Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވުނީ ވޭނޭ 39

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
January 27, 2026 14 Mins Read
34 Comments

ސުމައްޔާގެ އަތުގައި ހިފާ ލޮނުގަނޑު މައްޗަށް އުފުއްލާލަމުން އިޙުސާނު އެއްގަމާއި ދިމާލަށް މިސްރާބު ޖެހިއިރު އެ ހިތް ދިޔައީ ޑަންޑަޑަން ލައިފައި ތެޅެމުންނެވެ. އަނދިރީގެ ތެރެއިން ވެސް ސުމައްޔާގެ މޫނުން ކުލަ އޮއްސިފައި ހުރިކަން ފާހަގަވެއެވެ. ލަސްވެފައިވީ ސުމައްޔާގެ ނޭވާ ހުއްޓުމަކަށް އައުމުން އިޙުސާނުގެ ދެލޮލުން ތާޒާ ކަރުނަ އޮހޮރެން ފެށިއެވެ. ކޮށި ދައްޗަކުން މޭގައި އަޅުވައި އޭނާގެ ހިތް ހަށިގަނޑާ ވަކިކޮށްލި ނަމަވެސް އެވަރުގެ ވޭނެއް އިހުސާސް ކުރެވޭނެކަމާމެދު އޭނާއަށް ޝައްކެވެ.

އިޙުސާނު އެ ހަށިގަނޑު ދޮންވެލިގަނޑު މަތީގައި ބާއްވައިފައި ލަސްނުކޮށް ސީޕީއާރް ދޭން ފެށީ އެ ފުރާނަ ސަލާމަތް ކުރާން ބޭނުންވެފައި ހުރި ވަރުންނެވެ. “ސޫމޯ އަވަހަށް ތި ދެލޯ ހުޅުވާ. ހެޔޮ ނުވާނެ.” ހުއްޓުމެއް ނެތި ސީޕީއާރް ދެމުން ދިޔައިރު އިޙުސާނުގެ ދެލޮލުގައި ވަނީ ބަޔާންކުރަން ދަތި އަސަރެކެވެ.

ކޮށި އަރައިގަނެފައި ސުމައްޔާގެ އަނގައިން ލޮނު ބޭރުވާން ފެށުމުން އިޙުސާނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ސުމައްޔާ ރަނގަޅަށް ނޭވާ ލާން ފެށުމުން ލިބުނު އުފަލުގައި އިޙުސާނަށް އެ ހަށިގަނޑުގައި ބާރަށް ބައްދާލީ ދުވަހަކު ވެސް ދޫކޮށްނުލާނަމޭ ބުނާ ފަދައަކުންނެވެ.

“އަލްޙަމްދުލިއްލާހި. އަލްޙަމްދުލިއްލާހި.” އިޙުސާނު އެހެން ބުނެ ދުރަށް ޖެހިލަމުން ސުމައްޔާގެ ކަރުގައި އަޅުވާލެވިފައިވާ ދަން މަޅީގައި ވަޅި އަޅާ ނައްޓާލީ ވަރަށް ބަލައިގެންނެވެ. އެއީ ސުމައްޔާ އަށް އިތުރު އަނިޔާ އެއް ލިބުނަކަ ނުދޭށެވެ. “މިހާރު އޯކޭތަ؟ އެ މީހުން އެހެން އަނިޔާއެއް ދިންތަ؟ ކިހިނެއްވީ ކަމެއްތަ؟” ސުމައްޔާގެ ދޮން މޫނުގައި ހިފާލަމުން އިޙުސާނު ސުވާލު ކުރަން ފެށިއެވެ. އެ ނަޒަރު ސުމައްޔާ އަށް އަމާޒުވެފައިވީ އިރު އެ ދެލޮލުން ފާޅުވާން ހުރީ ނިމުމެއް ނެތް ލޯތްބެކެވެ.

“ޝުކުރިއްޔާ އިއްސޭ. ވަރަށް ބޮޑަށް ޝުކުރިއްޔާ. އަހަރެންގެ ފުރާނަ ތިޔަ ސަލާމަތްކޮށްދިނީ.” އިޙުސާނުގެ ކަނދުރާގައި ދެއަތް އަޅުވާ ތިރިކޮށްލަމުން ސުމައްޔާ ބުނެލިއެވެ. މިރޭ އިޙުސާނު ނައިނަމަ އޭނާގެ ފުރާނަ ފަނާވަނިވި ދުނިޔެއާ އަލްވަދާޢު ކިޔުމަކީ ވެސް ގާތުގައިވީ ކަމެވެ. ހަމަގައިމުވެސް މިރޭ ސުމައްޔާގެ ހިތުގައިވީ ގޮތް ނޭނގޭ އިހުސާސް ފުންވެގެން ހިނގައްޖެއެވެ. އިޙުސާނަށް ޓަކައި އެ ހިތުގައިވީ ޚާއްސަ މަޤާމު މަތިވެގެން ހިނގައްޖެއެވެ. ޖަޒުބާތީވެފައިވީ ވަރުން އޭނާ އަށް އެހެން އޮވެވުނީއެވެ. ދޮންވެލިގަނޑުމަތީ ވެއްޔާ ތަތްތެޅިފައި ވިއެއް ކަމަކު ތެދުވަންނާކަށް ގަސްތެއް ނުކުރެއެވެ. އިޙުސާނު ވެސް އެއްޗެއް ނުބުނެ އޮތީ ސުމައްޔާގެ ގާތުގައި ވާން އެ ބަސްނާހާ ހިތް އެދޭ ވަރުންނެވެ.

“ކޮން ނުލަފާ ***ތަ މި ކަން ކުރީ. ބުނޭ. މަ އެ **ންތަކަށް ފިލާވަޅެއް ދީފަ ޖަލު ގޮޅިއަށް ގަޅާލާނަން.” އިޙުސާނު އެހެން ބުނެލީ އިރުގަނޑެއް ފަހުންނެވެ. މި އަޑު އިވިފައި ސުމައްޔާ އަށް ހަމަ ބިމަށް އާދެވުނު ކަހަލައެވެ. އެ ސޮރު ދުރަށް ކޮށްޕާލައިފައި އޭނާ ކޮޅަށް ތެދުވެއްޖެއެވެ. މި އަމަލުން އިޙުސާނަށް ތުން އޫކޮށްލެވުނެވެ. އެ ލޮބުވެތި ވަގުތު ނިމުމަކަށް އަންނަން އެ ހިތް ނުރުހުނީއެވެ.

“ސީދާކޮށް ކޮންބައެއް ކަމެއް ނޭނގޭ. ޝައްކުކުރެވޭ ބަޔަކު އެބަތިބި. އެކަމު އެމީހުން އަތުލައިގަންނަން އިންވެސްޓިގޭޝަނެއް ފަށައިގެން މަސައްކަތް ކުރުމަކީ މިނިކާ ޖަނަވާރު ތަކެއްގެ ގާތަށް ދިއުން ކަހަލަ ކަމެއް. ހަމަ އެހާ ވެސް ނުލަފާ، ރަޙުމް ކުޑަކަމުގަ ހައްދުން ނައްޓާފަ ތިބި ބައެއް. ފެނޭތަ. މިހިރީ އެމީހުން ނުރުހޭ ކަމެއް ކޮށްލީމަ ޖައްސާ ހާލު. ސިސްޓަމް އެމީހުންނަށް ވިކިފަ ހުއްޓަ އެމީހުން ބަންދުކުރުމަކީ ވާނެ ކަމެއް ނޫން. ބޭރުފުށުން މަތިއޮމާން ކޮށްގެން ބްލޫ ވޯޓާސްގެ ވެރިން ހިންގާ ޖަރީމާތައް މިއީ. އެމީހުން މި ގެންގުޅޭ ގޮލައިންތައް ހަމަ ބުނާހާ ކަމެއް ކުރޭ. ގޭންގް ބަޔަކަށް ސަޕޯޓް ކޮށް އެމީހުންގެ ބޭނުން ހިފަނީހެން ވެސް ހީވޭ. ދެން ޔަޤީނެއްނޫން. މި ކަމުގަ އުޅެނީ އެ ބްލޫ ވޯޓާސްގެ ސީދާ ކޮން ބައެއް ކަން އަދި ނުހޯދޭ.” ސުމައްޔާ އިޙުސާނުގެ ސުވާލުތަކަށް ރައްދެއް ދިނެވެ. އެއަށްފަހު އޭނާ އިޙުސާނާއި ދުރަށް ހިނގައިގަތީ އިތުރަށް އެ މައުޟޫ އަށް ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ.

ވެހެމުން ދިޔަ ވާރޭގެ އަޑަކީ ސުމައްޔާގެ ކަންފަތަށް މިޔުޒިކެއް ކަހަލައެވެ. ނަފްސް ހަމައަކަށް އަޅުވާލުމުގެ ނިޔަތުގައި ވާރޭ ތެރޭގައި އެނބުރެން ފެށިއެވެ. ކުޑަ އިރުއްސުރެ ވާރެއާއި ތެމުމަކީ އޭނާ ވަރަށް ގަޔާވާ ކަމެކެވެ. ވާރެއާއި ތެމިލުމުން ކިތަންމެ ދެރަވެފައި ހުއްޓަސް އެ ހިތަށް ހަމަޖެހުން ލިބެއެވެ.

ކުޑަ ކުއްޖެއް ހެން ވާރެއާއި ސަމާސާ ކުރަމުން ދިޔައިރު ސުމައްޔާގެ މޫނުމަތީގައި ވަނީ އަޖައިބު ކުރަނިވި ހިނިތުންވުމެކެވެ. ވާރޭ ޕަރީއެއް ހެން ނަށާލަ ނަށާލާ ހުރި ސުމައްޔާ އަށް ގެއްލިފައި އިޙުސާނަށް ހުރެވުނީ ކިހާ އިރެއް ވާންދެން ކަމެއް ވެސް ނޭނގެއެވެ.

