Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެކުއްޖާ 8

yooon 10 Stories100 Comments100 Login100 Stories
May 13, 2020 6 Mins Read
10 Comments

* ލިޔާން އަވްލީން ދޫކޮއްލިގޮތަށް ކައިޔަން އަވްލީންގެ މަތިން ހަނދާންނައްތާލަން އަވްލީން ބޭނުމެއްނުވެއެވެ. އެއީ ދެން އެއްއިރަކުވެސް އަވްލީން ބޭނުންވާނެ ގޮތެއް ނޫނެވެ. ކައިޔަން ފެނުމުން ލިޔާންގެ ހަނދާންތައް އާވަނީ ކައިޔަންގެ އަޅާލުމުންނެވެ. *

“ވާރޭޕަރީއަށް ކިޔަނީ އަވްލީންތަ..؟” ހައިނާ ކޮރިޑޯގެތެރެއިން ހިނގާފައި ދަމުން އެއްސެވެ. “ވާރޭޕަރީ އޭކިޔާފައި ނުކިޔަބަލަ.. އެއީ އަވްލީންއޭ… އަވްލީން އެއީ ހަމައެކަނި މައި…. އަމްމް.. އޮފީސްމޭޓްއޭ..” ކައިޔަންއަށް ބުނެވުނީ ދުލުކުރިއަށް އައި ފުރަތަމަ ބަހެވެ. “އޮފީސްމޭޓްވެސް ދުވަސްކޮޅަކުން ބަދަލުވާނެ ސޯލްމޭޓަށް.. އެކަމަކު ރަނޫ އޭރުން ބާކީވާނެއްނު..؟” ހައިނާ އެއްސެވެ. “ހައިނާ..! ރަނާ ބާކީ ކޮއްލާފައި ދާނެ ތަނެއް ނޯންނާނެ.. އޯކޭ..؟ އަވްލީންއަކީ ހަމައެކަނި ކުއްޖެއް..” ކައިޔަން ހިތާދެކޮޅަށް ބުނެލިއެވެ. ”އޯކޭ އޯކޭ.. އައި ބިލީވް ޔޫ..” ހައިނާ ބުނެލިއެވެ. ކައިޔަންއަށް ޖެހުނީ ހަައިނާ ބުނެގެން ބޮޑު ފޮތްބަރިއެއް ހިފައިގެން ސްޓާފްރޫމަށް ދާށެވެ.

ކައިޔަން ފާޚާނާއަށް ވަނެވެ. ”ވަޓް އިޒް ހެޕެނިން ޓު މީ…؟؟؟؟” ލޯގަނޑުން ފެންނަން ހުރި އޭނަގެ އަމިއްލަ ސޫރައަށް ބަލާލަމުން ކައިޔަންއަށް ބުނެވުނެވެ. “އަވްލީން ފެނުމުން މަށަށް ކިހިނެތްތަ މި ވަނީ..؟ ބަލަ ރަނާއޭ ރާނީއަކީ.. އަވްލީންއެއް ނޫން..!!” ކައިޔަން މަޑުމަޑުން ބުނެލިއެވެ. “އަވްލީން…..” ކައުންސެލިން ރޫމާއި ހަމައަށް ދެެވެންދެން ކައިޔަން އަވްލީންގެ ނަން ތަޞްބީޙައެއް ހެން ކިޔަމުން ދިޔައެވެ. “ކޯޗެކޭ ކިޔާފައި ވާހަކަ ދައްކަން ފަށާނީ..؟” ކައިޔަން އަމިއްލަ ނަފްސާއި ސުވާލު ކޮއްލިއެެވެ.

”އޭ.. ތޭންކްސް މަޑުކޮއްލައިގެން ހުރީމަ… އެހެން މީހެއްނަމަ މިހާރު ދާނެ ގެއަށް…” ކައިޔަން ބުނެލިއެވެ. އަވްލީންގެ ފަރާތުން ޖަވާބެއް ނައެވެ. ކައިޔަން ކުޑަކޮށް ގުދުވެފައި ބަލައިލިއެވެ. އަވްލީންއަށް އޮތީ ނިދިފައެވެ. “އެންޑް ޝީ އިސް އެސްލީޕް..” ކައިޔަންއަށް ވައިއަޑުން ބުނެލެވުނެވެ.

