Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަށްޓަކައި ( އަށްވަނަ ބައި)

xaaahy Level 110 Stories
April 1, 2014 6 Mins Read
8 Comments

ފަރީޝާގެ ފޯނަށް ފާއިޝްގެ މެސެޖުތައް އަންނަމުން ދިޔައެވެ. ޝާން ކުރިމަތީ އިނުމުން ފޯނުގައި އަތްލަން ނުކެރި ފަރީޝާ އިނީ ހިތްހަމަ ނުޖެހިފައެވެ. އެންމެ އަވަހަށް ޝާން އެތަނުން ދާނީ ކޮންއިރަކު ބާއޭ ހިތަށް އަރައަރައެވެ. ޝާން ލެޕްޓޮޕް ލައްޕާލުމަށްފަހު ފާހާނާއަށް ހިނގައިގަތް ވަގުތަކީ ފަރީޝާގެ މޫނު އުޖާލާވެގެން ދިޔަ ވަގުތެކެވެ. ތުންފަތްމައްޗަށް ވެރިވި ލާނެތް ހިނިތުންވުން އެ މޫނުމަތިން ފިލައިގެން ނުދަނީސް ޝާން ފަހަތަށް އެނބުރިލައި ބަލާލެވުނެވެ. ޝާން އެއްޗެއް ހަނދާންވެގެން ބަލާލި ވަގުތެވެ.
”މާވަރަކަށް ތި ހެނީ ކޮންކަމަކާ؟” ޝާންގެ ޖުމްލައިން ފަރީޝާ ސިހިގެން ދިޔައެވެ. ހީވީ އޭނަގެ ސިއްރު ބޭޒާރު ވިހެންނެވެ. ” ކަމެއް ނުވެ….” ފަރީޝާގެ ބުނެލިއެވެ. ” އަހަރެންގެ ގަމީހެއް އިސްތިރި ކޮއްލަދީބަލަ……މިރޭ އެބަޖެހޭ އޮފީހަށް ދާން….” ޝާން ފާހާނާއަށް ވަންނަމުން ބުނެލިއެވެ. ފަރީޝާ މިފަހަރު ޝާން ވަންނަންދެން ފޯންގައި އަތްވެސް ޖައްސާނުލައި އިނެވެ. ދެން އަވަސް އަވަހަށް ފޯނަށް ބަލާލިއެވެ. ފަރީޝާ މެސެޖަށް ރިޕްލައި ކޮއްލިއެވެ. ފޯން ބޭއްވުމަށްފަހު އަލަމާރިއާ ދިމާލަށް ހިނގައިގަތް އިރު އެ މޫނުގައިވާ އުފާވެރިކަން ކުރިއަށް ވުރެ އިތުރެވެ.

ގަމީސް އިސްތިރި ކުރަން ހުރި އިރު ފަރީޝާގެ މޫނުމައްޗަށް އަރަމުން ދިޔަ ކުލަވަރު ޝާންއަށް ފާހަގަވި ކަހަލައެވެ.
” މާ އުފާވެފަ ކޮންކަމަކާ؟” ޝާން ތުވާލިން ތެތް އިސްތަށިގަނޑު ހިއްކާލަމުން އަހާލިއެވެ. ”ކަމެއްވީމަ އެކަނިތަ އުފާވާން ޖެހޭނި….” ފަރީޝާ ބުނެލިއެވެ. އެވަގުތަކީ އެނދުގައި އޮތް ފަރީޝާގެ ފޯނަށް އަނެއްކާވެސް މެސެޖެއް އައި ގަޑިއެވެ. މިފަހަރު ފަރީޝާއަށް ވުރެ ކުރިން ޝާން ފޯން އަތަށް ނަގައިފިއެވެ. ” ހާދަ ބައިވަރު މެސެޖެއް އާދެޔޭ ދޯ……ވަގު ބިޓެއް ގެންގުޅެނީތަ…..” ފަރީޝާއަށް ފޯން ދިއްކޮއްލަމުން ޝާން ބުނެލިއެވެ. ފަރީޝާ ތުން ދަމާލައި ފޯން ޖަހައިގަނުމަށްފަހު ތަންކޮޅެއް ދުރަށް ހިނގައިގަތެވެ. ޝާންއަށް ދޮން ކަޅު ނޭނގޭކަން ފަރީޝާއަށް އެނގޭތީ ޝާން ބުނި އެއްޗަކުން މި ފަހަރު ފަރީޝާއެއް ނުސިހުނެވެ. ”ޝައްކީތަ….ފޯން ބަލާބަލަ ކާކު ފޮނުވި މެސެޖެއްތޯ……” ފަރީޝާ ޝާންއަށް ފޯން ދިއްކޮއްލިއެވެ. ޝާންގެ ގޮތް ފަރީޝާއަށް ހިތުދަސްވެފައި ވިއަސް ފަރީޝާގެ މަކަރުވެރިކަން ދެނެ ނުގަނެވޭކަން އެއީ ޝާންގެ ބަލިފައެވެ.

