Skip to content
އެސްފިޔަ

ލޯތްބައްޓަކައި

ހަވީރުގެ ވަގުތުކަމުން ނަޝާ އަދި އޭނާ ގެ އެކުވެރިން ވެސް އަވަދިނެތި ދިޔައީ ރަށުގެ ފުޓްސަލް ދަނޑުކައިރި އަޅާފައިވާ ވޮލީކޯޓް ތެރޭ ފޯރީގައި ވޮލީކުޅެމުންނެނެވެ. ކޮންމެ ދުވަހެއް ކަހަލަ ގޮތަކަށް އާދަވެގެން ނަޝާ އަދި އޭނާ އެކުވެރިން ގެ އިތުރުން ސުކޫލުގައި އުޅޭ އެހެން އަންހެންކުދިން އެތްވެ ވޮލީ ކުޅެއެވެ. މިމީހުންނެކޭ އެއްފަދައިން ކައިރީ އޮތް ފުޓްސަލް ދަނޑުގައި ވެސް ފިރިހެން ކުދިން ދިޔައީ ހޭވައްޓާލާފައި ކުޅެމުންނެވެ. ނަމަވެސް މިމީހުންގެ ތެރެއިން ދަނޑުގެ އެތެރޭ ވިނަގަނޑުމަތީ އިށީދެގެން އިން ކައިލް ގެ ތުންފަތުގައި ވަނީ މަސްނޫޢީ ހިނިތުންވުމެކެވެ. އޭނާ ގެ ނަޒަރު ސީދާ ވެފައި ވަނީ ފޯރިއާއެކު ކުޅެމުން ދިޔަ ނަޝާ އަށެވެ. ކުޅެން އައެތް ކަމަކު ކައިލް އަބަދުހެން ވަރުބަލިވީ އޭ ކިޔާގެން ވިނަގަނޑުމަތީގައި އިންނަނީ ނަޝާ ގެ ތުއިތުއި ފަރި ހަރަކާތްތަކަށް ގެއްލިފައެވެ. ގްރޭޑް ނުވައެތްގައި އުޅުނީއްސުރެ ކައިލް ގެ ހިތް ވަނީ ނަޝާ އަށްޓަކައި ފިދާވެފައެވެ. ނަޝާ ގެ ހިޔާލު ހުރިގޮތް ނޭނގޭތީ ކައިލް މަޑުކޮށްގެން ހުރީ ދިހައެތް ގެ އަހަރު ނިމެންދެނެވެ. އޭނާ އަށް ނަޝާގެ ގޮތް ކިތަންމެ ރަނގަޅަށް ވެސް އިނގެއެވެ. ދިހައެތް ނިމުމުގެ ކުރިން އެއްވެސް ފިރިހެން ކުއްޖަކާ އެތްކޮށް ގުޅުމަކަށް ދާން ބޭނުން ނޫން ވާހަކަ ނަޝާ ބުނީ ކުލާސް ހުރިހާ ކުދިން ކުޅުނު ”ޓްރޫތް އޯރ ޑެއާރް” މިގޭމް ގެ ތެރެއިންނެވެ. ނަޝާ އަށް ގެއްލިފައި މާގިނައިރަކު ކައިލް އަކަށް ނީދެވުނެވެ. އެހެން ކުއްޖެއް ވަރުބަލި ވެގެން ފޭބުމާއެކު ކައިލް އަށް ޖެހުނީ އެންމެ ފަހުންކުޅެން އަރާށެވެ. ދެފައި ކާއްތަމުން ކަހަލަ ގޮތަކަށް ދަނޑަށް ކައިލް އެރިއިރު އޭނާ ގެ އެހަރަކާތުން އެކަނިވެސް ކުޅެން ބޭނުންނުވާކަން އިނގެއެވެ.

