މުޅ މާހައުލުވަނީ ކުލަބޮކިތަކާއި ތަފާތު ޑިސައިންތަކުން ފަޅުފިލުވާލެވިފައެވެ. ‘ޔައީޝް ވެޑްސް ހަމްނާ’ ޖަހާފައިވި ލިޔުންކޮޅު ކިޔާލާ ކޮންމެ މީހަކަށްވެސް އެއީ ކައިވެނި ހަފްލާއެއްކަން އެނގިގެން ދާނެއެވެ. ހޯލުގެ މެދުގައި ބަހައްޓާފައި ހުރި މޭޒުދޮށުގައި އިން ޒުވާނާގެ މޫނުމަތިން ފެންނަނީ ހަމަޖެހުމުގެ ކުލަވަރެވެ. އެހެނަސް އެހިތް ބޭޤަރާރު ވަމުން ދިޔައީ އެހިތުގެ މަލިކާ ދެކެެލުމަށެވެ. ހޯލުގެ މައި ގޭޓުން ވަދެގެންދިޔަ އަންހެން ކުއްޖާއަށް ގިނަ ބައެއްގެ ނަޒަރުތައްވަނީ އަމާޒުވެފައެވެ. ހަސަދަވެރި ކަމުގެ ނަޒަރުތަކާއި މަރުހަބާގެ ނަޒަރުތަކެވެ. އޮޅަލި ކުލައިގެ […]
“ޔަ…ޔަނާލް” ގަދަކަމުން ހިނިތުންވެލަމުން ތުގާ ގޮވާލިއެވެ. ބަދަލުގައި ޖަވާބުދިނުމެއްނެތި ޔަނާލް ގޮސް ގާޟީގެ ކުރިމަތީ ހުއްޓިލިއެވެ. “މިކައިވެނި ކުރެވޭކަށްނެތް، ކުރިޔަސް މިކައިވެނި ސައްޚައެއް ނުވާނެ، ތިބޭފުޅުން ދުރުވިޔަސް އެންމެ ރަނގަޅު” ޔަނާލް ބުންޏެވެ. ޤާޟީ ވަކި ޖަވާބެއް ނުދީ އެތަން ދޫކޮށް ދިޔުމަށް ހިނގައިގަތެވެ. “ޔަނާލް، އެބަ އެނގޭތަ ތިކުރެވޭ ކަމެއް، ޔަނާލް އަމިއްލައަށް އާދޭސްކޮށްގެން ކުރުވަން އުޅުނު ކައިވެނި ތި ހުއްޓުވީ ކީއްވެޔޯ؟” ޝަނާ ހިތްހަމަނުޖެހުމާއެކު ބުންޏެވެ. “އަހަރެންނަށް މީހެއްގެ އަނދިރި ފަރާތް އެނގުމުން، ތި […]
އައްސަލާމް އަލައިކުމް. ތިޔަ ހުރިހާ ކިޔުންތެރިންގެ ހާލުވެސް ރަނގަޅުވާނެކަމަށް ހީކުރަމެވެ. ވާހަކައިގެ ފަހުބައި ނުގެނެސްދެވި ލަސްވަނީ އަޅުގަނޑުގެ މިއަހަރުގެ ފަހު އިމްތިހާނު ކުރިއަށްދާތީ ކިޔެވުމަށް ސަމާލުވުމުގެ ގޮތުންނެވެ. އަދި ދެން ވާހަކަ ގެނެސްދެވޭނީ 28 ނޮވެމްބަރުގައި ކަމަށް ދަންނަވާލަމެވެ. އަޅުގަނޑުގެ އާވާހަކައިގެ ޓްރެއިލަރ އިންޝާﷲ މިއަދު އަޕްކޮށްލާނަމެވެ. ވަމޭ ތިލޯބި އެދިއެދި ފަހުބައި: 28 ނޮވެމްބަރ 2020 އާވާހަކައިގެ ފުރަތަމަ އެޕިސޯޑް 1 ޑިިސެމްބަރ 2020 ތި ދެއްވާ ތަރުހީބާއި ހިތްވަރަށް ޝުކުރިއްޔާ!
