
ބޭވަފާތެރިވުމުން ޔާރާ – 5
“ނަ..ނައުރީން. ކީއްކޮށްލަނީ. ހާދަ ފިނި ވައިރޯޅި އެބަޖެހެޔޭ ދޯ މިތަނަށް.” ނޫންކަމަށް ހެދެމުންް ރަޖުއާން ބުނެލިއެވެ. “ކާކު ގުޅީ؟” ނައުރީން ބުނެލިއެވެ. ރަޖުއާން ޖަވާބެއް ނުދިނެވެ. މައްޔިިތެއްހެން ގަބުކައިފައި ހުރީއެވެ. “ކާކުހޭ ގުޅީ؟” ނައުރީންގެ އަޑު ބާރުވިއެވެ. މިފަހަރުވެސް ރަޖުއާން އިޚްތިޔާރުކުރީ ހިމޭންކަމެވެ. ނައުރީން ރަޖުއާންގެ އަތުން ފޯނު ޖަހައިގަތެވެ. ބިރުންގޮސް ބޭޒާރުވީއޭ ހިތަށް އެރިއެވެ. ޝައްކުގެ ނަޒަރަކުން ރަޖުއާންއާއި ދިމާލަށް ބަލާލިއިރު ހިތުގައި އޮތް ވަހުމް ތެދުނުވުމަށް ދުއާކޮށްލެވުނެވެ. ނައުރީންއަށް ވަގުތުގެ ހިނގުންވެސް ލަސްވެފައިވާ ފަދައެވެ. ކޮންޓެކްޓްސްއަށް ވަދެ އެންމެފަހުން ގުޅާފައި އިން ނަމްބަރު ބަލަން މަޑުމަޑުން ލޯހުޅުވާލިއެވެ . ހީކުރިގޮތާއި ޚިލާފަށް މަންމަގެ ނަން އިނުމުން ނައުރީނަށް ލަދުވެތި އިހްސާސެއް ކުރެވުނެވެ. ޝައްކު ކުރެވުނތީ ހިތާމަ ކުރެވުނެވެ. “މަންމަ ދޯ ގުޅީ ސޮރީ. އެކަމް ކޮން ވައިފްއަކާއި ބޭބީއެއް.” ނައުރީން އަހާލިއެވެ. “ހަހަހަ. ގަސްދުގައި އަހަރެން ނައުރީން ބިރުގަންނަވާލީއޭ. އެއީ ދޮންބެ ވައިފް ޕްރެގް ވާހަކަ ދެއްކީ” ހާސްކަން ފޮރުވާލަމުން އެއްމިޔަކަނިން ހިނިތުންވެލަމުން ރަޖުއާން ބުނެލިއެވެ. “އޯހް. ސޮރީ ދެން އެހެނެއް ނުވާނެ” ނައުރީން ދެރަވެލާފައި ބުނެލިއެވެ އެއީ އެވަރުގެ ކަމެއް ނޫނޭ ރަޖުއާން ބުނެލީ މަސްނޫއީ ހިނިތުންވުމަކާއި އެކުއެވެ. މަންމަގެ ފޯނުން މަލްސާ ގުޅިކަމީ އޭނާގެ ނަސީބެވެ. ނޫންނަމަ ނައުރީންގެ ކުރިމަތީގައި ވާނީ ފަޟީހަތެވެ.
