Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވުނީ ވޭނޭ 11

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
November 3, 2025 6 Mins Read
2 Comments

އިރުގަނޑެއް ވަންދެން ސޯފާގައި އޮވެފައި ނާއިލް ތެދުވެއްޖެއެވެ. ކޮޓަރިން ވެސް ނުކުމެފައި އޭނާ ގޮސް ވަނީ ބައްޕަގެ ކޮޓަރިއަށެވެ. ނާއިލްގެ ކޮޓަރިއަށް ވުރެ އެތައް ގުނައެއް ހައިބަތު ބޮޑު އެ ކޮޓަރީގައި އެކަކު ވެސް ފެންނާކަށް ނެތެވެ. ނާއިލް ވަކި ހިސާބަކަށް ހިނގައިފައި ދިޔަ ތަނާ އޭނާގެ ފިޔަވަޅުތައް ހުއްޓާލަން މަޖުބޫރުވިއެވެ. އެހެނަސް އަނެއްކާވެސް ފަޔަށް ބާރުލައިފައި ކުރިއަށް ހިނގައިގަތެވެ. ކޮޓަރީގެ ބިއްދޮށު ފާރާއި އަރާ ހަމަވުމުން އެކޮޅުން ދައްކަމުން ދިޔަ ވާހަކަތައް ސާފުވިއެވެ. އެ ދައްކަމުން ދިޔައީ ފުރާނައަކާ ކުޅެލާ ކަމުގެ ވާހަކައެއް ކަން ޔަޤީންކުރެވުނެވެ. ނާއިލްގެ ނޭވާ އުފުރިގެން ދިޔަ ކަހަލަ އިޙުސާސެއް ކުރެވުނީ އެ މީހުންގެ ދުލުން ބޭރުވި ނަމެއްގެ ސަބަބުންނެވެ. 

ފުރިހަމައަށް ތައްޔާރު ވެލައިގެން ކޮޓަރިން ނުކުތް އަރީން މޮޑެލަކަށް ދޫނުކުރާނެކަން ގައިމެވެ. ކަކުލާއި ހަމައަށް އަރާ ކަޅު ކުލައިގެ ހެދުމަކާއި އެކު ތިރިން ލައިފައި ވަނީ ހަމަ އެކުލައިގެ ބެލްސެކެވެ. ރީތި ގޮތަކަށް އަޅާލެވިފައިވާ ކަޅުކުލައިގެ ޝޯލް ތެރެއިން އެ ދޮން މޫނު ފެންނަނީ ސާދަ ވިލޭރޭގެ ހަނދެއް ފަދައިންނެވެ. ސިހުރުވެރިކުރުވާ ފަދަ ޗާލު ހިނިތުންވުމަކާއި އެކު އޭނާ އެ އެޕާޓްމަންޓުން ނުކުތެވެ. އިމާރާތުން ބޭރަށް ނުކުމެވުނު އިރު އަފްޒަލް އޭނާގެ އިންތިޒާރުގައި ހުއްޓެވެ. 

ކަން ދިމާކުރިގޮތުން އަރީނަށް ޑައިމަންޑް ސްކައި ރެސްޓޯރެންޓަށް ވަދެވުނީ ސުމައްޔާ އާއި އެކު އެކީހެންނެވެ. އެހެން ދުވަސް ދުވަހާއި ޚިލާފަށް ސުމައްޔާގެ މޫނުމަތީގައި މިއަދު ހިނިތުންވުމެއް ނެތެވެ. އަރީނަށް ވަރަށް ފަސޭހައިން މިކަން ފާހަގަ ކުރެވުނެވެ. އެހެނަސް އެއްޗެއް ނުބުނެ ސުމައްޔާގެ އަތުގައި ހިފާލަމުން އެތެރެއަށް ވަދެގެން ދިޔައީއެވެ. 

