ދެވުނީ ވޭނޭ 32
“އޭނާ މަސައްކަތް ކުރަނީ އެއާޕޯޓުގަ ދޯ.” އަތް މުއްކަވާލަމުން ނާއިލް ބުނެލިއެވެ. ފޯނު ކަނޑާލައިފައި އޭނާ ހަރު ހިނގުމެއްގައި ގޮސް ކެބިނުން ނުކުތެވެ. އޭރު އެ މޫނުމަތީގައި ރަސްކަން ކުރަމުން ދިޔައީ އިންތިހާ ދަރަޖައިގެ ނުރުހުންތެރިކަމެވެ. އިމާރާތުން ނުކުމެގެން ގޮސް އޭނާގެ ކާރަށް އަރާ ދުއްވާލިއެވެ.
ކެބިން ކުރޫއިންނަށް ޚާއްޞަ ލޮކަރ ރޫމަށް ވަދެފައި ޝައުލާ އޭނާގެ އަތް ދަބަސް ނެގިއެވެ. ލޮކަރު ލައްޕާ ތަޅުލުމާއި އެކު އެ ތަނަށް ފިރިހެނަކު ވަދެ އެ ތަނުގައި ތިބި އެހެން މީހުން ނެރެފިއެވެ. ދެން އޭނާ ގޮސް ޝައުލާގެ ކަރުގައި ހިފާ ލޮކަރުގައި ޖައްސާލިއެވެ.
“ގޮތްކުޑަ އަންހެނާ! ކަލޭ ކީއްވެގެންތަ މަގޭ އަރީއަށް ބެހެނީ؟ ލައްކަ ދުވަހު ފަރުދާގެ ފުރަގަހުގަ އޮވެވިއްޖެއްނު. މަށަށް އެނގޭ ކަލޭ ކިތަންމެ ފަހަރަކު އަރީ މަރާލަން މަސައްކަތް ކުރި ކަން ވެސް. ލެބުގަ ރޯކޮށްލާފަ، އެކްސިޑެންޓް ކުރުވާފަ، އަބުރު ކަތިލާން މަސައްކަތް ކޮށްފަ. ކިހާވަރެއް ކޮށްގެންތަ ފުދޭނީ؟ ދެން އެ އަންހެން ކުއްޖާގެ ގައިގައި އިނގިލި ކުރި ޖައްސާލިއަސް ނިމުނީ.” ދަތްކުނޑި ވިކާލަމުން ނާއިލް އެއްޗެހި ގޮވައިގަތެވެ. ރުޅިން އެ ދެލޮލުން އަލިފާން ކަނި ބުރަމުން ދާ ކަހަލައެވެ. ޝައުލާ ކަޅި އަނބުރާލިއެވެ.
“*** **! ކައެ ކޮން ފުއްޕުމެއްތަ ތި ފުއްޕަނީ؟ ސައިޒު ކަޓައިގެން މަށާ ކުޅެން ނުވިސްނަބަލަ.” ނާއިލްގެ މޭގައި އަތް އަޅާ ކޮށްޕާލަމުން ޝައުލާ ފެލިގަތެވެ. މި އަމަލުން ނާއިލްގެ ރުޅިގަނޑަށް ޕެޓްރޯލް އަޅާލެވުނު ކަހަލައެވެ. “*****! މަ އަތުން މަރުވާ ހިތުންތަ ތި ވައްތަރަށް ތެޅެނީ؟” ޝައުލާ ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފަމުން ނާއިލް ހަޅޭއްލަވައިގަތެވެ.
“ހެހެހެ. އަރީއޯ! މަށާއި ދިމާލަށް ***ހެން އަންނަން ކަލޭ ތީ އެ ***ގެ ކާކުތަ؟” ޝައުލާ ނާއިލްގެ އަތުގައި ދަތް އެޅިއެވެ. “ސުންޕާ *** މައިތިރިވޭ. އަރީއަށް ތި މުޑުދާރު ދުލުން އެއްޗެހި ނުކިޔާ ހުރޭ. މަ މިއީ އަރީ ދެކެ ޙަޤީޤީ ލޯބި ވާ މީހެއް. ޒަވިއަން ކަހަލަ ލޯބީގެ އަގުވަޒަންކުރަން ނޭނގޭ *** ނޫން.” ނާއިލް ރައްދުގައި ބުނެލިއެވެ. ޝައުލާ ފެށީ ހޭށެވެ.
“އަރީން! ވޯހް ޔޫ އާރ އަމޭޒިން. ކަލޭ އެ އަންހެނާ ދެކެ ލޯބިވަންޏާ ކީއްވެގެންތަ އަހަރެންގެ ޒެވްއާއި އޭނާ ކައިވެނި ކުރިއަކަ ދިނީ.” ޝައުލާ އަތް ޖަހާލަމުން ނާއިލާއި ދުރަށް ޖެހުނެވެ. “އެ ކަންވެ ނިމުނު ފަހުން މަށަށް އެނގުނީ. މަ ބުނި ވާހަކަ އިވިއްޖެއްނު. ދެން އަރީއަށް ގޯނާއެއް ކޮށްގެން ނުވާނެ.” ނާއިލް އެއަށްފަހު އެ ތަނުން ނުކުމެގެން ދިޔައެވެ. ޝައުލާ ލޮކަރަށް އެތިފަހަރެއް ވީއްލާލަމުން ހުތުރު ބަސްތަކެއް އެ ދުލުން ބޭރުކޮށްލިއެވެ.
