‘ ނޭނގެއިމްލީއަކަށްވެސް…….އިމްލީ މިގޭގެ އުޅޭތާ ވަން އިޔާ ވީއިރުވެސްއެމީހަކު ލޮލަކުން ނުދެކެން…..ސޯފީ ދައްތަ އެކަނި އެކޮޓަރިއަށްވަންނަނީ….” އިމްލީ އެހެން ބުނުމުން ލަޔާލް އަނެއްކާވެސް އެދޮރަށްބަލާލިއެވެ. ނުހިކޭ ކަރުނައެއް މިލޮލަކުން ތި ހަނދާން ނުފިލައޭ މިހިތަކުން މި ހިތްގައިމު ލަވަ އެ ޒުވާނާގެ އަޑުން ކިޔައިލީ ހިތްތައް ކަތިލާފަދަގޮތަކަށެވެ. ބެކް މިއުޒިކަކާ ނުލާވެސް އެ ލަވަ ނުހަނު ހިތްގައިމެވެ.ބަދިގެއަށް އިމްލީ އާއެކު ގޮސް ވަންނަންދެން ލަޔާލްއަށް ފަހަތް ބެލުނުއަދަދެއްވެސް ނޭނގެއެވެ. މަސައްކަތް ކުރަން އުޅޭ އިރުވެސް ލަޔާލްގެސިކުނޑީގަ އެތަކެއް ސުވާލްތަކެއް […]
އާދުވަހަކަށް އިރުއަރައިފިއެވެ.މުޅި މާލެއަށް ހަލަބޮލިކަން ވެރިވެއްޖެއެވެ. އެމީހެއްގެމަސްއޫލިއްޔަތާއިގެން ކޮންމެ މީހަކުވެސް ދުވަހުގެ މަސައްކަތް ފަށައިފިއެވެ.އަރައިގެން އައި އިރުގެ ރަން ދޯދިތައް ފަރުދާ ކަހާލެވިފައިވާ ކުޑަދޮރުންފޭދިގެން އައިސް ލަޔާލްގެ މޫނަށް އެޅިފައިވެއެވެ. ލޮލަށް ކިތަންމެއުދަނގޫވަމުން ދިޔަޔަސް ކުޑައިރުކޮޅަކަށް ނަމަވެސް އަދި ނިދާލެވޭތޯމަސައްކަތްކުރަމުން ލަޔާލްގެ އިސްތަށިގަނޑުން މޫނު ފޮރުވާލިއެވެ. ” ލަޔާލް” ދުރު ދުރުން އިވުނު އަންހެނެއްގެ އަޑުން ލަޔާލް ފުންމައިގެންތެދުވެވިއްޖެއެވެ. ”ލަޔާލް” ހަރުކަށިކަމާއެކު އޭނަގެ ނަމުން ގޮވަމުން އެއަންނަ އަޑު މަޑުމަޑުން ލަޔާލްގެ ކޮޓަރިއާ ކައިރިވާހެން ހީވުމުން ލަޔާލްދުވެފައި […]