Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވުނީ ވޭނޭ 61

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
April 27, 2026 8 Mins Read
36 Comments

Note: the medical information I’ve mention in the story may not match reality directly

އަރީން އަތް ދަމައިގަތުމުން ޒަވިއަނަށް ސިހިފައި ތެދުވެވުނެވެ. އޭރު އެނދުގައި ލެނގިލައިގެން ޒަވިއަނަށް ކަޅި ޖަހާ ނުލާ ބަލަން އަރީން އިނެވެ. ލިބުނު އުފަލެއްގެ ބޮޑު ކަމުން ޒަވިއަނަށް އަރީންގެ ހަށިގަނޑުގައި ދެއަތް ވަށާލެވުނެވެ. މި އަމަލުން އަރީންގެ ހިތް އަވަސްވީ ވަރުން ހީވީ މޭފަޅައިފައި ނުކުމެދާނެހެނެވެ.

“އައިމް ސޮރީ. ތިއީ ކާކު؟ އަހަރެން މި ތަނަށް ގެނައީ ކީއްވެ؟” އަރީން އެހިއެވެ. ޒަވިއަންގެ މޫނުން ދިޔައީ ތަރި ބުރައިގެންނެވެ. ފަހަތަށް ޖެހިލަމުން އޭނާ އަށް އަރީނަށް ބަލައިލެވުނީ ޤަބޫލު ނުކުރެވިގެންނެވެ. “އަހަރެންނަކީ ޒަވިއަން. ރީން… ރީންގެ ފިރިމީހާ.” ޒަވިއަން ލަސްލަހުން ބުނެލިއެވެ. އަރީނަށް އެ ބުނި އެއްޗެއް ޤަބޫލެއް ނުކުރެވުނެވެ.

“ހެހެހެ. ތިއީ ދެން ކޮން ކަހަލަ ޖޯކެއްތަ؟ އެއްވެސް މީހަކު މި ޒަމާނުގައި އުމުރުން ފަނަރަ އަހަރުގައި މީހަކާއި ކައިވެނި ކުރާނެތަ؟ ދޮގު ނުހަދާ އަހަރެންގެ ސުވާލަށް ޖަވާބު ދީބަލަ. އަހަރެން ހަސްފަތާލަށް ގެންނަން ޖެހުނީ ކީއްވެ؟ މާދަން ސްކޫލަށް ދާން ވާއިރަށް ދޫކޮށްލާނެތަ؟” އަރީން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. ޒަވިއަނަށް އެ ސުވާލަށް ޖަވާބެއް ނުދެވުނެވެ. އޭރު އެ ދެލޯ ފެންކަޅި ވެއްޖެއެވެ.

“ކީއްވެތަ އަހަރެންނަށް ބަލާފަ ތި ރޮނީ. ކުށެއް ކުރެވިފައި ވާ ނަމަ އަހަރެންނަށް މަޢާފުކުރޭ. ދެން ނުރޮއިބަލަ.” އަރީންގެ ހިތަށް އުނދަގޫވުމުން ޒަވިއަންގެ ލޮލުން އޮހޮރުނު ކަރުނަ ފުހެލަދިނެފެ. އެއަށްފަހު ޒަވިއަންގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިން ގޮތުން ހީވަނީ ކަމެއް ދެނެގަންނަން އުޅޭހެންނެވެ. “އަޒާ ދޮންބެ ޒަވިއަން އާ ހާދަ ވައްތަރު މީހެކޭ. ހައު ކޭން ހީ ބީ ސޯ ސިމިލަރ ޓު މައި ކްރަޝް. އެކަމަކު ޒެވް އެހާ ބޮޑެއް ނުވާނެ. އެއްވައްތަރު މީހުން ވެސް އުޅެފާނެ. އަނެއްކާ މިއީ ކާކުބާ؟ ހަމަ އެއް ނަމެކޭ މި ކިޔަނީ ވެސް.” އެ ސިފަތައް ފާހަގަވުމުން އަރީނަށް ހިތާހިތުން ބުނެވުނެވެ. ޒަވިއަން އިރުކޮޅަކު ބަލަން ހުރެފައި ގޮސް ބަޓަނަކަށް ފިތާލިއެވެ. އޭގެ އިރުކޮޅެއް ފަހުން ޑަކުޓަރަކު އައެވެ.

“ޑޮކްޓަރ. އަހަރެންނަށް ހީވަނީ އަރީންގެ ހަނދާންތަކެއް ފުހެވިގެން ހިނގައްޖެހެން. ވީ ގޮތެއް ބަލާލަދީބަ.” ޒަވިއަން ޑަކުޓަރުގެ ގާތު ބުންޏެވެ. އެއަށްފަހު ޑަކުޓަރަށް ފުރުސަތު ދެމުން އޭނާ އެއް ކައިރިއަށް ޖެހިލިއެވެ. ޑަކުޓަރު އަރީނާއި ސުވާލުތަކެއް ކޮށް އިތުރު ޓެސްޓު ތަކެއް ހެދިއެވެ. މިކަމުގެ ތެރެއިން ޒަވިއަނަށް ވެސް ބައެއް ސުވާލު ކުރިއެވެ.

“ޝީ ހޭޒް ޑިސޮސިއޭޓިވް އެމްނީޝިއާ. އެއީ ޓްރައުމާ ކަހަލަ ހިތްދަތި ތަޖުރިބާތައް ހަނދާނުން ފުހެލާ ކަމެއް. މީހާގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ސިކުނޑިން އަޅާ ފިޔަވަޅެއް އެއީ. އަސްލު ވަރަށް ތަފާތު މި ކޭސް. އާންމުކޮށް މި ކަހަލަ އެމްނީޝިއާ ހުންނަ މީހުންގެ ހަނދާނުން ބްލޮކް ވަނީ މަދު މިންވަރެއް. އެކަމަކު 2025 ފެށުނީއްސުރެ ހުރި ހަނދާންތައް އަރީންގެ ސިކުނޑިން ބްލޮކް ވެފަ އެ ހުރީ. އެހެން އެއްވެސް މައްސަލައެއް ނެތް. މިހާރު ސިއްހީ ޙާލަތު ވަރަށް ރަނގަޅު. މާދަން ޑިސްޗާޖް ކުރެވޭނެ.” ޑޮކްޓަރ ބުނެލިއެވެ.

