Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވުނީ ވޭނޭ 63

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
May 4, 2026 7 Mins Read
32 Comments

ނިދީގައި ފުރޮޅެމުން އައިސް ޒަވިއަންގެ ހަށިގަނޑުގައި އަރީން ދެއަތް ވަށާލުމުން އެ ސޮރަށް ސިހިފައި ހޭލެވިއްޖެއެވެ. އަރީންގެ އަތް ފިނިކަމުން ގަނޑުފެން ކޮޅެއް ކަހަލައެވެ. ކުއްލިއަކަށް ހޭޖެހުނު މީހެއް ފަދައިން އޭނާ އޭސީ ރިމޯޓު ނަގާ ފިނިކަން ދަށް ކޮށްލިއެވެ. “އެހާ ވަރު ވާ އިރު ވެސް ނުބުނެ އޮތީ ކީއްވެބާ؟ ފަންސަވީހަށް ލައިފައި ބެހެއްޓިޔަސް ފިނިވާ ކުއްޖެއްތަ؟” ހިތާހިތުން އެހެން ބުނެލަމުން ޒަވިއަން އަރީންގެ އަތް ނައްޓުވާލިއެވެ. ހަމަ ނައްޓާލުމާއި އެކު އަރީން އިތުރަށް ގާތް ވެލަމުން ބައްދާލައިފިއެވެ. ޒަވިއަންގެ ހިތް ހީވަނީ ރޭހަކަށް އަރައިގެން އުޅޭ ހެންނެވެ. މީގެ ކުރިން ދުވަހަކުވެސް އިހުސާސްނުވާ ފަދަ ލޯބީގެ އޮއިވަރެއް އޭނާގެ މުޅި ހަށިގަނޑުގައި ދައުރުވެގަތެވެ. ކުއްލިއަކަށް ކަރުހިއްކައިގަނެފިއެވެ. ޖިސްމުތެރޭ ހޫނުކަމެއް ފެތުރެލިއެވެ. ޒަވިއަންގެ އަމިއްލަ ނަފްސުގެ މައްޗަށް އޮތް ކޮންޓްރޯލް ގެއްލިގެން ދިޔައީ އަރީން އެހާ ގާތުގައި އޮތުމުންނެވެ. އެ ހިތް އެދެމުން ދިޔައީ އެ ފިނިފިނި ތުންފަތުގައި ބޮސް ދިނުމަށެވެ. ޒަވިއަނަށް ނިދިފައި އޮތް އަރީންގެ މޫނުގައި ހިފާ ގާތަށް ދަމާލެވުނީ ވެސް ބޭއިޚްތިޔާރުގައެވެ.

ދެލޯ މަރާލަމުން ޒަވިއަން އަރީންގެ ތުންފަތުގައި ބޮސް ދެމުން ދިޔައީ ފެން ނުލިބިގެން ފެނަށް ދަހިވެތިވެފައިވާ މީހެއް ފަދައިންނެވެ. އެއް އަތް އަރީންގެ އިސްތަށިގަނޑަށް މަހާލެވި އަނެއް އަތް އަރީންގެ އުނަގަނޑުގައި އަޅުވާލެވުނެވެ. ލަސްލަހުން އަރީން ލައިގެން ހުރި ނިދާ ހެދުމުގެ ގޮށްތައް ނައްޓާލަމުން ޒަވިއަންގެ އިނގިލިތައް އެ ހިސާބުގައި ހިންގާލިއެވެ. ޒަވިއަނަށް ދުރަށް ޖެހިލެވުނީ އަރީންގެ ނޭވާ އަވަސް ވުމުންނެވެ. ނިދީގައި އޮވެގެން ފުން ނޭވާތަކެއް ލަމުން ދިޔަ އަރީން ފެނުމުން ޒަވިއަނަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. ހަމަ ހޭވެރިކަން ލިބުނު މީހެއް ފަދައިން އޭނާ އަރީންގެ ހެދުމުގެ ގޮށްތައް އަޅުވާލިއެވެ.

“އޯހް **. އަނެއްކާ އަނެއް މިސްޓޭކް. އެހެންވެޔޭ އެއް އެނދެއްގައި ނިދަން ބޭނުން ނުވީ. އައި ކާންޓް ރެސިސްޓް ހާރ. އައިމް ސޮރީ.” އަމިއްލަ ނަފްސަށް އިވޭ ވަރަށް އެހެން ބުނެލަމުން އޭނާ އެނދުން ތެދުވެއްޖެއެވެ. އޭނާ ގޮސް ފާޚާނާ އަށް ވަދެ މޫނު ދޮންނަމުން ދިޔައީ ޚިޔާލުތަކުން ބޭރުވުމަށެވެ. އިރުގަނޑެއް ފަހުން ނުކުމެފައި އޭނާ އޮށޯތީ ސޯފާގައެވެ.

ޖެހިގެން އައި ދުވަހެވެ. އަރީނަށް ހޭލެވުނީ ޒަވިއަންގެ ފޯނު އެލާމުވާން ފެށި އަޑަށެވެ. ދެލޯ އުނގުޅާލައިފައި އޭނާ ތެދުވެ އިނގިލިތަކަށް ދަމާލިއެވެ. އެނދުމަތީގައި ޒަވިއަން ނެތުމުން ފާޚާނައިގައި ކަމަށް ހިތާ އިއްޔެ ގަތް އައު ފޯނު ނަގާ އެ ހާވަން ފެށިއެވެ. އިރުގަނޑެއް ވެގެން ދިޔަ އިރު ވެސް ޒަވިއަން ނުކުންނާކަށް ނޫޅުނެވެ. އަރީން އެންމެ ފަހުން ތެދުވެގެން ގޮސް ފާޚާނާއިގެ ދޮރުގައި ޓަކި ޖެއްސެވެ. އެތެރެއިން ހިލަމެއް ނުވުމުން އޭނާ ދޮރު ހުޅުވާލިއެވެ.

“ނަމާދަށް ދިޔައީ ކަންނެ. އެކަމަކު ފޯނު ބާއްވައިފައި ދާނެހެން ހީނުވޭ” އަމިއްލަ ނަފްސަށް އިވޭ ވަރަށް އެހެން ބުނެލަމުން އަރީން ފާޚާނާ އަށް ވަނެވެ.

