Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވުނީ ވޭނޭ 66

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
May 14, 2026 10 Mins Read
22 Comments

އެ ކަޅާއި ހުދުން ފަރުމާ ކުރެވިފައިވާ ކޮޓަރި ފެނި އަރީނަށް އަނގަ ޗޭ ކޮށްލެވުނެވެ. ހާދަހާ ރީތި ޝާހީ ކޮޓަރިއެކެވެ. ކުރިއަށް ހިނގާލަމުން ގޮސް އަރީން ފުރަތަމަ އިށީނީ ކަޅުކުލައިގެ ސޯފާމަތީގައެވެ. ހަމަ އިށީން ހެނެއް ނުވެ ތެދުވެއްޖެއެވެ. ބިރު ގަނެ ހާސްވެފައި ހާލު އަރީނަށް ފަހަތަށް ފިޔަވަޅު އަޅަން ފެށުނެވެ. “އާހް” އަރީން ބޮލުގައި ދެއަތުން ހިފަހައްޓާލީ ދުވަހަކު ވޭން ނާޅާ ވަރަށް ރިއްސައިގަތުމުންނެވެ. ފަހަތަށް ޖެހެމުން ގޮސް އޭނާ މަތަވީ އެނދުގައި ޖެހިފައެވެ. ސިކުނޑި ފަޅައިގެން ދާ ކަހަލަ ގޮތަކަށް އޭނާގެ ހިތްދަތި ހަނދާންތައް ލޯ މައްޗަށް ސިފަވާން ފެށިއެވެ. ކެތް ނުވެގެން އޭނާ ބިންމަތީގައި ކުރުގެޅިގެން އިށީނެވެ. އަރީންގެ ނޭވާ އަވަސްވެފައި މުޅި މީހާ ތުރުތުރު އަޅަން ފެށިއެވެ. އެ ލޮލުން ކަރުނަ އޮހޮރެމުން ދިޔައީ އެ ވޭނަށް ކެތް ނުވެގެންނެވެ. އެއާއި އެކު އޭނާގެ ނޭފަތުން ލޭ އަންނަމުން ދިޔައެވެ. އެނދުގައި ލައްގަނެގެން އިން އިރު މި ތަނަށް ނުވަދެވުނު ނަމައޭ އަރީން ހިތަށް އަރަމުން ދިޔައެވެ. އެހެން އިންދާ އަރީންގެ ދެލޯ މެރިގެން ކާޕެޓް މައްޗަށް ދެމުނެވެ. އެ ސިކުނޑީގައި ފިލްމެއް ހެން ރޯލު ވަމުން ދިޔައީ ޒަވިއަނާއި އެކު އަރީން ވެއަތު ކުރި ވޭނީ ސަފުޙާތަކެވެ.

ކޮޓަރިއަށް ދިޔައިރު އަރީން ފެންނަން ނެތުމުން ފަލަކް ގޮސް ވަނީ ޒައިލީން އުޅޭ ބަޔަށެވެ. އޭރު ޒައިލީން ފުން ނިންޖެއްގައި އޮތެވެ. ފަލަކް އެ ތަނުގައި ހުރި ސޯފާ ގޮނޑީގައި އިށީންނަމުން ފޯނު ނަގާ ހާވާލިއެވެ. އެތައް އިރެއް ވީއިރު ވެސް އަރީން ނައުމުން ފަލަކް އޭނާއަށް ގުޅިއެވެ. މިއަދު އަރީން ބޭކަރީ އަށް ނުދާތީ އުޅޭ ނޫޅޭ ގޮތް ބަލަން ޒަވިއަން އޭނާ އާއި ވަނީ ހަވާލުކޮށްފައެވެ.

ބޭރުން ފޯނު ރިންގުވާ އަޑު އިވުމުން ފަލަކް ނުކުތެވެ. އެހެނަސް ސައިޑް ޓޭބަލް މަތީގައި އަރީންގެ ފޯނު އޮތް ކަމެވެ. އަރީން ފެންނާކަށް ނެތެވެ. ފާޚާނާއާއި ބޭރު ބައިގައި ހުރި ބެލްކަނި ބެލިއިރު ވެސް އަރީންގެ ހިލަމެއް ނުވިއެވެ. ފޯނު ބާއްވައިފައި އެހާ ދުރަށް ނުދާނެހެން ހީވުމުން ފަލަކް ގޭގައި އުޅޭ މީހުންނާއި އެކު އަރީން ފެނޭތޯ އެ ގޭތެރޭގައި އަތް ފުނާ އަޅަން ފެށިއެވެ. ފަލަކް ޒަވިއަނަށް ގުޅައިފައި އެ ވާހަކަ ބުނުމުން ލަހެއް ނުވެ އެ ސޮރު އަތުވެއްޖެއެވެ.

އެންމެން ގޭތެރެ ކުޑަކުރި އިރު ވެސް ޒަވިއަންގެ ކުރީގެ ކޮޓަރިއަށް ވަންނާކަށް ހިތަކަށް ނާރުވައެވެ. އެ ތަން އާންމުކޮށް ބަހައްޓަނީ ތަޅުލައިފައެވެ. މިއަދު އެ ތަން ސާފުކޮށްފައި ނުކުތް މީހާ ހަނދާންނެތިގެން ދޮރު ތަޅުނުލާ ހުރީއެވެ. ނަސީބު ދިމާކުރި ގޮތެވެ. ޒަވިއަން އަޒާޔާގެ ކޮޓަރިން ނުކުމެފައި ދެން މިސްރާބު ޖެހީ އޭނާގެ ކުރީގެ ކޮޓަރިއަށް ވަންނާށެވެ. ގޭގެ އެހެން ހުރިހާ ސަރަހައްދެއް މިހާރު ބެލިއްޖެއެވެ. ކެމެރާތަކުން ބެލި ބެލުމުން އަރީން ގެއިން ނުކުމެފައެއް ނުވެއެވެ.

އެ ކޮޓަރީގެ ދޮރު ލައްޕާލަމުން ކުރިއަށް ހިނގައިގަތް ވަގުތު ޒަވިއަނަށް ކުރެވުނީ ތަފާތު އިހުސާސެކެވެ. މޭގައި ތޫނު ރިހުމެއް އުފެދުނީ އަރީންގެ ދިރިއުޅުމުގައި އަމިއްލަ ދެއަތުން އަލިފާން ޖެހި ދުވަސްތައް ހަނދާނަށް އައުމުންނެވެ. އަރީންގެ ނަމުން ގޮވަމުން ގޮސް އެނދުގެ އަނެއް ފަރާތަށް ދެވުނު ފަހުން އަރީން ފެނިއްޖެއެވެ. ކާޕެޓް މައްޗަށް ދެމިފައި އޮތް އަރީން ފެނި ޒަވިއަން އެ ދިމާލަށް ގޮސް އަރީން ނަގާ އުރާލަމުން އެނދުމައްޗަށް ލިއެވެ. އަރީންގެ ނިތުގައި ޖައްސާލި އަތް ދަމައިގަނެވުނީ އަލިފާން ކަހަލަ ހުމެއް ހުރުމުންނެވެ. ވަގުތުން ސައިޑް ޓޭބަލް މަތިން ޓިޝޫ އެއް ނަގާ ނޭފަތް ސާފުކޮށްލިއެވެ. ދެން ގުޅާލީ އޭނާގެ ރައްޓެހި ސޮރު އާހިލަށެވެ. އެއީ ޒަވިއަން އާންމުކޮށް ފަރުވާ ލިބިގަންނަ ޑަކުޓަރެވެ.

