ދެވުނީ ވޭނޭ 36
TRIGGER WARNING❗❗❗ Contains explicit references to extreme level of domestic violence and abusive language worser than previous episodes
“އަހަރެން ހިޔެއް ނުކުރަން ޒަވިއަންގެ އަންހެނުން މިހާ އަނިޔާވެރި ވެދާނެ ކަމަކަށް. ވިޔަފާރީގެ ވާހަކައެއް އަހާލަން އައިމަ ހެސްކިޔާފަ މޫނުމަތީގައި އެ ޖެހީ. އަހަރެންނަށް އެނގޭ ޒަވިއަން ތިއީ އަރީންގެ ޙައްޤެއް ކަން. އެކަމަކު ތިޔަހާ ވަރަށް ޕޮސެސިވް ނުވިޔަސް ވެދާނެ ކަންނެ.” ކަރުނަ އަޅަމުން ޔޫލީން މޮޅު ވާހަކައެއް ހަދާލިއެވެ.
އަރީން ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. އޭނާ ދައްކާ ވާހަކަ ޒަވިއަން ޤަބޫލު ނުކުރާނެ ކަން އެނގޭތީ އިތުރަށް ހިތުގައި ޖެހުނެވެ. ރުޅި އައިސްފިނަމަ ޒަވިއަން ބަދަލުވަނީ ނިކަން އަނިޔާވެރި ފުރޭތައަކަށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަރީން ބިރުން ތުރުތުރު އަޅަން ފެށިއެވެ. ދެން ޒަވިއަން އޭނާ އަށް ހަދާލާނެ ގޮތެއް އަންދާޒާ ކޮށްލަން ދައްޗެވެ.
“އަހަރެން…” އަރީން އެއްޗެއް ބުނަން އަނގަ ހުޅުވާލިއެވެ. އެއާއި އެކު އެ މޫނުމައްޗަށް އަރައިގެން ދިޔައީ ޒަވިއަންގެ އަތުގެ ހޫނު ހަމަލާއެކެވެ. އަރު ތެރޭގައި ލޭ ރަހަ ލުމާއި އެކު އަރީނަށް ދެލޯ މަރާ ތަގުޅި ކޮށްލެވުނެވެ. ޔޫލީން އެތެރެއިން އަރީނަށް މަލާމާތް ކޮށްލަމުން އެ ތަނުން ދުރަށް ދިޔައެވެ. އޭނާއަށް ބާރަށް ހޭން ފެށުނީ ކާރުގެ ކުރީ ސީޓުގައި އިށީނދެވުމުންނެވެ. ޖެހިގެން ހުރި ސީޓުގައި އިން ޝައުލާ އަށް މިކަމުން ވެސް ދެނެގަނެވުނީ ޔޫލީން ބުނި ގޮތަށް ކަންތައް ވެގެން ދިޔަ ކަމެވެ.
“އެ ޒެވް ފަހެއް ނުޖެހޭ. ހަމަ އެ ހަރުފައިގެ މޫނަށް ވަރުގަދަ އެތިފަހަރެއް ވީއްލާލައިފި. މަށަށް ޔަޤީން އެ އަރުތެރޭގައި ލޭރަހަލާނެ ކަން. އެހެންވީމަ ޝަލް އަށް އެ ސޮރު ހޯދޭނެ ކަމުގެ ފުރުސަތު އެބަ އޮތް.” ޔޫލީން ވާހަކަ ދެއްކީ އިރުކޮޅެއް ފަހުންނެވެ. ޝައުލާގެ މޫނުމަތީގައި އުފާވެރިކަމުގެ ކުލަތައް ދުވެލި އެވެ.
ޒަވިއަން ގޭތެރެއަށް ވަނީ އަރީންގެ އަތުގައި ހިފާ ދަމަމުންނެވެ. ސިޑި ގިރާކޮށްފައި މައްޗަށް އެރި އިރު ވެސް ޒަވިއަންގެ މޫނުމަތީގައި ވަނީ އިންތިހާ ދަރަޖައިގެ ނުރުހުންތެރިކަމެވެ. “އަންހެނާ! ކަލޭ މަށަށް އެހާ ބޭނުންވެގެން އުޅެންޏާ ސީދާ ދިމާލަށް އައިސް ބުނަންވީނުން. ޖެހޭތަ އެހެން މީހުންނަށް އޭގެ ރޯޅި ބާލަން. ހުރޭ. މިރޭ އަހަރެން ކަލޭގެ ބޭނުން ފުއްދަދޭނަން.” ޒަވިއަން އަރީން އެނދާއި ދިމާއަށް ހޫރާލިއެވެ. ކޮޓަރީގެ ދޮރު ތަޅުލައިފައި އޭނާ އަރީނާއި ދިމާލަށް ދިޔައިރު އެ ދެލޮލުން އަލިފާން ކަނި ބުރަމުން ދިޔައެވެ.
