
ބޭވަފާތެރިވުމުން ޔާރާ – 7
“ނޫން” މަޑުމަޑުން ނައުރީނަށް ތަކުރާރު ކޮށްލެވުނެވެ. އެއްފަހަރު ހަރަކާތެއްނެތް ފުރާނަފަދަ ލޯބިވާ މަންމައާއި ދިމާލަށް ބަލާލުމަށްފަހު މެޝިންތަކާއި ދިމާލަށް ނަޒަރެއް ދެވުނެވެ. ވެނިމިދިޔަ ކަންތައް ގަބޫލުކުރަން އޭނާގެ ޒަމީރު ދެކޮޅު ހަދަމުން ދިޔައެވެ. “ޑޮކްޓަރ!” ފުންވަމުން ދިޔަ ނޭވާއާއިއެކު ނައުރީނަށް ޑޮކްޓަރަށް ގޮވާލެވުނެވެ. އައި.ސީ.ޔޫގެ ބޭރުގައި ނައުރީނަށް ވަގުތުދީގެން ހުރި ޑޮކްޓަރުވެސް ނައުރީންގެ ނުތަނަވަސް ވެފައިވާ އަޑުޖެހުމުން އެތެރެއަށް ވަނެވެ. “ނަރސް.” ހާސްވެފައިވި އަޑަކުން ޑޮކްޓަރަށް ބުނެލެވުނެވެ. “ކީޕް ހާ ދެއަރ” އައި.ސީ.ޔޫގެ ބޭރުގައިހުރި ގޮނޑިބަރި ދައްކާލަމުން ޑޮކްޓަރު ބުނެލިއެވެ. ނަރުސް ބޯޖަހާލަމުން ބުނި ކަންތައް ކޮށްދިނުމަށް އަވަސްވެގަތެވެ. “ނަރސް! މަންމައަށް ކިހިނެއްވެފައި އެއޮތީ؟” ނައުރީން މައުސޫމް ގޮތަކަށް އަހާލިއެވެ. ދޭނެ ޖަވާބެއް ނަރުހުގެ ހިތަކަށް ނައެވެ. “މަންމަ ރަނގަޅުވާތީ އެގޮތަށްވެފައި އެއޮތީ.” ހަމަހިމޭންކަމުގެ ސުކުންތެއް ފާއިތުވުމަށްފަހު ނަރުސް ޖަވާބުދިނެވެ. އެވަގުތު ނައުރީންގެ ހިތަށް ތަސައްލީއެއް ލިބުނެވެ. ނައުރީންގެ ލުއިލުއި ހީނލުމުގެ އަޑު ޖެހުނުހިނދު ނަރުހަށް ކުރެވުނީ ހިތާމަވެރި އިހްސާސެކެވެ. މަންމަ ރަނގަޅުވުމަށް އެކުއްޖާ އެދޭ މިންވަރު ފެނި ނައުރީނާއި ދޭތެރޭ ހަމްދަރުދީ އުފެދުނެވެ. “މިތާ އިށީނދެލާ. ދައްތަ އެބަ އަންނަން” ފުދޭވަަރަކަށް ދުވަސްވެފައިވި އެ ނަރުސް ބުނެލިއެވެ. ކުޑަކުއްޖެއް ފަދައިން ބޯޖަހާލަމުން އިންތިޒާރުގެ ވަގުތުތައް ގުނަން ފެށިއެވެ.
