” ޑޮކްޓަރ. ވަރަށް އަވަހަށް.” އީނާޝް ސިއްސައިގެން ދިޔައީ ދޮރުމަތީ ހުއްޓެލައި ނަރުސް ކުއްޖެއް ގޮވައިލުމުންނެވެ. އޭރު ބޭރުން މީހުން ހަޅޭއްލަވާ އަޑު އިވެއެވެ. އީނާޝް ބޭރަށް ނިކުމެލުމާއިއެކު ލެއިން ޗަސް ތެޅިގެން އޮތް އުނޫޝް ފެނުމާއިއެކު އޭނާއަށް ހުރެވުނު ތަނެއްވެސް ނޭނގުނެވެ. ދުވެފައި ގޮސް އުނޫޝް ބޭވިފައި އޮތް ފޮރޮލި އެނދާއި ހަމަޔަށް ނުދެވުނީ ނަޝާޔާގެ ސަބަބުންނެވެ. އެއަށްވުރެ ކުރިން ނަޝާޔާ ގޮސް އުނޫޝްގެ ގައިގާ ބައްދަން ފެށިއެވެ. އީނާޝްއަށް ދުރަށް ޖެހިލެވުނީއެވެ. އަދި ކަރުނަތަށް […]
” ސާއިމް. އޭނަ އަހަރެން ދޫކޮށްފަ އެހެން މީހަކާއިއެކު އުޅެން ނިންމައިފި. އަހަރެންގެ ހިތް ފުނޑު ފުނޑު ކޮށްލައިފި. އަހަރެންގެ ދިރިއުޅުން ޖަހަންނަމަޔަކަށް ހަދައިފި. އެހެން މީހެއްގެ ހައްގަކަށް ވެއްޖެ. އަހަރެން ކިހިނެއް ހަދާނީ؟ އޭނަ.. އޭނަ.. އޭނަ.” އީނާޝްގެ ގަޔަކު އިތުރު އެއްޗެއް ބުނާނެހާ ވަރެއް ނެތެވެ. އޭނާޔަށް ބާރަކަށް ގޮސް ސާއިމްގެ ގައިގާ އޮޅުލައިގަނެވުނެވެ. ސާއިމްއަށް ހުރެވުނީ ބަސް ހުއްޓިފައެވެ. އީނާޝްގެ އެންމެ އަމަލެއް އޭނާގެ ހިތުގެ އެންމެ އަޑިއަށް އަސަރުކުރުވައެވެ. އޭނާގެ ލޮލުން […]
” އީނޫ. ޑޯންޓް ޔޫ ލަވް މީ؟ އީނޫ އަހަރެންދެކެ ލޯބިނުވަންޏާ ބުނެބަލަ. އޭރުން އޯކޭޔޭ އަހަންނަށް. ” އީނާޝްއަށް ހަމަހޭވީ ސާއިމްގެ އަޑަށްށެވެ. ނަމަވެސް މިވަގުތު އެއްވެސް މީހަކާ ވާހަކަ ދައްކާނެހާ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ. އީނާޝްއަށް ދުއްވައިގަނެވުނީއެވެ. މަގުމަތީގައި ހިނގާބިނގާވެ އުޅުނު އެންމެންގެ ނަޒަރުގައިވަނީ ހަމައެކަނި އީނާޝްއެވެ. އެހެނަސް އުނޫޝްއާއި ނަޝާޔާއަކަށް އީނާޝްއެއް ނުފެނެއެވެ. މޫނުގައި އަތް އަޅައި ރޮމުން ދުވަމުން ދިޔަ އީނާޝްއަކަށް އެހެން މީހުންގެ ނަޒަރުތަކަކުން މާ ބޮޑު އަސަރެއް […]
ހުރިހާ ކަމެއްވެސް ވެގެން ދިޔައީ އީނާޝް ބޭނުން ވިގޮތަށްށެވެ. ނާޝްއާއި ރުޅި ވުމަށްފަހު އުނޫޝްވެސް ނަޝާޔާއާއި ވާހަކަ ދައްކަން ފެށިއެވެ. ނަމަވެސް ނާޝްއާއި ދޭތެރޭ ގެންގުޅޭ ބީރައްޓެހި ގޮތެވެ. އީނާޝްގެ ހިތަށް ކިތަންމެ ވަރެއް ވިޔަސް ކެތްކޮށްލައިގެން ހުންނަން އޭނާޔަށްވަނީ މަޖްބޫރުވެފައެވެ. މިހެންކަމުން އުނޫޝް ދުރަށް ދިއުމަށްޓަކައި ނާޝް މާލެއ ބަދަލުވީއެވެ. މާލެ ބަދަލުވިފަހުން އަމީނާވެސް ވަރަށް ބޮޑަށް ބަލިވެ އޭނާވެސް އޭނާގެ ކުށަށް ﷲ ގެ ކިބައިން އެތައް ފަހަރަކު މާފަށް އެދުނެވެ. އަދި އޭނާގެ […]
