Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވުނީ ވޭނޭ 33

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
January 8, 2026 7 Mins Read
32 Comments

Warning: Contains explicit references to domestic violence and abusive language

“ނޯވޭ! އިމްޕޮސިބަލް.” ސުމައްޔާ އަށް ޤަބޫލެއް ނުކުރެވުނެވެ. ދެފައިލް އެއްކޮށް ހުޅުވާލައިފައި އޭނާ އަނެއްކާވެސް ފުން ނަޒަރެއް ދިނެވެ. އެއާއެކު އޭނާގެ ހީ ޔަޤީނަށް ބަދަލުވެގެން ދިޔައެވެ. އެ ފޮޓޯތައް އަޅާ ކިޔަމުން ދިޔަ ވަރަކަށް އެ ބައެއްގެ އިންސާނިއްޔަތުކަން ނެތް މިންވަރު ފެނި އެ ދެލޮލުން ކަރުނަ ހިލުނެވެ. “ދެޓް *** ބްލޫ ވޯޓާސް. އައިމް ގޮނަ އެކްސްޕޯޒް ޔޫ” ސުމައްޔާ އެހެން ބުނެލިއިރު ދެއަތް ވަނީ މުއްކަވާލެވިފައެވެ. ކަރުނައިގެ ތެރެއިން ވެސް އެ ދެލޮލުން އަލިފާން ކަނި ބުރަމުން ދިޔައެވެ.

ޒަވިއަން ނިދަން އަންނަން ވާއިރަށް އަރީން އުޅުނީ ކޮޓަރި ސާފު ކުރުމުގައެވެ. މޮޕް ޖަހާ ނިންމާލައިފައި އޭނާ ކަބަޑު މަތީގައި ހުރި ފޮޓޯ ފްރޭމްތައް ފުހެމުން ދިޔައެވެ. އެންމެ ފަހުން ނެގި ފްރޭމްގައި ވަނީ އަޒާޔާގެ ފޮޓޯއެކެވެ. މައުސޫމް ހިނިތުންވުމަކާއި އެކު ޒަވިއަންގެ ކޮނޑުގައި އޮޅުލައިގަނެގެން އޮއްވާ ނަގައިފައިވާ ފޮޓޯއެކެވެ. ބަލާބެލުމަށް ހީވަނީ އޭރު އަޒާޔާ އަށް ދިހަ އަހަރު ވެދާނެ ހެންނެވެ. އެ ވަގުތު ކޮޓަރިއަށް ވަންނަން ދޮރު ހުޅުވާލި ޒަވިއަނަށް މި މަންޒަރު ފެނުމުން އަޑަށް ބާރުލައިފައި އަރީނަށް ގޮވާލިއެވެ. ސިހުނުވަރުން އަރީންގެ އަތުން އެ ފޮޓޯ ލޯގަނޑު ދޫވެގެން ވެއްޓުނެވެ. އެ ފޮޓޯ ލޯގަނޑު ތަޅައިގެން ދިޔަ އަޑާއި އެކު އަރީނަށް ސިހިފައި ދެލޯ ބޮޑު ކޮށްލެވުނެވެ.

“ސުންޕާ އަންހެނާ! އެ ފަކީރު މި ދުނިޔެއިން ވަކި ކޮށްލުމަށް ފަހު ވެސް ހިތް ނުފުރިގެންތަ ތި އުޅެނީ؟ ކަލޭ އަކަށް ނުޖެހޭ މި ތަޅާލާކަށް.” ޒަވިއަން ވައިސޫރިއެއްހާ ހަލުވިކޮށް އައިސް އަރީންގެ އަތުގައި ހިއްޕެވެ. އަރީން ފަކީރު ބިރުން ތުރުތުރު އަޅަމުން ދިޔައެވެ. އިސްޖަހާލައިގެން ހުރެ އޭނާ މަޢާފަށް އެދުނެވެ. “ކަލޭ އެކްޓް ކުރަން ވެސް މޮޅޭ. ކީއްކުރަންތަ ލޯޔަރަކަށް ވީ؟ މާ ރަނގަޅު ވާނެއްނު ފިލްމު ކުޅެން ދިޔަ ނަމަ.” ދަތްކުނޑި ވިކާލައިފައި ޒަވިއަން އުޑަފައި މައްޗަށް ތިރިވެލިއެވެ. އެއަށްފަހު ފޮޓޯ ފްރޭމް އެއްފަރާތް ކޮށްލައިފައި އަރީންގެ އަތުގައި ހިފާ ދަމައިގަތެވެ. އެ މަޑު އަތްތިލަ ތަޅައިގެން ގޮސްފައިވީ ބިއްލޫރިތައް މައްޗަށް ލައި ފިއްތާލިއެވެ.