އަވްލީންއަށް ނިދިފައި އޮތުމުން ގޮވަން ނުހަދާ ކައިޔަން އިށީނެވެ. އިރުއޮއްސެންދާތީ މުޅި އުޑުވަނީ ރަންރީނދޫ ކުލައިން ފަވާ ލެވިފައެވެ. އެ ރީތިކަން ފެންކުލައިން ދައްކުވައިދޭން އުޅޭނަމަ ހުސްވާނީ ބޭނުން ކުރާ ކުލަފުޅި ކަން ޔަގީނެވެ. އެ ހަމަހިމޭންކަމުގެ ތެރޭގައި ކައިޔަން އަށް ހުރެވުނީ އަވްލީންގެ މޫނަށް ބަލާށެވެ. ފަރުދާ ނުދަމާ ހުރި ކުޑަދޮރުގެ ބިއްލޫރިގަނޑުގެ ތެރެއިން ލާފައި އަވްލީންގެ ދޮންދޮން މޫނަށް އެޅެމުން ދިޔަ ކުލައިން އެމޫނުގެ ގުދުރަތީ ރީތިކަން ދައްކުވައިދެއެވެ. ނިދިފައި އޮތް އިރުވެސް އެ މޫނު ވިދަމުން ދިޔައީ ޖަވާހިރެއް ފަދައިންނެވެ. ދިވެހި ރަދީފުގައި ފުރިހަމަ، މިބަހުގެ މާނައިގާތުގައި އަވްލީންގެ ފޮޓޯއެއް ޖަހާފައި ހުންނާނެއެވެ. އެއީ ކައިޔަންއަށް ވިސްނޭ ގޮތެވެ. ގައިމު ދޮގަކަށް ނުވާނެއެވެ. އަވްލީންއާއި ބެހޭގޮތުން ލަވައެއް ލިޔާނަމަ އަވްލީންގެ ރީތިކަން ބަޔާން ކުރަން އެކަނިވެސް ހާހަކަށްވުރެ ގިނަ ސަފްހާ ލިޔެވުނީހެވެ. އެހެންގޮސް ދެން ދުލުން ބަސް ހުސް ވަންދެން ވެސް އަވްލީންއަށް ތައުރީފު ކުރެވުނީހެވެ.

އަވްލީންއަށް ހޭލެވުނެވެ. ކައިޔަން އަވަސް އަވަހަށް މަސައްކަތް ކުރާކަމަށް ހެދުނެވެ. “އޯވް… ކީއްވެ ގޮވާ ނުލީ..؟ މިހާރު އެ ތިންގަޑި ބައިވަނީ..” އަވްލީން މޯޅިއަކަށް ދެމިލިއެވެ. ”އެއީ ދެން އަވްލީން އެހާ އަރާމުގައި ނިދާފައި އޮއްވާ ނުގޮވަން ވެގެން…” ކައިޔަން އެހެން ބުނެލީ ހަމަ އާދައިގެ ރާގަކަށެވެ. އަވްލީން އަށް ދެންމެ އޭނަ ހުރީ ބަލަން ކަން ނުދައްކަން ވެގެންނެވެ. “ސާބަސް..” އަވްލީން އެކި ކުދިންގެ ނަންތައް ލިޔެފައި ހުރި ފައިލްތައް ތަރުތީބުކޮށްނިންމާލާފައި ފޯނާއި ކުޅެން ފެށިއެވެ.

ކައިޔަން ލެޕްޓޮޕަށް ހެޑްފޯން ޖަހައިގެން ފިލްމެއް ބަލަންފެށިއެވެ. ވަގުތު ފާއިތުވެގެން ދިޔައީ ހަލުވި ކަމާއެކީގައެވެ. ކައިޔަންއާއި އަވްލީން ހުރިތަނުން ގުޑާވެސްނުލާ އިށީނދެލައިގެން ހުއްޓެވެ. އަމިއްލަ ދުނިޔޭގެ ތެރޭގައި ޣަރަގުވެފައެވެ.

ކައިޔަން ލެޕްޓޮޕް ނިއްވާލީ އަށެއް ޖަހަނިކޮށެވެ. އަވްލީން އޭރު ފޯނު ޗާޖް ކުރަންވެގެން ދަބަސް ހާވަނީއެވެ. “ހިނގާބަލަ ކެންޓީނަށް ދާން.. ވަރަށް ބަނޑުހައިވެއްޖެ.” ކައިޔަން ބުނެލިއެވެ. “އޯކެއި މާކުންބޭ..!! އެބަ އަންނަން ފާޚާނާއަށް ވަދެލާފައި..” އަވްލީން ބުނެލިއެވެ. ”އައިލް ބީ ކެންޓީންގައި..” ކައިޔަން ބުނެލިއެވެ. ”އޯކޭ..” އަވްލީން ކޮނޑުގައި ހޭންޑްބޭގް އަޅުވާލައިގެން ނުކުތެވެ.

ކައިޔަން މިސްރާބުޖެހީ ކެންޓީނާއި ދިމާލަށެވެ. އޭރު ކެންޓީނުގައި ދެތިން ޓީޗަރެއް ހުއްޓެވެ. ކައިޔަން އިށީނދެފައި އަވްލީން އަންނަންދެން މަޑުކޮއްލިއެވެ.