ވޯޓާ ބޮރޭކް އަކަށް ނަޝާ ކޯޓުން ފޭބިރު މީހާ ހުރީ ވަރުބަލިވެގެން ގޮސް ނޭވާ ހުސްވާން ކައިރި ވެފައެވެ. ފިނިފެން ފޮދަކުން ކަރުތެރެ ތެންމާލުމަތް ފަހު އެތާ ކޯޓަ ތެރޭގައި ހެދިފައި ހުރި ދެބެންޖުން ކުރެ އެތް ބެންޖުގައި އޭނާ ޖައްސާލީ ވަރުބަލި ފިލުވާށެވެ. އެހެން އިންއިރު ނަޝާ ގެ ނަޒަރު ދަތުރު ކޮށްލީ ފުޓްސަލް ދަނޑާ ހަމަ އަށެވެ. އެއޮތް ހުރިހާ ކުދިން ތެރެއިން ވެސް ނަޝާ ގެ ނަޒަރު ހަމަވީ ކައިލް ގެ ފިރިހެން ވަންތަ މޫނަށެވެ. އެހެން ހުރެފައި ކައިލް އޭނާ ގެ އެކުވެރިންނަށް ކުރާ ޖެއްސުންތައް ފެނި ނުހޭން ހުރިކަމުގައި ވިޔަސް ނަޝާ  އަށް ހެވުނެވެ. ކައިލް އެކޭ އެއްފަދައިން އޭނާ ގެ ހިތުގައި ވެސް ވަނީ ރަންއަކުރުން ކައިލް ގެ ނަން ލިޔެވިފައެވެ. ގްރޭޑް އަށަކުން ފަށާއިގެން ކައިލް އަކީ އޭނާ ގެ ފުރަތަމަ ލޯބިއެވެ. ކައިލް ގެ ހުންނަ އޯގާތެރިކަމާ ލާނެތްކަން ނަޝާ އަށް ކިތަންމެ ހާވެސް ކަމުދެއެވެ. އޭނާ ފެނުމުން ކައިލް ގެ ތުންފަތުން ފެންނަ ހިނިތުންވުން ނަޝާގެ ހިތަށް ފިނިކަން ގެނެސްދެއެވެ.

