Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަލޯބި

ލޯތްބެއްގެ ފެށުން

🌹YEOJA🌹 Level 610 Stories100 Login100 Comments
May 16, 2021 6 Mins Read
9 Comments

ހަވީރުގެ ވަގުތެވެ. އެކިއެކި ފުރައިގެ މީހުން އެތްވެފައިވާ އަތިރިމަތީގައި ހުރި ދިއްގާ ގަހުގެ ހިޔާވެހިކަން ހޯދައިފައި ވާ ހެއްލާ ޖޯލީގައި އިން ޒިވިޔާ ގެ އަތުގައި ވާހަކަ ފޮތެއް އޮތެވެ. އަޅައިފައިވާ ވަށް ލޯކޮޅެއް އިންނަ އައިނުގެ ސަބަބުން އެމޫނަށް ފުރިހަމަ ކަމެތް ގެނެސްދެއެވެ. ދޭތެރެ ދޭތެރެ އިން ވާހަކަ ފޮތައް ގެއްލިފައި އިނދެވެސް އިށީދެގެން އިން ޖޯލި ހެއްލާލައެވެ. ކިޔަމުން ދިޔަ ހިތާމެރި ވާހަކައިގެ ސަބަބުން ޒިވިޔާ ގެ ލޯ ބައެތްފަހަރު ފުސްވެގެން ވެސް ދެއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ވަށާބަލާލުމަތްފަހު ނުވާކަމަކަށް ހަދާފައި ޒިވިޔާ އޭނާ ގެ ލޯފުހެލަނީ ސިއްރުވެރިކަމާއެކުއެވެ. މިފަހަރުވެސް މީއެކަހަލަ ފަހަރެކެވެ. ކިޔަމުން ދިޔަ ފޮތުގެ ގަނޑު ލައްޕާލުމަތް ފަހު އަޅައިގެން އިން އައިނު ލޮލާ ވަކިކޮށްލަމުން ދެލޯ ފުހެލިއެވެ. ” ސާބަސް އެއްކަލަ މާމަ ދޯ ހަމަ ހިތާމަވެރި ތަންކޮޅެއް އަންނަ ތަނުން ރޯން ފަށާނެ ، ދެން ޒިވީ އަތުގައި ހުރި ވާހަކަ ފޮތްތައް އަތުލާނީ އޭ ރޮންޏާ ” ޒިވިޔާ އިން ޖޯލީގެ ފަހަތުގައި ހުރެފައި ކުރިމައްޗައް އަރަމުން ދިމާކުރާ ރާގެއްގައި ޝިޔާން ބުނެލިއެވެ. ޒިވިޔާ އާއި ދިމާލަށް އޭނާ އައިނު އަޅާފައި ހުންނާތީ އަބަދުވެސް ދިމާކުރަން ޝިޔާން ކިޔަނީ މާމަ އެވެ. ކުއްލިއަކަށް ކުރިމައްޗަށް ޝިޔާން އެރުމުން ޒިވިޔާ ދިޔައީ ސިއްސާގެންނެވެ. އެ ފިރިހެން ވަންތަ ސޫރަފެނުމާއެކު ވަކިން ޒިވިޔާ ގެ ހިތް ތެޅެލިއެވެ. ކުޑައިރުއްސުރެ ޒިވިޔާ ގެ ރަޙްމަތްތެރި އެތްގެ މަގާގުގައި ހުރި ޝީޔާން ގެ ނަން ހިތުގައި ލިޔެވުނީ ފުރާވަރުގެ ދުވަސްކޮޅެވެ. އެހެނީ ފުރާވަރުގެ ދުވަސްކޮޅަކީ ކޮންމެ އެ ޢުމުރުފުރައިގެ ކުއްޖެއްގެ ވެސް ހަޔާތުގައި އަންނަ ޙާއްސަ ދުވަސްކޮޅެކެވެ. އެދުވަހުން ފަށާގެން ވެސް ޒިވިޔާ ޝިޔާން ދެކެމުން އައި ނަޒަރިއްޔާ ބަދަލުވެގެން ދިޔަ ހިތުގައި އުފެދިގެން ދިޔަ އިޙްސާސް ތަކުގެ ސަބަބުންނެވެ. ހިތުގައި ހިނގަމުން ދިޔަ ކަންކަން އެތްފަރާތް ކޮށްލަމުން އެހެން ފަހަރުތަކެކޭ އެއްގޮތައް ޒިވިޔާ މޫނުމަތީގެ އަސަރުތައް ބަދަލުކޮށްލިއެވެ. ” ދެން ހެވެއްނު ޝިޔާން ދެން އަހަންނާ ދިމާލަށް މާމަ ނުކިޔަބަލަ ސުކޫލުގައި ވެސް ކުރީގާ ބައެތް ކުދިން އަހަންނާ ދިމާލަށް މާމަ ކިޔަނީ ، މިހާރު ވެސް ސުކޫލު ނިމުނެތް ކަމަކު މަގުމަތިން ދިމާވިޔަސް ކުދިން މާމަ ކިޔާފާ ގޮވާނެ ، އެވެސް ޝިޔާން ކިޔާ އަޑުއިވިގެންނޭ ، އެހެންނޫނަސް ޝިޔާން ކުރިން ރައްޓެހިވެގެން އުޅުނު ކޮއެ ވެސް ހުންނަނީ އައިނު އަޅާފައި ދެން ވަކި ކީއްވެ އަހަންނާ ދިމާލަށް ކިޔަނީ ” ޝަކުވާގެ ރާގަކަށް ޒިވިޔާ އެންމެ ފަހު ޖުމްލަ ބުނެލިއެވެ. ” ސާބަސް އައިކާ އާއި ޒިވީ ތަފާތޭ އެހެންނޫނަސް އެ މަންޖެ ގެ ވާހަކަ ދެއްކުމަތް ވުރެ ރަނގަޅުވާނެ އެހެން މީހެއްގެ ވާހަކަ ދެއްކިޔަސް ، އެކަމަކު ދެން ޒިވީ އާ ދިމާލަށް މާމަ ކިޔުމެތް ނުހުއްޓޭނެ ދޯ މިހާރު ދެވިހިފާފަ މިހުރީ ސޯ ސޮރީ ” ލާނެތް ރާގަކަށް ޝިޔާން ބުނެލިއެވެ. ” ދެން ހެޔޮ އެހެންނޫނީ ތީ ކާފަ ” ގޮތްދޫނުކުރާ ރާގަކަށް ޒިވިޔާ ބުނެލިއެވެ. ” ވަޓް އެވާ ” ދެޖީބައް އަތްޖަހާލަމުން ދުރުބަލައިލަމުން ޝިޔާން ބުނެލިއެވެ. އެހެންނަމަވެސް އެ ތުންފަތުގައި ވާ ފިރިހެންވަންތަ ހިނިތުންވުން އަދިވެސް ވެއެވެ. ” ދެން ހިނގާ ދާން މަންމަ ހޯދާނެ މިހާރު ” ޖޯލިން ތެދުވެލަމުން ޒިވިޔާ ބުނެލިއެވެ. ” ދާން އިނގިއްޖެ އެތް ނު ދޯ ގައިމު ކިހާ އިރެތް މިވަނީ ތިތާ އިންނަ ތާ އަދި އަހަރެން ތިހުރިހާ ވާހަކަ ތަކެއް ފޮރުވާނަން އިނގޭ ” ޒިވިޔާ އަތުގައި ހިފާ ހުއްޓުވަމުން ޝިޔާން ބުނެލިއެވެ. ” ހޫމް އޯކޭ އޭ ބޮލިރަވައެތް ހެން ދެން ނުތަޅުވާ އާދޭ ދާން ” ޝިޔާން ގެ އަތުން އަތް މިނިވަން ކުރަމުން ޒިވިޔާ ހެމުންހެމުން ބުނެލިއެވެ. އެއްޗެކޭ ނުބުނެ ދެފަރާތައް ބޯހޫރުވާލަމުން ޝިޔާން ޒިވްޔާ ގެ ފަހަތުން ހިނގައިގަންނަން ދިޔައެވެ. ދެޖީބަތް އަތްޖަހާލައިގެން ހުރެ ހިނގަމުން ދިޔަ އިރު ޝިޔާން ގެ ނަޒަރު ޒިވިޔާ އިން ވަކި ނުވެއެވެ. ޒިވިޔާ ގެ ކޮންމެ ހަރަކާތެއް ހިތުގައި ބިންވަޅުނެގެމުން ދިޔައީ އެންމެ ފުންމިނުގައެވެ. ހިތުގައި ވާ އިޙްސާސް ތައް ބޭރުކޮށްލަން ވަގުތުން ޝިޔާން ގެ ހިތް އެދުނެވެ. އެހެންނަމަވެސް އެކަން ކުޜާނެ ހާ ހިތްވަރު ނެތީ ޒިވިޔާ އޭނާގެ ހުށައެޅުމަތް ފުރަގަސް ދީފާނޭތީއެވެ.  އެކުގައި ދެމީހުން ޒިވިޔާ މެންގޭ ދޮރާށިން އެތެރެ އަށް ވަތީ އެކަކު އަނެކަކާ އެކިކަން ކަމުގައި ދިމާކުރަމުންނެވެ. އެއިރު ވަށާފާރުތެރޭގައި ހުރި ޖަނބުރޯދް ދަސްދަށުގައި ހުރި ޖޯލީގައި އޮލަވާހަކައިގައި ޒިވިޔާގެ މަންމަ މަލީހާ އަދި ޝިޔާން ގެ މަންމަ ޒުލޭހާ ތިއްބެވެ. އެތެރެ އަށް ޒިވިޔާމެން ވަތުމާއެކު ދެމީހުންގެ ސަމާލުކަން އެދެމީހުންނަން ހުއްޓުނެވެ. ” އަހަ ދަރިފުޅުމެން ތިއައީ ދޯ ” މަލީހާ ބުނެލިއެވެ. ” މަންމަ މިގޭގާ ! ” ހައިރާން ވެފައި ހުރެ ޝިޔާން އަހާލިއެވެ. ” އާން ދަރިފުޅާ މަންމަ ވެސް ހަވީރުގަނޑިވީ މާ މަލީހާ ކައިރި އަށްޖައްސާލީ އަޅެ ފަހެ މީ ދަރިފުޅު ޙައިރާން ވާވަރުކަމެތްތަ ” ޒާތަކަށް ހިނިތުންވެލަމުން ޒުލޭޙާ ބުނެލިއެވެ. ޝިޔާން އަށް ކުރެވުނު ކަމަކީ ބޮލުގެ ފުށްކިބަ ކަހާލުމެވެ. ޒިވިޔާ އޭރު ހިނިގަނޑު ހިފަހައްޓައިގެން ހުރެވެނީ ކިރިޔާއެވެ. ޝިޔާން ގެ މޮޔަކާމެދު އޭނާ ޙައިރާން ވާހާވަރެތް ނުވެއެވެ. އެހެނީ ކުޑައިރުއްސުރެ އެކަކު އަނެކަކު ދަނެ ހަދާތީ ދެމީހުންގެ ސިފަތައް އެކަކު އަނެކަކަށް ނޯޅިއެތް ނުހުރެއެވެ. ” ދަރިފުޅާ ދޭބަލަ ޝިޔާން ގޮވާގެން ސައިބޯން މަންމަ ހުންނާނެ ސައިހަދާފައި ” މަލީހާ ބުނެލިއެވެ. މަންމަ ގެ ބަހަށް ކިޔަމަން ވަމުން ޒިވިޔާ ޝިޔާން އަށް ބަލާލަމުން ގެއަށް ވަންނަން ހިނގައިގަތެވެ. ޝިޔާން ވެސް ޒިވިޔާ ފަހަތުން ހިނގައިގަތެވެ. ” މަލީ ، އަހަރެން ވަރަށް އުންމީދުކުރަން މިދެކުދިން ގުޅޭނެކަމަށް ޝިޔާން އަށް އެންމެ އެކަށީނީ ވެސް ޒިވިޔާ އަހަރެންގެ ނަޒަރުގައި އަނެތްކާ އަހަރުންގެ މި ގުޅުން ވެސް ޕްރޮމޯޝަން ވާނެ އެތް ނު ދޯ ” އެންމެ ފަހު ޖުމްލަ ބުނެލަމުން ޒުލޭހާ ހިނިގަނޑެއް ޖަހާލިއެވެ. މަލީހާ ވެސް އެ ހިނިގަނޑުގައި ބައިވެރިވެލަމުން ވާހަކަ ދެއްކިއެވެ. ” އަހަރެން ވެސް ވަރަށް ހިތައް އަރާ މިދެދަރިން ގުޅޭނެ ނަމައޭ އެކުގައި އުޅޭއިރުވެސް ކިހާ ގުޅޭދޯ ” ޒުލޭހާ އާއި އެތްބައިވެލަމުން މަލީހާ ބުނެލިއެވެ.