” މަޖަލަށޭ….” ޝާން ފޯން އަތުލުމަށްފަހު އެނދުމައްޗަށް އެއްލާލައި ފަރީޝާ ގެނެސް ގަޔާ ބޮނޑިކޮއްލިއެވެ. މީޓުންއަށް ދާން ގަޑިޖެހެން ވަރަށް ކައިރިވެފައި ވަނިކޮން ޝާން ގެއިން ނުކުތް ފަހަތުން ފަރީޝާވެސް ފާއިޝްއާ ބައްދަލްކޮއްލަން ދިޔައެވެ.

ލަޔާލް މެންގޭ ދޮރުގައި ޝައުފް ދެތިން ފަހަރު ޓަކި ޖަހާލުމާއި އެކު ޝިފާނާ ދޮރު ހުޅުވާލިއެވެ. ޝައުފްގެ ބޮލުން ފެށިގެން ފަޔާ ހަމަޔަށް ނަޒަރު ހިންގާލަމުން އެތެރެއަށް އައުމަށް ދައުވަތު ދިނެވެ. ” ލަޔާލްއަށް ގޮވާލަ ދީބަލަ……އަހަރެން މަޑުކޮއްލާނަން މިތާ….” ޝައުފް އެތެރެއަށް ވަނުމަށް ގަސްތެއް ނުކުރިއެވެ. ޝިފާނާ ބާރު ހިނގުމުގައި ގޮސް ލަޔާލްއަށް ގޮވާލިއެވެ. އެނދުގައި އޮވެ އޮވެ ގޮސް ރޫޖެހިފައިވާ ހެނދުމުގެ ދެފަރާތަށް ދަމަމުން ލަޔާލް ނުކުމެގެން އަންނަ ތަން ފެނުމުން ޝައުފް އަޅައިގެން ހުރި އަވިއައިނު ނަގައި އިސްތަށިގަނޑު މަތީ ބައިންދާލިއެވެ. ޝިފާނާ އެތެރެއަށް ވަނުމުން ޝައުފް ދައްކަން އައި ވާހަކަ ފެށިއެވެ.
” ލަޔާ ބޭނުން ވެގެން ކުރާ ކައިވެންޏެއްތަ މިއީ…” ޝައުފް ލަޔާލްގެ ދެލޮލަަށް ފުން ނަޒަރަކުން ބަލާލިއެވެ. ލަޔާލްގެ ދެލޮލުން ދޭހަވާ އެއްޗެއް ނަގައިގަނެވޭ ނަމައޭ އެހިތަށް އޭރު އަރަމުން ދިޔައެވެ. ”އާން..” ލަޔާލް ޖަވާބުދިނެވެ. ” ދޮގު ނުހަދައްޗޭ….މަށަށް ހީނުވޭ ހާދަ…..އެންމެ ސައްވީސް ގަޑިއިރު ތެރޭ ދެފަހަރު ދެގޮތަށް…..” ޝައުފް މެދުކަނޑާލުމަށްފަހު ލަޔާލްގެ ދެކޮނޑުގައި ހިފާ އޭނައާ ދިމާލަށް އަނބުރާލިއެވެ.