“އެ ހަނދާންތައް އަނބުރާ އަންނާނެތަ؟” ޒަވިއަން އެހިއެވެ. “ހުރިހާ ހަނދާން ތަކެއް އެނބުރި އަންނާނެ ކަމުގެ ޔަގީންކަމެއް ނުދެވޭނެ. އެކަމަކު ރަނގަޅު ވާތާ ދުވަސްކޮޅެއް ފަހުން ހަނދާންތައް އެނބުރި އައިސްފާނެ. މިކަމަށް ޕޭޝަންޓް ކުރިން އުޅުނު މާޙައުލަށް ގެންދެވިދާނެ. އެކަމަކު އަޅުގަނޑު އިހަށް އެދެނީ އަރީންގެ ހަނދާންތައް އެނބުރި އަޔަކަ ނުދޭން މަސައްކަތް ކުރުން. ނަފްސާނީ ގޮތުން ވަރަށް ތައްޔާރު ވެވިގެން އެ ހޭދަކުރި ހިތްދަތި ދުވަސްތަކުގެ ހަނދާންތައް އެނބުރި އަންނައިރު އެ ކަންތައް ޓޮލެރޭޓް ކުރެވޭނީ.” ޑަކުޓަރު އެ ކަންތައް ވަރަށް ރަނގަޅަށް ތަފްސީލު ކޮށްލަދިނެވެ. އެއަށްފަހު އެ ތަނުން ނުކުމެގެން ދިޔައެވެ.

ޒަވިއަން އަނބުރާ އަރީންގެ ގާތުގައި ގޮނޑީގައި އިށީނީ އިރުކޮޅެއް ފަހުންނެވެ. އަރީނަށް ބަލަން އިނދެފައި ޒަވިއަން ފޯނު ނެގިއެވެ. އޭނާ އަރީން ހޭ އެރި ކަމުގެ ޚަބަރު ދިނީ ސުމައްޔާ އަށް އެކަންޏެވެ. ދަން ވަގުތަކަށް ވުމުން އެހެން މީހުންނަށް އުނދަގޫ ކުރަން ބޭނުންނުވުމުން އެ މީހުންނަށް ނުގުޅީއެވެ. އަނެއްކޮޅުން އަރީން އަދިވެސް ޒަވިއަނާއި ދިމާލަށް ފާޑަކަށް ބަލަން ހުރީއެވެ. އޭނާ އަށް އަދިވެސް މި ވާނުވާ ރަނގަޅަކަށް ނޭނގެއެވެ.

ނިދިފައި އޮއްވާ މީހަކު ގުޅުމުން ސުމައްޔާ ނުރުހުނު ނަމަވެސް އެ ދެލޯ ވިދައިގަތީ ގުޅަނީ ޒަވިއަން ކަން އެނގުމުންނެވެ. ނިކަން އަވަހަށް ފޯނު ނަގައިފިއެވެ. ޒަވިއަން އަރީން ހޭ އެރި ވާހަކަ ބުނުމާއި އެކު މި ދަނީއޭ ކިޔާ ފޯނު ކަނޑާލީ ޒަވިއަނަށް އިތުރު އެއްޗެއް ބުނާނެ ފުރުސަތެއް ނުދީއެވެ. އެނދުން ފުންމައިގެން ތެދުވި އިރު އޭނާގެ މޫނުމަތީގައި ފުޅާ ހިނިތުންވުމެއް ވިއެވެ. އޭނާގެ ޙަޔާތް އެ ފުއް މި ފުށަށް ޖެހުނު ރެއަށް ފަހު އެ މޫނުމަތިން ހިނިތުންވުމެއް ފެނުނު ފުރަތަމަ ފަހަރަކީ މިއެވެ.

ރަނގަޅަށް ތައްޔާރު ވެލައިގެން ސުމައްޔާ ޓްރީޓޮޕަށް ދިޔައީ ހިނގައިފައެވެ. އެތެރެއަށް ވަދެ ލިފްޓަށް އަރައިފައި އޭނާ މަޑުކޮށްލިއެވެ. ބޭނުންވި ފްލޯ އަށް ލިފްޓު ހުއްޓާލުމުން ސުމައްޔާ އެ އިން ނުކުމެގެން ދިޔައީ ދުވެލައިފައެވެ. މިކަމުން ވެސް އަރީން ދެކެން އޭނާ ކެތްމަދުވެފައި ހުރި މިންވަރު ހާމަވެއެވެ.

ކޮޓަރިއަށް ވަދެގެން އައި ސުމައްޔާ ފެނި އަރީނަށް ދެ ބުމަ ގާތް ކޮށްލެވުނެވެ. “ސުމީ ހާދަ ތަފާތު ގޮތަކަށް ތި ހުރީ. އަހަރެން ބަލިވެގެން ގެނައި ތަނުން ސުމައްޔާ ދިހަ އަހަރު ކުރިއަށް ފުންމާލީތަ. ފަންސަވީސް އަހަރުގެ ޒުވާން އަންހެނެއް ވައްތަރު ޖަހަނީ. އަޒާ ކޮބާތަ؟ އޭނާ ނާންނަނީތަ؟” އަރީން އެހިއެވެ. ސުމައްޔާ ހުރި ތަނުގައި ގަނޑުވި ކަހަލައެވެ. ބިރެއް ފެނުނު ފަދައިން އޭނާ އަށް އަރީނަށް ބަލަން ހުރެވުނެވެ.