“ވާވް” ކެއުން ތައްޔާރު ކުރެވިފައިވާ ތަނުން އެތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއި އެކު އަރީންމެންގެ ދުލުން ބޭރުވީ އެ ލަފުޒެވެ. އެހާ ވެސް ފުރިހަމަ ވިއްޔާއެވެ. ގޮނޑީގައި އިށީނުމަށް ފަހު ވެސް އެ ދެމީހުން ތިބީ އަނގަމައްޗަށް ޖަހައިގެންނެވެ. “މި ހަމަ އަޒާގެ މަސައްކަތްތަ؟” އަރީން ހައިރާން ވެފައި އިނދެ އެއްސެވެ. “އާނ. ފިއުޗާ ޕާޓީ ޑިޒައިނިން މާސްޓަރެކޭ މިއީ. އައި ވުޑް ލަވް ޓު ޑިޒައިން ޔޫ ޕީޕަލްސް ވެޑިންގްސް. ވަކިން ޚާއްޞަކޮށް ރީން އާ ދޮންބެގެ.” ލާނެތް ގޮތަކަށް އަޒާޔާ އަރީނާއި ދިމާލަށް ކަޅިއެއް އެއްލިއެވެ. 

“މި ދެ މި ދެމީހުން ރައްޓެހިވާކަށް ވެސް ނޫޅޭ. އަޒާ ނިކަން މި ދެމީހުން ސެޓުކޮށްލަދީބަލަ.” ސުމައްޔާ ވެސް ހިނިގަނޑެއް ޖަހާލިއެވެ. “ރަނގަޅު ޚިޔާލެއް. މިރޭ ތިކަމާ އުޅޭނަން.” އަޒާޔާ އެއްލޯމަރާލަމުން ބުނެލީމެވެ. “ދެން އަޒާ! ސެލެބްރޭޓް ކުރާކަށްނު އައީ. ކޮން އިތުރު ބޭކާރު ވާހަކައެއްތަ ތި ދައްކަނީ؟” އަރީން އިސްޖަހާލަމުން ބުނެލިއިރު އެ ދޮން މޫނަށް ރަތް ކުލައެއް ފާއްދާލައިފައި ވިއެވެ. “ވާވާ. އަރީންގެ މި ލަދުވެތި ސިފަ ފެނިފަ ޒަވިއަން މޮޔަވާނެކަން ގައިމު.” ސުމައްޔާ އަތްޖަހަމުން ދިޔައިރު އެއީ މީގެ ކުރިން ހިތާމައިގެ ސަފުހާއެއް ލިޔެފައި އައި މީހެކޭ ނުބުނާނެއެވެ. އަރީނަށް ދިމާކޮށްކޮށްފައި އެމީހުންނަށް ކާން ފެށުނު އިރު ހުރީ ނުވައެއް ޖަހައިފައެވެ. 

“ޓެސްޓުތައް ވެސް ނިމުނީނުން. ހިނގާބަލަ ސްލީޕް އޯވާއަކަށް ދާން” ކައި ނިމިގެން ރެސްޓޯރެންޓުން ނުކުންނަމުން އަޒާޔާ ބުނެލިއެވެ. “ދޯ! މި ޓެސްޓު ބޮނޑިވަރުތައް އައިސް ޖެހުނު ފަހުން ތި ކަހަލަ ކަމެއް ވެސް ނުކޮށްލެވޭ. މި އަންނަ ހުކުރު ދުވަސް ސަޅިއެއްނު. މި ފަހަރު ކޮން ގެއަކަށް؟” ސުމައްޔާ އަށް ވެސް ފޯރިއެއް އަރައިފިއެވެ. “ރީން ގެއަށް ދާން އެންމެ ސަޅިވާނީ. ވަރަށް މަދުން ވިއްޔާ އެ ގެއަށް ސްލީޕް އޯވާ ހަދަން ދެވެނީ.” އަޒާޔާ ބުންޏެވެ. “މައްސަލައެއް ނެތް. އެހެންވީމާ މިއަންނަ ހުކުރު ދުވަސް. ވާނެ ރަނގަޅަށް ސަކަރާތް ޖަހާލަން.” އަރީން ފޯރީގައި ބުނެލިއެވެ. 