ފާޚާނާ އިން ނުކުތް ވަގުތު އަރީންގެ ޙަރަކާތްތައް މަޑުޖެހުނީ ސޯފާގައި ނިދައިފައި އޮތް ޒަވިއަން ފެނުމުންނެވެ. އޭނާ ނިދި ވަގުތު ބަލައިފައި އައިސް އެ ތަނުގައި އޮށޯތީއޭ ހިތަށް އެރުމުން އަނގަޔަށް ގޮތެއް ހަދާލެވުނެވެ. ހަމަ އަރީން ދެކެ އެހާ ފޫހިވާން ޖެހޭ ހެއްޔެވެ؟

“ޒެވް. ފަތިސްވެއްޖެ.” އަރީން ގޮސް ޒަވިއަންގެ ގައިގައި ކޮއްޓާލައިފިއެވެ. ޒަވިއަން މޯޅިއަކަށް ދެމިލަމުން ތެދުވެއްޖެއެވެ. ވަކި އެއްޗެއް ނުބުނެ އޭނާ ގޮސް ވަނީ ފާޚާނާއަށެވެ. އަރީން ފުން ނޭވާއެއް ބޭރުކޮށްލަމުން ގޮސް ނަމާދަށް އަރައިފިއެވެ.

ހެނދުނު ކެއުމަށް ޢަބްދުއްރަޙްމާން ގޮވުމުން ސުމައްޔާ ކޮޓަރިން ނުކުތެވެ. ކާން ވެގެން އޭނާ ތަށްޓަކަށް ލީ ސޭންޑްވިޗް ފަޅިއެކެވެ. ޚިޔާލަކަށް ގެއްލިފައި އިނދެގެން ސުމައްޔާ އެއިން އެތި ކޮޅެއް ކޮލަށް ލައިގެން ހަފާލަ ހަފާލާ އިނެވެ. ދިހަ މިނެޓް ވީ އިރު ވެސް އޭނާ އަށް އެ ސޭންޑްވިޗް ފަޅީގެ ދެބައިކުޅަ އެއްބައި ވެސް ކެވުނު ކަމަކަށް ނުވިއެވެ. މިއީ މިހާރު އޭނާގެ ޙާލަތެވެ.

“ދަރިފުޅާ! ރީން އަށް އެ ވަރުގެ ކަމެއް ވިޔަސް ދަރިފުޅުގެ އަމިއްލަ ނަފްސާއި މެދު ފަރުވާކުޑަ ކުރާކަށް ނުވާނޭ. ތިހެން ރަނގަޅަށް ނުކައި ނުބޮއި އުޅެގެން ދަރިފުޅުގެ ސިއްޙަތަކަންނު ގެއްލުން ވާނީ. ކިހިނެއްތަ މައްސަލައިގެ ތަޙުޤީޤު ކުރިއަށް ދަނީ. އެ ކަން ކުރި ބަޔަކު ހޯދިއްޖެތަ؟” ޢަބްދުއްރަޙްމާން ސުމައްޔާގެ ކޮނޑުގައި އަތް އަޅުވާލަމުން އެހިއެވެ.

“މި ކަނީނުން. އެހާ ބަނޑުހައެއް ނުވެޔޭ. ކިހާ ދުޅަހެޔޮކޮށްތަ މި ހުރީ. ތަޙްޤީޤު ދޯ. އެ ރަނގަޅަށް ކުރިއަކަށް ނުދާނެ. އެކަމަކު ބައްޕާ. މަންމަގެ ދޮންބެ. ސަލްމާން މުޙައްމަދު.” ސުމައްޔާ ލަސްލަހުން ބުނެލިއެވެ. ޢަބްދުއްރަޙްމާނަށް ސަލްމާންގެ ނަން އިވުމުން ވެސް ސިހިއްޖެއެވެ.

“ކިހިނެއްވީ؟ އޭނާ ދަރިފުޅު ހޯދަން އައީތަ؟ އޭނާ އަށް ތިއީ ހައުލީ ހިޝާން ކަން އެނގުނީތަ؟” ސުމައްޔާގެ މޫނުގައި ހިފާލަމުން ޢަބްދުއްރަޙްމާން އެ ސުވާލުތައް ކުރަން ފެށީ ނިކަން ހާސްވެފައި ހުރެއެވެ. “އޭނާ އަކަށް ނޭނގެ އަހަރެންނަކީ ކާކު ކަމެއް. އެކަމަކު އެއީ ހާދަ ނުލަފާ މީހެކޭ. އަޒާ އާއި ޖަންނަތު މަރާލީ ވެސް އޭނާ. އަމިއްލަ އަންހެން ކޮއްކޮ މަރާލަން ކެރުނު މީހަކަށް އެއީ އާދައިގެ ކަމެކެއްނު. ބައްޕަ ދެން ހިނގާބަލަ އޭނާ އާ ދެކޮޅަށް މައްސަލަ ހުށަހަޅާފަ އޭނާ ޖަލަށް ލެވޭތޯ ބަލަން. ބައްޕައަށް އޭނާ އާއި ދެކޮޅަށް ހެކި ބަސް ދެވޭނެއްނު. ދެން ނޭނގެ އޭނާ އިތުރަށް މަރާލާނީ ކާކު ކަމެއް. އެ ވަރުގެ ނުބައި މީހަކު ސިއްރިޔާތުގައި ވިޔަސް އުޅުނަކަ ނުދީ ހިފަހައްޓަން ޖެހޭނެއްނު.” ސުމައްޔާ ޢަބްދުއްރަޙްމާންގެ އަތުގައި ހިފަމުން އާދޭހުގެ ރާގަކަށް ބުނެލިއެވެ.

“ތި ކަމެއް ނުވާނެ. އެކަމާ ހަވާލުވާން ޖެހޭ އިދާރާތަކުގައި ވެސް އޭނާގެ މީހުން. އޭނާއަށް ދަރިފުޅަކީ ކާކު ކަން ނޭނގެންޏާ އެ ނިމުނީ. އެ މީހުންނާއި ދެކޮޅަށް ފިޔަވަޅެއް އަޅާ މީހަކު ޖެހޭނެ ސަންދޯކެއް ޖަހާފަ ބާއްވަން. ބައްޕަ ބޭނުމެއް ނޫން މި ހަމަހިމޭން ދިރިއުޅުން ނިމުމަކަށް ގެންނާކަށް. ފެނިއްޖެއްނު އެ މީހުންނާއި ދެކޮޅަށް ކިރިޔާ ކަމެއް ކޮށްލިޔަސް އޭގެ ހިތިކަން ދައްކާލާ ގޮތް.” ޢަބްދުއްރަޙްމާން ސާބިތުކަމާއި އެކު ބުނެލިއެވެ. ސުމައްޔާ ކަރު އެލުވާލިއެވެ. ޢަބްދުއްރަޙްމާން އެ ބުނީ ވެސް ދޮގު ވާހަކައެއް ނޫނެވެ.

