ދެވުނީ ވޭނޭ 35
Warning: Contains explicit references to domestic violence and abusive language
“ދެން ބައްޕަ ވެސް ނިދާލާ. ވަރަށް ސަލާމް.” އެހެން ބުނެފައި ސުމައްޔާ ފޯނު ކަނޑާލިއެވެ. އެއަށްފަހު އުޑަށް ނަޒަރު ހުއްޓާލައިގެން އޮތީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އެ ސިކުނޑީގައި ރަސްކަން ކުރަމުން ދިޔައީ ސިލްވިޔާއެވެ. އެ މަރުގެ މައްސަލައެވެ. ވަރުގަދަ މާރޑާ މިސްޓަރީ އެކެވެ. “ހަމައެކަނި ވިޓްނެސް އަކަށް ހުރީ ބައްޕަ.” ޚިޔާލުތަކަށް ގެއްލިފައި އިނދެ ސުމައްޔާ ބުނެލިއެވެ. އެ ވަގުތެވެ. ފަހަތުން މީހެއްގެ ހިލަމެއް ވިހެން އޭނާއަށް ހީވިއެވެ. ސުމައްޔާ ވަގުތުން ކޮޅަށް ޖެހުނެވެ. އެ ފަރާތަށް އެނބުރެލި އިރު އެ ހިތް ނުބައި ގޮތަކަށް ތެޅިލައިފިއެވެ. އޭނާއަށް ފެނުނީ ޓެރަހުގެ ކޮފީ ރޫމުގެ ދޮރު ލެއްޕުނު ތަނެވެ.
“އަނެއްކާ އަހަރެން ބުނި އެއްޗެއް އަޑު އިވުނީބާ؟” އެހެން ހިތަށް އެރުމާއި އެކު އޭނާއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. އަވަހަށް ގޮސް އެ ތަނުގެ ދޮރު އަތްގަނޑުގައި ހިފާލެވިއްޖެއެވެ. “ކާކު؟” ދޮރުގައި ޓަކި ޖަހާލަމުން ސުމައްޔާ ގޮވަން ފެށިއެވެ. އޭނާއަށް އެ ވަގުތު ގިނަ ތަފްސީލުތަކެއް ނުދެވުނުކަން ރަނގަޅެވެ. މި ދޮރުގެ ފުރަގަހުގައި ހުރި މީހަކަށް އެނގޭނީ ކުޑަކުޑަ މިންވަރެކެވެ.
ދޮރު ހުޅުވީ އިރުކޮޅެއް ފަހުންނެވެ. އެތެރޭގައި ފެތުރިފައިވަނީ ފަނޑު އަލިކަމެކެވެ. ދޮރު ހުޅުވި އިރު މީހަކު ފެންނާކަށް ނެތެވެ. ސުމައްޔާގެ އަނގައިން ފިސް ހަޅޭކެއް ބޭރުވީ އޭނާ ނުވިސްނާ ހުއްޓާ މީހަކު އަތުގައި ހިފާ ދަމައިގަތުމުންނެވެ. ސަލާމަތް ނުވެވެނީސް ސޯފާއަށް ގަންނަވާލައިފިއެވެ.
“އުންމަތުލް ވަބާ؟ ކަލޭ މިތާ ކީއްކުރަނީ؟” ސުމައްޔާ ހައިރާންވީ އޭނާ އާއި ކުޅެލީ އިޙުސާނު ކަން އެނގުމުންނެވެ. “ކަލޭ ކޮންހާ ކަންތައްތަކެއްތަ ތިޔަ ސިއްރު ކުރަނީ؟” އިޙުސާނު ކޮށްލީ ސުވާލެކެވެ. މިހާރަކަށް އައިސް ސުމައްޔާގެ އުޅުން ހުންނަ ގޮތުން އިޙުސާނަށް ހުރެވެނީ ޝައްކެއްގެ މަތީގައެވެ. އެހާ ވެސް ސިއްރުވެރި އުޅުމެއް ގެންގުޅޭ މީހަކަށް ސުމައްޔާ ކަހަލަ ލާނެތް އަންހެން ކުއްޖަކު ވުމުން ހައިރާން ނުވާނީ ކާކު ހެއްޔެވެ؟
“މި ކެވެލި ބޭނުމިއްޔާ ބުނޭ. ފުރަތަމަ ކަމަކަށް ކޮންމެ މަހެއްގެ ސޯޅަވަނަ ދުވަހު މި ކެވެލި އަޅާ ސަބަބު.” ޖީބުން ސުމައްޔާގެ ކެވެލި ނަގައިފައި އިޙުސާނު ބުނެލިއެވެ. ސުމައްޔާ އަށް ހިންދިރުވާލެވުނެވެ. އެ ސޮރަށް އެކަން ފާހަގަވީ ކިހިނެއް ކަމާއި މެދު އެ ހިތުގައި ސުވާލު އުފެދުނެވެ. “މަ އަޅާ ހިތްވާ ދުވަހަކު އަޅާނީ. ގެނޭ ދެން. މިހާރު ލައްކަ ދުވަހު ތި އަތުލައިގެން އުޅެވިއްޖެއްނު.” ސުމައްޔާ އުޅުނީ އެ އަތުލާށެވެ. މިކަހަލަ ކަމަކަށް ސަމާލުވެގެން ހުރި އިޙުސާނު އޭނާގެ އަތް މައްޗަށް ދަމާލިއެވެ.
