Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެންމަޖާލޯބި

އެކުއްޖާ 7

yooon 10 Stories100 Comments100 Login100 Stories
May 11, 2020 6 Mins Read
8 Comments

* “މަރިޔަމް…. އަވްލީން އަލީ..؟؟؟” އައިޑީކާޑް ކިޔާލާފައި ކައިޔަންއަށް އެހުނެވެ. އަވްލީން ހިނިތުން ވެފައި ބޯ ޖަހާލިއެވެ. “ކުރަން ބޭނުންވާ ސުވާލެއް ކުރޭ..! ޖަވާބު ދޭނަން..” ކައިޔަން އަނގައޮރި ކޮށްގެން ހުންނަން ފެށުމުން އަވްލީން ބުނެލިއެވެ. “އަވްލީންއޭ..؟؟؟؟” ކައިޔަން ހުރީ އޮޅިފައެވެ. *

”އެކަމަކު.. އެކަމަކު.. މިއީ ކޮން ގޮތަކުން ކިހިނެތްވާނެ ކަމެއް..؟” ކައިޔަންއަކަށް ގަބޫލެއް ނުކުރެވުނެވެ. ”ކިޔައިދޭނަން.. އަޑުއަހައްޗޭ…” އަވްލީން އިށީނުމުން ކައިޔަންވެސް މަޑުމަޑުން އިށީނެވެ.

***********

“އަޅުގަނޑަށް ކިޔަނީ މަރިޔަމް އަވްލީން އަލީ.. އަޅުގަނޑުގެ އުމުރުން ތިންއަހަރުގައި އަޅުގަނޑުގެ މައިންބަފައިން މަރުވެއްޖެ.. ދެން އަޅުގަނޑު އަޅުގަނޑުގެ ކޮއްކޮއާއެކީގައި އުޅެނިކޮށް އަލީ އަހުމަދު ކިޔާ މީހެއް އައިސް އަޅުގަނޑާއި އަޅުގަނޑުގެ ކޮއްކޮ ބަލައިދިނީ.. އެޕިއަރެންޓްލީ އަލީ އަހުމަދަކީ މަންމަ އަވީނާގެ ކުރީގެ ފިރިމީހާ.. އެއީ އަޅުގަނޑުގެ ބައްޕަކަމަށް ދެކިގެން މިހާދުވަސް ވަންދެން މިއުޅެނީ.. އަޅުގަނޑާއި ކޮއްކޮގާތު ދެއަހަރުދުވަސް ވަންދެން ހުރެފައި މަންމަ އެހެން ރަށަކަށް ދިޔައީ.. ބައްޕަ ބުނި ވަރަށް އަވަހަށް އަނެއްކާ މަންމައާއި ބައްދަލުވާނެޔޭ.. އަޅުގަނޑުމެންނާއި މަންމައާއި ބައްދަލުވާން ދެން ފުރުސަތެއް ލިބުނީ ނުވައަހަރުފަހުން.. އަޅުގަނޑުމެންގެ ބައްޕަ ވަރަށް ބޮޑަށް ބަލިވެގެން މަރުވީ.. ދެން މަންމަ ފަރުހާން ބޭބެއާއި ކައިވެނިކުރީ.. ދެން މާލޭގައި އުޅެއުޅެފައި މިކޮޅަށް އަލުން ބަދަލުވީ.” އަވްލީން ނިންމާލިއެވެ. ނޭނގޭނެކަމަށް ބަލާ އަވްލީން ކިޔައިދިނީ އަވީނާވެސް ކިޔާދިން ވާހަކަތަކެވެ.

***********

“އެހެންވިއްޔާ މަރިޔަން…. އަވްލީންމެން ކީއްވެ މިކޮޅަށް ބަދަލުވީ..؟” ކައިޔަންގެ ހިތުގައި އުފެދިފައިވާ ސުވާލެއް ކައިޔަން ކޮއްލިއެވެ. “މާލޭގައި އުޅެމުން އަޅުގަނޑު ދިޔައިން ކޮލެޖްއަކަށް.. އަޅުގަނޑުގެ ހުވަފެނަކީ ސައިކޭޓްރިސްޓް އަކަށް ވުން… އޯރ މެންޓަލް ޑޮކްޓަރ.. އެކަމަކު ބޭބެގެ ކޮމްޕެނީއާއި ކެރިއަރއަށް ކޮންމެވެސް ބަޔަކު އެޓޭކް ކުރަންފެށީ.. ދެން އެކޮމްޕެނީ ހުއްޓާލާފައި މިކޮޅަށް އައީ.. ދެން މިރަށުގައި ހުރީ އެންމެ ކޮލެޖެއް.. މެންޓަލްގޮތުން އަސަރުކޮއްފައިވާ މީހުން ބަހައްޓަން ޚާއްސަ ތަނެއް ވެސް އެބަހުރި.. އެކަމަކު އަޅުގަނޑު ބޭނުމީ އިހަކަށް މިރަށަށް ފަރިތަ ވީމައި ކޮލެޖަށްދާން.. އެހެންވެ އަސްލު ގައިޑެންސް ކައުންސެލަރގެ ގޮތުގައި ޖޮބަށް ދިޔައީ..” އަވްލީން ކިޔައިދިނެވެ.