އަތުގެ ހަންގަނޑު ފޫދުއްވާލި ބިއްލޫރިތަކުގެ ސަބަބުން އަރީންގެ އަތުން ލޭ އޮހޮރިގެން ދިޔައެވެ. ޒަވިއަން އޭނާ އަރީނަށް ނަފުރަތު ކުރާ މިންވަރު އަމަލުން ދައްކަމުން ދިޔައެވެ. އެ އަތް މައްޗަށް ނަގައިފައި އަނެއްކާވެސް ބިއްލޫރިތައް މަތީގައި ޖައްސާލިއެވެ. އަރީންގެ އަތަށް ތަދުވާވަރުން އެ އަނގައިން ލުއި އާހެއް ބޭރުވެގެން ދިޔައެވެ. “ކަލެއަށް ވެސް ތަދުވޭތަ؟ ބަލަ ތިރީސް ފަހަރު ޒައްކޮގެ ހަށިގަނޑަށް ވަޅި ހެރިއިރު އެ ފަކީރަށް ވާނެ ތަދާއި މެދު ވިސްނާލިންތަ؟” ޒަވިއަން މަލާމާތުގެ ރާގަކަށް ބުނެލިއެވެ. އަރީން އެ ސުވާލަށް ޖަވާބު ދޭން ނުކުޅެދުނެވެ. ޒަވިއަން ޤަބޫލުކުރާނެ ކަހަލަ ހެއްކެއް އަރީނަށް ލިބިފައި ނުވުމުން އަމިއްލަ ކުށެއް ނެތްކަން ސާބިތު ނުކުރެވޭނެތީ އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނީއެވެ.

“ކަލޭ އަމިއްލަ އަތުން ނަގާފަ މި ބިއްލޫރިތައް ސާފުކުރޭ.” ޒަވިއަން އަރީންގެ އަތުން ދޫކޮށްލީ އިރުކޮޅެއް ފަހުންނެވެ. އަތުގެ އެކި ހިސާބުތަކުން ކަނޑައިގެން ގޮސް ގިނައިން ލޭ ފައިބައިފައި ވުމުން އަރީން ހުރީ ފާޑަކަށް ބޮލަށް އެނބުރުން އަރާ ގޮތް ވެފައެވެ. އެހެނަސް އޮހެރެމުން ދިޔަ ލެޔާއި އަޅަމުން ދިޔަ ވޭނަށް ނުބަލައި އޭނާ އެ ބިއްލޫރިތައް އަތަށް ނެގިއެވެ. މިކަން ކުރުމުގެ ތެރެއިން އޭނާގެ ސަލާމަތުން އޮތް ކަނައަތް ވެސް ޒަޚަމުވިއެވެ. ހިތްވަރުކޮށްފައި އޭނާ އެ ބިއްލޫރިތައް ޑަސްބިނަށް އަޅައިފައި ޓިޝޫއަކުން އެތަން ސާފުކުރަން އުޅުނެވެ. އެހެނަސް އެ ޓިޝޫތައް ކަޅިވެގެން ދިޔައީ އަރީންގެ އަތުން އޮހޮރެމުން ދިޔަ ލެއިންނެވެ. ނަގަމުން ދިޔަ ދިލަޔަށް ކެތްކުރަމުން އޭނާ އެ ތަން ސާފުކުރީ ވަރަށް ހާލުންނެވެ. އެއަށްފަހު ފާޚާނައަށް ވަދެވުމާއި އެކު އެ ދެލޮލުން ކަރުނަ އޮހޮރިގެން ދިޔައެވެ.

މޫނުދޮންނަ ތަށި ކައިރީ ހުރެގެން އަތް ދޮންނަމުން ދިޔަ ނަމަވެސް އަރީންގެ އަތުން ލޭ އައުން ހުއްޓޭ ގޮތެއް ނުވިއެވެ. ލޭ ފައިބައިފައިވާލެއް ގިނަމުން އެ ދޮން އަތް ވަނީ ހުދުވެފައެވެ. އެންމެފަހުން އިސްކޫރު ބާރުކޮށްލައިފައި އަރީން ފާޚާނާއިން ނުކުމެ ފަސްޓް އެއިޑް ބޮކްސް ނެގިއެވެ. އެ ހިފައިގެން ފާޚާނާ އަށް ވަދެފައި އޭނާ މަސައްކަތް ކުރީ އަތުގައި ބޭސް އަޅާށެވެ. ބޮޑު ވަރު ވެފައި ވަނީ ވައަތަށް ކަމުން އެ ކަން ކުރަން ފަސޭހަވިއެވެ. ރަނގަޅަށް ބެންޑޭޖް އޮޅާލައިފައި އަރީން ކަނައަތުގައި ހަލާކުވެފައިވީ ތަނުގައި ބޭސް މަލަމެއް އެޅިއެވެ.

ފަސްޓް އެއިޑް ބޮކްސް ނަގައިފައި އަރީން ތަޅުގައި ހިފާލިއެވެ. އެ ވަގުތު އޭނާގެ މޫނުމައްޗަށް އަނދިރިވާން ފެށިއެވެ. ތަޅު އަނބުރާލައިފައި ނުކުތް އިރު ކޮޓަރި ވެސް އޭނާ އަށް ފެންނަމުން ދިޔައީ ފުސްގަނޑެއްގެ ތެރެއިންނެވެ. ފަސްޓް އެއިޑް ބޮކްސް ތިރީގައި ބަހައްޓާފައި އަރީން އޭނަގެ ބޮލުގައި ހިފަހައްޓާލިއެވެ. ޒަވިއަން އޭރު އޮތީ ފުރަގަސްދީގެން ނިދައިފައެވެ. އަރީނަށް ސޯފާ އާއި ހިސާބަށް ނުދެވެނީސް ހޭނެތިގެން މުށިގަނޑު މައްޗަށް ދެމުނެވެ. ހެނދުނުގެ ސަޔަށް ފަހު އިތުރު އެއްޗެއް ނުކައި ހުއްޓާ އެހާ ގިނައިން ލޭ ބޭރުވުމުން ވާނީ ވެސް އެހެންތާއެވެ.

