Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަށްޓަކައި ( ދިހަވަނަ ބައި)

xaaahy Level 110 Stories
April 3, 2014 7 Mins Read
12 Comments

ލަޔާލް ބަދިގެއަށް އައިސް ރޯސަން ކައިރީ ނާސްތާއަށް ތައްޔާރުކުރާނެ ވައްތަރުތައް ކިޔައިދިނެވެ. ޝައުފްއަށާއި މިގޭ މީހުންނަށް ކަމުދާ ވައްތަރުތައް ތައްޔާރުކުރުމަށް ލަޔާލްއަށް ވުރެ ވަކިން މޮޅަށް އެނގޭނެ މީހެއް ނުހުންނާނެއެވެ. ދެން އެއަށްފަހު ކޮޓަރިއަށް ވަދެ ޝައުފްއަށް ގޮވާ ނެގިއެވެ. ނިދީގައި އޮތް ޝައުފް ތެދުވެ އެނދުގައި ހަމަޖެހިލިއެވެ.

ޝައުފް ގޮސް ފާހާނާއަށް ވަންނަންދެން ލަޔާލް އެދމާލަށް ބަލަން އިނެވެ. ދެމީހުންގެ ދެމެދުގައި ވާ ގުޅުން ބަދަހި ވާންފަށައިފިކަން ޔަގީނެވެ. ވީއިރު ކުރީގެ ލޯބިވެރިޔާގެ މަތިން ހަނދާންކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ފިރިމީހާއަށް ތެދުވެރިވުމަށްޓަކައި އޭނަގެ ހަނދާންތައް އާކުރުމުގެ ބޭނުމެއް ނެތެވެ. ލަޔާލް ހިތްމައްޗަށް ބާރުފޯރުވާން ބޭނުންވިއެވެ. އާކިފްގެ ނަން އެއްކިބާ ކޮއްލުމަށްފަހު ނަމަވެސް ޝައުފްއަށް އެހިތުން ޖާގައެއް ދޭން އެބަޖެހެއެވެ. އާކިފްއާ ޝައުފްއާ ދެމީހުންގެ ތަފާތު ކިޔާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް ހިތުގެ އަޑިން ގަބޫލްކުރަންޖެހޭ ހަގީގަތަކީ ޝައުފް އޭނަ ދެކެ ލޯބިވާ ކަމެކެވެ.

ޝައުފްއާ ލަޔާލް އެކުގައި ކޮޓަރިން ނުކުތީ އެކުއެކީއެވެ. އެމީހުންގެ އިންތިޒާރުގައި ސައިމޭޒުގެ ދޮށުގައި ސޯފީ އިނެވެ. މާކުރިން މާހިރުއާ ޝާން މިއަދު އޮފީހަށް ގޮއްސިއެވެ. ފަރީޝާވެސް ބޭރަށް ދިޔައީކަމަށް ސޯފީގެ ގާތުގައި ރޯސަން ބުނެފިއެވެ. ހެނދުނުގެ ނާސްތާ ކުރަމުން ދިޔައިރު ސޯފީ ވާހަކަ ދައްކަމުން ދިޔައެވެ.
” ލަޔާ ނާސްތާ ކޮށް ނިމިގެން މަންމަ ކޮޓަރިއަށް އަންނާތި……” ސޯފީ ގޮނޑިން ތެދުވެ ބުނެލިއެވެ. ލަޔާލް ބޯޖަހާލިއެވެ. ސައިބޮއި ނިމިގެން ލަޔާލް ސޯފީގެ ކޮޓަރިއަށް ދިޔައެވެ. އޭރު ސޯފީ އަލަމާރި ދޮށުގައި ހުރެ ކޮންމެވެސް އެއްޗެއް ހާވަނީއެވެ. ލަޔާލް ކޮޓަރިއަށް ވަދެ މަހުމާ ގޮނޑިއެއްގައި އިށީނެވެ. ސޯފީ އަލަމާރި މަތިން ރަތްކުލައިގެ ފޮއްޓެއް ނަގައިގެން ލަޔާލްއާ ދިމާލަށް އައެވެ. ” ލަޔާ…………މިއީ ޝައުފްގެ މާމަ މަރުވުމުގެ ކުރިން ޝައުފްގެ އަތްބަކަށް ވާކުއްޖަކަށް ދޭށޭ ކިޔާފަ ދީފަ ހުރި ގަހަނާތަކެއް……….މަންމައަށް އެނގޭ ލަޔާ ގަޔާނުވާނެކަން މިފަދަ ގަހަނާތަކަކަށް……މާމަގެ ވަސިއްޔަތަކަށް ވާތީ ލަޔާއަށް ހަވާލްކުރަނީ……..” ސޯފީ ދިކޮއްލި ފޮށި ލަޔާލް ހުޅުވާލިއެވެ.

އެފޮށީގައިވާ ހާރުގެ ވިދުވަރުން ލަޔާލްގެ މޫނުމަތި ބަބުޅަމުން ދިޔައެވެ. ޖަވާހިރުން ހަދާފައިވާ އެހާރު ރީއްޗެވެ. ލަޔާލްއަކީ އެކަހަލަ ގަހަނާތައް ބޭނުންކުރާ މީހެއް ނޫނެވެ. ކުރީ ފަހަރު ސޯފީ ދިން ގަހަނާތައްވެސް ވީ ޝިފާނާގެ އަތުގައެވެ. ލަޔާލް ފޮށިލައްޕާލުމަށްފަހު އޭނަގެ ކޮޓަރިއަށް މިސްރާބު ޖެހިއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ ހީވެސްނުކުރާހާ އަވަހަށެވެ. ފާއިތުވާ ކޮންމެ ދުވަހަކީ ޝައުފާއާ ލަޔާލްގެ ލޯތްބަށް އިތުރުވާ ބޮޅެކެވެ. އާކިފްގެ ނަން ލަޔާލްގެ ހިތުން އެއްކޮން ފޮހެވިގެން ގޮސް ޝައުފްގެ ނަން އެހިތުގައި ލިޔެވުނެވެ.