” އިންސާނާގެ ހިތަކީ އެއްވެސް އިތުބާރެއް ކުރެވޭ އެއްޗެއް ނޫން…..ސައްވީސް ގަޑިއިރު ތެރޭ އެންމެ ދެ ނިންމުމެއް ނޫން..އެތަކެއް ނިންމުމެއް ނިންމިދާނެ….” ލަޔާލް ޝައުފްއާ ދެތިން ފިޔަވަޅު ދުރަށް ޖެހިލިއެވެ. ދޮރާށި ހުޅުވާފައި ހުރުމުން މަގުމަތިން ހުރަސްކުރާ ކޮންމެ މީހަކުވެސް އެދިމާލަށް ބަލާ ހަދައެވެ.
” ތި ރަނގަޅު ވާހަކައެއް…..މަޖުބޫރު ކުރުވައިގެން ނިންމި ނިންމުމެއްތަ އަނެއްކާ؟” ޝައުފް އަހާލިއެވެ. ލަޔާލްގެ ހިތް ތެޅިގަތީ ކުރިއަށް ވުރެ ބާރަށެވެ. ” މަޖުބޫރަކުން ކާކުގެ ނިންމުމެއް ބަދްލުކުރެވޭނި…….އެމީހެއްގެ ހިތުގެ މައްޗަށް ބާރު ފޯރުވެވޭނެ ކޮންމެ މީހަކަށްވެސް…..މަޖުބޫރަކުން ވިއަސް ނިންމާ ނިންމުން ބަދަލް ނުކޮށްވެސް ހުރެވިދާނެ…” ލަޔާލް ހިތާ ދެކޮޅަށްވެސް ޖަވާބު ދިނެވެ. ޝައުފްގެ ކުރިމަތީ އޭނަގެ ހިތުގެ ހާލަތު ބަޔާން ކުރަން ބޭނުންނުވަނީ އެވެ. ލަޔާލްއަށް ހީވެފައިވާ ކުށްހީއަކުން ޝައުފްއާ ދޭތެރޭ އެހިތުގައި ނަފްރަތުގެ ހުޅުކޮޅެއް ރޯވެ އަނދަމުން ދަނީއެވެ. ޝައުފް ލަޔާލްއާ ފުރަގަސްދިނެވެ.
” މައްސަލައެއް ނެތް..ލަޔާގެ އަމިއްލަ ނިންމުމެއް މީ އެހެންނު….މަޖުބޫރަކުން ނަމަ އަހަރެން ބޭނުމެއް ނޫން ކޮންމެހެން އަމިއްލަ އުފަލަށްޓަކައި މީހެއްގެ އުފަލެއް ނަގާލާކަށް…….. ލަޔާއަށް އަދިވެސް ވިސްނަން ވަގުތު ދީފާނަން….” ޝައުފް ލަޔާލް ހުރި ދިމާލަށް އެނބުރިލިއެވެ. ލަޔާލް އެތަނަކު ނެތެވެ. ގޭތެރެއަށް ލަޔާލް ދިޔަކަމެއް ޝައުފްއަކަށް ނޭނގެއެވެ. ޝައުފްގެ ވާހަކަތައް ލަޔާލްއަށް އަޑުއަހާލެވުނު ނަމަ ކޮންފަދަ ހެއްޔެވެ؟ ޝައުފް އިރުކޮޅަކު ގޭދޮރާ ދިމާލަށް ބަލަން ހުއްޓެވެ.

ކައިވެންޏަށް ވާންޖެހޭ ހުރިހައި ތައްޔާރީތަކެއް ވަމުން ގެންދިޔައެވެ. ސޯފީ މާހިރު ކައިރީ ޝައުފްގެ ކައިވެނީގެ ކަންތައް ބުނުމުން މާހިރުވެސް އުފަލާއެކު ގަބޫލްކުރިއެވެ. ޕާރޓީއާ އެހެނިހެން ކަންތައްތަކަށް ވާންޖެހޭ ހުރިހައި ތައްޔާރީއެއްގެ ހަރަދުގައި މާހިރު ހިފިއެވެ. ކަމެއް އުނި ވެދާނެތީ ކޮންމެ ކަމެއް ކުރުމަށް ވަކިން ބަޔަކު ހަމަޖައްސާލިއެވެ.