ސައިގެ ކަންތައް ނިންމާލުމަތްފަހު ޝިޔާން އަދި ޒިވިޔާ ވެސް ބޭރަށް ނިކުތީ އެމީހުންގެ މަންމަ މެން ކައިރިއަށެވެ. ” ދަރިފުޅާ މަންމަ މިދަނީ ދެންދާން އިރުއޮއްސެނީނު ” ޖޯލިން ތެދުވެލަމުން ޒުލޭހާ ބުނެލިއެވެ. ” ހިނގާ މަންމާ އަހަރެން ވެސް ދާނަން ، ދަނީ ޒިވީ ” ޒުލޭޙާ އާއި އެތްވަރަށް ހިނގައިގަންނަމުން ޝިޔާން އޭނާ ކައިރި ހުރި ޒިވިޔާ އަތް ބަލައިލަމުން ބުނެލިއެވެ. ބަދަލުގައި ޒިވިޔާ ހިނިތުންވެލަމުން ޝިޔާން އާއި ދިމާލަށް އަތް ހޫރާލިއެވެ. ” ދަރިފުޅާ އާދެބަ މަންމަ ކައިރިއަށް ވާހަކަ އެތް ދައްކާލަން ކަމަތް ” މަލީހާ އޭނާގެ ކައިރި އިން ޖޯއްޔަށް އިޝާރަތް ކުރަމުން ޒިވިޔާ އަށް ބުނެލިއެވެ. ” ލައްބަ މަންމާ ، ކޮންވާހަކަ އެތް އަނެތްކާ” ހައިރާންވެފައި އިންނަމަވެސް ޖޯލީގައި ހަމަޖެހިލަމުން ޒިވިޔާ ބުނެލިއެވެ.