އެލާމުގެ އަޑަށް ޒަވިއަން ތެދުވެ މޯޅިއަކަށް ދެމިލިއެވެ. ފޯނުން އެލާމު ނިވާލައިފައި އޭނާ ހިނގައިގަތެވެ. އެ ވަގުތު ފާޚާނާގެ ދޮރު މަތީގައި އޮތް އަރީން ފެނި އޭނާއަށް ކަޅި އަނބުރާލެވުނެވެ. އެ ހިސާބަށް ގޮސްފައި އަރީން ލައިގެން ހުރި ހެދުމުގެ ކަރުވަޅުގައި ހިފާ ނެގިއެވެ. އުނދަގުލުން ނަމަވެސް އަރީނަށް ދެލޯ ހުޅުވާލެވުނީ އެ ވަގުތެވެ. “ކަލެއަށް ހަމަ އޮސްކާ އެވޯޑު ދޭހާވޭ. ކިރިޔާ ގޮތެއް ހަދާލާއިރަށް މި ވަރު ވާން ތިއީ ތަޅައިގެން ދާ ބިއްލޫރި ކޮޅެއްތަ؟” އަސަރެއް ނެތް ގޮތަކަށް އެއްޗެހި ކިޔައިގަނެފައި ޒަވިއަން އަރީން އެނދާއި ދިމާލަށް ހޫރާލިއެވެ. ނަސީބު ރަނގަޅު ކަމުން އޭނާ ބަނޑުވަތައް ވެއްޓުނީ ގޮދަނޑި މައްޗަށެވެ.

ޒަވިއަން ފާޚާނާ އަށް ވަނުމުން އަރީން ސައިޑް ޓޭބަލް މަތީގައި ހުރި ފެން ފުޅި ނަގާ އޭގައި ތުން ޖަހާ ދަމާލިއެވެ. ހަށިގަނޑުގައި ކިރިޔާ ވެސް ވަރު ޖެހޭ ވަރުވީ އެ ފެންފުޅި އެކަށް ހުސްކޮށްލެވުމުންނެވެ. ހުސް ފުޅި ޑަސްބިނަށް ލައިފައި އޭނާ ކޮޓަރިން ނުކުތެވެ. އާފިޔާމެން މީހަކަށް ނުފެނޭތޯ ދުޢާ ކުރަމުން ގޮސް އޭނާ ބަދިގެއަށް ވަނެވެ. ނަސީބަކުން އޭރު ބަދިގޭގައި އެކަކު ވެސް ނެތެވެ. އަރީން ކަބަޑުން ދެތިން ކޭކާއި އައިސް އަލަމާރިން ޖޫސް ޕެކެޓެއް ނެގިއެވެ. ހައި ކަން ފިލުވާލެވުމުން އެ ނަފްސަށް ދިރުމެއް ލިބުނެވެ.

އަތުގައި އޮތް ފިޖެޓް ސްޕިނާ އަނބުރަން ސުމައްޔާ އިނީ ޚިޔާލަކަށް ގެއްލިފައެވެ. އޭނާގެ ސިކުނޑި ހިސޯރުކޮށްފައިވަނީ ރޭގައި އެނގިގެން ދިޔަ ކަންތައްތަކެވެ. “އެޒްނެލިން، އޮރިންޑިއޯ، އެއް ކުރެހުމެއް އަތުގައި ކަނޑާ ނަގާފަ.” ހިތާހިތުން އޭނާ ކިޔާލިއެވެ.

“އޭނާ ހޭލާ ހުރެގެން ހުވަފެން ބަލަނީތަ؟” އިޙުސާނު ސުމައްޔާ އިން ގޮތް ފެނި ހައިރާންވެގެން އެއްސެވެ. މި އަޑު ވެސް ސުމައްޔާ އަށް ނީވޭ ކަހަލައެވެ. އަފާފްމެން ނޭނގެއޭ ކިޔާ ކޮނޑު އަރުވާލައިފިއެވެ. އިޙުސާނު ސުމައްޔާ ސިއްސުވާލުމުގެ ނިޔަތުގައި އިސް ބޯދަށުގައި ފުއްޓައްކެއް ޖެއްސެވެ. ދެން އެ އަތުން ފިޖެޓް ސްޕިނާ ޖަހައިގަތެވެ. ސުމައްޔާ އަށް ހަމަ ބިމަށް އާދެވުނު ކަހަލައެވެ. ވަގުތުން ރުޅި މޫނު ހަދާލައިފިއެވެ.

“މިއީވާ އެއްޗެހި ފޭރެން ކުޅަދާނަ ފިރިހެނެއް. އުންމަތުލް ވަބާ ބޭނުންހާ އެއްޗެއް އަތުލަން ޖެހޭތަ؟ ތި ގެނޭ.” ސުމައްޔާ ގޮނޑިން ތެދުވެފައި އެ ސޮރާއި ކުރިމަތިލިއެވެ. “ތި ފަތަފޮޅި ޑިޔުޓީގަ ޑޭޑްރީމް ކުރާތީ ހޭ ޖައްސަނީނުން މި.” އިޙުސާނު ރައްދުގައި ބުނެލިއެވެ. ސުމައްޔާ އެ ބުނުމަށް ރައްދެއް ނުދީ ކުއްލިއަކަށް ހުރެފައި އެ ފިޖެޓް ސްޕިނާ ޖަހައިގަތެވެ. އަދި ވައްތަރެއް ޖައްސާލައިފައި އަނބުރާ ގޮނޑީގައި އިށީނެވެ.

