Skip to content
އެސްފިޔަ

ތީއޭ މިހިތުގެ ދިރުމަކީ

 

ކޮންމެ ދުވަހެކޭ އެއްފަދައިން މިއަދު ވެސް އަހަރެން އަތިރިމަތީގައި އިނީ އަހަރެންގެ ހިތުގެ ހާލަތު އަހަރެން ގެ ޑައިރީ ގައި ލިޔާށެވެ. މިހާތަނަށް ދިމާވި ހުރިހާ އަޑިގުޑަން ތަކެއް އަހަރެން ޙިއްޞާ ކުރަމުން އައީ އަހަރެން ގެ ގާތް މިތުރެއް ކަމަށްވާ އަހަރެން ގެ ޑައިރީ އާއެވެ. އަހަރެން ގެ ހަޔާތުގައި އަހަންނަށް ނާކާމިޔާބު ވީ ލޯބީގެ ވާހަކަ އަހަރެން ދިޔައީ އެންމެ އަކުރެއް ވެސް ވައްޓާނުލައި އޭގައި ލިޔެ ރައްކާ ކުރަމުންނެވެ. އަހަރެން އިޙްސާސް ތައް ބަންޑުން ކޮށްލާ ވަރުގެ އިތުބާރު ހިފޭ އެކުވެރި އެތް ނެތުމަކީ އަހަރެން ގެ ބަދުނަސީބު ކަމެވެ.

އަހަރެން ނަށް ހަޔާތުގައި ވެސް ފުރަތަމަ ލޯބިވެވުނީ އަހަރެންނާ އެތް ކުލާހެތް ގައި ކިޔަވަމުން އަންނަ އަހަރެން ގެ ވަރަށް ގާތް އެކުވެރިއެތް ކަމަށް ވާ ނިހާން އާއެވެ. މިކަން ނިހާން އަށް އިނގުނު ދުވަސް ވީ އަހަރެންގެ ޙަޔާތައް ތޫފާނެތް އައި ދުވަހަކަށެވެ. އެދުވަހު އަހަންނަށް މުޅި އުމުރަށް ނިހާން އަދި އޭނާ ގެ އެކުވެރިކަން ގެއްލުނީއެވެ. އަބަދުހެން ސަކަރާތް ޖަހަމުން އަންނަ ދެމީހުންގެ އެކުވެރިކަމުގައި ސިއްކަ ޖެހުނީއެވެ. އަހަރެން ގެ ހަޔާތް އެކަނި ވެރި ކަމުން ވަށާލީދެނެވެ .  ހުރި ހަމަ އެކަނި އެކުވެރިޔާ ވެސް ބީވެ ގެން ދިޔައީ އަހަރެން ގެ އިޙްސާސް ތަކުގެ ސަބަބުންނެވެ.  ނަމަވެސް ލޯބިވެވުން އެއީ އަހަރެންގެ ކުށެއް ހެއްޔެވެ. ؟

