އަހަރު 2025 – ދެކުނު އެފުރިކާ ޖަންގަލި ޢާދިލް އިނީ ގަދަ ނިދީގައެވެ. މީހަކު ރޯ އަޑަށް އޭނާއަށް ހޭލެވިއްޖެއެވެ. ހޭލާ ދެ ލޯ ހުޅުވާލިއިރު އޭނާއަށް އެއްވެސް އެއްޗެއް ނުފެނެއެވެ. ހާސްވެގެން އިނދެ ޢާދިލަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. އެހެން ނަމަވެސް ޢާދިލުގެ ލޮލުން ފެންނަނީ ހަމައެކަނި ކަޅު އަނދިރިކަމެވެ. ޢާދިލްގެ ދެ ލޮލުގައި ފޮތިގަނޑެއް އައްސާފައިވާކަން އިހުސާސްކޮށްލެވުނީ އަދި މާ ފަހުންނެވެ. ދެން މަސައްކަތްކުރީ އިށީނދެގެން އިން ގޮނޑިން ތެދުވެވޭތޯއެވެ. ޢާދިލް އިނީ ގޮނޑީގައި […]
“ހޭ ރިޒް.. ޝަޙާއަށް ފެނުނޭ ރިޒް ގަޑި ނުފެންނާށޭ ބުނިތަނާ ގަޑި ގެއްލެނިކޮށް.. ޝަޙާ ހުރީ ލޮލުން ފެނުނު ކަންތައް ޤަބޫލު ވެސް ނުކުރެވިފަ.. ދެން ވެސް ދޮގު ނުހަދާ ތެދުތެދަށް ކިޔައިދީބަލަ.. ޔޫ ނޯ ޔޫ ކޭން ޓްރަސްޓް މީ..” ރިޒުވީންގެ އަނގަ މަތިން ޝަޙާ އޭނާގެ އަތް ނެގިއެވެ. “އައި އޭމް ސޮރީ.. ގަޑި ރައްކާތެރިކަން މަތީ ބޭއްވުމަށް ބައްޕަ އެދިފައި ވާތީ އެންމެންނަށް ވެސް ސިއްރުކޮށްގެން އުޅުނީ.. ނަބީއަށް އެކަނި ހުރިހާ ކަމެއް […]
ފަތިސްނަމާދުކޮށްގެން ރިޒުވީން އޭނާގެ ކޮޓަރީގެ ދޮރު ހުޅުވުމަށް ފަހު ކޮޓަރިތެރެއަށް ބަލައިލިއެވެ. ނަބީޙު އެނދުމަތީގައި އޮށޯވެލައިގެން އޮތެވެ. “މެޗު ބަލަން ނުދަނީތަ.؟” ރިޒުވީން ގޮސް ނަބީޙުގެ އިސްތަށިގަނޑުގައި މަޑުމަޑުން ހިފައިލިއެވެ. “އައްދޯއް.. އާނ ނުދާނަން.. ރޭ ހަތަރުދަމު ނުނިދާ އޮތީމަ ވަރަށް ނިދި އައިސްފަ މި އޮތީ.. ރިޒުވީ ގާތަށް ނިންޖެއް ނާދޭތަ.؟” ނަބީޙު ބޭނުންވީ ނިދާލާށެވެ. އެހެންވުމުން ނަބީޙަށް އިތުރު އުނދަގުލެއް ނުކޮށް ރިޒުވީން ނުކުތީ ބޭރަށެވެ. ބޭރަށް ނުކުތުމަށް ފަހު އިހަށް އިރުއަރާ މަންޒަރު […]
“މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ނަން އެންގުމަށް މި މެޗުގެ ޝަރަފުވެރި މެހުމާން ޢާދިލް އިބްރާހިމްގެ އަރިހުން އެދެން..” މުބާރާތުގެ މެޗުތައް ހުށައަޅައިދޭ ނައުހާ މިހެން އެންގުމާއެކު ޢާދިލް ސަރ މައިކު ނެގިއެވެ. “މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާއަކީ ޖަލާލުއްދީން ކެމްޕަސް ޓީމްގެ ޖާރޒީ ނަމްބަރު 10، ރިޒުވީން އަޙުމަދު ޢުޝާމް..” ރިޒުވީންގެ ނަން ޢާދިލް ސަރ ބުނުމާއެކު މެޗުގެ މޮޅު ކުޅުންތެރިޔާއަށް ދޭ އިނާމު ބަލާ ރިޒުވީން ސްޓޭޖް މައްޗަށް އެރިއެވެ. އަދި ގޮސް […]
އަހަރު: 2025 – ކ. މާލޭގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މަގުތައް ވަނީ ފެންބޮޑުވެފައެވެ. ޗަކަ ފެންގަނޑެއް ހެދިފައި ނުވާ މަގެއް ނެތެވެ. މަގުތަކުގައި ޖަހައިފައި ހުރި ގާތައް ވެސް ހުރީ ވަރަށް ބޮޑަށް ހަލާކު ވެފައެވެ. ހިނގާބިނގާވެ އަދި ދުއްވާހަދާ ވަރަށް ވުރެ ވެސް މަގުތަކުގެ ހާލަތު ދަށެވެ. މިއީ ވިއްސާރަމޫސުމުގައި ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް، ކ.މާލޭގެ ހާލަތެވެ. ބޭސް ކޮތަޅެއް ހިފައިގެން ޢާދިލް ހުރީ ބޭސް ފިހާރައެއްގެ ކައިރީގައި މަޑުކޮށްލައިގެންނެވެ. ބޯކޮށް ވެހެމުންދާ ވާރޭ […]
