން ދެވިފައިވީ ހަމައެކަނި އެކަކު އަނެކަކަށެވެ.

“ސުވާލެއް އަހާލަންތަ..؟” މިއަލް ގަސްތުކުރީ އެވާހަކަތައް އެހުމަށެވެ.

“ކޮށްބަލަ.. އެނީތިން..” އިރުއޮއްސޭ މަންޒަރުގެ ރީތި ފޮޓޯއެއް ނެގުމުގައި މަޝްއޫލުވެގެން ހުރި ޝަފްވާން ބުނެލިއެވެ. ފޯނު އެކި ގޮތްގޮތަށް އަނބުރަމުން ރީތި ފޮޓޯއެއް ނެގޭތޯ އޭނާ ދިޔައީ މަސައްކަތް ކުރަމުންނެވެ.

“ކީއްވެ އެ ފިހާރަ ރޮބް ކޮށްލީ..؟” މިއަލްގެ ސުވާލުން ޝަފްވާންގެ ހަރަކާތްތަކަށް މަޑުޖެހުމެއް އައެވެ. މިއަލްއަށް އެހާ ފަސޭހައިން އެނގޭނެކަމަށް އޭނާ ހިއެއް ނުކުރެއެވެ. އެހެންނަމަވެސް މިދުވަސް އަންނާނެކަމަށް އޭނާ ދުރާލާ ތައްޔާރުވެގެން ހުރިނަމަވެސް އެހިތަށް ކުޑަ ލޮޅުމެއް އެރިއެވެ. އިވޭ ވާހަކަތަކުން މިއަލް އޭނާގެ މަތިން ފޫހިކޮށްލަފާނެތީއެވެ.

“އެނގޭ ތި ސުވާލު އަންނާނެކަން ކޮންމެވެސް ދުވަހަކުން..” ޝަފްވާން ހިނިތުންވެލި ނަމަވެސް އެ ހިނިތުންވުމުގައި އުފާވެރިކަމެއް ނެތެވެ. އޭނާ މިއަލްގެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ. އަދި ކާރާއި ދިމާއަށް މިސްރާބު ޖެހިއިރު އުޑުމައްޗަށް އަނދިރިކަން ވެރިވާން ފަށައިފިއެވެ. ވިއްސާރަވިލާތައް އުޑުމައްޗަށް އަތްގަދަ ކުރަންފެށިއިރު ވައިރޯޅިތައް ވެސް ބާރުވެގެން ދިޔައެވެ. މިއަލްގެ ގައިން ހީބިހި ހިލުވާލީ މޫސުމަށް މިއައި ކުއްލި ބަދަލުން ކަމެއް ނޫނީ ޝަފްވާން ކިޔައިދޭން އެއުޅޭ ވާހަކަތައް އެނގެން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން ކަމެއް ބުނެދޭކަށް ނޭނގުނެވެ.

ވިހިވަރަކަށް މިނެޓް ދުއްވުމަށް ފަހު ޝަފްވާން މަޑުކޮށްލިއެވެ. އެ ކުރު ދަތުރުގެ ތެރޭ ދެމީހުންގެ މެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ޝަފްވާން ހަމަހިމޭންކަން އިޚްތިޔާރު ކުރުމުން އިތުރަށް ވާހަކަ ދައްކަން ނުކެރިގެން މިއަލް ވެސް އިނީއެވެ. ޝަފްވާން ނިކުމެ މިއަލްއަށް ދޮރު ހުޅުވައިދިނެވެ. އޭރު އޭނާ އަތުގައި ކޮތަޅެއް އޮތެވެ.

ކުރިމަތީ ހުރި ގެއަށް ބަލާލާފައި މިއަލްއަށް ހީވީ ބިރުވެރި ފިލްމެއްގެ ތެރެއަށް ވަދެވުނުހެންނެވެ. ވަށާ ހުރި ކުރު ފާރު ވެސް ބާވެގެންގޮސް ވެއްޓެން ކައިރިވެފައިވީއިރު ގޯތިތެރެ ނުބަލަހައްޓާތީ އޮތީ އެކި ޒާތްޒާތުގެ ވިނަ ހެދިފައެވެ. ގޭގެ ފާރުތަކުގައި ލާފައިވާ ކުލަ ވެއްޓިފައިވާއިރު ބައެއް ތަންތަނުގައި ރެނދުލާފައި ވެއެވެ. ބައެއް ތަންތަނުން ތަޅައިގެން ގޮސްފައިވާ ކުޑަދޮރުން ފެންނަހުރި ދޮރުފޮތިތަކުގައި ވަނީ ހިރަފުސް އަޅާފައެވެ. ވާތްފަރާތުގައި އެހެން ކުޑަދޮރެއް ހުރިއިރު އޭގައި ޖަހާފައިވާ ދެ ލޫވަ މަދެވެ. ބާކީ ހުރި ލޫވަތައް މަތީގައި ހީވަނީ ދޫނިސޫފާސޫފީގެ ނަޖިސް ހުރިހެންނެވެ. މައިދޮރުގެ ފިލާތައް ވެސް ފީވެ ހަލާކުވެފައި ހުއްޓެވެ. ބޮޑު ބަނބުކެޔޮގަހަކާއި އެހެން ބަގީޗާ ގަސްތައް ހުރިއިރު ބިންގަނޑު ވަނީ ވެރިފައިވާ ފަތްތަކުން ފޮރުވާލެވިފައެވެ. ތަންކޮޅެއް އެކަހެރިކޮށް ޖޭމުގަހެއް އިންއިރު  ވަނީ ޖޭމު އަޅާ ފުރި ބާރުވެފައެވެ. އެ ގަހުގައި ކުޑަ އުނދޯއްޔެއް އެލުވާފައި ހުއްޓެވެ.

“މިއީ އަހަރެންގެ މަންމަ ފަރާތު ކާފަގެ މުސްކުޅި ގެ…” މިއަލް ބަލަންހުރި ގޮތުން ޝަފްވާން ކިޔައިދިނެވެ. މިއަލް އެހެންހެއްޔޭ އަހާލެވުނެވެ. ޝަފްވާން އޭނާ މިތަނަށް ގެނައީ ކީއްވެގެންކަން ނޭނގިގެންނެވެ.

