
ބޭވަފާތެރިވުމުން ޔާރާ – 4
“ހައި! ކިހިނެއްތަ ކަންތައްތައް ؟ ހާދަ ދުވަސްކޮށްލާފަ އޭ މިދިމާވީ” އެޒުވާނާ ނުލަފާ ގޮތަކަށް އެއް ތުންފަތުން ހިނިތުންވެލަމުން ބުނެލީ ޖެއްސުމުގެ ރާގަކަށެވެ. “ޔޫ… ޒަ..ޒަލަފް.. އަނެއްކާ ކީއްކުރަން ތިއައީ؟” ނައުރީންއަށް ބިރުން ގޮސް ރޮވުނެވެ. “ހޭއި ބޭބީ! ނުރޮއެބަލަ ދެން . މާބޮޑު ކަމެއް ކުރާކަން ނޫނޭ! އެދުވަހު މުޅި ރަށުގައި އަހަރެން ފަޟީހަތް ކޮށްލި ފަަދައިން މިއަދު ނައުރީން ފަޟީހަތް ކޮށްލަން މިއައީ.” ޒަލަފް ނައުރީންގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ނަޖިހެއް ފަދައިން ޒަލަފްގެ އަތް ނައުރީން ފޮޅުވާލިއެވެ. “އޫޕްސް! ތިޔަހެން އަދި މިޒަލަފް ހިފާ އަތް ފޮޅުވާލިޔަސް މިޒަލަފްގެ ފަހަތުން ދުވެ އާދޭސް ކޮށްފަ މިއަތުގައިވެސް ހިފާނީ ހަމަ ތި ނައުރީން . ނިކަން ބަލަން ހުންނާތި ވާގޮތް” ޒަލަފް ބޭނުން އެއްޗެއް ކިޔާލާފައި ދިޔައިރު ނައުރީންގެ ހަށިގަނޑެކޭ ހިލައިން ހަދާފައި ހުރި ބުދެކޭ އެއްފަދައެވެ. މިހާ ރަނގަޅަށް ހުރިހާ ކަމެއް ގޮސްގޮސް ހުއްޓާ ޒަލަފް މިދިރިއުޅުމަށް ވަދެދާނެކަމަށް އޭނާއަކަށް ގަބޫލެއް ނުކުރެވެއެވެ. މާޒީގައި ކަންވެފައި އޮތްގޮތުން ނައުރީންގެ ހިތުގައި ޒަލަފްއާއި ދޭތެރޭގައި ބިރުވެރިކަމެއް އުފެދިފައިވިއެވެ. އެކަން އެހެން އެވީ ޚުދު ނައުރީނގެ ސަބަބުންކަން އޭނާއަށް ގަބޫލުކުރެވެއެވެ.
** **
މާދަމާ ރޭވިފައިވާ ދަތުރަށް ތައްޔާރު ވުމުގައި ނައުރީންމެން ދިޔައީ އަވަދިނެތި ހަރަކާތްތެރި ވަމުންނެވެ. ޝާހާއާއި އީނާ އެކި ވާހަކަ ދައްކަމުން ދިޔައިރުވެސް ނައުރީންގެ މާބޮޑު ސަމާލުކަމެއް ނުލިބުމުން އެދެމީހުންނަށް ކޮންމެވެސް ބޮޑުކަމެއް ހިނގައިފިކަން އެނގުނެވެ. “ރީން މާމަޑުން ތިއިންނަނީޔޯ! ރޭގަ ކަންވީގޮތްވެސް އަދި ނުކިޔާދެމެއްނު” ޝާހާ ބުނެލިއެވެ. ވަރަށް އާދޭސް ކޮށްގެން ނައުރީން ރޭގައި ވީ ކަންތައް ކިޔާދިނެވެ. “އޯ ކޮންގްރާ ކޮންގްރާ” އީނާ ބުނެލިއެވެ. ނައުރީން އެއްވެސް އަސަރެއްނެތް ހިނިތުންވުމެއް ދިނެވެ. “ކިހިނެއްވީ އަދިވެސް ހިތްނުފުރެނީތަ؟ ތި ދެރަވެފައި އިންކަމެއް ބުނީމައެއްނު ކަމެއް ކޮށްދެވޭނީވެސް” ޝާހާ އާއި އީނާއަކަށް ނައުރީންގެ ހިތާމަތައް ވަންހަނާއެއް ނުވިއެވެ. ގާތް އެކުވެރިންނަށް ސިއްރުކޮށްގެން ވާނެ ފައިދާއެއް ނެތުމުން ކުރިމަތިވި ޒަލްޒަލާގެ ވާހަަކަ ބުނުމަށް ނައުރީން ގަސްދު ކުރިއެވެ. “ޒަ..ލަފް އެނބުރި އައިސްފި” ދަތިކަމާއިއެކު ހިންދިރުވާލަމުން ނައުރީން އެންމެފަހުން ބުނެލިއެވެ. “ޞުބްޙާނަﷲ ކޮންފަދަ ނުބައި ރޭވުމަކާއިއެކު އައި ޝައިތާނެއްބާ؟” އީނާގެ ދެލޯ މުދުނަށް އަރައިގެން ދިޔައެވެ. “މަންމާއި! އޭނަ ވައުދުވީ ފަދައިން އެނބުރި އައީދޯ؟ ދެއަހަރު ފަހުން.. މަގްސަދަކީ ކޮބާ؟” ޝާހާވެސް ދެލޯ ބޮޑުކޮށްލަމުން ބުނެލިގޮތުން ޒަލަފްގެ ނުރައްކާތެރިކަން ހާމަވެގެން ދާނެއެވެ. “ފަޟީހަތްކޮށްލުން ނޫން ކޮންކަމެއް؟ އަހަރެން ހިތަށްއަރާ އެދުވަހު އެއެދުން ބޮލާލާ ނުޖެހުނު ނަމައޭ. އެހެންނަމަ މިދުވަސް ދެކެން ނުޖެހުނީސް ކަންނޭނގެ” ނައުރީންއަށް ބުނެލެވުނެވެ. “ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް ރީން! އިންޝާﷲ އަހަރުމެން އަބަދުވެސް ނައުރީންއާއި އެކ ތިބޭނަން” ޝާހާ ބުނެލިއެވެ. ނައުރީން ހިތި ގޮތަކަށް ހިނިތުންވެލިއެވެ.
** **
ކުލަގަދަ ރަސްމިއްްޔާތަކަށް ފަހު ޓްްރިޕަލް އާރު ކޮމްްްޕެނީގެ 4 ވަނަ ގެސްޓް ހައުސް ހުޅުވުނެވެ. ރަޖުއާން ހުރީ އޭނާއަށް ކުރެވުނު މަސައްކަތާއި ދޭތެރޭ ނުހަނު ހިތްހަމަ ޖެހިފައެވެ. މިރަށުގައި ދެން ހޭދަކުރަން ޖެހޭނީ ކުޑަ ދުވަސްކޮޅެއްކަންް ހަނދާންވެ ބޭއިޚްތިޔާރުގައި ހިނިތުން ވެލެވުނެވެ.
އެހެނަސް ނައުރީންގެ ހަނދާނތައް އާލާވުމުން އެހިނިތުންވުން ފިލާދިޔައެވެ. ހިތުގައި ރިހުމެއް އުފެދުނީ ނައުރީންއާއި ވަކިވާން ޖެހޭތީއެވެ. ނަމަވެސް ދެން އޭނާ މާލެ ގޮސްފައި އަންްނާނީ ނައުރީންް އޭނާގެ ދވަނަ އަންބަކަށް ހަދަން ތައްޔާރުވެގެންްނެވެ. މަލްސާގެ ހުއްދަވެސް ލިބިގެންނެވެ. ހުއްްދަ ނުދީފިނަމަ ވަރިކޮށްލަންވެސް އޭނާވަނީ ނިންމާފައެވެ. ކުޑަ ދުވަސްކޮޅެއްތެރޭ ވެވުނު ލޯބީގައި އޭނާ ދީވާނާ ވަމުން ދިޔައެވެ. އެތައް ފޮނި އުއްމީދުތަކެއްވެސް ކުރަމުން ގެންދިޔައެވެ. ކުރިއަށް ވާން އޮތްް ގޮތްް ނޭނގޭ ހާލުގައެވެ.