ރޭގަނޑުގެ ވަގުތެކެވެ. އުޑުމަތި އޮތީ ބަނަކޮއްލާފައެވެ. ފިޔަޖަހާލާނެ ތަރިއެއް ހާހިސާބުވެސް ފެންނަން ނެތުމުން ފަޅުކަން އިހްސާސްކުރެވޭނެއެވެ. ޝައުފް ލެޕްޓޮޕް ހިފައިގެން މޭޒު ދޮށުގައި އިނެވެ. ލަޔާލް ނިދާހެދުމުގައި ބޭރަށް ނުކުމެލިއެވެ. ފޫހިވާތީއެވެ. ބަގީޗާތެރޭ ހުންނަ ހޮޅިބުރިވެސް ހުރީ ފިޔަޖަހާލަ ޖަހާލައެވެ. އޭގެން ފަޑުއަލިކަމެއް ބަގީޗާ ގަސްތަކަށް އެޅިފައި އޮތެވެ.
” މަންމާ……”
ފަހަތުން އިވުނީ ވޭނީ އަޑެކެވެ. އަޑު އަންނަނީ ބަންދުކޮއްފައިވާ ކޮޓަރިންނެވެ. ތިން ހަތަރު ފަހަރު މަންމާއޭ ކިޔާ އެ ކޮޓަރިން ގޮވާލި އަޑުއިވުނެވެ. ލަޔާލް ކޮޓަރިއާ ދިމާލަށް ހިގައިގަތެވެ. ދޮރުހުރީ ތަޅުލާފައެވެ. އތެރެއިން މިފަހަރުވެސް މަންމާއޭ ކިޔާފަ ގޮވާލައިފިއެވެ. ހީވާގޮތުން ބިރެއް ފެނިގެން ސަލާމަތަށް އެދެނީއެވެ. ލަޔާލް އެހީވާން ބޭނުންވިއެވެ. ދެއަތުން ދޮރުފަތުގައި ތަޅައިގަތެވެ. ދޮރު ހުޅުވޭނީ ކިހިނެއް ހެއްޔެވެ؟ ބޭރުން ބޮޑު ތަޅެއް އަޅުވާފައި އެބަހުއްޓެވެ. ހަދާނެ ގޮތަކާއި މެދު ލަޔާލް ވިސްނާލިއެވެ. ގޭތެރެއަށް ދުވެފައި ވަނެވެ. މިސްރާބު ހުރީ ސޯފީގެ ކޮޓަރިއާ ދިމާލަށެވެ. ކުޑަކޮށް ހުޅުވިފައިވާ އެކޮޓަރީގައި ވަނީ ފަޑު އަލިކަމެކެވެ. އެނދުގައި ނިދިފައި ސޯފީ އޮތެވެ. މާހިރު ނިދާތަން އޮތީ ހުސްކޮށެވެ. މާހިރު އޮފީހުން ނިމިގެން މިރޭ އަދި ނުދުރުވަނީއެވެ.

ލަޔާލް ސޯފީއަށް ގޮވުމުގެ ނިޔަތުގައި ކޮޓަރި ތެރެއަށް ވަނެވެ. ސޯފީއާއި ދާދި ކައިރީ ހުއްޓުނުތަނާ ލޮލުގައ އަޅައިގަތީ ސައިޑް ޓޭބަލްމަތީ އޮތް ތަޅުދަނޑި ފައްޗެވެ. ސޯފީ އަށް ގޮވުމުގެ ބަދަލްގައި ލަޔާލް ތަޅިދަނޑި ފަތި ނަގައިގެން ކޮޓަރިން ބޭރަށް ހިނގައިގަތެވެ. ލަޔާލްގެ ހިތް ބިރުން ތެޅިތެޅި އޮތެވެ. ހިސާބަކަށް މީހާ ހުރީ ދާހިއްލާފައެވެ. ބޭރަށް ނުކުތް އިރު ހިމަފޮދު ވާރޭ ވެހެމުން ދިޔައެވެ. އަސްކަނި ދޮށުން ގޮސް ބަންދުކޮއްފައިވާ ކޮޓަރީގެ ތަޅު ހުޅުވާލިއެވެ.