ބިރުން ވިރެމުން ދިޔަ ޙާލު އަރީނަށް އިސް އުފުލާލެވުނެވެ. ޒަވިއަން އެ ބުނީ ކީކޭ ކަން ނަގައިގަނެވުމުން އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. “ޒަވިއަން… އަހަރެން ނުބުނަމޭ.” އަރީން މަސައްކަތް ކުރީ އޭނާގެ އަމިއްލަ ނަފުސުގެ ދިފާޢުގައި ވާހަކަ ދައްކާށެވެ. އެހެނަސް… އެހެނަސް މިރޭ ޒަވިއަންގެ ގާތަށް އައިސްފައިވަނީ އާދައިގެ ރުޅިއެއް ނޫނެވެ.
ގަމީސް ބާލާ އެއްލާލުމަށް ފަހު ޒަވިއަން އެނދަށް އެރިއެވެ. “ޒަވިއަން… ތިހެން ނުހަދާ. އާދޭސް ކޮށްފަ މި ބުނީ.” އަރީން މޭމަތީގައި ދެއަތް ހުރަސްކޮށްލަމުން ބުނެލިއެވެ. އެ ހިތް ޑަންޑަޑަން ލައިފައި ތެޅެމުން ދިޔަ އަޑު އިވޭނެކަން ގައިމެވެ. އެހެނަސް ޒަވިއަން އެ އާދޭސް އިވޭ ކަމަށް ވެސް ހަދާނުލިއެވެ. އަރީންގެ އަތުގައި ހިފާ މައްޗަށް ނެގުވިއެވެ. އަރީންގެ ތުންފަތުގައި ބޮސްދެމުން ގަދަކަމުން އެ ހަށިގަނޑުގައި ވީ ފޭރާންތައް ވަކި ކުރިއެވެ. ޒަވިއަން އަރީންގެ ކިބައިން އުފާ ހާސިލުކުރަމުން ދިޔައީ ނިކަން އަނިޔާވެރި ގޮތަކަށެވެ. ޒަވިއަންގެ ރަހުމެއްނެތް ބީހުން އިހުސާސްވާ ކޮންމެ ފަހަރަކު އަރީންގެ ހަށިގަނޑުން ގިނި ދިލައެއް ނަގައިގަނެ އެވެ. ޒަވިއަން ދުރުކޮށްލެވޭތޯ ކެނޑިނޭޅި މަސައްކަތް ކުރަމުންދިޔަ ނަމަވެސް ވީ ކަމެއް ޙަރާމެވެ. އެ ނިކަމެތި ހަށިގަނޑު ޒަވިއަންގެ ގައިދަށުވެ ފުނޑު ފުނޑުވަމުންދިޔައިރު އަރީންގެ ލޮލުން އޮހޮރެމުން ދިޔަ ކޮންމެ ކަރުނަތިއްކަކުން ޒަވިއަނަށް ލިބެނީ އިތުރު ހިތްވަރެއް ކަހަލަ އެވެ. އެ ރަހުމުކުޑަކަމާއި ބާރުގަދަކަމުގެ ކުރިމަތީގައި އިތުރަށް ގަދަހެދުންވެސް އަރީނަށް ވީ ބޭކާރު ކަމަކަށެވެ.
ފަތިސް ވީއިރު ވެސް އަރީންގެ ލޮލަށް ނިންޖެއް ނާދެއެވެ. ހަކަތަ ނެތިފައިވާ މީހެއް ފަދައިން އެނދުމަތީގައި ހިރިލާން ވެސް ނުކެރިފައި އޮތީއެވެ. ރޮމުން ދިޔައިރު އެ ދެލޮލުން ފާޅުވާން ހުރީ ޝަކުވާ އެވެ. އަނިޔާވެރި ވިޔަސް މިވަރު ކޮށްލާނެ ކަމަށް އޭނާއަށް ދުވަހަކު ޚިޔާލަށް ގެނެވިފައި ނެތެވެ. ޒަވިއަންގެ ސަބަބުން އޭނާގެ ހިތުގައި މި އެޅުނު ކޫރުން ދުވަހަކު ފިލައިގެން ނުދާނެކަން ކަށަވަރެވެ.
ނެތް ހިތްވަރު ލައިގެން އަރީން އެނދުން ތެދުވީ ފަތިސް ނަމާދަށް ބަންގި ގޮވަން ފެށުމުންނެވެ. ފާޚާނާ އަށް ވަދެފައި އޭނާ މޫނު ދޮންނަ ތަށި ކައިރީ ހުއްޓުނެވެ. އަރީންގެ ދޮން ކަނދުރާދަށް ވަނީ ނޫފައިގެންފައެވެ. ބަނޑުމަތީގެ ދެތިން ހިސާބެއްގައި ދަތުގެ ނިޝާން ފައުޅުވާން ހުއްޓެވެ. ތުންފަތް ކަނޑައިގެން ގޮސްފައި ވީއިރު ލޭ ހިކިފައި ހުރި ކަމުގެ އަސަރު ހުއްޓެވެ. އުނަގަނޑާއި ހިސާބު ވަނީ ރަތް އަރައިފައެވެ. އެ ހަށީގައި އަޅަމުން ދިޔަ ވޭނަށް ކެތްތެރިވަމުން ފެންވަރާ މާގަނޑު ދަށުގައި ހުއްޓުނެވެ. ހޫނު ފެން ތިކިތައް އެ މޫނުގައި ބޮސްދޭން ފެށުމާއި އެކު އަރީނަށް ދެލޯ މަރާލެވުނެވެ.
