Skip to content
އެސްފިޔަ

ނުލިބުނު ލޯބި

އެނދުގެ އަރާމު ތަންމަތީގައި އަހަރެން އޮތް އިރު ދެލޮލުގައި ނިންޖެއް ނުވެއެވެ. ތާޒާ ކަމާއެކު އަހަރެންގެ ދެލޮލުން ކަރުނަ އަންނަމުން ދިޔައިރު އަހަރެންގެ މުޅި މޫނަމަތީގައި ވެސް ވަނީ ރަތް ކަމެވެ. ދޭތެރެ ދޭތެރެ އިން އަހަރެން ނޭފަތް ދަމާލަމެވެ. ކިތަންމެ ހަނދާން ކުރަން ބޭނުން ނުވިޔަސް އަހަރެން ގެ ސިކުނޑިތެރޭގައި ވަނީ ދާދިފަހުން އަހަރެން ގެ ހަޔާތް އެފުންމިފުށަށް ޖެހުނު ހާދިސާއެވެ. އެ ހަނދާން ތަކާ ކިތަންމެ ދުރަށް ދާން ބޭނުންވިޔަސް އެ ހާދިސާ ވަނީ އަހަރެން ގެ ހިތުގައި ދާއިމަށް ހަރުލާފައިއެވެ.

އަހަރެން ނަށް ލޯބީގައި ލިބުނު މި ނާކާމިޔާބަކީ އަހަރެން ގެ ހަޔާތް އަނދިރީގެ ތެރެއަށް ވަށްޓާލުވިކަހަލަ ކަމެކެވެ. އެހެން އަހަރެން އޮތް އިރު އަހަރެން ގެ ހިޔާލުތަކުގައި ވަށާލީ ހަމަ އެހަނދާންތަކެވެ.

**************************************

އަހަރެން ނަކީ އަހަރެން ގެ މައިންބަފައިންގެ ހުރި ހަމައެކަނި ދަރިއެވެ. މައިންބަފައިން ގެ ހުވަފެނާ ހަމައަތް ވާސިލް ވުމަށް އަހަރެން ދިޔައީ އަހަރެން ގެ ސުކޫލު ދައުރުއް ސުރެ ވެސް އިންތިހާ އަށް މަސެއްކަތް ކުރަމުންނެވެ. އެހެނީ އަހަރެން ކުރި މަސެއްކަތުގެ ނަތީޖާ އެހާމެ ފޮންޏެވެ. ގްރޭޑް ނުވައެތްގައި އަހަރެން ބުރަކޮށް ކިޔަވަމުން ދިޔައެތް ކަމަކު އަހަރެން ދިޔައީ އަހަރެން ގެ އާއިލާ އަށާއި އަހަރެން ގެ ދެގޮތެއް ނުވާ އެކުވެރިންނަށް ވެސް ވަގުތު ހުސްކުރަމުންނެވެ. އެއީ އަހަރެން ގެ ފުރާވަރު ދުވަސްކޮޅެވެ. އަހަރެން ގެ ޢުމުރުގެ ކޮންމެ ކުއްޖެއް ކަހަލަ ގޮތަކަށް ކުދިންނާ ރައްޓެހިވެގެން އުޅޭ އިރު އަހަރެން އަދި އެކަހަލަ ކަންކަމަކަށް ނުވިސްނަމަވެ. ދިހައެތް ގެ އަހަރު ނިމުމުން އަހަރެން ކުއްޖަކާ ރައްޓެހިވާން ނިންމީ އެއީ މައިންބަފައިން ގެ އެދުމަތް ވެފައި އަހަރެން ވެސް އެކަމުގެ ސަބަބުން ކިޔެވުމަށް އެއްވެސް ވަރަކަށް ބުރޫއަރުވަން ބޭނުން ނުވާތީއެވެ. އަހަރެން ގެ އެކުވެރިން އަހަރެންގެ ކައިރި އަބަދުވެސް އަހާ ސުވާލެތް އޮވެއެވެ. އެއީ އަހަރެން ގެ ހިތުގައި އެތްވެސް ކުއްޖެތް ގެ ނަން ލިޔެވިފައި ވޭތޯ އެވެ. އަހަރެން ގެ ޖަވާބައް އަބަދުވެސް ވަނީ ނޫނެކޭއެވެ.