** **
5 ވަަރަކަށް މިނެޓް ފާއިތުވުމަށްފަހު ޑޮކްޓަރު އައިސީޔޫއިން ނުކުތެވެ. ހިތްއަވަސްވެފައިވި ނައުރީން ވީގޮތް އޮޅުން ފިލުވަން އަވަސްވެގަތެވެ. “މިވާހަކަ ބުނާނެ އެހެން ގޮތެއް އަހަރެންނަކަށް ނުވިސްނޭ. އެކަމަކު މިއީ ހާމަކުރަންޖެހޭ ޚަބަރެއް ވީމަ ބުނެލަން ބޭނުން. މިއީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއް، ނައުރީންގެ މަންމަ މިދުނިޔެއާއި އަލްވަދާއު ކިޔައިފި. ހާލު ސްޓޭބަލްވެފައި ކުއްލިއަކަށް ހާލު ދަށަށް ދިޔައީ. އަޅުގަނޑުމެންނަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރިން. ހިތްވަރު ކުރާތި! ބޭނުމިއްޔާ އެތެރެއަށް ވަދެވިދާނެ.” ޑޮކްޓަރު ހިތާމަވެރި މޫނަކައިގެން ބުނެލިއެވެ. ނައުރީން ފެށީ ހޭށެވެ. ހޭންފެށިގޮތަށް ހުނުމެއް ނުހުއްޓުނެވެ. އައިސީޔޫއަށް ވަންގޮތަށް ހަފީޒާގެ ހަރަކާތެއްނެތް ހަށިގަނޑުފެނި ހުނުން ހިނދުނެވެ. އެއަށްފަހު ރުޅިވެރިކަމާއެކު ޑޮކްޓަރަށް ބަލާލިއެވެ. “މަގޭ މަންމަ މަރުވިއްޔޭ ކިޔައިގެން ހަދާދޮގު ބަލާބަލަ. އެހެން ކިޔައިގެން ދިރިހުއްޓާ ވަޅުލާށޭ ތިއުޅެނީ. މާ ވައްތަރު ޖައްސަންޏާ ތި އެންމެން މަރާލާނަން.” ބުއްދި ހަމަނުޖެހޭ މީހެއް ފަދައިން ނައުރީން ކިޔަމުން ގެންދިޔައެވެ. ޑޮކްޓަރު ލޮލުން ކޮށްލި އިޝާރާތަކަށް ނަރުހުންތައް ވެގެން ނައުރީން އެތަނުން ނެރުނެވެ. 4 ނަރުހުންނަށް ނައުރީން ހިފަހައްޓާލެވެނީ ކިރިޔާއެވެ. އެތަނުން ނެރެގެން އައިވަގުތު އެތާނގައި ޝާހާއާއި އީނާވެސް ހުއްޓެވެ. އެދެމީހުން ފާހާނައަކަށް ދިޔައީ ނައުރީން އެތެރެއަށް ވަނުމުންނެވެ. “ކިހިނެއްވީ؟” ގަދަދައްކަމުން ދިޔަ ނައުރީންފެނި ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމުގެ ހިލަން އޭނާއަށް ވިއެވެ. “ހާ މޯމް ޖަސްޓް ޕާސްޑް އަވޭ” ލިބުނު ޚަބަރާއެކު އީނާއާއި ޝާހާއަށްވެސް ސިހުން ލިބުނެވެ. “ޕާސްޑް އަވޭ؟” ތުރުތުރު އަޅަމުން ދިޔަ އަޑަކުން އީނާއަށް އަހާލެވުނީ އިޚްތިޔާރަކާއި ނުލައެވެ. ނައުރީނަށް ދެވުނު ނަޒަރާއެކު ހިތްދަތި އިހްސާސެއް އޭނާއަށް ކުރެވުނެވެ. އެމަންމަދެކެ ނައުރީންވާ ލޯބި އޭނާގެ ދެލޮލުން ވަނީ ދެކެފައެވެ. ކިތައްމެ ނުބައިކޮށް ކަންތައް ކުރިޔަސް އެމަންމައާއި ދޭތެރޭ ރުޅިވެރިކަމެއް އެހިތުގައި ނޯންނާނެކަން އޭނާއަށް އެނގުނެވެ. ހަރު ފިޔަވަޅުތަކެއްގައި ގޮސް ނައުރީން މަސަލަސް ކުރަން ފެށިއެވެ. އެކުވެރިޔާގެ ލޯބިލިބެން ފެށުމާއެކު އެހިތަށް ކުރަންފެށި އަސަރު ވަކީން ބޮޑުވިއެވެ. މަޑު ގިސްލުމެއްގެ އަޑު އެތުންފަތް ފޫއަޅުވާލުމަށްފަހު ނުކުތެވެ. “މަންމަ…” އެދުލުން ބޭރުވަމުންދިޔަ ހަމައެކަނި ލަފްޒަކީ އެއީއެވެ. “ހިތްވަރުކުރޭ.. މިއީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއް.. އަހަރެމެން މިތިބީ ރީންއާއި އެކު” ޝާހާ ބުނެލިއެވެ. އެއާއެކު ނައުރީންގެ ރުއިން ބާރުވެލިއެވެ. “ކީއްވެތަ އަހަރެންނަށް ހިތާމަތައް ކުރިމަތިވަނީ؟ ކީއްވެތަ އެންމެ ލޯބިވާ މީހުން އަހަރެން ދޫކޮށް ދަނީ؟ އެންމެފުރަތަމަަ ރަޖުޢާން. ދެން އަަހަރެންނަށް އެމީހަކާއި ނުލާ ނޫޅެވޭނެ އަަހަރެންގެ ލޯބިވާ މަންމަ…” ތަޤުދީރުގެ ނިޔާއާއިމެދު ނައުރީންގެ ހިތުގައި ޝަކުވާ އުފެެދުނެވެ. އެސުވާލަށް ދޭނެ ޖަވާބެެއް އޭނާއަކަށް ނޭނގުނެވެ. ހަމަހިމޭންކަން އިޚްތިޔާރު ކުރުމަށްފަހު ނައުރީނަށް ރުއިމުގެ ފުރުސަތު ދިނެވެ.