“އޭތް ފަތަފޮޅިޔާ ހަމަޖެހިބަލަ. ދެންމެއެއްނު މަރުގެ އެތިފަހަރަކުން ތިޔަ ސަލާމަތްވީ. ހިނގާބަލަ ހަސްފަތާލަށް ދާން.” އިޙުސާނު ތެދުވެ ގޮސް ސުމައްޔާގެ އަތުގައި ހިފާ ގާތަށް ދަމާލައިފިއެވެ. ހާސްކަމާއި ކަންބޮޑުވެފައި ހުރި ކަމުގެ އެ ނަޒަރުން ސުމައްޔާގެ ހިތުގެ ހަމަޖެހުން ނަގާލައިފިއެވެ. ކަޅި ޖަހާ ނުލާ އޭނާ އަށް ވެސް ބަލަހައްޓައިގެން ހުރެވުނީިއެވެ.

“މި… މިހާރު އަހަރެން ރަނގަޅޭ. އެ މީހުން އަހަރެންނަށް ޒަޚަމުވާނެހެން އެ..ހާ ވަރަކަށް އަނިޔާއެއް ނުކުރޭ. ވަ… ވަރަށް ދުވަސް ފަހުންނޭ ވާރެއާއި ތެމިލާނެ ފުރުސަތެއް މި ލިބުނީ.” ހާސްކަން ވަންހަނާކުރެވޭތޯ ހިނިގަނޑެއް ޖަހާލައިފައި ސުމައްޔާ ވާހަކަ ދެއްކި އިރު ދެފަރާތަށް ކަޅި ހިންގަމުން ދިޔައެވެ. “ޔަޤީންތަ އިތުރު ކަމެއް ނުކުރާކަން؟” އިޙުސާނު ސުމައްޔާގެ ހަށިގަނޑުގެ އެ ހިސާބުތަކުގައި އަތް ހިންގަމުން ގެއްލުމެއް ލިބިފައި ހުރި ތޯ ނޫންތޯ ބަލަމުން ދިޔައެވެ.

“ސްޓޮޕް!” ސުމައްޔާ އަށް އެހެން ބުނެވުނީ އިޙުސާނު އޭނާގެ މޫނާއި އެއް ހަމައަށް ގުދުވެލުމުންނެވެ. އޭރު އޭނާ އަމިއްލަ އިޙުސާސްތައް ބޭޒާރު ވިޔަ ނުދޭން ކުރަމުން ދިޔަ މަސައްކަތް ފަނުފުލުން ދާން ފަށައިފިއެވެ. ދޮން ކޯތާފަތް ޗެރީކޮޅެއްހާ ރަތްވެފައިވާއިރު އިންތިހާ އަށް ހިތް އަވަސްވެފައިވެއެވެ. ސުމައްޔާގެ އަތުގައި ހިފަހައްޓައިގެން ހުރި ގޮތުން އިޙުސާނަށް އެ ހިތު ވިންދު އަވަސްވެފައިވީ މިންވަރު އެނގޭނެކަން ގައިމެވެ.

އިޙުސާނަށް ވެސް މިހާރު މާ މައްޗަށް ދެވިއްޖެ ކަން ރެއަކާލީ ތުރުތުރު އަޅަމުން ދިޔަ ސުމައްޔާގެ މޫނުގެ ކުލަވަރު ދެނެގަނެވުމުންނެވެ. އެހެނަސް އެންމެ އިންޗިއެއް ވެސް ދުރަށް ޖެހިލާކަށް އެ ހިތެއް ނޭދުނެވެ. ލޯމަތިން އެ ސޫރަ ގެއްލި ނުދަނީސް މި ލިބިފައިވީ ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފަން އަތުކުރި އޮޅާލައިގެން ހުރި ކަހަލައެވެ. ސުމައްޔާގެ އެ ފުރިހަމަ މޫނުގައި ބޮސްދީފައި ދަމުން ދިޔަ ވާރޭ ތިކިތަކާއި މެދު ވެސް އޭނާއަށް ހަސަދަވެރިވެވުނެވެ.

“ފޯނު ދެވިދާނެތަ؟” ސިކުނޑި ސުމަކަށް ދާން ކައިރިވެފައި ހުރެމެ ސުމައްޔާ އެހިއެވެ. އިޙުސާނު އެ އަތުން ދޫކޮށްލަމުން ފަހަތަށް ޖެހިލީ ދެނެވެ. ވަކި އެއްޗެއް ނުބުނެ އެ ސޮރު އިޝާރާތް ކޮށްލީ ފަހަތުން އައުމަށެވެ. އިސްޖަހާލަމުން ސުމައްޔާ އޭނާގެ ފަހަތުން ހިނގައިގަތެވެ. އޭރު ވެސް އެ އަވަސްވެފައިވީ ހިތުގެ ތެޅުމަށް ބަދަލެއް ނާދެއެވެ. އިޙުސާނު ހިނގައިފައި ގޮސް އެރީ އޭނާގެ ކާރަށެވެ.

“ނާރާ ބަލަން ތި ހުރިއްޔޯ.” އިޙުސާނު ބިއްލޫރިގަނޑު ތިރިއަށް ކަހާލައިފައި ސުމައްޔާ އަށް ބަލައިލިއެވެ. “އަހަރެން މި ހުރީ ތެމިފައެއްނު. މި ކާރު ތެރެ ތެންމާލީމަ އޭގެ އަގު ދޭން ޖެހިދާނެއްނު.” ސުމައްޔާ ރައްދުގައި ބުނެލިއެވެ. “ދޭން… އަރާބަލަ. ޗާޖް ކުރާކަށް ނޫޅެމޭ. އަހަރެން ވެސް މި ހުރީ ތެމިފައެއްނު.” އިޙުސާނު އަނގަޔަށް ގޮތެއް ހަދާލަމުން ބުނެލިއެވެ. ސުމައްޔާ ދެލޯ ހަނިކޮށްލައިފައި ކާރަށް އަރާ ސީޓް ބެލްޓް އަޅުވާލިއެވެ. އެއަށްފަހު އަތް ދިއްކޮށްލީ ފޯނު ދޭށޭ ބުނާށެވެ. އެ އަތުގައިވީ ޒަޚަމުތައް އިޙުސާނަށް ފާހަގަވުމުން މުއްބާރު ކޮށްލެވުނެވެ. ކުޑަހުޅުން ވަނީ ނޫފައިގެން ގޮހެވެ.

“ބްރޯ އަވަސްކޮށްފަ ފޯނު ދީބަލަ. ވަރަށް މުހިންމު ކަމަކުއޭ.” ސުމައްޔާ އަތް ޖަހާލަމުން ބުނެލިއެވެ. އިޙުސާނު އެސްފިޔަ ތަޅުވާލައިފައި އޭނާގެ ފޯނު އަންލޮކް ކޮށްފައި ދިނެވެ. ސުމައްޔާ އެންމެ ފުރަތަމަ ވެސް ގުޅާލީ އޭނާގެ ބައްޕައަށެވެ. ބައްޕަ ހާސްވާނެ ވަރު ހިތަށް އެރުމުން އެ (ބްލޫ ވޯޓާސް ގޭންގް) ބީޑަބްލިއު ގޭންގު މީހުން ތަޅާ ތިރިއަރުވާލަން ބޭނުންވިއެވެ. އެހެނަސް އަދި އެކަހަލަ ކަމެއް ކާމިޔާބު ކަމާއެކު ކުރުމަކީ މުސްތަހީލު ކަމެކެވެ. ބީޑަބްލިއު ގޭންގަކީ ބްލޫ ވޯޓާސް އަށް މަސައްކަތް ކުރާ އެ އަނިޔާވެރި މީހުންނަށް ކުރުކޮށް ކިޔާލަން ފަސޭހަ ނަމެކެވެ.

ބްލޫ ވޯޓާސްގެ މައި ހޮޓެލް ކުރިމައްޗަށް ހުއްޓިފައި ޢަބްދުއްރަޙްމާން ފުން ނޭވާއެއް ލިއެވެ. މި ވަދެވެނީ ސިންގާ ހޮހޮޅަ އަކަށް ކަން އިޙުސާސްވުމުން އޭނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެހެނަސް އޭނާގެ ދަރިފުޅު ސަލާމަތް ކުރަން ޢަބްދުއްރަޙްމާނަށް ކޮންމެފަދަ ކަމެއް ވެސް ކުރެވިދާނެއެވެ. އެއީ އޭނާގެ އަމިއްލަ ފުރާނަ ނުރައްކަލަކަށް ވައްޓާލައިގެން ކަމަށް ވިޔަސް މެއެވެ. އެ ވަގުތު އޭނާގެ ފޯނު ރިންގުވާ އަޑު އިވެން ފެށިއެވެ. ނަގާ ބަލައިލިއިރު ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ.

“ހަލޯ ބައްޕާ! މިއީ ސުމައްޔާއޭ ފިހާރައަށް ގޮސް އުޅެނިކޮށް ފޯނު ގެއްލިގެން މި އުޅެނީ. މިރޭ ގެއަށް ދެވޭކަށް ނެތް. އަފާ ގޭގަ ނިދާލަން ކަމަށް. މާފުކުރޭ ކުރިން ނުގުޅުނީމަ. ހަނދާން ނެތިފަ ހުރެވުނީ.” ސުމައްޔާ ވާހަކަ ދެއްކި އަޑު އިވިފައި ޢަބްދުއްރަޙްމާނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. “ބައްޕަ ހީކުރީ ދަރިފުޅަށް ދެރަ ގޮތެއް ވީ ކަމަށް. ދެން ފަހަރަކުން ބުނެލާފަ ދާންވާނީ. ބައްޕަ ހާސްވާނެ މިންވަރު އެނގެއެއްނު.” ޢަބްދުއްރަޙްމާން މާޔޫސީ ރާގަކަށް ބުނެލިއެވެ. އިރުކޮޅަކު ވާހަކަ ދައްކާލަން ހުރެފައި އޭނާ ފޯނު ކަނޑާލިއެވެ. އެއަށްފަހު މާތް ﷲ އަށް ޙަމްދުކުރާ ޙާލު އޭނާ ގެއަށް ދާން މިސްރާބު ޖެއްސެވެ.