ރިޒުވީނާއި އެ ޒުވާން އަންހެން ކުއްޖާ، އެކަކު އަނެކަކުގެ މޫނަށް ބަލަން ތިއްބެވެ. އެކަކުގެ ކަޅިން ފެންނަނީ އަނެކާގެ މޫނެވެ. ދެ ކުދިންނަށް ވެސް ތިބެވުނީ، އެކަކު އަނެކާގެ އަތުގައި ހިފަހައްޓައިގެންނެވެ. “ބޭސް އަޅާ ނިމިއްޖެތަ..؟” ހަސްފަތާލުގައި އުޅޭ މަސައްކަތު މީހަކު، ބޭސް އަޅައިދޭ ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވާލުމަށް ފަހު ބޯ ދިއްކޮށްލަމުން ބުންޏެވެ. ސިއްސައިގެން ގޮސްފައި، އެ ކުއްޖާ އަނެއް ފަރާތަށް އެނބުރުނެވެ. “ލައްބަ..” އެ ކުއްޖާ އެހެން ބުނީ މަޑުމަޑު އަޑަކުންނެވެ. އެ […]
ރިޒުވީން ހިނގައިގަތުމުން ސްކްރީންގެ ތެރެއިން ލައިފައި އަނެއް ފަރާތައް ދެވުނެވެ. ދެ ލޯ ކުރިމަތިން ފެންނަން ހުރި ކަންތައް ޤަބޫލުކުރަން ދަތިވެގެން ރިޒުވީނާއި ނަބީހު ވެސް ހައިރާންވެފައި ސްކްރީނާ ދިމާއަށް ބަލަހައްޓައިގެން ތިއްބެވެ. ރިޒުވީން އޭނާގެ އަތުގައި އޮތް އެނާރޖީ ޑްރިންކް ދަޅުން އެތި ފޮދެއް ސްކްރީނާ ދިމާއަށް އުކާލިއެވެ. އެ އެތި ފޮދު ގޮސް ސްކްރީންގެ ތެރެއިން ލައިފައި ދިޔައީ ނަބީހުގެ ގަޔަށެވެ. “އައްޗީޑި…” ނަބީހު އޭނާގެ ގަމީސް ބޭލީ އެނާރޖީ ޑްރިންކުން ގަމީސް ތެމި […]
ވަރުބަލިކަމާއެކު ސޯފާގައި އޮށޯވެ އޮތް ރިޒުވީން ތެދުވެވޭތޯ މަސައްކަތްކުރިއެވެ. ތެދުވުމަށް ފަހު، ފައި ތަޅަންގަނޑު މަތީގައި މަޑުމަޑުންް ޖައްސައިލިއެވެ. ފައިގެ ރިހުން ކުރިއަށްވުރެ މަޑެވެ. ކޮޅަށް ތެދުވެ ހިނގައިގަނެވޭތޯ މަސައްކަތްކުރިއެވެ. މަޑުމަޑުން ހިނގާލައިފައި ރިޒުވީނަށް ދޮރާ ހަމައަށް އާދެވުނެވެ. ދޮރު ހުޅުވައިލިއިރު ނަބީހު ބޭރުގައި ހުއްޓެވެ. “ސޮރީ ރިޒުވީ… އަހަރެން ހަނދާން ވެސް ނެތް ބޭރަށް ދަމުން ތަޅުދަނޑި ގެންދާކަށް…” ރިޒުވީންމެންގެ ރޯ ހައުސްގެ މައިދޮރުގެ ތަޅަކީ ލައްޕާލުމާއެކު އެތެރެއިން އަމިއްލައަށް ތަޅުލެވޭ ގޮތަށް ހަދާފައިހުރި ތަޅެކެވެ. […]
ރޯ ހައުސްގެ މަތީބުރީގައި ހުންނަ ނިދާ ކޮޓަރީގައި ހުރި އެނދުގައި ރިޒުވީން އިށީނދެލައިގެން އިނެވެ. އެނދު ކައިރީގައި ކުޑަ ދޮރެއް ހުރެއެވެ. އެ ކުޑަ ދޮރުން ބޭރު ފެނެއެވެ. ރިޒުވީން އިނީ އެ ކުޑަ ދޮރުން ބޭރު ބަލާށެވެ. ގުގުރާ ވިދަމުން ދިޔުމާއެކު ނަގާފައިވާ ކަޅު ވިލާތަކާއެކު ދުނިޔެމަތި ވަނީ ވިއްސާރަ ހަދާފައެވެ. ރަށު ތެރެއިން ފެންނަ މަދު ގަސްތައް ވެސް ވައިގެ ރޯޅިއާއެކު ދެންމެދެންމެ ލުހިގެން ދާން އުޅޭހެން ހީވެއެވެ. އެދުވަހުގެ މޫސުން ވެސް އޭނާއާ […]