Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތި ސޫރަ ނޫން 35

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
January 24, 2026 9 Mins Read
26 Comments

* މިއަލްގެ ބަސްތަކުން ޝަފްވާނަށް ހީވީ ދިރުމެއް ލިބުނުހެންނެވެ. ހަގީގަތުގައި ވެސް ހުއްޓާލެވޭތޯ އޭނާ މަސައްކަތް ކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނަމަވެސް މާ އެދެވޭ ނަތީޖާއެއް ނުނިކުންނާތީ އޭނާ ނާއުންމީދު ވަނީއެވެ. އޭނާ އަނދިރިކަމުން ފުރިގެންވީ ހޮހޮޅައެއްގައި ގެއްލިފައި ހުއްޓާ މިއަލް މިވީ ރޯވި ދަންމަރަށެވެ. ކޮނޑުގައި އޮތް މިއަލްގެ އަތުގައި ހިފާލަމުން ޝަފްވާން މަޑުމަޑުން ބޯ ޖަހާލިއެވެ. އޭނާ އިތުރަށް މަސައްކަތްކުރާނެކަމަށް ބުނަމުންނެވެ. މިއަލް ހީނލާފައި ބޯ ޖަހާލިއެވެ. އަދިވެސް އެއްފަހަރު ޝަފްވާނަށް އެކަން ވާނެއޭ ބުނެލިއެވެ. *

އިރުއޮއްސިއްޖެކަން ދެމީހުންނަށް އިހުސާސްވީ ދެމީހުން ވަކިކުރަން ނޭނގޭވަރަށް އަނދިރިކަން ފެތުރުމުންނެވެ. ގަޑިއަށް ބަލާލާފައި މިއަލް ތެޅިގަތެވެ. އޭނަ މި އިނީ ހައިފާއަށް ނުވެސް އަންގައެވެ. ޝަފްވާން މިއަލްގެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ. އަދި ފޯނުން ފްލޭޝްލައިޓް ދިއްލާލައިގެން ކުރިއަށް ދިޔައެވެ.

“މިއީ އަހޫއަށް އެކަނި އެނގޭ އެއްޗެހި.. އެކަކަށް ވެސް މި ވާހަކަތައް މިހާ ޑީޓެއިލްކޮށެއް ނޭނގޭނެ.. މިލީއަށް ވެސް ނޭނގޭނެ..” ކާރަށް އަރާފައި ޝަފްވާން ބުނެލިއެވެ.

މިއަލް އެއީ ކާކުތޯ އެހީ ލޯ ހަނިކޮށްލަމުންނެވެ. ޝަފްވާނަށް ތުންފަތުގައި ދައިގަނެވުނެވެ. މިއަލް އޭނާއަށް މިލީންގެ ވާހަކަ އާއި އެދެމެދުގައިވާ ގުޅުމުގެ ވާހަކަ ކިޔާދިނީއްސުރެ އޭނާ އެދެމީހުން ރައްޓެހިވެގެން އުޅުނުކަން ސިއްރު ކޮށްގެން އުޅުނީ އެދުވަސްކޮޅު މިއަލް ސަކަރާތް ވެފައި ހުރިވަރުންނެވެ. ބޭރުފުށުން މާބޮޑަށް ފާޅު ނުކުރި ނަމަވެސް އެ ވާހަކަ ދެއްކިއިރު ކޮށްފައިވާ އަސަރު އޭނާއަށް ވެސް ފެނުމުންނެވެ.

ދެން ކޮންމެހެން ސިއްރު ކުރުމުގެ ބޭނުމެއް ނެތުމުން ޝަފްވާން މިއަލްއަށް އެ ވާހަކަތައް ކިޔާދިނެވެ. މިލީންއަކީ ގޯސް ކުއްޖެއް ނޫންކަމާއި ރައްޓެހިވީ މާބޮޑު ވިސްނުމަކާއި ނުލާކަމަށް ބުންޏެވެ. އަދި މިލީންގެ ހިތަށް ތަދު ކޮށްލެވުމުން ދެރަވާ ވާހަކަ ވެސް ބުނީ ހަޔާތުގެ ބައިވެރިޔާއަކީ ކޮންކަހަލަ މިޒާޖެއްގެ ވެރިއެއްކަން ބެލުމާއި ހުރިހާގޮތަކުން ވެސް އެމީހަކަށް ކަމުދާ މީހަކާއެކު އުޅުމުގެ މުހިންމުކަން މިހާރު އޭނާއަށް ވިސްނޭކަމަށް ބުނަމުންނެވެ.

މިއަލް ޝައުގުވެރިވެފައި މިލީން އާއި ބެހޭގޮތުން އަހަންފެށިއެވެ.

“މިލީއަކީ ސްވީޓް ކުއްޖެއް އަސްލު އެކަމް އެކަން އެނގޭނީ ވަރަށް މަދު ބަޔަކަށް.. ވަރަށް ސްޓަބަރން ވާނެ.. ގިނަ މީހުން ސިފަ ކުރަނީ މިލީއަކީ ވަރަށް ބޭޑް އެޓިޓިއުޑެއް ހުންނަ ކުއްޖެއްގެ ގޮތުގައި.. އެކަމަކު އެއީ މިލީއަކީ މީހަކު ހެދިހާ ގޮތެއް ހަދަންދެން ހުންނަ ކަހަލަ ކުއްޖަކަށް ނުވާތީ.. އަމިއްލަ އޮޕީނިއަން ވޮއިސްކުރާތީ.. ދެޓްސް އަ ރިއަލީ ގުޑް ތިންގް އަސްލު އެކްސެޕްޓް، ޝީ ކްރޮސެސް ދަ ލައިން ސަމްޓައިމްސް.. ކަންއެހެން އޮތަސް ގިނަ މީހުން މިލީދެކެ ލޯބިވަނީ ޝަޚުސިއްޔަތު ވަރުގަދަ ކަމުން.. ޝީ ވޯޒް ޕަވަރފުލް އެންޑް އަ ލީޑަރ.. ޓެލެންޓެޑް އެންޑް ބިއުޓިފުލް.. އެންޑް އައިމް ޕްރައުޑް އޮފް ހަރ އެވްރީ ޑޭ ފޯ ދެޓް.. އެކަމަކު ޝީ ޖަސްޓް ވޮޒް ނޮޓް މައި ޓައިޕް.. އަނެއްހެން ރަނގަޅު ކުއްޖަކަށް ވީތީ ކޮންމެހެން އެކުއްޖެއް ދެކެ ލޯބިވެވެން ޖެހޭނެކަމަށް މަ ނުކުރަން ގަބޫލެއް..”

