Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

ތިޔަ ލޯބީގައި

🌹YEOJA🌹 Level 610 Stories100 Login100 Comments
April 11, 2021 4 Mins Read
15 Comments

ބަދިގެތެރޭ ހުރި މައިހާ އޭނާގެ އަތްމަތި އަވަސް ކުރަމުން ދިޔައީ އޭނާ ގެ މައިދައިތަ ކަމަށް ވާ ސަކީނާ ހޭލުމުގެ ކުރިން ހުރިހާ މަސައްކަތެއް ނިންމުމަށެވެ. އަދި އޭނާގެ ފިރިމީހާ ޖުމާން ހޭލުމުގެ ކުރިން ނާސްތާ ތައްޔާރުކޮށް ނިންމުމަށެވެ.  އެކަނި މާ އެކަނި ހުރި ހާ މަސައްކަތް ކޮށްނިންމާލިއިރު މައިހާ ހުރީ އިންތިހާ އަށް ވަރުބަލި ވެފައެވެ. އެހެންކަމުން އައިސްއަލަމާރި ދޮށަށް ގޮސް ފިނި ފެން ފުޅިއެއް ނަގައި ފެން ބޮއުމަށްއަވަސްް ވެ ގަތެވެ.

ފެންބޯން މައިހާ ހުރިއިރު ފަހަތުން މީހެއްގެ ހިލަމެތް ވީ ހެން ހީވެގެން ފަހަތް ބަލައިލިއިރު ފަހަތުގައި ހުރީ ސަކީނާ އެވެ. އޭނާގެ މޫނުމަތިން އެކަނި ވެސް ބޮޑާކަމާ ނުލަފާކަން ހާމަވާނެ ހުއްޓެވެ.  ” ހުރިހާ ކަމެއް ކޮށް ނިންމާ ލީ ތަ މައިހާ ، ޖުމާން ސައިބޯން އައިސް ފިތަ؟”

ކައިމޭޒު ކައިރީ ހުރި ހަތަރު ގޮނޑިން ކުރެ ގޮނޑި އެއްގައި އިންނަމުން ސަކީނާ ސުވާލުކޮށް ލިއެވެ. ” ނޫން އަދި ނާދޭ ޖުމާން އެތް،  އަޅުގަނޑު އަންނާނަން ބަލާ ލައިފައި މަންމަ ސައިބޯން ފައްޓަން ވީ ނޫން ތޯ ؟ ”  ނުތަނަވަސް ވެ ހުރެ މައިހާ ބުނެލިއެވެ.  ސަކީނާ ގެ ފަރާތުން ޖަވާބެއް ނައުމުން މައިހާ ޖުމާން ގެ ޙަބަރެތް ބަލައިލުމަށް ކޮޓަރި އާއި ދިމާއަށް ދިޔައެވެ.

ކޮޓަރި ދޮރު ހުޅުވާލި އިރު ޖުމާން ލޯގަނޑު ކުރިމަތީ ފުނާ އަޅަން ހުއްޓެވެ. ޖުމާން އަށް ބަލާ ލުމަށްފަހު ދެން މަައިހާގެ ދެލޯ ދަތުރު ކޮށްލީ ފަސް ދޮރު ފަތް ލީ އަަލަމާރީގެ ދޮރު ފަތުގެ އަތް ގަނޑުގައި އަޅުވާފައި ހުރި އަޅިކުލައިގެ އަތް ދިގު ގަމީހަށެވެ. އެއަތް ފަހު ފުން ނޭވާއެއް ދޫކޮށްލުމަށް ފަހު މައިހާ އެތެރެ އަށް ވަދެގެން އައެވެ.

” މީ ސައިބޯން ދާންވީނު މިހާރު ސައި ތައްޔާރު ވެއްޖެ ”

މަޑުމަޑުން މައިހާ މިހެން ބުނެ ލީ އިސްޖަހާލަމުންނެވެ.

” ބަލަ އަދި އަހަރެން ތައްޔާރު ވެ ވެސް ނުނިމޭ މައިހާ ދެލޯ ކަނީތަ ނުބުންޏަސް ބުންޏަސް އަހަރެން ދާނަން ، އެން އެހެން ނޫނަސް މިއަދު  ސައިބޮނީ އޮފީހުން ، ސޯ ޑޯންޓް މައިންޑް މީ އެން ގޯ “.