ރަންކިޔަން އޮތް ރޭ ޝިފާނާ ލަޔާލް އޭނަގެ ކޮޓަރިއަށް ގެނައެވެ. ”ބުނަން…..މިރޭ ހުރިހައި ބާރެއް އޮންނާނި ލަޔާލްގެ އަތުގައި…އެކަމަކު އަހަރެން ބުނާ އަދަދަކަށް ނޫނީ ރަންކިޔައިގެން ނުވާނެ…….” ޝިފާނާ ހަރުކަށިކަމާއި އެކު ބުނެލިއެވެ.
”ކިހާވަރަކަށް…..” ލަޔާލް މަޑުމަޑުން އަހާލިއެވެ. ” ބާވީސް ހާސް…..ކަލޭގެ އުމުރުގެ ކޮންމެ އަހަރަކަށް ހާހެއް….އަސްލު އެވަރުވެސް ކުޑަ….އަހަރަކު އެންމެ ހާހެއް ނޫން ހަރަދު ކުރީކީ…” ޝިފާނާ ބުނެލިއެވެ. ލަޔާލް ވަކި އެއްޗެއް ނުބުނެއެވެ. ގޭގެ ދޮރުގައި ޓަކި ޖަހާލުމާއި އެކު ޝިފާނާ ނުކުމެ ދޮރު ހުޅުވާލިއެވެ. މާހިރު އާއި ދެ ފިރިހެނުންނަށް ބަލާލަމުން އެތެރެއަށް އައުމަށް ޝިފާނާ ދައުވަތު ދިނެވެ. އެމީހުން އިށީނުމުން ޝިފާނާ ބަދިގެ ފަރާތަށް ދިޔައެވެ. ލަޔާލް އައިސް ހުއްޓުމުން މާހިރު ހެކިވެރިންނަށް ލަޔާލް ތަޢާރަފް ކޮއްދިނެވެ.
”ބާވީސް ރުފިޔާ…” ލަޔާލްގެ ދުލުން އެންމެ ބާވީސް ރުފިޔާއޭ ބުނުމުން ހެކިވެރިންގެ ގާތަށް ވެސް އައީ ހިންޏެވެ. ޖޫސްތަބަށް ހިފައިގެން ނުކުތް ޝިފާނާއަށް އަޑުއިވުމުން އޭނަ ހުއްޓުން އެރިއެވެ. ”އެވަރު ޖައްސަންވީތަ…….” ހެކިވެރިން އަހާލިއެވެ. ޝިފާނާގެ ބޮލުން ނޫނެކޭ ބުންޏަސް ލަޔާލް ބުނެލީ އާއެކެވެ. ޖޫސްތަބަށް ގެނެސް މޭޒުމަތީ ބަހައްޓަމުން ލަޔާލްގެ އަތުގައި ހިފާ ޝިފާނާގެ ކޮޓަރިއަށް ގެންދިޔައެވެ.
” ތިތަ އަހަރެން ބުނި ވަރަކީ…ބާވީސް ހާހޭ ބުނީމަ” ޝިފާނާ ހަޅޭއްލަވައިގަތެވެ. ” މަންމަ ބުނީމޭނު ހުރިހައި އިހްތިޔާރެއް އޮތީ އަހަރެންގެ އަތުގައޭ…އަހަރެން ބޭނުންވީ އެއަދަދަށް ރަންކިޔަން…..” ލަޔާލްގެ ޖުމްލަ ނުނިމެނީސް ޝިފާނާގެ އަތުން ހޫނު ހަމަލާއެއް އެ ކޮތާފަތްމައްޗަށް އަރައިގެން ދިޔައެވެ. ލަޔާލްގެ ދެލޯ ފެންކަޅިވެގެން ދިޔައިރުވެސް އަނގައިން ނުބުނެ މަޑުންހުރީ އެދަތާ ވޭނަށް ކެއްކޮއްލައިގެންނެވެ. ލަޔާލް އެކޮޓަރި ތެރެއިން ނުކުތްއިރު މާހިރު މެން ގެއިން ނުކުމެގެން ދަނީއެވެ.

ކައިވެނީގެ ރަސްމިއްޔާތު އޮތް ދުވަހެވެ. ރާސްތާންގެ ވަނީ ޒީނަތްތެރި ކޮއްފައެވެ. ގޯތި ތެރޭ ހައްދާފައިވާ ބަގީޗާ ގަސްތައްތަކުތެރޭގައިވެސް ކުލަ ކުލައިގެ ނިވިދިއްލޭ ބޮކިތަކުން އެ ބަގީޗާ ގަސްތަކަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައެވެ. ގޭ ސިޓިންރޫމްގައި ފަރުދާ ފޮތިތައް ދަމާ ޕްލާސްޓިކު މާތަކާ އަސްލުމާތަކުން ފުރާލާފައެވެ. ޝައުފްގެ ކާރު އައިސް ރާސްތާން ކައިރީ މަޑުކޮއްލިއެވެ. އޭގެން ފޭބީ ލަޔާލްއާ ޝިފާނާ އަދި އަކްމަލްއެވެ. ލަޔާލްގެ ރީތިކަމުން މިރޭ ކޮންމެ މީހަކުވެސް ކަޅިވެސް ޖަހާނުލައި ބަލަމުން ދިޔައެވެ.