“އަރީ! އަދިވެސް އެ މާނިއުގެ ކޭސް ދޫކޮށްލާކަށް ނުވޭތަ؟ ލިވާޒާ އަށް ވަފާތެރިވިއެއް ކަމަކު ތި ކަމުގެ ސަބަބުން އަރީ ތި ހުންނަނީ އެހެން ކޭހަކާއި ހަވާލު ނުވެވިފަ.” ލިފްޓުން ނުކުތް އަރީނާއި ދިމާލަށް ނާއިލް ބުނެލިއެވެ. އަރީން އަޅާވެސް ނުލާ އޭނާގެ ކެބިނަށް ވަންނަން ދިޔައެވެ. ނާއިލް އަރީންގެ އަތުގައި ހިފާ ހުއްޓުވިއެވެ. އޭނާ ހިފާލިގޮތުން ބެންޑޭޖް މަތިން ލޭ ހިލުނެވެ. އަތުގައި ދިޔާ އެއްޗެއް ޖެހުމުން ނާއިލަށް އެ އަތުން ދޫކޮށްލެވުނެވެ. އޭނާގެ އަތުގައި ލޭގެ އަސަރު ހުރުމުން ހައިރާންވިއެވެ.

“އަރީ މަޑުކޮށްބަލަ. މި އަތަށް ކީއްކޮށްގެން ތިއުޅެނީ. ލޭ ވެސް އާދޭ އެބަ. ހިނގާ ހަސްފަތާލަށް.” ނާއިލް އަރީންގެ ކަނައަތުގައި ހިއްޕެވެ. އަރީން އެ އަތް ފޮޅުވާލިއެވެ. “އަހަރެން ބޭނުމެއް ނޫން ދާކަށް.” އަރީން ކުރިއަށް ހިނގައިގަތެވެ. އެހެނަސް ނާއިލް ހުރީ އެހާ ފަސޭހައިން ބަލި ޤަބޫލު ކުރާ ކަހަލަ ގޮތަކަށް ނޫނެވެ. އަރީނަށް އަނިޔާވެފައި ވާކަން އެނގުމުން އެ ހިތަށް އުނދަގޫވިއެވެ. “އައިމް ސޮރީ. އެކަމަކު އަރީގެ އަތް ޒަޚަމުވެފައި ވަނިކޮށް ހަސްފަތާލަށް ނުގޮހެއް ނުވާނެ.” ނާއިލް އަރީންގެ ކަނައަތު ކުޑަހުޅުގައި ހިފައިފައި އަލުން ލިފްޓަށް އަރައިފިއެވެ.

އެއްވެސް އެއްޗެއް ނުބުނެ އޭނާ ނާއިލްގެ ފަހަތުން ދިޔައީ އެ އަތުގައި ބޭސްއަޅަން ޖެހޭނެތީއެވެ. އެ ކަން ހާސިލުވުމުން އަރީން ގޮނޑިން ތެދުވިއެވެ. އޭނާ އާއި އެކުހެން ނާއިލް ވެސް ދިޔައެވެ. “އަރީގެ އަތަށް ކިހިނެއްވީ؟” ނާއިލް ސުވާލެއް ކޮށްލީ ކާރަށް އަރައިފައެވެ. “ކާކު އެކަން ކުރީ؟” ނާއިލް އެއްސެވެ. ދެން ވެސް އަރީން އިޚްތިޔާރު ކުރީ ހަމަހިމޭންކަމެވެ. ނާއިލް ފުން ނޭވާއެއް ބޭރުކޮށްލައިފައި ކާރު ދުއްވާލިއެވެ. އެ ވަގުތު ކާރުގައިވީ ހަމަހިމޭންކަން ފޫއަޅުވާލީ އިވިގެން ދިޔަ ރިންގުޓޯނުގެ އަޑުންނެވެ. އަރީން ފޯނު ނަގައިފައި ހަލޯ އޭ ބުނެލިއެވެ. ދެން އިތުރު ވާހަކައެއް ނުދައްކާ ހުރެފައި އޭނާ ފޯނު ކަނޑާލިއެވެ. “ކާކު އެ ގުޅީ؟” ނާއިލް އެހިއެވެ. އަރީން އެކުވެރިއެކޭ ބުނެލީ ލޯގަނޑުން ބޭރަށް ނަޒަރު ހުއްޓާލަމުންނެވެ.

ބާރަ ޖަހާނެ ވަގުތަކަށް ބަލާބަލަ އަރީން އިނީ ކެތްމަދުވެފައެވެ. ބާރަ ޖެހުމާއި އެކު އޭނާ ގޮނޑިން ތެދުވިއެވެ. ލެޕްޓޮޕް ބޭގް ކޮނޑުގައި އަޅުވާލައިފައި އޭނާ ކެބިނުން ނުކުތެވެ. ލިފްޓުން ތިރިއަށް ފައިބައިފައި އޭނާ އެ ޢިމާރާތުން ނުކުތެވެ. ހަލުވި ފިޔަވަޅުތަކެއްގައި އޭނާ ގޮސް ހުއްޓެލީ ބަސް ސްޓޮޕުގައެވެ. ފޯނު ނަގައިފައި ބަސް ރޫޓް ބަލައިލީ ބަސް އަންނާނެ ކަމަށް ލަފާކުރެވޭ ވަގުތު ބަލާލުމަށެވެ.