** **
އީނާ ކޮލެޖަށް ދާން ދިޔައިރު މަގުމަތި ފެންނަނީ ފަޅުކޮށެވެ. މެންދުރުގެ ވަގުތު ކަމަށް ވުމުން ކަންނޭނގއެވެ. ހިނގާފައި ދިޔަ އީނާގެ ލޮލުގައި ޖައުޝްމެންގެ ގެ އަޅައިގަތެވެ. ބޭއިޚްތިޔާރުގައި މަގުގެ އަނެއް ފަރާތަށްް ބަލާލެވުނީ އެދެމުންދިޔަ ސޫރަ ފެންނާނެ ކަމުގެ އުއްްމީދުގައެވެ. ނަމަވެސް އެއުއްމީދުވެސް ވީ ބޭކާރެވެ. އޭނާގެ ހިތް ޖައުޝްްގެ ސޫރަ ދެކެލުމަށް ބޭޤަރާރު ވަނީއެވެ. އެސޫރަ އޭނާގެ ހިތުގައި ބިންވަޅު ނެގިއްޖެއެވެ. މަޑު ހިނގުމެއްގައި އީނާ ގޮސް
އެގޭގެ ދޮރޯށީގެ ތަޅުގައި ހިފާލިއެވެ. ނަމަަވެސް ތަޅުލާފައި ހުރުމުން ހިތަށްް މާޔޫސްްކަން ވެރިވިއެވެ. “އެކޮއެ ސަލީމާއި އައިމިނަޔާއި ދެމީހުންގެ ދެދަރިން ބަދަަލު ވެއްޖެޔޯ އިނގިރޭސި ވިލާތަށް” ފަހަތުން އިވުނު ދައްތަގެ އަޑުން އީނާއަށް ސިހުން ލިބުނެވެ. “އެ..އެހެންްތަ؟” އީނާއަށް ދަތިކަމާއިއެކު އަހާލެވުނެވެ. “އާނ. ތިޔަގެ ވިއްކާލާފަޔޯ ފުރީ ކީއްކުރަންތަ އެކޮއެ މިގެއަށް ތިޔައީ؟” ސަމީމަ ދައިތަ އަހާލިއެވެ. “މި ޖައިޝާ ހޯދަންް އައީ” ޖައުޝްގެ ނަން ނުބުނަން ވެގެން ބުނެލީ ޖައުޝްގެ ކޮއްކޮ ޖައިޝާގެ ނަމެވެ. ސަމީމަ ދައިތަޔަކީ ވަރަށް އަނގަގަދަ މީހެއްކަމުންް މުޅި ރަށުގައި އެވާހަކަ ފަތުރާލާނެއެވެ. އަދި ސަމީމަ ދައިތަޔަށް ނޭނގި ރުކަކުން ފަނެއްވެސް ނުވެއްޓޭނެއެވެ. މުޅި އޮޑީގައި ހަަސަނުގެ ދެފަޔޭ ބުނާހެން ސަމީމަ ދައިތަގެ ‘ނެޓްވޯކް’ މުޅި ރަށުގައި އޮންނާނެއެވެ. “އެހެންތަ؟ ދެން މިހާރު..” ސަމީމަ ދައިތަ މިހެން ބުނެފައި ހުއްޓާލިއެވެ. “ދައްތާ ކުލާހަށްދާން ވަރަށްް ލަސްވާތި މިދަނީ އިނގޭ” ސަމީމަ ދައިތަގެ ޖުމްްލަ މެދުކަނޑާލަމުން އީނާ ބުނެލީ ‘ސަމީމާ ނިއުސްގެ’ ނިއުސްް ކާސްޓަރުގެ ސުވާލުތައް މުޅި ދުވަހު އެތާނގައި ހުއްޓަސް ހުސްނުވާނެތީއެވެ.