ފެންވަރާލުމަށް ފަހު އަރީން އުޅުނީ އަނިޔާވެފައިވާ ހިސާބުތަކުގައި ބޭސް އެޅުމުގައެވެ. ކެނެޑާގައި އުޅެމުން ބޭސިކް މެޑިކްސް ކޯހެއް ހެދުނު ކަމީ ނަސީބެކޭ އޭނާ ހިތަށް އެރިއެވެ. ނޫންނަމަ ޒަވިއަންގެ އަނިޔާވެރި ކަމުގެ ލަކުނުތައް އުމުރަށް ފައުޅުވާން ހުންނާނެއެވެ. މިހެން އުޅެގެން އެ ޖިސްމާނީ ގެއްލުންތައް ފަރުދާކޮށްލެވިދާނެއެވެ. އެހެނަސް… އެހެނަސް އެ ހިތުގައިވީ ފުން ފާރުތައް ފަސޭހަ ވާނެ ހެއްޔެވެ؟ އެ ނިކަމެތި އަންހެން ކުއްޖާ ހިތާ ފުރާނައިން ލޯބިވާ ފިރިހެނާގެ ދުލުން ބޭރުވާ ކޮންމެ ވިހަގަދަ ލަފުޒަކުން އެ ހިތުގައި ކޫރުމެއް އެޅެއެވެ. ޤަބޫލުކުރަން ދަތިވިޔަސް ދެރައީ މިހާ ވަރު ވާއިރު ވެސް އެ އިހުސާސްތަކަށް ބަދަލެއް ނާންނާތީއެވެ.
ފާޚާނާ އިން ނުކުތް އިރު އަރީންގެ މޫނު މަތީގައި އެއްވެސް ދިރުމެއް ނެތެވެ. ރޮއިފައި ވުމުން އެ ދެލޮލަށް ވަނީ ރަތް ލޭ ކުލަ އަރައިފައެވެ. ބިންމަތީގައި ހުރި އޭނާގެ އަންނައުނު ތައް ނަގަމުން ދިޔައިރު އެ ހިތަށް ސިފަވަމުން ދިޔައީ ރޭގައި ޒަވިއަންގެ ކިބައިން ފެނުނު ރަޙުމް ކުޑަ ކަމެވެ. އެ އެއްޗެހި ދާވަށިގަނޑަށް ލައިފައި އޭނާ އެރީ ނަމާދަށެވެ.
ފަތިސް ނަމާދުކޮށް ޒިކުރުތައް ކިޔާ ނިމުމުން އަރީން މުސައްލަ އޮޅާލިއެވެ. އޭރު ވެސް އަދި ޒަވިއަން ނުތެދުވެއެވެ. ރޭގައި ޒަވިއަން އޭނާގެ ފޯނު އެލާމު ނުކޮށް އޮށޯތީމައި ނުހޭލުވުނީއެވެ. ގޮވަން ޖެހޭނީ އަރީނަށެވެ. ކަރު އެލުވާލައިފައި ގޮސް އަރީން އެ އެނދު ކައިރީ ހުއްޓުނެވެ.
“އޭތް. ފަތިސްވެއްޖެ.” އަޑަށް ބާރުލައިފައި އަރީން ގޮވިއެވެ. އެހެން އެތައް ފަހަރަކު ގޮވި ނަމަވެސް ޒަވިއަން ކަހާތަން ހިރުވާވެސް ނުލައެވެ. އަރީން ހިތް ބިރުގަނެފައި ހުރި ނަމަވެސް ޒަވިއަންގެ މޫނުގައި ކޮއްޓާލިއެވެ. ކޮޓަރީގައިވީ ފަނޑު އަލިކަމުގެ ތެރެއިން ޒަވިއަންގެ މޫނު ފެންނަނީ ހުވަފެނީ ގޮތަކަށެވެ. ކަޅުކަން ގަދަ އިސްތަށިގަނޑު ހޭވިލައިފައި އޮތުމުން އިތުރަށް ރީތިކަމަށް ދައްކައެވެ.
“މި ވަގުތުގައި ވެސް މި ފިރިހެނާ އަށް ހިތް އެދޭތީ އަހަރެން ހަމަ ހައިރާންވޭ. އަމިއްލަ އިހުސާސްތަކަށް ބާރު ފޯރުވުމަކީ ހަމަ އެހާ އުނދަގޫ ކަމެއްތަ؟ މި ވަރުގެ ހިތް ހަރު މީހަކަށް އަހަރެންގެ ހިތް ލެނބެންވީ ކީއްވެތަ؟ އަނެއްކާ އަހަރެން ރަނގަޅަށް ވެސް މޮޔަވީތަ؟ ސައިކޭޓްރިސްޓަކަށް ދައްކާލަންވީ ކަންނެ. މޮޔައަކު ވިއްޔާ މި ކަހަލަ އަނިޔާވެރި މީހަކަށް ޒެވް ބަދަލުވީމަ ވެސް ލޯބިވާނީ.” ހިތާހިތުން އަރީނަށް ބުނެވުނެވެ. ޒަވިއަންގެ މޫނަށް ގެއްލިފައި އޭނާއަށް ހުރެވުނީ ކިހާ އިރެއް ވާންދެން ކަން ވެސް އޭނާއަށް ރެއަކާ ނުލައެވެ. ދެވަނަ ފަހަރަށް ކޮއްޓާލުމުން ޒަވިއަން ދެލޯ ހުޅުވާލައިފިއެވެ. އަރީން ދުރަށް ޖެހެން ވާއިރަށް ޒަވިއަން އަރީންގެ އަތުގައި ހިފާ ދަމައިގަތެވެ. އެނދުގެ ހެޑްބޯޑުގައި ލެނގިލަމުން އޭނާ އަރީންގެ ދަތްދޮޅީގައި ހިފާލިއެވެ.