ކެންޓީންގައި ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދެއްކިއެވެ. އަވްލީން ވާހަކަ ނުދައްކަން ހުރީ ކައިޔަން އިތުރަށް އޭނާގެ ކުރީގެ ހަޔާތުގެ ވާހަކަ އަހާފާނެތީއެވެ. ކައިޔަން ވާހަކަ ނުދައްކަންހުރީ ކިޔޭ އެއްޗަކުން އަވްލީން ހިތްހަމަނުޖެހިދާނެތީއެވެ. ކައިޔަން ކުރިމަތ ހުރި ސްމޫތީ ތަށިން އެތިފޮދެއް ބޯލާފައި އަވްލީންއާއި ދިމާލަށް ބަލާލައެވެ. އޭރުވެސް އަވްލީން ހުރީ ހިމޭނުން އަތުގައި އޮތް ޗީޒް ބާގަރ ކާލަ ކާލައެވެ.

އަށްގަޑި ފަނަރަ ހިނގައިގެން ދިޔައީ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ. އަށްގަޑި ބައިގެ ކުރިން ހޯލަށް ދިޔުމުން އަވަހަށް ތައްޔާރު ވެވޭނެކަން އަވްލީންއަށް ވިސްނުނެވެ. “ހިނގާ މީޓިންއަށް ދާން..” އަވްލީން ތެދުވަމުން ބުނެލިއެވެ. ކައިޔަން ބޯ ޖަހާލާފައި ތެދުވިއެވެ. އަވްލީންއާއި ކައިޔަންއާއި ދެމީހުންވެސް ދިމާކުރީ ފުރަތަމައަށް ކެންޓީނުން ނުކުންނާށެވެ. “ލޭޑީޒް ފަސްޓް..” ކައިޔަން ހިނިތުންވެލަމުން އަވްލީންއަށް ތަން ދެއްކިއެވެ. “ލޮލް ތޭންކްސް….” އެވަގުތުވެސް އަވްލީންގެ ގާތަށް އައީ ހިންޏެކެެވެ. އެ މައުސޫމް ހިނިތުންވުމުން ކައިޔަންގެ ހިތުތެރޭ އެތައްހާސް މާތަކެއް ފޮޅިގެން ދިޔައެވެ. ވާތު ކޮލަށް އަޑިކޮޅު އަޅުވާލަމުން ކައިޔަންއަށް ހީނލެވުނީ ބޭއިޚްތިޔާރުގައެވެ.

ހޯލަށް ދިޔައިރު ހޯލުގެތެރޭގައި ހުރީ ޕްރިންސިޕަލާއި ލީޑިން ޓީޗަރުގެ އިތުރުން ހައިނާ އެކަންޏެވެ. ވަގުތުން ޕްރިންސިޕަލްގެ މޫނުމަތި އަލިވެގެން ދިޔައެވެ.

“ވަރަށް ރަނގަޅު.. އަހަރެމެންގެ ސްކޫލަށް މިލިބެން ދިޔައީ ގަޑިޔަށް ވަރަށް ފަރުވާތެރި ތިން މުވައްޒަފުން ދޯ..؟” ޕްރިންސިޕަލް ވަރަށް ހިތްހަމަޖެހިގެން ހުރެ ވާހަކަ ދެއްކިއެވެ. “ޝުކުރިއްޔާ…” ކައިޔަން ބުނެލިއެވެ. ”އަވަހަށް އިށީނދޭ.. ވަރަށް އަވަހަށް މީޓިން ފަށާނެ..” ލީޑިން ޓީޗަރު އެހެން ބުނެލުމުން ކައިޔަންއާއި އަވްލީން އިށީނެވެ. ޖެހިޖެހިގެން ހުރި ދެގޮނޑީގައެވެ. ލީޑިން ޓީޗަރު ކުޑަކޮށް ހީލާފައި ޕްރިންސިޕަލްއާއެކީ ސްޓޭޖަށް އެރިއެވެ.

“ކިހާ ރަނގަޅު ދެކުދިން ދޯ..؟” ލީޑިން ޓީޗަރު ވާހަކަ ދެއްކީ މަޑުންނެވެ. “ފާހިމް.. ބަލަ މިއީ ސްކޫލޭ..! ތިކަހަލަ ވާހަކަ ނުދައްކަން ބުނެފައި އޮންނާނީ.. އެއީ ސްކޫލްގެ ގަވައިދާވެސް ދެކޮޅުވާފަދަ ކަމެއް.. ކިތައް ފުރުސަތު ދީފިން ތިކަހަލަ ވާހަކަ ނުދައްކަން..؟ ފާހިމް ސްކޫލުން ކަނޑާނުލާ ހުންނަނީވެސް ހަމަ ކިރިޔާ..” ޕްރިންސިޕަލް ހިތްހަމަ ނުޖެހިފައި ވާހަކަ ދެއްކިއެވެ.