ޢަބްދުއްރަޙްމާނަށް ގުޅުމަށް ފަހު އޭނާ އުޅުނީ އަރީންގެ ނަންބަރަށް ގުޅާށެވެ. “އިއްސޭ! ރީންގެ ނަންބަރަށް ނުގުޅެނީ ކީއްވެގެންތަ؟ ބްލޮކް ވެފަ ތަ މި ނަންބަރު މި އޮތީ؟” ހިލާ އެ ނަންބަރަށް ގުޅޭގޮތް ނުވުމުން ސުމައްޔާ އެހިއެވެ. “އޭނ. ނުގުޅެޔޭ! ކީއްވެގެންބާ. މިއަދު އަހަރެންނަށް ގުޅާފަ ސޫމޯއަށް ވެގެން އުޅޭގޮތް ބުނެދިނީ ރީން. އެކަމު ގުޅީ ޒެވްގެ ފޯނުން.” އިޙުސާނު ހައިރާންވެފައި އިނދެ ބުނެލިއެވެ. ސުމައްޔާ އެކަން ނުވުމުން ދެން މަސައްކަތް ކުރީ އަފާފަށް ގުޅާށެވެ. މާ ދަން ވަގުތަކަށް ވީމާ ކަމަށް ވެދާނެއެވެ. ހިލާ ފޯނު ނަގާކަށް ނޫޅުނެވެ. އޭނާ އެންމެ ކަންބޮޑުވެފައި އިނީ އަރީނަށް ނުގުޅޭތީއެވެ. އެ ނުބައި މީހުން އަރީނަށް ވާހަކަ ދެއްކި ގޮތް ހަނދާންވުމުން ހީވީ އެ މޭގައި ހިފާ ފިއްތާލިހެންނެވެ. އެހެނަސް މިއިން ކަމެއް ބޭރުފުށަކުން ނުދައްކައެވެ. ގަދަކަމުން ހިނިތުންވެލައިގެން އިނީއެވެ.

“އޭތް. ހިނގާބަލަ ފާމަސީ އަކަށް. ޕެއިން ރިލީފް ޕެޗަކާއި އެއްޗެހި ގަންނަން ކަމަށް. މާދަން ގެއަށް ދާއިރު ބައްޕައަށް އަތް ހުރިގޮތް ފެނިއްޖެ ނަމަ ނިމުނީ. ހަމަ ޒިންދަގީ ބަރުބާދު” ފޭކް ހިނިތުންވުމެއް އިސްތިހާރު ކޮށްލައިގެން އިނދެ ސުމައްޔާ ބުނެލިއެވެ.

“އޯކޭ. މަށަށް ހެވޭ ތިޔަ ވަރަށް ދަތްޕިލަ ސޭލު ނޭޅުވިޔަސް. ސޫމޯ އަމިއްލަ އިހުސާސްތައް ފަރުދާ ކުރަން ތިހެން އުޅޭކަށް ނުޖެހޭ. އިޓްސް އިރިޓޭޓިން. ދެން ވެސް ނުވޭތަ މަށަށް ވީގޮތް ބުނެދޭކަށް. ހަމަ އަސްލަށް ވެސް ރިޕޯޓު ނުކޮށް ދޫކޮށްލަނީތަ؟” އިޙުސާނު ބުނެލިއެވެ. އެއާއެކު ސުމައްޔާގެ މޫނުމަތީގައިވީ ހިނިތުންވުން ގެއްލުނެވެ. އިސާހިތަކު އެ ދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ.

“ނޫން. ކީއްވެގެންތަ އަނެއްކާވެސް އެ ވާހަކަ ނަގަނީ. ނަމަނަމަ ރިޕޯޓު ނުކުރާތި. ވީ ކާންޓް ބީ ރެކްލެސް. ފިހާރަ ކޮށްގެން ނުކުތް ތަނާ ކިޑްނެޕް ކުރީ. ހޭވެރިކަން ލިބުނު އިރު އޮވެވުނީ އެ ޖެޓީ ތިރިން އައްސާފަ. އެ… އެމީހުން އެކަން ކުރީ… އެކަން ކުރީ… ރީނަށް ބިރު ދައްކަން. ސީދާ ކޮން އެއްޗެކޭ ކިޔައިގެން ކަމެއް ނޭނގެ. ރީން ހާދަ ބިރެއް ގަންނާނޭ. ރީނަށް ބްލެކްމެއިލް… ކުރަން އެ ބޭނުން ކުރީ އަހަރެން. އެ… އެ ވަގުތު އަހަރެން ހީކުރީ… ދެ…ދެން މި ދުނިޔެއަށް ލޯ ހުޅުވާ ނުލެވޭނެ ކަމަށް. ވެއްޓިދާނެތީ ހާދަ ބިރެއް ގަތޭ… އަޒް… އަޒާ އަށް ފަހު އަހަ…އަހަރެން ވެސް ގެއްލިއްޖެ ނަމަ… ރީ…ރީން އިތުރަށް އަމިއްލަ ނަފްސު ކުށްވެރި ކުރާނެ. މެންޓަލް ބްރޭކް ޑައުނަކަށް ވެއްޓޭނެ. އަޒާ ނިޔާވުމުން ވެސް އެ ފަކީރު އުޅުނު ޙާލު އެންމެ ގާތުން ފެނުނީ އަހަރެންނަށް. މިހާރު ވެސް ހާދަ ހިތްވަރެއް ކޮށްގެންނޭ އެ އުޅެނީ. އިއްސޭ މެންނަށް ނޭނގިދާނެ. އެ… އެ ޒަވިއަނެއްގެ ސަބަބުން އެ ފަކީރު އުޅެނީ ހާދަ ޙާލެއްގައޭ. އަބަދުހެން ހިނިތުން… ހިނިތުންވެލައިގެން ހުންނާތީ ބަލާލާ މީހަކަށް ނޭނގިދާނެ. އެ ވަރުން ވެސް އަހަރެން…. އަހަރެންނަށް ރީން އެ ކަމުން ސަލާމަތް ކުރުމަށް ކަމެއް ނުކުރެވޭ. ރީން އެއްބަހެއް ނުވޭ އެ ޝައިތާނު ޒަވިއަންގަނޑާ ދެކޮޅަށް އެއް ކަމެއް ކުރާކަށް ވެސް.” ރޮވޭވަރުން ސުމައްޔާ އަށް ވާހަކަ ދައްކަން ވެސް އުނދަގޫ ވިއެވެ. އިޙުސާނުގެ ލޮލުން ކަރުނައިގެ އަސަރު ފާާޅުވީ އަސަރު ކުރި ވަރުންނެވެ.

“މިތާ މަޑުން އިނދޭ. މަ މި އަންނަނީ.” ފާމަސީ އެއް ކުރިމައްޗަށް ހުއްޓާލައިފައި އިޙުސާނު ކާރުން ނުކުތެވެ. އޭރު ދަތް ދޮޅީގައި އަތް އަޅުވާލައިގެން އިނދެ ސުމައްޔާ ވިސްނަމުން ދިޔައީ ދެން ދާނެ ތަނަކާއި މެދުގައެވެ. އޭނާގެ ބައްޕަ ގާތު މިރޭ ގެއަށް ނުދާނެކަން ސަބަބާއި އެކު ބުނެވިއްޖެއެވެ. އެހެންކަމުން އަނބުރާ ގެއަށް ދާކަށް ނުކެރޭނެއެވެ. އެހެން އިންދާ އިޙުސާނު އައިސް ކާރަށް އަރައިފިއެވެ. ސުމައްޔާ އަށް އަވަސް ކަޅިއެއް އެއްލައިފައި އޭނާ ކާރު ދުއްވާލިއެވެ.

“ކޮން ތާކަށް ތި ދަނީ؟” ސުމައްޔާ އެހިއެވެ. “ސޫމޯ ދާނެ އެހެން ތަނެއް އެބަ އޮތް ތަ؟ އަހަރެންގެ އެޕާޓްމަންޓަށް މި ދަނީ.” އިޙުސާނު ބުނެލިއެވެ. އެކަން ޤަބޫލުކުރެވުމުން ސުމައްޔާ ދެކޮޅަށް އެއްޗެއް ނުބުނެ ހިމޭނުން އިނެވެ. ކާރުގެ ބިއްލޫރިގަނޑުގައި މޫނު ޖައްސާލައިގެން އޭނާ އިނީ ވާރޭ ވެހޭ މަންޒަރު ބަލާށެވެ. ކާރު ތެރޭގައިވީ ހިމޭންކަމުން އުނދަގޫވީ އިޙުސާނަށެވެ. އޭނާ ދޭތެރެއަކުން ސުމައްޔާ އަށް ކަޅިއެއް އެއްލަމުން ދިޔައީ ހާސްވެފައި ހުރުމުންނެވެ. ސުމައްޔާ އަކީ އާންމުކޮށް އެހެން މަޑުމަޑުން އިންނަ މީހެއް ނޫނެވެ.

އެޕާޓްމަންޓު ދޮރު އަންލޮކް ކޮށްފައި އެތެރެއަށް ވަދެ އިޙުސާނު ބޮކި ޖައްސާލިއެވެ. އިޙުސާނަކީ އެކަނި އުޅޭ މީހަކަށް ވުމުން އޭނާ ނަގައިގެން އުޅެނީ އެއް ކޮޓަރި އެޕާޓްމަންޓެކެވެ. އެ ސޮރު ކޮޓަރިއަށް ވަދެފައި ހުއްޓުނީ ދެދޮރުފަތްލީ އަލަމާރިއެއްގެ ކުރިމަތީގައެވެ. އޭގެ ދޮރު ހުޅުވާ އެތެރެ ހާވާލައިފައި އަޅިކުލައިގެ ހުޑީ އަކާއި ޓްރެކްޝޫޓެއް ނަގައިފައި ސުމައްޔާގެ އަތަށް ދިނެވެ. “ދޭ ފެންވަރާލައިގެން ނުކުންނަން.” ތުވާއްޔެއް ދެމުން އިޙުސާނު ބުނެލިއެވެ. ސުމައްޔާ އޭގައި ހިފައިފައި ގޮސް ފާޚާނާ އަށް ވަނެވެ. އިޙުސާނު ލައިގެން ހުރި ތެތް އެއްޗެހި ބާލައިފައި ތުވާލި އަނދެލީ ލޮނު ވަސް ދުވާ އެއްޗެއް ލައިގެން ހުންނަން ބޭނުން ނުވުމުންނެވެ. އޭނާ ލާން ނެގީ ޓީޝާޓަކާއި ދިގު ސޯޓެކެވެ.