“ނާއިލް އަލީ. ކަލޭ ބުނެގެން އަރީން އޭ ކިޔުނު ** އެކްސިޑެންޓް ކޮށްފަ މަރާލާށޭ ފުރުސަތު ދިނީ. މިހާރު ބަލާބަލަ. ސަގަރޭ ލައްވާ އޭނާ މަރާލުމުގެ ބަދަލުގައި ކަލޭ އެ ކަން ކުރަން އުޅުނީމަ ވީ ގޮތް. އިއްޔެ އޭނާ ހަސްފަތާލުން ދޫކޮށްލި ވާހަކަ އެހިން. ދެނޯ. އަނެއްކާ ވެސް ހުރެގެން އަހަރެމެންނަށް ބެހެން ފަށާނޭ. ނާއިލްގެ ވިސްނުން ހަމަ އެހާ ކޮށީތަ؟” ނާއިލްގެ ކެބިނަށް ވަދެފައި ޢަލީ އަހުމަދު އެއްޗެހި ކިޔައިގަތެވެ.

“ހަމައެކަނި ހަސްފަތާލުން ދޫކޮށްލެވުނު ވާހަކަ ތަ އިވުނީ. އަހަރެން ކަމެއް ނުކޮށް މި ހުރީ އަރީންގެ ހަނދާންތައް ފިލައިގެން ދިޔަ ކަން އެނގޭތީއޭ. ފުލުހުން އެ މައްސަލަ ކްލޯޒް ކުރަން އުޅެނީ އެހެންވެ. ނިކަން ދެކޮޅު ބަލާފަ އަހަރެންނާއި ދިމާލަށް އާދެބަލަ. ކަލޭ ދެން އަރީނަށް ގޮތެއް ހަދަން ނުވިސްނާތި. އޭނާ ދެން ނާންނާނެއްނު ކަލެއަށް އުނދަގޫ ކުރާކަށް. މިހާރު ވާ ވަރަށް އޭނާ އަށް ގެއްލުން ދެވިއްޖެ. ތިހެން ކަލޭގެ އަމިއްލަ ފައިދާ އަށް އަރީނަށް ގޮތްގޮތް ހަދާލާ އިރު ނޭނގޭތަ އެއީ އަހަރެން ހަމައެކަނި ލޯބިވާ ކުއްޖާ ކަން. މިހާރު އަހަރެންނަށް ވާ ވަރަށް ކަލޭ ބުނިހާ ގޮތަކަށް އުޅެވިއްޖެ. ދެން އަރީން އަށް ގެއްލުމެއް ދިނިއްޔާ ތި ފައިސާގައި ފަތަމުން ދާ ދިރިއުޅުމަށް އަލްވަދާޢު ކިޔަން ތައްޔާރުވޭ.” ނާއިލް މޭޒުގައި އަތުން ޖަހާފައި ތެދުވަންނަމުން އިންޒާރެއް ދިނެވެ.

“ހަހަހަ. ލޯތްބޭ. އެއީ ކޯއްޗެއްތަ. ލޯބިވެވޭނީ ފައިސާ ދެކެ. ތީ ނާއިލް ބަލިކަށިވާ ސަބަބަކީ. ތިހެން ލިބެން ނެތް ލޯތްބަކަށް އެ ކަހަލަ ޓައިމް ޓިކިން ބޮމެއް ރައްކާތެރިކުރުމަކީ ފަހުން ހިތާމަ ކުރަން ޖެހިދާނެ ކަމެއް. އަންހެނަކަށް ޓަކައި ޖަލަށް ދާން ތައްޔާރަށް ހުންނަ މީހަކަށް އަހަރެންގެ ދަރިއެކޭ ވެސް ނުބުނެވޭނެ.” ޢަލީ އަހުމަދު ނާއިލްގެ ގިރުވާނުގައި ހިފަމުން ބުނެލިއެވެ.

“މަށަށް ވަރިހަމަ. އެ ޙާލަތުގައި ހުއްޓާ އަރީނަށް ކަލޭ ގެއްލުމެއް ދިން ކަން އެނގުނިއްޔާ ކަލޭގެ ނިމުން ދެކެން ޖެހޭނެ.” ނާއިލް އޭނާގެ ބައްޕަގެ އަތް ނައްޓުވާލަމުން ގޮނޑީގައި އިށީނެވެ. ޢަލީ އަހުމަދު ދަތްކުނޑި ވިކާލައިފައި އެ ތަނުން ނުކުމެގެން ދިޔައީ ނާއިލްގެ އަނގައިން ނޭރޭނެ ކަން އެނގުމުންނެވެ.

“އަރީން މަރާލާން ކުރި ޕްލޭން ކެންސަލް ކޮށްލަދެއްވާ. މިހާރު އޭނާ ހަނދާންތައް ގެއްލިފަ ހުރީ. އެހެންވީމަ އަހަރެމެންނާއި ދިމާލަކަށް ނާންނާނެއްނު. އޭނާ އަށް ބެހެފިއްޔާ އަހަރެމެން ކުރިހާ ކަމެއް ފަޅާއަރުވާލާނަމޭ ނާއިލް ބުނެފި. އެ ކަން ކުރިއްޔާ އަހަރެމެންނަކަށް ސަލާމަތެއް ނޯންނާނެ.” ޢަލީ އަހުމަދު އޭނާގެ ކެބިނަށް ވަދެފައި ގުޅައިގެން ވާހަކަ ދެއްކީ ސަގަރޭ އާއި އެވެ.

މިއަދު ވެސް ސުމައްޔާ ކްރައިމް ޔުނިޓް ތެރެއަށް ވަދެގެން އައީ ފޭކް ހިނިތުންވުމެއް އިސްތިހާރު ކޮށްލައިގެންނެވެ. މި ކަން އެހެން މީހުންނަށް ފާހަގަ ވިއެއް ކަމަކު އެއްޗެއް ނުބުނެ ހުންނަނީ ސުމައްޔާ އިތުރަށް ދެރަ ނުކުރަންވެގެންނެވެ.