** **
ހިނަވާގެ ތެރެއިން އިވެމުން ދިޔައީ ޤުރުއާނުގެެ އަޑެވެ. ފަހަރަކު މީހަކު ވަދެ ހަފީޒާގެ މޫނު ބެލުމަށްފަހު ދުއާކޮށްލުމަށްފަހު ނުކުމެެއެވެ. ހިނަވާގެ ބޭރުގައި ބަހައްޓާފައިހުރި ގޮނޑިއެެއްގައ ނައުރީން މަސަލަސް ކުރުމުގައި ޝާހާއާއި އީނާ އުޅެމުން ގެންދިޔައެެވެ. މަންމަ ނޫން ލަފްޒެެއް ނައުރީންގެ ދުލުން ބޭރެއް ނުވެއެެވެ. ނައުރީންގެ ދެފަރާތުގައި ބައްދާލައިގެން ތިބެ ނުޝްރާއާއި ނަފްއާވެސް ރޮނީއެެވެ. 3 ބެެއިން ރޮމުން ދިޔަތަން ބަލާ މީހެއްގެ ހިތަށް އަސަރުނުކޮށް ނުދާނެކަން ގައިމެވެ. އިރުކޮޅަކުން އެެތެރެއިނ މީހަކު ގޮވާލިއެވެ. މޫނުއަޅާ ވަގުތު ޖެހުނީއެވެެެ. ދެ ކޮއްކޮއަށްޓަކައި ކަށިން ހިތްވަރު ނެެރެެގެން ނައުރީން އެތެރެއަށް ހިނގައިގަތެވެ. ފަހުފަހަރަށް މަންމަގެ މޫނުގައި ބޮސްދިނެވެ. އެތައް ފަހަރަކު ލޯބިވާ ވާހަކަ ބުނެދިނެވެ. މޫނު އެޅުމާއެކު ނައުރީންގެ ދުނިޔެ އަނދިރިވި ފަދައެެެވެ. ބޭއިޚްތިޔާރުގައި ރޮއެގަނެވުނީ ދެން އެެމަންމަ ނުފެންނާނެތީއެވެެ. އެމަންމަ ދަރިފުޅާއޭ ކިޔާ ގޮވާ ނުލާނެތީއެވެ. އެ ހަށިގަނޑުގައި ލޯބިން ބައްދައި ނުލެވޭނެތީއެވެ. ނަމަވެސް ނައުރީންގެ ހިތަށް ވިސްނައިދިނެވެ. މިއީ ހިތްވަރު ކުރަންވީ ވަގުތު ކަމެވެ. ދެން އެމަންމއަށްޓަކައި ކޮށްދެވޭނެ ކަމަކީ ހެޔޮ ދުއާ ކުރުމެވެެ. އޭނާގެ ދުއާއަކީ ޖަންނތުން އެމަންމައާއި ބައްދަލުވުމެވެ.
