ރޭގަނޑުގެ ވަގުތެވެ. ވަގުތަކީ މީހުން ހޭލަމޭލަވެ އުޅޭވަގުތެއްކަމުން މަދުމަދުން މީހުން މަގުހުރަސްކުރާތަން ފެނެއެވެ. ރަތްބަގީޗާގޭ ފާރުކައިރީ ލަޔާލް ހުއްޓިލައިގެން ހުރީ އޭނާގެ ބައްޕަ އިޝާނަމާދުން އަންނާނެއިރެއްގެ އިންތިޒާރުގައެވެ. ގޭގެ ވަށާފާރުނަގާފައިވަނީ ބަނޑާހަމަޔަށެވެ. ފާރުކައިރީ ހުއްޓިލައިގެން އެއްއަތުން ފާރުގައި އަތްވިއްދާލައިގެންނެވެ. ކައިރީގައި ހައްދާފައިވާ އިރުދޭމާ ގަހުން މަޑުމަޑު މީރުވަހެއް ހުއްޓެވެ. އިރުދޭމަލެއް ބިނދެލުމަށްފަހު އިސްތަށިގަނޑުގައި ޖަހާލިއެވެ. އަދި އަނެއްކާވެސް މަގާދިމާލަށް ނަޒަރު ހިންގާލިއެވެ. ”އަހަރެންގެ އިންތިޒާރުގަ ދޯ……….” ލަޔާލް ސިހިފައި ބަލާލި އިރު ކުރިމަތީ ހުރީ އާކިފްއެވެ. ލަޔާލް […]
ލަޔާލް ބަދިގެއަށް އައިސް ރޯސަން ކައިރީ ނާސްތާއަށް ތައްޔާރުކުރާނެ ވައްތަރުތައް ކިޔައިދިނެވެ. ޝައުފްއަށާއި މިގޭ މީހުންނަށް ކަމުދާ ވައްތަރުތައް ތައްޔާރުކުރުމަށް ލަޔާލްއަށް ވުރެ ވަކިން މޮޅަށް އެނގޭނެ މީހެއް ނުހުންނާނެއެވެ. ދެން އެއަށްފަހު ކޮޓަރިއަށް ވަދެ ޝައުފްއަށް ގޮވާ ނެގިއެވެ. ނިދީގައި އޮތް ޝައުފް ތެދުވެ އެނދުގައި ހަމަޖެހިލިއެވެ. ޝައުފް ގޮސް ފާހާނާއަށް ވަންނަންދެން ލަޔާލް އެދމާލަށް ބަލަން އިނެވެ. ދެމީހުންގެ ދެމެދުގައި ވާ ގުޅުން ބަދަހި ވާންފަށައިފިކަން ޔަގީނެވެ. ވީއިރު ކުރީގެ ލޯބިވެރިޔާގެ މަތިން ހަނދާންކުރުމުގެ […]
ލަޔާލްގެ ފަރާތުން އިތުރު ސުވާލެއް ކުރިމަތި ވެދާނެތީ އޭނަގެ ހިތް ތެޅެމުން ދިޔައެވެ. ޝިފާނާ ހޯލްތެރެއަށް ނުކުތް އިރު އަކްމަލް ފެންނަން ހުރުމުން އަތުން އަކްމަލްއަށް ޝިފާނާގެ ކައިރިއަށް އައުމަށް އެދުނެވެ. ” ލަޔާލް އެބަ އަހާ ހާޝިމްއާ ބެހޭގޮތުން..އަހަރެން ކީކޭ ބުނާނި…..އޭނައަށް ފެންނަ ކޮންމެ ފަހަރަކު އަހާނެ ހާޝިމްއަކީ ކާކުތޯ……ކީއްވެތޯ ވަލީދޭން ހާޝިމް އައި…” ޝިފާނާ ބުނެލިއެވެ. ” އަހަރެންނަށް އެނގޭ އޭނަ އަހާނެކަން….ހިނގާ އަވަހަށް މިތަނުން ދާން…..ދެން އޭނައަށް ނުފެނި އުޅެންވާނި އެހެން ނޫނީ […]