“އާދޭ..” ޝަފްވާން ހިނގައިގަތީ ޖޭމު ގަސްދޮށާ ދިމާއަށެވެ. އެހިސާބާ އަރާހަމަވިތަނާ މިއަލްއަށް ފެނުނީ ގަހުގެ ބިތްދޮށުގައި އިން ލެނގެވޭހެން ހަދާފައިވާ ބެންޗެއް ކަހަލަ އަށްޓެކެވެ. ޝަފްވާން އަތުގައި އޮތް ކޮތަޅުން ބޮޑު ފޮތިގަނޑެއް ނަގާ އަށިމަތީ ފަތުރާލިއެވެ. އަދި ސާފުކަންމަތީ އިށީނދެގެން އިނދެވޭކަން ޔަގީންކުރުމަށްފަހު މިއަލްއަށް އިށީންނަން ދައުވަތުދިނެވެ. ވަށައިގެން ބަލާލާފައި މިއަލް އިށީނީ ޝަފްވާނާއި ޖެހިގެންނެވެ.

“ލައިފް އިޒިންޓް ފެއަރ.. އެކަން މިއާއަށް ވެސް އެނގޭދޯ.. އަހަރެން އުފަންވީ މައްސަލަ ބޮޑު އާއިލާއެއްގެ ތެރެއަށް.. އެރޭންޖް މެރިއެޖެއްގެ ދަށުން ކައިވެނި ކުރެވުނު ދެމީހުންގެ ދަރިއެއް މީ.. މަންމައަކީ ތަންކޮޅެއް ފޯރާ އާއިލާއަކަށް ނިސްބަތްވާ މީހެއް.. އެއާ ޚިލާފަށް ބައްޕައަކީ މެދުފަންތިއަށް ވުރެ ތަންކޮޅެއް ދަށް އާއިލާއަކަށް އުފަންވި މީހެއް.. މައްސަލަ އުފެދެން މެދުވެރިވި އެއް ކަމަކީ ފައިސާގެ މައްސަލަ.. ބައްޕައަށް ލިބޭވަރަށްވުރެ މަންމަ ކުރާ ޚަރަދުތައް މާ ބޮޑު.. އެއްވެސް ލޯތްބެއް އަޅާލުމެއް ނޫނީ އެއްބައިވަންތަކަމެއް ނޯންނާނެ.. އެ ހަމަނުޖެހުންގަނޑުގެ ތެރެއަށް ޝައްޔާނު ވެސް އުފަންވީ.” ކިޔައިދެމުންދިޔައިރު ޝަފްވާންގެ އަޑުގައިވީ މާޔޫސްކަމެވެ. މިއަލްއަށް ބުމަ އަރުވާލެވުނެވެ.

“ކޮއްކޮއެއް ވެސް ހުރޭތަ..؟” މިއަލް އެއްސެވެ. ޝަފްވާން ޖަވާބުދާރީވީ ބޮލުގެ އިޝާރާތުންނެވެ.

“އާނ.. ޝައްޔާން.. ޝައްޔާން ވަހީދު.. އަހަންނާއެކު އޭނަ ވެސް އުޅެނީ. ރެންޓަށް އުޅޭ އެޕާޓްމެންޓްގައި..” ޝައްޔާނުގެ މާ ދިގު ތަފްސީލަކަށް ޝަފްވާނެއް ނުދިޔައެވެ. އޭނާއަށް މިވާހަކަތައް ކިޔައިދޭން ކެރޭނީ މިއަލް އަމިއްލައަށް އިސްނަގައިގެން އަޑުއަހަން ބޭނުންވި ދުވަހުއެވެ.

 

34 ޕާޓް 2

 

“ބައްޕަގެ ހަމައެކަނި އަގުބޮޑު މުދަލަކަށް އޮތީ ބައްޕަގެ ގެ އެކަނި.. މަންމަ ބޭނުންވީ އެގެ.. ބައްޕަ ހަމަހޭގައި އެއްބަސް ނުވާނެކަން އެނގޭތީ މަންމަ ޚިޔާރުކުރީ އެންމެ ނުބައި އެއް މަގު.. އެނގޭ އެހެން ކިޔާ ވާހަކަދައްކަން އަހަރެން މީ އެންމެ ރަނގަޅު މީހާ ނޫންކަން ވެސް.. އެ ވާހަކަ މިއާއަށް ކިޔައިދެވެން އޮތީ މިވާހަކަ ވެސް ކިޔާދީގެން.. މަންމަ ބައްޕައަށް ސިހުރު ހެދީ.. ހިތްބަދަލު ކުރެވޭތޯ.. ގިނަ ދުވަސްތަކެއް ވަންދެން ވޭންތަކެއް ތަހަންމަލުކުރި ބައްޕަ.. އެކަމަކު ފަހުން އެ ކަން ބައްޕައަށް ފަޅާއެރީ.. އެހިސާބުން ބައްޕަ މަންމަ ވަރިކޮށްލީ.. ބައްޕައަކީ ނުބައި މީހެއް ނޫން.. އެއީ މިދުނިޔެއިން ވެސް އަހަންނަށް އެންމެ ހެޔޮ އެދުނު މީހަކީ.. މަންމައާއި އޮތް ކައިވެނީގެ މަތިވެރި ގުޅުން ރަނގަޅުވޭތޯ އެތައްފަހަރެއްގެ މަތިން ބައްޕަ މަސައްކަތް ކުރި.. ދެން ނުވާން އޮތް ކަމެއް ނުވާނެތާ..”