** **
ފޯރީގަައި ފައިގަތަޅާ ކުޅެވެމުން ދިޔައިރު އެއްޓީމުގައި ތިބީ ރަަޖުއާނާއި ޝިޔާންއެވެ. އަނެއް ޓީމުގަައި އަނެއް 3 އަަންހެނުންނެވެ. ކޮށިތެރޭ ހުރެފައި ނައުރީނަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކޮށިން ނުކުންނަން ޖެހުނެވެ. ޖަހާފައި ހުރި ޓެންޓުތައް ކައިރީ ނައުރީން އިށީނދެލި ވަގުތު ފަަހަތުން މީހަކު ގޮވާލިހެން ހީވިއެވެ. ނަމަވެސް އެކަކުވެސް ނެތުމުން މާބޮޑު ސަމާލުކަމެއް ނުދީ އަނެއްކާވެސް ފަންވަތެއް ނަގައި އެއާއި ކުޅެން ފެށިއެވެ. “ނައުރީން! ކަމް ވިތު މީ” ފަހަތުން އިވުނު އަޑާއިއެކު ނައުރީން ސިހުނެވެ. ކުއްލިޔަކަށް ކައިރީގައި މީހަކު އިށީނދެލިއެވެ. “ޒަލަފް. އަނެއްކާވެސް ކަލޭ؟ ކިހާ ބޮޑުވެއްޖެ އުނދަގުލެއް. އެކަހެރި ވަގުތުކޮޅެއްވެސް ހޭދަކޮށްލެވެންވެސް ނެތްތަ އަހަރެމެންނަށް. 24 ގަޑިއިރު ކަލޭ އަހަރެން ފަހަތުން ދުވަން ޖެހޭތަ؟” ނައުރީން ދަތްކުނޑި ވިކާލިއެވެ. “އޭއި އޭއި! ތިކުޑަ ކުޑަ ނައުރީންގެ ހާދަބޮޑު އަނގަޔެއް ފަޅައިގެން މިއުޅެނީ. މި ފޮޓޯތައް ލީކުވާން ބޭނުންނޫނިއްޔާ އަނގަ ނާރުވާ އިނދޭ ކުޑަކުޑަ ހިންޏާ!” ޒަލަފްގެ އަޑަށްވެސް ރުންކުރު ކަމެއް ވެރިވިއެވެ. “ކޮ..ކޮން ފޮޓޯތަކެއް؟” ނައުރީންއަށް ނޭނގި ކަންތައް ގަނޑެއް ހިނގައިފިކަން އޭނާއަށް އެނގުނެވެ. “ބޭނުންތަ ބަލާލަން؟ ތިހައި ބޭނުމިއްޔާ ދައްކާލަފާނަމޭ. މަޑުކޮށްލާ” ވިހަގަދަ ހިނިތުން ވުމަކާއިއެކު ޒަލަފް ބުނެލިއެވެ. ޒަލަފް ދައްކާލީ އޭނާގެ ފޯނެވެ. އޭގެ އެއް ފޯލްޑާގައި ހުރީ ހުސްވެސް ނައުރީންގެ ބަރަހަނާ މަންޒަރުތަކެވެ. އެއީ ރޭގައި ކޮޓަރީގައި ހެދުން ބަދަލުކުރަން ހުއްޓާ ނަގާފައި ހުރި ފޮޓޯތަކެކެވެ. ޒަލަފްދެކެ ގަންނަ ބިރަށްވުރެ އިއްފަތާއި އަބުރު ގެއްލިދާނެތީ ގަންނަބިރު އޭނާ މާބޮޑެވެ. “ކީއް ކޮށްދޭންވީ؟” ނިޔަފަތި ކަމުން ނައުރީން ބުނެލިއެވެ. “ކެރޭނެ؟ ޔަގީންކަމާއެކު ބުނާނީ އިނގޭ” މިހެން ބުނެލަމުން ނައުރީންގެ ކަންފަތް ދޮށުގައި ސިއްރެއް ބުނެލިއެވެ. “ނޫން ނުވާނެ. ﷲ އަށްޓަކައި ޕްލީސް.” ނައުރީން ބުނެލިއެވެ. “ބޭޒަރުވާނީތާ ނޫނީ އަަހަރެން ބުނާކަމެއް ކުރާނީތާ؟” ޒަލަފްގެ ދެލޮލުން ފެނިލީ ނުރައްކާތެރި ވިދުވަރެކެވެ. “އެއްބަސް” ރޮވިފައިހުރެ ޒަލަފްގެ އަތްމަތީ އަތްބާއްވާލަމުން ވައުދުވިއެވެ. ކުރާނީވެސް ކީއްހެއްޔެވެ؟ އޭނާގެ އަބުރު ސަލާމަތްކުރަން މިނޫނ ގޮތެއް ނެތް ވިއްޔާއެވެ.
