Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވުނީ ވޭނޭ 8

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
October 23, 2025 8 Mins Read
16 Comments

“ބޮޑު ކަމެއްނު. މިހާރު އެއޮށް ގަޑިއިރެއް ވީއޭ. ****! މި އަރީނޭ ކިޔުނު ސުންޕާ އަންހެނާއަށް ވެސް ޖެހިއްޖެ ގޮސް ކުޓުވަން. ދެން އަތު ޖެހިއްޖެއްޔާ ކުޅި ދައްކާލާނަން. އަދި ހިތުން މަށާ ކުޅެލައިފިއެއްނު.” ބިމުގައި ބޫޓުން ތަޅަމުން އޭނާ ހިނގައިގަތެވެ. އަރީނާއި ދިމާލަށް ދުލަށް އައިހާ އަވަގުރާނެއް ގޮވަމުންނެވެ. އެހެނަސް އޭނާއަށް ދެވުނީ ވަކި ހިސާބަކަށެވެ. މީހަކު އޭނާގެ ނޭފަތް މަތީގައި ފޮތިގަނޑެއް އަޅައިފައި ހިފައިގަތެވެ. އޭގައި ހުރި މާއްދާއެއްގެ ސަބަބުން ޝައުލާގެ ހޭވެރިކަން ނެތިގެން އެ މީހާގެ އަތް މައްޗަށް ދެމުނެވެ. 

ޝައުލާ އަށް ހޭވެރިކަމެއް ވީއިރު އޮވެވުނީ ކޮޓަރިއެއްގައި އެނދެއްގެ މަތީގައެވެ. އޭސީކޮށް ޝާހީ ގޮތަކަށް ހަދާފައިވާ ތަނެކެވެ. ޝައުލާ ފުންމައިގެން ތެދުވެ ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ. އޭނާ އަށް ފެނުނީ ސޯފާ ގޮނޑި އެއްގައި އިން ފިރިހެނެކެވެ. މޫނު ނިވާކޮށްގެން ހުރުމުން އެއީ ކާކުކަން އެނގޭ ވަރެއް ނުވިއެވެ. ޝައުލާ ހޭއެރުމާއި އެކު އެމީހާ އެ ދިމާލަށް އައެވެ. 

“ކަލޭ އަކީ ކާކު؟ މަ މިތަނަށް ގެނައީ ކީއްވެ؟” ޝައުލާ އެމީހަކަށް ލޯއަޅާލައިފިއެވެ. “އަހަންނަކީ ކާކުކަން ކޮންމެހެން އެނގޭކަށް ނުޖެހޭނެ. ބޭނުމިއްޔާ ޒެޑް ކިޔާ. އަހަރެން ބޭނުމީ މިގޮލާއަށް ގެއްލުމެއް ދޭން. މިއީ ކަލޭ ވަރަށް ނަފުރަތު ކުރާ މީހެކެއްނު.” ޒެޑް އޭނާގެ ފޯނު ނަގާ ދައްކާލީ އަރީންގެ ފޮޓޯ އެކެވެ. އެ ފޮޓޯ ފެނުމުން ޝައުލާގެ ދެބުމަ މަގުލަސްޖެހުނެވެ. 

“ކިހިނެއް އެނގެނީ ތިއީ މަ ނަފުރަތު ކުރާ މީހެއް ކަމެއް. އެހެން ނޫނަސް ކިހިނެއް އެނގޭނީ ކަލޭ ބުނާ ކަމެއް ކޮށްގެން މަށަށް ގެއްލުމެއް ނުލިބޭނެ ކަމެއް.” ޝައުލާ ދުރަށް ޖެހުނެވެ. “ހެހެހެ. ކޮންމެހެން އެ ހުރިހާ ތަފްސީލެއް އެނގޭކަން ނުޖެހޭނެ. ހާސްނުވޭ. ކަލެއަށް ގެއްލުމެއް ނުލިބޭނެ ކަމުގެ ޔަގީންކަން ދެން. އެކަމަކު އަހަރެން އަންގާ ގޮތަކަށް އެކަން ކުރަން ޖެހޭނެ.” އެމީހާ ބުނެލިއެވެ. ޝައުލާ ދެވަނަ ވިސްނުމަކަށް ނުގޮސް އެއްބަސްވެއްޖެއެވެ. އެ މީހާ ޝައުލާ ޢަމަލުކުރަންވީ ގޮތް ބުނެދިނެވެ. އަރީން މަރާލަން ކުރާ މަސައްކަތެއްގެ ވާހަކަ ބުނުމުން އޭނާގެ ހިނިތުންވުން ފުޅާވިއެވެ. ޖެހިލުމެއް ނެތި އޭނާ އެ ރޭވުމަށް އެހެން ކަންކަން އިތުރުކުރަން ފަށައިފިއެވެ. 

ޝައުލާ ގެއަށް ގެންގޮސް ދިނީ ވެސް އެ ފިރިހެން މީހާއެވެ. ހިނގާލައިފައި ގޮސް އޭނާ އުޅޭ ތަނަވަސް އެޕާޓްމަންޓަށް ވަންނަން މިސްރާބު ޖެހިއިރު އެ މޫނުމަތީގައި މަކަރުވެރިކަމުން ފުރިފައިވީ ހިނިތުންވުމެއް ވިއެވެ. ކޯޑު ޖަހާ އެތެރެއަށް ވަދެ އޭނާގެ ކޮޓަރިއަށް ދިޔައީ އެހެން މީހަކަށް ނުފެނިއެވެ. ކަންނެތް ކަމާއި އެކު ގޮސް ޔުނީފޯމް ބަދަލު ނުކޮށް އޭނާ އެނދުމައްޗަށް ވެއްޓިގަތެވެ. އޭރު ދަންވަރު ބާރަ ޖަހަނީއެވެ. 