“ފަތަފޮޅީގެ ބޮޑު ސިއްރު ބުނަންވީ. އޭރުން ދޭނަން.” އިޙުސާނު ޝަރުތު ހުށަހެޅިއެވެ. ސުމައްޔާ ތުން އަނބުރާލިއެވެ. “ސިއްރު ސިއްރަކަށް ވަނީ ކީއްވެގެންކަން އެނގޭތަ؟ މަ ނޫޅެން ދަން މަޅިއެއް ކަރަށް ނުމެހިގެންނެއް.” ސުމައްޔާ މާނަ ފުން ޖުމްލައެއް ބުނެލިއެވެ. “އެހާ ވެސް ނުރައްކާތެރިތަ؟ މިހާރު އަދި މާ އެނގޭ ހިތްވެއްޖެ.” އިޙުސާނު ތޫނު ނަޒަރެއް ދިނެވެ. ސުމައްޔާ ދަތްކުނޑި ވިކާލިއެވެ. “ކެވެލި ނުދެންޏާ މަ ދޫކޮށްލާ. އެހެން ނޫނީ އަނިޔާއެއް ލިބިދާނެ.” ސުމައްޔާ އިންޒާރުގެ ކަޅިއެއް އެއްލިއެވެ.
“ހެހެހެ. ކުރާ ކަމެއް ކޮށްބަލަ. އޭރުން ދެން ދުވަހަކު ވެސް މި ކެވެއްޔެއް ނުފެންނާނެ.” އިޙުސާނު ސުމައްޔާގެ އަތަށް ފިތާލިއެވެ. ސުމައްޔާގެ މޫނުމަތީގައި ހާސްކަމުގެ ކުލަތައް ކުރެހުނެވެ. އެ ކެވެލި ކޮންމެ ގޮތެއް ހަދައިފައި ވެސް އޭނާ ހޯދަން ޖެހެއެވެ. “އެއީ… ސޯޅަ އެއީ އަހަރެން އުފަންވި ދުވަސް. ސޯޅަ ނޮވެމްބަރު 2008” ސުމައްޔާ އެންމެ ފަހުން އެއް ސުވާލަށް ޖަވާބު ދިނެވެ.
އިޙުސާނަށް ސުމައްޔާގެ ޖަވާބު އިވިފައި ދެބުމަ ގާތް ކޮށްލެވުނެވެ. އުފަންވި ދުވަސް ސިއްރަކަށް ވާންވީ ކީއްވެކަން ވިސްނާ ވިސްނާ ވެސް ނޭނގުމުންނެވެ. އިޙުސާނު ވިސްނާނުލާ ހުއްޓާ ސުމައްޔާ އިޙުސާނު ކަނދުރާގައި އަތް އަޅުވާލައިފައި ތިރިކޮށްލިއެވެ. އޭނާ އެ އަތުން ކެވެލި އަތުލާ ޖީބަށް ކޮށްޕާލީ ސިކުންތުކޮޅެއްގެ ތެރޭގައެވެ.
“އަހަރެން ދެންމެ މި ބުނީ ދޮގު ވާހަކައެއް ނޫން. އެކަމަކު އަހަރެންގެ ޙަޤީޤީ ސިއްރު ހިއްސާ ކުރެވޭކަށް ނެތް. އަހަރެންގެ އަސްލު ކުޅަދާނަކަން ފެނުނު ފުރަތަމަ މީހަކީ ތިއީ. ހިތަށް އަރާ ދޯ ކޮންކަހަލަ ޓްރައިނިން އެއް ހަދައިގެން ހޭ މި އުޅެނީ. އެހެންވީމަ މިއިން އެއްވެސް ކަމެއް އެހެން މީހެއްގެ ކަންފަތާއި ހަމައަށް ގޮސްގެން ނުވާނެ. މިހާރު ކަލެއަށް އަންދާޒާ ކުރެވިދާނެ މި އަމުރާއި ޚިލާފުވެއްޖެނަމަ އަހަރެންނަށް ކޮންމެ ކަހަލަ ނުރައްކާތެރި ކަމެއް ވެސް ކުރެވިދާނެކަން. އަހަރެންގެ ގަމާރުކަމާއި ރެކްލެސްކަމުގެ ދުއްޔަކީ އެތައް ދުވަހެއްގެ މަސައްކަތް. އެހެންވެ ކަލެއާ ކޫސަނި ގޮތްގޮތަށް ހިފަނީ. ސޯ ޕްލޭ ޑަމްބް. ހަމަ ކުރިން ވެސް އަހަރެން ކައިރީ އުޅެމުން ދިޔަ ގޮތަށް އުޅޭ.” އިޙުސާނުގެ ކަންފަތް ދޮށުގައި ފިނިގޮތަކަށް ސުމައްޔާ ބުނެލިއެވެ. މި އަމަލުން ހަމަ ރަނގަޅަށް ވެސް އިޙުސާނުގެ ލޯލިތައް ކޮޅަށް ޖެހިއްޖެއެވެ. އެ ހަށީގައި އަވަސް ފިނި ރާޅެއް ދުވެލައިފިއެވެ. ސުމައްޔާ އިޙުސާނު ދުރަށް ޖައްސާލައިފައި ތެދުވެ އެ ތަނުން ނުކުތެވެ. އޭނާ ދިޔައީ އިޙުސާނަށް ވަރުގަދަ ޝޮކެއް ދީފައެވެ. އެ ސޮރު ސޯފާއަށް ވެއްޓިގަތެވެ.
