ދެވުނީ ވޭނޭ 31
Warning: Contains explicit references to domestic violence and abusive language
އަނދިރީގެ ތެރެއިން އިތުރު ޙަރަކާތެއް ކޮށްލަންވާއިރަށް މީހަކު އެ ތަނަށް ވަދެގަތެވެ. ދެން އެސްފިޔަ ޖަހާލެވޭހާ ކުޑަ ހިނދުކޮޅެއްގެ ތެރޭ މީހަކު އިޙުސާނުގެ ގައިގައި ހިފައިގަތެވެ. ސަލާމަތްވުމަށް އިޙުސާނު މަސައްކަތް ކުރި ނަމަވެސް ހަމަލާ ދިން މީހަކަށް ވުރެ ގަދައެއް ނުވެވުނެވެ. އެ އުކުޅުތަކުން މީހާ ބޯ ހާސްވެގެން ދިޔައެވެ. ފުލުހަކަށް ވިއެއް ކަމަކު އެ ގޮތް ނޭނގޭ މީހާ އިޙުސާނު މޭޒުމައްޗަށް ތިރިކޮށްލިއެވެ. އެއަށްފަހު އޭނާގެ ދެއަތުގައްޔާއި ދެފައިގައި ބިޑި އަޅުވާ ހައްޔަރުކޮށްލިއެވެ. އިމަޖެންސީ ލައިޓުގެ ފަނޑު އަލިން އިޙުސާނަށް ތަންދޮރު ވަކިވާން ފެށީ އެ ވަގުތެވެ.
“ކަލެއަށް މާކަ ގިނަ ވަގުތެއް ނުލިބޭނެ. މަ މި ކުރާ ސުވާލަށް ތެދުތެދަށް ޖަވާބު ދީ!” ހަރުކަށިކަމާއި އެކު ވާހަކަ ދެއްކި މީހާގެ މޫނު ފެނުމުން އިޙުސާނަށް ދެލޯ ބޮޑު ކޮށްލެވުނެވެ. “ސުމައްޔާ!” ހައިރާންވެފައި ހުރި ވަރުން އިޙުސާނަށް ވާހަކަ ދެއްކުނީ އިރުކޮޅެއް ފަހުންނެވެ. “ޕޮލިސް އިންޓެލިޖެންސްގެ އެކްސެސް ކޯޑު ބުނޭ. އެހެންނޫނީ.” ފާޑެއްގެ ސިރިންޖެއް ނަގައި އޭގެ ކަށި ކަނދުރާގައި ޖައްސާލަމުން ސުމައްޔާ ނުރައްކާތެރި ގޮތަކަށް ބަލައިލިއެވެ. “ނުބުނާނަން. ފުލުސް އޮފީސް ތެރޭގައި މިގޮތަށް ބިރުދައްކަން ފަތަފޮޅީގެ ގޮތެއް ނެތީތަ؟” އިޙުސާނު އަޑަށް ބާރުލައިފައި ބުނެލިއެވެ. “އަޑުމަޑުކުރޭ. ކަލޭ ބޮލު ނާށިގަނޑުތެރޭ އޮތް މީދާ ކޭ އުނބަށް ވިސްނައިގަނެވޭ ވަރަށް ވުރެ މުހިންމު ކަމެއްގަ މި އުޅެނީ. މަރުވާން ބޭނުން ނޫނިއްޔާ ބުނޭ.” ސުމައްޔާ އޭނާގެ ވައަތުން އިޙުސާނުގެ ކަރުގައި ހިފައިފިއެވެ. ސުމައްޔާގެ ބާރުގަދަކަން އިޙުސާސް ކުރެވި އެ ވަރުގަދަ ފިރިހެނާއަށް ވެސް މިފަހަރު ހިންދިރުވާލެވިއްޖެއެވެ.
“ކަލޭ ހީކުރީތަ؟ ހެހެހެ. އޭތް މީހެކޭ.” އިޙުސާނު އެ ޙާލުގައި އޮވެ ވެސް ހަޅޭއްލަވަން ފެށިއެވެ. “ޔޫ އެނޯއިން ބްރެޓް. ޝަޓްއަޕް.” ސުމައްޔާ އިޙުސާނުގެ އަނގަމަތީގައި އަތް އެޅިއެވެ. ބަދަލުގައި އިޙުސާނު އެ އަތުގައި ދަތް އެޅިއެވެ. އެއަށްފަހު އަނެއްކާވެސް ގޮވާލިއެވެ. ސުމައްޔާ ތުން ފިތާލައިފައި ސިރިންޖް މޭޒުމަތީގައި ބާއްވައިފައިއަނެއް އަތުން އެ އަނގަ ބަންދުކޮށްލިއެވެ. އެއާއެކު ސުމައްޔާ އަށް ހާސްވެފައި ދޮރާއި ދިމާލަށް ބަލައިލެވުނީ އެ ޔުނިޓަށް މީހަކު ވަތް އަޑު އިވުމުންނެވެ. މަޤްސަދު ޙާސިލުނުވަނީސް އޭނާ ފަލީޙަތްވަނީ ހެއްޔެވެ؟ އެއާއިއެކު އިޙުސާނުގެ މޫނުމަތީގައި ކުޅެލީ ފަތަޙައިގެ ހިނިތުންވުމެކެވެ. އަނެއް ފަހަރު ހަޅޭއްލަވައިގަންނަން އޭނާ އަނގަ ހުޅުވާލިއެވެ. މި ފަހަރު ސުމައްޔާ އެ އަނގަ ބަންދުކޮށްލީ އިޙުސާނުގެ ޚިޔާލަށް ވެސް ނުގެނެވޭނެ ވަރުގެ ޢަމަލަކުންނެވެ. ލިބުނު ޝޮކުގައި ހުއްޓުން އަރާފައި އޭނާ އަށް ހުރެވުނީ ސުމައްޔާ ލޮލަށް ގެއްލިފައެވެ. އެ ސޮރުގެ ހިތް ތެޅިގަތީ އެހެނެއް ނޫނެވެ.
އިޙުސާނުގެ ތުންފަތުގައި ބޮސްދެމުން ދިޔަ ނަމަވެސް ސުމައްޔާގެ ސަމާލުކަން ހުއްޓިފައި ހުރީ ކެބިނުގެ ބޭރުން އިވެމުން ދިޔަ ފުލުސް މީހާ ވާހަކަ ދައްކާ އަޑަށެވެ. ނަސީބަކުން އޭނާ ކެބިނުގެ ތެރެއަށް ނުވަދެ ބޭރަށް ނުކުމެ ދޮރު ލައްޕާލިއެވެ. އެ ދޮރު ލައްޕާލި އަޑު އިވުމުން ސުމައްޔާ ހަމަޖެހިލަމުން ދެލޯ މަރާލެވުނެވެ. ލޯ ހުޅުވާލުމާއި އެކު އޭނާއަށް ކުރެވުނީ ކިހާވަރެއްގެ ކަމެއްކަން ރެއަކާ ލިއެވެ. ހުޅުވާލި ދެލޯ އަލުން މަރާލާ ފިއްތާލަމުން ސުމައްޔާ އިޙުސާނުގެ މޫނުން އަތް ދޫކޮށްލިއެވެ. ދެ މީހުންގެ ނޭވާ އަވަސްވެފައި ވީއިރު ދެ ހިތުގައި ކުޅެވެމުން ދިޔައީ އެއް ރާގެކެވެ. ގަތް ލަދުން ސުމައްޔާ އަށް ބިން ފަޅައިފައި އަޑިއަށް ދެވޭނެ ނަމައޭ ހިތަށް އެރިއެވެ. އެހެނަސް މި ވަރު ކޮށްފައި އަމުދުން ފަހަތަށް ޖެހޭކަށް ބޭނުމެއް ނުވިއެވެ.
“ކަލޭ ކައިރީ ކިތައް ފަހަރު ތަ ބުނަންވީ އެ ކޯޑު ބުނާށޭ.” ސުމައްޔާ ޖީބުން ކުޑަ ފިޔޮއްސެއް ނަގައި އިޙުސާނުގެ ކަނދުރާ މަތީ އަޅާލިއެވެ. އެހާ ފުންކޮށެއް ނޫނެވެ. އެހެނަސް ލޭހިލޭނެ ވަރަށެވެ. “އާހް. މިއީ އާދައިގެ އަންހެނެއް ނޫނެއްނު. އަހަރެން ފަސްޓް ކިސް ވެސް ޖަހައިގަނެފި. ކީއް ކުރަންތަ އެ ކޯޑު ހޯދަނީ؟” އިޙުސާނު ރައްދުގައި ބުނެލިއެވެ. “އިތުރު އަނިޔާއެއް ދޭންވީތަ؟” ސުމައްޔާ މިފަހަރު ނަގާ އަމާޒުކޮށްލީ ސިރިންޖެވެ.
“ނުލަފާ ފަތަފޮޅިގަނޑާ މައިތިރިވެބަލަ. މަ ބުނެފާނަމޭ. ނަހަމަ ގޮތުގައި މި ކޯޑުގެ ބޭނުން ކުރި ކަމުގެ ޚަބަރު ލިބުނިއްޔާތާ. ޖަލު ތޭރިތަކުގެ ބިއްދޮށަށްލާން ޖެހޭނީ.” ސިރިންޖްގެ ކަށި ހަންގަނޑު ތެރެއަށް ކޮށްޕާލުމުން އިޙުސާނު އެންމެފަހުން ގޮތް ދޫކޮށްފިއެވެ. ސުމައްޔާ އަށް އެއީ ރަނގަޅު ކޯޑު ކަން އެނގުމުން އިޙުސާނު މިނިވަންކޮށްފިއެވެ.
“މިއީ ވާ އަނިޔާވެރި އަންހެނެއް. ކޯޑަކަށް ޓަކައި މަށަށް ކޮށްލި ވަރު ބަލާބަލަ. ކޮންތާކުން ދަސްކުރި އުކުޅުތަކެއްތަ؟ ހީވަނީ ބޭރުގެ ހަނގުރާމައަކަށް ޓްރައިން ވެފަ ހުރިހެން. ފުލުސް މިޝަނެއްގައި މަސައްކަތް ކުރާ އިރު ވެސް މި ސިފަ ދައްކާ ނުލާ.” އިޙުސާނު ކަނދުރާއިން ލޭފުހެމުން ބުނެލިއެވެ. ސުމައްޔާ ހިނިގަނޑެއް ޖަހާލައިފައި ގޮސް ކަބަޑު މަތިން ފަސްޓް އެއިޑް ބޮކްސް ނެގިއެވެ.
“މަ ކަރުގައި ވަޅި އަޅާފަ ކީއްކުރަން ބޭސްއަޅަން ތިއުޅެނީ.” ސުމައްޔާ ޓިޝޫއަކުން އިޙުސާނުގެ ކަނދުރާއިން އަންނަމުން ދިޔަ ލޭތައް ސާފުކުރަން ފެށުމުން އިޙުސާނު ދުރަށް ޖެހުނެވެ. “މި އުންމަތުލް ވަބާގެ އަނގަގަދަ ކަން ވެސް އިންތިހާ އެއްނު. ނިކަން މައިތިރިވެގެން އިނދެބަލަ.” ކޮނޑުގައި އަތް އަޅުވާލައިފައި ބޭސް ހާކަން ތައްޔާރު ވެލަމުން ސުމައްޔާ ކަޅި އަޅާލިއެވެ. ފަރުވާތެރިކަމާއެކު ބޭސް އަޅައިފައި އޭނާ ބެންޑޭޖް އޮޅަން ފެށިއެވެ. އެކަކު އަނެކަކުގެ ނޭވާ އިޙުސާސްވާހާ ގާތުގައި ތިބި އިރު އިޙުސާނުގެ ތޫނު ނަޒަރު އަމާޒުވެފައި ހުރީ ސުމައްޔާ އަށެވެ. ދުވަހަކުވެސް ނުވާ ވަރެއް މިއަދު އޭނާއަށް ވޭއެބެއެވެ.
“ނުރައްކާތެރި ވިއެއް ކަމަކު ލޯބި މަންޖެއެއްތާ މިއީ. މަށަށް ވުރެ ކުޅަދާނަ ވެއްޖެ.” ހިތާހިތުން އެހެން ބުނެލިއިރު އިޙުސާނުގެ ހިތުގެ ހިނގުން ވަނީ އަވަސް ވެފައެވެ. މިއީ އޭނާއަށް މުޅިން އާ އިޙުސާސެކެވެ. އިމަޖެންސީ ލައިޓުގެ ފަނޑު އޮރެންޖް އަލިން ސުމައްޔާގެ ދޮން މޫނު ފެންނަނީ ނުހަނު ޖާދުކުރަނިވި ގޮތަކަށެވެ. ފިޔާތޮށި ކުލަ އަރަމުން ދިޔަ އެ ތުންފަތުގައި ދެވަނަ ފަހަރަށް ބީހިލުމަށް އެ ބަސްނާހާ ހިތް އެދެން ފެށިއެވެ. އެ ވަގުތު ކޮޅަށް އޭނާގެ ސިކުނޑީގެ މަސައްކަތް ހުއްޓިފައިވާ ކަހަލައެވެ.