” ދަރިފުޅާ މިހާރު ތިއޮތް އެކާވީސް އަހަރުވީ އަދިވެސް ހަޔާތައް ބައިވެރިއެތް ގެންނާކަން ނުވިސްނަން ތަ ؟ އަނެތްކާ ކުއްޖެއް އެބަހުރި ތަ ދަރިފުޅުގެ ހަޔާތުގައި ހުރީ އާ މަންމަ ކައިރި ނުބުނާނަން ތަ ؟ ” ލޮއިތްބާއެކު ޒިވިޔާ ގެ އަތުގައި ހިފާލަމުން މަލީހާ ބުނެލިއެވެ. ” ނޫން މަންމާ އަނެތްހެން ކުއްޖެއް ނެތް ” ލަދުގަނެފައި އިނދެ ޒިވިޔާ ބުނެލިއެވެ. ” ދަރިފުޅު މަންމަ ކައިރި މިކަހަލަ ވާހަކަ ދައްކަން ލަދު ނުގަންނާޗޭ މަންމަ ވެސް މީ  ހަމަ ދަރިފުޅުގެ އެކުވެރިއެތް ކަމަތް ހީކޮށްލާ ” ހިނިތުންވެފައި އިނދެ މަލީހާ ބުނެލިއެވެ. މަންމަ ކައިރި ޝިޔާން ގެ ވާހަކަ ކިތަންމެ ވަރަކަށް ބުނަން ބޭނުންވިޔަސް ޒިވިޔާ ފަސްޖެހެނީ އެއީ މަންމަ ގެ އެކުވެރިއެތްގެ ދަރިއަކަށް ވާތީއެވެ. ” ދެން އެހެންވީރު ޒިވީގެ ހަޔާތުގައި ލޯބިވާ ކުއްޖެއް އެބަހުރިތަ؟ ” މަލީހާ އަހާލިއެވެ. ކިތަންމެ ބުންނަން ބޭނުން ނުވިޔަސް ޒިވިޔާ ގެ ހިތް އެދެނީ އެ މަންމަ ކުރިމަތީ މިއޮތްހާ ހުރިހާ ދުވަހު ހިފަހައްޓައިގެން ހުރި ސިއްރު ބޭޒާރުކޮށްލުމަށެވެ.