“މިލީ ޑިޒަރވްޑް ސަމްވަން ހޫ ވިލް އެންޑްލެސްލީ ލަވް ދަ ވުމެން ޝީ އިޒް.. އިން އެވްރީ ވޭ.. މަށަށް އެނގޭ އެއީ މަ ނޫންކަން.. އަހަންނަށް ކަމުނުދާ ސިފަތަކެއް މިލީގެ ހުރި، ބަދަލުނުކުރެވުނު.. މިކިޔަނީ ހުރިހާ ސިފައެއް ނޫން، އެންމެންގެ ވެސް ފްލޯޒް ހުންނާނެކަން އިނގޭ.. އެކަމަކު އެހެން މީހަކު ހުރެދާނެދޯ މިލީގެ އެ ސިފަތަކާއެކު މިލީދެކެ ލޯބިވާނެ.. އެހެންވެ މިލީ ދޫކޮށްލީ.. ފަހުން ކުޑަކޮށް ބޭނުންވި އެކުވެރިންގެ ގޮތުގައި އުޅެން ވެސް.. އެކަމް މިލީއަކަށް އެކަން ބަލައެއްނުގަނެވުނު. އެހެންވެ އެއްކޮށް ގުޅުން ކަނޑާލީ.. މިހާރު ހިތަށްއަރާ އެހެން ގޮތަކަށް އެކަން ކުރެވުނުނަމައޭ.. ކޮންމެވެސްގޮތަކުން މިލީއަށް ވިސްނައިދީގެން ހަޔާތުގެ ބައެއްގެ ގޮތުގައި ބެހެއްޓުނުނަމައޭ..” ޝަފްވާން އިސްޖަހާލިއިރު އަޑު ތުރުތުރުލިއެވެ. މިއަލްގެ ލޮލަށް ކަރުނަތައް ގިނަވިއެވެ.

“ސްޓޭޖަށް އެއްޗެހި އުކިއެއްނު ބަޔެއް..؟ އެމީހުން އެއީ މިލީގެ ރަހުމަތްތެރިންނާއި ފޮލޯވަރުން.. އެމީހުން ދެކެނީ މިލީ މަރުވީ އަހަންނާ ހެދި ކަމަށް.. ބްރޭކްއަޕްއަށްފަހު މިލީ ވަރަށް ދެރަވެގެންނޯ އުޅުނީ.. އަމިއްލައަށް މަރުވުންފަދަ ވާހަކަތައް ދެއްކި ވާހަކަ އައިރާގެ ފަރާތުން މަށަށް އިވުނު.. ކިޔާ އަލިފާންގަނޑު އެއްކޮށް ސްޕްރެޑްވުމުގެ ކުރިން މިލީއަށް ސަލާމަތްވެވެން ފުރުސަތު އޮއްވާ ގަސްތުގައި ނުނިކުތީއޭ ވެސް.. ވަރަށް ދެރަވޭ އެކަހަލަ ވާހަކަތައް އިވޭތީ.. ވަރަށް ގިލްޓީ ވެސް ވޭ.. އެހެންވެ ތަންކޮޅެއް ރަނގަޅަށް އެކަން ކުރެވުނު ނަމައޭ ހިތަށް އަރަނީ.. ވަކިވީމަ ދެރަވާނެކަން އެނގޭ އެކަމް އެ ހިތާމަތަކަށް ލުޔެއް ދެވުނީސް ކަންނޭނގެ.. ޓު ބީ އޮނެސްޓް، ޝީ އިޒް ސަމްވަން އައި ރިއަލީ ލަވްޑް.. ނޮޓް ރޮމޭންޓިކަލީ ބަޓް އޭޒް އަ ޕާރސަން، އިފް ޔޫ ނޯ ވަޓް އައި މީން.. މަށާހެދި މިލީ އެފަދަކަމެއް ކުރިނަމަ ވަރަށް ދެރަވާނެ.. އައި ނޯ ވަޓްއެވަރ ދެޓް ހެޕެންޑް ވޯޒް މައި ފޯލްޓް.. އައި ޝުޑް ނޮޓް ހޭވް ޑަން ދެޓް ޓު ހަރ ބިކޯޒް އޮފް ހައު ސްޓުޕިޑް އައި އޭމް..” ޝަފްވާންގެ ދެލޯ ވެސް ވަނީ ފެންކަޅިވެފައެވެ. މިއަލް ތުންފަތުގައި ދައިގަތީ ކަރުނަތައް ކޮންޓްރޯލް ކުރުމަށެވެ.

“ހިނގާ މިވާހަކަ ދެން ބާއްވަން.. މިލީ ވިލް އޯލްވޭސް ބީ އިން އަވަރ ހާޓްސް..” އެއްއަތުން މިއަލްގެ ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލައިދެމުން ޝަފްވާން ވެސް ނޭފަތް ދަމާލިއެވެ. މިއަލް ބޯ ޖަހާލިއެވެ.

“އެންޑް.. ދެންމެ ކިޔާދިން ވާހަކަތައް އެނގޭނީ މިއާއަށް އެކަނި..” މަގުމައްޗަށް ނަޒަރު ހުއްޓާލަމުން ޝަފްވާން ބުނެލިއެވެ.

މިއަލްއަށް ލުއިގޮތަކަށް ހީނލެވުނީއެވެ. ފަށުވި ބަސްތަކުން ހާމަ ނުކުރިޔަސް ޝަފްވާންގެ ކޮންމެ ބަހަކާއި އަމަލަކުން ވެސް އޭނައަށް މިއަލް ޚާއްސަވަރު ހާމަކޮށްދެއެވެ. ޝަފްވާން އިނީ ނުހަނު ބޮޑަށް ހަމަޖެހިފައެވެ. ހީވަނީ ބޮޑު ބަރެއް އޭނާގެ ބޮލުން އުފުލާލެވުނުހެންނެވެ. އެއާއެކު އޭނާ ދޫކޮށްލާ އެއްޗެހި ކިޔުމުގެ ބަދަލުގައި މަޑުމައިތިރިކަމާއި ލޯތްބާއެކު މިއަލް ދިއްކޮށްލި އެހީތެރިކަމުގެ އަތާއި ހިތްވަރުގެ ބަސްތަކުން އެހިތަށް ވަނީ ތަސައްލީއެއް ލިބިފައެވެ.

************

ހުކުރު ދުވަހުގެ ރެއެވެ. އުޑުމަތި ސާފެވެ. ތަރިތައް ހީވަނީ އުޑުގެ އެކި ދިމަދިމާއަށް ބުރުވާލާފައި ވާހެންނެވެ. ފިނި ވައިރޯޅިތަކަށް ގަސްތައް ވެސް ދިޔައީ ހިމޭންކަމާއެކު އިޖާބަ ދެމުންނެވެ.

