ޝާން ގޮސް ދޮރު ހުޅުވާލުމަށްފަހު އެއްފަހަރު ގޭތެރެއަށް އަނެއް ފަހަރު ދޮރުމަތީ ހުރި މީހާއަށް ބަލާލިއެވެ. ލަޔާލްވެސް ދޮރުމައްޗަށް އެރިގޮތަށް ހުއްޓުން އަރާފައި ހުރެވުނީއެވެ. ދޮރުމަތީ ދަބަހެއް ހިފައިގެން ހުރީ އިމްލީއާއި އޭނަގެ މަންމަ އާރިފާއެވެ. ” ދައްތާ…..އަންގައިވެސް ނުލާ ކުއްލިއަކަށް…؟” ލަޔާލްއަށް ބުނެވުނީ އެވަރަށެވެ. މާހިރު އެތަނަށް އައިސް އެ ދެމައިން އެތެރެއަށް ވައްދައިފިއެވެ. އިމްލީ ދިޔައީ ލަޔާލްއާއި އެކު ލަޔާލްގެ ކޮޓަރިއަށެވެ. ” އިމްލީ..ކީއްވެ ކުއްލިއަކަށް މިކޮޅަށް އަންނަން ޖެހުނީ.؟” ލަޔާލް އިމްލީ އެނދުގައި […]
ފިތުރޯން ގަހުގައި ހިފަހައްޓާލައިގެން ހުރި ޝައުފް ސިހިގެން ދިޔައީ ފަހަތުގައި މީހަކު ހުރިހެން ހީވެގެންނެވެ. ފަސްއެނބުރި ބަލާލި އިރު ސޯފީ ފެނުމުން އަނެއްކާވެސް އަނެއްފަރާތަށް އެނބުރުނެވެ. ސޯފީ ޝައުފްގެ ކޮނޑުގައި އަތް ބާއްވާލިއެވެ. ޝައުފް ކުއްލިއަކަށް ސޯފީގެ އަތް ފޮޅުވާލައި ދުރަށް ޖެހިލިއެވެ. ”ދަރިފުޅާ ހިނގާ ގޭތެރެއަށް ދާން…….” ސޯފީ އޯގާތެރިކަމާއި އެކު ބުނެލިއެވެ. ޝައުފް ގޭތެރެއަށް ހިނގައިގަތެވެ. ހަލުވި ހިނގުމެއްގައި އޭނަގެ މިސްރާބު ހުރީ ކޮޓަރިއާ ދިމާލަށެވެ. ” މަޑުކޮއްބަލަ…..ދަރިފުޅާ ކިހިނެއްވީ……..ކަމަކާއި ހިތްހަމަ ނުޖެހުނީތަ؟” ސޯފީ […]
ލަޔާލް އެނދުގައި ފޯން ބޭއްވުމަށްފަހު ބަދިގެއަށް ދިއުމުން ޝައުފް ފޯން ނަގައި ބަލާލިއެވެ. އެންމެ ފަހުން އިން މެސެޖު އަވަހަށް ވިއު ކޮއްލީ ލަޔާލްގެ ޕްލޭން އޭނައަށް އެނގޭތީއެއް ނޫނެވެ. ހ.މައިނާން އިނުމުން ލަޔާލް އެތަނަށް ދާނެކަން ޝައުފްއަށް ޔަގީންވިއެވެ. އެކަމަކު އެއްވެސް ކަމެއް ލަޔާލް ކުރެ އަހާކަށް ޝައުފް ބޭނުމެއް ނޫނެވެ. ޝައުފްވެސް އެތަނަށް މިރޭ ދާން ނިންމިއެވެ. ރޭގަނޑުގެ ވަގުތެވެ. ލަޔާލްގެ ހަރަކާތްތަކަށް ސަމާލްކަމާއި އެކު ޝައުފް ބަލަމުން ދިޔައެވެ. ހަތްގަޑި ބައިވާންވީ އިރަށް […]