ދަބަރު ޖަހާފައިވާ ދޮރު ހުޅުވާލި ވަގުތު ފާޑެއްގެ އަޑެއްވެސް ކިޔެވެ. އެކޮޓަރި ތެރޭގައިވަނީ ފަޑު އަލިކަމެވެ. އޭރުވެސް މެދު ނުކެނޑި މަންމާއޭ ކިޔާ ގޮވާ އަޑު އިވެމުންދިޔައެވެ. ލަޔާލް ފަރުވާތެރިކަމާއި އެކު ކޮޓަރިއަށް ނަަޒަރު ހިންގާލިއެވެ. ކޮޓަރި ތެރޭ ތަރުތީބެއް ނެތި ފަރުނީޗަރ ތައް ހުއްޓެވެ. މަކުނުވަލުން މުޅި ކޮޓަރިވަނީ ފުރާފައެވެ. ގުދަނަަކަށްވުރެ މިތަން މާހަޑިއެވެ. އެކޮޓަރީގެ ކަނެއްގައި ކުރުގެޅިގެން ފިރިހެނަކު އިނެވެ. އޭނަގެ އަތްފައިގަ ވަނީ ހިލިހިލާ ޖަހާފައެވެ.
” ކާކު……” ކެޑިކެޑިގެން ލަޔާލް އަޑު ނިކުތެވެ. އެ ޒުވާނާ އިސްއުފުލާ މަޑުމަޑުން ބަލާލިއެވެ. ލަޔާލްވެސް ބަލާލިއެވެ. އެ ޒުވާނާ ފެނި ލަޔާލް ހުރިތަނަށް ގަޑުވި ކަހަލއެވެ. އެފަދަ ނިކަމެތި ހާލެއްގައި އެއިނީ އެތައް އަހަރެއް ވަންދެން މެދުކެނޑުމެއްނތި އިންތިޒާރުކުރަމުން ދިޔަ އޭނަގެ ލޯބިވެރިޔާ އާކިފްއެވެ. ” އާކިފް……” ލަޔާލްއަށް ގޮވާލެވުނެވެ. ބޭއިޚްތިޔާރުގައި އެދިމާލަށް ދުއްވައިގަނެވުނެވެ. ދެކަކޫ ޖަހައި އާކިފްގެ ކުރިމަތީ އިށީދެ އިން އިރު ލަޔާލްގެ ދެއަތުން އާކިފްގެ މޫނުގައި ފިރުމާލެވުނެވެ. އޭރު ބީރައްޓެހި ނަޒަރަކުން ލަޔާލްގެ މޫނަށް ބަލަހައްޓައިގެން އާކިފް އިނެވެ. ލަޔާލްގެ ލޯ ހިނދުކޮޅެއް ތެރޭ ކަރުނައިން ފުރިއްޖެއެވެ. ޖަވާހިރުތަކެއް ފަދައިން ބަނބުޅަމުން ދިޔަ ކަރުނަތައް ކޯތާފަތްމައްޗަށް ބަންޑުންވެގެން ދިޔައެވެ.
” އާކިފް…..” ލަޔާލް އާކިފްގެ ނިއްކުރީގައި ބޮސްދިނެވެ. މިވަގުތު ލަޔާލްގެ ހިތުގައި އެއްވެސް ހިޔާލެއް ފިކުރެއް ނެތެވެ. އާވާރާވެފައިވާ މޮޔައެއް ފަދައިން އާކިފްގެ ހަށިގަނޑުގައި އޮޅުލަމުން ގެންދިޔައިރު ހައިރާންވެގެން އާކިފް ހަރަކާތެއް ނެތި އިނެވެ.