އަރީންގެ ޙާލަކީ ތޯއެވެ. ހިތް އަވަސްވެ އެ ފަކީރު ބިރުން ދާހިއްލާލައިފިއެވެ. ޒަވިއަން ކުރާނެ ކަމެއް ދެނެގަންނަން އޭނާއަށް އުނދަގުލެވެ. ޒަވިއަން އިން ގޮތުން އެ ދޮން ހަށިގަނޑުން ބައެއް ހުރީ ހާމަވާށެވެ. އެއިން ކަމަކާ މެދު ވިސްނާލެވޭ ވަރަށް ވުރެ އަރީން ފަކީރު ހުރީ ހިތް ނުތަނަވަސްވެފައެވެ. ޒަވިއަންގެ ތޫނު ލޮލަށް ނުބަލަން އޭނާ މަސައްކަތް ކުރީ ބިރުގެންފައި ވުމުންނެވެ.
“އަންހެނާ! ކަލޭ ކައިރީ ކިތައް ފަހަރު ބުނާނީ މަށަށް މިހެން އުނދަގޫ ނުކުރާށޭ. ގޮވަންޏާ އެހެން މީހަކު ލައްވާ ގޮވާބަލަ. މިހާރަކަށް އައިސް މަ ރުޅި ނާރުވާ ކަލެއަށް ހަމަ ނޭވާ ނުލެވެނީތަ؟ އަދި އެއް ކަންތައް. ރޭގައި އެޅި ކަހަލަ ޅަ އެއްޗެއް ނާޅާތި. އަހަރެން ޕްރޮވޯކް ކޮށްލާ ކޮންމެ ފަހަރަކު އަދަބެއް ދޭން ޖެހޭނެ. މަ ކަލެއާ ގާތްވަނީ ކަލެއަށް ބޭނުން ވެގެންނެއް ނޫން. ތިއީ ޖަރާސީމަށް ވުރެ ފަކުރު އަންހެނެއް. ކަލެއަށް އަނިޔާވާ ކޮންމެ ފަހަރަކު މަގޭ ހިތަށް ލިބެނީ ބަޔާން ކުރަން ދަތި އުފަލެއް.” ޒަވިއަން އަރީންގެ ބުރުގާ ދަށަށް އަތް ލައްވާލަމުން އެ އިސްތަށިގަނޑުގައި ހިފާ ދަމައިގަތެވެ.
“އަހަރެންނަށް މާފު ކުރޭ. ދެން އެ ކަހަލަ ކަމެއް ނުވާނެ. މާފުކުރޭ. އަހަރެންނަށް މާފު ކުރޭ.” އިސްޖަހާލަމުން އަރީން ވާހަކަ ދައްކަން ފެށިއެވެ. އަރީންގެ މި ޢަމަލުން ޒަވިއަންގެ ގާތަށް އައީ އަލިފާން ކަހަލަ ރުޅިއެކެވެ. އަރީން މައިތިރި ކޮށްލުމުގެ ގޮތުން އޭނާ އެ މޫނުގައި ހިފާ ގާތަށް ދަމާލިއެވެ. އެއަށްފަހު އަރީންގެ ފިނި ތުންފަތުގައި ދަތް އެޅިއެވެ. އަރީންގެ ތުންފަތުން ލޭ ކޮށިގެން ދާނެހެން ޒަވިއަން އެ ތުންފަތުގައި ބޮސްދެމުން ދިޔައެވެ. އަރީންގެ ކޯތާފަތް މަތިން ކަރުނަ ތިކިތިކި ދަތުރު ކުރަމުން ދިޔައެވެ. އެހެނަސް އެ ދެލޮލުގައިވީ ރިހުމުން އޭނާ އަށް އެއްވެސް އަސަރެއް ނުކުރާ ކަހަލައެވެ.
ނޭވާ އުފުރިގެން ދާން އުޅޭހެން ހީވުމުން އަރީނަށް ޒަވިއަންގެ ކޮނޑުގައި އަތް ވިއްދާލެވުނެވެ. ދެބަދޭތެރެއިން ލިބުނު ފުރުސަތެއްގައި އަރީން ހުއްޓާލަން އެދުނީ ކަރުނަވީ ލޮލަކުންނެވެ. މިއިން އެ ހިލަ ހަރު ހިތަށް އަސަރެއް ކުރިހެނެއް ހިޔެއް ނުވިއެވެ. އޭނާ އަރީން އެނދުގެ އަނެއް ފަރާތަށް ވައްޓާލައިފައި ތެދުވީ އިރުކޮޅެއް ފަހުންނެވެ. އޭރު އަރީން ފަކީރު ނޭވާ ނުލެވިގެން ތެޅެނީއެވެ. ނެތް ހިތްވަރު ލަމުން އަރީން އެނދުން ބިންމައްޗަށް ވެއްޓިގަތެވެ. ވެލައެއް ހެން ފިރުކިފައި ކަހަލަ ގޮތަކަށް ގޮސް އޭނާ ސޯފާ މަތީގައި އޮތް އިންހޭލަރ ނެގިއެވެ. އަރީނަށް އޭނާގެ އަމިއްލަ ނަފުސު ހަމައަކަށް އެޅުވުނީ ދެތިން މިނެޓް ފަހުންނެވެ.