އިރުއޮއްސުމާއެކު އެބަޔަކު އެބައެތްގެ ގެއަށް ދާން މިސްރާބުޖެހިއެވެ. ކޮންމެ ކުއްޖެއްގެ ވެސް ފިޔވަޅުތައް އަވަސްވަނީ ބަންގިގޮވަން ފެށުމުގެ ކުރިން ގެއަށް ދިޔުމަށެވެ. ނަޝާ އޭނާ ގެ އެކުވެރިންނާ ވަކިވީ ގެއާ މާދުރުންނެތް ނޫނެވެ. އޭނާ ގެ ފަހަތުން ކައިލް ވެސް އަންނަނީ ދެމީހުންގެ ގެ ހުންނަނީ ކައިރިކައިރީގައި ކަމުންނެވެ. ހިނގާފައި ދިޔަ ނަޝާ އަށް ހަޅޭލަވާގަތުމަށްފަހު ފަހަތައް ދުއްވާގަންނަން އެނބުރެވުނީ އޭނާ ގެ ކުރިމައްޗައް ވެއްޓުނު ކާށީގެ ސަބަބުންނެވެ. ކައިރީގައި ހުރިރުކުން ވެއްޓުނު ކާށި ވެއްޓުނީ ސީދާ ނަޝާގެ ކުރިމައްޗަށްކަމުން އަމުދުން އޭނާ ބިރުގަތެވެ. ދުއްވާގަންނަން އުޅުނު ނަޝާ އަޅާއިގަތީ އޭނާ ކައިރި ހުރި ކައިލް ގެ ގައިގައެވެ. ދެމީހުންނަށް ވެސް އެކެއްއަނެކަކުގެ ނޭވާ އިޙްސާސް ކުރެވޭ ހިސާބުގައި ހުރިއިރު ނަޝާ އަށް ފުންނޭވާތަކެއް ލެވެމުން ދިޔައީ އަދިވެސް ގަނެފައި ހުރި ބިރު ނުކެނޑުމުންނެވެ. ހަތަރުކަޅިހަމަ ވެފައިވާ ދެލޮލުން ވެސް ބުނެދެނީ ދެމީހުންނަށް އެކެއްޗެކޭ ދެހިތުގައި ވެސް ވާ ތެދުވެރި ލޯބިއެވެ. އެކަކު އަނެކަކަށްޓަކައި ވާ ސާފު ލޯބި ދެމީހުންގެ ލޮލުން ވެސް ފެނެއެވެ. މިކަން ދެނެގަންނަން ދެމީހުންނަށް މާއުނދަގޫ ކަމަކަށް ވެގެން ނުދިޔައެތްކަމަކު ދެމީހުންވެސް އެކަކު އަނެކަކުގެ ހިތުގެ ހާލު ބޭޒާރުވެދާނެ ކަމުގެ ބިރަށްޓަކައި ދެލޯ ވަކިކޮށްލިއެވެ. ” ނަޝާ ޔޫ އޯކޭ ؟ ” އަހަންނާހަން ހުރެފައި ކައިލް އަހާލިއެވެ. އަނގައިން ބުނަން ބޭނުންނުވުމުން ނަޝާ ހަމައެކަނި ބޯޖަހާލުމަތްފަހު އެތަނުން ދާން ހިނަގައިގަތެވެ. އެއިރު އެ ދެކޯތާފަތައް ވެރިވެފައިވާ ޖަންބުކުލަ ކައިލް އަކަށް ސިއްރެތް ނުވެވުނެވެ. ހިތާހިތުން އޭނާ ދިޔައީ ނަޝާގެ ރީތިކަމަށް ތަޢުރީފް ކުރަމުންނެވެ. އަދި އުފާކުރަމުން ދިޔައީ ނަޝާގެ ކިބައިން އޭނާ ދެކެ ގަޔާވާކަމުގެ ފެހި ސިގްނަލް ލިބުމުންނެވެ.

ކޮޓަރިއަށް ވެދެވުނުހެންނެތް ހީނުވެ ނަޝާ އަށް އޭނާ ގެ ބާރަށް ތެޅެމުން ދިޔަ ހިތާ ވީފަޅީގައި އަތް އަޅާލެވުނެވެ. މީހައަށް ފުންނޭވާތަކެއް މިހާރު ލެވެމުން ދިޔައީ ކައިލް އާއި އެހާ ގާތުގައި ހުންނަން ޖެހުމުންނެވެ. އެހެންހުއްޓާއިވިގެން ދިޔަ އޭނާ  މަންމަ ގެ އަޑާއެކު ނަޝާ އެހިޔާލުތަކުން ދުރުވާން މަސައްކަތް ކުރަމުން ފާހަނަ އަށް ވަތެވެ.