މޫސުމް ރީތިކޮން އޮތް ދުވަސް ބަދަލުވެ ބަނަ ވެއްޖެއެވެ. ފުސްވިލާތަކުން އުދަރެސް ބައްދާލައި ވައި ގަދަވެއްޖެއެވެ. ކުދި ކުދި ތކިތަކުން ވެހެން ފެށި ވާރޭ ބޯކޮއްލައިފިއެވެ. އެއިން އެއްވެސް ކަމަކަށް ފަރުވާލެއް ނެތި ތެމި ފޯވެގެން ޝާން ގެއަށް ދިއުމުގެ ބަދަލުގައި މިސްރާބު ހުރީ ހިމޭން ތަނަކަށެވެ. މީހެއްގެ ހިލަމެއްނެތް ހުސް މަގެއްގެ މެދާ ހަމަޔަށް ދެވުމުން ހުރިތަނަށް ތިރިވެ ދެކަކޫ ޖަހާލިއެވެ. ދެއަތަށް ބާރުލައި އިސްތަށިގަނޑުގައި ހިފާލިއިރު ހީވަނީ އިސްތަށިތައް އުފުރާލަން އުޅުނު ހެންނެވެ. ލޮލުން […]
ހުރިހައި ބޭހެއްވެސް ހަމައެވެ. ކޮންމެވެސް މީހަކު މިކޮޓަރިއަށް ވަދެ މި ބޭސްތައް ހާވާލައިފިއެވެ. ޔަގީނުންވެސް ސޯފީ ނޫން އެހެން މީހަކަށް ނުވާނެއެވެ. މުޅިން ވެސް ދިމާވަނީ ލަޔާލް ބޯ ހާސްވާ ވަރުގެ ކަންތައްތަކާއެވެ. އެއްކޮޅުން ފަރީޝާއެވެ. އަނެއްކޮޅުން މުޅި އާއިލާއެވެ. ލަޔާލް ޑްރެސިން ޓޭބަލް ކައިރީ އިނދެ ޝޯވްލް ރީތިކޮއްލިއެވެ. ޝޯވްލްގައި ވާ ވިދާ އެސްތަކުން އެ މޫނުމައްޗަށް ވިދުމެއް ގެނެސްދެއެވެ. މީގެ ކުރިން ލަޔާލް ބޭނުންކުރަނީ އާދައިގެ ޑިޒައިނެއް ނެތް ދޯޕައްޓާ ހެދުންތަކެކެވެ. އެކަމަކު ޝައުފްގެ […]
‘ ކޮންމެވެސް ގޮތެއް ހަދާ…….އާކިފްއަށް އެހީވާން އުޅޭ މީހަކުގެ މަސައްކަތް ހުއްޓުވާ…….އަހަރެމެންގެ ޕްލޭންތައް ފޭލްވެގެން ނުވާނެ…….ހާދަ މަސައްކަތަކުންނޭ މިހިސާބަށް މިއާދެވުނީ………….ދެން ފެނަށް ވެގެން ދާކަށް ބޭނުމެއް ނޫން މިހުރިހައި ރޭވުންތަކެއް………..” އެކޮޅުން ވާހަކަ ދައްކާ ފިރިހެން މީހާ ބުނެލިއެވެ. ” އަހަރެން ބުނެދީފާނަން ދެން ހަދަންވީ ގޮތެއް……….” ލަޔާލްއަސް އެހިސާބަށް އަޑު އިވުނުތަނާ ޝައުފް ގޭތެރެއަށް ވަދެގެން އަންނަތަން ފެނުމުން ފޯން ޖެހުނީ ބާއްވާށެވެ. އެމީހުން ދައްކާ ކޮންމެ ވާހަކައެއް އަޑުއަހަން ލަޔާލް ބޭނުން ވެއެވެ. ” […]
