Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވުނީ ވޭނޭ 62

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
April 30, 2026 6 Mins Read
28 Comments

“އާރގް. ވައި؟ ހާދަ އަންފެއާރ އޭ. ކީއްވެތަ އެ ނާއިލްމެންގެ ކޮޅަށް އަބަދުވެސް މޮޅު ލިބެނީ. ހަމަ އިންސާފު ހޯދަން އެހާ ގާތްވެފައި ވަނިކޮށް މިހުރީ ކޮށްލި ކަންކަން. އަހަރެމެންގެ ބަލި ފައިގައި ހިފައިގެން އަހަރެމެންގެ މައްޗަށް ބާރު ހިންގަނީ. އަހަރެންނަށް މިއިން ކަމެއް އެހެން މީހަކާ ހިއްސާ ކުރެވޭކަށް ނެތް. ކުރިން ހުރި ނަމަ ވެސް މީހަކީ ރީން. މިހާރު ރީންގެ ހަނދާންތައް ގެއްލުނީމަ އެއްވެސް ކަމެއް ހިއްސާ ކުރެވޭކަށް ނެތް. ކީއްވެތަ އިންސާފު ހޯދުމަށް އެހާ އުނދަގުލީ؟ ބާރާއި ނުފޫޒު ގަދަ މީހުން އަހަރެމެން ނިކަމެތިންނަށް އެމީހުން ބޭނުން ގޮތެއް ހަދާލެވޭ.” ސުމައްޔާ ހިތާހިތުން ވާހަކަ ދައްކަމުން ކުރިއަށް ދިޔައީ މަގަށް ސަމާލުކަން ނުދީއެވެ. ކަފިހި ހުރަސް ނޫން ހިސާބަކަށް މަގަށް ނުކުމެވުނު އިރު ވެސް އޭނާ އަށް ހުރެވުނީ އެހެން ދުނިޔެއެއް ގައެވެ. އަވަސް ސްޕީޑްގައި ދުއްވައިފައި އައި އުޅަނދުތަކަށް ކުއްލިއަކަށް ހުއްޓާލަން އުނދަގޫ ވިއެވެ. ބައެއް އުޅަނދުތަކަށް ވަށާލައިފައި ދެވުނު ނަމަވެސް އަނެއްބައި އުޅަނދުތައް ދުއްވަން ތިބި މީހުންނަށް ކޮންޓްރޯލެއް ނުކުރެވުނެވެ.

އެ ނާޒުކު ވަގުތުގައި އިޙުސާނު ދުވެފައި އައިސް ސުމައްޔާގެ އަތުގައި ހިފާ ދަމައިގަތެވެ. ޕޭމަންޓު މައްޗަށް ރައްކާތެރި ކަމާއި އެކު އަރައިފައި އޭނާ ސުމައްޔާގެ އަތަށް ބާރު ކޮށްލަމުން އެ ފަރާތަށް އަނބުރާލިއެވެ. “ސަންތީ. މަގުމަތީގައި އުޅޭ އިރު ބަލައިގެން ހިނގާބަލަ. ގޮތެއް ވިއްޔާ އަހަރެން ކިހާ ދެރަ ވާނެ. ކީއްވެތަ އަހަރެންނަށް ރަނގަޅު ތަފްސީލެއް ނުދީ އެހާ ދުރުދުރުން ތި އުޅެނީ؟ ތި ހިތަށް އުނދަގޫ ވެގެން އުޅޭ ކަންކަން ހިއްސާކޮށްބަލަ.” އިޙުސާނު އަޑަށް ބާރުލައިފައި ބުނެލިއެވެ.

ސުމައްޔާ ކަޅި އަޅާލައިފައި އޭނާގެ އަތް ދަމައިގަތެވެ. “ކަލޭ މިހެން އުޅޭތީ އެކަމާ އޭ މި ވިސްނެނީ. އަހަރެންނަށް އުނދަގޫ ނުކޮށް ދުރަށް ދާން އުޅެބަލަ. ކަލެއަކާއި ހެދި މަށަށް މަސައްކަތަށް ސަމާލުކަން ދޭން އުނދަގުލޭ. ހެޑް އިންސްޕެކްޓަރ ގާތު ބުނެގެން ތި ޓީމުން ބަދަލުވާން ދެން ޖެހޭނީ. އަހަރެން ދޫކޮށްލާފަ ނައުރީނާއި ގުޅިބަލަ. އޭރުން މަ ބޮލަށް ލުއި ފަސޭހަ ވާނޭ. ކަލޭ ދެކެ ލޯބިވާ މީހަކާއި އެއްކޮށް އުޅެންވީނުން. ހަމަ އެ ކުއްޖާ ދެކެ ވެސް ލޯބި ވެވިދާނެ. މަ ނުވޭ ކަލޭ ކަހަލަ މީހެއް ދެކެ ލޯތްބެއް.” އިޙުސާނުގެ މޭގައި އަތް އަޅުވާ ދުރަށް ޖައްސާލަމުން ސުމައްޔާ އެއްޗެހި ކިޔައިގަތެވެ.