ދިހައެތް ގެ އަހަރުގެ ޓެސްޓުތަކުގެ ނަތީޖާ ބަލާދިޔަ ނަޝާ ހުރީ ހާސްވެފައެވެ. ލިބޭނެ ނަތީޖާއަކާ މެދު ކަންބޮޑުވަމުން ދިޔައިރު އޭނާ އަށް ދިޔައީ ހިފަހައްޓާލެވިފައި ވާ އޭނާ ގެ އެކުވެރިޔާ ޝިއުރީގެ އަތައް ބާރުކުރެވުމުންނެވެ. ” ސާބަސް ނަޝާ އަހަރެން ގެ އަތް ފިއްތާލަން ތަ ތިއޮޅޭނީ،  ހަމަ އެހާ ނާވަސް ވެފަތަ ތިހުރީ ، އަހަންނަށް ހީނުވޭ ކަމެތްހެން ވެސް، އޭއި ބަލާ އެހެރަ އަންނަނީ މަންޖެގެ ޕްރިންސް ” ވާހަކަ ދައްކަމުން ގޮސް ޝިއުރީއަށް ތަންކޮޅެއް ދުރުން އަންނަ ކައިލް ފެނުމުން ލާނެތް ކަމާއެކު ބުނެލިއެވެ. އެއަޑަށް ހާސްވެފައި ހުރި ނަޝާ އެދިމާލަށް ބަލައިލިއެވެ. އެކުވެރިއަކާ ވާހަކަ ދައްކަމުން އަންނަ ކައިލް ވަރަށް ވެސް ސްމާޓެވެ. ލައިގެން ހުރި ކަޅު ސްކޫލް ފަޓުލޫނުގެ ޖީބައް އެތް އަތް ޖަހައިގެން ހުރި އިރު ވަރަށް ފުރިހަމައެވެ. ސުކޫލް ޔުނީފޯމުގައި ކައިލް ހުރި އިރު ބޮޑަށް ވައްތަރީ މޮޑެލް އަކާއެވެ. ނަމަވެސް ހިތް މާޔޫސް ވީ ކައިލް ޔުނީފޯމްގައި ހުއްޓާ ފެންނާނެ އެންމެ ފަހުދުވަހަކީ މިއީ އޭ ހިތައް އެރުމުންނެވެ.

ގެއައް އައިސް ވަން ނަޝާ ހީވަނީ އުފަލުން އުދުއްސާގަނެދާނެހެންނެވެ. ވާނީވެސް އެހެންނޫންހެއްޔެވެ! އޭނާ އަށް ލިބުނީ އޭނާ އުންމީދުކުރިފަދަ ރަންވަނައެކެވެ. އުފަލުން އައިސް ބަދުގެތެރޭގައި ހުރި އޭނާ ގެ މަންމަ ގައިގައި ބައްދާލަމުން ނަތީޖާ ކަރުދާސް ދައްކާލީ އުފާވެފައި ހުރެއެވެ. ނަޝާ ގެ މަންމަ ފަރާތުން މަރުޙަބާ ގެ ބަސްތައް އޮހިގެން ދިޔައެވެ. ހަމައެއާއެކު ލޮލުން ކަރުނަ އައީ ނަޝާގެ ބައްޕަ ހުސޭނު މަތިން ހަނދާންވުމުންނެވެ. ނަޝާކުޑައިރު ކުއްލި މަރަކުން ހުސޭނު މަރުވި އެދެމާން އެކަނި ހާލަތް ދޫކޮށްލާފައެވެ. ބުރަމަސައްކަތުން ޙަދީޖާ ނަޝާ ބަލާބޮޑުކުރީ ދެލޮލުގެ ކޮއެ ފަދައިންނެވެ. ” ދަރިފުޅާ މަންމަ ވަރަށް އުފާވެއްޖެ ، އަވަހަށް އާދޭ ޔުނީފޯމް ބަދަލުކޮށްލާގެން ސައިބޯން އަންނަން ” ނަޝާ ގެ ބޮލުގައި ފިރުމާލަމުން ޙަދީޖާ ބުނެލިއެވެ. ” ލައްބަ މަންމާ މިއަންނަނީ ، އެކަމަކު މިރޭ އަޅުގަނޑު ކުލާސް ހުރިހާ ކުދިންވެގެން ރަށުގެ ހިތްކިސަރަހައްދުގައި ހަދާ ބާބަކިޔުއަކަށް ފޮނުވާނަންތަ މަންމާ ، އެންމެ ލާސްޓްޑޭ ވީމާ ހުރިހާ ކުދިން ގެޓްޓުގެދާއެތް ބާއްވާލަނީ ، ” ހިނިތުންވަމުން ނަޝާ ބުނެލިއެވެ. ” އާން ދަރިފުޅާ މަންމަ އެއްވެސް މައްސަލަ އެތް ނެތް އެކަމަކު އަވަހަށް އަންނަން ވާނެ ،” ހިނިތުންވެލަމުން ޙަދީޖާ ބުނެލިއެވެ. ” ލައްބަ މަންމާ ތެންކިޔޫ އެން ލަވްޔޫ” އުފާވެލާފައި ހުރެ ނަޝާ މިހެން ބުނެފައި ކޮޓަރިއަށް ވަދެގެން ދިޔައެވެ.