** **
މެންދުރުގެ ހޫނުގަދަ ވަޤުތެވެ. މަސްބާނަން ދާން ޚިޔާލު ދިނީ ނައުރީނެވެ. ބޭކާރު ޝައްކުތަކާއި ވަހުމްތަކުން ހިތް ސަލާމަތްކޮށް ހިތްހަމަ ޖައްސާލުމަށެވެ. ނަމަވެސް އެހެން މީހުން ބޭނުންވީ މޫދުގައި މިވަގުތުކޮޅު ހޭދަކޮށްލުމަށެވެ. ނައުރީން ހިތުގައި ނުޖެއްސުމގެ ގޮތުން ރަޖުއާންވެސް އެކަމަށް އެއްބަސް ވިިއެވެ. މަސްބާނަން ދިޔައީ ފުދޭވަރަކަށް ދުރަށެވެ. ޖަންގަލީގެ ގަސްބޯ ހިސާބުތަކުގައި ހިނގަމުން ދިިޔައިރު ދެމީހަކު އެކަހެރިވާ ތަނެއްގައި ޝައިިތޯނާ ވާނެކަމެއް އެމީހުން ހަނދާނެއް ނެތެވެ. ރަޖުއާންގެ ލޯބި ލިބެން ފެށުމުން ނައުރީންގެ ހިތްވެސް ވަނީ އާސްމާނަށް އަރާފައެވެ. ނަމަވެސް އޭނާގެ ނިކަމެތިކަން އިހްސާސްވީ ޒަލަފްގެ އަމަލުތަކުންނެވެ. 7 ވަރަކަށް މިނެޓް ހިނގުމަށްފަހު ގަސްބޯ ޖަންގަލިން ރަށުގެ ފުށްޓަރު ފަރާތަށް ނުކުމެވުނެވެ. އެއްފަރާތެއްގައި ފަނުން ހަދާފައި ހުރި ގެގަނޑެއްގައި މަސްބާނަން ބޭނުންކުރާ ސާމާނުތައްް ބެހެއްްޓުމަށްފަހު އެތާނގައި ޖައްސާލިއެވެ. ފަހަރަކަށްވުރެ ފަހަރަކު ދެމީހުން ގާތްވަމުންް ދިޔައެވެ. އެންމެފަހުންް ތުންފަތުގެ ހަދިޔާއެއްވެސް ބަދަލުކުރެވުނެވެ. ލައިގެންހުރި އަންްނައުނުތައް ބޭލުމުގެ ކުރން ބައެއްގެ ފިޔަވަޅުތަކުގެ އަޑުއިވުނެވެ. އަވަސް އަވަހަށް ދެމީހުން ދުރުވެލަމުން އިހުތިބި ގޮތަށް ރުޖޫއަވިއެވެ. އެއީ ދަރުކަނޑަންް އުޅުނު މުސްކުޅިވަރުގެ ދައިތައެކެވެ. “ހިނގާދާން. މިތަން ރައްކާތެރިއެއް ނޫން. ކައިވެނީގެ ކުރިން މިފަދަ ފާފައަކަށްްް އަރައިގަނެވިއްޖެޔާ ކަމަކު ނުދާނެ” ނައުރީން ދެންްމެ ހިނގި ކަންްތަކާއިމެދު ބިރުގަތެވެ. “ހޫމް ހިނގާ” ރަޖުއާންގެ އަޑުގައި ފޫހިކަމެއް ވިއެވެ. ނަމަވެސް ހާސްވެފައި ހުރުމުން އެކަންްް ނައުރީނަކަށް ފާހަގައެއް ނުކުރެވުނެވެ.
