Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހާދަހާ ލޯބިވޭ

🌹YEOJA🌹 Level 610 Stories100 Login100 Comments
March 26, 2021 8 Mins Read
18 Comments

ރަސްފަންނު ގެ ހަމަހިމޭން މާހައުލުގައި އެތް ބަޔަކަށް ވަނީ މާފޮޅުވަމުން ދާ އެކި އެކި ލޯބި ވެރީންނެވެ. އެއިން ކޮންމެ މީހެއްގެ މޫނުމަތިން ވެސް ފެންނަމުން ދަނީ އުފާވެރި ކަމާއި ހިތްހަމަ ޖެހުމެވެ. ހީވާ ކަހަލަ އެވެ ،އެމީހުން އެތިބީ އުފަލުގައި އެވެ . މިއެންމެން ތެރޭގައި އެކަނި ވެރި ވެފައި އިން އާލާ އިނީ އުޑުމަތިން ފެން ނަމުން  ދިޔަ ވަށް ބުރެށް ހާ ހަނދަށް ގެއްލިފައިއެވެ. ކަޅުވިލާތަކުން ބަރާވެފައިވާ އުޑުގައި ދިއްލިފައި އިން ސާދާ ފަނަރައިގެ ހަނދު ދިއްލިފައި ވުމުން އުޑުމައްޗަށް ފުރިހަމަ ކަމެއް ގެނެސް ދީފައި ވެއެވެ. އިތުރަށް އުޑުމަތި ރީތި ވެފައިވަނީ ކުދި ކުދި ޖަވާހިރު ތަކެއް ފަދައިން ދިއްލެމުން ދިޔަ ތަރިތަކުގެ ސަބަބުންނެވެ. ޤުދުރަތީ މި ހިތްގައިމު މަންޒަރަށް ގެއްލިފައި އާލާ އިން އިރު އޭނާގެ ހިތުގައި  ވަނީ ހައިޖާނު ގަނޑެއް އުފެދިފައެވެ. މޫނުމަތީގައި އެއްވެސް އަސަރެއް ނުވާއިރު ފެންނަނީ ހިތާމަ އެވެ. ނޭފަތް ދޮށް ރަތްވެފައި ވާއިރު ދެލޯ ވެސް ވަނީ ރަތް ވެފައެވެ. އަލަތު ލޯބިވެރިޔާ ވަކި ވުމުން ދެރަ ނުވާތީ ވަކި ކާކު ހެއްޔެވެ.

އެހެން އިރުކޮޅަކު އިނދެ ލުމަށް ފަހު އާލާ ގެއާއި ހިސާބަށް ދާން މިސްރާބު ޖެހި އެވެ.  އަކްމަލް އާލާ ދޫކޮށްލިތާ ހަފްތާއަކާ ގާތް ކުރަމުން ދިޔަ އިރުވެސް އަދިވެސް އެ ހިތާމަތަކުން އާލާ އަކަށް އަރައެތް ނުގަނެވުނެވެ. ހިތާ ފުރާނައިން އާލާ އަކްމަލް ދެކެ ލޯބި ވީރު ދުވަހަކު ވެސް ވަކި ވާން ނޭދިފައި ހުއްޓާ ވަކި ވުމުން އެ ހިތަށް ވަނީ ފުން އަސަރު ތަކެއް ކޮށްފައެވެ.

ކޮންމެ ރެއަކުވެސް އާލާ ހިތްހަމަ ޖެހުން ހޯދަމުން އައީ ރަސްފަންނު ގެ ހިތްގައިމު މާހައުލު ގައެވެ.

ގެއާއި ދިމާއަށް ދާން އާލާ ދިޔައިރު ހުރީ ފުދޭ ވަރަކަށް ދަން ވެފައި ވުމުން މަގުމަތީ ގިނައީ ގޭންގު ގޭންގު ހަދާފައި އެކި ތަންތަނަށް ބެހިފައި ތިބި ޕާޓޭން ތަކެވެ. މިކަން އާލާ އަށް ދެނެގަނެވޭ ވަރަށް ވުރެ އޭނާ ހުރީ ހިތުގައި ޖެހިފައެވެ. މިހާދަންވަންދެން ބޭރުގައި އުޅުނު ފުރަތަމަ ރެއަކީ އަދި މިއެވެ. ގެއަށް ދާން ވެގެން އެޅި ގޯޅި އަނދިރިކަމުން އާލާ ހިސާބަކަށް ޖެހިލުންވިއެވެ.  ބިރުން ހުރެ ވަކި ހިސާބަކަށް ދިޔަ ތަނުން އާލާ އަށް ފެނުނީ ވަކި ހިސާބެއްގައި ތިބި ދެތިން ޕާޓޭންތަކެކެވެ. ކިތަންމެ ވަރަކަށް ޖެހިލުންވިޔަކަސް ހިތްވަރުކޮށްފައި ހިނގައި ގަތެވެ. އެ މީހުންނާ ކައިރިވިވަރަކަށް އާލާ އަށް އިނގެނީ އެމީހުން ތިބީ ހަމަހެއެތް ގައެތް ނޫން ކަމެވެ.