“މިރޭ ވެސް ޝަފްވާންގެ ދައުވަތުތަ..؟” ކުނި ކަހަމުން ހައިފާ އަހާލީ ހިނިތުންވުމަކާއެކުގައެވެ. އެ ދެމީހުން ގޯސްގޮތަކަށް ނޫޅޭކަން ޔަގީންވާތީ ހައިފާގެ ހިތަށް ވެސް ވަނީ ހަމަޖެހުމެއް ލިބިފައެވެ. މިއަލް ހުރީ ފިޔާތޮށި ކުލައިގެ ފްލޯވީ ޓޮޕްކޮޅަކާއެކު ތިރިން ހުދު ސްކާރޓެއް ލައިގެންނެވެ. އަތުގައި ރަން ތަނޑިއެއް އަޅާފައިވާއިރު އެކުލައިގެ ގަޑިއެއް ވެސް އޮތެވެ. ކަރާއި ކަންފަތުގައި ވެސް ރަން ކުލައިގެ ގަހަނާ އަޅާފައިވެއެވެ. އޭނާގެ ރާޅުބާނި އިސްތަށިގަނޑުން ކުޑަ ހުޅިއެއް އައްސާލާފައި ބޮޑު ބައި ވަނީ ފަހަތަށް ދޫކޮށްލާފައެވެ. ފިޔާތޮށިކުލައިގެ ފައިވާނަކަށް އަރަމުން މިއަލް ބޯ ޖަހާލިއެވެ.

“ނުއެއް ބުނޭ ގެންދަން އުޅޭ ތަނެއް.. ވަރަށް ބޮޑު ސަޕްރައިޒެކޯ..!” މިއަލް ގާތަށް ހިނިއައީ އޭނާ އެވަރަށް އާދޭސްކުރުމުން ވެސް ޝަފްވާން ދޫ ތަޅުލާފައިވާކަމަށް ހެދިގެން އުޅުނު މަންޒަރު އަލުން ސިކުނޑީގައި ކުޅެވެން ފެށުމުންނެވެ.

“އާނ އެނގުނީމަ ދައްތައަށް އަންގާލައްޗޭ.. ޝަފްވާން ވެސް މިހާ ސިއްރުވެރިކަމެއް ދައްތަ ނުދަންނަން..” ހައިފާއަށް ވެސް މަޖާވިއެވެ. އޭރު އިޒާ އަމިއްލައަކަށް ރޮށިކެވޭތޯ އުޅުނެވެ. ސޯފާ މައްޗަށް އަޅާލާފައި އޮތް އަންނައުނު ބޮނޑިއެއްހެން އަހުނަފް ހަރަކާތެއް ވެސް ކޮށްނުލާ ޓީވީއަށް ގެއްލިފައި އޮތެވެ. ފްރެންޑްސްގެ މަޖާ ސީންތައް ބަލަމުން އޭނާ ހޭ އަޑު ދޭތެރެދޭތެރެއިން އިވިލައެވެ. އޭނަޔާ ޖެހިގެން ތަނާ ވެސް އިނެވެ.

“ބީ ސޭފް އެލް..” ތަނާ ދިމާކުރާ ފަދަ ރާގަކަށް ގޮވާލި އަޑު އިވުމުން ރައްދުގައި ހިނިއައިސްފައި މިއަލް ޕިސްޕިސް ކިޔާލިއެވެ. އަދި އަތްދަބަސް ކޮނޑަށް ހެޔޮވަރު ކޮށްލަމުން އެންމެންނަށް ހަނާ އަޅާލާފައި ހިނގައިގަތެވެ.

“ޔޫ ލުކް ލަވްލީ..” ގެއިން ރަނގަޅަށް ނުވެސް ނިކުމެވެނީސް ޝަފްވާން ތައުރީފުގެ ބަސްތައް އޭނާގެ ފަސްބަޔަށް އޮއްސާލައިފިއެވެ. ރަކި ހިނިތުންވުމަކާއެކު މިއަލް ޝުކުރިއްޔާއޭ ބުނެ ޝަފްވާނަށް ވެސް ތައުރީފުގެ ބަހެއް ރައްދުކުރިއެވެ. އޭނާ ވެސް ވަކި ގޯހެއް ނޫނެވެ. މަޑު ފިޔާތޮށިކުލައިގެ ގަމީހަކާއި ހުދު ޖިންސުގައި ހުރިއިރު އޭނާ ނުހަނު ރީއްޗެވެ. ގަމީހުގެ އަތްކުރި އޮޅާލާފައިވާތީ ފިރިހެންވަންތަ ކަމަށް ދައްކައެވެ. ބޯ އިސްތަށިގަނޑުގައި އެހެން ދުވަސްތަކެކޭ ޚިލާފަށް ރީއްޗަށް ފުނާއަޅާލާފައިވާކަން ފާހަގަވެއެވެ. އަވިއައިނެއް ގަމީހުގެ ޖީބަށް ޖަހާލާފައި އިނެވެ. އަތުގައި ގިޓާ ވެސް އޮތެވެ. އެއީ އޭނާ ފަހުން ގަތް ގިޓާއެވެ. ކުރީގެ ގިޓާ އާއި ވައްތަރު ނަމަވެސް ރަނގަޅަށް ބަލާލައިފިނަމަ ތަފާތުތަކެއް ފާހަގަވާނެއެވެ.

ދެމީހުން ކާރުގައި ގޮސް މަޑުކޮށްލީ މިއަލް ނުދަންނަ ހިސާބެއްގައެވެ.

“އަދިވެސް ނުބުނާނަންތަ..؟ މިހާރު އާދެވުނީއެއްނު..” ވަށައިގެން ބަލާލަމުން މިއަލް އެއްސެވެ. އޮރެންޖް ހޮޅިދަނޑިތަކުގެ އަލި ފިޔަވާ ފެންނަން ހުރީ ވޯޓަރސްޕޯޓް ސްޓޯލްތަކުގެ އަލިކަން އެކަންޏެވެ. ޝަފްވާން ޖަހާލީ ބާރު ހިނިގަނޑެކެވެ.