ޖެހިގެން އައި ދުވަހެވެ. އަރީން އިނީ ނޯޓުފޮތުގައި ލިޔެފައި ހުރި މައުލޫމާތުތަކެއް ދަސްކުރާށެވެ. މިއަދު އޭނާގެ ޕްރޮޖެކްޓު ކުލާހަށް ހުށަހެޅުމުގައި ދައްކާނެ ވާހަކަތައް އޭގައި ނޯޓުކޮށްފައި ހުއްޓެވެ. އޭނާ އެ ގޮނޑިން ތެދުވީ ސުކޫލަށް ދިއުމުގެ ކުރިން ފެންވަރާލުމަށެވެ. ފެންވަރައި ރީތިވެލައިގެން ނުކުމެ އޭނާ ކިރު ތަށި ބޯލިއެވެ. ދެން މަންމަ ތައްޔާރު ކޮށްފައި ހުރި އިންޓަވަލް ތަށި ނަގައިފައި ދަބަހަށް ލަމުން ބޫޓަށް އެރިއެވެ. އެއަށްފަހު އެ އެޕާޓްމަންޓުން ނުކުތީ އޭނާގެ ބައްޕަ އާއި އެކުގައެވެ. އެކަނި އެޕާޓްމަންޓުން ބޭރަށް ނުކުތުން ވެސް ވަނީ އޭނާ އަށް މަނާ ކުރެވިފައެވެ. 

ހުރަވީ ސުކޫލު ކުރިމައްޗަށް އަފްޒަލް ކާރު ހުއްޓާލުމުން އަރީން އެއިން ފައިބައިގެން ގޮސް އެތެރެއަށް ވަނެވެ. އެ މަންޒަރު ބަލަން ހުރެފައި އަނެއްކާވެސް އޭނާ ކާރު ދުއްވާލިއެވެ. މިސްރާބަކަށްވީ ހުޅުމާލޭގައި ހުންނަ އެންމެ ޝާހީ ހޮޓެލް ކަމުގައިވާ ޑައިމަންޑް ސްކައި ހޮޓެލެވެ. އެތަނުގައި މުވައްޒަފުންނަށް ޚާއްސަ ކުރެވިފައިވާ ޕާކިން އޭރިޔާގައި ކާރު ޕާކު ކޮށްފައި އަފްޒަލް އެއިން ފައިބައިފިއެވެ. 

އަފްޒަލް ގޮސް އެ ހޮޓެލުން އެތެރެއަށް ވަނުމާއި އެކު ފޯނު ވައިބްރޭޓް ވުމުން އެ ނަގައިފިއެވެ. އެއަށް މެސެޖެއް އައިސްފައިވާ މަންޒަރު ފެނުމުން ދެބުމަ ގާތްވެލިއެވެ. އެއީ ކުރިން ވެސް އޭނާއަށް އިންތިޒާރުގެ މެސެޖުތައް ފޮނުވައިފައި ހުރި ނަންބަރެވެ. “މަ ބުނި ގޮތަށް އެ ހުރިހާ ތަފްސީލެއް ދީ. އެހެންނޫނީ ދެން ފެންނާނީ ކަލޭގެ އަންހެން ދަރީގެ ފުރާނަނެތް މަސްގަނޑު. މާ ލަސްކުރާނެ ކަމެއް ނެތް.” ފޮނުވައިފައިވާ މެސެޖުގައި ވަނީ އެ ޢިބާރާތެވެ. އަފްޒަލް އޭގެ ސްކްރީންޝޮޓެއް ނަގައިފައި ފޯނު ޖީބަށް ލިއެވެ. ނިތްކުރީގައި ބަބުޅަމުން ދިޔަ ދާތިކިތައް ފުހެލައިފައި އޭނާ ގޮސް އެލެވޭޓަރަށް އަރައިފިއެވެ. އެންމެ މަތީ ފުލޯ އަށް ދާން ކޯޑު ޖަހާލައިފައި ފުންނޭވާއެއް ބޭރުކޮށްލިއެވެ. 

އަފްޒަލް ގޮސް ވަނީ ޝާހީ ގޮތަކަށް ހަދައިފައި ހުރި އޮފީހަކަށެވެ. “ޒިޔާ. އަޅުގަނޑު ކަމެއް ހިއްސާކޮށްލަން ބޭނުން.” އަފްޒަލް ވަރަށް އަދަބުވެރިކަމާއި އެކު ޗެއާރމަން ޒިޔާދު ގާތުގައި ބުންޏެވެ. ޒިޔާދު އިސް އުފުލާލާ ބަލައިލިއެވެ “އަފޫ. އަހަރެން ބުނެފައި ދޯ އޮންނާނީ ތިހެން މާ އޮފިޝަލް ކޮށް ވާހަކަ ނުދައްކަން. އަފޫ ބޭނުން ކޮންމެ އެއްޗެއް ހިއްސާ ކުރަންވީ. ކޮންމެހެން ފަސްޖެހޭނެކަމެއް ނެތް.” ޒިޔާދު ގޮނޑިން ތެދުވިއެވެ. އަފްޒަލް ފުރަތަމަ ފަހަރަށް ‘އެ’ ވާހަކަތައް ކިޔައިދޭން ފެށިއެވެ. 