އެމީހުން ނާ ކައިރިވިވަރަކަށް އާލާ ގެ ހިތް ދިޔައީ ނޭނގޭ ބާރުމިނެތް ގައި ތެޅެމުންނެވެ. ކުއްލިއަކަށް އާލާ ސިއްސާގެން ދިޔައީ އެތަނުން އެކަކު އާލާ އަތުގައި ހިފައިފައި ލުކެތް ޖަހާ ލައިފައި އެމީހާ އާއި ކައިރިއަތް ދަމާލުމުންނެވެ. ދުވި ނުބައި ވަހުން އާލާ އޯކަތްދެމުނެވެ. ދެލޮލުން ފެން އައީ ބަސް ބުނާހާ ހިނދުކޮޅެއްގެ ތެރޭގައެވެ. ” މަންޖޭ ކޮންތާކަށް އާދެ ބަލަ އަހަރެމެން ނާ އެކު” ނުލަފާ ރާގަކަށް އާލާ ގެ ފައިން ފެށިގެން ބޮލާހަމައަށް ނަޒަރުހިންގާލަމުން އެ ޕާޓޭ މީހާ ބުނެލިއެވެ.

އެއާއެކު އެތާ ދެމިފައި ތިބި އަނެއް މީހުން ހިނިގަނޑެއް ޖަހާލިއެވެ. އެމީހާ އާލާ ގާތް ކުރަމުން ދިޔަވަރަކަށް އާލާ އަށް ރޮއެގަނެވުނެވެ. ” އަހަރެން ދޫކޮށްލާ އާދޭސްކުރުން”. އާލާ ބުނެލިއެވެ. ނަމަވެސް އެމީހާ އަކަށް އެ އަޑު އިވުނު ހެން ނެތް ހިއެތް ނުވެއެވެ.  އެހެން ހުރެފައި އެމީހާ އާލާ ގެ ކަނދުރާއާއި  ދިމާލުގައި ވަސްގަނެލިއެވެ. އެއާއެކު އާލާ ހަޅޭލަވަގަންނަމުން ބާރަށް ރޮއި ގާތެވެ. ދެން ފެނިގެން ދިޔައީ އާލާ ގެ އަތުގައި ހިފަހަށްޓައިގެން ހުރި މީހާގެ މޫނުމައްޗަށް ގޮށްމުށުގެ ހަމަލާއެތް އެރި ތަނެވެ. އެއާއެކު އާލާ ތެޅިގަނެފައި ދުރަށް ޖެހިލިއެވެ. ކައިރީގައި ރުޅި ގަދަވެފައި ހުރި އަކްމަލް ފެނި އާލާ ގެ ދެލޯ ބޮޑުވިއެވެ. އަދި ހަމަ އެހާމެ ވެސް އުފާ ވިއެވެ. އެހެނީ އޭނާ ގެ ހިތުގައި އަދިވެސް އަކްމަލް ގެ ނަން ވަނީ ރަން އަކުރުން ފެވިފައެވެ. އެތާގައި ކުޑަވަރެއްގެ ތޮޅުން ގަނޑެއް ހިނގީ އާލާ ބަލަން ހުއްޓައެވެ. ފަހުން އެ ޕާޓޭ މީހާ އެތަނުން ދިޔައީ އޭނާ ބަލިވުމުންނެވެ.  “ހިނގާ އަހަރެން އާލާ ގެއަށް ގެންގޮސް ލައިދޭނަން” އާލާ އާއި ދިމާއަށް ބަލައިލަމުން އަކްމަލް ބުނެލިއެވެ. ލިބުނު އުފަލެއް ގެ ބޮޑުކަމުން އާލާ މަޑުމަޑުން ބޯ ޖަހާލިއެވެ.

” އާލާ އޯކޭ ތަ! ” އަކްމަލް އަހާލިއެވެ.  މަޑުމަޑުން އާލާ ބޯ ޖަހާލިއެވެ. އަކްމަލް ގެ ސަބަބުން އާލާ ކުރި ހިތާމަ ކިތަންމެ ބޮޑަކަށް ވެސް އޭނާ އަށް އަންގަން ބޭނުން ވެފައި ހުރި އެތް ކަމަކު އެވާހަކަ ބުނަން ނުކެރުނީ މިހާރު އަކްމަލް އޭނާ ދެކެ ލޯބި ނުވާނެ ކަން އެނގޭތީއެވެ. އަކްމަލް އޭނާ އާއި ވަކިވެގެން ދިޔައީ ވެސް މިހާރު އޭނާ ދެކެ ލޯބި ނުވާ ކަމަށް ބުނެ ފައެވެ. ދެން ވެރިވެގަތީ ހަމަ ހިމޭން ކަމުގެ ސުކޫތެކެވެ. އާލާ ގެއާ ހަމައަށް ދާން ދެން ވެސް ދެމީހުން ކުރެ އެކަކު ވެސް ވާހަކަ އެތް ނުދައްކާ އެވެ. ދައްކާނެ ވާހަކަ ދެމީހުންގެ ހިތުގައި ވެސް ފުނިޖެހިފައި ވީނަމަވެސް ދެމީހުން ގެ އަނގަ ވަނީ ބަންދު ވެފައެވެ. އާލާ ގެ ގޭ ދޮރު މައްޗާއި ކައިރިވިވަރަކަށް އަކްމަލް އަށް ދޮރާ އެއްފަޅީގައި ހުރި އާލަގެ ދޮންބެ އިޝާން ފާހަގަ ވި އެވެ. އެއާއެކު ތެޅިގަނެވުނެވެ. އަދި އާލާ ކައިރީ ނުވެސް ބުނެ އެތަނުން ދިޔައެވެ. އާލާ އަށް ވެސް އަކްމަލް ދިޔަކަން އިނގުނީ ގެއާއި ހިސާބަށް އެރި ތަނުންނެވެ. އޭނާ ކައިރީ ނުބުނެ އަކްމަލް ދިޔުމުން އާލަގެ ހިތުގައި ޖެހުނެވެ. ނަމަވެސް ދެވަނަ ފަހަރު އެދެމީހުންގެ އެއްވެސް ގުޅުމެތް ނެތްކަން ހަނދާން ވުމުން އާލަގެ ލޮލުން ކަރުނަ އައެވެ. ގޭތެރެ އަށް އާލާ ރޮމުން ވަން އިރުވެސް ދޮރުކައިރީ އެތްފަޅީ ހުރި އިޝާން އެތް އޭނާ އަކަށް ނުފެނުނެވެ. އިޝާން ހުރީ އާލާ ރޮމުން ދިޔައި މައި ދެރަވެފައެވެ. އޭނާ އަށް އަކްމަލް އާލާ ގޮވާގެން އައި ތަން ކިތަންމެ ރަނގަޅަށް ވެސް ފެނުނެވެ. އަދި އަކްމަލް އޭނާ ފެނުމުން ސިހުނުކަން ވެސް އިނގުނެވެ. އެހެން މާގިނައިރު ނުހުރެ އޭނާ އެތެރެ އަށް ވައިން އިރު އޭނާ ގެ ސިކުނޑީގައި އެތައް ކަމެއް އެނބުރެމުން ދިޔައެވެ.