ފަރީޝާގެ ފޯނަށް ފާއިޝްގެ މެސެޖުތައް އަންނަމުން ދިޔައެވެ. ޝާން ކުރިމަތީ އިނުމުން ފޯނުގައި އަތްލަން ނުކެރި ފަރީޝާ އިނީ ހިތްހަމަ ނުޖެހިފައެވެ. އެންމެ އަވަހަށް ޝާން އެތަނުން ދާނީ ކޮންއިރަކު ބާއޭ ހިތަށް އަރައަރައެވެ. ޝާން ލެޕްޓޮޕް ލައްޕާލުމަށްފަހު ފާހާނާއަށް ހިނގައިގަތް ވަގުތަކީ ފަރީޝާގެ މޫނު އުޖާލާވެގެން ދިޔަ ވަގުތެކެވެ. ތުންފަތްމައްޗަށް ވެރިވި ލާނެތް ހިނިތުންވުން އެ މޫނުމަތިން ފިލައިގެން ނުދަނީސް ޝާން ފަހަތަށް އެނބުރިލައި ބަލާލެވުނެވެ. ޝާން އެއްޗެއް ހަނދާންވެގެން ބަލާލި ވަގުތެވެ. ”މާވަރަކަށް ތި […]
ކޮޓަރި ދޮރު ލައްޕާލުމަށްފަހު ޝިފާނާ ނުކުތުމާއި އެކު ލަޔާލްގެ ރުއިމުގެ އަޑުން ކޮޓަރި ގުގުމަން ފެށިއެވެ. ހުދުކުލައިގެ ލޯ ކުޑަ ހިނދުކޮޅެއްތެރޭ ރަތްވެގެން ދިޔައެވެ. މުޅި މޫނު ރަތްވެގެން ދިޔައެވެ. ބާލީހުގައި އޮޅުލައިގަނެގެން އޮވެ ރޮމުން ދިޔައިރު ހިތާހިތުން އަމިއްލަ ތަގްދީރާ ދޭތެރޭ ޝަކުވާ ކުރެވެމުން ދިޔައެވެ . އިޝާ ނަމާދު ބަންދި ގޮވުމާއި އެކު ލަޔާލް ތެދުވެ ނަމާދުކޮއްލިއެވެ. ނަމާދުކޮށް ނިމުމުން ދެއަތް ނަގައި ދުޢާ ދެންނެވިއެވެ. މިނޫން ގޮތެއް އޭނައަށް ދެއްކެވުމަށެވެ. އާކިފް އޭނަގެ […]
ލަޔާލް ހައިރާންވީ ޝައުފް އެތަނަށް އައީމައެވެ. މަގުގެ ދެކޮޅަށް ބަލާލީ އަނެއްކާވެސް އާކިފްގެ ޚަބަރެއް ވޭތޯއެވެ. ” ކާކު ހޯދަނި….” ޝައުފް ލަޔާލް ދެކޮޅު ބަލަން ފެށުމުން އަހާލެވުނެވެ. ” ލަދުން ދޯ ތިއުޅެނި…..ފަސްޓް މީޓިންގަ އުޅޭނެ ތިހެން ލަދުން…” ޝައުފް ޖެހިލުމެއްނެތި ލަޔާލްގެ އަތުގައި ހިފާލިއެވެ. ލަޔާލް އަތްފޮޅުވާލުމަށްފަހު ފަހަތަށް ޖެހިލައިފިއެވެ. ” ޝައުފް ކީއްކުރަނި މިތާ…..ޝައުފްއަށް ކިހިނެއް އެނގުނި އަހަރެން މީހެއްގެ އިންތިޒާރުގައި ހުރިކަން……..” ލަޔާލް ބުނެލިއެވެ. މިފަހަރު ޝައުފްގެ ހިތުގައި ސުވާލްތަކެއް އުފައްދައިފިއެވެ. […]
