” ލާމީ. ޕްލީޒް. އަހަރެން ގޮވައިގެންދޭ. އަހަރެން މިޔޮއް ހުރިހާ ދުވަހު އުޅުނު ހާލު ނޭނގެނީ ކީއްވެތަ؟ ޕްލީޒް ލާމީ. ” ލާމިއުގެ އަތުގައި ހިފައިލައި އާދޭސް ކުރަމުން ފަހުމާ ދިޔައެވެ. ” އަމް ސޮރީ ފަހޫ. ” ފަހުމާގެ އަތް އޭނާގެ އަތުން ނައްޓަމުން ލާމިއު މިހެން ބުނެފައި ކުޑަދޮރުން ފުންމާލިއެވެ. ފަހުމާއަށް ރޮއެ ގަނެވުނެވެ. އަދި ލާމީ އޭ ކިޔައި ހަޅޭއްލަވަމުން ކުޑަދޮރު ކައިރީގައި ހުއްޓިލައި އެކޮޅު މިކޮޅު ބަލަން ފެށިއެވެ. ނަމަވެސް މިހާރު […]
އުނޫޝް ހުރިހައި އެއްޗެއް ކީ އިރުވެސް ގިސްލަ ގިސްލައި ނާޝް ހުރީއެވެ. އޭނާއަށް އިތުރަށް އެންމެ ބަހެއް ބުނުމުގެ ހިތްވަރެއްވެސް ނުލިބުނެވެ. އުނޫޝްވެސް ދުވެފައި ގޭތެރެއަށް ވަނެވެ. އޭރު އޭނާގެ ދެލޯވެސް ކަރުނުން ދެމެއްޖެއެވެ. ކޮންމެހެނެއް ވިޔަސް ނާޝްގެ ގިސްލުމުގެ އަޑު އަހާކަށް އޭނާޔަކަށް ފަސޭހައެއް ނޫނެވެ. ނަމަވެސް ނާޝްއަކީ ބޭވަފާތެރިއެކެވެ. ބޭވަފާތެރިއަކަށްޓަކައި ކަރުނަ އަޅާކަށް އޭނާ ބޭނުމެއް ނޫނެވެ. އީނާޝްއަށް ހުރިތަނުގެ ބިންމަތީގައި އިށީނދެލެވުނީ ފައިގެ ވަރު ހުސްވެގެންނެވެ. 8 އަހަރު ދުވަހުގެ އިންތިޒާރު މިހާ […]
އީނާޝް ފަހަތަށް ބަލައިލި އިރު ހުރީ ސާއިމްއެވެ. އޭރު އީނާޝްގެ ލޮލުގައި ބަބުޅަމުން ދިޔަ ކަރުނަތަށް ސާއިމްއަށް ފެނިއްޖެއެވެ. ” އީނޫ. ކިތައް ދުވަސް ވަންދެން ތިގޮތަށް އެދެމީހުން އުޅޭނެހާ ގޮތެއް އުޅޭ އިރުވެސް ބަލަހައްޓައިގެން ހުންނާނީ؟” ސާއިމް އަހައިލިއެވެ. ” އީނާޝް ހަމައެކަނި އިސްޖަހައިލައިގެން ހުރީއެވެ. އޭނާ ބުނާނީވެސް ކީކޭ ހެއްޔެވެ؟ ” އީނޫ. އަހަރެން ބުނީމެއްނު އަހަރެން އީނޫއަށް އީނޫގެ ލޯބި ހޯދައިދޭނަމޭ. އެކަމް އެކަން ކާމިޔާބު ވާނީ އީނޫގެ ވެސް ހިތްވަރުން. ގޮސް […]
” ޝުކުރިއްޔާ ޑޮކްޓަރ. އަޅުގަނޑު މިގޭގަ ހުރެފަ މީތި ބޯލާނަން.” މިހެން ބުނެލަމުން އީލާމް އެފުޅީގެ މަތި ނަގައި ލިއެވެ. އެވަގުތު ފޯނެއް އައުމުން ބަލައިލި އިރު ކިޔާންއެވެ. އީލާމް އަވަހަށް ފޯނު ނަގައި ހަލޯ އޭ ބުނެލިއެވެ. ” ކޮން ހަލޯ ދެލޯ އެއްތަ؟ ކަލޭއަށް އިނގޭތަ ވާ ގޮތް؟ ކަލޭއަކަށްވެސް ނޭނގޭނެ ތަނަކަށް ގޮއްސިއްޔާ އަންނާކަށް. މި ލާމިއު މިތަނުން ފޮނުވާ ނުލެވިގެން މިއުޅެނީ ކަލޭ ނައިސްގެން ފަހޫއަށް ލޭވެސް އެލިއްޖެ. އެކަމް ކައޭ […]
” ހަހަހަހަ… މީހެއްގެ ރޭވުންގަނޑެއްގައޭ.. ހަހަހަހ. ކަލޭ ތިއުޅެނީ މަގޭ ރޭވުންގަނޑެއްގެ ތެރެއަށް ވަދެވެގެން. ” ނުލަފާ ހިނިތުންވުމަކާއިއެކު ކިޔާން ބުނަމުން ދިޔަ ބަސްތައް ދިޔައީ ލާމިއުގެ ހިތަށް ތީރު ހޮރަމުންނެވެ. ” ވަޓް؟ ވަޓް ޑޫ ޔޫ ނީޑް؟ ޕްލީޒް ކަލޭ ބޭނުން ވަރަކަށް އަހަރެން ފައިސާވެސް ދީފާނަން. ” ގަބޫލް ނުކުރެވި ހުރެ ލާމިއު އާދޭސް ކުރަން ފެށިއެވެ ” އައި ވޯންޓް ފަ ފަ ހޫ… ” ލަސްލަހުން ކިޔާންގެ ދުލުން ބޭރުވި […]