“އިޓްސް ސްޓިލް އަ ސަޕްރައިޒް..” ޝަފްވާން ދެން ނެގީ ފިޔާތޮށިކުލައިގެ ފޮތިކޮޅެކެވެ. އަތުގެ ދިގުމިން ހުރިކަމަށް ލަފާކުރެވޭ އެ ފޮތިކޮޅު އޭނާ މިއަލްގެ ލޯމަތީ އައްސާލީ ހުއްދަ އަހާފައެވެ. ހިނިތުންވެލައިގެން މިއަލް އިނީއެވެ. އޭނާ ޝަފްވާނަށް އެހާވެސް އިތުބާރުކުރެއެވެ. އޭނާއަށް ގެއްލުމެއް ނުދޭނެކަމުގެ ޔަގީންކަން އެ ހިތުގައި އޮތެވެ. ޝަފްވާން ކާރުން ފައިބާފައި މިއަލްއަށް އެހީވާން އަތު ކުރި އޮޅާލިއެވެ.

“އޯކޭ ބަލައިގެން ފައިބާ.. އޫޕްސް..! މައި ބޭޑް!!!” ވަރަށް ބަލައިގެން މިއަލްއަށް ފައިބަން އެހީވަނިކޮށް މިއަލްގެ ބޯ ކާރުގައި ޖެހުނެވެ. ބޮލުގައި އަތް އުނގުޅާލާފައި މިއަލް ހުއްޓިލިގޮތުން އޭނާ އެ ލޯ އަޅާލީ ކަން އެނގި ޝަފްވާން ބޯ ކަހާލިއެވެ. އަދި އޭނާ ކުރިއަށްވުރެ ބޮޑަށް ސަމާލުވާނަން ކަމަށް ބުންޏެވެ. ނަމަވެސް އޭނާ މިއަލްއަށް މަގު ކިޔައިދެމުން ކުރިއަށް ދިޔަލެއް ބާރުކަމުން މިއަލް ނުވެއްޓުނީ ކިރިޔާއެވެ. ޝަފްވާން އެކަން ވެސް އެޅުވީ މިއަލްގެ ފައިވާނުގައި ހުރި ކަށީގެ ބޮލުގައެވެ.

“މި އާދެވުނީ…” ޝަފްވާން ތިނެއް ދޭއް އެކެއް ކިޔާލުމާއެކު މިއަލް ލޯމަތިން ފޮތިގަނޑު ނެގިއެވެ. އޭނާގެ މޫނުމައްޗަށް ވެރިވީ އެކި ކުލަތައް މަސްހުނިވެގެންނެވެ. އުފާވެރިކަމާއި ނުތަނަވަސްކަމާއި ހައިރާންކަން އެއްފަހަރާ މިއަލްގެ ފަރާތުން ފެންނަން ފެށިއެވެ.

ދެމީހުންނަށް ތިބެވުނީ ‘ކޮރަލްކޯސްޓް’ ވޯޓަރ ސްޕޯޓްސްގެ ސްޓޯލްގައެވެ. ސާފުކޮށް ބުނާނަމަ އެތަނުގެ ދިގު ފާލަމުގައެވެ. ކުރިމަތީ ފެންނަން އޮތީ ބޮއްކުރާއެއް ނުވަތަ ކެނޯއަކާއި ވައްތަރު ބޯޓެކެވެ. ދެ މީހުންނަށް އިނދެވޭވަރުގެ ކުޑަ ބޯޓެކެވެ. ބޯޓުގައި ވަނީ ފިޔާތޮށިކުލައިގެ ފެއަރީ ލައިޓްސްއާއެކު އެ ކުލައިގެ ފޮތި އޮޅާ ޒީނަތްތެރިކޮށްފައެވެ.

“ސަޕްރައިޒް..!” ހިނިތުންވުމަކާއެކު ޝަފްވާން ބޯޓަށް އިޝާރާތްކޮށް އެދިމާއަށް ދެއަތް ފުޅާކޮށްލީ ފަޚުރުވެރިވެފައިވާ ބީދައިންނެވެ. މިއަލް ޒާތަކަށް ހީނލީ އޭނާގެ ހާސްކަން ފޮރުވޭތޯއެވެ.

“ވަރަށް ރީތި.. އިޓް ލުކްސް ގޯރޖަސް… ރިއަލީ.. އެކަމަކު އެނގެއެއްނު….” މިއަލް ނުކެރިފައި ޝަފްވާނަށް ބަލާލިއެވެ. ޝަފްވާން އައިސް މިއަލްގެ އަތުގައި ހިފާލިއެވެ.

“ޔެސް އައި ނޯ.. މިއާ ކިޔައިދޭ އެއްވެސް ވާހަކައެއް އަހަރެން ހަނދާނެއް ނުނެތޭ.. އަހަރެން ބޭނުން މިއާއަށް މޫދަކީ ކިހާ ރީތި ކިހާ ހިތްފަސޭހަ ތަނެއްކަން ދައްކައިދޭން.. މޫދުދެކެ ގަންނަ ބިރު ކުޑަކޮށް ވެސް ފޮހެލެވޭތޯ ބަލަން ބޭނުން..” ޝަފްވާން ބުނެލިއެވެ.

“އެކަމަކު…….” މިއަލް ދެކޮޅު ހަދަން އުޅުނެވެ. ނަމަވެސް ފުންނޭވާއެއް ލާފައި އޭނާ އެއްބަސްވިއެވެ. އޭނާއަށް ޓަކައި ޝަފްވާން މިހާބޮޑު ކަމެއް ކޮށްދިނުމުން ނޫނެކޭ ބުނަން ނުކެރިގެންނެވެ. ދެން ހަނދާންވީ ނަރުސްކަމުގެ ކޯހާ ގުޅިގެން އޭނާ އެހެން ރަށަކަށް ދަތުރުކުރަންޖެހޭ ކަމެވެ. އާނބަސް ދޭން އެކަން ވެސް ބާރުއެޅިއެވެ.

މިއަލް ބޯ ޖަހާލުމާއެކު ޝަފްވާން އުފާވިއެވެ. ޒާތަކަށް ނަށާލާފައި އޭނާ މިއަލްގެ އަތުގައި ހިއްޕެވެ. ފުރަތަމަ ބޯޓަށް އެރީވެސް އޭނާއެވެ. ޝަފްވާންގެ އެހީގައި ބޯޓަށް އެރި މިއަލް ގައިން ހީބިހި ނަގައިގަތެވެ. ފައިތިލަ ޖެހުމާއެކު ބޯޓު ދެފަރާތަށް ހެލިގަތްކަމުގެ އިހުސާސްކުރެވުމުންނެވެ. ޝަފްވާނުގެ އަތުގައި ހިފާ ބާރުކޮށްލެވުނުވަރުން އެ އަތަށް ތަދުނުވާކަމެއް ވެސް ނޭނގެއެވެ. ދެލޯ މަރާ ބާރަށް ފިއްތާލެވުނީ ބޯޓު އަޑިއަށް ދިޔަ ހާދިސާގެ ހަނދާންތައް އާވާން ފެށުމުންނެވެ.

