Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވުނީ ވޭނޭ 58

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
April 2, 2026 8 Mins Read
32 Comments

އަރީން ކާރުގެ ދޮރު ހުޅުވާލައިފައި ނުކުމެގެން ދިޔައީ ދުވެފައެވެ. އިސްތަށިގަނޑު ވަޔަށް ވިހުރެމުން ދިޔައިރު ވެސް އޭނާ ބޭނުންވީ އަވަހަށް އެތަނުން ދާށެވެ. އެހެން ކަމަކާ ވިސްނޭ ވަރަށް ވުރެ އޭނާ ހުރީ ހިތުގައި ޖެހިފައެވެ. ނާއިލް އެ ވާހަކަތައް ބުނުމުގެ ކުރިން ކަންފަތް ބީރުވި ނަމައޭ އަރީން ހިތަށް އެރިއެވެ. އެ ވަގުތު މަގުމަތީގައި ތިބި މަދު ބައެއްގެ ނަޒަރު އަމާޒުވެފައި ވަނީ އަރީނަށެވެ.

މަގަށް ނުކުތް ވަގުތު އަރީންގެ މޫނުމައްޗަށް އެޅުނީ ބޮޑު ލޮރީއެއްގެ އައްޔެވެ. ސަލާމަތްވުމަށް ދުވެފައި ނުދެވެނީސް އެ ލޮރީ އައި ބާރު މިނުގައި ގޮސް އަރީންގެ ގައިގައި ޖެހުނެވެ. އަރީންގެ ހަށިގަނޑު ވައިގެ ތެރޭން ދިޔައީ ވިއްސައިގެންނެވެ. ހޮޅި ދަނޑިއެއްގައި ބޯ ޖެހިފައި އަރީން ވެއްޓުނީ ޕޭމަންޓު މައްޗަށެވެ. ލޭކޮށިފައި ވީ އިރު އަރީންގެ ދެލޯ ވަނީ މެރިފައެވެ. ދުނި ޖަހައިފައި އޮހޮރިގަތް ލެއިން އަރީން އަޅައިގެން ހުރި ހުދު ކުލައިގެ ޝޯލް ކަޅިވެގެން ދިޔައީ އެސްފިޔަ ޖަހާލެވޭހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. މި މަންޒަރު ފެނި އެ ތަނުން އަންހެނަކު ފޯނު ނަގާ އެމްބިއުލެންސަކަށް ގުޅާލިއެވެ.

“ހުޅުމާލޭ ފިތުރޯނު މަގު. ލައިމް ގްލޯ ކެފޭ ކައިރި އަށް ވަރަށް އަވަހަށް އެމްބިއުލެންސެއް ފޮނުވާލަ ދެއްވާ. ހިޓް އެންޑް ރަން އެކްސިޑެންޓެއް ހިނގައިގެން އެބަ އުޅޭ. އެ އަންހެން ކުއްޖާގެ ބޯ ދަގަނޑު ހޮޅިދަނޑިއެއްގައި ޖެހިފަ ވެއްޓުނީ. ވަރަށް ކްރިޓިކަލް ޙާލަތެއްގައި އޮތީ.” އެ އަންހެން މީހާ އަވަސް އަވަހަށް ބުނެލިއެވެ. އެއަށްފަހު އޭނާ އެ ކަން ރިޕޯޓު ކުރީ ފުލުހުންނަށެވެ.

ޒަވިއަން ފިތުރޯނު މަގުން ލައިފައި ކާރުގައި ދިޔައީ އަނބުރާ ތިންވަނަ ފިޔަވައްސަށް ދާށެވެ. މިހެން ދާއިރު މާ ބޮލަށް ފަސޭހައެވެ. ފިތުރޯނު ގަސް ގިނަ ހިތްފަސޭހަ މަގެކެވެ. އެހެނަސް ވަކި ހިސާބަކުން އޭނާ އަށް ހުއްޓާލަން ޖެހުނީ ކުރިމަތީގައި މަޑުކޮށްގެން އޮތް ލޮރީއެއް ފެނިފައެވެ. ކުރިއަކަށް ދަނީ އެއް ނޫނެވެ. އަނެއް ފަރާތުން ލައިފައި ދާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެހެން އުޅަނދުތައް އެ ފަރާތުން ދުއްވަމުން ދަނިކޮށް އަނބުރާލަން ފަސޭހައެއް ނުވާނެއެވެ.

“މި އަޅެ ފަހެ ކިހިނެއް ވެފަ އޮތް ލޮރީގަނޑެއްތަ؟” ޒަވިއަން ރުޅިއައިސްގެން ކާރުން ފޭބީ އެ ލޮރީ އޮތްތަނުން ކުރިއަށް އެންމެ އިންޗިއެއް ވެސް ޖެހިނުލާތާ ދިހަ މިނެޓް ވީ ފަހުންނެވެ. އެހެނަސް އޭނާ ނުކުތުމާއި އެކު ލޮރީ ކުރިއަށް ދުއްވާލުމުން ޒަވިއަން އަނބުރާ ކާރަށް އެރިއެވެ. އޭނާ ހައިރާންވީ އެ ލޮރީގެ ސްޕީޑް ބާރުވުމުންނެވެ. އެހެނަސް އަޅާނުލީ އެއީ އޭނާއާ ބެހޭ ކަމަކަށް ނުވުމުންނެވެ. ހިނދުކޮޅެއްގެ ތެރޭ އެ ލޮރީ ގޮސް ލޮލު ކޮޅަށް އޮބާލައިފިއެވެ. ޒަވިއަން ވަކި ހިސާބަކުން ކާރު ހުއްޓާލީ މަގުމައްޗަށް މީހުން އެއްވާ މަންޒަރު ފެނިފައެވެ. އަނެއްކާ އަނެއް ކަންތަކެވެ.