ބޭސް އަޅާ ނިމުމުން ސުމައްޔާ ދުރަށް ޖެހުނެވެ. އިޙުސާނު ދެންމެ ހަމަ ހޭވެރިކަން ލިބުނު ފަދައިން ކެބިނުން ނުކުމެގެން ދިޔައީ ރޫސްލައިފައެވެ. ކުރަން ނުވާ ވަރުގެ ކަމެއް ކުރެވިދާނެ ކަމުގެ ބިރު އޮތުމުން އެ ސޮރު އަވަހަށް ނައްޓާލީއެވެ. “ކަލޯ އަނެއްކާ އެ ގޮލާ ޙަޤީޤަތުގައި ވެސް މަ ދެކެ ބިރު ގަތީތަ؟” އިޙުސާނު ދިޔަ ދިމާ ބަލާލަމުން ސުމައްޔާ ދެލޯ ހަނިކޮށްލިއެވެ. އެއަށްފަހު ސިރިންޖާއި އެއްޗެހި ދަބަހަށް ލައިފައި ދިއުމުގެ ކުރިން އެ ތަން ހަމައަކަށް އަޅުވާލިއެވެ. ފުލުސް ޔުނީފޯމުގައި ހުރުމުން ދެން މީހަކު ޝައްކެއް ނުކުރާނެތާއެވެ.
“އާރގް. މަށަށް ކޮން ބައްޔެއް ޖެހިގެންތަ މި އުޅެނީ. ކިހިނެއްތަ އެ ފަތަފޮޅިގަނޑު މަށަށް ރީތި ވާންވީ. އެތައް ސަތޭކަ އަންހެނުންނެއް އުޅޭ މި ހުޅުމާލެ ތެރެއިން ވެސް އެ ވަރުނީސް ތެލި. ނޯވޭ އައިމް ފޯލިން ފޯރ ހާރ. ލާހިކެއް ނޫން އެކަން ވާކަށް.” ކާރަށް އަރައިފައި ނިތުގައި އަތުން ޖަހާލަމުން އިޙުސާނު ބުނެލިއެވެ. އެއަށްފަހު ގިޔަރަށް ލައި ދުއްވާލަމުން އޭނާ މަގަށް ނަޒަރު ހުއްޓާލިއެވެ.
ސުމައްޔާ ނިދަން އަރައިފައި އެންމެ ފުރަތަމަ ވެސް ގުޅާލީ ލީވާނަށެވެ. ކޯޑު ބުނެފައި އޭނާ އެ ކޯލް ކުރުކޮށްލިއެވެ. އެއަށްފަހު ނިދާލުމުގެ ނިޔަތުގައި ދެލޯ މަރާލިއެވެ. އެ ވަގުތު އޭނާގެ ލޯ މައްޗަށް ސިފަވީ މިއަދު އިޙުސާނާއި އެކު ހޭދަވި ވަގުތުކޮޅެވެ. “އަޅޭ! ކޮން މޮޔައެއް ވެގެންތަ މަ އެހެން ހެދީ. އެ ނޫން ގޮތަކުން ވެސް އެ ބޮޑު އަނގަގަނޑު މައިތިރި ކޮށްލެވިދާނެއްނު. އުންމަތުލް ވަބާ ހިތަށް އަރާނީ ކޯންޗެއްބާ؟ އެ ގޮލާ ކުރިމަތީގައި ކޮންމެ ފަހަރަކުހެން ލަދުގަންނަ ޒާތުގެ ކަމެއް ވޭ. އަވަހަށް މަރުވާކަށް އުޅެނީއެއް ނޫން.” ބާލީހުގައި ގޮށްމުށުން ތަޅައިގަންނަމުން ސުމައްޔާ އަމިއްލަ ނަފުސަށް އިވޭ ވަރަށް ބުނެލިއެވެ.
“ކަލޯ ގަޔާ ސަޓަންޏާ! މިއޮއް ފަދަ ގަޑީ އަހަރުންގެ އެޕާޓްމަންޓަށް ވަދެގަތިއްޔޯ؟ މަ ނިދިޔަކަ ނުދޭންތަ ތި ވިސްނަނީ. މާދަން ބިޒްނެސް ޓްރިޕަކަށް ފުރަން ވެސް ޖެހެޔޭ. ލިއު ފަކީރު ބޮއްތަގެއަށް ނުލެވުނު ނަމަ މާދަން ސުކޫލަށް ދާން ވެސް ނުހޭލެވޭނެ. އެއީ ހޭލެވިއްޖާ ފަސޭހައަކުން ނިދާނެ މަންޖެއެއް ނޫން.” ބެލް އަޅާވަރުން ނުކުޅަދާނަވެގެން ގޮސް ލީވާން ދޮރު ހުޅުވާލިއިރު އިޙުސާނު ހުރުމުން ބޮން އަޅާލިއެވެ. “ކަޑަ ކަމެއް ވެގެންނޭ މި އުޅެނީ. ފުލުހުންގެ ކޮންފިޑެންޝިއަލް ކޯޑެއް. ކިހިނެއްތަ މި ވާހަކަ ފަށާނީ ވެސް.” ސިޓިންރޫމުގައި ހުރި ސޯފާއަށް ވެއްޓިގަންނަމުން އިޙުސާނު އޭނާގެ އިސްތަށިގަނޑަށް އަތް މަހާލިއެވެ. “ބްރޯ ހާދަ ފަސޭހަ އަމާޒަކަށޭ މި ވީ. ސަޅިއޭ. ސައުވީސް ގަޑިއިރު ތެރޭ ސުމީ އަށް އެ ކޯޑު ހޯދާލެވުނީ އެހެންވެ ދޯ.” ލީވާން ހިނިގަނޑެއް ޖަހާލިއެވެ.