“އޯހް.. މިހާރު އެނގިއްޖެ..” ވާހަކަތައް ގުޅިފައިވާ ގޮތް ވިސްނުމުން ކައިޔަންއަށް ބުނެވުނެވެ. ”އަދި ސުވާލެއް އެބައޮތޭ…” ކައިޔަން ބުނެލިއެވެ. “ނުކިޔައިދެވޭ ބައެއް އޮތީތަ…؟” އަވްލީންއަށް އެހުނެވެ. ”ނޫނޭ… ސުވާލަކީ އަވްލީން މިތަނަށް އައީ ކިހިނެތްހޭ..؟” ކައިޔަން އެއްސެވެ. ”އޯހް..!! ތިހެން ބުނެލިނަމަ… މިރޭ ގޭގައި ހުރެހުރެފައި ފޫހިވެގެން ހިތަށްއެރީ މިރަށުގެ ވަލަށް ދާން.. ވަލަށް ވަތް ތަނާ ބައިވަރު ކެކްޓަސް ގަސްތަކެއް ފެނިއްޖެ.. އެހިސާބުގައި ކެކްޓަސް ހުރުމަކީ ސަހަލުކަމެއް ނޫން.. ވަގުތުން އެނގިއްޖެ މީހަކު ކޮއްފައި ހުރިކަމެއްކަން.. ދެން ކެކްޓަސްތައް ގާތުހުރި ގަހެއްގެ ގޮފިގަނޑުގެ މަތިންލާފައި ގޮސް ކޮންމެވެސް ފެންގަނޑެއް ހުރަސް ކުރިތަނާ މިތަނަށް އާދެވުނީ. ކައިޔަން މިތަނުގައި ކީއްކުރަނީ..؟؟” އަވްލީން އެއްސެވެ.

“ތިވާހަކަތަ..؟ ކެކްޓަސް ގަސްތައް އެތަނުގައި ހުންނާނީ މީހަކު ބެހެއްޓީމައި.. އެހެންނު..؟ އެތަނުގައި އެހުރިހާ އެއްޗެއް ބެހެއްޓީ އަހަރެން..” ކައިޔަން ބުނެލިއެވެ. “ވަލަށް ފަރިތަ މީހުންނަށް ދާން ވަރަށް ފަސޭހަވާނެ އެތަނުގެ ތެރެއިންލާފައި..” އަވްލީން މަޑުމަޑުން ހީލަމުން ބުނެލިއެވެ. ”އަވްލީން އެކަނި މިރަށުން ދެކުނީ ވަލަށް އެހާ ފަރިތަ ކުއްޖަކަށް.. އަވްލީން ނޫން އެހެން މީހަކަށް ލާހިކެއް ނޫން އެތަން ހުރަސްކުރާކަށް..” ކައިޔަން ބުނެލިއެވެ. “އެހެންތަ.. އަދި އަޅުގަނޑު ޖެހޭނެ މާދަމާ އޮފީހަށް ގޮސްފައި އާ އެކުވެރިން ހޯދަންވެސް..” އަވްލީން އަނެއްކާވެސް ހީނލިއެވެ. އަވްލީން ހާދަހާ ލޯތްބެވެ. “އަހަރެން މިހުރީނު އެކުވެރިޔަކަށް.. ދެން..؟” ކައިޔަން އެއްސެވެ. “އެކަމަކު..” އަވްލީން އެއްޗެކޭ ބުނަން އުޅުނެވެ. ”ލަދުން..؟” ކައިޔަން އެއްސެވެ. “ނޫނޭ… ދެން ފިރިހެންކުދިންގެ ތެރެއިން އެކުވެރި ކުއްޖެއް ހުންނަންޏާ އަންހެން ކުދިންގެ ތެރެއިން އެކުވެރި ކުއްޖެއް ވެސް ހުންނަންވާނެތާ..” އަވްލީން ބުނެލިއެވެ.
“މޭކްސް ސެންސް..” ކައިޔަން ބުނެލިއެވެ.

