ކަމެއް ނުވާކަމުގައި ބުނިނަމަވެސް ޔަނާލްގެ ހިތުގައި ހަސަދަވެރިކަމުގެ އޮއެވަރު ހިނގާލައިފިއެވެ. * * * * * ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ނަމަވެސް ފްރާންސްގެ މަގުތައް ފެންނަނީ ނުހަނު ބާރުބޮޑުކޮންނެވެ. ބެލްކަނީގައި ހުރި ޔަނާލްގެ ހިތަށް އުނދަގޫ ކުރަމުން ގެންދިޔައީ މިއަދު ދިމާވި ހާދިސާއެވެ. އެއަންހެންކުއްޖާގެ ސަބަބުން އޭނާގެ މުޅި ސިކުނޑިއަށް ހާސްކަމެއް ވެރިވެއްޖެއެވެ. ކިޔާން އޭނާ ދޫކޮށްފައި ދާންއުޅޭ ކަމުގެ އިންޒާރު އޭނާގެ ހިތަށް ލިބެމުން ދިޔައެވެ. އޭނާގެ ހިތަށް މިވަނީ ކީއްހެއްޔެވެ؟ ކޮންމެ އަންހެނަކު […]
ޔަނާލް ގޮސް ފާރުގައި ތަތްވިއެވެ. * * * * * ޔަނާލްގެ މޫނުމަތިން ފެނުނީ ފޫހިކަމެވެ. އުނދަަގޫވެފައި ހުރިކަމުގެ އަސަރުތަކެވެ. ނަމަވެސް އެކަމުގެ ހިލަމެއް ކިޔާންއަކަށް ނުވިއެވެ. ކިޔާންގެ ހިތުގައި އޮތް އެދުން ހާސިލްކުރުމަށް އޮތް ޝަައުގެއްގެ ބޮޑުކަމުން ކަންނޭނގެއެވެ. އެންމެފަހުން ޔަނާލަށް ކެތްނުވެގެން ކިޔާންގެ މޭގައި އަޅާ އެނދާއި ދިމާލަށް ކޮށްޕާލިއެވެ. “ސޮރީ!” އެނދުގައި އެެއޮތްގޮތަށް އޮވެ ކިޔާން ބުންޏެވެ. ޔަނާލް މަޑުމަޑުން އެެނދުގައި އިށީނެވެ. އަދި ކިޔާންގެ ބުރަކަށީގައި ފިރުމާލިއެވެ. “ޔާން! ފިރިހެނަކު […]
ޢއުޑުމަތީގއި ހުރި އޮރެންޖު ވިލާތަކުން ދިޔައީ އިރުއޮއްސެންް އުޅޭކަމުގެ އިންޒާރު ދެމުންނެވެ. މަގުމަތީގައި ހޭލަމޭލަވެ އުޅޭ މީހުންވެސް އަދަދަކަށްވުރެ އަދަދެއް ދިޔައީ މަދުވަމުންނެވެ. މަދުން ނަމަވެސް ދިވެހިންގެ އާދައެއް ކަމުގައިވާ ދެނަމާދު ދޭތެރޭ ގުރުއާން ކިޔެވުމުގެ އަޑު މިރަށުގެ ކޮންމެ ގެެއަކާއި ކައިރިވި ނަމަވެސް އިވެއެވެ. މުރާލި އެކުވެރި ހިތްހެޔޮ ބަޔަކު ދިރިއުޅޭ ރަށެކެވެ. ބ. އޭދަފުށްޓެވެ. ނަމަވެސް ފަޒާއަށް ވެރިވެގަތް އަނދިރިކަމާއެކުވެސް ފުށްޓަރުފަރާތު ޖޯލީގައި އަންހެން ކުއްޖަކު އޮތެވެ. އަނގައިން މަޑު ގިސްލުމެއްގެ އަޑު ބޭރުވޭވޭ […]
އޭނާގެ ދެލޯ ބޮޑުވިއެވެ * * * * * ކުރިމަތީ އެހުރީ ޔަނާލް ދުވަހަކުވެސް ދެކެފައިނުވާ ރީތިކަން ހުސްކޮށްލައިގެން ހުރި ފިރިހެނެކެވެ. ނަމަވެސް ޔަނާލް އަށް މީހެއްގެ އޯގާތެރިކަން އެވަގުތުކޮޅު އިހްސާސް ކުރެވުމުން އެމޭގައި މޫނުފޮރުވާލެވުނެވެ. އެ ޒުވާނާވެސް ޔަނާލް ރޯނެވަރަަކަށް ރޯން ދޫކޮށްލައިގެން އިނެވެ. “ހެއި! ގާލް ވަޓްސް ރޯންގް ވިތް ޔޫ” އެ ޒުވާނާ އޯގާތެރި ރާގަކަށް ބުނެލިއެވެ. ޔަނާލަށް ކުރެވުނު ކަންތައް ރެއަކާލީވެސް ދެނެވެ. ޔަނާލް އަވަސް އަވަަހަށް އެތަނުން ދާން […]
ބޯކޮށް ވާރޭ ވެހެމުން ދިއުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ވަނީ ފެން ބޮޑުވެފައެވެ. ދުއްވާ އެއްޗެހިން މަގުތައް ފުރިފައި ވީނަމަވެސް އެއަށް ބެލުމެއް ނެތި ނަޝްފާ ހިނގައިގަތީ ގެއަށް ދިއުމަށެވެ. އޭރު ގަޑިން އެގާރަގަޑި ތިރީސްވަނީއެވެ. ކުލާސް ނިމުނުތާ އޭރު ގަޑިއެއް ހާއިރު ވެއްޖެއެވެ. އެހެނަސް ވާރޭވެހޭތީ ސައިރިކްސް އަސްކެނި ދަށުގައި މަޑުކޮށްލައިގެން ހުރީއެވެ. މާވެޔޮ މަގުން ހިނގަމުން ދިޔައިރު ނަޝްފާގެ މޫނުމަތިން ފެންނަނީ ހާސްކަމާއި ބިރުވެރިކަމެވެ. ވާނީވެސް އެހެންތާއެވެ. މާލޭގެ މަގެއް މަތީ ރޭނގަޑު އެކަނި […]