** **
“ހާދަ އަވަހަކަށް ތިއައީ؟” އެތަނަށް ނައުރީންމެން އައުމުން ޝާހާ އަހާލިއެވެ. “މި ނައުރީން މޫދު އެރޭ ހިތުން އުޅެން ފެށީމަ މިއައީ” ރަޖުއާން މަސްނޫއީ ހިނިތުންވުމަކާއިއެކު ބުނެލިއެވެ. ނައުރީންގެ ފޯނު ރިންގުވާން ފެށުމާއެކު ހިތުގައި ބިރުވެރިކަމުގެ ވިންދެއް ޖަހާލިއެވެ. ޒަލަފްއަށް ނުވުމަށް އެދި ދުއާކޮށްލި ނަމަވެސް އެއީ ޒަލަފްއެވެ. ކުރާނެކަމެއް ނެތެވެ. “ހޫމް ކޮންތާކަށް ދާންވީ؟” އެމީހުންނާއި ދުރަށް ޖެހިލަމުން ތުންފިއްތާލާފައި ނައުރީން ބުނެލިއެވެ. ކޮންމެވެސް ގެސްޓު ހައުސެއްގެ ނަން ބުނެލުމުން ނައުރީން އަވަސްވެގަތީ އެތަނަށް ދިޔުމަށެވެ. “ވެއިޓް އެބައަންނަން އިނގޭ މަންމަގެ ފްރެންޑެއް ބުނެގެން އެތަަނަށް ގޮސްލާފައި” ރަށުތެރެއަށް އެރެންއޮންނަ މަގާއި ދިމާލަށް މިސްރާބު ޖަހަމުން ނައުރީން ބުނެެލިއެވެ. “އަވަހަށް ގޮސްލާފައި އާދޭ” އެމީހުން ބުނެލިއެވެ. ލޮލުކޮޅުން އެމީހުން އޮބުމާއެކު ނައުރީންގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހޮރެން ފެށިއެވެ. ހިތްހަމަޖައްސާލުމަށް އައި ތަނަކުން ވަކި ލިބުނު ހިތހަމަޖެހުމެއް ނެތެވެ.
** **
“ބޭރުގައި މިހުރީ، ވަންނަންވީ؟” ނައުރީން ޒަލަފްއަށް މެސެޖްކުރިއެވެ. “ވަދޭ!” ޒަލަފްގެ ޖަވާބުވެސް އެހައި އަވަހަށް ލިބުނެވެ. ގެސްޓް ހައުސަށްވަދެ ދެވަނަ ފަންގިފިލާއަށް ގޮސް 200 ވަނަ ކޮޓަރީގެ ދޮރުގައި ޓަކިޖަހާލިއެވެ. “ވެލްކަމް ޓު ހެލް ނައުރީން” ދޮރުހުޅުވާލަމުން ޒަލަފް ބުނެލިއެވެ. ހަމައެކަނި ބޮކްސާ ކޮޅެއްގައި ހުރި ޒަލަފް ފެނި ނައުރީނަށް އުނދަގޫ އިހްސާސެއް ކުރެވުނެވެ. “އަހަރެން ބުނަންދެން އެއްޗެހި ބާލާ!” ޒަލަފް އަމުރު ކުރިއެވެ. ދަށުން ލާއެއްޗެއްސާއި ހިސާބަށް ޖެހުމުން ޒަލަފް ހުއްޓާލިއެވެ. ދަށުން ލާއެއްޗެހި ނެއްޓުވީ ޒަލަފްއެވެ. އަދި ޒަލަފްގެ ބޮކްސާ ބާލާ އެންމެ އަނިޔާވެރި ގޮތުގައި ނައުރީންގެ ހަށިގަނޑުން އުފާ ހޯދިއެވެ.