ސުމައްޔާ ފެންވަރާލުމަށް ފަހު ހުޑް އަޅާލައިގެން ނުކުތް އިރު ހުރީ ނިކަން ހަމަޖެހިފައެވެ. އޭނާގެ ކުރިމައްޗަށް އިޙުސާނު އެރުމުން ސިހިފައި ދެލޯ ބޮޑު ކޮށްލަމުން އަނގަމަތީގައި އަތް އަޅާލައިފިއެވެ. މަތިން އެއްޗެއް ނުލާ ހުރުމުން އެ ކަސްރަތީ ހަށިގަނޑު ހުރީ ހާމައަށެވެ. އިސްތަށިގަނޑުގައި ފެން ހަރުލައިފައި ހުރުމުން އިތުރަށް ހިތް ދަމައިގަންނަ ކަހަލަ ގޮތެއް ހުއްޓެވެ. ސުމައްޔާ އަށް ވީ ގޮތުން އިޙުސާނަށް ހެވުނެވެ. “ކީއްތަވީ؟ ޕާރވާޓެއް ހެން ބަލަން ތިހުރީ. ބްލަޝް ވެސް ވޭއެބަ.” ސުމައްޔާގެ އަތުގައި ހިފާ ތިރިކޮށްލަމުން އިޙުސާނު ހަތަރު ކަޅި ހަމަކޮށްލިއެވެ. ސުމައްޔާގެ ހިތް ތެޅެމުން ދިޔަ ގޮތުން ހީވަނީ މޭފަޅައިފައި ނުކުމެދާނެ ހެންނެވެ. އަވަހަށް ދުރަށް ޖެހިލައިފިއެވެ.

“ވައި އިޒް ހީ ސޯ ބާރނިން ހޮޓް. މަ ހަމަ ރަނގަޅަށް ވެސް ދީވާނާ ވެއްޖެ. އައިމް ރިއަލީ އިން ލަވް.” ސުމައްޔާ އެނދުގައި އިށީނދެ މޭގައި އަތް އަޅާލިއެވެ. އެއަށްފަހު ހުޑް ދޫކޮށްލައިފައި އޭނާގެ އިސްތަށިގަނޑު ރޫޅާލީ އެ ހިއްކާލުމުގެ ނިޔަތުގައެވެ.

ފެންވަރައިގެން އިޙުސާނު ތެތް އެއްޗެހި ދޮންނަން އެޅިއެވެ. ތުވާލި ހިފައިގެން އޭނާ ކޮޓަރިއަށް ނުކުތީ ދެނެވެ. އެ ލޮލުގައި އެންމެ ފުރަތަމަ ވެސް އަޅައިގަތީ ޕަރީއެއް ހެން އިސްތަށިގަނޑު ރޫޅާލައިގެން އިން ސުމައްޔާ އެވެ. ސިކުންތުކޮޅަކު ގެއްލިފައި ހުރެފައި ކުއްލިއަކަށް ހޭޖެހުނު މީހެއް ފަދައިން އޭނާ އަނެއް ފަރާތަށް އެނބުރި ކަރު ކެހިލައިފިއެވެ. ސުމައްޔާ އަށް އެ އަޑު އިވުމުން އަވަހަށް ހުޅިއެއް ޖަހާލައިފައި ހުޑް އަޅާ ވާގަނޑަށް ދަމާ ގޮށެއް ޖަހާލައިފިއެވެ.

“ދެން ހެޔޮ އެނބުރުނަސް.” އިނގިލިތަކާއި ކުޅެލަމުން ސުމައްޔާ ބުނެލިއެވެ. އިޙުސާނު ތުވާލި ހަރުގައި އަޅާލައިފައި ގޮސް ބޭސް ކޮތަޅު ނަގައިފިއެވެ. އެއަށްފަހު އޭނާ ގޮސް ސުމައްޔާ އާއި ޖެހިގެން އެނދުގައި އިށީނެވެ. ހުޑީގެ އަތުކުރި އޮޅާލައިފައި އިޙުސާނު ތައްޔާރު ވެލިއެވެ. ނަސީބަކުން އެހާ ވަރަކަށް އަނިޔާވެފަކާ ނެތެވެ.

“ދެން އެއްޗެއް ކާން އުޅެންވީނުން. އަހަރެން ނޫޑުލިސް ކައްކަފާނަން. އާދެ ސިޓިންރޫމަށް.” އިޙުސާނު އެނދުން ތެދުވަންނަމުން ބުނެލިއެވެ. ސުމައްޔާ ތެދުވީ ހައިވެފައި ހުރުމުންނެވެ. ސުމައްޔާ ގޮސް ސޯފާގައި ވެޑުވެލުމުން އިޙުސާނު ކައްކަން އުޅުނެވެ. ކުރާނެ އެހެން ކަމެއް ނެތުމުން ސުމައްޔާ އަށް އިޙުސާނުގެ ހަރަކާތްތަކަށް ބަލަން އިނދެވުނީއެވެ. ފިރިހެނަކަށް ވިޔަސް އޭނާ ކެއްކުމަށް ނުހަނު ފަރިތައެވެ. އެކަނި އުޅޭތީ ކަމަށް ވެދާނެއެވެ.

ނޫޑުލިސް ކައްކާ ނިމުމުން ތެލީގައި ހުރި އެއްޗެހި ދެބައިކޮށް ތައްޓަށް އަޅައިފައި އިޙުސާނު ކައްކަން ބޭނުންކުރި އެއްޗެހި ދޮވެލިއެވެ. ކާން ގޮވަން ވެގެން ބަލައިލިއިރު ސުމައްޔާ އަށް އޮތީ ނިދިފައެވެ. އިޙުސާނު ބޯ ހޫރާލައިފައި ގޮސް ސޯފާ ކައިރީ އުޑަފައިން އިށީނެވެ. ފެންނަ ފެނުމަށް ވުރެ އެ އަންހެން ކުއްޖާ ބާރު ގަދަވެފައި އަޒުމް ވަރުގަދަވުމުގެ ސިއްރަކީ ކޮބާ ބާއޭ އޭނާ ހިތަށް އެރިއެވެ.

“ސޫމޯ. އަހަރެންގެ ލޯބި ފަތަފޮޅިގަނޑާ. ކޮން ކަންތައްތަކެއްތަ އަހަރެންނަށް ތިޔަ ސިއްރުކުރަނީ؟ މިއަދު އަހަރެން ހާދަ ބިރުގަތޭ. ހީވީ ދެންމެ ދެންމެ ވެސް ތި ފުރާނަ އުމުރަށް ދުނިޔެއާއި ވަކި ވެދާނެހެން. ބިރުދެއްކިޔަސް ބޮޑުވަރު ދޯ. ރީން ކީއްކޮށްގެންތަ އެ ކަހަލަ ބަޔަކު އަންނާނެ ވަރު ވީ؟” ސުމައްޔާގެ ދޮން މޫނުގައި ފިރުމާލަމުން އިޙުސާނު ބުނެލިއެވެ. އިރުކޮޅަކު އެހެން ހުރެފައި އެ ސޮރު ކޮޅަށް ތެދުވިއެވެ. ލިބުނު މޮޅު ޚިޔާލެއްގެ ސަބަބުން އޭނާގެ މޫނުމަތީގައިވީ ހިނިތުންވުން ފުޅާވިއެވެ.

ކޮޓަރިތެރެއަށް ވަދެފައި އަތްމަތި އަވަސް ކޮށްލަމުން އިޙުސާނު އެތަން ފޮޅާ ސާފު ކޮށްލިއެވެ. އެއަށްފަހު އަލަމާރިން ވަކި ކަބަޑެއް ހުޅުވާލައިފައި އެތެރޭގައި ހުރި ސާމާނު ހިފައިގެން އައިސް އެނދު ކުރިމަތީގައި އުޑަފައިން އިށީނެވެ. ފަރުވާތެރިކަމާއި އެކު އެ މަސައްކަތް ކޮށް ނިންމާލުމަށް ފަހު އޭނާ އެ ތަނަށް ފުން ނަޒަރެއް ދިނެވެ.

ހިތެއްގެ ބައްޓަމަށް ފޭކް އުއްބައްތިތަކެއް އަތުރާލައިފައިވީ އިރު މެދުގައި ރަތްކުލައިގެ އަކުރުތަކަކުން ވިލް ޔޫ ބީ މައި ގާލްފްރެންޑް އޭ ޖަހާލެވިފައިވެއެވެ. އިތުރަށް ރީތި ކުރަން ރަތް ރިބަންތަކެއް ހިތް ވަށައިގެން އެކި ގޮތްގޮތަށް އަޅާލެވިފައި ވިއެވެ. ހަމައެކަނި އުއްބައްތީގެ އޮރެންޖް އަލި އެޅިފައިވުމުން މަންޒަރު އިތުރަށް ހުވަފެނީކަމަށް ދައްކައެވެ. ބަލާބެލުމަށް މާ ކުރީއްސުރެ އިޙުސާނު މިކަމަށް ތައްޔާރުވެފައި ހުރިކަން އެނގޭން ހުއްޓެވެ.

އަތުގައި އޮތް މަހުމާ ފޮށި ތެރޭގައި އޮތް ހުދުރަނުގެ ޖަވާހިރު ކެވެލި ކޮޅުގައި އިނގިލި ހިނގާލި ވަގުތު އިޙުސާނު ކޮންމެވެސް ވަރަކަށް ކޮންމެވެސް ވަރަކަށް ހާސްވެއްޖެއެވެ. މި ނޭދެވޭ އިޙުސާސް އެތެރެއަށް ހިންދާލަން މަސައްކަތް ކުރަމުން އޭނާ އެ ފޮށި ލައްޕާލައިފައި ކައިރީގައި ހުރި ޑްރެސިން ޓޭބަލް މައްޗަށް ލިއެވެ. އެއަށްފަހު އެއްވެސް ކަމެއް ނުވާކަމަށް ހެދެމުން އޭނާ ކޮޓަރިން ނުކުތެވެ.