“އަހަރެންނަށް ވެސް އެބަހުރި ތި ނުދަންނަ ނަންބަރަކުން މެސެޖު ފޮނުވާފަ. ފުލުހުންނަށް ރިޕޯޓު ކުރަން ނުކެރިފަ މިހުރީ ރިޕޯޓު ކުރިހާ އަވަހަކަށް އެމީހުންގެ އަނިޔާއެއް ލިބޭނެތީ.” އަފްޒަލްގެ ވާހަކަ ނިމުމުން ޒިޔާދު ބުނެލިއެވެ. “ދެން އަހަރެމެން މިކަމުން ސަލާމަތް ވާން ކީއްތަ ކުރާނީ؟” އަފްޒަލް ބޮލުގައި އަތް އަޅާލަމުން ބުނެލިއެވެ. “ނެތެންނު އެހެން ގޮތެއް. ވަރަށް ނުރައްކާތެރި ވިއްޔާ ސޭފްގައި އެ އެއްޗެހި ހުރި ވާހަކަ ބުނޭ. ކޯޑު ނުބުނިއްޔާ އެޔެއް ނުހުޅުވޭނެއްނު. މިއީ ވެސް ހާދަ ގިނަ ދުވަހުގެ މަސައްކަތެކޭ.” ޒިޔާދު ރައްދުގައި ބުނެލިއެވެ.

އަރީންމެންނަށް ޕްރޮޖެކްޓު ހުށަހަޅަން ޖެހުނު ގަޑިއެވެ. އެ ކުއްޖެއްގެ ގުރޫޕް ކުދިންނާއި އެކު އެ ވަގުތު ހުންނަން ފުރުސަތު ލިބުމުން އަރީން އުފަލުން ފޮޅުނެވެ. އޭނާ އަބަދުވެސް ހުންނަނީ ނާއިލާއި ދުރަށް ޖެހިލެވޭނެ ފުރުޞަތަކަށް ބަލަބަލައެވެ. ނަސީބު ދެރަ ކަމުން ނާއިލް އާއި ޖެހިގެން ހުރި ސީޓުގައި އަދި ވެސް ތާށިވެފައި އިނީއެވެ. ކުލާހުގެ ބައެއް ކުދިން ޝަފީނާޒް މިސްގެ ގަޑި ނޫން އެހެން ގަޑި ތަކުގައި ތިބޭ ތަން ބަދަލުވިއެއް ކަމަކު އަރީން ބަދަލެއް ނުވެއެވެ. އެއީ މުދައްރިސްގެ އެންގުމާއި ޚިލާފުވުން ކަމަށް ވާތީއެވެ. 

އެންމެ ފުރަތަމަ ހުށަހަޅަން ޖެހުނީ އަރީންމެންނަށެވެ. ޕްރޮމޯޝަނަލް ޓެކްޓިކްސްގެ މައްޗަށް ހަދައިފައިވާ އެ ހުށަހެޅުން ވަރަށް ވެސް ފުރިހަމައެވެ. އެ ޖަޖު ކުރުމަށް އިތުރު އެހެން ބިޒްނަސް ޓީޗަރުން ވެސް އައިސް ތިއްބެވެ. ފަރިތަކަމާއި އެކު އެ ތިން ކުދިންގެ މަސައްކަތް ހުށަހަޅަމުން ދިޔަ އިރު ޓީޗަރުން ވެސް ތިބީ އަޖާއިބުވެ އަންތަރީސް ވެފައެވެ. ހުށަހަޅާ ނިންމާލުމަށް ފަހު ތިން ކުދިން އައިސް ގޮނޑީގައި އިށީނެވެ. 

“ފައިނަލީ. ކުލާހުން އެއްތަން ވެވިއްޖެ. އެ ޝަފީ މިސް އަށް ވެސް ޖެހިއްޖެ އަރީން ގެންގޮސް އެހެން ރާއްޖެއަކަށް ލާން.” ސުމައްޔާ އޭނާގެ ފަހާފޮށި ދަތްގަނޑު ޖައްސާލިއެވެ. “މި ސުމީ އާއި ހެދިއޭ އެންމެ ފުރަތަމަ އެރޭންޖްމަންޓު ބަދަލުކުރީ. ދެން ވެސް މުޅި ދުނިޔެއަށް ނީވޭވަރަށް ވާހަކަ ދައްކަބަލަ.” އަޒާޔާ ސުމައްޔާގެ ބޮލުގައި ފުއްޓައްކެއް ޖަހާލިއެވެ. “ހޫމް. ދެން ހެވޭ. މަޑުމަޑުން ވާހަކަ ދައްކަފާނަމޭ.” ސުމައްޔާ ވައި އަޑުން ބުނެލީ އޭނާގެ ބޮލުގައި ފިރުމާލަމުންނެވެ. ދެން އެ ތިން މީހުން އޮލަ ވާހަކައިގައި ޖެހިއްޖެއެވެ. 

“ގާރލް. ކީއްވެގެންތަ މިހާރު ނާއިލް އެހާ ފާޑަކަށް އެއުޅެނީ. އިޓްސް ކައިންޑަރ ކްރީޕީ. ޔޫނޯވް. އެ ސޮރުގެ ދެލޯ މިހާރު ވެސް މި ދިމާލަށް ނޫނީ ނުހުއްޓޭ ވިއްޔާ. އަދި ރީން އެ ތަނުގައި އިންނަ އިރު މާ ވަރު ކޮށްލާ. ހީވަނީ އަޅައިގަނެގެން އުޅޭހެން.” ސުމައްޔާ އަރީންގެ ކަންފަތް ދޮށުގައި ބުނެލިއެވެ. “ވަޓް؟ ކިހިނެއް އެނގުނީ؟” ލިބުނު ސިހުމާއި އެކު އަރީނަށް އެހެން ބުނެލެވުނީ ބޭއިޚްތިޔާރުގައެވެ. “ވީވާރ ރައިޓް. ބަލައިލިޔަސް އެނގޭނެދޯ ނާއިލް ފެނިފަ ރީން ސިހޭ ގޮތުން. އެހެންޏާ ކިޔެވުމަށް ފުރިހަމަ ސަމާލުކަން ދޭ މީހަކު ކުއްލިއަކަށް އެހެން ވިސްނުމަކަށް ގެއްލިފައި ހުންނާތީ އަހަރެން ވަރަށް ހާސްވޭ. ރީން ކީއްވެގެންތަ މި ކަހަލަ ކަންކަން ހިއްސާނުކުރަނީ؟ މުދައްރިސް ބުންޏަސް ރީން އަށް އަންކޮމްފޮރޓެބަލް ވިއްޔާ ތި އިށީނދެ އިން ތަން ބަދަލުވާން ބުނަންވާނެ. ރީނަށް ނުކެރެންޏާ އަހަރެން ބުނެފާނަން. ބަހަނާއަކަށް ނެގިދާނެއްނު ފިންޏަށް ބަލި ވާހަކަ.” އަޒާޔާ އަރީންގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އަރީނަށް ހީނލެވުނީ އަޒާޔާމެން އޭނާ އަށް އަޅާލާ މިންވަރު އިހުސާސް ވުމުންނެވެ. 