ރޭގަނޑުގެ ވަގުތެވެ. ރީތިވެލައިގެން ކޮޓަރިން ނިކުން ނަޝާ އަށް އެރުނީ ބޭރައް ދާން ނިކުންނަމުން ދިޔަ ޙަދީޖާ ގެ ކުރިމައްޗަށެވެ. ނަޝާ ލައިގެން ހުރި ކަކުލުން ތިރި އަށް އަންނަ ކަޅުހެދުމުގައި ވަނީ މެދުން ބަންދެއް އައްސާފައެވެ. އަޅާފައި ވަނީ ވެސް ހަމަ ކަޅުކުލައިގެ ޝޯލްއެކެވެ. ” މާޝާ ﷲ ވަރަށް ރީތި އިނގޭ ދަރިފުޅާ ” ލޮއިތްބާއެކު ނަޝާގެ ކޯތާފަތުގައި ފިރުމާލަމުން ހަދީޖާ ބުނެލިއެވެ. ” ތެންކިޔޫ މަންމާ ، ދެން ދަނީ އިނގޭ ” ހިނިތުންވެލަމުން ނަޝާ ބުނެލިއެވެ. ” އާންދަރިފުޅާ އެކަމަކު އެކަނިތަ ކޮބާ ޝިއުރީ ؟ ” ހަދީޖާ އަހާލިއެވެ. ” މީހުރީނު އަޅުގަނޑު ދައްތާ ، ދައްތަ ހާސްނުވޭ ނަޝާ ސަލާމަތުން ގެނެސްދޭނަން ގެއަށް ” އެވަގުތު ގޭގެ ދޮރާށިން އެތެރެއަށް ވަދެގެން އައި ޝިއުރީ ބުނެލިއެވެ. ” އާން ދައްތަ އަށް އިނގޭ ގެންނާނެ ކަން ، ދެން އަވަހަށް ދޭ ދެކުދިން ބަލައިގެން ދާތި އިނގޭ ދެކުދިން ވެސް ، ” މިހެން ބުނެލާފައި ޙަދީޖާ މިސްރާބުޖެހީ އެތާ ޖޯއްޔެތްގައި ތިބި ދެތިން އަންހެނުންގެ ކައިރިއަށެވެ. ޝިއުރީއަދި ނަޝާ ވެސް ދާން ހަމަޖެހިފައި ވާތަނަށް ދާން މިސްރާބުޖެހިއެވެ.

