ދެވުނީ ވޭނޭ 59
އިޙުސާނު ކޮޅަށް ހުރީ އަތުގައި ޖަހައިފައިވީ ހިލަހިލާގަނޑުގެ ބާރަށެވެ. ހެޔެއް ނެތެވެ. މަތިން އެކައްޗެއް ނުލާ ހުރި އިރު އެ ހަށިގަނޑުގައި ތާޒާކަން މަތީ ޒަޚަމު ހުއްޓެވެ. ބިމުގައި ކޯރެއް ހެދިފައި އެވަނީ އިޙުސާނުގެ ހަށިގަނޑުން އޮހޮރިފައި ހުރި ލެއިން ކަން އެނގުމުން ސުމައްޔާ އަށް ދެއަތް މުއްކަވާލެވުނެވެ. ހިތުގެ އަޑީގައި އުފެދުނު ރިހުން ހީވީ އޭނާގެ މުޅި ދިރިއުޅުން އަނދިރިކަމުގެ ތެރެއަށް ދަމައިގަންނަން އުޅޭ ހެންނެވެ. އެވަގުތު އަމިއްލަ ތުންފަތުގައި ދައިގަނެވުނީ، އެތެރެހަށީގައި އުތުރިއަރަމުން ދިޔަ ވޭނަށް ކެތްނުކުރެވިގެންނެވެ. އެ މަންޒަރަށް ގެއްލިފައި ހުއްޓާ މީހަކު އައިސް ސުމައްޔާގެ އަތުގައި ހުރި އެއްޗެހި ޖަހައިގަތެވެ. އެއަށްފަހު ސުމައްޔާގެ ކަނދުރާ އާއި ދިމާލުގައި ވަޅި ޖައްސާލައިފިއެވެ.
“ދެ މީހުން ވެސް މަރާލާނީ. އޭރުން މި ކަންތައްގަނޑު ހުއްޓޭނެއްނު. މާ ގައްޑާ ވެގެން އިންސާފު ހޯދަން އުޅެގެން ކަލޭމެންނަށް އެއްވެސް ކުރިއެރުމެއް ނުލިބޭނެ. ހައްހައްހާ.” ސަގަރޭ ވިހަ ގޮތަކަށް ހޭން ފެށިއެވެ. ސުމައްޔާ ވަށްކަޅިން ސަގަރޭއަށް ބަލައިލިއެވެ. އަނދިރިވުމުން މޫނު ވަކި ކުރާކަށް ނޭނގެއެވެ. އެއަށްފަހު ސަގަރޭ ވަޅި ހިފައިގެން ހުރި އަތުގައި ހިފާ ތިރިކޮށްލަމުން އޭނާގެ ކަނދުރާގައި ވަޅި ޖައްސާލިއެވެ. މި ކުއްލި އަމަލުން ނާއިލާއި ރިޒޭ ސިހުނެވެ.
“ޑޯންޓް ޓެސްްޓް މައި ޕޭޝަންސް. ޗީޕް ޓްރިކްތައް ބޭނުން ކުރަން ނުހަދާ އިޙުސާނު ދޫކޮށްލާ.” ސުމައްޔާ ބުނެލިއެވެ. ނާއިލް ޗާބޫކަކުން އިޙުސާނުގެ ގައިގައި އަޅާ ވީއްލާލިއެވެ. އެއާއި އެކު އިޙުސާނުގެ ޖިސްމުން އިތުރަށް ލޭ އޮހޮރެން ފެށިއެވެ. “ކަލޭ މައިތިރިވެގެން ހުރޭ. މި ސޮރު މަރުވާކަށް މާ ގިނަ ވަގުތެއް ނެތް. ކަލޭ އަހަރެމެން ބުނާ ގޮތަކަށް ހަދާ. އޭރުން މީނާ ދޫކޮށްލާނަން” ނާއިލް ބުނެލިއެވެ. އަމިއްލަ ނިކަމެތިކަން އިހުސާސްވެ ސުމައްޔާ ހަދާނެ ގޮތް ހުސްވިއެވެ. އެތެރެއިން ނަފްސު ފުނޑުފުނޑުވެ އުއްމީދުގެ ހުޅުކޮޅު ނިވުނު ފަދައެވެ.
“އެންމެ ރަނގަޅު. މި އޮތީ ކަލޭމެން ބޭނުންވެގެން އުޅުނު ޕެންޑްރައިވް.” އެންމެފަހުން ސުމައްޔާ އެ އެއްލީ ރިޒޭގެ އަތަށެވެ. އެ ސޮރު ލެޕަކަށް ޖަހައިފައި އެއީ ރަނގަޅު އެތިކަން ޔަގީންވުމުން އެ ވާހަކަ ބުނެލިއެވެ.
“ތިއެއް އެކަންޏެއް ނޫނޭ އަހަރެން ބޭނުމީ. ކުރިން ވާހަކަ ދެއްކީ ސަގަރޭ އަކަށްނު. މިހާރު ޑީލް މި ހިނގަނީ އަހަރެމެންގެ ދެމެދު. ޕެންޑްރައިވްގެ އިތުރުން ކަލޭ މި ސޮރު ދޫކޮށްލަން ޖެހޭނެ. މީނާ ހޭއެރިހާ އަވަހަކަށް ގުޅުން ކަނޑާލަން ޖެހޭނެ.” ނާއިލް ބުނެލިއެވެ. އެއާއެކު ސުމައްޔާގެ މުޅި ހަށިގަނޑު ގަނޑުވި ކަހަލައެވެ. ނާއިލްގެ ދުލުން އެ ބުނެލި ލަފުޒުތަކަކީ ސުމައްޔާގެ ހިތަށް ހެރުނު ތޫނު ޚަންޖަރަކަށް ވިއެވެ. އެންމެ ވިންދަކާ ނުލައިވެސް ދިރިހުރެވިދާނެއެވެ. ނަމަވެސް ފުރާނައިގެ ބައިވެރިޔާއާ ވަކިވެގެން ސުމައްޔާ ހަމަ ނޭވާލާނީ ކިހިނެއް ހެއްޔެވެ؟
“ގޮތެއް ނިންމާ. މީނާ ދިރިހުރިޔަކަ ދިނުން ނޫނީ މަރުވާން ދޫކޮށްލުން. ޑީލް އާއި ޚިލާފު ވިއްޔާ އިޙުސާނު މަރާލާނަން.” ނާއިލް ނުރައްކާތެރި ގޮތަކަށް ބުނެލިއެވެ. އޭރު ސަގަރޭ މަސައްކަތް ކުރަމުން ދިޔައީ ސުމައްޔާގެ ކިބައިން ސަލާމަތްވެވޭތޯއެވެ. އެހެނަސް އެ ކަން ކާމިޔާބު ވާ ގޮތެއް ނުވިއެވެ. އެހާ ވެސް ސުމައްޔާގެ ބާރު ގަދައީއެވެ.
ސުމައްޔާ އިރުކޮޅަކު ވިސްނަން ހުރެފައި ސަގަރޭ ދުރަށް ކޮށްޕާލިއެވެ. އޭނާގެ މޫނަށް އެ ތަނުގައި ހުރި ބޮކީގެ އަލި އެޅުމުން ސާފުކޮށް އެ ސިފަ ސުމައްޔާ އަށް ފެނުނެވެ. އޭނާ ލައިލައި ހުރި ނޭވާ ވެސް އެތެރޭގައި ތާށިވި ކަހަލައެވެ. އެ ހިތް ޑަންޑަޑަން ލައިފައި ތެޅެން ފެށިއެވެ. އެހެނަސް ބޭރުފުށުން އިތުރު ކުލަވަރެއް ނުދައްކާ ހުރެވޭތޯ މަސައްކަތް ކުރީ އަމިއްލަ ނަފްސު ބޭޒާރު ވެދާނެތީއެވެ.
ސުމައްޔާ އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން ނާއިލް އަނެއްކާވެސް ޗާބުކުން އިޙުސާނުގެ ގައިގައި ޖެއްސެވެ. ލޭތައް ބުރައިގެން ދިޔަ މަންޒަރު ފެނި ސުމައްޔާ އަށް ހުއްޓާލާށޭ ކިޔާ ހަޅޭއްލަވައިގަނެވުނެވެ. އިޙުސާނުގެ ހަށިގަނޑަށް އެ ޗާބުކުން ހަމަލާއެއްދޭ ކޮންމެ ފަހަރަކު އޭގެ ދިލަ ހޫނާއި ތޫނު ވޭން ސުމައްޔާގެ އަމިއްލަ ފުރާނައަށް އިހުސާސްވަމުން ދިޔަ ކަހަލައެވެ.