“އަނެއްހެން މައްސަލައެއް ނެތް. ހުން ފިލާފާނެ ބޭސް ދީފަ ފިނި ކުރީމަ.” އާހިލް ބުނެލިއެވެ. “ތެންކްސް ބްރޯ!” ޒަވިއަން ވޮލެޓުން ދެހާސް ރުފިޔާ ނަގާ ދިއްކޮށްލަމުން ބުނެލިއެވެ. “މި އަންހެން ކުއްޖާ އާއި އިން ފަހުން ހާދަ ކަންކަން އެބަ ވެޔޭ. މަށަށް ކަމެއް ވިޔަސް އެނގެނީ ޚަބަރަކުން ފެނުނީމަ. މި ގޮއްޔެ ހުރީމަ މައެ މަތިން ހަނދާން ނައްތާލީތަ؟ ހަމައެކަނި މި ކަހަލަ ކަމެއް ދިމާވެގެން މަށަށް ގުޅާލަނީ ވެސް.” އާހިލް ހިތްހަމަނުޖެހިފައި އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ. “އެހެން ނޫނަސް ވިޔަފާރިވެރިއަކަށް ވީމަ ބިޒީ ވާނެއްނު. ދެން ވެސް ދޭބަލަ އަނބުރާ ކްލިނިކަށް.” ޒަވިއަން އާހިލްގެ ބުރަކަށީގައި އަތް އަޅާ ކޮށްޕަމުން އެ ކޮޓަރިން ނެރުނެވެ.

އޭސީގެ ފިނި ގަދަ ކޮށްލައިފައި ޒަވިއަން ގޮސް ފާޚާނާ އަށް ވަދެ ފެންފޮތި ލާނެ ސާމާނު ހިފައިގެން އައެވެ. ތުވާލިކޮޅު ފެނަށް ލައި ނަގާ ފެލާލުމަށް ފަހު އޭނާ އަރީންގެ ނިތްކުރީގައި އެ ހާކާލިއެވެ. އެ ގޮތުގައި ފޫހިކަމެއް ނެތި އަރީންގެ ޚިދުމަތުގައި ޒަވިއަން އެތައް އިރެއް ވާންދެން އިނެވެ.

އަރީނަށް ހޭލެވުނީ ދަންވި ފަހުންނެވެ. ހީގަނެގެން ގޮސް ގަނޑުވެފައި ވުމުން ރަޖާގެ ތެރެއަށް އޭނާ ބޮނޑިވެގަތެވެ. ބޯކޮށް ވާރޭ ވެހެމުން ދިޔަ އަޑު ނިކަން ސާފުކޮށް އިވެން ހުއްޓެވެ. އޭނާގެ ލޮލުގައި އަޅައިގަތީ އެނދުގައި ބޯ އަޅާލައިގެން ނިދިފައި އޮތް ޒަވިއަނެވެ. މި ފަހަރު އޭނާ އަށް އެ މޫނަށް ބަލައިލެވުނީ ތަފާތު ގޮތަކަށެވެ. އޭނާގެ ގާތުގައި މިއަދު ޚިދުމަތްތެރި ފިރިއެއްގެ ގޮތުގައި އެ ހުރީ ޒަވިއަނެވެ. ކުރިން ކިތަންމެ ނުބައި ވިޔަސް މިހާރު ޒަވިއަން ހާދަ ބަދަލުވެއްޖެއެވެ. މިހާ ދުވަސްވީ އިރު ވެސް ޒަވިއަންގެ ގާތަށް އަނބުރާ ނުދެވުމުން އަރީނަށް ކޮންމެވެސް ވަރަކަށް ކުށްވެރިކަން އިޙުސާސް ވިއެވެ.

އަރީން ޒަވިއަންގެ ނިންމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު ރީތި ކޮށްލިއެވެ. “އަޅޭ ހާދަ ފިންޏޭ. ހީވަނީ އެންޓާޓިކާގަ އުޅެވޭހެން. ހުންމަޑު ކުރަން ވިޔަސް މި ވަރު ކުރަން ވާނެތަ؟” އަރީން އަތަށް ފުމެމުން ތެދުވަންނަން އުޅުނެވެ. އެ ވަގުތު ޒަވިއަނަށް ހޭލެވިއްޖެއެވެ. ދެލޯ އުނގުޅާލައިފައި އޭނާ އެނދު މަތީގައި އިށީނެވެ.

“ރީން…” ޒަވިއަން އެއްޗެއް ބުނަން ވާ އިރަށް އަރީން އޭނާގެ މޫނުގައި ހިފާ ގާތަށް ދަމާލަމުން އެ ތުންފަތަށް ބޮސް ދިނެވެ. އޭނާ ހިމަ ހޯލިކޮޅެއް ކަހަލަ އިނގިލިތައް ޒަވިއަންގެ އިސްތަށިގަނޑަށް މަހާލަމުން އިތުރަށް ގާތްވެލިއެވެ. ހިނދުކޮޅަކަށް މި ފޮނި އިހުސާސްގައި ޒަވިއަންގެ ނަފްސު ބެހިގެން ދިޔައެވެ. ސިހިފައި އެ ސޮރަށް ދުރަށް ޖެހިލެވުނީ އިރުކޮޅެއް ފަހުންނެވެ. “ރީން ސްޓޮޕް. އަހަރެން ބުނީމެއްނު މިހެން ގާތް ނުވާށޭ. ރީނަށް އަހަރެންނަކީ ކޮން ކަހަލަ މީހެއްކަން ހަނދާން ވީމަ އެނގޭނޭ މި ބުނާ އެއްޗެއްގަ ބަރުދަނެއް ހުރިކަން.” ޒަވިއަން ވިސްނައިދޭން އުޅޭ ކަހަލަ ރާގަކަށް ބުނެލިއެވެ.

“އައި ރިގްރެޓް ނޮޓް ކަމިން ހިޔާރ ސޫން. އެކްސިޑެންޓުވީ ކަމުން މި ގެއަށް އަނބުރާ އާދެވޭ ކަމަށް މިވީ. އަހަރެން ބޭނުމެއް ނޫން ދެން ޒެވް އާއި ވަކިން އުޅޭކަށް. އެއަށްވުރެ ބޮޑަށް ޒެވް ދެކެ އަހަރެން ލޯބިވޭ. މައި ފީލީންގްސް އަރ ނޮޓް އަނޑަރ މައި ކޮންޓްރޯލް. ހިތާހިތުން އަހަރެން ޒެވް އަށް މާފުކޮށްފިތާ ކިތަންމެ ދުވަހެއް. އިތުބާރު ކުރަން އުނދަގޫވީމަ ދުރުގައި ހުރީ. އެކަމަކު މިގޭގައި މި ވެއަތު ކުރި ދުވަސްތަކުން އެނގިއްޖެ ޒެވް މިހާރު ބަދަލުވެއްޖެކަން. ޒެލީ އާއި އެކުގައި ދެމީހުން އުޅެން ފެށިއްޔާ އަހަރެން ވަރަށް އުފާވާނެ.” އަރީންގެ ވާހަކަތައް އިވިފައި ޒަވިއަންގެ މޫނު ހުދުވިއެވެ. ފާޑަކަށް ބަލަހައްޓައިގެން އެ ސޮރަށް ހުރެވުނީ މި އިވޭ އެއްޗެއް ޤަބޫލުކުރަން ދަތިވެފައެވެ.