** **
ހަފީޒާގެ ޖަނާޒާއަށްފަހު ގޭތެރެއަަށް ވަންއިރު ގޭތެރެއިން ފެނުނީ ފަޅުކަމެވެ. ފާރުގައި އިން ޓީވީފެނި މަންމަގެ މަތިން ހަނދާންވިއެވެ. މަންމަ ދުނިޔޭގައި އުޅުނުއިރު އެންމެ ހިނދުކޮޅަކުވެސް ޓީވީ ނުުހުޅުވި ނުހުންނާނެއެވެ. އޭގެ ދޮށުގައި ފާޑުފާޑު ޑުރާމާތައް ބަލަން މަންމަ އިންނާނެއެވެ. ލޮލަށް ކަރުނަތައް ޖަމާވީ އިޚްތިޔާރަކާއި ނުލައެވެ. މީހަކަށް ފެނުމުގެ ކުރިން އެކަރުނަތައް ނައުރީން ހިންދާލީއެވެ. ދުވެފައި ގޮސް ކޮޓަރިއަށްވަދެ ތަޅުލިއެވެ. ޝާހާއާއި އީނާވެސް ނައުރީންގެ ފަހަތުން ދާކަށް ނަހަދައެވެ. ނައުރީންއަށް އެކަނިވެރި ވަގުތުކޮޅެއް ދިނުމަކީ މިވަގުތަށް ނައުރީންއަށް ދެވޭނެ އެންމެ ބޮޑު އުފަލެވެ. ހަފްތާއެއްހާ ދުވަހު އެގޭގައި މަޑުކުރަން ދެމީހުންވެސް ނިންމީ ނައުރީން ހަމައަކަށް އެޅިލަންދެނެވެ.
** **
ދުވަސްތައް އޭގެ އެންމެ ހަލުވި މިނުގައި ފާއިތުުުވަމުން ދިޔައީ އެކި މީހުންގެ ހަޔާތުގައި އެކި ކުުލަ ޖައްސަމުންުނވެ. ހަފީޒާގެ މަރަށް 10 ދުވަސް ވީއިރު ނައުރީންވަނީ މުުޅީންހެން ހަމައަކަށް އެޅިފައެވެ. ޒަލަފްގެ ޚަބަރެއް ނުވާތީވެސް ހިތަށް ލިބިފައިވަނީ އާދަޔާއި ޚިލާފު ހިތްހަމަޖެހުމެކެވެ. ނަމަވެސް….. އެކަން ބަދަލުވީ ހެނދުނު އައި ފޯނުުކޯލުންނެވެ. “ހަލޯ، މިއަދު މެންދުރު އެއްކަލަ ގެސްޓް ހައުުސަށް. ތި ބިރުވެރިކަމުގައި އުޅެންޖެހޭނެ ފަހުދުވަސް މިއީ. މިއަދަށްފަހު އަހަރެންގެ ފޯނުން ނައުރީންގެ ހުރިހާ ފޮޓޯތަކެއް ފޮހެލާނަން” ޒަލަފްގެ އަޑުުގައިވަނީ އާދަޔާއި ޚިލާފު ހިތްހަމަޖެހުމެކެވެ. “އޯކޭ. އަހަރެން ދާނަން” ނައުރީން އެއްބަސް ވެލިއެވެ.