އިރުއޮއްސުމުން ދިޔަވަރަކަށް އަހަރެން އިށީނދެގެން އިން އުނދޯލިން ތެދުވެލީމެވެ. މަންމަ ރުޅިއައުމުގެ ކުރިން ގެއަށް ދާން އަހަރެން އަބަދުވެސް ހަނދާން ކުރަމެވެ. އިސްޖަހާގެން ހުރެ އަހަރެން ހިނގަމުން ދިޔައީ އަހަރެންގެ އަމިއްލަ ހިޔާލު ތަކުގައި ހުރެއެވެ. ކުރިމަތިން ފޯނާ ކުޅެމުން އަންނަ ޒުވާނާ އަހަންނަށް ނުފެނުނީ އެހެންވެ އެވެ. ” އައުޗް” އެ ޒުވާނާ ގައިގައި ޖެހިފައި ވެއްޓުމުން އަހަރެން ގެ ދުލުން ހަމައެކަނި ބޭރުކޮށްލެވުނީ މި ޖުމްލަ އެވެ.  ” ސޮރީ އަހަރެން ނަށް ނުބަލާލެވުނީ… ”  އެ ޒުވާނާ މިހެން ބުނެފައި ހުއްޓުމުގެ އަހަރެން އޭނާ އާއި ދިމާއަށް ބަލައި ލީމެވެ. އެއާއެކު އަހަރެން ގެ ދެލޯ ބޮޑުވި އެވެ. އޭނާ އަށް ވެސް ވީ އެ ވަރެވެ. އަހަރެން ގެ ކުރިމަތީ އެ ހުރީ އަހަންނާ އެއް ކުލާހެއްގައި ކުރިން ކިޔެވި ކިއާން އެވެ.  އޭނާ އަކީ އަހަރެން ނަށް ލޯބި ހުށައެޅި އެކަކެވެ. އޭރު އަހަރެން ގެ ހިތުގައި ވަނީ ނިހާން ކަމަށް ވުމުން އަހަރެން އޭނާ ގެ ހުށަހެޅުމަށް އިންކާރު ކުރީމެވެ. އަދި ހަމަ އެ އަހަރު އޭނާ ކައިރީ އޮތް ރަށަކަށް ކިޔަވަން ބަދަލުވީ އެވެ.

” ޒީޝާ ” ކިއާން އަށް ބުނެވެނީ މިހެންނެވެ. އެއަށްފަހު އޭނާގެ ކަނާއަތް އަހަންނަށް ދިއްކޮށްލީ އަހަރެންނަށް ތެދުވުމަށް އެހީވާ ށެވެ. އަހަރެން ވެސް ފަސްޖެހޭ ހާލު އެއަތުގައި ހިފާލީ ތެދުވެ ލުމަށެވެ.” ކިއާން މި ކޮޅުގައި ތަ. ޗުއްޓީއަތް ދޯ ” އަހަރެން އަހާލީމެވެ.” ހޫމް އެކަމަކު ދެން އެ ރަށަށް ނުދާގޮތައް މި އައީ މަންމަ މެން ކައިރީ ހުންނަން ވަރަށް ބޮލަށް ފަސޭހަ ވާނެ އެތް ނޫ ދޯ. ” ޗޮކެއް ކަނޑާލަމުން ކިއާން ބުނެލިއެވެ.” އާނދޯ ” ހިނިގަނޑެއް ޖަހާ ލަމުން އަހަރެން ބުނެލީމެވެ. އަދި ހިނގާ ގަންނަން ފެށީމެވެ. ކިއާން ވެސް އަހަރެން ފަހަތުން އަންނަމުން ދިޔައެވެ. ” ކަންތައް ތައް ކިހިނެތް ތަ ؟ ބިޓެއް ނަގާފިން ތަ ޒީޝާ ” އެންމެ ފަހު ޖުމްލަ ސަމާސާ ރާގަކަށް ބުނެ ލަމުން ކިއާން އަހަންނާ ދިމާއަށް ބަލާލި އެވެ. ” އާން ދެން ރަނގަޅޭ އެތް ނު ދޯ ބުނެވޭ ނީ. ހަހަހަ ނޯވޭ އަހަރެން ބިޓެއް ނަގާނޭ ދޯ ޔަގީން ކިއާން ތިޔައީ އެރަށުން މަންޖެއެތް ހޯދައިގެން ދޯ”  އަހަރެން ވެސް ކިއާން އަށް ސަމާސާ ކޮށްލަމުން ބުނެލީމެވެ. ބަދަލުގައި ކިއާން ޖަހާލީ ހިނިގަނޑެކެވެ. ރަށުގެ ބޮޑު ކުޅޭ ދަނޑާ ހަމައަށް އަރާފައި އަހަރެންގެ ފިޔަވަޅުތައް ހުއްޓުނީ ނިހާން އަދި އޭނާގެ އެކުވެރިން ތަކެއް އެތާ ކައިރީ އިން ޖޯލި އެތް ގައި ތިބި ތަން ފެނިފައެވެ. ނަމަވެސް އަޅާނުލާ އަހަރެން ހިނގާ ގަންނަން ފެށީމެވެ.  ” އަދިވެސް ނިހާން އެންޑް ޒީ ސޭމް ތަ. އޭނާ ވާހަކަ އެތް ނުދައްކާ ތަ އަދިވެސް ؟” އަހަރެންގެ ގެއާއި ހަމަ އަށް އަރާފައި ކިއާން އަހާލިއެވެ.