“އެނީވޭސް.. ބައި.. ގެއަށް ދަނީ މި.. މާދަމާ އަދި ސްކޫލް އިން ބައްދަލުވާނެކަމަށް އުންމީދުކުރަން..” އަވްލީން ހީލާފައި ގާގަނޑުން ފުންމާލަން ތައްޔާރުވިއެވެ. “އޭތް.. އެބައަންނަމޭ..” ކައިޔަން ގާގަނޑު މަތިން ފުންމާލިއެވެ. އަވްލީން ފެންގަނޑު ހުރަސް ކުރަން ހުންނަ ވާގަނޑުގައި ރަނގަޅަށް ހިފާއްޓާލިއެވެ. ފަހަތަށް ދެ ތިން ފިޔަވަޅު އަޅާލާފައި އެދިޔަގޮތަށްގޮސް ކެކްޓަސްތަކުގެ ގާތުގައި ހުންނަ ގޮފިގަނޑުގައި އަވްލީން ފައި ޖައްސާލީ ބުރެއް އަޅާފައެވެ.

“ސުބުހާނައްﷲ..” ކައިޔަންއަށް ހުރެވުނީ އާގަމަވެފައެވެ. އަވްލީންގެ ހުންނަނީ ރީތިކަން އެކަނި ނޫންކަން އަވްލީން ސާބިތު ކޮށްދީފިއެވެ. އަވްލީން ހާދަ ހުނަރުވެރިއޭ ކައިޔަންގެ ހިތަށް އެރިއެވެ.

“ނާންނާނަންތަ..؟” އަވްލީން ގޮވާލިއެވެ. ”މި އަންނަނީ.. މި އަންނަނީއެއްނު..؟” ކައިޔަން އެ ގޮފިގަނޑަށް އެރިއެވެ. ދެމީހުން ސަކަރާތް ޖަހަޖަހާފައި އުޅުނުގޮތުން ހީވަނީ ޒަމާނުއްސުރެ އެކުވެރިން ހެންނެވެ. އެހާ ވެސް އަވަހަށް ދެ މީހުން ދެ މީހުންނަށް ދަސްވެއްޖެއެވެ.

ގެއާއި ހަމައަށް ދެމީހުން އައީވެސް ސަކަރާތް ޖަހަމުންނެވެ. “ވަރަށް މަޖާކުރެވިއްޖެ.. ގުޑް ނައިޓް..” އަވްލީން ވެދުން އަރިސްކޮއްފައި ގެއަށްވަނެވެ. އަވްލީންއަށް އަތް ހޫރުވާލާފައި ކައިޔަން ގޭތެރެއަށް ވަނެވެ.
”ދޮންބެ އައީތަ…؟” ޒިވީން ނިދާހެދުމާއެކީގައި ބަދިގެއިން ނުކުތީ ކިރުތައްޓެއް ބޮމުންނެވެ. “މިއީ..؟” ކައިޔަންއަށް އެހުނެވެ. ގޭގެ ފާރުތަކުގައި މަޑު ނޫ ކުލަ ލެވިފައި ހުރުމުންނެވެ. “އަވީނާ ދައްތަ ދިން ކުލަދަޅަކުން ޒާއިންއާއި އެލަން ކޮއްލިކަމެއް.. ސަޅިދޯ..؟” ޒިވީން ބުނެލިއެވެ. ”އަވީނާ ދައްތައަކީ އަހަރެމެންގެ މަންމަގެ ދަރަޖަ ދެވިފައިވާ މީހެއް ނަމަވެސް މިހާރު އަވީނާ ދައްތައާއެކީ ތިން ކުދިންގެ އާއިލާއެއް އެބަހުރި.. އެހާވަރަކަށް އަވީނާދައްތަގެ އަތުން އެއްޗެހި ނަގާ އަވީނާދައްތައަށް އުނދަގޫ ކުރާކަށް ނުވާނެއްނު..؟ އަދި އެހެންނޫނަސް ދޮންބެ ބުނީމެއްނު ދެން އަވަހަށް ނިދަން އޮށޯންނަން ވާނެޔޭ..؟ ކީއްކުރަނީ ހޭލާ..؟” ކައިޔަން އެއްސެވެ. “އަވީނާދައްތަ ދިން ހަދިޔާއެކޭ.. ދެން ހަދިޔާ ގަބޫލުކުރުމަކީވެސް އޮންނަކަމެއް.. އޯހް.. ނިދަނިދާފައި ހޭލެވުނީމައި ކަރު ހިއްކައިގަނެގެން މިއައީ.. ދޮންބެ ތިއައީ މާލަސްނުވަނީސް..” ޒިވީން ބުނެލިއެވެ.