“މަށަށް ހީވަނީ އެ އަފްޒަލް އަހަރެމެންނަށް ކެހި ދިނީ ހެން. މިހާރު މިއޮއް ހަ މަސް ފާއިތުވެގެން ދިޔައީ. އަދިވެސް އެ ޑޮކިއުމެންޓްސް ތަކުގައި އަތު ޖެހޭ ވަރެއް ނުވޭ. މަ އޭރު ވެސް ބުނީމެއްނު އެ އަންހެން ކުއްޖާ މަރާލައިފައި ލެބް ސްޓޯރ ރޫމަށް ފުރާނަ ނެތް މަސްގަނޑު ދޫކޮށްލާށޭ.” ނާއިލް އަށް އޭނާގެ އަމިއްލަ ބައްޕަގެ ދުލުން ބޭރުވި ޖުމްލަތައް އިވިފައި ހީވީ މީހަކު އޭނާގެ ހިތުގައި ހިފާ ފިއްތާލި ހެންނެވެ. އޭނާގެ ލޯބި އެ ފަރާތަކަށް މިލްކުކުރެވިފައިވާ އަރީނާއި މެދު ބައްޕަ އެ ފަދަ އަނިޔާވެރި ޢަމަލެއް ހިންގަފާނެ ކަމަކަށް އޭނާ ޤަބޫލެއް ނުކުރެއެވެ. 

ނާއިލް މަސައްކަތް ކުރީ އޭނާގެ ލޯ މައްޗަށް ފަރުދާ ވެފައިވާ އެ ތަނުގެ ތެރެއަށް ވަދެވޭތޯއެވެ. މުޅި ކޮޓަރީގައި އެނބުރިގެން ވެސް އޭނާ ކާމިޔާބު ވާ ގޮތެއް ނުވިއެވެ. އެންމެ ފަހުން އޭނާ ގޮސް އެ ފާރުގައި ތަޅައިގަނެފައި ކަރު ބުޑުން ހަޅޭއްލަވައިގަތެވެ. “ހުޅުވަންވީ. ހަމަ މިހާރު މި ތަން ހުޅުވާ.” އަޑަށް ބާރުލައިފައި އޭނާ ވާހަކަ ދެއްކިގޮތުން ވެސް އެތަނަށް ގުޑުން އަރައިފާނެއެވެ. ނާއިލްގެ އަޑު އިވިފައި އެ ސިއްރު ކޮޓަރީގެ ތެރޭގައި ތިބި މީހުން ދިޔައީ ސިއްސައިގެންނެވެ. 

އެ ދޮރު ހުޅުވަން ދިޔައީ އަކިނަފްއެވެ. އެހިސާބުގައި ހުރި ވޯލްޕޭޕަރުތައް ކެހިގެން އެ ކޮޓަރި ކަޝްފުވީ ވަގުތު އެ ފިރިހެން މީހާ ފެނުމުން ނާއިލް ސިހިއްޖެއެވެ. އެހެން ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. އެއީ މީގެ ހަތަރު މަސް ކުރިން ޖަލުން ފިލައިގެން އުޅުނު އިންޑިޔާ މީހާއެވެ. ފަނޑު ގޮތަކަށް އޭނާގެ ސިކުނޑީގައި އެ ފިރިހެނާގެ ސޫރަ ކުރެހުނެވެ. އޭނާއަށް އެއް ކަމެއް ޔަގީންވިއެވެ. މީގެ ކުރިން މަގުމަތިން ވެސް އޭނާ އަށް މި ފިރިހެނާ ވަނީ ފެނިފައެވެ. އެހެނަސް ކޮން ތަނަކުން ކަމެއް ނޭނގުނެވެ. 