ތާރު މަތިން ހިނގާފައި ދިޔަ އަކްމަލް ވެސް ވަނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އާލާ ދެރަކޮށްލުމުގެ އޭނާ ވެސް ހުރީ ދެރަވެފައެވެ. އާލާ ނުބުންޏެއްކަމަކު އޭނާއަށް އިނގޭ އެވެ. ދެމީހުން ވަކިވުމުގެ ހިތާމަ އާލާ ކުރާކަން އެމޫނުމަތިން އަކްމަލް އަށް އެނގުންވެލިއެވެ. ހުދު އޭނާ ވެސް ދަނީ އެކަމާ ހިތާމަ ކުރަމުންނެވެ. އަކްމަލް އާލާ އާއި ވަކިވީ ވެސް އާލާ ގެ ބޭބެ ގެ ޢަމުރަށެވެ. އާލާ އަކީ މުއްސަނދި އާއިލާ އަކަށް ނިސްބަތްވާ ކުއްޖަކަށް ވެފައި އޭނާ އަކީ މެދުފަންތީގެ އާއިލާ އަކަށް ނިސްބަތްވާ ކުއްޖަކަށް ވުމުން އެކަމާ އިޝާން ހިތްހަމަ ނުޖެހުނެވެ. އާލާ ގެ ބޭނުން ތައް އަކްމަލް އަށް ފުއްދާނުދެވޭނޭތީ އިޝާން އަކްމަލް  ބްލެކް މެއިލް ކުރީ އެވެ. އަކްމަލް ގެ ކޮއްކޮ އެދޭތެރެ މެދަށް ވެއްދީ އަކްމަލް ފަސޭހައިން އާލާ އާއި ވަކި ވާނީ އެހެންހެދީމާކަމަށް ވާތީއެވެ. މި ހިޔާލު ގައި ހުރެ އަކްމަލް އޭނާ ގެ ގެއަށް  ވަނެވެ.

ނިދަން ތައްޔާރުވެގެން އެނދުގައި ޖައްސާލި ހެނެތް ހީނުވެ އަކްމަލް ގެ ފޯނު ރިންގްވިއެވެ. ގުޅާނީ އިޝާން ކަމަށް ވާތީ އަވަހަށްްް ފޯނު ނެގި އެވެ. “ކަލޭ މި ހަފްތާގެ ބުދަ ދުވަހު ޖެހޭނެ ކަލޭ އުޅޭ ރަށަށް ބަދަލުވާން އާލާ އާއި ވައިވެސް އެޅިގެން ނުވާނެ އޭރަކަށް.”  ރުޅިއައިސްފައި ހުރެ އިޝާން ބުނެލިއެވެ.  އެކަމަކު ކިހިނެއް މީހާ ކުޑަ ދުވަސް ކޮޅަކު މިއަދު މީ ހޯމަ ބާކީ އެތް ދުވަސް ތައްޔާރު ވާން އިނީ ކިހިނެތް އަހަރެން…..” އަކްމަލް ބުނެލިއެވެ. “ތިއެތް މަށަކަށެއް  ނޭނގެ އިނގެން ވީ ކަމަކީ ކަލޭ ބުދައިގެ ފަހުން މި މާލެ ތެރެއިން ފެނިގެން ނުވާނެކަން. ރަނގަޅުވާނީ އަހަރެން މި ބުނި ގޮތަށް ކަންތައް ކުރީއާ އަހަރެން ކުރަން ވެއްޖިއްޔާ މާ ނުބައި ވާނެ ކަން ހަނދާން ކުރާތީ ” ނުރައްކާތެރި ރާގަކަށް އިޝާން މިހެން ބުނެ ލުމަށް ފަހު ފޯނު ކަނޑާ ލިއެވެ. ފޯނަށް ބަލަހައްޓައިގެން އޮތް އަކްމަލް  އަށް ފުންނޭވާއެތް ދޫކޮށްލެވުނެވެ. އާލާ އާއި ދުރުގައި އޭނާ އަށް އުޅެން ވަރަށް އުނދަގޫ ވާނެއެވެ . އާލާ އަކީ އޭނާ އަށް ހަޔާތުގައިވެސް ވެވުނު ފުރަތަމަ ލޮއިއްބެވެ.