ކިތަންމެ މަޑުން ޖުމާން މިހެން ބުންޏަސް އޭނާގެ ގޮތްޖަހާލެވިފައި ވާ ބުމައިން އެކަނި ވެސް ހުރީ ރުޅިގަދަ ވެފައި ކަން އިނގޭ އެވެ. ޖުމާން ގެ ބަސް ތަކުން މަައިހާގެ ހިތުގައި ޖެހުނެތް ކަމަކު އެކަމަށް މިހާރު އާދަވެފައި ވުމުން ބޯޖަހާ ލައިފައި އެތަނުން ހިނގައިގަތެވެ.

މައިހާ އާއި ޖުމާން ކައިވެނި ކުރިތާ އަދި އަހަރެއް ނުވަނީސް ދެ މީހުން ދޭތެރޭ ވަނީ މައްސަލަ ތައް ފުނިޖެހިފައެވެ. ޖުމާން މައިހާ އާއި އިނީ ކޮންމެހެން އިންނަން ބޭނުންވެގެން ނެތް ނޫނެވެ. ކާރު އެކްސިޑެންޓް އެތް ގައި މައިހާ ބައްޕަ މަރުވުމުގެ ކުރިން ޖުމާން ކިބައިން މިކަމަށް އެދިފައި ވުމުންނެވެ. ސަކީނާ ވެސް ފެށުނީއްސުރެ މައިހާ އަށް ނަފުރަތު ކުރާއިރު ކޮންމެ ދުވަހަކު ވެސް މައިހާ އަށް ވަށްބަހުން ޖަހައެވެ. ގޭގެ ނޯކަރުންނަށް ދެވިފައިވާ ދަރަޖާގައި  މައިހާ ހުންނައިރު އަނގައިން ޝަކުވާ ގެ ބަހެއް ނުނެރެލައެވެ. ޖެއްސެވި ހާލަތައް ކެތް ކޮށްގެން ހުންނަނީ އެވެ.

އަމިއްލަ މީހާ ދިފާޢުގައި ބަހެއް ބުނެލިޔަސް އޭނާ އަށް އެވަރު ކުރެއެވެ. ހުދު މައިހާ ވެސް ޖުމާން ދެކެ ލޮއިއްބެއް ނުވެއެވެ. އެހެނަސް އަނބިމީހެއް ފިރިމީހާއަށް ކޮށްދޭން ޖެހޭ ހުރިހާ ކަމެއް މައިހާ ޖުމާން އަށް ކޮށް ދެއެވެ.

ރޭގަނޑު ބާރަ ޖެހި އިރު ވެސް ޖުމާން ގެއައް ނައުމުން މައިހާ ދެތިން ފަހަރު ގުޅާ ވެސް ފިއެވެ. ނަމަވެސް އޭނާ ފޯނަކަށް ނާރާއެވެ. އެހެން ކޮޓަރީގެ ދެކޮޅަށް ހިނގަހިނގަ ހުއްޓާ ކޮޓަރި ދޮރު ހުޅުވުނު އަޑަށް އެހިސާބައް ދިޔައެވެ. ” ޖުމާން ކޮން ތާކުން ތިޔައީ އަހަރެން ވަރަށް ގުޅާފިން” ޖުމާން އާއި ކުރިމަތިލަމުން މައިހާ ބުނެލިއެވެ. ” ކަލޭ ތީ ކާކު އަހަރެން ދާހާ ތަނެއް ބަލަން  ” މައިހާ އެއްފަރާތަކަށް ކޮށްޕާލަމުން ޖުމާން ބުނެލިއެވެ. މައިހާ ބެލެންސް ވީ ކިރިޔާ އެވެ.  “އަހަރެން މީ ޖުމާން ގެ އަނބިމީހާ އެތް ނޫންތަ” ހަމަ ޖެހިލަމުން މައިހާ ބުނެލިއެވެ. ” ހާދަ އަނގަ ފަޅާ ގެން ތިއޮޅެނީ މަ އަތުން ބޮޑިއެތް ބޯ ހިތުން ދޯ ތި އުޅެނީ “.