** **
ހެނދުނުގެ ދަންފަޅި ނިމި މެންދުރުގެ ގަދަ ހޫނުން މުޅި ރަށް ފިއްސަން ފަށައިފިއެވެ. ސަަމާ އިން ގެސްޓުހައުސްގެ ތެރެއަށް ވަނެވެ. ޒަލަފް ބުނި ރޫމަށް ދެވުނުއިރު ޒަލަފް އާދައިގެ މަތިން ހުރީ އެފާހިޝް އަމަލުކުރަން ތައްޔާރުވެގެންނެވެ. ނައުރީން އެކަމަށް އެއްބަސްވީ މަޖުބޫރުވެގެންނެވެ. “ހެހެހެ. ބުނީމެންނު މި ނައުރީންގެ ހަށިގަނޑުގައި އިނގިލި ކުރިވެސް ޖައްސާލުމުގެ ފުރުސަތެއް ނުދޭނަމޭ. ތިއޮތީ އަތްވެސް ލާފައި. ބެހެންވެސް ބެހެފައި. ފަޟީހަތްވާންވެސް ދެން މާ ގިނަދުވަހެއް ނެތް” ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން ޒަލަފް ބުނެލިއެވެ. “އާނ އަހަރެން ވައުދުވީ ފަދައިން މި ފޮޓޯތައް ޑިލީޓްކޮށްލަނީ އިނގޭ” ނައުރީންގެ ކުރިމަތީ ޒަލަފް ނައުރީންގެ ހުރިހާ ލަދުވެތި ފޮޓޯތައް ޑިލީޓް ކޮށްލިއެވެ. “އަހަރެން ނައުރީންއަށް ފުރިހަމަ ޔަގީންކަންދެން ތީގެ ސޮފްޓެއް ނުހުންނާނެކަމުގެ. އަދި މިއަދުން ފެށިގެން އަހަރެންގެ އުނދަގުލެއްވެސް ނައުރީނަށް ނުވާނެ. އަހަރެންގެ މަގްސަދު ހާސިލް ވެއްޖެ” ޒަލަފް ބުނެލިއެވެ. “އެކަމަކު އަހަރެންނަށް މިހެން ހެދުމުގެ މަގްސަދަކީ ކޮބާ؟” ނައުރީން ބުނެލިއެވެ. “ހެހެ. އެއްފަހަރު އަހަރެން ބުނިން ދޯ! ބޭނުންތަ އިތުރަށް އެނގެން. ދެއަަހަރު ކުރީގެ ހަނދާންތަކަށް ޖެހިލަބަލަ.” ޒަލަފް ބުނެލިއެވެ. އަދި ނައުރީނަށް ނޭނގި ހުރި ކަންކަންވެސް ކިޔައިދޭން ފެށިއެވެ.
________
2 އަހަރު ކުރި
ހިތްގައިމު ފިނިފިނި ހަވީރެކެވެ. އީދުގެ ފޯރިގަދަ ހަރަކާތްތައް ރަށުގެ ވެލިގަނޑާއި ދިމާލުގައި ކުރިއަށް ދަމުން ދިޔައެވެ. އެތަނުގައި ނައުރީންއާއި އީނާ އަދި ޝާހާ ތިބިއިރު އެމީހުންގެ މޫނުމަތިން ފާޅުވަނީ އުފާވެރިކަމެވެ. މާދުރުގައި ނައުރީންއާއި ދިމާލަށް ޒުވާނަކު ބަލަން ހުރިކަން ފާހަގަ ވިއެވެ. “ކާކުތަ މާ ވަރަކަށް އެ ބަލަނީ އަހަރެންނާއި ދިމާލަށް؟” ފޫހި ގޮތަކަށް ނައުރީން ބުނެލިއެވެ. “ނޭނގެ. މިރަށަށް އައިސްގެން އުޅޭ މާލޭ ފޮނިގަނޑެއް އެއީ” އީނާވެސް ފާޑަކަށް ބުނެލިއެވެ “ކޮންމެވެސް ޒަލަފްއެކޯ ކިޔަނީ” ޝާހާވެސް އިތުރުކޮށްލިއެވެ. އީދުކުޅިވަރު ނިންމާފައި ގެއަށް ދިޔައިރުވެސް އެޒުވާނާ ބަލަން ހުރިކަން ނައުރީނަށް ފާހަގަވިއެވެ. “ބްރޯ މަ ހާދަ ބޭނުމޭ އެމަންޖެޔާއެކީ ކަމެއް ކޮށްލަން. ހާދަ ރީއްޗޭ އޭނަ. ހުރެވެނީއެއް ނޫން” ޒަލަފް ޖެހިގެންހުރި ފަޔާޒްއާއި ދިމާލަށް ބުނެލިއެވެ. “ޔާނު ބުރޯ ނަންބަދަލު ކޮށްގެން މިރަށަށް އަރައިގެން ތިއުޅެނީ ހަމަ ސީދާ އެކަމަށްދޯ” ފަޔާޒުވެސް ނުލަފާ ހިނިގަނޑެއް ޖަހާލިއެވެ. “އާނ. ތިޔެއް ނޫނޭ. މިރޭގެ ޕްލޭން ކިހިނެއް އޮތީ؟” ޒަލަފް އަހާލިއެވެ. “ޕްލޭން ބަރާބަރު. މިފަހަރު ކަލޭގެ އަރުބުޑުގައި ފޮނިރަހަ ލައްވާނަން” ފަޔާޒު ބުނެލިއެވެ. ދެމީހުން އެކުގައި ޖަހާލީ ޝައިތާނީ ހިނިގަނޑެކެވެ.