“ފަތަފޮޅިޔާ އަވަހަށް ތެދުވަންނަން ވީއޭ. ނުކައި ތިހެން ނިދާނެ ކަމެއް ނެތް.” ގަދަ ނިދީގައި އޮތް ސުމައްޔާ ހޭލެއްވުމުގެ ނިޔަތުގައި އިޙުސާނު ގޮސް ފެށީ ގިލިގިލި ކޮއްޓާށެވެ. ސުމައްޔާ ތެޅިގަނެފައި ދެލޯ ހުޅުވާލިއެވެ. އެހެން ހޭލައްވާލީތީ އޭނާ ހުރީ ރުޅިގަދަވެފައެވެ. ބަދަލު ހިފުމުގެ ގޮތުން އޭނާ ހިފީ އިޙުސާނުގެ އިސްތަށިގަނޑުގައެވެ. އަނިޔާ ވިޔަސް އެ އަތުގެ އަސަރު ކިރިޔާ ވެސް ފަނޑުނުވާ ކަހަލައެވެ.

“އައްދިޔޯތް. ފަތަފޮޅިޔާ. މަ އެހާ ވަރުން ކަލެއަށް ކައްކާ ދިނީމަ މިއީތަ ޝުކުރު އަދާކުރާ ގޮތަކީ؟” ސުމައްޔާ ދުރަށް ޖައްސާލައިފައި އިޙުސާނު އޭނާގެ ބޮލުގައި ފިރުމަމުން ބުނެލިއެވެ. “ކަލޭ ފުރަތަމަ ގިލިގިލި ކޮއްޓީ.” ދެލޯ އަޅާލަމުން އިނގިލި ދިއްކޮށްލައިފައި ސުމައްޔާ ގޮސް ގޮނޑީގައި އިށީނެވެ. ބޯހޫރާލައިފައި އިޙުސާނު ވެސް ގޮސް ކާން ފެށިއެވެ. ކައި ނިންމާ ތަށި ދޮވެލުމަށް ފަހު ސުމައްޔާ ގޮސް ސޯފާގައި އޮށޯތެވެ. “މަ މިރޭ މިތާ ނިދިޔަކަ ދީ.” ދެލޯ މަރާ ހަމަޖެހިލަމުން ސުމައްޔާ ބުނެލިއެވެ.

“ނޫނޭ. ދޭ ކޮޓަރިއަށް. މަ މިތާ ސޯފާގަ އޮންނާނީ.” ސުމައްޔާގެ ބޯ ދަށުން ކުޝަން ދަމައިގަންނަމުން އިޙުސާނު ބުނެލިއެވެ. ސުމައްޔާ ވަކި އެއްޗެއް ނުބުނެ ދެވަނަ ކުޝަން ނަގާ ބޯދަށަށް ލިއެވެ. އިޙުސާނު ބަލާކަށް ނުހުރެއެވެ. އެ ކުޝަން ވެސް ދަމައިގަތެވެ. ސުމައްޔާ ދެން ވެސް ތެދުވަންނާކަށް ޚިޔާލެއް ނުކުރެއެވެ.

“ގުޑްނައިޓް ޕްރިންސެސް. އަވަހަށް ގޮސް ކޮޓަރި އަށް ވަދެ އެނދުގައި އޮށޯވެ ނިދާލާ. ވަރަށް ޝުކުރުވެރިވާނަން ދެން އިތުރު އުނދަގުލެއް ނުކުރިއްޔާ.” ލޯ މަރައިގެން އޮވެ ސުމައްޔާ ބުނެލިއެވެ. އިޙުސާނަށް ސުމައްޔާގެ ބޯހަރުކަން ފެނި އަނގަޔަށް ވައްތަރެއް ޖައްސާލެވުނެވެ. މިރޭގެ ސަޕްރައިޒް ނުފެށެނީސް ފްލޮޕްވެދާނެއޭ ހިތަށް އެރުމުން ‘ކަޑަ’ ވެއްޖެއެވެ. ވަރަށް ވިސްނައިފައި އިޙުސާނު އަތުގައި އޮތް ކުޝަން ބިންމައްޗަށް ވައްޓާލައިފައި ސުމައްޔާ ނަގައި ދެއަތް މައްޗަށް ލިއެވެ.

“އުންމަތުލް ވަބާ! ކަލޭ މޮޔަވީތަ. ހަމަ މިހާރު މަ ތިރީގަ ބަހައްޓާ.” ތެޅިގަންނަމުން ސުމައްޔާ ބުނެލިއެވެ. “ޝޫޝް. އަހަރެން ރީތި ބަހުން ބުނީމަ ވެސް ފަތަފޮޅިއަކަށް ނުކެރުނެއްނު ދާކަށް. އެހެންވީމަ މި ގެންގޮސްދެނީ” އިޙުސާނު ގޮސް ކޮޓަރީގެ ދޮރު ހުޅުވާލައިފިއެވެ. ފެނުނު މަންޒަރަކުން އައިސްފައިވާ ރުޅިގަނޑު ދިޔަ ދިމާލެއް ވެސް ނޭނގުނެވެ. އެ މޫނުމަތީގައި ހިނިތުންވުމެއް ކުޅެލެވުނީ ޚުދު ސުމައްޔާގެ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ. ސުމައްޔާގެ މި ޖާދޫވީ ހިނިތުންވުން ފެނި އެ ލޯބި ޙާސިލުކުރުމަށް އިޙުސާނުގެ ހިތުގައިވީ އުންމީދުގެ ހުޅުކޮޅުގެ އަލި ގަދަވެގެން ކަހަލައެވެ.

ސުމައްޔާ ތިރީގައި ބެހެއްޓުމަށް ފަހު އިޙުސާނު ޑްރެސިން ޓޭބަލް މަތީގައި އޮތް މަހުމާ ފޮށި ނަގައިފައި ގޮސް ކުރިމަތީގައި ހުއްޓުނެވެ.

“މަރްޔަމް ސުމައްޔާ ޢަބްދުއްރަޙްމާން. ފުރަތަމަ ފެނިލުމުން އަހަރެންނަށް ސާބިތުވީ ތިއީ ގާތް އެކުވެރިން ރައްކާތެރިކުރަން ކޮންމެ ކަހަލަ ކަމެއް ވެސް ކުރެވިދާނެ ވަރުގެ ހިތްވަރުގަދަ އަންހެން ކުއްޖެއް ކަން. އެރޭ ހުޅުމާލެ ތެރޭ އަހަރެން ތަޅުވާލިވަރުން ހިތްހަމަނުޖެހި ބަދަލު ހިފާލަން ވަރަށް ބޭނުންވި. ދުވަހަކުވެސް ހިޔެއް ނުކުރަން އެ ކޫސަނި ނަފްރަތުގައި އަނެކާއަށް ޖެއްސުން ކުރުމުގެ ވާދައިގެ ތެރެއިން އަހަރެންގެ ހިތުގައި ސޫމޯ އަށް ޓަކައި މިފަދަ އިހުސާސެއް އުފެދިދާނެ ކަމަށް. އަހަރެންނަށް ސޫމޯ ދެކެ ލޯބިވެވޭން ފެށުނީ އިންޓެލް ކޯޑު ހޯދަން ބިރުދައްކާލި ރޭ. ވާހްހް… ދެޓް މެމޯރެބެލް ނައިޓް އޮފް ޔުއަރ ހޮޓް ކިސް… އެންމެ ފުރިހަމައަށް އަހަރެންގެ ހިތުގެ ނާރުތަކާ ކުޅެލީ އެރޭ. ނޭނގުމެއްގެ ތެރެއިން ސޫމޯގެ އުޅުމަށް އަހަރެންގެ ސަމާލުކަން ހުއްޓޭން ފެށި. އެހެން ގޮސް އަހަރެންނަށް ސޫމޯ އެހެންމީހުންނަށް އަމިއްލަ ނަފްސުގެ ޙަޤީޤަތް ވަންހަނާ ކުރާ ކަން އެނގުނީ ވެސް. އެ ހުރިހާ ކަމެއް ހޯދަން އަހަރެންގެ ހިތް އެދޭން ފެށި. އާނ. ހަމަ ރަނގަޅަށް ވެސް އެ ލޯބީގައި ދީވާނާވެވިއްޖެ. އައިމް ސްޓާރވިންގ ފޯރ ޔުއަރ ލަވް ސުމައްޔާ! ދެން މިރޭ. އަހަރެން ޙަޔާތުގައި ދެވަނަޔަށް އެންމެ ބިރުގަތް ވަގުތު. ހީވީ ގަދަކަމުން އަހަރެންގެ ފުރާނަ ދަމައިގަތް ހެން. ހިތުގައި ކޮށި ވަޅިއެއް އަޅާ ޒަޚަމު ކޮށްލިހެން. ސުމައްޔާ ބީވެގެން ހިނގައިދާނެ ކަމުގެ ބިރުގައި އަހަރެން މޮޔަނުވީ ކިރިޔާ… ސޫމޯ. ދެން އިތުރަށް އަހަރެންނަށް މި އިހުސާސް ހިތަށް ފިލުވާލައިގެނެއް ނުހުރެވޭނެ. އިތުރަށް ސޫމޯ އާއި ދުރުގައެއް ނުހުރެވޭނެ. އަހަރެންގެ ދިރިއުޅުން ވެއަތު ކުރަން ބޭނުމީ ސުމައްޔާ އާއި އެކު. އެހާ ވެސް ލޯބިވޭ. އަހަރެންގެ ޙައްޤަކަށް ވެދީ. ވިލް ޔޫ ބީ މައި ގާލްފްރެންޑް.” އިޙުސާނު ތެދުތެދަށް އެ ހުރިހާ ވާހަކައެއް ހިއްސާކޮށްލިއެވެ. ކަނުލާ އަޑުއަހަން ހުރި ސުމައްޔާގެ މޫނުމަތީގައި ވަނީ ލަދުރަކި ހިނިތުންވުމެކެވެ. ލޯބިން އެ ހިތް ވިރެމުން ދިޔަ ކަހަލައެވެ.