އެޕާޓްމަންޓުގައި ބެލް އަޅާލި އަޑަށް ސުމައްޔާ ފުންމައިގެން ތެދުވިއެވެ. ދޮރު ހުޅުވާލާފައި އޭނާ އަރީންގެ އަތުގައި ހިފާ އެތެރެއަށް ވެއްދިއެވެ. ދެމީހުން އެކުގައި ސުމައްޔާގެ ކޮޓަރިއަށް ދިޔައީ ޢަބްދުއްރަޙްމާނަށް ކަމެއް އެނގިދާނެތީއެވެ. ސުމައްޔާ އޭނާގެ ސިއްރު ލެޕު ނަގައިފައި ދައްކާލީ އަޒާޔާގެ ކޭސް ފައިލެވެ. އަރީން ނިކަން ފަރުވާތެރިކަމާއެކު އެ ކިޔާ، އެއްޗެހިތަކެއް ނޯޓު ކުރަމުން ދިޔައެވެ.

“އޮރިންޑިއޯ މި ޒަހަރު އެ ވަނީ ގަޑިއިރު ތަކެއްގެ ކުރިން އެތެރެވެފަ. ކޮން އިރަކު ބާ އެކަންވީ؟ ގައިމު ވެސް ހަވީރުގެ ވަގުތަކަށް ވާން ޖެހޭނީ.” އަރީން ގަލަން އަނބުރާލަމުން ބުނެލިއެވެ. ސުމައްޔާ ވިސްނާލިއެވެ. އެ މީހުން އެ ދުވަހު ހަވީރު ކުރި ކަމަކާއި މެދުގައެވެ. ގައިމުވެސް އެ ތިން މީހުން ޕާކަށް ދިޔައީ އެކުގައެވެ. އެ ތަނުގައި އެނބުރި އެނބުރި އުޅުނީ ވެސް އެކުގައެވެ. އަޒާޔާ އެކަހެރިވި ވަގުތެއް ވާނެ ހެއްޔެވެ؟ ދެ އަންހެން ކުދިންގެ ވިސްނުމުގައި ވެސް ވީ އެ ސުވާލެވެ.

“އެއްކަލަ ގަޑި. އެ އުޅޭ ސުންޕާ އުންމަތުލް ވަބާ މަ ގައިގަ ހިފައިގަތް ވަގުތު އަޒާ އޮތީ ބެންޗެއްގަ އޮށޯވެއެއްނު. އަހަރެންނަށް ހީވަނީ އެ ވަގުތުގައި ހެން އެކަމެއް ކުރީ.” ސުމައްޔާ ބުނެލިއެވެ. އަރީނަށް ވެސް އެކަން ޤަބޫލުކުރެވުނެވެ. ހިނދުކޮޅެއްގެ ތެރޭގައި އެ މޫނުމަތީގައިވީ ހިނިތުންވުން ފިލައި ދިޔައެވެ. “އޭގެ މާނައަކީ އުނޯ ކުޅުނު އިރު ވެސް އަޒާ އެ ވޭން ތަހައްމަލު ކުރަމުން ދިޔައޭ. އޭރު އޭނާ އިނީ ފާޑަކަށްނު. އަހަރެމެންގެ ފަރުވާކުޑަކަން. އެ ވަގުތު ރައްކާތެރިކަމުގެ ފިޔަވަޅެއް އެޅިނަމަ އަޒާއަށް އެހެން ނުވީސް.” އަރީންގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ.

“އަހަރެމެންގެ އަމިއްލަ ނަފްސު ކުށްވެރި ކުރާނެކަމެއް ނެތް. އެ ބްލޫ ވޯޓާސްގެ ވެރިން ކުރި ކަމަކަށް ވާނީ. އެ ޗެއަރމަން ޢަލީ އަހުމަދު ކިތައް މީހުން މަރާލާފަތަ ހިތް ފުރޭނީ. އެ ވިޔަފާރި ހިންގައިގެން ލިބޭ ފައިދާ އެހާ ކުޑައީތަ. ހަސަދަލައިގެން އެހެން ވިޔަފާރިތައް ރޫޅާލާއެބަ.” އަރީންގެ ކޯތާފަތް މަތީގައިވީ ކަރުނަ ތިކިތައް ފުހެލަމުން ސުމައްޔާ ބުނެލިއެވެ. އެ އަތުގައި އޭނާ ހިފާލީ އަރީނަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. އަރީންގެ އަތުގައި ހިފާލި ވަގުތު ސުމައްޔާ އަށް އެ އަތުގައި އޮޅާލެވިފައިވީ ބެންޑޭޖް ފެނުނެވެ. ސުމައްޔާގެ މޫނުމަތީގައިވީ ހާސްކަން ދެގުނަ ވީ އެހެންވެގެންނެވެ.

“މި ކިހިނެއްވެފަ؟” ސުމައްޔާގެ ތޫނު ނަޒަރު އަމާޒުވުމުން އަރީނަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. އެ ވާހަކަ ތެދުތެދަށް ބުނާކަށް އޭނާއަކަށް ނުކެރުނެވެ. އެނގިއްޖެނަމަ ޒަވިއަންގެ އަތް ކަނޑާލަން ވެސް ފަސް ނުޖެހޭނެކަން އޭނާ ދަނެވެ. “ބަލާނުލާ އުޅެނިކޮށް އަތް ކަނޑައިގެން ދިޔައީ.” އަރީން ރައްދުގައި ބުނެލިއެވެ. ސުމައްޔާ ދެން ނަސޭހަތް ދިނީ އަރީންގެ އަމިއްލަ ނަފްސަށް ފަރުވާތެރިވާން ބުނެއެވެ. އެ ވާހަކަތައް އަޑުއަހަން އަރީން ހިމޭނުން އިނީއެވެ.