“މިއާ.. އޭތް..!” ޝަފްވާން އޭނާގެ މުލައްދަނޑީގައި ހިފާ ބާރުކޮށްލިކަމުގެ އިހުސާސްވެ މިއަލްއަށް ލޯ ހުޅުވާލެވުނެވެ. އޭރު ދިޔައީ ފުންކޮށް ނޭވާ ލެވެމުންނެވެ. ޝަފްވާން ހުރީ ފައްޔެއް ހިފައިގެންނެވެ. އޭނާގެ ގިޓާ ބޯޓުމަތީ ބާއްވާފައި އޮތެވެ.

“އެ ހަނދާންތައް ދުރުކޮށްލެވޭތޯ ބަލާ.. މިއީ އެހެން އަހަރެއް.. އެހެން ވަގުތެއް.. ޓްރަސްޓް މީ.. ކަމެއް ވެއްޖެއްޔާ އަމިއްލަ ފުރާނަދީފަ ވެސް މިއާ ސަލާމަތްކޮށްދޭނަން.. އެންޑް އިރާދަކުރެއްވިއްޔާ އެއްވެސް ދެރަ ގޮތެއް ނުވާނެ.. ކިހާ މަޖާ ރައިޑެއްތަ މީ.. އެންޖޯއި ކޮށްލަބަލަ.. ލުކް..! ލައިޓްތަކުގެ އަލި ކަނޑަށް އެޅޭގޮތް ހިތްގައިމެއް ނޫންތަ..؟” މިއަލްގެ ސަމާލުކަން ޝަފްވާން އަނބުރާލިއެވެ. ނުރައްކަލެއް އުޅޭނަމަ ކޮރަލްކޯސްޓްގެ މުވައްޒަފުންނަށް ސިގުނަލެއް ދޭން އޭނާ އަތަށް އެމީހުން ވަނީ ރިމޯޓެއް ވެސް ހަވާލުކޮށްފައެވެ. ބަސްއަހައިގެން އިންނަން އެދިފައި ޝަފްވާން އިށީނދެ ފަލި ޖަހަންފެށިއެވެ. ބޯޓު ރަށާއި ދުރާ ދިޔަވަރަކަށް މިއަލްގެ ހިތުގައި ދިޔައީ ނޭނގޭ ބިރެއް ފެތުރެމުންނެވެ. އެކަމާމެދު ނުވިސްނާވޭތޯ ބަލަމުން މިއަލް މަޖާކޮށްލެވޭތޯ ބެއްޔެވެ.

“އައި ކާންޓް ސްވިމް.. ކަނޑަށް ވެއްޓިއްޖެއްޔާ ތިން ބޮކި ޖަހާފަ ދާނީ އަޑިއަށް..” ދުރުން ފެންނަމުން ދިޔަ ރަށްރަށުގެ އައްޔަށް ބަލަމުން މިއަލް ކުއްލިއަކަށް ބުނެލިއެވެ. ޝަފްވާނަށް ހެވުނެވެ.

“މަށަށް ސީބެޑެއް ހިފައިގެން އާދެވުނުނަމަ ރަނގަޅުވީސް ދޯ..” މަލާމާތްކޮށްލަމުން ޝަފްވާން މިއަލް އަތަށް ސީޓު އަޑީގައި އޮތް ލައިފްޖެކެޓް ދިއްކޮށްލީ އޭނާގެ ބިރުކަނޑުވާލުމަށެވެ. އެ ލިބުމާއެކު މިއަލްއަށް ކުޑަވެސް ހިތްހަމަޖެހުމެއް ލިބުނެވެ. ދަތުރު ކުރިއަށް ދިޔައީ ދެމީހުން ތަފާތު ވާހަކަތައް ދައްކަމުންނެވެ. ކަނޑުދެކެ ގަންނަ ބިރާއި ކުޑަކޮށް ވެސް އެއްފަރާތްވެލެވުނީ ދެނެވެ. ޝަފްވާން އައިސް މިއަލް ގާތު އިށީނދެ ލޮނުގަނޑަށް އަތް ކޮއްޕާލައިފިއެވެ. އަދި އަތް ޖެހިގޮތުން ލޮނުގަނޑު ބުރުއްސައިގެން ގޮސް މިއަލްގެ ގަޔަށް ވެސް އޭގެ އަސަރުކުރިއެވެ.

“ސީ..؟ ކިހާ މަޖާތަ.. މިއާ ވެސް ޓްރައި ކޮށްބަލަ.. ކުޑަކޮށް ފިނި އިނގޭ..” ޝަފްވާން އެދުމާއެކު މިއަލްއަށް އަތް ދިއްކޮށްލާފައި ވެސް އަތް ތެންމާލާކަށް ނުކެރުނެވެ. ޝަފްވާން ބޯހޫރާލާފައި ގޮސް މިއަލްގެ އަތުގައި މަޑުމަޑުން ހިފާ ލޮނުގަނޑުގެ ތެރެއަށް ގަންބާލިއެވެ. އަތަށް ވެރިވި ފިނިކަމުން މިއަލް ތުރުތުރުއަޅާލިއެވެ. ދެލޯ ހިންމިއަކަށް ހުޅުވާލައިގެން ހުރެފައި މިއަލް ބަލާލީ އެއްވެސް ގޮތެއް ނުވުމުންނެވެ. އެއާވިއްދާ ވެސް ޝަފްވާން އެހާ މަލާމާތް ކުރިއެވެ. ލޮނުގަނޑު ތެރެއިން ބޮޑު އަނގައެއް ހެދި މިއަލް ދިރުވާލާކަށް ނޫޅޭކަމަށް ބުނަމުންނެވެ.

ވަކި ހިސާބަކަށް ގޮސް ޝަފްވާން ފަލި ބޭއްވިއެވެ. އޭރު ހަނދުވަރު ވަރަށް ރީއްޗެވެ. އެ މަންޒަރަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނީ ހަނދު ހުރަސްކޮށް އުދުހިގަތް ދޫނިތަކެވެ.