“ރީންގެ ހަނދާންތައް… އެ ހަނދާންތައް… އެނބުރި އައީތަ. ހާދަ އަވަހަކަށް.” ޒަވިއަނަށް ވާހަކަ ދައްކަން ވެސް އުނދަގޫވިއެވެ. “ހުރިހާ ކަމެއް ހަނދާނެއް ނުވޭ ކަންނެ. ހަމައެކަނި މި ކޮޓަރި ތެރޭގައި ހިނގި ކަންކަމާއި ބޭރުތެރެއިން ވިޔަސް ޒެވް އާއި ދިމާވި ވަގުތުތަކުގައި ވީ ކަންކަން ހަނދާން ވަނީ. ޒެލީ އާއި ގުޅުން ހުރި މެމޮރީސް ރިލޮކޭޓްވި އިއްޔެ.” އަރީން ބުނެލިއެވެ. ދެން އެ ދެމެދުގައި ހިމޭން ކަމުގެ ސްކޫތެއް ވެއަތުވިއެވެ. ދުލުން އެއްޗެއް ނުބުންޏެއް ކަމަކު ދެލޮލުން ފާޅުވަމުން ދިޔައީ އެތައް އަހަރެއްގެ އިންތިޒާރާއި، ހިތުގައި ފޮރުވިފައިވާ ފުން ލޯތްބެވެ. އެ ހިމޭންކަމުގެ ތެރެއިން ދެމީހުންގެ ހިތުގެ ތަޅުމުގެ އަޑު އިވޭ ފަދައެވެ. ގާތްވަމުންދިޔަ ވަރަކަށް ދެމީހުންގެ ދެމެދުގައިވާ ފިނިކަން ކެނޑި، އުންމީދީ ހޫނުކަމެއް އިޙްސާސްވާން ފެށިއެވެ.

“ދެން ވެސް ކޮށްޕާ ނުލާތި.” މި ފަހަރު ވެސް އިސްނެގީ އަރީނެވެ. ޒަވިއަންގެ ކަނދުރާގައި އަތް އަޅުވާލަމުން އެ ތުންފަތް ލޯބި ކޮށްލިއެވެ. ޒަވިއަން އަރީންގެ ކަންދުރާގައި އަތް އަޅުވާލަމުން އެ ފިނި ތުންފަތުން އުފާ ހާސިލުކުރަން ފެށީ ކަރުހިއްކައިގަނެގެން އުޅޭ މީހެއް ފަދައިންނެވެ. ދެ ނޭވާ ގުޅި އަވަސްވެފައި ވީއިރު ޒަވިއަންގެ އަތް އަރީންގެ ކަނދުރާއިން ތިރިއަށް ގޮސް ލައިގެން ހުރި ނިދާ ހެދުން ދަށަށް ލައްވާލިއެވެ. އެ ފުރިހަމަ ވަނާތަކުގެ މަތިން އޭނާގެ އިނގިލިތައް ހަރަކާތް ކުރަމުން ދިޔަ ގޮތުން ހީވީ އެ ހިތުގައި އެ ސޫރަ ކުރަހާލަން އުޅުނު ހެންނެވެ. އަރީންގެ އަތް ވެސް ޒަވިއަންގެ ކަސްރަތީ ހަށިގަނޑުގައި ހަރަކާތް ކުރަމުން ދިޔަލެއް ވަކި ލަހެއް ނޫނެވެ.

“އައިމް ސޮރީ އިން އެޑްވާންސް. ރީން ތި ފެށީ. އަހަރެންނަކަށް ދެނެއް ހުއްޓައެއް ނުލެވޭނެ. މިހާ ދުވަސްވަންދެން ހިތުގެ އިހުސާސްތައް ކޮންޓްރޯލް ކުރީމަ މިރޭ… އައިމް އެފްރެއިޑް ދެޓް އައި ކާންޓް ސްޓޮޕް އަންޓިލް އައި ކޮންޒިއުމް އެވްރީ އިންޗް އޮފް ޔޫ” ދުރަށް ޖެހިލަމުން ނޭވާ އަވަސްވެފައި ހުރެ ބަރު އަޑަކުން ޒަވިއަން ބުނެލިއެވެ. މި މަސްތީ އަޑު އިވިފައި އަރީން ދިޔައީ ހީލިކަރުވައިގަނެގެންނެވެ. ޒަވިއަންގެ ފުން ނަޒަރު އޭނާއަށް އަމާޒުވެފައި ހުރި ގޮތުން ވެސް އެކަމަށް ބޭނުންވެފައި ހުރި މިންވަރު އެނގެން ހުއްޓެވެ. އެ ހޫނު ނޭވާ ކަނދުރާއަށް އެޅިގެން ދިޔަ ވަގުތު އޭނާއަށް ދެލޯ މަރާލެވުނެވެ. އެއާއެކު ލަދުވެތިކަން ވަންހަނާ ކޮށްލަމުން މައްސަލައެއް ނެތޭ ބުނެލިއެވެ.

ޒަވިއަން އަރީން ލައިގެން ހުރި ނިދާ ހެދުމުގެ ޒިބު ކަހާލިއެވެ. އަރީން ޒަވިއަން ލައިގެން ހުރި ޓީޝާޓުގައި ހިފާ ދަމައިގަތެވެ. އަރީން އަންހެންވަންތަ ހަށިގަނޑު އެހާ ހާމަކަމާއި އެކު ފެނިލުމުން ޒަވިއަންގެ ޙަރަކާތްތައް އަވަސްވިއެވެ. އަރީންގެ ދޮން ކަނދުރާ އިން ފެށިގެން ތިރިއަށް ބޮސްދެމުން ދިޔައީ އެ ލައްޒަތުން ލިބޭ ފޮނި މީރުކަމެއްގެ ސަބަބުންނެވެ. ކޮޓަރިތެރޭގައިވީ ފިނިކަމުން ސަލާމަތްވާން ބޭނުންވެފައި ހުރި އަރީނަށް ޒަވިއަންގެ ކޮންމެ އަމަލަކަށް މަރުހަބާ ކިއި އެ ކަމުގައި ބައިވެރިވެވުނީ އެ ހޫނަށް ޖިސްމު ފެން ބޮވައިގަނެފައިވާ ވަރުންނެވެ. މިފަހަރު ޒަވިއަން އެ ކަން ކުރަމުން ދިޔައީ ނިކަން ފަރުވާތެރިކަމާއި އެކުގައެވެ. އަރީނަށް ކިރިޔާ ވެސް އިތުރު އަނިޔާއެއް ލިބުނަކަ ނުދޭށެވެ. އިސާހިތަކު ދެމިފިރިންގެ ޖިސްމު އެކަތިގަނޑަކަށްވެ ލާމެހިގެން ދިޔައީ އެސްފިޔަ ޖަހާލެވޭހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

ފަތިހުގެ އެލާމަށް ފުރަތަމަ ތެދުވެވުނީ އަރީނަށެވެ. ގާތުގައި ނިދައިފައި އޮތް ޒަވިއަން ފެނި ރޭގެ ހަނދާންތައް އައިސް ވަށާލުމުން އެ މޫނަށް ޖަންބު ކުލަ އެރިއެވެ. ފުރަތަމަ ފަހަރަށް ޒަވިއަންގެ އަތުތެރޭގައި އެފަދަ ގޮތަކަށް ވަނިކޮށް އޭނާ އަށް މި ހޭލެވުނީ ކައިވެނި ކޮށްގެން އުޅޭތާ ތިން އަހަރުވީ ފަހުންނެވެ. ޙާސިލުކުރުމަށް ހާދަ އުނދަގޫވި ލޯތްބެކެވެ.