” ހޫމް ސްޓިލް ދަ ސޭމް ” މާޔޫސްވުން ހުރެފައި އަހަރެން ބުނެލީމެވެ. ނަމަވެސް ޙަޤީޤަތުގައި އަހަރެން ގެ ހިތުގައި މިހާރު ނިހާން އަށްޓަކައި ވާ އިޙްސާސް ތައް ފަސްލާ ފޮރުވިތާއެތައް ދުވަހެކެވެ.” ދެން ދަނީ އިނގޭ ދިމާވާނެ އެތް ނޫ އަދި ދޯ ” އެތެރެ އަށް ވަންނަމުން އަހަރެން ބުނީމެވެ.

” ޒީ އަައި ސްޓިލް ލަވް ޔޫ އައިއެމް ވެއިޓިން ” ޒީޝާ ދިއުމާއެކު ކިއާން އަމިއްލަ ނަފްސައް އަޑު އިވޭ ވަރަށް ބުނެލިއެވެ.

ދުވަސްތައް ފާއިތު ވަމުން ދިޔައީ އެސްފިޔަ ޖަހާލާހާ އަވަހަށެވެ.  ކޮންމެ ދުވަހަކު ވެސް އަހަރެން އަދި ކިއާން އަހަރެން އަބަދުވެސް ދާ އަތިރިމަތިން ބައްދަލު ކުރަމެވެ. ދެމީހުން ވެސް އެކި އެކި ވާހަކަ ދައްކާ ހަދަމުން ދިޔައީމެވެ. އަހަރެން ގެ ހިތުގެ ހާލު ޙިއްޞާ ކުރާ އަހަރެން ގެ ޑައިރީ މިހާރު އަބަދުވެސް އަހަރެން ބާއްވަނީ ގޭގައެވެ. ހަޔާތުގައު ހިނގަމުން ދިޔަ ހުރިހާ ވާހަކަ އެތް އަހަރެން  ޙިއްޞާކުރަމުން ދަނީ ކިއާން އާއެވެ. އަހަރެންނަށް ކިއާން އަޅާލާ އަޅާލުން އަހަރެންނަށް ވަރަށް ކަމުދެއެވެ. އެކަހަލަ އެކުވެރި އެތް ލިބޭނީ މަދު މީހަކަށޭ އަހަރެން ހިތަށް އަރާ ފަހަރު މަދެއް ނޫނެވެ. ނަމަވެސް ” އެކުވެރި” މި ބަސް އަހަރެންގެ ހިތުގައި ދިޔައީ ތަފާތު ހައިޖާނު ގަނޑެއް އުފައްދަމުންނެެވެ.  އަހަރެން ގެ ހިތުގައި ވާ ގޮތް ނޭނގޭ އިޙްސާސް ތައް ދިޔައީ އަހަރެން ގެ ވިސްނުމަށް ވުރެ ކުރި ހޯދަމުންނެވެެ. ކުރިން ކިއާން އަހަރެން ކައިރީ ރައްޓެހި ވާން އެހީ އެތް ކަމަކު މިހާރު އޭނާގެ ހިތުގައި އަހަރެންގެ  ނަން ވާނެކަމާމެދު ޝައްކުކުރަމެވެ. އަހަރެން މި ހުރިހާ އިޙްސާސް  ޑައިރީ ގައި ލިޔުމުން ދިޔައީ ހިތައް ލުއި ކޮށް ލުމަށެވެ.  