“ޖަންނަތުގެ މާރޑާ ކޭސް ކްލޯޒް ކޮށްފަ އައު ކޭހަކާއި ޙަވާލުވާން އަންގައިފި. ޖަންނަތުގެ ކޭހުގެ ހުރިހާ ލިޔެކިޔުމެއް އަހަރެންނަށް ފޮނުވާލާ. އިރުކޮޅަކުން އައު ކޭސް ހަވާލު ކުރަން މީޓިން އެއް އޮންނާނެ. އެހެންވީމަ އަވަހަށް ތައްޔާރުވެގެން އާދޭ.” އިޙުސާނު ކެބިނުން ނުކުންނަމުން ބުނެލިއެވެ.

ސުމައްޔާމެން މީޓިން އަށް ދާން ރެޑީވެލައިގެން ނުކުތީ އެކު އެކީ ހެންނެވެ. އެހެން ފަހަރު ތަކާއި ޚިލާފަށް މި ފަހަރު މީޓިން އޮތީ ހެޑް އިންސްޕެކްޓަރު ހަމްޒަތު އަލީގެ ކެބިނުގައެވެ. އެންމެން އެތެރެއަށް ވަދެ ގޮނޑިތަކުގައި އިށީނުމުން ހަމްޒަތު އަލީ ދޮރު ލޮކް ކޮށްލިއެވެ. އަފާފްމެން އަޖައިބުވެފައި ތިބީ މިހެން އުޅޭ ސަބަބެއް ވިސްނައިނުގަނެވުމުންނެވެ.

“މި ފަހަރު ތި ޓީމަށް ހަވާލުކުރަން މި އުޅެނީ ވަރަށް ނުރައްކާތެރި މައްސަލައެއް. މި ކޭސް ހުޅުވިކަމާއި މީގައި މަސައްކަތް ކުރާކަން ތި ފުލުހުންގެ އިތުރުން އެކަކަށް ވެސް އެނގިގެން ނުވާނެ. މައްސަލަ ތަޙުޤީޤު ކުރުމަށް ޓަކައި ދާން ޖެހޭނީ ވިލިނގިއްޔަށް. މި ފަހަރު މި އުޅެނީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގޭންގެއް އަތުލައިގަންނަން.” ހަމްޒަތު އަލީ ވާހަކަ ދައްކަން ފެށީ ނިކަން މަޑުމަޑުންނެވެ.

“އެ ރަށުގައި އޮޕަރޭޝަނެއް ހިންގާނަމަ ވިލިނގިލީގެ ފުލުހުންނަށް އެކަން އަންގަން ޖެހޭނެއްނޫންތޯ؟” އަފާފް އެހިއެވެ. “މިއީ އާދައިގެ ގޭންގް ބައެއް ނޫން. މި މީހުން ވާގިވެރިވާ ބަޔަކު ގޭންގް ރައްކާތެރި ކުރާތީ އަދި އެ ގޭންގް އެނައިހލޭޓް ނުކުރެވިގެން މި އުޅެނީ. ރިންގް ލީޑަރަކީ ކާކުކަން ވެސް ހޯދިފައެއް ނެތް. އަނެއްކާ ފުލުހުންގެ ތެރޭގައި ވެސް އެބަ އުޅޭ އެ ކަހަލަ ބަޔަކު. ސީދާ ކޮން ބައެއް ކަމެއް އަދި ނޭނގެ. ތިއީ ވަރަށް ދުވަހުގެ އޮބްޒަވޭޝަނަށް ފަހު މި މަސައްކަތަށް އެންމެ ފިޓުވާ ޓީމް ކަމަށް އަޅުގަނޑަށް ފެނުނު ޓީމަކީ. އަސްލު ހިޔެއް ނުކުރަން އެހާ ޒުވާން ކުދިބަޔަކަށް މި މުހިންމު ކޭސް ހަވާލުކުރަން ޖެހިދާނެ ކަމަކަށް. ވަރަށް ސަމާލުވެގެން އުޅޭތި. ވަރަށް ނުރައްކާތެރި ބައެއް މިއީ.” ހަމްޒަތު އިތުރަށް ބުނެލިއެވެ. އެއާއެކު އެންމެންގެ ސަމާލުކަން އެ ވާހަކައަށް ހުއްޓުނެވެ.

“ކޮން ނަމެއް ކިޔާ ގޭންގެއްތަ؟ އެމީހުންނަށް އެހީވަނީ ކޮން ބައެއް ކަން އެނގޭތަ؟” ޒައިން އެއްސެވެ. “މަރުފަލި ގޭންގެކޭ ކިޔަނީ. މި މީހުންނަށް ވާގިވެރިވާހެން ސަރ އަށް ހީވަނީ ބްލޫ ވޯޓާސް އިން. އަދި އެހާ ވަރަކަށް ހެއްކެއް ނުލިބޭ. ފުރަތަމަ ޖެހޭނީ މި މީހުންގެ ވިޔަފާރި ރޫޅާލަން.” ހަމްޒަތު އަލީގެ ވާހަކަ އިވިފައި ސުމައްޔާ ސިހުނެވެ. އޭނާ ލިޔަން އިން ގަލަން ސޮހިގެން ވެއްޓުނެވެ. އެހެނަސް އެކަން އެހެން މީހަކަށް ފާހަގަ ވާން ވާ އިރަށް ގަލަން ނަގާ އޭނާ ހަމަޖެހިލިއެވެ.

“މި ކޭސްގައި މަސައްކަތް ކުރާކަން ނޭނގޭ ގޮތަށް ފޭކް ފްރޮންޓެއް ލާން ޖެހޭނެ. އެކަމަށް މި ނެގީ ޑޮމެސްޓިކް ވަޔަލެންސް ކޭސްއެއް. އަސްލު މައްސަލައެއް ނޫން. އަންޑަކަވާގައި މަސައްކަތް ކުރާ ދެ ފުލުހުން މިއީ. މި މީހުން ތި ޓީމަށް އެހީވާނެ.” ހަމްޒަތު އަލީ މޭޒުމަތީގައި ފައިލެއް ބާއްވަމުން ބުނެލިއެވެ.