ދެލޮލުން ހޫނު ކަރުނަ އޮހޮރެމުން ދިޔައިރު އަރީންގެ ސިކުނޑީގައި ގުގުމަމުން ދިޔައީ ޒަވިއަން ބުނެލި ވިހަގަދަ ބަސްތަކެވެ. އެހެން ބުނެލާ ކޮންމެ ލަފްޒަކުން އެ ހިތް އެތައް ހާސް މަރަކުން މަރުވެގެން ދާ ކަހަލައެވެ. އެ ހިތަށް ތޫނު ހަންޖަރެއް ހަރާލާ ކަހަލައެވެ. އެ ހިތުގައިވީ ފުން ފާރުތަކުގައި ލޮނު މިރުސް އަޅާލާ ކަހަލައެވެ.
ޓިޝޫއަކުން ލޭ ހިލިފައިވީ ތުންފަތް ފުހެމުން ދިޔައިރު އަރީން ދޭތެރެއަކުން ނޭފަތް ދަމާލައެވެ. އެއަށްފަހު އޭނާ އެނދުގައި ތަންމަތި އަޅާލާ ކޮޓަރި ތެރެ ސާފު ކޮށްލިއެވެ. ޒަވިއަން ފާޚާނާއިން ނުކުތީ އަރީން ހަމަޖެހިލަމުން ސޯފާގައި އިށީން ވަގުތެވެ. އޭރު ވެސް އެ ތުންފަތުގައި ލޭގެ އަސަރު ހުއްޓެވެ. ޒަވިއަން މަލާމާތުގެ ހިނިގަނޑެއް ޖަހާލައިފައި ގޮސް ވަނީ ވޯޑްރޯބު ތެރެއަށެވެ.
ހަތެއް ޖަހަން ވާއިރަށް މިއަދު ވެސް ރޯޝަނީގޭގެ ކާކޮޓަރީގައި އެ ގޭގެ އާއިލާ އުޅުނީ ކެއުމަށް އިންސާފު ކުރާށެވެ. “ދަރިފުޅާ ތުންފަތަށް ކިހިނެށް ވެފަ؟” ވާހަކައިގެ ތެރެއިން އާފިޔާ އެއްސެވެ. “ކަބަޑު ދޮރުފަތުގައި ޖެހިފަ.” އަރީން އޭނާގެ ވިސްނުމަށް އައި އެންމެ ހަމަޖެހޭ ބަހަނާ ދައްކާލިއެވެ. ޒަވިއަން މޫނުމަތިން އެއްވެސް އަސަރެއް ނުދައްކާ އިނީއެވެ. ވާހަކައިގައި ފުރިހަމައަށް ބައިވެރިވަމުން ދިޔަ އަރީނަށް ބަލާލައިފައި އެއީ ރޭގައި ކިހާ ހާލެއްގައި އުޅުނު ކުއްޖެއް ކަމެއް ނޭނގިދާނެއެވެ. އެހާ ވެސް އަމިއްލަ އިހުސާސްތައް ފަރުދާކޮށްލަން ކުޅަދާނައީ އެވެ. އެ ވަރު ކުރެވޭނީ ނަފްސާނީ ގޮތުން ކިހާ ވަރުގަދަވީމަ ހެއްޔެވެ؟ ޒަވިއަންގެ ސަބަބުން އޭނާގެ މި ސިފަ ކަށީގައި ހަރުލައިފިއެވެ.
ކެބިން ތެރެއަށް ވަދެފައި އަރީން ފުން ނޭވާއެއް ލިއެވެ. ރޭގައި ކަންތައް ވެގެން ދިޔަ ގޮތުން ކިތަންމެ ސިކުނޑި އަށް ބަރުވިޔަސް މިއަދު އޮންނަ މުހިންމު އަޑުއެހުމަށް އެކަމުން ނޭދެވޭ އަސަރެއް ކުރުމަކީ އޭނާއަށް ބަލައިގަނެވޭނެ ވަރުގެ ކަމެއް ނޫނެވެ. އަރީން ދެ މަސް ދުވަހުގެ ދިގު އިންތިޒާރަކަށް ހިތި ނިމުމެއް އަޔަކަ ނުދޭނެއެވެ.
ލިވާޒާ އާއި އެކު އަރީން އެ އަޑުއެހުމަށް ވަރަށް ފަރިތަ ކުރިއެވެ. އަޑުއެހުން ފެށުމުގެ ދިހަ މިނެޓް ކުރިން އެ މީހުން ކޯޓަށް ދިޔައެވެ. އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވީ ރޫމަށް ވަދެފައި އަރީން އޭނާ ހުންނަން ޖެހޭ މަޤާމުގައި ހުއްޓެލިއެވެ. ލިވާޒާ އޭނާގެ ކައިރީގައި އިނެވެ. އެ ވަގުތު ލާޝީން ގޮވައިގެން އައިސް ފުލުހުން އެ ތަނުގެ ތެރެއަށް ވަނެވެ. އޭރު އޭނާގެ ދެލޮލުން އަލިފާން ކަނި ބުރަމުން ދިޔައެވެ.