“އެކަމަކު ސަރ..؟ އަޅުގަނޑު މި ދަންނަވަނީ އެދެކުދިންގެ މަސައްކަތާއި ގަޑިއަށް ދޭ ސަމާލުކަމުގެ ވާހަކަ.. ސަރ ކޮން ވާހަކައެއްތޯ..؟” ލީޑިން ޓީޗަރު ހައިރާންވެފައި ވާހަކަ ދެއްކިއެވެ. “އެހެންދޯ.. މާފުކުރޭ..!! ސަރއަށް ފާހިމް ދައްކާއުޅޭ ވާހަކަތަކުން އަބަދު އޮޅިފައި ހުންނަނީ.. އަބަދުވެސް ދައްކާނީ އެ ޓީޗަރެއް މި ޓީޗަރަކާއެކީގައި އުޅޭވާހަކަ.. ދެން ދޯ..!!!” ޕްރިންސިޕަލް ޓައީ ރަނގަޅު ކޮއްލާފައި ވާހަކަ ދެއްކިއެވެ. ލީޑިން ޓީޗަރު ދެކޮނޑުއަރުވާލާފައި މައިކުގެ ގާތުގައި ހުއްޓުނެވެ.

ކުޑަ އިރުކޮޅެއްގެ ތެރޭގައި ޓީޗަރުންނާއި މުވައްޒަފުން އަންނަމުން ގޮސް ހުރިހާ އެންމެން އައިސް ހަމަވިއެވެ. “މިވަގުތު ހޯލަށް ވަޑައިގެން ތިއްބެވި އެންމެހާ މުވައްޒަފުންނަށް މަރުހަބާ ދަންނަވަން.. މިއަދު ހޯލަށް ތިހުރިހާ ބޭފުޅުން އެއްކުރެއްވުނީ ސްކޫލްގެ ޓީޗަރުންގެ ދުވަހާއި ސްޓަޑީ ބްރޭކަކާއި ދިމާވާތީ ޓީޗަރުންގެ ދުވަހުގެ ހަފްލާ މާދަމާ ބުރާސްފަތި ދުވަހު ބޭއްވުމައްޓަކައި.. އެހެންކަމުން ކޮންމެ ޓީޗަރަކަށާއި މުވައްޒަފަކަށް އޮންނާނެ ވަކި ޓާސްކެއް ހަވާލު ކޮއްލެވިފައި.. އެ ޓާސްކާއެކީގައި އޮފީސް ޕާޓުނަރާއެކީގައި ވެސް ޖެހޭނެ ޓާސްކެއް ފުރިހަމަ ކޮއްދެއްވަން.. އަދި މާދަމާގެ ޑްރެސް ކޯޑެއްވެސް އޮންނާނެ… އެއީ ރަތާއި ކަޅު.. ތިބޭފުޅުން ބޭނުންފުޅު ވާގޮތަށް ރަތާއި ކަޅުން ހެދުން އަޅުއްވަވާ.. ދެން އެކުލައިގެ ހެދުމެއް ނެތް ބޭފުޅަކު ބޭނުން ކުލަ ހެދުމެއްގައި ވަޑައިގެންނެވިޔަކަސް އެންމެ ރަނގަޅު.. ދެން ކޮންމެ ބޭފުޅަކު މަސައްކަތް ކުރާ ސެކްޝަނަކަށް ގޮސްފައި މަޑު ކޮއްލައްވާ.. އަޅުގަނޑު ކޮންމެ މުވައްޒަފެއްގެ ގާތަށް ގޮސްފައި ޓާސްކްތައް ކިޔައިދޭނަން…” ޕްރިންސިޕަލް އެހެން ބުނެފައި ސްޓޭޖުން ފޭބުމުން އެންމެން އެމީހެއްގެ ސެކްޝަނަށް މިސްރާބު ޖެއްސެވެ.

ކައިޔަންއާއި އަވްލީން ކައުސެލިން ރޫމަށްވަދެ ރަނގަޅަށް ނުއިށީނދެވިގެން އުޅެނިކޮށް ޕްރިންސިޕަލް އައިސް ބޮޑު ބްރިސިލް ބޯޑަކާއި ދެގަނޑު ބޭއްވިއެވެ. “މި ކިޔާފައި މައްސަލައެއް އުޅޭނަމަ އަންގާލާ..” ޕްރިންސިޕަލް އެހެން ބުނެލުމަށްފަހު ނުކުތެވެ. ޕްރިންސިޕަލް އަވަސް އަރުވާލައިގެން އުޅޭއިރު ހީވަނީ ދެ ފައިގައި އަލިފާން ރޯވެގެން އުޅޭހެންނެވެ. ޕްރިންސިޕަލް ނުކުތުމުން ދެމީހުންނަށް އުޅެވުނީ ބްރިސިލްބޯޑް ނަގާށެވެ. ކައިޔަން ގެ އަތް ބޭއްވުނީ އަވްލީންގެ އަތްމަތީގައެވެ. ”އުޕްސް..” ދެމީހުންނަށް އެހެން ބުނެވުނީވެސް އެއްފަހަރާ އެވެ. އަވްލީން ތިރި ބަލާލިއެވެ.