އަރީން ތެދުވަންނަން އުޅުމުން ޒަވިއަން އޭނާގެ އަތުގައި ހިފާ ދަމައިގަންނަމުން ފަހަތުން ބައްދާލިއެވެ. “އަހަރެން ބުނީމެއްނު ފެށުމަށް ފަހު ދެން އެނބުރި ދިއުމެއް ނޯންނާނޭ.” ޒަވިއަން އަރީންގެ ކަންފަތުގައި މަޑުމަޑުން ދަތް އަޅާލަމުން ބުނެލިއެވެ.

“ދެން ފަތިސް ވެއްޖޭ. މިއަދު އޮފީހަށް ވެސް ދާން ޖެހޭނެއްނު.” އަރީން ޒަވިއަންގެ އަތް ނައްޓާލަން މަސައްކަތް ކުރަމުން ބުނެލިއެވެ. އެހެނަސް އަރީނަށް އެންމެ އިންޗިއަކަށް ވެސް ދުރަކަށް ނުޖެހެވުނެވެ. ޒަވިއަން އޭނާގެ ހަށިގަނޑުގައި ދެއަތް ވަށާލައިފައި ވަނީ ހިރިނުލެވޭ ވަރަށް ބާރަށެވެ. ދެވަނަ ސިކުންތުގައި ޒަވިއަންގެ ހިތްގައިމު މޫނު ފެނިލީ ނުރައްކާތެރިކަމުގެ އިންޒާރުދޭހާ ގާތުންނެވެ. އެ ނޭވާތަކުގެ ހޫނުކަން ކޯތާފަތަށް އިހުސާސް ކުރެވުމާއި އެކު އަރީނަށް ހިންދިރުވާލެވުނެވެ.

“މިއަދު އޮފެއް ނަގަން ބޭނުމީ. އައި ނީޑް ޔުއަރ ފުލް ސާރވިސް ޓުޑޭ. މިހާރު ވާ ވަރަށް އިންތިޒާރު ކުރެވިއްޖެ. ތި ތުންފަތުގެ ފޮނިމީރުކަން ލިބުނިއްޔާ އަހަރެންގެ ހިތްފުރޭނެ. އިޓްސް ޕާރފެކްޓްލީ ހޮޓް އެންޑް ސްވީޓް.” ޒަވިއަން އޭނާގެ ކުޑަވައި އިނގިލި އަރީންގެ ތުންފަތުގައި ހިންގާލަމުން މަސްތީ ރާގެއްގައި ބުނެލިއެވެ. އަރީން ގަތް ލަދުން ބިން ފަޅައިފައި އަޑިއަށް ދެވޭނެ ނަމައޭ ހިތަށް އެރިއެވެ. މިއީ ދުވަހަކު ވެސް ޒަވިއަންގެ ކިބައިން ފެނުނު ސިފައެއް ނޫނެވެ. އެހާ ސީރިޔަސް މީހަކު އެ ވަރަށް ލާނެތްވެދާނެ ކަން އެނގޭނީ ކިހިނެއް ހެއްޔެވެ؟

“ދެން އެހެން ރޭތައް ވެސް ޒެވް އަށް ލިބޭނެއްނު. މަންމަމެން ވެސް ލަސްވީމަ ހޯދާނޭ. ފަތިސް ނަމާދު ކުރަން ވެސް ޖެހޭނެއްނު. އަނެއްކޮޅުން ހަތެއް ޖަހަންވާއިރަށް ޒެލީ ނަގަން ޖެހޭނެއްނު.” އަރީން ޒަވިއަންގެ އަތުގައި ހިފަހައްޓާލަމުން ބުނެލިއެވެ. “އަންޑަރ ވަން ކޮންޑިޝަން.” ޒަވިއަން ބުނެލިއެވެ. “ކޮންމެ ކަމެއް ވެސް ކޮށްފާނަމޭ. ދެން ވެސް ފްލާރޓް ކުރުން ހުއްޓާލަބަލަ. އަހަރެން ލަދުގަނެޔޭ. ކޮން ޝަރުތެއްތަ.” އަރީން ތެޅިގަންނަމުން ބުނެލިއެވެ.

“ޕްރިޓެންޑް ޔޫ ޑިޑިންޓް ރިގެއިން ޔުއަރ މެމޮރީސް. އޯކޭ ސުމައްޔާ އާއި ދިމާވިއްޔާ އޭނާ އަށް މި ކަން ހިއްސާ ކުރިޔަސް. އެކަމަކު އެހެން އެކަކަށް ވެސް އެނގިގެން ނުވާނެ.” ޒަވިއަން ސީރިއަސް ވެލަމުން ބުނެލިއެވެ.

“އެއީ؟” އަރީން ސުވާލުގެ ރާގަކަށް އަކުރުތަކަށް ދަމާލިއެވެ. “ރީންގެ ހަނދާންތައް ގެއްލުނީމަ މިހާރު ދިރި ސަލާމަތުން ތި ހުރީ. އަދި ބައެއް ކަންކަން ހަނދާނަށް އައީމަ ރަނގަޅަށް އެނގޭނެ ކިހާ ބޮޑު ނުރައްކަލެއްގައި ކަން ތި ހުރީ. ފަހަރެއްގައި އުނދަގޫ ވެދާނެ. ބަޓް ޓްރައި ޔުއަރ ބެސްޓް.” ޒަވިއަން އިތުރަށް ބުނެލިއެވެ. އަރީން ޒަވިއަނާއި ދިމާލަށް އެނބުރިފައި ހާސްކަމުގެ ކަޅިއެއް އެއްލިއެވެ. އެ ދެ ލޮލަށް ބަލައިލިޔަސް ބިރުގެންފައި ހުރި ކަން ހާމަ ވެއެވެ. އަރީންގެ ހާސްކަން ކަނޑުވާލަން ޒަވިއަން ލާނެތް ވެލިއެވެ.