އިޙުސާނު ހުރީ ބުނާނެ އެއްޗެއް ނޭނގި ހުއްޓުން އަރައިފައެވެ. ސުމައްޔާގެ ވާހަކަތައް އިވިފައި އާޝޯހުވެފައެވެ. އެހާ ފަސޭހައިން ދެމީހުން އެކުގައި ހޭދަކުރި ވަގުތުތައް އެއްވެސް އަގެއް ނެތް އެއްޗަކަށް ހަދާލަން ސުމައްޔާ ތައްޔާރަށް ހުރުމުން ހިތުގައި ޖެހިފައެވެ.

“އެންމެ ރަނގަޅު. އަހަރެން ނައުރީނާއި ގުޅޭނަން. އެއް މަސް ދުވަހުގެ ތެރޭގައި އޭނާ ދެކެ ލޯބި ނުވެވިއްޖެނަމަ ގުޅުން ކަނޑާލާ ގޮތަށް. ބަދަލުގައި ސޫމޯ މި ޓީމުގައި ހުރެދީ. ތިއީ ވަރަށް ޤާބިލު ފުލުހެއް. އަމިއްލަ އިޙުސާސްތައް ފާޅުކޮށްގެން ދެން އުނދަގޫ ކުރާކަށް ނޫޅެން. ޕްލީޒް. ޓީމުން ވަކި ނުވާތި.” އިޙުސާނު ސުމައްޔާގެ އަތް ތިލައިގައި ހިފާލަމުން އެދުނެވެ. އިޙުސާނުގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރު ފެނި ސުމައްޔާގެ ހިތުގައި ރިއްސާލިއެވެ. އެހެނަސް އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން ވާހަކަ ދައްކަން ފެށިއެވެ. “އަހަރެން ބަހުގައި ހިފަހައްޓާނީ ތި ބުނިހެން ނައުރީނާއި ގުޅުނީމަ” ސުމައްޔާ ދުރަށް ހިނގައިގަތީ އޭނާގެ އަމިއްލަ އިޙުސާސްތައް ކޮންޓްރޯލް ކުރަން އުނދަގޫ ވެދާނެހެން ހީވުމުންނެވެ. އިޙުސާނަށް ފުދޭވަރަކަށް ދުރަށް ދެވުމުން ސުމައްޔާ އަނގަމަތީގައި އަތް އަޅާލަމުން ފާރުގައި ލައްގަތެވެ. އެ ދެލޮލުން އޮހޮރެމުން ދިޔަ ހިމޭން ކަރުނައިން އެ ހިތުގެ ހާލަތު ސިފަވަމުން ދިޔައެވެ. އަތްދަބަސް ހާވާލުމަށް ފަހު އޭނާ ކަޅުކުލައިގެ އަވިއައިނެއް ނަގާ އަޅާލިއެވެ. ރޭގަނޑުގެ ވަގުތަށް ވިއެއް ކަމަކު އެ ކަރުނަވީ ދެލޯ ވަންހަނާ ކުރެވޭނެ ހަމައެކަނި ގޮތަކީ އެއީއެވެ.

އަރީނަށް ފަހަތް ބަލައިލެވުނީ ޒައިލީން ގޮވާ އަޑު އިވުމުންނެވެ. “މަންމީ. ދެން ޒެލީ ދޫކޮށްލާފަ ނުދައްޗޭ. އެ އައްދޮ ކުރާ މީހުން ގާތަށް ނުދައްޗޭ. މަންމި މަތިން ވަލަށް މިސްވި.” ޒައިލީން އެނދުން ފައިބައިގެން ދުވެފައި އައިސް އަރީންގެ ފައިގައި އޮޅުލައިގަތެވެ. މި އަމަލުން އަރީން ހިތުގައި މައިވަންތަ ކުލުނު އުތުރިއަރައިގަތެވެ. އަރީން ޒައިލީން ނަގާ އުރާލަމުން ލޯބި ކޮށްލިއެވެ. “މަންމި ބަލާނަން ނުގޮސް ވޭތޯ؟ ޒެލީ ކިހިނެއް؟ މަންމި ނެތަސް ބަސް އަހައިގެން ކޭން ތަ؟” އަރީން ޒައިލީންގެ ބޮލުގައި އަތް ފުނާ އަޅާލަމުން ބުނެލިއެވެ.