“ރީން އަހަރެންނަށް ހުއްދައެއްދީ. އޭރުން އަހަރެން ގޮސް ނާއިލް ހަނދާން ނުނެތޭނެ ވަރުގެ ވަރުގަދަ ފިލާވަޅެއް ނަގައިދޭނަން.” ސުމައްޔާ ނުރައްކާތެރި ގޮތަކަށް ހީނލަމުން ބުނެލިއެވެ. އަރީނަށް ވަގުތުން ބޯހޫރާލެވުނީ ސުމައްޔާ އެހެން ބުނެފަ ކިތަންމެ ނުލަފާ ކަމެއް ވެސް ކޮށްލަފާނެކަން އެނގޭތީއެވެ. “އަހަރެންނާއި ހެދި ސުމީ މައްސަލައެއްގައި ބެދެން މަސައްކަތް ނުކުރޭ. ދުވަސްކޮޅަކުން އޭނާ އެކަން ހުއްޓާލަފާނެ.” އަރީން ބުނެލިއެވެ.

ބިޒްނަސް ގަޑި ނިމުމުން ސުމައްޔާ އާއި އަޒާޔާ ގޮނޑިން ތެދުވީ އެކުއެކީގައި ކަހަލަ ގޮތަކަށެވެ. ޝަފީނާޒް މިސް އަށް ކުލާހަށް ނުވަދެވެނީސް ގޮސް ވަށާލައިފިއެވެ. “މިސް. އަރީން މިހާރު އެ އިންނަ ތަނަށް މާ ބޮޑަށް ފިނިވާތީ އުނދަގޫވެގެން އުޅެނީ. ސީޓު ބަދަލުކޮށްލެވިދާނެތަ؟” އަޒާޔާ ބުނެލިއެވެ. “ފިނިވިއްޔާ އަރީނެއް ނޫންތަ ފުރަތަމަ މިސް ގާތު ބުނާނީ.” ޝަފީނާޒް ރައްދުގައި ބުނެލިއެވެ. “އެއީ އެހެން ކަންކަމުގެ ވާހަކަ ބުނަން ލަދުގަންނަ ކުއްޖެކޭ. ކުލާހުގެ އެންމެ މޮޅު ކުއްޖާ އަށް އުނދަގޫ މާޙައުލެއްގައި ކިޔަވަން ޖެހުނިއްޔާ ނަތީޖާ ދަށްވެދާނެއްނު.” ސުމައްޔާ ނިކަން ހަރު ގޮތަކަށް ބުނެލިއެވެ. ޝަފީނާޒް ވިސްނާލައިފައި އެކުދިންގެ އެދުމަށް އެއްބަސްވިއެވެ. ދެމީހުން އަނެއްފަރާތަށް އެނބުރި އަރީނާއި ދިމާލަށް ބަލައިލަމުން ބޮޑުވައި އިނގިލި އުފުއްލާލިއެވެ.

އަރީން ގާތުގައި ދެވަނަ ބަރީގެ ގޮނޑިއަކަށް ބަދަލުވާން ބުނުމުން ނާއިލްގެ މޫނުމަތީގައި ހިތްހަމަނުޖެހުމުގެ ކުލަތައް ދުވެލިއެވެ. އަނެއްކޮޅުން އަރީން ފުޅާ ހިނިތުންވުމަކާއި އެކު ގޮސް އެ ސީޓުގައި އިށީނެވެ. ދެން ފެށިގެން ދިޔަ އެކައުންޓް ގަޑިއަށް ޝަފީނާޒް މުދައްރިސެއްގެ ހައިސިއްޔަތުން އޭނާގެ މަސްއޫލިއްޔަތު އަދާކުރަމުން ކިޔަވައިދޭން ފަށައިފިއެވެ. އަރީން އޭނާގެ އެކައުންޓް ޕާސްޓްޕޭޕަރު ނަގާ ހުޅުވާލައިފައި އެ ބުނި އަހަރު ހޯދާލިއެވެ. ފަންސޫރު ނަގައިފައި އޭގައި އިން ފުރަތަމަ ލެޖަރ އެކައުންޓް ސުވާލު ހަދަން ހިފާލިއެވެ. 

ކިޔެވުމުގެ ދަންފަޅި ނިމުނު ވަގުތެވެ. އަރީނާއި އަޒާޔާ ކާރުގައި ގެއަށް ދިޔަ އިރު ސުމައްޔާ އޭނާގެ ގެއަށް ދާން މިސްރާބު ޖެހީ އާދައިގެ މަތިން ފައިމަގުގައެވެ. ހުޅުމާލޭގެ ކާރޫ ބާރޫ ބޮޑުކަމުން އޭނާ ގިނަފަހަރު ހުންނަނީ ލޭމައްޗަށް ދާ ވަރު ވެފައެވެ. އެހެނަސް މާލޭގައި އުޅެން ނުޖެހޭ ކަމަށް ޓަކައި ޝުކުރުވެރިވާ މިންވަރު ދެނެވޮޑިގެންވަނީ މާތް ﷲ އެވެ. 

އެޕާޓްމަންޓުގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަން ސުމައްޔާ އަށް އެންމެ ފުރަތަމަ ވެސް ފެނުނީ އޭނާގެ ބައްޕަ މެންދުރުގެ ކެއުން ތައްޔާރުކޮށްފައި ހުއްޓައެވެ. ދެ ކޮޓަރީގެ އެ ކުޑަ އެޕާޓްމަންޓުގައި އުޅެނީ ސުމައްޔާ އާއި އޭނާގެ ބައްޕަ އަބްދުއްރަޙްމާނެވެ. ޢަބްދުއްރަޙްމާން އަކީ އޮންލައިން ކޮށް ކަސްޓަމަރ ސާވިސް މަސައްކަތް ކުރާ މީހެކެވެ. އެ މަސައްކަތުން ފުދޭވަރަކަށް ރަނގަޅު މުސާރައެއް ލިބެއެވެ. 

ސުކޫލު ނިންމައިފައި މިއަދު ޝައުލާ ދިޔައީ އެ ތަނާއި ކައިރި ހިސާބެއްގައި ހުރި ކެފޭއަކަށެވެ. އޭނާ ހޭނައްތާލި ފިރިހެނާގެ ބުނުމަށެވެ. މިފަހަރު އޭނާ ދިޔައީ އެކަންޏެއް ނޫނެވެ. ޔޫލީން ގޮވައިގެންނެވެ. ކެފޭގެ ތެރެއިން އެ މީހާ ބުނި މޭޒާއި ހަމައަށް އައިސްފައި ގޮނޑީގައި އިށީނެވެ. ޝައުލާ އެކަނި އައުމުގެ ބަދަލުގައި އެހެން މީހަކު ވެސް ގެނައުމުން އެ ފިރިހެނާގެ މޫނުމަތިން ހިތްހަމަނުޖެހިފައި ހުރި ކަމުގެ ކުލަތައް ފާހަގަވާން ހުއްޓެވެ. 

“މަ ބުނިންދޯ ޝައުލާ ނޫން އެހެން މީހަކަށް މިކަން އެނގިގެން ނުވާނޭ. މިއުޅެނީ ކުޅިވަރެއް ކުޅޭކަށް ނޫނޭ. ތިވައްތަރަށް އުޅެންޏާ ފަސޭހައިން ބެދޭނެ.” މޫނު ނިވާކޮށްގެން ހުރި އެ ފިރިހެނާގެ ތޫނު ބެލުމުން ހީވަނީ ޝައުލާ ފިއްސާލަފާނެހެންނެވެ. “ކާމް ޑައުން. މަ އެކަނި އުޅެގެން އެކަމެއް ނުކުރެވޭނެ. އެކްޓު ފުރިހަމަވާނީ މީނާ ވެސް ބައިވެރިވީމަ. ހާސްނުވޭ. މިއީ އިތުބާރު ހިފޭނެ މީހެއް.” ޝައުލާ އެ ފިރިހެން މީހާ ރުއްސަން މަސައްކަތް ކުރިއެވެ. 

“އެންމެ ރަނގަޅު. ހަމަ މި ބުނާ ގޮތަށް ކަލޭމެން އެކަން ފުރިހަމަ ކުރަން ޖެހޭނެ.” އެ ފިރިހެން މީހާ ކިޔައިދޭން ފެށިއެވެ. ހުރިހާ ކަމެއް ތަފްޞީލް ކޮށްދިނުމަށް ފަހު އޭނާ ތެދުވިއެވެ. އެއާއެކު ޝައުލާމެން ވެސް ތެދުވެ ކެފޭއިން ނުކުންނަން ހިނގައިގަތެވެ. މި އުޅެނީ މައުސޫމް ފުރާނައަކާއި ކުޅެލަން ކަމަށް ވިޔަސް އެމީހުންގެ ހިތްތަކަށް އެކައްޗެއް ވެސް ނާރާ ކަހަލައެވެ. 

“ނައު އަށް ގުޅާފަ މިކަން ބުނެލަން ވީނުން. އަހަރެމެން ދެމީހުންނަށް އެކަނި އެ އަރީން ގައިގައި ހިފަހައްޓާ ދަމައިގަނެގެން ގެންދަން އުނދަގޫ ވެދާނެއްނު.” ޔޫލީން މަގުގެ އެއްފަރާތަށް ޖެހިލަމުން ބުނެލިއެވެ. “ތިއީ ވެސް ތެދެއް. މަރާލާ ވާހަކަ ނުބުނިއްޔާ އެ ގޮލާ އެއްބަސް ވާނެ.” ޝައުލާ ޔޫލީން ބުނެލި އެއްޗަކަށް ބާރު ދެމުން ބުނެލިއެވެ.

ރޭގަނޑުގެ އިތުރު ގަޑިއަށް އަރީނަށް އާދެވުނީ ފަސް މިނެޓް ލަހުންނެވެ. އެއީ ހަވީރު ނިދުނު ގޮތަށް ދެން ހޭލެވުނުލެއް ލަސްވީމައެވެ. ސުކޫލަށް ވަން އިރު ވެސް އޭނާ ހުރީ ނިދި މޯޅައިގައެވެ. ދެލޯ އުނގުޅާލައިފައި ސިޑިއާއި ދިމާލަށް މިސްރާބު ޖެހުމުގެ ކުރިން އޭނާއަށް ހުއްޓާލަން މަޖުބޫރުވީ އެލްޓީ ފަޒީލްގެ ނަޒަރު އޭނާއަށް އަމާޒު ވެފައި ހުރިކަން އެނގުމުންނެވެ. ވަގުތުން އެ ދެލޮލުގައިވީ ނިދިގަނޑު ހަވަޔަށް އަރައިގެން ދިޔަ ކަހަލައެވެ. ގަޑިއަށް ނައިސްފިނަމަ ފަޒީލް ސަރ ލެކްޗަރެއް ނާޅާ ނުދޫކޮށްލާނެކަން އޭނާއަށް މިއީ ރޭގަނޑު ފަދައިން އެނގެއެވެ. 