“ހެޔޮނުވާނެ އޭނާ މަރާނުލާ. އަހަރެން ކަލޭމެންނަށް އެންމެ މުހިންމުވި ހެކިތައް ދީފީމެއްނު. އިއްސޭ… އަހަރެން.. އަހަރެން ކިހިނެއް އޭނާގެ އަތުން ދޫކޮށްލާ އެ ދިރިއުޅުމުން ވަކިވާނީ؟ އަހަރެން… އަހަރެންނަށް އިއްސޭ ދެކެ ލޯބިވެވިފައި ވަނީ އިންތިހާއަށް… އިއްސޭ.. އިއްސޭ އާއި އެކު ކައިވެނީގެ ގޮށް ޖަހާލަން ތައްޔާރުވެފައި ވަނިކޮށް… އާހްހް. އާދޭސްކޮށްފަ މިބުނީ. ތިކަމަށް މަޖުބޫރު ނުކުރޭ. ނާއިލް.. ނާއިލް އަށް އެނގެއެއްނު ލޯބިވާ މީހަކާ ދުރުގަ.. ދުރުގަ ހުރުމަކީ ނަފްސަށް ކިހާ ވޭންދެނިވި ކަމެއް ކަން.” ކިތަންމެ ނުރުހުނެއް ކަމަކު ނާއިލްގެ ފައިދަށަށް ސުމައްޔާ ތިރިވިއެވެ. އޭރު އެ ހަށީގައި މަޑު ތުރުތުރެއް ވިއެވެ.
“މި ހާލަތުގައި ވެސް ކަލެއަށް އެނގެނީ އަހަރެންގެ ނާކާމިޔާބީގެ ވާހަކަ ނަގަންތަ؟ މަށަށް ވަރިހަމަ ކަލޭ ނަފްސާނީ ވިޔަސް. އިޙުސާނާއި ގާތް ވެގެން ނުވާނެ. ބަދަލުގައި އިޙުސާނަށް ޕްރެޝަރު ކުރާތި އަހަރެންގެ ދޮންތަ ނައުރީން އާއި ގުޅެން. އެކަމަކު ނައުރީނަށް ވެސް އެ ކަން ކުރީ އަހަރެން ކަން އެނގިގެން ނުވާނެ. ދެން މިއިން ކަމެއް އެހެން މީހެއްގެ ކަންފަތަށް ފޯރިޔަސް އެނގޭނެ ވާނެ ގޮތް. މީހަކު މަރާލާން ބޭނުން ވިއްޔާ އަހަރެމެން ފަހެއް ނުޖެހޭނަން އެ ކަން ކުރާކަށް. މިހާރު އެ ކަން އެނގިފަ ދޯ އޮންނާނީ.” ސުމައްޔާގެ ކޮލުގައި ހިފާ ފިތާލަމުން ނާއިލް އޭނާގެ ބަނޑުގައި ކޮޅުފައިން ޖެއްސެވެ. ސުމައްޔާގެ އަނގައިން ލުއި އާހެއް ބޭރުވިއެވެ. އެހެނަސް އެ ހިތަށް ލިބެމުންދާ ވޭނާއި އެކަން ނުބައްދަލެވެ. ނާއިލް އަނެއްކާވެސް އިޙުސާނު ގާތަށް ޖެހިލިއެވެ. މި ފަހަރު އޭނާ ނެގީ މިޔަ ތޫނު ވަޅިއެކެވެ.
“އަހަރެން އޭނާ އާއި ގުޅުން ކަނޑާލާނަން. އިޙުސާނު ދޫކޮށްލާ.” ސުމައްޔާ ދުވެފައި ގޮސް ނާއިލްގެ އަތުގައި ހިއްޕެވެ. ލޯބިވާ މީހާ ފަހު ނޭވާ ދޫކޮށްލާ މަންޒަރު ދުށުމަށްވުރެ އަމިއްލަ ނަފުސު ކަތިލުންވެސް ސުމައްޔާއަށް މާ ފަސޭހައެވެ. ނާއިލް އެންމެ ފަހުން އިޙުސާނުގެ ދެ އަތުގައިވާ ހިލިހިލާގަނޑު ނައްޓާލިއެވެ. އެއާއިއެކު އޭނާ ދިޔައީ ބިންމައްޗަށް ވެއްޓޭށެވެ. ސުމައްޔާ ދުވެފައި ގޮސް އިޙުސާނުގެ ގައިގައި ހިފަހައްޓާލިއެވެ. ސުމައްޔާ ލައިގެން ހުރި މުޅީން ކަޅުކުލައިގެ އަންނައުނު ކަމުން އޮހޮރުނު ލޭގެ އަސަރު އެހާ ރީއްޗަކަށް ފާހަގައެއް ނުވެއެވެ.
އެ ބަންދު ތަނުން ނުކުމެވުމުން ސުމައްޔާ އެ ގެއިން ބޭރަށް ނުކުތެވެ. ދަން ވަގުތަކަށް ވުމުން މަގުމަތީގައި ވަނީ ހަމަހިމޭން ކަމެވެ. އޭނާ އެންބިއުލެންސަކަށް ގުޅާލަމުން ބުނީ ގުލްޝަން ޕާކު ކައިރިއަށް އައުމަށެވެ. ލޭއައުން ހުއްޓުވޭތޯ މަސައްކަތް ކުރި ނަމަވެސް ވީ ކަމެއް ހަރާމެވެ. އިޙުސާނުގެ ވިންދު ހުރީ ކިރިޔަ ކިރިޔާއެވެ. ރޮމުން އިޙުސާނުގެ ބޯ އުނގަށް ލައިގެން އިން އިރު އެ ފަކީރު ވަނީ ހިތް ހަލާކުވެފައެވެ.
“އަވަހަށް ގެންދޭ.” އެމްބިއުލެންސް އައުމުން ސުމައްޔާ ޕެރަމެޑިކްސް ޓީމަށް ބުނެލިއެވެ. އެއަަށް އިޙުސާނު އަރުވައިގެން ދިޔަ މަންޒަރު ބަލާން ހުރި އިރު ސުމައްޔާގެ ބޮލުގައި ރިއްސަމުން ދިޔައީ އިންތިހާ އަށެވެ. ކަމަކަށް ފަހު ކަމެކެވެ. ފުރަތަމަ ޖަންނަތު ނިޔާވުމެވެ. ދެން އަރީން އެކްސިޑެންޓްވުމެވެ. ދެން އިޙުސާނަށް އަނިޔާކޮށްގެން އޭނާ އަށް ބިރުދެއްކުމެވެ. އެއް ރެއިން މި ހުރިހާ ކަމެއް ވުމުން ޝޮކު ނުވާނެ މީހަކު ހުންނާނެ ހެއްޔެވެ؟
ސުމައްޔާ ވަރު ނެތް މީހަކު ފަދައިން ހިނގައިފައި ގޮސް ވަނީ ގުލްޝަން ޕާކު ތެރެއަށެވެ. އެ ތަނުން ބެންޗަކަށް ވެއްޓިގަންނަމުން އޭނާ މޫނުގައި އަތް އަޅާލިއެވެ. މިހާރު މެންދަންވެ ތިނެއް ޖަހަނީއެވެ. ސުމައްޔާ ގެއަށް ދާން ޚިޔާލެއް ނުކުރެއެވެ. ރަނގަޅަށް ކަމެއް ވިސްނޭ ވަރަށް ވުރެ އޭނާ ހުރީ ހިތްދަތިވެފައެވެ. މީހަކު އޭނާގެ މޭގައި ހިފާ ބާރު ކޮށްލުމުން ނޭވާލާން ދަތިވާ ކަހަލަ އިޙުސާސެއް ކުރެވެމުން ދިޔައެވެ. އިޙުސާނާއި ގުޅުން ކަނޑާލައިފައި އެހެން މީހަކާއި ގުޅުވުމަށް ވުރެ ސުމައްޔާގެ މެޔަށް ހަންޖަރެއް ހަރާލިޔަސް މާ ފަސޭހަ ވާނެއެވެ. އަމިއްލަ ބަދުނަސީބުކަން ހިތަށް އަރާ އޭނާ އަށް ރޮވެމުން ދިޔައެވެ. މި ކަހަލަ ނާމާން ވަގުތަކު ގަސްތަކުގެ ތެރޭގައި އިންނަން ކުޑަކޮށް ވެސް ޖެހިލުން ނުވެ އިނީ އެހެންވެގެންނެވެ.