އައިރުޅީގައި މައިހާގެ އިސްތަށިގަނޑު ގައި ހިފާ ވާން ކޮށްލަމުން ޖުމާން ބުނެލިއެވެ.  މައިހާގެ ދެލޮލުން ކަރުނަ އައީ ވީ ތަދަކުން ނެވެ. މަޑު ހަޅޭކެތް ވެސް ނިކުތެވެ. ” ޖުމާން އަހަންނަށް ތަދުވޭ ދޫ ކޮށްލަބަ”

ރޮމުން ހުރެ މައިހާ ބުނެލިއެވެ. ނަމަވެސް ޖުމާން އަކަށް އަޑުއިވުނުހެނެތް ހިއެތް ނުވެއެވެ. އެހެން އިރު  ކޮޅާ ހުރުމަށް ފަހު ޖުމާން މައިހާ އިސްތަށިގަނޑު ގައި ހިފާ ދުރަށް ކޮށްޕާލިއެވެ. މައިހާ ގޮސް ޖެހުނީ އެނދުގެ ކަނުގައެވެ. ޖެހުނުލެތް ބާރުކަމުން ނިތްކުރި ފަޅައިގެން ގޮސް އެތަނުން ލޭއައެވެ. މައިހާގެ ބޮލަތް ގޮތްވެސް ވިއެވެ. ނަމަވެސް ހިތްވަރު ކޮށްފައި ތެދުވަން އުޅުނެވެ. އޭރު ޖުމާން އެ މަންޒަރު ބަލަން ހުއްޓެވެ. އޭނާގެ މޫނުމަތީގައި ވަނީ ދެނެގަންނަން ނޭނގޭފަދަ އަސަރެކެވެ.  މަޑުމަޑުން ތެދުވެމުން ދިޔަ މައިހާ ފައި އަރިއަޅާލިއެވެ. ޖުމާން އަށް މައިހާގެ އަތުގައި ހިފަހައްޓައި ލެވުނީ ބޭއިޚްތިޔާރުގައި އެވެ.  މައިހާ ޖުމާން ގެ އަތްމައްޗަށް ޙަބަރު ހުސްވެގެން ވެއްޓުނީ އޭނާ ބަލަހައްޓައިގެން ހުއްޓައެވެ.

އިރު ގެ ރަންދޯދިތައް ކޮޓަރީގެ ދޮރުފޮތި ތައް ފުރޭނިގެން ގޮސް ނިދާފައި އޮތް މައިހާގެ މޫނައްއެޅިގެން ދިއުމާއެކު ދެލޯ ތަޅުވާލަމުން މައިހާ ތެދުވެލިއެވެ. މޫނުމަތީގައި ދާތީ ކިތައް ބަބުޅަމުން ދިޔައިރު ތުންފަތް ވެސް ވަނީ ހިކިފައެވެ. މޫނުމަތީގައި ބަލި ވައްތަރު ޖަހައެވެ. މައިހާގެ ނިތްކުރީގަައި ވެސް ވަނީ ރިހުމެތް އުފެދިފައެވެ. ލޯގަނޑު ކުރިމަތީގައި ޖުމާން ތައްޔާރު ވާން ހުރިތަން ފެނިފައި މައިހާ އަވަސް އަވަހަށް ތެދުވަން އުޅުނެވެ. ” މައިހާ މިއަދު އެހައް ރެސްޓް އެތް ކޮށްލާ އެން ރޭ ގައި އެވީ ކަމަކަށް ވަރަށްބޮޑަށް ސޮރީ ،  ” އެއްވެސް އަސަރެއް ނެތް ގޮތަކަށް ޖުމާން ބުނެލިއެވެ. މައިހާ ހުރީ އިވުނު އަޑުތަކައް ޤަބޫލު ނުކުރެވިފައެވެ. ހިތައް ކުޑަ ނަމަވެސް އުފާވެރިކަމެއް ނުލިބެއެވެ. މާފު ކުރާށޭ ޖުމާން ބުނީ އެތް ކަމަކު މައިހާ އަށް ސިފަ ވަމުން ދިޔައީ ރޭގައި ޖުމާން އޭނާ އަށް ކުރި އަނިޔާ އެވެ. ދެލޮލުން ކަރުނަ ފާއްދާލިއެވެ. ޖުމާން ގެ ކިބައިން ވަރިވެގެން ދާން ވެސް އޭނާ ހިތައް އަރައެވެ. މިހާރު ޖުމާން މާފައް އެދުނަސް ދެން އަނެތް ކައި ފެންނާނީ ހަމަ ކުރީގެ ޖުމާން ކަން އޭނާ އަށް އިނގޭ އެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަ ތައް ފޮހެލަމުން މައިހާ ފާހަނަ އަތް ވަންނަން ހިނގައިގަތެވެ.