“ޔޭ! ކޮއްކި ރަނގަލު. ކޮއްކި ކޭން ދޯ ބައްޕީ!” ފުޅާ ހިނިތުންވުމަކާއި އެކު ޒައިލީން ބުނެލިއެވެ. ދެ މައިން އެކުގައި ވަގުތު ހޭދަކުރަން ފުރުސަތު ދެމުން ޒަވިއަން އެ ކޮޓަރިން ނުކުތެވެ.

“ވާން. ގެސް ވަޓް. ސެން. ހީ އާސްކްޑް މީ އައުޓް. އެއްމަސް ވާންދެން އެކުގައި އުޅޭނަމޯ. ލޯބި ވެވުނިއްޔާ އަހަރެންނާއި އެކުގައި ވާން އެއްބަސްވި. އެންމެ ފަހުން އަހަރެންނަށް ސެންގެ ގާރލްފްރެންޑަށް ވެވިއްޖެ.” ނައުރީނަށް އެ ލިބުނު ޚަބަރު އެންމެ ފުރަތަމަ ވެސް ހިއްސާކުރީ ލީވާނަށެވެ. އެކޮޅުން އަޑުއަހަން ހުރި ލީވާންގެ ހިތް ފޮތިފޮތިވެގެން ދިޔައެވެ. ސުމައްޔާ އެހެން ވަކިވިޔަސް އިޙުސާނު ނައުރީނާއި ގުޅި ދާނެކަމަށް އޭނާ އަށް ޚިޔާލަށް ވެސް ނުގެނެވެއެވެ. ވެފައިވީ ދެރައިން ލީވާނަށް ވާހަކަ ދައްކަން ވެސް އުނދަގޫވިއެވެ. އެހެނަސް އެ ކަން ނައުރީނަކަށް ފާހަގައެއް ނުވިއެވެ. ހީކުރިހާ ވަރަށް އުފާ ނުވިއެއް ކަމަކު ނައުރީން ހުއްޓާނުލާ އެ ވާހަކަ ދައްކަމުން ދިޔައެވެ.

“އިއްސޭ! ކީއްވެ؟ ކީއްވެ ނައުރީން ދެކެ ލޯބި ނުވާ އިރު އޭނާ އާއި ރައްޓެހިވީ؟” ނައުރީން ފޯނު ކަނޑާލުމުން ލީވާން ގުޅީ އިޙުސާނަށެވެ. “ސޫމޯ ބުނެގެން. އޭނާ ބުނީ އެ ކަން ނުކުރިއްޔާ މި ޓީމުން ވަކި ވާނަމޭ.” އިޙުސާނު އަސަރެއް ނެތް ގޮތަކަށް ބުނެލިއެވެ. “ސުމައްޔާ ބުންޏަސް އެހެން ހަދަން ޖެހޭތަ. ތިހެން ފޯލްސް ހޯޕް ދިނީމަ ހުރިހާ ދެރައެއް ލިބޭނީ ނައުރީނަށޭ.” ލީވާން ހިތްހަމަނުޖެހިފައި ބުނެލީ ތަންކޮޅެއް ބާރަށެވެ.

“އެހެން ހެދިޔަސް މައްސަލައެއްތަ؟ ކީއްކުރަންތަ އިލެވެން އެހާ ވަރަކުން ނައުރީނަށް ވާގޮތެއް ބަލަނީ. އެއީ އެ ނުލަފާ ޢަލީ އަހުމަދުގެ ދޮށީ އަންހެން ދަރި. ރީން އަށް ބެހުނު ނާއިލްގެ ދޮންތަ. ގެއްލުމެއް ދިނުމަކީ މައްސަލައެއްތަ؟” އިޙުސާނު ނުރުހުންވެފައި ބުނެލިއެވެ. “ހުއްޓާލާ. ނައުރީނެއް ނޫނެއްނު އެ ނުބައި ޢަމަލުތައް ހިންގީ. ފުލުހަކަށް ވެ ހުރެ ކުށެއް ނެތް ކުއްޖަކަށް ނަފްސާނީ ގޮތުން ގެއްލުމެއް ދޭން ހެޔޮ ވާނެތަ؟ އަހަރެން ޤަބޫލުކުރަމޭ ނާއިލް އާއި ޢަލީ އަހުމަދަކީ ދެ ކުށްވެރިން ކަން. އެ މީހުން ކުރި ކުށަށް އަދަބު ލިބިގަންނަން ޖެހޭނީ ވެސް އެމީހުންނަށް.” ލީވާން ބުނެލިއެވެ.