“މަށަށް ސިހުރެއް ޖެހުނީތަ؟ އެހާ ނުރައްކާތެރި ގޮތަކަށް ވާހަކަ ދައްކާފަ ދިޔައިމަ ވެސް މި ހިތުގެ ތެޅުމަށް މައިތިރިކަމެއް ނާދޭ. ހައު އޭމް އައި ފޯލިން ފޯރ ހާރ މޯރ ޖަސްޓް އާފްޓާ ދެޓް. ކިހިނެއްބާ އޭނަ ދެކެ ލޯބިވެވުނީ؟ ދާންވީ ކަންނެ ޑޮކްޓަރަކަށް ދައްކާލަން. ކޮންމެވެސް ބައްޔެއް ޖެހިގެން މި އުޅެނީ. ސިކުނޑީގައި މައްސަލައެއް އުޅެނީ ކަމަށް ވާނީ. މި ކަން ޙައްލު ކުރަން ކާނެ ބޭހެއް ހޯދަންވީ” މޭގައި އަތް އަޅާލައިގެން އޮވެ އިޙުސާނު އަމިއްލަ ނަފްސަށް އިވޭ ވަރަށް ބުނެލިއެވެ.
ސުމައްޔާ އަނބުރާ އަފާފްގެ ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. އެއަށްފަހު އަތުގައި އޮތް ކެވެއްޔަށް ނަޒަރު ހުއްޓާލިއެވެ. އެއީ ދުވަސްވުމުން ރީތިކަން ގެއްލި ހިސާބަކަށް ކަންފަތިވެފައިވާ އެއްޗެކެވެ. އޭގެ ބައެއް ތަންކޮޅުކޮޅުގައި ލޭ ހިކިފައި ހުއްޓެވެ. އެއީ މަންމަގެ ލޭކަން އެނގޭތީ ސުމައްޔާ އަށް ދަތްކުނޑި ވިކާލެވުނެވެ. މަންމަ މަރާލި މީހުން ހަފޫޓު އަޑީގައި ވަޅުލަން އޭނާ ނިކަން ބޭނުންވެއެވެ. އެހެނަސް ޤިސާސްގެ އުސޫލަށް ތަބާނުވާ ޤައުމެއްގައި އެކަން ކުރެވޭކަށް ނެތެވެ. މީހަކު އޭނާގެ އަމިއްލަ ދެއަތުން މަރާލާފަ ފާފައަކަށް އަރައިގަންނަން ސުމައްޔާ އަކީ މޮޔައެއް ނޫނެވެ.
“ޢަލީ އަހުމަދު. މިއީ އެ ތަނުގައި ހުރި އެންމެ ދުވަސްވީ އެއް ގޮލާ. މީނާގެ ފަތިފުށް ރަނގަޅަށް ދިރާސާކޮށްލަންވީ. ބައްޕަ އެ ހާދިސާ ހިނގި ގޮތުގެ ތަފްސީލުތައް ހިއްސާ ކުރިއްޔާ ހާދަ ފަސޭހަވާނޭ.” ސުމައްޔާ އަމިއްލަ ނަފްސަށް އިވޭ ވަރަށް ބުނެލިއެވެ. އެއަށްފަހު ކެވެލި ދަބަސް ތެރެއަށް ލައިފައި ނިދަން އޮށޯތެވެ.