“ކީކޭ؟ އިލެވެން އަށް ކިހިނެއް އެ ކަން އެނގުނީ؟” އިޙުސާނު ދިޔައީ އެއްލިގެންނެވެ. ލީވާން ހިންދަން މަސައްކަތް ކުރި ހިނިގަނޑު ފަޅައިގެން ދިޔައީ އިޙުސާނަށްވީ ގޮތުންނެވެ. “ސޮރީ. މި… އަހަރެން ބުނެގެން ސުމައްޔާ އެކަން ކުރީ. ހާސްނުވޭ. މިކަން ކޯޓެއް ނުވާނެ. އެ ކޯޑު ހޯދީ ޕޮލިސް އިންޓެލް އަށް ހެކް ކޮށްލަން.” ބަނޑުގައި އަތް އަޅައިގެން ހުރެ އެ ސޮރަށް ވާހަކަ ދެއްކުނީ ވެސް އުނދަގުލުންނެވެ. “ލީވާނޫ! ހެކް ކުރާށޭ. އިނގޭތަ އެއީ ކިހާވަރެއްގެ ކަމެއްކަން. ބަޓު ވިއްޔާ ޖަލަށް ވެސް ދާން ޖެހިދާނެ.” އިޙުސާނު ގޮސް ލީވާންގެ ގައިގައި ހިފައިގަތެވެ.
“ސުމައްޔާ އަށް އެކަން ކުރަން ޖެހުނީ ސަބަބެއް އޮވެގެންނޭ. އެ ކޯޑު ހޯދީ އެ މީހުންނަށް ނޭނގި އެކަން ކުރާށޭ. ބްރޯ ވެސް މަ ގާތު ބުނީމެއްނު ބައެއް ކޭސް ފައިލްތަކަށް ތި ސްޓާފް ސާރޖަންޓަށް ވެސް އެކްސެސް ނުލިބޭ ވާހަކަ. ތި ތަނަކީ ވެސް ވަރަށް ކޮރަޕްޝަން ހިނގާ ތަނެއް. ނުލަފާ ނުފޫޒުގަދަ މީހުންގެ ވާގިވެރިން ތިޔަ ތަނުގަ އުޅެޔޭ. އޮފިޝަލް ކޮށް ބައެއް ކޭސްތަކަށް ރިކުއެސްޓް ކުރިއަސް ގޮތްގޮތް ހަދާލާ މަންޒަރު އަހަރެން ވެސް ދެކުނީމޭ.” ލީވާން އިޙުސާނު ދުރަށް ކޮށްޕާލައިފައި ވާހަކަ ދެއްކި އިރު އަޑުގައި ތަފާތު ބާރެއް ހުއްޓެވެ.
“ހޫން. ދެން މައިތިރިވެބަލަ. އަހަރެން ވެސް ޤަބޫލުކުރަމޭ ކޮރަޕްޝަން ހިނގާކަމަށް އެކަމަކު އަބަދަކު އެހެނެއް ނޫނޭ. އަހަރެމެން ކަހަލަ ނަޒާހާތްތެރި މީހުން ވެސް މަދެއް ނޫނޭ. އެ ދައިތަގަނޑު އަނެއްކާ ކޮން ކޭހެއް ކޮންނަންތަ އެ އުޅެނީ. ސީދާކޮށް ކުރިމަތިލާން ވެއްޖެ ނަމަ އަންގަން ޖެހޭނެއްނު. ހާދަ ސިއްރުވެރިއޭ ދޯ. ހިތަށް ވެސް ނުގެނެވޭ ވަރުގެ ކަންކަން ކޮށްލާ.” އިޙުސާނު ޖެހިގެން ހުރި ސޯފާ ގޮނޑިއަށް ވެއްޓިގަތެވެ.
“ތިއެއް ނުބެނެވޭނެ. ސެން އަށް އުންމަތުލް ވަބާ ކިޔަން ކަލޭ އޭނާއަށް ކީއްކުރީ. އަނެއްކާ އެއީތަ ބްރޯގެ ފަތަފޮޅިއަކީ؟” ލީވާން ބަލައިލީ ފާޑަކަށެވެ. “މަ ކަމެއް ކޮށްގެނެއް ނޫނޭ. އޭނާ ފޮނިކަމުން މަށަށް ވަނަން ހަދަހަދައިގެން އެއްޗެހި ގޮވަނީ. ހުވާ މި ކުރި އެއީވާ އާދަޔާ ޚިލާފު އަންހެނެއް. މަ ހަޅޭއްލަވަން އުޅުނީމަ ވެސް އަނގަބަންދުކޮށްލީ ދެތުންފަތުން ވިއްޔާ.” އިޙުސާނު ވިސްނާނުލާ އެ ވާހަކަތައް ދުލުން ބޭރުކޮށްލިއެވެ. “ސުއްބޫހް. ކޯޑަކަށް ޓަކައި ހާދަ ވަރެކޭ އެވީ. ކޮބާ ކިހިނެއް ވަނީ؟” ލީވާން ނުސިޔާނު ގޮތަކަށް އެހެން ބުނެލުމުން އިޙުސާނަށް ދެންމެއަކު ބުނެވުނީ ކިހާވަރެއްގެ އެއްޗެއް ކަން ރެއަކާ ލައިފިއެވެ. މި ދެން އޭނާގެ ޒަމާން ދިޔައީ އޭ ހިތަށް އެރުމުން އެ ސޮރަށް މޫނު ކުނިކޮށްލެވުނެވެ.
މިރޭ ވެސް ޒަވިއަން އައިސް ކޮޓަރިއަށް ވަން އިރު އެގާރަ ޖަހާ ބޮޑު ވެއްޖެއެވެ. “ކާން ހަދަންވީތަ؟” އަހަން ނާހަން ހުރެފައި ވެސް އަރީން އެ ސުވާލު ކޮށްލައިފިއެވެ. “ކަލޭ އަތުން ހަދާ އެއްޗެއް މަށެއް ނުކާނަން. ނޭނގޭނެ ވިއްޔާ. ހަމަ ޒަހަރު އަޅާފަ ވެސް ދީފާނެ.” ޒަވިއަން ރުޅިވެރިކަމާއި އެކު ބުނެލި ބަސްތަކުން އަރީންގެ ހިތް ތޮރުފާލި ކަހަލައެވެ. ވިސްނާލަމުން އޭނާ ދެން ގޮސް ނެގީ ފޯނެވެ. އެއިން ޖޮބް ޑްރައިވަށް ވަދެ ހުޅުވާލީ ލިވާޒާ ފޮނުވި ވީޑިއޯ ކޮޅެވެ.