“އިލެވެން އެހާ ސެންސިޓިވް ވަނީ ކީއްވެގެންތަ؟” އިޙުސާނު އެހިއެވެ. “ނައުރީން ދެކެ ލޯބިވާތީ. މިހާރު އެނގިއްޖެއްނު. ތިއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އަށް ވިޔަސް އިއްސޭގެ ފަރާތުން ނައުރީނަށް ދެރައެއް ލިބޭ މަންޒަރު ބަލާކަށް މަށަކަށް ނުހުރެވޭނެ.” ލީވާން އައި ރުޅިން އެންމެ ފަހުން އެ ވާހަކަ ދުލުން ބޭރުކޮށްލިއެވެ.

އިޙުސާނު ހުރީ ލީވާން ބުނި އެއްޗަކުން ގަނޑުވެފައެވެ. ސުމައްޔާ ބުންޏަސް މި ކުރެވެނީ ނުބައި ކަމެއް ކަން އިހުސާސް ވެއްޖެއެވެ. އެހެނަސް މިހާރު މާ ލަސް ވެއްޖެއެވެ. ދެން ނައުރީނާއި ވަކި ވެވޭނީ އެއް މަސް ފަހުންނެވެ. “ތި ވާހަކަ ކުރިން ބުނެލި ނަމައެއްނު. ސޮރީ. މިހާރު ނައުރީން ދޫކޮށްލައިފިއްޔާ އޭނާ އިތުރަށް ދެރަ ވާނެ. އަހަރެން އޭނާ އަކާއި ގާތެއް ނުވާނަން. ޒެވް އަށް އެނގޭތަ އިލެވެން ނައުރީން ދެކެ ލޯބި ވާކަން؟ އައި މީން، ނައުރީންގެ އާއިލާ އިން ޒެވް އަށް ވަރަށް ގިނަ ގެއްލުން ދީފަ އެބަހުއްޓެއްނު. ދެޓް ފެމިލީ އިޒް އެ މެސް.” އިޙުސާނު މި ފަހަރު ވާހަކަ ދެއްކީ ނިކަން މަޑުންނެވެ.

“ޒެވް އަކަށް ނޭނގޭނެ. އަހަރެންނަށް އެނގެޔޭ ނައުރީންގެ އާއިލާ މީހުން ނުލަފާކަން. އެކަމަކު އެ މީހުން ކިތަންމެ ނުބައި ވިޔަސް ނައުރީން އެއިން ކަމެއްގައި ބައިވެރި ނުވަންޏާ ކީއްވެގެންތަ އޭނާ އަށް ނަފުރަތު ކުރަންވީ؟ އަހަރެން ވަކި ބޭނުން ވެގެންނެއް ނޫނޭ އޭނާ ދެކެ ލޯބިވީ. ލޯތްބަކީ ވާ އެއްޗެއް ނޫން. ވެވޭ އެއްޗެއް. އޭނާގެ އާއިލާ މީހުންނަކީ ކޮން ފެންވަރެއްގެ ބައެއް ކަން އެނގުނީ އަހަރެންގެ ހިތް އޭނާއަށް ހިބައިން ދެވުނު ފަހުން.” ލީވާން ބުނެލިއެވެ.

“އިލެވެން ތިހާ ލޯބި ވަންޏާ ކީއްވެގެންތަ މި ހުރިހާ ދުވަހަކު ކޮންފެސް ނުކޮށް ތި ހުންނަނީ؟ ކުރިން އިލެވެން އޭނާ އާއި ރައްޓެހިވިނަމަ މިހެން ނުވީހެއްނު.” އިޙުސާނު އެހިއެވެ. “ނައުރީން އިއްސޭ ދެކެ ލޯބިވާތީ. އަހަރެންގެ އިހުސާސްތައް ބުނެފިނަމަ ދުރަށް ހިނގައިދާނެތީ. މިކަހަލަ ހާލަތެއް ދިމާ ނުވަންޏާ އިއްސޭ އަށް ކޮން އެއްޗެއްތަ އެނގޭނީ؟” ލީވާން ރައްދުގައި ބުނެލިއެވެ.

ނިދަން އަރައިފައި އަރީން އިންތިޒާރު ކުރަމުން ދިޔައީ ޒަވިއަން އަންނާނެ އިރަކަށެވެ. ބްލެންކެޓް އޮޅާލައިގެން އޭނާ އޮތީ ފިނިވެފައިވީ ވަރުންނެވެ. އެހެނަސް އަމިއްލަ ކޮޓަރިއަށް ނުވުމުން އޭސީގެ ފިނިކަން ދަށް ކޮށްލާކަށް އޭނާ އަކަށް ނުކެރުނެވެ. ޒަވިއަން އައީ އަރީން ނިދިޖެހިގެން ވެއްޓެން އުޅެނިކޮށެވެ.