އިޙުސާނު އޭނާގެ ފޯނު ނަގައިފައި ސްޓާފް އިންފޯ ސޭވް ކުރެވިފައިވީ ފައިލް ހުޅުވާލިއެވެ. އެއިން ސުމައްޔާގެ ބައި ހޯދައި ބަލައިލިއެވެ. “28 އެޕްރީލް 2009؟” އިޙުސާނަށް ދެލޯ ހަނިކޮށްލެވުނީ އުފަން ތާރީޚު ސުމައްޔާ ބުނި ތާރީޚާއި އެއްވެސް ގޮތަކަށް ދިމާ ނުވާތީއެވެ. ސުމައްޔާ އުޅުނު ގޮތުން އޭރު ބުނީ ދޮގެއް ނޫން ކަން ޔަޤީން ކުރެވުނެވެ. އެހެންވިއްޔާ މިހެން ވާން ޖެހުނީ ކީއްވެގެން ކަމާއި މެދު އެ ހިތުގައި ސުވާލު އުފެދުނެވެ. “މަރްޔަމް ސުމައްޔާ ޢަބްދުއްރަޙްމާން. އާދައިގެ އަންހެނެއް ނޫން. އޭނާގެ ސިއްރު އެނގިއްޖެ ނަމަ އަހަރެންގެ ހުރިހާ ސުވާލަކަށް ޖަވާބު ލިބޭނެ ބާ؟” އިޙުސާނު ސުމައްޔާގެ ފޮޓޯ އަށް ޒޫމް ކޮށްލިއެވެ.
ފަތިސް ނަމާދަށް ހޭލައިފައި ސުމައްޔާ ނުކުތީ އެ ގޭގެ ބަގީޗާއަށެވެ. ރޭގައި ރަނގަޅަށް ނުނިދޭތީ އެ މޫނުމަތީގައި ރަސްކަން ކުރަމުން ދިޔައީ ވަރުބަލިކަމެވެ. އޭނާ ގޮސް ޖައްސާލީ ޖޯލީގައެވެ. ޖެހެމުން ދިޔަ ތާޒާ ވައިރޯޅިތަކުން އެ ސިކުނޑި ތާޒާ ވެގެން ދިޔަ ކަހަލައެވެ. ހަށްޓައް ލިބުނު އަރާމެއްގެ ސަބަބުން ސުމައްޔާ އަށް ދެލޯ މަރާލެވުނެވެ. ނަފްސަށް ލިބިފައިވާ ލޮޑުކަމާއި ހެދި ނިދީގެ ޢާލަމަށް ދަތުރުކުރަން އޭނާއަށް މިފަހަރު ފަސޭހަވިއެވެ.
ނަމާދުން ފައިބައިގެން އައިސް އިޙުސާނު ދިޔައީ އަކްމަލްގެ ގެއަށެވެ. ހަނދާންނެތިގެން އެ ގޭގައި އޭނާގެ ގަޑި ބޭއްވިފައި ވާތީ އެ ބަލައެވެ. ގަޑި ހިފައިގެން އޭނާ ނުކުތެވެ. ގެއަށް ދާން އުޅެފައި ވެސް އޭނާ ބަގީޗާ ތެރެއަށް ވަދެލީ ޖޯއްޔެއްގައި ސުމައްޔާ ނިދައިފައި އޮތް މަންޒަރު ފެނުމުންނެވެ. ޖެއްސުމެއް ކޮށްލާ ހިތްވީ ކަމަށް ވެދާނެއެވެ.
ސުމައްޔާ އޮތް ޖޯއްޔާއި ޖެހިގެން އޮތް ޖޯލީގައި އިޙުސާނު ވެޑުވެލިއެވެ. އެއަށްފަހު ފޯނު ނަގައިފައި ސުމައްޔާގެ ދެތިން ފޮޓޯއެއް ނެގިއެވެ. ފޯނު އަނބުރާ ޖީބަށް ލައިފައި އޭނާ އަނެއްކާވެސް ސުމައްޔާގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. މިފަހަރު އޭނާއަށް އެ މޫނަށް ބަލަން އޮވެވުނީ ކީއްވެގެން ކަމެއް ޚުދު އިޙުސާނަކަށް ވެސް ނޭނގެއެވެ. އެ ފިޔާތޮށި ކުލައިގެ ތުންފަތް ފެނުމުން އޭނާގެ ހަނދާނަށް އައީ ސުމައްޔާ އޭނާއަށް ބިރު ދައްކާލި ދުވަހެވެ.
“އާރގް. މަށަށް ކީއްތަ މި ވަނީ؟ ބޭނުން ނުވިޔަސް ކީއްވެގެންތަ މި މޮޔަ އަންހެން ކުއްޖާގެ ޚިޔާލު ކުރެވެނީ؟” އިޙުސާނުގެ ހިތުގައި ވަނީ އެ ސުވާލެވެ. “އިއްސޭ އަނެއްކާ ސޫމޯ އަށް އިތުރު ޖެއްސުމެއް ކޮށްލަންތަ ތިޔަ ވިސްނަނީ. މި ބެއްޔާގެ ހިތެއް ނުފުރޭނެ ސޫމޯ އަށް ގޮތެއް ހަދާނުލައެއް. އެހާ ވެސް ލޯބިވޭ ވިއްޔާ.” ޒައިން މަޑުމަޑުން އިޙުސާނުގެ ބުރަކަށިމަތީ ޖަހާލިއެވެ. “ބްރޯ ކީއްވެގެންތަ އަބަދު ލޯބި އަހަރެމެންގެ ދެމެދަށް ވައްދަނީ. އެނގެއެއްނު އެ ކަހަލަ ކަމެއް ދުވަހަކު ވެސް ނުވާނެކަން.” ސިހިފައި އިޙުސާނު ރައްދުގައި ބުނެލިއެވެ. އެކަން އެހެން މީހުންނަށް އެހާ ފަސޭހައިން ފާހަގަވަނީ ކީއްވެ ކަމާއި މެދު އެ ހިތުގައި ސުވާލު އުފެދުނެވެ.