ރޭގަނޑުގެ ވަގުތެވެ. ހުޅުމާލޭގެ ހިތްގައިމު ރެސްޓޯރެންޓެއްގައި އިނދެ ލީވާން އިންތިޒާރުކުރަމުން ދިޔައީ އޭނާގެ އައު އެކުވެރިޔާ އަންނާނެ އިރަކަށެވެ. އިރުއިރުކޮޅާ ރެސްޓޯރެންޓުގެ ދޮރާއި ދިމާލަށް ބަލަބަލާ އިނީ ފޫހިކަމެއް ނެތިއެވެ. އިރުކޮޅެއް ފަހުން ރެސްޓޯރެންޓުގެ ދޮރު ހުޅުވާލައިފައި އެތެރެއަށް ވަނީ އަންހެން ކުއްޖެކެވެ. ކަޅު ކުލައިގެ ހުޑީއާއި ޓްރައުޒާގައި ހުރިއިރު އަރައިފައި ހުރީ ކަޅު ސްނީކާސް އަކަށެވެ. ތޮތްޕަކާއި މާސްކެއް އަޅައިފައި ހުރި އިރު ކަޅުކުލައިގެ އަވި އައިނަކުން އެ ދެލޯ ފަރުދާކޮށްލެވިފައި ވިއެވެ. ޔަޤީނުން ވެސް ބަލާލާ މީހަކަށް އެއީ ކާކު ކަން ދެނެގަންނަން އުނދަގޫ ވާނެއެވެ. އެ ވަރަށް ނިވާވެ ފޮރުވިގެން ހުރި ނަމަވެސް ލީވާނަށް އެއީ ކާކުކަން އެނގުނެވެ. އަތް ހޫރާލީ އަންނާށޭ ބުނަން ވެގެންނެވެ.

“ހާދަ ވަރެއް ކޮށްލާފަ.” މެނޫ ނަގަމުން ލީވާން ބުނެލިއެވެ. “އަހަރެން އެންމެ ފަހުން ނެރުނު އަލްބަމް މަޝްހޫރު ވެގެން ދިޔަދިޔައިނުން ނޫސްވެރިންނާއި އެނޫން ވެސް މީހުން އަހަރެންގެ ފަހަތު އަޅުވާލައިގެން އުޅޭ މިންވަރު އިތުރުވީމަ. މިމީހުން ހީވަނީ އަހަރެން ކުރާހާ ކަމެއް ހޯދަން އަތުކުރި އޮޅާލައިފައި ތިބިހެން. މިހެން ހުރިއްޔަކާ ނޭނގޭނެއްނު.” ނައުރީން ހިނިގަނޑެއް ޖަހާލައިފައި ރައްދެއް ދިނެވެ. އެއަށްފަހު ދެމީހުން އޯޑަރު ކޮށްލީ ޑަމްޕްލިން އާއި ނޫޑުލީހަށެވެ. މިދިޔަ ދުވަސްތަކުގެ ތެރޭގައި އެ ދެމެދުގައި ވަނީ ވަރުގަދަ ގުޅުމެއް އުފެދިފައެވެ.

“ކާން ވީމަ ދެން ޖެހޭނީ ތި އައިނާއި މާސްކު ނަގަން.” ވެއިޓަރު އައިސް ތަށިތައް އަތުރާލުމުން ލީވާން ބުނެލިއެވެ. ނައުރީން މާސްކާއި އައިނު ދަމައިގަނެފައި މޭޒުމަތީގައި ބާއްވާފައި ލީވާނަށް ނަޒަރު ހުއްޓާލިއެވެ. “ވޯހް. މާޝާ ﷲ. ވަރުގަދައަށް މޭކަޕް ނުކޮށް ހުންނައިރު ނޫރީ ހާދަ ރީއްޗޭ. ހަމައެކަނި ލިޕް ގްލޮސް ޖައްސައިގެން ހުންނައިރު އެންމެ ސަޅީ.” ލީވާން ނައުރީންގެ ލޮލަށް ނަޒަރު ހުއްޓާލައިގެން އިނދެ އެ ރީތިކަމަށް ތަޢުރީފު ކޮށްލިއެވެ. “ބްރޯ މަ ލަދުގަންނަވަނީ ތިޔަ ކީއްކުރަންތަ؟ ދެން ވެސް މި ކާން އުޅެބަލަ.” ނައުރީން ޗޮޕްސްޓިކެއް ނަގަމުން ބުނެލިއެވެ.