*******************

ކޮޓަރީގެ އެކި ތަންތަން ހޯދާ އެފުއްމިފުށައް ޖެހިއިރުވެސް ޝިޔާން އޭނާގެ ފޯނުނުފެނިގެން އެނބުރެމުން ދަނިކޮށް ޒިވިޔާމެންގޭ ކައިމޭޒު މަތީ ފޯނުބޭއްވުނު ކަން ހަނދާން ވީ ކިރިޔާ އެވެ. އަވަސް ފިޔަވަޅުތަކެއްގައި ޝިޔާން ދިޔައީ އެގެއާ ދެ ގެ ދޫކޮށްފައި ހުންނަ ޒިވިޔާ މެންގެ އަށެވެ.

****************

” މަންމާ އަހަރެން ލޯބިވާ ކުއްޖެއް ހުރޭ ! ” ބުންނަން ނުބުނަން ހުރެފައި ޒިވިޔާ ބުނެލިއެވެ. އެ އަޑުކިތަންމެ ރަނގަޅަށް ވެސް ގޭގެ ދޮރާށި ދޮށުގައި ހުރި ޝިޔާން އަށް އަޑުއިވުނެވެ. އޭނާ ގެ ހިތައްވެގެން ދިޔަ ގޮތާއެކު ހިތާ ދިމާލުގައި އަތް އަޅާލަމުން ފާރުގައި ލަތްގަނެލިއެވެ. ޒިވިޔާގެ ދުލުން އެހެން މީހެއްދެކެ ލޯބިވާކަން ހާމަކުރުމުން ޝިޔާން ގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. ” އަސްލުވެސް ތަ ؟ އަނެތްކާ އެއީ ކޮންކުއްޖެއް ” ވަރަށް ޝައުޤުވެރިކަމާއެކު މަލީހާ އަހާލިއެވެ. ” ޝިޔާން” ޒިވިޔާ ދުލުން ނިކުތީ ހަމަ އެކަނި މި ނަމަވެ . މިއޮތް ހުރިހާ އިރު މާޔޫސްވެފައި ހުރި ޝިޔާންގެ ހިތަށް ދިރުމެތް ލިބުނު ކަހަލަ އެވެ. ” ވަރަށް ކުޑައިރުއްސުރެ އަޅުގަނޑު ޝިޔާން ދެކެ ލޯބިވޭ ” ޒިވިޔާ މިފަހަރު ހާމަކޮށްލި ހަޤީޤަތާ އެކު ޝިޔާން ހުއްޓުން އެރިއެވެ. ޒިވިޔާ ކުރިމަތީ އެތައް އަންހެން ކުދިންނާ އެކު ލޯބިން އުޅުނުއިރު ޒިވިޔާ ގެ މޫނުމަތިން އެއްވެސް އިޙްސާސް އެތް ދައްކާ ނުލާ އިނުމުން ޝިޔާން ހައިރާން ވިއެވެ. އެހެނީ އޭނާގެ ހިތަށް ވެސް ތަދުވެލިއެވެ. ނޭނގިނަމަވެސް ޒިވިޔާ ގެ ހިތަށް ތަދުކުރެވިއްޖެކަން އިޙްސާސްވިއެވެ. ” ދަރިފުޅާ މަންމަ ވަރަށް އުފާވެއްޖެ އެ ނަސީބުވެރި ކުއްޖަކީ ޝިޔާން އަށް ވީމާ މަންމަ ވަރަށް ރުހޭ ޝިޔާން އަށް ” ފުޅާ ހިނިތުންވުމަކާ އެކު މަލީހާ ބުނެލިއެވެ. ޒިވިޔާ އަށް ކުރެވުނުކަމަކީ ހަމަ އެކަނި ހިނިތުންވެލުމެވެ. ޝިޔާން އޭނާ ދެކެ ލޯބިވާކަން ހަމަ އެއްގޮތަކަށް ވެސް ނޭނގެއެވެ. ފުޅާ ހިނިތުންވުމަކާ އެކު ހުރި ޝިޔާން އޭނާ އައި މަޤްސަދް މަތިން ވެސް ހަނދާންނެތް ކަހަލަ އެވެ. ވަގުތުން އެގެއިން ނިކުމެގެން ދިޔައީ ލަހެއް ފަހެތް ނުކޮށް ޒިވިޔާ ހޯދަން ހިތުގައި އަޒުމް ކަނޑައަޅަމުންނެވެ.