“އެ *** ކުރިން މަރާލެވުނު ނަމަ. މި ކަހަލަ ދުވަހެއް ދެކެން ޖެހިދާނެކަން ކުރިން އެނގުނު ނަމަ މަ އެ *** މި ދެއަތުން މަރާލީސް” ހިތާހިތުން ލާޝީން ބުނެލިއެވެ. މީގެ ކުރިން އޭނާ ވަނީ އެތައް ކުށެއް ކޮށްފައެވެ. އެ ހުރިހާ ކަމެއް އަރީނަށް ހޯދައިނުގަނެވުނެއް ކަމަކު ނިމިދިޔަ ދެ މަސް ދުވަސް ތެރޭ ވަރަށް ގިނަ ކަންތައްތައް ހޯދައިގަތެވެ. އެ ކުރި މަސައްކަތްތަކުގެ ނަތީޖާ ފެންނާނެ ދުވަހަކީ މިއެވެ.
ޤާޟީ އައުމާއި އެކު އެ އަޑުއެހުން ފެށިގެން ދިޔައެވެ. ލާޝީނާއި ދެކޮޅަށް ޕްރޮސެކިޔުޝަނުން އިތުރު ދަޢުވާތައް އުފުލުމުން އޭނާ ހަމައިން ނެއްޓި ކަހަލައެވެ. ކޯޓުގެ އަދަބުތަކާއި ޚިލާފުވަމުން ދާތީ ލާޝީންގެ ލޯޔަރަށް އެ ހުކުމް ލުއި ކުރަން އޮތް ފުރުސަތު ގެއްލުނެވެ. ޕްރޮސެކިޔުޓަރުންގެ ވާހަކަ ތަކަށް ބާރުދެމުން އަރީން ވާހަކަ ދައްކަމުން ދިޔައީ ހިތްވަރާއި އެކުގައެވެ. އެހެން ދުވަސް ދުވަހާއި ފުރިހަމަ ނުވިޔަސް ނެތް ހިތްވަރުލައިގެން ރަނގަޅަށް ވާހަކަ ދައްކަން އޭނާ މަސައްކަތް ކުރިއެވެ.
ފުލުހުންނާއި ޕްރޮސެކިޔުޓަރުންގެ އެހީއާއި އެކު އޭނާ ކުރި ބުރަ މަސައްކަތުން އެއްކޮށްފައިވާ ހެއްކާއި ޤަރީނާގެ ސަބަބުން ޚުދު ލާޝީން ވެސް ހުރީ އަޖައިބުވެފައެވެ. އެހާ ނިކަމެތި ސިފައެއް ޖަހާ އަންހެން ކުއްޖަކަށް އެ ވަރު ކުރެވޭނެ ކަމަށް އޭނާއަށް ޤަބޫލު ކުރަން އުނދަގޫވިއެވެ.
އަރީން ވާހަކަ ދައްކަމުން ދިޔަ މަންޒަރު ބަލަން ފުޅާ ހިނިތުންވުމަކާއި އެކު ލިވާޒާ އިނެވެ. އެ ކަހަލަ ނުފޫޒު ގަދަ ބައެއްގެ މައްޗަށް އިންސާފު ޤާއިމްކުރެވިދާނެކަން އޭނާއަށް މިއަދު ޤަބޫލުކުރެވިއްޖެއެވެ.
އަރީނަށް ލިވާޒާގެ ގައިގައި ބައްދާލެވުނީ ޤާޟީ ލާޝީނަށް ހަތަރު ލައްކަ ރުފިޔާގެ ޖޫރިމަނާ އަކާއި އެކު ފަންސާސް އަހަރުގެ ޖަލު ހުކުމެއް އިއްވުމުންނެވެ. ލިވާޒާ ވީ އުފަލުން ދެލޮލުން ކަރުނަ އަންނަ ވަރު ވިއެވެ. އޭނާގެ ދަރިފުޅާއި ފިރިމީހާގެ އިތުރުން އެހެން ގިނަ ބަޔަކަށް އިންސާފު ލިބިއްޖެ ކަން އިޙުސާސްވުމުން އެ ހިތަށް ލިބުނީ ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެކެވެ. އަރީން ލިވާޒާގެ ގޮނޑީގެ އަތްގަނޑުގައި ހިފާ ދުއްވާލިއެވެ. ކޯޓު ރޫމުން ނުކުމެގެން ދިޔައިރު ވެސް އެ ދެ މީހުންގެ މޫނުމަތީގައި ވަނީ ނުފިލާ ހިނިތުންވުމެކެވެ.