“ޝައްޔާން ބެހެއްޓީ މަންމަ ކައިރީ.. ދެން މަންމަ އަނެއްކާ ސިހުރެއް ހަދަން އުޅެނިކޮށް ކަމެއް ގޯސްވީއޭ ކިޔާ އަޑު އިވެނީ.. އެކަމާހުރެ ބައްޕަ އަހަރެން ގޮވައިގެން ބަދަލުވީ މި ރަށަށް.. މިއީ މަންމަގެ އުފަން ރަށް.. މަންމަގެ ބައްޕަ، ކާފަގެ ރަށް.. މަންމައަކީ ވެސް ވަރިއެއްގެ ތެރޭ ބޮޑުވެފައި ހުރި ކުއްޖެއް.. މިގޭ ކާފައާއި މަންމައާއި އެއްވެސް ގުޅުމެއް ނޯންނާނެ.. އެކަމަކު މި ކާފަ ބައްޕަދެކެ ވަރަށް ލޯބިވާނެ.. މިގޭ ކާފައާއި މާމަ ވަރިވުމަށްފަހު މަންމަ އާއި ބޮޑުބެ އުޅެބޮޑުވީ މާމަ އާއި މާމަ ފަހުން އިން މީހާ ކައިރީ.. އެންމެން ވެސް މިގޭ ކާފަ ބާކީކޮށްލާފައި ހުންނާނީ.. ކާފައަށް އަޅާލާނީ ވެސް ބައްޕަ އެކަނި..”

“މިކޮޅަށް އައިސް ބައްޕައަށް ވަޒީފާގަނޑެއް ނުލިބުނު.. ކާފަ ވެސް ބަލިވާން ފެށީ އެދުވަސްކޮޅު.. އިތުރު ގޮތެއް ނެތިގެން ބަނޑުފުރާނަ މުއްތިކުރަން ބައްޕަ ފެށީ އެކި ތަންތަނުން…. ވައްކަން ކުރަން..! ވަކިވަރަކަށް ބޮޑުވީމަ އަހަރެން ވެސް އެކަން ކުރަން ގެންދިޔަ.. ހީ ޓޯޓް މީ އެވްރީތިންގ އައި ނޯ އަބައުޓް ހައިސްޓްސް ލައިކް ދިސް.. އެކި ގޭގެއިންނާއި ފިހާރަތަކުން ލިބުނު އެއްޗަކުން އަހަރެމެން އުޅުނީ.. ދުވަހަކުވެސް ގެއްލުންވާވަރަކަށް ނުނަގަން.. މިހެން ބުނީމަ ހީނުކުރާތި އެ އަމަލު ރަނގަޅު އަމަލެއްގެ ގޮތުގައި ދައްކާށޭ މި އުޅެނީ.. ގަބޫލުކުރަން އެނޫން ގޮތެއް އޮވެދާނެކަމަށް.. ބައްޕައަށް ފަހުން ވަޒީފާއެއް ލިބުނު.. އެކަމަކު ލިބޭ މުސާރަ ކުޑަކަމުން އެކަން ދިޔައީ ކުރިއަށް..”

“ކާފަ ޑޮކްޓަރަށް ދައްކަން މާލެއަށް ގޮސް އައިއިރު ބައްޕަ އައީ ގިޓާއަކާއި ރޭޑިޔޯއެއް ހިފައިގެން.. ހަރުގެތަކުގައި ޖަހާފައި ހުންނަ ރޭޑިޔޯތަކުން އިވޭ ލަވަތަކާއި ރަށުގެ ހިތާނީތަކުގަޔާ އީދުފަދަ ޚާއްސަ ދުވަސްދުވަހު ބާއްވާ ޝޯތަކަށް އަހަރެން ފޯރިހުންނަވަރު ބައްޕައަށް ފާހަގަނުވެ ނުދިޔަ.. އެ ގަތް ފިހާރަ މީހާ ގާތު އެދިގެން ބައްޕަ އައީ ވެސް ބައެއް ބޭސިކް އެއްޗެހި ދަސްކޮށްގެން.. ގިޓާ ކުޅެން ވެސް ދަސްކޮށްދިނީ ބައްޕަ.. އެއާ ކުޅެމުން ފަރިތަވަމުން ދިޔަވަރަކަށް އަމިއްލައަށް ދެނެގަނެވޭވަރަށް ދަސްވި.. އެއީ ކުރިން އަހަރެންގެ ކިބައިގައި ހުރިކަން ނޭނގޭ ހުނަރެއް.. އޭގެ ސަބަބުން ބޮޑުބެރު ގްރޫޕަކަށް ޖޮއިންވާން ފުރުސަތު ލިބުނު.. އަންޓިލް…” ޝަފްވާންގެ އަޑު ކުރެހުނެވެ.

“ވައްކަން ކުރަނިކޮށް ފަޅާއެރީ.. އަހަންނާ ހެދި.. ކުޑަ އީދަށް މުޅި ރަށް ދިޔައީ ތައްޔާރުވަމުން.. އެންމެންގަނޑު އެކަމުގައި ހޭބޯނާރާ އުޅެމުން ދިޔަ ތަންވަޅު ބަލާފައި ބައްޕަ ބޭނުންވީ ދާން.. އެރެއަކީ ބޮޑުބެރަށް ފަރިތަކުރުން އޮތް ރެއެއް.. އެކަމާ ބޮޑާހާކާފައި އަހަރެން ހުރީ ޕްރެކްޓިސްއަށް ނުދެވޭތީ.. އެހެންވެ ހެއިސްޓަށް ސަމާލުކަން ނުދެވި ކެމެރާއަކަށް ކިރިޔާ ނޭރީ.. ބައްޕަ ނުކޮއްޕާލިނަމަ.. އޭރު އެހާ އާންމުކަމެއް ނޫން ސީސީޓީވީ ހަރުކުރުމަކީ.. ވައްކަމުގެ މައްސަލަތައް ގިނަވާވަރަކަށް އެތަކެތި މަދުން ނަމަވެސް ހަރުކުރަންފެށީ.. ބައްޕަގެ މޫނު ކެމެރާއަށް އަރާފައިވަނީ ފައިސާތަކާ ވެސް އެކުގަ.. އެ މައްސަލައިގައި ބައްޕަ މާލެއަށް ގެންގޮސް ޖަލަށް ލީ.. ކުރި ހުރިހާ ވައްކަމަކަށް ބައްޕަ އިއުތިރާފްވީއިރު އަހަރެންގެ ނަން އެއްފަހަރު ވެސް ބުނެނުލާ.. އެދުވަހަކީ ބައްޕަ ފެނުނު އެންމެ ފަހު ފަހަރު.. ޖަލުގައި ލިބުނު އަނިޔާތަކާއެކު އެއްރެއަކު ސްޓްރޯކެއް ޖެހުމަށްފަހު ބައްޕަ ނިޔާވީ.. އައި ވޯޒް އޯލް އެލޯން.. އުމުރުން ދުވަސްވެ ބަލިވަމުން ދިޔަ ކާފައަކާއެކު.. އޭގެ ފަހުން ވީ ވަރަށް އަންއެކްސްޕެކްޓެޑް ކަމެއް.. އުޅޭނެ ކިޔަވައިގެން ރަށަށް އައިސްގެން އުޅޭ ވަރަށް ރަނގަޅު ނަރުސް ދައްތައެއް އޭރު.. އެ ދައްތަ އަންނާނެ ކޮންމެ ދުވަހަކު ކާފަގެ ހާލު ބަލަން.. ކައްކާފައި އެއްޗެހި ވެސް ގެނެސްދޭނެ.. މާފަހުން އެނގުނީ އެއީ ކާފަގެ ދަރިއެއްކަން.. ކައިވެނިން ބޭރުން ލިބުނު.. އެއްވެސް ޝަކުވާއަކާނުލާ އެ ދައްތަ އަހަރެމެންނަށް ވަރަށް އަޅާލި..”