“އަހަރެންނަކީ އެހާ ނުބައި މީހެއް ނޫން. މި… މި އަޑުއަހާލަބަ.” އަރީން ޒަވިއަންގެ ގާތަށް ގޮސް އެ ރިކޯޑިން އަޅުވަން ޖައްސާލިއެވެ. ޒަވިއަން އައި ރުޅީގައި އެ ފޯނު ނިއްވާލައިފައި އެނދުމައްޗަށް އެއްލާލިއެވެ. “ކަލޭ އަޅުވާ އެއްޗެއް އަޑުއަހާކަށް މަށަކަށް ވަގުތެއް ނެތް. ކޮންމެހެން މަ ރުޅިއަރުވާން އުޅޭނެ ކަމެއް ނެތް މިހިރަ ***އާ. ކަލޭގެ ނުބައިކަން މަށަށް އެނގިފައޭ އޮތީ. މާ ވައްތަރު ވައްތަރު ނުކޮށް މައިތިރިވެގެން އިނދޭ” އަރީންގެ ކަރުގައި ހިފާ ދުރަށް ކޮށްޕާލަމުން ޒަވިއަން ބުނެލިއެވެ. މި ރަހުމް ކުޑަކަމުން އަރީނަށް ރޮވެން ފެށުނެވެ. އަނގަމަތީގައި އަތް އެޅީ ގިސްލާ އަޑު ޒަވިއަނަށް އިވުނަކަ ނުދޭށެވެ. އެ މޭގައި ތޫނު ރިހުމެއް ހުރިއިރު އެ ބޮލުގައި ރިއްސަމުން ދިޔައީ އިންތިހާއަށެވެ. ޒަވިއަންގެ ހިތަށް ކަހެރުވަކެކޭ ވެސް ހިތަށް ނާރައެވެ. ގޮސް ވަނީ ފާޚާނާއަށެވެ.
“ޒެވް އަށް ޤަބޫލު ކުރެވޭނީ ކޯޓުން މިކަން ނިންމާލެވޭނެ ދުވަހަކުން ކަން ޔަޤީން. އަހަ..ރެން އަހަރެން ދެން ކިހިނެއް ހަދާނީ؟ ނޭނގޭ މީން ދުވަހަކުން އެކަން ކުރެވޭނެ ހެންނެއް. އާހް. އެހެން އެއްޗެހި ކިޔުމުގެ ބަދަލުގައި އިތުރަށް ޖަހާލާނެ ނަމަ. އެ ފަދަ އަނިޔާ އެއް ވެސް މާ ލުއި ވާނެ.” ނޭފަތް ދަމަމުން ގޮސް އަރީން އިށީނީ ސޯފާގައެވެ.
“އޭތް އަންހެނާ. މަ މި އުޅެނީ މާދަން ރާއްޖެއިން ބޭރަށް ފުރަން. ދެ މަސް ފަހުން އާދެވޭ ވަރު ވާނީ. އެއްޗެހި އަޅާފަ ފޮށި ތައްޔާރު ކުރޭ” ޒަވިއަން ނިދަން ތައްޔާރުވެގެން އައިސް އަރީންގެ އަތުގައި ހިފާ ކޮޅަށް ޖެހުވިއެވެ. އަތަށް ތަދުވިއެއް ކަމަކު އޭނާ އެއްޗެއް ނުބުނެ ގޮސް ޒަވިއަންގެ ފޮށި ތައްޔާރުކޮށްދިނެވެ. އަރީން ވޯޑްރޯބުން ކޮޓަރިން ނުކުތް އިރު ހުރީ ނިދާ ބޮކި ޖައްސާލައިފައެވެ. އޭސީގެ ފިނި ގަދަކޮށްލެވިފައިވުމުން އެ ފަކީރު ހީގަނެގެން ތުރުތުރު އަޅަން ފެށިއެވެ. އެހެނަސް ޖިސްމާނީ ގޮތުން އެވާ އުނދަގުލަށް ވުރެ އެ ހިތުގައި އަޅާ ވޭން މާ ވަރުގަދައެވެ.
*******
“މި ކޭސްގެ ދެވަނަ އަޑުއެހުމެއް ބޭއްވޭނީ ކޮން ދުވަހަކުން ތޯ. މިހާރު ދެ މަސް ވަނީ މިހެން އުޅޭތާ. މި ކޭސް ވީހާ ވެސް އަވަހަކަށް ނިންމުމަކީ އަޅުގަނޑުގެ ކްލައިއެންޓުގެ ވަރަށް ބޮޑު އެދުމެއް.” ކޯޓު އަޑުއެހުންތައް އިންތިޒާމް ކުރުމާއި ހަވާލުވެ ހުންނަ އަހުޒަމްގެ ކެބިންގައި އިނދެ މިއަދު ވެސް އަރީން އެދުނީ އެ ކަމަށެވެ. އަޑުގައިވީ މަޑުމޮޅި ކަމުން އެ ހުރީ ވަރަށް ދެރަ ވެފައި ކަން އެނގެއެވެ. “އަޅުގަނޑުމެން ބޭނުންވާހާ ގޮތަކަށް އަޑުއެހުން ތަކެއް ތާވަލެއް ނުކުރެވޭނެ. ތި ކޭސް ނޫނަސް މުހިންމު ކޭސްތަކުގެ އަޑުއެހުންތައް އޮތީމަ ފުރުސަތު ނުލިބިފަ އަދި އޮތީ.” ހާސްކަން ވަންހަނާ ކޮށްލަމުން އަހުޒަމް ބުނެލިއެވެ.
އަރީން ގޮނޑިން ތެދުވީ ވަރަށް ވާހަކަ ދައްކައިފައެވެ. މިއިން އެއްވެސް ވާހަކައަކުން އެ އަޑުއެހުން ބާއްވަން ދުވަހެއް ތާވަލު ނުކުރާނެކަން އޭނާއަށް މިއީ ދުވާލު ފަދައިން އެނގެއެވެ. އަހުޒަމް ގޮނޑިން ތެދުވެފައި އަރީނާއި އެކު ދިޔައީ އިޙުތިރާމް އަދާކުރުމުގެ ގޮތުންނެވެ. މި ލިބުނު ފުރުސަތުގެ ބޭނުން ހިފާ އަރީން ގަސްތުގައި ނުބައި ގޮތަކަށް ފިޔަވަޅެއް އަޅާލަމުން ވެއްޓިގަތެވެ. އަހުޒަމާއި އެކު ދެ މީހުން ވެސް ވެއްޓުނީ މުށިގަނޑު މައްޗަށެވެ. އެ ވަގުތުކޮޅު އަރީން އަހުޒަމުގެ ޓެގު ދަމައިގަނެފައި ޖީބަށް ލައިފިއެވެ. އޭރު އޭނާގެ އަނެއް އަތުގައި އެ ކަހަލަ އެހެން ޓެގެއް އޮތެވެ. އެ ކަންތައް ހިނގައި ދިޔައީ ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކަމަށް ވުމުން އަހުޒަމަށް އަރީން ޓެގު ބަދަލުކޮށްލި ކަމެއް ނޭނގެއެވެ.