ކިއާން ދެކެ އަހަރެންނަށް ގަޔާވެވުނު ވާހަކަ އަހަރެން ޑައިރީ ގައި ލިޔުނީ އެއްދުވަހު އަތިރިމައްޗައް އައިސް ފައެވެ.  އެއީ ހެދުނު ގެ ހަމަހިމޭން ވަގުތު ކަމުން އަހަރެން ހުރީ ހިތްހަމަ ޖެހިފައެވެ. ސަބަބަކީ ކިއާން ހެނދުނު ވަގުތު އަތިރި މައްޗައް ނާންނާނޭތީއެވެ. އެއަށްވުރެ އޭނާއަށް އޭނާގެ ނިދި ގަނޑު މުހިންމެވެ. އެހެން އިރުކޮޅަކު އިންދާ އަހަރެން ސިހުނީ ފަހަތުން މީހަކު ހަޅޭލަވާގަތުމުންނެވެ.  ސިހިގެން ދިޔަ ވަރުން އަހަރެންގެ އަތުން ޑައިރީ ވެސް ދޮންވެލިގަނޑު މައްޗައް ވެއްޓުނެވެ. ނަމަވެސް އަހަރެން ފަހުން އެ ނަގަން ހަނދާން ނެތުނީ ކިއާން އާ ތޮޅުން ހުރުމުންނެވެ. އިރުކޮޅަކު އެހެން ހުރެފައި އަހަރެން ގެއަށް ދާން މިސްރާބު ޖެހީއޭ ކިއާން ދާނީ އިރުކޮޅަކުން ކަން ބުނުމުންނެވެ.  މަޑު ހިނގުމެއް ގައި އަހަރެން ދިޔަ އިރު ގެއާއި ހިސާބަށް އެރި ތަނުން އަހަރެން ޑައިރީ މަތިން ހަނދާންވެގެން ދުވަމުން އަހަރެން އަތިރިމައްޗަށް ދިޔައީމެވެ. ދިޔައިރު އަހަރެން ގެ ޑައިރީ ހިފަހައްޓައިގެން އެ ކިޔަން އެ ހުރީ ހަމަ ކިއާން އެވެ. އަހަރެން ނުތަނަވަސް ވެގެން ދިޔައެވެ. މުޅި ހަށިގަނޑު ތުރުތުރު ލަމުން ދިޔައީ ކިއާން  ގެ މޫނުމަތީގައި ވާ ކުލަވަރު ދޭހަކުރުން ނޭނގުމުންނެވެ. ހަމަ ގައިމު ވެސް ސިހުމުގެ ކުލަވަރު ކިއާން ގެ މޫނުގައި ވެއެވެ. އެހެން ހުރެފައި ކިއާން ޑައިރީ ލައްޕާލަމުން އަހަންނާ ދިމާލަށް  އަންނަން ފެށިއެވެ. އަހަރެން ހުރީ ނޭވާ ހިފަހައްޓައިލައިގެންނެވެ. ނިތްކުރި މަތީގައި ދާތިކިތައް ބަބުޅަމުން ދިޔައީ އަހަރެން ހާސްވެފައި ހުރި ވަރުންނެވެ.