” ލަޔާލް…..” ލަޔާލް ސިހިގެން ދިޔައީ ފަހަތުން ހަރުކަށި ގޮތަކަށް އޭނަގެ ނަމުން ގޮވާލީމައެވެ. ތެޅިގެންފައި ބަލާލެވުނު އިރު ކޮޓަރި ދޮރުމަތީ ސޯފީ ހުއްޓެވެ. ” މިތަނަށް ވަނީ ކާކު ހުއްދަ ދީގެން……” ދުވަހަކުވެސް ލަޔާލްއާ މުޚާތަބުވެސް ނުކުރާ ފަދަ ހަރުކަށި ރާގަކަށް ސޯފީ ބުނެލިއެވެ. ލަޔާލްއަށް ދޭނި ޖަވާބެއް ނޭނގުނެވެ. އެވަގުތު ޝައުފް އައިސް އެކޮޓަރިތެރެއަށް ވަނެވެ.
ސޯފީ އެކޮޓަރި ތެރެއަށް ވަނީ ކޮންއިރަކު ކަމެއް ލަޔާލްއަކަށް ނޭނގެއެވެ. އާކިފްގެ ހަށިގަނޑުގައި އޮޅުލަމުން ދިޔަ މަންޒަރު ފެނުނު ކަމެއް ނޭނގެއެވެ. ފެނުނު ނަމަ ސޯފީ ކުރާނެ ސުވާލްތަކަށް ދޭނެ ޖަވާބެއް ލަޔާލްގެ ހިތުގައެއް ނެތެވެ. އާކިފްއަކީ އޭނަގެ ކުރީގެ ލޯބިވެރިޔާކަން ބުނެދޭނީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ މިއަދު އޭނާއަކީ މީހެއްގެ އަތްބެކެވެ.
” ލަޔާލް………….ކީއްކުރަން މި ކޮޓަރިއަށް ވަނީ…..”ޝައުފް އައިސް ލަޔާލްގެ އަތުގައި ހިފާ ކޮޅަށް ނަގަމުން ބުނެލިއެވެ. ”މިތަނުން ގޮވާ އަޑު އިވިގެން……” ލަޔާލް ބިރުން ހުރެ ޖަވާބު ދިނެވެ. ” އަހަންނަށް ގޮވާ އަޑުނީވޭތީއެއް ނޫން މިތަނަށް ނައިސް އޮތީއެއް……އިވޭ،،،،،،،،އެކަމަކު މިތަނަށް އައިސްގެން ވާނެ ފައިދާއެއް ނެތް………އާކިފްގެ އާދަ އެއީ………އޭނައަކީ މޮޔައެއް…..އޭނަގެ ޚިދުމަތުގައި އަހަރެމެންނަށް ސައްވީސް ގަޑިއިރަކު ނުތިބެވޭނެ…….” ސޯފީ ބުނެލިއެވެ. މިހާރު ރަންކުލައިގެ ގުދުރަތީ ރީތިކަމެއް ލިބިފައިވާ އެ މޫނުމަތީގައިވަނީ އިންތިހާ ރުޅިވެރިކަމެވެ. ލަޔާލް ހުރީ ބިރުން ތުރު ތުރު އަޅައެވެ.
” ޝައުފް……ލަޔާލް ގޮވައިގެން ދޭ ގޭތެރެއަށް މަ އެބަދަން….” ސޯފީ މޫނު އަނބުރާލަމުން ބުނެލިއެވެ. ޝައުފް ލަޔާލްގެ އަތުގައި ހިފައިގެން އެތަނުން ނުކުންނަން ހިނގައިގަތެވެ. ސޯފީ ވެސް އެމީހުންގެ ފަހަތުން ހިނގައިގަތެވެ.
” އަހަރެން މަންމައަށް ދޭނި ކޮންޖަވާބެއް……….ލަޔާލް ތިހެން ކަންތައް ކުރާނެކަން އެނގުނު ނަމަ ކޮޓަރީގެ ހަތަރު ފާރުން ބޭރަށް ދިޔަ ނުވެސް ދިނީސް……..” ޝައުފް ލަޔާލްއަށް ބުނެލިއެވެ. ޝައުފްގެ މޫނުމަތިންނާ ވާހަކަ ދައްކާ ރާގުން އެގެނީ އޭނާވެސް ހުރީ މިކަމާ ވަރަށް ހިތްހަމަ ނުޖެހިފަ ކަމެވެ. ” ކީއްވެތަ…މިގޭތެރޭގައި މިހިނގާ އެއްވެސް ކަމެއް އެނގުމުގެ ހައްގެއް ނެތްތަ އަހަންނަކަށް……” ލަޔާލްވެސް ވާހަކަ ދެއްކީ ހަރުކަށި ކޮއްނެވެ.
” ލަޔާލްއަށް މި ހުރިހައި ހަގީގަތެއް އެނގޭކަން ނުޖެހޭނެ…އަދި ލަޔާލް ހޯދާކަށްވެސް ނުޖެހޭނެ…..މިގޭގަ ލަޔާލް ނޫނަސް މީހުން އެބައުޅޭ………މިގޭ ހުރިހައި ސިއްރުތަކެއް ހޯދާކަށް އެމީހުން މަސައްކަތެއް ނުކުރޭ….” ސޯފީ ގޭތެރެއަށް ވަންނަމުން ބުނެލިއެވެ. ގޭތެރޭ އަޑުގަދަވެގެން ޝާންއާ ފަރީޝާވެސް އައެވެ. އިމްލީއާ ނޯކަރުންތައްވެސް އެތަނަށް އައެވެ.
” ކަލޭމެން އެންމެން ދޭ ނިދަން…” ސޯފީ ނޯކަރުންނަށް ބުނެލިއެވެ. އެމީހުން އަދަބުވެރިކަމާއި އެކު އެމީހެއްގެ ކޮޓަރިއަކަށް ވަނެވެ. ”ޝައުފް ލަޔާލްއަސް ވިސްނައިދީ…..މިގޭ ޅީދަރިއަކަށް ވިއަސް އަދި މިގޭގެ ހުރހައި ބާރަކާ ސިއްރެއް އެނގުމުގެ ބޭނުމެއް ނެތްކަމަށް……..ބައެއް ކަންތައްތައް ހުންނާނެ ފެނުނަސް ނުފެންނަ ކަމަށް ހަދައިގެން އުޅެން ޖެހޭ ކަންތައް….” ސޯފީ ހިނގައިގަންނަމުން ބުނެލިއެވެ. ފަސްއެނބުރި ބެލުމެއްނެތި ގޮސް އޭނަގެ ކޮޓަރިއަށް ވަދެ ދޮރުލައްޕާލިއެވެ. ޝައުފް ލަޔާލްގެ އަތުގައި ހިފައިގެން ކޮޓަރިއަށް ވަނެވެ.
” އިތުރަށް މި މައުލޫއަށް ވާހަކަދައްކާކަށް އަހަރެން ބޭނުމެއް ނޫން….ލަޔާލް އޮށޯވެ ނިދޭތޯ ބަލާ………” ޝައުފް އަމުރުވެރި ރާގަކަށް ބުނެލިއެވެ. ލަޔާލް އެނދުގައި އޮށޯވެލިއެވެ. އިރުކޮޅަކު އޮށޯވެ އޮތުމަށްފަހު ޝައުފްއަށް ނިދުނު އިރުވެސް ލަޔާލްއަށް ނުނިދިފައި އޮތެވެ. އޭނަގެ ނިދިވަނީ މިރޭ ގެއްލިފައެވެ. އޭނަގެ ހަނދާނަންއައީ މީގެ ހަތަރު އަހަރު ކުރިއެވެ. އަލަށް އާކިފްއާ ބައްދަލްވި ދުވަހެވެ.