“އައިމް ސޮރީ. ރަނގަޅަށް ބަލާ ނުލާ އުޅެވުނީމަ ވީގޮތް. ތަނަކަށް ތަދުވިތަ؟” ކަންބޮޑުވެފައި ހުރެ އަރީން ވާހަކަދެއްކި ގޮތުން ވެސް އަހުޒަމަށް ގޯހެއް އުޅޭކަން ޝައްކެއް ވެސް ނުކޮށްލެވޭނެއެވެ. އެހާ ވެސް އެކްޓް ފުރިހަމައެވެ. “އެހާ ވަރުގެ ކަމެއް ނޫނެއްނު.” އަހުޒަމް ފާޑަކަށް ހީނލާފައި ބިންމަތީގައި އޮތް ޓެގު ކޮޅު ނެގިއެވެ. ލަސްނުކޮށް އަރީން ކެބިނުން ނުކުތީ ދެނެވެ.
“އެކަން ވިތަ؟” އަރީން ކާރަށް އެރުމާއި އެކު ލިވާޒާ އެއްސެވެ. “އާނ. މި ވަރުން ނުވިއްޔާ ދެން ނޭނގެ އެ އަޑުއެހުން ބާއްވާނެ ކުރެވޭނެ ކަމެއް. މި ބްލޫ ވޯޓާސް އެކޭ ކިޔާ ބަޔަކު ހާދަ ނުފޫޒު ފޯރުވަޔޭ. އެންމެ ހަފްތާއެއް ދެ ހަފްތާއެއް ނޫނޭ. ދެ މަސް ފާއިތުވެގެން އެ ދިޔައީ ދެވަނަ އަޑުއެހުމެއް ނުބޭއްވިގެން އުޅެނިކޮށް.” ރައްދުގައި އަރީން ބުނެލިއެވެ. އެ މީހުންގެ ބުނުމަށް ޑްރައިވަރު ކާރު ދުއްވާލީ ދެނެވެ. މަންޒިލަކަށްވީ އެޗް.އެކްސް ލޯވް ފާރމެވެ.
“ބްރޯ. މަ އެބަ އަންނަން ކުއްޖަކަށް ޑްރޮޕެއް ދީފަ.” އިޙުސާނު އޭނާގެ ކެބިނުން ނުކުމެފައި ބުނެލިއެވެ. “އަނެއްކާ ކޮން ކުއްޖެއް. މިހާރަކަށް އައިސް ކޮންމެ ރެއަކު ހަމަ މި ގަޑިއަށް އެބަ ދޭ. އަނެއްކާ ބިޓެއް ނެގީތަ؟” ޒައިން ލާނެތް ރާގަކަށް އެހިއެވެ. “އެއީ ބިޓެއް ލިބޭނެ ކަހަލަ މީހެއްތަ؟ ޒޮންބީ ވެސް ދޯ. އެ ފަކީރުގެ ހިތަށް ތަދުވާނޭ.” ސުމައްޔާ ޒައިންގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. “ފަތަފޮޅިގަނޑު ޖޭ ވަނީތަ؟ ތިހާ އޮބްވިއަސް ނުވިޔަސް ވެދާނެ.” އިޙުސާނު އެ ތަނުން ނުކުންނަމުން ސުމައްޔާ އަށް ބަލާލަމުން ދޫނެރެލިއެވެ. “އަޗި. މަށެއް ޖޭ ކޭ ލޭ ވެގެންނެއް ނޫޅެން.” ދަތްކުނޑި ވިކާލަމުން ސުމައްޔާ ބުނެލިއެވެ. އަފާފް ބޯ ހޫރާލީ މި ދެމީހުންގެ އުޅުން ކުޑަކުދިންނަށް ދޫ ނުކުރާތީއެވެ.
“ސޮރީ ލަސްވީމަ. ލިފްޓުގަ މައްސަލައެއް ޖެހިފަ ހުރީމަ ސިޑިން ފައިބަންނަން ޖެހުނީ.” ކާރުގެ ފަހަތު ސީޓަށް އަރާ ހަމަޖެހިލަމުން އަރީން ބުނެލިއެވެ. “އަދި އަށެއް ޖަހާ ތިނެއް ވިއްޔާ ހިނގީ. ލަހެއް ނުވެޔޭ.” އިޙުސާނު އެހެން ބުނެލަމުން ކާރު ދުއްވާލިއެވެ. އާދައިގެ މަތިން މިއަދު ވެސް އެ ދެމެދުގައިވީ މަރުގެ ހަމަހިމޭންކަމެވެ. “ޒެވް ގުޅާތަ؟” އެ ހިމޭންކަމުން އުނދަގޫ ވެގެން އިޙުސާނު ބުނެލިއެވެ. އަރީން ބޭރަށް ނަޒަރު ހުއްޓާލިއެވެ. އޭނާ ހޫމް އޭ ބުނެލީ ބަނޑަށް އިވޭ ވަރަށެވެ. އޭނާއަށް ގަވާއިދުން އިންޒާރުގެ ކޯލްތައް ޒަވިއަންގެ ފަރާތުން ލިބެއެވެ.