“ދެންން.” ޒަވިއަންގެ މޭގައި ތަޅައިގަންނަމުން އަރީން ދެލޯ މަރާލީ ޒަވިއަން ދުރަށް ޖެހިލުމުންނެވެ. އޭރު އަރީންގެ ތުންފަތަށް ވަނީ ރަތް ފިޔާތޮށި ކުލައެއް އަރައިފައެވެ. “ހާސްވާނެ ކަމެއް ނެތް. އަހަރެން ހުންނާނަމޭ ރީން ގާތުގައި މިހެން. އައިލް ޕްރޮޓެކްޓް ޔޫ ފްރޮމް ދެމް. ބަޓް އައި ކާންޓް ޕްރޮޓެކްޓް ޔޫ ފްރޮމް މައި ޑިޒައިޔާސް.” ޒަވިއަން އަރީންގެ އިސްތަށިކޮޅު ރީތި ކޮށްލަމުން ބުނެލިއެވެ. މި ލަފުޒްތައް އިވިފައި އަރީންގެ ކޯތާފަތް އިތުރަށް ރަތްވެގެން ދިޔައެވެ.

“ކަލޭ ގާތު ކިތައް ފަހަރުތަ ބުނަންވީ ތި ކޭސް ޓްރާންސްފަރ ކުރަން ދޫކޮށްލާށޭ. އެހެންނޫނީ އަނެއްކާވެސް ގޮތެއް ހަދާލަން ޖެހިދާނެ.” ނުދަންނަ ނަންބަރަކުން އެ އައި މެސެޖު ކިޔާލަމުން ސުމައްޔާ ދަތްކުނޑި ވިކާލިއެވެ. އެއީ އިޙުސާނަށް އަނިޔާ ކުރި ދުވަހު ވެސް އޭނާ އަށް މެސެޖު ކުރި ނަންބަރެވެ. މުޅިން ވެސް ފޮނުވައިފައި ވަނީ އިންޒާރުގެ މެސެޖެވެ. ސުމައްޔާ މިފަހަރު އެ ނަންބަރު ސޭވްކޮށްލީ ފިނޑިކާޅުގެ ނަމުންނެވެ. އެހެންޏާ ދިމާލަށް ކުރިމަތިލާން ނައިސް އެހެން ކަންކަމަށާއި ގާތުގައި ތިބޭ މީހުންނަށް އެ ބެހެނީ ފިނޑިވީމާ ތާއެވެ.

“ވަރަށް ސާފު ރީތި ބަހުން މި ބުނަނީ. މި ކޭހެއްގަ އަހަރެމެން މަސައްކަތް ކުރަނީ މަތިން އަމުރު އައިމަ. ކަލޭމެން އިންޒާރު ދިނަސް އަހަރެންގެ ވަޒީފާ އަދާކުރަން ދެކޮޅު ހަދާފަ ކޭސް ޓްރާންސްފަރ އެއް ނުކުރެވޭނެ. މި ކޭސްގައި މަސައްކަތް ކުރުމަކީ ސީދާ ހެޑް އިންސްޕެކްޓަރުގެ އެންގުމެއް. އަހަރެންނަށް ކައެމެންގެ ނުލަފާކަމާއި ހިންގާ ޖަރީމާތައް އެނގުނެއް ކަމަކު އެއިން ވާހަކައެއް ހިއްސާކުރިންތަ؟ ކައެމެންގެ ގަމާރު ކަމުން މި ކަމުގަ ބެދުނީމަ ދެން ކޮންމެހެން މަށަށް އިންޒާރުގެ މެސެޖު ފޮނުވާނެ ކަމެއް ނެތް. މި ކަމުން ސަލާމަތް ވާން އެހާ ބޭނުމިއްޔާ ކޭސް އެސައިން ކުރި މީހާ ލައްވާ އަހަރެމެންނަށް ކޭސް ޓްރާންސްފަރ ކުރަން ބުނެބަލަ. ކުރިން ވެސް ބުނެފަ ދޯ އޮންނާނީ އަހަރެންނަށް ޓޮލަރޭޓް ކުރެވޭނީ ވަކި މިންވަރަކަށޭ.” ސުމައްޔާ އެމީހުންނަށް ރައްދުގައި މެސެޖެއް ފޮނުވާލިއެވެ. އެއަށްފަހު ފާޚާނާ އިން ނުކުމެގެން ގޮސް އިންޓަރިގޭޝަން އަށް ޚާއްސަ ބަޔަށް ވަނެވެ. އެތެރެއިން ސްލޮޓެއްގައި ޒައިނާއި އަކްމަލް އަތުލައިގަނެވުނު މީހަކާ ސުވާލުކުރަން ހުއްޓެވެ. ސުމައްޔާ ގޮސް އޭނާގެ ލެޕު ހުޅުވާލަމުން ވަންވޭ ގްލާސް ކުރިމަތީގައި ހުރި މޭޒު ދޮށުގައި އިށީނެވެ. އޭރު އަފާފާއި އިޙުސާނު ވެސް އެ ތަނުގައި އިނެވެ.

“އޭ އެބަ އަންނަން ފިހާރައަކަށް ގޮސްލާފަ. އެނާޖީ ދަޅުތަކެއް ގަނެލައިގެން އަންނާނަން. އަހަރެން ދިޔަޔަސް ތި މީހުންނަށް މަސައްކަތް ކުރިއަށް ގެންދެވޭނެއްނު. ރެސްޓަކާއި ނުލާ މި ކަމުގައި އުޅޭތީ އަހަރެން މި ހުރީ ވަރަށް ވަރުބަލި ވެފަ.” އަފާފް ގޮނޑިން ތެދުވަންނަމުން ބުނެލިއެވެ.

އިންޓަރިގޭޝަން ރޫމުގައި ތިބި ކުށްވެރިންނާއި ވާހަކަ ދައްކަމުން ދިޔަ އަކްމަލް އިނީ ބޯ ހަލާކުވާ ވަރު ވެފައެވެ. “އަހަރެމެން އަމިއްލަ އަށޭ އެ އެއްޗެހި ހޯދީ. ކައެމެންނަކަށް ނޭނގޭނެ އަހަރެމެން ވިޔަފާރި ކުރާ ގޮތެއް. ކޮން ބްލޫ ވޯޓާސް އެއް ތަ މި ދެމެދަށް ތި ވައްދަނީ؟ އޭނ. ގޭންގްގަ ތިބި އެންމެންނޭ މިއީ. އެހެން ބަޔަކު ހޯދާށޭ ކިޔާފައި ބޭކާރު މަސައްކަތެކޭ ތި ކުރަނީ. އަހަރެމެން އެ ވިޔަފާރި ކުރާ ކަމަށް އެއްބަސް ވީނުން މި. އަދިވެސް ހިތް ނުފުރެނީތަ؟” މޭޒުގައި އަތުން ޖަހަމުން އެ ސޮރު ބުނެލިއެވެ. އެ އެންމެންނާއި ސުވާލު ކޮށްގެން ވެސް ބުނަނީ ހަމަ އެއް ވާހަކައެކެވެ. އެކަމުގައި އުޅެނީ އެމީހުން އެކަނި ކަމެވެ.