ޒަވިއަން އައިސް ކޮޓަރިއަށް ވަނީ ނިކަން މަޑުމަޑުންނެވެ. އަރީން ނިދާފައި އޮތް ކަމަށް ބަލާ އޭނާ ހޭލިޔަކަ ނުދޭން ބޭނުންވެފައި ހުރުމުންނެވެ. ދޮރު ލައްޕައިފައި އޭނާ އެނބުރި ހިނގައިގަތީ ވޯޑްރޯބަށް ވަންނާށެވެ. އަރީން އިހަށް ޒަވިއަންގެ ޙަރަކާތްތަކަށް ބަލަން އޮތީއެވެ.

ޒަވިއަން ތާޒާ ވެލައިގެން އައިސް އެނދުމަތިން ބާލީހެއް ނަގަން ގާތް ވެލިއެވެ. “ކީއްކުރަން ތި ބާލީސް ނަގަނީ؟” އަރީން ސުވާލެއް ކޮށްލީ ދެނެވެ. ޒަވިއަނަށް ސިހިފައި އަތުން ބާލީސް ދޫކޮށްލެވުނެވެ. “ކިހިނެއްވީ ނުނިދާ ތި އޮތީ؟ ނިދަން އުނދަގުލީތަ؟” ޒަވިއަން އެހިއެވެ. “ޒެވް އަންނަން ދެން އޮތީ. ވާހަކައެއް ބުނަން ވެފަ އެބަ އޮތް.” އަރީން އިނގިލިތަކާއި ކުޅެލަމުން ބުނެލިއެވެ. “ކޮން ވާހަކައެއް؟” ޒަވިއަން އެހިއެވެ.

“އަހަރެން ވަޒީފާ އިން ކުޑަ ބްރޭކެއް ނަގައިފިން. ހަނދާންތައް ގެއްލިފައި ހުރެގެން މަސައްކަތް ކުރަން އެލިޖެބަލް އެއް ނުވާނެއްނު. އެކަމަކު އަހަރެން ބޭނުން މަސައްކަތެއް ކުރަން. ބޭކަރީ އަކުން ވަޒީފާއެއް ހޯދައިދެވިދާނެތަ؟ އަހަރެން ވަރަށް ބޭނުން އެ ކަހަލަ މަސައްކަތެއް ކުރަން. ނުވައެއްގަ އުޅުނު އިރު ހުސް ވަގުތުގައި އަހަރެން ކުރާ ކަމަކީ ތަފާތު ފޮނި އެއްޗެހި ހެދުން ވިއްޔާ.” އަރީން ބުނެލިއެވެ.

“މައްސަލައެއް ނެތް. ޑައިމަންޑް ސްކައި އެޝޫރަންސްގެ ކައިރިން ކުޑަ ބޭކަރީއެއް ހުޅުވާލެވިދާނެ. ރީން އަށް އެކަނި މެނޭޖް ނުކުރެވެންޏާ އިތުރު ސްޓާފުން ހޯދިދާނެ. ކޮން ނަމެއް ކިޔަންވީ އެ ތަނަން. ޑިޒައިން ކުރަން ޚިޔާލު ހުރިއްޔާ ބުނެލާ. ބަޓް ފޯރ ނައު، ގުޑް ނައިޓް.” ޒަވިއަން އެހެން ބުނެފައި ބާލީސް ނެގިއެވެ. އަރީނަށް ދެލޯ ބޮޑުކޮށްލެވުނެވެ. “ނޫނޭ. ވަރަށް އަގުބޮޑު ވާނެ އަމިއްލަ ތަނެއް ހުޅުވަން. އެހެންވެއޭ ޖޮބެއް ހޯދަދޭން ބުނީ. އެންޑް ކީއްވެގެން އަނެއްކާ ތި ބާލީސް ނެގީ؟” އަރީން ބުނެލިއެވެ. ޒަވިއަން ބާލީސް ދޫކޮށްލަމުން އަރީންގެ މޫނާއި ހަމައަށް ގުދުވެލިއެވެ. މި އަމަލުން އަރީންގެ ހިތް ހީވީ މޭފަޅައިފައި ނުކުންނަން އުޅުނު ހެންނެވެ.

“ލާރި އާއި މެދު ވިސްނާނެ ކަމެއް ނެތް. ހަނދާން ނެތުނީތަ ރީންގެ ފިރިމީހާ އަކީ މި ރާއްޖޭގައި ހުރި އެންމެ މުއްސަނދި ޒުވާނާ ކަން. ނިދަން މި އުޅެނީ. ސޯފާގައި އޮންނަ ކުޝަނަށް ވުރެ މި ފައްކާވާނެ.” ޒަވިއަން ދުރަށް ޖެހިލީ އިރުކޮޅެއް ފަހުންނެވެ. އަރީން ޒަވިއަންގެ އަތުގައި ހިފާލިއެވެ. މި އަމަލުން ޒަވިއަންގެ ގައިގައި ހުރިނަމަހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ.