ޑިޔުޓީ ނިންމާފައި ގެއަށް ދިޔަ މަގުމަތީގައި ސުމައްޔާ އަރީނަށް ގުޅާލިއެވެ. އޭނާ އެދުނީ ބައްދަލުކޮށްލުމަށެވެ. އަރީން ގެއިން ބޭރަށް ނުދެވޭނެ ކަމަށް ބުނުމުން ސުމައްޔާ ބުނީ އެ ގެއަށް ދާނެ ވާހަކައެވެ. އެއަށްފަހު އަވަސް އަރުވާލަމުން އޭނާ އުޅޭ ޓަވަރާއި ދިމާލަށް ދިޔައެވެ. އެޕާޓްމަންޓަށް ވަދެ އާދައިގެ ހެދުން އަޅާލަމުން ސުމައްޔާ ތައްޔާރު ވެލިއެވެ. ޢަބްދުއްރަޙްމާނަށް ދާ ވާހަކަ އަންގާލައިފައި ސުމައްޔާ ނުކުމެގެން ދިޔައެވެ.
ރޯޝަނީގޭގެ ތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއި އެކު ސުމައްޔާ އަށް ކުރެވުނީ ތަފާތު އިހުސާސެކެވެ. އަޒާޔާގެ ހަނދާންތަކުން ސިކުނޑި ހިސޯރުވެގެން ދިއުމާއި އެކު އެ ދެލޯ ފެންކަޅިވިއެވެެ. އަދިވެސް އެ ފުރިހަމަ ސޫރަ ލޯ ކުރިމަތިން ފެންނަ ކަހަލައެވެ. އެ މައުސޫމް ކުއްޖާ ލޭކޮށާލެވިފައި އޮތް މަންޒަރު ހިތަށް ސިފަވުމާއި އެކު އެ ދެ އަތް މުއްކަވާލެވިއްޖެއެވެ.
ސަލާން ގޮވާލައިފައި އެތެރެއަށް ވަދެ ސުމައްޔާ ސިޑިން މައްޗަށް އަރަން ފެށިއެވެ. ފުރަތަމަ ފުލޯއަށް އަރައިފައި އޭނާ ޒަވިއަންގެ ކޮޓަރި ދޮރުގައި ޓަކި ޖެއްސެވެ. އެތެރެއިން ދޮރު ހުޅުވާލީ އަރީނެވެ. ދެމީހުން ގޮސް އިށީނީ ސޯފާގައެވެ. “ބޯލާނެ އެއްޗެއް ގެނެސްދެންތަ؟” އަރީން އިސްވެ އެހިއެވެ. “ނޫން. އަހަރެން މިއައީ ރީނާއި ވާހަކަ ދައްކާލަން. އަހަރެންނަށް ދޮގު ނުހަދައްޗޭ. މިއަދު ވެސް ވަރަށް ދެރަވެފައި މި ހުރީ އަރީން އަހަރެންނަށް ކަންތައްތަކެއް ސިއްރު ކުރާކަން އެނގުނީމަ.” ނިކަން އަސަރާއި އެކު ސުމައްޔާ ވާހަކަ ދައްކަން ފެށިއެވެ. އަރީނަށް އިސްޖަހާލެވުނެވެ.
“އަހަރެންނަށް މަޢާފުކުރޭ. އަސްލު ސުމީ ދުރުކޮށްލާކަށް ނޫން. ސުމީ ހާސްކުރަން ބޭނުން ނުވާތީ.” އަރީން ސުމައްޔާގެ އަތުގައި ހިފާލިއެވެ. އެއަށްފަހު އޭނާ ސިއްރުކުރަމުން އައި ވާހަކަތައް ކިޔައިދޭން ފެށިއެވެ. އެއިން އެއްވެސް ކަމެއް އެހެން މީހަކާ ހިއްސާ ނުކުރުމަށް ޝަރުތުކޮށްފައެވެ. އެ ހުރިހާ ވާހަކައެއް އަހައިފައި ސުމައްޔާ އިނީ ބަސް ހުއްޓިފައެވެ. އަރީންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލައިފައި ސުމައްޔާ އެ ހަށިގަނޑުގައި އޮޅުލައިގަތެވެ.
“ވަރަށް ލުއި ވެއްޖެ މި ވާހަކަތައް ކިޔައިދެވުނީމަ. އެކަމަކު ޒެވް، ނާއިލް ނޫނީ ޝައުލާ އާއި ވެސް ކުރިމަތިނުލާތި. އެ ކަހަލަ ކަންތައްތަކަށް ކެތްތެރިވާން ޖެހޭނެ. އެ މީހުންނަކީ އާދައިގެ ބައެއް ނޫން. ވަރަށް ނުރައްކާތެރި ބައެއް.” އަރީން ބުނެލިއެވެ. ސުމައްޔާ އަށް އޭނާގެ ތުންފަތުގައި ދަތް އަޅާލެވުނެވެ. އަރީންގެ ވާހަކަތަކުގެ ސަބަބުން އޭނާ ހުރީ ނާއިލްމެން ކޮށާ ކުދިކުދި ކޮށްލާނެހާ ރުޅިއައިސްފައެވެ. “ރީން ކީއްވެގެންތަ އެހާ ހިތްތިރިވަނީ؟ އެހެންވެޔޭ އެހާ ފަސޭހައިން އެ ކަހަލަ. އާރގް. ސައިކޯޕެތް ޔުނިވަރސިޓީން ދަސްވެނިވެފަ ތިބި ބަޔަކަށް އަހަރެން ޖެހެޔޭ އިތުރު ފިލާވަޅެއް ނަގައިދޭން. ރީން ބޭނުންނުވިޔަސް އަހަރެންނަށް ޖެހޭނީ މިކަން ރިޕޯޓު ކުރަން. ރީނަށް ރަނގަޅަކަށް އަހަރެން މިކަން މިކުރަނީ.” ސުމައްޔާ ބުނެލިއެވެ.