ދުވަސްތައް އެހެން ފާއިތުވަމުން ގޮސް އަހަރެން ކައިރި އަހަރެން ގެ ކުލާސް ފިރިހެން ކުއްޖެއް ކަމަތް ވާ މާޒިން ރައްޓެހިވާން އެހިއެވެ. ފުރަތަމަ ފަހަރު އަހަރެން ނޫނެކޭ ބުނިއެތް ކަމަކު އޭގެ ފަހުން ވެސް ދެތިން ބުރު އެހުމުން އަހަރެން އެދުނީ އަހަރެން ދިހައެތް ނިމެންދެން އިންތިޒާރު ކުރުމަށެވެ. ކޮންމެ އަކަސް އަހަރެން ގެ ހިތް މާޒިން ވަގަތް ނަގާފިއެވެ. އަހަރެން ގެ ހިތް އޭނާ އަށްޓަކައި ލެބެމުން ދިޔައެވެ. އަހަރެން ހުރީ އަހަރެން ކިޔަވާ ނިމޭނެ ދުވަހެއްގެ އިންތިޒާރެތް ގައެވެ. ރައްޓެހިނުވާއިރު ވެސް މާޒިން އަހަރެން ނަށް ވަރަށް ހެޔޮކޮށް ހިތައެވެ. އަހަރެން ބޭނުން ކަމެތް ކޮށްދެއެވެ. ކުލާހުގައި އަހަރެންނާ އުނދަގޫ ކުރާ އެތައް ފިރިހެން ކުއްޖަކާ ތޮޅެއެވެ. މި ސަބަބަބުތަކާ ހުރެ އަހަރެން ގެ ހިތް މާޒިން އަށް ފިދާވާން މާ ގިނަ ދުވަސްތަކެއް ވެސް ނުނަގައެވެ. މާޒިން ދެކެ ލޯބިވެވުނުކަން އަހަރެން އަހަރެން ނާ އެންމެ ގާތުގައި އުޅޭ އެކުވެރިންނަން އެނގީމެވެ. އެކަމާ އެމީހުން އަހަރެންނާ ވަރަށް ދިމާކުރިއެތްކަމަކު އެމީހުން ވެސް ތިބީ އުފާވެފައި ކަން އަހަރެންނަށް އިނގެއެވެ. މާޒިން އަހަރެންނަށް އެތައް ހުވަފެނެތް ދެއްކިއެވެ. އަހަރެން ގެ އިންތިޒާރުގައި ދާއިމަތް ހުންނާނެ ވާހަކަ ވެސް ބުނިއެވެ. އަހަރެން ގެ ހިތް ލޯބިން ފުރުނެވެ.

ދުވަސްތައް އެސްފިޔަ ޖަހާލާ ހާ އަވަހަށް ފާއިތުވަމުން ދިޔައެވެ. އަހަރެން ގެ ދިހައެތް ގެ އަހަރުވެސް ނިމެން މާގިނަދުވަސް ނެތެއް ކަމަކު އަހަރެން ދިޔައީ ދުވަސްތައް ގުނަމުންނެވެ. މިދުވަސްކޮޅު މާޒިން ގެ އުޅުމަތް އައި ބަދަލު އަހަރެން ނަށް ފާހަގަ ނުވީ މާޒިން ގެ ލޯބީގައި އަހަރެން ބަނދެވިފައި ވީވަރުންނެވެ.

ކޮންމެ އަކަސް އަހަރެން ސުކޫލު ނިމުނުތާ ހަފްތާ އެތް ވެގެން ދިޔައިރު ވެސް   އަހަރެން ނަށް މާޒިން ގެ އެތްވެސް ހަބަރެތް ނުވެއެވެ. މިކަމާ އަހަރެން ކަންބޮޑުވެގެން އެކުވެރިންނާ ވާހަކަ ދެއްކިއެތް ކަމަކު އަހަރެން ގެ ހިތައް ހަމަޖެހުމެތް ނުލިބެއެވެ. އަބަދުވެސް ނޭނގޭ ބިރުވެރިކަމެތް އަހަރެން ގެ ހިތުގައި ވެއެވެ. މާޒިން އަހަރެންނަށް އިންތިޒާރު ކުރިކަން އަހަރެންނަށް އިނގެއެވެ. ދެން އަހަރެންނަށް މަޖްބޫރުވީ ކުރިއަތް ދިޔަ ދުވަސްތަކުގައި މާޒިން ގެ އުޅުމަތް އައިބަދަލުތަކާ މެދު ވިސްނާށެވެ. އަހަރެން ގެ ލޮލުން ކަރުނަ އައީ އަހަރެން އެއިން ގޮތައް އިންދައެވެ. މާޒިން މިފާއިތު ވި ދުވަސް ކޮޅު އަހަރެން ގެ ލޮލަށް ދައްކާވެސް ނުލައެވެ.