ކައިޔަން މަޑުމަޑުން އަތް ނެގިއެވެ. އަވްލީން ބްރިސިލްބޯޑް ހުޅުވާލިއެވެ. “އައިސްކްރީމް ސްޓޯލް..؟ އަހަރެމެން ދެމީހުން..؟” ކައިޔަންއަށް ބުނެވުނެވެ. “ލޮލް.. ކައިޔަންވެސް ދޯ..؟” ކައިޔަންގެ މޫނަށް އެރި ކުލަ ވަރުން އަވްލީންއަށް ހީގަނެވުނެވެ. “އޯކޭ.. އަވްލީންއަށް އޮތީ ކޮން މަސައްކަތެއް.؟” ކައިޔަން އޭނާގެ ނަންޖަހާފައި އޮތް ގަނޑު ނަގަމުން އެއްސެވެ. “މި އަހަރުގެ ތީމަކީ މޫވީ.. މޫވީ ތީމްއާއި ގުޅޭ ކޮންމެވެސް އެއްޗެއް ހަދައިގެން ގެނެސްދިނުން.. އަހަރެމެން ދެން ހެދުން ލާންޖެހެނީ ރަތާއި ކަޅުން.. ސްކޫލް މާހައުލާ ގުޅޭ އެއްޗެއް.. ދެން ދެޓްސް އޯލް.. ކައިޔަންއަށް ލިބުނީ ކޮން ޓާސްކެއް..؟” އަވްލީން އޭނާއަށް ލިބިފައިވާ ޓާސްކް ކިޔާދީފައި އެއްސެވެ. “ސޭމް… ކައިގެ ގަނޑުގައިވެސް ލިޔެފައިވަނީ ތިހެން.. މޫވީ ތީމާއި ގުޅޭ ކޮންމެވެސް އެއްޗެއް ހަދައިގެން ގެނެސްދިނުން..” ކައިޔަން ބުނެލިއެވެ.

”ހިނގާބަލަ.. ގެއަށް ގޮސްފައި އެއްކަލަ ތަނުގައި މީތި ހަދަން..” އަވްލީން ބުނެލިއެވެ. “އެއްކަލަ ތަން..؟ ތިބުނީ ހަނދަށް ބަލަން ދާ ތަނުގެ ވާހަކަ.؟” ކައިޔަން ޔަގީން ކުރަން ވެގެން އެއްސެވެ. “ހޫމް.. މިރެއިން މިރެއަށް ނިންމާލިއްޔާ ފަސޭހަވާނީ…” އަވްލީން އެހެން ބުނެލާފައި ބްރިސިލްބޯޑު އޮޅާލިއެވެ. ފައިލްގެތެރެއަށް ގަނޑު ކޮއްޕާލުމަށްފަހު އަވްލީން ދަބަސް އަޅުވާލައިގެން ތެދުވިއެވެ. ކައިޔަން ރޫމުން ނުކުތެވެ. އޭރު ކޮރިޑޯ ތެރެ ފަޅެވެ. އެކަކުގެ ހިލަމެއްވެސް ނުވެއެވެ.

ކައިޔަންއާއި އަވްލީން އެއްވަރަކަށް ހިނގަމުން ގެއާ ހަމައަށް ގޮސްފައި ވަކިވިއެވެ. ކައިޔަންއަށް ހިތް ހަމަޖެހުނުކަމުގެ އިހުސާސެއް ކުރެވުނެވެ. ކުޑަގޮތަކަށް ރީތިވެލައިގެން ކައިޔަން ރަނާއަށް ގުޅާފައި ޔޫޝުއަލްއަށް ނުދެވޭނެވާހަކަ ބުނެލިއެވެ. ރަނާ ޝަކުވާކުރަން ފުރުސަތެއް ނުދީ ކައިޔަން ފޯނު ކަނޑާލީ ރަނާގެ ޝަކުވާތައް އަޑުއަހަންވެއްޖެނަމަ ބައިގަޑިއިރަށްވުރެ ގިނަވަގުތު ނަގާނެތީއެވެ.