“އުންމަތުލް ވަބާ! އައި… އައި ލައިކް ޔޫ ޓޫ. އަހަރެން ހީކުރީ މި ހުރިހާ ދުވަހަކު އަހަރެންނަށް އިއްސޭ އަށް ނަފްރަތުކުރެވެނީ ކަމަށް. އެހެނަސް އަހަރެންނަށް މި ވެވެނީ ލޯބިކަން ޤަބޫލުކުރެވުނީ މިއަދު އަހަރެން ސަލާމަތް ކުރަން އިއްސޭ އައިމަ. ނޭނގެ ދެން ކޮން އިރަކުން ކަމެއް އަހަރެންނަށް ކަމެއް ވާނީ. އަހަރެންގެ ފަހު ނޭވާ ދޫކޮށްލުމުގެ ކުރިން މި ވާހަކަ ބުނަން ބޭނުން. އެނގޭ ރިލޭޝަނަކަށް ދަންޏާ ޓްރާންސްޕޭރަންޓް ވާން ޖެހޭނެކަން. އެކަމު އަދި އެހާ ތަފްސީލެއް ނުދެވޭނެ. އަސްލު އަހަރެން އުފަންވި އައިޑެންޓިޓީ މައްޗަކު ނޫން މި އުޅެނީ. ވަރަށް ޅަ އުމުރު ދިމާވި ކަމެއްގެ ސަބަބުން މިހެން ސިއްރުވެރިވާން ޖެހުނީ. އަހަރެންނަކީ ކާކުކަން އެނގިއްޖެ ނަމަ މި ދުނިޔެއަކު ސަލާމަތަކުން ނުހުރެވޭނެ. ކޮންމެ ވެސް ދުވަހަކުން އެ ޙަޤީޤަތް އަދި ބުނެދޭނަން.” އިޙުސާނުގެ އަތުގައި ހިފާލަމުން ސުމައްޔާ ވެސް އޭނާގެ ހިތް ހުޅުވާލިއެވެ. މިއާއި އެކު އިޙުސާންގެ މޫނުމަތި އުޖާލާވީ އަންހެން ކުދިންގެ ހިތްތައް ކަތިލާފަދަ ރީތި ހިނިތުންވުމަކުންނެވެ. ލަސްނުކޮށް އެ މަހުމާ ފޮށީގައި އޮތް ކެވެލި ސުމައްޔާގެ އަތުގައި އަޅުވައިދިނެވެ.

“ވާވް. ބްރޯ އެ ކެވެލި ނެގީ ހަމައެކަނި ޖެއްސުމަކަށް ނޫން ދޯ” އެ ކެވެލީގައި އަތް ބީއްސާލަމުން ސުމައްޔާ ބުނެލިއެވެ. އެހާ ވެސް ހެޔޮވަރެވެ. “އަސްލު ނެގީ އެ ކެވެލި ވަކި ދުވަހެއްގަ އަޅާ ސަބަބު ހޯދަން. ގޭގައި އަބަދުހެން އެ ކެވެލި ކޮޅު އަތަށް ލައިގެން އިނދެ އިނދެ ގޮސް މިން ވެސް ހިތުގައި ކުރެހުނީ. އެހާ ވެސް ސުމައްޔާ އަހަރެންގެ ހިތްދަމައިގަންނަން ހަދައިފައި ހުރި ޖާދުލެއްގެ އަސަރު ގަދައީ. މިހާރު ތީ އަހަރެންގެ މީހެއް. އަހަރެންނާއި ދުރަށް ދާން މަސައްކަތް ނުކުރާތި. ދެން ނުރައްކަލެއްގެ ތެރެއަށް އެކަނި ފުންމާ ނުލާތި.” ސުމައްޔާގެ އަތުގައި ބޮސްދެމުން އިޙުސާނު ބުނެލިއެވެ. އެއަށްފަހު ސުމައްޔާގެ މޫނުގައި ހިފާލަމުން އިތުރަށް ގާތް ވެލިއިރު އެ ތޫނު ނަޒަރު އަމާޒުވެފައިވަނީ ސުމައްޔާގެ ފިޔާތޮށި ފިނިފެންމާ ފިޔައެއް ފަދަ ތުންފަތަށެވެ.

“އޭތް ދެން ނިދަން އުޅޭ. ވިއްސާރަ ރެއަކަށް ވިޔަސް އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން ޖެހޭނެ.” ސުމައްޔާ ތެޅިގަނެފައި ފަހަތަށް ޖެހުނެވެ. އިޙުސާނު ލާނެތް ގޮތަކަށް ހީނލައިގެން ހުރެ ކުރިއަށް ފިޔަވަޅު އަޅަމުން ދިޔައީއެވެ. ސުމައްޔާ ކުއްލިއަކަށް ދުއްވައިގަންނަމުން ގޮސް އެނދަށް ވެއްޓިގަނެ މޫނުމަތީގައި ބާލީސް އެޅިއެވެ. އިޙުސާނު ގޮސް އެނދަށް އަރާ ސުމައްޔާގެ އަތުން އެ ބާލީސް އަތުލިއެވެ. އެއަށްފަހު ދެފަރާތުން އަތް އަޅުވާލަމުން ސުމައްޔާގެ މޫނާއި ހަމައަށް ގުދުވެލިއެވެ.

“ސޫމޯ އަކަށް ތިހެނެއް ނުބުނެވޭނެ. އަހަރެންގެ ހިތް ފޭރިގަންނަން އައި ރޭ ބޭޑީ އަކަށް ވީ ސޫމޯ އެއްނު. އުނގަންނައިދެއްވި މީހެއްގެ ލީޑަކަށްނު އަހަރެންނަށް އަމަލުކުރެވޭނީ.” އިޙުސާނު ސުމައްޔާގެ ކަންފަތް ދޮށުގައި ބުނެލިއެވެ. އިޙުސާނު އެ ނިސްބަތް ކުރި ރޭގެ ހަނދާންތައް އައިސް ވަށާލުމުން ސުމައްޔާ ލަދުން ގޮސް ހަލާކުވާ ވަރުވިއެވެ. އިޙުސާނުގެ މޭގައި އަތް އަޅާ ދުރަށް ކޮށްޕާލަން ސުމައްޔާ ކުރި މަސައްކަތަކުން ވެސް ރާހަތެއް ނުކުރިއެވެ. މިއަދު އަތަށް ލިބުނު އަނިޔާގެ ސަބަބުން އަތުބާރު ކެނޑިފައިވީ ކަހަލައެވެ. އިޙުސާނު ދިމާކުރާ ކަހަލަ ގޮތަކަށް ހީނލައިފައި ސުމައްޔާގެ ދެ އަތުގައި ހިފާ މައްޗަށް ނެގުވިއެވެ. އެއަށްފަހު ސުމައްޔާގެ ދަތްދޮޅީގައި އަތް އަޅުވާލިއެވެ. އިޙުސާނުގެ ހޫނު ނޭވާ އިޙުސާސްވުމުން ސުމައްޔާ އަށް ދެލޯ ބޮޑު ކޮށްލެވުނެވެ. ބުނާނެ އެއްޗެއް އެ ދުލަކަށް ނައެވެ. ދެ މީހުންގެ ދެމެދުގައި ވަނީ އިންޗިއެއްގެ ދުރުމިނެވެ.

އިޙުސާނު އެ ގޮތަށް ހިތް ފުރޭންދެއް ސުމައްޔާގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުއްޓެވެ. އެ ގޮތަށް ގާތްވެލީ ސަމާސާކޮށްލުމުގެ ނިޔަތުގައި ކަމަށް ވިޔަސް އިޙުސާނުގެ ފިރިހެންވަންތަ ހިއްސުތައް ހޭލަން ފެށުމުން ހިތު ވިންދު ކުއްލިއަކަށް އަވަސް ވެއްޖެއެވެ. އެކަކު އަނެކެއްގެ ހޫނު ނޭވާ އިޙުސާސްވާހާ ގާތުގައި ތިބެވުނު އިރު އިވެމުން ދިޔައީ ދެ ހިތުގެ ތެޅުމުގެ އަޑެވެ. އިސާހިތަކު ސުމައްޔާގެ މުށިކުލައިގެ ދެލޮލަށް ގެނބިގެން ދިޔައީ އިޙުސާނުގެ އަމިއްލަ ނަފްސުގެ މައްޗަށް އޮތް ބާރު ގެއްލުވާލަމުންނެވެ. އަތުގެ ވަރު ދޫވާގޮތްވެ ސުމައްޔާގެ ގައިމައްޗަށް ތިރިވެވިއްޖެއެވެ. މި ތޫފާނީ ފިނި ރޭގައި މި ޒާތުގެ ސަމާސާ ކުރަން ފެށުމަކީ ކުށެއްކަން ދެނެގަނެވުނު އިރު މާ ލަސް ވެއްޖެއެވެ.

ސުމައްޔާގެ މޫނުގައި ހިފާލަމުން އެ ފިނި ތުންފަތުގެ ފޮނި މީރުކަން ހާސިލުކުރަމުން ދިޔައިރު އިހުސާނުގެ ދެލޯ މެރިގެން ދިޔައީ އެ ލައްޒަތުން ހިތަށް ލިބުނު އަރާމެއްގެ ސަބަބުންނެވެ. ސުމައްޔާ އަށް ވެސް އެ އަމަލުގައި އެންމެ ފުރިހަމައަށް ބައިވެރިވެވުނީ ނޭނގުމެއްގެ ތެރޭގައެވެ. ދެ ނޭވާ ކޮޅަށް ދިއުމާއި އެކު ދެމީހުންނަށް ވެސް ހަމަހޭވެރިކަން ލިބުނު ކަހަލައެވެ. ސިހިފައި ދުރަށް ޖެހިލެވުނީ އެކު އެކީގައި ކަހަލަ ގޮތަކަށެވެ. އަމިއްލަ ނަފްސަށް އަޑުލަމުން އިޙުސާނު އެނދުން ތެދުވީ ކުއްލިއަކަށެވެ. އެ ބޮސްދިނުމުގެ އިތުރަށް އެހެން ކުށެއް ނުކުރެވުނު ކަމަށް އަމިއްލަ ނަފްސަށް ޝުކުރުވެރިވަމުން އޭނާ ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. އެހެންނޫންނަމަ ކަންތައް ވަރަށް ގޯސްވީހެވެ.