ޝަފްވާން ގިޓާ ނަގާފައި މަޑު ރާގެއް އަޅުވާލިއެވެ. ކޯތާފަތުގައި އަތް ޖައްސާލައިގެން މިއަލް އިނީ ހީނލައިގެން އަޑު އަހާށެވެ. މަޑު މިޔުޒިކަކަށް ފަހު ޝަފްވާން ލަވަކިޔަން ފެށިއެވެ. ކޮންމެ ބައެއް ވެސް އަސަރާއެކު އޭނާ ފުރިހަމައަށް ކިޔާލާގޮތުން މިއަލްގެ ގައިން ހީބިހި ނަގައެވެ. އެ ރީތި އަޑު އަހާ އަހާ އޭނާ ދުވަހަކު ވެސް ފޫހިވާނެހެން ހިޔެއް ނުވެއެވެ. ޝަފްވާން ނިންމާލުމާއެކު މިއަލް އަތްތިލަބަޑި ޖަހާލިއެވެ.

“ރީތިތަ..؟” ޝަފްވާން އެއްސެވެ. މިއަލްއަށް ގިޓާ ދިއްކޮށްލަމުންނެވެ. އޭގައި ހިފަމުން މިއަލް ބޯ ޖަހާލިއެވެ. އެއީ އޭނާ ދުވަހަކުވެސް އަޑުނާހާ ލަވައެއް ކަމަށް ބުނަމުންނެވެ.

“ލިރިކްސް ވެސް ވަރަށް ސަޅި.. ވަރަށް ކިއުޓް ސޯންގްއެއް.. ކާކުގެ ލަވައެއްތަ ތީ..؟” ޝައުގުވެރި ވެފައި މިއަލް އެހުމާއެކު ޝަފްވާން މޭފުއްޕާލާފައި މޭމަތީ އަތުން ޖަހާލިއެވެ.

“މީ ވަރަށް ދުވަސް ވަންދެން މަ ކުރި މަސައްކަތެއް.. އާފްމެންނަށް ވުރެ ކުރިން މިއާއަށް ކުޅެދޭ ހިތްވީ.. އިޓްސް އޭން އޮރިޖިނަލް. ކަމުދާކަން އެނގުނީމަ ވަރަށް އުފާވެއްޖެ..” އެހެން ބުނެފައި ޝަފްވާން ކުއްލިއަކަށް ރަކިވިއެވެ. އިސްތަށިގަނޑުގައި އަތްފުނާ އަޅާލާފައި އޭނާ ލޮނުގަނޑުގައި ޝަހާދަތް އިނގިލިން ބޮޅެއް ކުރަހާލިއެވެ.

ހަމަ ތެދެއްހޭ ކިޔާ މިއަލް ޝަފްވާންގެ ފަލަމަސްގަނޑުގައި ޖަހާލައިފިއެވެ. އަމިއްލަ ލަވައެއް ހަދާ ދުނިޔެއާއި ހިއްސާކުރުމަކީ ޝަފްވާން ކިހާ އެދޭކަމެއްކަން އޭނާއަށް އެނގެއެވެ. އޭނާވެސް ފަޚުރުވެރި ވިއެވެ. އަދި ޝަފްވާނަށް ޓަކައި އިންތިހާއަށް އުފާވިއެވެ.

“އަދި އެއްކޮށެއް ނުނިމޭ.. ސައުންޑް ޓްރެކާ ވެސް ކުޅެލަން އެބަ ޖެހޭ އަދި.. ނިންމާފައި ވެސް މިއާއަށް އަޑުއަހާލަން ދޭނަން.. ދެން ރިލީޒް ކޮށްލައިފިއްޔާ ބޭނުން ކޮންމެއިރަކު ލިބޭނެއެއްނު..؟” ފޮނިވެފައި ޝަފްވާން ބުނެލިއެވެ. ހީނލާފައި މިއަލް އެއްބަސްވިއެވެ.

“ޔޯ ޓަރން..” ޝަފްވާން އެދުނެވެ. މިއަލް ބޯ ޖަހާލިއެވެ. އަދި ގިޓާ އަތަށް ހެޔޮވަރު ކޮށްލާފައި އޭނާ ކިޔަން ފެށީ “ވޯކް ވިތް މީ” އެވެ. އޭނާގެ ހަޔާތާއި ފުދޭވަރެއްގެ ގުޅުމެއް ހުރި މި ލަވައަކީ ފުރަތަމަ އިވުނީއްސުރެ އެއާއި ގާތްކަމެއް އިހުސާސްކުރެވުނު ލަވައެކެވެ. ޝަފްވާނާއި އެ ލަވަ ހިއްސާ ކުރަން ބޭނުންވީ އެހެންވެއެވެ.

މިއަލްގެ އަޑުގެ ޖާދޫގައި ޖެހިފައި ޝަފްވާނަށް އިނދެވުނީ އަނގަނަގައިގެންކަން ވެސް ނޭނގުނެވެ. ދެލޯ މަރާލާފައި މިއަލް ލަވަ ކިޔާލާގޮތް ނުހަނު ނަލައެވެ. މަލެއް މަތީ އިން ޕަރީއެއް ފަދައެވެ. ލަވަ ނިމުންކަން ވެސް އޭނާއަށް އެނގުނީ މިއަލް އޭނާގެ މޫނުމަތީ އަތް ހޫރާލުމުންނެވެ.

“އޯކޭ ޔޫ ޑެފިނެޓްލީ ހޭވް ޓު ފީޗަރ އިން މައި ނެކްސްޓް ސޯންގް..” ތައުރީފުކުރުމުގެ ކުރިން ޝަފްވާނަށް އެދެވުނެވެ. މިއަލް ގާތަށް ހިނިއައެވެ. އަދި ބަލާނީދޯއޭ ބުނެ އޭނާ ސީދާ ޖަވާބެއް ނުދިނީ ޖެއްސުން ކޮށްލުމަށެވެ. ޝަފްވާން ތުން ހަދާލާފައި ފޯނުން ރީތި ލަވައެއް އަޅުވާލިއެވެ.

***************

އެރޭ ޒިދުޔާ އާއި ޖީޝަމް ބޭރަށް ކާންދާތީ މިޝަލް ގާތު ވެސް އެމީހުންނާއި ބައިވެރިވުމަށް އެދުނެވެ. އެހެންނަމަވެސް އެކެއުމުގައި އައިޒަކް ބައިވެރިވާކަން އެނގުމާއެކު މިޝަލް އެކަމުން މަނާވެގަތެވެ. އޭނާގެ ރައްޓެއްސެއް ގެއަށް އަންނާނެ ވާހަކަ ބުނަމުންނެވެ. ޒިދުޔާ އާއި ޖީޝަމްއަށް އޮޅުވާލި ނަމަވެސް އައިޒަކްގެ ގޮތެއް ނޭނގޭތީއެވެ. ޒިދުޔާމެން ދިޔުމުން މިޝަލް ޔައުލާނަށް ގުޅާ ކަމެއް ނެތިއްޔާ އޭނަޔާ އެއްކޮށް ރަމެން ކާން އައުމަށް ދައުވަތު ދިނެވެ.