ހިތްހަމަނުޖެހިފައި ހުރެ ޒަވިއަން ކާރުން ނުކުތީ ވީ ގޮތެއް ބަލާލުމަށެވެ. މީހުން އެއްވެފައި ތިބި ހިސާބަށް ދެވުމުން އެ ފެނުނު މަންޒަރަކުން ޒަވިއަންގެ ހޭ ނުކެނޑުނީ ކިރިޔާއެވެ. އިޚްތިޔާރެއް ނެތި ދެލޮލަށް ކަރުނަތައް ބަރާވެގެން ދިޔަ ވަގުތު ހުޅުތަކުން ވަރު ދޫވެގެން ދިޔަ ކަހަލައެވެ. މީހުން ދުރަށް ޖައްސައިފައި ގޮސް އަރީންގެ ގާތުގައި ހުއްޓެލިއެވެ.

“ރީން” ކަރު ފަޅައިގެން ދާހާ ބާރަށް ޒަވިއަން ހަޅޭއްލަވައިގެން އިރު އެ ދެލޮލުން ތާޒާ ކަރުނަ އޮހޮރިގެންފިއެވެ. އަރީން އޮތް ޙާލު ފެނި އެ ހިތް ފޮތިފޮތިވެގެން ދިޔައެވެ. ޕޭމަންޓު މަތީގައި އިށީންނަމުން އޭނާ ލައިގެން ހުރި ގަމީސް ބާލާ އަރީންގެ ބޮލުގައި އަޅާލީ ލޭއައުން ހުއްޓުވޭތޯއެވެ. އެ ނާޒުކު ޙާލަތުގައި ވެސް ގިނަ ބަޔަކު އުޅުނީ އެ މަންޒަރު ވީޑިއޯ ކުރެވޭތޯއެވެ. މިއީ މިއަދުގެ ޙާލަތެވެ.

“ހުއްޓާލާ. މިހާ ނިކަމެތި ޙާލެއްގަ މަރުގެ ތުންފަތް މަތީގައި މީހަކު އޮންނަ އިރު ވެސް ކަލޭމެންނަށް އެނގެނީ ވީޑިއޯ ކުރަންތަ؟ ދުރަށް ދޭ.” ޒަވިއަން އެ މީހުންނާއި ދިމާލަށް ހަޅޭއްލަވައިގަތީ ހިތްހަމަނުޖެހިފައި ހުރި ވަރުންނެވެ.

އެންބިއުލެންސެއް އެ ހިސާބަށް އައީ އެ ވަގުތެވެ. ތަންކޮޅެއް ދުރުން ފުލުސް ޖިޕުގެ ސައިރެން އަޑު އިވެމުން ދިޔައެވެ. އަރީން ނަގައި ސްޓްރެޗާ އަކަށް ލަމުން އެމްބިއުލެންސަށް އެރުވި ވަގުތު ޒަވިއަން ވެސް އެއަށް އަރައިފިއެވެ. އެތެރޭގައި ތިބި ޕެރަމެޑިކްސް ޓީމުން މަސައްކަތް ކުރީ އަރީންގެ ފުރާނަ ވަކިވިޔަ ނުދީ ސަލާމަތް ކުރުމަށެވެ. އޮކްސިޖަން މާސްކެއް އަޅާލެވިފައިވީ އިރު އެ މޫނު ވަނީ ހުދުވެފައެވެ. ލޭ އައުން ހުއްޓުވާން އެ މީހުން ކުރަމުން ދިޔަ މަސައްކަތް ނާކާމިޔާބު ވާ މަންޒަރު ފެނި އަވަސް ކުރަން ބުނެ ޒަވިއަނަށް ދުއްވަން އިން މީހާ އާއި ދިމާއަށް ހަޅޭއްލަވައިގަނެވުނެވެ. އެ މީހާ ގަތް ބިރުން ވެސް ސްޕީޑް އަވަސް ކޮށްލައިފިއެވެ.

ނާއިލް ކާރު އަނބުރާލައިފައި ދުރަށް ދުއްވާލީ އަރީން އޮތް ޙާލެއް ދެކެން ބޭނުން ނުވުމުންނެވެ. އޭރު އޭނާގެ ލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. “*** **! ބައްޕަ ހާދަ ރަޙުމް ކުޑައޭ. އަރީ އައި ވާރންޑް ޔޫ ރިޕީޓެޑްލީ. ކީއްވެގެންތަ ބައްޕައާއި ގުޅުން ހުރި ކޭސްތައް ކޮންނަނީ. ހިމޭނުން ހުރި ނަމަ މި ދުވަސް ދެކެން ނުޖެހުނީސް.” ނާއިލް އަމިއްލަ ނަފްސަށް އިވޭ ވަރަށް ބުނެލިއެވެ. އޭނާ އަވަހަށް ގެއަށް ދިޔައީ ފުލުހުންނަށް ފިލާށެވެ. އަރީން ނުކުތީ އޭނާގެ ކާރުން ކަމުން އޭނާ އާއި ސުވާލުކުރަން އައިސްފާނެއެވެ.

ޓްރީޓޮޕަށް ގެންގޮސް އަރީން ލެވުނީ އީއާރަށެވެ. އެތެރޭގައި ވާނުވާ ނޭނގޭތީ ޒަވިއަން ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އެ ތަނަށް ވަދެގަންނަން ވެސް އުޅުނެވެ. ޒަވިއަން ހުއްޓުވާން ގެންނަން ޖެހުނީ ސެކިޔުރިޓީގެ ހަތަރު ފިރިހެނުންނެވެ.

“ކީއްވެހޭ! ކީއްވެގެންތަ އަބަދު ރީނަށް އަނިޔާ ވަނީ؟ އޭނ. ކިތަށް ވަނީ ފަހަރު ތަ އަހަރެން ކުރިމަތީގައި އަރީންގެ ސާޖަރީތައް ހަދަނީ؟ އެއީ ކުށެއް ނެތް އަންހެން ކުއްޖެކޭ. މި ވަރު ވާ އިރު ވެސް ކުށްކުރާ މީހުން ޖަލަށް ނުލެވެނީ ކީއްވެގެންތަ؟” ރޮމުން ޒަވިއަން ހަޅޭއްލަވަމުން ދިޔައެވެ.

“ޖަންނާ!” ސުމައްޔާ އަށް ހަޅޭއްލަވައިގަނެވުނެވެ. މަގުމަތީގައި އުޅުނު އެހެން މީހުންނަށް މި މަންޒަރު ފެނިފައި ފުލުހުންނަށާއި އެންބިއުލެންސަކަށް ގުޅައިފިއެވެ.