ރަތްކުލައިގެ ލޭސްފޮތީގެ ހެދުމުގައި ކަރުވަޅުން ފެށިގެން މޭމަތި ފޮރުވެންދެން ހުދު ކުލައިގެ އެސްތަކުން ވަނީ ފޮރުވާލާފައެވެ. ވަޔާ ދޫކޮއްލެވިފައިވާ އިސްތަށިގަނޑުގެ ބައިތައް ލަޔާލްގެ މޫނުގައި ބީހެމުން ދިޔައެވެ. ސޯފީ އަވަސް އަވަހަށް ގޮސް ލަޔާލްގެ އަތުގައި ހިފާ ގެނެސް ގޮނޑީގައި ބައިންދާލިއެވެ. އަލަށް ރާސްތާންއަށް އާދެވުނު ޝިފާނާގެ ނަޒަރު ހުރީ ގޭގެ އަގުބޮޑު ފަރުނީޗަރ ތަކަށެވެ. އެހެން މީހުން ދައްކާ ވާހަކައަކަށް އޭނަގެ ޝައުގެއް އަދި ސަމާލްކަމެއް ނެތެވެ. ގާޒީއާ ހެކިވެރިން އައިސް މޭޒުކައިރީ އިށީނެވެ. ޝައުފްއާ ލަޔާލްވެސް އިށީނުމުން މާހިރު ގާޒީ ކައިރީ ފެށުމަށް އެންގިއެވެ.

ގޭ ދޮރުގައި މީހަކު ޓަކިޖަހާލުމާއިއެކު އެންމެންގެ ލޯތަށް އެދިމާލަށް އަމާޒްވެގެން ދިޔައެވެ. ޝިފާނާއާއި އަކްމަލްއަށް ކުރިމަތީ ހުރި މީހާ ފެނުމުން ދެލޯ ބޮޑުވެގެން ދިޔައެވެ. އެމީހާ އައިސް ހުއްޓުނީ ލަޔާލް އިށީދެއިން ގޮނޑި ކައިރީއެވެ. އަކްމަލް އެމީހާގެ އަތުގައި ހިފައިގެން ތަންކޮޅެއް ދުރަށްޖެހިލައި ކޮންމެވެސް ވާހަކައެއް ދެއްކިއެވެ. ދެން އެއަށްފަހު އެމީހާ އައިސް ލަޔާލް ކައިރީ އިން ގޮނޑީގައި އިށީންނަމުން ގާޒީ ކައިރީ ކުރިއަށް ގެންދިއުމަށް އެދުނެވެ. އަކްމަލް ހުއްޓައި އެމީހާގެ ދުލުން ލަޔާލްއަށް ވަލީދިނުމުން ލަޔާލްގެ ހިތުތެރޭ ސުވާލްތަކެއް އުފެދިގެން ދިޔައެވެ. ޝައުފްގެ އާއިލާގެ އެންމެންވެސް ތިބީ ވާނުވާ އޮޅިފައެވެ. މިގަޑިއަކީ ސުވާލްތަކެއް ކުރިމަތި ކުރުމަށް އެންމެ ރަނގަޅު ނޫންގަޑިކަމުން ހިމޭންކަންމަތީ ތިބީއެވެ.

ކައިވެނި ކޮށްނިމުމާއި އެކު ލަޔާލްއަށް ޖެހުނީ ކޮޓަރިއަށް ދާށެވެ. މިރޭ އޮތް ޕާރޓީއަށް ތައްޔާރުވުމަށެވެ. ހިތުތެރޭ އެނބުރެމުން ދިޔަ ސުވާލްތަކަށް ޖަވާބު ނުލިބޭތީ ކަންބޮޑުވެފަ ހުރި ނަމަވެސް ސޯފީ އެދުމުގެ މަތިން ކޮޓަރިއަށް ދިޔައީއެވެ. އަކްމަލް މާހިރުއާއި ސޯފީއަށް އެމީހާ ތަޢާރަފްކޮއްދިނެވެ. އަކްމަލްގެ ވާހަކަތަކުން ހާޝިމް އަކީ ލަޔާލްގެ ކާކުކަން އެނގުމުން މާހިރުމެން ހާޝިމްއަށް މަރުހަބާކިއެވެ. ވިޔަފާރީގެ ދަތުރަކަށް ކޮންމެހެންވެސް ދާންޖެހޭތީ މިރޭގެ ޕާރޓީއަށް މަޑުކުރެވެން ނެތުމުން ހާޝިމް ދިޔައީއެވެ،

ޕާރޓީގެ ވަގުތު ކައިރިވަމުން ދިޔަވަރަކަށް ތަނުގެ ހަލަބޮލިކަން ދިޔައީ ގަދަވަމުންނެވެ. ލަޔާލް ތައްޔާރުކޮއްދޭން ގެނެސްތިބި ހާއްސަކުދިން ލަޔާލްގެ މޭކަޕްގެ ކަންތައް ކުރިއަށް ގެންދިޔައެވެ. އުނަގަނޑާ ހަމަޔަށް އަންނަ އިސްތަށިގަނޑު ރީތި ގޮތަކަށް ހުޅިއެއް ޖަހާލުމަށްފަހު ހުޅި ވަށައިގެން ހެދުމާއި ގުޅޭ މާތަކެއް ހަރުކޮއްދިނެވެ. ހުދުކުލައިގެ ވެޑިން ޑްރެސް ގައި ލަޔާލް ސިފަވަމުންދަނީ ހުދުކުލައިގެ ޕަރީއެއް ފަދައިންނެވެ. މޭކަޕުން އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައި ވެއެވެ.