“އޯކޭ ނިދަންދޭ..” ކައިޔަން އެހެން ބުނެލާފައި މައްޗަށް އެރިއެވެ. “އޯކީ ޑޯކީ..” ކިރުތަށި ބޯލާފައި ޒިވީން މައްޗަށް އެރިއެވެ.

ބުދަދުވަހުގެ އިރުއެރިއެވެ. ކައިޔަން ތެދުވީ މީޓިންއަށް ވަރަށް ތައްޔާރުވެގެންނެވެ. ދަނބު ޓީޝާޓަކާއި ކަޅުޖިންސެއް ނަގާފައި ކައިޔަން ފެންވަރައިގެން ރީތިވެގެން ތިރިއަށް ފޭބިއިރު ގަޑިން ހަތްގަޑި ބައި ވަނީއެވެ. “އޯހް.. ވަރަށް ވަރަށް ތައްޔާރުވެގެން…” ކައިޔަން ކޮފީތައްޓެއް ގިރާލާފައި ފްރިޖުން ޗޮކްލެޓް ބިސްކޯދެއް ނެގިއެވެ. ސައިބޮއި ނިންމާލާފައި ކައިޔަން ތެދުވި ތަނާ ޒިވީންވެސް އައިސް ސައިބޯން އިށީނެވެ. “މިއަދު ބައިލޮޖީ ޓެސްޓެއް އޮންނާނެ….” ކައިޔަން ބުނެލިއެވެ. ”ކިހިނެތް އެނގުނީ..؟” ޒިވީން އަނގަޔަށް ބިސްކޯދެއް ލަމުން އެއްސެވެ.

”ސްކޫލްގެ ޓީޗަރުން ވާހަކަދައްކާލެއް ހިސާބަށްވުރެ މަޑީ..” ކައިޔަން ހީލިއެވެ. “އޯވްހް.. އެހެންދަޯ…؟” ޒިވީން ކޮފީތަށި ހުސްކޮއްލާފައި ތެދުވިއެވެ. ޒިވީން ހުރީ އެކްޓިވިޓީ ޔުނީފޯމްގައެވެ. “ޒިވީއަށް ތި ޓްރެކްޝޫޓް ހާދަ ދުލޭ… މިބުނީ އޯވާ ސައިޒް..” ކައިޔަން ބުނެލިއެވެ. ކަޅުކުލައިގެ ޓްރެކްޝޫޓްގައި ހުރީ އަރިމަތީގައި ހުދު ދެރޮނގު ދަމާފައެވެ. މަތިކޮޅު ހުރީ ނުލުންނާއި ކަޅުން ސްޓައިޕްކޮށް ދަމާފައެވެ. ”ޒިވީ އެކްޓިވިޓީ ޓެނިސްގެ ބަދަލުގައި ކީއްވެ ތި ސްނިކަރސްއަށް އަރަނީ..؟” ކައިޔަން އެއްސެވެ. ”އެއީ.. ކަމެއްނުވޭ… އަރާހިތްވީމަ.. ވެއިޓް..! ދޮންބެ ހާދަ އާދަޔާޚިލާފަށް ސުވާލު ގިނަވެގެން އުޅޭ ދުވަހެކޭ…؟” ޒިވީން އެއްސެވެ. “އުހުމް..” ކައިޔަން ޒިވީންއާއެކީ ނުކުންނަމުން ޒާއިން އަވީނާމެންގެ ގެއަށް ފޮނުވާލިއެވެ. އެހެން ހަދަން ބޭނުންނުވިޔަސް ކައިޔަންއަށް ކުރެވޭނެ ކަމެއްނެތެވެ.

ސްކޫލްއަށް ދެވުނުއިރު ކައިޔަން ބޭނުންވީ ފުރަތަމަވެސް އަވްލީން ދެކިލާށެވެ. ކުރިއަށް ފިޔަވަޅެއް އެޅިތަނާ ފޯނު ރިންގުވާންފެށިއެވެ.

”އައިމް ބޯޑް.. ކައީ.. މިހާރު ކައި ހީވަނީ އެހެންމީހެއްހެން.. މިހާރު ވާހަކަދައްކާވެސް ނުލާ.. ކައި ރަނޫއާއި ރުޅީތަ..؟” ރަނާ އެއްސެވެ.