ކައިޔަން ފޯނު ކަނޑާލުމުން ރަނާގެ ހިތުގައި ރިއްސާލިއެވެ. ޔޫޝުއަލްވެސް ދޫކޮއްފައި ރަނާ ބާރަށް ދުވެފައި މިސްރާބު ޖެހީ ކައިޔަންމެންގެ ގެއާއި ދިމާލަށެވެ. އެހެން ދުވެފައި ދަނިކޮށް ޗަކަ ގަނޑަކަށް ރަނާ ވެއްޓުނެވެ. “އާހް.. ގްރޮސް..” ރަނާ ގައިގައިވާ ޗަކަތަކާ އެކީގައި ދުވަމުން ދިޔައެވެ. ރަނާ ކައިޔަންމެން ގެ ގެއާ ދިމާލަށް ގޮސްފައި ހުއްޓެވުނެވެ. ކައިޔަންއާއި ޖެހިގެން ހުރި އަވްލީން ލޮލުގައި އަޅައިގަތީއެވެ.

އެކަކު އަނެކަކާއި ސަމާސާ ކުރަމުން ކުރިއަށް ދިޔަ އަވްލީންއާއި ކައިޔަންއަށް ހިލަމެއް ބިލަމެއް ނުވާނެހެން ރަނާވެސް ކުރިއަށް ދިޔައެވެ. ”މިހެންވެގެން ދޯ ކައި މާ ތަފާތުވެގެން މިހާރު އުޅެނީ…؟ ޔޫޝުއަލްއަށް ވެސް މިރޭ ނާންނަން ބުނީ އެ އަންހެން ކުއްޖާ ގަނޑާއެކީ ވަގުތުކޮޅެއް ހޭދަ ކޮއްލަން ވެގެންތާ..؟” ރަނާ ރުޅި އައިވަރު އަނދިރީގެ ތެރެއިންވެސް ފާޅުވާން ހުއްޓެވެ. މޫނުމަތި ބަނަވެފައި ވާވަރުން ހީވަނީ ސާދަވިލޭރޭގެ ހަނދަށް ވިލާގަނޑެއް އެޅުނު ހެންނެވެ. “ޝައްކު ޔަގީންވީ.. އެއީ ކޮން އަންހެން ކުއްޖާގަނޑެއް ތަ..؟؟ މާ ނަލަ ހެދިލައިގެން..؟ މާ ރީއްޗެއްވެސް ނޫނޭ.. އިސްތަށިގަނޑު ވެސް ހީވަނީ ވިގެއް ހެން.. ޔަގީން ހެއަރ އަޔަންއެއް ބޭނުން ކޮށްފައިކަން އެހުރީ.. އެހާ ފަން އިސްތަށިގަނޑެއް މީހަކަށް ނުލިބޭނެ..!” ހަސަދައިގެ އޮއިވަރު ރަނާގެ ހިތުގައި ހިނގާކަށް އިރެއް ނުނެގިއެވެ. “އެއީ މިރަށު ކުއްޖާ ގަނޑެއް ނޫން… ކޮން ދުނިޔެއަކުން އައި ކުއްޖެއްތަ އެއީ..؟ ހެޔޮކޮށްވިއްޔާ ކައިޔަން ޖަހައިގަންނަން އެ އުޅެނީ… ބަޓް ނޯ ގަރލް.. މަ ކަލޭގެ އޮޕޯނެންޓަަކަށް ހުންނައިރު ކަލެއަށް ހީކުރެވޭތަ މޮޅުވާނެކަމަށް…؟ ނޫން ނޫން ނޫން…! ހުވަފެނުންވެސް ނުދެކޭތި ކަލެެއަށް މަގޭ ކައިޔަންއާއެކީ އުޅެވޭނެކަމަށް..!” ރަނާ ހިތާ ހިތުން ކިޔަމުން ދިޔައެވެ. ރަނާއަށް ކައިޔަންއާއި އަވްލީން ގެއްލުނީ ވަަލަށް ވަތް ފަހުންނެވެ. ވަލުތެރެއަށް ނުފަރިތަ ކަމުން ކައިޔަންމެން ކުރިއަށް ގޮސް ގެއްލެން ނެގީ އިރުކޮޅެކެވެ. “ހޫން.. މާދަމާ މިހެންނެއް ނުވާނެ..!” ރަނާ ދާން ހިނގައިގަތެވެ.