ސުމައްޔާ އަތް ތުރުތުރު އަޅަމުން ދިޔަ ޙާލު ޖަންނަތުގެ ކަރުގައި އަޅާފައިވާ ފަށް ނަގާ ޖީބުތެރެއަށް ކޮށްޕާލިއެވެ. އިޙުސާނަށް ގުޅާ އެ ޚަބަރު ދިނުމަށް ފަހު ދުވެފައި ގޮސް އޭނާ އެރީ ޖަންނަތު ވައްޓާލެވުނު ބެލްކަނި ހުރި އިމާރާތަށެވެ.

“އާރގ.. *** **. މި *** ވެސް ޖެހިއްޖެ ފާޑެއްގެ އެއްޗެއް ޖަހަން. މަގުގަ އެތައް ސަތޭކަ އުޅަނދެއް ދުއްވާއިރު ވެސް ފުލުހެއްގެ ކާރު މައްޗަށްތަ އެ ** ވެސް ވައްޓާލެވުނީ. ސަގަރޭ މަ މަރާނެ.” ރައިފަލް ކަނދުރާއިން އެ ތިނޯސް ނައްޓާލިއެވެ. އެ އަށް ފަހު ފިރުކެމުން ކަހަލަ ގޮތަކަށް ގޮސް އޭނާގެ ފޯނު ނަގާ ސަގަރޭ އަށް ގުޅާލިއެވެ.

“ފުލުހަކަށް އަހަރެން އެ ** ބެލްކަނިން ވައްޓާލިތަން ފެނިއްޖެ. އެއީ އެއްކަލަ އަރީން ގެންގުޅޭ އެކުވެރިޔާ ސުމައްޔާ. ވީހާ ވެސް އަވަހަކަށް އޭނާ މައިތިރި ކުރާނެ ގޮތެއް ހޯދާ. މަށާ ހަވާލު ކުރި ޕެންޑްރައިވް މޭޒުމަތީގައި އޮތީ. މަށަށް ހީވަނީ އެ އެއްޗަކު އެ ނަގާފާނެހެން. މަ މި އޮތީ ތެދުވެވޭނެ ޙާލަތެއްގައެއް ނޫން. ފާޑެއްގެ ތޫނު އެއްޗެއް ކަރަށް ޖެހީމަ ހުޅުތަކަށް ގޮތްގޮތްވެ ހަރަކާތް ކުރަން އުނދަގޫ ވެފަ މި އޮތީ.” ރައިފަލް ބުނެލިއެވެ. “ކަލެއަށް ރަނގަޅަށް ކަމެއް ނިންމާލަން ހަމަ ނޭނގެނީތަ؟ *** **! އަނެއްކާ އަނެއް ބޮލުގެ ރިހުން. އާނ ޢަލީ އަހުމަދާއި ވާހަކަ ދައްކާފަ އެކަމާ މި އުޅެނީ.” ސަގަރޭ ހިތްހަމަނުޖެހިފައި އެތިވަރު ގޮވައިގަތެވެ.
ރައިފަލް ދެން މަސައްކަތް ކުރީ އެ ފޯނު ހަލާކުކޮށްލާށެވެ. މި އޮތް ޙާލަތުގައި ފިލައިގެން ނުދެވޭނެކަން އޭނާ އަށް ޔަޤީންވުމުން ހަޅޭއްލަވައިގަނެވުނެވެ. ހީވަނީ ޕެރަލައިޒްވަމުން ދާ ހެނެވެ. ރަނގަޅަށް ހަރަކާތެއް ނުކުރެވެއެވެ. ސުމައްޔާ އެ ޖެހި ތިނޯސް ފާޑުގެ އެއްޗަކީ ކޮން އެއްޗެއް ބާއޭ އޭނާ ހިތަށް އެރިއެވެ. ދުވަހަކުވެސް ދެކުނު ވައްތަރެއްގެ ހަތިޔާރެއް ނޫނެވެ.

ދުވެފައި ސިޑިން މައްޗަށް އަރައިގެން ދިޔައިރު ސުމައްޔާގެ ރުޅިގަނޑު ކެކެމުން ދިޔައެވެ. ޖަންނަތަކީ މި ފަހުން އޭނާ އާއި ދިމާވި ނިކަން ގާތް މިތުރެކެވެ. ނުވީތާކަށް އަރީންގެ ހަށިފާރަވެރިޔާއެވެ. ޖަންނަތު މި ތަނުގައި އެ ޙާލަތުގައި އޮތިއްޔާ އަރީނަށް ވެސް ނުރައްކަލެއް ކުރިމަތިވުމަކީ ދާދި ގާތުގައިވާ ކަމެކެވެ.

ސުމައްޔާ އެ އެޕާޓްމަންޓަށް ވަނީ ދޮރަށް ކޮޅު ތޫނު އާލާތެއް ވައްދާލައިފައި އެ ދޮރު ހުޅުވާލައިގެންނެވެ. ފުރަތަމަ އޭނާ އެ ތަނުގެ އެތެރެ ބަލައިލީ ޖަންނަތު ބުނި ޕެންޑްރައިވް ފެނޭތޯއެވެ. އެ ފެނުނީ މޭޒުމަތިންނެވެ. ޕެންޑްރައިވް ނަގާ ޖީބަށް ކޮށްޕާލުމަށް ފަހު ގޮސް ބިންމަތީގައި ދެމިފައި އޮތް ރައިފަލް އާއި އެއް ހަމައަށް ތިރިވެފައި އޭނާގެ ޓީޝާޓުގައި ސުމައްޔާ ހިއްޕެވެ.