”ނޫނޭ ނޫނޭ ނޫނޭ..” ކައިޔަންއަށް އަވަސްއަވަހަށް ބުނެލެވުނެވެ. “އެހެންވިއްޔާ މިރޭ ބުނާކަމެއް ކޮއްދެވިދާނެތަ.؟” ރަނާ އެއްސެވެ. “އިރެއް ހަނދެއް ތަރިއެއް ނުގެނެސްދެވޭނެ..” ކައިޔަން ބުނެލި އެވެ. “މިރޭ ޔޫޝުއަލްއަށް އަންނަންވާނެ..!!” ރަނާ ބުނެލިއެވެ. “އޯކޭ” ރަނާގެ ޝައްކުބަލި އަނބުރާ އައިސްފާނެތީ ކައިޔަންއަށް ޖެހުނީ އޮޅުވާލާފައި އެއްބަސްވާށެވެ. “އޯހް ތޭންކްސް ތޭންކްސް…” ރަނާ ފޯނުކަނޑާލިއެވެ. ފުންނޭވައެއްލާފައި ކައިޔަން ސްކޫލްގެ ތެރެއަށް ވަދެގެން ދިޔައެވެ.

ކައުންސެލިން ރޫމްކުރިމައްޗަށް އެރުނުތަނާ ކައިޔަންގެ ލޮލުން ތަރިބުރައިގެންދިޔައެވެ. އެތަނުގައި އަވްލީންގެ ގައިޑެންސް ހޯދަން އައިސްފައިވާ ކުދިންތަކުގެ އަދަދު ގިނަކަމުންނެވެ. ދޮރުން ބޭރަށް ދަންދެން ފިރިހެންކުދިންގެ ބޮޑު ކިޔޫއެއް ހަދާލާފައިވެއެވެ.

ކައިޔަން ސަލާމްގޮވާލާފައި އެތެރެއަށްވަނެވެ. އޭރު އަވްލީންގެ ކުރިމަތީގައި ހުރިކުއްޖާ ހުރީ މޫނުމަތީ ގައި އަތްއަޅުވާލައިގެންނެވެ. ތުންފަތުގައިވަނީ ފުޅާ ހިނިތުންވުމެކެވެ. ދެމިޔަކަނުން ސޮނިވެއްޓިފައެވެ. ހީވާކަހަލައެވެ. އެކުއްޖާގެ ކަޅީގެ ބަދަލުގައި ވަނީ ހިތެކެވެ.

ކައިޔަންއަށް ވާނުވާ ރޭކާލީ އެކުއްޖާއަށް ބަލާލާފައެވެ. އެތާތިބި ހުރިހާ ކުދިންނަކީ އަވްލީން ރީތިކަމުން ބަލަން އައިސްފައި ތިބި ކުދިންކަން ޔަގީނެވެ. ސްކޫލަށް އައިތާ ދެ ދުވަސްވެސް ނުވަނީސް އަވްލީން ސްކޫލްތެރޭ ގައި ވިދާލައިފިއެވެ. އަވްލީންގެ އެރީތިކަމާއި ޒުވާންކަމުން އެކުދިންތަކުގެ ޅަ ހިތްތައް ވިރޭ ކަހަލައެވެ. ކައިޔަން އިށީނދެލިތަނާ އެކުއްޖާ ތެދުވެގެން ދިޔައެވެ. “އެލަން..؟ ކީއްކުރަނީތަ..؟” ދެންމެ ދިޔަ ކުއްޖާގެ ފަހަތުން އަލާން އައުމުން އަވްލީންއަށް އެހުނެވެ.

“އަވް ގެއިން ތިދިޔައީ ވޮލެޓް ޕަރސް ބާއްވާފައި.. އެހެންވެ މަންމަ ބުނީ އަވްއަތަށް މީތި ގެނެސްދޭށޯ.. އެލަން ވަންނަން އުޅުނީމައި އެކަކުވެސް ތަނެއް ނުދިން.. ކިޔޫގައި މަޑުކުރާށޯ.. އެތާ ހުރެހުރެ ވަރުބަލި ވީފަހުން މިދޭން ފުރުސަތެއް ލިބުނީ.. ހަމަހުވާ ކާލައިފި…” އަލާން ބުނެލިއެވެ.

“އޯހް.. ތެންކިއު.. މި ނެތްނަމަ މިއަދު ކެންޓީނަށްވެސް ނުދެވުނީސް ކަންނޭނގެ…” އަވްލީން ޝުކުރު އަދާކުރިއެވެ. ބާކީ އަދި ފަސް ކުދިން އެބަހުއްޓެވެ. ފަސް ވަނަ ކުއްޖާއަކީ އަލާންގެ ކުރީގައި ހުރި ކުއްޖާ އެވެ. އެކުއްޖާއާއި ޖެހުމުން އަވްލީން މަޑުމަޑުން ޕިސްޕިސް ލައްވާލިއެވެ. އެކުއްޖާ އަވްލީންއަށް ދިނީ ފަންސޫރެކެވެ. އެ ފަންސުރުގައި ލިޔެފައިވަނީ އައި ލަވް ޔޫއެވެ. އަވްލީން ހީނލިއެވެ. “ސޮރީ ބަޓް.. ނައިސް ޓްރައި..” އަވްލީން ފަންސުރު އަނބުރާ ރައްދު ކޮއްލިއެވެ.