އަވްލީންއަށް ކުދި ކިޔަމުން ރަނާ ގައިން ޗަކަތައް ފިލުވަމުން ކުރިއަށް ދިޔައެވެ. ކުއްލިއަކަށް އައި ނައި ތަނެއް ނޭނގި ހޫޑީއެއް ލައިގެން ހުރި ޒުވާނަކު ރަނާގެ ކުރިމައްޗަށް އެރިއެވެ. “އާތް..!!” ރަނާ އަޑުގެ ނެތްތަަނަށް ހަޅޭއްލަވައިގަތެވެ. އެ ޒުވާނާ މަޑުމަޑުން ތުންފަތްމަތީ ޝަހާދަތް އިނގިލި ޖައްސާލިއެވެ. ރަނާ އަނބުރާ އައިކޮޅަށް ދުއްވައިގަތެވެ. ”މަޑުކޮއްބަލަ..!!!” އެ ޒުވާނާ ގޮވާލިއެވެ. ފުދޭވަރަކަށް އަޑު ބަރެވެ. ރަނާ ނުހުއްޓާ ދުވަނިކޮށް އަނެއްކާ އަނެއް ޗަކަގަނޑު ތެރެއަށް ވެއްޓުނެވެ. މިފަހަރު ޗަކަތައް ގޮސް ވަނީ ރަނާގެ އަނގަޔަށެވެ. “އަދިވެސް ދުވަން އުޅޭތި.! އަނެއް ޗަކަގަނޑަށް ދެން ގޮސް ވެެއްޓޭނީ..!!” އެ ޒުވާނާ ރަނާގެ އަށް އެހީވާން އަތް ދިއްކޮއްލިއެވެ. އެ އަތަށް ތުން އަނބުރާލާފައި ރަނާ ތެދުވިއެވެ. “ކަލޭ ތީ ކާކު..؟” ރަނާ އަހާލިއެވެ. އަރައިގެން ހުރި ހީލް ފަޔާއި ވަކި ކޮއްލަމުންނެވެ. ”އަހަރެން މިއީ ރަނާގެ އެކުވެރިއެއް ކަމުގައި ބަލާ..” އެ ޒުވާނާ ހޫޑީ ތިރިއަށް ދަމާލައިފިއެވެ. މޫނު ފޮރުވުމުގެ ނިޔަތުގައެވެ. “ތިއީ ކާކުހޭ..؟” ރަނާގެ އަޑު ތަންކޮޅެއް ބާރުވެއްޖެއެވެ. “ރަނާ ބޭނުންވަނީ ކައިޔަންއެއްނު..؟” އެ ޒުވާނާ މަޑުމަޑުން ބުނެލިއެވެ. ”ކަލެއަށް ކިހިނެތް އެނގުނީ…؟” ރަނާ ހައިރާންވިވަރު އަޑުން ދައްކުވާދިނެވެ.

“ރަނާ ބޭނުންވަނީ އެގޮތެއް ނޫންތަ..؟” އެ ޒުވާނާ އެހެން ބުނެލާއިރަށް ރަނާ ދުއްވައިގަތީ ދެން ދުވަން ފަސޭހަ ވާނެތީއެވެ. އެ ޒުވާނާ ރަނާއަށްވުރެ މާ ހަލުއްވެއެވެ. އަރާ ހަމަކޮއްލީ ފަޅި ސިކުންތެއްގެ ތެރޭގައެވެ. “ރަނާ މަޑުކޮއްބަލަ..!” އެ ޒުވާނާ ބުނެލިއެވެ. އެ އަޑު މަޑުމައިތިރި ކަމުން ހީވަނީ ދުވަހަކު ވެސް މީހަކާއި ދިމާލަށް ބާރަށް އެއްޗެކޭ ނުބުނާ މީހެއް ހެންނެވެ. “ކަލޭ އަހަރެންނާއި ދުރުގައި ހުރޭ… ގޮތް ނޭނގޭ މީހާގަނޑާ..!!” ރަނާ ހަޅޭއްލަވައިގަތެވެ. އެ ޒުވާނާއާއި ދިމާލަށް ބަަލަމުން ދުވަނިކޮށް ރަނާ ގޮސް ލައިގަތީ ގަހެއްގައެވެ. ފަތުއަޑު ކިޔާފައި ރަނާ ޗަކަގަނޑަކަށް ޖެހުނު އަޑުން ހުނުން ހިފާއްޓާލަން އެ ޒުވާނާއަށްވެސް މަޖުބޫރުވިއެވެ. “އަހަރެން މިއައީ ރަނާ ކާލާކަށެއް ނޫނޭ… އަހަރެން މިއައީ ރަނާއަށް އެހީތެރި ވެދޭށޭ..!” އެ ޒުވާނާ އަނެއްކާވެސް ރަނާއަށް އަތް ދިއްކޮއްލިއެވެ. މިފަހަރު ރަނާއަށް ޖެހުނީ އެ އަތުގެ މަދަދު ހޯދާށެވެ. “އަހަރެންނަށް އެހީ ވެދޭށޭ..؟ ތިއީ ކާކު..؟ މިރަށު މީހެއްތަ..؟” ރަނާ އަހާލިއެވެ. “އަހަރެން ބޭނުންވަނީ ރަނާއަށް އެހީވެދޭން..” އެ ޒުވާނާ އެދެމުން ދިޔައީ ރަނާގެ ހުއްދައަކަށެވެ.