މި މަންޒަރު ބަލަން ޖުމާން ހުރި އިރު އޭނާގެ ކަންފަތުގައި ގުގުމަމުން ދަނީ ރޭގައި ނިދީގައި އޮވެގެން  މައިހާ ގިސް ލަމުން ދިޔަ އަޑެވެ. ފުރަތަމަ  ފަހަރަށް މައިހާ އާއި މެދު ވިސްނާލަން ޖުމާން އަށް މަޖްބޫރުވިއެވެ.

ދުވަސްތައް ހަލުއިކަމާއެކު ފާއިތު ވަމުން ދިޔައެވެ. ޖުމާން އަދި މައިހާގެ ގުޅުމަށް އެތައް ބަދަލު ތަކެއް ވަނީ އައިސް ފައެވެ. ޖުމާން އަބަދުވެސް މައިހާ އަށް އޯގާތެރިވެއެވެ. މިކަމާ މައިހާ ފުރަތަމަ ކޮޅު ހައިރާން ވި އެތް ކަމަކު މިހާރު އޭނާ އެކަމަށް އުފާ ކުރެއެވެ. އެ ރޭގައި އެވީ ކަމަކަށް ޖުމާން މައިހާގެ ކިބައިން މާފް ވެސް ލިބި ގަތީމާ ނުހަނު އުނދަގުލުން ނެވެ. ދެމީހުންގެ ހިތުގައިވެސް އެކަކު އަނެކަކަށް ޓަކައި އައު ވިންދެއް ޖަހަން ފެށީ ދެމީހުންގެ ދިރިއުޅުމައް އާއި ބަދަލުންނެވެ.

ރޭގަނޑުގެ ވަގުތެވެ. ބެލްކަނީ ގެ ރެއިލިންގައި އަތް އަޅުވާލައިގެން ހުރި މައިހާ ގެ ނަޒަރު ވަނީ ސާދަފަނަރާގެ ހަނދަށް ހުއްޓިފައެވެ. ފާހަނަ އިން ނިކުން ޖުމާން އަށް މައިހާ ފެނުމާއެކު އޭނާ އެދިމާލައް ދިޔައެވެ. ދެމީހުންގެ ދެމެދު މިހާރު މަދުން ނަމަވެސް ވާހަކަ  ދެކެވެމުން ދެއެވެ. ޖުމާން އެހިސާބައް ގޮސް މައިހާގެ ގައިގައި ފަހަތުން ބައްދާލީ އޭނާގެ ހިތުގެ އެދުމަށް އިޖާބަ ދިނުމުގެ ބޭނުމުގައެވެ. މައިހާ ދިޔައީ ސިއްސާގެން ނެވެ. ޖުމާން ގެ ފަރާތުން އެފަދަ ޢަމަލަކައް މައިހާ އުންމީދެއް ނުކުރެއެވެ.  ” ޖުމާން ” ވައި އަޑުން މައިހާ އަށް ބުނެލެވުނެވެ. ” މިހެން އަދި އިރުކޮޅަކުން ހުރެލަބަލަ މައީ ”  ޖުމާން ބުނެލިއެވެ. ހަމަހިމޭނުގެ ސުކޫތަކަށްފަހު ޖުމާން މައިހާގެ ގައިން ދޫކޮށްލި އެވެ. މިއޮތް ހުރިހާ އިރު ހިފަހައްޓައިގެން ހުރި ނޭވާ މައިހާ ދޫކޮށް ލިއެވެ. ޖުމާން ކައިރި ވުމުން އޭނާގެ ހިތް ދިޔައީ ނޭނގޭ ބާރުމިނެތް ގައި ތެޅެމުންނެވެ. އަމިއްލަ ހިތުގެ ހާލު ބޭޒާރު ވެ ދާނޭ ތީ މައިހާ ހުރީ ނުހަނު ބިރު ގަނެ ފައެވެ.

” މައީ އައި ލަވް ޔޫ ކުރިން އަހަރެން މައީއާ މެދު ކަންތައް ކުރެވުނު ގޮތާ މެދު އަހަރެން އަދިވެސް މާފައް އެދެން. ބުނެބަލަ އަހަރެން ދެކެ ލޯބި ވޭތަ ، އަހަންނަށް މާފް ކުރާނަން ތަ” މައިހާގެ ލޮލަށް ބަލާ ލަމުން ޖުމާން ބުނެލީމެވެ ނުހަނު އަސަރާއެކު އެވެ. މައިހާގެ ދެލޯ ދިޔައީ ބޮޑު ވެގެންނެވެ. ޖުމާން ގެ ފަރާތުން އެ ލޯބިވެތި ބަސްތައް އިވުމުން އޭނާގެ ހިތް ހީވީ  ވިރުނުހެންނެވެ.