ދެމީހުން މިއަލްމެންގެ ރަށުން އެނބުރި އައިތާ ދެ މަސް ވަނީއެވެ. މިވީ ދުވަސްތަކުގެ ތެރޭގައި ޔައުލާން އެންމެ ދުވަހެއް ވެސް ވައްޓާނުލާ އޭނާގެ އެޕާޓްމެންޓަށް އާދެއެވެ. މީހަކަށް ޝައްކެއް ވެދާނެތީ އޭނާ ގިނައިން އަންނަނީ ދަންވަރު ގަޑީގައެވެ. ލަސްވާ ބައެއް ރޭ ރޭ ކަންނެތް ވެގެން އެގޭގައި އޭނާ ނިދަން ވެސް އޮވެއެވެ. އޭނާ މިއުޅެމުންދާ ގޮތެއް ނޭނގޭތީ އަލީސާ ބޯގޮވާފައި ހުންނަ ވާހަކަ ޔައުލާން ހިއްސާކުރިއެވެ. މިޝަލް މާފަށް އެދުނީ އަދި ދުވަސްކޮޅެއް ދިނުމަށް އެދެމުންނެވެ. އަދި ޔައުލާން ވެސް އަބަދުހެން އެތަނަށް ނައިސް ގެއަށް ވެސް ދިޔުމަށް މިޝަލްއަށް އެދެވުނީ ކިތައްފަހަރުކަމެއް ނޭނގެއެވެ. އަލީސާ ކަންބޮޑުވާކަމަށް މިޝަލް ނޭދެއެވެ. ދެމީހުންގެ ދެމެދުގައިވީ ގުޅުން ވެނީ އިހުނަށްވުރެ ވަރުގަދަވެފައެވެ. ޔައުލާންއާއެކު މިޝަލްއަށް އެކަނިވެރިކަމެއް އިހުސާސް ކުރާކަށް ނުޖެހެއެވެ. އަމިއްލަ ނަފްސު ބަދަލު ކޮށްގެން އުޅޭކަށް ނުޖެހެއެވެ. ޔައުލާނަށް ޓަކައި މިޝަލް ޝުކުރުވެރިވެއެވެ.

އޭގެއިތުރުން މިމްރާހުގެ ވާހަކަ ވެސް ޔައުލާން ވަނީ އޭނާއަށް ކިޔާދީފައެވެ. އެހެންކަމުން މިމްރާހު އިހަކަށް އެކަން ސިއްރެއް ގޮތުގައި ބާއްވައިދޭން ވަރަށް އާދޭސްކޮށްގެން އެއްބަސްވީ އޭނާ އަދި ޔައުލާން މިޝަލްގެ ކޮންމެ ހަރަކާތެއް ދުރާއިގާތުން ބެލުމުގެ ހުއްދަ މިމްރާހަށް ލިބުމުންނެވެ. އެވަރުން ވެސް މާ ގިނަ ދުވަސްތަކެއް ދޭން މިމްރާހު އެއްބަހެއް ނުވިއެވެ. އޭނާވެސް މިޝަލްއަށް ނަސޭހަތް ދިނީ ކުރީގެ ދިރިއުޅުމަށް އެނބުރި ރުޖޫއަވެ ކުރިއަށް އޮތް ކަންކަމަށް ކުރިމަތިލުމަށެވެ.

ނުވައެއް ޖަހަނިކޮށް ޔައުލާން އައެވެ. ރަތްކުލައިގެ ގަމީހާއެކު އަޅާފައިވާ ކަޅު ޓައީ ދޫކޮށްލަމުން ޔައުލާން ސޯފާއަށް ވެއްޓިގަތެވެ. ވަރުބަލިވެފައި ހުރުމުންނެވެ. ޒައިހާން އެކަނިމާއެކަނި މި ހުރިހާ ކަމެއް ކުރީ ކިހިނެތްބާއޭ ޔައުލާން ހިތަށް އަރައެވެ. ޒައިހާންގެ ކުޅަދާނަކަމަށް ތައުރީފު ކުރަންވިއްޔާ ބުނަން އޮތް ޖުމްލަތައް ހުހެއް ނުވާނެކަން ގައިމެވެ. ޒައިހާން ނެތުމުގެ ފަޅުކަން ކޮންމެ ދުވަހަކު އޭނާއަށް އިހުސާސް ކުރެވެއެވެ.

ފިލްމެއް އަޅުވަން ޔައުލާން އިންއިރު މިޝަލް ދެތައްޓަށް ރަމެން އަޅައިގެން އައިސް އިށީނެވެ. އެރި މީރު ވަހުން ޔައުލާން ކުޅުދިޔާވިއެވެ. ވަކިން ޚާއްސަކޮށް މިޝަލް ބިހުގެ އިތުރުން ސޮސެޖް ހަދާދީފައިވާތީ ރޭގަނޑުގެ ކެއުން ވަކިން ފުރިހަމަހެން ހީވެއެވެ. އެތިކޮޅެއް ރަހަބަލާލާފައި ޔައުލާން ތައުރީފުކުރިއެވެ. ދުވަހަކުވެސް މިފަދަ މަސައްކަތެއް ކޮށްފައިނުވާ މިޝަލްގެ މަސައްކަތަށެވެ. ޔައުލާންގެ އަތުގައި ބޮނޑިއެއް އަޅާފައި މާ ފޮނިނުވެ ކާން މިޝަލް އެދުނެވެ. ނަމަވެސް އޭނާ އިނީ އެތެރެއިން ހީނލަހީނލައެވެ.

ފޯނަށް ނޮޓިފިކޭޝަނެއް އައުމާއެކު މިޝަލްގެ ސަމާލުކަން ހުއްޓުނީ އެއަށެވެ. ކާން އިން ތަށި ވެސް ދޫކޮށްލާފައި މިޝަލް މިކުރަނީ ކީއްތޯ ބަލަން ޔައުލާން ބޯ އަރިކޮށްލިއެވެ. އޭރު އޭނާގެ ސަމާލުކަން ފިލްމުން އެއްކިބާ ވެއްޖެއެވެ. މިޝަލް އިނީ ޝަފްވާން ހިއްސާ ކޮށްފައިވާ މެސެޖްކޮޅަކަށް ބަލާށެވެ. ޔައުލާންގެ މޫނުމަތިން ކުލަ އޮއްސުނެވެ. މިޝަލް އާއެކު ވުމަށް އޭނާ އެއްބަސްވީ ކަންވާނީ މިހެންކަން އެނގިހުރެއެވެ. ފުންނޭވާއެއްލާ ހަމައަކަށްއެޅެމުން ޔައުލާން ކެއުން ކުރިއަށް ގެންދިޔައީ ހިމޭންކަން މަތީގައެވެ. ހިތަށް ވަމުން ދިޔަ ތަދަށް ސަމާލުކަން ނުދީއެވެ.