** **
އެއް ގަޑިއިރަށް ދެމިގެން ދިޔަ އެއަނިޔާވެރި ވަގުތުކޮޅު ނިމުމަކަށް އައިއިރު ނައުރީންގެ ހަށިގަނޑުގައި ރިއްސަމުން ދިޔައެވެ. ޒަލަފް ސޭފްޓީ ބޭނުންކުރިކަމީ ނައުރީންގެ ނަސީބެވެ. ފެންވަރާލައިގެން ކޮޓަރިން ނުކުންނަން ދިޔައިރުވެސް ޖަނަވާރު ބެލުމަކުން ބަލަހައްޓައިގެން ޒަލަފް އޮތެވެ.
** **
“ހާދަ ގިނައިރެއްވީ ހާދަ ފާޑަކަ.ށް ތިޔަ ހިނގަނީ” ޝާހާ ޝައްކުގެެ ނަޒަރަކުން ނައުރީނަށް ބަލައިލިއެވެ. “އެގޭގައި ފާހާނައަކަށް ދާންޖެހިގެން ގިފިއްޔަށް ވަންތަނާ ފައިކައްސާލާފައި ވެެއްޓުނީ.” ނައުރީން އަވަސް އަވަހަށް ދޮގެއް ހަދާލިއެވެެ. “އެެހެންވަނީ ދޯ” ޝާހާ އެެހެންބުނި ނަމަވެސް އޭނާގެ ހިތް މުޅިއަކުން އެވާހަކަ ގަބޫލެއް ނުކުރިއެވެ. މިހާރަކަށް އައިސް ނައުރީން ހާސްވެފައި ހުންނަނީ ޒަލަފްގެ ސަބަބުން ކަމުގައި ބުންޏަސް އެހެން ނުބައެއްވެސް މިކަމުގައި އުޅޭކަމަށް އޭނާގެ ހަވަނަ ހިއްސު ބުންޏެެެވެ. އެކަމުގެ ހަޤީގަތް ހޯދާފައި ނޫނ އޭނާ ނުހުއްޓާނެއެވެެ.
** **
އިރުއޮއްސެމުން ދިޔަވަގުތު އަނދުން ކުލައިގެ ވިލާތަކުން ހަފަރާތްވަނީ ބައްދާލާފައެވެ. އެމަންޒަރުތައް ފޮޓޯނެގުމަށްފަހު ވައިގަދަވާން ފެށުމުން އެމީހުން ޓެންޓަށް ވަނީއެވެ. ވައިގަދަކަމުން ޓެންޓުތައްވެސް ހީވަނީ އެއްލާލަފާނެހެންނެވެ. 3 ޓެންޓު ހުރިއިރު އެއް ޓެންޓުގައި ތިން އަންހެންކުދިނނެވެ. އަނެއް ޓެންޓުގައި 2 ފިރިހެންކުދިން ތިބިއިރު އަނެއް ޓެންޓުގައި މުދާތަކެވެ. “މިރޭ 11 ޖަހާއިރު މުދާތައް ހުރި ޓެންޓަށް އަންނައްޗޭ. ފުރުމުގެ ކުރިން ހިތުން ނުފިލާވަރުގެ ސަޕްރައިޒެއް ދޭން ޖެހޭނެންނު.” ރަޖުއާން އެއްލޯ މެރިފައި އިން އިމޯޖީއެއް ފޮނުވާލުމުން ނައުރީން ލަދުގަތެވެ. ޖަވާބަކަށް ހިތްތަކެއް ހުރި އިމޯޖީއެއް ފޮނުވާލަމުން އާނއެކޭ ލިޔެލިއެވެ. ރަޖުއާންގެ ހިތަށް އުފާވެރިކަމެއް ލިބުނެވެ. އޭނާގެ މަގްސަދު ހާސިލްވާންއުޅޭކަމުގެ ކޮޅުމަތި ފެންނަން ފަށާފިއެވެ.