އޭގެ ހަފްތާއެތް ފަހެވެ. އަހަރެން މަންމަ ގެ އެދުމަތް ފިހާރައަތް ދިޔައީ ކައްކަން ގެންގުޅޭ ތެޔޮފުޅި ހުސްވެފައި ހުރުމުން ތެޔޮފުޅިއެތް ގަންނާށެވެ. ލާރި ކެނޑުމަތް ފަހު އަހަރެން ފިހާރައިން ނިކުން ގަނޑީގައި މީހެތްގައި ގައި ޖެހިފައި އަހަރެން އަރިއަޅާލިނަމަވެސް އަހަރެން ބެލެންސް ކޮށްލީމެވެ. މާފަތް އެދެންވެގެން އަހަރެން އިސްއުފުލާލިވަގުތު އަހަރެން ދެލޯބޮޑުވެގެން ދިޔައީ ކުރިމަތީގައި ހުރި މާޒިން ފެނިފައެވެ. އަހަރެން ގެ ދުލުން އެނަން ނިކުތީ އިޙްތިޔާރުން ބޭރުގައެވެ. މާޒިން ވެސް ހުރީ އަހަންނާ ދިމާލަށް ބަލަހައްޓައިގެންނެވެ. އަހަރެން ހުރީ މާޒިން ކައިރި ޝަކުވާކޮށްލަން ބޭނުންވެފައެވެ. ވާހަކަ ވެސް ދައްކާލަން ބޭނުންވެފައެވެ.

” ރާނިޔާ ، އަހަރެން ބޭނުން ވާހަކަ އެތް ދައްކާލަން ، ވަގުތުކޮޅެށް ލިބިދާނެ ތަ ” . މާޒިން ގެ މިޖުމްލަ އިވި އަހަރެން ހިތް ނުބައިގޮތަކަށް ތެޅެލިއެވެ. ނަމަވެސް ހަމަޖެހިލަމުން އަހަރެން ބޯޖަހާލީމެވެ. ދެމީހުން ވެސް ހިނގަމުން ދިޔައީ ކައިރީ ހުރި ބޮޑު ދިއްގާގަހުގަގައި އެލުވާފައިހުރި އުނދޯލިތަކާ ދިމާލަށެވެ. ” ރާނިޔާ އަހަންނަށް ވަރަށް ބޮޑަށް މާފްކުރޭ ” އިސްޖަހާލައިގެން ހުރެ ފައި މާޒިން މިހެން ބުނެލިއެވެ. އަހަރެން ގެ ހިތް ތެޅެމުން ދިޔައީ މޭފަޅާފައި ނިކުންނާހާ ބާރަށެވެ. ” ކޮންކަމަކާ ” ތުރުތުރުލާހާލު އަހަރެން އަހާލީމެވެ. ” ރާނިޔާ އަށް ހުވަފެން ތައް ދައްކާ ފައި އަހަރެން ނަށް އެ ހުވަފެންތަކުގައި ކުލަ ނުޖައްސައިދެވުނީމާ ” . އަހަރެން ގެ ލޮލާ ލޯ ސީދާކޮށްލަމުން މާޒިން ބުނެލިއެވެ. ވާން މިއޮޅެނީ ކީއްކަން ރޭކާލުމާއެކު އަހަރެން ގެ ދެލޮލަށް ކަރުނަތައް އައިސް ފުރި ބާރުވިއެވެ. މިތަން މާޒިން އަށް ނުދައްކަން ވެގެން އަހަރެން އިސްޖަހާލީމެވެ. ” އަހަރެންނަކަށް ނެތް ރާނިޔާ އާއި ގުޅެވޭކަށް ، އަހަރެން ނަށް އިޙްސާސް ވެއްޖެ އަހަންނަށް ލޯބިވެވުނީ ރާނިޔާ ދެކެ އެތް ނޫންކަން އެއިރު އެއީ އަހަރެންނަށް ރާނިޔާގެ ރީތިކަން ދެކެ ލޯބިވެވުނީ ، މިހާރު އަހަރެން އެހެން ކުއްޖެއް ދެކެ ލޯބިވަނީ ، އަހަރެންނަށް މާފްކުރޭ ، ” މިހެން ބުނެލާފައި މާޒިން އެ އިންތަނުން ތެދުވެގެން ދިޔައެވެ. އަހަރެން ނަށް ފުރަތަމަ ފަހަރަށް އަމިއްލަ މީހާ ގެ ރީތިކަމަށް ހަސަދަވެވުނެވެ. މާޒިން އަހަރެން ދެކެ ލޯބިނުވިއެތް ކަމަކު އަހަރެން އޭނާ ދެކެ ލޯބިވަނީ ވަކި ވަރެތް ބަލާފައެތް ނޫނެވެ. އަހަރެން ނަށް އެ ލޯބި ނުލިބުނީ އަހަރެން ގެ ތަޤްދީރުގައި ނެތީމައިކަން އަހަރެން އަމިއްލަ ނަފްސައް ވިސްނައިދެމުން އެތަނުން ދާން ތެދުވަންވެގެން ލޮލުން ހުއްޓުމެތް ނެތި އަންނަންމުން ދިޔަ ކަރުނަ ތައް އަތުގެ ނުފުށުން ފުހެލަމުން ގެއާއި ހިސާބަށް ދިޔައީ ދެން ނުރޯން ނިންމާގެންނެވެ.