އެހެން އިނދެފައި އުނޫޝް ދިއްކޮއްލީ ކުޑަކުޑަ ނޯޓް ކޮޅެކެވެ. ” ނާޝް. އެންމެ ފުރަތަމަ ނާޝް ފެނިލުމާއިއެކުވެސް އަހަރެންގެ ހިތުގައި ނާޝްއަށްޓަކައި ލޯބި އުފަންވި. އައި ލަވް ޔޫ. އެދުވަހުން ފެށިގެން އަހަރެން ނާޝްދެކެ އިންތިހާއަށް ލޯބިވެވިއްޖެ. އަހަރެންނަށް ހީވާގޮތުގަ ނާޝްވެސް އަހަރެން ދެކެ ލޯބިވޭ. އެހެން ނޫންތަ؟” ނޯޓް ކޮޅު ކިޔައިލުމާއިއެކު އީނާޝް ހާސްވާން ފެށިއެވެ. އޭނާވެސް އުނޫޝްދެކެ ވަރަށް ލޯބިވެއެވެ. އެހެނަސް ހާމަކޮށްދޭނީ ކިހިނެއް ހެއްޔެވެ؟ އޭނާޔަކީ ބައްޕަމެންގެ އުންމީދެވެ. ބައްޕަމެން ބޭނުންވަނީ އޭނާޔަކީ […]
ނޯޓް: މިވާހަކައިގެ ކެރެކްޓަރުންގެ ނަން އެއްވައްތަރުވުމުގެ ސަބަބުން މިވާހަކައިގައި އުޅޭ އީނާޝްއަށް ބައެއް ފަހަރު ” ނާޝް” ބޭނުންކުރެވިފައިވާނެއެވެ. ” ވަރަށް ބޮޑަށް ސޮރީ. ” ކުރެހިގެންވާ އަޑަކުން އީނާޝް ބުންޏެވެ. އަދި ކަރުނަތަށް ފޮހެލައި ހަމަޖެހިލެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާޔަށް ހަމަޖެހެވޭނެ ހެއްޔެވެ؟ އެއަށްވުރެ އެހިތް އެވަނީ ނިކަމެތިވެފައެވެ. އޭރު ދޮރު ދޮށުގައި ހިތްހަމަ ނުޖެހިފައި ލާމިއު ހުއްޓެވެ. އީނާޝް ފިޔަވައި ހުރިހާ ހަގީގަތެއް އެނގޭ ހަމައެކަނި އިންސާނަކީ ލާމިއުއެވެ. ނަމަވެސް އީނާޝްގެ އެދުމުގެ […]
” ޔާން ތެދުވެބަލަ. ސްކޫލަށްދާ ގަޑި ޖެހެނިއްޔޭ. ބަލަ މިހާރު އެޔޮއް 7 ގަޑި ބައިވަނީ.” އެތައް ފަހަރަކު އާޔަންއަށް ގޮވި ނަމަވެސް އާޔަން ތެދުވާގޮތެއް ނުވިއެވެ. އީނާޝްއަށް މޮޅު އައިޑިޔަރެއް ލިބުނެވެ. އަދި ވަގުތުން ކޮޓަރީގެ ދޮރުން ބޭރަށް ބޯދިއްކޮއްގެން އޮވެ ބުނަމުން ދިޔައެވެ.” ވާއު ބައްޕާ. މިހާ ބޮޑު ޗޮކްލެޓެއް ހޯދީ ކޮންތާކުން. 1 އަހަރު ތެރޭވެސް މިޗޮކްލެޓް ހުސް ނުވާނެ ކަންނޭނގެ. އަޅެ ހާދަ މީރު ވާނެޔޭ.” އާޔަން ދެލޯ ކަވި […]
“ހާއި އީނޫ… ހާދަ ތަފާތޭ މިހާރު. މާ ބޮޑަށް ދޮންވެފަ ހިކިވެފަ ދިގުވެފަ. އެންޑް ޔުއަރ ސްޓައިލް. ކުރިން ބުރުގަލެއްވެސް ނާޅަމެއްނު. މިހާރު ތިހުރީ ޖިލްބާބްގައެއްނު. ހީވަނީ އެހެން އީނޫ އެއްހެން.” ފުރަގަހުން ހާއިއެއް ޖަހާލަމުން އޭނާގެ ދުވަސްވީ އެކުވެރިޔާ ކަމުގައިވާ ލަމްޔާ ވާހަކަ ދައްކަން ފެށިއެވެ. ” އާން ލަމްވެސް ވަރަށް ޑިފެރެންޓް. ކުރިން އިލޮއްޓެއްހެން ހުންނަ ލަމް މިހާރު ފަލައީ ކީއްވެތަ؟ ” “ހުމްމްމްމްމް.. ދެކުދިން ވިހާއިރު ފަލަ ނުވެ ހުރޭތަ.” ” ވަޓް؟ […]
” އަހަރެންނަށް އިންތިޒާރު ކުރަންތަ؟ އަހަރެން ދެކެ ލޯބިވޭތަ؟ އަހަރެންދެކެ ލޯބިވިންތަ؟ ބޭވަފާތެރިވީ އަހަންނެއް ނޫން. އަހަރެންގެ ތަގްދީރު… އަމިއްލަ ނަފްސަށް ވުރެ އަހަރެން އުނޫދެކެ ލޯބިވޭ. އަހަރެންގެ އުފަލަކީ އުނޫ. ޔޫ އަރ މައި ހެޕިނެސް. އައި ހޯޕް ދެޓް އާފްޓަރ 8 އިޔާސް ޔޫ ގޮޓް ޔުއަރ ލަވް. އަހަރެން އެންމެ އުފާވާނީ އޭރުން.” ފްލައިޓް ތެރޭގައި އިން އީނާޝް ހިތާހިތުން ވާހަކަ ދައްކަމުން ދިޔައީ އޭނާގެ ފޯނުން ފެންނަމުން ދިޔަ އުނޫޝްއާއިއެވެ. އޭރު […]