“ވަރަށް ބޮޑަށް ޝުކުރިއްޔާ ތި ދިން އިންވެސްޓްމެންޓަށް. އަނެއްކަމަކަށް މިއީ ޒެވްގެ ކޮޓަރިއެއް. ސޯފާގައި ނިދަންޏާ ނިދާނީ އަހަރެން.” އަރީން އެނދުން ތެދުވަންނަމުން ބުނެލިއެވެ. “ރީން އަދި މިއަދެއްނު ހަސްފަތާލުން ދޫކޮށްލެވުނީ. ރަނގަޅަށް އަރާމު ކުރެވޭނީ އެނދުގައި އޮތީމަ.” ޒަވިއަން އެކަމާ ދެކޮޅު ހަދަމުން އަރީންގެ ކޮނޑުގައި ހިފާ އެނދުގެ ބޭއްވިއެވެ.

“ޒެވް އޯ. އޮފީހުގައި ނުލާހިކު ބުރަކޮށް އުޅެފަ އަންނަ އިރު ރަނގަޅަށް އަރާމުކޮށްލަން ބޭނުން ވެފައެއްނު ހުންނާނީ. އަމްމް. އެނދުގައި ދެ މީހުންނަށް ވެސް އޮވެވިދާނެއްނު. ވީއާރ ސްޓިލް މެރީޑް. އަހަރެންނަށް ޖެހޭނެއްނު މި ކަހަލަ ފުރުސަތު ދޭން.” އަރީން ލަދުން ހުރެފައި ވެސް އެ ވާހަކަ ބުނެލިއެވެ. “އަހަރެން ބޭނުމެއް ނޫން ރީންގެ ހަނދާންތައް ގެއްލިފައިވަނިކޮށް އޭގެ ނާޖާއިޒު ފައިދާ ނަގާކަށް. ރީން ބޭނުމެއް ނުވާނެ އަހަރެން ގާތް ވާކަށް. ސުމައްޔާ ބުނިހެން އަހަރެމެން ވަކިން އުޅުނީ ކަމެއް ވެގެންނޭ.” ޒަވިއަން ރައްދުގައި އެހެން ބުނެފައި ގޮސް ސޯފާގައި އޮށޯތެވެ. އަރީން ބްލޭންކެޓް ނަގައިފައި ތެދުވެގެން ގޮސް ސޯފާ ކުރިމަތީގައި އަޅާލަމުން އެ ތަނުގައި އޮށޯތެވެ.

“އަހަރެންނަކަށް އެނދަކު ނުނިދޭނެ ޒެވް އެކަނި ސޯފާގައި އަންކޮމްފޮރޓެބަލް ވެފަ އޮއްވަކާ.” އަރީން އޮށޯވެ ހަމަޖެހިލަމުން ބުނެލިއެވެ. ޒަވިއަނަށް ދެލޯ މަރާލަމުން އިސްތަށިގަނޑަށް އަތް މަހާލެވުނީ އަރީންގެ މި ސިފަ ފެނުމުންނެވެ. ހަނދާންތައް ދިޔަޔަސް ބައެއް ކަންކަން ހަމަ ބަދަލު ނުވަނީއެވެ. އަމިއްލަ ނަފްސަށް ވުރެ އަނެކާއަށް އިސްކަން ދިނުމުގެ ސިފަ މާ ވަރުގަދަ އަށް ހަރުލައިފައެވެ.

“އޯލްރައިޓް. ޔޫ ވިން.” ޒަވިއަން ތެދުވަންނަމުން ގޮސް އެނދުގައި އޮށޯތެވެ. އަރީން ތެދުވީ ދެނެވެ. ގޮސް އެނދުގެ އެއްފަރާތުގައި އޮށޯތް އިރު ވެސް އޭނާ ދިޔައީ ހީގަނެގެން ތުރުތުރު އަޅަމުންނެވެ. މިކަމުގެ ހިލަމެއް ނުވާ ޙާލު ޒަވިއަން އޮތީ ބްލޭންކެޓް އެއްފަރާތް ކޮށްލައިފައި ނިދާށެވެ. އޭނާ އަށް މިހާރު ހުރި ވަރުން ކިރިޔާ ފިނިވަނީ ރަޖާ ނޭޅިއްޔާއެވެ.