“ކިހިނެއްތަވީ ސުމީ ވެސް އެހާ ފާޑަކަށް ތި ބަލަނީ؟” އަރީން އެހިއެވެ. އޭނާ މި ހުރީ އެ ނުދަންނަ ޒުވާނާ އާއި ސުމައްޔާ އުޅެމުން ދިޔަ ގޮތުން އަނގައިން ސޮނި ވެއްޓޭ ވަރު ވެފައެވެ. ސުމައްޔާ އެހެން ހުރެފައި ގޮސް އަރީންގެ ގައިގައި ބައްދާލިއެވެ. ސުމައްޔާގެ ކަރުނައިގެ ހޫނުކަން އިހުސާސް ވުމުން އަރީންގެ ހިތަށް ނުބައި ގޮތެއް ވެލިއެވެ.

“ސުމީ ވެސް ދެން ނުރޮގަ. ކީއްވެތަ އޭނާ ވެސް ސުމީ ވެސް ތި ރޮނީ. ސަބަބު ބުނެބަލަ؟” އަރީން އެހިއެވެ. “ރީން މިއީ 2035 ވަނަ އަހަރޭ. އެކްސިޑެންޓުވީ އިރު ކިހާ ވަރަކަށް ހަނދާންތައް ގޮސްފައި ތަ މި ހުރީ؟” ސުމައްޔާ އަރީންގެ މޫނުގައި ހިފާލަމުން ބުނެލިއެވެ. އަރީން ދެލޯ މުދުނަށް އެރިއެވެ. އެ ބުނި އެއްޗެއް ޕްރޮސެސް ކޮށްލަން އޭނާ އަށް އުނދަގޫވިއެވެ.

“އެ… އެކްސިޑެންޓޭ. ކޮން އެކްސިޑެންޓެއް. ދިހަ އަހަރުގެ ހަނދާންތައް ގެއްލޭހާ ނުރައްކާތެރި އެކްސިޑެންޓެއް ވީ ކިހިނެއް؟” އަރީން ހައިރާންވެފައި އިނދެ އެހިއެވެ.

“ޑޮކްޓަރ ބުނީ ހިތްދަތި، ޓްރައުމެޓިކް ހަނދާން ތަކެއް ވީމަ ސިކުނޑިން އެ ހަނދާންތައް ބްލޮކްވެފަ އޭ. އެކްސިޑެންޓް ވީއިރު ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބިފަ ހުރީމަ ވީގޮތެކޭ.” ޒަވިއަން އިސްޖަހާލަމުން ބުނެލީ ސުމައްޔާ މާ ބޮޑަށް އަޖައިބުވެފައި ހުރުމުންނެވެ. ސުމައްޔާ ޒަވިއަނަށް އަވަސް ނަޒަރެއް ދިނެވެ.

“ރީން މިހާރު ވަރަށް ޝޮކް ވެފައެއްނު ތި ހުރީ. ފަހުން އެކްސިޑެންޓް ވީ ގޮތް ބުނެދޭނަން. އިހަށް މިހާތަނަށް އަރީންގެ ދިރިއުޅުމުގައިވީ ކަންކަމުގެ ކުރު ޚުލާސާ އެއް ދޭނަން. ރީން ދިހައެއް ނިންމާލީ ޓޮޕް ޓެން އިން އެއްވަނަ ހޯދައިގެން. އޭގެ ދުވަސްކޮޅެއް ފަހުން އަޒާ ނިޔާވީ. ރީން ދެން ދިޔައީ ކެނެޑާ އަށް ލޯޔަރުކަން ކިޔަވަން. އެ ތަނުގަ ދެ އަހަރު ވަޒީފާ އަދާކޮށްފަ ހަތް އަހަރު ފަހުން އަނބުރާ ރާއްޖެ އައީ. ދެން މަސައްކަތް ކުރީ އެޗް.އެކްސް ލޯވް ފާރމްގައި. އައި ދުވަސް ކޮޅު ޔަނާއްތަމެން އެރޭންޖް ކޮށްގެން ރީން އާއި މިހިރަ ފިރިހެން މީހާ ޒަވިއަން އާ ކައިވެނި ކުރުވީ. ހީޒް ޔޫއަރ ފަސްޓް ކްރަޝް، އަޒާގެ ދޮންބެ ޒަވިއަން. ކައިވެނި ކޮށްގެން އުޅުނު އިރު ތި ދެމީހުންގެ ގުޅުން އެހާ ރަނގަޅެއް ނޫން. އެކަމަކު ވަކި ހިސާބަކުން ރީން ޕްރެގްވީ. އޭގެ ހަމަސް ފަހުން ރީން ޑައިމަންޑް ސްކައި ހޮޓެލްގެ ވީއައިޕީ ރޫމަކަށް ބަދަލުވީ. އެ ހޮޓެލް ރޫމަކީ ޒިޔާދުބޭ ތި މީހުންގެ ވެޑިންގައި ރީން އަށް ހަދިޔާ ކުރި ތަނެއް. ރީންގެ ދަރިފުޅު ޒައިލީން، ލޯބިން ކިޔާ ނަމަ ޒެލީ އަށް ދެ އަހަރު ވާނެ މި އަންނަ ޑިސެމްބަރގަ. ދެން މިދިޔަ ހަފްތާ ރީން އެކްސިޑެންޓް ވީ.” ސުމައްޔާ ކިޔައިދިނީ އަރީނަށް ހިތްދަތިކަން ލިބުނު ގޮތްތައް ތަފްސީލު ނުކޮށެވެ.

​އެ ވަގުތު އަރީންގެ ސިކުނޑި މަސައްކަތްކުރުން ހުއްޓާލި ފަދައެވެ. ހަށިގަނޑުގެ ލޭ ދައުރުވުން މަޑުޖެހި މުޅި މީހާ ފިނިވެގެން ދިޔައެވެ. “އަޒާ ނިޔާވީއޭ” ސުމައްޔާ ބުނި އަޑު ކަންފަތްދޮށުގައި ގުގުމަމުން ދިޔައިރު، އެއީ ހުވަފެނަކަށް ވުމަށް އޭނާގެ ހިތް އެދި ގޮވަމުންދިޔައެވެ. އެއީ ހަގީގަތެއްކަން ގަބޫލުކުރަން ނަފުސު ދެކޮޅު ހެދިއެވެ.