“އެހާވަރަށް އެމީހުން ރައްކާތެރިކުރަން ކަލޭމެން މަސައްކަތް ކުރަނީ ކީއްކުރަންތަ؟ ބޮޑުންތައް ސަލާމަތް ކުރިއްޔާ ކަލޭމެންނަށް އަންނަ އަދަބު ބޮޑުވާނޭ. ކަލޭމެން ޖަލަށް ލެވެން ތައްޔާރު ވާއިރު ވެސް ކަލޭމެން ސަލާމަތް ކުރަން އެމީހުން ކަމެއް ކޮށްފިތަ؟ އެމީހުން އަރާމުގަ އުޅުނަކަ ދީފަ އަމިއްލަ މީހާ ޖަލަން ގޮސްގެން ގަނަތެޅެން ހަމަ އެހާ ބޭނުންތަ؟” ޒައިން ނުރައްކާތެރި ގޮތަކަށް ހީނލަމުން ބުނެލިއެވެ.

“ތި ކިޔާ މީހަކު ނެތީމައޭ އަހަރެން މިހެން މި ވާހަކަ ދައްކަނީ. އަމިއްލަ އަށް ވާހަކަ ހަދައިގެން އަހަރެމެން މަޅިއެއްގަ ބައްދަން މަސައްކަތް ކުރާނެ ކަމެއް ނެތް. ދެން އިތުރަށް މަ އެކައްޗެއް ވެސް ނުބުނާނަން.” އެ ސޮރު ކަޅި އަޅާލަމުން ބުނެލިއެވެ. އަކްމަލް ދަތްކުނޑި ވިކާލަމުން ޒައިނާއި އެކު އެ ރޫމުން ނުކުތެވެ.

“ނުވާނެ މި ކަމެއް. ޢަލީ އަހުމަދު ވަރަށް ރަނގަޅަށް އެ މީހުންގެ އަނގަ ބަންދުކުރަން ޓްރައިން ކޮށްފަ އެ ހުރީ. ސަހާދެއް މި ކުރި. ހިލާ އެއްބަސް ވާކަށް ނޫޅުނޭ.” އަކްމަލް ފުން ނޭވާއެއް ބޭރުކޮށްލަމުން ބުނެލިއެވެ. “ދެން މިއަދަށް މި މީހުންނާއި ސުވާލުކުރުން ހުއްޓާލަން ހިނގާ. ނުވައެއް ޖަހަން ވާއިރަށް ގެއަށް ދާން ވާނެ.” އިޙުސާނު ބުނެލިއެވެ. އޭރު ސުމައްޔާ ލެޕުން އެއްޗެއް ޓައިޕް ކުރަން އިނެވެ.

“އެފިކްސް ކޮބާ؟” ޒައިން އަހާލީ އަފާފް ފެންނަން ނެތުމުންނެވެ. “ދަޅު ގަންނާށޭ ކިޔާފަ ދިޔަތާ އިރުކޮޅެއް ވެއްޖެ. މިހާރު އަންނަން އުޅޭނެ ކަންނެ.” ސުމައްޔާ ރައްދުގައި ބުނެލިއެވެ.

ފިހާރައިން ދަޅު ގަނެގެން އަފާފް ފުލުސް ސްޓޭޝަނަށް ދާން މިސްރާބު ޖެހި އިރު އަށް ގަޑި ސާޅީސް ވެދާނެއެވެ. އަވަހަށް ދާން ކަމަށް ހިތާ އޭނާ ދިޔައީ ދަށު މަގުންނެވެ. މި ހުރިހާ އިރަކު އޭނާގެ ފަހަތުން މީހަކު ހިނގަމުން ދިޔަކަން އޭނާ އަކަށް ރެއަކާ ނުލައެވެ. ފުލުސް ސްޓޭޝަނުން ފެށިގެން އެ މީހަކު އުޅުނީ އަފާފްގެ ފަހަތުންނެވެ.

މީހުން މަދު ގޯޅިއަކަށް ވަތް ވަގުތު ލިބުނު ފުރުސަތުގެ ބޭނުން ހިފާ އެ މީހާ އަފާފްގެ އަނގަމަތީގައި ފޮތިގަނޑެއް އެޅިއެވެ. ސަލާމަތްވުމަށް މަސައްކަތް ކުރި ނަމަވެސް އެ ބާރުގަދަ ފިރިހެނާ އަށް ވުރެ އޭނާ އަކަށް ގަދައެއް ނުވެވުނެވެ. ބިންމައްޗަށް އަތުގައި އޮތް ކޮތަޅު ވެއްޓުނީ އޭނާ ހޭނެތުނު ވަގުތެވެ.

އަފާފްގެ އަތް ކޮނޑުމައްޗަށް ލައިފައި ރިޒޭ އެއް ފަރާތަށް ޖެހިލަމުން މީހަކަށް ގުޅާލައިފިއެވެ. “އަވަސް. އާދޭ ކަނީރުގޯޅިއަށް.” ރިޒޭ އެ މީހަކަށް އަމުރު ކޮށްލިއެވެ. “ހެހެހެ. އެ ތަނުން އެންމެ ބަލިކަށި ގޮލާ ދޯ މި އަތު ޖެހުނީ. އިޙުސާނަށް ހެދި ކަހަލަ ގޮތެއް މި ނިކަމެތި ކުއްޖާއަށް ވެސް ހަދާލީމަ ވީނުން. އެހެން އަނިޔާކޮށްފަ މަރާލީމަ ދެން ކޭސް ޓްރާންސްފަރ ކުރަން ވިސްނަފާނެއްނު. މި މީހުން މާ ގަޓުވެލާފަ އަލިފާނާއި ކުޅެން ޖެހޭތަ.” އަފާފްގެ މޫނުގައި އަތް ހިންގާލަމުން ރިޒޭ ބުނެލިއެވެ. އެއާއި އެކު ކާރެއް އެ ތަނަށް ކައިރި ކޮށްލައިފިއެވެ. އޭގައި އެމީހުން މިސްރާބު ޖެހީ ފުލުސް ސްޓޭޝަނާއި ދުރުގައި ހުރި ގެއަކަށް ދާށެވެ.

ރިޒޭމެން އަފާފް ގެންގޮސް ވައްޓާލީ ކޮޓަރި މުށިގަނޑު މައްޗަށެވެ. އެ ވަގުތު އެތަނުން ސޮރަކު އައިސް ދިއްކޮށްލީ ފާޑެއްގެ ދިޔާ އެއްޗެއް އަޅައިފައި ހުރި ތަށްޓެކެވެ. ރިޒޭ އަފާފަށް އެ ބޯން ދިނެވެ. އެއާއެކު އަފާފް ކޮށި އަރައިގަންނަމުން ދެލޯ ހުޅުވާލިއެވެ. ކުރިމަތީގައި ހުރި ރިޒޭ ފެނި އޭނާ ލައިލައި ހުރި ނޭވާ ވެސް އެތެރޭގައި ތާށިވި ކަހަލައެވެ. އޭނާ ދުއްވައިގަންނަން ހިތުލައިފައި ތެދުވިއެވެ.