** **
އިންގްލޭންޑްގެ އޮކްސްފޯޑް ޔުނިވާސިޓީއަށް ވަން ޖައުޝްއަށް ގިނަ އަންހެން ކުދިންގެ ނަޒަރުތައް އަމާޒުވަމުން ދިޔައެވެ. ވާނީވެސް އެހެންތާއެވެ. ޖައުޝް ބަދަލުވެފައި ހުރިވަރުން މީހަކަށް ވަކިކުރަންވެސް ނޭނގޭނެއެވެ. ކުރިން ދިގުދިގުކޮށް އޮތް އިސްތަށިގަނޑުވަނީ ތުނިކޮށް ކޮށާލެވި، ރީތި ސްޓައިލެއްވެސް ޖެއްސިފައެވެ. ދެރަ ނިކަމެތިކޮށް ހުރި ހަށިގަނޑުގައި އިހުނަށްވުރެ މަސްޖަހާލާފައި ހުއްޓެވެ. ރީތި ހަަށިގަނޑެއް ހޯދުމަށް މަސައްކަތް ކޮށްފައި ހުރިކަަން އެހަށިގަނޑުން ފެންނަމުން ދިޔައެވެ. “އަހަރެން އީއާއި ގާތްވުމަށް އެޅޭ ފުރަތަމަ ފިޔަވަޅު. އިންޝާﷲ އަހަރެން އީ ކާމިޔާބު ކުރާނަން” ޖައުޝް އަމިއްލަ ނަފްސަށް ބުނެލިއެވެ.
** **
ގަޑިން ރޭގަނޑު އެގާރަ ޖެހިއިރު ވިއްސާރަ ވަނީ ތުނިކޮށްލާފައެވެ. ރަޖުއާންގެ އިޝާރާތަކަށް ބަލަބަލާއޮތް ނައުރީންގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. 11 ޖަހައި ފަސް މިނެޓް ހިނގިތަނާ ނައުރީންގެ އެސްފިޔަތަކަށް ބަރުވާން ފެށިއެވެ. ފޯނަށް މެސެޖެއް އައިއަޑުވެސް އެވަގުތު އިވުނެވެ. “ނުކުމޭ” ރަޖުއާން ބުނެފައިވެއެވެ. އިިނގިލިތަކު ކޮޅު ޖައްސަމުން ނައުރީން ސިއްރުސިއްރުން ނުކުތްއިރު އަނެއްދެމިހުންނަށް ކަމެއް ރެއަކާވެސް ނުލައެވެ. ބޭރަށް ނުކުތްއިރު ރަޖުއާން ހުއްޓެވެ. ނައުރީންގެ އަތުގައި ހިފައިގެން އޭނާ މިސްރާބުޖެހީ މުދާތައް ހުރި ޓެންޓާއި ދިިމާލަށެވެ. އެތަނަށްވަދެ ދެމީހުން ހަމަޖެހިިލިއެވެ. “މާދަމާރޭ ފުރަން ހަމަޖެހިިފައިި އޮތީ. ދެން އަންނާނީ ކައިވެންޏަށް ނައުރީން ބަލާ” ރަޖުއާން ދިނީ އފާވެރި ޚަބަރެކެވެ. “އަސްލުވެސްތަ؟ އަހަރެމެންވާނެ ދޯ 6 ދަރިން ހޯދަން” ނައުރީން ވަރަށް އުފަލުން އޮވެ ބުނެލިއެވެ. “ވަޓް ދަ..” ރަޖުއާން މޫނު ކުނިކޮށްލިއެވެ. “ސާބަހޭ އެއީ މަޖަލަކަށް ބުނެލި އެއްޗެކޭ. 2 ދަރިން ރަނގަ.