“ނޫން. ސުމީ ނުވާނެ މިކަން އިތުރު އެހެން މީހެއްގެ ކަންފަތާއި ހަމައަށް ފޯރިޔަދީގެނެއް. މައްސަލަ ހުށަހެޅިޔަސް އަހަރެން ހުންނާނީ ސުމީ އާއި ދެކޮޅަށް. މިކަމުގެ ތެރެއަށް ވަންނަން ނުވިސްނާ. އެހެންނޫނީ އަހަރެންނަށް ޖެހޭނީ ޢަބްދުއްރަޙްމާންބެގެ ވާހަކަ ވެސް އެހެން މީހުންނަށް ކިޔައިދޭން. ބޭބެ އެހާ ވަރަކަށް ސިއްރުސިއްރުން އުޅޭ ސަބަބެއް ވެސް އޭރުން އެނގިދާނެތާ.” އަރީން މިފަހަރު ދިނީ ކުޑަ އިންޒާރެކެވެ.
“ރީން! ކީއްވެ. ރީނަށް ރަނގަޅަކަށް ދޯ އަހަރެން މިހެން ބުނީ. ޒަވިއަން ކަހަލަ އަނިޔާވެރިއެއް ދެކެ ތި ވަނީ ކަނުލޯތްބެއް. އަމިއްލަ ނަފްސު އެކަމަށް ޤުރުބާން ކުރަން ޖެހޭތަ؟ ދެން ބައްޕަ މިތަނަށް ގެނައުން. މި ވަރުގެ ކަމަކަށް އަހަރެންގެ ބަލިފައިގައި ހިފަން ކެރުނީ ކިހިނެއް؟” ސުމައްޔާ ހިތްހަމަ ނުޖެހިފައި ބުނެލިއެވެ. “ސުމީ. އެކަމުން ވެސް އެނގެނީ އަހަރެން ޑެސްޕަރޭޓް ވެފަ ހުރި މިންވަރެއްނު. ހެޔޮނުވާނެ. ސުމީ މިކަން ސިއްރު ކޮށްދީ. މަންމަމެންނަށް މިކަން އެނގުނިއްޔާ… އެމީ..އެމީހުން. ޕްލީޒް މިކަން އެ މީހުންނަށް ނާންގާ.” އަރީންގެ އަޑުގައި މިފަހަރު ވަނީ މަޑުމޮޅިކަމެވެ.
“ދެން ވަރިހަމަ. އެކަމަކު އަޒާ މަރާލި އެއްޗެހިންތައް އިންސާފުގެ އަލިކަމަށް ނެރެން ރީން އެކަނި މަސައްކަތް ކުރާނެކަމެއް ނެތް. ދެމީހުން އެކުގައި އުޅުނިއްޔާ ފަސޭހައިން ކާމިޔާބު ވާނެ. އެކަމަކު ރީން ރަސްމީކޮށް އެ ކޭސްގަ މަސައްކަތް ނުކުރާތި. ތި ބުނާ ބުލޫ ވޯޓާސް އަކީ އާދައިގެ ބައެއް ނޫން. އެކަމަކު ފުރޭތަތަކާއި ކުރިމަތިލެވޭނީ އަހަރެމެން ވެސް ކޮންމެވެސް ވަރަކަށް ހީލަތްތެރިވެގެން. ކޮންމެ ފަހަރަކު ޤާނޫނުގައި އޮންނަ ގޮތަށް އަމަލެއް ނުކުރެވޭނެ. މާ އަވަހަށް އެ މަގުގައި ފިޔަވަޅު އެޅުމަކީ އަނދަ އަނދާ ހުރި އަލިފާންގަނޑަކަށް ފުންމާލުން ކަހަލަ ކަމެއް. އަހަރެމެން ކީއްކުރަން އަމިއްލަ އަތުން ދަން މަޅިއެއް ކަރަށް މަހަންވީ؟” ސުމައްޔާގެ މޫނުމަތީގައި މިހާރު ވަނީ މުޅިން ތަފާތު ކުލަވަރެކެވެ.
“އާނ. އަހަރެމެން ދެމީހުން ސިއްރިޔާތުގައި މަސައްކަތް ކުރަމާ ހިނގާ. އިރާދަ ކުރެއްވިއްޔާ މި ނުރައްކާތެރި ދަތުރު ނިންމާލާނީ ކާމިޔާބީގެ އައްސޭރިއަކަށް ވާސިވެފައި. ކަނޑުގަދަވެ ބިޔަ ރާޅުތަކުގެ ދަށުވެ އޮޑި ބަންޑުން ޖަހާލިޔަސް ހިތްވަރު އެލުވައެއް ނުލާނަން. އަޒާ މަރާލި ބަޔަކަށް ޙައްޤު އަދަބު ދޭނަން. އިންޝާ ﷲ” ސުމައްޔާގެ އަތުގައި ހިފާލަމުން އަރީން ޢަޒުމާއި އެކު ބުނެލިއެވެ.