ގޭގެ ބެލްކަނީ ގައި ހުރެ ލުމަށް ފަހު އިޝާން އޭނާގެ ކޮޓަރިއަށް ދާން މިސްރާބު ޖެހި އެވެ. އާލާ ގެ ކޮޓަރި ހުރަސް ކުރި އިރު އިޝާން އަށް އިވުނީ އާލާގެ ވޭނީ ގިސްލުމުގެ އަޑެވެ. އާލާ ރޮއެ އަޑު އަހަން އިޝާން އަކަށް ފަސޭހައެތް ނުވިއެވެ . އޭނާގެ ހިތަށް ވަރަށް ވެސް އަސަރު ކުރި އެވެ. ނަމަވެސް އޭނާ ނިންމިނިންމުން ބަދަލު ކުރާކަށް ނުވިސްނައެވެ. އާލާގެ ކޮޓަރި ދޮރު ހުޅުވުމާއެކު އިޝާން އަށްފެނުނީ އެނދު ކައިރީ ތިރިވެ ގެން ކަކުލުގައި ބޯ އަޅާ ގެން އޮތް އާލާ އެވެ. އިޝާން އާލާ ކައިރި އަށް ތިރިވެ ލުމަށްފަހު އާލާގެ ބޮލުގައި ފިރުމާލިއެވެ. އެއާއެކު އާލާ ބޯ ހިތް ލައިލައެވެ. އިޝާން ފެނި އާލާ އިޝާން ގެ ގައިގައި ބައްދާލަމުން ރޯންފެށިއެވެ. “ދޮންބޭ އޭނާ އަހަރެން ދޫކޮށްލީ ، އަހަރެން ވަރަށް ބޮޑަށް ވެސް ލޯބިވޭ އަކްމަލް ދެކެ ، އޭނާ އަށްޓަކައި ކޮންމެ ކަމެއް ވެސް ކޮށްފާނަން އަހަރެން ، ދޮންބޭ އޭނާ ކައިރީ ބުނެބަލަ އަހަރެން ކައިރިއަށް އަންނާށޭ ” ރޮމުން ރޮމުން އާލާ ބުނެލިއެވެ. އެއްވެސް އެއްޗެކޭ ނުބުނެ އިޝާން އިނެވެ. އޭނާގެ ސަބަބުން އާލާ އެހާ ވަރަށް ރޯތީ އޭނާ އަމިއްލަ ނަފްސަށް އަޑުލާ ހެދުނެވެ. އޭރު ނިންމީ ނިންމުމާ މެދު ވިސްނާލަން މަޖްބޫރުވިއެވެ.  އަކްމަލް އާއި ވަކި ވީފަހުން  އާލާ ރަނގަޅަށް ކަނީކީއެތް ނޫނެވެ. އެންމެންގެ ތެރެއަށް ނިކުންނާނީ ކީ ވެސް ނޫނެވެ. އެކަމާ ކަންބޮޑުވުން އެދެމީހުންގެ މަންމަ ނާސިދާ ވެސް އެވާހަކަ އިޝާން ކައިރީ ދައްކައިފިއެވެ. ނަމަވެސް އެއިރު އިޝާން މާ ވަރަކަށް އަޅައެތް ނުލައެވެ. ސަބަބަކީ އޭނާ  އަތް ހީވެފައި ވާގޮތުގައި ދުވަސްކޮޅެއް އާލާ ރަނގަޅުވާނެއެވެ. އެހެން އިނުމަށް ފަހު އިޝާން އާލާ އެނދުމަތީގައި ބާއްވަލީ އޭނާ ކައިރީ ނިދާލާށޭ ބުނުމަށް ފަހު އެވެ.

އޭގެ އަނެއް ދުވަހޭ ފުރަން ވާއިރަށް އެކި އެކި ތައްޔާރީ ތައް ވަމުން ދިޔަ އަކްމަލް ގެ ނަފުސުގެ ހަމަ ޖެހުން ވަނީ ނަގާފައި ފައެވެ. އޭނާ ގެ އެދުމަށް އޭނާ ގެ މަންމަ އަދި ކޮއްކޮ މަޑު ކުރީ އަދި އޭނާ ކޮއްކޮ އައިކާ ކިޔަވާ ނުނިމޭ ތީ އެވެ. އާލާ ނުފެންނާތީ އެކަމާ ހިތާމަ ކުރަ މޫން ދާޙާލު އަކްމަލް އޭނާ ގެ ދިރިއުޅުމައިގެން ކުރިއަށް ދާން ނިންމި އެވެ.

ހޮސްޕިޓަލް އަށް ވަދެގެން އައި އިޝާން ގެ މޫނުމަތީގައި ވަނީ ކަންބޮޑުވުމެވެ. އޭނާގެ އަތް ދަނޑި މަތީގައި ހަބަރު ހުސްވެފައި އެއޮތީ އާލާ ނޫން ދެވަނަ މީހެއް ނޫނެވެ. ފަހަތުން ނާސިދާވެސް ވެސް ދުވެފައި ކަހަލަ ގޮތަކަށް އާދެއެވެ.