އިރު އެރީއްސުރެ އަރީން އިރު އިރު ކޮޅާ މެއިލް އިންބޮކްސް ބަލަނީ އަހުޒަމްގެ ފަރާތުން މެއިލެއް އާދޭތޯއެވެ. އެކަމާއި ހެދި ގޭތެރޭގައި ކުރަމުން ދިޔަ މަސައްކަތަށް ވެސް ސަމާލުކަން ދޭން އުނދަގޫވިއެވެ. އެ ބަޔަކު ނުފޫޒު ގަދަ ވިއެއް ކަމަކު ބޮޑު ވަރު ތާއެވެ.
ހޮނިހިރު ދުވަހެވެ. އަރީން ކެބިނުގައި އިނީ ޚިޔާލަކަށް ގެއްލިފައެވެ. އެ ކަމަކާއި ވިސްނަން އިން ވަރުން ކެބިނުގެ ދޮރުގައި މީހަކު ޓަކި ޖަހަމުން ދިޔަ ކަން ވެސް ރެއަކާނުލައެވެ. އަރީން ސިހުނީ އޭނާގެ ފޯނު ރިންގުވާން ފެށުމުންނެވެ. ފުންނޭވާއެއް ލައިފައި ހަމަޖެހިލަމުން އޭނާ ފޯނު ނެގިއެވެ. “އެހެންތަ؟ ސޮރީ. ނޭނގެ ގޮވި ކަމެއް. މި ހުޅުވާލަނީ.” އަރީން ފޯނު ކަނޑާލައިފައި ގޮސް ކެބިނުގެ ދޮރު ހުޅުވާލިއެވެ. ގޮނޑި ދުއްވާލައިފައި ލިވާޒާ އެތެރެއަށް ވަނުމުން އަނެއްކާވެސް އޭނާ އެ ދޮރު ލޮކް ކޮށްލިއެވެ.
“މާ ބޮޑަށް ކޭސް އާއި މެދު ވިސްނެނީ ދޯ! ހާސްނުވޭ. އަހަރެމެންނަށް އަދި ކާމިޔާބު ލިބޭނެ އިންޝާ ﷲ.” ލިވާޒާ ބުނެލިއެވެ. އެ ވަގުތެވެ. ދެ މީހުންގެ ފޯނަށް ނޮޓިފިކޭޝަނެއް އައި އަޑު އިވުނެވެ. އަރީން ދުވެފައި ކަހަލަ ގޮތަކަށް ގޮސް މޭޒުމަތީގައި އޮތް އޭނާގެ ފޯނު ނެގިއެވެ. މެއިލް ހުޅުވާލިއިރު އަރީންގެ ހިތް ދިޔައީ ދިރޭ ރަހަފޮދެއް ފަދައިން ތެޅެމުންނެވެ.
“އަލްޙަމްދުލިއް ﷲ.” ލިވާޒާ އާއި އަރީނަށް އެހެން ބުނެވުނީ އެކުއެކީ ހެންނެވެ. އެމީހުން ބޭނުންވެގެން އުޅުނު ކަންތައް އެންމެ ފަހުން ހާސިލުވީއެވެ.
އެ ދުވަހު މުޅީންހެން އަރީނާއި ލިވާޒާ އުޅުނީ އާދީއްތަ ދުވަހު ބޭއްވޭ މައްސަލައިގެ ދެވަނަ އަޑުއެހުމަށް ތައްޔާރު ވާށެވެ. ވިސްނުންތެރިކަމާއެކު މަސައްކަތް ކުރަމުން ދިޔައިރު ދެ މީހުންގެ މޫނުމަތީގައި ނުފިލާ ހިނިތުންވުމެއް ވިއެވެ. ދެ ހިތުގައި ވެސް ވަނީ އެއް ޢަޒުމެކެވެ. މާދަމާ ހަވީރު އެ އޮންނަ އަޑުއެހުމުގައި އެމީހުން އެ ކޭސް ކާމިޔާބު ކުރުމެވެ.