ޖަވާބެއް ބޭނުންވާ ފަދަ ގޮތަކައް ޖުމާން މައިހާ އާއި ދިމާލަށް ބަލާލުމާއެކު މައިހާ ލަދުން ހުރެ ބޯޖަހާ ލަމުން  އިސްޖަހާލިއެވެ. ޖުމާން މައިހާގެ ދަތްދޮޅީގައި ހިފާ އޭނާގެ މޫނާ ސީދާ ކޮށްލިއެވެ. މައިހާ ހީވީ ލަދުން ވިރި ދާނެ ހެންނެވެ. ދެކޯތާފަތައް ޖަންބުކުލަ އަރައިގެން ދިޔައިރު ޖުމާން އަށް ހުރެވުނީ ބަލާށެވެ. މައިހާގެ ކޮލަށް ބޮސްދެވުނީ  އިތުރަށް ކެތްނުވުމުންނެވެ. ލިބުނު އަރާމުކަން މައިހާ އަށް ލޯމަރާލެވުނެވެ. އެއަށްފަހު އޭނާގެ މޫނު ޖުމާން ގެ މޭމަތީގައި ފޮރުވާ ލިއެވެ. ” ވަރަށް ލޯބިވޭ ، ލަވް ޔޫ ސޯމަޗް މައީ ” ޖުމާން އޭނާގެ ދެއަތް މައިހާގެ ބުރަކަށީގެ ވަށާލަމުން ބުނެލިއެވެ. ” ލަވް ޔޫ މޯ އެން ތެންކިޔޫ ޖުމާން ”  އަސަރާއެކު މައިހާ ބަލާލުމާއެކު ޖުމާން މައިހާ އޭނާގެ އަތުތެރޭ އިތުރަށް ފޮރުވާ ލިއެވެ.

 

(ނިމުނީ )

 

Share Article

Follow Me Written By

🌹YEOJA🌹

Level 610 Stories100 Login100 Comments

Other Articles

Previous

ނަފްރަތުން ވެވުނު ލޯބި 4

Next

ކޮމެޑީ ލޭންޑް! އިޢުލާން

Next
April 11, 2021

ކޮމެޑީ ލޭންޑް! އިޢުލާން

Previews
April 11, 2021

ނަފްރަތުން ވެވުނު ލޯބި 4

15 Comments!

  1. ReeshA CoronA ReeshA CoronA says:
    April 11, 2021 at 8:58 pm

    Brw maadhan cmnt eh kohllaanan ngey

  2. YEOJA says:
    April 12, 2021 at 8:17 am

    Hello readers ❤️❤️❤️❤️
    Unmeedu kuran mi kuru vaahaka vxx hurihaa ❤️❤️❤️❤️readers ah kamudhaane kama❤️❤️❤️❤️
    Stay safe❤️❤️ and tvgc ❤️❤️❤️

  3. YEOJA says:
    April 12, 2021 at 8:23 am

    And one more thing❤️❤️❤️
    hurihaa readers ah yeoja ge faraathun ❤️❤️❤️❤️❤️❤️Ramadaan Mubarak ❤️❤️❤️
    Have a great Ramadan ❤️❤️

    1. Lailac Baby says:
      April 12, 2021 at 1:07 pm

      Ramazaan mubaarik to u too ♥️♥️♥️♥️♥️❤️❤️❤️❤️?????hsppy ramazan mubarik

  4. Nayaa Nayaa says:
    April 12, 2021 at 11:16 am

    Masha allah… Vrh lwbi stry eh… vvvvvvv touching…
    Ramadaan Kareem sisoooooo
    SH
    SS
    TVGC

  5. Wonder says:
    April 12, 2021 at 12:03 pm

    Ramadan kareem to all dear readers.. let’s us all use this month to become a better version of our selves.
    -wonder-❤️❤️❤️

  6. Lailac Baby says:
    April 12, 2021 at 1:11 pm

    Nd stry vrh reethi ??? mikhl ehn stry akah waiting. Anehn ehvss mistake eh vss faahaga eh nuvi i akah. Maasha allah . Mi vhk vrh furihama. Hope to see more strys like this ????? stay safe ??? stay home ???? nd one more thing u ge dhigu vhk akah waiting ingey?????