***************

އޭގެ ދެތިން ދުވަސް ފަހެވެ. ޝިޔާން އާއި ދިމާނުވުމުގެ ސަބަބުން ޒިވިޔާގެ މޫޑް ވަނީ ގޯސްވެފައެވެ. ޖަނބުރޯދް ގަސްދޮށުގައި ހުރި ޖޯލީގައި ޒިވިޔާ އިށީދެގެން އިނީ އޭނާ އަމިއްލަ ހިޔާލުތަކުގައެވެ. އެހެން އޮތްވާ މޭމަތީގައި ބާއްވާލެއްވިފައިވާ ޒިވިޔާގެ ފޯނު ވައިބްރޭޓް ވިއަޑަށް އޭނާ ފޯނުބަލައިލިއެވެ. އައިސްފައިވާ ޝިޔާން ގެ މެސެޖް ފެނުމުން އަވަސް އަވަހަށް ފޯނުބަލީލިއެވެ.

” މިރޭ އެއިޓް ތާރޓީ އަށް އަހަރުމެންގޭ ފަހަތުގައި އޮންނަ ގާޑެން އަށް ” މެސެޖް ގައިވާ މިބައި ހިތާހިތުން ޒިވިޔާ ކިޔާލިއެވެ. ހިތުގައި ސުވާލުތައް އުފެދިގެން ދިޔައެވެ.