** **.
“ނައުރީން ކޮބާ ރަޖުއާނާއި ތިދެމީހުންގެ ގުޅުން ރަނގަޅުތަ؟” ގޭގެ އުނދޯލީގައި ނައުރީން އިންދާ ސަލާމް ގޮވާލުމެއްވެސް ނެތި އައިސް ޒަލަފް ގެއަށް ވަދެގަތެވެ. ނައުރީން އަނގައިން ނުބުނެ އިނެވެ. “ރަނގަޅެއް ނުވާނެތާ ދޯ! މީހެއްގެ ފިރިޔަކާއި ވިއްޔަ ތިއުޅެނީ ހިތާވެގެން. ދެބަޔަށ ލޯބިބަހަން އުނދަގޫވާނެތާ ދޯ. ޕިސްޕސް ކީކޭދެން ބުނާނީދޯ. ނައުރީންމެންވެސް. ހަހަހަ” ޒަލަފް ނައުރީން ރުޅިއަރުވާލަން ވެގެން ބުންޏެެވެ. “ހަޔާތްކުޑަ! ކީކޭ ކިޔާނަމޭ ހިތާތަ ތިއުޅެނީ؟ ރަޖުއާންއަކީ ހަމައެކަނި މަގޭ ހައްގެއް.” ނައުރީން ހަޅޭއްލަވައިގަތެވެ. “ސާބަހޭ ދޫނީ. އަހަރެންތޯ ނޫނީ ދޫނި ހިތާވެގެން ތިއުޅޭ ސޮރުތޯ ހަޔާތް ކުޑައީ ބަލާލަން ޖެހޭނީ ޓެސްޓެއް ހަދާލަން. އެޓެސްޓުގައި އިންނާނީ އެންމ ސުވާލެއް! ތިއީ މީހެއްގެ ފިރިއއްތަ؟ ވަގުތުން ދޫނި ހިތާވެގެން ތިއުޅެ ސޮރު ގަނޑުވާނެ. އަހަރެން ބުނާނަން ނޫނެކޭ ވަގުތުން.” ޒަލަފް މަޖާ ގޮތަކަށް ބުނެލިއެވެ. “ނޫން އެހެނެެއް ނުވާނެ. ކަލޭ ބަލަން ހުންނާތި މިރޭ އަހަރެން ރަޖުއާން ގާތު އަހާނަން. ހަޔާތްކުޑައީ ކާކުކަން އެނގިދާނެެތާ އޭރުން” ނައުރީން ރުޅިއައިސްފައި ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. “މީނަގެ އަނގަވެސް ހާދަ ބޮޑުވެއްޖޭ، ތި އަނގަވެސް އަދި މައިތިރި ކޮށްލާނަން” ޒަލަފްގެ އަޑުގައިވަނީ ބަދަލު ހިފުމުގެ ވަރުގަދަ ރޫހެކެވެ.
** **
“މަންމާ އަޅުގަނޑު ބަދަލްވެސް މިވީ އީނާއަށްޓަކައި. އެލޯތްބަށްޓަކައި. އެލޯތްބާއި ނުލާ އަޅުގަނޑަކަށް އިތުރަށް އންމެ ސިކުންތަކުވެސް ކެތް ނުކުރެވޭނެ” ޖައުޝްގެ ހިތްވަނީ ހަލާކުވެފައެވެ. “ހިތްވަރުކުރޭ ދަރިފުޅާ. ރަނގަޅުގޮތެއް މެނުވީ ނުވާނެ،” އައިމިނަަތުގެ ހިތްވެސް ވަނީ ހަލާކުވެފައެވެ. އެދަރިފުޅު ކުރާ ހިތާމަ އެންމެ ގާތުން ފެންނާނީ އޭނާއަށެވެ. “ދޮންބޭ ދެން އާދޭ އެތިކޮޅެއް ކާލަން. ޖައިއަށް ޔަގީން އީނާއްތަވެސް ދެރަވާނެކަން ދޮންބެ ނުކަންޏާ. އީނާއްތައަށްޓަކައި ވިޔަސް މި ނޫޑްލްސް ކޮޅު ކާލަބަލަ” ޖައިޝާގެ މޫނުމަތިންވެސް ފެންނަނީ ހިތާމައެވެ. “އެންމ ރަނގަޅު. އީންވެސް އުފާވާނީ އަހަރެން ރަނގަޅަށް ކިޔަވައިގެން މޮޅުވީމަ. އަހަރެން ބަދަލްވީމަ. ދީނާއި ގާތްވީމަަ. އަހަރެން އީންއަށް އިންތިޒާރު ކުރާނަން.” ޖައުޝް ވަރުގަދަ އަޒުމަކާއިއެކު ބުނެލިއެވެ. ޖައިޝާއާއި އައިމިނަތުގެ ދެމެދުގައި ހިނިތުންވުމެއް ބަދަލްކޮށްލިއެވެ.
