ވާހަކަ.ކޮމް އަށް މިވާހަކަ އަޕް ނުވާތީ 10 ވަނަބައިން ފެށިގެން އަލުން ވާހަކަ ގެނެސްދޭނަން.. 9 ވަނަބައިން ދަށް އަޅުގަނޑު ކުރިން ވަނީ މިސައިޓަށް އަޕްކޮށްފަ.. **** އޭގެ އަނެއް ދުވަހު ނައުރީންއާއި އީނާ ރަށަށް ދާން ފުރީ ބޯމަތިވަމުން ދިޔަ ކޮޅިގަނޑުގެ ހިލަމެއް ނުވާ ހާލުގައެވެ. ** ** ދުވަސްތައް އޭގެ އެންމެ ހަލުވި މިނުގައި ފާއިތުވަމުން ދިޔައެވެ. އެކިމީހުންގެ ހަޔާތަށް އެކި ކުލަތައް ގެނުވަމުންނެވެ. ފައިސާ ލިބޭނެ މަގު ބަންދުވެފައި ވުމާއެކު ވަޒީފާއަކަށް ނުކުތުމަށް […]
އަޅުގަނޑުގެ ތިންވަނަ ވާހަކަ، ވާލޯބި ނޭނގޭހޭ، 12 ޑިސެމްބަރުން ފެށިގެން އަޕް ކުރެވެމުން ދާނެ.. އަދި 2 ވަނަ ވާހަކަ ( ބޭވަފާތެރި ވުމުން ޔާރާ) އިގެ ފަހުބައިވެސް ވަރަށް އަވަހަށް ކިޔާލަން ލިބޭނެ.. 23 ވަނަ ބަޔާއި ހިސާބަށް ވާހަކަ.ކޮމް ގައި ވާނީ އަޕްކުރެވިފައި.. އެކަން ކިޔުންތެރިންނަށް އަންގާލަދެން.. އަދިި ވާހަކަ އަޕް ނުކުރެވި ދިޔަ ލަސްތަކަށްވެސް މައާފަށް އެދެން.. ތިޔަ އެންމެހާ ކިޔުންތެރިންނަށް އައު ވާހަކަޔާ އެކު އިންޝާﷲ ބައްދަލު ކޮށްލާނަމެވެ
އެދަރިފުޅު ބޮޑުވާތަން ދެކެލުމުގެ ފުރުސަތެއް އޭނާއަކަށް ނުލިބޭނެއެވެ. ކުއްލިއަކަށް އޭނާގެ ހިތަށް ތަފާތު ގޮތެއް ވެލިއެވެ. ނައުރީން ކޮބައި ބާވައެވެ. އޭނާ މިހާރު ރަށަށް ފަޟީހަތް ވެދާނެއެވެ. އޭނާގެ ދިރިއުޅުން އެފުށް މިފުށަށް ޖެހި އެކަނިވެރި ވެދާނެއެވެ. ހިތަށް އައި އެއްޗެހިން ބޯހޫރުވާލެވުނެވެ. ނައުރީންއަށް ކޮންމެ ގޮތެއް ވިޔަސް އޭނާއަށް ކީއް ހެއްޔެވެ؟ “ބޭބީ ދެކެލަން ބޭނުންނަމަ އެތެރެއަށް ދުރުވޭ” ޑޮކްޓަރު މޯޗަރީގެ ދޮރު ހުޅުވާލަމުން ބުނެލިއެވެ. ** ** ކެތްތެރިކަން ކުޑަވެފައިވާ ހާލު އީނާ އައިސީޔޫގެ […]
“ވެލް ވެލް ވެލް! އަހަރެންގެ ދެވަނަ ސިއްރުވެރި ހަގީގަތްވެސް އެނގުނީނު” ރަޔާންގެ އަޑާއެކު ނައުރީން ދިޔައީ އެއްލިގެންނެވެ. “ޔޫ.. އަރ.. ރަޖުއާންގެ ދޮން..ބެ” އަޅައަޅައިގަންނަމުން ނައުރީންއަށް ބުނެވުނެވެ. މިއީ ބިރުވެރި ހުވަފެނަކަށް ވާނެނަމަ ކިހައި ރަނގަޅު ހެއްޔޭ އޭނާގެ ހިތަށް އެތައް ސަތޭކަ ފަހަރަކު އެރިއެވެ. ނަފްސަށް ލިބުނު ސިހުމުގައި ބަސްހުއްޓި އާގަމަވިއެވެ. “އާނ. އަހަންނަކީ މުހައްމަދު ރަޖުއާން ރަމީޒުގެ ލޯބިވާ ދޮންބޭބޭފުޅު އިސްމާއީލް ރަޔާން ރަމީޒް. ސައީދާއާއި ރަމީޒުގެ ކައިވެންޏަށް ލިބުނު ފުރަތަމަ ދަރިފުޅު” ރަޔާން […]
“ނޫން” މަޑުމަޑުން ނައުރީނަށް ތަކުރާރު ކޮށްލެވުނެވެ. އެއްފަހަރު ހަރަކާތެއްނެތް ފުރާނަފަދަ ލޯބިވާ މަންމައާއި ދިމާލަށް ބަލާލުމަށްފަހު މެޝިންތަކާއި ދިމާލަށް ނަޒަރެއް ދެވުނެވެ. ވެނިމިދިޔަ ކަންތައް ގަބޫލުކުރަން އޭނާގެ ޒަމީރު ދެކޮޅު ހަދަމުން ދިޔައެވެ. “ޑޮކްޓަރ!” ފުންވަމުން ދިޔަ ނޭވާއާއިއެކު ނައުރީނަށް ޑޮކްޓަރަށް ގޮވާލެވުނެވެ. އައި.ސީ.ޔޫގެ ބޭރުގައި ނައުރީނަށް ވަގުތުދީގެން ހުރި ޑޮކްޓަރުވެސް ނައުރީންގެ ނުތަނަވަސް ވެފައިވާ އަޑުޖެހުމުން އެތެރެއަށް ވަނެވެ. “ނަރސް.” ހާސްވެފައިވި އަޑަކުން ޑޮކްޓަރަށް ބުނެލެވުނެވެ. “ކީޕް ހާ ދެއަރ” އައި.ސީ.ޔޫގެ ބޭރުގައިހުރި ގޮނޑިބަރި ދައްކާލަމުން […]