“ތިއީ ކިހިނެއް… ކީއްވެ… އެކަހަލަ ކަމެއް… އަޒް.. އެހާ ޅައުމުރުގައި. ހެޔޮ ނުވާނެ… ބުނޭ… ބުނޭ ތިއީ ދޮގެކޭ… މިއީ ފެންނަ.. ހުވަފެނެއްދޯ… ހޭލައިގެން ސުކޫލަށް ދިޔައިމަ… އަޒާ ފެންނާނެ…” ލަގޮނޑިއަށް ބާރުވެ އަރުބެދެމުން ދިޔަ ޙާލު އަރީން ބޯ ހޫރާލިއެވެ. “ދެން އެ ވާހަކަ ފަހަށް ބާއްވަމާ. ރެސްޓް ކޮށްލަން ވީނުން. މިހާރު ވަރަށް ޝޮކް ވެފައެއްނު ތި އޮތީ.” ސުމައްޔާ އަރީންގެ ކޮނޑުގައި ހިފާ ބާލީހާއި ހަމައަށް ތިރިކޮށްލިއެވެ.

އަރީން ދެލޯ މަރާލަމުން ވިސްނާލީ ސުމައްޔާ ދެއްކި ވާހަކަ ތަކާއި މެދުގައެވެ. އެއްވެސް ވަރަކަށް އެއިން ކަމެއް އަރީންގެ ހަނދާނަކަށް ނައެވެ. ޤަބޫލުކުރަން ދަތިވެ ރޯލަ ރޯލާ އޮތީއެވެ.

ހަނދާންތައް ގެއްލިފައިވަނިކޮށް އެ މައުސޫމް ދަރިފުޅު ޒައިލީނާއި ބައްދަލުވުމަކީ ކޮންފަދަ އިމްތިހާނެއް ހެއްޔެވެ؟ އަރީންގެ ހިތް އެ ހުރިހާ ޚިޔާލުތަކަކުން ތުރުތުރުލައިގަތެވެ. އޭނާގެ ސިކުނޑި މިހާރު ހުރީ ސޯޅަ އަހަރުގެ ތަސައްވަރުގައެވެ. ކުއްލިއަކަށް މާޒީގެ ބަރުދަންތަކާއި އެކު އަނތްބެއްގެ މަގާމާއި މައެއްގެ ޒިންމާ އުފުލަން ޖެހިފައިވާ ކަން އެނގުމުން ހާސްކައްޓަށް އެރިއެވެ.

ސުމައްޔާ އެ ތަނުން ނުކުމެގެން ދިޔައީ ގަޑިއިރަކު މަޑުކޮށްފައެވެ. ޒަވިއަން އައިސް ގޮނޑީގައި އިށީނީ އަރީން ނިދިކަން ޔަޤީންވުމުންނެވެ. މި ޚަބަރު އެހެން މީހުންނަށް ދޭނެ ގޮތަކާއި މެދު އޭނާ ވިސްނަމުން ދިޔައެވެ. އޭނާ އަށް އެންމެ ވިސްނެމުން ދިޔައީ ޒައިލީން އާއި މެދުގައެވެ.

އާފިޔާމެންނަށް ގުޅައިފައި އަރީން ހޭ އެރި ޚަބަރު ދިނީ ފަތިސް ވީ ފަހުންނެވެ. އެ ގުރޫޕް ލަސްނުކޮށް އަވަހަށް ހަސްފަތާލަށް އައީ އަރީން ދެކިލަން ބޭނުންވެފައި ހުރުމުންނެވެ. އެހެނަސް އަރީންގެ ގިނަ ހަނދާންތަކެއް ގެއްލިފައި ހުރި ކަން އެނގޭތީ އެތެރެއަށް ވަން އިރު އެންމެން ތިބީ ފާޑަކަށް ހާސްވެފައެވެ.

“މަންމާ. އަޅުގަނޑު…” އަރީނަށް ޔަނާލް ފެނުމުން ބުރަކަށި ސީދާކޮށްލިއެވެ. ޔަނާލް އިރުކޮޅަކު ބަލަން ހުރެފައި ގޮސް އަރީންގެ މެދު ހަށީގައި ބައްދާލިއެވެ. ޔަނާލްގެ ލޮލުން އޮހޮރުނު ކަރުނަ ތިކިތަކުގެ ހޫނުކަން އިހުސާސް ވުމުން އަރީނަށް ދުރަށް ޖެހިލެވުނެވެ.

“މަންމަ ވެސް ރޮނީތަ؟ ކީއްވެތަ އެންމެން އަހަރެން ފެންނަ އިރަށް ރޮނީ. މިދިޔަ ދިހަ އަހަރު ވީ ކަންކަމުގެ ތަފްސީލު ސުމައްޔާ ދިން އިރު ގިނައަހަރުތަކެއް ކުރިން އަޒާ ނިޔާވުން ފިޔަވާ އެހެން ހިތާމަވެރި ކަމެއް ވެފައެއް ނެތް. އެހެންވިއްޔާ ރޯން ވާނެތަ؟” އަރީން ފެންކަޅި ވެފައި އެހެން ބުނެލިއިރު ހުރީ އެހެންމީހުންގެ ކިބައިން މި ފެންނަ އުޅުން ނަގައިނުގަނެވިފައެވެ.