“ނޫރީއަށް އެނގޭތަ ޗޮޕްސްޓިކް ބޭނުން ކުރަން؟” ލީވާން އޭނާގެ ޗޮޕްސްޓިކުން ޑަމްޕްލިން އެއް ނަގާ ކާލިއެވެ. “ކީއްވެތަ ނޭނގެންވީ؟” ތުން އަނބުރާލައިފައި ނައުރީން އެއިން ޑަމްޕްލިން އެއް ނަގަން އުޅުނެވެ. ހާލަކުން އެއްޗެއް ނަގައިފައި އޭނާ އުޅުނީ ޗިލީ އޮއިލް ޑިޕް ތަށީގައި ޖައްސާލާށެވެ. އެހެނަސް ޗޮޕްސްޓިކުން ސޮހިގެން ޑަމްޕްލިން ވެއްޓުނީ އެ ތަށިތެރެއަށެވެ. އެއާއެކު ޗިލީ އޮއިލް ނައުރީންގެ މޫނަށް ބުރައިގެން ދިޔައެވެ. ލީވާނަށް އިށީނދެ އިން ގޮނޑިން ތެދުވެވުނު ގޮތެއް ވެސް ނޭނގުނެވެ. ޓިޝޫއަކުން މޫނު ފުހެދެމުން އޭނާ ނައުރީންގެ އަތުގައި ހިފާ ކޮޅަށް ނެގުވިއެވެ. އެއަށްފަހު ރެސްޓޯރެންޓުގެ ވޮޝްރޫމާއި ދިމާލަށް މިސްރާބު ޖެއްސެވެ.

ޓިޝޫ ތެންމާލައިފައި ނައުރީންގެ ލޯ ކައިރި ފުހެދެމުން ދިޔައިރު ލީވާންގެ މޫނުމަތީގައި ރަސްކަން ކުރަމުން ދިޔައީ އިންތިހާ ދަރަޖައިގެ ހާސްކަމެވެ. ނައުރީންގެ ލޮލުން ކަރުނަ އަންނަމުން ދިޔައީ ޗިލީ އޮއިލް އެޅިފަވުމުން ދިލަނަގާތީއެވެ. ލީވާން މަޑުމަޑުން އެ ލޮލަށް ފުމެމުން ކަރުނަ ފުހެދެމުން ދިޔައީ ފަރުވާތެރިކަމާއެކުގައެވެ. އެހާ ގާތުގައި ލީވާން ހުރުމުން ނައުރީނަށް ތަފާތު ގޮތެއް ވިއެވެ. ލީވާންގެ އަސަރު ގަދަ ލޮލަށް ގެނބިގެން ދިޔައީ ޚުދު އޭނާއަށް ވެސް ނޭނގި ހުއްޓައެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

ލޯބީގެ ހިތިކަން…8&7&6&5

Next

ހިތް ކަލާއަށް އެދޭތީ 5

Next
January 8, 2026

ހިތް ކަލާއަށް އެދޭތީ 5

Previews
January 8, 2026

ލޯބީގެ ހިތިކަން…8&7&6&5

32 Comments!

  1. Shiuny says:
    January 8, 2026 at 12:29 pm

    When next part?????

    1. White rose White rose says:
      January 8, 2026 at 12:49 pm

      IA next Thursday
      Shukran Shiuny ✨✨

  2. Shaba_73 says:
    January 8, 2026 at 12:52 pm

    Mi part vx vrh reethi MA!!
    Alheyyyyy zev reen fakeerah ehen nuhadhaba! 🙏
    Reen ge ehves kusheh nethey alhe gaboolu kohba!
    Reen Alhe keehve tha sumee ah sihrru kurany thi! 😢
    sumee athuga eothy azaya maraali meehunge file dhw?
    Leevaan and Naureen ah dhen Loabi veyeyny kanne.. 😅
    Ihsaan vx dhw heheh 🤣😂😂
    Curiously waiting for the next part when’s next??
    Lyyy

    1. White rose White rose says:
      January 8, 2026 at 5:09 pm

      Keehkuraany, mi zev ah adhives heyo visnun libeykah noolhey 😭😭
      Yhh, it’s her case file
      Let’s whether they actually fall in love or not
      IA next Saturday
      Shukran Shaba_73 ✨✨
      Lyt darl 🫶🏻🫶🏻

  3. Anonymous says:
    January 8, 2026 at 12:53 pm

    mashallah vrh reeti mi bai vx…next part when

    1. White rose White rose says:
      January 8, 2026 at 2:54 pm

      IA next Saturday
      Shukran Anonymous ✨✨

    2. Shiu says:
      January 8, 2026 at 2:58 pm

      Mi part vx varah Reethi Masha Allah…
      Allheyyy, Zavian Reen ah ehn nuhadhabala😭, pls 🥺🙏 Azaa maraalumuga Reen ge kusheh nehkan Engey dhuvahakun Zev, you’ll regret everything you did to My Lovely Reen!!! Reen ge kusheh nehkan Zev gaboolu kuraane dhuvahakah Keh Madhu 😩😭 Naail keevve baa ehaavarakun E maniu eh ge case reen dhookoh Lai thoa E ulheny?? Anekka ekamuga Naail ge Atheh vx vaneeba ?? 🤔. Mi blue waters ge verin mee keeh vegen ulhey baeh tha Maa high vegen, haadha rulhieh eba araeyy 🤬🙄, Wait wait, kury part ehga Zev bappa ge company athulee blue waters ge meehun dhw?? E eeee Ali Ahmed kanneynge dhw?? 🧐 Oh I see, now it’s Leevan and Naureen, ooh 🙈 Leevan and Naureen soo Loabi 🥰
      When Next?? Curiously waiting for the next part.. Appreciate your hard work 🥰💗
      Lyssm White Rose 🤍