“އައި ޕްރޮމިސް ރަނާއަށް އެހީވާން… އާނއެކޭ ބުނަނިކޮށް ނިމުނީ…” އެ ޒުވާނާ ބުނެލިއެވެ. ”ނުދަންނަ މީހަކާއި އެކީ އުޅެގެން އަހަރެންނަށް ލަނޑެއް ނުލިބޭނެތަ..؟” ރަނާ އަހާލިއެވެ. “ޑޯންޓް ވޮރީ… އަހަރެން މީ އުޅޭ މީހެއްކަންވެސް މީހުންނަކަށް ނޭނގޭނެ.. އަހަރެން ފެންނާނީ ރަނާއަށް އެކަނި..” އެ ޒުވާނާ އެހެން ބުނެލުމުން ރަނާ ބިރުގަތެވެ. “ތީ އިންސާނެއްތަ..؟” ރަނާ ވަގުތުން ފޯނު ނަގާ ކެމެރާ ޖައްސާލިއެވެ. އެ ޒުވާނާ އެއަށް އަރާތޯ ބަލަން ވެގެންނެވެ. “މި ބުނީ އެެހެން މީހަކަށް އަހަރެން އުޅޭ ޚަބަރު ލިބިގެންނެއް ނުވާނެޔޭ… ހައިނާ އިކުވާން އަދި ކައިޔަންއަށް ޚާއްސަކޮށް..” އެ ޒުވާނާ އެހެން ބުނެލިއިރު ހީވީ އެ އެންމެންގެ ގާތް މިތުރެއް ހެންނެވެ. “އެންމެ ރަނގަޅު… ކަލެއަށް އިތުބާރު ކުރާނަން.. ކޮބާ ޕްލޭނަކީ..؟؟ މި ވިސްނަނީ ކަލެއަށް އެ އަންހެން ކުއްޖާގަނޑު އެނގޭކަމަށް އިނގޭ…! ދެން ކިޔާބަލަ.. މަށަށް އެހީ ވާނަންދޯ..؟” ރަނާ ގޮތެއް ނިންމީ ވިސްނާވެސް ނުލައެެވެ.

“އެކަމަކު ހަމަ އެންމެ ކަމެއްގެ މަތިިން…” އެ ޒުވާނާ ބުނެލިއެވެ.

= ނުނިމޭ =

Share Article

Follow Me Written By

yooon

10 Stories100 Comments100 Login100 Stories

Transcend reality in this little safe space <3

Other Articles

Previous

އެހެނަސް 15

Next

ނެތިދިޔަސް ހިތުގާވެޔޭ

Next
May 13, 2020

ނެތިދިޔަސް ހިތުގާވެޔޭ

Previews
May 13, 2020

އެހެނަސް 15

10 Comments!

  1. bae ❤ says:
    May 14, 2020 at 12:40 am

    Me 1st dhw ??????? Wow maasha allah this is a beautiful story… waiting for the next part ? ? ? ?

  2. safaa says:
    May 14, 2020 at 12:42 pm

    the pp luks awesome.. waiting for the next part ingeyyy

  3. Izabell says:
    May 14, 2020 at 2:29 pm

    Mi part vx varah reethi, Ma Sha Allah❤❤❤❤❤❤❤ kon irakun next part up kollaani

  4. Imkko says:
    May 14, 2020 at 5:58 pm

    maasha allah … love this part two .. btw haadha heeve ye hoodie laigen eheree liyaan hen .. but we’ll see dhw … curiously waiting for the next part ❤

  5. ޔޫން says:
    May 15, 2020 at 12:02 am

    thank you v much for your sweet and motivating comments Izabell & Imkko.. You guys are the sweetest.. thank you very much.. 🙂 🙂

  6. ^3^ ? says:
    May 15, 2020 at 5:02 am

    Omg very very nice… The way you end each and every part is so amazing and exciting…. love this story very much….. so when are u uploading the nxt part Yoon? Curiously waiting ??

  7. #StayHomeStaySafe says:
    May 15, 2020 at 5:03 am

    Oh god.. I’m kinda shaky right now…. Will they start working together in order to sprats kaiyan and avleen ? These questions will literally keep me waiting for the next part ??

  8. hiraa says:
    May 15, 2020 at 9:17 pm

    ehn site eh ga vx yoon mi vhk liyan dhw i read it from vaahaka site

  9. yoooon says:
    May 16, 2020 at 12:35 am

    Varah avahah dhn oii bai up kohdheynan insha allah.. I can never thank you enough for ur motivating comments.. ur my inspiration.. I love u all.. Sweet dreams ??????

  10. Jimin says:
    July 13, 2020 at 3:40 pm

    kaiyan ah laafai in beyru foto gai eii BTS v tha ???????
    by the way this story is amazing.

Comments are closed.


All Right Reserved!