“އުފަންވީން ސުރެ އަހަރެންނަށް ހަމަޖެހޭ ދިރިއުޅުމެއް ނުލިބޭ. އަހަރެން މި ދުނިޔެއަށް ވުޖޫދުނުވިނަމަ. މިހާ ވޭންދެނިވި ދިރިއުޅުމެއް ވެއަތު ކުރުމަކީ ހާދަ އުނދަގޫ ކަމެކޭ. އެކުވެރިންގެ ގޮތުގައި ތިބި މީހުންނަށް ވެސް މި ޙާލެއް ޖެހެނީ އަހަރެންގެ ބަދުނަސީބުކަމުންތަ؟ ނާއިލް ބުންޏަސް އަހަރެން ކިހިނެއްތަ އިޙުސާނު ދޫކޮށްލާނީ. އާރގް. އައި ހޭޓް ދެމް. އަހަރެންނަށް އަހުވައެއް ނުޖައްސާ އެ މީހުންނަށް ހަމަ ނޭވާ ނުލެވެނީ ބާއޭ ހިތަށް އަރާ. އާހް. މަންމާ! މަންމަ އާއި އެކު އަހަރެން ވެސް..” ހިތާހިތުން ވާހަކަ ދައްކަމުން ދިޔައިރު ސުމައްޔާގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހޮރެމުން ދިޔައެވެ. ރޮއިރޮއި ގޮސް އޭނާގެ ދެލޯ ވަނީ ރަތް ވެފައެވެ. އެހީތެރިވާނެ މީހަކު ނެތް އެ ނާޒުކު ދަނޑިވަޅުގައި އެކަނިވެރިކަން އޭނާގެ ނަފުސު ވަށާލީ ބިރުވެރި ތޫފާނެއް ފަދައިންނެވެ.
އެހެން އިންދާ ސުމައްޔާގެ ފޯނަށް ނުދަންނަ ނަންބަރަކުން ގުޅަން ފެށިއެވެ. ނާއިލްމެން ކުރިން ގުޅި ނަންބަރަކުންނެއް ނޫނެވެ. އެހެން ނަންބަރަކުންނެވެ. ފޯނު ނެގީ ވެސް އެހެންވެގެންނެވެ.
“އައްސަލާމު އަލައިކުމް. އިޙުސާނުގެ ބެލެހެއްޓުންތެރިޔާ ދެއްތޯ. އިޙުސާނަށް ވަރަށް ބޮޑަށް އަނިޔާވެގެން އޭޑީކޭ ހަސްފަތާލަށް ގެނެވިފައިވަނީ. ފުރާނަ ސަލާމަތް ކުރުމަށް މި ވަގުތު އިމަޖެންސީ އޮޕަރޭޝަނެއް ކުރަން ޖެހޭ. ކޮންސެންޓް ދިނުމަށް ވަރަށް އަވަހަށް މި ކޮޅަށް އައިސްދެއްވާ.” ސުމައްޔާ ހައިރާންވީ ހަސްފަތާލުން އޭނާ އަށް ގުޅުމުންނެވެ. ސުމައްޔާ އަކީ އިޙުސާނުގެ ގާރޑިއަން ކަން އެނގުނީ ވެސް އަދި ކިރިޔާއެވެ. އޭނާ އަށް އެނގިފައިވާ ގޮތުން އިޙުސާނުގެ އާއިލާ އާއި އޭނާ އަކާއި އެއްވެސް ގުޅުމެއް ނޯވެއެވެ. މައިންބަފައިން މަރުވެ ދިޔަ ހާދިސާގެ ފަހުން އޭނާ ބިކަވެގެން ދިޔައީއެވެ.
ޕާކުން ނުކުމެފައި ސުމައްޔާ ބެލީ ޓެކްސީއެއް ލިބޭތޯއެވެ. މެންދަން ވަގުތަށް ވުމުން މަގުމަތީގައި އުޅަނދުތައް މަދެވެ. އެކަން ނާކާމިޔާބު ވުމުން ސުމައްޔާ ފަޔަށް ލެވުނު ބާރެއް ލައިފައި ދުއްވައިގަތެވެ. އޭނާ އޭޑީކޭ ހޮސްޕިޓަލަށް ދިޔައީ ދުވެފައެވެ. ހިތް އަވަސްވެފައި ހުރެ ގޮސް އޭނާ ހުއްޓުނީ ރިސެޕްޝަން ކުރިމަތީގައެވެ.
“އިޙުސާނު… ގާރޑިއަން.” ސުމައްޔާ ފުން ނޭވާތަކެއް ލަމުން ބުނެލިއެވެ. އެއާއި އެކު އެ ތަނުން ސުމައްޔާ އަށް ދިނީ އޮޕަރޭޝަން ކޮންސެންޓް ދިނުމަށް އެއްބަސްވާން ލިޔުމެކެވެ. އޭގައި ސޮއި ކޮށްފައި އެހެނިހެން ލިޔެކިޔުމުގެ ކަންތައް ނިންމީ ވެސް އޭނާއެވެ.
ސުމައްޔާ ގޮސް އިޙުސާނު ވެއްދުނު އޮޕަރޭޝަން ތިއޭޓަރު ކުރިމަތީގައި ހުއްޓުނެވެ. ގޮނޑި ބަރިއާއި ގާތްނުވެ އޭނާގެ މޫނުގައި އަތް އަޅާލަމުން އިށީނީ ބިންމަތީގައެވެ. ސުމައްޔާ އާއި މެދު ހަމްދަރުދީވެގެން ނަރުހުންތަކެއް އައިސް އޭނާއަށް ހިތްވަރު ދިނެވެ. އެހެނަސް އެއިން އެއްވެސް ލަފުޒަކުން ސުމައްޔާގެ ހިތަށް ފިނިކަމެއް ނުލިބެއެވެ. އޭނާ އިންތިޒާރު ކުރަމުން ދިޔައީ އޮޕަރޭޝަން ނިމޭނެ ވަގުތަކަށެވެ.
ހަތް ގަޑިއިރުގެ ދިގު އޮޕަރޭޝަނަކަށް ފަހު ޑަކުޓަރަކު ނުކުތެވެ. ޒަވިއަންމެން އިންތިޒާރު ކުރަމުން ދިޔައީ އެ މީހުން ބުނާނެ އެއްޗަކަށެވެ. “އަލްޙަމްދުލިއްލާހި. އޮޕަރޭޝަން ވަރަށް ރަނގަޅަށް ދިޔައީ. އެކަމަކު އަދި އައިސީޔޫގައި މޮނިޓަރ ކުރަން ބާއްވަން ޖެހޭނީ. ހޭ އަރާނެ ވަގުތެއް ބުނާކަށް ނޭނގޭ. ކޯމާއަކަށް ދިއުމުގެ ފުރުސަތު ބޮޑު. ދެން އިތުރު މައްސަލައެއް އުޅުނަސް އެނގޭނީ ހޭއެރީމަ ޗެކަޕް ހަދާލުމުން.” ޑަކުޓަރުގެ ވާހަކަ އިވިފައި ޒަވިއަނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އުންމީދު ކުޑަވެފައިވާ ޙާލަތެއްގައި އެ ފުރާނަ ސަލާމަތްވި ކަމަށް ޓަކައި އޭނާ މާތް ﷲ އަށް ހަމްދު ކުރިއެވެ. އެއަށްފަހު އޭނާ ދިޔައީ ޖަންނަތު ބާއްވައިފައި އޮތް ރޫމަށެވެ.
ޖަންނަތު ފެނިފައި ޒަވިއަނަށް އިސްޖަހާލެވުނެވެ. އަރީން ރައްކާތެރި ކުރަން ވިޔަސް އެހާ ނުރައްކާތެރި ވަޒީފާއެއް ދެވުނު ކަމުން ވަކިވެގެން އެ ދިޔައީ ފުރާނައެކެވެ. “އަހަރެންނަށް މަޢާފުކުރޭ.” އެ މޫނުގައި ހިފާލަމުން ޒަވިއަން ކަރުނައިގެ ތެރެއިން ބުނެލިއެވެ.