“އޮހޮހޯ! މިރެއަކު ނުދެވޭނެ.” ރިޒޭ އެހެން ބުނެލި ވަގުތު ޖާނުން ވަރުގަދަ ދެ ފިރިހެނުން އަފާފްގެ އަތުގައި ހިފާ ކޮޅަށް ޖަހަމުން ސޯފާ އަކަށް ގަންނަވާލިއެވެ. އަފާފް ބިރުން ވިރެމުން ގޮސް ރޮވިއްޖެއެވެ. ސަލާމަތަށް އެދި ހަޅޭއްލަވަން ފެށުމުން ރިޒޭ އަފާފްގެ މޫނުމައްޗަށް ހޫނު އެތިފަހަރެއް ވީއްލާލިއެވެ. އަނގަ ފަޅައިގެން ގޮސް އަފާފްގެ އަނގައިން ލޭ އޮހޮރުނެވެ.

“ދޫކޮށްލާ. ކަލޭމެންނަށް އެނގޭތަ ފުލުހެއް ރަޙީނުކޮށް އަނިޔާކުރުމަކީ ޤާނޫނީ ކުށެއް ކަން.” އަފާފް އަޑަށް ބާރުލައިފައި ބުނެލި އެވެ. ރިޒޭ މަލާމާތުގެ ހިނިގަނޑެއް ޖަހާލިއެވެ. “ކޮން ޤާނޫނެއްތަ. އަހަރެމެން ކުރިމައްޗަކު ގާނޫނެއް ނޯންނާނެ. އަނގަގަދަ ނުކޮށް މައިތިރިވެގެން އިނދޭ. އަހަރެން ކަލެއަށް ކުރާނެ ކަންތައް ވަރަށް ގިނަ. އަދި ކިރިޔާ ފެށުން މިއީ.” ރިޒޭގެ އެންގުމަށް އެ ތަނުން މީހަކު އަފާފްގެ އަނގަމަތީގައި ފޮތިގަނޑެއް އެއްސިއެވެ. އެހެން މީހަކު ކޭބަލް ޓައި ބޭނުން ކޮށްގެން އަފާފްގެ އަތާއި ފައި ބަނެވެ. އެ އެއްޗެހި އޮޅާ ބާރުކޮށްފައި ހުރި ވަރުން އަފާފްގެ އަތުން ލޭ ހިލުނެވެ.

“ހިނގާ ދޯ ސަވައިވަލް ގޭމް ފަށަން.” ރިޒޭ އަފާފް ނަގާ އުރާލަމުން އެނދުމައްޗަށް ބަންޑުން ވައްޓާލިއެވެ. އޭރު އެތަނުގައި ތިބި އެންމެންގެ ދަހިވެތި ނަޒަރު އަމާޒުވެފައި ވަނީ އަފާފަށެވެ. ރިޒޭ އިޝާރާތްކޮށްލުމާއި އެކު އެހެން ދެމީހަކު ދެ ޗާބޫކުން އަފާފްގެ ހަށިގަނޑަށް ހަމަލާ ދޭން ފެށިއެވެ. އަފާފްގެ މުޅި ހަށީގައި ވޭން އަޅަމުން ދިޔައީ އިންތިހާއަށެވެ. އެ ދެލޮލުން ހޯސްލައިފައި ކަރުނަ އޮހޮރެމުން ދިޔައީ އެ ކަމަށް ކެތްތެރިވާން އުނދަގޫވުމުންނެވެ. އެ ދުލުން ބޭރުވާ ކޮންމެ އާހަކުން އެ ފަކީރަށް ކުރަމުން ދިޔަ އަސަރު ހާމަވަމުން ދިޔައެވެ.

“އައްދޭ! އެހާ އަވަހަށް ރޮވެން ފެށީތަ؟” ރިޒޭ ކައިރިއަށް ޖެހިލަމުން އަފާފްގެ ދަތްދޮޅީގައި ހިފާ ގާތަށް ދަމާލިއެވެ. އޭނާގެ ހިތުގައި ރަޙުމުގެ އެއްވެސް ކަންފުޅެއް ހަމަ ނެތީއެވެ. ވަޅިއެއް ނަގައި އަފާފްގެ އަތުގައި އަޅާ ދަމާލައިފިއެވެ. އެ ހިސާބުން އޮހޮރިގަތް ލޭގެ ބޭނުން ކޮށްގެން ލޯގަނޑުގައި އެއްޗެއް ލިޔުނެވެ. އެއަށްފަހު އަފާފްގެ އަތުގައި ފޮތިގަނޑެއް އައްސާލައިފިއެވެ.

“މަ މި ދަނީ. ކަލޭމެން ބޭނުން ގޮތެއް މީނާއަށް ހަދާ. ވަރިހަމަ މަރާލިޔަސް. ވަގުތު ހިނގަމުން ދާ ވަރަކަށް އޭނާގެ ހަމަ ބުއްދި ފިލާނެ.” ރިޒޭ އެހެން ބުނެފައި އެ ކޮޓަރިން ނުކުތެވެ. ރިޒޭ އެ ތަނުން ނުކުމެގެން ދިއުމުން އެހެން އެންމެންގެ ދަހިވެތި ނަޒަރު އަމާޒުވީ އަފާފަށެވެ. އެ މީހުންގެ މަޤްސަދު ދެނެގަނެވުމުން އަފާފަށް ހީވީ ދުނިޔެ އެނބުރިގަތް ހެންނެވެ. ދަހިވެފައިވާ ސިންގާ ތަކެއް ފަދައިން އެ އެންމެން އެނދުމައްޗަށް އެރީ އެއްފަހަރާ ކަހަލަ ގޮތަކަށެވެ. އަމިއްލަ ނަފްސު ރައްކާތެރިކުރަން އަފާފަށް ހިރިވެސް ނުލެވުނެވެ. އެއްވެސް ބާރެއް ނުދެއްކިފައި ރޯލަ ރޯލާ އޮވެވުނީއެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

މި ހަމަހިމޭންކަން… ހިލަމެއް އެބަވޭ މަށަށް (28)

Next

އާއެކޭ ލޯބިވޭ… ސާޅީސް ތިންވަނަބައި ( ހިތްދަތިކަމާއި ނިމުންނެއް އިމްތިޚާނުތައް)

Next
May 14, 2026

އާއެކޭ ލޯބިވޭ… ސާޅީސް ތިންވަނަބައި ( ހިތްދަތިކަމާއި ނިމުންނެއް އިމްތިޚާނުތައް)

Previews
May 13, 2026

މި ހަމަހިމޭންކަން… ހިލަމެއް އެބަވޭ މަށަށް (28)

22 Comments!

  1. Anonymous says:
    May 14, 2026 at 8:59 am

    When next???

