ދޮން ދޮން މޫނެކެވެ. ހިކެގެން ގޮސް އަނަރޫފަވެފައިވާ ހަށިގަނޑެކެވެ. ދިގު އިސްކޮޅެކެވެ. ކަރުން މައްޗާއި ހަމައަށް އަރާ ފަން ފަން އިސްތަށި ކޮޅެކެވެ. މުށި ކަޅިއެކެވެ. ތުނބުޅި މަތިމަސް ވަނީ ބާލައިފައެވެ. ފެން ވަރައިގެން ނިކުމެ ތުވާލި ކޮޅެއްގައި ހުރުމުން އެދޮން ހަށިގަނޑު ކިތަންމެ ރީއްޗެއް ކޮށްވެސް ހާމަވަމުން ދިޔައެވެ. ބަނޑު ހިނދި ކަސްރަތީ ހަށިގަނޑެއްގެ ވެރިއަކަށް ނުވުމުން މާ ބޮޑަކަށް ފިރިހެންވަންތަ ގޮތެއް ނުހުރެއެވެ. އަދި އަމުދުން ފުދޭވަރަކަށް ދޮންކޮށް ހުރެފައި އިސްތަށިގަނޑު ފުދޭ ވަރަކަށް […]
ދޮން ދޮން މޫނެކެވެ. ހިކެގެން ގޮސް އަނަރޫފަވެފައިވާ ހަށިގަނޑެކެވެ. ދިގު އިސްކޮޅެކެވެ. ކަރުން މައްޗާއި ހަމައަށް އަރާ ފަން ފަން އިސްތަށި ކޮޅެކެވެ. މުށި ކަޅިއެކެވެ. ތުނބުޅި މަތިމަސް ވަނީ ބާލައިފައެވެ. ފެން ވަރައިގެން ނިކުމެ ތުވާލި ކޮޅެއްގައި ހުރުމުން އެދޮން ހަށިގަނޑު ކިތަންމެ ރީއްޗެއް ކޮށްވެސް ހާމަވަމުން ދިޔައެވެ. ބަނޑު ހިނދި ކަސްރަތީ ހަށިގަނޑެއްގެ ވެރިއަކަށް ނުވުމުން މާ ބޮޑަކަށް ފިރިހެންވަންތަ ގޮތެއް ނުހުރެއެވެ. އަދި އަމުދުން ފުދޭވަރަކަށް ދޮންކޮށް ހުރެފައި އިސްތަށިގަނޑު ފުދޭ ވަރަކަށް […]
އެރޭގައި ފަހުން އުނޫޝް ނާޝްއާއި ދިމާލަށް ބަލައިވެސް ނުލައެވެ. ނާޝް ގެޔަށް ލައިދީފައި އޭނާ ދިޔައީއެވެ. ނާޝްގެ ހިތުގައި ކިތަންމެ ވަރަކަށް ޖެހުނު ނަމަވެސް ކެތްތެރިވީ ދުވަސް ކޮޅަކުން އޭނާ އެހެން މީހެއްގެ މީހަކަށް ވާނެއޭ ހިތަށް އަރުވާލަމުންނެވެ. އެރޭގައި ނާޝް ނިދިން މަހުރޫމްވިއެވެ. އުނޫޝްގެ ހަނދާންތައް ކޮންމެ ދިމާލަކަށް ބަލައިލިޔަސް ފެންނަން ފެށިއެވެ. ނާޝްގެ ހިތުގައި ކުރު ކުރު ލަވައެއްގެ ރާގު ކޮޅެއް ކުޅެލިއެވެ. ހިއްސުތައް ހެކި ދޭ އަސަރެއްވެޔޭ ފޮރުވިފާ ހިތި ރަހައެއް އެކުލެވޭ […]
ކިޔާން ގޮސް ލާމިއުމެންގެ ގޭ ކުރިމަތީގައި ހުއްޓިލުމުން އީނާޝްގެ ޝައްކު ޔަގީނާ ގާތް ވާން ފެށިއެވެ. އަދި މަޑުމަޑުން ލާމިއުމެންގެއަށް ވަނެވެ. އޭރު ކިޔާން ގޮސް ވަލު ދޮރާށިން ނިކުންނަނީއެވެ. އެތަން އަނދިރިކަމުން ބިރު ގަތެއް ކަމަކު މިނޫން ގޮތެއް ނެތޭ ހިތައި އީނާޝް ވަލު ދޮރާށިން ނިކުތް އިރު ބިރު ގަނެގެން ގޮސް ގައިން ތުރު ލައެވެ. އަދި ދެކޮޅު ދެކޮޅަށް އެނބުރެން ފެށީ މީހަކު އައިސް އޭނާ ކައިލާ ފާނެއޭ ހިތަށް އެރުމުންނެވެ. އެވަގުތު […]