ޖަންނަތު ވަޅުލުމަށް ނިންމައިފައި ވަނީ ފަތިސް ނަމާދަށް ފަހުގައެވެ. އެ މޫނު ބަލަން އަންނާނެ އާއިލާގެ މެންބަރަކު ނެތެވެ. ޖަންނަތުގެ މިހާރު ހުރި ވެސް ބަޔަކީ ޒަވިއަންމެންނެވެ. ޚަބަރު ލިބިގެން ފަލަކް އައިސް އިން ގޮތަށް އަދިވެސް ހުއްޓުން އަރައިފައި ގޮނޑީގައި އިނީއެވެ. ޒަވިއަން ޒައިލީން ބަލަން ހަވާލު ކުރި ޒިޔާދު މެންނަށެވެ. ޒައިލީން ރައްކާތެރިކުރުމަށް ލީވާން ގާތުގައި އެ ތަނުގައި ހުންނަން ބުންޏެވެ. ސަބަބަކީ އަރީނާއި ޖަންނަތު ނަގައިފައި ދެން ހަމަލާ ދޭނެ އަމާޒަކަށް ވަނީ ޒައިލީން ކަމަށް ވާތީއެވެ.
“ނަސީބަކުން ޕޭޝަންޓްގެ އެތެރެ ހަށީގެ އެއްވެސް ގުނަވަނަކަށް އެހާ ބޮޑު ގެއްލުމެއް ލިބިފައެއް ނެތް. ބޭރުފުށުން ކުދި ޒަޚަމު ދީ ޓޯރޗާރ ކޮށްފައި ހުރިކަމަށް ބެލެވެނީ. މިކަން ފުލުހުންނަށް ރިޕޯޓު ކުރަންވީނުންތޯ. މިހާރު ނުރައްކަލުން ސަލާމަތްކުރެވިފައި ވީ. އިރުކޮޅަކުން ވޯޑަށް ބަދަލު ކުރެވޭނެ.” އޮޕަރޭޝަން ތިއޭޓަރުން ނުކުތް އަންހެން ޑަކުޓަރުގެ ވާހަކަ އިވިފައި ސުމައްޔާ އަށް ހިތި ގޮތަކަށް ހީނލެވުނެވެ. ކުރި ސުވާލަކަށް ރައްދެއް ނުދިނެވެ. ދެން އެ ސޮރު ހޭއެރުމުން ކުރަން ޖެހޭނެ ކަންތައްތައް ހަނދާންވުމުން ސުމައްޔާ އަށް އޭނާގެ ތުންފަތުގައި ދައިގަނެވުނެވެ.
ވޯޑަށް ބަދަލުކުރެވުމުން ސުމައްޔާ ގޮސް އިޙުސާނުގެ ގާތުގައި އިށީނެވެ. އިޙުސާނުގެ އަތުގައި ހިފާލައިގެން އެ މޫނަށް ނަޒަރު ހުއްޓާލައިގެން ސުމައްޔާ އިނީ މިއީ މިހެން ބަލަން ހުރެވޭނެ ފަހު ފަހަރަށް ވާނެތީއެވެ. ރެއަކީ އޭނާގެ ޙަޔާތުގައި ވެސް އައި އެންމެ ހިތްދަތި ރެއެވެ. ހިތްހެޔޮ އެކުވެރިއަކު ނިޔާވެއްޖެއެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާ މަރާލުމަށް ގަސްތުގައި ލޮރީއަކުން ހަމަލާދީފިއެވެ. ނުވީތާކަށް އޭނާގެ ލޯބިވެރިޔާ ބޭނުންކޮށްގެން ބްލެކްމެއިލް ކޮށްފިއެވެ.
ސުމައްޔާ އިރުކޮޅަކު އިޙުސާނަށް ބަލަން އިނދެފައި ގުޅާލީ ޒަވިއަނަށެވެ. އޭރު ގަޑިން ފަހެއް ޖަހަނީއެވެ. “ސުމީ. ޖަންނަތު ވަޅުލާނެ ވަރަށް އަވަހަށް. މޫނު ދެކިލަން ބޭނުމިއްޔާ މިހާރު އާދޭ.” ޒަވިއަން ބުނެލިއެވެ. “ރީ…ން ކިހިނެއް؟ އަހަ…ރެން ބަލައި އާދެ…ވިދާނެތަ؟ އޭޑީކޭގައި މި ހުރީ” އަރުބެދެމުން ދިޔަ ކަހަލަ އިޙުސާސަކާއި އެކު ސުމައްޔާ އަށް ވާހަކަ ދައްކަން ވެސް އުނދަގޫވިއެވެ. ޒަވިއަން އާއެކޭ ބުނެފައި ފޯނު ކަނޑާލީއެވެ.
ޒަވިއަން އަންނާނެ އިރެއްގެ އިންތިޒާރުގައި ސުމައްޔާ ހުރީ އޭޑީކޭ ހޮސްޕިޓަލް ކުރިމަތީގައެވެ. ޒަވިއަން އައުމުން ސުމައްޔާ ކާރަށް އަރައިފިއެވެ. ސުމައްޔާގެ މޫނުމަތި ހީވަނީ މޮޅީގެ ތަސްވީރެއް ހެންނެވެ. ޒަވިއަނަށް ސުމައްޔާ ދެރަވެ ހިތުގައި ޖެހޭނެ ވަރު އެނގެއެވެ. އެއީ އަރީންގެ އެންމެ ކުރީއްސުރެ ގާތް އެކުވެރިޔާއެވެ. އެހެނަސް ސުމައްޔާ ހިތްހަމަ ޖައްސާލަން ވަކި ބުނާނެ އެއްޗެއް އޭނާގެ ދުލަކަށް ނައެވެ.
“ކީއްވެ އޭޑީކޭގަ ތި ހުރީ.” ޒަވިއަން ސުވާލެއް ކޮށްލީ ބްރިޖު މައްޗަށް އަރައިފައެވެ. “އިއްސޭ… އިއްސޭ އަށް ބަޔަކު އަނިޔާކުރީމަ ކުއްލިގޮތަކަށް ގެނައީ. މިހާރު އޮޕަރޭޝަން ކޮށް ނިމި ޙާލަތު ރަނގަޅު. އެކަމަކު އަދި ހެޔެއް ނާރާ.” ސުމައްޔާ ބިއްލޫރިގަނޑުން ބޭރަށް ނަޒަރު ހުއްޓާލައިގެން އިނދެ ބުނެލިއެވެ. ޒަވިއަން ސިހިފައި ސުމައްޔާ އާއި ދިމާލަށް ބަލައިލިއެވެ.
“އެ ޢަލީ އަހުމަދު އިއްސޭ އަށް ވެސް ބެހެން ފެށީތަ؟ ހުރެބަލަ ނިކަން. އެ ސުންޕާ ޖަނަވާރުތައް ނިކަމެތިކަމުގެ އަނދަވަޅަކަށް ގަޅާލާނަން. ވަރިހަމަ ޖަލަށް ދާން ޖެހުނަސް. އިސްވެރީން މަރާލީމަ އެމީހުން ބައިބައިވެ މި ނުބައި ޢަމަލުތައް ހުއްޓޭނެއްނު.” ޒަވިއަން އެހެން ބުނެލީ ދަތްކުނޑި ވިކާލައިގެން އިނދެއެވެ. “ކިހިނެއް އެހާ ފަސޭހައިން ޒަވިއަނަށް އެނގުނީ؟ މި ވާހަކަ ރިޕޯޓު ނުކުރައްޗޭ. އިހަށް ފިޔަވަޅެއް ނާޅާ މަޑުކޮށްލާ. ޒެވް ހީކުރާހާ ފަސޭހައެއް ނުވާނެ އެމީހުން އަތުލައިގަންނާކަށް. އަންނަ ރުޅީގަ އަހަރެން ވެސް ބޭނުންވޭ އެ މީހުން ހަފޫޓު އަޑީގައި ވަޅުލަން. އެކަމު ރީން. ރީން ވިލް ބްރޭކް ޑައުން ޒެވް ދެއަތުން އެ މީހުން މަރާލިއްޔާ. އެންމެ ރަނގަޅު ގޮތަކީ އެމީހުންނަށް ދުނިޔެ މަތީގެ ޙައްޤު އަދަބު ދެވޭނެ ގޮތެއް ހޯދުން. އެ މީހުން އިއްސޭ އަށް އަނިޔާ ކުރީ އަހަރެންނަށް ބިރު ދައްކަން. މި ވާހަކަ އެހެން މީހެއްގެ ކަންފަތަށް ފޯރައިފިނަމަ އިތުރު ގެއްލުމެއް ދޭނެ ކަމަށް ބުނެ އިންޒާރު ދިން. އިއްސޭ ހޭއެރިޔަސް މިއިން އެއްވެސް ވާހަކައެއް ނުބުނައްޗޭ. އޭރުން އަހަރެންނަށް އުނދަގޫ ވާނެ އޭނާ އާއި ގުޅުން ކަނޑާލަން.” ސުމައްޔާ ޒަވިއަނަށް އަވަސް ނަޒަރެއް ދެމުން ބުނެލިއެވެ.