ވަކިހިސާބަކަށް ގޮސް ދެމީހުންވެސް މަޑުކުރަން ޖެހުނީ ޝިއުރީ ފާހަނަ އަކަށް ދާން ޖެހިގެންނެވެ. އެހެންކަމުން ނަޝާ ތަންކޮޅެތް ދުރުގައި ހުރި ޖޯލިއެތް ގައި އިށީދެލިއެވެ. އެހެން އިންދާ ނަޝާ އަށް އިސްއުފުލާލާ ބަލައިލެވުނީ ކުރިމައްޗައް އައިސް ހުއްޓުނު ކައިލް ފެނިފައެވެ. ކަޅުކުލައިގެ އަތްދިގު ގަމީހަކާ އެކު ކަޅުކުލައިގެ ޖިންސް އެތް ލާފާވާއިރު އަތްވަނީ އުޅަބޮތްޓާ ހަމައަށް އޮޅާލާފައެވެ. ކައިލް ގެ މިރީތިކަމުން މިރޭ ނަޝާ ގެ ހިތަށް ގޮތެއް ވެލިއެވެ. ” އަމް އަހަރެން އެބައިން ވާހަކަ އެތް ބުނަން ވެފާ ، އަހަންނާ އެކު އާދެވިދާނެތަ އަހަރެން ބުނާތާކަށް ” ޖޯލިފަތީގައި އިން ނަޝާ އާއި ދިމާލަށް ކަނާއަތް ދިއްކޮށްލަމުން ކައިލް ބުނެލިއެވެ. ހިފަން ނިހިފަން ހުރެފައި ވެސް ނަޝާ ކައިލް ގެ އަތުގައި ހިފާލިއެވެ. ހިނގަމުން ހިނގަމުން ގޮސް ކައިލް ނަޝާ ގޮވާގެން ގޮސް ހުއްޓުނީ އަތިރިމަތީގެ ދޮން ފަސްގަނޑުގެ މެދުގައެވެ. މުޅިތަން އަނދިރިވެފައި ވާގޮތުން ނަޝާ ގެ ހިތައް ބިރުވެރިކަން ވަނެވެ. ކުއްލިއަކަށް ކައިލް ގެ އަތް ދޫވުމުން ނަޝާ އަށް ބިރުން ތެޅިގަނެވުނެވެ. ބިރުން ހުރެ ކައިލް އަށް ގޮވާލުމާއެކު ވެސް ހަބަރެތް ނުވުމުން އޭނާ ފެންކަޅިވިއެވެ. މުޅިތަން އަނދިރިކަމުން ތަނެތް ދޮރެތް ވަކިވާވަރެތް ވެސް ނޫނެވެ. ދެފަރާތް ދެފަރާތައް އެނބުރިލަ އެނބުރިލަ ނަޝާ ހުރިއިރު މިހާރު ހަމަ ރަނގަޅަށް ވެސް އޭނާ އަށް ރޮވުނެވެ. ކުއްލިއަކަށް މުޅިތަން ދިއްލިގެން ދިޔައެވެ. މުޅިއެތަން ވަށާލައިފައިވަނީ އޮރެންޖް ކުލައިގެ މަޑުއައްޔަކުންނެވެ. މެއާދިމާލުގައި ދެއަތް ހުރަސްކޮށްލައިގެން ހުރި ނަޝާ އަށް ދެއަތް ތިރި ކޮށްލެވުނެވެ. ވާނުވާނޭނގޭ ހާލު ވަށާގެން ވާ މާހައުލަށް ބަލައިލިއެވެ. އިރުކޮޅެށް ވީފަހުން ނަޝާ އަށް ރޭކާލީ އޭނާ އަށް ހުރެވުނީ ހިތުގެ ބައްޓަމަށް ހަދާފައު ވާ މަލުގެ ފިޔަތަކެތް މަތީކަމެވެ. އެހެން ހުރި އިރު ހިތުގައި އެތައް ސުވާލެތް ވެއެވެ. ކުރިމައްޗަށް އައިސް ހުއްޓިހުރި ކައިލް ވެސް އޭނާ އަށް ފެނުނީ ހުވަފެނީ ގޮތަކަށެވެ. ” ކައިލް