އާލާ އެނދުމަތި ކުރެވުނީ ގައިން ހަކަތަ ހުސްވުމުގެ ސަބަބުންނެވެ. އެދުވަހު ހަތަރު ދަމު ވީއިރު ވެސް ކަރުތެރެއިން ފެންފޮދެއް ފިޔަވާ އެކެއް ޗެއް ވެސް އާލާ ދިރުވާނުލައެވެ.  ދިރިއުޅުން މަތިން އާލާ ފޫހިވެ ފައި ވާކަމުގެ ހެއްކަކަށް އެކަން ވެސް ފުދެއެވެ. އިޝާން ގެ ބޯ ހީވަނީ ފަޅައިގެން ގޮސް ދާނެ ހެންނެވެ. އާލާ ހިތާމަ ކުރުމުގެ އަސްލު ސަބަބަކީ އޭނާ ކަމަށް ވިސްނިއެވެ . އާލާ އަށް ހުރިހާ ހަޤީޤަތެއް ކިޔާދޭން އިޝާން ނިންމިއެވެ. ރޭގަނޑުގެ ވަގުތު ކަމުން މާދަމާ އެވާހަކަ ބުނަން ނިންމައި ގެން އިޝާން ހުއްޓެވެ.

އިރުގެ ރަންދޯދިތައް ދޮރު ފޮތިގަނޑު މަތިން އާލާގެ މޫނަށް އެޅުމުން ދެލޯ ތަޅުވާލަމުން ލޯ ހުޅުވާ ލިއެވެ. ކައިރީ އިން އިޝާން އޭނާ އަށް ފެނުނީ އަދި ކިރިޔާ އެވެ. ކުޑަކޮށް ގައިގައި ވަރު ޖެހިފައި ވުމުން އެއްވެސް ޖެހިލުމެތް ނެތި އާލާ އެނދުން ތެދުވެލި އެވެ. “ދޮންބޭ “. އާލާ ގެ ދުލުން ނިކުތެވެ. ސިހިފައި އިޝާން އަށް އާލާ އާއި ދިމާއަށް ބަލައި ލިއެވެ. ހިޔާލު ތަކުގައި ވުމުން އިޝާން އަށް އާލާ ތެދުވެ ކަމެށް ނޭނގުނެވެ.

*********************

 

ރަށަށް ދިއުމަށްޓަކައި ވާން ޖެހޭ އެންމެ ފަހު ތައްޔާރީ ތައް ވަމުން އަކްމަލަ ދިޔައެވެ. މީގެ ފަނަރަ ވަރަކަށް މިނެޓް ފަހުން އަކްމަލް ވަނީ ބަނދަރަށް ދާން ރާވާފައިވާ.

******************

” އާލާ ދޮންބެ އެބަ އޮތް ވާހަކަ އެތް ބުނަން ވެފާ ” އިޝާން ނުތަނަވަސް ވެފައި އިނދެ ބުނެލިއެވެ. ކޮން ވާހަކަ އޭތް ތޯ އަހާކަހަލަ ގޮތަކަށް އާލާ އިޝާން އާއި ދިމާއަށް ބަލައި ލިއެވެ.” އާލާ ދޮންބެ އަތް ކުށެއް ކުރެވިއްޖެ.  އަކްމަލް އާލާ އާއި ދުރުވީ ދޮންބެގެ އިހްމާލުނ ، އަކްމަލް އަކީ މެދުފަންތީގެ އާއިލާ އަކަށް ނިސްބަތްވާ ކުއްޖެއް ވީމާ  ދޮންބެ އަށް ކަމުނުދިޔައީ ، އެހެންވެ ދޮންބެ އަކްމަލް އަށް ބްލެކް މެއިލް ކުރީ ދެން މަޖުބޫރުވެގެން  އޭނާ އާލާ އާއި ދުރުވީ ، އޭނާ  ވަރަށް ވެސް އާދޭސް ކުރި އެކަމަކު ދޮންބެ އަތް ވިސްނުނީ އާލާ ގެ އުފަލާ މެދު ، މިހާރު އަކްމަލް ވާނީ އޭނާ ގެ ރަށަށް ދާން ފުރަން ގޮސް އާލާ އޭނާ ހުއްޓުވަން ދޭ އެހެންނޫނީ ދެން އޭނާ ނުފެނި ވެސް ދާނެ ، ދޮންބެ އަށް މާޢްފް ކުރޭ އާލާ”

ކުރެވުނު ކަންތަކާ ދެރަ ވެފައި އިން ހާލު ހުރިހާ ހަޤީޤަތެއް އިޝާން ހާމަ ކޮށްލިއެވެ. އިވިގެން ދިޔަ ވާހަކަ ތަކުން އާލާ އިނީ ބުދެއް ފަދައިން ހުއްޓުން އަރާފައެވެ.  ދެލޮލުން ކަރުނަ އަންނަން ފެށީ ވެސް އިޙްތިޔާރުން ބޭރުގައެވެ.