“ސްކޫލަށް ގެންގޮސްދީ ސްކޫލަށާއި ގެއަށް ބޭނުންވާ ސާމާނާއި ތަކެތި ހަމަކޮށްދިނީ ދައްތައަށް ހޮސްޕިޓަލްގައި މަސައްކަތް ކޮށްގެން ލިބޭ ލާރިކޮޅަށް.. ދައްތަ ދަސްކޮށްދިން ބޭސިކް ސްކިލްތައް ވެސް.. ކެއްކުމާ އެއްޗެހި ދޮވުމާ އިސްތިރިކުރުން ފަދަ ކަންކަން އަމިއްލައަށް ކުރަން.. އެނގެންފެށި ފަހުން ދައްތަ އާއި ނުލާ އެކަންކަން ކުރަން.. ކާފައަށް ގަޑިއަށް ބޭސް ދިނުމާއި ކާފައަށް ކެއަރ ކުރަންވީ ގޮތް ވެސް.. މީހުންނަށް އިހުތިރާމު ކުރުމާއި އުޅެންވީ ގޮތް ކިޔާދީ ރަނގަޅު ތަރުބިއްޔަތެއް ދިނީ ހަމަ ދައްތަ.. ޝީ ވޯޒް ލައިކް އަ ސެކަންޑް މަމް ޓު މީ.. އެކަމަކު.. އެ ދައްތައަށް ސިއްރުން ދަން ރޮބް ކުރަން އެކި ތަންތަނުން އޭރުވެސް.. ދައްތަގެ އެހީއާއެކު އަބަދަކު ނޫޅެވޭނެތާ.. ދައްތައަށް ވެސް އެ ހެޔޮކަމުގެ ބަދަލު ދެވެން އޮތް ކޮންމެފަދަ ގޮތަކުން ވެސް ދޭން ތައްޔާރަށް އަހަރެން ހުރީ.. ސިއްރުން ފައިސާ ލަން ދައްތަގެ ދަބަހަށް..”

“އެހާކަށް ހިސާބުން އަހުނަފް އާއި ދިމާވީ.. ކުރިންވެސް ވަރަށް ގިނައިން ފެނޭ އެކަމަކު ރައްޓެއްސެއް ނޫން.. ކުރިން މިގެ ވަށާފާރު ކުރުކަމުން މަތިން ފުންމާލައިގެން އައިސް އަހޫ އިންނާނެ ވަރަށް ގިނައިން އެހެރަ އަނބުގަސް ކައިރިއަށް ކުޅެން.. މީނދަ ހެއްލާ ޖޯލީގައި އަހަރެން އިންނަން އޭނަ ކުޅޭތަން ބަލަން.. އެކަނިމާއެކަނި ކޮންމެވެސް ކުޅިވަރެއް ކުޅެން އޭނަ އަންނާނެ ކޮންމެ ދުވަހަކުވެސް މިތަނަށް.. އޭނަ އެއްދުވަހަކު މަގޭ ގަޔަށް ވެލިމުށްވަރެއް ޖެހީ.. އޭނަ ހިތުން މިދެވުނީ ދައުވަތެއް އޭނަޔާ އެއްކޮށް ކުޅެން އަންނަން.. އޭރު އަހަރެން ވަރަށް ރުޅިގަދަވާނެ.. ވަރަށް ބޭޑް ޓެމްޕަރެއް ހުންނާނެ.. ދެމީހުންނަށް އެދުވަހު ބޮޑު ތަޅާފޮޅުންގަނޑެއް ހިންގާލެވުނު.. ދައްތައަށް ގެއަށް އާދެވުނީ އެގަޑިއަށް.. އަހޫ އަނިޔާވެގެން ރޮމުން ގެއަށް ދިޔައީ.. ދައްތަ އަހަންނަށް ބުނެދިން ގޯސްކަމެއްކަން އެއީ.. އޭރު ބައްޕަގެ މައްސަލައިގައި ވަރަށް ގިނަ މީހުން އަހަރެން ބާކީކޮށްލާފަ ހުންނާނީ.. އެއްއުމުރުގެ އެހެން ކުދިންނާ ވާހަކަ ދައްކަނީ ސްކޫލުގަ އެކަނި.. އަނެއްހެން އެއްވެސް ކުއްޖަކާއި އެކުވެރިކަން ބާއްވަން ބޭނުންނުވެ ދިޔަ ބޯހަރު ދުވަސްކޮޅެއް އެއީ.. އެހެންވެ ފްރެންޑްވާން މަސައްކަތް ކޮށްފައި ވެސް ގިނަ ކުދިން ހުއްޓާލާނެ.. ދެން އަހޫ އުޅުނީ މަށާ އެކުވެރިކަން ބާއްވަންކަން ވިސްނިގެން މަށަށް ދެކެވުނީ އޭނަ އެހެންމީހުންނާ ޚިލާފަށް ބޮޑަށް ޓްރައި ކުރިކަން.. އަސްލު އެހެން ހީވީ މުޅިން އާ އުކުޅެއް އޭނަ ބޭނުންކުރީމަ.. ދެން އެހެން ހިތަށް އަރާފަ އަމިއްލަ އަމިއްލައަށް ވަރަށް ރޮވުނު އެރޭ..” އެހިސާބުން ޝަފްވާނަށް ކުޑަކޮށް ހެވުނެވެ.