ގެއަށް ދިއުމަށް ފަހު ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަމުން ދިޔައިރު ވެސް އަރީންގެ މޫނުމަތީގައި ވަނީ އުޖާލާކަމެވެ. އާފިޔާމެންނާއި ވާހަކަ ދައްކަމުން ދިޔައީ ނިކަން ގަޔާވެގެންނެވެ. ޒިޔާދަށް މިކަން ފާހަގަ ވުމުން އަރީންގެ ދިރިއުޅުން މިހާރު ފުރިހަމަ ވެއްޖެ ކަމަށް ޤަބޫލުކުރެވުނެވެ. ކޮންމެ ދުވަހަކު އެހެން ހިނިތުންވެލައިގެން ހުންނަނީ ޒަވިއަންގެ އަޅާލުން ވެސް ލިބޭތީ ކަމަށް އޭނާ އަށް ޤަބޫލުކުރެވުނެވެ.
“ޒެވް ކައިވެންޏާ އެހާ ވަރަށް ދެކޮޅު ހެދީމަ އަހަރެން ހީކުރީ އެ ރޯޅި ރީއްކޮއަށް ބާލާނެ ކަމަށް. އެކަމަކު ރީއްކޮގެ އުޅުމުން އަހަރެންނަށް މިހާރު ޔަޤީން ދެމީހުން ވެސް އެ އުޅެނީ ނިކަން ހަމަޖެހިގެން ލޯތްބާއި އެކުގައި ކަން. ކޮންމެ ދުވަހަކު ރީއްކޮ ލޯވް ފާރމަށް ގެންގޮސް އަނބުރާ ގެއަށް ގެނެސްދޭން ވެސް ޒެވްގެ ބިޒީ ޝެޑިއުލުން ވަގުތު ހުސްކުރޭ.” ނިދަން އެނދުގައި އޮށޯވެފައި ޒިޔާދު ބުނެލިއެވެ.
“އާނ މިހާރު ހިތްހަމަޖެހޭ ޒެވް އަށް އެހާ ފުރިހަމަ ބައިވެރިއެއް ލިބުނީމަ. އަޒާގެ ފުރާނަ ދުއްވާލި މީހުންނާއި ތަފާތު ދާއިރާއަކުން މަސައްކަތް ފެށި ނަމަވެސް އެ މަސައްކަތުގައި ވެސް ކާމިޔާބު ވީމަ ވަރަށް ފަޚުރުވެރިވެވޭ.” އާފިޔާ ރައްދުގައި ބުނެލިއެވެ.
ކޮޓަރިއަށް ވަދެފައި ވެސް އަރީން އޭނާގެ ލެޕު ނަގައިގެން އިނީ އޭނާގެ އާރގިއުމެންޓްތައް އިތުރަށް ފުރިހަމަ ކުރުމުގައެވެ. މާދަމާއަކީ ވަރަށް މުހިންމު ދުވަހެކެވެ. ރާއްޖޭގައި އޭނާ ބޭނުންވެގެން ނެގި ފުރަތަމަ ކޭސް ނިންމާލަން ކަނޑައެޅި ދުވަހެވެ. އެހެންކަމުން ވީ އެންމެ ފުރިހަމައަށް ތައްޔާރު ވާން ޖެހޭނެތާއެވެ.
އަރީން ލެޕު އެއްފަރާތްކޮށްލީ އެގާރަ ޖެހި ފަހުންނެވެ. އޭނާ އެ ވަގުތު ފޯނު ނަގާ ހާވާލީ ޒަވިއަން އަދި ނާންނާތީއެވެ. އޭނާގެ ސަމާލުކަން ދަމައިގަތީ ނުދަންނަ ނަންބަރަކުން ފޮނުވައިފައިވީ މެސެޖެކެވެ. އެ މެސެޖުން އަންގައިފައި އޮތީ އެ ވަގުތުން ވަގުތަށް ގޭގެ ދޮރުމައްޗަށް ނުކުތުމަށެވެ. ނޫނީ އޭނާގެ މައިންބަފައިންނަށް ގެއްލުމެއް ދޭނެ ކަމުގެ އިންޒާރެކެވެ.
ވަރަށް ވިސްނުމަށް ފަހު އަރީން ނިންމީ ނުކުންނާށެވެ. ސިޑީގެ ހަރުފަތްތަކުން ތިރިއަށް ފައިބައިގެން ދިޔައިރު އޭނާ ހުރީ ފާޑަކަށް ހިތް ބިރުގަނެފައެވެ. ގޭގެ ދޮރުން ނުކުމެ ލޯވްން ތެރޭގައި ހިނގާލައިފައި ދިޔަ އިރު އަރީން ވިސްނަމުން ދިޔައީ އެ މެސެޖު ފޮނުވި ކާކު ކަމާއި މެދުގައެވެ. އަހުޒަމަށް ވެސް ވެދާނެއެވެ.