** **
ފަތިހުގެ ފިނިފިނި އަރާމު ވަގުތުކޮޅު މުޅި ރަށްވެސް ވަނީ ނިދާާފައެވެ. ނަމަވެސް ނައުރީން، ޝާހާ، އީނާ، ރަޖުއާން އަދި ޝިޔާން ތިބީ ކުޅުދުއްފުށީ ބަނދަރުގައެވެ. ޖެހިލާ ފިނިފިނި ވައިރޯޅިތަކުން މުޅި ހަށިގަނޑު ހީބިހި ނަގުވާލައެވެ. އެފިނިކަމުގައި ވަނީ މަސްތީ އަސަރެކެވެ.. ރަޖުއާން ހުރީ ނައުރީންގެ ގައިގައި ބައްދާލައިގެންނެވެ.. އީނާގެ ލޮލުން ފާޅުވަނީ ބޭޤަރާރުކަމެވެ. ހިތުގައިވަނީ ފަޅުކަމެވެ. މޫނުމަތީގައި ހިނިތުންވުމެއް އަދި ދިރުމެއްވެސް ނުވެއެވެ. އެހިތް އެދި ގޮވަނީ ޖައުޝްއަށެވެ. ޖައުޝްގެ ލޯބިން މުޅި ހަޔާާތް ވެއަތު ކޮށްލުމަށެވެ. އެހެނަސް އޭނާއަކަށް ދެން އެފުރުސަތެއް ނެތްކަމަށް ހީވާން ފެށިއެވެ. “ކޮބާ އާދޭ އަަރަން” މުހައްމަދުބެ ގޮވާލިއަޑަށް އެންމެންވެގެން ދޯންޏަށް އެއްޗެހިތައް އަރުވަން ފެށިއެވެ. ހިނދުކޮޅެއްގެ ތެރޭ އެމަސައްކަތް ނިމުމުން ދޯނި ސްޓާޓް ކޮށލިއެވެ.
** **
ކުޅުުދއްފުށި ފަޅުން ދޯނި ނުކުތްއރ ކަނޑު މަޑެވެ. ކަނޑުގައި ދޫލަ އަޅާލާފައިވާ ފަދައެވެ. އިރު ސަތަހައިން ދައްކާލީވެސް އެވަގުތުއެވެ. އެކި މީހުންގެ ފޯނު ތަކުގައި ދިޔައީ އެ ހިތްގައިމު، ގުދުރަތީ ވަގުތުކޮޅު ރައްކާ ކުރަމުންނެވެ. ދެރަށު ދޭތެރޭ ކަނޑުއޮޅިއަށް އާދެވުމުން ފުދޭވަރަކަށް ކަނޑު ގަދަވިއެވެ. ނައުރީންއަކީ ނުހަނު ކަނޑަށް ބަލި މީހެއްކަމުން އޭނާ ހޮޑުލަވައިގަތެވެ. ނައުރީން ގޮވައިގެން ކޮޅުފަސްކޮޅަށް ދިޔައީ ރަޖުއާނެވެ. ހޮޑުލައި ނިމިގެން ނައުރީން އައިއިރު އެންމެން ތިބީ ޓްރުތް އޯ ޑެއަރ ކުޅެން ތައްޔާރު ވެގެންނެވެ. “ކަމޯން. ލެޓްސް ޕްލޭ ޓްރުތް އޯ ޑެއާރ” ޝާހާ ބުނެލިއެވެ. އެދޯނީގެ އިންޖީނުގެ އަޑުމަޑުކަމީ އެމީހުންގެ ނަސީބެވެ. ޝާހާ ދަބަހުން ފުޅިއެއް ނަގައި އަނބުރާލއެވެ. ފުޅި އެންމެ ފުރަތަމަ ޖެހުނީ ޝާހާއަށެވެ. ޝާހާ ނެގީ ޑެއާއެވެ. “ކިސް ޝިޔާން!” އީނާ ދޫނެރެލަމުން ބުނެލިއެވެ. “ދެން
ނޫންް.” ޝާހާ ބުނެލިއެވެ. “ދޯނީގައި އިންނަން ބޭނުމިއްޔާ! ކިސް ހިމް ނައު” އީނާ އަމުރުކޮށްލިއެވެ. ދެލޯ މރާލަމުން ޝާހާ ޝިޔާންގެ ކޮލުގައި ބޮސްދިނެވެ. ޝިޔާންއަށް ދެލޯ މަރާލެވުނެވެ. އެންމެންގެ ހޯބޯ ލެއްވުމުގެ އަޑުން ދޯނީގެ ފަޅުކަން ފިލުވާލިއެވެ. “ހޫން. ކަލޭމެން ބޭނުންވި ކަންތައް ވެއްޖޭނުން” ތުން ދަމާލަމުން ކުޑަކުއްޖެއްހެންް ޝާހާ ބުނެލިގޮތުން ޝިޔާންގެ ގާތަށްވެސް ހިނިއަންނަ ގޮތް ވިއެވެ. “އޯލްރައިޓް ! ހިނގާ ބަލަމާ ދެން ކާކަށްކަން ޖެހެނީ” ޝާހާ ބުނެލިއެވެ. ފުޅި އެނބުރެމުން ގޮސް ޖެހުނީ ރަޖުއާނަށެވެ. “މަޑުކުރޭ! އާންއާއި