  7. zahuu says:
    April 12, 2021 at 5:40 pm

    Wow? mi stry vs varah varah reethi? and dhn konirakun ehan kuru vaahaka eh genesdheyny♥️♥️♥️

  8. Xeeen says:
    April 12, 2021 at 7:07 pm

    Masha Allah bestie❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Keep it up bestie ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Waiting for a new story of u bestie❤️❤️❤️❤️❤️
    Love u so much bestie ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    TC ❤️❤️❤️❤️❤️❤️❤️❤️❤️❤️

  9. YEOJA says:
    April 13, 2021 at 10:04 am

    In reply to ReeshaA CoronA’s cmnt
    Thank uuu soo much reesha ❤️❤️❤️❤️
    Dhn Maitu nulafaavaane dhw hahahha aaan koyaa ge Maitu eyy Hama??????❤️❤️❤️❤️❤️❤️
    Jumaan vxx abadu Huna ehgothakah huri aka nudeyne eh nu yeoja eh dhw .????? Juman mihaaru vrh ragalu vaane eyy mai ah .♥️♥️???
    Awwwwnn thank uuuu reesha ❤️❤️❤️
    Vrh happy kamudhiyaamaa❤️❤️❤️❤️
    Aaan jumaan men kairi bunaana reehsa rooda Mubarak buni vaahaka ingey and reesha ah vxx rooda Mubarak Ingey❤️❤️❤️
    Stay safe ♥️❤️and tvgc❤️❤️
    Lysssmmmm❤️❤️❤️
    Myssssmm❤️❤️

  10. YEOJA says:
    April 13, 2021 at 10:12 am

    In reply to xeen
    Thank uu sooo much xee .❤️❤️ Vrh ufaavehje stry ❤️❤️kamudhiyaamaa❤️❤️❤️
    ISA vrh avaha new stry eh submit kohlaana ingeyy❤️❤️❤️❤️❤️
    Keep waiting bestie❤️❤️❤️
    Love u moree❤️❤️
    And stay safe ❤️❤️and tvgc ❤️❤️

  11. YEOJA says:
    April 13, 2021 at 10:14 am

    In reply to zahuu
    Awwwnn❤️❤️ thank uuu soo much zahuu❤️❤️❤️Vrh ufaavehje stry kamudhiya Kan inguny maa❤️❤️
    ISA vrh avaha new kuruvaahaka eh vxx kiyaalan ❤️❤️❤️❤️❤️libeyne ❤️❤️
    Keep waiting zahuu❤️❤️
    Stay safe ❤️❤️and tvgc ❤️❤️

  12. YEOJA says:
    April 13, 2021 at 10:50 am

    In reply to Lailac Baby
    Awwwnn thank uuu soo much lailac .❤️❤️❤️❤️❤️ Vrh ufaavehje stry kamudhiyaa maa .❤️❤️❤️
    ISA new stry eh submit kohlaana vrh avaha ❤️❤️❤️
    Keep waiting❤️❤️❤️
    Aslu tha !❤️❤️ Vrh ufaavehje mistake eh nethey buny maa .❤️❤️❤️❤️❤️❤️ Mistake eh fenuny aa faahaga kohlaachey eyrah yeoja ah ragalu kuran ingeynee . ❤️❤️❤️❤️❤️❤️
    Yhh Keep waiting ingey❤️❤️❤️
    Diguvaahaka mihaaru liyan fashaagen mioleny ❤️❤️❤️ISA kiyaalan libeyvaru kohlaaanan ingey ❤️❤️❤️
    Stay safe and tvgc,❤️❤️❤️

  13. YEOJA says:
    April 13, 2021 at 10:52 am

    In reply to wonder
    Sis ah vxxx Ramadan Kareem ingey❤️❤️❤️
    ISA we all will use this month to become a better version.❤️❤️❤️
    Stay safe sis ❤️❤️❤️

  14. YEOJA says:
    April 13, 2021 at 10:54 am

    In reply to nayaa
    Thank uuu soo much naayuuu. ❤️❤️❤️
    Vrh ufaavehje stry kamudhiyaa maa.❤️❤️
    Ramadan Kareem naayuu ah vxxx❤️❤️
    Stay safe ❤️❤️and tvgc❤️❤️❤️❤️

Comments are closed.



All Right Reserved!