މީ މީ ކޮން…” މިހަސާބައް ބުނެވުނުތަނުން ކައިލް އެއްފައި މައްޗައް އޭނާ ކުރިމަތީ އިނުމަށް ފަހު ދިއްކޮށްލި ފިނިފެންމާ ފެނި ނަޝާ ސިހިގެން ގޮސް ދެލޯބޮޑުކޮށްލަމުން އަނގަމަތީގައި އަތް އަޅާލިއެވެ. ” ނަޝާ އައި ލަވްޔޫ ، އައި ލަވްޔޫ ސޯމަޗް ، އަހަންނާ ރައްޓެހިވާނަން ތަ ؟ ” ކައިލް ބުނެލިއެވެ. ނަޝާގެ ދެލޯފެންކަޅިވެގެން ދިޔައެވެ. ބޯޖަހާލަމުން ކައިލް ދިއްކޮށްލި މަލުގައި ހިފާލުމާއެކު ނަޝާ ކައިލް ގެ އަތުތެރޭގައި ހައްޔަރުވެގެން ދިޔައެވެ. ނަޝާ ގެ އުނގަނޑުގައި ދެއަތް ވަށާގެން ހުރި އިރު ކައިލް ގެ ކަރުގައި ދެއަތް އަޅުވާލައިގެން ހިނިތުންވެފައި ނަޝާ ހުއްޓެވެ. މިރޭ މީ އޭނާ ގެ ހަޔާތުގައި ވެސް އައި އެންމެ އުފާވެރި ރެއަށްވާނެ ކަން ޔަޤީނެވެ. ކައިލް ގެ ފަރާތުން ލިބިގެން އެދިޔަ މާއެއީ އޭނާ ހަޔާތުގައި ވެސް ލިބުނު އެންމެ އަގުބޮޑުއެތް ހަދިޔާއެވެ. ” އައި ލަވްޔޫޓޫ ކައިލް ” މިހެން ބުނެލާފައި ނަޝާ ކައިލްގެ މޭގައި މޫނުފޮރުވާލިއެވެ. ” ދެން ހިނގާ ދާން މިހާރު އަހަރުންގެ އިންތިޒާރުގައި ތިބޭނެ އެންމެން ، އޯ ޝިޓް ޝިއުރީ ބަހައްޓާފައި އަހަރެން މިއައީ ” ދެލޯ ބޮޑުކޮށްލަމުން ކައިލް އާއި ދުރުވެލަމުން ނަޝާ ބުނެލިއެވެ. އަވަހައް އެތަނުން ދާން ހިނގައިގަންނަން ފެށިއެވެ. ” އަޅޭ ބޭބީ މާ ކަންބޮޑުނުވެބަ މިހާރު ޝިއުރީ ހުންނާނީ ބާބަކިޔު ސަރަހައްދުގައި ، އަހަރެންނަށް މިކަމުގައި އޭނާ އޭ ހެލްޕް ވީ ، އެހެންމާ އަހަރެމެންނަށް ހަމަޖެހިލާގެން އެތަނަށް ދެވޭނެ އެތް ނު ” ނަޝާ ގެ އަތުގައި ހިފާ ގާތް ކޮށްލަމުން ކައިލް ބުނެލިއެވެ. އެވަތު ނަޝާ ގެ ފޯނަށް ނޮޓިފިކޭޝާން އެތް އައި އަޑުކިޔުމުން ނަޝާ ފޯނުބަލައިލިއިރު އައިސްފައިވާ ޝީއުރީގެ މެސެޖް ފެނި ހިނިތުންވެލިއެވެ. ” ހިނގާ ދެން ދާން ” ކައިލް ބުނެލިއެވެ. އެތަނުން ނަޝާ ދިޔައީ އުފާވެ ހުރެއެވެ. ދެއަހަރު ދުވަހުގެ ލޯބި ކާމިޔާބުވުމުން އުފާނުވާނީ ވަކި ކާކުހެއްޔެވެ!. އެކަކު އަނެކަކުގެ ލޮއިއްބަށްޓަކައި ދެމީހުން ކުރި އިންތިޒާރުގެ ނަތީޖާ އާޙިރުގައި ނިމިގެން ދިޔައީ ފޮނިކޮށެވެ.