ސުވާލުކުރާނީ އަހަރެން” ނައުރީން ބުނެލިއެވެ. އެންމެންގެ މޫނުން ހައިރާންކަން ފެނިލިއެވެ. “ހޫމް ރަޖުއާން މެރިޑްތަ؟” ނައުރީން އަހާލި ސުވާލާއިއެކު މާހައުލުގައި ބޮމެއް ގޮއްވާލި ފަދައެވެ. ރަޖުއާންއަށް ހީވީ ހަފަރާތުން އައިސް އޭނާ ފިއްތާލި ހެންނެވެ. ލިބުނު ސިހުމުގައި އަނގައިން ބަސްހުސްވިއެވެ. ޖަވާބު ނައިސް ލަސްވަމުން ދާތީ ނައުރީންގެ ދެލޮލަށް ކަރުނަ ޖަމާވީ އިޚްތިޔާރަކާއި ނުލައެވެ. ޒަލަފް ބުނި ބަހުގެ ތެދުކަންވެސް އެވަގުތު އިހްސާސްވިއެވެ. “އަހަރެންގެ ހަޔާތުގައި ނައުރީން ނޫން އެއްވެސް އަންހެނަކު ނެތް.” ރަޖުއާން ހަމަޖެހިލމުން ބުނެލިއެވެ. ނައުރީންގެ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބުނީ ދެނެވެ. ހަމަހިމޭންކަމުގެ ސުކޫތެއް ދިޔުމަށްފަހު ޝާހާ އަނެއްކާވެސް ފުޅި އަނބުރާލިއެވެ. މިފަހަރު ޖެހުނީ އީނާއަށެވެ. “ކިހާވަރަކަށް ޖައުޝް ދެކެ ލޯބިވަން” އީނާގެ ޖަވާބު އަންނާނެގޮތް އެނގޭހާލު ޝާހާ އަހާލީ ހިނިގަނޑު ހިފަހައްޓާލަމުންނެވެ. “މުޅި ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗަކަށްވުރެ ވެސް ބޮޑަށް” އީނާއަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ. އެއާއިއެކު އެންމެންގެ މޫނުމަތިން ފާޅުވީ ހައިރާންކަމެވެ. “ކީކޭ؟ އީން މޮޔަވީތަ؟” ޝާހާގެ މޫނުން ހައިރާންކަން ފިލައިނުދެއެވެ. “އާނ! ޖައުޝްގެ ލޯބީގައި ރަނގަޅަށްވެސް އަހަރެން މޮޔަވެެއްޖެ، ޖައުޝް ނުލިބުނަސް އަހަރެން ނިމިދާނީ އެލޯބީގައި.” އީނާގެ އަޑަކު ސަމާސާގެ އެއްވެސް ރާގެއް ނެތެވެ. ޝާހާ ދޫކޮށްލީ ފުންނޭވާ އެކެވެ. ބުނާނެ އެއްޗެއްވެސް ނެތުމުންނެވެ.
** **
45 މިނިޓުގެ ދަތުރަކަށްފަހު ނޮޅިވަރަންފަރުގެ ފެހިކަންްްގަދަ މަލަަމަތި ދައްކާލިއެވެ. ރަޖުއާން އާޝޯޚްވެފައި ބަލަހައްޓަައިގެން ހުއްޓެވެ. ހަގީގަތުގައިވެސް ރާއްޖޭގެ ފަރުތަކުގެ ރީތިކަން ނުފެނި މިދުނިޔެ ދޫކުރުމަކީ ލަދެއްކަން އެވަގތު އޭނާއަށް އިހްސާސް ކުރެވުނެވެ. “ޢާންް ތިހުރީ ހަމަަ އަންތަރީސްވެފައި ދޯ، އަހަރުމެން ވަރަށް ގިނައިން މިގޮތަށް އަންނަން” ނައުރީން ހިނިއައިސްފައި އަހާލ ރަޖުއާން ހުރިގޮތް ފެނިފައެވެ. “އެހެންތަ؟” މިހެންބުނެ ރަޖުއާންގެ އަތްދަނޑި މައްޗަށް ނައުރީން ލައިގެން ދޯނިން ފުންމާލިއެވެ. އެއްގަމަށް އަރާފައިވެސް ނައުރީން ދިޔައީ ރަޖުއާންގެ ފަހަތުން ދުވަމުންނެވެ. އެދެމީހުން މިދަތުރުގައި މަޖާކުރަމުން ގެންދިޔައީ މިއީ އެމީހުންގެ ހަޔާތް ބަދަލުކޮށްލުވާނެފަދަ ހާދިސާއެއް ހިނގާނެ ދަތުރެއްކަން ނޭނގޭ ހާލުގައެވެ.