ދުވަހުގެ ރައުންޑިން ޖަހައިފައި ސުމައްޔާ އައިސް ކްރައިމް ޔުނިޓްގެ ތެރެއަށް ވަނެވެ. ވަދެވުނީ އިޙުސާނާއި މޫނާއި މޫނު ދިމާވާ ގޮތަށެވެ. އިޙުސާނު އަވަސް ނަޒަރެއް ދީފައި ނުކުމެގެން ދިޔައީއެވެ. ސުމައްޔާ އަށް ހީނލެވުނެވެ. އެކަމަކު ރޭގައި އެ ކަހަލަ އިންޒާރެއް ދިނުމުން މިއަދު މާ މައިތިރި ވެގެން އުޅޭތީ ފާޑަކަށް ހާސް ވިއެވެ. އެހެން މީހަކަށް ޝައްކެއް ވިއްޔާ ސަކަރާތް ވެދާނެއެވެ.
ގަރާޖުގައި އޮތް އިޙުސާނުގެ ކާރަށް އަރާ ދުއްވާލިއިރު އަށެއް ޖަހަން ދިހަ މިނެޓަށް ވީއެވެ. އޭނާގެ މަންޒިލަކަށްވީ އެޗް.އެކްސް ލޯވް ފާރމެވެ. އިޙުސާނު ބޭނުންވަނީ އަރީންގެ ފަރާތުން ވިޔަސް ސުމައްޔާގެ އުފަންދުވަހާއި ގުޅޭ އިތުރު މަޢުލޫމާތެއް ހޯދާށެވެ. އެ ސޮރަށް އެނގިފައިވާ ގޮތުން ސުމައްޔާގެ އެންމެ ގާތް މިތުރަކީ އަރީނެވެ. އިޙުސާނަށް ރަނގަޅަށް ވިސްނާލެވުނު އިރު އަރީން ފިޔަވައި ސުމައްޔާ އެހާ ގާތް އެހެން ފަރާތެއް ހުންނަކަން އެނގިފައެއް ނެތެވެ. ސުމައްޔާގެ އާއިލާ މީހެއްގެ ގޮތް ވެސް އެނގެނީއެއް ނޫނެވެ.
ލިފްޓުގެ ދޮރު ހުޅުވުމުން އަރީން އެއިން ނުކުތެވެ. ކުރިއަށް ދެތިން ފިޔަވަޅު އަޅާލައިފައި އޭނާއަށް ހުއްޓެވުނީ ލޯވް ފާރމްގެ މައި ދޮރު ހުޅުވާލައިފައި އިޙުސާނު ވަތް މަންޒަރު ފެނުމުންނެވެ.
“އެއްޗެއް އަހާލަން ކަމަށް.” އިޙުސާނު އަރީންގެ ކުރިމަތީގައި ހުއްޓިލަމުން ބުނެލިއެވެ. އެ ތަނުގައި މީހުން ގިނަ ވުމުން އިޙުސާނު އަރީންގެ އަތުގައި ހިފައިގެން ނުކުތީ ބޭރަށެވެ. “ސޫމޯގެ އުފަންދުވަހުގެ ޚާއްޞަ ކަމެއް އޮވޭތަ؟” އިޙުސާނު އަރީންގެ އަތުން ދޫކޮށްލައިފައި އެއްސެވެ. އަރީން ހައިރާން ވިއެވެ. އެހާ ވަރުން މި ހިސާބަށް އައިސް އެ ކަހަލަ ސުވާލެއް ކުރީމައެވެ. “ނޭނގެ އޮންނަ ކަމެއް. 28 އެޕްރީލް 2009 އެއީ. ކަމެއް ވިތަ؟” އަރީންގެ ޖަވާބުން އިޙުސާނަށް އަނގަ ޗޭ ކޮށްލެވުނެވެ. އަރީނަށް ސުމައްޔާގެ އަސްލު އުފަން ދުވަސް ނޭނގޭތީ ހައިރާންވިއެވެ.
“އޯހް. އެހެން ވިއްޔާ އަޅާނުލާ” ބޯ ކަހާލަމުން އިޙުސާނު ދުރަށް ހިނގައިގަތެވެ. އަރީން އެސްފިޔަ ތަޅުވާލައިފައި ކުރިއަށް ދިޔައެވެ. އޭނާއަށް ޒަވިއަންގެ ކާރު ފެނުނީ އެ ވަގުތެވެ. ވިންޑްސްކްރީން ތިރިއަށް ދަމާލައިގެން ކަޅި އަޅާލައިގެން ހުރި ޒަވިއަން ފެނުމުން އަރީނަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. ލަސް ފިޔަވަޅު ތަކެއްގައި ގޮސް އޭނާ އެ ކާރުގެ ކުރީ ސީޓަށް އެރިއެވެ.
“ކަލޭ ގާތު ވަރަށް ސާފު ރީތި ދިވެހި ބަހުން ބުނެފަ ދޯ އޮންނާނީ އަހަރެންގެ އެކުވެރިންނަށް ވައި އެޅިލައިގެން ވެސް ނުވާނޭ. ކިތަށް ފަހަރު ބުނެގެންތަ ކަލެއަށް އަޑު އިވޭނީ؟” ޒަވިއަން އަރީންގެ އަތުގައި ހިފާ ކާރުގެ އެއްފަރާތު ބިއްލޫރިގަނޑު މައްޗަށް ކެހެމުން ދިޔަ ވަގުތު ބޭރަށް ނެރުނެވެ. އަރީނަށް އަތް ފިތުމުން ވީ ތަދުން ދެލޯ މަރާލެވުނީއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.