(ނިމުނީ)

 

Comments (17)

  1. YEOJA

    Hello readers❤️❤️
    Hope u like this stry too❤️❤️
    Stay safe❤️❤️ and tvgc all ❤️❤️

  2. qu een

    Nice story?

  3. crazy idiot

    Sis… Mi story vex varah reethi… Waiting for another beautiful story… Stay safe… Tc… Lysssm

  4. Nayaa

    wow…. masha allah… v v v v v reethi mi stry vx.. neyngunu vhk nimnu iruga vx… the couple r so cute.. i love them… waiting for another stry of ur’s sisyy… stay safe nd take care… lysssssssmmm

  5. Shaila

    varah hiygaimu..

  6. zahuu

    Oh my god this stry also beautiful Maasha allhah?♥️nd waiting for another like this stry?❤️?♥️?

  7. luvza

    maashaa allah ???
    yeoja your storys are mind blowing ??
    i really like this story too??
    keep up the gud work
    take care stay safe??

  8. YEOJA

    In reply to qu een❤️❤️
    Thank uu soo much ❤️❤️
    Vrh ufaavehje kamudhiyaamaa❤️❤️
    Stay safe❤️❤️ and tvgc❤️❤️

  9. YEOJA

    In reply to crazy idiot ❤️❤️
    Thank u soo much ❤️❤️
    Vrh ufaavehje stry kamudhiyaa maa❤️❤️
    Keep waiting ingey ISA vrh avaha new stry eh ❤️❤️nerelaanan ingey ❤️❤️
    Stay safe ❤️❤️and tvgc❤️❤️
    Lymmmm❤️❤️

  10. YEOJA

    In reply to Nayaa ❤️❤️
    Thank u soo much naayuu ❤️❤️
    Vrh ufaavehje stry kamudhiyaa maa❤️❤️
    Keep waiting ingey naayuu ISA vrh avaha new stry eh nerelaana ❤️❤️❤️
    Stay safe ❤️❤️ and take care ❤️❤️
    Lymmm❤️❤️

  11. YEOJA

    In reply to Shaila ❤️❤️
    Thank u soo much ❤️❤️
    Vrh ufaavehje kamudhiyaamaa❤️❤️
    Stay safe and tvgc ❤️❤️

  12. YEOJA

    In reply to Zahuu ❤️❤️
    Thank u soo much ❤️❤️
    Vrh ufaavehje zahuu ah stry kamudhiyaamaa❤️❤️❤️❤️
    Keep waiting ingey Vrh avaha new stry eh ❤️❤️❤️❤️kiyaalan libeyne ❤️❤️
    Stay safe ❤️❤️and tvgc ❤️❤️

  13. YEOJA

    In reply to luvza❤️❤️
    Awwwwwnn ❤️❤️❤️thank uuu soo much ❤️❤️❤️☺️☺️☺️
    Vrh ufaavehje kamudhiyaamaa ❤️❤️❤️
    Again vrh bodah thank uuu ingey ❤️❤️☺️☺️
    Stay safe ❤️❤️and tvgc ❤️❤️

  14. Purple gurl

    Wow vvvvvvrah reethi mi vaahaka vx
    Kn irakunthr dhigu vaahaka eh liyanee sisooooooo
    Waiting for new stry
    Ml❤️❤️❤️❤️

  15. Xeeen

    Masha Allah V reethi mi vaahaka vx❤️❤️❤️❤️❤️❤️❤️❤️❤️
    Keep it up bestie❤️❤️❤️❤️❤️❤️❤️❤️❤️❤️
    Love u so much❤️❤️❤️❤️❤️❤️❤️❤️❤️
    Waiting for a new story bestie ❤️❤️❤️❤️❤️❤️❤️

  16. YEOJA

    In reply to purple gurl ❤️❤️
    Awwwnnn thank u soo much purple gurl❤️❤️
    Vrh ufaavehje stry kamudhiyaamaa❤️❤️
    Mihaaru dhigu vaahaka Eh liyamun midany❤️❤️. ISA liye nimuny maa up kuran fashaana ingey. ❤️❤️❤️Keep Waiting gurl❤️❤️
    Lymmmm❤️❤️❤️
    Stay safe and take care ❤️❤️

  17. YEOJA

    In reply to Xeeen❤️❤️
    Awwwnnn❤️❤️ thank uu soo much xeenuu❤️❤️❤️
    Vrh ufaavehje bestie Ah Mi vaahaka kamudhiyaamaa ❤️❤️
    Keep Waiting for the new stry❤️❤️ ISA vrh avaha kiyaalan libeyne ❤️❤️❤️
    Love u moreee ❤️❤️
    Stay safe and tvgc❤️❤️

Comments are closed.