މިވާހަކައަކީ ބިރުވެރި އަދި ލޯބީގެ ވާހަކައެކެވެ. މިވާހަކައިގައި 4 މީހެއްގެ ދިރިއުޅުމަށް އަލިއަޅުވާލާނެއެވެ. އެމީހުން ލޯބި ހޯދަން ކުރާ މަސައްކަތާއި އެލޯބި ކާމިޔާބުވާ ގޮތެވެ. ދިރިއުޅުމުގެ އަޑިގުޑަންތަކާއި އުސްގަނޑު ތަކެވެ. މިއީ ސަޖަން އާއި ރުހާން އަދި ރޫނާއާއި އަލްޔަސްގެ ދިރިއުޅުމަށް އަލިއަޅުވާލައިގެން ލިޔާ ވާހަކައެކެވެ. ޝަޚްޞިއްޔަތުގެ ތައާރަފް: ___________________ ސަޖަން – ފަޤީރު ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެހެނަސް ސަކީނާއާއި މުހައްމަދުފުޅު ސަޖަން ބަލާބޮޑުކުރީ ރަނގަޅު ތަރުބިއްޔަތެއްގެ މަތީގައެވެ. ހިތްތިރިވެފައި އޯގާތެރިއެވެ. ނަމަވެސް އެއީ […]
“ޔަނާލް، އަހަރެންނަށް މައާފްކޮށްދޭތި، އަހަރެންނަކީވެސް ތުގާގެ ޕްލޭންތަކުގައި ބައިވެރިވި މީހެއް، ޔަނާލް ބޭނުންނަމަ އަހަރެން ފުލުހުންނާއި ހަވާލުކުރޭ، އަހަރެންގެ އެއްވެސް މައްސަލައެއް ނެތް،” ވިލީޝާ އިސްޖަހާލައިގެން އިނދެ ލަދުވެތިކަމާއެކު ބުންޏެވެ. “ނޫން، ވިލީވެސް ތިކުރީ ބޮޑު ކުށެއް، އެހެނަސް ވިލީ ނުބުނިނަމަަ މި ސިއްރު މިފަދަ ގޮތަކަށް ބޭޒާރެއް ނުވާނެ، ވަރަށް ބޮޑަށް ޝުކުރިއްޔާ، އަހަރެން ވިލީއަށް މައާފް ކޮށްފިން،” ޔަނާލް ހިތްހެޔޮކަމާއެކު ބުންޏެވެ. “ޝުކުރިއްޔާ!” ލޮލުން ކަރުނަ ފައިބާ ހާލުގައި އިނދެ ވިލީޝާ ބުންޏެވެ. ޔަނާލް […]
ފަތިހުގެ ފިނިފިނި ވަގުތުކޮޅު ކަމުން މަގުތަކުގައިވަނީ ހިތްތަކަށް ބިރުވެރިކަން އިހްސާސް ކުރެވޭނެ ފަދަ ހަމަހިމޭން ކަމެކެވެ. ރޭގައި ވެެހުނު ސްނޯތަކުގެ ސަބަބުން ބިންގަނޑުގައިވަނީ ސްނޯގެ ފަށަލައެއް ލެވިފައެވެ. މާހައުލުގައިވަނީ ތެތް ފިނިކަމެެެވެެެ. ފަތިހުގެ މިވަގުތުކޮޅުގައި އެެއްބަޔަކު ޣާފިލް ކަންމަތީ ނިދީގެ ފުންކަނޑުގައި ހޭދަކުރަމުން ދިޔައިރު އަނެއްބަޔަކު ދިޔައީ އެމީހުންގެ ވެރި ރައްބަށް އަޅުކަންކުރުމުގައި އިޚްލާސްތެރި ކަމާއެކީ ވަގުތު ހޭދަކުރަމުންނެވެ. އިރު އަރަން ގާތްވެެެއްޖެެ ކަމުގެ ކުލަވަރު އުޑުުމަތިން ފާއްދާލިއެވެ. ޔަނާލްއަށްވެސް ހެޭލެވުނީި ހީކަރުވައިގަެނެެގެންނެވެ. މި ހާދިސާއިން އޭނާއަށްވަނީ […]