ޝިޔާން ގެ އެދުމަތް ޒިވިޔާ ހުރީ އެގެއަށް ދާން ތައްޔާރުވާށެވެ. ކަޅުކުލައިގެ ލޭސްފޮތިންނާ ހުދު މިނައިން ޒީނަތްތެރިކޮށްފައި ވާ އަތް ފުޅާ ވަތްތިރި ހެދުން ޒިވިޔާ އަށް ނުހަނު ގުޅެއެވެ. ތިރިން ކަޅުކުލައިގެ ފަޔަތް ހިފާލައިފައިވާ ސްކްނީ އަކާ ކަޅު ބޫޓް ޒިވިޔާ އަށް ވަރަށް ގުޅެއެވެ.  އެންމެ ފަހުކަމަކަށް އަބަދުހެން އަޅާއައިނު އަޅާލިއެވެ. ކޮޓަރިން ނިކުން އިރު މަލީހާ ބަދިގޭގައި ހަރަކާތްތެރި ވަމުން ދިޔައިރު މަންމަ ކައިރި ބުނެލުމަތް ޒިވިޔާ އެތެރެއަށް ވަތެވެ. ” އަހަ ، ދަރިފުޅާ ހާދަ ރީތިވެގެން ކޮންތާކަށް ” ހިތުގައި އުފެދިފައި ސުވާލު މަލީހާ ދުލާހަމައަތް ގެނައެވެ. ” މަންމާ މިދަނީ ޝިޔާން ބުނެގެން އަންނާނަން ވަރަށް އަވަހަށް ” ޒިވިޔާ ބުނެލިއެވެ. ” އާން މައްސަލަ އެތް ނެތް ދަރިފުޅާ ބަލައިގެން ދާތި ” މަލީހާ ބުނެލިއެވެ. ބޯޖަހާލަމުން ޒިވިޔާ ގެއިން ނިކުމެގެން ޝީޔާން މެންގެ އަށް ދާން ހިގައިގަތެވެ. ގޭތެރެ އަށް ވަންއިރު މުޅި ގޭތެރޭ ވަނީ ހަމަހިމޭން ކަމަވެ. އެތެރެ އަށްވަންއިރު ޝިޔާން ދެޖީބަތް އަތްޖަހާލައިގެން ފާރުގައި ލެގިލައިގެން ހުއްޓެވެ. ޒިވިޔާ ފެނުމާ އެކު އެނާ ގެ ތުންފަތައް ހިނިތުންވުމެތް ވެރިވެގަތީ ބޭއިޙްތިޔާރުގައެވެ. ” ޒިވީ ވަރަށް ރީތި މިރޭ ” ދޫހަރަކާތް ކޮށްލަމުން މަޑުމަޑުން ޝިޔާން ބުނެލިއެވެ. ” ތެންކްސް” ލަދުގަނެފައި ހުރުމުން ޒިވިޔާގެ އަޑުނިކުތީ ކިރިޔަކިރިޔާއެވެ. ” ހިނގާ އެފަޅިއަށް ދާން ” ބަގީޗާ ސަރަހައްދާ ހަމައަށް ދެވެންދެން ވެސް ޝީޔާން ހުރީ ޒިވިޔާ ގެ ފަހަތުގައެވެ. ބަގީޗާ އެތެރެ އަށް ވަން ވަރަކަށް އެތަނުގައި ދިއްލާފައިވާ ލައިޓުން މުޅިތަން އަލިވަމުން ދިޔައެވެ. ފެހިކާޕެޓް މައްޗައް އެކި މާމެލާ މެލީގެ ފިޔަތައް އުކާލެވިފައިވެއެވެ. އެތަނުގައި ހުރިހުރިހާ މާމެލާ މެލީގެ ވަސް އެއްވަސްވުމުން އެތަނުގައި ދުވަނީ ހިތްގައިމު ވަހެކެވެ. ކައިރި އަށް ދިޔަވަރަކަށް ފިޔައިން ހިތެއް ހަދާފައިވާ އިރު އެއަތެރޭ އެއްޗެއް ލިޔެފައި ވާކަން ފާހަގަ ވިއެވެ. ” އައިލަވްޔޫ ” މިލަފްޒް ކޮޅުފެނުމާ އެކު ޒިވިޔާ ގެ ހިތް ނަށާލިއެވެ. އެއިރު ފަހަތުގައި ހުރި ޝިޔާން ގެ ތުންފަތައް ހިނިތުންވުމެތް ވެރިވެގަތީ ޒިވިޔާ އުފާވެފައި ހުރިކަން އިނގުމުންނެވެ. ” އައިލަވްޔޫ ޒިވީ” ޒިވިޔާ ކަންފަތް ކައިރި އަށް ގުދުވެލަމުން ޝިޔާން ބުނެލިއެވެ. ޒިވިޔާ ގައިން ހީބިހި ނެގިގެން ދިޔައެވެ. އުފާވެސް ވިއެވެ. އުފެދެމުން ދިޔަ އިޙްސާސް ތައް ޒިވިޔާ ގެ ހިތަށް ވުރެ ކުރިހޯދިއެވެ. ފަހަތައް އެނބުރެލުމަތް ފަހު ޝިޔާންގެ މޭގައި މޫނުފޮރުވާލިއެވެ. ފިރިހެންވަންތަ ހިނިތުންވުމަކާ އެކީ ޝިޔާން ޒިވިޔާ ގެ އުނަގަނޑުގައި އަތް އަޅުވާލިއެވެ. ” އައިލަވްޔޫ މޯރް ” އިރުކޮޅެއް ފަހުން ޒިވިޔާ ބުނެލިއެވެ. ދެމީހުން ދެމީހުން ގެ އަތުތެރޭން ދުރުވެލީ އިރުކޮޅެތް ފަހުންނެވެ. ” އަހަރެން ވަރަށް އުފާވެއްޖެ އަހަރެންނަށް އަހަރެން ލޯބިލިބުނީމާ އަހަރެން ޒިވީ ދެކެ ވަރަށް ލޯބިވޭ އައިވިލް ލަވްޔޫ ފޮރްއެވާ އިންޝާﷲ ” ޒިވިޔާ ގެ މޫނުގައި ދެއަތުން ހިފައިގެން ހުރެ ޝިޔާން ބުނެލިއެވެ. ރަކިހިނިތުންވުމަކާ އެކު ޒިވިޔާ އިސްޖަހާލަމުން އަނެތްކާ ވެސް އެ ދެއަތުގެ ހިމާޔަތް ހޯދިއެވެ. އެރެއަށް ފަހު ލޯބިވެރިންގެ ލިސްޓްގައި އެދެނަން ވިދާލިއެވެ. އައު ލޯތްބެއް ފެށުނެވެ.