” މީ…  ކިއާން އަހަރެން ގެ ޑައިރީ ” ކިއާން އަހަރެން ގެ ކައިރީގައި އައިސް ހުއްޓުމުން އަހަންނަށް އަޅައަޅާ ގަންނަމުން މިހެން ބުނެވުނެވެ.” ޒީ ހަމަ އަސްލައްވެސް އަހަރެން ދެކެ ލައިކް ވޭތަ ” ކުއްލިއަކަށް ހުރެފައި ކިއާން މި ސުވާލު ކޮށް ލުމުން އަހަރެން ސިހިގެން ދިޔައެވެ. ލަދުވެސް ގަތެވެ. ދޭނެ ޖަވާބެއް ނޭނގި ފައި އަހަރެން އެހެން ހުއްޓާ ކިއާން އަހަރެން ގެ ދެއަތުގައި ހިފާ ލިއެވެ. ކިއާން ދެވަނަ ފަހަރަށް ހަމަ އެ ސުވާލު ތަކުރާރު ކޮށްލުމާއެކު އަހަރެންނަށް ފުރަތަމަ ވެސް ބަލައިލެވުނީ ކިއާން ގެ ދެ ލޮލަށެވެ. އަހަރެން ނަށް ބޯ ޖަހާ ލެވުނީ ކިއާން ގެ ލޮލުގެ ޖާދޫގައި ޖެހިފައި ހުރެއެވެ. އެއާއެކު ކިއާން  ފިރިހެން ވަންތަ ހިނިތުންވުމެތް އަހަރެންނަށް ދިނުމަށްފަހު އަހަރެން ގެ ގައިގައި ބައްދާ ލިއެވެ. ޙަރަކާތެއް ގެން ނަން ނޭނގިފައި އަހަރެން ހުއްޓާ ކިއާން ވާހަކަ ދައްކަން ފެއްޓިއެވެ. ” ޒީ އަށް އިނގޭތަ އަހަރެން އަދިވެސް  ޒީ ދެކެ ލޯބިވޭ އެދުވަހު ޒީ  ނޯއޭ ބުނީމާ އަހަރެން ވަރަށް ދެރަވި. ބަޓް އަހަރެން ގެ ހިތުން އެހެން އަންހެން ކުއްޖަކަށް ދުވަހަކު ވެސް ޖާގައެއް ހުހެއް ނުވޭ އަބަދުވެސް ޒީގެ ނަން މި ހިތުގައި ރަސްކަން ކުރަމުން ދިޔައީ  އަހަރެން ހުރީ ވެސް މިރަށް އައި ފަހުން ޒީ އަށް އެކުވެރި ވުމުން ވަރަށް އުފާވެފައި  ނަމަވެސް ލޯބި ހުށަހަޅަން ނުކެރުނީ ޒީގެ އެކުވެރި ކަން ގެއްލިދާނޭތީ އެކަމަކު އަހަރެން މިއަދު ވަރަށް އުފާ ވެއްޖެ. އައި ލަވް ޔޫ ޒީ ” ކިއާން އޭނާގެ ހިތުގެ ހާލަތު އަހަރެން ކުރިމަތީގައި ބަންޑުން ކޮށްލިއިރު އަހަރެންނަށް ރޮވެން ފެށުނެވެ. އަހަރެން ނޭފަތް ދަމާލި އަޑަށް ކިއާން އަހަރެން ދުރުކޮށް ލުމަށްފަހު އަހަރެން ގެ މޫނުގައި ހިފަހައްޓައިގެން ހުރެ ނުހަނު ލޯބިން ކަރުނަ ތައް ފޮހެލަދިނެވެ. އަދި ދެން ނުރޮ އުމަށް އަހަރެން ކައިރި ލޯބިން ބުނެލިއެވެ. އަހަރެން ހުރީ އިންތިހާ އަށް އުފާ ވެފައެވެ. ނިހާން މަތިން ހަނދާން ނައްތާލާ އެހެން ދިރިއުޅުމެއް ފެށުނީމާ އަހަރެން އަދި ވަކިން ވަރަށް އުފާ ވިއެވެ. އަހަރެން ގެ ލޯބި  ނިހާން އަށް ހައްޤެއް ނޫނެވެ. ކިއާން އަކީ އަހަރެން ގެ ޙަޔާތަށް ބަހާރު މޫސުން ގެނެސްދިން ބައިވެރި އެވެ. އަހަރެން އިންތިހާއަށް ލޯބިވާ އަހަރެން ގެ ހިތުގެ ދިރުމެވެ.