“އަހަރެންނަށް އެންމެ އަވަހަށް ވެސް ކަމެއް ކުރެވޭނީ ތި ނުލަފާ ޒަވިއަންގަނޑެއް އަނބުރާ ރާއްޖެ އައިމަ. އޭނާ ދާހާ ތަނަކަށް އިލެވެން ގޮވައިގެން ދާން ޖެހޭތަ؟ އަޒާގެ ކޭސް ފައިލް ފުލުސް އިންޓެލްގަ ވެސް އިންނަނީ ރެސްޓްރިކްޓް ކޮށްފަ. ފުލުހުންނަށް ނޭނގި އެ ފައިލް ހޯދޭނީ އިލެވެންގެ އެހީގަ. ޕޮލިސް އިންޓެލް ވީމަ މި ޤައުމުގައި ހުރެގެން ހެކު އަރުވާލެވޭނީ.” ސުމައްޔާ ބުނެލިއެވެ. ދެން އެ ދެމެދުގައި މުޅީން ވެސް ދެކެވުނީ އެ ކޭސްގެ ވާހަކައެވެ.
އިވެމުން ދިޔަ ރިކޯޑިން އަށް ފުރިހަމަ ސަމާލުކަން ދީގެން އިން އަރީން ދޭތެރެއަކުން ނޯޓު ފޮތުގައި އެއްޗެއް ލިޔެލައެވެ. ލިވާޒާ އާއި އެކު އެ އެޕާޓްމަންޓުގައި އެ ދެމީހުން ތިބީ ބޭރަށް އަޑު އަރައިފާނެތީއެވެ. ތިލަ ގޮތަކަށް ބުނާނަމަ ކޭސްގެ ޢަދުއްވުންނަށް އެ ކުރާ ކަމެއް އެނގިދާނެތީއެވެ. “މިވަރުން ފުދޭނެ. ހީކުރީ ވަރަށް ވުރެ އަވަހަށް އެމީހުން އަތުއަޅުވާލެވޭނެ ވަރުގެ އެއްޗެއް ލިބިއްޖެ.” އަރީން އެ މޭޒުމަތީގައި ހުރި ފޮޓޯތަކަށް ބަލައިލަމުން ބުނެލިއެވެ. “އާނ. ދެވަނަ ދުވަސް މިއީ. އެކަމަކު ރީނަށް ކެރޭނެތަ އަހުޒަމާއި ކުރިމަތިލާން.” ލިވާޒާ އެއްސެވެ. “ޔަޤީނެއްނު. ކެނެޑާގައި އުޅުނު މިއަށްވުރެ ނުފޫޒު ގަދަ ނުބައި މީހުންނާ ދިމާކުރަން ޖެހުނޭ. ގޭންގް ލީޑަރުންނާއި ރަޙުމް ކުޑަ ސިޔާސީ ވެރިންނާއި މާފިޔާ ބޮސް ކަހަލަ އެތައް ބަޔަކާއި ކުރިމަތިލީން. ނަސީބަކުން ވަރަށް މަދުން ކްރިމިނަލްސް ޑިފެންޑް ކުރަން ޖެހުނީ.” އަރީން ވާހަކަ ދެއްކި އިރު އެ ދެލޮލުގައި ތަފާތު ވިދުވަރެއް އެކުލެވިގެން ވިއެވެ.
“އެހެންތަ. ރީން ކަހަލަ މަޑުމައިތިރި މިޒާޖެއްގެ ކުއްޖަކު އެ ވަރުގެ ކަމެއް ކުރަން ނުކެރިދާނެހެން ހީވީމަ. ބައެއް ކޭސްތަކުގައި މަސައްކަތް ކުރުން މި ވަނީ ހަނގުރާމައިގެ މައިދާނަކަށް ނުކުމެ ހަނގުރާމަ ކުރުން ކަހަލަ ކަމަކަށް ދޯ. ނުމޮށޭ ގުރާ ބާރަށް ދައިގަންނާނެކަން އެ މީހުންނަށް މިފަހަރު އެނގޭނެ.” ލިވާޒާ އަރީނަށް ތަޢުރީފުކޮށްލިއެވެ. އަރީން ހަމައެކަނި ހިނިތުންވުމަކުން ފުއްދާލީއެވެ. އޭނާއަށް މިހެން ކޭސްތައް ކާމިޔާބު ކޮށް ކްލައިއެންޓް ދިފާއުކުރަން ކޮންމެ ކަހަލަ ކަމެއް ވެސް ކުރެވިދާނެއެވެ. އެހެނަސް އަމިއްލަ ނަފްސުގެ ދިފާޢުގައި ކަމެއް ކުރުމަކީ މުސްތަޙީލުކަމެކެވެ.