ގޭޓުން ބޭރަށް ނުކުތް އަރީން ހައިރާންވީ އެ ތަނުގައި ނުދަންނަ އަންހެނަކު ހުރުމުންނެވެ. “ތިއީ ކާކު؟” އަރީން އިސްވެ އެހިއެވެ. “ކަލޭ ހަމަ ހަނދާން ނެތީތަ؟ ޝަލްގެ މިތުރަކަށް ވީމަ ދޯ އަހަރެން ފާހަގަ ނުވެ ޝަލް ވަކިކުރަން އެނގެނީ. ސުންޕާ އަންހެނާ. ކަލޭ ޒަވިއަނާއި ދުރަށް ފެއްސިގެން ދޭ. ކަލެއަށް އެތައް ގޮތަކުން އަންގައިދީފަ އޮންނާނެ އޭނާއަށް ވައި އެޅިލައިގެން ވެސް ނުވާނެ ކަމަށް.” ޔޫލީން އަރީންގެ ކޮނޑުގައި ހިފާލަމުން އެއްޗެހި ކިޔައިގަތެވެ.
އަރީނަށް އެއީ ޔޫލީން ކަން އެނގުމުން އަނގަޔަށް ގޮތެއް ހަދާލެވުނެވެ. ސުކޫލުން ވަކިވުމަށް ފަހު ވެސް މި މީހުންގެ ކިބައިން ސަލާމަތް ވެވެނީއެއް ނޫނެވެ. “އެހެން ބުނެލަންތަ އަހަރެން ނެރުނީ؟” އަރީން އުޅުނީ އެނބުރި އެތެރެއަށް ވަންނާށެވެ. ޔޫލީން ހުށިޔާރުކަމާއި އެކު އަރީންގެ އަތުގައި ހިފާ ހުއްޓުވިއެވެ. އެއަށްފަހު އަރީން ރުޅި އަރުވާލެވޭތޯ އޭނާ އާއި ދިމާލަށް އަވަގުރާނު ގޮވަން ފެށިއެވެ. އަރީން މޫނުމަތިން އެއްވެސް އަސަރެއް ނުދައްކާ ހުރީއެވެ.
އަރީން ހިމޭނުން ހުންނާތީ ޔޫލީންގެ ގާތަށް ރުޅި އައެވެ. މި ޕްލޭން ވެސް ފަނުފުލުން ދަނީއޭ ހިތަށް އެރުމުން އޭނާއަށް ގޮށްމުއްކަވާލެވިއްޖެއެވެ. އޭނާ ހައިރާންވީ އެ ވަރަށް އަރީނަށް ނިސްބަތްކޮށް ދޮގުގެ މައްޗަށް ދޮގު ހަދައިގެން ވާހަކަ ދެއްކުމުން ވެސް އަރީންގެ ގާތަށް ރުޅި ނައުމުންނެވެ. “ކަލޭ ކީއްވެފަތަ ތި ހުންނަނީ؟ ޙަޔާތް ކުޑަ *****. ތިއީ އަފްޒަލަށް ނޭނގި ޔަނާލް ހޯދި ޙަރާން ދަރިއެއް. ކަލޭގެ ދޮންބެ ޔަޒާނަށް ބަނޑުބޮޑުވީމަ އެކަން ވަންހަނާ ކުރަން އެ ކައިވެނި ކުރެވުނީ ވެސް. ހަމަ އެ ****ގެ އުޅުންތާ މީނާ ވެސް ހުންނާނީ.” ޔޫލީން އެންމެފަހުން ބެހެން ފެށީ އަރީންގެ މައިންބަފައިންނަށެވެ.
“ހުއްޓާލާ! ކަލެއަށް ނޭނގޭ ވާހަކަ ނުދައްކާ މިތަނުން ދޭ.” އަރީނަށް ކެތްވީ އެ ހިސާބަށެވެ. އޭނާގެ އާއިލާގެ މީހުންނަށް ބެހޭ ނަމަ އޭނާ އަކަށް ހިމޭނަކުން ނުހުރެވޭނެއެވެ. އަތް ވީއްލައިފައި ޔޫލީންގެ މޫނު މަތީގައި އަރީނަށް ޖެހުނީ ވެސް ބޭއިޚްތިޔާރުގައެވެ. ޔޫލީން ޑްރާމާ ވެލަން ބިންމައްޗަށް ވެއްޓިގަތެވެ. އޭނާގެ މޫނުމަތީގައި މިހާރު ވަނީ މަކަރާއި ހީލަތުން ފުރިފައިވީ ހިނިތުންވުމެކެވެ. އަރީން އޭނާގެ މޫނުމަތީގައި އެ ޖެހީ އެންމެ ރަނގަޅު ވަގުތަށެވެ. ޔޫލީންގެ މަޤްޞަދު ޙާޞިލުވީއެވެ.
“އަރީން! ކަލޭ ކީކޭ ހިތަށް އަރައިގެންތަ ފެންނަހާ މީހަކަށް އަތް އިސްކުރަނީ؟ މަ ކިތައް ފަހަރު ބުނާނީ އަހަރެންގެ އަނބިމީހާގެ މަޤާމުގަ ހުންނައިރު އަހަރެންގެ އަގު ވެއްޓޭނެ ކަހަލަ އެއްވެސް ކަމެއް ކޮށްގެން ނުވާނޭ.” ޒަވިއަންގެ ހަރު އަޑު އަރީންގެ ކަންފަތުގައި ޖެހުމާއެކު އޭނާ ހުއްޓުން އެރިއެވެ.