ޕާރޓީ ފެށެން ކައިރިވުމުން ދެކުއްޖަކާއި އެކު ލަޔާލް އެކޮޓަރިން ނުކުތް ވަގުތަކީ ޕާރޓީއަށް އައި އެންމެންގެ ލޯތަށް އޭނައަަށް އަމާޒްވެގެން ދިޔަ ވަގުތެކެވެ. ކަޅު ކޯޓްފަޓްލޫނުގައި ހިރ ޝައުފް ލަޔާލްއާ ދިމާލަށް ހިނގައިގަތެވެ. ލަޔާލްގެ ކައިރީ ހުއްޓި އަތްދިއްކޮއްލުމުން އެންމެންގެ ކުރިމަތީ ދެކޮޅު ހެދުމެއްނެތި ލަޔާލްގެ އަތްތިލަ ޝައުފްގެ އަތުގެ ތެރެއަށް ލިއެވެ. ދެމީހުންގެ އަތުގައި ހިފާލައިގެން ޕާރޓީގައި ހުރުމަށް ހަމަޖެހިފައިވާ ތަނަށް ދިޔައިރު އެންމެންގެ ލޯތަކާ އެތައްބައެއްގެ ކެމެރާތައް އެދިމާލަށް އަމާޒްކޮއްގެން ތިއްބެވެ. މެދުކެނޑުމެއްނެތި ފްލޭޝް ލައިޓްތައްވެސް އެޅެމުން ދިޔައެވެ.

ޕާރޓީއަށް މެހެމާނުންތައް އަންނަން ފަށައިފިއެވެ. މުޅި މާހައުލު ވަނީ ހަލަބޮލި ވެފައެވެ. މާހައުލާ ގުޅޭ މަޑުމައިތިރި ރާގެއްގެ ލަވަތަކެއް ލައިވްކޮން ރާއްޖޭގެ މަޝްހޫރު ބޭންޑަކުން ކުޅެމުން ދިޔައެވެ. އީނަލް އަތުކުރި ލައިގެން ޝިފާނާ މުޅި ގޭތެރޭގައި ހިނގަމުން ދިޔައީ ގޭގެ އަގުބޮޑު ފަރުނީޗަރ ތަކަށް ބަލަމުންނެވެ. ބިއްލޫރި ވާރސްތަކުގައި އަތްކާއްތަމުން ދިޔައިރު އޭނަގެ ހިތުގައި ފައިސާގެ ދަހިވެތިކަން އުފެދެމުން ދިޔައެވެ. ލަޔާލްއަށް މިފަދަ ގެއަކުން ދަނބިދަރިއަކަށް ވުމުގެ ފުރުސަތު ލިބުމުން އޭނަގެ ހިތުގައި ހަސަދައިގެ އަލިފާން ރޯވެ އަނދަން ފަށައިފިއެވެ.