ސިއްސައިގެން ގޮސް ޔަނާލަށް ހޭލެވުނުއިރު އޭސީގެ ފިނިކަމުގައިވެސް މުޅިމީހާގެ މޫނުމަތި ވިދަމުންދިޔައީ ދާތިކިތަކެވެ. އެ ސިހުމުގައި އިނދެ ކައިރީގައި ހުރި ލޭމްޕް ޖައްސާލިވެ. މި ފެނުނީ ކޮންކަހަލަ ހުވަފެނެެއް ހެއްޔެވެ؟ ނުބައި ކަމެއް ވާން އުޅޭ ކަމުގެ ހިލަން އެހިތަށް ވިއެވެ. މިއަދު ޔުއާން ކިތަންމެ ވަރަކަށް ރުޔަސް ރަސްފަންނަށް ނުދާން ނިންމިއެވެ. ދެން މިރޭގެ ނިދިކޮޅު ޚަރާބުވީކަން ޔަގީންވުމުން ބާލުޚާނާއަށް ދެވެން އިންނަދޮރު ކަހާލިއެވެ، އެއާއެކު އެ މޫނުގައި ބީހިލީ ތާޒާ ވައިރޯޅިތަކެވެ. އެވައިރޯޅިތަކުންވެސް އޭނާގެ […]
ބުނާނެ އެެއްޗެެއް ޔަނާލްގެ ދުލަކަށް ނައެވެ. އެހިތި މާޒީ އައިިސް އޭނާ ވަށާލިއެވެ. އެ ދަރިފުޅުގެ ބައްޕައާއި ދޮންކާފައަކީ އެކަކުއޭ އޭނާ ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟ އޭނާގެ ލޮލުން ކަރުނައެއް ނީރާލިއެވެ. “އަޅެ މަންމީ! ސޮރީ. ދެން އާން ނާހާނަން އެހެންނެއް” ޔުއާން ދެރަވެލާފައި ލޯބި ގޮތަކަށް ބުނެލިއެވެ. “މާމަގެ އާން ކޮބާތަ؟ ފްލައިޓަށް ދާގަޑި ޖެހެނީއޭ” ޔައުލާ އައިސް ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ. “މާމާ! ޕްލޭން ވަރަށް ހިޔުޖް ވާނެތަ؟” ޔުއާން ބޯއަރިކޮށްލަމުން އަހާލިއެވެ. […]
ބުނާނެ އެެއްޗެެއް ޔަނާލްގެ ދުލަކަށް ނައެވެ. އެހިތި މާޒީ އައިިސް އޭނާ ވަށާލިއެވެ. އެ ދަރިފުޅުގެ ބައްޕައާއި ދޮންކާފައަކީ އެކަކުއޭ އޭނާ ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟ އޭނާގެ ލޮލުން ކަރުނައެއް ނީރާލިއެވެ. “އަޅެ މަންމީ! ސޮރީ. ދެން އާން ނާހާނަން އެހެންނެއް” ޔުއާން ދެރަވެލާފައި ލޯބި ގޮތަކަށް ބުނެލިއެވެ. “މާމަގެ އާން ކޮބާތަ؟ ފްލައިޓަށް ދާގަޑި ޖެހެނީއޭ” ޔައުލާ އައިސް ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ. “މާމާ! ޕްލޭން ވަރަށް ހިޔުޖް ވާނެތަ؟” ޔުއާން ބޯއަރިކޮށްލަމުން އަހާލިއެވެ. […]
ޔަނާލް ފެންވަރާ ތާޒާވެލައިގެން ހޮސްޕިޓަލަށް ދިޔައީ ލިބެންއުޅޭ ނުބައި ޚަބަރުގެ ހިލަމެއް ނުވާ ހާލުގައެވެ. ސާދާގޮތަކަށް ހުރި ޔަނާލް އެވަގުތުވެސް ނުހަނު ފުރިހަމައެވެ. އަންހެންވަންތަ ހިނގުމެއްގައި އައިސީޔޫއާއި ހަމައަށް ދިޔައިރު އެމޫނުމަތީގައި އެއްވެސް އުފާވެރިކަމެއް ނުވެއެެވެ. އިތުރަށް އެމޫނުމައްޗަށް ހާސްކަމުގެ ކުލަވަރު ވެރިވީ އައިސީޔޫ ކައިރިއަށް ދެމިފައި ކަހަލަ ގޮތަކަށް އިން ޔައުލާ ފެނިފައެވެ. “މަންމާ ކިހިނެއްވީ؟” ހާސްވެފައިވާ އަޑަކުން ބުންޏެވެ. މަގޭދަރިއެއް ނެތޭކިޔާ ޔައުލާ ރޮއެގަތެވެ. ޔަނާލްް ކަނޑާވައްޓާލި ރުކެއްހެން ބިންމައްޗަށް ވެއްޓެން ދިޔައެވެ. އޭގެ […]