އެމަންޒަރު ބަލަން ކައިޔަން ހުރިއިރު ރަނާއާއި އަވްލީންގެ ތަފާތުތައް ފާހަގަވަމުން ދިޔައެވެ. އަވްލީންގެ ބަދަލުގައި ރަނާ އެތާ ހުރިނަމަ ޔަގީނުންވެސް އެފަންސުރު ބިންދާލާ ކުދިކުދި ކޮއްލީހެވެ. އެވަރުންވެސް ނުވެގެން އެކުއްޖަކުގެ މޫނުގައި ބޮނޑިއެއްއަޅާފައި ރަނާއާއި ވައިއެޅެންވެސް ނުކެރޭވަރު ކޮއްލީހެވެ.
އަވްލީން ތަފާތެވެ. ހިތްހެޔޮއެވެ. ފަންސުރު ދިން އެކުއްޖާއަށް ފަންސުރު ރައްދުކޮއްފައި ދޫކޮއްލީވެސް ނިކަން މަޑުމަޑުން ހިތްފަޅައިގެން ނުދާނެ ހެންނެވެ. ކައިޔަން ހިޔާލުތައް އެއްފަރާތްކުރަމުން މަސައްކަތް ކުރެވޭތޯ ބެއްޔެވެ. ކޮމްޕިއުޓަރުގެ ސްކްރީނަށް ބަލާލާއިރަށް އަވްލީންގެ ސޫރަ ސިފަވެއެވެ. ފޯނުގެ ފޮޓޯތައް ބަލާލާއިރަށް ކޮންމެމީހެއްގެ މޫނު ފެންނަނީ ވެސް އަވްލީންގެ މޫނުގެ ގޮތުގައެވެ. ހުރިހާ ތަނަކުވެސް އަވްލީންއެވެ.

ކުއްލިއަކަށް ފޯނު ވައިބްރޭޓްވިއެވެ. ޕްރިންސިޕަލް މެސެޖްކުރީއެވެ. ވައިބަރއަށް ވަދެލާފައި ކައިޔަން ޕްރިންސިޕަލް ފޮނުވާފައިވާ ސްލިޕްކޮޅު ކިޔާލިއެވެ.

”ރަނާއަކީ މިހާރު ރާނީއެއް ނޫން.. ކައިޔަންގެ ތިހިތުގައި ރަނާގެ ސޫރަ ކުރި ކަނޑާފައި އަވްލީންގެ ސޫރަ އަރައިފި.. އަވްލީން އަވްލީން.. ރަނާއެއް ނޫން.. ބުނޭ ބުނޭ.. އަވްލީންގެ ގާތުގައި ލޯބިވާ ވާހަކަ ބުނޭ ބުނޭ.. ތި ހިތުގައި ވާހާ އެއްޗެއް ފޮރުވައިގެން އުޅެނިކޮށް ފަޅައިގެން ހިނގައިދާނެ.. ކައިޔަން މޮޔަ ވެދާނެ ތިހެން ހުއްޓާ..” ސްލިޕްކޮޅުގައި ލިޔެފައި އޮތް ލިޔުން ކިޔާލާފައި ކައިޔަން ބޯހޫރުވާލިއެވެ. “މަގޭ ހިތަށް ވިޔަސް ދޮގުނުހަދާ.. ރަނާ ކުރިކަނޑާލާފައި އެކަކުވެސް ނާރާނެ..” ކައިޔަން ލޯ އުނގުޅާލާފައި ކިޔާލިއެވެ. އޭގައިވަނީ މީޓިންގެ ރިމައިންޑަރއެކެވެ.