ދާނި ގަންބާލުމަށްފަހު ފެން ދާންޏެއް ނަގައި ބަނޑިޔަލަށް އަޅާލިއެވެ. ލަޔާލްއާ އެކީ ފެންބަލާ އައިސް ތިބި އެހެން ކުދިން އެމީހުންގެ ބަނޑިޔާތައް ކިހިލި ޖަހައިގެން ލަޔާލްގެ އިންތިޒާރުގައި ތިއްބެވެ. ލަޔާލްވެސް ބަނޑިޔާ ކިހިލި ޖަހައިގެން އެމީހުންނާ ދިމާލަށް ހިނގައިގަތެވެ. މިސްކިތު ގޯޅިން މަގަށް ނުކުތް ވަގުތަކީ ދެ ޒުވާނަކު އެމަގަށް އެޅީ ވަގުތެވެ. އެތަނުން އެކަކަކީ އިހްސާންއެވެ. ދެން ހުރީ ނުވެސް ދަންނަ ޒުވާނެކެވެ. ހީވާގޮތުން ލަފައިގެން އައީ ދެންމެއެވެ. އެޒުވާނާގެ ކޮނޑުގައި އަޅުވާފައިވާ ދަބަހުން އެކަން އެނގެއެވެ.

”އޭ މަރީ އެދަނީ އިހްސާން……”’ ޝާނީ މަރީއަށް ގޮވާލަމުން ބުނެލިއެވެ. އިހްސާންއަކީ މަރީގެ ލޯބިވެރިޔާއެވެ. ” ނޫޅެން…….” މަރީ ފޫހި ރާގަކަށް އެހެން ބުނެލުމުން ހުރިހައި އެންމެން އެކުގައި ހިނިގަނޑެއް ޖަހާލިއެވެ. ”ކިހިނެއްވީ………ނުދަންނަ ކަމަށް ތިހަދަނީ އަހަރެމެން ތިބީމަތަ……..ރޭގަނޑު ހަތަރު ދަމު ޖޯލީގައި ތިބޭއިރުވެސް ނުދަންނަންތަ……….” ލަޔާލް މަރީއަށް ބުނެލިއެވެ.
” މަށަކާ އެ އިހްސާންއަކާ ނެތް އެއްވެސް ގުޅުމެއް……..” މަރީ އިހްސާންއަށް ބަލާލަމުން ބުނެލިއެވެ. މަގުގެ ދެފަރާތުން އެމީހުންގެ ހިނގިކަމުގައިވެސް ދެވެނީ ދާދި އެކުއެކީގައެވެ. ލަޔާލް އިހްސާންމެންނާ ދިމާލަށް ބަލާލިއެވެ. އިހްސާން ކައިރީ ހުރި ޒުވާނާ އަޅައިގެން ހުރި އަވިއައިނު ނަގާ ލަޔާލްއަށް ވރަށް ރަނގަޅަށް ބަލާލިއެވެ. އެއީ ލަޔާލް ދުވަހަކުވެސް ދެކިފައިނުވާ ފަދަ ރީތި ޒުވާނެކެވެ.

” އޭތް މަރީ އިހްސާން ވަރަށް ބަލާ މިކޮޅަށް……”ޝާނީ އަނެއްކާވެސް ބުނެލިއެވެ. މަރީ އަޅާއިވެސް ނުލާ ހިނގަމުން ދިޔައެވެ.
” އިހްސާން މަރީއަށް ކިހިނެއް ހަދައިގެން ތިއުޅެނީ………” މަރީގެ ފަރާތުން ޖަވާބެއް ނައުމުން ޝާނީ އިހްސާންއަށް ބުނެލިއެވެ.
” މަށެއް ނުހަދަން ގޮތެއް……….މަރީ ކައިރީ އަހާބަލަ……..” އިހްސާން ބުނެލިއެވެ.
” ދަނިހެ އައިސްބަލާ ބުނެލަ ދީބަލާ އަނގައިން…….” އިހްސާން ލަވައެއް ކިޔާލިއެވެ. ” ވީމެ ނުރުހިފައި ވެވުނު ނަފްރަތުން އިނގޭ……….”މަރީވެސް ލަވައިގެ އަނެއް ކަޑި ކިޔާލައި އިއްވާލިއެވެ. އޭރު އެމީހުންނަށް ތިބީ މަރީމެން ގެއާ ކައިރިވެފައެވެ. މަރީ އެއްޗެއް ނުބުނެ އަވަހަށް ގޭތެރެއަށް ވަދެގެން ދިޔައެވެ. އެހެން ގޯޅިއަކުން އިހްސާންއާ އެޒުވާނާ ދިއުމުން ލަޔާލްގެ ލޯމަތިން އެމީހުން ގެއްލުނެވެ.އެކަމަކު އެއީ ލަޔާލް ބޭނުންވާ ގޮތެއް ނޫނެވެ.އެޒުވާނާ ދެކިލުމަށް އަދިވެސް ހިތް އެދެނީ ކީއްވެގެން ކަމެއް ނޭނގެއެވެ.