” އަހަރެން ބަނޑު ބޮޑުތަ؟” އެހެން ހުރެފައި ފަހުމާ ކޮށްލި ސުވާލަކުން އީނާޝް ކުށިއަރައިގަތެވެ. ނަޝީދުވެސް ހާސްވާން ފެށީ ދެން ގަދަކަމުންވެސް އޭނާއަށް ކިޔާންއާއި ފަހުމާ ނުގުޅުވޭނެ ކަމުގެ ރަތް ސިގްނަލް ލިބުމުންނެވެ. ” އަހަރެން އީނާޝް ކައިރީ މިއަހަނީ އަހަރެން ބަނޑު ބޮޑުހޭ؟” ހަމަ އެހުރި ގޮތަށް ހުރެ ފަހުމާ އަހައިލިއެވެ. ފަހީމާއަށްވެސް އީނާޝްއާއި ދިމާލަށް ބަލަން ފެށުނީ އެބުނީ ތެދެއް ހޭ އަހާ ކަހަލަ ގޮތަކަށްށެވެ. އީނާޝްއަކަށް ބުނާނެ އެއްވެސް އެއްޗެއް ނޭނގުނެވެ. އޭނާ […]
” އޭ. އިނގޭތަ. މަގޭ ވާން އުޅޭ ބަފާބެ. ބުނީ ކީކޭކަން. ” ގޭޓުން ބޭރަށް ނިކުންނަމުން ކިޔާން ލާމިއު ގާތު އަހައިލިއެވެ. ލާމިއު ބޯ ހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. ” ބުނީ ކަލޭ ދެން ކައިވެނީގެ ކުރިން މިރަށަށް ނުގެންނައްޗޯ. ކަލޭ އައީމަ ފަހުމާ އުޅެނީ އެހެން ގޮތަކަށްށޯ. ދެން ހުރޭ އެ ގެގަނޑުގަ ރޮއިލަ ރޮއިލަ. އެންޑް ފައިނަލީ ފަހޫ ވާނީ ހަމައެކަނި މަގޭ މީހަކަށް. ” ދަތްޕިލަ ސޭލު އަޅުވަމުން ކިޔާން […]
” ވާ. ވާ . ވާ. ބަފައިބޭ ޕިސް. ޕިސް.” ދޮރު ކުރިމަތިގައި ހުރެ މީހަކު އަތްބަޑި ތަޅާތަން ފެނުމުން އެންމެނަށްވެސް ބަލައިލެވުނީއެވެ. އެއީ އެމީހުންނަށް ހީވެފައި އޮތް ގޮތުގައި ލާމިއުއެވެ. އަނެއް ގޮތަށް ބުނަނީނަމަ އީލާމްއެވެ. އީލާމް ވަތް ގޮތަށް އައިސް ނަޝީދުގެ ކުރިމަތީގައި ހުއްޓެލިއެވެ. އެންމެނަށް ހައިރާންވެފައި ތިބެވުނީ ލާމިއުއާއި އީލާމްއާއި ދިމާލަށް ބަލާންށެވެ. ދެންމެ ވަދެގެން އެއައީ ލާމިއު ކަމަށް ވާނަމަ ޝާންއަކީ ކާކު ހެއްޔެވެ؟ ” ހެހެހެ.. ހާދަ ހެއްވަޔޭ ދޯ. […]
” އަޑު އަހާ. އަޑު އަހާ. އަދި އަހަރެންގެ ވާހަކަ އެއްކޮށެއް ނުނިމެޔޭ. އަހަރެން އަހަރެންގެ ދަރިންނަށްޓަކައި ހޯދީ އިތުބާރު ކުރެވޭ ތިން މީހުން. އިރާދަކުރެއްވިއްޔާ ދެން ދުވަހަކުވެސް މާޒީ ތަކުރާރެއް ނުވާނެ. މިފަހަރުގެ އިތުބާރު ހުރި އަދި ނަސީބުވެރި ތިން ފަރާތަކީ… އުނޫޝް ސާއިމް އަދި.. ” މިހެން ބުނަމުން ނަޝީދުގެ ފިޔަވަޅު އަވަސްވެގެން ދިޔައީ ލާމިއުމެން ތިބި މޭޒާއި ދިމާލަށްށެވެ. ލާމިއުއަށް އުފަލުން ގޮސް ނަށައިގަނެވުނެވެ. އަނެއްކާ ނަޝީދު އެއުޅެނީ އޭނައާއި ފަހުމާ ގުޅުވަން […]
” ތިހެން ވެއްޖިއްޔާ ވަރަށް ރަނގަޅު. އަހަންނަށްވެސް އެނގޭ ސާއިމް އީނޫދެކެ ލޯބިވާވަރު. އެކަމް އީނޫއަށް ސާއިމްދެކެ ލޯބިވެވިދާނެކަމާއިމެދު ޝައްކު. އިންޝާ ﷲ ޔޫ ކޭން ޑޫ ދެޓް. ” ކުޑަކޮށް ކަންބޮޑުވެ ހުރެ ފަހުމާ ބުންޏެވެ. އެވަގުތު ކޮޓަރީގެ ތަޅުގައި މީހަކު ހިފައިލިއެވެ. ފަހުމާއާއި އީނާޝް އާއި ދެމީހުންނަށް އެއްފަހަރާ ބަލައިލެވުނު އިރު ނަޝާޔާއެވެ. ދެމީހުންގެ މޫނުމަތިންވެސް ފާޅު ވޭވޭ ހުރި ނުތަނަވަސްކަމެވެ. އަނެއްކާ ނަޝާޔާއަށް ހުރިހާ ވާހަކައެއް އަޑު އިވުނީ ހެއްޔެވެ؟ މިޔޮއް ހުރިހާ […]