Aley zev dhen vrh foohi thankoleh loabin ulebala zev ah kehvetha abadhu areen ge kuh fenanee.. sumoo vx ihusan ah guligen uleneema thankoleh fasheeha vaane ehnu.. zev ah hageegai ingey dhuvahakun areen ehaa fashyhain maafu nukuraathi.. vrh reethi vaahaka ♥️♥️ next part ge inthizaruga hurin
Keehkuraany, eii ey mi vhk ge maigandu mahsala akee.
Shukran Aisha ✨✨
Vrh reethi MA!
Zev😳 I never expected him to do that! Aniyaa akah fahu aniyaa eh e fakeerah dhemun e dhanee alhe fahe insaaniyyathu ge kanfulheh ves😭😭
Finally e case ves kaamiyaabu vee!
Soomoa haadha fakkaley! Isse ah ekani eyna ge real b’day kiyaadhinee. Reen akah ves neynge pispis..
I athuga thi zev gadeh jehey dhuvahu hama koshalaanan!!!! tell reen to kill him when he’s asleep🤐 bunaathi i dhin tip ekoa!!
When next?
Ly💗
Dhw, hithuga ehves rahumeh kuluneh neiy 😖😖
E soru athun keveli athulan beynun veema bunaanehnu
Hehe, but she still have some feelings for him
IA next Tuesday
Shukran Your fav bab ✨✨
Lyt darl 🫶🏻🫶🏻
Mi part ves varah reethi. Dhen zavianoo. Alhey areen dheke loabi nuviyas areen ah respect kobbala pls. Sumayya ge aslu ufan dhuvas areen ah nengenee keevveba? Curiously waiting for next part??
Dhw, mifaharu zev maa bodu varu kohlaifi 😭😭😭
Maybe areen doesn’t know sumee’s secret 🤔😅🤔
Shukran Miss jennie ✨✨
Mi part vs vrh reethi ma!
When nxt??
IA next Tuesday
Shukran Anonymous ✨✨
I actually cried mibai kiyaafa
Alhe zavian ves dho dhen, I can’t wait until he feels guilty after finding out the truth
AREEN IS SUFFERING SO MUCH
LYSM ❤️❤️
Same, alhugandah ves mibai liyunu iru rovunu.
Shukran Diva_gurly ✨✨
Lyt darl 🫶🏻🫶🏻
I hope Areen doesn’t forgive him easily when the truth comes out.hope they get divorced.kithamme vareh viyas Dhn ulhen keiyy nuvaahaa vrh ma’chah zavian ge kanthah gossa ehree mihaaru.its heartbreaking 💔.hope justice will be served soon.you are a great author.keep up the good work 🤗
He really doesn’t deserve to be forgiven that easily.
Yeaaa, he’s being too ruthless.
Shukran Svetlana ✨✨
When next???
IA next Tuesday
Shukran 🌺 ✨✨
Mi part vx varah Reethi Masha Allah…
Allheyyy, Zavianoooo, Reeen fakeerah ehn nahadhabalaaa 😭💔 Mi Shaula akaaa Yoolyn ehge kanthah vx bodee dhn huvaa, 🙄 Ehaa varah reen kujjah Aniya kuraairu hithuga rahumeh nethee dhw, 😔 mi part kiyamun dhiya iru hama rangalhah vx rovun, 😭💔 Zev ah Hageegaiy engeyne dhuvahakah Keh Madhu 😩 E dhuvahakun Zev you’ll regret every single thing you said and did to my Loabi Reen kolhu🥲, I swear If I was reen, I will punch his perfect face, ekamu keeh kuraany dhw Reeen kui maa hiy thiree viyya🥲😅 E case vx complete v dhw, 😊 Reen ah vx neynge dhw Sumee ge aslu Birthday, 😮 E keveli kolhu beynun v Varun bunevuny thwche Ihusaan kairy, hehe 😅 Oh man Ihusaan aaa bahadhal kureema aiiyy fitthaalan jeheytha hama 🤬 roam Zev thi dhany maa Machah, Reen kui hama Keh gadhaee ey buneveynee,😩 When Next?? Curiously waiting for the next part.. Appreciate your hard work 🥰 💗. Btw sorry for Long and Late comment 😔… Lysm 🤍
Shaula aa yooleen ge undhagoo bodu kan dhw 🤧🤧🤧
Liyunu iru alhugandu ves hury rovifa 😭😭
Definitely, he’s gonna regret so much
Aan, reeen hisaabah vure hiy thiree 😣😣
Yageenehnu, mum ge belonging akah hama ekani othy e viyya
IA next Tuesday
Shukran Shiu, I really liked this long comment, really made my day ✨✨✨
Lyt darl 🫶🏻🫶🏻🫶🏻
Bro next part submit kohffin tha? Tmrw is a huge day for me and I’m nervous as helll need to read a Story from YOU to calm down😭
Yeaa, submit kohlaifin.
Hopefully maadhan avahah kiyaalan libeyne
Shukran Well..uk ✨✨
Still pending ga thr alhey😭😭
Mihaaru ebain upload vefa 😊😊