“ނުލަފާ ****! ކަލޭ ކޯއްޗެކޭ ހިތަށް އަރައިގެން ތަ ޖަންނަތާ ބެހުނީ. އޭނ. އެހާ އަނިޔާވެރި ގޮތަކަށް އެ ފަކީރު މަރާލަން ޖެހޭތަ؟ މިއަދު ކަލެއަކަށް ފިލައިގެނެއް ނުދެވޭނެ. މަ އަތުން ކަލޭ ކޮށާ ކުދިކުދި ކުރާނަން.” އައިސްފައިވާ ރުޅިއާއި ވީދެރައިން ސުމައްޔާ އަށް އޭނާގެ އަމިއްލަ ނަފުސު ކޮންޓްރޯލް ކުރަން އުނދަގޫ ވިއެވެ. ގޮށް މުއްކަވައިފައި އޭނާގެ މޫނުގައި ޖަހަމުން ދިޔަ އިރު ރައިފަލްގެ އަނގަ ފަޅައިގެން ގޮސް ލޭ އަންނަމުން ދިޔައެވެ.

“އެ ** ގެ ލޯބިވެރިޔާތަ ތީ. ހާދަ ނައްޓައިފިއޭ. ހީކުރީ މަށަށް އަނިޔާ ކޮށްގެން އެ *** ފުރާނަ އެޅުވޭނެ ކަމަށް ތަ؟” ރައިފަލް އެ ޙާލުގައި އޮވެ ވެސް ފެށީ ހޭށެވެ. މި އަމަލުން ހިވީ ސުމައްޔާގެ އެތެރެ ހަށީގައި ހުޅު ޖެހިހެންނެވެ. “ޔޫ *** ** ** * **. މަރުވޭ. ކަލޭ ޖެހޭނީ މަރުވާން.” ސުމައްޔާ ކޮޅަށް ތެދުވެފައި ދެން ގޮސް ނެގީ ދުރުގައި އޮތް ހިލިހިލާ ގަނޑެވެ. އެ އަތަށް ހެޔޮވަރު ކޮށްލަމުން ސުމައްޔާ ރައިފަލްގެ މޭގައި ހެސްކިޔައިފަ ޖެއްސެވެ. ރައިފަލްގެ އަނގައިން ލޭތައް ބުރައިގެން ދިޔައެވެ. ސުމައްޔާ ދެވަނަ ފަހަރަށް އެ އަތަށް ހެޔޮވަރު ކޮށްލިއެވެ.

“ހަހަހަ… މަރާލަބަލަ. އޭރުން ކަލެއަކަށްނު ޖަލަށް ދާން ޖެހޭނީ. ތީގެން އަދި ތިން ހަތަރު ފަހަރު ޖަހާ. އޭރުން ކަލޭގެ މަޤްސަދު ޙާސިލުވާނެ.” ރައިފަލް ހީވަނީ މޮޔަވެގެން އުޅޭހެންނެވެ. ސުމައްޔާ އިތުރަށް ރުޅި އަރުވާލައިފިއެވެ. އެހެނަސް ދެވަނަ ފަހަރަށް އެ ހިލަހިލާ ގަނޑު މަޅާލަން ވާ އިރަށް އިޙުސާނުމެން އައިސް އެ ތަނަށް ވަދެގަތެވެ.

އިޙުސާނު ގޮސް ސުމައްޔާގެ އަތުން ހިލިހިލާ ގަނޑު އަތުލާ ދުރަށް އެއްލާލައިފައި ސުމައްޔާގެ މެދު ހަށީގައި ދެ އަތް ވަށާލިއެވެ. “ހަމަޖެހޭ. އޭނާއަށް އިތުރަށް ގޮތެއް ހަދާލައިފިނަމަ ސޫމޯ އަށް ކޯޓަށް ދާން ޖެހިދާނެ.” އިޙުސާނު މަސައްކަތް ކުރީ ސުމައްޔާ ހަމައަކަށް އަޅުވާލެވޭތޯއެވެ. “ދޫކޮށްލާ. އޭނާ އަށް ޙައްޤީ މަރުވުން. އެ ކަހަލަ ނުލަފާ ޝައިތާނެއް މި ދުނިޔޭގައި އުޅުނަކަ ނުދޭނަން. އެނގޭތަ އޭއްޗަކު ޖަންނަތުއަށް ކޮށްލައިފައި އޮތް ވަރު. އަތާއި ފައި ފިއްސާލައިފަ. ފަސް ތަނަކަށް ވަޅި ހަރާފަ. ދެން އިތުރަށް ކޮށްފައި ހުރި ވަރެއް އެނގޭނީ އޮޓޮޕްސީ އަކުން.” ސުމައްޔާ މަސައްކަތް ކުރީ އިޙުސާނު ދުރަށް ޖައްސާށެވެ.

ޒައިން ރައިފަލްގެ އަތުގައި ބިޑި އަޅުވަމުން އޭނާ އުފުއްލާލައިގެން ނުކުމެގެން ދިޔައެވެ. ބެކަޕް ޓީމެއް އައީ އެ ވަގުތެވެ. ރީނދޫ ކުލައިގެ ވަނުން މަނާ ޓޭޕް ދަމާލެވި ހެކި ހޯދަން އެ މީހުން މަސައްކަތް ކުރަމުން ދިޔައެވެ.

“އެކަމަކު ރައިފަލް މަރާލިއްޔާ ކޮބާ ސޫމޯ އާއި އޭނާގެ ތަފާތަކީ. އަމިއްލަ ނަފުސުގެ މައްޗަށް ބާރު ފޯރުވާފަ ތި ރުޅިގަނޑު ހިންދާލަން މަސައްކަތް ކުރޭ. ދެން އެންމެ ރަނގަޅު ވާނީ ސޫމޯ މިތަނުން ދިޔައިއްޔާ. މާ އިމޯޝަނަލް ވީމަ އިންވެސްޓިގޭޝަނަށް ހުރަސްއެޅި ދާނެ.” އިޙުސާނު ސުމައްޔާގެ މޫނުގައި ހިފާލަމުން ބުނެލިއެވެ. ސުމައްޔާގެ ސިކުނޑީގައި ކެކެމުންދިޔަ ރުޅިގަނޑު ފިނިވާން ފެށީ ދެނެވެ. އިޙުސާނު ބުނެގެން ގެއަށް ދާން އޭނާ މިސްރާބު ޖެއްސެވެ.