“ބައްޕަ ކީއްވެ؟ ކީއްވެގެންތަ އަރީގެ ފުރާނަ ނަގާލަން ތި މަސައްކަތް ކުރަނީ” ފަސްޖެހުމެއް ނެތި ނާއިލް ގޮސް އޭނާގެ ބައްޕަގެ ގިރުވާނުގައި ހިއްޕެވެ. އެ ވަގުތު އެތަނުގައި ތިބި ދެ ފިރިހެނަކު ވެގެން ނާއިލް ދުރުކުރިއެވެ. “ހަމަޖެހިބަލަ. ކޮން ވަރެއްތަ ތި އަރަނީ އެ އަންހެން ކުއްޖާ އާއި ތޮޅެލީމަ. ތިހެން އަނގަޔަށް ރަން ސަމުސާ ލައިގެން އުޅެވެނީ އަހަރެމެން މި ކުރާ މަސައްކަތުންނޭ.” އެ ފިރިހެން މީހާ ނާއިލް އާއި ދިމާލަށް ބަލައިލީ ނުރައްކާތެރި ގޮތަކަށެވެ. “ހަމަޖެހޭށޭ. ހަމައެއް ނުޖެހެވޭނެ. މި ބުނީނުން ހަމައެއް ނުޖެހެވޭނޭ. ތިއިން އެކަކު ވެސް ނުވާނެ އަރީ އަށް ގެއްލުމެއް ދީގެން.” ނާއިލް ދަތްކުނޑި ވިކާލަމުން އެހެން ބުނެފައި ނުކުމެގެން ދާން އަނެއް ފަރާތަށް އެނބުރުނެވެ. 

އަޒާޔާ ބަލައި އައިސް ހުރީ ޒަވިއަން އެވެ. ކަޅު ކުލައިގެ އެ ބީއެމްޑަބްލިއުގެ ކުރީ ބަޔަށް އަރާ ހަމަޖެހިލަމުން އަޒާޔާ ސީޓްބެލްޓު އަޅުވާލިއެވެ. ޒަވިއަން ކާރު ދުއްވާލުމާއި އެކު ބޭރުގައި އުޅުނު ގިނަ ބައެއްގެ ކަޅި އެ ކާރަށް ހުއްޓިއްޖެއެވެ. މާ އަގުބޮޑު އެއްޗަކަށް ވީމާ ކަމަށް ވެދާނެއެވެ. 

“ދޮންބެ އުޅެނީ ކުއްޖަކާ ރައްޓެހިވެގެން ތަ؟” އަޒާޔާގެ ސުވާލުން ޒަވިއަން ފާޑަކަށް ހުއްޓުން އެރިއެވެ. “ނޫން ކިހިނެއް ވީ؟” ޒަވިއަން ވެސް ކޮށްލީ ސުވާލެކެވެ. “ކުއްޖަކަށް ސެޓުކޮށްދޭން ކަމަށް.” އަޒާޔާ ލާނެތް ރާގެއްގައި ބުނެލިއެވެ. “ކާކު. އުހުން. ނޫޅެން ބަލާކަށް ވެސް އެ ގޮތަށް ކުއްޖަކު ޒައްކޮ ގާތަށް އަޔަސް ދުރަށް ފޮނުވާލާ. ދޮންބެ ނޫޅެން ތާކުން ތާކު ނުޖެހޭ ރިލޭޝަނަކަށް ދާކަށް.” ޒަވިއަންގެ ވިސްނުމަށް ޝައުލާގެ ނަން އައުމުން ވާހަކަ ދެއްކުނީ ވެސް ދަތްކުނޑި ވިކާލައިގެން އިނދެއެވެ. 

“އެޔޯ. ޝައުލާ އަށް ހުސްވެފައި ހުންނަނީތަ؟ ކަމްއޯން ދޮންބޭ. އެ ތިއްތިސެޓަށް ވައި އެޅިލަން ވެސް ހެޔޮ ނުވާނެ.” ގެ ކުރިމައްޗަށް ކާރު ހުއްޓާލުމުން ކުސްތަޅާލައިފައި އަޒާޔާ ކާރުން ފޭބިއެވެ. ގެއަށް ވަދެފައި އޭނާ ގޮސް ކޮޓަރިއަށް ވަނެވެ. “ދުލުން އެ ވާހަކަ ބުނެވޭނެހެނެއް ހީނުވޭ. މަށަށް އެންމެ ފަހުން މި ޖެހުނީ އެ ވާހަކަ ލިޔާކަށްނު” އަނގަޔަށް ވައްތަރެއް ޖައްސާލައިފައި އޭނާގެ ކިޔަވާ މޭޒު ދޮށުގައި އިށީނެވެ. 