** **
ހެނދުނުގެ ސަޔަށް ހުރީ ކުޅިމަހާއި ރޮއްޓެެވެ. ހުރިހާ އެންމެންވެސް ނުހަނު ރަނގަޅަށް ސައިބުޔެވެ. ގަހެއްގެ ދޮށުގައި ފިނިކޮށްލުމަށް ހުއްޓާ ރަޖުއާންްގެ ފޯނު ރިންގްވާން ފެށިއެވެ. މަލްސާގެ ނަން އަރާފައި އިނުމން މޫނަށްް ގޮތެއް ހަދާލެވުނެވެ “ހަލޯ! ކީއްކުރަނީ. އަސްލު ވަރަށް ސޮރީ އެދުވަހު ކަންތައް ކުރެވުނު ގޮތުން މާ ސްޓްރެސްވެފައި ހުރީމަ އެހެން ބުނެވުނީ. ކިހިނެއްްތަ ފަސްްޓްް މަންތް ޗެކަޕް، ބޭބީ ރަނގަޅުތަ؟” ރަޖުއާން އެއްްފައްޗަކަށް އަމުނާލިއެވެ. “އައި އަންޑަސްޓޭންްޑްް އިޓްސް އޯކޭ ބޭބީ. ފުރަތަމަ ޗެކަޕްް ރަނގަޅު. އެކަމް ބޭބީ ވަރަށް ޑެޑީ ނެތީމަ މިސްވެގެން އުޅޭ” މަލްްސާ ކިޔައިދިނެވެ. “އެހެންތަ؟ ބުނައްޗޭ ބައްޕި ވަރަށްްް އަވަހަށް ދާނެޔޭ. މިގަޑި ބިޒީވެއްޖެ އިނގޭ ކުޑަކޮށް. ފަހުން ގުޅާލާނަން. ބާއްވަނީ. ލަވްޔޫ ޑެޑީގެ ބޭބީ އެންޑް ވައިފީ” ރަޖުއާން ފޯނު ކަނޑާލިއެވެ. ފަހަތަށް އެނބުރުނު ވަގުތު ގައިޖެހޭ ނުޖެހޭ ހިސާބުގައި ހުރި ނައުރީން ފެނި ރަޖުއާން ދިޔައީ ސިއްސައިގެންްނެެވެ. އެވާހަކަތައް އިވޭނޭ އޭނާގެ ހިތް ބުނެލިއެވެ. ދެންމެ އެދެއްކި ވާހަކަތއް އިވޭކަަށް އޭނާ ބޭނުމެއް ނުވެއެވެ. ހިތާހިތުންް ދުއާކޮށްލީ ނައުރީނަށް އެވާހަކަތައް ނީއްވެވުމަށް އެދިއެވެ.
=ނުނިމޭ=
3 Comments!
Comments are closed.
Stry vrh reethi ????? zalaf haadha goohey. lailac beynumee naureen n rajaaan gulhen??n stry vrh intresting??? waiting for next part ?? alhe nau ah evahakathah adu ivunee tha.?? Nau vrh dhera vaane dhw??my heart is broken.??n rajaaan eyna wife ah cheat kuranee tha???
Stry vrh reethi ????? zalaf haadha goohey. lailac beynumee naureen n rajaaan gulhen??n stry vrh intresting??? waiting for next part ?? alhe nau ah evahakathah adu ivunee tha.?? Nau vrh dhera vaane dhw??my heart is broken.??n rajaaan eyna wife ah cheat kuranee tha???
N ive got ur comment ?? thanks a lot for sending such a lovely comment ?? stay safe bye ?
Nice story
Keep it up ☺️
When next part ?
Waiting…………..