ޝިފާނާ ނޫނަސް ފަރީޝާގެ ހިތުގެ ހާލަކީވެސް އެއީއެވެ. ލަޔާލްގެ މޫނުމަތިން ފެންނަމުން ދިޔަ ހިނިތުންވުމުން ފަރިޝާގެ ހިތުގައިވާ ނަފްރަތުގެ ހުޅުކޮޅު އިތުރަށް އަދަމުން ދިޔައެވެ. ފަރީޝާ ކުޅޭ ކުޅީގަނޑު ފަޅާއަރާފާނެތީ އެކަމުގެ ބިރު އެބައޮތެވެ. ފަރީޝާ އެއްޗެއް ހަނދާންވެގެން ފާއިޝްއަށް ގުޅާލިއެވެ.
”ހެލޯ…” އެކޮޅުން ބުނެލިއެވެ.
” ހޫމް އަޑުއަހާބަލަ…….އަހަންނަށްހީވަނި މީ އަހަރެމެންގެ އެންމެ ފަހުދުވަސްހެން……ލަޔާލް އަހަރެމެންގެ ކަންތައް ޝައުފްއަށް ކިޔައިދީފިއްޔާ އަހަރެމެންގެ ދުވަސް ދިޔައީ….’ ފަރީޝާ ބުނެލިއެވެ. ” އަހަރެން ހަދަންވީ ގޮތް ކިޔައިދޭނަން…..އެކަމަކު ފޯނަކުން ނޫން…ކަައިރިއަށް އައީމަ…..އާދެބަލަ ބޭރަށް…..” ފާއިޝް އެހެން ބުނުމުން ފަރީޝާ ބޭރަށް ނުކުމެލިއެވެ. ސައިކަލްގައި ފާއިޝް ބޭރު ދޮރުކައިރ އިނެވެ. ފަރީޝާ ފެނުމުން ބޮލުގެ އިޝާރާތުން ސައިކަލަށް އެރުމަށް ބުނެލިއެވެ. ފަރީޝާ މަގުގެ ދެކޮޅު ބަލާލިއެވެ. ކޮންމެވެސް ވަރަކަށް މީހުން އުޅޭތީ ދޯޕައްޓާއިން މޫނުމަތި ފޮރުވާލަމުން ފާއިޝްގެ ސައިކަލް ފަހަތަށް އެރިއެވެ.

ލަޔާލް ޕާރޓީގައި ހުރި އިރު ހުރެވުނީ ހިޔާލްތަކަށް ގެއްލިފައެވެ. ކޮޅަށް ޖެހިފައިވާ ބުދެއްހެން އެއްވެސް ހަރަކާތެއް ނެތި ހުއްޓވެެ. އޭނަ ވިސްނަމުން ދިޔައީ އަކްމަލްގެ ބަދަލުގައި އޭނައަށް ވަލީ ދިނުމަށް އެހެން މީހަކު އައީތީއެވެ. ލަޔާލްގެ ހިތުގައި އެއީ ކާކުކަން ހޯދުމުގެ ޝައުގުވެރިކަން އުފެދުނެވެ. ”ލަޔާ…” ސޯފީ އައިސް ލަޔާލްގެ ކޮނޑުގައި އަތްބާއްވަމުން ގޮވާލިއެވެ. ” ޖޫސް ނޫނީ އެހެން އެއްޗެއް ބޭނުންތަ..މިހާރު އަންނަން ހުރި މެހެމާނުން އައިސް ނިމުނީހެން ހީވަނި….އިހަށް އިށީންނަން ވީނު…” ސޯފީ އެހެން ބުނުމުން ލަޔާލް ބުނެލިއެވެ. ” އެއްވެސް އެއްޗެއް ބޭނުމެއް ނޫން…..ކޮޓަރިއަށް ދާންބޭނުން އިރުކޮޅަކަށް…” ލަޔާލް އެހެން ބުނުމުން ސޯފީ ލަޔާލް ގޮވައިގެން ކޮޓަރިއަށް ދިޔައެވެ.

މާހިރުގެ އެދުމުގެ މަތިން ޝާން އޮފީހަށް ދާން ތައްޔާރުވުމަށް ކޮޓަރިއަށް ދިޔައެވެ. އަލަމާރީގައި އެންމެ ކުޑަމިނުން ގަމީސް ގަނޑެއްވެސް އިސްތިރި ކޮއްލާފައެއް ނެތެވެ. ޝާން ގަޑިއަށް ބަލާލަމުން ގޭތެރެއަށް ނުކުމެލީ ފަރީޝާ ފެނޭތޯއެވެ. މުޅި ގޭތެރެއިން ފަރީޝާ ފެންނަން ނެތުމުން ޝާން މޫނުމަތިން ކަންބޮޑުވުން ފެންނަން ފަށައިފިއެވެ.
” ދަރިފުޅާ ކިހިނެއްވީ….” ސޯފީ ޝާންއަށް ބުނެލިއެވެ. ” މަންމާ ފަރީޝާ ކޮބާ…އޮފީހަށް ދާން ލަސްވާތީ ގަމީހެއް އިސްތިރި ކޮއްލަދޭށޭ ބުނަން…” ޝާން މުޅި ހޯލްތެރެއަށް ނަޒަރު ހިންގާލިއެވެ. ” ނެތްތަ ފެންނާކަށް…މިތާ އުޅޭނެ…ހިނގާ މަންމަ އިސްތިރި ކޮއްލަދޭނަން……” ސޯފީ ޝާންއާ އެކު ކޮޓަރިއަށް ވަނެވެ.