“ލަސްވެގެން މި ހަފްތާ ނިމެން ވާއިރަށް ދާން ވާނެ.” ހަމްޒަތު އިތުރަށް ބުނެލިއެވެ. އެއާއެކު އެ މީޓިން ވެސް ނިމުނީއެވެ. އެ ޓީމު މީހުން ނުކުމެގެން ދިޔަ އިރު އެއްވެސް ވާހަކައެއް ނުދައްކައެވެ. ކްރައިމް ޔުނިޓް ފަހަކަށް ވަދެފައި އެ މީހުން ހަމަޖެހިލީ ދޮރު ލޮކް ކޮށްލުމަށް ފަހުގައެވެ.

“އިލެވެން. އަހަރެން ބުނި އެޓޭކަށް ކުރަން ޖެހޭ ކަންކަން ކޮށް ނިމިއްޖެތަ؟” ޒަވިއަން ލީވާންގެ މޭޒު ކައިރިއަށް ގޮސް ބުނެލިއެވެ. “އާނ. ދެން ހަމަ މި އެއްޗެހި ފޮނުވާލަން ޖެހޭނީ.” ލީވާން އިނގިލިތަކަށް ދަމާލަމުން ބުނެލިއެވެ. “އެހެންވީމަ މިއަދު ތިކަން ކުރެވޭނެ ދޯ.” ޒަވިއަން ދޯއެއް އެއްލިއެވެ. ލީވާން ބޯ ޖަހާލަމުން ފަހު މަސައްކަތް ފުރިހަމަކޮށްލިއެވެ.

ސިކުންތުކޮޅެއްގެ ތެރޭގައި ބޭރުގެ މީޑިޔާ ޕްލެޓްފޯމް ތަކުން ބްލޫ ވޯޓާސްގެ މީހުން ޓޫރިސްޓުންނަށް އޮޅުވާލާ އޮޅުވާލުން ތަކާއި އެ މީހުން ގޭންގްސްޓާރުން ނާއި އެކު މަސައްކަތް ކުރާ ވާހަކަ ހެއްކާއި އެކު ބަޔާން ކުރަން ފެށިއެވެ. ދިވެހި މީޑިޔާ އަށް މި ޚަބަރު ލިބުނީ ބޭރުން އެ ވާހަކަތައް ދައްކާތާ އިރުގަނޑެއް ވީ ފަހުންނެވެ.

“މަ ބުނީމެއްނު ކަލޭމެން ކުރާ ކަންކަން އަދި ބޭޒާރު ވާނޭ. މިއީ އަދި ކުޑަކުޑަ މިންވަރެއް. ހެހެހެ. އަހަރެން ކަމަށް ހިތާ އާރެއް ބާރެއް ނެތް އަންހެން ކުއްޖަކަށް ބެހެން ކަލޭމެން ހާދަ ފީކަޅައޭ. އާދައިގެ އަންހެން ކުއްޖަކަށް އަހަރެން ކުރާ ބުރަ މަސައްކަތުގެ ކްރެޑިޓް ދިނުމަކީ ބަލައިގަނެވޭނެ ވަރުގެ ކަމެއް ނޫން. ޔޫ ޕިސްޑް މީ މަ ކަމަށް ހިތާ ބަލިކަށި އަންހެނަކަށް ބެހުނީމަ. ތި ޖައްސާލި ސްޓަންޓުން ކަލޭމެންނަށް އަންނާނެ އަދަބު އަދި އިތުރަށް ބޮޑު ވާނެ.” ލީވާން އެ މެސެޖު ޓައިޕް ކޮށްފައި ފޮނުވާލިއެވެ.

“މިއަށްފަހު އަރީނަށް ދެލޯ އެޅުން ހުއްޓާނެ ކަންނޭނގެ.” ލީވާން ޒަވިއަން ގާތު ބުނެލިއެވެ. “އެހެންވިއްޔާ ކިތަންމެހާ ވެސް ރަނގަޅު. ދެން ލާހިކެއް ނޫން އެ މީހުންގެ ރިސޯޓުތަކާއި ހޮޓެލްތައް ފުރޭންދެން ޓޫރިސްޓުން ހޯދާކަށް. މަށަށް ވަރިހަމަ ޤައުމުގެ އިންކަމް ދަށްވިޔަސް. މިވަރުގެ ބަޔަކު ދޫކޮށްލައިގެން އުޅުމަކީ ކިހާ ވަރެއްގެ ކަމެއް ކަން ފުލުހުންނަށް އެނގޭނީ މި ކަހަލަ ފިޔަވަޅެއް އަޅައިގެން.” ޒަވިއަން އިތުރަށް ބުނެލިއެވެ.

ޢަލީ އަހުމަދު ކެބިނުގައި އިނީ އޭނާގެ ސިއްރު ވިޔަފާރީގެ މެއިލެއް ކިޔާށެވެ. އެ ކިޔާ ނިންމާފައި އޭނާ ފޯނު ނެގިއެވެ. ބޭރު ނަންބަރަކުން ފޮނުވައިފައިވީ މެސެޖެކެވެ. އެ ކިޔަމުން ދިޔަ ވަރަކަށް އޭނާގެ ނިތަށް ރޫ ގިނަވަމުން ދިޔައެވެ. މެސެޖް ކިޔުމަށް ފަހު އޭނާ ފިތާލީ އެއިން ފޮނުވައިފައިވީ ލިންކަކަށެވެ. ފެންނަމުން ދިޔަ ޚަބަރުތައް ފެނި އޭނާ ގަނޑުވިއެވެ. އޭނާގެ ކުންފުންޏަށް ނިސްބަތް ކޮށް މި ހުރިހާ ވާހަކައެއް ދައްކަނީ ދިވެހި ނޫސްވެރިންނެއް ނޫނެވެ. ބޭރުގެ މަޝްހޫރު މީޑިޔާ ތަކުންނެވެ. ދިވެހި ޚަބަރުތަކަށް އެ ވާހަކަ އެރީ ވެސް އޭނާ ބަލަބަލާ ހުއްޓައެވެ.