“މިއީ އުފާވެރިކަމުގެ ކަރުނައޭ. ދަރިފުޅު އެހާ ގިނަ ދުވަސް ނުވެ ހޭއެރީމަ ހިތްހަމަ ޖެހިފައޭ މި ހުރީ.” ޔަނާލް ކަރުނަތައް ފުހެލަމުން ވާހަކަ އެއް ހަދާލިއެވެ. އެންމެން ވެސް ނިންމީ އަރީނަށް އެ ފަކީރުގެ ޙަޔާތުގެ އަނދިރި ސަފުޙާތައް ކިޔައި ނުދީ އޭނާ އުފަލުގައި ބަހައްޓާށެވެ. ޑަކުޓަރު ބުނި ގޮތުގައި ވަކި ދުވަސްކޮޅެއް ފަހުން ލަސްލަހުން އެ ހަނދާންތައް އެނބުރި އައިސްފާނެއެވެ. ޚާއްޞަކޮށް ހަނދާނުން ނުފިލާ ވަރުގެ ކަންކަން ހިނގި ތަނަކަށް ދިޔައިއްޔާ ނުވަތަ އެ ކަހަލަ މީހަކާ ކޮންޓެކްޓް ވިއްޔާ ފްލޭޝްބެކްސް އައިސްދާނެއެވެ. އެހެނަސް ހުރިހާ ހަނދާން ތަކެއް އެނބުރި އަންނާނެ ކަމުގެ ޔަގީންކަމެއް ނުލިބެއެވެ.

އަރީން ޑިސްޗާޖް ކުރެވުނީ އެ ދުވަހުގެ މެންދުރު ފަހުގައެވެ. އަރީން ގޮވައިގެން ޒަވިއަން ދިޔައީ ރޯޝަނީ ގެއަށެވެ.

“ކީކޭ؟ ޒެވްގެ ކޮޓަރި ވެސް ހުންނަނީ ފުރަތަމަ ފުލޯގައެއް ނޫންތަ. އަޒާ… އަޒާ އާއި އެއްކޮށް އައިސް އުޅުނު އިރު ހަނދާންވޭ އެ ފުލޯގައި ހުންނަ ކަން.” އަރީން އެހެން ބުނެލީ ޒަވިއަން ދެވަނަ ފުލޯއަށް އަރަން ބުނުމުންނެވެ.

އަރީން އަންނަން ވާއިރަށް ޒަވިއަން ދެވަނަ ފުލޯ އިން ކޮޓަރިއެއް ތައްޔާރު ކުރީ އަމިއްލަ ކޮޓަރިއަށް އަރީން ގެންދަން ބޭނުން ނުވުމުންނެވެ. އެ ހަތަރު ފާރު ތެރޭގައި އަރީނަށް ތަޙައްމަލު ކުރަން ޖެހުނު ހިތްދަތިކަން އަލުން އިހުސާސް ވިޔަކަ ނުދޭން އޭނާ ހުރީ އަތުކުރި އޮޅާލައިގެންނެވެ. ހެނދުނު ހޮޓެލުން އަރީންގެ ސާމާނު ގެނެސްފައި އެ ކޮޓަރި އޭނާ ތައްޔާރު ކޮށްލީ ނިކަން ފުރިހަމައަށެވެ.

“މިހާރު ބަދަލުވީ މައްޗަށް. ކިހިނެއްވީ. މައްޗަށް އަރަން އުނދަގުލީތަ؟ ލިފްޓެއް ހަރު ކުރުމުގެ މަސައްކަތް ފެށި ދާނެ.” ޒަވިއަން އަރީނަށް ފުން ނަޒަރެއް ދެމުން ބުނެލިއެވެ. “އެހެން ނޫނީ މި ގޮތް ވެސް ހަމަ ބަރާބަރު ވާނެ” އެހެން ބުނެލަމުން ލުއި ފަތެއް ހެން އަރީން ނަގާ އަތް މައްޗަށް ލަމުން މައްޗަށް އަރަން ފެށިއެވެ. އަރީންގެ ޙާލަކީ ތޯއެވެ. ހިތް ނެގި ނެގިފައި ޖެހެމުން ދިޔައިރު ހުރީ ލަދުން ހަލާކު ވާ ވަރު ވެފައެވެ.

“އަހަރެންނަށް އަމިއްލައަށް ވެސް މައްޗަށް އެރި ދާނޭ. އެހެން މީހުން ވަރަށް ބަލާއެބަ.” ޒަވިއަންގެ މޭގައި މޫނު ފޮރުވާލަމުން އަރީން ބުނެލިއެވެ. ޒަވިއަނަށް ބޭއިޚްތިޔާރުގައި ހީނލެވުނީ އަރީންގެ މި މައުސޫމް ކަން ފެނުމުންނެވެ. “މި ތަނުގައި އުޅޭ އެންމެންނަށް ވެސް އެނގޭނެ ތިއީ އަހަރެންގެ އަންހެނުން ކަން. އެހެންވީމަ މައްސަލަ އެއް ނޫނެއްނު ރީން އަށް މައްޗަށް އަރަން އުނދަގޫ ވީމަ އެހީވުމަކީ.” ޒަވިއަން އަރީން އަމިއްލައަށް އަރަން ދޫކޮށްލާކަށް ނޫޅުނެވެ. އޭނާ އަރީން ބިން މަތީގައި ބެހެއްޓީ ދެވަނަ ފުލޯ އަށް އެރުމަށް ފަހުގައެވެ. އަރީން ލަދުން އިސް ޖަހާލި ގޮތަށް އުފުއްލާލަން ނުކެރިފައި ހުރީއެވެ.

“އެތެރެއަށް ވަންނަން ވީނުން. ޒެލީ އެބަ އޮތް ނިދާފަ.” ޒަވިއަން އެހެން ބުނެލީ އިރުކޮޅެއް ފަހުންނެވެ. “ކީކޭ؟ އާނ. މި… މި ވަންނަނީ.” އަރީން އާގަންނަމުން ކަހަލަ ގޮތަކަށް އެހެން ބުނެފައި ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެތެރެއަށް ވަންނަމުން އަރީން އެ ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ.