ސްކޫލް ނިމުނެވެ. ކައިޔަން ނިންމީ ސްކޫލްގައި މަޑުކުރާށެވެ. ސްކޫލްގައި ހުރެފައި އަށްގަޑިބައިގައި ހޯލްއަށް ދެވިދާނެއްނޫން ހެއްޔެވެ.؟

”އަވްލީން ކޮންތާކަށް ދަނީ؟” އަވްލީން ތެދުވުމުން ކައިޔަން އެއްސެވެ. “ސްޓާފްރޫމަށް އެއްޗެއް ބަލާ މި ދަނީ… ކައިޔަން ގެއަށް ނުދަންތަ..؟” އަވްލީން ސުވާލުކުރިއެވެ. “ނޫން ސްކޫލްގައި އިހަކަށް މަޑުކުރާނީ.. އަވްލީން ވެސް ގެއަަކަށް ނުދަމެއްނު..؟؟ ދެން އަށްގަޑި ބައިގައި ހޯލަށް ދެވޭނެ.. އަވްލީން މިތާ ހުރެދީފާނަންތަ..؟؟” ކައިޔަން އެއްސެވެ. ”ހްމްމް.. ހުރެފާނަން.. އެކަމް ކައިޔަން ނުދާނަންދޯ އެއްވެސް ތާކަށް..؟” އަވްލީން އެހީ ޔަގީން ކޮއްލަން ވެގެންނެވެ. “އަވްލީންގެ ގާތު މަޑުކުރާށޭ ކިޔާފައި ތަނަކަށް ދާންވީ ކޮން ސަބަބަކާހުރެ..؟؟” ކައިޔަން އެއްސެވެ. ”އެމެޖެންސީއެއް ގައި ދާން ޖެހިދާނެ އެއްނު.؟” އަވްލީން ބުނެލިއެވެ. “ޕޮސިޓިވްކޮށް ވިސްނަބަލަ..” ކައިޔަން ޕިސްޕިސް ލައްވާލާފައި އިށީނެވެ. އަވްލީން ސްޓާފް ރޫމަށް ގޮސްފައި ފައިލްތަކެއް ހިފައިގެން އައެވެ.

”އަވްލީން.. ޑިޑް ޔޫ އެވަރ ލައިކް ސަމްވަން..؟” އެ ހަމަ ހިމޭންކަން ފޫދުއްވާލަންވެގެން ކައިޔަން ކުރެވުނީ އެ ސުވާލެވެ. ކައިޔަން އަހާލި ސުވާލުން އަވްލީންގެ ގައިން ހީބިހި ނަގައިގަތެވެ. “ނު.. ނު.. ނޫން… ކީއްވެ ތި އެހީ..؟” އަވްލީންގެ އަޑުގައި ކުޑަ ތުރުތުރެއް ހުއްޓެވެ. “އޯވްހް.. އެހެންދޯ… ހަމަ އަހާލީ.. ކިހިނެތް އެނގޭނީ އަވްލީން މިހާރު ތިހުރީ ހުހަށް ކަމެއް..؟ ބަލާލާފައި ދެން ތިހާ ރީތި ކުއްޖެއް ހުސް ވާނެޔޭވެސް މީހެއް ހިތަކަށް ނާރާނެ.. ދެން އައިމް ޔޯ ފްރެންޑްއެއްނު..؟ ޓްރަސްޓް ކުރެވޭނެދޯ..؟” ކައިޔަން ބުނެލިއެވެ. ”ހޫމް.. އެކަމް ތި ކަހަލަކަމެއް އަދި ނެތް.. މިރަށަށް އައީ ދެން މީހެއް ހޯދާކަށްވެސް ނޫން.. ތެދަށް ބުނާނަމަ..” އަވްލީން ބުނެލިއެވެ. “މި މައުޟޫއަށް ވާހަކަދައްކާ ހިތެއްނުވޭދޯ..؟” ކައިޔަންއަށް ފާހަގަ ކުރެވިގެން ބުނެލިއެވެ. އަބަދު އަވްލީންގެ ދެލޮލުގައި ހުންނަ ޝައުގުވެރިކަން ނެތުމުންނެވެ. އަވްލީން އެއްޗެކޭ ބުނަން އަނގަ ހުޅުވާލިތަނާހެން މީހަކު އައެވެ.

”ކައިޔަން އާދެބަލަ..” ކުއްލިއަކަށް ހައިނާ ގޮވާލިއެވެ. “ބިޒީތަ..؟ އެހެންވިއްޔާ އޯކޭ…” ކައިޔަންގެ ކުރިމަތީ އިށީނދެގެން ހުރި އަވްލީން ހައިނާއަށް ފެނުނީ މާ ފަހުންނެވެ. ހައިނާއަކީ ރަނާގެ ޕާޓަށް ވުމުން ކައިޔަން ނުގޮސްފިއްޔާ ހައިނާ އެވާހަކަ ރަނާ ގާތު ބުނެފާނެއެވެ. ރަނާއަށް ކައިޔަން އަވްލީންއާއި ވާހަކަ ދައްކާކަން އެނގިއްޖެނަމަ ދެން ރަނާގެ އަނދިރިފަރާތް ދައްކާލާނެ ކަން އެނގޭތީ ކައިޔަންއަށް މަޖުބޫރުވީ ދާށެވެ.