“ގުޅުން ކަނޑާލާށޭ. އެމީހުން އިއްސޭ އާއި ސުމީގެ ރިލޭޝަން ހަލާކުކޮށްލަން އަންގަން ޖެހޭތަ؟ ސުމީ އެ ކަހަލަ ކަމަކަށް އެއްބަސްވާން ހެޔޮ ވާނެތަ؟” ޒަވިއަން އެހެން ބުނެލީ އިޙުސާނު ސުމައްޔާ ދެކެ އިންތިހާއަށް ލޯބިވާކަން އެނގޭތީއެވެ. ލޯތްބަކީ ކޮން އެއްޗެއް ފަހުމްނުވާ ވަރުގެ އަނިޔާވެރި މާޙައުލެއްގައި ޅައުމުރު ހޭދަ ކުރި އިޙުސާނަށް ހިތް ދެވުނު ހަމައެކަނި އަންހެން ކުއްޖަކީ އެއީއެވެ. ކައިވެނީގެ ދުވަހަށް ތައްޔާރުވުމުގެ މަސައްކަތްތައް ކުރުމުގެ ތެރެއިން ސުމައްޔާ އެ ފަދަ ފިޔަވަޅެއް އެޅުމުން އިޙުސާނަށް ވެދާނެ ގޮތެއް އަންދާޒާކޮށްލަން ދައްޗެވެ.
“އެ ބުނީނުން. އެ މީހުންގެ ހިތުގައި ރަހުމާއި ކުލުނޭ މި ކިޔުނު އިހުސާސް ނުވާ ކަހަލަ. އަހަރެން… އާހްހް. ޖަންނާ އަށްފަހު ރީން… ދެން… އިއްސޭ… އެކަމް… އެކަމަކު އެއްވެސް މީހެއް ގާތު މި ވާހަކަ ނުބުނައްޗޭ. އަހަރެން ހިތްހަމަޖެހޭނެ އިއްސޭ ދުޅަހެޔޮ ކަމާއިއެކު ދިރިއުޅުން ކުރިއަށް ގެންދިޔައިއްޔާ. ލޯބީގައި ހިފަހައްޓައިގެން ހުއްޓާ އިއްސޭ… އިއްސޭ މަރާލާ މަންޒަރު ދެކެން ކެތެއް ނުވާނެ.” ސުމައްޔާ ތެދުތެދަށް ބުނެލިއެވެ. އޭރު އެ ދެލޯ ފެންކަޅިވެއްޖެއެވެ. ޒަވިއަނަށް ސުމައްޔާ އާއި މެދު ހަމްދަރުދީވެވުނެވެ. އޭނާ އަށް ވުރެ ބޮޑަށް ރޭގައި އެންމެ އަސަރު ކުރާނީ ސުމައްޔާ އަށެވެ. ސުމައްޔާގެ ހިތްވަރުގަދަ ކަމަށް އޭނާ އަށް ހިތާހިތުން ތަޢުރީފު ކޮށްލެވުނެވެ.
ސުމައްޔާ އަށް ޖަންނަތުގެ ގާތަށް ދެވުނު އިރު މޫނު އަޅަން ތައްޔާރު ވަނީއެވެ. އޭނާ ޖަންނަތުގެ މޫނުގައި ފިރުމާލަމުން ވަދާއުގެ ސަލާމް ކޮށްލިއެވެ. ކޮންމެވެސް ދުވަހަކުން ކަންކަން ހަމައަކަށް އެޅުމުން މި ކަމަށް އިންސާފު ހޯދުމަށް އޭނާ ހިތާހިތުން އަޒުމް ކަނޑައެޅިއެވެ. މަންމަ އާއި އޭނާ އާއި އަޒާ އަދި އަރީނަށް ވެސް މި ހުރިހާ ދުވަހަކު އަނިޔާވެރިވީ އެއްބަޔަކު ކަން އެނގުމުން އެ ހިތުގައި ބަދަލު ހިފުމުގެ ރޫޙު އާލާވެއްޖެއެވެ.
ޖަންނަތުގެ ޖަނާޒާ އަށް ފަހު ސުމައްޔާ ދިޔައީ އަރީން އޮތް ޙާލެއް ބަލާލުމަށެވެ. އެ ތަނަށް ވަނުމުގެ ކުރިން އަންގިއަޅާ މަތިން ގައުނެއް ލާން ޖެހުނެވެ.
އައިސީޔޫއަށް ލެވިފައި އޮތް އިރު އަރީންގެ ހަށިގަނޑަށް އެތައް މެޝިނެއް ވަނީ ގުޅައިފައެވެ. ނޭވާ ލަމުން ދިޔައީ އޮކްސިޖަން މާސްކެއްގެ އެހީގައެވެ. ވަށް ބުރުގާއެއް އަޅާލެވިފައި ވީ އިރު އޭނާ ހުރީ މަޑު ނޫކުލައިގެ ހޮސްޕިޓަލް ގައުނެއްގައެވެ. އަރީންގެ ނިކަމެތި ޙާލު ފެނި އޭނާ އަށް ކަރުނަތައް ހިފަހައްޓަން އުނދަގޫ ވިއެވެ.
“ރީން. ހިތްވަރު ކޮށްފައި އަވަހަށް ތެދުވަންނާތި. އިރާދަ ކުރެއްވިއްޔާ ދެން އެ އަނިޔާވެރީން ރީނަށް އިތުރު ގޮތެއް ހަދާލިޔަކަ ނުދޭނަން. އިތުރު ސާޖަރީއެއް ކުރަން ޖެހުނަކަ ނުދޭނަން.” ސުމައްޔާ އަރީންގެ މަޑު އަތް ތިލައިގައި ހިފާލަމުން ބުނެލިއެވެ. ލިބުނު ވަގުތު ހަމަވުމުން ނަރުހަކާއި އެކު ގޮސް ސުމައްޔާ އެ ތަނުން ނުކުތެވެ.
ގެއަށް ގޮސްފައި ސުމައްޔާ ކޮޓަރިއަށް ވަދެ އިށީނީ މޭޒު ދޮށުގައެވެ. އޭނާގެ ސިއްރު ކަބަޑު ހުޅުވާލައިފައި ލެޕު ނެގިއެވެ. އެ ހުޅުވައިފައި އޭނާ ވަދެލީ ޑިޖިޓަލް ބޯޑަށެވެ. ކަލްޕްރިޓް ސަސްޕެކްޓް އަށް ނެގުނު މީހުންގެ މައުލޫމާތު އެއިން ފުހެލީ ކުށްވެރިއަކީ އެއިން މީހަކަށް ނުވުމުންނެވެ. ދެން ސިލްވިޔާގެ އަމިއްލަ ދޮންބެއަށް ޝައްކު ކުރަން އެނގޭނީ ކިހިނެއް ހެއްޔެވެ؟ “ސަލްމާން މުޙައްމަދު. ސަގަރޭ. މަންމަ ރައްކާތެރިކުރަން ޖެހޭނެ މީހަކީ މިއެއްނު. މަންމަ މަރާލާފަ އަމިއްލަ ގޭގައި އަލިފާން ރޯކޮށްލާ ވަރަށް ކަންތައް ގޯސްވީ ކީއްވެބާ؟ މީނާ މަރާލާ މީހުން ވަކި ކުރަން ދޯ ކަނައަތުގައި ދެ ރޮނގާއި އޭގެ މެދުން ހުރަސް ރޮނގެއް ކަނޑާ ނަގަނީ. ދެން އެޒްނެލިން އާއި އޮރިންޑިއޯ. މިހާ ދުވަސް ވާއިރު ވެސް އެއް ގޮތްތަކެއް ސަގަރޭ މި ގެންގުޅެނީ. ހަހް. މަންމަ ފަރާތުން އަހަރެންގެ ހުރި ހަމަ އެކަނި ބޮޑު ބޭބެ ޔޯ އެކަމު.” ސުމައްޔާ ސަލްމާންގެ މައުލޫމާތު އޭގައި ލިޔެލިއެވެ.