“*** **! ކާކު ހޭ ތިއީ. ފިނޑިވެފަ ސްކްރީނެއްގެ ފަހަތުގައި ތި ހުންނަނީ ކީއްވެގެންތަ؟” ޢަލީ އަހުމަދު ހެއްދި ނުހެއްދިއަށް ގޮވަމުން އެ މެސެޖު ފޮނުވި ނަންބަރަށް ރިޕްލައި ދޭން ފެށިއެވެ. އެހެނަސް އެހެން ހުރިހާ ފަހަރު ތަކެކޭ ވެސް އެއްފަދައިން މި ފަހަރު ވެސް އަރަނީ މެސެޖު ޑެލިވާރ ނުވާ ކަމަށެވެ. އޭނާ އައި ރުޅީގައި އަތު ކޮޅަށް ފޯނު ހޫރާ އެއްލާލިއެވެ. ފޯނުގެ ބައިތައް އެކި ދިމަދިމާލަށް ބުރައިގެން ދިޔަ ވަގުތު އެ ތަނަށް އައިސް ވަދެގަތީ ކުންފުނީގެ މެނޭޖްމަންޓު ޓީމެވެ.

“ޒޮންބީ މިއޮއް ކަމެއް ބަލާބަލަ. ބްލޫ ވޯޓާސް އަކީ ކޮރަޕްޓް ކުންފުންޏެއް ކަމަށް ބުނެ މީޑިޔާ ތަކުން ލިޔެފަ މިހިރަ އާޓިކަލްތަކެއް. މި ފަހަރު އެމީހުންނަށް ލާހިކެއް ނޫން މި ކަމުން ރެކިގަންނާކަށް. މި މީހުން މަސްތުވާތަކެތި ވިޔަފާރި ކުރާ ގޭންގްސްޓާރުންނާއި އެކު މަސައްކަތް ކުރާ ވާހަކަ ވެސް އެބައޮތް. އެކަމަކު ކޮން ގޭންގެއް ކަމެއް ނޭނގޭ. ފުލުހުންނަށް ވެސް ނުލިބޭ މައުލޫމާތުތަކެއް ނޫސްވެރިންނަށް ލިބުނީ ކިހިނެއް؟” އަފާފް އޭނާގެ ފޯނުން ޚަބަރެއް ދައްކާލަމުން ބުނެލިއެވެ. ޒައިން އެ ބަލައިލުމަށް ފަހު ކޮންޕިޔުޓަރުން ކޮންމެވެސް މަސައްކަތެއް ކޮށްލިއެވެ.

“ބޭރުގެ މީޑިޔާ ތަކުން ފުރަތަމަ މި ވާހަކަ ކިޔަން އެ ފެށީ. ދެން ދިވެހި ޚަބަރުތައް ނެރެން ފަށާފަ އެ ހުރީ. އެނގުނު ގޮތުގައި އެ ފޮރިންގް މީޑިޔާ އައުޓްލެޓްތަކަށް އެނަނިމަސް ކޮށް ލިބިފައި ހުރި މައުލޫމާތު ތަކެއް. ދެން އެނގެއެއްނު ބްލޫ ވޯޓާސް ކަހަލަ މަޝްހޫރު ބަޔަކާ ގުޅުން ހުރި އެއްޗަކަށް ވިއްޔާ ވަރަށް ވައިގައި ހިފާނެކަން. އެހެންވެ އެހާ އަވަހަށް މި ވާހަކަ ފެތުރިގެން އެ ދިޔައީ.” ޒައިން ބުނެލިއެވެ.

“ވާވް. އެންމެ ފަހުން މަ ހިތަށް ފިނިކަން ލިބިއްޖެ. ގޭންގްގެ ނަން ބުނެލި ނަމަތާ މި ހަފްތާ ވިލިނގިއްޔަށް ދާން ނުޖެހުނީހީ. ގޭންގް މީހުންނާއި އެކު ހިންގާ ޖަރީމާތަކަށް ވުރެ ހައިލައިޓް ކޮށްލާފަ މި އޮތީ ޓޫރިސްޓުންނަށް އޮޅުވާލައިގެން އަގުބޮޑުކޮށްފަ ޕެކޭޖްތައް ވިއްކާފަ ހުރި މައްސަލަތަކަށް. ކާކަށް ބާ މި ކަހަލަ ހެކިތަކެއް ސީދާ މީޑިޔާ އަށް ފޮނުވާލަން އެ ކެރުނީ. ކާކު ކަން އެނގޭނެ ނަމަ ތާ މަ އަތުގައި ހުރި އެއްޗެހި ވެސް ދެވޭނީ” ސުމައްޔާ ހިތާހިތުން އެހެން ބުނެލިއިރު އެ ދެލޮލުގައި ތަފާތު ވިދުވަރެއް ވިއެވެ.

“ސަރ. މިހާރު ނުވާނެ ކަމެއް މި އާޓިކަލްތައް ފުހެލުމަކީ. މިހާރު ވެސް ރިސޯޓާއި ހޮޓެލްތަކުގެ 70 އިންސައްތައިގެ ބުކިންގްސް ކެންސަލު ވެއްޖެ. ޕްރެސް ކޮންފަރެންސް އެއް ބާއްވަން ފެންނަނީ. އެހެން ނޫނީ އަތު ނުޖެހޭ ވަރަށް މައްސަލަ ގޯސް ވެދާނެ. ފުލުހުން މި މައްސަލަ ތަޙުޤީޤު ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން އެ ކަން ކުރަން އެބަ ޖެހޭ.” ސީއީއޯ އާދަމް ޝާމިން ބުނެލިއެވެ.​ ޢަލީ އަހުމަދުގެ ދެލޯ ރުޅިން ރަތްވެ މޫނުގެ ނާރުތައް ފުފިގެން އައެވެ. ކުރިމަތީގައި ހުރި މޭޒުމަތީގައި ބާރަށް އަތުން ޖެހުމަށްފަހު ގޮނޑިން ތެދުވީ ހީވީ ހަމަލާދޭން އުޅޭ މިނިކާ ޖަނަވާރެއް ހެންނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