 

(ނިމުނީ)

 

Comments (11)

  1. YEOJA

    Hello readers ❤️❤️❤️
    Hope u will like this stry ❤️❤️❤️
    Stay safe ❤️❤️❤️and tvgc all ❤️❤️

  2. Xeeen

    Masha Allah V bestievrh reethi mi story vx

    1. YEOJA
      Xeeen

      Thank uuuu soo much xeenoo❤️❤️❤️
      Vrh happy ingey kamudhiyaamaa❤️❤️❤️
      Stay safe and tvgc ❤️❤️
      Lyssmm❤️❤️❤️

  3. Xeeen

    Masha Allah bestie ❤️❤️❤️❤️❤️❤️❤️❤️ V reethi mi story vx❤️❤️❤️❤️❤️❤️❤️❤️
    Keep it up bestie ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Love u so soo much bestie ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Take care bestie ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Waiting for a new story of you bestie❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. YEOJA
      Xeeen

      Awwwwnn❤️❤️❤️ thank uuu soo much xeenoo❤️❤️❤️❤️❤️❤️
      Thank uu soo much vrh ufaavehje ❤️❤️❤️kamudhiyaamaa❤️❤️❤️
      Keep waiting ISA new stry eh up kohlaana ❤️❤️❤️avaha ❤️❤️❤️
      Love u moree bestie ❤️❤️❤️
      Stay safe and tvgc ❤️❤️❤️

  4. Purple gurl

    Hiiiii sisooooooo kihinehthrr
    Mi story vx hama amazing ??????
    Waiting for another story
    ML ❤️❤️❤️❤️❤️❤️❤️
    Tvgc

    1. YEOJA
      Purple gurl

      Hiiii lwbiiii yeoja Hama baraabaru and kokki❤️ ❤️❤️❤️❤️kihineh thr ❤️❤️❤️❤️
      Thank uuu soo much purple gurl❤️❤️❤️
      Ufaavehje kamudhiyaamaa❤️❤️❤️
      Keep waiting kokkiii ISA vrh avaha ❤️❤️❤️
      Lymmm❤️❤️❤️
      Stay safe and tvgc ❤️❤️❤️

  5. Nonnie

    Hello Yeoja dhaithaaa????
    Manjey bunaakah mashah hama v kamu gossi mi vaahaka…. Hama hiivii udaa bimaa dhethan vihen… Hehheh
    Vvvv salhi ingey… Feshumaa ninmun vx?????
    Waiting for another fantastic stry
    SH SS
    TC
    Lyssmmmmmmmm
    Myssssssmmmmm ❤️❤️❤️??????❣️❣️???❣️?????????

    1. YEOJA
      Nonnie

      Hlwww nonnniii dhoonee❤️❤️❤️❤️
      Aleyy vrh ufaavehje stry kamhdhiyaa maa hahahah aslu tha ❤️❤️❤️❤️❤️
      Thanks again Hama vrh happy vehje ingey❤️❤️❤️❤️
      Keep waiting dhoonee ❤️❤️ISA vrh avaha ❤️❤️❤️
      Stay safe ❤️❤️and tvgc ❤️❤️
      Love u soo much ❤️❤️

  6. Nonnie

    ދެން ކޫޑަ ކޫޑަ މައްސަލަ އެއް އިނގޭ… އަހަރެން ގެ އެއް ނޫން ދޫނީ.. އަހަރެންގެ… އަހަރެން ގެ ވެއްޖެއްޔާ އެއީ މައި ހައުސް… އަހަރެންގެ ލޯބިވެރިޔާ ބުނީމަ މައި ލަވް އޭ ބުނެ ވޭނީ… ރަނގަޅު ކޮއްލައެޗޭ ބުރޯ… ހަމަ ހެޔޮ އެދޭތީ ބުނެލީ??????????

    1. YEOJA
      Nonnie

      Thank uuu soo much nonnii ❤️❤️❤️mistake faahaga ❤️❤️❤️kohladiny maa ISA dhn ina stry gaa ragalu kohlaana ingeyy❤️❤️❤️❤️
      Ingeyy heyo edeytheekan vrh happy vehje faahaga kohladiny maa ❤️❤️❤️
      Much lovesss nonni ❤️❤️❤️

Comments are closed.