** **
އިރާކޮޅުގެ ވަގުތެވެ. ފަޔާޒު ބޯޖަހާލުމުން ޒަލަފް އެއަނދިރި، ހިމަ ގޯޅިގަނޑގެ ތެރެއަށް ވަނެވެ. އެހިސާބުގެ ގެތައް ހުރީ ވަރަށް ފާޑަކަށެވެ. އެންމެން އީދުކުޅިވަރު ބަލަން ގޮސްފައިވާތީ ހިސާބުގަނޑުންވެސް ހަމަހިމޭންކަން ފެންނަމުން ދިޔައެވެ. “ކަލެޔަށް ކިހާ ޔަގީންކަމެއް އޮތީ އޭނަ އިންނާނީ ގޭގަކަމުގެ؟” ޒަލަފް ބުނެލިއެވެ. “ހާސްކަނޑާލަބައެ ބްރޯ، އޭނަ އުޅޭނޭ. އޭނަގެ މަންމަ އޭނައަށް މަނާކޮށްފަ އޮންނާނީ ރޭގަނޑު ބޭރަށް ދިޔުން. ކަލޭ މަށަށް އިތުބާރު ކޮށްބަލަ. ކަލޭ އެދިއެދި ތިހުރި އެދުން ފުރިހަމަ ވާނެޔޭ” ފަޔާޒު ބުނެލިއެވެ. “އޯކޭ ބްރޯ މިއީ ދޯ އެގެއަކީ؟” އޭނާގެ ހިތް އުފަލުން ފުރިގެންވާ ހާލު ޒަލަފް ބުންޏެވެ. “ހޫމް. ވަށާފާރު އިންނާނީ ދެތިން ފޫޓަށް ރާނާފައި. އެންމެ ބިއްދަށަށް ހުންނާނީ ނައުރީންގެ ކޮޓަރި” ފަޔާޒު ހަދަންވީ ގޮތް ކިޔާދިނެވެ. ޒަލަފް ސިއްރު ފިޔަވަޅުތަކެއްގައި ގޮސް އެގޭގެ އޮޅިގަނޑު ގިރާ ކޮށްލިއެވެ. ސިޓިންރޫމުގެ ތެރެއިން ހިންދީ ޑުރާމާއެއްގެ ‘ދުންތަނަނަނަ’ އަޑުފަށްގަނޑު އިވިއިވި ހުއްޓެވެ. ޒަލަފް ފަޔާޒުއަށް ހުރިހާކަމެއް ބަރާބަރުކަން އަންގާލިއެވެ. އެކޮޓަރިއަށް ސިއްރުވެރި ކަމާއެކު ވަންއިރު ފާހާނައިން ފެންއޮހޭ އަޑު އިވެމުން ދިޔައެވެ. ނައުރީންވީ ފާހާނާގައިކަންް ޔަގީންވާން ޒަލަފްއަށް ހިނދުކޮޅެއްވެސް ނުނެގިއެވެ. އެއްފަރާތުގައި ހުރި ލަކުޑި އެނދުގައި އޮށޯވެލަމުން ހުރިހާ އަންނައުނެއް އޭނާ ބޭލިއެވެ. އަދި ނައުރީން ނުކުންނާނެ އިރަކަށް އިންތިޒާރު ކުރަމުން ދަހިވެތި ކަމާއެކު މޭގައި އަތް އުނގުޅާލިއެވެ.