ކުރިން ޒަވިއަން އުޅުނު ކޮޓަރި އާއި އެ ކޮޓަރި ހާސް ތަފާތެވެ. ފަރުނީޗަރުތައް ހުރީ ހުދު ކުލައިންނެވެ. އެ ތަނުގައި ވަނީ މަޑު ފެހި ކުލައެއް ލައިފައެވެ. އެއް ފަރާތުގައި ކިންގް ސައިޒްގެ އެނދެއް ހުރި އިރު ބޮޑު ސޯފާ އެއް އެނދާއި ޖެހިގެން ހުއްޓެވެ. ވޯކް އިން ވޯޑްރޯބު ވެސް ފަރުމާ ކުރެވިފައި ވަނީ ތަފާތު ގޮތަކަށެވެ. އެ ކޮޓަރި ތެރެއިން ވަކިން ވަދެވެން ހުރި ބައެއް ޚާއްޞަ ކުރެވިފައި ވަނީ ޒައިލީނަށެވެ. ކުޑަ އެނދަކާއި އަލަމާރިއެއް ހުރި އިރު އެއް ފަރާތުގައި ސޯފާ ގޮނޑިއެއް ހުއްޓެވެ. ޒައިލީންގެ ކުޅޭ އެއްޗެހި ވެސް ރީތިކޮށް ބަހައްޓާފައި ހުއްޓެވެ.

އަރީން ގޮސް އިށީނީ ޒައިލީންގެ އެނދު ކައިރީގައެވެ. އެ ލޯބި ފުށްކޮޅެއް ކަހަލަ ކުއްޖާ ފެނި ލޯބިން އެ ހިތް އުތުރި އަރަން ފެށިއެވެ. ޒައިލީން ފެނުމުން އަމަލުކުރާނެ ގޮތް ނޭނގިދާނެ ކަމުގެ ބިރު އެކަށް ފިލާ ހިނގައްޖެއެވެ. އެ އިސްތަށިކޮޅު ރީތި ކޮށްލަމުން ޒައިލީނަށް ބަލަން އަރީން އިނީ ގެއްލިފައެވެ. ހީވަނީ އޭނާގެ ޅައުމުރުގެ ކޮޕީއެއް ހެންނެވެ. އެހާ ވެސް ވައްތަރެވެ. އަނެއްކޮޅުން ޒަވިއަން ހުރީ އެ ތަނަށް ވަންނަ ދޮރު ކަނީގައި ލެނގިލައިގެން އަރީންގެ ލޯބި ހަރަކާތްތަކަށް ނަޒަރު ހުއްޓާލައިގެންނެވެ. “ވާހް… ރީން ގާތުގައި ބެހެއްޓިއްޔާ އަހަރެންގެ ހިތުގައި މިވާ އިޙުސާސް ކޮންޓްރޯލް ކުރާނީ ކިހިނެއްބާ.” މޭގައި އަތް އަޅާލަމުން ހިތާހިތުން އެހެން ބުނެލީ ދެފަރާތަށް ކަޅި ހިންގާލަމުންނެވެ.

އަރީން ޒައިލީނާއި ދުރަށް ޖެހިލަމުން ތެދުވީ އިރުގަނޑެއް ފަހުންނެވެ. އެ ވަގުތު ދޮރު ކަންޏަށް ލެނގިލައިގެން ހުރި ޒަވިއަނާއި ހަތަރު ކަޅި ހަމަވިއެވެ. އަނެއްކާ ވެސް އަރީންގެ ހިތް އަވަސް ވާން ފެށިއެވެ. “އައިމް ފޯލިންގ ފޯރ ހިމް އެގެއިން އެންޑް އެގެއިން.” އަރީނަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ

“ވޯހް. ކޮން ކަހަލަ ޕާފެކްޓް ލައިފެއްގަތަ އަހަރެން އުޅުނީ؟ ޑްރީމް ޖޮބް އަދާކޮށްފި. ލޯބިވެވުނު ފިރިހެން މީހާ އާއި ކައިވެނި ކުރެވިއްޖެ. އަހަރެންނަށް ޒެވް ހާދަ އަޅާލައޭ. ޕްލަސް ހީޒް ފްރީކިން ހޮޓް. ހާދަ ފިރިހެންވަންތައޭ. ނުވީތާކަށް ލޯބިލޯބި ކުއްޖެއް ވެސް ލިބިއްޖެ. އެކަމަކު ކީއްވެބާ ވަކިން ހޮޓެލެއްގައި އުޅުނީ؟ އަދި ކިހިނެއް އެހާ ޅަ އުމުރެއްގައި އަޒާ ނިޔާވީ؟ ކެންސަރު ބަލި ކަހަލަ ބައްޔެއް ޖެހުނީތަ؟ ނޫނީ އެކްސިޑެންޓެއް ވީތަ؟ ނޫނީ ހަމަ އާދައިގެ ގޮތަކަށް ކުއްލިއަކަށް ނިޔާވީތަ؟” އަރީންގެ ސިކުނޑީގައި އެތަކެއް ޚިޔާލުތަކެއް ދައުރުވަމުން ދިޔައެވެ.

ސުމައްޔާ ބްރޭކް ނިންމައިފައި ހިނގައިފައި މިސްރާބު ޖެހީ ފުލުސް ސްޓޭޝަނަށް ދާށެވެ. ވަރު ނެތިފައި ހުރި މީހެއް ފަދައިން ހިނގަމުން ދިޔައިރު އޭނާގެ ސިކުނޑި ހިސޯރުކޮށްފައިވަނީ މީގެ ހަފްތާ އެއް ކުރިން ހިނގައިދިޔަ ހިތްދަތި ހާދިސާ ތަކެވެ.