“އަރީން! ކީއްވެ ލަސްވީ؟ މިހާރު ގަޑި ވެސް ފަށައިފައި ހުންނާނީ. ބުނަން ދޯ ގެއިން ނުކުންނަން ވާނީ މި ހިސާބަށް ފަސް މިނެޓް ކުރިން އާދެވޭނެކަން ޔަޤީން ކޮށްފައޭ.” ފަޒީލްގެ ވާހަކަތައް އަޑުއަހަން އަރީން އިސްޖަހާލައިގެން ހުއްޓެވެ. ކުލާހަށް ފޮނުވާލުމުން ލަސްނުކޮށް ގޮސް ސިޑީގެ ހަރުފަތްތަކުން މައްޗަށް އަރަން ފެށިއެވެ. އެހެނެއް ކަމަކު އެތަނުން މައްޗަށް އަރަން ވެސް ތިން މިނެޓު ނެގިއެވެ. 

އަރީންގެ ނަސީބު ރަނގަޅު ކަމުން އެރޭ އެންމެ ފުރަތަމަ އޮތީ އިކޮނޮމިކްސް ގަޑިއެވެ. އެއީ ވަރަށް ރުޅި މަޑު މުދައްރިސެއް ކަމުން އަރީން ލަހުން އައިސްގެން އެއްޗެކޭ ނުބުންޏެވެ. އޭނާ އަވަހަށް ގޮސް ގޮނޑީގައި އިށީނދެ ހަމަޖެހިލިއެވެ. އެ ވަގުތު ހެނދުނު މާކު ކުރަން ނެގި ފޮތްތައް ބެހުމަށް ސުމައްޔާ ޙަވާލުވިއެވެ. ހުރިހާ ފޮތެއް ބަހާލައިފައި އޭނާ ގޮސް ގޮނޑީގައި އިށީނެވެ. 

އެހެން ހުރިހާ ކުދިންގެ ފޮތް ލިބުނު އިރު އަރީނަށް އޭނާގެ ފޮތެއް ނުލިބެއެވެ. މިހާރު ރިވިޝަން ނޯޓުތައް އެހެން ކުދިން ނަގަން ފަށައިފިއެވެ. “މިސް. އަޅުގަނޑުގެ ފޮތް ކޮބާ؟” އަތް މައްޗަށް ނަގާފައި އަރީން އެހިއެވެ. “ނެތްތަ. އަޅޭ. މިސް އަށް ހީވަނީ ތިރީގައި ބާއްވާފައި ހެން އާދެވުނީ. ކީއްކުރާނީ. އެހެން ކުލާސް ކުދިންގެ ފޮތްތަކާއި އެއްކޮށް ހުރީމަ ކަންނެ އެ އޮޅުނީ.” މަހުފޫޒާ ބުނެލިއެވެ. “އަޅުގަނޑު އެ ފޮތް ބަލައި ދިޔަޔަސް އެންމެ ރަނގަޅު ތަ؟” އަރީން ހުއްދައަށް އެދުނެވެ. 

ސިޑީގެ ހަރުފަތްތައް ގިރާކުރަމުން ތިރިއަށް ފައިބައިގެން ދިޔަ އަރީނަށް ވަކި ހިސާބަކުން ހުއްޓާލަން މަޖުބޫރުވީ ޝައުލާ ހުރަސް އެޅުމުންނެވެ. ޝައުލާގެ މޫނުމަތީގައިވީ ވިހަ ހިނިތުންވުން ފެނިފައި އަރީންގެ ހިތުގައި ބިރުވެރިކަމުގެ ޓަކިދިނެވެ. އަނބުރާލައިފައި ކުލާހަށް ދިއުމުގެ ނިޔަތުގައި އަރީން ފަހަތަށް ޖެހިލާ އަލުން މައްޗަށް އަރަން އުޅުނެވެ. އެހެނަސް…. އެހެނަސް އެކަމަށް ތައްޔާރު ވެގެން ހުރި ނައުރީނާއި ޔޫލީން އައިސް އަރީންގެ ގައިގައި ހިފައިގަތެވެ. ވަގުތަކީ އެ ދެވަނަ ފުލޯގައި އެހެން އެއްވެސް ބަޔަކު އުޅޭ ވަގުތެއް ނޫނެވެ. އެމީހުން އަރީންގެ އަނގަމަތީގައި ފޮތިގަނޑެއް އެޅުމުން މީހަކަށް އިވޭ ވަރަށް ހަޅޭއްލަވައިގަނެވޭނެ ފުރުސަތު ވެސް ބަންދުވީއެވެ. ޔޫލީން އަރީންގެ ޖީބުތައް ހާވާލައިފައި އިންހޭލަރ ފުޅި ނަގާ އެއްލާލީ އަރީން އޭގެ ބޭނުން ކޮށްފި ނަމަ ޕްލޭން ނާކާމިޔާބު ވެދާނެތީއެވެ. 