“ދޮންބޭ ކީއްވެ ، އަހަރެން ގެ އުފާ ވާނީ އަކްމަލް އާއި އެތް ކޮން ދެން  ދޮންބެ ކީއްވެ އަހަރެން ބޭނުމެތް ނޫން މުއްސަނދި ކަމެއް ، އެކަމަކު ދެން އަހަރެން އެންމެ މިނެޓް އެއްވެސް މަޑު ނުކުރާނަން މި ތާކު އަހަރެން އަކްމަލް ހޯ ދާން މިދަނީ ، އަހަރެން ދޮންބެ އަތް ވިސްނުނީތީ އުފާ ކުރަން ،އަހަރެން ދޮންބެ އަށް މާޢްފް ކޮށްފިން. ” މިހެން ކިޔާ އަތުގައި ގުޅާފައި ވާ އައިވީ ނައްޓުވަލަމުން ދުވަމުން ކަހަލަ ގޮތަކަށް އާލާ ދިޔައީ އިޝާން އަށް ނުބަލާލައެވެ. ޢައިވީ ނައްޓުވާލި އަތުން ލޭތައް އަންނަމުން ދިޔަ އެތް ކަމަކު އެކަމަކަށް އާލާ އެތް ފަރުވާލެއް ނުބަހައްޓައެވެ. އާލާ ދިޔުމަށްޓަކައި އިޝާން ވެސް އިނީ ދޫކޮށް ލައިގެންނެވެ. އާލާގެ މާޢްފް ލިބުމުން އުފާވިއެތް ކަމަކު އަކްމަލް ގެ ވެސް މާޢްފް އޭނާ ހޯދަން ބޭނުން ވާތީ ބަނދަރާ ދިމާއަށް މިސްރާބު ޖަހަން ދިޔައެވެ.

ބަނދަރާއި ހޮސްޕިޓަލް ފުދޭވަރަކަށް ކައިރީ ވުމުން އާލާ އަށް ނުލާހިކު އަވަހަށް އެތަނަށް ދެވުނެވެ.

އަކްމަލް ދާން ޖެހޭ ލާންޗު އަންނަ ތަން ފެންނަމުން ދާތީ ވާޓަރާ ކައިރީ އަށް ދާން މިސްރާބު ޖެހި އެވެ. އާލާ އަށް ހެޔޮދުޢާ ކުރާ ޙާލު އަކްމަލް ލަސް ފިޔަވަޅު ތަކެއް އަޅަމުން ދިޔައެވެ. ނަމަވެސް ހުއްޓުން އެރީ އޭނާ ގެ ކުރިމައްޗަށް އެރި އާލާ ފެނިފައެވެ.  އާލާގެ މޫނުމަތިން ފެންނަނީ ހުސް ކަމެވެ. ދެލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. އަތުން ވެސް ލޭތިކި ތަޅަމުން ދިޔައެވެ. މިތަން ފެނިފައި އަކްމަލް ހުއްޓުން އެރިއެވެ.

” އާލާ””. އަކްމަލް ގެ ދުލުން ނިކުތެވެ. އެއާއެކު އާލާ އަކްމަލް ގެ ގައިގައި ބައްދާ ލަމުން ރޮއެގަތެވެ. އަކްމަލް ގެ ކަރުގައި ދެއަތް ވަށާލެވިފައިވާ އިރު އަކްމަލް ވެސް ހިތަށް ކެތް ނުވެގެން އާލާގެ އުނަގަނޑުގައި އޭނާގެ ދެއަތް ވަށާލަމުން އާލާގެ ކޮނޑުގައި މޫނު ފޮރުވާ ލިއެވެ.

އެދެމީހުން ފެންނަ ހިސާބުގައި ބަޔަކު ނެތް ކަން އެއީ ނަސީބެކެވެ.  އިރު ކޮޅަކު އެހެން ތިބުމަށް ފަހު އަކްމަލް އަށް ދުރަށް ޖެހިވުނީ އިޝާން މަތިން ހަނދާން ވުމުންނެވެ.  ” އާލާ މިތާ ކީއްކުރާނީ އަހަރެން މިދަނީ ފުރަން ދާން” އަކްމަލް ދުރު ބަލައިލަމުން ބުނެލިއެވެ. އޭނާގެ މޫނު މަތިން ވެސް ހިތާމަ ފެންނަމުން ދިޔައެވެ.

” އަކްމަލް އަހަންނަށް އިނގިއްޖެ ދޮންބެ ބުނެގެން ކަން އަކްމަލް އަހަންނާ ދުރުވީ ” ލޮލުން ފައިބަމުން ދިޔަ ކަރުނަ ތައް ފޮހެމުން އާލާ ބުނެލިއެވެ. ދެލޯ ބޮޑު ކޮށްލަމުން އަކްމަލް އާލާ އާއި ދިމާއަށް ބަލައި ލިއެވެ.

” އަކްމަލް ދޮންބެ އަށް މާފު ކުރޭ ދޮންބެ އަށް  މިހާރު ވިސްނިއްޖެ ދޮންބެ އަށް ކުރެވޭނީ ކޮށްގެން ނުވާނެ ކަމެތް ކަން ސޮރީ ” އާލާގެ ފަހަތުން އައި އިޝާން ދެރަވެފައި ހުރެ ބުނެލިއެވެ. އަކްމަލް އަށް ހިނިތުންވެވުނީ އިޝާން އަށް ވިސްނުމުންނެވެ.