“ނާލް،ނާލް، އޭއި ނާލް، ވަޓްސް ރޯންގް” ލިވިޔާ ދުވަމުން ދިޔަ ޔަ ނާލާއި އެއްވަރުކުރަުން ބުނެލިއެވެ. ޔަނާލްއަށް ކަހަރުވަކު ދަނބެކޭވެސް ހީނުވެއެވެ. ނުވިތާކަށް ދުވުންވީ އިތުރަށް ބާރެވެ. ކުއްލިއަކަށް ހަތަރު އަނގޮޅި ކަންމައްޗަކުން ނުކުތް ކާރެއް ޖެހުނީ ޔަނަލްގެ ގައިގައެވެ. އެއާއެކު ވިއްސައިގެނގޮސް ފާރުގައި ބޯޖެހުނުގޮތަށް ލޭތަށް ބިމަށް އޮހިގަތެވެ. މުޅިތާނގައި ލޭވަސް ހިފާލީ ހިނުކޮޅެއްގެ ތެރޭގައެވެ. “ނާލް މަންމާ” މޫނަށް ބުރައިގެމންނ ދިޔަ ލޭތަކާއިއެކު ލިވިޔާވެސް ހޭހުސްވިއެވެ. މަންޒަރު ބަލަންތިބި މީހުންތިބީ ހަދާނެގޮތް ހުސްވެފައެވެ. އެތަނުން […]
1 ހަފްތާ ފަސް ވަށައިގެންވަނީ މާމެލާމެލީގެ ތަފާތު ވައްތަރުތަކެވެ. ދުވަހަކުވެސް ލޮލުން ނުދެކޭހާ ފުރިހަމަ މާމެލާމެލިން މުޅި ބަގީޗާތެރެވަނީ ޖަރީކޮށްފައެވެ. ތަފާތު މާމެލާމެލީގެ ވަސް އެއްވުމުން މާޙައުލުގައިވަނީ ބުނެދޭން ނޭނގޭފަދަ އިހްސާސެއް ކުރުވާ ލުއިލުއި މީރުވަހެކެވެ. ދުރުދުރަށްދާންދެން ފެތުރިފައިވާ އެ ބަގީޗާތެރޭގައި ކިޔާންގެ އުނގުގައި ބޯއަޅާލައިގެން އެއޮތީ ޔަނާލް ނޫން ދެވަނަ ދެމީހެއް ނޫނެވެ. “ދުވަހަކުވެސް އަަހަރެންގެ އަތުން ދޫނުކޮށްލައްޗޭ” ޔަނާލް ކިޔާންގެ ތުނިތުނި ތުނބުޅީގައި އަތް އުނގުޅާލަމުން ބުންޏެވެ. “އިންޝާﷲ ދުވަހަކުވެސް ތިއަަތަކުން ދުލެއް ނުކުރާނަން، […]
ޔާއިންއާއި ދިމާލަށް ޔަނާލް ދުއްވައިގަތެވެ. * * * * * އެވަގުތު ހީވީ ފިލްމެއްގެ މަންޒަރު ސްލޯ މޯޝަން ކޮށްލާފައިވާ ހެންނެވެ. އަސަރުގަދަ ލޯބީގެ ވާހަކައެއްގެ ނިމުން ފަދައެވެ. އަނެއްކޮޅުން ޔާއިންގެ ހިޔް އުފަލުން ނަށަނީއެވެ. ލޯބިވާ ބައިވެރިޔާ ލިބުނު މަދު މީހުންގެ ތެރޭގައި އޭނާގެ ނަން ހިމެނުމުންނެވެ. ނަމަވެސް ތަގުދީރުގައި އޮތްގޮތް ޔާއިންއަކަށްވެސް ބަދަލެއް ނުކުރެވޭނެއްނޫންހެއްޔެވެ؟ ޔާއިން އާއި 2 ފޫޓް ކައިރިވެފައި ޔަނާލް އޭނާގެ ފިޔަވަޅުތައް މަޑުޖައްސާލިއެވެ. އަދި ޔަނާލްގެ މޫނުމަތީގައި ހުރި […]