ނޯޓް: މިބައިގައި އުޅޭ މޫނު ނުފެންނަ ދެމީހަކަށް ” ޑެވިލް” އަދި ” އެލޯން” މިދެނަން ބޭނުން ކުރެވިފައިވާނެއެވެ. 6 މަސް ފަސް ކުޑަދޮރުގެ ބިއްލޫރިގަނޑުން ފުރޭނެމުން އައި އަލިން ހެނދުނުގެ ހިތްގައިމުކަން އިހްސާސްކުރެވެން ފެށިއެވެ. ނަމަވެސް މިހިތްގައިމު ވަގުތުގައިވެސް ނިދާ މީހުން ނިދަނީއެވެ. ބަދިގޭ ތެރޭ މަސައްކަތް ކުރާ މީހުން މަސައްކަތް ކުރަނީއެވެ. ކުނި ކަހާ މީހުން ކުނި ކަހަނީއެވެ. ބަނޑުވަތަށް އޮށޯއްވެގެން އޮތް އީނާޝްއަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށްށެވެ. އާފުރިލައި ކަންނެތް ގޮތަކަށް […]
” ކަލޭ ހަނދާން ކުރާތި. މިއަދަށްފަހު މަގޭ ދަރިފުޅު ހޯދަންވެސް ނާންނާތި. ދެކިލަންވެސް ނާންނާތި. އަލުން މާފަށް އެދިގެންވެސް ނާންނާތި. މިއަދު ކަލޭ ތިކަންތައް ކުރި ގޮތުގެ ޖަޒާ އަބަދަށްވެސް ކަލޭއަށް ލިބޭނެ. ތީ ހަމަ ތާކު ހުރި ދައްޖާލެއް.” މިހެން ބުނަމުން ނަޝީދު ފަހުމާ ނަގައި ގެޔަށްދާން ހިނގައިގަތެވެ. ފަހަތުން ނަޝާޔާއާއި އީނާޝްވެސް އާދެއެވެ. އޭރުވެސް ފަހުމާގެ ގިސްލުމުގެ އަޑު މުޅި ފަޒާގައި ގުގުމަން ފަށައިފިއެވެ. އީނާޝްއާއި ނަޝާޔާއަށްވެސް ރޮވެމުން ދިޔައެވެ. ނަމަވެސް އެހެން މީހަކަށް […]
އަދި އުނޫޝް އެއްލުމާއިއެކު އޭނާގެ ސީދާ އަތަށް ވެއްޓުނު ބުރުގާ އަޅާލައި ރީތި ކޮށްލަމުން ފަތައިލާ މުޅި މާހައުލަށް ނަޒަރު ހިންގާލިއެވެ. އުނޫޝްވެސް އޭރު ފަތާފައި ތަންކޮޅެއް ދުރަށް ގޮއްސިއެވެ. ނާޝް ދެން ބަލައިލީ ފަހުމާމެންނާއި ދިމާލަށްށެވެ. އޭރު ފަހުމާޔާއި ލާމިއު ސަކަރާތް ޖަހަމުން ދިޔައެވެ. ލައިޝަމް ކައިރީގައި ނެތުމުން އީނާޝް ދެކޮޅު ބަލައިލިއެވެ. އޭރު ވަރަށް ދުރުގާ ގެނބެމުން ދިޔަ ލައިޝަމް ފެނުމާއިއެކު ” ލައި” އޭ ކިޔައި ގޮވާ ލެވުނެވެ. ފަހުމާޔާއި ލާމިއުވެސް ސިހިފައި […]
ލައިޝަމްއާއި ދިމާލަށް ބަލައިލާ ނިދާފައި އޮތުމުން ނަޝާޔާ ނިކުމެގެން ދިޔައެވެ. އޭރުވެސް އޭނާގެ ހިތުގައި އެތައް ސުވާލުތަކެއް ބޮނޑިވެއްޖެއެވެ. ސާއިމްއާއި އެންމެ ފުރަތަމަ ދިމާވި ދުވަހުއްސުރެ އޭނާގެ ހިތަށް މިވަނީ ކިހިނެއް ހެއްޔެވެ؟ އެހިތް އާދޔާ ހިލާފަށް ތެޅެނީ ކީއްވެ ހެއްޔެވެ. އުމުރުން 24 އަހަރު ވީއިރު މިފަދަ އިހްސާސެއް އޭނާޔަކަށް ނުކުރެވެއެވެ. ހަމަ މިހެން ހިތަށް އެރުމާއިއެކު ނަޝާޔާއަށް ހަނދާންވީ އޭނާގެ ފޯނުގައި ޗާރޖު ނެތް ކަމެވެ. އަދި އަނެއްކާވެސް ދޮރު ހުޅުވާލައިފައި އެތެރެއަށް ވަނެވެ. […]