***************************************

މާޒީގެ މިހަނދާން ވުމުން އަހަރެންނަށް އޮށޯވެގެން އޮތް ތަންމަތިން ތެދުވެވުނެވެ. މާޒިން ގެ ހަނދާން ތައް އަދިއަދައް ދާންދެން ވެސް ވަނީ ހިތުގައި ރައްކައު ކުރެވިފައެވެ. ކިތަންމެ ދުރައްދާން އުނދަގުލަސް މިއީ ނުލިބޭނެ ލޮއިއްބެތް ކަން އަހަރެންނަށް އިނގެއެވެ. މާޒިން އެއީ އެހެން މީހެއް ގެ ހައްޤެތްކަން އަހަރެން އަމިއްލަ ނަފްސަތް ވިސްނައިދެމުން ތަންމަތީގައި އޮށޯވެލީ މާދަމާ އެއީ މުޅިން އައު ދުވަހަކަށް ހެދުމަށެވެ. ހިތާމަތަކުން އެތް ފަރާތް ވެ އައު ދިރިއުޅުމަކައިގެން ކުރިއަތް ދާން އަހަރެން އަޒުމްކަނޑައެޅީމެވެ.

(ނިމުނީ)

Comments (12)

  1. crazy idiot

    ril sis mi story vex varah reethi…keep it up…..tc…lysm

    1. YEOJA
      crazy idiot

      Thank uuuu soo much crazy idiot❤️❤️
      Vrh happy vehje stry kamudhiyaamaa❤️❤️
      Thanks ❤️❤️
      Lymmmm❤️❤️
      Stay safe❤️❤️ and tvgc❤️❤️

  2. YEOJA

    Hello readers ❤️❤️
    Hope u like this stry too❤️❤️
    Stay safe ❤️❤️and tvgc❤️❤️

  3. Nayaa

    masha allah ril sisoooooo
    stry mee hama eh vana…
    vrh salhi idea eh…
    ehenveyey nayoo bunee firihenunnah ehaa faseyhain ithubaaru kuraakah nuvaaneyey… balaaba maazin soru vx hedhi goi… alhe dhogehtha nayoo bunee??
    btw ingeytha nayoo ge vrh close cousi sis eh ge crush eh vx hunnaane… and eyna ah vx kiyanee hama maazin… hehe… what a coincidence dhw? and eyna vx hunnanee vrh dhera vefa eynage crush eyna dheke like nuva kan inguneema… and she came for my support and love which i gave her…
    once again vrh lwbi stry eh ingey mee…
    SH
    SS
    TVGC
    LYSSSSSSSSSSSSSSMMM

    1. YEOJA
      Nayaa

      Thank uuuu soo much crazy idiot❤️❤️
      Vrh happy vehje stry kamudhiyaamaa❤️❤️
      Thanks ❤️❤️
      Lymmmm❤️❤️
      Stay safe❤️❤️ and tvgc❤️❤️

    2. YEOJA
      Nayaa

      Swry nubaathaakah dhw cmnt aisaa meenee
      Crazy idiot ge

    3. YEOJA
      Nayaa

      Thank u sooo much naayuuu❤️❤️❤️❤️
      Aslu tha ehvana libuny maa vrh happy hehe❤️❤️❤️❤️❤️???
      Aslu vxx naayuuu thibuny thede nuvaane ehaa❤️❤️❤️ avahakah ithubaaru kuraakah dhw ❤️❤️❤️
      Ohhh coincidence eh dhw hehe❤️❤️
      Aleyyy vrh sad dhw ❤️❤️❤️
      Thanks again❤️❤️
      Lymmmmm❤️❤️
      Stay safe ❤️❤️and tvgc ❤️❤️❤️

  4. Xeeen

    Masha Allah bestie V reethi mi vaahaka vx ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Keep it up bestie ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Love u so much bestie ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Waiting for a new story of u bestie❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    TC ?????????????

    1. YEOJA
      Xeeen

      Thank uuuu sooo much bestie❤️❤️
      Vrh happy vehje kamudhiyaamaa❤️❤️❤️
      Lymmmmmm❤️❤️❤️
      Keep waiting ingey ❤️❤️
      Stay safe❤️❤️ an tvgc❤️❤️

  5. zahuu

    Wow ril sisoo mi stry vs varah reethi❤️♥️❤️♥️❤️

  6. qu een

    Nice story
    Keep it up

  7. ReeshA CoronA

    Brw salhi v… V ibraitheri lwbiiga moya vefa thibey gola gola in nah… Gadha ngey Yeoja..

Comments are closed.