ލަޔާލް އެކަނި ކޮޓަރީގައި އިންނަތާ އިރުކޮޅެއް ވީފަހުން ޝިފާނާ އެކޮޓަރިއަށް ވަނެވެ. ލަޔާލްގެ މޫނަށް ބަލާލަމުން ލަޔާލްގެ ކައިރީ އިށީންނަމުން ބުނެލިއެވެ. ” މިކަހަލަ މުއްސަދި ގެއަކަށް އާދެވުނަތީ އަހަރެމެން މަތިން ހަނދާންނައްތާލާނީއެއް ނޫން….ބަލާބޮޑުކުރީމަ އަހަރެމެންނަށް އެހީވާން ލަޔާލް ނޫނީ އެހެން މީހަކު ނުހުންނާނެ…” ޝިފާނާ ވާހަކަ ދައްކަމުން ގެންދިޔައީ ކުރިން ދުވަހަކުވެސް ވާހަކަ ނުދައްކާހާ އޯގާތެރިކަމާއި އެކުއެވެ. ލަޔާލްގެ ފަރާތުން އަދިވެސް އެހީއެއް ލިބިދާނެކަމަށް ޝިފާނާގެ ހިތްބުނަމުން ދިޔައެވެ.
” މަންމާ މިއަދު އަހަންނަށް ވަލީދޭން އެއައީ ކާކު؟ ބައްޕަ ކީއްވެ އަހަންނަށް ވަލީ ނުދިނީ…” ލަޔާލް ހާސްކުރަމުން ދިޔަ ސުވާލްތައް ޝިފާނާއަށް ކޮއްލިއެވެ. ޝިފާނާގެ މޫނުމަތިން ހާސްކަން ފެނިގެން ދިޔައެވެ. އަކްމަލް އޭނަކައިރީ އެއްވެސް މީހެއް ގާތު ހާޝިމްއާ ބެހޭގޮތުން އެއްވެސް އެއްޗެއް ނުބުނުމަށް ވައުދުކޮއްފައިވާތީ ޝިފާނާއަކަށް ތެދަށް ބުނާކަށް ނުކެރުނެވެ.
”ނޭނގެ…..ބައްޕަ ކައިރީ އަހާބަލަ…..” ޝިފާނާ އީނަލްގެ އަތުގައި ހިފައިގެން އެތަނުން ނުކުންނަށް ހިނގައިގަތެވެ. ލަޔާލްގެ ފަރާތުން އިތުރު ސުވާލެއް ކުރިމަތި ވެދާނެތީ އޭނަގެ ހިތް ތެޅެމުން ދިޔައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

xaaahy

Level 110 Stories

Other Articles

Previous

ލޯތްބަށްޓަކައި (ހަތްވަނަ ބައި)

Next

މޯޅި ނުވަނިސް އެމާ. . [4-ފަހުބައި]

Next
April 1, 2014

މޯޅި ނުވަނިސް އެމާ. . [4-ފަހުބައި]

Previews
April 1, 2014

ލޯތްބަށްޓަކައި (ހަތްވަނަ ބައި)

8 Comments!

  1. xaaahy says:
    April 1, 2014 at 5:04 pm

    tommorow 9th part
    enjoy reading
    🙂

  2. liuu says:
    April 1, 2014 at 5:11 pm

    mi bai vvv salhi….ekam maa kuryy…hykurn thn up kuraa prt mi ah vure dhiguvane kamah adhi nice vaanekama…xaahyyy maadhn vx up kohdhechey……dhn dhn….lyaal ge hithuga shauf attaka nafrathuge hulhu ro nukuracheyyyyy……………… waiting 4 da nxt prt <3……

  3. mink says:
    April 1, 2014 at 6:10 pm

    v v v salhi mi bae vex.. tom thankolhe avahah up koh dhehche… i luv dis stry

  4. shiny says:
    April 1, 2014 at 8:00 pm

    ???????????? tom

  5. shiny says:
    April 1, 2014 at 8:01 pm

    oh i get it tomorow right

  6. GuDuMeena says:
    April 1, 2014 at 10:38 pm

    Xaahyge mi story vx v.reethi. . v.kiyaahivvaa gothakah genesdheny. . waiting for the next part. . Shine ge stry thah vx ingey. . 🙂

  7. mrs shauf says:
    April 2, 2014 at 1:08 am

    Bandhu kotaree ga innanee AAKIF… dhen layaa ah fennaanee…

  8. Angel says:
    January 5, 2018 at 11:00 am

    Wow v sali?

Comments are closed.

Next Episodeލޯތްބަށްޓަކައި ( ނުވަވަނަ ބައި)←


All Right Reserved!