އެދިގެން ކަލާ ލިބޭތޯ 69

Next

އެ ޚިޔާލުގައި 2

Next
May 4, 2026

އެ ޚިޔާލުގައި 2

Previews
May 4, 2026

އެދިގެން ކަލާ ލިބޭތޯ 69

32 Comments!

  1. Sheex says:
    May 4, 2026 at 1:45 pm

    Wow v reethi mi part MA
    Alhey adhives zev akah self control eh nukurevey dhww
    I rlly feel bad sumo Alhey keeh vaanii sumo ge dad sumo ah hurihaa vhk eh kiyaa dhiniyya
    I’m shocked sumo mom ge bro sumo ge mom maraalii azaa ar janna ves
    OMG
    What anehkaaves new gang eh BW gang ge dhashun work kuranii
    Sheex haadha hithah araa ey BW gang ge meehunnakee aslunamey
    Naail ah vusnuneema v ufaavejje
    Eyna haadha loabiveyey reen dheke ekamu naseebu athuga nuhifee
    Wow lee vanee ar zev hama molhii ingey
    Mihaaru article eh liyelaajahaa e upload kohlee
    Zev aree ah takaa vaa gurubaan
    CW4THENEXTP
    Tc

    1. White rose White rose says:
      May 4, 2026 at 7:47 pm

      Reen dheke loabi vevifa huri varun control nuveenun 😅😅
      Dhw, sumy ekani ekan kamaa kurimathi lumuge badhalu dad ah hurihaa kameh hissaa kuraa is nama rangalhu 😓😓
      Hehe, finally real villain akee kaaku kan enguny dhww 🙃🙃
      Not a new gang, aslu namakee marufali, sumee men e aniyaaveri meehunnah ammilla ah dhin name bw akee 😄😄
      Hehe, ehennu vaany reen aa behuniyya 😎
      Shukran Sheex, sososo happy to see this comment ✨✨✨

  2. xxx_dodo_xxx says:
    May 4, 2026 at 1:46 pm

    Xev ah Bodmin kan vx Nasreeh dhww. Kiriyaa ehen vaguthu faith nuve e dhiyaiii
    When next ????

    1. White rose White rose says:
      May 4, 2026 at 7:51 pm

      Hehe, yea kiriyaa e salaamaiy vee 😌😌
      IA next Thursday
      Shukran xxx_dodo_xxx ✨✨✨

  3. xxx_dodo_xxx says:
    May 4, 2026 at 2:18 pm

    Awwwwwnnnn
    🌸🌸🌸🌸🌸🌸🌸🌸
    Hehe. I heekuri gotheh nuvi ey. Xev hama mifaharu self control Kohlee ey dhww.
    Leevaan aa Xev ge kamakee Ali ahumadhu rushing eruvun dhww. Egolaa hessah kataafa dhww huree. Haadha majaleyy mi Bai ves.
    Baraabaru ingey.
    🌸🌸🌸🌸🌸🌸🌸🌸🌸🌸
    Luv U

    1. White rose White rose says:
      May 4, 2026 at 7:53 pm

      I’m glad to know 🥰🥰
      Yeaa mi faharu nafs control kohlaolifi 😌😌
      Hehe, ekahala nulafaa bayakaa behilaane bayaku huri kan rangalhehnu 😏😏
      IA next Thursday
      Shukran xxx_dodo_xxx ✨✨✨
      Lyt darl 🫰🏻🫰🏻

  4. Exxo says:
    May 4, 2026 at 2:24 pm

    Omg omg vrh vrh reeeeeeeethi. U keevve tha Xev ND Reen ge bayeh nugenaiii. Mi bunee edhemèhun ( u know stuff ). Don’t just telle I’m dirty indeed OK. Hehe. My friend say it too. So issoke. Anyways I’m just giving feedback right ?????
    Also can u pls add sumee and Isseys part even like both of them are broken-hearted. I really wanna read their part. They lightens the mood fr sure.
    Good luck with the next episode.
    Is it Thursday ?????
    Lysm & tc

    1. White rose White rose says:
      May 4, 2026 at 7:57 pm

      Zev doesn’t want to take advantage of her memory loss vefa hutta, she didn’t truly accept him yet ehnu 🙃🙃
      Sumee menge baithah adhi annnane, stay tuned 😄😄
      Yes Thursday IA
      Shukran Exxo ✨✨
      Lyt darl 🫰🏻🫰🏻

  5. 🥀 says:
    May 4, 2026 at 2:58 pm

    Mi part ves vrh reethi MA!
    Xev just can’t resist her dhwww
    Sumee ehen ulhey thee haadha dhera veyey. Sumees dad should try to face them instead of hiding even if they are dangerous.
    Naail Reen maraalan ulhefa mihaaru Kon inzaareh thidhenee Ali Ahmed ah??? 😡😡
    Xev n eleven hama gadhaee. Ali Ahmed hunnaane boa govaafa
    Aslu Xev aa Sumee aa Reen aa ehkoh work kuraa nama It will be more easier. Baivaru heki libeyne eyrun
    Whn nxt???
    Luv u 💗

    1. White rose White rose says:
      May 4, 2026 at 8:01 pm

      Dhww, sumee is suffering the most now 😭😭
      Abdul Raheem ge adhi neiy ehaa hiyvareh 😫😫
      Yeaa, zev ah visnumyma mihaaru engey e nubai meehunnaa deal kuranvee goiy 😎😎
      That’s true, eki meehun athuga eki evidence, combine kohliyya aslu vrh faseyha vaane mikan nimmaalan 🙂‍↕️🙂‍↕️
      IA next Thursday
      Shukran 🥀 ✨✨
      Lyt darl 🫰🏻🫰🏻

  6. Leeshaa says:
    May 4, 2026 at 3:17 pm

    Heyyyy. Adhi kiriyaa mi fenuner. Ekeevve fahu he bai thah dhevana page ga hure. Ehenve neyngunee. 🤭🤭🤭
    Varah reethi Maashaa Allah. U haadha molhey WHITE ROSE!!!!!!
    ❤️❤️❤️
    Wait. Aslu sumee ah kiyanee ehen nameh tha????
    🤐🤐🤐
    Reen ge memory loss aa Issey aa vakivaan jehumunnaa hurihaa kamakaa hedhi sumee ehera boa govanee. 😭😭😭
    U Ali Ahmed ge genuine going varah funny
    Plus ur stories always have fun, sadness, anger and happiness. Soo I just like ur eps more.