ނިދީގައި ފުރޮޅެމުން އައިސް ޒަވިއަންގެ ހަށިގަނޑުގައި އަރީން ދެއަތް ވަށާލުމުން އެ ސޮރަށް ސިހިފައި ހޭލެވިއްޖެއެވެ. އަރީންގެ އަތް ފިނިކަމުން ގަނޑުފެން ކޮޅެއް ކަހަލައެވެ. ކުއްލިއަކަށް ހޭޖެހުނު މީހެއް ފަދައިން އޭނާ އޭސީ ރިމޯޓު ނަގާ ފިނިކަން ދަށް ކޮށްލިއެވެ. “އެހާ ވަރު ވާ އިރު ވެސް ނުބުނެ އޮތީ ކީއްވެބާ؟ ފަންސަވީހަށް ލައިފައި ބެހެއްޓިޔަސް ފިނިވާ ކުއްޖެއްތަ؟” ހިތާހިތުން އެހެން ބުނެލަމުން ޒަވިއަން އަރީންގެ އަތް ނައްޓުވާލިއެވެ. ހަމަ ނައްޓާލުމާއި އެކު އަރީން އިތުރަށް ގާތް ވެލަމުން ބައްދާލައިފިއެވެ. ޒަވިއަންގެ ހިތް ހީވަނީ ރޭހަކަށް އަރައިގެން އުޅޭ ހެންނެވެ. މީގެ ކުރިން ދުވަހަކުވެސް އިހުސާސްނުވާ ފަދަ ލޯބީގެ އޮއިވަރެއް އޭނާގެ މުޅި ހަށިގަނޑުގައި ދައުރުވެގަތެވެ. ކުއްލިއަކަށް ކަރުހިއްކައިގަނެފިއެވެ. ޖިސްމުތެރޭ ހޫނުކަމެއް ފެތުރެލިއެވެ. ޒަވިއަންގެ އަމިއްލަ ނަފްސުގެ މައްޗަށް އޮތް ކޮންޓްރޯލް ގެއްލިގެން ދިޔައީ އަރީން އެހާ ގާތުގައި އޮތުމުންނެވެ. އެ ހިތް އެދެމުން ދިޔައީ އެ ފިނިފިނި ތުންފަތުގައި ބޮސް ދިނުމަށެވެ. ޒަވިއަނަށް ނިދިފައި އޮތް އަރީންގެ މޫނުގައި ހިފާ ގާތަށް ދަމާލެވުނީ ވެސް ބޭއިޚްތިޔާރުގައެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

ހިތް ދެވިއްޖޭ ކަލާ އަށް ޓަކައި 7

Next

ވާތީ ހިތަކު ލޯބި މަންމަންވެފާ 48

Next
April 30, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 48

Previews
April 30, 2026

ހިތް ދެވިއްޖޭ ކަލާ އަށް ޓަކައި 7

28 Comments!

  1. Miss rose says:
    April 30, 2026 at 7:07 pm

    Mi part ves varah reethi. Wow zev amd reen so cute. Why did they made sumayya and isse break up? Curiously waiting for the next part???

    1. White rose White rose says:
      April 30, 2026 at 7:53 pm

      Naail threatened her, gulhun kandaa nuliyya isse maraalaane kamah bune 😒😒
      Shukran Miss rose ✨✨

  2. Sheex says:
    April 30, 2026 at 10:32 pm

    Mi part v reethi MA
    Wow zev ar reen v loabi
    Inshallah I hope everything will be fine
    CW4THENEXTP TC

    1. White rose White rose says:
      May 1, 2026 at 9:32 am

      Glad to know 🥰🥰
      Shukran Sheex ✨✨

  3. 🥀 says:
    May 1, 2026 at 6:08 am

    Thank God ihsaan ethanah ai kn. Ehen noonee fennaanee Sumee accident vefa ovva.
    Pis Pis mi Ihsaan vs Sumee bunihaa kameh eba kure eyyy. Eleven enmen fahun bunee dhw Naureen dheke loabi veyey.
    Xev n Reen are soo cute😍😍
    Whn nxt???
    Luv u 💗

    1. White rose White rose says:
      May 1, 2026 at 9:40 am

      Dhw, kiriyaa e salaamaiy vee 😌😌
      Sumy team in vaki nuvey thoa dhen ehen hadhaafaanehnu 😒😒
      IA next Monday
      Shukran 🥀 ✨✨
      Lyt darl 🫰🏻🫰🏻

  4. xxx_dodo_xxx says:
    May 1, 2026 at 7:59 am

    This part is great 👍.
    🌸🌸🌸🌸🌸🌸🌸🌸🌸🌸
    Anyways I never thought Issey will date Naureen. Leevaan finally told Issey.
    Reen and Xev kihaa loabi koh e ulheny. Aneffaharu baby eh hoadha dheyn kanne.
    When next?????
    🌸🌸🌸🌸🌸🌸🌸
    Luv U