ޚަބަރު ލިބިގެން އަރީންގެ މައިންބަފައިންނާއި ޒިޔާދުމެން ވެސް ހަސްފަތާލަށް އައެވެ. އާފިޔާ އަށް ޒަވިއަން އުޅެމުން ދިޔަ ގޮތް ފެނި އެ ދިމާލަށް ދެވުނު ގޮތެއް ވެސް ނޭނގުނެވެ. އަރީނަށް ވަރަށް ބޮޑު ވަރު ވެއްޖެ ކަން ދެނެގަނެވުމުން ޔަނާލަށް ރޮއިގަނެވުނެވެ. އަފްޒަލަށް ޖެހުނީ އައިންސުރެ ކޮންމެވެސް އެއް ލިޔުމެއްގައި ސޮއި ކޮށްލައިފައި އަނެއް ލިޔުމެއްގައި ސޮއި ކުރާށެވެ. އެ ހަސްފަތާލު ތެރޭ އަނެއްކާ ހަބޮލިވީ ޖަންނަތު ގެނެވުމުންނެވެ. އެ ވަގުތު އަރީން ގެންގޮސް އޮޕަރޭޝަން ތިއޭޓަރަށް ވައްދައިފިއެވެ.

ޒަވިއަނަށް ޖަންނަތުގެ ފުރާނަ ނެތް މަސްގަނޑު ފެނުމުން ބޮލުގައި އަތް އަޅާލަމުން ބިމަށް ތިރިވެވުނެވެ. އޭނާއަށް އެ ހިސާބުން ޔަގީން ކުރެވުނީ މިއީ އެ ޢަލީ އަހުމަދުގެ ރޭވުމެއް ކަމެވެ. ދެރައީ ހުރިހާ ކަމެއް ވެ ނިމުނު ފަހުން އެ ކަން އެނގުނީމައެވެ.

“މިހާރު އޮޕަރޭޝަން ކުރަން ފެށިފަ ވީ. ބޯ ފަޅައިގެން ގޮސް ސިކުނޑި އަށް ލޭއެޅިފައި ވުމުން ވަރަށް ކްރިޓިކަލް ޙާލަތެއްގައި އެ އޮތީ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ފުރާނަ ސަލާމަތް ކުރެވޭތޯ.” އޮޕަރޭޝަން ތިއޭޓަރުން ނުކުމެފައި މައުލޫމާތު ދިނީ ޑަކުޓަރެކެވެ. އެ އަޑު އިވިފައި ޒަވިއަނަށް ދެއަތް މުއްކަވާލެވުނެވެ. އެހެނަސް މި ވަގުތު އެންމެ ރަނގަޅު ފިޔަވަޅެއް ކަމަށް އޭނާ އަށް ފެނުނީ ދުޢާ ކުރުމެވެ. އެ ވިސްނުމުގައި އޭނާ ދިޔައީ ޕްރެޔާ ރޫމަށެވެ. ވުޟޫކޮށްލައިގެން އޭނާ ސުންނަތް ނަމާދެއް ކުރަން ފެށިއެވެ. ދެން ދުޢާ ކޮށްލަ ކޮށްލާ އިނީ އަރީންގެ ޙާލު ރަނގަޅުވުމަށް އެދިއެވެ.

“ދަރިފުޅާ!” ޢަބްދުއްރަޙްމާނަށް ގެއަށް ވަދެގެން އައި ސުމައްޔާ ފެނި އެ ދިމާލަށް ގޮސް އޭނާގެ ގައިގައި އޮޅުލައިގަތެވެ. “ބައްޕާ! ޖަންނާ. ޖަންނާ..” ސުމައްޔާ އަށް ރޮވޭވަރުން ވާހަކަ އެއް ނުދެއްކުނެވެ. “ޖަންނާ އޭ. ރީން އެއް ނޫންތަ އެކްސިޑެންޓް ވީ؟ ޚަބަރުގައި އެ ވާހަކަ އެބައޮތް.” ޢަބްދުއްރަޙްމާން ހައިރާންވެފައި ބުނެލިއެވެ. އަދި ގޮސް ޓީވީ ހުޅުވާލިއެވެ. މިހާރު ކިޔަމުން ދިޔައީ ޖަންނަތުގެ ވާހަކައެވެ. ސުމައްޔާ އަށް ވާގިދޫވި މީހެއް ފަދައިން ތިރިވެވުނެވެ. ޚަބަރުން އަރީން އެކްސިޑެންޓްވި ހާދިސާ އަށް ރިއާޔަތް ކުރުމުން ސުމައްޔާ އަށް ހީވީ ފައި ދަށުން ބިންގަނޑު ދެމިގެން ދިޔަ ހެންނެވެ. ހިތް ފޮތިފޮތިވަމުން ދިޔަ ޙާލު އޭނާ އަށް ގިސްލަ ގިސްލައިފައި ރޯން ފެށުނެވެ. ޢަބްދުއްރަޙްމާން ސުމައްޔާ އާއި އެއް ހަމައަށް ތިރިވެފައި އޭނާގެ ބޮލުގައި ފިރުމަމުން ހިތްވަރު ދޭން ފެށިއެވެ.

ސުމައްޔާ ކޮޓަރިއަށް ވަނީ ޢަބްދުއްރަޙްމާން ވަރަށް އާދޭސްކޮށްގެންނެވެ. އޭނާ ފުރަތަމަ ލައިގެން ހުރި ފުލުސް ޔުނީފޯމު ބޭލީ އޭގައި ލޭ ހުރުމުންނެވެ. ދެން ފާޚާނާ އަށް ވަދެ ފެންވަރާލީ އެ ޙާލަތުގައި ހުރެ ކަމެއް ނުކުރެވޭނެތީއެވެ. ފެންވަރާލައިގެން ނުކުތް އިރު އޭނާ ހުރީ ކޮންމެވެސް ވަރަކަށް ހަމަޖެހިފައެވެ. ހަސްފަތާލަށް ދިއުމުގެ ބަދަލުގައި އޭނާ ބޭނުންވީ ޖަންނަތު އޭނާ އަށް ހަވާލު ކުރި އެއްޗެހިނުގައި އެ ބްލޫ ވޯޓާސް އާއި ދެކޮޅު މުހިންމު އެއްޗެއް ހުރި ތޯ ބަލާށެވެ. މިހާރު ވާ ވަރަށް ކަރުނަ އޮއްސިއްޖެއެވެ. އަރީން ފެނިއްޖެނަމަ އޭނާ އަށް އިތުރަށް ރޮވޭނީއެވެ.