“ބޭފުޅާ. މިފަހަރު ވެސް ޑުރަގު ޑީލަރަކާ ޖެހިފަ މިއޮތީ. އެންމެ ބޯ ބޮޑު ޒާތުގެ ވިޔަފާރިވެރިން. އުބައިދު ޝާފިއު ދެން މި ދަހުލާނެކޭ ކިޔާ ސޮރަކު” ސުމައްޔާ ކްރައިމް ޔުނިޓަށް ވަންނަމުން ބުނެލިއެވެ. އޭނާ އާއި އެކު މީޓިން އަށް ދިޔަ އެހެން ފުލުހުން ވެސް އައިސް އެތެރެއަށް ވަނެވެ. “ކީއްކުރާނީ. މަސްތުވާ ތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރާ މިންވަރު ދުވަހަކަށް ވުރެ ދުވަހެއް އިތުރު ވަމުން މި ދަނީ.” އަފާފް އޭނާގެ ގޮނޑީގައި އިށީންނަމުން ބުނެލިއެވެ.
“އޭ ފަތަފޮޅިޔާ! އެ ދަހުލާނުގެ ބެކްގްރައުންޑް ޗެކް ހަދާފަ މަށަށް މައުލޫމާތު ދީ.” ކެބިނަށް ވަނުމުގެ ކުރިން އިޙުސާނު ބުނެލިއެވެ. ސުމައްޔާ އަނގަޔަށް ވައްތަރެއް ޖައްސާލައިފައި އެ މަސައްކަތުގައި މަޝްޣޫލުވެލިއެވެ. ހިތްހަމަޖެހޭ ވަރު ވުމުން ޕެން އަކަށް އެ ހޯދި މައުލޫމާތު އަޅައިފައި ގޮނޑިން ތެދުވިއެވެ. ކެބިނަށް ވަދެފައި އޭނާ އެ ޕެންޑްރައިވް މޭޒުމަތީގައި ބޭއްވިއެވެ. “އަން މިއޮތީ…” ސުމައްޔާ ވާހަކަ ދައްކަ ދައްކާ ހުއްޓާ އިޙުސާނު އެންގީ ދެން އެތަނުން ނުކުންނާށެވެ.
“މަ އެބަ ވާހަކަ ދައްކަމޭ. އަހަރެންގެ ކެވެލި ދީ!” މޭޒު ވަށާލައިފައި ގޮސް އިޙުސާނު އިން ގޮނޑީގައި ހިފާ އަނބުރާލަމުން ސުމައްޔާ ބުނެލިއެވެ. “މަ ނޫޅެން އެ ދޭކަށް.” އިޙުސާނު ދެކޮޅު ހެދިއެވެ. “ކޮން ކަމެއް ބޭނުންވެގެންތަ ތިއުޅެނީ؟ ދޭށޭ ބުނީމަ ދޭންވީ. އެއީ ކަލޭގެ އެއްޗެއް ނޫން.” އިޙުސާނަށް އަލިފާނުގެ ނަޒަރެއް ދެމުން ސުމައްޔާ ބުނެލިއެވެ. “ކެރެންޏާ އަތުލަބަލަ. ކީއްކުރާނީ؟ މިފަހަރު ވެސް ސެކްޝުއަލީ ހެރޭސް ކުރާނީތަ؟” އިޙުސާނު އަނގަމަތީގައި އަތް އެޅިއެވެ. މިއާއި އެކު ސުމައްޔާ އަށް އެ ގޮނޑިން އަތް ދޫކޮށްލެވިއްޖެއެވެ. ‘އެ’ ރޭގެ މަންޒަރުތައް ސިކުނޑީގައި ކުރެހިގެން ދިއުމާއި އެކު އެ ދޮން މޫނަށް ރަތް ކުލަ ފާއްދާލައިފިއެވެ.
“އުންމަތުލް ވަބާ! އެ ވާހަކަ ނުދައްކާށޭ ބުނެފަ ދޯ އޮންނާނީ. ކަލޭ މައިތިރިކުރެވޭނެ އެހެން ގޮތެއް ނެތީމަ މަށަށް މަޖުބޫރުވީ. ވާހަކަ ނޯޅުވާ އެ ކެވެލި ދޭންވީ.” ތުން ފިއްތާލައިފައި ސުމައްޔާ މަޑުމަޑުން ބުނެލިއެވެ. އިޙުސާނު ތެދުވެފައި ސުމައްޔާގެ ދެފަރާތުން މޭޒުގައި އަތް އަޅުވާލިއެވެ. އަދި ސުމައްޔާ މޫނުގައި ހިފާލަމުން ހަތަރު ކަޅި ހަމަކުރުވިއެވެ. “އެހެންވިއްޔާ ފަތަފޮޅި މައިތިރި ކުރަން ވެސް އެހެން ހަދަން ވީތަ؟” އިޙުސާނުގެ ހޫނު ނޭވާ އިޙުސާސްވުމުން ސުމައްޔާ އަށް ދެލޯ ބޮޑު ކޮށްލެވުނެވެ.
“އޯހް މައި. ދީސް ޕީޕަލް ފްލާރޓިން އިން ބްރޯޑް ޑޭ ލައިޓް.” ޒައިންގެ އަޑު ކަންފަތުގައި ޖެހުމާއެކު އިޙުސާނު ދުރަށް ޖެހިލިއެވެ. ސުމައްޔާ އެ ކެބިނުން ނުކުތީ ދުވެފައެވެ. އޭރު ވެސް އެ ހިތް އަރަބި އަހެއްހާ އަވަސް ވެފައި ވިއެވެ.