އިޙުސާނަށް ހޭވެރިކަމެއް ލިބުނީ މެންދުރުވާން އުޅެނިކޮށެވެ. ހަސްފަތާލުގައި އޮވެވުމުން އޭނާ ވިސްނަމުން ދިޔައީ މި ތަނަށް އާދެވުނީ ކިހިނެއް ކަމާއި މެދުގައެވެ. އެންމެ ފަހުން ހަނދާން ވަނީ ކާރު ޕާކު ކޮށްފައި ހިނގައިގަތް ވަގުތު އިމާރާތުގެ ތިރީ ޕާކިން ޒޯނުން ބަޔަކު އޭނާ ރަހީނުކުރި ކަމެވެ. އަދި ގޮތް ނޭނގޭ ތަނަކަށް ވައްދައިފައި އަނިޔާ ކުރި ކަމެވެ. މުޅި ހަށީގައި ތޫނު ރިހުމެއް ހުރި އިރު އެކި ހިސާބުތަކުގައި ވަނީ ބެންޑޭޖު އޮޅައިފައެވެ. އޭނާ ބުރަކަށި ސީދާކޮށްލުމާއި އެކު ޒަވިއަން ޑަކުޓަރަށް ގޮވިއެވެ.
ޑަކުޓަރު އައިސްފައި ފުރަތަމަ ޗެކަޕެއް ހެދީއެވެ. ދެން ބުނެލީ ތިން ދުވަސް ފަހުން ގެއަށް ދޫކޮށްލެވޭނެ ވާހަކައެވެ. ޒަވިއަނާއި ލީވާން އިޙުސާނު ގާތަށް ޖެހިލީ ޑަކުޓަރު އެ ތަނުން ދިއުމުންނެވެ.
“ކިހިނެއް ކޮން އިރަކުތަ އަހަރެން މި ތަނަށް ގެނެވުނީ؟ ކާކުތަ އަހަރެން މި ތަނަށް ގެނައީ؟” އިޙުސާނު އޭނާ ކުރަން ބޭނުންވެފައި ހުރި ސުވާލު ކޮށްލީ ޑަކުޓަރު ދިއުމުންނެވެ.
“ރޭ މެންދަމު ތިނެއް ޖަހަން އުޅެނިކޮށްނޯ ގެނެވުނީ. އެމްބިއުލެންސްގައި ގެނައި. އެއަކުން މީހަކު ނާންނަ ވާހަކަ ބުނި. އޭގެ ފަހުން ގާރޑިއަންގެ ގޮތުގައި ސުމައްޔާ އައިސްގެން އުޅުނޯ. އަހަރެމެން މިތަނަށް އައީ ދެ ގަޑިއިރެއްހާ އިރު ކުރިން. އޭރު ސުމައްޔާއެއް ނެތް.” ޒަވިއަން ރައްދުގައި ބުނެލިއެވެ.
“މިހާރު ކިހިނެއްތަ؟ ބްރޯ އަށް މި ހާލެއް ޖެހުނީ ކީއްކުރަން އުޅެނިކޮށްތަ؟” ލީވާން އެހިއެވެ. “ރަނގަޅެކޭ ނުބުނެވޭނެއްނު. މަ ކާރު ޕާކު ކޮށްފަ ނުކުންނަން ވާއިރަށް އައިސް ވަށާލި ބަޔަކު ޑްރަގް ކުރީ. އެކެއްގެ މޫނު ވެސް ފެނުނު ކަމަކަށް ނުވިއޭ. ހޭއެރި ވަގުތު ހުރެވުނީ ގޮތްނޭނގޭ ކޮޓަރިއެއްގަ. އަތާ ފައިގަ ހިލިހިލާ ޖަހާފަ އަނގަމަތީގަ ފޮތިގަނޑެއް އައްސާފަ. ދެން ހަމަ ހުރެގެން އަނިޔާ ކުރަން ފެށީ. އެ މީހުން ވެސް ތިބީ މުޅީން ނިވާވެގެން. މަށަށް ކީއްކުރެވިގެންތަ އެ ވަރުގެ ބަޔަކު ދިމާލަށް އަންނަން ޖެހުނީ. ދުވަހަކުވެސް ނުދެކޭ ޒާތުގެ ***ތަކެއް.” ދެއަތް މުއްކަވާލަމުން އިޙުސާނު ބުނެލިއެވެ.
“މުޅިން ސަކަރާތެއްނު. ފުލުހުންނަށް ރިޕޯޓު ކުރިޔަށް އިންވެސްޓިގޭޝަނަކަށް އެއްވެސް ކުރިއެރުމެއް ނުލިބޭނެ އިއްސޭ އަށް ރަނގަޅު މައުލޫމާތެއް ނުދެވެންޏާ.” ލީވާން ދެއަތް މުއްކަވާލަމުން ބުނެލިއެވެ. “އެ ތަނުގައި ހުރި ކެމެރާތަކުގެ ފުޓޭޖްތައް. އިލެވެން އެ އެއްޗެހި ހޯދާލަދީ.” އިޙުސާނު އެދުނެވެ. ލީވާން އެންމެ ރަނގަޅޭ ބުނެލިއެވެ.
އެ ދުވަހު ރާއްޖޭގެ މަސްރަޙު ހޫނުވެގެން އުޅުނީ ރޭގައި ހުޅުމާލޭގައި ހިނގައިދިޔަ ޙާދިސާ ތަކުގެ ސަބަބުންނެވެ. ޓިކްޓޮކާއި ފޭސްބުކާއި އިންސްޓަގްރާމާއި އެކްސްގައި އެންމެ ގިނައިން ދެކެވެމުން ދިޔައީ އެ ވާހަކައެވެ. ބޭރު ތެރޭ އެންމެންގެ ދުލު ކުރީގައި ވެސް އެ ވާހަކައެވެ. އެ ތިން ހާދިސާ އިން މުޅި މާލެ ހޫނު ފެންގަނޑަކަށް ވައްޓާލި ކަހަލައެވެ.
ރޭގައި ހިނގައިދިޔަ ކަންތައް ތަޙުޤީޤު ކުރެވެމުން ދިޔަ ނަމަވެސް ފުލުހުންނަށް ރަނގަޅު ބަރުދަނެއް ހުރި ހެއްކެއް ހޯދޭ ގޮތެއް ނުވިއެވެ. ލޮރީ ދުއްވީ ކާކުކަމެއް އެއް ގޮތަކުން ވެސް ނޭނގުނެވެ. އެނގޭ ގޮތުގައި އެއީ މީހެއްގެ އަތުން ވަގަށް ނެގުނު ލޮރީއެކެވެ. ޖަންނަތު މަރާލެވުނު މައްސަލައިގައި ހުރިހާ ކަމެއް ޖެހުނީ ރައިފަލް ބޮލަށެވެ. ސުމައްޔާ އަށް ޙަޤީޤަތް އެނގުނެއް ކަމަކު އެ ކަން ހިއްސާކުރާނެ ހިތްވަރެއް ނުލިބުނެވެ. ނޭނގޭ ކަމަށް ހަދައިގެން އިންވެސްޓިގޭޝަންގައި ހަރަކާތްތެރިވަމުން ދިޔައީ ހިތާ ދެކޮޅަށެވެ. ނާއިލްމެންގެ އަނިޔާވެރިކަމުގެ ހިތިކަން ލޮލުން ދެކި އަތުން ހިފުމަށްފަހު ގޮންޖަހަން ލާހިކެއް ނޫނެވެ.