“ރީން…” އިޙުސާނު އިތުރު އެއްޗެއް ބުނަން އުޅުމުން އަރީން ހުއްޓާލަން ބުންޏެވެ. “ޒެވް ރުޅި އަންނާނެ އިޙުސާނަށް ވާހަކަ ދައްކަންޏާ. އަހަރެން ކައިރީ ބުނެފަ އޮތީ ޒެވްގެ މިތުރުންނަށް ކުޑަމިނުން ވާހަކަ ވެސް ނުދެއްކުމަށް.” އިނގިލިތަކާއި ކުޅެލަމުން އަރީން ބުނެލިއެވެ. އިޙުސާނު ފުން ނޭވާއެއް ބޭރުކޮށްލިއެވެ. ޒަވިއަންގެ ހަރުކަށިކަން ފެނި އޭނާ ހުންނަނީ އަޖައިބުވެ އަންތަރީސް ވެފައެވެ. ތެދު ޙަޤީޤަތް ނޭނގޭ ޙާދިސާ އެއްގެ ސަބަބުން ވިޔަސް އަރީނަށް އެ ވަރު ދެރަޔެއް ދޭން ހެޔޮ ވާނީ ކިހިނެއް ހެއްޔެވެ؟
ކްރައިމް ޔުނިޓް ފަހަކަށް ވަދެގެން އައި އިރު ވެސް އިޙުސާނު ހުރީ ވިސްނުމަކަށް ގެއްލިފައެވެ. އަކުމަލަށް މިކަން ފާހަގަވުމުން ޖެއްސުމަކަށް ގޮވާލައިފައި ދިމާކޮށްލިއެވެ. އިޙުސާނަށް އަޑު އިވުނު ހެންނެއް ހިއެއް ނުވެއެވެ. އަޅާވެސް ނުލާ ގޮސް ކެބިނަށް ވަދެއްޖެއެވެ. އޭރު ސުމައްޔާ ވެސް އެ ތަނުގައި ހުއްޓެވެ. ދުވަހުގެ މަސައްކަތް މޭޒު މައްޗަށް ލައިފައި އޭނާ ދިޔައީ ނުކުންނާށެވެ. އޭނާ ސިހުނީ އިޙުސާނު އޭނާގެ އަތުގައި ހިފާ ދަމައިގަތުމުންނެވެ. ވިސްނާނުލާ ހުރުމުން ސުމައްޔާ އިޙުސާނު އިށީނދެގެން އިން ސޯފާއަށް ވެއްޓުނެވެ.
“ކަލޭ މޮޔަވީތަ؟” ސުމައްޔާ އުޅުނީ ތެދުވަންނާށެވެ. “މަ މޮޔައެއް ނުވޭ. ޒަވިއަނާއި ބެހޭގޮތުން އަރީން އެއްވެސް ކަމެއް ކަލެއަށް ހިއްސާކުރިތަ؟ ޒަވިއަންގެ ނަން އިވުނަސް ބިރަށް ފޮށިފަ ހުންނަވަރުން އެނގޭ އެ ދެމެދުގައި އޮތީ ރަނގަޅު ގުޅުމެއް ނޫންކަން.” ސުމައްޔާގެ ދަތްދޮޅީގައި ހިފާ ހަތަރުކަޅި ހަމަކޮށްލަމުން އިޙުސާނު އެއްސެވެ. ސުމައްޔާ އަށް ދެ ބުމަ ގާތްކޮށްލެވުނީ އިޙުސާނު އަރީންގެ ވާހަކަ ދެއްކުމުންނެވެ. ޙަޤީޤަތުގައި ސުމައްޔާ އަށް ވެސް ޒަވިއަން އަރީނާއި މެދު ކަންތައް ކުރާ ގޮތެއް ނޭނގެއެވެ. ބައްދަލުކޮށްފަ ވާހަކަ ދެއްކިޔަސް އަރީން ބުނާނީ ޒަވިއަން ރަނގަޅު ވާހަކައެވެ.
“ނޫން. ކަލެއަށް އެ ސުވާލު ކުރެވިދާނެ ކަންނެ ކޮޅަށް ހުރެގެން ވެސް. ކޮންމެހެން މިހެން ހަދަން ޖެހޭތަ؟ ރައްޓެހިވެގެން ތިއުޅޭ ކުއްޖާ ހިތްހަމަނުޖެހިދާނޭ.” ސުމައްޔާ ދެލޯ އަޅާލަމުން ބުނެލިއެވެ. އެއާއެކު އިޙުސާނުގެ ތުންފަތް މައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. “ފަތަފޮޅި ހަމަ އަސްލަށް ވެސް ޖޭވެފަ ދޯ ތިހުރީ. ހަމަ އެހާ ވަރަށް އަހަރެން ބޭނުން ވޭތަ؟” އިޙުސާނުގެ ވާހަކައިން ސުމައްޔާ ރުޅިގަދަވިއެވެ.
“ބުނިންދޯ މަ ނޫޅެމޭ ޖެލަސް ވެގެންނެއް. މި ދުނިޔެއިން ފިރިހެނުން ހުސްވިޔަސް ތި އުންމަތުލް ވަބާއަކާ މި މަރްޔަމް ސުމައްޔާއެއް ނީންނާނަން. އަނިޔާވާން ބޭނުން ނޫނިއްޔާ މަ ދޫކުރޭ.” ސުމައްޔާ ދެލޯ ވަށްކޮށްލައިފައި އިންޒާރެއް ދިނެވެ. “ނަސްލު ދަމަހައްޓަން އިންނަން ޖެހޭނީ. އެހެން ނޫނަސް ތި ކުނި ބަރަބޯގަނޑާ އެއްވެސް ފިރިހެނަކު ރުހޭނެތަ؟” މަލާމާތުގެ ރާގަކަށް އެހެން ބުނެލަމުން އިޙުސާނު ސުމައްޔާގެ އަތުގައި އޮތް ކެވެލި ނެގިއެވެ. އެއަށްފަހު ސުމައްޔާ ދޫކޮށްލައިފައި ސޯފާއިން ތެދުވިއެވެ. “އުންމަތުލް ވަބާ! މަ ކެވެލި ދީ.” އަޑަށް ބާރުލައިފައި ސުމައްޔާ އެހެން ބުނެލި އަޑު ކެބިނުން ބޭރުގައި ތިބި ބަޔަކަށް ވެސް އިވޭނެއެވެ.
އިޙުސާނު ކުޑަދޮރާއި ދިމާލަށް ގޮސް އެ ދޮރު ހުޅުވާ ކެވެލި ވައްޓާލަން އުޅުނެވެ. “މިތަނަށް މި ވައްޓާލާނަން އެންމެ ފިޔަވަޅެއް ކުރިއަށް އަޅާލިޔަސް. އަނބުރާ މަސައްކަތައް ދޭ.” އިޙުސާނުގެ މޫނުމަތީގައި ވަނީ ނުލަފާ ހިނިތުންވުމެކެވެ. “ޔޫ އީވްލް ބްރެޓް.” ދެލޯ އަޅާލައިފައި ސުމައްޔާ އެ ތަނުން ނުކުތެވެ. “އަނެއްކާ ފައިޓެއް ދުއްވާލީ ދޯ!” އަފާފަށް ސުމައްޔާގެ މޫނުމަތީގައިވީ ނުރުހުންތެރިކަން ފާހަގަ ވުމުން ބުނެލިއެވެ. ސުމައްޔާ އެއްޗެކޭ ނުބުނެ ގޮސް ގޮނޑީގައި އިށީނެވެ.