” އިޓްސް އޯކޭ ދޮންބޭ އަހަރެން ވަރަށް އުފާ ކުރަން ދޮންބެ އަށް ވިސްނުނީތީ”” ހިނިތުންވެ ހުރެ އަކްމަލް ބުނެލިއެވެ. ” ޝުކުރިއްޔާ އަކްމަލް ދެން ތި ދެމީހުން ވަގުތު ކޮޅެއް ހޭދަ ކޮށްލާ އެން ތި އޮތް އާލާގެ އަތަށް ފުރަތަމަ ފަރުވާ ކުރަން ފެންނަނީ ” އިޝާން ބުނެލިއެވެ. މިހެން ބުނެފައި އިޝާން އެތަނުން ދިޔައެވެ.

”  އާލާ އަތައް ކިހިނެތް ވީ ” ކަންބޮޑުވެ ހުރެ އަކްމަލް އަހާލިއެވެ. ” މީ އަނެއް އައިވީ ނައްޓުވާލީ މާ ” ބުނަން ނުބުނަން ހުރެފައި އާލާ ބުނެލިއެވެ. “ކަލޭނޭ މީވާ އަންހެން ކުއްޖެއް ، އެކަމަކު އައިވީ… އާލް އެޑްމިޓް ކުރީތަ ކީއްވެ ” ކަންބޮޑުވެފައި ހުރެ އަނެތް ކާވެސް އަހާލިއެވެ.

އާލާ ވީ ގޮތް މިފަހަރު ވެސް ކިޔައިދިނީ ޖެހިލުންވެ ހުރެއެވެ. ” އާލް ސޮރީ އަހަރެން  ވަރަށް ދެރަ ވެއްޖ އަހަރެން ގެ ސަބަބުން މިހުރިހާކަމެއް މިވީ ”

އިސް ޖަހަލަ މުން އަކްމަލް ބުނެލިއެވެ. އެއާއެކު  އާލާ އަނެއްކާ ވެސް އަކްމަލް ގެ މެދުހަށީގައި ބައްދާ ލަމުން ދެފަރާތައް ބޯހޫރާލީ އަކްމަލް ގެ ކުށެއް ނޫނޭ ބުނާފަދައިން ނެވެ.

” އެހަށްގެނެބަ އާލް ގެ ހަލާކުވެފައި އިން އަތް ” އާލާ ގަޔާއި ދުރު ކޮށްލަމުން އަކްމަލް ބުނެލިއެވެ. އާލާ އޭނާ ގެ އަތް ދިކޮށްލުމާއެކު އަކްމަލް އޭނާގެ ދަބަހުންނެގު ރުމާ ކޮޅު ލޭ ހިކިފައި ވާ އާލާގެ އަތުގައި އައްސާލުމަށް އާލާގެ ގައިގައި އަތްވަށާލިއެވެ. ” އަައިލަވްޔޫ އާލް ވަރަށް ބޮޑަށް ” އާލާގެ ކަންފަތް ކައިރި އަކްމަލް ބުނެލިއެވެ. “ލަވް ޔޫ މޯ ”  އާލާ ވެސް ވައިއަޑު ން މިހެން ބުނެލިއެވެ. އެއާއެކު އަކްމަލް އާލާ ގައިގައި ވަށާލެވިފަަވާ އޭނާގެ އަތައް ބާރު ކޮށްލަމުން އާލާ އެ މޭ ތެރޭ ބޮޑަށް ފޮރުވާ ލިއެވެ.

(ނިމުނީ )

 

Share Article

Follow Me Written By

🌹YEOJA🌹

Level 610 Stories100 Login100 Comments

Other Articles

Previous

ބޭވަފާތެރިވުމުން ޔާރާ – 9

Next

އަބަދުވެސް ލޯބިވާނަން 3

Next
March 26, 2021

އަބަދުވެސް ލޯބިވާނަން 3

Previews
March 26, 2021

ބޭވަފާތެރިވުމުން ޔާރާ – 9

18 Comments!

  1. Nayaa Nayaa says:
    March 27, 2021 at 5:22 am

    Wow… masha allah. vrh reethi ingey sisoooo… vrh lobi…. waiting for your new stry
    SH
    SS
    TC love you bodu bodu koh

    1. YEOJA says:
      March 27, 2021 at 10:53 pm

      Awwwwnnn thank uuu naayoo❤️❤️
      Glade u like it ❤️❤️❤️
      ISA vrh avaha new kuru vaahaka eh up ❤️❤️❤️❤️❤️❤️❤️kohladeyna .❤️❤️ Keep waiting darl❤️❤️
      Love u bodu koh ❤️❤️❤️
      Stay safe❤️❤️❤️
      tvgc❤️❤️❤️

  2. YEOJA says:
    March 27, 2021 at 7:28 am

    Hello readers❤️❤️❤️❤️
    Alugadu ge mi kuru vaahaka vxxx ❤️❤️❤️kamudhaane kama unmeedukuran ❤️❤️❤️
    Exam tha ehkoh nimuny maa yeoja digu ❤️❤️vaahaka liyan fahtaane vaahaka ❤️❤️❤️dhanavaalaana .❤️❤️❤️
    Hope u will like this stry ❤️❤️❤️
    Stay safe ❤️❤️❤️
    And take care ❤️❤️

  3. Butterfly Girl says:
    March 27, 2021 at 8:19 am

    Masha Allah V reethi mi vaahaka vx

    1. YEOJA says:
      March 27, 2021 at 10:54 pm

      Thank u gurl❤️❤️
      Glade u like it ❤️
      Stay safe❤️❤️
      And ly❤️❤️

  4. Butterfly Girl says:
    March 27, 2021 at 8:22 am

    Masha Allah bestie v reethi mi vaahaka vx ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Keep it up bestie ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Love u sooo so much bestie❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    TC❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    SS❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    SH❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. YEOJA says:
      March 27, 2021 at 10:57 pm