“ދަ ވޭވްސް އެންޑް ޔޫ..” އެތަންކޮޅު ކިޔާލާފައި މިޝަލް ލޯހަނިކޮށްލިއެވެ. އެއާއެކު ކޭސްގެ ރީތި ލަވައެއް ހިއްސާކޮށްފައިވެއެވެ. މިޝަލް އަދި ރަނގަޅަށް ބަލާލުމާއެކު ދުވަހަކާއި ގަޑިއެއް ލިޔެލާފައި ވާތަން ފެނުނެވެ. ވަރަށް ރަނގަޅަށް ބަލައިގެން ނޫނީ ފާހަގަ ނުވާހާ އިބާރާތްކޮޅު ސައިޒުން ކުޑައެވެ. މާދަމާ ފަހެއް ޖަހާއިރެވެ. ހިތާހިތުން މިޝަލް ސިކުނޑީގައި އެކަން ނޯޓްކޮށްލިއެވެ. މާދަމާ އެ އަންހެންކުއްޖަކީ ކާކުކަން އޭނާ ހޯދާނެއެވެ. ޝަފްވާން ވެސް ސިއްރުން އުޅޭވަރުން އެކުއްޖެއްގެ އެންމެ ފޮޓޯއެއްހާ ހިސާބު ވެސް އޭނާއަށް ނުފެނެއެވެ. މިހާރު ކޮފީ ބޯން ވެސް ޝަފްވާން އަންނަލެއް މަދުކަމުން އެދެމެދުގައިވީ ގުޅުން ކުރިއަށް ގެންދާނެ ގޮތެއް ނެތެވެ. މާބޮޑު ކުރިއެރުމެއް ނުލިބޭތީ މިޝަލް ވަނީ އެކަން ކުރުން މަދުކޮށްފައެވެ.

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

އިއުލާން…

Next

އަބަދުވޭ ހިތުގާ މަގޭ 2 (19)

Next
January 24, 2026

އަބަދުވޭ ހިތުގާ މަގޭ 2 (19)

Previews
January 24, 2026

އިއުލާން…

26 Comments!

  1. Zahra says:
    January 24, 2026 at 3:02 pm

    Ownnnn..varah reethi MA..☺

    1. yooon yooon says:
      January 25, 2026 at 1:43 am

      Thankyouu sm Zahra!💕

  2. Mimmi says:
    January 24, 2026 at 3:07 pm

    He helped her get over fear of the ocean 🥺 v v loabi date eh asluvx.. sifa kohfa huri goy v furihama.. kee huriha iraku heelain idhevuny cx it was so cute❤️❤️
    When next yoon? Can’t wait

    1. yooon yooon says:
      January 25, 2026 at 1:44 am

      Thankyou sm Mimmi💕 So glad u liked it!
      next insha allah 26th Jan vaa Monday ga

  3. Shafwaanlover says:
    January 24, 2026 at 3:09 pm

    wow v reethi
    feel like I was there on the boat with tjem
    mishal aa mial aa dhimaa vaanebaa

    1. yooon yooon says:
      January 25, 2026 at 1:45 am

      Thankyou sm Shafwaanlover💕Lets see!

  4. joool says:
    January 24, 2026 at 3:42 pm

    They are soo cute🤗🤗❤️pls let them become lovers
    mishal dhn give up kuraahaa dhuvas vejjennuntha

    1. yooon yooon says:
      January 25, 2026 at 1:45 am

      So happy u liked it🥹Lets see haha
      Thankyou sm Joool💕

  5. mary says:
    January 24, 2026 at 3:42 pm

    v reethi

    1. yooon yooon says:
      January 25, 2026 at 1:46 am

      Thankyou sm mary!💕

  6. 😶‍🌫️Raajiha 😶‍🌫️ says:
    January 24, 2026 at 4:25 pm

    Omg this part is soo reethi MA.
    Mial and shafwaaan so cute together
    When is next??
    Lysm girll

    1. yooon yooon says:
      January 25, 2026 at 1:46 am

      Thankyouu sm Raajiha💕 Im glad you enjoyed!
      Next insha allah Monday 26th Jan ga! Lym dear💕

  7. zuka💗 says:
    January 24, 2026 at 4:46 pm

    yoon ge dates thah enme salhivaany💗
    shafwaan is so considereate his mia ah
    Lysm💗💗waiting for the next part

    1. yooon yooon says:
      January 25, 2026 at 1:47 am

      Aw thankyou sm zuka💕 Lym dear!
      haha ofc he really likes his Mia

  8. Anonymous says:
    January 24, 2026 at 4:47 pm

    music is their luv language
    loabi dynamic eh
    whn next??

    1. yooon yooon says:
      January 25, 2026 at 1:48 am

      Yess! glad you like it, Thankyou sm dear💕
      Next insha allah Monday 26th Jan ga

  9. Miss jennie says:
    January 24, 2026 at 4:58 pm

    Mi part ves varah reethi. Milyn ah kihinay baa vaanee shafwaan loabi vaakujja akee mial kan enguneema? Curiously waiting for next part???

    1. yooon yooon says:
      January 25, 2026 at 1:48 am

      Thankyouu sm Miss jennie💕 Yeaah lets see dhw what’ll happen if she finds out!

  10. Anonymous says:
    January 24, 2026 at 5:21 pm

    amazing as always

    1. yooon yooon says:
      January 25, 2026 at 1:49 am

      Thankyouu sm dear💕

  11. ooopi says:
    January 24, 2026 at 5:22 pm

    v.v rythi mi episode
    kihineibaa vaany dhn

    1. yooon yooon says:
      January 25, 2026 at 1:49 am

      Thankyouu sm ooopi💕 Haha lets see on Monday!

  12. Anonymous says:
    January 24, 2026 at 9:43 pm

    Nice

    1. yooon yooon says:
      January 25, 2026 at 1:49 am

      Thankyou sm dear!!💕

  13. idhaan says:
    January 25, 2026 at 7:50 pm

    v salhi queen

    1. yooon yooon says:
      January 25, 2026 at 9:09 pm

      Thankyou sm idhaan💕

Comments are closed.

Next Episodeތި ސޫރަ ނޫން 36←


All Right Reserved!