    1. White rose White rose says:
      May 14, 2026 at 12:19 pm

      IA next Monday
      Shukran Anonymous ✨✨

  2. Cutie girl says:
    May 14, 2026 at 9:48 am

    Mi part ves v reethi Masha allah
    Curiously waiting for next part
    Finally zev n reen gulhuny so cute masha Allah
    Sumy and isse ves gulhuvachey
    They both are made for each other
    Alhey afaaf faakerah ehn nuhadhaa salaamaiy kurey
    Rahumeh kulhuneh neih baeh miulheni
    Ali Ahmed haadha goahey
    Kuhverinah adabu dhee
    Emnenah insaafu libeyni dhuvahege intizaaru ga
    When next
    Really appreciated your hard work 🥰
    Haadha curious kohlaafa thi nihmaaly
    Miayee varah saugu veri kamakaa eku kiyaa vaahaka eh

    1. White rose White rose says:
      May 14, 2026 at 12:22 pm

      So glad to hear that 🥰🥰
      Yes, finally they got together 😄😄
      Afaaf salaamaiy vaanebaa 🤔🤔 let’s see in the next episode, stay tuned 🙃🙃
      Ali Ahmed men vrh nubai aan 😓😓
      IA next Monday
      Shukran Cutie girl ✨✨

  3. xxx_dodo_xxx says:
    May 14, 2026 at 1:12 pm

    Heyyy. Wow wow wow this one is awesome gurrrllll. Vrh reeeethi.
    🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
    Mihaaru Xev n Reen ge story nimuneetha????
    Dhen kuriah othee Sumee aa Isseyge story dhww. Leevaan aa Nau vx. Hithah araa Naail aa Shaula dhen ulheynee kihineh baa ey. E dhegolaa kada v tha ????
    Mee kon dheythere akun aisgen ulheyy Rizey eh tha ???? Eyna haadha fuppaey.
    Anekka Jannaa ah hadhaali hen tha Afaaf ah vx hadhanee.
    And wow Ahil ey. Haadha salhi nameh. And Rizey tha “finding kaalhu” akii???
    When next?????
    🌸🌸🌸🌸🌸🌸🌸🌸
    Luv U

    1. White rose White rose says:
      May 14, 2026 at 2:18 pm

      I’m delighted to hear that 🥰🥰
      Adhi emyhun ge story nimunu kameh noon kameh neynge ehnu 🫣🫣
      E dhe golaa ah vee gotheh engeyne adhi, mihaaru zev huryma kudakoh maithiri vefa 😏😏
      Rizey eii marufali gang member eh 😒😒
      We don’t know for sure if Affaf will pass away just like Jannath did, stay tuned for actual result 😄😄
      Aahil is always xev ge friend doctor, ehaa madhun fennany role kuda veema 🙃🙃
      Findi Kaalhu is the number that sends threats to sumy
      IA next Monday
      Shukran xxx_dodo_xxx ✨✨✨
      Lyt darl 🫰🏻🫰🏻🫰🏻

  4. 🥀 says:
    May 14, 2026 at 1:16 pm

    Awwwwww Xev and Reen sooooo cuteee 😍
    Sumee ah inzaaru dheyey eba. Kurevunu kuh thah maadhee hn heevanee
    Nooo! Rizey haadha nulafa eyyy. E fakeerah ehn hadhan heyo nuvaane
    Whn nxt????
    Luv u 💗

    1. White rose White rose says:
      May 14, 2026 at 3:14 pm

      Dhw, kuh kuraa meehun ehaa faseyhain ekan hutta eh nulaane thaa 😓😓
      Yhh, adhi eves enme vulnerable girl ah 😭😭
      IA next Monday
      Shukran 🥀 ✨✨
      Lyt darl 🫰🏻🫰🏻

  5. Exxo says:
    May 14, 2026 at 3:29 pm

    O . M . G
    Omg vrh vrh vrh salhi.adhi mi bai emme reethee.
    Xev nd Reeeeen soooooooo cute. Xev adhi alah job mathin handhaan nahthaalaafa Reen ikhthiyaaru kohfi dhww. And Xev mihaaru haadha laanetheyy dhww.
    Findi Kaalhu eyy ???? Sumee vx money dhww names dheyn meeting U hen. Hehe.
    Nd oh hehe remember next is 67 th part??
    Lysm & tc

    1. White rose White rose says:
      May 14, 2026 at 5:38 pm

      More than happy to hear that 🥰🥰
      Aan sumee molhu nan nan hadhaalaa 🤣🤣
      Ofc I remember 😄😄
      Shukran Exxo ✨✨
      Lyt darl 🫰🏻🫰🏻

  6. Leeeshaa says:
    May 14, 2026 at 8:00 pm

    Heyyyyyy. Finallyyyyyy Zev and Ree. Together on one bed. Omg. U ebai genai gothun kiyan in iru ves hevidhilifa inee.
    Anyways haadha happy eyyymi Bai kiyaalevuneema. Next episode Monday ga ey bunnyas heevanee 2 years later hen. Maa bodah kiyaa hiyy v kanne dhww.
    Heyy mihaaru Sumee fakeeru haadha haalehga ey e ulheny. Avahah Sumee Issey aa gulhuvabala. IsseyNau dhookohlaafa Leevaan ah dheykah nulheytha???
    N vrh reethi. Ly…..

    1. White rose White rose says:
      May 15, 2026 at 11:00 am

      Glad to know 🥰🥰
      Vhk ehaa kamudhiyaima vrh ufaavejje 😄😄
      Sumee men gulheyne dhuvaheh adhi neyngey 😥😥
      Shukran Leeeshaa ✨✨✨
      Lyt darl 🫰🏻🫰🏻🫰🏻

  7. Your fav bab Your fav bab says:
    May 15, 2026 at 12:45 pm

    Alheyyy!! Finally reen and zev💓
    Mioth gen maruvanee blush vaaa varun!! How’d you even write this without blushing?!
    Alhe adhivx sumy ah inzaaru dhenytha?? Hama huvaa nolhaalan beynun vanee e soreh! Btw ngl ‘findi kaalhu’ does suit bro😂
    Alhe efix norr😭😭😭
    Rizey!!! Kae haadha nulafa ey dhw?
    Anyways mi part was amazingly incredible!!!
    Sincerely srry for not commenting regularly.. js buzy kamun vagutheh nuvanee..😖!
    Ly darling!!

    1. White rose White rose says:
      May 17, 2026 at 9:29 pm

      Super delighted to hear that 🥰🥰
      Hehe, zev vrh rom vejje dhw 🫣🫣
      Real, ehaa findi ba eh viyya 🤣🤣
      Ehenney, mi rizey men ge hithuga rahumaa kulunuge ihsaas ge za’rehge minvaru ves neiy 😓😓
      Issoke, konme bayakah comment nukuriyas rangalhu vaane 😄😄
      Shukran Your fav bab ✨✨✨
      Lyt darl 🫰🏻🫰🏻🫰🏻

  8. Hfx says:
    May 15, 2026 at 12:51 pm

    E soru mirror liyunee keekey baa?

    1. White rose White rose says:
      May 15, 2026 at 2:48 pm

      We’ll know that from the next ep 😄😄
      Shukran Hfx ✨✨

  9. eclipwze says:
    May 18, 2026 at 1:54 am

    when next part !?

    1. White rose White rose says:
      May 20, 2026 at 5:07 am

      It’s uploaded 😄😄

  10. eclipwze says:
    May 18, 2026 at 1:56 am

    i had a wild thought okey. i thought areen father killed azaaya to protect areen.

    1. White rose White rose says:
      May 20, 2026 at 5:08 am

      Owhh, aslu e ves oiy possibility eh dhw 😭😭
      Shukran eclipwze ✨✨

  11. Anonymous says:
    May 18, 2026 at 7:09 am

    Submitted?

    1. White rose White rose says:
      May 18, 2026 at 7:26 am

      I did last night 😄😄

Comments are closed.

Next Episodeދެވުނީ ވޭނޭ 67←


All Right Reserved!