(ނިމުނީ)

Share Article

Follow Me Written By

🌹YEOJA🌹

Level 610 Stories100 Login100 Comments

Other Articles

Previous

އަބަދުވެސް…14

Next

ތަމަންނާ-3 ވަނަބައި

Next
May 16, 2021

ތަމަންނާ-3 ވަނަބައި

Previews
May 15, 2021

އަބަދުވެސް…14

9 Comments!

  1. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    May 16, 2021 at 9:54 am

    Yayyyy brw mee first… Kiyaalaafa cmnt eh kohllaanan ngye lwbii… First likę vx mi dhinee Reesh

    1. ReeshA CoronA ŘęęśhÅ ÇøřõňÄ says:
      May 16, 2021 at 10:13 am

      Wowww brwww… Mihaathanah kiyunu manjege enme reethi vahk mee❤️❤️?????❤️Ey haadha salhi Ey dhw zuley.. Zuley dhaithr e bunee dhogeh noon… Malee aaa zuley ge thigulhun vx promotion vaane ????alhey shiyaan hama thi kotari gandų efuhmifushah nujahaa phn hoadhunees dhw sikundi fresh kohllaigen Ulley namą.. Hehe manjey vv salhi ngye…
      Manje rwdha thr?
      SS
      SH
      TC
      LYSSMM?????❤️?????❤️

  2. YEOJA says:
    May 16, 2021 at 1:03 pm

    Hello my dear readers❤️❤️
    Hope u all will like this part ❤️❤️❤️❤️
    Stay safe ❤️❤️and tvgc❤️❤️

  3. YEOJA says:
    May 16, 2021 at 2:19 pm

    In reply to ReeshA CoronA
    Yesss reesh dhoonee u are the first . ❤️❤️❤️❤️❤️❤️❤️❤️❤️Congratulations ????
    Aslu tha vrh ufaavehje ingey ❤️❤️❤️

  4. YEOJA says:
    May 16, 2021 at 2:23 pm

    In reply to ReeshA CoronA
    Thank uuu soo much❤️❤️❤️❤️ reesh lwbiii❤️❤️❤️❤️❤️??
    Vrh ufaavehje stry kamudhiyaamaa❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??
    Aleyy Hama aslu tha ❤️❤️❤️. Vrh happy vehej ingeyy❤️❤️❤️❤️❤️???
    Hahahahha dhw zuley aaa malee vxx promote nuve eh nuhunaane eh nu mivarun dhanyaa eh dhw .❤️❤️❤️❤️??????☺️☺️?????
    Aslu vxx dhw keekuraany shiyaan bolugaa ?theikameh nethy aa dhw hhahahaha??????????❤️❤️❤️?
    Thanks❤️❤️❤️❤️
    Yaaa ma rwda ❤️❤️?. Koyaa rwda tha?????????❤️❤️❤️
    Stay safe❤️❤️ and tvgc❤️❤️
    Lymmmm❤️❤️❤️

  5. Princess says:
    May 16, 2021 at 7:27 pm

    V reethi mi vhk

  6. YEOJA says:
    May 16, 2021 at 8:46 pm

    In reply to princess
    Thank uu soo much❤️❤️❤️
    Vrh ufaavhej kamudhiyakan inguny maa❤️☺️
    Stay safe ❤️❤️and take care ❤️❤️

  7. Reeen says:
    May 16, 2021 at 8:52 pm

    Hey yeoja.. Vrh rythi mi vhk vex.. ?? Masha Allah.. ?

  8. YEOJA says:
    May 16, 2021 at 11:41 pm

    In reply to Reeen
    Yh hello Reen.❤️❤️☺️
    Thank u soo much❤️❤️☺️
    Vrh ufaavehje stry reethi vikan inguny maa❤️❤️❤️❤️❤️❤️❤️☺️
    Thanks again ❤️❤️
    Stay safe❤️❤️ and tvgc ❤️❤️

Comments are closed.



All Right Reserved!