ލަޔާލް އެ ކަރުދާސްކޮޅުގައިވާ އިބާރަތްކޮޅު ތިން ހަތަރު ފަހަރު ކިޔާލިއެވެ. އޭގައިވާ ފަށުވި އިބާރާތްކޮޅުން ހިތަށް ފިނިކަމެއް ލިބިގެން ހިގައްޖެއެވެ. ލަޔާލް ހިތުގެ އަޑިން ބުނެވެންފެށިއެވެ. ޔަގީނެވެ. މިއީ ހަމަ އާކިފްގެ ފަރާތުން ލިބުނު ހަދިޔާއެކެވެ. އަނގޮޓިއަށް ބަލާލައި އެ އަނގޮޓީގައި ބޮސްދިނެވެ. އެއަށްފަހު ކަށިވާ އިނގިލީގައި އަނގޮޓި އަޅާލިއެވެ. އެއާއެކު އާކިފްގެ ހިޔާލްތައް ލަޔާލްގެ ސިކުނޑީގައި ވަށާލައިފިއެވެ. ލަޔާލް ސިހުނީ އޭނަގެ ފޯން ވައިބްރޭޓްވީމައެވެ. ލަޔާލް ފޯނަށް ނުދަންނަ ނަންބަރަކުން ގުޅަން ފެށުމުން ތެޅިތެޅި އޮތް […]
ގޭގެ ކޮންމެ މަސައްކަތެއްގައި އުޅުނު ކަމުގައިވިއަސް ލަޔާލްގެ ސިކުނޑީގައި އެނބެރުމެން ދިޔައީ އެ ޚިޔާލްތަކެވެ. ޤަބޫލްކުރަން ދަތި ނަމަވެސް މިފަހަރު ހުވަފެނަކަށްވެސް ނުވިއެވެ. ”ލަޔާލް…..” ފަހަތުން އިވުނީ ހަރުކަށި އަޑެކެވެ. ލަސްލަހުން ފަހަތް ބަލާލި އިރު ފަރީޝާ ހުއްޓެވެ. ” މީހުންގެ ބޯކޮޅު ބަލަމުން ދޯ ދުވަނީ…..އަހަންނަށް އެނގޭ ލަޔާލްއަށް އަހަރެމެން ތިބިތަން ފެނުނުކަން………ލަޔާލް ބަލަން ހުއްޓާ އަހަރެންވެސް ދުށިން……..” ފަރީޝާ އައިސް އެއް އަތުން ލަޔާލްގެ އަތުގައި ހިފިއެވެ. އަދި އަނެއް އަތުން ލަޔާލްގެ އަނގަމަތީ […]
ޝައުފްގެ މޫނުމަތިންވެސް ފެނިގެން ދިޔައީ އުފާވެރިކަމުގެ ކުލަވަރެވެ. ލަޔާލްގެ ނިއްކުރިއަށް ގިނަވެފައިވި ދާތިކިތައް މަޑުމަޑުން ފޮހެވިގެން ހިގައްޖެއެވެ. ލަޔާލް ބަދިގެ ތެރޭ މަސައްކަތްތައް ކުރަމުން ދިޔައިރު ޝައުފު ދުރަށް ނުގޮސް ކޮންމެވެސް ވާހަކައެއް ދައްކާލާ ދައްކާލާ ހުއްޓެވެ. އިމްލީ ސްކޫލުން އެނބުރި އައުމުން ލަޔާލް ގެއަށް ދިއުމަށް ނުކުތެވެ. އޭރު އެގޭ ދޮރުމަތީ ޝައުފް އޭނަގެ ކާރުގައި މަޑުކޮއްލައިގެން އިނެވެ. ލަޔާލް އަންނަން ފެށުމުން ކާރުގެ ފުރަތަމަ ސީޓްގެ ދޮރުފަތް ހުޅުވައިދިނެވެ. ”އަރާބަލަ………ގެންގޮސްދޭނަން……” ޝައުފު އާދޭހާއެކު ބުނުމުން […]