ސުމައްޔާ އޭނާގެ ސިއްރު ކަބަޑު ހުޅުވާލަމުން ލެޕު ނެގިއެވެ. ލެޕަށް ޕެން ޖަހައިފައި އޭގައި ހުރި ފައިލްތައް ބަލާ ދިރާސާކޮށްލިއެވެ. އޭނާ އަށް އަނގަމަތީގައި އަތް އެޅުނީ ބްލޫ ވޯޓާސް ފަރުދާގެ ފަހަތުގައި ތިބެގެން ކުރާ މުޑުދާރު ވިޔަފާރީގެ ގޮތް އެނގުމުންނެވެ. އެ އެއްޗެހި ބަލައިފައި ސުމައްޔާ ދެން ނަގާ ރޫޅާލީ ޖަންނަތުގެ ފަށެވެ. އޭގައި އޮތީ ރިކޯޑަރެކެވެ. އޭގެ މެމޮރީ ކާޑު ނަގައިފައި ސުމައްޔާ އެއްޗަކަށް ލައްވާލުމަށް ފަހު ލެޕަށް ޖެހިއެވެ. ޖަންނަތު އެ އެއްޗެހި ފުލުހުންނަށް ނުދޭށޭ ބުނި ސަބަބު އެނގުނީ އެ އަޑު އެހުމުންނެވެ. ޖަންނަތު ފަހުން އަރީނަށް ނިސްބަތް ކޮށްފައި ބުނެލި ވާހަކަތައް އިވިފައި އޭނާގެ ހިތުގެ އެންމެ ހިމަ ނާރަށް ވެސް އަސަރު ކުރިއެވެ. އެ ފަކީރުގެ ހިތްވަރު ގަދަކަމަށް ސާބަސް ދެވުނެވެ.

ސުމައްޔާ ނިންމީ އެ އެއްޗެހި ސީދާ ޕްރޮސެކިޔުޝަނަށް ހަވާލުކުރާށެވެ. ޢަލީ އަހުމަދުގެ މީހެއް ނެތީ ހަމައެކަނި އެ ތަނުގައެވެ.
އެ ނިޔަތުގައި ދަން ވީއިރު ވެސް ސުމައްޔާ އިނީ ރިކޯޑިންގެ ވާހަކަތައް ޓައިޕް ކުރާށެވެ. ހުރިހާ ކަމެއް ނިންމައިފައި އެ އެއްޗެހި ޕްރިންޓު ކޮށްލިއެވެ.

“މި ފަހަރު ކަލޭމެން އުމުރު ދުވަހަށް ޖަލަށް ގަޅާލާނަން. ބީޑަބްލިއު ގޭންގް މިއީ މަރުފަލި ގޭންގް އޭ ކިޔުނު ގުރޫޕު ދޯ. ހުންނަ ނުލަފާކަން ދެކިބަލަ.” ޕެން ޑްރައިވް ޖީބަށް ލައިފައި ސުމައްޔާ އެ ގަނޑުތައް ހިފައިގެން ތެދުވިއެވެ. ޕްރޮސެކިޔުޓަރގެ އޮފީސް ބަންދުކޮށްފައި ހުރިއްޔާ ގުޅައިގެން ވިޔަސް މިރެއިން މިރެއަށް އޭނާ ބޭނުންވީ އެ އެއްޗެހި ހަވާލުކުރާށެވެ.

ސިއްރު ސިއްރުން ސުމައްޔާ ކޮޓަރިން ބޭރަށް ނުކުމެފައި ގޮސް ކަންފަތް ޖަހާލީ ޢަބްދުއްރަޙްމާންގެ ކޮޓަރި ދޮރުގައެވެ. އެތެރެއިން ހިލަމެއް ނުވުމުން ސުމައްޔާ އިނގިލި ކުރި ޖައްސައިގެން ހިނގައިފައި ގޮސް އޭނާގެ ބޫޓު ހިފައިގެން އެ އެޕާޓްމަންޓުން ނުކުތެވެ. އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވޭ ވަރު ވީ ލިފްޓަށް އެރެވުމުންނެވެ.

ގްރައުންޑް ފުލޯ އަށް ދާން ފިތަށް އޮބާލަން އުޅެނިކޮށް ސުމައްޔާގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ ނުދަންނަ ނަންބަރަކުން ކަމަށް ވުމުން އޭނާ ފޯނު ނަގާކަށް ނޫޅުނެވެ. އެ ޢަލީ އަހުމަދު ވެސް ގުޅާފާނެއެވެ. އޭނާ ދައްކާ ވާހަކަ އެއް އަޑު އަހާކަށް ސުމައްޔާ ބޭނުމެއް ނުވިއެވެ. ގްރައުންޑް ފުލޯ އަށް ދާން ފިތަށް އޮބާލައިފިއެވެ. ލިފްޓު ލެއްޕުމުން އޭނާ ފުން ނޭވާއެއް ލިއެވެ.

“އާރގް **. މީނަ ހީކުރަނީތަ މަށަށް ގުޅިޔަސް ޕެންޑްރައިވް ލިބޭނެ ކަމަށްތަ؟” ސުމައްޔާ ފޯނު ނަގާ އެ ނަންބަރު ބްލޮކް ކޮށްލަން އުޅުނެވެ. އެ ކަން ކުރަން ވާއިރަށް އެމީހުން ފޮޓޯ އެއް ފޮނުވައިފިއެވެ. ފެނުނު މަންޒަރަކުން ސުމައްޔާގެ އަތުން ފޯނު ނުވެއްޓުނީ ކިރިޔާއެވެ. އެތެރެއިން އެ ބީޑަބްލިޔު ގޭންގަށް ހެއްދި ނެހެއްދިއަށް ގޮވަމުން ސުމައްޔާ އެ ކޯލަށް ޖަވާބު ދިނެވެ.