“އާރގް. ވައި؟ ހާދަ އަންފެއާރ އޭ. ކީއްވެތަ އެ ނާއިލްމެންގެ ކޮޅަށް އަބަދުވެސް މޮޅު ލިބެނީ. ހަމަ އިންސާފު ހޯދަން އެހާ ގާތްވެފައި ވަނިކޮށް މިހުރީ ކޮށްލި ކަންކަން. އަހަރެމެންގެ ބަލި ފައިގައި ހިފައިގެން އަހަރެމެންގެ މައްޗަށް ބާރު ހިންގަނީ. އަހަރެންނަށް މިއިން ކަމެއް އެހެން މީހަކާ ހިއްސާ ކުރެވޭކަށް ނެތް. ކުރިން ހުރި ނަމަ ވެސް މީހަކީ ރީން. މިހާރު ރީންގެ ހަނދާންތައް ގެއްލުނީމަ އެއްވެސް ކަމެއް ހިއްސާ ކުރެވޭކަށް ނެތް. ކީއްވެތަ އިންސާފު ހޯދުމަށް އެހާ އުނދަގުލީ؟ ބާރާއި ނުފޫޒު ގަދަ މީހުން އަހަރެމެން ނިކަމެތިންނަށް އެމީހުން ބޭނުން ގޮތެއް ހަދާލެވޭ.” ސުމައްޔާ ހިތާހިތުން ވާހަކަ ދައްކަމުން ކުރިއަށް ދިޔައީ މަގަށް ސަމާލުކަން ނުދީއެވެ. ކަފިހި ހުރަސް ނޫން ހިސާބަކަށް މަގަށް ނުކުމެވުނު އިރު ވެސް އޭނާ އަށް ހުރެވުނީ އެހެން ދުނިޔެއެއް ގައެވެ. އަވަސް ސްޕީޑްގައި ދުއްވައިފައި އައި އުޅަނދުތަކަށް ކުއްލިއަކަށް ހުއްޓާލަން އުނދަގޫ ވިއެވެ. ބައެއް އުޅަނދުތަކަށް ވަށާލައިފައި ދެވުނު ނަމަވެސް އަނެއްބައި އުޅަނދުތައް ދުއްވަން ތިބި މީހުންނަށް ކޮންޓްރޯލެއް ނުކުރެވުނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

މި ލޯތްބާއި ތި ވަޢުދު (1)

Next

ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 12)

Next
April 27, 2026

ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 12)

Previews
April 27, 2026

މި ލޯތްބާއި ތި ވަޢުދު (1)

36 Comments!

  1. xxx_dodo_xxx says:
    April 28, 2026 at 5:56 am

    Omg omg this part is sooooo good. I luv this part.
    Naseebakun Reen ge memory akah .aa body gotheh nuvey dhww. Finally my dream came true. Xev ND Reen together. Xeli soon happy.
    When next??????

    1. White rose White rose says:
      April 28, 2026 at 10:24 am

      I’m delighted to know 🥰🥰
      Memory gehlifa hashigandu normal condition ah dhiya ee e 😄😄
      Hehe, let’s see wht happens when they are together 🙃🙃
      IA next Thursday
      Shukran xxx_dodo_xxx ✨✨

  2. xxx_dodo_xxx says:
    April 28, 2026 at 6:01 am

    Eyyyyy
    Sumee accident v tha anekkaa????.
    Anekka ejen meehaku sumee salaamaiy koh dheyne tha ??

    1. White rose White rose says:
      April 28, 2026 at 10:26 am

      Adhi yageenehnoon accident vee kameh 😒
      Stay tuned for what happens next 😄😄
      Shukran once more xxx_dodo_xxx ✨✨

  3. Cutie girl says:
    April 28, 2026 at 12:50 pm

    Mi part ves varah reethi masha Allah
    Alhey reen ge memory gehlifa
    Heyonuvaane reen n Zev dhuru nukurache
    Sumy and isse ves
    They both are made for each other
    Kuhverinah adabu dhee
    Mi part kiyaafa rovijje
    Haadha curious kohlaafa thi nihmaaly
    Hope azaa ah insaaf libeyne kamah
    When next
    Miayee varah saugu veri kamakaa eku kiyaa vaahaka eh
    Really appreciated your hard work 🥰
    Love you dear ❤️🥰

    1. White rose White rose says:
      April 28, 2026 at 4:44 pm

      I’m glad to hear that 🥰🥰
      Dhen ithurakah zev and reen dhureh nuvaane kanne 😄😄
      Sumee men distance vany sadly 😭😭
      Yh, same azaa ah insaafu libeyne dhuvahakah enme inthizaaru kureveny
      Shukran Cutie girl ✨✨
      Lyt darl 🫰🏻🫰🏻

  4. Exxo says:
    April 28, 2026 at 1:16 pm

    yahh this is the part so good.
    asluvx vrh vrh reethi ingey.
    Neynge dhww Reen aa Xev dhen ulheyne loabi gotheh vx .
    Sumee ah anekkaa kihinehh baaa e v.
    LYSM & TC

    1. White rose White rose says:
      April 28, 2026 at 5:03 pm

      Awnn, I’m overjoyed to hear that 🥰🥰
      Hehe, let’s see how it goes between zev and reen 🫣🫣
      Sumee ah vee gotheh engeyne dhen oiy ep in, stay tuned 😄😄
      Shukran Exxo ✨✨
      Lyt darl 🫰🏻🫰🏻

  5. Your fav bab Your fav bab says:
    April 28, 2026 at 1:17 pm

    Draling!! Bravo loved this part!!👏
    Alhe reen memory loss v??😫 zev now’s ur chance! Give her a life full of happiness 😊
    I was holding my breath through out! Hama full of suspense!!
    Sumy alhe higanvaanee dhe kolhu balaafa ehnu?
    Waiting for next!
    Lysssm and tc💗

    1. White rose White rose says:
      April 30, 2026 at 7:38 am

      Glad to know 🥰🥰
      Yeh, reen lost her memory 😒😒
      I’m sure zev will try his best to do that 😄
      Shukran Your fav bab ✨✨
      Lyt darl 🫰🏻🫰🏻