“އޭގެ ފަހުން ދެ ހަފްތާ ވީއިރު ވެސް އަހޫ ނާދޭ ކުޅޭކަށް.. ސްކޫލަކަށް ވެސް ނުދޭ.. ދެން ރަށުތެރެ ހޯދަމުން ހިނގީ އަހޫ އުޅޭ ގެއެއް ފެނޭތޯ.. ދެން ފެނުނީ އޭނަ ނަވާޒުބެއާ އެއްކޮށް މިސްކިތުން ފައިބައިގެން ގެއަށް ދިޔަތަން. އެ ދުވަހު ހަވީރު މަ ހުރީ އެގޭދޮށުގައި ކުޅެން.. އަހޫ އާދޭތޯ… އޭނާ އާދައިގެ މަތިން ހަވީރު ނިކުމެ މަ ފެނިގެން ފުރަތަމަވެސް ފެށީ ރޯން.. އޭނަ ހިކުރީ އަނެއްކާ ތަޅައިގަންނާށޭ މަ މިއައީ.. ހައިއްތަ އޭނަ ހަމައަކަށް އެޅުވީ.. މަ ގޮސް މާފަށް އެދުނީމަ ވެސް އެއްޗެކޭ ނުބުނެ ފާޑަކަށް ތުން ދަމާފަ ހުރީ.. ދެޓް ވޯޒް ވެލް ޑިޒާރވްޑް އަސްލު ހެހެހެ.. އެކަމަކު އޭނަ ވެސް އެކުގައި ކުޅޭނެ މީހަކު ނެތިގެން އަންނަން ފެށީ އަލުން މަގޭ ގެއަށް.. އެހިސާބުން ވާހަކަ ދައްކާ ފްރެންޑުވެވުނީ ވެސް.. ޓަރންސް އައުޓް، އަހޫގެ ފެމިލީގައި ވެސް ކޮންމެވެސް ވަރަކަށް މައްސަލަތަކެއް އުޅުނު ދުވަސްވަރެއް އެއީ.. ނަވާޒުބެގެ މަންމަ އާއި ކޮއްކޮ އާއި ރުޅިހަދާލައިގެން އެކަމުގެ ރުޅި ހައިއްތަދެކެ ވެސް އައިސްގެން ވަރަށް އުނދަގޫ ދުވަސްކޮޅެއް އަހޫއަށް އެއީ.. އަބަދު ޒުވާބު ކުރާ އަޑު އިވެން ކާކު ބޭނުންވާނީ..؟ ޚާއްސަކޮށް އަމިއްލަ މައިންބަފައިން..”

“އެކަކު އަނެކަކު އިހުސާސްތައް އެނގެން ފެށީމަ އެހާ ކްލޯޒް ވެވުނީ ވެސް.. ކާފަ ނިޔާވުމުން ވެސް ދައްތައަށްފަހު އޭނަ ހުރީ އެންމެ ގާތުގައި މަށަށް ހިތްވަރުލައިދޭން.. އޭނަގެ މާމަ މަރުވި ވާހަކަ ވެސް ކިޔާދިން.. ހީ ހޭޒް ބީން މައި ބެސްޓް ފްރެންޑް އެވަރ ސިންސް.. ރޮބް ކުރަން އަހުނަފް ގެންދަންފެށީ އެވާހަކަ ކިޔާދިނުމުން އޭނަ އަހަރެން ޖަޖް ނުކޮށް ޝައުގުވެރިކަން ފާޅުކުރީމަ.. އޭނަ ވެސް ވަކި ގޯހެއް ނޫން.. އެހެން އުޅެނިކޮށް ޝައްޔާން މިރަށަށް ގެނައީ މަންމަފަރާތު ބޮޑުބެ.. މަންމަ އާއި ބޮޑުބެއަށް ކާފަގެ މަރުގެ ޚަބަރު ލިބިގެން މި ގެ ހުރި ބިން ލިބޭތޯ ތަޅާފޮޅަނިކޮށް މަންމަ ދަންޖެހިގެން މަރުވީއޯ.. މީހުން ކިޔަނީ ސިހުރުހާހޫރަޔާހެދި ނިކުތް ހިތި ނަތީޖާކަމަށް.. ބޮޑުބެ ބުނީ އެމީހުންނަކަށް ޝައްޔާނެއް ނުބެލޭނެއޯ.. އެކަމަކު ބޮޑުބެ މިގެއަށް ގޮތެއް ހަދަންދެން އުޅުމުގެ ހުއްދަ ދިން.. ދެން އޭގެ ފަހުން އޭނަ ހުރީ މަގޭގާތު.. ލިބުނު ވަރަކުންނާ ދައްތަގެ އެހީއާއެކު ކިރިޔާ ހިފަހައްޓާލެވުނީ.. އެހެންވެ ފައިސާ ނަގާއިރު ތަންކޮޅެއް ބޮޑުކޮށް މަށާއި އަހޫ ނަގަން ފެށީ..”