އެކޮޅުން އިޙުސާނު ހަޅޭއްލަވާ އަޑު އިވުމުން އެ މީހުން ފޮނުވީ ފޭކު ފޮޓޯއެއް ނޫން ކަން ޔަޤީންކުރެވުނެވެ. “ޕެންޑްރައިވް ގެނޭ. އަހަރެމެންނަށް އެނގޭ ކަލޭ އެ ފުލުހުންނަށް ހަވާލު ނުކުރާކަން. ދެން ވެސް އަތުގައި ހެއްކެއް ހުރިއްޔާ އެ ހުރިހާ އެއްޗެއް ގެނޭ. އެހެން ނޫނީ ޖަންނަތު ދިޔަ މަގުން މީނާ ވެސް ދާނީ.” އެ މީހާގެ އަޑު އިވިފައި ސުމައްޔާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.

“އެންމެ ރަނގަޅު. އޭނާ އަށް އިތުރު ގޮތެއް ނުހަދާތި.” ސުމައްޔާ މަޑުމަޑުން ބުނެލިއެވެ. އިޙުސާނަށް އެހާ ވަރަށް އަނިޔާކޮށް ބްލެކްމެއިލް ކުރިއްޔާ އޭނާ އަށް އެ އެއްޗެހި ޕްރޮސެކިޔުޓަރުންނާއި ހަވާލުކުރަން ލާހިކެއް ނޫނެވެ. އެއްކޮޅުން ބްލޫ ވޯޓާސްގެ ވިކްޓިމް ތަކަށް އިންސާފު ހޯދައިދިނުމެވެ. އަނެއްކޮޅުން އޭނާގެ ހިތާއި ފުރާނައިން ލޯބިވާ ފަރާތެވެ. ކޮންމެ ގޮތެއް ހަދައިފައި ވިޔަސް ސުމައްޔާ ބޭނުންވަނީ އިޙުސާނު ސަލާމަތް ކުރާށެވެ.

ސުމައްޔާ ކާރެއްގައި ދިޔައީ މާލޭގައި ހުރި ޢަލީ އަހުމަދުގެ ގެއަށެވެ. ސުމައްޔާ އެތެރެއަށް ވައްދައިފައި ރިޒޭ އަމުރުކޮށްލީ އެ އެއްޗެހި ދިނުމަށެވެ. “ފުރަތަމަ އިޙުސާނު ދޫކޮށްލާ!” ސުމައްޔާ ދެލޯ އަޅާލަމުން ބުނެލިއެވެ. “ވަރިހަމައޭ. އޭނާ ދޫކޮށްލާނަމޭ.” ރިޒޭ އަމާން ދޭކަމުގެ އިޝާރާތެއް ކޮށްލައިފައި ގޮސް ވަނީ ފާޑެއްގެ ކޮޓަރިގަނޑަކަށެވެ.

އިޙުސާނު ކޮޅަށް ހުރީ އަތުގައި ޖަހައިފައިވީ ހިލަހިލާގަނޑުގެ ބާރަށެވެ. ހެޔެއް ނެތެވެ. މަތިން އެކައްޗެއް ނުލާ ހުރީ އިރު އެ ހަށިގަނޑުގައި ތާޒާކަން މަތީ ޒަޚަމު ހުއްޓެވެ. ބިމުގައި ކޯރެއް ހެދިފައި އެވަނީ އިޙުސާނުގެ ހަށިގަނޑުން އޮހޮރިފައި ހުރި ލެއިން ކަން އެނގުމުން ސުމައްޔާ އަށް ދެއަތް މުއްކަވާލެވުނެވެ. ހިތުގެ އަޑީގައި އުފެދުނު ރިހުން ހީވީ އޭނާގެ މުޅި ދިރިއުޅުން އަނދިރިކަމުގެ ތެރެއަށް ދަމައިގަންނަން އުޅޭ ހެންނެވެ. އެވަގުތު އަމިއްލަ ތުންފަތުގައި ދައިގަނެވުނީ، އެތެރެހަށީގައި އުތުރިއަރަމުން ދިޔަ ވޭނަށް ކެތްނުކުރެވިގެންނެވެ. އެ މަންޒަރަށް ގެއްލިފައި ހުއްޓާ މީހަކު އައިސް ސުމައްޔާގެ އަތުގައި ހުރި އެއްޗެހި ޖަހައިގަތެވެ. އެއަށްފަހު ސުމައްޔާގެ ކަނދުރާ އާއި ދިމާލުގައި ވަޅި ޖައްސާލައިފިއެވެ.

“ދެ މީހުން ވެސް މަރާލާނީ. އޭރުން މި ކަންތައްގަނޑު ހުއްޓޭނެއްނު. މާ ގައްޑާ ވެގެން އިންސާފު ހޯދަން އުޅެގެން ކަލޭމެންނަށް އެއްވެސް ކުރިއެރުމެއް ނުލިބޭނެ. ހައްހައްހާ.” ސަގަރޭ ވިހަ ގޮތަކަށް ހޭން ފެށިއެވެ.

– ނުނިމޭ –

I’m taking a quick two-week break from the story to focus on some other very important things. Inshaallah, I’ll be back to the regular uploading schedule starting from April 20th. See you then!

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

ލޯބިން ބުނާތީ 5

Next

ރަތްވިލާ

Next
April 2, 2026

ރަތްވިލާ

Previews
April 2, 2026

ލޯބިން ބުނާތީ 5

32 Comments!

  1. Ayyu.. says:
    April 2, 2026 at 3:16 pm

    Mi part ves varah reethi
    Ok i will wait ❣️

    1. White rose White rose says:
      April 2, 2026 at 3:34 pm

      Shukran Ayyu.. ✨✨

  2. Izva says:
    April 2, 2026 at 3:41 pm

    Mi part ves vrh reethi.
    Have a good break and be healthy
    Um before that, i have a little question. Uh are you an engene? 😭

    1. White rose White rose says:
      April 2, 2026 at 4:46 pm

      No. I just search and add random k idols/actors pic into cover 😅😅
      Shukran Izva ✨✨