”އަވްލީން އިހަށް މަޑުކޮއްލައްޗޭ.. ވަރަށް އަވަހަށް އަންނާނަން.. އަވްލީން ބުނީ ހަމަ ރަނގަޅަށް..” ކައިޔަން ހައިނާގެ ފަހަތުން ހިނގައިގަތެވެ. އަވްލީން ހިނިތުންވެލައިގެން ހުރެފައި ކައިޔަން ދިޔުމުން ފުންނޭވާއެއް ދޫކޮއްލިއެވެ.

“އަވް ބޭބީ…” އަވްލީންގެ ކަންފަތްދޮށުގައި އަޑު ގުގުމައިގަތެވެ. ލިޔާން އަވްލީން ދޫކޮއްލިއެއްކަމަކު އަދިވެސް ލިޔާންގެ ހަނދާންތައް ފުރިހަމައަށް އަވްލީންގެ ސިކުނޑީގައި ހަރުލާފައިވެއެވެ. ލިޔާންއަކީ އަވްލީންގެ ފުރަތަމަ ލޯބިއެވެ. ލިޔާން އަވްލީން ދޫކޮއްލީ އަވްލީންގެ އެންމެ ބޮޑު ސިއްރު އެނގިގެންނެވެ. ރައްޓެހިންނަށް ވިޔަސް ކައިޔަން، އަވްލީން ބާކީ ކޮއްލަފާނެކަމުގެ ބިރައްޓަކައި ކައިޔަންއަށް ދޮގު ހެދީ ގަސްތުގައެވެ. ލިޔާންއާއި އަވްލީންގެ ވާހަކަ ކިޔައިދޭން އަވްލީން ބޭނުންވެއެވެ. ނަމަވެސް އޭރުން ކައިޔަންގެ ފުރަތަމަ ސުވާލަށް ވާނީ “ލިޔާން އަވްލީން ދޫކޮއްލީ ކީއްވެގެންހެއްޔެވެ..؟” މި ސުވާލެވެ. ނަމަވެސް އެއީ އަވްލީންއަށް ޖަވާބު ދެވޭނެ ސުވާލެއް ނޫނެވެ. ލިޔާން އަވްލީން ދޫކޮއްލިގޮތަށް ކައިޔަން އަވްލީންގެ މަތިން ހަނދާން ނައްތާލަން އަވްލީން ބޭނުމެއް ނުވެއެވެ. އެއީ ދެން އެއްއިރަކުވެސް އަވްލީން ބޭނުން ވާނެ ގޮތެއް ނޫނެވެ. ކައިޔަން ފެނުމުން ލިޔާންގެ ހަނދާންތައް އާވަނީ ކައިޔަންގެ އަޅާލުމުންނެވެ. އަވްލީންގެ ލޮލުން ކަރުނަ ނީރާލިއެވެ.

= ނުނިމޭ =

Share Article

Follow Me Written By

yooon

10 Stories100 Comments100 Login100 Stories

Transcend reality in this little safe space <3

Other Articles

Previous

އެކުއްޖާ 6

Next

އިފްްްނޫރްް 2

Next
May 11, 2020

އިފްްްނޫރްް 2

Previews
May 11, 2020

އެކުއްޖާ 6

8 Comments!

  1. No one says:
    May 11, 2020 at 5:32 pm

    Varah varah reethi mi part ves??
    When nxt part???

  2. ޔޫން says:
    May 11, 2020 at 6:58 pm

    varah avahah 8 vana bai ves yoon up kohdheynan.. kiyaaleethee NO ONE ah varah shukuiyya.. looking forward to all of ur luv reacts and both positive and for improvement comments.. love u all.. ttys Be safe 🙂

  3. 123 says:
    May 11, 2020 at 9:28 pm

    Waiting for next part

  4. ޔޫން says:
    May 11, 2020 at 10:49 pm

    glad to hear that 123… 🙂

  5. Izabell says:
    May 12, 2020 at 4:31 pm

    Mi story varah varah reethi nd mi part vx varah reethi, Ma Sha Allah ❤❤❤❤❤❤❤ curiously waiting for next part

  6. ޔޫން says:
    May 12, 2020 at 6:51 pm

    good to know your waiting.. thank you soooo much..!!!!!

  7. Sherher says:
    May 13, 2020 at 1:44 am

    Vv reethi mi prt vx….btw waiting for nxt prt

  8. yoooon says:
    May 13, 2020 at 2:34 pm

    Thnxxx Sherher for your Motivating comment 🙂

Comments are closed.


All Right Reserved!