“ދެން އެހެން ދަމުން އަސްލު ދުނިޔެއަށް މަގޭ ލޯ ހުޅުވުނީ.. ކިޔެވުމުގެ ފަހުކޮޅު އާދައިގެ މީހެއްހެން އުޅެވެންފެށީ.. ޝޯތައް ދޭންފެށީ ވެސް އެހިސާބުން.. ދުވަސްވީވަރަކަށް މީހުން ބައްޕަގެ މަތިން ހަނދާންނެތެމުން އަހަރެން ބަލައިގަތީ އުފަލާއެކު.. ދެން…. ޕިއުބަރޓީ ހިޓް މީ ލައިކް އަ ބިގް ޔެލޯ ސްކޫލް ބަސް.. އެ ހިސާބުން މީހުންނަށް މާ ރީތިވާންފެށީޔޯލަ.. ދެޓް ޑިޑިންޓް ރިއަލީ މެޓަރ އެކަމް އައި ވޯޒް ފިކްސްޑް އޮން އިމްޕްރޫވިންގ މައި ލުކްސް.. ޕަރމެނެންޓް ލެންސެއް ވެސް ލެއްވީ އެހެންވެ.. އަސްލު ކުޑަކޮށް އަނދިރިވެސް ވާނެ އިނގޭ މިހެން ކިޔަސް.. ބޮޑު އޯޑިއެންސެއް ހޯދަން ކުރިކަމެއް އެއީ.. އެއަށްފަހު އަހަންނަށް އިތުރަށް ސަމާލުކަން ލިބި ލާރި ލިބެންފެށީ.. ދެޓްސް ވަން ސްޓެޕް ކްލޯޒަރ ޓު މައި ޑްރީމް.. އަބަދުވެސް ބޭނުންވޭ އެހެންމީހުންގެ ހިތަށް ހަމަޖެހުން ގެނެސްދޭފަދަ ލަވަތަކެއް ކިޔާ މަޝްހޫރު މީހަކަށް ވާން.. ސްކޫލް ނިންމާފަ ލަވަ ކިޔާ ދެތިން ކުއްޖަކާ ގުޅުނިން. އެއީ އާފް، ފަޒާހު ދެން ލީވާނު.. ހަތަރު މީހުން އޮފިޝަލް ބޭންޑެއް ހަދަން ވަރަށް ބޭނުންވޭ.. އިޓްސް ސްޓިލް އަ ޑްރީމް..” ޝަފްވާން އޭނާގެ މާޒީ ކިޔާދީ ނިންމާލިއެވެ.

މިއަލް އިނީ ކަނުލާ އަޑު އަހާށެވެ. އޭރު އޭނާގެ އަތް ވަނީ ޝަފްވާންގެ އަތުތެރޭގައެވެ. ހިތްވަރެއް ދިނުމުގެ ގޮތުންނެވެ. ޝަފްވާން ބޮޑުވާ އިނގިލިން މިއަލްގެ އަތުގައި ފިރުމާލިއެވެ. ޝުކުރުވެރިކަން ފާޅުކުރުމުގެ ގޮތުންނެވެ.

“ބައްޕައިންނަކީ ހީރޯޒް ހަމަ..” ނަވާލްގެ މަތިން ހަނދާންކޮށްލަމުން މިއަލް ބުންޏެވެ. ކުޑައިރުއްސުރެ އޭނާ ބަލާބޮޑުކުރީ ހަމަ އެ ބައްޕައެވެ. އަދި އެއާއެކު ޝަފްވާންގެ ބައްޕަގެ ހިތްވަރުގަދަކަމަށް މިއަލް ތައުރީފު ކުރިއެވެ. އެ އަމަލަކީ ގޯސްކަމެއްކަން ގަބޫލު ކުރި ނަމަވެސް އަމިއްލަ ދަރިފުޅާއި ބަފައިބެއަށް ޓަކައި އެ ބައްޕަ ހާދަ މަސައްކަތެއް ކުރިއެވެ. އެ މާޒީއާއި ބެހޭގޮތުން މިއަލް ތަފާތު އެތައް ސުވާލެއް ކުރިއެވެ. ކޮންމެ ސުވާލަކަށް ވެސް ޝަފްވާން ޖަވާބު ދިނީ ތެދުވެރިކަމާއެކުއެވެ.

“އެހާވަރަށް މި ގެ ލިބޭތޯ ފައިޓްކޮށްފަ ކީއްވެ މިތަން ފަޅުކޮށް މިއޮތީ..؟” މިއަލް އެއްސެވެ. ވީރާނާ ވެފައިވާ އެގޭތެރޭ ދިރުމެއްގެ އަސަރެއް ވެސް ނުވެއެވެ.

“ތިއެއް ނޭނގޭ.. ޝައްޔާނު ލާފައި ދިޔަފަހުން އެމީހުންގެ ޚަބަރެއް ނުވޭ.. ހޯދާކަށް ނުވެސް އުޅެން.. ދެން ގޭގައި އުޅެވޭނޭ ބުނީމަ އަމިއްލަ ފައިމައްޗަށް ކިރިޔާވެސް ތެދުވެވެންދެން އެތަނުގައި އުޅުނީ.. ދެން މިހާރު މި އުޅޭ ތަނަކީ އާފް ބައްޕަގެ އެޕާޓްމެންޓެއް.. އޭނަގެ ދީލަތިކަމުން ރެންޓަށް ވެސް ވަރަށް ބޮޑުތަން ލުއިކޮށްދީފައި އޮތީ.. އެހެންވެ ފުދޭވަރަކަށް ރަނގަޅަށް އުޅެވޭވަރުވޭ..” ޝަފްވާން ކިޔައިދިނެވެ.

“ކޮބާތަ އެ ދައްތަ މިހާރު..؟ އަޑުވެސް ނާހަން ތި ދައްތައެއްގެ ވާހަކައެއް..” މިއަލް އެއްސެވެ.