  6. Mrs. GenZ says:
    April 28, 2026 at 1:35 pm

    Omg.. Xev haadha rom vehjeyey dhww..
    Reen ge handhaan tht vx dhiyaee dhw..
    Vrh dhera.. Mi hithah aranee xely ah talk kuraanee kihiney baava ey..
    N sumy accident nukurahchey plss…
    Insha allah, axaa ah vx reen ah vx insaafu hoadhaa dheveyne..
    Curiously waiting for the nxt prt
    When next???
    Tc.. Lyyy

    1. White rose White rose says:
      April 28, 2026 at 5:18 pm

      Hehe, zev ah furusatheh libuneema ehen vaane thaa 🤭🤭
      Sumee ah vaane gotheh vrh avahah engeyne IA, stay tuned 😒😒
      Yh, IA reen mennah adhi ekan vaane 😃😃
      IA next Thursday
      Shukran Mrs. GenZ ✨✨
      Lyt darl 🫰🏻🫰🏻

  7. DINO says:
    April 28, 2026 at 2:30 pm

    well, this part is super interesting. great. MA.
    haadha curious koh thrr thi nimmaa lee. abadhu vx ehen dhww thi nimmamee. hehe.
    dhen Sumee ge evves vaahaka eh hissaa kohlaane meehaku vx neiyy dhww. Sumee mihaaru nafsaanee vx jismaanee vx vaan vefa kanne ehunnanee. emanje ge hivvaru gadhakan.
    Nexxt Episode vrh avahah neri dheeba. pls.
    luv u

    1. White rose White rose says:
      April 28, 2026 at 5:37 pm

      So delighted to hear that 🥰🥰
      Hehe, aan cliffhangers ah nimman dhevi hifaafa 😅😅
      Dhw, sumee is suffering a lot 😭😭
      Next ep Thursday ga IA
      Shukran DINO ✨✨
      Lyt darl 🫰🏻🫰🏻

  8. Caspian says:
    April 28, 2026 at 2:33 pm

    Reen nd Xev dheneh dhureh nuvaane dhww??????
    Sumee nd Issey gulhiba.
    suvaaleh eba oiyy ingeyy.
    Kunin. Isse nd Sumee date nukuraa iru bunnyeh nu dhuniyeyn meehun husvias neennaanamey. ehenvetha edhe meehun married nuvanee.?????????????
    btw This part varah ves reethi

    1. White rose White rose says:
      April 28, 2026 at 6:39 pm

      Let’s see whether they get closer or not 🫣
      Dhen ehenvegenney kiyaafa marriage cancel kohlaanetha 😭😭
      Shukran Caspian ✨✨

  9. Anonymous says:
    April 28, 2026 at 2:40 pm

    hey white rose.
    which Island u belong?????
    mihen mi ahaalii U vaahakaiga beynun kuraa words I beynun kuraa some words aai thafaathu veema. it seems like north. but dunno which atoll

    1. White rose White rose says:
      April 28, 2026 at 6:40 pm

      Yep, I’m from north 😅😅
      Shukran Anonymous ✨✨

  10. Blackberry says:
    April 28, 2026 at 2:57 pm

    damn. this part is extremely beautiful.
    I am a new reader.
    I need to read the other parts to say more. so can tou pls tell me
    Luv You writer.

    1. White rose White rose says:
      April 30, 2026 at 7:36 am

      I’m ecstatic to hear that 🥰🥰
      Go to my author/series page and navigate through Link: https://www.esfiya.com/series/dhevunee-veyney/
      Shukran Blackberry ✨✨
      Lyt darl 🫰🏻🫰🏻

  11. Miss rose says:
    April 28, 2026 at 6:31 pm

    Mi part ves varah reethi. Zev and reen haadha romantic ey. Curiously waiting for next part???

    1. White rose White rose says:
      April 28, 2026 at 6:40 pm

      Dhen zev and reen ge bai thakah dhw enme inthizaaru kureveny 🫣🫣
      Shukran Miss rose ✨✨

  12. Leeshaa says:
    April 28, 2026 at 10:07 pm

    Oh god this is exciting 😍
    Finally Xev nd teen romantically together. Awenn

    1. White rose White rose says:
      April 29, 2026 at 12:11 am

      Hehe, let’s see how their story unfolds 🫣
      Shukran Leeshaa ✨✨

  13. xxx_dodo_xxx says:
    April 29, 2026 at 5:19 pm

    tommorow right??
    unpatiently waiting!!!!
    pls avahah neriba.

    1. White rose White rose says:
      April 29, 2026 at 5:25 pm

      Yehh tmr
      Mihaaru submit kohlaifa vy
      Shukran xxx_dodo_xxx ✨✨

  14. 🥀 says:
    April 30, 2026 at 1:54 pm

    It was today right ????.
    Where’s the ep.

    1. White rose White rose says:
      April 30, 2026 at 2:07 pm

      Yea today.
      Ekm Iyye in sure pending ga 😭😭
      Shukran 🥀 ✨✨

  15. Anonymous says:
    April 30, 2026 at 3:30 pm

    Still 💔

    1. White rose White rose says:
      April 30, 2026 at 3:34 pm

      Yea 😭
      Shukran Anonymous ✨✨

  16. Anonymous says:
    April 30, 2026 at 4:50 pm

    Omg why is it so….slow
    It’s taking forever 😭

    1. White rose White rose says:
      April 30, 2026 at 5:59 pm

      Neynge lasvaa sababeh 😭😭
      Shukran Anonymous ✨✨

  17. diva_gurly says:
    April 30, 2026 at 4:56 pm

    alheyyyy adhivessss

    1. White rose White rose says:
      April 30, 2026 at 6:00 pm

      Yeaa 🥀🥀
      Shukran diva_gurly ✨✨

  18. Anonymous says:
    April 30, 2026 at 5:00 pm

    Can’tttttt waitttt

    1. White rose White rose says:
      April 30, 2026 at 6:00 pm

      Shukran Anonymous ✨✨

Comments are closed.

Next Episodeދެވުނީ ވޭނޭ 62←


All Right Reserved!