ފަރީޝާގެ މަކަރުވެރިކަމުން ލަޔާލް ހުރީ ހައިރާންވެފައެވެ. ޝައުފް ފާއިޝްއާ ސަލާމްކޮއްލުމަށްފަހު ކާރާ ދިމާލަށް ހިނގައިގަތެވެ. ލަޔާލް ގޮސް ކާރަށް އެރުމުން ކާރު ދުއްވާލިއެވެ. ” ފަރީޝާއްތަގެ ކަޒިންއެއް ހުންނަ ކަމެއް ނޭނގެ…..އެހެން ނޫނަސް އެމީހުންނަށް ގޭގަވެސް ތިބެވިދާނެއްނު……ބޭރު ތެރޭގަ އެހެން އުޅުނީމަ މީހުން ކީކޭ ހިތަށް އަރާނި…….”’ ޝައުފް އޭނަގެ ހިތަށް އަރަމުން ދިޔަ އެއްޗެހި ކިޔަމުން ދިޔައެވެ. ލަޔާލް އެއްޗެއް ނުބުނެ ހިމޭނުން އިނީ އަމިއްލަ މަޖޫބުރުކަމުންނެވެ. ޝައުފް ކައިރީ ފަރީޝާގެ ހަގީގަތް ކިޔައިދޭނަމޭ ހިތަށް […]
ފަރީޝާ އޭނަގެ ފޯން ނެގިއެވެ. ” އަހަންނަށް އެނގޭ ލަޔާލް އަހަރެންގެ ހަގީގަތް ޝާންގެ ލޯމައްޗަށް ގެންނަން ކޮންމެވެސް ކަމެއް ކުރާނެކަމް………..އެހެންވެ އަހަރެންވެސް އެކަމުން ސަލާމަތްވާނެ ކަހަލަ ގޮތެއް ހޯދަން ޖެހޭނެ ކަންނޭނގެ ދޯ……..މަންމަ ހޮސްޕިޓަލްގައި ބޭއްވި ދުވަހު އަހަރެން ފާއިޝްއާ ބައްދަލުކޮއްލަން ގެއަށް އާއިރު އާކިފްގެ ކޮޓަރި ތެރޭ ލަޔާލް ޖެއްސި އެކްޓް އަހަރެންވެސް ރެކޯރޑް ކޮއްލީ……….” ފަރީޝާގެ މޫނުމަތިން ފެންނަމުން ދަނީ ވިހަ ހިނިތުންވުމެކެވެ. ފަރީޝާ ފޯނުން ވީޑިޔޯއެއް ދައްކާލިއެވެ. އެ ވީޑިޔޯ މާ […]
ހެނދުނުގެ ސައިގަޑީގައި އެކަކުވެސް ރޭގެ ހާދިސާއާ ބެހޭގޮތަކުން ވާހަކައެއް ނުދައްކައެވެ. އެކަމަކު ކޮންމެ މީހެއްގެ މޫނުމަތިންވެސް ނުރުހުމުގެ އަސަރު ފާހަގަވާންހުއްޓެވެ. ” ދަނީ އިނގޭ……” ޝައުފް ތެދުވަމުން ބުނެލިއެވެ. ލަޔާލް އާއެކޭ ބުނެލިއެވެ. އެމީހުން އޮފީހަށް ދިއުމުން ގޭގަ ތިބީ ހަމައެކަނި އަންހެންވެރިންނާ ގޭގަ ގެންގުޅޭ ނޯކަރުންނެވެ. ސައިބޮއި ނިމިގެން ލަޔާލް ތެދުވަނިކޮން ގޭގެ ބެލްޖަހާލި އަޑުއިވުނެވެ. ”ޑެލިވެރީ ބޯއީ އައީ ކަންނޭނގެ…….” ފަރީޝާ ތެދުވަމުން ބުނެލިއެވެ. ފަރީޝާގެ ފަހަތުން ލަޔާލްވެސް އެދިމާލަށް ހިނގައިގަތެވެ. ދޮރު ހުޅުވާލުމުން […]