ޖެހިގެން އައި ދުވަހެވެ. ރޭގަނޑު ޑިޔުޓީ ނިންމާފައި ސުމައްޔާ އޭނާ އުޅޭ ފުލެޓަށް އައިސް ވަން އިރު ނުވައެއް ޖަހަނީއެވެ. ހަސްފަތާލަށް އިޙުސާނު ދޫކޮށްލިފަހުން އެ ސޮރު ގުޅާ އިރު ފޯނު ނުނަގާ ސުމައްޔާ އުޅެމުން ދިޔައީ ޚިތުބާ ރޫޅާލާނެ ވާހަކަ ދައްކަން ނުކެރިގެންނެވެ. ސުމައްޔާ އަށް އޮފީހުގައި ހަމަޖެހިލައިގެން އިނދެވެނީ އިޙުސާނު ދެ ދުވަހުގެ މެޑިކަލް ލީވްގައި ހުރުމުންނެވެ.
“ސޫމޯ! އަހަރެން ހަސްފަތާލަށް ދޫކޮށްލާފަ ފަހުން ނައީ ކީއްވެގެންތަ؟ ހާދަ ފޫއްސެއް ވެފައޭ އަހަރެން އިއްޔެ އިނީ. މިއަދު ވެސް ރޭ ވީ ފަހުން އަހަރެން ވަރަށް ބާރުއަޅައިގެން މި ދޫކޮށްލެވުނީ. ފޯނު ގެއްލިގެން އުޅުނީމަ އެހެން ނަންބަރަކުން ގުޅީމަ ވެސް ސޫމޯ ފޯނު ނުނަގަމެއްނު.” ލިފްޓަށް އަރަން އައި ސުމައްޔާގެ އަތުގައި ހިފަމުން އިޙުސާނު ގޮސް ވަނީ ސިޑި ގޮޅިއަށެވެ. އެހެން ކުއްލިއަކަށް އިޙުސާނު އައުމުން ސުމައްޔާ ސިހުނެވެ.
“އިޙުސާނު. އަހަރެން ބޭނުމެއް ނޫން ދެން މި ގުޅުން ކުރިއަށް ގެންދާކަށް. މި ހިސާބުން ދެން ހުއްޓާލަން ހިނގާ. ސަމާސާ އެއް މާ ދިގުވެގެން އެ ދިޔައީ. އިޙުސާނު އަހަރެންނަށް ބެހޭތީ އަހަރެން ވެސް ބޭނުންވީ ތި އިހުސާސް ތަކާއި ކުޅެލަން. އިތުރަށް މި ގޭމު ކުޅެން ވިސްނާނެ ކަމެއް ނެތް.” ސުމައްޔާ އަސަރެއް ނެތް ގޮތަކަށް ހިތަށް އައި ގޮތަކަށް އެ ވާހަކަ ބުނެލީ ދުރު ބަލާލަމުންނެވެ. އެއަށްފަހު އޭނާ ދިޔައީ ސިޑިގޮޅިން ނުކުންނާށެވެ. ހިތާއި ދެކޮޅަށް އެ ވާހަކަތައް ބުނަން ސުމައްޔާ ކުރި ހިތްވަރެއް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. އަނެއް ކޮޅުން އިޙުސާނެވެ. ސުމައްޔާ ބުނެލި ވިހަގަދަ ލަފުޒުތައް އިވުނު ހިނދު، ހިތް މޭތެރޭގައި އޮވެ ޖެހި ފިތި ބާރުވާން ފެށިހެން ހީވިއެވެ.
“ސޫމޯ. މިހާރު ކޮން ކަހަލަ ސަމާސާއެއްތަ ތި ކުރަނީ؟ ކިހިނެއް ވީތަ؟ މީހަކު އެއްޗެކޭ ބުނީތަ؟” އިޙުސާނު ސުމައްޔާގެ އަތުގައި ހިފާ އެ ދިމާލަށް އަނބުރާލިއެވެ. ދުވަހަކުވެސް ވެސް އޭނާގެ ނަމުން ނުގޮވާ ސުމައްޔާ އިޙުސާނޭ ކިޔާ މުޚާޠަބު ކުރުމުން ދުރު ކަމެއް އިހުސާސް ކުރެވުނެވެ. އެހެންޏާ މުޅިން ވެސް ގޮވާނީ އުންމަތުލް ވަބާ ނޫނީ އިއްސޭ އޭ ކިޔައިފައެވެ.
ސުމައްޔާ އޭނާގެ އިހުސާސްތައް ވަންހަނާކުރަމުން ދިޔައީ ނިކަން މަސައްކަތުންނެވެ. “މިއީ ސަމާސާއެއް ނޫނޭ. އަހަރެން އިޙުސާނު ދެކެ ލޯތްބެއް ނުވޭ. ދެން އަހަރެންނަށް އުނދަގޫ ނުކޮށް ދުރުގައި ހުރެފާނަން ތަ؟” ސުމައްޔާ އިޙުސާނުގެ އަތް ފޮޅުވާލައިފައި އަތުގައި އޮތް ކެވެއްޔާއި ކައިވެނީގެ އަނގޮޓި ނަގާ އިޙުސާނުގެ އަތަށް ލިއެވެ.
“ހުސް ދޮގު. ސޫމޯ ކޮން ކަމެއްތަ ތިޔަ ސިއްރުކުރަނީ؟ ތި ދެލޮލުން ހެކި ދެޔޭ ސުމައްޔާ އަހަރެން ދެކެ ވާ ލޯބި.” އިޙުސާނު ބުނެލިއެވެ. “އަހަރެން މޮޅު ދޯ އެކްޓް ކުރަން. ފުލުހަކަށް ނުވި ނަމަ ކުރިއަށް ދާން ރަނގަޅު ދާއިރާއެއް. ދެން ސޮރީ މިހެން ކަލޭގެ ވަގުތު ފެނަށް ދުއްވާލެވުނީމަ. މީގެ ފަހުން އަހަރެންނަށް ޕާރސަނަލް ކަމެއްގަ ނުގުޅާތި.” އެހެން ބުނެފައި ސުމައްޔާ ސިޑި ގޮޅިން ނުކުމެފައި ގޮސް ލިފްޓަށް އަރައިފިއެވެ. މޭގައި އަތް އަޅާލަމުން ސުމައްޔާ އަށް ބިތުގައި ލައްގަނެވުނު އިރު އެ ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ.
އިޙުސާނު ހުރީ ބުނާނެ އެއްޗެއް ނޭނގި ހުއްޓުން އަރައިފައެވެ. ސުމައްޔާ އެހެން އޭނާގެ އިހުސާސްތަކާއި ކުޅެލިއްޔޭ ބުނި ވާހަކަ ޤަބޫލުކުރަން ދަތިވިއެވެ. ސުމައްޔާ އެހާ ކުއްލި ގޮތަކަށް އެ ގުޅުން ކަނޑާލުމުން އިޙުސާނު ހުރީ ޝޮކެއްގައެވެ. ކިތަންމެ ޤަބޫލު ކުރަން ބޭނުން ނުވިޔަސް ސުމައްޔާ އެ ދިޔައީ ގުޅުން ކަނޑާލައިފައެވެ. ގައިން ވަރު ދޫވާހެން ހީވުމުން އޭނާ އަށް ފާރުގައި ލައްގަނެވުނެވެ. އަތުގައި އޮތް ކެވެއްޔާއި އަނގޮޓި އަށް ފިތާލެވުނު އިރު އެ މޭގައި ތޫނު ރިހުމެއް އުފެދިއްޖެއެވެ. އެ ދެ ލޮލުގައިވީ ސާފުކަން ކަރުނައިގެ ދުންފިންޏަކަށް ބަދަލުވެގެން ދިޔައީ ހިތަށް ލިބިފައިވާ ފުން ވޭނުގެ އަސަރު ދައްކައިދެމުންނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
28 Comments!
Comments are closed.







Mi part vrh reethi mashallah
I feel so so soo bad for sumee, she lost janna and now isse and reen ah ves evaru vejje. She is so strongg
When next?
Tc and lysm 💜💗
Same, sumee is going through sm 🥀🥀
IA next Thursday
Shukran shav ✨✨
Lyt darl 🫰🏻🫰🏻
NO im actually crying
why ihsaan and sumee? i bet naureen likes leevan now
i hate naail so much whats his problem
why does he have to do that to other ppl
aree will be so sad when she finds out that janna died
whn nexttt???