ކޯޑު ޖަހާލުމަށްފަހު އަރީން އެޕާޓްމަންޓުގެ ދޮރު ހުޅުވާލިއެވެ. އެތެރެއިން އޭނާ އަށް މަރުހަބާ ކީ އަނދިރި ކަމެވެ. އަފްޒަލް ވެސް ކާރު ޕާކުކުރަން ދިޔަ ގޮތަކަށް އަދި ނާދެއެވެ. ގޭގައި އެކަކު ވެސް ނެތީ ކަމަށް ހަދައިފައި އޭނާ އެތެރެއަށް ވަދެ ދޮރު ލޮކު ކޮށްލިއެވެ. އެއަށްފަހު ފާރުގައި އަތް ކާއްތަމުން ގޮސް ސުވިޗުގައި އަތު ޖެހޭ ތޯ ބެލިއެވެ. އެހެނަސް އެއަށްވުރެ ކުރިން ސިޓިންރޫމު ދިއްލިގެން ދިޔައެވެ. އޭރު ކުރިމަތީގައި ކޭކެއް ހިފައިގެން ހުރީ ޔަނާލެވެ. ފާރުގައި ކޮންގްރެޓްސް ލިޔެފައި އިނެވެ. އަރީން އުފަލުން ގޮސް ޔަނާލްގެ ގައިގައި ބައްދާލިއެވެ. 

“ދެން ދޫކޮށްލަންވީނުން. މި ކޭކު ވެއްޓިދާނޭ.” ޔަނާލް ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. އަރީން ދުރުވެލުމުން ޔަނާލް އެ ކޭކު މޭޒުމަތީގައި ބެހެއްޓިއެވެ. “މަންމަ ތަ މި ހުރިހާ ކަމެއް ކުރީ؟” އަރީން އެއްސެވެ. “ނޫން. ބައްޕަ އާއި ދޮންބެ ވެސް އެހީވި. އެކަމަކު މި ގަޑިއަށް ދޮންބެ ހިލާ ކޮޓަރިއަކުން ނުނުކުތް. ބުނީ ދޮންބެ ހުރިއްޔާ ދަރިފުޅު ހިތްހަމަ ނުޖެހިދާނޭ.” ޔަނާލްގެ މޫނުމަތީގައިވީ ހިނިތުންވުން ފަނޑުވިއެވެ. އެ ވަގުތު އަފްޒަލް އައިސްފިއެވެ. އޭނާގެ އަތުގައި ރިހިކުލައިގެ ބޮޑު ޕާރުލަސެއް އޮތެވެ. އަދި ވަކިން ސިޓީ އުރައެއް ވެސް އޮތެވެ. އޭގައި ހިފައިފައި އަރީން ޝުކުރު އަދާކޮށްލިއެވެ.

ކޭކު ފެޅުމަށް ފަހު ކުޑަކޮށް މަޖާ ކޮށްލައިފައި އަރީން ސިޓީ އުރަ ކަނޑާލިއެވެ. އެތެރޭގައި އޮތް ކަރުދާސް ފެނިފައި އަރީނަށް ދެލޯ ބޮޑުކޮށްލެވުނެވެ. “އަލްޙަމްދުﷲ” މި ލަފުޒު އޭނާގެ ދުލުން ބޭރުވީ ބޭއިޚްތިޔާރުގައެވެ. “މިފަހަރު ސްކޯލާޝިޕެއް ހޯދޭ ވަރުވީ ކެނެޑާއިން. އަހަރެމެންނާއި އެތައް މޭލެއް ދުރުން. އެކަމަކު ވެސް ފަސް އަހަރު ދޯ. އެހެންނު ވާނީ. ލޯޔަރުކަން ކިޔަވަން ހިތުއަޅައިގެން ވިއްޔާ ހުރީ.” އަފްޒަލް އަރީންގެ ބޮލުގައި ފިރުމާލިއެވެ. “ދެން ޗުއްޓީ ތަކުގައި ރަށަށް އާދެވޭނެއްނު.” އަރީން ހިނިތުންވުމަކާއި އެކު ބުނެލިއެވެ.