    3. White rose White rose says:
      January 8, 2026 at 5:24 pm

      Frr, he’s gonna regret it so much, if the truth comes out
      Alhugandu ves mi inthizaaru kuranee reen ge kusheh neiy kan zev ah engeyne dhuvahakah
      Maaniu case dhookohlan majubooru kuraa sababeh adhi neynge 😐😐
      Dhww, mi blue waters meehunakee dhuhpaan kuraaleh bodu ba eh 😤😤
      Yeaa, zev dad hingaa tourism business ge gina gofithah nuhaggun athulaigathee emyhun, nice memory 👏👏
      Yeaa, love is really blooming in leevan’s heart 😄😄
      IA next Saturday
      Shukran Shiu ✨✨
      Lyt darl 🫶🏻🫶🏻

  4. Your fav bab says:
    January 8, 2026 at 12:55 pm

    Vrh reethi mi part ves MA!
    Argg!! This zavian is getting on my nerves😡 innocent girl eh ge boluga dhogu thuhumathu thakeh eba alhuva ey huregen!!!😭
    Highlighting the second good thing naail did😁 e soru ves areen ah maa care kuraane kanne zavian ah vure!😣😭
    Yesss reen and soomoa!!! that’s the spirit! keep diving into the case! Sooner or later they’ll be able to connect the dots and find the culprit, I hope!
    Leevaan haadha avahah hith ekee😹 anyways nau and leevaan look so cute together!!💗
    When next?
    Lyssm!

    1. White rose White rose says:
      January 8, 2026 at 5:13 pm

      Dhww, zavian is truly crossing the line 😒😒 ekm eii concept ge main ba eh 😐😐
      Yhh, Naail genuinely loves areen, but his way of pursuing it is wrong
      Hehe, Naureen jehsee kon kahala jaadhuleh thoa balanvee dhw 😅😅
      IA next Saturday
      Shukran Your fav bab ✨✨
      Lyt darl 🫶🏻🫶🏻

  5. Aglee says:
    January 8, 2026 at 2:50 pm

    Next part thursday?
    7 Dhuvahun vhk ehge episode eh up kohlleveny

    1. White rose White rose says:
      January 8, 2026 at 2:53 pm

      Really sorry, eii alhugandah olhifa 😣😣😣 my usual schedule is to submit 2 parts each week
      Next part mi anna Saturday ga submit kohlaanan IA
      Shukran Aglee ✨✨

  6. Ashfaan says:
    January 8, 2026 at 3:00 pm

    Fjhdv

  7. A says:
    January 8, 2026 at 3:01 pm

    @aglee dhw haadha Gina dhuvahekey

  8. Waseemu says:
    January 8, 2026 at 3:05 pm

    Arn dhn kiyaane kameh neh mieh huhttaalaa

  9. 🖤 says:
    January 8, 2026 at 3:09 pm

    Aan huhttaalan hingaa dhw

  10. Raiy bangaalhi says:
    January 8, 2026 at 3:15 pm

    Arn mi huhttaaleee

    1. Moko says:
      January 9, 2026 at 12:02 pm

      Naseebeh huttalevunukan

  11. Alaika_22 says:
    January 8, 2026 at 4:29 pm

    Mi part ves Vrh Reethi MA!!!! 😍
    Zev dhn Areen ah ehn nuhadhabala…… 😣
    Sumee ah hide nukohba kanthah thah….. 😭
    Ihsaan Hama feyrigannan molhee ey 😂
    Curiously waiting for next part…
    Whn nxt..?????
    Lysm and Tc my dear author

    1. White rose White rose says:
      January 8, 2026 at 5:15 pm

      Dhww, reen ammilla nafsu rahkaatheri kuran ulhey minvaru kuda ee 😣😣
      Aan, sumee ge ehchehi athulan molhy 🤣🤣
      IA next Saturday
      Shukran Alaika_22 ✨✨
      Lyt darl 🫶🏻🫶🏻

  12. Manje says:
    January 8, 2026 at 4:55 pm

    Haha vrh reeehchehnun mi

    1. White rose White rose says:
      January 8, 2026 at 5:16 pm

      Shukran Manje ✨✨

    2. MANJE says:
      January 9, 2026 at 11:45 am

      EY WHITE ROSE SHUKRAN MANJE EYH THIBUNY EHNUN DHW MA MIBUNY ASLU MI HADI VAAHAKA EYH

    3. White rose White rose says:
      January 9, 2026 at 11:59 am

      I understood before aswell. Don’t worry, enmennah ekahcheh reehcheh nuvaane, I’m fine with u sharing ur opinion 😄😄
      Shukran Manje ✨✨

  13. Arku says:
    January 8, 2026 at 6:03 pm

    Vrhh reethiii nexttt parttt when????

    1. White rose White rose says:
      January 8, 2026 at 6:12 pm

      IA next Saturday
      Shukran Arku ✨✨

  14. Miss jennie says:
    January 8, 2026 at 6:43 pm

    Mi ves varah reethi zavian ah hageegay engeyne dhuvahakah inthizaaru kurevenee
    Curiously waiting for the next part?

    1. White rose White rose says:
      January 8, 2026 at 8:13 pm

      Same here, varah inthizaaru kurevey zev ah aslu haqeeqiay engeyne dhuvahakah
      Shukran Miss jennie ✨✨

  15. 🥀 says:
    January 9, 2026 at 9:15 am

    When next part???

    1. White rose White rose says:
      January 9, 2026 at 10:12 am

      IA tomorrow
      Shukran 🥀 ✨✨

  16. 🌹 says:
    January 10, 2026 at 11:28 am

    Submitted?

    1. White rose White rose says:
      January 10, 2026 at 12:34 pm

      Its now posted

Comments are closed.

Next Episodeދެވުނީ ވޭނޭ 34←


All Right Reserved!