    1. White rose White rose says:
      May 1, 2026 at 9:43 am

      I’m delighted to hear that 🥰🥰
      Yeaa, jazubaathuga jehifa huri varun leevan enme fahun e vhk bunee 😄😄
      Hehe, vrh close vejje dhw zev aa reen 😅
      IA next Monday
      Shukran xxx_dodo_xxx ✨✨
      Lyt darl 🫰🏻🫰🏻

  5. Exxo says:
    May 1, 2026 at 8:29 am

    Heyy. This prt is good but al the stories went too fast. Soooo bunaane echeh neynge.
    Anyways next episode avahah Neri dheeba.
    Lysm & tc
    🩷🩷🩷

    1. White rose White rose says:
      May 1, 2026 at 9:44 am

      I’m overjoyed to hear that 🥰🥰
      Next ep Monday ga IA
      Shukran Exxo ✨✨
      Lyt darl 🫰🏻🫰🏻

  6. raajiha says:
    May 1, 2026 at 10:02 am

    This pert is soooo nice
    Omg reen and zev so cute 🥺
    But..it went mad avahah…U usually do 9 or 11 mins readd
    But v v v reethi MA

    Lysm and When next?

    1. White rose White rose says:
      May 1, 2026 at 1:28 pm

      I originally aimed at writing 1400-1700 words. Ekm those parts liyamun gos dhigu vefa e huree 😥😓
      IA next Monday
      Shukran raajiha ✨✨
      Lyt darl 🫰🏻🫰🏻

  7. Your fav bab Your fav bab says:
    May 1, 2026 at 10:26 am

    Isse alhe hama nau aa rahttehi veethr😭😭 I feel so bad for sumy and eleven 😭
    Zev and reen so cute💖!!
    Btw mi part vx hama vrh reethi MA!!
    Waiting for next^³
    Ly n tc darl..

    1. White rose White rose says:
      May 3, 2026 at 6:21 pm

      Glad to know that 🥰🥰
      Dhw, sumy aa leevan enme dhera vaany ehen hedhyma 😭😭
      Shukran Your fav bab ✨✨
      Lyt darl 🫰🏻🫰🏻

  8. Leeshaa says:
    May 1, 2026 at 12:50 pm

    lol. Everyone types the same thing.
    In this part every incident happens too fast

    1. White rose White rose says:
      May 1, 2026 at 1:29 pm

      Ehentha, I’ll try to pace down 😓😓
      Shukran Leesha ✨✨

    2. Mrs.Blackyyy says:
      May 1, 2026 at 4:31 pm

      Leeshaa..Ur right ,But you know…
      @Shihaama.Ali & Mariyam nor writer neihhh furihama tales publish kohfaa ….
      They’re toppers….I meant mi thaaggaaa

    3. White rose White rose says:
      May 1, 2026 at 6:07 pm

      I’m overjoyed to hear that 🥰🥰
      Shukran Mrs.Blackyyy ✨✨

  9. Mr says:
    May 1, 2026 at 4:32 pm

    Heyyy…Mariiii
    MA…Ur intelligence Al-system…
    Aryn ah ragalhu goh wumah edhen…So so memorible family moments you create…🤠🌟
    Mariiii eaeee lwbin kiyaa nameh ingey…

    1. White rose White rose says:
      May 1, 2026 at 6:08 pm

      I’m delighted to hear that 🥰🥰
      Hehe, good nickname 😄😄
      Shukran Mr ✨✨

  10. Shauhaa says:
    May 1, 2026 at 4:36 pm

    Ur name is Maryam…Dhw…
    Maasha Allah…🤎🩶 Lwbi Lwbi name ehhh

    1. White rose White rose says:
      May 1, 2026 at 6:09 pm

      Yea, I’m Maryam like on the cover 😅😅
      Shukran Shauhaa ✨✨

  11. Leeshaa says:
    May 2, 2026 at 7:20 am

    I agreeeee Mrs. Blackyyy.
    🩷🩷🩷🩷🩷

  12. Lulu says:
    May 2, 2026 at 5:29 pm

    Is that a Blackpink Rose’s pic on the cover????.

  13. Lulu says:
    May 2, 2026 at 5:31 pm

    And is Areen jisoo.

    1. White rose White rose says:
      May 2, 2026 at 7:34 pm

      Yea, its rose and jisoo from BP
      Shukran Lulu ✨✨

  14. Exxo says:
    May 3, 2026 at 12:33 pm

    Will Areens memory comeback after what xev is doing??????
    I remember too late so just asking this late OK???

    1. White rose White rose says:
      May 3, 2026 at 1:58 pm

      Who knows? There’s endless possibilities for something to happen. Let’s see what actually happens later on, stay tuned 😄😄
      Shukran Exxo ✨✨

Comments are closed.

Next Episodeދެވުނީ ވޭނޭ 63←


All Right Reserved!