“އޭނާ މަސައްކަތް ކުރަނީ އެއާޕޯޓުގަ ދޯ.” އަތް މުއްކަވާލަމުން ނާއިލް ބުނެލިއެވެ. ފޯނު ކަނޑާލައިފައި އޭނާ ހަރު ހިނގުމެއްގައި ގޮސް ކެބިނުން ނުކުތެވެ. އޭރު އެ މޫނުމަތީގައި ރަސްކަން ކުރަމުން ދިޔައީ އިންތިހާ ދަރަޖައިގެ ނުރުހުންތެރިކަމެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.







Aaachaa, sumayya maa gadha ehnu.
Varah inthizaaru kurevey dhen oiy bayah, e kiyani annekka Shaula vaahaka tha?
When’s next
Lysm white rosyyy 🥰🥰
Hehe, sumy dhw
Let’s see kaaku ge gaathah tho naail e dhany.
IA next Tuesday
Shukran ❤️🔥WWH❤️🔥 ✨✨
Lyt darl 🫶🏻🫶🏻
Ha! I told you eii soomoa ey!😁
WALLAAHI!!! Soomoa vaa gadha ehnu!😏😂 lock eh alhuvaafa seedhaa kiss eh! Soomoa rocked, isse shocked fr😹😹
Your stories are always amazing and fantastic! But just one fact grabs my attention so hard! It’s the Vanan thah given to each other😹 ummathul vabaa akaa, fatha folhi gandakaa, varunees theyyakaa.. BUT kuni baraboa gandu got me😹😂
Err I was in my quran class and I saw this ep, just read it without any thought! Already ethere in heehee halaaku vefa hutta this kuni baraboa gandu came and Yeah paka paka laafa hinigandu falhaigen😂😹😂 and ALL EYES ON ME😭
MY FAV AUTHOR FOR A REASON💗💗
Wondering what areen’s up to🤔
Naail e dhehkkee shaulaa ge vhk kanne dhw? Alhe fahe Meedhaa kei ubeh othee isse bolu ga eh noon kanne! Naail aa shaula married couple eh jahai gannan noolhi maa thaahiru vaane kanne dhe meehun gulhuniyya! E visnumeh ves neth🙄
When next?
Ly n tc💗
( perhaps the comment’s too long But don’t mind )
Your fav bab hama molhynun guess kuran
Hehe, I hama majaa vanan liyaa hiy vany
Alhey, mulhin ladhun halaaku vee dhw 😔😔
Hama vedhaane Shaula ge vhk ah ves.
Hmm, e dhmeehun ves mikan huttan jehey eba
IA next Tuesday
Issoke, I really happy abt this comment
Shukran Your fav bab ✨✨
Lyt darl 🫶🏻🫶🏻
Mi part ves Vrh Reethi MA!!!!
Soomoa haadha shalhi kiss eh e dhinee 😂 isse e inee shock ga 😂
Soomoa ge aa isse ge kulhi gandu emme majaa v….. 😹
CURIOUSLY WAITING for next part…. Whn nxt…. 🤗
Luv you and Tc 🤗❤️
U are one of my fav author…. ❤️
Arn, e dhmeehun eii rangalhu jokestaarun
IA next Tuesday
Shukran Alaika_22 ✨✨
Lyt darl 🫶🏻🫶🏻
Ru a kpop stan??
@white rose
Sorry, but no 😔
Mi part vx vrh reethi MA!!! 😍
Zev atleast reen kiyaa ehchis adu ahaanama dhw… 😢
Summayya maa baaru gadha ehnu ihsaan ah vure hehe….
That kiss omg hee hee halaaku…. 😂😂
Sumayya jealous vany tha anehka… 🤣🤣
Naail anehka Kon kameh kuraanamey hithaa miulheny.. 😒
Curiously waiting for the next part when’s next???
Lyyy ❤️
Dhw, reen ge vhk enme faharaku ves ahaaliyya rangalhu vaane 😣😣
Hmm, sumee hama weak kamah pretend kurany ey. Jealousy eba ulhey dhw konmeves varakah.
Naail kuraa kameh balamaa hingaa, stay tuned.
IA next Tuesday
Shukran Shaba_73 ✨✨
Lyt darl 🫶🏻🫶🏻
Mi part vx varah Reethi Masha Allah…
Sumeee dhww E eeee, Gadha manje ekey dhw Sumee akee, The boaharu Ummathul vabaa, AKA The sergeant (I think he is a sergeant😅) of police Mr.Ihusaan viyya E Bali kollee, 😂 Adhi Kiss eh edhiny omg Sumee, I heekuri varah vure you Gadha, 😅 Zev eythi adu ahaabala dhn, Reen ge kusheh netheyyy, 😩😭💔 gaboolu kobbala Reen ge vaahaka, 🥺🙏
Emeehun thi Ahuzameh vx ganelee kanneynge dhw, aduehun kuriah gendhiya nudheyn vegen, Mihaaruge meehun thibeny laariyah vikifa viyya🙄 Anekka Kaakuge Vaahaka eh Baa Naail E kiyany??? Shaula???
When Next??? Curiously waiting for the next part… Appreciate your hard work 🥰💗
Lysm White Rose 🤍
Hmm, vrh kulhadhaana manje eh sumee akee 😄😄 Yes, he’s the staff sergeant of the team
Keehkuraany, zev noolhey e kujja dhahkaa vhk eh adu ahaakah 😭😭
Thi ee aan miadhuge haalathu, laari ah vikifa gina meehun thibeny 😢😢
Vedhaane Shaula ah ves.
IA next Tuesday
Vrh ufaavejje mi comment fenifa, Shukran Shiu ✨✨
Lyt darl 🫶🏻🫶🏻
Isse enme fakkaavee..
Vrh chill koh ” kaley heekuree tha” bunefa hinigandeh jahailaafa ” eyth meehekey ” kiyaa halhey llavaigai goth😂😹😹😹 I’m rolling on the ground!!
Hehe, aan eii hama fahkka gola eh 🤣🤣
Shukran The GHOST ✨✨