ޝައުލާމެން ގޮސް އަރީން ވެއްދީ ސުކޫލުގެ ލެބް ސްޓޯރ ރޫމަށެވެ. އެ ތަން ތަޅުލައިފައި ޝައުލާ އަރީނާއި ދިމާލަށް އެނބުރުނެވެ. އެމީހުން ތިބީ ސުކޫލު ޔުނީފޯމަކު ވެސް ނޫނެވެ. އެންމެން އަތަށް އަންގި ލައްވައިފައި ހުރުމުން އެ އުޅެނީ އާދައިގެ ކަމެއް ކުރަން ނޫން ކަން އަރީނަށް އެނގުނެވެ. އެ ފަކީރު ބިރުން ވިރިގެން ދިޔައެވެ. އެ ހިތުގެ ތެޅުން އަވަސްވީ ވަރުން ހީވަނީ ހިތް މޭފަޅައިފައި ނުކުމެދާނެހެންނެވެ. 

“ހެހެހެ. ބިރުގަތީތަ؟ ކަލެއަކަށް ނުޖެހޭ ދޯ މަތިން ބައިން ޖެހިގެން މަގޭ ވާހަކަ ފަޒީލް ގާތު ކުޓުވާކަށް. އެނގެން ޖެހޭނެ ދޯ އެކަމުގެ އަދަބު ލިބޭނެ ކަން. މާ ގަޓު ވެގެން އަނެއްކާ ޒެވް އާއި އަޅައިގަނެފަ.” ޔޫލީންމެން އަރީންގެ އަތުން ދޫކޮށްލުމުން ޝައުލާ ގޮސް އެ ފަކީރުގެ މޭގައި އަޅާ ކޮށްޕާލިއެވެ. އަދި ޖީބުން ޕެކެޓެއް ނަގައި އޭގައި ހުރި ފުށްކުނޑިތަކެއް އަރީންގެ މޫނަށް ބުރުއްސާލިއެވެ. 

“އަހަ… އަހަރެންނެއް… ނޫން… ބު…ނީ” ކޮށި އަރައިގެން ދިޔަ ގޮތުން އަރީނަށް ވާހަކަ ދައްކަން ވެސް އުނދަގޫ ވިއެވެ. “ކޮންމެހެން ބަހަނާ ގަހަނާއެއް ދައްކައިގެން މަ ހައްލަން އުޅޭނެ ކަމެއް ނެތް. ދެން ފަހަރަކުން މަށަށް ބެހުނިއްޔާ… ހަހަހަ. ތި ދެލޯ ކޮނެލާނަން.” ޝައުލާ އަރީންގެ ބަނޑުގައި ކޮޅުފައިން ޖެހީ އެއްވެސް ރަޙުމެއް ނެތިއެވެ. ޔޫލީން އަރީންގެ ބުރުގަލުގައި ހިފައި ދަމައިގަތް ގޮތުން އަރީންގެ ހަންގަނޑަށް ޕިންތައް ހެރިގެން ދިޔައެވެ. އެ ތިން މީހުން ވެގެން އަރީނަށް އެ ފަދަ ތަފާތު ކުދި އަނިޔާތައް ދޭން ފެށިއެވެ. އެ ގުރޫޕް އެ ތަނުން ނުކުމެ ބޭރުން ތަޅުލިއިރު އަރީންގެ ހަށީގެ އެކި ހިސާބުތަކުގައި ރިއްސަމުން ދިޔައެވެ. ޝައުލާ އޭނާގެ މޫނަށް އެޅި ކުނޑީގެ ސަބަބުން ކެއްސާ ކެއްސާ އެ ފަކީރު ހާންތިވެއްޖެއެވެ. 

އޭގެ ފަސް ވަރަކަށް މިނެޓު ފަހެވެ. ލެބް ސްޓޯރ ރޫމުގެ ދޮރު ހުޅުވާލި އަޑު އިވުމުން ސަލާމަތް ވާނެ ފުރުސަތެއް ލިބުނީ ކަމަށް ހީކޮށް އަރީން ނިކަން އުންމީދާއި އެކު ބަލައިލިއެވެ. އެހެނަސް… 

އެހެނަސް އެ ތަނުގައި ހުރީ ސިފަ ވަކި ނުވާވަރަށް ނިވާވެގެން ހުރި މީހެކެވެ. އޭނާގެ އަތުގައި އޮތް މިޔަ ތޫނު ވަޅި ފެނިފައި އަރީންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އަރީންގެ ހަށްޓަށް އެތެރެވެފައިވާ ފުށްކުނޑީގެ ސަބަބުން ވާހަކަ ދައްކަން ވެސް އުނދަގުލެވެ. އޭނާ ތަނަކަށް ފަރާތަކަށް ޖެހިނުލަނީސް އެ ނުދަންނަ މީހާ އައިސް އަރީންގެ ބަނޑާއި ވީ ހިސާބުން ފުންކޮށް އެ ވަޅި ހަރާލިއެވެ. ދެން އެ ހިސާބުގައި ނަގައިގަތް ޒަވި ދިލަޔަށް ކެތް ކުރަން ވެސް އަރީން ނުކުޅެދުނެވެ. ދުނި ޖަހައިފައި އޮހޮރިގަތް ލެއިން އަރީން ލައިގެން ހުރި ޔުނީފޯމް ކަޅިވެގެން ދިޔައީ ފަޅި ސިކުންތު ކޮޅެއްގެ ތެރޭގައެވެ. އެ ނިކަމެތި އަންހެން ކުއްޖާގެ ދުލުން ބޭރު ވަމުން ދިޔަ ވޭނީ ‘އާހް’ ތަކުން އެކަނި ވެސް ހިތެއް ހުރި މީހަކަށް އަސަރު ކުރާނެއެވެ. އެހެނަސް އެތަނުގައި ހުރީ އެފަދަ ރަޙުމާއި ކުލުނުގެ ޛައްރެއްގެ މިންވަރު ހުރި މީހެއް ނޫނެވެ. 