އަރީން އޭނާގެ މައިންބަފައިންނާއި އެކު ވަގުތު ކޮޅެއް ހޭދަ ކޮށްލައިފައި ކޮޓަރިއަށް ވަން އިރު އެގާރަ ޖަހަން ގާތްވެއްޖެއެވެ. އޭނާގެ އަތުގައި އޮތް ޕާރުސަލް ކަނޑާލީ އެތެރެއަށް ވަނުމަށް ފަހުގައެވެ. އެ ބޮޑު ފޮށި ހުޅުވާލުމުން އޭނާގެ ދެލޯ ދިޔައީ ތަރަތަރަ ޖަހައިގެންނެވެ. އެންމެ ފުރަތަމަ ވެސް އަތުގައި ޖެހުނީ ގެލެކްސީ އެސްޓުވެންޓީފައިވް އަލްޓްރާ އެކެވެ. ދެން އޮތީ ރިހި ފަށަކާއި ކްލެވެންޓީގެ ގަޑިއަކާއި ފެންވަރުގެ ލެޕްޓޮޕެއްގެ އިތުރުން ކަޅުކުލައިގެ ހެދުމެކެވެ. އަރީން އޭގައި އޮތް ފޯނު ނަގައިފައި ފޮށި ލައްޕާލުމަށް ފަހު އުޅުނީ ހެދުން ބަދަލުކުރާށެވެ.

އެޕާޓްމަންޓަށް ވަންނަން ދިޔަ ސުމައްޔާގެ ފިޔަވަޅުތައް މަޑުޖެހުނީ ދޮރުމަތީގައި އިޙުސާނު ހުރި ތަން ފެނުމުންނެވެ. “މިތަނުގެ ރޫމް ނަންބަރު ހަތާވީސް ކޮބާތަ؟” ދުރުން އައި އަންހެން ކުއްޖާގެ މިސްރާބު ހުރީ އިޙުސާނު ހުރި ދިމާއަށް ކަން އެނގުމުން އެއީ ކާކުތޯ ވެސް ބަލާލުމެއް ނެތި އެހިއެވެ. “ކަލޭ ކީއްކުރަން ހޯދާ ތަނެއް.” ސުމައްޔާގެ ރުންކުރު އަޑު އިވިފައި އިޙުސާނު އެ ދިމާލަށް ނަޒަރު ހުއްޓާލައިފިއެވެ. 

“ޔޫ! ފޮނިފަތަފޮޅިގަނޑާ! ހާލު ކިހިނެއްތަ؟” އިޙުސާނުގެ މޫނުމަތީގައި ނުލަފާ ހިނިތުންވުމެއް ދުވެލިއެވެ. “އުންމަތުލްވަބާ އަކަށް ނުޖެހޭނެ އަހަރެންގެ ޙާލު އަހުވާލު ބަލާކަށް. ދެން ވެސް ދުރަށް ޖެހޭ.” ސުމައްޔާ އަމުރުކޮށްލިއެވެ. “ސުކޫލުން ދިމާކޮށްގެން އަހަރެން ނަކަށް ކަލޭގެ ކިބައިން ބަދަލެއް ނުހިފުނު. މިއަދު މި ލިބުނު ފުރުސަތު ދޫކޮށްފަ މަ ދުރަށް ޖެހޭނެތަ؟” އިޙުސާނު ސުމައްޔާގެ ބޮލުގައި ފުއްޓައްކެއް ޖަހާލިއެވެ. “މަ އަތުން އަނެއްކާ ގެއްލުމެއް ހޯދަން ބޭނުން ނޫނިއްޔާ ދުރަށް ޖެހޭ.” ސުމައްޔާ އޭނާގެ އަތުގައި އޮތް ތަރުކާރީ ކޮތަޅު އެޕާޓްމަންޓަށް ވަންނަ ދޮރުގައި އަޅުވާލައިފައި އިޙުސާނާއި ދިމާލަށް އިނގިލި ދިއްކޮށްލިއެވެ. ބަދަލުގައި އޭނާ ހިނިގަނޑެއް ޖަހާލިއެވެ. އެއަށްފަހު ދުރަށް ޖެހިލާ ކަމަށް ހެދުނެވެ. ސުމައްޔާ ރުޅިމޫނު ހަދައިގެން ހުރި އެޕާޓްމަންޓަށް ވަންނަން ކޯޑު ޖަހާލިއެވެ. އެހެނަސް އެތެރެއަށް ވަންނަން ވާ އިރަށް އިޙުސާނު މާކުރިން އެ ގޭތެރެއަށް ދެމިގެންފިއެވެ. ސުމައްޔާ ކަޅި އަނބުރާލައިފައި އެތެރެއަށް ވަނީ އިޙުސާނު ނެރެލާނެ ގޮތަކާއި މެދު ވިސްނަމުންނެވެ. 

