އަހަރު 2028 ފަތިހުގެ ފަނޑު އަލިކަން އުޑު މައްޗަށް ފެތުރިފައިވާ ތަން ބަލަން އެމެރިކާގެ ރައީސް އެމެރިކާގެ މިލިޓަރީ ބިލްޑިންގ ކައިރީ ހުއްޓެވެ. އެމެރިކާ ސިފައިންގެ ބައިގަނޑެއް އެ ތަނަށް އެއްވަމުން ދިޔައެވެ. އިރުކޮޅެއް ފަހުން، އެމެރިކާގެ ރައީސްގެ އެންގުމަކަށް އެމެރިކާގެ މިލިޓަރީ ބިލްޑިންގ ކައިރިން އެމެރިކާ ސިފައިން އަރުވައިގެން ހެލިކޮޕުޓަރުތަކެއް ނައްޓާލައިފިއެވެ. ދެތިން ހެލިކޮޕުޓަރެއް ނޫނެވެ. ދިހަވަރަކަށް ހެލިކޮޕުޓަރު އުޅޭނެއެވެ. ހެލިކޮޕުޓަރުތައް ދަތުރުކުރަމުން ގޮސް މަޑުކުރީ ދިވެހިރާއްޖޭގެ މިލަދުންމަޑުލު ނޫމަރާ ކަނޑަށެވެ. އެ މީހުންގެ އިންތިޒާރުގައި […]
މިއީ އަޅުގަނޑު (މުޙައްމަދު ޢުޝާމް، ޅ.ނައިފަރު) ، އެސްފިޔަ ވެބްސައިޓުގައި ލިޔާ ފުރަތަމަ ވާހަކައެވެ. މި ވާހަކައަކީ ‘ޓީނޭޖް’ އުމުރުގެ ޒުވާނެއްކަމަށްވާ ރިޒުވީނާއި އޭނާގެ ގާތްމީހުންނަށް 2025ވަނަ އަހަރުން 2028ވަނަ އަހަރަށް (މުސްތަޤްބަލު) ހދ.ކުޅުދުއްފުށީގައި ދިމާވެފައިވާ ހިޔާލީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްގެން ލިޔެފައިވާ ތަފާތު ވާހަކައެކެވެ. މި ވާހަކައިގައި ހަޤީޤަތާ ގުޅުންހުރި އެއްވެސް ކަމެއް ނުހުންނާނެއެވެ. ވާހަކައިން ތަންކޮޅެއް: ރިޒުވީންގެ އެންމެ ޅައިރުން ފަށައިގެން ބައްޕަ މަރުވަންދެން އުޅުނީ އެމެރިކާގައެވެ. ބައްޕަ މަރުވުމުން ބޮޑުބޭބެ އަލިބެއާއެކު […]