  3. Anonymous says:
    April 2, 2026 at 4:18 pm

    U thee alevel hadhaa kujje dho I mi grade 11

    1. White rose White rose says:
      April 2, 2026 at 4:46 pm

      Yep, I’m doing a levels 😄😄
      Shukran Anonymous ✨✨

  4. Your fav bab Your fav bab says:
    April 2, 2026 at 5:39 pm

    Ey ey enme nubai vaguthah thi break nagany alheyy😭😭😭
    Janna is really dead??😭 noooo save reen!!
    After knowing what they did to isse I’m in tears😭 BW gang ah alhe BW gang ey kiyaane ey thihaa aniyaaveri nuviyas🙄
    You have a way of putting emotions into words! I am speechless👏✨
    I’m officially sitting on the edge of My seat 😬
    LYSM my fav author💓

    1. White rose White rose says:
      April 5, 2026 at 7:22 am

      Yes, she’s dead 🫠🫠
      Dhw, these ppl are showing their ruthlessness in these eps 😔😔
      I’m overjoyed to hear that 🥰🥰🥰
      Shukran Your fav bab ✨✨✨
      Lyt darl 🫰🏻🫰🏻🫰🏻

  5. Heesung oppa😭 says:
    April 2, 2026 at 6:31 pm

    Ey my sunghoon and sunoo ey e huree cover ga😝😍

    1. White rose White rose says:
      April 2, 2026 at 7:18 pm

      Ouh ehentha 😅

  6. Miss rose says:
    April 2, 2026 at 7:03 pm

    Mi part ves varah reethi. I think sagarey is ali ahmed. Mi meehunna kihinay tha mihaa avahah ehchchehi engenee? Alhe sumayya e balaafa havaalu kuran nunikumevey e fonuvee photo. Dheyn sumayya ves dhww emmenah vureh ihsaan muhimmu vee. Sumayya e dheefiyya baivaru meehunnah justice libeyne. Curiously waiting for next part???

    Just asking if u dont mind can u please page cover ge kommes character akah blackpink mamber eh ge pic eh leveyne? If u dont mind.

    See u at april 20. Have a good break.

    1. White rose White rose says:
      April 2, 2026 at 7:40 pm

      Sagarey Ali Ahmed akah nuvaanehnu
      Mifaharu e raifal sagarey ah gulhaafa bunyma ehaa faseyha in enguny 😒😒
      I’m really sorry, can’t guarantee a pic change 😭😭
      Shukran Miss rose ✨✨

  7. Cutie girl says:
    April 2, 2026 at 10:18 pm

    Mi part ves varah reethi masha Allah
    It’s ok curiously waiting for next part
    Take your time ♥️
    Alhey reen ge furaana salaamaiy kurache Zev fakeeru Moya vedhaane
    Ihusaas ves salaamaiy kurache
    Kuhverinah adabu dhee
    Mi part kiyaafa rovijje
    Miayee Varah saugu veri kamakaa eku kiyaa vaahaka eh
    Miss you 🥹❤️

    1. White rose White rose says:
      April 3, 2026 at 10:16 am

      Let’s hope areen will be safe 😔😔
      More than happy to hear that 😄😄
      Shukran Cutie girl ✨✨✨

  8. xxx_dodo_xxx says:
    April 7, 2026 at 5:26 am

    Wow

  9. xxx_dodo_xxx says:
    April 7, 2026 at 6:00 am

    When next ???

    1. White rose White rose says:
      April 7, 2026 at 4:22 pm

      I mentioned abt continuing the story after a short break around April 20 😅😅
      Shukran xxx_dodo_xxx ✨✨

  10. æth says:
    April 7, 2026 at 1:52 pm

    Plzzzz avahah upp koba so curious

    1. White rose White rose says:
      April 7, 2026 at 4:22 pm

      IA will continue uploading regularly after this short break around April 20 😅😅
      Shukran aeth ✨✨

  11. Exxo says:
    April 8, 2026 at 5:39 am

    Oh no.
    Dhen ejehunee made kuran that dhww.
    Vrh reethi mi Bai vx
    Lysm. & always tc.

    1. White rose White rose says:
      April 8, 2026 at 1:29 pm

      Sadly yes, just these two weeks 😔😔
      So glad to hear that 🥰🥰
      Shukran Exxo ✨✨
      Lyt darl 🫰🏻🫰🏻

  12. xxx_dodo_xxx says:
    April 8, 2026 at 5:51 am

    Plzzzzzzz Issey n sumee maraa nulaathi marriage ge kurin. Eyrun dhen mi vaahaka dhekevx fiohi vane kanne.
    April dhww.
    Lyv you

    1. White rose White rose says:
      April 8, 2026 at 1:30 pm

      Can’t promise that 😖😖
      Shukran xxx_dodo_xxx ✨✨
      Lyt darl 🫰🏻🫰🏻

  13. Caspin says:
    April 9, 2026 at 5:59 am

    Yahh?????,
    When???????

    1. White rose White rose says:
      April 9, 2026 at 7:22 pm

      From 20th April onwards Inshaallah
      Shukran Caspian ✨✨

  14. Jedn says:
    April 14, 2026 at 4:36 pm

    Alhe e fakeeru break negyma vx thi meehun iru iru kolhaa thi ahaniyyoa?

    1. yuhh says:
      April 20, 2026 at 3:00 pm

      did we ask u ?????????

  15. xxx_dodo_xxx says:
    April 20, 2026 at 12:20 pm

    it was today right??????
    is it already uploaded????

    1. White rose White rose says:
      April 20, 2026 at 12:43 pm

      Yes, I aimed for today. Ehenve iyye submit kohlin. Adhi upload nuvey 🥀🥀
      Shukran xxx_dodo_xxx ✨✨

  16. 🥀 says:
    April 20, 2026 at 12:36 pm

    Hey!
    Where’s nxt ep

    1. White rose White rose says:
      April 20, 2026 at 12:44 pm

      Pending ga 😒😒
      Shukran 🥀 ✨✨

  17. White rose White rose says:
    April 20, 2026 at 4:04 pm

    Now uploaded 😊😊

Comments are closed.

Next Episodeދެވުނީ ވޭނޭ 59←


All Right Reserved!