“ދެން ނުކުމޭ. އެހެންނޫނީ ކަތިލާނަން” ސުމައްޔާ ތަރުކާރީ ކޮޅު މޭޒުމަތީގައި ބަހައްޓާފައި ބުނެލިއެވެ. އިޙުސާނު އެ ބަދިގެ ތެރެއިން ފެނުނު މިޔަ ތޫނު ވަޅިއެއް ނެގިއެވެ. އެއަށްފަހު ސުމައްޔާގެ އަތުގައި ހިފާ ދަމައިގަންނަމުން އައިސްލަމާރި ހުރި ދިމާލުން ފާރާއި ދެމެދަށް ލައި ހައްޔަރު ކޮށްލިއެވެ. “އަން. ކެރެންޏާ އަހަރެން ކަތިލަބަލަ.” އިޙުސާނު ސުމައްޔާގެ އަތަށް އެ ވަޅިލައްވާލައިފައި ގާތް ވެލިއެވެ. އިޙުސާނު ދެފަރާތުން ފާރުގައި އަތް އަޅުވާލައިފައި ވުމުން ސުމައްޔާ އަށް އެތަނުން ދެމިގަނެވޭނެ ގޮތެއް ނުވިއެވެ. އެ ދެމެދުގައި އޮތް ގާތްކަން އިތުރުކޮށްލަމުން އިޙުސާނު ކުރިއަށް ޖެހިލިއެވެ. ސުމައްޔާ ހާސްވުމުން ވަޅި މައްޗަށް ނަގައިފިއެވެ. އެއިން ސަލާމަތްވުމަށްޓަކައި އިޙުސާނު ދުރަށް ޖެހޭނެ ކަމަށެވެ. އެހެނަސް އިޙުސާނުގެ މޫނުމަތިން ފާޅުވާން ހުރީ ޖެހިލުން ކުޑަ ކަމުގެ އަސަރެވެ. އަދި އިތުރަށް ސުމައްޔާ އާއި ގާތްވެލިއެވެ. 

އިޙުސާނުގެ އަމަލުތައް ހުރި ގޮތުން އެ ވަޅި އޭނާގެ މެޔަށް ހެރެން ދެން ނަގާނީ ސުކުންތު ކޮޅެކެވެ. ސުމައްޔާގެ އަތް ތުރުތުރު އަޅަން ފަށައިފިއެވެ. އެހެންނަމަވެސް އެ ވަޅިން ދޫކޮށްލާކަށް ނުވިސްނައެވެ. އިޙުސާނު މިކަހަލަ މޮޔަ ކަމެއް ކޮށްފާނެ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ. އެހެނަސް އެއީ ގޮތުގައި ސާބިތުވެ ހުންނާނެ އަންހެން ކުއްޖެއް ކަން ދައްކާލަން ބޭނުންވިއެވެ. މި ވަގުތު ސުމައްޔާގެ ސިކުނޑީގެ ހިނގުން ހުއްޓިފައި ހުރި ކަހަލައެވެ. 

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

4 ވާރޭގެ ތެރެއިން
Previous

ވާރޭގެ ތެރެއިން 4

Next

ހިތުގެ ރިހުން (42)

Next
November 3, 2025

ހިތުގެ ރިހުން (42)

Previews
November 3, 2025

ވާރޭގެ ތެރެއިން 4

4 ވާރޭގެ ތެރެއިން

2 Comments!

  1. Anonymous says:
    November 3, 2025 at 4:59 pm

    I love this part too
    Whn next?

    1. White rose White rose says:
      November 3, 2025 at 6:12 pm

      IA next Thursday ga submit kohlaanan.
      Shukran Anonymous ✨✨

Comments are closed.

Next Episodeދެވުނީ ވޭނޭ 12←


All Right Reserved!