އެ މީހާ އަރީން ދޫކޮށްލައިފައި ނުކުތުމުގެ ކުރިން ބިންމައްޗަށް ފުޅިއެއްގައި ހުރި ދިޔާ އެއްޗެއް އޮއްސާލިއެވެ. ބޮޑަށް ހީވަނީ ޕެޓްރޯލް ހެންނެވެ. އަދި އެ ތަނުގައި ހުރި ކެމިކަލް ފުޅިތަކެއް ބިމަށް ވައްޓާ ތަޅާލިއެވެ. އެއަށްފަހު އޭނާގެ ޖީބުން ލައިޓަރެއްނަގައި ރޯ ކޮށްލިއެވެ. ބިމަށް އެ ވައްޓާލުމުން ސިކުންތުކޮޅެއްގެ ތެރޭގައި އެ އަނދިރި ސްޓޯ ރޫމް ހުޅުދާން ކޮށްލީ ރޯވެގެން ދިޔަ އަލިފާނުންނެވެ. އެ މީހާ ނުކުމެ ސްޓޯ ރޫމް ތަޅުލުމުން އަރީނަށް ހީވީ ހަތަރު އުދަރެސް ފެނު ޖެހުނު ހެންނެވެ. އެ ތަނުގައި ހުރި ކެމިކަލް ފުޅިތަކަށް އަލިފާނުގެ އަސަރު ކުރުމުން އެ އެއްޗެހި ގޮވަން ފެށި އެވެ. ކަފިކަފި ވެގެން ދިޔަ އަލިފާންގަނޑުން ޒަޚަމުން ފުރިފައިވީ އަރީން ރޮލާ ކައިލަން މަސައްކަތް ކުރި ކަހަލައެވެ. 

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

ނުފިލާނެޔޭ އެ ހަނދާން 1

Next

އާއެކޭ ލޯބިވޭ ދިހަވަނަބައި ( ޖެހުނު މަޖުބޫރުގައި އެހިތް ކުދިކުދިވެއްޖޭ)

Next
October 24, 2025

އާއެކޭ ލޯބިވޭ ދިހަވަނަބައި ( ޖެހުނު މަޖުބޫރުގައި އެހިތް ކުދިކުދިވެއްޖޭ)

Previews
October 23, 2025

ނުފިލާނެޔޭ އެ ހަނދާން 1

16 Comments!

  1. Anonymous says:
    October 23, 2025 at 3:55 pm

    Oh no! My poor Areen!!!
    Can’t wait for next episode
    When next???

    1. White rose White rose says:
      October 23, 2025 at 3:57 pm

      IA next Monday ga submit kohlaanan.
      Shukran Anonymous ✨✨

  2. Your fav bab Your fav bab says:
    October 23, 2025 at 7:20 pm

    Alhe Shaula really🤦🤦?? She’s having a real beef with my areen💀
    Then meehaku maran jehey tha ebbas vaan??
    Areen got attacked, stabbed and now they left her to burn??😭😭😭 Is there anything called HUMANITY within them??
    Afzal ah viyas “e” kanthah areen ah kiyaa dhinnama she’ll know to be aware tho!
    Btw When next?
    These ppl r getting on my nerves 😭😭
    Areen ah dhera gotheh nahadhachey!!
    Btw sorry comment eh nukureveythee just busy kamun!
    Lyssm💗💗💗

    1. White rose White rose says:
      October 25, 2025 at 12:42 pm

      They are getting on my nerves too. Let’s see how it goes for areen.
      Issoke, vhk kiyaaliyas alhugandu hiyhama jeheyne.
      Shukran Your fav bab ✨✨
      Lyt darl 💕💕

  3. elly says:
    October 24, 2025 at 2:07 am

    i didnt think shaula would go this far all this just for a guy and i hope reens friends at least come check on her cuz shes been gone for a while but its probably zavian who comes saves her cuz hes just always there conveniently

    1. White rose White rose says:
      October 24, 2025 at 5:12 am

      Shaula is too obsessed over him. Let’s see dhw dhen vaane gotheh.
      Shukran elly ✨✨

  4. K says:
    October 24, 2025 at 11:07 am

    Aaaaahhh areeenoooooooo…..pls save her 😭 can’t wait for monday thankolheh dhigu kohlla dhehchey next part

    1. White rose White rose says:
      October 24, 2025 at 11:38 am

      I’m sorry 😔 dhigu nukohlevidhaane, systematic gothakah gavaaidhun vhk nerenvegen 5 to 10 mins ah episode thah mi liyany. So mostly 6 or 7 mins read available.
      Shukran K ✨✨

  5. ❤️🫶 says:
    October 24, 2025 at 12:30 pm

    Maasha Allah ❤️🫶
    This is story so beautiful ❤️😍 Actually Areen is my friend in real life She’s from my island same school we study

  6. White rose White rose says:
    October 24, 2025 at 2:15 pm

    Ouhh, vrh reethi nameh dhw.
    Shukran ❤️🫶 ✨✨

    1. ❤️🫶 says:
      October 24, 2025 at 8:15 pm

      Yea it’s true but she’s my bestie in class too guess my name?Start with A ends in A too

    2. White rose White rose says:
      October 24, 2025 at 8:42 pm

      Alrss
      Ayra, aina, areefa, aaliya, amaaya, alvaa maybe

  7. shynyx inax shynyx inax says:
    October 24, 2025 at 11:20 pm

    Mi part vx vrh reethi

    1. White rose White rose says:
      October 25, 2025 at 12:42 pm

      Shukran shynyx inax ✨✨

  8. 🫶❤️ says:
    October 25, 2025 at 12:47 am

    So sorry Non of them My name starts with Al and ends with A

    1. White rose White rose says:
      October 25, 2025 at 5:18 am

      I’m afraid idk then 😔

Comments are closed.

Next Episodeދެވުނީ ވޭނޭ 9←


All Right Reserved!