ޅޭނުން” ރަޖުއާންގެ ހިތުގައިވާ މަގްސަދު ނޭނގޭ ހާލުގައި ނައުރީން ދިޔައީ މުސްތަގުބަލަށް ފޮނި އުއްްމީދުތަކެއް ކުރަމުންނެވެ. ކުއްްްްލިއަކަށް ވައިގަދަވިއެވެ. ވިއްސާރަވެސް ބޯވިއެވެ. ދެ ހަށިގަނޑުވެސް ފިނިވެގެން ތުރުތުރު އަޅާލިއެވެ. ރަޖުއާންގެ ދެލޮލުން މަސްތީ ވިދުވަރެއް ފެނިލިއެވެ. ދެހަށިގަނޑުވެސް އެދިގޮވަމުން ދިޔައީ ހޫނުކަމަކަށެވެ. ފަހަރަކަށްވުރެ ފަހަރެއް ދެހަށިގަނޑު ގާތްވަމުން ދިޔައެވެ. ދެތުންފަތްވެސް ގުޅިގެން ދިޔައެވެ. ލިބުނު އަރާމުގައި ހަށިގަނޑުން އަންނައުނުތައްވެސް ވަކިވިއެވެ. ދެހަށިގަނޑު ގުޅ ލާމެހިގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ. ޙަޤީގީ އަރާމު ނައުރީނަށް އިހްސާސްވީ އަދި ކިރިޔާއެވެ. ރަޖުއާންއަށް ބޭވަފާތެރި ވެވެމުން މިދަނީ ނިޔަނެތި އަންހެން ކުއްޖަކަށް ކަމެއްވެސް އޭނާއަށް ރެއަކާނުލައެވެ. މިކަމުން އުފެދިދާނެ މައްސަލައަކަށް އޭނާއަށް ވިސްނާލެވިފައި ނެތެވެ.
** **
ފަތިހުގެ ކުކުޅުހާ ގޮވާއަޑަށް ނައުރީނަށް ހޭލެވުނެވެ. ހަށިގަނޑުގައި އެއްވެސް އަންނައުނެއް ނެތްކަން އިހްސާސްވީ އެވަގުތުއެވެ. ކައިރީގައި އޮތް ހެދުން ލަމުން ދިޔައިރު ރޭގައި ވީކަމާއިމެދު އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ނަފްސު ނުހިފެހެއްޓުނީތީއެވެ. ކައިވެނީގެ ބޭރުން ގުޅުމަކަށް ފުރުސަތު ދެވުނީތީއެވެ. ބިރުވެސް ގަތެވެ. ސަބަބަކީ ރަޖުއާން ސޭފްޓީ ބޭނުންކޮށްފައި ނުވުމެވެ. އެކަމުގެ ސަބަބުން ރަށަށް ގިނަވެ ބަދުނާމް ވާނީވެސް ނައުރީން ކަމަށްވާތީއެވެ. އެކަންކުރާ ފިރިހެނާއަށް އެއްވެސް އަދަބެއް ނުދިނުމަކީ ރާއްޖޭގެ ކޯޓުތަކުގެ ދޯދިޔާކަން ހާމަވާ ކަމެކެވެ. ނައުރީން ތެދުވެގެން ހިނގައިގަތްއިރު ދެފައި ކައިރިކޮށްލަން ނުކެރެއެވެ. މީހާވަނީ ހުންއައިސް ރަތްވެފައެވެ. ގޮސް ޓެންޓަށް ވަންގޮތަށް ޝާހާމެންނަށް ގޮވަން ފެށިއެވެ. “ހޫމް ކިހިނެއްވީ؟” ޝާހާ ނިދިއަޑަކުން އަހާލިއެވެ. ސިއްރުކުރަން ނަހަދާ ރޭގައި ވީގޮތް އަކުރުން އަކުރަށް ފިލިން ފިއްޔަށް ކިޔައިދިނެވެ. “ވަޓް އެ ޖާކް. އައި ހޭޓް ހިމް ސޯމަޗް. އެވެސް ނައުރީންގެ ނާޖާއިޒު ފައިދާ ނެގީތީއެވެ. “ދެންވާނީ ކިހިނެއް؟ ޕްްްރެގްްް ވެއްޖެޔާމުން ކިހިނެއް ހަދާނީ؟” ނައުރީނަށްް ރޮވުނެވެ. “އޭނަ ބުނި އެކަމް ކައިވެންޏަށް ބަލައި އަންްނާނަމޭ.” ނައުރީންް އިތުރުކޮށްލިއެވެ.. “ކެތްްކުރޭ. ކޮންމެކަމެއްވެސްް ވާނީ ރަނގަޅަކަށް އަހަރެމެންްް އަަަބަދުވެސް ރީންްއާއިއެކު ވާނަން.” އެމީހުން އަތާއި އަތް ޖަހާލިއެވެ.. “ރަޖޭ ދެކުނިންތަ؟” ޝިޔާން ބޭރުގައި ހުރެ ގޮވާލިއެވެ. “ނުދެކެން” ނައުރީން ގޮވާލިއެވެ. އެންްމެން ސައިބޮއެގެން ރަޖުއާން ހޯދުމުގެ މަސައްކަތް ފެށިއެވެ. ފުރާގަޑި ޖެހުނުއިރުވެސް ރަޖުއާން ނުފެނުމުން އެންމެންވެސް ދޯންޏަށް އަރައިގެން ދިޔައެވެ. އެންްމެންް ހަމަވުމުން ދޯނި ފަޅުން ނުުކުމެ އޭގެ މަންޒިލަށް ދަތުރުފެށިއެވެ. “މަކަރުވެރިޔާ!” ގެއްލެމުން ދިޔަ ނޮޅިވަަރަންފަރު މަލަމައްޗަށް ބަލާލަމން ނައުރީންް އެހެން ބުނެލިއރު އެދެލޮލުން ކަރުނަ އޮހޮރެއެވެ. “ނައުރީން ނުރޮއެ. ހިތްވަރުކުރޭ. މަކަރުވެރިޔަކަށް ޓަކައި ތިދެލޮލުގެ އަގުހުރި ކަރުނަތައް އިސްރާފު ނުކުރޭ. މާތްﷲ ނައުރީނަށް މިއަށްވުރެ ފާގަތި ދުވަހެއްވެސް ދައްކަވާފާންނުން. ކެތްކުރޭ! ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކު.” އީނާ ހިތްވަރު ދިނެވެ. އޭރު ޝިޔާން ދިޔައީ ރަޖުއާނަށް ގުޅުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ރަޖުއާންގެ ނަމްބަރު ވަނީ ގުޅޭ ހިސާބުން ބޭރުގައި ކަމަށްބުނާތީ އެމަސައްކަތް ނާކާމިޔާބު ވަމުން ދިޔައެވެ. ރަޖުއާން މިކަންކުރީ ވަރަށް ދުރާލާ ތައްޔާ.ރުވެގެންތާއޭ ނައުރީންގެ ހިތަށް އެރިއެވެ. އެންމެފަހުން ރޮއެރޮއެ ވަރުބަލި ވެގެން ނައުރީނަށް ނިދުނީއެވެ.
=ނުނިމޭ=
One Comment
Comments are closed.
Stry vrh reethi ??adhi ehaa avahah stry neruneeyma im really happy ??rain lover alhugandu ge poem thakah kohafa huri comments fenuneyma vrh ufaavi.??? Aslu kiyuntheringe comments akee kiyuntheringe inspiration ?? anyways stry ga naureen ah hadha dera gothekey evee??aslu vs kusheh neh kujjakah dhera gotheh vaathee vrh dheravey anyways its a stry.but feels like real.its ur good writing skill dear which made readers cry after reading the stry??wish to see more beautiful stry like this ?? stay safe and stay home ??