“ޒޮންބީ ތި ލޯ މަތިން އަތް ނަގާބަލަ. މަ ކަމެއް ނުކުރަމޭ.” އިޙުސާނު އިސްތަށިގަނޑަށް އަތް މަހާލަމުން ބުނެލިއެވެ. “އިއްސޭ ސޫމޯ އަށް އެހާ ވަރަށް ހިތް ކީތަ؟ މިހާރު ހީވަނީ ދެމީހުން ރައްޓެހިވެގެން އުޅޭހެން.” ޒައިން ލާނެތް ގޮތަކަށް ބުނެލިއެވެ. “ވަޓް. ތި ސިފަކުރެވެނީ މުޅިން އިދިކޮޅަށް. އަހަރެމެންނަކީ ޒަމާނުއްސުރެ ދެކޮޅުވެރި ހަތުރުން. އެ ފަތަފޮޅިގަނޑާ އެކު އެއް ޓީމެއްގައި މަސައްކަތް ކުރަން ޖެހުނީމަ ކޯޅޭ މިންވަރު ވެސް އިތުރުވާނެއްނު.” އިޙުސާނު ރައްދުގައި ބުނެލީ ކަނޑައެޅިގެން ބޮޑު ދޮގެވެ. ޤަބޫލުކުރަން ދަތިވިޔަސް އޭނާއަށް ސުމައްޔާ ދެކެ ލޯބިވެވިއްޖެއެވެ.
“އަރީން؟ ކަލޭތަ އަހަރެންނާ މިހެން ބައްދަލުކުރަން ބުނީ.” ކުރިމަތީގައި ހުރި ގޮނޑީގައި އަރީން އިށީނުމާއި އެކު އަހުޒަމް ސިހުނެވެ. އަރީން ހިނިތުންވެލައިފައި އޭނާގެ ދަބަހުން ފޮޓޯތަކެއް ނަގާ މޭޒުމަތީގައި ފަތުރާލިއެވެ. އެއިން ފެނުނު މަންޒަރުތަކުން އަހުޒަމްގެ މޫނު ހުދުވިއެވެ. އަރީން މޭޒުމަތީގައި އޭނާގެ ފޯނު ބާއްވާފައި އޯޑިއޯ ރިކޯޑިންއެއް އަޅުވާލިއެވެ. “މި…މި ކޮން އެއްޗެއް؟ ކިހިނެއް ހޯދި އެއްޗެއް؟” ހާސްވެފައި ހުރި ވަރުން އަހުޒަމަށް ވާހަކަ ދެއްކުނީ ވެސް އުނދަގުލުންނެވެ. ހިނދުކޮޅެއްގެ ތެރޭގައި ދާހިއްލައިފައި މީހާ ތުރުތުރު އަޅަން ފެށިއެވެ.
“މާގިނަ ދުވަސް ވަންދެން އެއް ކޭހެއްގައި ވަގުތު ބޭކާރު ކުރާކަށް އަހަރެން ބޭނުމެއް ނޫން. މައްސަލައިގެ ދެވަނަ އަޑުއެހުމެއް އޮންނާނެ ދުވަހެއް ވީހާ ވެސް އަވަހަކަށް ހަމަޖައްސާ. މި ތަކެތި ޚަބަރުފަތުރާ މީހުންނަށް ހަދިޔާ ކުރަން ބޭނުން ނޫނިއްޔާ އެކަން ކުރޭ. އެންމެ ލަސްވެގެން މިއަންނަ އާދީއްތަ ދުވަހު އެ އަޑުއެހުން އޮންނަން ޖެހޭނެ.” އަރީން ހަރުކަށި ގޮތަކަށް އަމުރުކޮށްލިއެވެ. އަހުޒަމަށް ދެކޮޅަށް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. އަރީނަށް އޭނާގެ މަގުސަދު ހާސިލު ވުމުން ފޯނު ހިފައިގެން ނުކުމެގެން ދިޔައެވެ. އަހުޒަމް އެ ފޮޓޯތައް ނަގައިފައި އިސްތަށިގަނޑުގައި އެއްއަތުން ހިފަހައްޓާލީ ވާން އަރާނެ ވަރަށެވެ.
އަށެއް ޖަހަން ވާއިރަށް މިއަދު ވެސް އަރީން ލޯވް ފާރމުން ނުކުތެވެ. ކޮނޑުގައި އަޅުވާލެވިފައިވާ ދަބަހުގެ ވާކޮޅު އަތަށް އޮޅަމުން އޭނާ އިންތިޒާރުކުރަމުން ދިޔައީ އިޙުސާނު އަންނާނެ އިރަކަށެވެ. އެ ވަގުތު އޭނާ ހުރި ދިމާލަށް އައިސް ހުއްޓާލީ އެހެން ކަޅުކުލައިގެ ކާރެކެވެ. އަރީނަށް ދެއަތް އެލުވާލެވުނެވެ. ފަހަތަށް އެއް ފިޔަވަޅު އަޅާލެވުނެވެ. އެއީ އެހެން ދެވަނަ ކާރެއް ނޫނެވެ. ޒަވިއަންގެ ކަޅުކުލައިގެ ލައިޓްނިން އެވެ. ފުން ނޭވާއެއް ލައިފައި އަރީން ހަމަޖެހިލިއެވެ. އެއަށްފަހު އޭނާ ގޮސް ކާރަށް އެރިއެވެ.