** **
ދެތިން މިނެޓްފަހުން ފާހާނާއިން ފެންއޮހޭ އަޑު ކެނޑުނެވެ. ފާހާނަތެރޭ ހުރި ނައުރީނަށް ވަދެވުނީ ތުވާލި ނުލާކަން ހަނދާންވީ ދެނެވެ. އަަވަސްއަވަހަށް ފާހާނައިން ނުކުތްއިރު އެނދުމަތީ ބަރަހަނާ ހާލުއޮތް ފިރިހެނާފެނި ނައުރީން ހަޅޭލަވައިގަތެވެ. ނަމަވެސް މިގޭގައިވެސް އަދި މިސަރަަހައްދުގައިވެސް މީހަކު ނޫޅޭނެކަން ނައުރީން ހަނދާންވިއެވެ. އޭނާއަށް ރޮވުނީ އޭނާއަށް މަދަދުވެރިވާނޭ މީހަކު ނެތުމުންނެވެ. އަދި އެއީ މިއަދު އޭނާއަށް ފެނުނު ފިރިހެނާކަން ހަނދާންވިއެވެ. ޒަލަފްގެ ހާލަކީތޯއެވެ. ނައުރީންގެ ރީތި ހަށިގަނޑާއި ފަރިވަނާތައް ފެނުމުން ހިއްސުތަކަށް އެނގުންވެލިއެވެ. ނައުރީންއާއި ގާތަށް މަޑުމަޑުން އޭނާ ފިޔަވަޅު އަޅަން ފެށިއެވެ.
** **
“ނުޝްރާ! ނަފްއާ. މަންމައަކަށް ދެން ކޮޅަަކަށް ނުހުރެވޭނެ. ފައި ވާޅު ވެއްޖެ މިތާ ހުރެހުރެ. ގޮނޑިިއަކާއި ފެންފުޅިއެއް ގެނެސްދީބަލަ” ހަފީޒާ ބުނެލިއެވެ. ފެންނަމުންދިޔަ ޝައުގުވެރި މަންޒަރުތައް ނުބަލާ ދާން ހިތްނޭދުނަސް މަންމަގެ އެދުމަށް ދެކޮޅު ހަދާކަަށް ނުކެރުނެވެ. ފުދޭވަރަކަށް ދުރަށް ހިނގުމަށްފަހު ގެ ފެނުނެވެ. ގެއަށް ވަދެ ގޮނޑިިއަކާއި ފެންފުޅިއެއް ނެގިތަނާ ނަފްއާ ފާހާނައަކަށް ދާން ޖެހިއްޖެއެވެ. ކޮޓަރިއާއި ގާތްވީ ވަަރަކަަށް ވޭނީ ރުއިމެއްގެ އަޑު އިވެމުން ދިޔައެވެ. “ދޮންތާ!” ނަފްއާއަށް ބުނެލެވުނެެވެ. “އަހަރެންނަށް ތިހެން ނުހަދާ! އަހަރެން ދޫކޮށްލާ” އެއިވުނީ އޭނާގެ ލޯބިވެތި ދޮންތަގެ އަޑުކަން އޭނާއަށް ޔަގީންވިއެވެ. ފުންނޭވާއެއް ލުމަށްފަހު ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ފެނުނު މަންޒަރުން އޭނާއަށް ހަޅޭލަވައިގަނެވުނެވެ. ވަގުތަކީ ޓެކްނިކަލް މައްސަލައެއް ޖެހިގެން މިރެއަށް އީދު ކުޅިވަރު ނިންމާލި ވަގުތެވެ. އެހަޅޭކުގެ އަޑަށް ކުޅިބަލާ ނިންމާފައި އައި މީހުން އެގެއަށް ވަނެވެ. ޒަލަފް ފިލޭތޯ މަސައްކަތް ކުރަމުންދިޔެއެވެ. ނަފްއާ އަވަސްއަވަހަށް ދައްތަގެ ހަށިގަނޑު ނިވާކޮށްދިނެވެ. “މިއޮތީ ވަގުހިފިފައި” އެތަަނުން މީހަކު ބުނެލިއެވެ. އެންމެންވެގެން ޒަލަފް ޕޮލިސް ސްޓޭޝަނަށް ގެންދިޔައެވެ. އެއިރުވެސް އެކިމީހުން ޒަލަފްއަށް މަލާމާތުގެ ބަސްތައް އަމާޒުކުރަމުން ދިޔައެވެ. ޒަލަފްގެ ހިތުގައި ނައުރީނާއިމެދު ރުޅިވެރިކަން އުފެދުނެވެ. ބަދަލުހިފުމުގެ ރޫހު އާލާވިއެވެ. “ކޮންމެވެސް ދުވަހަކުންް މި ޒަލަފް، ތި ނައުރީންގެ ގަޔަށް އަރާނަން. ތި މަލުން އެންމެ ފުރަތަމަ ފޮނިބޯނީ އަހަރެން” ޒަލަަފް ހިތާހިތުން ކިޔާލިއެވެ. ކޮންމެވެސް ދުވަހަކުން މި އެންމެންގެ ތެރޭ ނައުރީން ފަޟީހަތް ކޮށްލަން އަޒުމް ކަނޑައެޅިއެވެ. ހަފީޒާވެސް ދަރިފުޅާމެދު ކަންބޮޑުވިއެވެ. ވީގޮތް އޮޅުންފިލުވާ ދަރިފުޅަށް އިންސާފު ހޯދައިދޭން ބޭނުންވިއެވެ. ފުލުހުން ނައުރީންގެ ބަޔާން ނެގުމަށްފަހު އިތުރަށް އެމައްސަލަ ތަހުގީގު ކުރިއެވ.ެ އަދި މިކަމުގައި ޒަލަފް ކުށްވެރިވާ ކަމަށް ކަނޑައަޅައި، އޭނާ 1 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރިއެވެ.