“ހެހެ ނޭނގޭނެއެއްނު.. ޝައްޔާނަކީ އުޅޭ މީހެއްކަން ވެސް ތި އެނގުނީ މިއަދު ވިއްޔަ.. އެ ދައްތަ ވެސް މީހަކާއި ކައިވެނިކޮށްގެން ފިރިމީހާގެ ރަށަށް ބަދަލުވީ.. އަހަރެމެން ބަލަން މުޅި ހަޔާތް ދައްތައަށް ހުހެއް ނުކުރެވޭނެތާ.. ފޯނު ކުރާނެ އެހެން އުޅެފަ.. ދޭތެރެދޭތެރެއިން ރަށަށްވެސް އަންނާނެ.. ހުރޭ މިހާރު ލޯބިލޯބި ކިޑެއް ވެސް..” ދައްތަ އާއި ބެހޭގޮތުން ޝަފްވާން އިތުރަށް އޮޅުންފިލުވައިދިނެވެ. މިއަލް ކުދިކިޔާލިއެވެ. އޭނާއަށް އެނގޭނީ ޝަފްވާން ކިޔާދިނީމަ ކަމުގައި ބުނަމުންނެވެ. ޝަފްވާން ކުޑަކޮށް މިއަލްގެ ކޮލަށް ފިތާލިއެވެ. ކޮލަށް އެކަންޏެއް ނޫނެވެ. ނޭފަތަށް ވެސް ދަމާލައިފިއެވެ.

“ދެން ދުވަހަކުވެސް ނުވިސްނަންތަ އަސްލު ޖޮބެއް ހޯދަން..؟ ނޫނީ އިތުރަށް ކިޔަވަން..؟” މިއަލް ނުކެރިފައި އަހާލިއެވެ. އެކަމުން ޝަފްވާން ދުރުކުރަން އޭނަ ބޭނުމެވެ.

ޝަފްވާން އިސްޖަހާލީ ހިތާމަވެރި ހިނިތުންވުމެއް ދައްކާލަމުންނެވެ. “އައި ހޭވް ބީން ޓްރައިންގް.. ޝޯތަކުން ފުދޭވަރަކަށް ފައިދާވާން ފެށީމަ އެކަން ކުރުން ހުއްޓާލަން ބޭނުންވި.. އަހޫ ވެސް ފަހަކަށް އައިސް ކުޑަކޮށް އެކަމާ ދުރުވެފަ ހުންނަހެން ހީވަނީ އެކަހަލަ ވާހަކައެއް ނުދައްކާތީ.. ޗީޒީގައި ގިނަ ދުވަސް ހޭދަވާވަރަކަށް އޭނަގެ ހިތް ވެސް ބަދަލުވަމުން ކަންނޭނގެ ދަނީ. އެކަމަކު ޝައްޔާނަކީ ވެސް ކިޔަވާ ކުއްޖެއް.. އެހެންވެ އިތުރަށް ފައިސާ ހޯދަން ތި ރަށަށް ދިޔައީ.. އެރޭ އަހަންނާ މިއާ އާއި ބައްދަލުވީ ވެސް.. އެކަމަކު މިއީ ހާދަ އީޒީ މަނީ އޭ.. މާބޮޑު ދަލެއް ހިއްލުމަކާނުލާ ގުދާރު ބިނދޭފަދަ ބުރަ މަސައްކަތެއް ނުކޮށް ލިބެނީ ހުސް ފައިދާ.. އެންޑް އައި ނޯ އިޓްސް ރޯންގް.. އައި ވޯންޓް ޓު ޗޭންޖް.. ބަޓް ދަ އަރޖް ޓު ޑޫ އިޓް އިޒް ސޯ ސްޓްރޯންގް..” ޝަފްވާން ކަރުއެލުވާލައިފިއެވެ. މިއަލް ޝަފްވާންގެ ކޮނޑުގައި ހިފާ އޭނަޔާ ވީކޮޅަށް އަނބުރާލިއެވެ.

“ކޮންމެ ކަމެއް ވެސް ކުރެވޭނީ ގަދައަޅާ މަސައްކަތްކޮށްގެން.. އައި ކޭން ހެލްޕް ޔޫ.. ވެވުނު ވަރަކަށް އަހަރެން އެހީ ވާނަން.. ފަސްޓްލީ ޔޫ ނީޑް.. ތެރަޕީ.. އިރާދަކުރެއްވިއްޔާ ތި އަރޖެސްތަކުން އަރައިގަނެވޭނެ.. އަދި ކިޔަވާފައި ހުރިވަރަށް މިހާރު ރަނގަޅު ޖޮބެއް ހޯދިދާނެ.. ޖޮބަށް ދަމުން ޝަފްވާން ބޭނުމިއްޔާ އިތުރަށް ކިޔެވިދާނެ.. ތި ދާއިރާއިން.. އެކްސްޕެންސެސް މެނޭޖް ކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫން.. ބޭނުންވާ އެތަންމެ އެއްޗެއް ހުންނާނެ.. އަދި ޚަރަދު ކުރަން ހުރީ ތިމާމީހާ އެކަންޏެއް ނޫންދޯ އަދި.. އެކަމަކު މިހާރު ހުރި އެއްޗަކުން ހިފަހައްޓާލެވޭނެ.. އެންޑް ޔޫ ކޭން ވޯކް ޓު އެޗީވް ޔޯ ޑްރީމްސް އޭޒް ވެލް.. އަނގައިން ކިޔާލަން ވަރަށް ފަސޭހަވެދާނެ.. ބަހަށް ވުރެ އަމަލުގެ އަގު މާ މަތި.. މިކަމުގައި ބޮޑަށް އޮތީ ޝަފްވާންގެ ހުރި ހިތްވަރެއް.. ޝަފްވާންގެ ބައްޕަ ވެސް އެދޭނީ މިގޮތަށް ކަންނޭނގެއެއްނު..؟ ބައްޕަ އުޅުނު ދަތި ހާލުގައި އެގޮތަށް ކަންކުރަމުން މުޅި އުމުރަށް ޝަފްވާން އުޅެން ބައްޕަ ބޭނުންވެދާނެހެން ހީވޭތަ..؟ ޝަފްވާނަށް ހިޔެއް ނުވޭތަ އަމިއްލަ ފައިމައްޗަށް ތެދުވެގެން ކާމިޔާބު މީހަކަށް ވާތަން ދެކެން ބައްޕަ ބޭނުން ނުވާނެހެން..؟” މިއަލް ބުނެލިއެވެ. ކުޑައިރުއްސުރެ ކޮށްކޮށް ނުފިލުވާލެވޭވަރަށް ކަށީގައި ހިފާފައިވާ އާދައެއް ވަކިކޮށްލުމަކީ ފަސޭހަކަމަކަށް ނުވާނެކަން ޚުދު އޭނާއަށް ވެސް އެނގެއެވެ. އެހެނަސް ޝަފްވާނަށް އެކަން ވާނެކަމުގެ ފުރިހަމަ ޔަގީންކަން އޭނާއަށް ލިބިފައިވާ ކަހަލައެވެ. އެވަރުގެ މާޒީއެއް ހިތްވަރާއެކު ތަހަންމަލު ކޮށްފައި ޝަފްވާނަށް މިކަން ވެސް ވާނެއެވެ.