ހަވީރު ބަށިކުޅެން ލަޔާލް ދިޔައިރު ފިތުރޯން ގަސްދޮށުގައި އެ ޒުވާނާ ހުއްޓެވެ. ތަންކޮޅެއް ދުރުގައި އިހްސާންމެން ފުޓްބޯޅަ ކުޅެން ތިއްބެވެ.ބަށި ކޯޓަށް އަރަމުން ޝާނީ މަރީއަށް ބުނެލިއެވެ. ” އިހްސާން މަރީދެކެ ވަރަށް ލޯބިވޭ ޔަގީނުންވެސް………..މަރީ ފެންނަ ހިސާބުގައި ނޫނީ އޭނައަށް ނުވެސް ހުރެވޭ……މަރީ ތިހެން ނުވާނެ ހަދާކަށް……..”
” ސާބަސް…….މަހިތަށް އަރާ ޝާނީ ތީ އަހަރެންގެ ރަހްމަތްތެރިއެއް ބާއޭ ނޫނީ އިހްސާންގެ ރަހްމަތްތެރިއެއް ބާއޭ……”މަރީ ހިތްހަމަ ނުޖެހިފައި ބުނެލިއެވެ. ” ޝާނީ ދެން މަރީއާ ދިމާނުކުރައްޗޭ…….މަރީއަށް ފެންނަ ގޮތަކަށްނު އޭނަ އަމިއްލަ ކަންތައް ނިންމާނި……..” ލަޔާލް މަރީއާ އެއްބައި ވެލަމުން ބުނެލިއެވެ.ލަޔާލް ބަށިކުޅެން ފެށުމުގެ ކުރިން ދޯޕައްޓާ ރަނގަޅަށް އައްސާލިއެވެ.
ބަށިބޯޅަ ދުރަށް ޖެހުމުން ލަޔާލް ބޯޅަ ހޮވަން ދުއްވައިގަތެވެ. ބޯޅަ ގޮސް ވެއްޓުނީ ފިތުރޯން ގަސްދޮށަށެވެ. ސީދާ އެ ޒުވާނާގެ ކުރިމައްޗަށެވެ. ލަޔާލް ބޯޅަ ނަގަން އެދިމާލަށް ގޮސް އެ ޒުވާނާ ފެނުމުން ހުއްޓުނެވެ. އޭނަގެ ރީތިކަމަށް ހިތާ ހިތުން ތައުރީފް ކުރަމުން އެދިމާލަށް ބަލަން ހުރެވުނީއެވެ. ”ލަޔާ ބޯޅަ ހިފައިގެން އާދޭ…….” ޝާނީ ބާރަށް ގޮވާލި އަޑުއިވުނެވެ. ނަމަވެސް ލަޔާލްގެ ހަރަކާތަކަށް ބަދަލެއް ނާދެއެވެ. ހުރިގޮތަށް ކޮޅަށް ޖެހިފައި އޭނައަށް ބަލަން ހުރެވުނީއެވެ. އެ ޒުވާނާ ލުއި ގޮތަކަށް ހީލަމުން އައިސް ބޯޅަ ނަގައި ދިއްކޮއްލިއެވެ. ލަޔާލް ބޯޅައިގަ ހިފުމުގެ ކުރިން ޝާނީ އެދެމެދަށް ވަދެ ބޯޅަ ޖަހައިގަތެވެ. އަދި ލަޔާލްގެ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް ހިނގައިގަތެވެ.