“އަމްމް. ދެން ނިދާލާ. އަހަރެން މިރޭ މިތާގަ ހުރުން ރަނގަޅެއް ނުވާނެ ކަންނެ.” ބޯ ކަހާލަމުން އެ ސޮރު ވަނީ ފާޚާނާއަށެވެ. ސުމައްޔާ އަޅައިފައިވާ ހުޑްގެ ވާގަނޑަށް ދަމާލަމުން އަމިއްލަ ފައިގައި ވިކާލައިފިއެވެ. “ޔޫ ސްޓުޕިޑް ކްރެކްހެޑް. އޭނާ ހުއްޓުވުމުގެ ބަދަލު އަދި އެކަމުގަ ބައިވެރިވާން ޖެހޭތަ؟ އެއީ ރަނގަޅު ކަމެއް ނޫނޭ ބުނެ ބައްޕަ ދެއްކި ވާހަކަތައް އެ ހިނދުކޮޅަށް ހަނދާން ނެތުނީތަ؟ އެއްފަހަރު އެ ކުށް ކުރެވުނީމަ ވެސް އިސްލާހު ނުކުރެވެނީތަ. މޭން. އައި ނީޑް ޓްރައި ހާޑް ޓު ކީޕް އަ ޑިސްޓެންސް.” މޫނުގައްޔާއި އެއްކޮށް ރަޖާ އަޅާލަމުން ސުމައްޔާ އަމިއްލަ ނަފްސަށް ކުދިކިޔަމުން ދިޔައެވެ.

“އަޅެ އެހާ ކެތްނުލަވައިގެން އުޅެން ޖެހޭތަ. ވަން އެޑިޝަނަލް ރޯންގް މޫވް އެންޑް އިޓްސް އޯވަރ. މި ޖެހުނީ ކޮންމެވެސް ވަރަކަށް ދުރުމިން ބަހައްޓައިގެން އުޅެން. ވީހާވެސް އަވަހަކަށް މެރީ ކުރަން ސޫމޯ އެއްބަސްކުރުވަންވީ.” މޫނު ދޮންނަ ތަށި ކައިރީ ހުރެ، ހުއްޓުމެއް ނެތި މޫނު ދޮންނަމުން ދިޔަ އިޙުސާނު ވެސް އަމިއްލަ ނަފްސަށް އަޑުލަމުން ދިޔައެވެ. ނުކުތުމުގެ ކުރިން ދޮންނަ މެޝިނުގައި ދޮވެ ނިމިފައި ހުރި އަންނައުނުތައް ނެގީ އެ ހިއްކަން އަޅަން ޖެހޭނެތީއެވެ. ހަރުގައި އެ ހިއްކަން އަޅައިފައި އޭނާ ފަންކާ ޖައްސާލިއެވެ. އޭސީގެ ފިނި މަޑުކޮށްލުމަށް ފަހު މައްޔިތެއް ހެން މުޅި ގައިގައި ރަޖާ އޮޅާލައިގެން އޮތް ސުމައްޔާ އަށް އަވަސް ނަޒަރެއް ދީފައި އިޙުސާނު އެ ކޮޓަރިން ނުކުތެވެ.

އަރީނަށް އެނދުން ތެދުވަންނަން ކެރުނީ ވެސް ޒަވިއަން ތެދުވުމުންނެވެ. ރޭގައި ރަނގަޅަށް ނުނިދޭތީ ބޮލުގައި ރިއްސާގޮތް ވެފައި ހުރުމުން އޭނާއަށް އުނދަގޫ ގޮތަކަށް ދެލޯ މަރާލެވުނެވެ. ތެދުވެގެން ގޮސް އެންމެ ފުރަތަމަ ވެސް އޭނާ މަސައްކަތް ކުރީ ސުމައްޔާ އަށް ގުޅާށެވެ. އަދިވެސް ފޯނު ނުނަގާތީ އަރީން ހުރީ ހިތް ބިރުގަނެފައެވެ. ސުމައްޔާ މި ދުނިޔޭގައި ދިރި ސަލާމަތުން ހުރި ތޯ ނޫންތޯ ވެސް ބެލޭނީ ގުޅިގެން ތާއެވެ. ދެތިން ފަހަރަކު ގުޅައިގެން ވެސް ސުމައްޔާ ފޯނު ނުނެގުމުން އޭނާ ގުޅީ ޢަބްދުއްރަޙްމާނަށެވެ. ނަސީބަކުން ޢަބްދުއްރަޙްމާން ނިކަން އަވަހަށް ފޯނު ނަގައިފިއެވެ.

“ބޭބޭ! ސުމީ އެބައުޅޭތަ؟” އަރީން އެއްސެވެ. “އަދި ނާދޭ. ސުމީ ރޭގަ އެކުވެރިއެއްގެ ގޭގައި ނިދާ ވާހަކަ ބުނި. ހެނދުނުން އަންނާނެ. ފިހާރައަށް ގޮސް އުޅެނިކޮށް ފޯނު ގެއްލުނިއްޔޭ ބުނި. އެހެންވެ ނުގުޅެނީ.” ޢަބްދުއްރަޙްމާންގެ ޖަވާބު އިވިފައި އަރީން އުފަލުން ރޮވިއްޖެއެެވެ. މާތް ﷲ އަށް ޙަމްދުކުރާ ޙާލު އޭނާ ޝުކުރުގެ ސަޖިދައެއް ޖެއްސެވެ.

އިޙުސާނުގެ އެޕާޓްމަންޓުން ނުކުމެގެން ގޮސް އެންމެ ފުރަތަމަ ވެސް ސުމައްޔާ މިސްރާބު ޖެހީ ރޭގައި އޭނާ ދިޔަ ފިހާރަ ހުރި ބްލޮކަށެވެ. އޭނާގެ ފޯނު އެއިން ތަނަކަށް ވެއްޓިފައި އޮތް ތޯ ބެލުމަށެވެ. ސުމައްޔާ ހޭނައްތާލެވުނު ކަމަށް ބެލެވުނު ހިސާބު އަތް ފުނާ އަޅަމުން ދިޔައީ ފަރުވާތެރިކަމާއެކުގައެވެ. އޭނާ އަށް އެ ފޯނު ފެނުނީ ކާނުގަނޑު ތެރެއިންނެވެ. ފެން އެޅި އިސްކްރީން ތަޅައިގެން ގޮސްފައިވުމުން ބޭނުން ކުރަން އުނދަގޫ ވިއެވެ. ނަސީބަކުން އޭނާގެ ވޮލެޓަކަށް ގެއްލުމެއް ނުލިބެއެވެ. އޭނާ ގަނެފައި ހުރި އެއްޗެހި ތެމި ޗަކަ ވެފައި ވުމުން އޭނާ އޭގައި އަތްލާކަށް ޚިޔާލެއް ނުކުރެއެވެ. އެންމެ ފުރަތަމަ ވެސް ފޯނު ވިއްކާ ފިހާރަ އަކަށް ގޮސް ގަތީ ފޯނެކެވެ. ދެން ބޭނުން އެހެން އެއްޗެހި ގަނެފައި އޭނާ ގެއަށް ދާން މިސްރާބު ޖެއްސެވެ. އާ ފޯނަށް ސިމު ބަދަލުކޮށްފައި ސުމައްޔާ އެންމެ ފުރަތަމަ ވެސް ގުޅާލީ އަރީނަށެވެ.

“ރީން. ރޭގައި އެ މީހުން ކޮން ވާހަކައެއް ދައްކާފަތަ ބިރުދެއްކީ؟ އަނެއްކާ އަހަރެމެން އަޒާގެ ކޭސް ކޮންނަކަން އެމީހުންނަށް ފަޅާއެރީތަ؟” ހާސްވެފައި ހުރެ ސުމައްޔާ އެހިއެވެ. “ނޫން، އެކަމެއް ނޭނގެ. އެއީ މިހާރު އަހަރެން ނަގާ ކޭސްތަކުގެ ސަބަބުން. އެ މީހުން ބުނީ އެ ކޭސްތައް ދޫކޮށްލަން. މިއަދު އެ ކަން ކުރާނަން. ސުމީ ކިހިނެއް؟ އެ މީހުން ކިހާވަރަކަށް އަނިޔާކުރިތަ؟ ފުލުހުންނަށް ރިޕޯޓް ކުރިންތަ؟ އަހަރެންނަށް މަޢާފު ކުރޭ. އަހަރެންނާއި ހެދި ސުމް…” އަރީން ހުރެފައި ސުވާލު ގޯންޏެއް އެއްލުމުން ސުމައްޔާ އަށް ތުން އޫކޮށްލެވުނެވެ.

“އަހަރެން ބަރާބަރޭ. އެ ކަންތައް ދެން ރިޕޯޓު ކުރާނެތަ. އަހަރެންނަށް އެނގެޔޭ ރިޕޯޓް ކޮށްފިނަމަ ވާނެ ގޮތް. ރީން ހާސްނުވޭ. އަހަރެން ސަލާމަތްވީ ވެސް ރީން އިއްސޭ އަށް ގުޅީމައެއްނު. އަމިއްލަ ނަފްސު ކުށްވެރި ނުކުރޭ. މިތަނުގަ ނުބައީ އެ ބީޑަބްލިއު ގޭންގް.” ސުމައްޔާ ރައްދުގައި ބުނެލިއެވެ. “އެކަމަކު އަހަރެން ބްލޫ ވޯޓާސް އާއި ދެކޮޅަށް ހުރި ކޭސްތައް ނުނެގިނަމަ މިހެނެއް ނުވީހެއްނު.” އަރީންގެ ވާހަކަ ހުރި ގޮތުން ސުމައްޔާ އަށް ބޯ ހޫރާލެވުނެވެ.