މިއަލްގެ ބަސްތަކުން ޝަފްވާނަށް ހީވީ އާ ދިރުމެއް ލިބުނުހެންނެވެ. ހަގީގަތުގައި ވެސް ހުއްޓާލެވޭތޯ އޭނާ މަސައްކަތް ކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނަމަވެސް މާ އެދެވޭ ނަތީޖާއެއް ނުނިކުންނާތީ އޭނާ ނާއުންމީދު ވަނީއެވެ. އޭނާ އަނދިރިކަމުން ފުރިގެންވީ ހޮހޮޅައެއްގައި ގެއްލިފައި ހުއްޓާ މިއަލް މިވީ ރޯވި ދަންމަރަށެވެ. ކޮނޑުގައި އޮތް މިއަލްގެ އަތުގައި ހިފާލަމުން ޝަފްވާން މަޑުމަޑުން ބޯ ޖަހާލިއެވެ. އޭނާ އިތުރަށް މަސައްކަތްކުރާނެކަމަށް ބުނަމުންނެވެ. މިއަލް ހީނލާފައި ބޯ ޖަހާލިއެވެ. އަދިވެސް އެއްފަހަރު ޝަފްވާނަށް އެކަން ވާނެއޭ ބުނެލިއެވެ.

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

ބޮޑީގާޑު 10

Next

އަބަދުވޭ ހިތުގާ މަގޭ 2 (18)

Next
January 22, 2026

އަބަދުވޭ ހިތުގާ މަގޭ 2 (18)

Previews
January 22, 2026

ބޮޑީގާޑު 10

19 Comments!

  1. Anonymous says:
    January 22, 2026 at 1:37 pm

    Thanks dhigu veema

    1. Miss jennie says:
      January 22, 2026 at 2:36 pm

      Mi part ves varah reethi. Mial and shafwaan so cute! Curiously waiting for next part???

    2. yooon yooon says:
      January 24, 2026 at 5:33 am

      ur welcomee dear!💕

    3. yooon yooon says:
      January 24, 2026 at 5:34 am

      Thankyouu sm Miss jennie💕 so glad you enjoyed!

  2. 😶‍🌫️Raajiha 😶‍🌫️ says:
    January 22, 2026 at 3:36 pm

    Me third today
    Alhey shafwaaan ge story haadha sad ey 😭
    Mial and shafwaaan is really so cute 🥰
    When is next?
    Oh migothah dhigu kohdhineema thanks Yoon
    Lysm girll

    1. yooon yooon says:
      January 24, 2026 at 5:35 am

      yess u 3rd today! Thankyou sm Raajiha💕 Lym dear! and welcome!
      Next insha allah today, 24th Jan Saturday ga

  3. jummi says:
    January 22, 2026 at 7:27 pm

    I was teary eyed mi pt kiyaafa😟 shafvaan haadha sad life ekey..
    tyvm for the long pt
    next part when?

    1. yooon yooon says:
      January 24, 2026 at 5:36 am

      Oh alhey😭 Anytime dear, Thankyouu sm jummi💕
      Next 24th Jan Saturday ga insha allah

  4. qweeeeen says:
    January 22, 2026 at 7:30 pm

    GIRL bookshop scene was the cutest scene eva😍😍💗
    I also want a man who does all that for me
    So so cute and shafvaan will heal iraadha kureveeya
    Lysm!!!!💗 Curiously waiting for the next

    1. yooon yooon says:
      January 24, 2026 at 5:37 am

      HAHAH so glad you liked it! thats so real
      Thankyouu sm qweeeeen 💕 Lym dear!

  5. Yash💛 says:
    January 23, 2026 at 12:18 am

    vvv reethi mi baa ves
    hiyevves nukuran shafwaan eha sad maazy eh ovedhaanekamakah
    Mial and shafwaan ge date so loaaabi💛⭐
    Lysm yoon 💛⭐

    1. yooon yooon says:
      January 24, 2026 at 5:38 am

      Thankyou sm Yash💕 So glad u liked it
      Lym dear💕

  6. eems says:
    January 23, 2026 at 1:50 am

    to think that someone in real life went through what shafwan went through breaks my heart..Plx mial aa shafwaan gulhuvachey yoon.

    1. yooon yooon says:
      January 24, 2026 at 5:38 am

      yeah dhw☹️ Lets seee!
      Thankyou sm eems💕

  7. mary says:
    January 23, 2026 at 1:50 am

    v reethi

    1. yooon yooon says:
      January 24, 2026 at 5:38 am

      Thankyou sm mary💕 Tgc!

  8. dhee says:
    January 24, 2026 at 1:12 am

    Varah nice mibaivx

    1. yooon yooon says:
      January 24, 2026 at 5:39 am

      Thankyou sm dhee!💕 tgc!

  9. ENGENE says:
    January 25, 2026 at 5:07 am

    Mi part vess varah reethi
    Varah dheravi mi baa kiyaafa
    No one deserves to go through what shafwaan went through
    And i really love ahnuf and shafwaan ge friendship
    Lysm♥️

Comments are closed.

Next Episodeތި ސޫރަ ނޫން 35←


All Right Reserved!