Dhw, he’s messing with everyone 😠😠
Yeaa, she’s be so heartbroken to find out Jannath’s death 😭😭
IA next Thursday
Shukran diva_gurly ✨✨
Omg gurll ur backkkk
Sheex v miss vi rose mathin
V reethi MA
Alhey sumo ah force nukohbala dhww isse dhookohlan
Her life her everything is isse now
Naail hurihaa kamehge dheythereyga hunnaanee agh
Alhey janna ves maruvii
Hus BW gang meehunge kanthah
What is wrong with them
Areen v dheravaane ehme loabi vaameehun aree dhookohfa dhaathah abadhu efakeerah balan jehenii
Yageen zailee ar ehen ves fahathah jeheyne meehunneh noonkan
Zailee safe vaan IA
V dheravejje mi part kiyaalaafa
CW4THENEXTP
Tc
Awnn, I missed yall too 🥰🥰
Exactly, sumy has no one else to earn support from 😔😔
Dhww, areen’s always going through heartbreak ❤️🩹❤️🩹
Let’s hope zaileen will be safe 🙂🙂
IA next Thursday
Tc and shukran Sheex ✨✨
No way not sumee and issey 😭
Innaa lillaahi vainnaa ilaihi raajioon Janna maruvee 😭😢😭😭
Please Aimee report kohba..
But v v v reethi MA
When next ????
Lysm
IA next Thursday.
Shukran fathimath 💕 raajiha ✨✨
Lyt darl 🫰🏻🫰🏻
mi part ves varah reethi masha allah
heyonuvaane sumy n isse dhuru nukurachey
naail hithuga rahumeh neih
areen n zavian ves gulhuvachey
they all are made for each other
zaileen safe kurachey
mi part kiyaafa rovijje
haadhs curious kohlaafa thi nihmaaly
really appreciate your hard work
kuhverinah adabu libey dhuvaheh ge intizaaruga
when next
miayee varah sauguveri kamaa eku kiyaala vaahka eh
Sumy and isse dhuruvany hama 💔💔
Yea naail is truly heartless
Hehe, abadhu ves cliffhangers ah nimman beynunvaathy ehen vany 😅😅
Glad to hear 🥰🥰
IA next Thursday
Shukran cutie girl ✨✨
Ahhhh!! What a terrible fan of you I am😭😭 who couldn’t even comment earlier when her fav author js returned from a break😭 so srrryyyy…
Btw this part ate n left no crumbs frr!👏👏
Naail thinks he’s a proud brother fighting for her sis’s love! But actually he is a shame!! Sagarey is related to sumyyy??? Alhey how can I forget aailaa meehunney enme nubaiyyy😢
Sumy norrrr!! Zev ah kiyaadhin gothah isse ah kiyaadheebaaa!! But relation public nukureema evynu?
Waiting for next…
Tc n lySM💗
Can you wish me luck, my inter handball tournament is ahead n I’m freaked out!!
Alheyy its okay eyy, this is a wonderful comment and I forever appreciate your unwavering support 🥰🥰🥰
Fr, Naail ehves varakah anekaa ge ihsaas thakaa medhu nuvisnaa 😒😒
Will sumee have the guts to do that 🤔🤔
Owhh, good luck with your tournament 😄
Shukran Your fav bab ✨✨
Lyt darl 🫰🏻🫰🏻
Vrhvrh reeethi. Emme baraabaru
Sumeee dhen emeehunnaa kurimathi laafa Issey ah Thiensville nahadhaa hurebala.
In this story I always liked sumee and Issey part. So sad.
AnywaysLuv U
When next ????
Sumy ah ehen gotheh nethy mifaharu 😒😒
Same, that couple lightens the mood ❤️🩹❤️🩹
IA next Thursday
Shukran xxx_dodo_xxx ✨✨
Lyt darl 🫰🏻🫰🏻
omg, this prt is heavenly good.
Maashaa Allah. May Allah Bles you.
Sumee ge hiyy halaaku vejje. alhe fahe enoon gotheh netheetha.?????
Sumeee ah blackmail kuran jeheytha. Naail ah engeyne ehnu loaybbakee kihaavareh ge ehcheh kan. Sumee hih varu kollaa. I’m also with U sumee.
Dhen Sumee N Issey eh Nugulheyne tha ?????
Eyrun haadha dhera vaane.
Lysm & tc
I’m so happy to hear that 🥰🥰🥰
Dhw, sumee fakeeru ge dhiri ulhun efuh mifushah jahaalaifi 🥀🥀
Let’s hope she remains strong and overcome this 💪💪
We don’t know for sure that sumee will and isse will start over 😒😒
Shukran Exxo ✨✨✨
Lyt darl 🫰🏻🫰🏻🫰🏻
Oh God! Vrh dhigu inthizaarakah fahu mi stry kiyaalan mi libunee. I missed this stry every single day.
Whyyyy Sumee and ihsaan dhuru nukureyyyy! E dhemeehun kihinei survive kuraanee dhn😭😭💔
Ihsaan Plzzz Sumee dahkaa vhk gaboolu nukoh hageegai hoadhan try kohba!
That Naail is killing me! Naureen won’t need ihsaan anymore. Eleven ehuree ehnu. Hurihaa enmen ge dhiriulhun thereah nuavadheba 😡😡
Whn nxt????
Luv u 💗
I’m overjoyed to know 🥰🥰
Keehkuraany, e relationship nimumakah aee dhw 😔😔
Aaey, mi naail ah ehen meehunge dhiri ulhumaa nukulhe nuhurevey 😒😒
IA next Thursday
Shukran 🥀 ✨✨✨
Lyt darl 🫰🏻🫰🏻🫰🏻
Next ep avahah UP kohla dheeba.
hama thedah mi bunee. U beynun kohfa huri bas thakun hiyy vx rohvaalaafi. Sumee Nd Isse is the most sweetest couples in this story. Wish that Naureen Likes Leevaan Before Sumee Pressures Issey to go on a relation ship with her. I’m gonna cry if Sumee Nd Isse never be togather.
Areen. OMG. Reen haadhahaa dhera vaane dhw. Jannaaa maruv ma. emanje ge janaazaaga vx baiveri eh nuvevunu viyya.
E naail mennah rangalhu filaavalheh libeynee kon dhuvahakun baa.
Mi story ehkoh nimeynee kon dhuvahakun tha ?????? pls tell me when ok????
lysm gurrll
Glad to hear 🥰🥰
Real, they were the sweetest 😒😒
Ekm adhives naureen ge ihsaas thah badhalu nuvey 😔😔
Dhw, areen will be heartbroken to know abt her death 🥀🥀
Neynge nimey dhuvaheh bunaakah. I can say it’s more than 80 episodes 😅😅
Next Thursday ga submit kohlaanan IA
Shukran Leesha ✨✨✨
Lyt darl 🫰🏻🫰🏻🫰🏻
well. Very Good.
I don’t Think Naureen Nd Ihusaan will start a relationship Do u ??????
U everyone ge hiyy thah rovvaalaafa thi nimmaalee
Who knows what will happen to that couple 🤔🤔
Alhugandu ves mi liyuny hama thi haalehga romun 🥀💔❤️🩹
Shukran DINO ✨✨
Forget the fact cover gai rosanee park huri kan! My roseeeeee!!! Mrs park chaeyongggg!g!!! Lyyyy
I added that recently for a readers request 😄😄
Shukran Sihzn ✨✨
Lyt darl 🫰🏻🫰🏻
hey Rose,
Anekkaa???????????
Anekkaa Issey ekamaa dhera vegen gos hithaamain amilla ah dhan nujeheyne baa (suicide)????
No, Issey eyahvuren Hihvaru gadha vaane dhww.
pls adhi effaharu nama vx issey nd Sumee gulhuva dheythi.
LUV U
Adhi ehgothakah neynge ehnu suicide vaane kameh nuvaane kameh 😒😒
Let’s see wht he’ll do
Can’t promise them getting back together 🫠🫠
Shukran Caspian ✨✨
Lyt darl 🫰🏻🫰🏻
heyy.
is that a BLACKPINK Rose’s pis
Yeaa, there’s one of jisoo asw
Shukran lulu ✨✨