___________
މިހާރު
“އެއީ ކަން ހިނގިގޮތަކީ. އެނގި ސާފު ވެއްޖޭނުން ނޭނގި ހުރި ކަންކަން. އަދިވެސް އެއްވާހަކަ” ޒަލަފް ބުނެލިއެވެ. އޭނާއަށް ފޯނެއް އައީ އެވަގުތުއެވެ. “ފައިވް މިނިޓްސް” ޒަލަފް މިހެންބުނެ ބެލްކަންޏަށް ނުކުތެވެ. ނައުރީން ފޫހިވެގެން ކޮޓަރިތެރޭ ހިނގަން ފެށިއެވެ. އެވަގުތު އޭނާގެ ސަމާލުކަން ދަމައިގަތީ ޑްރެސިން ޓޭބަލްމަތީ އޮތް ޒަލަފްގެ އައިޑީ ކާޑެވެ. އޭގައި ލިޔެފައި އިން ނަން ކިޔާލި ވަގުތު އޭނާގެ ދެލޯ އަތަށް އައިފަދައެވެ. ޔަގީން ކޮށްލަން އެއީ ޒަލަފްގެ ފޮޓޯއެއްތޯ ބަލާލިއެވެ. “އިސްމާއީލް ރަޔާން ރަމީޒް” ނައުރީނަށް ވައިއަޑުން ކިޔާލެވުނު ހިނދު ހަނދާންވީ އެއްދުވަހަކު ރަޖުއާން ބުނި އެއްޗެކެވެ. “ވެލް އަހަރެންގެ ފުރިހަމަ ނަމަކީ މުހައްމަދު ރަޖުއާން ރަމީޒް، ކޮއްކޮގެ ނަމަކީ ރިޔާޝާ ރަމީޒް. އެންޑް ދޮންބެގެ ނަމަކީ އިސްމާއީލް ރަޔާން ރަމީޒް” އޭނާ އަށް އެ ނަން ތަކުރާރު ކޮށްލެވުނެވެ. ވިސްނާލުމުން ޒަލަފްއާއި ރަޖުއާންގެ އެއްގޮތް ކަންތައްތަކެއް ހުރިކަން އެނގުނެެވެ. ޒަލަފްގެވެސް ހުންނަނީ ރަޖުއާން ފަދައިން އަޅިފެހި ކުލާގައެވެ. ސޫރާގައިވެސް އެއްގޮތްކަމެއް ހުއްޓެެވެ. “ވަޓް؟ އެހެންވާނީ ކިިހިނެއް؟ އެވެދާނެ ހަމަ އެހެން ރަޔާން އަކަށްވެސް” ނައުރީން އަމިއްލަ ނަފްސަށް ވިސްނައިދިނެވެ
3 Comments!
Comments are closed.
Wow very nice were is part 6 of this story. Keep it up
Rain lover varh Reethi ingey mi part ves
NAA mi part kiyaifin uploads vi thaa 1 hour fahun
and mihaaru 8 vana part ves kiyaifin
But I think 6th vana part nei hen
Anyway waiting for the 9th part ingeyyyy
Much loves????????
Take care
Mi vaahakh vrh reethi ekamu 6 vana part eh neh?