    1. White rose White rose says:
      May 4, 2026 at 8:06 pm

      I’m super delighted to hear that 🥰🥰🥰
      Eii re-connect velan faseyha akah kury ep in ba eh include kurany 😅😅
      Yeh, Sumee ge aslu namakee Haulee 🙃🙃
      Aan, sumee fakeeru e ulheny vrh dhera haalehga 😖😖
      Hehe, e Ali Ahmed ah rangalhah raakani mas keviijje miadhu 🤣🤣
      Shukran Leesha ✨✨✨
      Lyt darl 🫰🏻🫰🏻

  7. Caspian says:
    May 4, 2026 at 5:52 pm

    Oh, this part is greater than the previous part. MA.
    Next episode nerenee kon irakun tha ??????
    Pls mi faharu thankolheh avahah Neri dheveynetha. cz I don’t think thursdayga kiyetne henneh. Anyways, do itthe ways want. Just asking

    1. White rose White rose says:
      May 4, 2026 at 8:08 pm

      I’m ecstatic to hear that 🥰🥰
      IA Thursday ga, I don’t think avahah submit kureveyne henneh 😭😭
      Shukran Caspian ✨✨

  8. Your fav bab says:
    May 4, 2026 at 6:36 pm

    Ey ey leevaan and xev hama vaa saabahey!! Ali ahmed gandu hunnane thaa nattafa amilla meehaa moya varu hithah aruvala aruvaala👏😂😂 aa dhen meedhaa kei ubeh ves nooney e bolu therey othee🤦 reen ah evaru ge kan kan nukureveyne kan ves neygeniyyeyy!!
    Naail!! sLicckkk! Loabi vanyaa dhulaai amalun jeheyne dhw dhahkkan! Then mi sorah vaa vareh balan mi innany👀👀
    Keke anyways this part hama seedha 1 vana gai👏👏 rlly suspenseful and engaging💗💗
    Waiting for next darlingg…
    Tc n LYSm💗💗

    1. White rose White rose says:
      May 4, 2026 at 8:11 pm

      I’m overjoyed to hear that 🥰🥰🥰
      Hehe, mifaharu rangalhu gehlumeh Ali Ahmed ah libijje 😆😆
      Dhww, Ali Ahmed ge moyakan reen ge bolah ekanthah jehumakee 🤣🤣
      Mifaharu e soru reen protect kuran ehcheh bunefi aan 🙂‍↕️🙂‍↕️
      Shukran Your fav bab ✨✨✨
      Lyt darl 🫰🏻🫰🏻 is

  9. Cutie girl says:
    May 4, 2026 at 6:37 pm

    Mi part ves varah reethi masha Allah
    Alhey Sumy fakeeru eheri boa govaafa
    Heyonuvaane sumy n isse gulhuvachey
    Reen n Zev ves they both are made for each other
    I hate this naail urgh😡
    Kuhverinah adabu dhee
    Emmenah insaafu libeyni eyrah
    Haadha curious kohlaafa thi nihmaaly
    When next
    Really appreciated your hard work
    Mi part kiyaafa rovijje
    Kobaa mihaaru naureen
    Miayee varah saugu veri kamakaa eku kiyaa hithun kiyaa vaahaka eh

    1. White rose White rose says:
      May 4, 2026 at 8:14 pm

      Dhww, ekani hurihaa kamakaa deal kuran jehunyma e fakeeru halaaku vany 😓😓
      Hehe, hama cliffhangers ah nimman dhevi hifaafa 😅😅
      IA next Thursday
      Naureen ves eba ulhey
      Shukran Cutie girl ✨✨

  10. Raajiha says:
    May 4, 2026 at 7:10 pm

    Well bunanthrr?????.
    Naail rangalhu bayah vanikoh. Mashah heevanee dhen Naail vaanee rangalhu bayahhen
    Mihaaru kommevex varakah visney dhww eba. Dhen Reen ge loabi nulibunas hama ehen kanne ulheynee umurah.
    Welllll aslu Sumayyaa eh noon dhw kiyanee. Haulee Hishaan tha kiyanee. GURRLLL. Plsss javaabeh dheeba.

  11. Raajihaa says:
    May 4, 2026 at 7:13 pm

    Are u tired of replying ?????.
    Or just busy ??????.
    Plzzzzz reply kohba.
    U konthaaku thi ulenyyyyyyy. ??????.
    Alheyy dhen miadhu maa busy v tha??????
    Plzz
    🙏🙏🙏🙏🙏
    Reply kohba I ge comment ah.
    And others too.
    Ly….

  12. Raajihaa says:
    May 4, 2026 at 7:15 pm

    Un patiently waiting ………

    1. White rose White rose says:
      May 4, 2026 at 8:18 pm

      I’m delighted to hear that 🥰🥰🥰
      Adhi ehaa avahah naail ah ithubaaru kuraakah nuvaane, neynge ehen hurefa reen beynunvegen kohlaane kameh🤫🤫
      Yep, Haulee ge nan sumayya ah badhalu kuree sagarey kibain salaamaiy vaan 🙃🙃
      I’m not tired of replying, miadu busy kamun reply nukurevifa 😞😞
      Shukran Raajiha ✨✨✨
      Lyt darl 🫰🏻🫰🏻

  13. Raajihaa says:
    May 5, 2026 at 6:36 am

    Sorry girl. Eiii rushing aisgen buni ehcjeh noonday. Hama u ge haalu ahaalee.

    1. White rose White rose says:
      May 5, 2026 at 9:22 am

      Issoke, I’m fine 🥰🥰
      Shukran again Raajiha ✨✨

  14. 🥀 says:
    May 7, 2026 at 1:24 pm

    Heyy kbr stry

    1. White rose White rose says:
      May 7, 2026 at 1:35 pm

      Pending ga 😭
      Shukran 🥀 ✨✨

  15. 🥀 says:
    May 7, 2026 at 2:14 pm

    Adhi vx pending ga thr

    1. White rose White rose says:
      May 7, 2026 at 2:56 pm

      Yes 😭

  16. Mrs. GenZ says:
    May 7, 2026 at 4:18 pm

    Submit kureetha??

    1. White rose White rose says:
      May 7, 2026 at 5:01 pm

      Yes, pending ga 🥀🥀
      Shukran Mrs. GenZ ✨✨

  17. Shaba_17 says:
    May 7, 2026 at 7:14 pm

    Still 💔😭

    1. White rose White rose says:
      May 7, 2026 at 7:35 pm

      Yea 🥀🥀
      Shukran Shaba_17 ✨✨

Comments are closed.

Next Episodeދެވުނީ ވޭނޭ 64←


All Right Reserved!