“އަހަރެން ހިޔެއް ނުކުރަން ޒަވިއަންގެ އަންހެނުން މިހާ އަނިޔާވެރި ވެދާނެ ކަމަކަށް. ވިޔަފާރީގެ ވާހަކައެއް އަހާލަން އައިމަ ހެސްކިޔާފަ މޫނުމަތީގައި އެ ޖެހީ. އަހަރެންނަށް އެނގޭ ޒަވިއަން ތިއީ އަރީންގެ ޙައްޤެއް ކަން. އެކަމަކު ތިޔަހާ ވަރަށް ޕޮސެސިވް ނުވިޔަސް ވެދާނެ ކަންނެ.” ކަރުނަ އަޅަމުން ޔޫލީން މޮޅު ވާހަކައެއް ހަދާލިއެވެ.
އަރީން ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. އޭނާ ދައްކާ ވާހަކަ ޒަވިއަން ޤަބޫލު ނުކުރާނެ ކަން އެނގޭތީ އިތުރަށް ހިތުގައި ޖެހުނެވެ. ރުޅި އައިސްފިނަމަ ޒަވިއަން ބަދަލުވަނީ ނިކަން އަނިޔާވެރި ފުރޭތައަކަށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަރީން ބިރުން ތުރުތުރު އަޅަން ފެށިއެވެ. ދެން ޒަވިއަން އޭނާ ހަދާލާނެ ގޮތެއް އަންދާޒާ ކޮށްލަން ދައްޗެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.







Yay..Site refresh kollanikoh up vee!
Ihsaan has a good memory dhw! Konme 16 aku sumy e keveli alhaakan e sorah engeynee sumy aa dhimaalah evarah balaathee ehnu😂😹
Isse mihaaru vrh sus vejje dhw?
Isse ves vejje gaboolu kuran that he’s falling for her💗😂
Ahh!! Zev’s parents are getting this so wrong😭 areen vaa kulhadhaana kamun no one suspects😭
Yoolyn she wanna die??!!!
Zev then hageegatheh belumeh nethi reen ah aniya kuraanee ey😭😭
Anyways mi part hama best^3
When next?
Ly💗
Sumee aa hama rangalhah ves alhaiganefa Isse e hury 🤣🤣
IA Tomorrow
Shukran Your fav bab ✨✨
Lyt darl 🫶🏻🫶🏻
Vrh reethi mi part ves💗
Shukran Anonymous ✨✨
Aley white rose kehvetha abadhu areen ah dhera goivanee mi zev vx myhun dhahkaa vaahaka adhu ahaane vrh foohi😏 next part thankoleh dhigukoh dhehchy
Think well abt the title of this story, Dhevuny veyney. Ehenve abadhu he reen ah dhera kankan e vany, meege maigandu eh genre akee hithaaama 🤧🤧🤧
Eheney, maa bodah e fakeerah nafrathu kurany 😔😔
Shukran Aisha ✨✨
Mi part ves varah reethi. Sumayya ge sirrakee kobaibaa? Yooleen is soo evil. Zavian dhen areen ah trust kobbala pls. Areen eh nooney azaaya maraalee. Curiously waiting for next part???
Sumayya ge sirrakee kobaa baa 🤔🤔
Dhw, yooleen akee shaula ge best partner in crime ehnu, dhen ehvarakah nulafaa vaanethaa 😒😒
Keehkuraany, zev areen ah ehves varakah trust eh nukurey 😭😭
IA next Friday
Shukran Miss jennie ✨✨
r u yoon fan eh..??
v.salhi story<33
Yhh, she’s one of my fav authors 😅😅
Shukran gul ✨✨
I ge comment nulibey?
Adhi post nuve 😭
Very nice ❤
When next????
IA next Friday
Shukran 🌷 ✨✨
Mi part ves Vrh Reethi MA!!!
Areen ah Kihineh Baa hadhaany Zev….. Plzz Don’t hurt her…😣😭
Sumayya and Ihsaan is so funny 😂
Sumee haadha varugadha inzaareh edhinee ihusaan ah 😂
Curiously waiting for next part…….
Whn nxt…???????
Lysm and Tc my dear author 🖤🤗
Let’s see wht he do to her this time in the upcoming ep, stay tuned
Hehe, sumee men eii mi vhk ge comedians 😂😂
IA next Friday
Shukran Alaika_22 ✨✨
Lyt darl 🫶🏻🫶🏻
What’s your name white Rose?
My real name is Maryam, story cover ga ves eba innehnu 😅😅
Shukran Inernu 27 ✨✨
Keeh veyoa real name balan beynun v?😅
That’s non of your business ehnu @🌊
Just asked hama.. sorry 😞
Huhhh…!!!! So meege Fahun ehn Meehun ge kankamaa noolheyny Ingey 🦍😶