      Awwwwwnnn❤️❤️ thank u soo much bestie❤️❤️
      Glade u like it ❤️❤️
      Love u moreee ❤️❤️
      Tvgc❤️❤️
      Stay safe❤️❤️
      And love u soo much❤️❤️

  5. ReeshA CoronA Nonnie says:
    March 27, 2021 at 8:55 am

    Wowwwwwwwww manjeyyy ????????❣️❣️❣️❣️feshumaa ninmumaaa medhu there aaa ibaaraai kurun vx habyysss???????????vvvv salhi vaahaka eh… Sorry kuru cmnt eh kollevey thw ingeyy lwbi.. TC lym

    1. YEOJA says:
      March 27, 2021 at 10:59 pm

      Awwwwnn❤️❤️❤️ thank u sooo much nonni ❤️❤️
      Glade u like it ❤️❤️❤️
      Thank u again nonnii❤️❤️
      Issoke lwbiii❤️❤️❤️
      Tvgc ❤️❤️❤️
      Love u moreee ❤️❤️❤️

  6. Lailac Baby says:
    March 27, 2021 at 9:16 am

    ??rill,?? story vrh reethi ??? rill ge long stry akah inthizaaru kurevenee,??? first stry fenuneyma neygunu rill ge stry eh kameh??ehnve eyru cmnt nukuree???rill i thought this was a long stry ???lol???

    1. YEOJA says:
      March 27, 2021 at 11:03 pm

      Awwwwwnnn thank u sooo much lailac ❤️❤️❤️
      Galde u like it ❤️❤️❤️
      ISA Ril ge test tha nimuny maa digu vaahaka eh liyan fahtaanan❤️❤️❤️❤️
      Keep waiting ingeyy❤️❤️❤️❤️
      Hehehehehe neygunu dhw ❤️????hehehe e okk vaane❤️❤️???
      Ahahhahahaha issoke long stry eh vxxx fenigen ❤️❤️❤️dhaane . ❤️❤️❤️Monday gaa test tha nimeyne so ❤️❤️❤️eyrah I will start to write ingeyy ❤️❤️
      Stay safe❤️❤️
      And tvgc❤️❤️
      Lyssmm❤️❤️

  7. 🌻LamHaa🌻 LamHaa says:
    March 27, 2021 at 9:56 am

    Heii yeoja loabikolhooo
    V v reethi mi story vx Maashallah ♥️♥️♥️♥️
    Dhogu vaahaka kiyaalan libeyne irehge inthizaaruga?
    Lyyyysssmmm
    Stay safe and Tc

    1. YEOJA says:
      March 27, 2021 at 11:06 pm

      Heiiii lam❤️❤️❤️
      Kihine tha ❤️❤️❤️
      Awwwnnn thank uuu sooo much lam❤️❤️❤️
      Glade u like it❤️❤️❤️❤️
      Digu vaahkaa eh test tha nimuny maa liyan fahtaana❤️❤️❤️❤️❤️ eyy Monday hisaabugaa I will start to write nimeyne duvaheh bunaakah neygeyne eheneh ingey❤️❤️❤️
      Keep waiting ingey lam❤️❤️❤️
      Love u moree.❤️❤️
      Stay safe ❤️❤️
      Tvgc❤️❤️❤️

  8. Purple gurl says:
    March 28, 2021 at 8:38 am

    Hiiiii rillu loabiiiiiiiiii
    Vvvvvvrah reethi mi story vx
    Hama thalin kulhu hikijje???????
    ril ge dhigu story akah inthizaaru kuran ??????
    Lysssssm sisooooooo❤️❤️❤️❤️❤️

    1. YEOJA says:
      March 28, 2021 at 3:26 pm

      hellooo purple girl lwbiiii❤️❤️❤️
      Awwwwwnnn thank uuuu soo much ❤️❤️❤️
      Glade u love it ❤️❤️❤️
      ISA Ril vrh digu vaahaka liyan fahtaana vrh avaha ❤️❤️❤️
      Keep waiting dear ❤️❤️❤️
      Lymmmmmmm dhoonee❤️❤️

    2. YEOJA says:
      March 28, 2021 at 3:29 pm

      Hahahaha Hama kulu hikihje dhw gurl ?????????????

  9. luvza says:
    March 28, 2021 at 11:38 am

    wow vaahaka kiyaafa nurovunee hama kiriyaa
    loaibattakaaa kurA sacrifice thah
    hama vv dhera vejje
    and vaahaka varah reethi maashaaﷲ
    keep up the good work dear
    yeoja ge hurihaa vaahakaeh ves varah hama habeys

    1. YEOJA says:
      March 28, 2021 at 3:32 pm

      Awwwwnn thank u soo much luvza❤️❤️❤️
      Yhh dhw mihaaru meehun loaibah takaa nukurany ❤️❤️❤️❤️konkameh dhw ❤️❤️❤️
      Glade u like this stry ❤️❤️❤️
      Thank uuuu❤️❤️❤️
      Awwwnn ❤️❤️vrh happy vehje luvza ah alugadu ge strys kamudaakan inguny maaa❤️❤️❤️❤️❤️
      Stay safe ❤️❤️❤️
      Tvgc❤️❤️❤️❤️

Comments are closed.



All Right Reserved!