ސުމައްޔާ އާއި ވާހަކަ ދެއްކުމަށް ފަހު އަރީން ދިޔައީ ބަދިގެއަށެވެ. އޭރު ފާތުމަމެން ރިހަގަނޑެއް ކައްކަން އުޅެއެވެ. ކާތަކެތީގެ ވަހުން މުޅި ބަދިގެ ވަނީ އެއްވަސް ވެފައެވެ. އަރީނަށް މި ވަސް ދުވުމުން އަނެއްކާވެސް ބޮލުގައި ރިއްސައިގަތެވެ. އޭނާ އެ ތަނުން ނުކުމެ ދުވެފައި ސިޑިން މައްޗަށް އަރައިގެން ދިޔައީ މޭ ނުބައި ކުރާ ގޮތް ވުމުންނެވެ. އަރީނަށް ފާޚާނާ އަށް ވަދެވުނީ ކިރިޔާއެވެ. ޕްރެޝަރުގައި ދޫކޮށްލެވުނު އިސްކޫރެއް ހެން އަނގަ ފުރާ ހޮޑު އައެވެ. އޯކަށް ދެމި ހޮޑުލަމުން ދިޔައިރު އެ މޫނުމަތީގައި ވަނީ ވަރުބަލިކަމެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

މިހިތަށް ލޯބިދޭށޭ- 14 ބައި

Next

ބޮޑީގާޑު 13

Next
January 27, 2026

ބޮޑީގާޑު 13

Previews
January 27, 2026

މިހިތަށް ލޯބިދޭށޭ- 14 ބައި

34 Comments!

  1. Shiu says:
    January 27, 2026 at 10:20 am

    Mi part vx varah Reethi Masha Allah.. Neynge hama bunaane ehcheh vx, Ehaa vx furihama mi part, Sifakurunthah vx hama 💯.. heevany story thereyga ulheveyhen 🥴 Tysm mi part dhigu koh genesdhineema 😊💕
    Sumee Salaamaiy v dhw, Alhamdhulillaah 😌
    Sumee and Issey Sooo loabi 🥰 Awwwwwnnn, Isseyy, haadha Rom ey dhw, 🙈 dhn Keh kollaa marry kureven dhn, Hehe 😅
    Blue Waters ge meehun miulheny keeh vegen tha, 🤬🙄 Naseebeh nun Sumee ge bappa E thanah nuvaiikan… Reen preg v baa Anekka?? 😮 eyrun faharehga, Zev ge aniya thaakah huttumeh aisdhaane dhw?? Soooo curious 🧐
    When Next???? Curiously waiting for the next part….
    Lyssm 🤍

    1. White rose White rose says:
      January 27, 2026 at 2:37 pm

      Sumee men finally gulhije arn 😄😄
      Dhw, varah nulafaa ba eh mi blue waters meehunakee 🤧🤧
      Let’s see whether the abuse stops or not, stay tuned
      Vrh vrh ufaavejje mi comment fenunyma, u made my day, Shukran Shiu ✨✨✨
      Lyt darl 🫶🏻🫶🏻🫶🏻

  2. Your fav bab Your fav bab says:
    January 27, 2026 at 10:33 am

    Finally!!
    Yay soomoa is perfectly fine! Isse and soomoa OMG congratsss🎉🎊🎉!! this is the part I’ve been waiting for hehe..
    Sumy and isse! they do give off PERFECT and LOVELY couple vibes💗 yeah isse should control or else….🤐
    Reen threw up?? Preg vee thr anekka?
    So curious to know what’s gonna happen next!
    When next?
    Ly💗

    1. White rose White rose says:
      January 27, 2026 at 2:39 pm

      Preg vumakee ves oiy possibility eh dhw, let’s see wht happens, stay tuned 😄😄
      IA next Friday
      Shukran Your fav bab ✨✨
      Lyt darl 🫶🏻🫶🏻

  3. Miss jennie says:
    January 27, 2026 at 12:19 pm

    Mi part ves varah reethi. Finally sumayya and ihusaan ge zuvaabah nimumeh aissi. Areen preg veebaa? Areen preg viyas vaanee zavian ge aniyaa verikamun. Curiously waiting for next part???

    1. White rose White rose says:
      January 27, 2026 at 2:40 pm

      Dhw, mi zev maa abusive ee 🤧🤧
      Shukran Miss jennie ✨✨
      Lyt darl 🫶🏻🫶🏻

  4. 😶‍🌫️Raajiha 😶‍🌫️ says:
    January 27, 2026 at 1:11 pm

    Omg they are a couple nowww… congratulations 👏🎉🎉
    And this part is sooo good…wait is areen pregnant??
    When is next??
    Lysm girll

    1. White rose White rose says:
      January 27, 2026 at 2:41 pm

      Happy to hear its good 😄😄
      Not sure, let’s see whether she’s pregnant or not from next ep, stay tuned
      Shukran 😶‍🌫️Raajiha 😶‍🌫️ ✨✨
      Lyt darl 🫶🏻🫶🏻

  5. Anonymous says:
    January 27, 2026 at 2:02 pm

    Mi part ves vrh reethi MA!
    So glad that ihsaan finally confessed his love to Sumeee. Just so cuteee❤️❤️
    Wait… Is reen pregnant???
    Whn nxt?????
    Luv u

    1. White rose White rose says:
      January 27, 2026 at 2:43 pm

      Reen preg thw noonthoa engeyni next ep kiyaaleema, stay tuned 😄😄
      IA next Friday
      Shukran Anonymous ✨✨
      Lyt darl 🫶🏻🫶🏻

  6. Alaika_22 says:
    January 27, 2026 at 2:37 pm

    Mi part ves Vrh Reethi MA!!!! Hama best!!!!!
    Omg…. Sumee and isse Vrh loabi Ingey…. 😅 Congratulations both 🎉🎉
    Reen preg V kanne dhw…. 🤔
    Curiously waiting for next part…..
    Whn nxt?????
    Lysm 🤞🏻🖤

    1. White rose White rose says:
      January 27, 2026 at 2:43 pm

      IA next Friday
      Shukran Alaika_22 ✨✨
      Lyt darl 🫶🏻🫶🏻

  7. Riusha💙 says:
    January 27, 2026 at 2:57 pm

    Congra congra to our new couple. Issey & Soomoa👏👏💙💙🎉🎉💙💙👏👏
    Aneeka reen preg v ba.. Xavian ah reen ge kushey ney kan visneyne dhuvahakah enme inthizaaru kureve;e…
    So curious…..
    Impatiently waiting…
    When next????
    Take Care
    Luv ya💙💙💙💙💙💙💙

    1. White rose White rose says:
      January 27, 2026 at 3:52 pm

      Same, zev ah haqeeqiay engeyne dhuvahakah alhugandu ves mi inthizaaru kuranee
      IA next Friday
      Shukran Riusha💙 ✨✨
      Lyt darl 🫶🏻🫶🏻

  8. Diva_gurly says:
    January 27, 2026 at 5:45 pm

    OMG 😱 issey is so romantic!!!!🤭
    Sumee and issey finally dating 😁
    I have been waiting for this😂
    Is aree pregnant?????🤔🤔
    I wish zev changes when he finds out if she is pregnant
    Varah salhi mi bai ves
    Congratulations sumee and issey 🥳
    Whn next????

    1. White rose White rose says:
      January 27, 2026 at 5:59 pm

      Yeaa, they finally accepted their feelings
      Maybe, let’s whether she’s pregnant or not.
      IA next Friday
      Shukran Diva_gurly ✨✨

  9. Anonymous says:
    January 28, 2026 at 8:04 pm

    Alhey re-enacts preg vehjehyya anehkaa zavian bunaany kanneyge eii eyna ge Shari eiii nooney….
    Impatiently waiting for the next part….
    Alheyy neynge kihineyy kamey vx inthizaaru keraany

    1. White rose White rose says:
      January 28, 2026 at 8:53 pm

      That’s also a possibility 😒😒
      Hehe, just wait a lil longer until Friday
      Shukran Anonymous ✨✨

  10. Reader. says:
    January 28, 2026 at 8:21 pm

    Blue waters? The name is boring as them! Alhe fahe eyah vure reethi nameh neygunu dhw emeehunnah kiyaakah!🙄
    The name gives off ordinary and low-key hideous vibes but YOU made it awesome BW-GANG much better😌

    1. White rose White rose says:
      January 28, 2026 at 8:55 pm

      Yeaa, its truly a very boring name, liyunu iru visnumah ai ehcheh liyuni 🥀🥀
      Shukran Reader. ✨✨

  11. Anonymous says:
    January 28, 2026 at 10:07 pm

    Maadhan surprise episode eh genes dheyn v en readers ufaa kollan
    Eyrah bunaanan u vrh rangalhey 🫶🏻

    1. White rose White rose says:
      January 28, 2026 at 10:13 pm

      Sincerely sorry, but I don’t think I can finish up for then 🥀🥀 hope u understand
      Shukran Anonymous ✨✨

  12. Anonymous says:
    January 28, 2026 at 11:27 pm

    Hey white rose, r u from Huravee school I mean u study there? Just curious cux u know how to describe the school really well as if u r a student from Hueavee School 😊

    1. White rose White rose says:
      January 29, 2026 at 8:22 am

      Hehe, but its actually my own imagination, really didn’t think it would match with reality. I didn’t study there.
      Shukran Anonymous ✨✨

    2. Zee Xee says:
      February 5, 2026 at 11:52 am

      Ur taking my relatives as characters…🖤🫶
      At least choose me instead of them White Rose 🌹🍁 Ur a precious Rose take in here!!
      Jk, Don’t worry! 😂😂😂
      Story Vrh Vrh good !!keep it up 🥀🖤
      May Allah bless you with success 💛

  13. Anonymous says:
    January 30, 2026 at 1:11 pm

    This is Friday pls fast
    Curiosly waiting for the next part😊😊

    1. White rose White rose says:
      January 30, 2026 at 1:50 pm

      IA, avahah kiyaalan libeyne. I’ve submitted last night.
      Shukran Anonymous ✨✨

  14. Anonymous says:
    January 30, 2026 at 2:12 pm

    Alheyyy admin avahah up kohdhyba… heyo nuvaane… kiyun Therin thibee mi vhk karu hiykai ganefa..

    1. White rose White rose says:
      January 30, 2026 at 4:10 pm

      Its now uploaded
      Shukran Anonymous ✨✨

  15. Mr.! says:
    January 30, 2026 at 2:40 pm

    Adhi vx pending ga thrr😭😭

    1. White rose White rose says:
      January 30, 2026 at 2:50 pm

      Yeaa 😭😭

  16. Diva_gurly says:
    January 30, 2026 at 2:50 pm

    Alheyy kobaa tharrr
    Is it still pending
    I’ve been waiting hehe
    Keehvetha e last vanyy

    1. White rose White rose says:
      January 30, 2026 at 4:09 pm

      Its now uploaded
      Shukran Diva_gurly ✨✨

Comments are closed.

Next Episodeދެވުނީ ވޭނޭ 40←


All Right Reserved!