ކުޅުމުގައި ބާކީ ވަގުތު ހޭދަކުރި ނަމަވެސް ލަޔާލްގެ ހިޔާލްތައް ވަނީ މާދުރުގައެވެ. ފިތުރޯން ގަސްކައިރީ ހުއްޓިލައިގެން ހުރި ޒުވާނާގެ ކައިރީ ހުރެ އޭނައާ ވާހަކަ ދައްކާލަން ބޭނުންވެއެވެ. އޭނަގެ ނަން އަހާލަން ބޭނުންވެއެވެ. އެންމެ ފެނިލުމަކުންވެސް އެހިތަށް ކުރުވި އިހްސާސް ބަޔާންކޮއްލަދޭން ބޭނުންވިއެވެ..
” ކޮން ހިޔާލެއްގަ….” ޝާނީ ލަޔާލްގެ ކޮނޑުގައި ޖަހާލަމުން އަހާލިއެވެ. އެއްވެސްހިޔާލެއްގައެއް ނޫނޭ ބުނުމުގެ ގޮތުން ބޯ ދެފަރާތަށް ހޫރާލިއެވެ. ކުޅެ ނިންމާލީ އިރު އޮއްސެން ކައިރިވުމުންނެވެ. އަތިރިމަތިން ދިޔައިރު އޮއްސެމުން ދިޔަ އިރުގެ ރަންދޯދިތައް ކަނޑުގެ ލޮނުގަނޑަށް އެޅިފައި އޮތެވެ. ހީވަނީ އޮރެންޖު ކުލައިގެ ސާލެއް ލެވިފައި އޮތް ހެންނެވެ. އެދިމާލު ހަރުގެއިން ނުކުމި ކުޑަކުއްޖެއް ދުވެފައި އައިސް ލަޔާލްގެ ކުރިމަތީ ހުއްޓި ދިއްކޮއްލީ ކުޑަ ކަރުދާސްކޮޅެކެވެ. ”ކާކު ދިން އެއްޗެއް މިއީ……..” އެކުއްޖާގެ ކޮލުގައި ހިފާލަމުން ލަޔާލް އަހާލިއެވެ. އެކުއްޖާ އަތްދިއްކޮއްލީ ދުރުގައި ލަޔާލްއަށް ބަލަން ހުރި އެ ޒުވާނާއަށެވެ. ލަޔާލް ނޫނަސް ޝާނީ އާއި މަރީވެސް އެދިމާލަށް ބަލާލިއެވެ. ހިނގައިގަންނަމުން ލަޔާލް އެ ކަރުދާސްކޮޅު ހުޅުވާލިއެވެ.
”ވަރަށް ލޯބިވޭ……….އާކިފް……”
އެކަރުދާސް ކޮޅުގައިވަނީ ކުރު ޖުމްލައެކެވެ. އެކަމަކު އެ ޖުމްލައި ލަޔާލްގެ ހިތަށް ލިބިގެން ދިޔައީ ފިނިކަމާ އުފާވެރިކަމެވެ. މިއީ އާކިފް ފުރަތަމަ ފެނިލުމުންވެސް އެ ހިތަށް އަރަމުން ދިޔަ އިހްސާސްތަކާ ކުރެވެން ފެށި އުއްމީދުތަކުގައި ކުލަ ޖެހެން ފެށިކަމުގެ ސިގުނަލެކެވެ. ޝާނީ ލަޔާލްގެ އަތުން އެ ކަރުދާސްކޮޅު އަތުލުމަށްފަހު ބާރަށް ކިޔާލިއެވެ. ޝާނީ ކިޔާލުމާއި އެކު ދެން ތިބި އެންމެން އެކުގައި ހިނިގަނޑެއް ޖަހާލިއެވެ. ލަޔާލް ލަދުގަތެވެ.
” ކަމަނާ…….އޭނައަށް ޖަވާބުދޭނީ ކިހިނެއް…….ރުކުން ފަންވަތެއް ގެންނަންވީދޯ ލޯބީގެ ދެތިން ލަފްޒު ލިޔެލަން……” ޝާނީ މަލާމާތުގެ ރާގަކަށް ބުނެލިއެވެ. ” ދެން…….” ލަޔާލް ކުރިއަށްވުރެ ބޮޑަށް ލަދުގަތެވެ.. އެކި ސަކަރާތުގައި ގޮސް ގެއަށް ވަތްއިރު ޝިފާނާ ފެންޑާގައި ފަތްޖެހި ގޮނޑިއެއްގައި އިނެވެ.
” އާދެވިއްޖެދޯ……..މުޅި ރަށް ކުޑަކުރަމުން ތި ދުވަނީ ކާކަށް ތިއްތި ދައްކަން…….” ޝިފާނާ ނުރުހުންވެފައި އެހެން ބުންޏަސް ލަޔާލްގެ އުފާވެރި މޫނުމައްޗަކަށް ކުޑަކޮންވެސް ބަދަލެއް ނާދެއެވެ. އަޑުއިވޭކަމަށްވެސް ނުހަދާ އޭނަގެ ކޮޓަރިއަށް ވަދެ އެނދުމަތީ އޮށޯވެލިއެވެ. ލަޔާލް ވިސްނަމުން ދިޔައީ އާކިފްއަށް ޖަވާބު ދޭނި ގޮތަކާއި މެދުއެވެ.
”ލަޔާލް……އަތްފައި ދޮވެގެން ބަދިގެ ފަރާތަށް އާދެބަލަ……” ގޭތެރެއިން ޝިފާނާ ގޮވާލި އަޑުއިވިގެން ދިޔައެވެ. ކަންނެތްގޮތަކަށް އެނދުން ތެދުވެ ފާހާނާއަށް ވަދެ އަތްފައި ދޮވެލިއެވެ. އަތްގޮށިން ފެންފޮދެއް ނަގައި މޫނު ދޮވެލިއެވެ. ބަދިގެ ފަރާތަށް ލަޔާލް ނުކުތްއިރު އަކްމަލް ފެންޑާގަ އިނެވެ. ” ބަދިގޭގަ ހުންނާނެ އަލުވި ކޮޅެއް……….މިރެއަށް ކޮންމެވެސް އެއްޗެއް ތައްޔާރުކޮއްލާބަލަ…..” އަކްމަލް ބުނެލިއެވެ. ކުރެވުނު އަމުރަށް ކިޔަމަންވުމުގެ ގޮތުން ނުރުހުމުގެ ބަހެއް ބުނެނުލާ ބަދިގެއަށް ވަނީ އެނޫންގޮތެއް ނެތްކަން ޔަގީންވާތީއެވެ. އޭނާއަށް މިފަދަ އެހެން ދުވަހެއް ދައްކާނީ ކޮންދުވަހަކުންކަމެއްވެސް ނޭނގެއެވެ.

އާދުވަހަކަށް އިރުއަރައިފިއެވެ. ދުވަހުގެ މާ ހާއްސަކަމެއް ނެތެވެ. ދުވަހުގެ ތާވަލަކަށް ބަދަލެއް ނާދެއެވެ. ސައިހަދާ ނިންމާލުމަށްފަހު ގޯތި ތެރެ ކުނިކަހާލުމަށް ނުކުތްއިރު ގޭގެ ވަށާފާރު ކައިރީ އާކިފް ހުއްޓިލައިގެން ހުއްޓެވެ. ގޭގެ ވަށާފާރު ނެގިފައި ހުންނަނީ މެދާ ހިސާބަށެވެ. ލަޔާލް ހުއްޓުން އަރައި އާކިފްއަށް ބަލަން ހުރެވުނީއެވެ. ”ހިނގާ ދާން……” އާކިފްގެ ކައިރިއަށް އެހެން ކުއްޖަކު ހުއްޓެމުން ބުނެލިއެވެ. އާކިފް އިސްއުފުލާ ބަލާވެސް ނުލައި ހިނގައިގަތެވެ.ލަޔާލްގެ މޫނުމަތީގެ ކުލަވަރު އެހިސާބުން ބަދަލްވިއެވެ. ހިތް އެދެމުން ދިޔައީ އާކިފް ދެކިލުމަށެވެ. ވާހަކަ ދައްކާލުމަށެވެ. އާދައިގެ މަތިން ގޭގެ މަސައްކަތުގައި މަސްއޫލް ވެވޭތޯ ކިތައްމެ މަސައްކަތެއް ކުރި ނަމަވެސް އެކަންވަނީ ނާކާމިޔާބެވެ.