ކޮޓަރިއަށް ވަދެވުމާއި އެކު އަރީން އެންމެ ފުރަތަމަ ވެސް އޭސީގެ ފިނިމިން ފަންސަވީހަށް ލީއެވެ. މިރޭ އެ ސޮރު ނިދަން އަންނައިރު އެ ފިނިކަން ނެތިއްޔާ ރުޅި އަތުވެދާނެއެވެ. އެ ވަގުތު އިވުނީ ކޮޓަރީގެ ދޮރު ހުޅުވާލި އަޑެވެ. “މި އަންޕެކް ކުރޭ!” ކޮޓަރި ތެރެއަށް ފޮށި ލައިފައި ޒަވިއަން ދޮރު ލައްޕާލިއެވެ. އަރީން ގޮސް އެ ފޮށީގެ އަތްގަނޑުގައި ހިފާ ދަމާލިއެވެ. “ހުޅުމާލެ އައިސް އެންމެ ފުރަތަމަ އަހަރެން ބަލައި ކަންނެ އެ އައީ. ނަސީބެއް ނިދަން އެރުމުގެ ކުރިން އައިކަން.” އަރީނަށް ހިތާހިތުން ބުނެލެވުނެވެ.
ޑިޔުޓީ ނިންމައިފައި ގެއަށް ވަދެވުމާއި އެކު ސުމައްޔާ ގޮސް ސޯފާއަށް ވެއްޓިގަތެވެ. ވަރުބަލިފިލުވާލުމަށް އިރުކޮޅަކު އެހެން އޮވެފައި އޭނާ ކޮޓަރިއަށް ވަނެވެ. އޭނާ ނިދަން އެރީ ފެންވަރާލުމަށް ފަހުގައެވެ. އޭސީ ފިނިގަދަ ކޮށްލައިފައި ސުމައްޔާ އޭނާގެ ފޯނު ނެގިއެވެ. އެ އެލާމަށް ޖެއްސުމަށް ފަހު ސައިޑް ޓޭބަލް މައްޗަށް ލިއެވެ. އަރާމު ފޮނި ނިންޖަކަށް ދަހިވެފައި ހުރެ އޭނާ ދެލޯ މަރާލިއެވެ. އެހެނަސް އެ ހުވަފެނީ ޢާލަމަށް ދަތުރުކުރެވެން ވާއިރަށް ފޯނު ރިންގުވާން ފެށިއެވެ. ސުމައްޔާ ފޯނު ނަގާކަށް ބޭނުމެއް ނުވިއެވެ. އެއަށްވުރެ ބޮޑަށް އޭނާ އެ ހުރީ ލޮޑުވެ ނިދި ބޮލަށް އަރައިފައެވެ.
“ޕިސްޕިސް. ކާކުތަ މި ގަޑީގަ މަށަށް ދުއްޕާން ކުރަނީ؟” ސުމައްޔާ ކުދިކިޔައިގަނެފައި ފޯނު ނެގިއެވެ. އޭނާ އަށް ކޯލާ އައިޑީ ފެނުމާއި އެކު އެ ދެލޮލުގައި ތެރަސްގަނޑެއް ހެން ތަތްވެފައިވީ ނިދިގަނޑު ހަވަޔަށް އަރައިގެން ދިޔަ ކަހަލައެވެ. ދަތްޕިލަ ދިލުވާލަމުން ފޯނު ނަގައިފައި ކަންފަތުގައި ޖެއްސެވެ.
“ވަރަށް ބޮޑަށް ޝުކުރިއްޔާ. އުންމީދު ކުރަން މި ސިއްރު ދަމަހައްޓަދޭނަކަމަށް.” ސުމައްޔާ ފޯނު ކަނޑާލީ ދެތިން މިނެޓް ވާންދެން ވާހަކަ ދައްކައިފައެވެ. އެއަށްފަހު އެ ފޯނަށް ފޮނުވައިފައިވީ ފައިލްތައް ލެޕަށް ޓްރާންސްފާ ކޮށްލައިފައި ފޯނުން އެ ހުރިހާ އެއްޗެއް ފުހެލިއެވެ. ލެޕުން އެއް ފައިލް ހުޅުވާލައިގެން އިނދެ ދިރާސާ ކުރަމުން ދިޔަ ގޮތް ފެނިފައި އެއީ ދެންމެ ނިދި އައިސްގެން އުޅުނު ކުއްޖެކޭ ނުބުނެވޭނެއެވެ. ހިތްފުރޭވަރު ވުމުން އޭނާ ދެވަނަ ފައިލް ހުޅުވާ ބަލާ ދިރާސާ ކުރިއެވެ. ބަލަމުން ދިޔަ ވަރަކަށް އޭނާގެ ހައިރާންކަން އިތުރުވަމުން ދިޔައެވެ.
“ނޯވޭ! އިމްޕޮސިބަލް.” ސުމައްޔާ އަށް ޤަބޫލެއް ނުކުރެވުނެވެ. ދެފައިލް އެއްކޮށް ހުޅުވާލައިފައި އޭނާ އަނެއްކާވެސް ފުން ނަޒަރެއް ދިނެވެ. އެއާއެކު އޭނާގެ ހީ ޔަޤީނަށް ބަދަލުވެގެން ދިޔައެވެ. އެ ފޮޓޯތައް އަޅާ ކިޔަމުން ދިޔަ ވަރަކަށް އެ ބައެއްގެ އިންސާނިއްޔަތުކަން ނެތް މިންވަރު ފެނި އެ ދެލޮލުން ކަރުނަ ހިލުނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.