“ނަ..ނައުރީން. ކީއްކޮށްލަނީ. ހާދަ ފިނި ވައިރޯޅި އެބަޖެހެޔޭ ދޯ މިތަނަށް.” ނޫންކަމަށް ހެދެމުންް ރަޖުއާން ބުނެލިއެވެ. “ކާކު ގުޅީ؟” ނައުރީން ބުނެލިއެވެ. ރަޖުއާން ޖަވާބެއް ނުދިނެވެ. މައްޔިިތެއްހެން ގަބުކައިފައި ހުރީއެވެ. “ކާކުހޭ ގުޅީ؟” ނައުރީންގެ އަޑު ބާރުވިއެވެ. މިފަހަރުވެސް ރަޖުއާން އިޚްތިޔާރުކުރީ ހިމޭންކަމެވެ. ނައުރީން ރަޖުއާންގެ އަތުން ފޯނު ޖަހައިގަތެވެ. ބިރުންގޮސް ބޭޒާރުވީއޭ ހިތަށް އެރިއެވެ. ޝައްކުގެ ނަޒަރަކުން ރަޖުއާންއާއި ދިމާލަށް ބަލާލިއިރު ހިތުގައި އޮތް ވަހުމް ތެދުނުވުމަށް ދުއާކޮށްލެވުނެވެ. ނައުރީންއަށް ވަގުތުގެ ހިނގުންވެސް ލަސްވެފައިވާ ފަދައެވެ. […]
“ހައި! ކިހިނެއްތަ ކަންތައްތައް ؟ ހާދަ ދުވަސްކޮށްލާފަ އޭ މިދިމާވީ” އެޒުވާނާ ނުލަފާ ގޮތަކަށް އެއް ތުންފަތުން ހިނިތުންވެލަމުން ބުނެލީ ޖެއްސުމުގެ ރާގަކަށެވެ. “ޔޫ… ޒަ..ޒަލަފް.. އަނެއްކާ ކީއްކުރަން ތިއައީ؟” ނައުރީންއަށް ބިރުން ގޮސް ރޮވުނެވެ. “ހޭއި ބޭބީ! ނުރޮއެބަލަ ދެން . މާބޮޑު ކަމެއް ކުރާކަން ނޫނޭ! އެދުވަހު މުޅި ރަށުގައި އަހަރެން ފަޟީހަތް ކޮށްލި ފަަދައިން މިއަދު ނައުރީން ފަޟީހަތް ކޮށްލަން މިއައީ.” ޒަލަފް ނައުރީންގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ނަޖިހެއް ފަދައިން ޒަލަފްގެ […]
ދެވަނަ ބައި ރަޖުއާން އަވަސް އަވަހަށް ވަލު ދޮރޯށިން އެތެރެއަށް ވަނެވެ. “ނައުރީން. ކަލޭ ކާކާއި ތިޔަ ވާހަކަ ދައްކަނީ” ރުޅިއައިސް ފުފިފައި ހުރި ހަފީޒާ އަހާލިއެވެ. “މި..މި..މިމި..މި” ނައުރީންއަށް ބުނެވުނެވެ. “މިމިމި ކިޔަން އޮވޭ ތަށިތައް ނަގާފައި ރިހަތެލި ހޫނުކޮށްގެން އައިސްފައި . ކަލޭގެ ތި ޑްރާމާ ބަލަން ހުރެވޭކަށް މަށަކަށް ނެތް. ސެލޫނަށް ދާ ގަޑިޖެހެނީ.” ހަފީޒާ ރުންކުރު ގޮތަކަށް އެހެން ބުނެލުމަށްފަހު އެތަނުން ދިޔައީއެވެ. ނައުރީނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ. “އާން. […]
ތަނަވަސް ކޮޓަރިއެކެވެ. ބޮލަށް އުނދަގޫ ވާވަރަށް ޖަހާފައި ހުރި މިޔުޒިކްގެ އަޑުން މާހައުލުގެ ހަމަހިމޭންކަން ކެނޑިފައި ވިއެވެ. ތަފާތު ވައްތަރުގެ ކުލަބޮކިތައް ވަނީ ސީލިންގުގައި ހަރުކުރެވިފައެވެ. އެއްފަރާތުގައި ހުރި ހަތަރެސްކަން މޭޒުގައި ރާތަށިތަކެއް ފާޑު އެއްޗެހި އެތުރިފައި ވެއެވެ. މަސްތުގެ ހާލުގައި ތިބެ އެކި ޖިންސުގެ މީހުން މަސްހުނިވެ ނަށަމުން ގެންދިޔައެވެ. ސޯފާތަކުގައި ދުނިޔަވީ އަރާމާއި ލައްޒަތަށް ގެއްލިފައި އެތައް ބަޔަކު ތިބީ ޣާފިލް ކަންމަތީގައެވެ. މުޅި މާހައުލަށް ނަޒަރު ހިންގާލުމުން ފެންނަނީ ޕާޓީއެއްގެ ކުލަވައެވެ. މަސްތުގެ […]