ރޭގަނޑުގެ ވަގުތެވެ. ވަގުތަކީ މީހުން ހޭލަމޭލަވެ އުޅޭވަގުތެއްކަމުން މަދުމަދުން މީހުން މަގުހުރަސްކުރާތަން ފެނެއެވެ. ރަތްބަގީޗާގޭ ފާރުކައިރީ ލަޔާލް ހުއްޓިލައިގެން ހުރީ އޭނާގެ ބައްޕަ އިޝާނަމާދުން އަންނާނެއިރެއްގެ އިންތިޒާރުގައެވެ. ގޭގެ ވަށާފާރުނަގާފައިވަނީ ބަނޑާހަމަޔަށެވެ. ފާރުކައިރީ ހުއްޓިލައިގެން އެއްއަތުން ފާރުގައި އަތްވިއްދާލައިގެންނެވެ. ކައިރީގައި ހައްދާފައިވާ އިރުދޭމާ ގަހުން މަޑުމަޑު މީރުވަހެއް ހުއްޓެވެ. އިރުދޭމަލެއް ބިނދެލުމަށްފަހު އިސްތަށިގަނޑުގައި ޖަހާލިއެވެ. އަދި އަނެއްކާވެސް މަގާދިމާލަށް ނަޒަރު ހިންގާލިއެވެ.
”އަހަރެންގެ އިންތިޒާރުގަ ދޯ……….”
ލަޔާލް ސިހިފައި ބަލާލި އިރު ކުރިމަތީ ހުރީ އާކިފްއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

xaaahy

Level 110 Stories

Other Articles

Previous

އޯގާވީ ހިތަކުން…10

Next

ލޯތްބަށްޓަކައި ( އެގާރަވަނަ ބައި)

Next
April 3, 2014

ލޯތްބަށްޓަކައި ( އެގާރަވަނަ ބައި)

Previews
April 3, 2014

އޯގާވީ ހިތަކުން…10

12 Comments!

  1. xaaahy says:
    April 3, 2014 at 1:10 pm

    maybe sunday the next part
    i think mabe tommorow also i can update the 11th part
    so keep reading
    i hope u will like this part too
    🙂

  2. xaaahy says:
    April 3, 2014 at 1:12 pm

    and i change the pic
    so e pic reethi noonihyaa xaaahy ah angaalun ei xaaahy ge varah bodu edhumeh
    🙂
    enjoy reading

    1. yaan says:
      April 3, 2014 at 3:55 pm

      yaan ah mi pic varah varah varah varah nice,, ingey xaahy xaaahyy kon rasheh ?? yaan hdh. kulhudhuffushi ingey

  3. neem says:
    April 3, 2014 at 2:45 pm

    Varah reethi mibaives 🙂 Kurin in pic neem ah reethy. Ekam xaaahy ah kamudhanyaa baindhaa mi pic 🙂

  4. yaan says:
    April 3, 2014 at 3:53 pm

    yaan ah mipic varah varah varah reethi,,, kurin in pic yaaan ah ehaa nice eh noon,,thanks pic badhalukuryma,, mi baives varah reethi,, gavaidhun koment nukuriyas yaan mivaahak kiyan ingey,, ok keep it up xaaaahyy
    my lovely writer is you,, always bye bye xaaahyyy
    from yaan

  5. hapytootoo says:
    April 3, 2014 at 4:40 pm

    xaahy. . i have this story. . the whole competed one. . kuryga ves kiyaafa othy but then hama rythi kamun adhives mi site in mi kiyanee !! v v salhi inge mi story ekkon ves. . keep it up the good work ! and best of luck 😀

    1. neem says:
      April 3, 2014 at 5:31 pm

      bunedheeba e site plx :'( plx plx plx

  6. liuu says:
    April 3, 2014 at 4:42 pm

    eyyyy?????????????dhn kihinei vaanyyy??????????????sofy layaal dheke rulhi annan fashaanytha????????????n shaufvx layaal aa dhurah dhaanyyytha???????????n layaal ge hithuga shauf ah oii lobi kuda vaaanyyytha??????????xaahy plx layaal n shauf dhuru nukuracheyyyy…..liuu ah cover pic knmex varakah rythi ekm ehaa rychei nun…………btw mi prt vvvvv obiii…..hitha aranyy dhn kihinei baa ey vaanyyy :/ waiting 4 da nxt prt….hope u will up sooooon

  7. liuu says:
    April 3, 2014 at 4:43 pm

    hey ithuru site egga mi vaahka up kuritha……plx e site ge nam ebudhybala

  8. happytoo says:
    April 3, 2014 at 7:15 pm

    ithuru site egga eh noon . . varah bodah dhivehi vaahaka kiyaa hiy vefa huri dhuvaskolhegga friend eh genesdhin baivaru vaahaka thakegge thereyga iny . . soft copy eboiy 🙂
    Liuu & neem

  9. liuu says:
    April 3, 2014 at 9:19 pm

    kihinei thi nagaanyy????? soft copy

  10. happytoo says:
    April 4, 2014 at 11:53 am

    mail id libenikon fonuvaaladhyfaanan . . ekam mail id ves fonuvaanee kihineh dho ??

Comments are closed.

Next Episodeލޯތްބަށްޓަކައި ( އެގާރަވަނަ ބައި)←


All Right Reserved!