Mi part ves Vrh Reethi MA!!!! 😍
Curiously waiting for next part….. Whn nxt?????
Lov u 🤗❤️
Appreciate your hard work 😍
By the way Im first……..
IA next Thursday
Yh, u first 😄😄
Shukran Alaika_22 ✨✨
Lyt darl 🫶🏻🫶🏻
Mi part vx varah Reethi Masha Allah…
Hama Shaula dhw E eee, I knew itt, hehe 😅finally, Reen hurihaa ehcheh Sumee ah kiyai dheefi dhw, 😌 Sumee ge bappa keeh kuri vaahaka baa reen E kiyany??🤔 Sumee aaa reen ah thikan vaane, Azaa ah insaafu hoadhaafa noony nuhuttaathi, Azaa ah insaafu Libeyne IA💪 Aan ekey Ihusaanooo, thi dhemeehun thee zamaanuh sure vx dhekolhuveri hathurun, ekan eba gaboolu kuramey, dhn thiya hithuga sumee ah oiiyy Loabi vx gaboolu kobbala, 😭🤣😂 Sumee ah vx Ihusaan dheke Loabi vevuny thwche,😅 Sumee ah e libuny Azaa maraali meehunge file tha??? Soo curious 🧐
When Next?? Curiously waiting for the next part.. Appreciate your hard work 🥰💗
Lysm White Rose 🤍
Yup, Shaula ah e vee, Shiu rangalheenun guess kuran 😄😄
Neyngey dhw, konmeves kameh sirru kuraa vhk ehnu buny 🧐🧐
Dhw, loabi vaakan gaboolu kuraany kon irakun baa
Let’s wht file she received in the next ep, stay tuned.
Shukran Shiu ✨✨
Lyt darl 🫶🏻🫶🏻
Mi part vx vrh reethi maasha Allah.. sumayya and ihusaanu ulhey goi sooo funny😭😭😭.. areen ah thi case kaamiyaabu vaane iraadha kurehviyya.. waiting for the next part.. lyssm💜
Yeaa, sumee men eii hama comedy ah 1 vana
Shukran Maash ✨✨
Lyt darl 🫶🏻🫶🏻
vrh reeti mi vhk…when is next part
IA next Thursday
Shukran Anonymous ✨✨
Hi white Rose!!
Vrh Reethi mi part vess.. So curious…. Curiously waiting for next part… When next…..
Love you my darll💗
Hii 😄
IA next Thursday
Shukran Ahu ✨✨
Lyt darl 🫶🏻🫶🏻
This part is on fire MA!! 😍
Naseebehnu reen hurihaa ehcheh sumee ah kiyaidhin kan vx anehka sumee ge bahppa ge Kon vhk eh baa…🤔 Sumee aa reen aa dhemeehunah azaa ah insaaf hoadheyne IA ❤️☝🏻 Ihsaan Adhives gaboolu kuraakah noolhey dhw hama sumee dheke loabi vevunu kamakah 😅…. Dhen Enemies to lovers ah kanne vaany hehe… Sumee ah e libunee azaa maraali meehunge File kanne omg so curious to know what happens next?? Curiously waiting for the next part when’s next??????
BYEE
Lysmm & Tc 🤞❤️
Yeaa, reen enme fahun kiyaidheefi.
Sumee bappa ge secret akee kobaikan kuri ah huri baithakun balamaa hingaa, stay tuned.
Hehe, e dhmeehun hama ammilla feelings accept nukurany 😅😅
Azaa ge file ah vumakee ves oiy possibility eh, wht could it actually be 🤔🤔
IA next Thursday
Shukran Shaba_73 ✨✨
Lyt darl 🫶🏻🫶🏻
Mi part ves vrh reethi MA❤️❤️
Finally nail did something good, bro kairi bunaathi keep threatening shaula eyy😁
Reen nasesbeh soomoa AA vhk thah hissaa kollikan!!!
Now freaking waiting for the day soomoa and reen azaa ah insaafu hoadha dheyne dhuvahakah😭
Alhe zain e vattaalee enme nubai vaguthah😭 isse was about to fullfil his longing dream eyy
😭🤣🤣
Soomoa e vattaalee kon file akah the??
Waiting curiously for the next part!!!
When next?
Lysm❤️❤️
Yeaa, adhi kiriyaa kuda ves rangalhu kameh kurevuny
Let’s see if they will be able to succeed with that plan.
IA next Thursday
Shukran Your fav bab ✨✨
Lyt darl 🫶🏻🫶🏻
amaizingggaa
Shukran iiyerrnnns ✨✨
Mashallahmi aprt vx vrhsalhi as usual
When’s next?
IA next Thursday
Shukran Li missy ✨✨
Mibai ves varah salhi
Curious kohlaafa dho thi ninmaaly
I’m curiously waiting for the next part
When next??
Hehe, gina faharu nimmalany cliffhanger akah
Mihaaru mi submit kohlany
Shukran Diva_gurly ✨✨